Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހަތިޔާރު (ފުރަތަމަ ބައިގެ 2)

Jaishan Level 110 Stories
September 24, 2013 6 Mins Read
22 Comments

(މިވާހަކަ ގެނެވިފައިވާނީ މިވާހަކައިގެ މައިގަނޑު ދެޝަޚްސިއްޔަތުގެ ނަޒަރުންނެވެ. ގެނެވިފައިވާނީ ޝެނިންގެ ހަޔާތުގެ ކަންތަށް ހިނގަމުންދާ ވަގުތާއެކީއެވެ. ޝެނިންގެ ނަޒަރުން މިވާހަކައިގެ ދެވަނަބައިގެ 1 ގައި އިންނާނެއެވެ.)

އިރަމް
ނުބައި ވަގުތެއްގައި ނުބައި ތަނެއްގައި ހުރެގެން އެކަމުގެ ވަނައެއް ލިބެންޏާ އަހަރެންނަށް ލިބޭނެއެވެ. އެއީ އަހަރެން ގަސްދުގައި ކުރާ ކަމެއް ނޫނެވެ. ނަމަވެސް އަބަދުވެސް މިހާރަކަށް އައިސް އޮންނަނީ މިކަހަލަ ހާލަތެއްގައެވެ. މިސާލަކަށް މިހާރެވެ.
އަހަރެން އެކެވެ. އެމީހުން ފަހެކެވެ. އެއްވެސް ހާލަތެއްގައި އަހަރެންނަށް ނުވާނެތީއެއް ނޫނެވެ. އެމީހުން ވިހި މީހުން އައި ކަމުގައި ވިޔަސް އަހަރެންނަށް ކަހަރު ވަކެކޭވެސް ހީނުވާނެއެވެ.
އެއީ ދޮގެވެ. ހުސް ދޮގެވެ. އެހާ ވަރުގަދަ ވާން ވެއްޖެނަމަ ދުވަސް ކޮޅަކުން ޑިޒްނީ، މާރވެލް، ޕެރަމައުޓް ފަދަ ތަންތަނުން އަހަރެންގެ ފިލްމެއް ހަދާނެއެވެ. ހިނިއައީ އެކަމާ ވިސްނާލާފައެވެ. “ތި** ކޮން ކަމަކާ ތިހެނީ؟” އެތަނުން އެކަކު ބުންޏެވެ. ޒިމާނާ ރައްޓެހިވެގެން އުޅޭ މީހަކީ އެއީ ކަންނޭނގެއެވެ. ހަމަަގައިމުން ވެސް މިހާރު އެ ހާމުންޑި އިސްތަށިގަނޑު ފެނި އެއަކީ ގޭންގެއްްގެ މީހެއްކަން ޔަގީނެވެ. އަންހެން ކުދިންގެ ރަހަ ތަކުގެ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅު ވާނީ ނުދެއްކީޔާއެވެ. އަހަރެން މިހުރި ތަނުން އޭނާގެ ލޮލުގައި ގަދައަށް އަޅަފައިވާ އަނދުންގަނޑު ފެނެއެވެ. ފިރިހެނުން އަނދުން އަޅަނީ ކީއްވެހެއްޔެވެ؟ “ފަ* ބޯން ޖެހޭނީ ކައެއަށް ތިޔަ ހިނިގަނޑު ހިފައިން ގެއަށް ދެވިއްޖެޔާ!” ވިހަގަދަ ވައްތަރަކަށް އޭނަ ބުންޏެވެ. މި ހުރިހާ ކަމެއް ވެގެން މިއުޅެނީ އަންހެން ކުއްޖަކާ ވާާހަކަ ދައްކައިގެންނެވެ. އެއްބައި މީހުންގެ ގޮތްވެސް ދޯއެވެ.
އަހަރެންގެ ވަރުގަދަ އަނގައެއް އޮންނާނެއެވެ. އަދި ޙާއްސަކޮށް މިކަހަލަ “މާ ދަންނަ” ވެގެން އުޅޭ މީހަކު ގޮއްވާލަން ވަރަށް މަޖަލެވެ. އެމީހުންނަށް ހީވާ ކަހަލައެވެ. އެނީހުން ވަރެއް ނެތެވެ. މިރޭ އެމީހުންނަށް އަހަރެންގެ ފެންވަރު ދައްކާލާނަމެވެ.
