Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ރޯލީމޭ (03)

nizam Level 110 Stories
February 24, 2017 5 Mins Read
31 Comments

ނަމަވެސް ނުހާދު އިސް ޖަހައި ލައިގެން އެ ހުރި ގޮތަށް ހުރީ އެވެ. އެހެންވެ އަހަރެން ހީ ކުރީ ނުހާދު އަހަރެންނާ ސަމާސާ ކުރަނީ ކަމަށެވެ.

ސަބަބަކީ ނުހާދަ ކީ ކޮންމެ ކަމެއް ގައި ވެސް ސަމާސާ ބޮޑު މީ ހަކަށް ވާތީ އެވެ. އެހެން ކަމުން ދެވަނަ ފަހަރަށް ނުހާދު ގާތު އަހަރެން އެދުނީމެވެ.

“ނުހާދު! ވަރަށް ސީރިއަސް. މިރޭ ކޮންމެ ހެން ވެސް އަހަރެން އަޔާނީ އާ ބައްދަލު ކޮށްލަން ބޭނުން. އެކަން ވާނެ ގޮތެއް ހަދައި ދީ.”

ނުހާދު ގެ ކޮނޑު މަތީ އަހަރެން ގެ އަތް ބާއްވައި ލަމުން އާދޭސް ކުރާ ރާގެއް ގައި އަހަރެން ބުނީމެވެ.

އެ ވަޤުތު އަނގަ އިން ބުނުމު ގެ ބަދަލު ގައި އަތުގެ އިޝާ ރާތުން އަހަރެން ކައިރީ އެތާ މަޑު ކުރުމަށް ބުނެ ނުހާދު ހިނގައި ގަތީ އަޔާނީ މެންގެ ގެ ޔާ ދިމާ އަށެވެ.

ނުހާދު ދިއުމުން އެތާ މަގު ގެ އެއް ކައިރީ ހުރި ޖޯލި ފަތިން ޖޯއްޔެއް ގައި އަހަރެން އިށީ ދެނލީމެވެ. އަދި ނުހާދު އަންނާނެ ވަގުތަ ކަށް އިންތިޒާރު ކުރަން ފެށީމެވެ.

ހަނދުގެ އަލިކަން މުޅި ތަނަށް ވަނީ ފެތުރިފައެވެ. އެއަލި ކަމުގެ ތެރެއިން އަހަރެންގެ ކުރިމަށްޗައް ވާގޮތަށް މަގުގެ އެއްކޮޅުން އަނެއްކޮޅަށް ފާރުކައިރީ އެއްވަރަށް ހައްދާފަހުރި މަތަރެސްމާ ގަސްތަކުގަ އަޅައިފައި ވާ ގަދަ ރަތް ކުލައިގެ މާތަކުން އެމަގަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ބަލާބެލުމަށް އެގަސްތަކަކީ މީހަކު ވަރަށް ފަރުވާތެރި ކަމާއެކު ހައްދައިފާވާ ގަސްތަކެއްކަން އެނގެއެވެ.

ގެޔާ ޖެހިގެން ކަހަލަ ގޮތަކަށް ދެތިން ރުއް ހުރި އިރު އެތާހުރި އޮފިއެލޭ ގަސް ވަނީ މުޅި މަގަށް ފެތުރިފައެވެ.

އޭރު ޖެހެމުން ދިޔަ މަޑު ވައި ރޯޅީގެ ސަބަނުން ކައިރީގައި ހުރި ރުއްތަކުގެ ފަންތަކުން ރީތި ނާނާ އެއްގެ އަޑު އިވި އިވި ހުއްޓެއެވެ.

އެ ވައި ރޯޅި އައިސް ގައިގާ ބީހިލުމުން ބުނެދޭން ވެސް ނޭނގޭހާ ފޮނި އިޚުސާސް ތަކެއް އަހަރެންނަށް ކުރަމުން ދިޔައެވެ.

އެވަގުތު އަހަރެންގެ ހިތަށް ސިފަވަމުން އައީ މީގެ ދެއަހަރު ކުރިން އަހަރެންނާ އަޔާނީއާ ދެމީހުން މިފަދަ އެތައް ރެއެއްގައި އެކުގައި ހޭދަކުރި އުފާވެރި ވަގުތުތަކެވެ.

އެހަނދާންތައް ހިތަށް ސިފަވުމުން އިޚުތިޔާރުން ބޭރުގައި އަހަރެންނަށް ހިނިތުން ވެވުނެވެ.

