Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަލާޔާނުލާ ދިރުމެއްނެތެވެ. (16)

who am i? Level 1100 Comments
February 9, 2017 5 Mins Read
17 Comments

މޭޒުތައް ދޮށުގައި މަސައްކަތް ކުރަން ތިބި މުވައްޒަފުން އެދިމާލަށް ބަލަން ތިބީ ޙައިރާންވެފައެވެ. ސަލަފް ކޯތާފަތްމަތީ ފިރުމާލަމުން ޝާޔާގެ މޫނަށް ބަލާލިއިރު ޝާޔާ ހުރީ މޫނުގައި އަތް އަޅައިގެންނެވެ. ހިމަ ހޯލިތަކެއްފަދަ ރީތި އިނގިލިތަކުގެ ދޭތެރެއިން ފޭދިގެން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ މުލަދަނޑިން އައިސް އުޅަބޮށި ކައިރިން އޮބާލައެވެ. މަޑު ގިސްލުމުގެ އަޑުން ހިމޭންވެފައިވާ އޮފީސްތެރޭގެ ހިމޭންކަން ނަގާލިއެވެ. ހަނާ އާއި ސުދާ މަންޒަރު ބަލަންތިބި އިރު ދެމީހުންގެ މޫނުމަތިންފެނިގެން ދިޔައީ ވިހަ ހިނިތުންވުމެކެވެ.

ޝާޔާ ގިސްލަމުން ދިޔައިރު ސަލަފްގެ ހިތުގައި ހަމްދަރުދީގެ ޖަޒްބާތުތައް އުފެދެމުން ދިޔައެވެ. ޝާޔާގެ ހަމަލާ ސަލަފްއަށް އަމާޒުވި ނަމަވެސް ޝާޔާއާމެދު ހިތްބަރުކަމެއް އޭނާގެ ހިތަކު ނެތެވެ. ދިހަވަރަކަށް މިނެޓް ފާއިތުވެގެން ދިޔަފަހުން ޝާޔާ ދެއަތް ތިރިކޮށްލަމުން ނޭފަތް އެތެރެއަށް ދަމާލިއެވެ.

“އަހަރެން ބޭނުން ސަލަފް އާއި ވަކިން ވާހަކަ ދައްކާލަން.” ޝާޔާގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. ސަލަފް އަންނާށޭ ބުނެފައި ކެބިންއަށް ވަނުމުން ޝާޔާ ފަހަތުން ވަނެވެ.

“ޝާޔާ. އަހަރެން…” ސަލަފް އުޅުނީ އޭނާގެ ކުށެއް ނެތްކަން ކިޔައިދޭށެވެ.

ރޭގައި ޝާޔާގެ ފަރާތުން ފެނުނު ހަރުކަށިކަމާއި މިއަދު ފެންނަ ކަންތަކުގެ ސަބަބުން ޝާޔާގެ ހިތުގައި އޭނާ އާ މެދު ޝައްކު އުފެދިފައިވާކަން ސަލަފްއަށް ނަގައިގަނެވެއެވެ. ޝާޔާ ހާސިލްގެ ކުރުމުގެ ނިޔަތުގައި ޝާޔާގެ މަންމަ އާ ގާތްކަން ބޭއްވި ނަމަވެސް އެފަދަ ކަމެއް ސަލަފް ދުވަހަކުވެސް ނުކުރާނެއެވެ.

“ސަލަފްއަށް މިކަމުން ލިބުނީ ކޮން އުފަލެއް؟ އަހަންނަކަށް ނުވިސްނޭ ސަލަފްގެ މަޤްސަދަކީ ކޮބައިކަމެއް. ސަލަފް އަހަރެންގެ ދިރިއުޅުމަށް އަންނަން މަސައްކަތް ކުރިއަސް އަހަރެން ބުނެލަން ބޭނުންވަނީ އަހަރެންގެ ދިރިއުޅުމުގައި އިތުރުމީހަކަށް ޖާގައެއް ނެތް. އަހަރެން އިތުރަށް ފަޟީހަތް ނުކޮށް ސަލަފް އަހަރެންގެ ހިޔަންޏާ ދުރަށް ދޭ. އަހަރެމެންނަށް ސަލަފްގެ އެހީތެރިކަމެއް ބޭނުމެއް ނުވޭ. ސަލަފް ދައްކާ މުއްސަނދިކަމުގެ ދަޅައިގައި އަހަރެން ނުޖެހޭނަން.” ޝާޔާ ދެތިން ސިކުންތަށް ހުއްޓާލިއެވެ. ސަލަފް އިނީ ޖަވާބު ދާރީވެވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.