އަހަރެންނަކީ އާދައިގެ މީހެއް ނޫންކަން އަހަރެންނަށް އަބަދުވެސް އިނގެއެވެ. އަހަރެންގެ އުމުރުގެ އެހެން ކުދިންނަށް ވުރެ އަވަހަށް ކަންތަައްތައް ވިސްނާލެވެއެވެ. ސިކުނޑި މަސައްކަތް ކުރާލެއް އަވަހެވެ. ނޫނެކެވެ. ފިލާވަޅުތަށް އަވަހަށް އިނގެނީއެއް ނޫނެވެ. އެކަމަށް ހަމަ ވަރަށް ގަމާރު ވާނެއެވެ. “ރިފްލެކްސެސް” މާ ބޮޑަށް ރަނގަޅީއެވެ. މީހަކަށް އަހަރެން އަތެއް ނުވާނެއެވެ. އެއަށް ވުރެ މާބޮޑަށް އަވަސް ވާނެއެވެ. މިއީ ކަނޑާ ފޮންޏެއް ނޫނެވެ.
ކޮންމެ ގޮތެއް ވިޔަސް ހަޤީގަތް ވާނީ ހަޤީގަތަށެވެ. އަހަރެނަކީ ކޯއްޗެއްތޯ ސުވާލު ކުރާ ފަހަރު ވަރަަށް ގިނައިން އާދެއެވެ. އަހަރެން އަމިއްލަ ނަފްސާވެސް މިސުވާލު ކުރެވުން ވަރެއް ނޭނގެއެވެ. ނަމަވެސް ޖަވާބެއް ނުލިބެއެވެ. އެހެން ނޫނަސް އަހަރެން ޖަަވާާބަކަށްް އެދި ދާނީ ކާކު ކައިރިއަށް ހެއްޔެވެ؟ ސަރުކާރުގެ އާދަޔާ ޚިލާފު ކަންކަމާ ބެހޭ ސިއްރު އޮފީހަށް ހެއްޔެވެ؟ ހަ. ޔާ ރައިޓް!
މޮޔަ ކަމަކާ ވިސްނުން އަދި އެއްކަމެކެވެ. ނަމަވެސް އެއީ މޮޔަ ކަމުގެވެސް މޮޔަކަމެވެ. ފުލުހުން އޭގަ އޮފީހެއްގައި ތިބެގެން ވަކި ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ވެމްޕަޔަރުންނަށް އެޕޮއިންޓްމެންޓް ދޭނީ ހެއްޔެވެ؟ މަންޒަރު ހިތަށް އަރުވާލުމާއެކު ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހުރެވުނު ތަނެއް އެނގުނީ ދެނެވެ. އަވަހަށް ހިނިގަނޑު މައިތިރި ކޮށްލީމެވެ. ނަމަވެސް އެތާ ތިިބި މީހުންގެ އަނގަ ފެނި އަހަރެންގެ ހިނި ދިޔައީ ހައްތަހާ މައްޗަަށެވެ.
“އުހުން، ކައެމެން ވެސް ޖެހޭނެ ހޭން. ވަރަށް މަޖާ އެއްޗެކޭ ހަމަ ހިތަށް އައީ!” ބަނޑުގައި އަތް އަޅަމުން އަހަަރެން ބުނީމެވެ. “ފަ* ބޮއޭ!” އޭނާ ހުރީ ރުޅިއައިހެވެ. އަހަންނަށް ކީއްހެއްޔެވެ. “ޔޫ އާރ ނޯ ފަން.” އަހަރެން ހަމަ ދަގަނޑު ދޮން ކުރަނީއެވެ. މަޖަލެވެ. ވަރަށް މަޖަލެވެ.
މިހާރު އަހަރެން ވަށައިލައިފިއެވެ. “ކަލޭއަަށް މިރޭ މަޖަލަކީ ކޮން ކަމެއްކަން ދައްކާލާނަންް!” މިހާރު އޭނާ ދަތް ވިކަން ފަށައިފިއެވެ. ރުޅި ސަތޭކަ އިންސައްތައަށް އެރީއެވެ. އިރުކޮޅަކުން ފުރަތަމަަ ހަމަލާ އަންނާނެއެވެ. 3…. 2…. 1.. އެންމެ ފުރަތަމަ ހަމަލާ އައީ ފަހަތުންނެވެ. ހީކުރި ވަރަށް ވުރެ އަވަހަށެވެ. ތިނަކަށްވެސް ނުގުނެއެވެ.
އަހަރެން ހުރީ ރަނގަޅަށް ތައްޔާރު ވެގެންނެވެ. އަހަރެންނަށް ފަހަތުން އައި ހަމަލާއިން ސަލާމަތްވެލީމެވެ. އަހަރެން ބުނި ތަންކޮޅެވެ. އަހަރެން އަވަހެވެ. މިފަދަ މީހުންގެ ބޮޑު މައްސަލައެއް އޮވެއެވެ. އެއް ހަމަލާއަށްއަށް ހުރިހާ ބާރެއް، ހަކަތައެއް ހުސްްކޮށްލުމެވެ. އެފިރިހެން މީހަ ގޮސް މޫނު އެންމެ ފުރަތަމަވެސް ޖެހުނީ ބިންމަތީގައެވެ.