*** *** ***

މާގިނަ އިރު ތަކެއް ނުވެ ނުހާދު ވެސް އަ އެވެ. ނުހާދު ބުނި ގޮތުގައި އަޔާނީ އޮތީ ނިދާ ފައެވެ. އެ ވަގުތު އަހަރެން އެއްޗެއް ބުނަން އަނގަ ހުޅުވާލި ނަމަވެސް އެ ފުރުސަތެއް ނުހާދު އަހަރެން ނަކަށް ނުދިނެވެ.

އަހަރެންގެ ކޮނޑު ގައި ޖަހައި ލުމަށް ފަހު ވަރަށް އަވަހަށް ތަނަކަށް ދާން އެބަ ޖެހޭ ކަމާއި ފަހުން އަދި ދިމާވާނެ ކަމަށް ބުނެ ނުހާދު ދިޔައީ އެވެ. އެހިނދު އަހަރެންނަށް ދޫކޮށް ލެވުނީ ފުން ނޭވާ އެކެވެ.

ލިބުނު މާޔޫސް ކަމާއި އެކު ދެ އަތަކަށް ބޯ ހޫރާ ލަމުން އަހަރެން ވެސް ހިނގައި ގަތީ ގެޔާ ދިމާ އަށެވެ. އަޔާނީއާ ކިތައްމެ ބައްދަލުކުރަން ބޭނުން ވިޔަސް އެނޫން ގޮތެއް އެ ވަގުތު އަހަރެން ނަށް ނެތީ މަ އެވެ.

ގެޔަށް ވަދެ ވުމާއި އެކު ކާން ހަދައިގެން އަހަރެންގެ އިންތިޒާރު ގައި އިން މަންމަ ޔަށް އަހަރެން ފެނުމުން އަނެއްކާ ވެސް މަންމަ އަހަރެން ގާތު ކާން އެދުނެވެ.

އެހެން ނަމަވެސް ފޫހި ގޮތަކަށް ކައި ހިތެއް ނެތް ކަމަށް ބުނެ މަންމަ ޔަށް ފުރަގަސް ދީ އަހަރެން ހިނގައި ގަތީ ކޮޓަރި ޔާ ދިމާ އަށެވެ.

އެހެނަސް ދަރިން ނަށް އަންނަ ބަދަލު ތަކާއި އެ ކުދިން ނަށް ދިމާވާ ކަން ތައް ތައް އެންމެ ފަސޭޚަ އިން ދެނެ ގަންނާނީ އެ ކުދިން ގެ މައިން ބަފައިން ނޭ ބުނާ އުސޫލުން އަހަރެން އެހެން ބުނި ގޮތުން ކަމަކާ ހިތް ހަމަ ނުޖެހި ފައި ހުރި ކަން މަންމަ އަށް ވިސްނުނީ ވެސް ކަން ނޭނގެ އެވެ.

އިށީ ދެނގެން އިން ގޮނޑިން ތެދު ވަމުން އަހަރެން ނަށް ދަރިފުޅާ އޭ ކިޔައި މަންމަ ގޮވައި ލިއެވެ.

އެ ވަގުތު ހުއްޓެމުން މަންމަ ޔާ ދިމާލަށް އަހަރެން އެނބުރި ލީ މެވެ.

“ކިހިނެއް ވީ؟ އަނެއްކާ ކަމެއް ގޯސް ވީ ތަ؟” މަޑު މައިތިރި ކަމާއި ލޯތްބާއެކު މަންމަ އަހަރެން ކައިރި އަހައި ލިއެވެ.

އެވަޤުތު އަހަރެން ދެކެ މަންމަ ހާދަ ލޯބި ވެޔޭ އަހަރެންގެ ހިތަށް އެރިއެވެ. އަދި މަންމަ ކައިރީ އެވާހަކަ ބުނަން ވެސް އަހަރެން ބޭނުންވިއެވެ. އޭރުން ހިތަށް ލިބިފައިވާ ނުތަނަވަސް ކަމަށް ހަމަ ޖެހުމެއް ވެސް ލިބިދާނެ ކަމަށް ހީކޮށެވެ.