“އަހަރެން ބޭނުންވަނީ މިތަނުގެ ވަޒީފާ ދޫކޮށްލަން.” ޝާޔާގެ ނިންމުން އިވުމުން ސަލަފްއަށް މަޑަކުން ނީދެވުނެވެ.

“ނޫން. ޝާޔާ. އަހަރެމެން ދެމީހުންގެ މެދުގައި ވަރަށް ބޮޑު މިސްއަންޑަސްޓޭންޑިންއެއް އެބައުޅޭ. އަހަރެން ސާބިތު ކޮށްދޭނަން ޝާޔާއަށް މިކަމުގެ ފަހަތުގައި ވަނީ އަހަރެން ނޫންކަން. އަދި މިކަން ކުރި ބަޔަކު ޝާޔާގެ ކުރިމައްޗަށް ގެންނާނަން. އަހަންނަށް ކުޑަ ވަގުތުކޮޅެއްދީ. ޝާޔާ. އަހަރެން ޝާޔާ ދެކެ އިންތިހާއަށް ލޯބިވަން. އަދި އަހަރެންގެ ހަޔާތް އާރާސްތުކޮށްދޭނެ ބައިވެރިއަކީ ޝާޔާ ކަމުގައި ދެކެން. އަހަރެން ލޯބިވާ ވަރަށް އިތުރު މީހަކަށް ލޯތްބެއް ނުވެވޭނެ. އަހަރެން ޝާޔާ ބަދުނާމްކުރަންވީ ކީއްކުރަން؟ ޝާޔާއަށް ލިބޭ ކޮންމެ ހުތުރަކީ އަދި ދެރައަކީ އަހަރެންގެ ފަސްބައިގައި ޖެހޭ ލައްގަނޑަކަށް ވެގެންދާނެ. ޝާޔާ. އަހަންނަށް އިތުބާރު ކުރޭ. އަހަރެން ބޭނުންވަނީ ޝާޔާ އުފަލުގައި ބަހައްޓަން. އަދި އަހަރެންގެ ވެސް އުފަލުގައި ހުންނަން. އަހަރެން ހުރިހާ ދުވަހު ޝާޔާގެ އާއިލާއަށް ހިމާޔަތްދޭނަން. އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރޭ. އަހަރެން ކުރިކަމެއް ނޫން މިއީ.” ސަލަފް ތަކުރާރުކޮން އޭނާގެ ކުށެއް މިކަމުގައި ނުވާނެކަމަށް ބުނަމުން ދިޔައެވެ.

“އަހަރެން އިތުރަށް ސަލަފްގެ މަޅީގައި ޖެހޭކަށް ނޫޅެން. މިއަދުން ފެށިގެން އަހަރެން މިތަނުން ވަކިކޮށްދީ. ހެޔޮނުވާނެ. މިތަނުގެ އެއްވެސް މުވައްޒަފަކާ އަހަރެން ކުރިމަތިލާނެ ހިތްވަރެއް ނެތް.“ ޝާޔާ ދެލޮލުން ކަރުނަތައް ނިރާލިއެވެ. ސަލަފްގެ ކުރިމަތީ ނުރޯންވެގެން ކަރުނަތައް އޮއްބާލުމުގެ ގޮތުން ދެލޯމަރާލިއެވެ.

“ޝާޔާ. މިވަގުތު ޝާޔާއަށް ވަޒީފާ ވަރަށް މުހިއްމު. މިތަނުން ދުރަށް ދިޔަޔަސް އެހެން ތަނަކުން ވަޒީފާއެއް ހަމަޖެހެންދެން މަޑުކުރޭ. ނޫނީ ކުރު ޗުއްޓީއެއް ނަގާ. އަހަރެން އެހެން ތަނަކުން ވަޒީފާއެއް ހަމަޖައްސައިދެންތަ؟” ސަލަފްގެ އަޑުގައިވަނީ އޯގާތެރިކަމެވެ.

“ނޫން. އަހަރެން ސަލަފްގެ އެހީތެރިކަމެއް ބޭނުމެއް ނޫން.” ޝާޔާ އިންކާރު ކުރިއެވެ.

ޖޯޑެއް ފުރެންދެން ހޫނު ކޮފީ އަޅާލުމުން އޭގެން އާވިގަނޑު އަރައިގެން ދިޔައެވެ. ޖޯޑުގައި ފަރުވާތެރިވެ ހިފާލަމުން ހަނާ އެނބުރިލީ އިށީދެ އިން ސުދާ އާއި ދިމާލަށެވެ.

“އަހަރެންގެ ޕްލޭން ކާމިޔާބު. މިފަހަރު ދެމީހުންގެ މެދުގައި އުފެދުނު ހުޅުގަނޑު ރޯވެ އަނދަމުން އެބަދޭ.“ ހަނާ އުފާފާޅުކުރަމުން އައިސް ސުދާ އާއި ޖެހިގެން އިށީނެވެ.