ދެން ވީގޮތެއް ރަނގަޅަކަށް ނޭނގެއެވެ. ސަބަބަކީ ބާކީ ތިބި އެންމެން ދެން ފުންމައިގަތީ އަހަރެންނާއި ދިމާލަށެވެ. ނަމަވެސް މިފަހަރުވެސް އެހެން މީހުންނަށް ވުރެ އަވަސް ކަން އިނގެއެވެ. އެމީހުން އެކީ އަހަރެންނާއި ދިމާލަށް ފުންމާލުމާއެކު އަހަރެންވެސް ފުންމާލީމެވެ. އެއާއި އެކު އަހަރެންނަށް ހުރެވުނީ އެމީހުން ތިބި ތަނަށް ވުރެ ވިއްސަކަށް ފޫޓު ދުރުގައެވެ. ދުވަހަކުވެސް އަހަރެންނަކަށް އެހާ ދުރަކަށް ނުދުވެވެއެވެ.
ކުއްލި ތެޅިގަަތުމެއް އައީ އެވަގުތުއެވެ. ހާސްވާން ފެށީ ދެނެވެ. ދެން އަހަރެންނަށް އެނގުނީ ކުރިމަށްޗަށް އެ އަންހެން ކުއްޖާ ރައްޓެހިވެގެން އުޅޭ ފިރިހެން މީހައައިސް ހުއްޓުން ކަމެވެ. އެއަށްފަހު ހިނގި ކަންތަށް ފެނުނީ ފުސްކޮށެވެ. އެހާާވެސް އަވަހެވެ. އެސްފިޔަ ޖަހާލާފަ ހުޅުވިނަމަ އެ މަންޒަރެއް ނުފެންނާނެއެވެ. އޭނާާ އޮތީ ބިންމަތީގައެވެ. އަހަރެންނަށް، އޭނާގެ ހަމަަލާއިން ސަލާމަތް ވާން، އޭނާގެ އަތް މަތަ ކުރެވުން ކަން އެނގެއެވެ. އަހަރެން އޭނާގެ ގައިގައި އަތްލާފައި އިންތަން ފެންނަން އިނެވެ. ނުފެންނަންވީ ކީއްވެހެއްޔެވެ؟ އޭނީ އެ ހިސާާބު އެއްކޮށް ދުޅަވެ ރަތްވެފައެވެ. ފަހަތަށް ޖެހެވުނެވެ. ހަމަ ދަމުން ދިޔައީމެވެ. އެ އެންމެނާ ކުރިމަތިލައިގެންނެވެ. ހަދާނެ އިތުރު ގޮތެއް ނޭނގެއެވެ. އެމީހުން ވެސް، ފެނުން މަންޒަަރުން އަދި އެތިބީ ހަދާނެ ގޮތެއް ނެތިފައެވެ. ފުރަތަަމަ ފަހަރަށް ބިރުވެރި ކަމާއެކު ބަޔަކު އަހަރެންނާއި ދިމާލަށް ބަަލަން ފެއްޓެވެ. އަހަރެން ގަތް ބިރު މާ ބޮޑެވެ.
ފަހަތަށް ޖެހުން މެދު ކަނޑާލުމަށްފަހު އަހަރެން ދުއްވައިގަތީމެވެ. ކޮން ތާކަށް ކަމެއް ނޭނގެއެވެ. އަދި ކީއްވެ ކަމެއްވެސް ނޭނގެއެވެ. އަހަރެންގެ ފަހަތުން އޭން މީހަކަުވެސް ނާންނާނެއެވެ. ޔަޤީނެވެ. އަހަރެންނަށް ދެވުން ތަނެއް އަދި ދެވޭ ތަނެއްވެސް ނޭނގެއެވެ. މިސްރާބެއް ނެތް ކަމުގައި ވީނަމަވެސް އަހަރެން އެމީހުންނާއި ދުރަށް ދާން އެބަ ޖެހެއެވެ. އަހަރެން މިސްރާބެއް ނުބަލާނަމެވެ. ހަމަ ދުވީއެވެ.
އަހަރެންގެ ހަޔާތުގެ ހަޤީގަތުން ވެސް މިފަދައިން ފިލޭނަމައެވެ. ކިހާ ރަނގަޅުވާނެ ހެއްޔެވެ؟ ހަޤީގަތުގައި އަހަރެން މިއިން އެއްވެސް ކަމެއް ބޭނުމެއް ނޫނެވެ. އާދައިގެ ދިރިއުޅުމަކަަށް އަހަރެން ނުކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ނަމަވެސް ހަޤީގަތާ ކުރިމަތި ލާން ޖެހޭނެއެވެ.