އެހެނަސް ހަމަ އެސިކުންތުގައި އަހަރެންގެ ޚިޔާލު ބަދަލުވިއެވެ. އަހަރެންނާއި އަޔާނީގެ ގުޅުން މަންމަޔަށް ކުއްލި އަކަށް އެނގުމުން މަންމަ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. އިތުރު މައްސަލައެއް އުފެދި ބޮޑު ހައިޖާނަކަށް އެކަން ވެދާނެތީއެވެ.

އޭރުން ކަންތައް މާ ގޯސް ވާނެއެވެ. އެހެން ވާކަށް އަހަރެން ނޭދެމެވެ. އެހެން ކަމުން އެއްވެސް ކަމެއް ނުވޭ ކާހިތް ހަމަ ނެތީއޭ ބުނެ އަހަރެން ދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރި އަށެވެ.

*** *** ***

ކޮޓަރީ ތެރޭގައި ދިއްލައި ފައި ހުރި ނޫ ކުލައިގެ ފަސް ވޯޓު ބޮކީގެ ފަނޑު އަލި ކޮޓަރި ތެރެޔަށް ފެތުރި ފައި ވީ އިރު ކޮޓަރި ތެރެޔަށް ވެރި ވެފައި ވަނީ ހަމަ ހިމޭން ކަމެވެ.

އަހަރެން ގޮސް އެނދުގައި އޮށޯވެ ނިއްކުރި މަތީ އެއް އަތް ބާއްވައިލައި ރަނގަޅަށް ހަމަޖެހި ލުމަށް ފަހު ވިސްނައިލީ މެ އެވެ. ނުހާދު އަށް އައިސް ފައިވާ ބޮޑު ބަދަލާއި ދޭ ތެރޭ ގައެވެ.

ނުހާދު ގެ ފަރާތުން އެފަދަ ކަމެއް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

ނުހާދު ބަދަލު ވެފައ ހުރި ވަރާއި އޭނަ ގެ ވާހަކަ ދެއްކުމުގައި އަހަރެންނާ ހުރި ދުރުކަން ފެނިފަ އަހަރެން ހައިރާން ވެސް ވިއެވެ.

ހަމަ އެހެންމެ ދެ އަހަރު ދުވަސް ކޮށްފައި ފެނުނު ފުރަތަމަ ފަހަރު ވެސް އޭނަގެ ކުރިން އެ ހުންނަ މަޖާ ގޮތް ގަނޑާއި ކުރިން އޭނަ އަހަރެންނާ ދޭތެރޭ ބެހެއްޓި ގާތް ކަމުގެ އެއް ވެސް މިން ވަރެއް މިއަދު އޭނަގެ ފަރާތުން ނުފެނުނެވެ.

އެ މޫނު މަތިން އުފަ ވެރިކަން ދައްކަން މަސައްކަތް ކުރި ކަމުގައި ވިޔަސް އޭނަގެ މޫނު މަތިން ހާސް ކަމާއި ނުތަނަވަސް ކަން އަހަރެން ނަށް ފާހަގަ ކުރެވުނެވެ.

އަނެއް ކޮޅުން އަހަރެންގެ ދުލުން އަޔާނީ އޭ ބުނުމުން އޭނަ ގެ މޫނު ގެ ކުލަވަރު ބަދަލު ވެގެން އެ ދިޔައީ ކީއްވެ ހެއްޔެވެ؟

ގަޑިން އަދި ކިރިޔާ އެ ވީ ނުވަ ގަޑި ބައެވެ. އަޔާނީ އަދި ނުނިދާނެ ކަން އަހަރެންނަށް ހަމަ ޔަޤީނެވެ. އެކަމަކު އަޔާނީ ނިދާފަ އޭ ނުހާދު ދެން އެ ބުނީ ކީއްވެ ހެއްޔެވެ؟

އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އަދި ވިސްނައި ލުމުން ކޮންމެ ވެސް ކަމެއް ގޯސް ވެއްޖެ ކަން އަހަރެންގެ ހަވަނަ ހިއްސު ބުނަން ފެށިއެވެ.

އަނެއްކާ އަޔާނީ އަށް ކަމެއް ވީ ހެއްޔެވެ؟ ނޫން ނަމަ ނުހާދު އަހަރެން ނަށް ކަމެއް ސިއްރު ކުރަނީ ބާ އެވެ؟

މި ފަދަ އެތައް ޚިޔާލެއް ގައި އަހަރެންނަށް އޮވެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެ އެވެ. އެރޭ އަހަރެންނަށް ނިދުނީ ވެސް ވަރަށް ދަންވި ފަހުން ނެވެ.