“ހަނާ ކިހިނެއް ހެދީ؟” ސުދާ އެކަމުގެ އެންމެ އަޑި އެނގެން ބޭނުންވި އެވެ.

“ސުދާ އަތުން ނެގި ފައިސާކޮޅުގެ ބޭނުން ހިފީ. އަހަރެން ގޭކައިރީގައި ނުލަފާ އަރުވަން އުޅޭ ބަޔަކަށް ފައިސާކޮޅު ދީފައި ބުނީ ޝާޔާގެ ފޮޓޯތަކެއް ނަގަން. ދެން އެރޭ އެމީހުން ނިކުންފަހުން އަހަރެން އެމީހުންނަށް އަގުދޭން އާއިރު ސަލަފް އޮފީހަށް ވަންނަތަން ދުށިން. އެހިސާބުން ޔަޤީންވެއްޖެ ހުވަފެނުގައި ކުލަ ޖެހެމުން އެބަދާކަން. ދެން ފަހުން އެ ފޮޓޯތައް ރައްޓެއްސަކު ލައްވާ އެޑިޓްކޮށްލުމަށްފަހު ހެނދުނު އެންމެ ކުރިން އައިސް އޮފީހުގެ ހުރިހާ ކޮންޕިއުޓަރުތަކުގެ ވޯލްޕޭޕާއަށް ލީ. ސީ ސިންޕަލް.” ހަނާ ކޮފީޖޯޑުގެ އަނގަމަތީ އިނގިލި ހިންގާލަމުން ބުނެލި އެވެ.

“ހަނާއަށް ސާބަސް. އެކަމަކު ބުނަން މިއީ އަދި ފެށުން. ހުޅުގަނޑު ނިވުނަ ދޭނެކަމެއް ނެތް. އެކަންތައްވެސް އަހަރެން ހަނާ އާ ހަވާލު.” ސުދާ ބުނެލި އެވެ.

ޝާޔާ ސަލަފްގެ ކެބިން އިން ނިކުމެގެން ދިޔަފަހުން ސަލަފް އިރުކޮޅަކު ވިސްނަން އިނުމަށްފަހު ކެބިން އިން ނިކުތެވެ. މަސައްކަތުގައި މަސްއޫލުވެ ތިބި މުވައްޒަފުންނަށް އިޝާރަތްކޮށްލުމާއެކު އެމީހުންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

”މިއީ ކާކު ކުރިކަމެއް؟“ ސަލަފް ހަރުކަށިކަމާއެކު އަހާލިއެވެ. ހުރިހާ މުވައްޒަފުންގެ މޫނަށް ބަލާލަމުން ކުރި ސުވާލުގެ ޖަވާބަށް އެންމެންގެ ފަރާތުން ފެނުނީ ހަނު ހުރުމެވެ.

“އެންމެ ރަނގަޅު. މިކަމުގެ ފަހަތުގައިވަނީ ކާކުގެ އަތެއްކަން އަހަރެން ބަލާލާނަން. ޒަވީން. އެހެރަ ސީސީ ކެމެރާގެ ފުޓޭޖުތައް ދައްކާލަބަލަ.” ޝާޔާގެ މޭޒާއި ދިމާ މަތީގައި އިން ކެމެރާއަށް އިޝާރަތްކުރަމުން ސަލަފް ބުނެލިއެވެ. މުވައްޒަފުންގެ މޫނުމަތިން ކުޑަ ނުތަނަވަސްކަމެއް ފެނިގެން ދިޔައެވެ. ހަނާ އާ ސުދާ އެތަނުގައި ތިބީ ވަރަށް ހަމަޖެހިފައެވެ.

“ރޭގެ އަށަކުން މިއަދު ހެނދުނު ނުވައަކަށް ކެމެރާ އިނީ އޮފްކޮށްފައި.” ޒަވީން ގަޑިތަކަށް ބަލަމުން ބުނެލިއެވެ.

ސަލަފްއަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. ކުރިމީހަކު ކުރީ ވަރަށް ވިސްނައިގެންކަން ސަލަފްއަށް ޔަޤީނެވެ. ޒަވީން ސިއްރުން ހަނާ އާއި ސުދާގެ މޫނަށް ބަލާލަމުން އިސްއޮބާލިއެވެ. ކުރީ ފަހަރު ސީޑީ މައްސަލައިގެ ފަހަތުގައިވީ ހަނާކަން އެނގުނީ އޭނާއަށެވެ. އެފަހަރުވެސް ހުރިހާކަމެއް ސިއްރުކުރީ މަސްލަހަތަށްޓަކައެވެ. މިފަހަރުވެސް ޒަވީންގެ ޝައްކު އަމާޒުވެގެން ދިޔައީ ހަނާއަށެވެ.