މީހަކު އެބަ ގޮވާ ހެއްޔެވެ؟ ހުރިހާ ޚިޔާލެއްގެ ތެރޭގައި ދިޔައިރު މީހަކު އަހަރެންނަށް ގޮވާ އަޑު އިވެންވީ ކީއްވެ ހެއްޔެވެ؟ “އިރަމް.!” އެގޮވަނީއެވެ. މިފަހަރު ހަމަގައިމުވެސް އަހަރެންނަށް ގޮވާކަން ޔަޤީނެވެ. ފަހަތުންނެވެ. އަހަރެންނަށް ގޮވީ ފަހަތުންނެވެ. އެގޮވާ މީހަކު އެހުރީ އަހަރެންގެ ފަހަތުގައެވެ. އަހަރެން ހުރިތަނަށް ހުއްޓި ހުރީއެވެ، އެނބުރެން ވެސް ނުކެރިފައެވެ. އަހަރެންގެ ފަހަތުން ލިބިދާނެ ޖަވާބަކަށް ވިސްނާފައެވެ. އިތުރަށް އުފެދިދާނެ ސުވާލުތަކަކަށް ވިސްނާފައެވެ. “އިރަމް!” މިފަހަރުވެސް ގޮވިއެވެ. ނަމަވެސް ފުދޭވަރަކަށް މަޑުންނެވެ. އަހަރެންނަށް އިވެން ޖެހޭނެ ވަރަށް ވުރެ މަޑުންނެވެ. ގޮވި ގޮތުން އޭނާ އެއްޗެއް ސާބިތު ކުރަން އުޅޭ ހެން ވެސް ހީވެއެވެ.
ރަނގަޅުވާނީ އަޑު ނީވޭ ކަމަށް ހަދާފައި ދިޔުން ހެއްޔެވެ؟ ނުވަތަ ޖަވާބެއް ހޯދުމަށް ހުރުން ހެއްޔެވެ؟ ހަަމަ ގައިމުވެސް ނުދަންނަ މީހަކަަށް އިތުބާރު ކުރުމަކީ އަމިއްލައަށް މަރުވުން ފަދަ ކަމެކެވެ. އަހަރެންގެ ޖަވާބު އަހަރެންނަށް ލިބިއްޖެއެވެ. އަހަރެން ހިނގައިގަތީމެވެ. “އަހަރެންނަށް އެނގޭ ތިއަކީ އިރަމް ކަން. އަދި މި ކިޔާ އެއްޗެއް ރަނގަޅަށް އެނގޭކަން ވެސް އެނގޭ.” އެމީހަކު ބުނީ ވަރަށް މަޑުންނެވެ. އޭނަ އެހުރީ ހަމަ ގައިމުވެސް އަހަރެންނަށް ވުރެ ފަންސާހަކަަށް ފޫޓު ދުރުގައެވެ. މީހަކަށް އެހާ ދުރުގައި ހުރެގެން ވައިއަޑުން ވާހަކަ ދައްކާ އަޑެއް ނީވޭނެއެވެ. ނަމަވެސް އަހަރެން މިއީ އެހެން މީހުންނެއް ނޫނެވެ. އެހެން މީހަަކާ އަޅާ ކިޔޭ ވަރަށް ވުރެ އަހަރެން އެމީހުންނަށްް ވުރެ ތަފާތެވެ.
ދެރަ ވާން ޖެހޭ ތަންކޮޅަކީ އެމީހަކު އެދައްކަނީ ހުރިހާ ތެދު ކަމެވެ. އެމީހަކަށް އަހަރެން ރަނގަޅަށް އެނގެއެވެ. އެމީހަކު……. ވަމުންދާ ގޮތް ވިސްނުނީ ދެނެވެ. އެމީހަކަށް އަހަރެން ރަނގަޅަށް އެނގެއެވެ. އެމީހާއަށް އަހަރެން އިނގެންވީ ކީއްވެ ހެއްޔެވެ؟ އެހާ ބޮޑެތި ވާހަކަ އެހެން، ނުދަންނަ މީހެއްގެ އިނގޭނީ ފާރަލާނަމައެވެ. އަހަރެން އެކަމަކާ ވިސްނަންވެސް ބޭނުމެއް ނޫނެވެ. މީހަކު އަހަރެންނަށް ފާރަލަފާނެ ކަމުގެ ޚިޔާލުވެސް ވިސްނޭ ވަރަށް ވުރެެ ބޮލަށް އުނދަގު ކުރެއެވެ. ނަމަވެސް އެނބުރެން އަދިވެސްް މިހުރީ ނުކެރިފައެވެ.
“އަހަރެން ނޫޅެން އިރަމް އަކަށް އެއްވެސް ގެއްލުމެއް ދޭކަށް. އަހަރެން މިއުޅެނީ އިރަމް އަށް އެހީ ވެދޭން ވެގެން.!” އޯކޭ މިހާރު އަހަރެންނަށް އޮޅިއްޖެއެވެ. އަހަރެން އެނބުރުނީ މިފަހަރު ބިރަކުން ނޫނެވެ. ނަމަވެސް ބޮލަށް ވާ އުނދަގުލެއްގެ ބޮޑުކަމުންނެވެ. މިހާރު ބިރު ގަންނަ ވަރަށް ވުރެ އަހަރެން ހުރީ ރުޅި އައިހެވެ.