އެއް ގޮތަކަށް ވެސް ނިދި ނައީ އެވެ. ނިދީ ގެ ކަން ފުޅެއް ނެތް އިރު ދަތުރު ގެ ވަރު ބަލި ކަމެއް ވެސް ނެތެވެ.

ޖެހިގެން އައި ދުވަހު އަހަރެން ނަށް ހޭލެވުނީ ވެސް މެންދުރުން އަނބުރާ ދޭއް ވެސް ޖެހި ފަހުން ނެވެ. އޭރު ބޮލުގައި ވެސް ކުޑަ ކޮން ރިއްސަ އެވެ.

ހީވަނީ ރޭގަ މާ ބޮޑަށް ވިސްނީމާ ވީ ގޮތެއް ހެންނެއެވެ. އެހެން ކަމުން ތެދު ވާކަށް ވެސް އަހަރެން ބޭނުމެއް ނުވި އެވެ. އަހަރެން ބޭނުން ވީ ބޯ ރަނގަޅަށް ހަމަޔަކަށް އެޅެން ދެން އަދި ވެސް ނިދައިލާ ށެވެ.

އެހެނަސް މަންމަ ހުއްޓައި ނުލައި ގޮވާ ވަރުން ތެދުވެ ގެން ގޮސް ފާހަނަ ޔަށް ވަދެ ރީތި ވެލައިގެން ކޮޓަރިން ނުކުމެ ކާގެ ޔަށް ވަދެ އެއްޗެއް ކައިލައިގެން އެއް ވެސް މީހަކާ އަނގައިން ނުބުނެ އަނެއްކާ  ވެސް އައިސް އަހަރެން ވަނީ ކޮޓަރި އަށެވެ.

އަދި އެ ދުވަހު ގެ އަސުރު ވުމާއި ހަމަޔަށް އެ ދުވަހު ގެ ދެން ބާކީ އޮތް ހުރިހާ ވަގުތެއް އަހަރެން ހޭދަ ކޮށްލީ ކޮޓަރި ތެރޭ ގައެވެ. އަޔާނީ އާ ބައްދަލު ކުރެވޭނެ ގޮތަކާ ދޭތެރޭ ވިސްނައި ލުމުގަ އެވެ.

ތަފާތު އެތައް ގޮތަކަށް ވިސްނުމަށް ފަހު އެންމެ ފަހުން އަހަރެން ގޮތެއް ނިންމީ މެ އެވެ.

*** *** ***

ހަވީރު ވަގުތެވެ. ކަޅު ބޯ ވިލާ ތަކުން އުދަރެސް ވަށައި ބަނަކޮށްލި އިރު ޖެހެމުން ދިޔަ ފިނި ވައިގެ ތެއްކަން ޖައްވުގެ ތެރޭގައި ވަނީ ހިފައި ލައިފައެވެ.

ފެންވަރައި ރީތި ވެލައިގެން ކޮޓަރިން ނުކުތުމަށް ހިނގައި ގަނެފަ ވެސް ދެވަނަ ފަހަރަށް ވެސް އަހަރެން ލޯ ގަނޑު ގެ ކުރި މަތީ ހުއްޓެލީ މެއެވެ. އަދި ޑުރެސިން ޓޭބަލް މަތީ ހުރި ހޫގޯ ސެންޓު ފުޅި ނަގައި އަނެއްކާ ވެސް ލައިގެން ހުރި ޓީޝާޓަށާއި މުޅި ހަށިގަނޑަށް ވާ ގޮތަށް ބުރުވައި ލީމެވެ.

އަދި ބޮލުން ކުރި މައްޗަށް ވާ ގޮތަށް ވެއްޓި ފައި އޮތް އިސްތަށި ކޮޅު އަތުން ނަގައި ރީތި ގޮތަކަށް ދެ ފަރާތަށް ހިއްލައި ލީމެވެ. އެޔަށް ފަހު ލޯގަނޑުން އެންމެ ފަހުގެ ބަލައި ލުމަށް ފަހު އަވަސް ފިޔަވަޅު ތަކެއް ގައި ގޮސް ކޮޓަރިން ނުކުތީމެވެ.