“އޯކޭ. ފުރަތަމަ ފާރަލަނީ. އެވަރުން ނުވެގެން ތިބުނަނީ މަށަށް އެހީ ވާާންށޭ ތުއުޅެނީ؟ ތި ކިޔޭ އެއްޗެއް އެބައިނގޭތަ؟” ހަމަ ގައިމުވެސް އަހަރެންނަކަށް ކިޔޭ އެއްޗެއް ނޭނގެއެވެ. އަހަރެން މިބަލަނީ ހަމަ ހައްތާވެސް ނުބައި ބަހެއް ބޭރު ނުވޭތޯއެވެ. ނަމަވެސް މާކަށް ގިނައިރެއް ނުވާނެއެވެ. އަހަރެންގެ މަންމަ އަހަރެންނަށް ބޮޑެތި މީހުންނަށް އިޙްތިރާމް ކުރަން ބުންޏެވެ. މައިތިރި މިވަނީ މަންމަ އަހަރެންނަށް ކިޔަވައިދިން އެއްޗެއް އަހަރެން ހަނދާން ކުރަން ވެގެންނެވެ. ނަމަވެސް އޭނާ އަނގަ ނުހުޅުވާ މާގިނަ އިރުތަކެއް ވާން ވެއްޖެއްޔާ އަހަރެންގެ ކެއްތެރިކަން ކޮޅުންލާނެއެވެ.
މަގުމަތިން ހާހަކުން ފަހަރަކު ދާ ސައިކަލެއް ހުރަސްކޮށްލުން ފިޔަވާ ބޮޑުތަކުރުފާނު މަގު ވެސް އޮތީ ފަޅުކޮށެވެ. މިހާރު އަހަރެން މިހުރިތަނުން އޭނަ ރަނގަޅަށް ފެނެއެވެ. ހުރި ތަނުގެ ގޮތުން މަގުމަތީ އިން ހޮޅި އަކުން އޭނަ ގަޔަށް ހުރީ އަލިއެޅިފައެވެ. ހަމަ ދުވަހަކުން އޮޅިގެން މަގަކުން ފެނުން ވެސް މީހެއް ނޫ…. ނޫނެކެވެ. ކުޑަކޮށް އަހަރެން ކައިރިން ބަލާލަން ދެފިޔަވަޅު ވަރު ކުރިއަށް އެޅީމެވެ. ދެކޭ މީހެކެވެ. ކޮން ތާކުން ބާެވެއެވެ. “އިރަމް ތިންކް ޔޫ ޑަމްބްއޭސް!”
އޭނާ ހަމަ ޝޯވ އަކަށް ހުރިހެން އެއް މިޔަކަނުން ހިނިއައިސް ހުރީއެވެ. ސުވާލުގެ ނުގުޅިހުރި ފޮތިތަށް ރޭވެން ފެށީ ދެނެވެ. އެއީ ގެއަށް ކުނި ބަލައިން އަންނަ މީހައެވެ. އޭނައަށް ވެސް އަހަރެންނަށް އެއީ ކާކު ކަން އެނގިއްޖެކަން އެނގިއްޖެއެވެ. އޭނާ ކޮންމެ ދުވަހަކު އަންނަ އިރު އިންނަ ބޮޑު ތުނބުޅިގަނޑެއް މިރެއަކުނެތެވެ.
އެކްޓިން ކުރާ މީހުންވެސް މޮޅެއް ނޫން ހެއްޔެވެ؟ އާންމުކޮށް ލާ ކޮނޑުކެނޑިއާއި މުންޑު ފިޔަވާ މިރެ ހުރީ ކޯޓަކާއި ފަޓުލޫނެކެވެ. މީހުން ބުނަނީ ތެދެކެވެ. މީހުން ލައި އުޅޭ ހެދުމަކުން އެމީހަކީ ކޮން ކަހަލަ މީހެއް ކަމެހް ނޭނގޭނެއެވެ. ހަމަ ގައިމުވެސް އަހަރެންނަކަށްް ނޭނގުނެވެ. އަޅާ ހެދުމަކުން މީހަކުގެ ތަފާތު އުޑާ ބިމާ އެއްވަރުވެދާނެ ކަމުގެ ދިރިހުރި ހެކި މިހުރީ އަހަރެންގެ ކުރިމަތީގައެވެ. ބޭނުން ވަނީ އަޑުގަ ނެތް ކޮޅަށް ހޭށެވެ. ނަމަވެސް ހިނިއަންނަ ވަރަށް ވުރެ ބޮޑަށް އަހަރެން މިހުރީ ރުޅި އައިއްސައެވެ.
އޭނާ އާއި އަހަރެންނާއި ދެމެދު އުމުރުގެ ތަފާތު އެހާ ބޮޑެއް ނުވާނެ ކަންނޭނގެއެވެ. ހަމަ ގައިމުވެސް އޭނާއަކަށް ތިރީސް އަހަރެއް ނުވާނެއެވެ. ފަަންސަވިސް ވާނެ ކަމެއް ވެސް ނޭނގެއެވެ. ވަރަށް ޒުވާން ވައްތަރު ޖަހައެވެ. އަހަރެން ކައްސާލާނެ ކަހަލަ އެއްޗެއް އޭނަ ހެދީ ދެނެވެ. “އަހަރެންނަށް ތޭވީސް ބައިދަވޭ!” އަހަރެން ހަމަ ހުރީއެވެ. ލޯ ބޮޑުވެފައެވެ.
“ޓެލެޕެތް” މި ބަސް އަޑުއަހާ އުޅެމެވެ. މައިންޑް ރީޑިންގ މިބަސްވެސް އަޑު އަހާ އުޅެމެވެ. ނަމަވެސް ވާހަކަ ތަކުންނެވެ. ފިލްމު ތަކުންނެވެ. މީހަކު އަހައިފިއްޔާމުން އެއްބަހެއް ނުވާނަމެވެ. އަަހަރެން ވަރަށް ވާހަކަ ކިޔަމެވެ. ކުރިމަތީ ނަމަވެސް އެހުރީ ހަޤީގީ މީހެކެވެ. އުމުރުގެ ތަފާތަށް ބަލާނަމަ އަހަރެންނާއި އޭނާ ދޭތެރޭ އޮތީ އެންމެ ހައަހަރެވެ.
ނަމަވެސް އޭނާ މާ ނުރައްކާތެރިއެވެ. ހަމަގައިމުވެސް އަހަރެންނާއި ދިމާވި ގްރޫޕަށް ވުރެ މީނަ އެކަނި ނުރައްކާތެރިއެވެ. އެއީ އޭނާއަށް މީހުންގެ ޚިޔާލުތަށް އަޑުއެހުމުގެ ބާރު ލިބިފައި ހުރީމައެއް ނޫނެވެ. އޭނާއަށް އަހަރެންގެ މާބައިވަރު ސިއްރުތަށް އެނގޭނެތީއެވެ. ފާރަލާން ކޮންމެ ރެއަކު ގެއަށް އަންނަ މީހަކަށް މީހެއްގެ ކިހާ މައުލޫމާތެއް ހޯދިފައި ހުންނާނެ ހެއްޔެވެ؟
އަހަރެން މިވިސްނަނީ އަމިއްލައެދުމާއި މާދުރުންނެވެ. މިކަހަަލަ މީހުން ކަންތައް ތަކުގައި ވަރުގަދަ މަގްސަދެއް އޮންނާނެއެވެ. އެހެންކަމުން އެމަގްސަދެއް ހާސިލް ކުުރުމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކުރާނެއެވެ. އަހަރެންނަށް ކަމެއް ވެދާާނެ ކަމަށް ވުރެ ބިރު ގަންނަނީ އަހަރެންގެ މަންމަ އަށާއި ކޮއްކޮއަށް ގޮތެއް ވެދާނެތީއެވެ. އަހަރެންގެ ހުރި ހުރިހާ ބަޔަކީ އެއީއެވެ. އެހެން ކަމުން އޭން މީހަކަށް ކަމެއް ވުމުގެ ކުރިން އަހަރެން އަމިއްލަ އަށް ވެސް މަރުވާނެއެވެ.
އޭނާ އެއްޗެކޭ ބުނަންދެން މިފަހަރު އަހަރެން ފަޚުރު ދިރުވާލައިގެން ހުންނާނީއެވެ. ނަމަވެސް އަހަރެންގެ ކެތްތެރިކަން ކޮޅުން ދާން މާކަށް ގިނައިރެއް ނެތެވެ. “މަ މި ބުނާ ގޮތަކަށް ކަންތަށް ކުރެވޭނެތަ؟” އޭނާ އެންމެ ފަހުން ބުންޏެވެ. “މި ކާރަށް އަރާ. މަ ގެންދާ ތާކަށް ހިނގާ.” އޭނާ ބުނެލި ގޮތުން ހީވަނީ މިއަކީ އޭނަ ކޮންމެ ދުވަހަކުގެ މަސައްކަތް ހެނެވެ. ފަހަރުގައި އެހެން ވުން ވެސް އެކަށީގެން ވެއެވެ.
ކޮންމެއަކަސް މިހާރު އަހަރެންނަށް އިނގޭ އެއްޗަކީ، އަހަރެން ފިޔަވާވެސް އަހަރެން ކަހަލަ މީހުން އުޅޭ ކަމެވެ. އެހެން ކަމުގައި ވަނީ ނަމަ ކޮން ކޮން ކަހަލަ މީހުނެއް އުޅޭނެ ހެއްޔެވެ؟ މިހާރު ކުރިން އައި ހިޠަލު މާކަށް މަޖަލެއް ނޫނެވެ. ވެމްޕަޔަރުން އުޅުމެވެ. އެމީހުންނަށް އެޕޮއިންޓްމެންޓްދޭ ޚާއްސަ ތަނެއް ހުރުމެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