*** *** ***

ގެ އިން ނުކުމެ ރަށުގެ ބޮޑު މަގުން އަހަރެން ހިނގައި ގަތީ އިރުން ދެކުނަ ށެވެ. އެތަށް ޚިޔާލެއް ގައި ހުރެގެން ކުރިޔަށް ދިޔަ އިރު އަހަރެން ގެ މިސްރާބު ހުރީ ސީދާ އަޔާނީ މެންގެ ގެޔާއި ދިމާ ލަށެވެ. އޭރު އަހަރެންގެ ހިތް ވެސް ނެގި ނެގި ފައި ޖެހެމުން ދިޔަ އެވެ.

މާގިނަ އިރު ތަކެއް ނުވެ އަޔާނީ މެން އުޅޭ ގެ ހުރި ހިސާބަށް ވެސް ދެވުނެވެ.

އެހެން ނަމަވެސް ތަން ކޮޅެއް އަވަހަށް އަހަރެން ނަށް ދެވުމުން އަޔާނީގެ މަންމަ މެން އަދި ގޭގައި އުޅޭނެ ތީ އެ ގެޔާ ތަން ކޮޅެއް ދުރުގައި ހުރި ފުނަ ގަހެއް ގެ ކައިރީ މަޑު ކޮށް ލައިގެން ހުރީމެވެ.

އެހެން ހުރި އިރު ވެސް އަހަރެން ހުރީ ފުރުސަތަކަށް ބަލަ ބަލައެވެ. މި ގަޑި އަކީ އާންމު ކޮން އަޔާނީ ގެ މަންމަ ކޮއްކޮ ގޮވައި ގެން ބޭރަށް ދާ ގަޑި ކަން ކުރިން އަހަރެންނަށް އެނގި ފައި އޮތުމުން ދެން ގޭގައި އުޅޭނީ އަޔާނީ އެ ކަނިކަން އަހަރެންނަށް ޔަޤީން ވާތީ އެވެ.

ހަވީރު ވީ ވީ ހެން ޖައްވު ގެ ތެރޭގައި ވި ފިނި ކަން ވެސް އައީ ގަދަ ވަމުން ނެވެ. އަތް ކުރު ޓީޝާޓެއް ލައިގެން އާދެވުމުން ވެސް ކަން ނޭނގެ އެވެ.

އެހެން ހުރި އިރު ޖެހިލައި އެ ފިނި ފިނި ވައިރޯޅިން އެ ފިނީ ގެ އަސަރު އަހަރެން ނަށް ވެސް ދިޔައީ ކުރަމުން ނެވެ. ނަމަވެސް އެކަމަށް އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ.

ސަބަބަކީ އަޔާނީގެ ހައްޤު ގައި މި ގޮތައް ކޮޅަށް ކި ތައްމެ ގިނަ އިރެއް ފިންޏާއި ހޫނުގައި ހޭދަ ކުރަން ޖެހުނު ކަމުގައި ވިޔަސް އަހަރެންނަށް އެވެސް މައްސަލަ އެއް ނެތް ކަމަށް ވާތީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nizam

Level 110 Stories

Other Articles

Previous

ފުން ލޯބި (24)

Next

ފުން ލޯބި (25)

Next
February 24, 2017

ފުން ލޯބި (25)

Previews
February 24, 2017

ފުން ލޯބި (24)

31 Comments!

  1. nizam says:
    February 24, 2017 at 3:07 pm

    kobaa? alhuganduge vaahaka thakah saport kurahvaa hurihaa beyfulhun ves kiyaalaafa comenteh dheythi… mi episoad varah undhagulun mi up kollevuny ves….

  2. mona says:
    February 24, 2017 at 3:10 pm

    Midhen koache…hus haasaru…
    kuru kamun ehaa kuru…
    nuvaanama hutaalan v nun…v fake author…??

    1. Niu says:
      February 24, 2017 at 3:52 pm

      Thi kahala comments kuranya dhen ammila ah vahaka liyan feney. Eyrun aharun comments dheynan.. meehunah thihen bully nukurey

    2. nizam says:
      February 24, 2017 at 6:50 pm

      vvvvvv bodah thanks thi dhevvi komentah mona….alhugadah libeny hama hihvaru…. adhi handhaan kohdheyn beynun vany ahves meehaky amme molhu meehaa noon kame……

    3. nizam says:
      February 24, 2017 at 6:52 pm

      thanks niu…

  3. Zoaeee says:
    February 24, 2017 at 3:19 pm

    V kuru.. Kamaku nudhey.. Thankolheh rythi koh genes dhinyma rangalhu vaane.. 4th episode dhigu vaane kamah ummeedhu kuran… Wish u gud luck..