"ޕެރަނޯރމަލް"

Share Article

Follow Me Written By

Jaishan

Level 110 Stories

Other Articles

Previous

ކުށަކާނުލާ.. (6 ވަނަ ބައި)

Next

ހިތް ނުރޮއްވާ… (13)

Next
September 25, 2013

ހިތް ނުރޮއްވާ… (13)

Previews
September 23, 2013

ކުށަކާނުލާ.. (6 ވަނަ ބައި)

22 Comments!

  1. A zoo says:
    September 24, 2013 at 4:27 pm

    Mi vaahakaige vaa Nuba neage

    1. Jaishan says:
      September 24, 2013 at 4:34 pm

      ?Is it that bad

    2. ޒަހޫ says:
      September 24, 2013 at 9:53 pm

      alheyy…thankolheh saaf kohliyelaba….eyrun varah salhi vaane…..bt meethi vvvvvvvvvvvv.interesting

    3. Jaishan says:
      September 24, 2013 at 10:12 pm

      މީހަކަށް ކަމު ގޮއްސި. ޝެނިންއާއި ދެމީހުން ދިމާވާ ފަހުން ދެން ސާފު ވާން ފަށާނީ. އަދި ހަމަ ދެމީހުންގެ ލައިފް މިހާރު އޮތް ހިސާބުން ޕިކްއަޕް ކުރަނީ.
      ވަރަށް ބޮޑަށް ތެންކިޔު ޒަހޫއަށް. ވީހާވެސް ބޮޑަކަށް ރަނގަޅު ކުރެވޭތޯ ބަލާނަން.

    4. Galiya says:
      February 5, 2014 at 11:37 am

      If you wrote an article about life we’d all reach enneghtenmilt.

  2. noona says:
    September 25, 2013 at 2:21 pm

    very interesting and nice. kn iraku 3 vana bai publish kuranee cant wait to read it 🙂

    1. Jaishan says:
      September 25, 2013 at 2:32 pm

      ވީހާވެސް އަވަހަކަށް… 🙂

  3. ރޮކްސީ says:
    September 26, 2013 at 11:52 am

    މިހަރު އެބައެނގޭ ވާނުވާ… ވވވވވވވވވ ސަޅިކޮއް ގެންދެވެނެ މިސްޓޯރީ… ކޮންއިރަކު 3 އަޕްކޮށްލާނީ….. އުއްމިދު ކުރަން ހަމަ ޕާޓްހާ ރީތިވާނެ ކަމައް…

    1. Jaishan says:
      September 26, 2013 at 12:07 pm

      ހެހެ ތެންކްސް… ވީކެއްތެރޭ މޭބީ… 🙂

  4. އަޚްމަދު ފާތިޙް says:
    September 27, 2013 at 5:03 pm

    ވަރަށް ސަޅި

    1. Jaishan says:
      September 27, 2013 at 5:58 pm

      ހޭ… ތެންކްސް ފާތިޙް… 🙂

  5. Al.haa says:
    September 30, 2013 at 11:29 am

    I undstand the concept but i think yu shud imprv ur writing skills n make it a bit clear 🙂 so far its good 🙂