    1. nizam says:
      February 24, 2017 at 6:43 pm

      thanks zoaeee…. masakkaih kuraanan dhigu kuran….

  4. Mai says:
    February 24, 2017 at 3:20 pm

    Thankolheh dhigu koh genes dhehche…
    Story v nice ??

    1. nizam says:
      February 24, 2017 at 6:41 pm

      thanks mai….. masakkaih kuraanan dhigukuran….

  5. Shifa says:
    February 24, 2017 at 3:22 pm

    Vara reethi

    1. nizam says:
      February 24, 2017 at 6:39 pm

      thanks shifa……

  6. Anjee says:
    February 24, 2017 at 4:50 pm

    Mi part ga ehvx new kameh nuhigaa….hama same thing first part in fashaign…hope nxt part nice vaane kamah….

    1. nizam says:
      February 24, 2017 at 6:37 pm

      thanks anjee…. iraadha kureviyyaa thi ummeedhu furihamavaane….

  7. Jameela says:
    February 24, 2017 at 7:02 pm

    Alhey varah reethi dynamics aai variationtha ves varah reethi varah chaalu

    1. nizam says:
      February 24, 2017 at 7:04 pm

      thanks jamee……

  8. aysh says:
    February 24, 2017 at 7:31 pm

    alheyy vrh rythi mi part ves….next part avahah up kohdhehchey….can’t wait…

    1. nizam says:
      February 24, 2017 at 10:33 pm

      thanks aysh….. iraadha kureviyaa 4 part mifaharu avahah up kuran varah massakkaih kuraanan……

  9. ......mmmmmn says:
    February 24, 2017 at 8:36 pm

    vvvvv reethi next part kn irakn nizam

    1. nizam says:
      February 24, 2017 at 10:36 pm

      thanks ……mmmmmn…. iraadha kureviyyaa 4 part varah up kuraanan….

  10. naan says:
    February 24, 2017 at 10:08 pm

    Vahaka kiyan beynun nuvakudhin vahaka nukiyany vvv reethi mivaahaka

    1. nizam says:
      February 24, 2017 at 10:39 pm

      v bodah thanks naan…..

  11. ms says:
    February 24, 2017 at 10:35 pm

    wow v salhi next part avas kohlaathi Nazim

    1. nizam says:
      February 24, 2017 at 10:45 pm

      thanks ms….. yes iraadha kureviyyaa 4 part avaskoh up koh dheynan…

    2. nizam says:
      February 24, 2017 at 10:46 pm

      no…..

  12. ms says:
    February 24, 2017 at 10:37 pm

    Nazim inguraidhoo tha

  13. afyyyy says:
    February 25, 2017 at 4:04 pm

    Nizam haada buxy kujekey.. kon madahkatheh kurany.. kiyavanytha.. next part ga kohmeves kameh vaane kamah mi balanee

    1. nizam says:
      February 25, 2017 at 4:42 pm

      aa dhow….he he he…. akamaku ves thanks afyyyy thikurevvi comentah….. kuriyah oih part ga conmeves kameh vaane kan hama yageen…..

    2. afyyyy says:
      February 25, 2017 at 10:15 pm

      Alhugand ge svaalakah javaabeh vx nudhiney dhw nizaam..

  14. You says:
    February 25, 2017 at 9:13 pm

    V foohi vahaka ya hama ego tha ka ves adi kiyaaa hitun nukiyaa dhn hama eacha nethy maaa kiyaalaneee mi thankolha kiyaaa hie vaakahala gotha ka mi gen nan vejja nun?

    1. nizam says:
      February 26, 2017 at 11:06 am

      thank u sooooooooooooooooo much you thidhevvi comentah…..alhuganduge vaahaka thakah thi dhehvaa comentu thakun alhugandah libeny hama ithurah hivvaru….. kuriyah ouh part varah avahah up kuraanan… hykuran a partah ves comenteh theyne kamah…. adhi ves ahfaharu thank u soooooooooooooooooooooo much you……..

    2. nizam says:
      February 26, 2017 at 11:07 am

      nooney asfyyyy… dhyfa innaanee…. rangalhah balaalabala….

Comments are closed.

Next Episodeރޯލީމޭ (04)←


All Right Reserved!