    1. Jaishan says:
      September 30, 2013 at 2:02 pm

      ހަހަ ތެންކްސް. ވިލް ޓްރައި ޓު އިމްޕްރޫވް.
      ވީވަރަކުން ބަލާނަން ރަނގަޅު ކުރެވޭތޯ.. ކިހިނެއްތޯ ހަދަންވީ؟ ސާފު ކުރަންވީ ކިހިނެއްހޭ ވާހަކައަކީ… 🙂

  6. Milu says:
    October 3, 2013 at 11:17 am

    maa dhigu koh sentence hunaathi gina faharau neygey
    make it kurukoh foni koh
    i myn kuru ibaaraathakun egey gothah 🙂 😉

    1. Jaishan says:
      October 5, 2013 at 12:15 pm

      އާދެ.. ދެން ފަހަރަކުން އަންނަ ބައިގަ ވީ ހާވެސް ކުރު ކުރެވޭތޯ ބަލާނަން.. 🙂

  7. jilbaab says:
    October 20, 2013 at 5:38 pm

    މި ވާހަކައިގައި ވާނުވާއެއް ( 2 ބައި ކީ އިރުވެސް ) ހަމަ އެއްގޮތަކަށްވެސ ނޭނގުނު. އައިޑިއަރ ވަރަށް ސަޅި، މައްސަލައަކީ ދޭހަ ނުވާތީ. ހީވާގޮތުން މީ ހަމައެކަނި އަޅުގަނޑަށް ދިމާވި ކަމެއް ނޫން…. ދެން ބުނެލަން އޮތީ ” ބޭ އަދަބީ ބަސްތައް ” ބޭނުން ނުކުރައްވާށޭ.. އަކުރެއް ނުވަތަ ދެ އަކުރެއް މަދުކޮށްފައި ލިޔެލިޔަސް ކިޔާ ބޭފުޅުންނަށް އެނގޭނެ އެއީ ކީކޭކަން. އަދި ހަމަގައިމުވެސް ( ހިތާހިތުން ނަމަވެސް ) އެބަސްތައް ދާނީ ކިޔެމުން. ވީމާ އަޅުގަނޑުގެ ޚިޔާލަކީ އެފަދަ ބަސްތައް ނުލިޔެ ދޫކޮށްލުން. ޝުކުރިއްޔާ!

    1. Jaishan says:
      November 1, 2013 at 8:19 pm

      ސޮރީ ވާނުވާ ނޭނގުން ކަމުގައިވަނީ ނަމަ. އެކަމު އިނގޭނީ ބޮޑަށް ފިކްޝަނަލް ފިލްމު އެއްޗެހި ބަލާނަމަ. އެކަމު ބޭއަދަބީ ބަސްތަށް ބޭނުން ކުރެވިފައި ހުރީމަވެސް ސޮރީ.. އަޅުގަނޑު ބެލީ ވީހާވެސް ރިއަލް ލައިފާއި އެއްގޮތަށް ޕޯޓްރޭ ކުރެވޭތޯ… ނޭނގުނީތީ ވަރަށށް ބޮޑަށް ސޮރީ… 🙁

    2. Jaishan says:
      November 1, 2013 at 8:23 pm

      ހަމަ އފަދައިން އައިޑިއަރ ކަމުދިޔައީތީ ވަރަށް ބޮޑަށް ޝުކުރު… ހަގީގަތިގައި ހަމަ ނުސާފު ކޮށް ގަސްތުގައި ގެނައީ… މިގިތަށް ހެދީ ސަސްޕެންސް އިތުރު ކުރަން. ޝުކުރިއްޔާ ޖިލްބާބު….. 🙂

  8. GuDuMeena says:
    April 6, 2014 at 9:54 am

    V. Intrsting vaahaka eh. . vaanuvaa ves engey. . may be eiy konme konme meehehge mind ah vaane kameh noon. . this is another level. . Bravo!!. . a

  9. Jaishan says:
    April 6, 2014 at 12:23 pm

    Varah Foni Vejje eve

  10. Jaishan says:
    April 6, 2014 at 12:25 pm

    Varah Foni Vejje eve

  11. Monsta says:
    June 8, 2019 at 6:11 pm

    Nice idea

Comments are closed.

Next Episodeހަތިޔާރު (ދެވަނަ ބައިގެ 1)←


All Right Reserved!