ޔޫއާން ކޮލެޖުން އައިސް ފޯނު ނަގައި ބަލާލިއެވެ. ރޭގައި ޝާޔާއަށް ގުޅުމުން ޖަވާބު ނުލިބުނު ތަނުގައި މިއަދުގެ މިގަޑި އާ ހަމަޔަށް ޝާޔާގެ އެއްވެސް ޚަބަރެއް އޭނާއަކަށް ނުވެއެވެ. ޔޫއާން އަނެއްކާވެސް ފޯނު ނަގައި ޝާޔާގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ޝާޔާގެ ފޯނު ނިއްވާލާފައިވާކަމަށް ތަކުރާރުކޮން ބުނަމުން ދާތީ ޔޫއާން ކަންބޮޑުވިއެވެ.

އަނީސާއަށް ގޭގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުމުން ދޮންނަން ހުރި ތަށި ސިންކު ތެރެއަށް ދޫކޮށްލުމަށްފަހު އަވަހަށް ދޮރު ހުޅުވުމަށް އަވަސްވެގަނެވުނެވެ. ދޮރު ހުޅުވާލާ ބަލާލިއިރު ކުރިމަތީގައި ހުރީ ޒުވާނެކެވެ.

“މިއީ މިގެއަށް ފޮނުވި ސިޓީއެއް.” އޭނާގެ ޖީބުން ސިޓީ އުރައެއްނަގާ ދިއްކޮށްލަމުން ބުނެލިއެވެ. އަނީސާ އޭގައި ހިފާ ފޮނުވި މީހެއްގެ ނަން އިންތޯ ބަލާލިއެވެ.

“ކާކު ދިން އެއްޗެއް؟” އަނީސާ އިސްއުފުލާލި އިރު އެ ޒުވާނާ ދޮރާށިން ނިކުންނަނީ އެވެ.

އަނީސާ ސިޓީއުރަ ކަނޑަމުން އެތެރެއަށް ވަދެ ބަލާލިއިރު ސިޓީއުރައިގެ އެތެރޭގައި ހުރި ފޮޓޯތައް ފެނި އަނީސާއަށް ލިބުނީ ސިހުމެކެވެ. ބަރަހަނާކޮން ފިރިހެނުން ތަކަކާއެކު ޝާޔާ ހުރިތަން ފެނުމުން ހީވީ އޭނާގެ މޫނުމަތީ ހޫނު އެތިފަހަރެއް އަޅާލިހެންނެވެ. އެއާއެކު މޭގައި އުފެދުނީ ދިލަ ރިހުމެކެވެ. ސިކުންތަކަށްވުރެ އަނެއް ސިކުންތުގައި ރިހުން ގަދަވަމުން ގޮސް އަނީސާއަށް ހުރިތަނަށް ތިރިވެވުނު އިރު މުޅި މީހާ ދާހިއްލާ ފޯވިއެވެ.

“މަންމާ” ގޭތެރެއަށް ވަން ޝާޔާއަށް އަނީސާ އިން ހާލުފެނި ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. ދުވެފައި އައިސް އަނީސާގެ ކުރިމަތީ ދެކަކޫ ޖަހާލާ އަނީސާގެ ކޮނޑުގައި އަތްޖައްސާލުމާއެކު އޭނާއަށް ލިބުނު ހައިރާންކަން ކުޑައެއް ނޫނެވެ. އަނީސާ މާނޭވާލަމުން ދިޔަ ނަމަވެސް ޝާޔާ ފެނުމާއެކު އަނީސާއަށް ވަމުން ދިޔަ އުދަނގޫތަކުގެ މަތިން ކުޑަ އިރުކޮޅަކަށް ހަނދާންނެތުނެވެ. ކޮނޑުގައި ބާއްވާފައި އޮތް ޝާޔާގެ އަތާއި ދިމާލަށް ނުރުހުންވެ ބަލާލަމުން އެއަތް ފޮޅުވާލިއެވެ.

“ރޭގަނޑު ހަތަރު ދަމު އޮފީހަށޭ ކިޔާފައި ގޮސް ކުރާ ކަމަކީ މިއީ؟” އަނީސާ އަތުގައި ހުރި ފޮޓޯތައް ޓައިލްސް ތައް މައްޗަށް އުކާލިއެވެ. ޝާޔާއަށް އެ ފޮޓޯތައް ފެނުމުން ލަދުން އިސްޖަހާލެވުނެވެ. ކުށެއް ނުކުރިއަސް ލަދު ގަތީ އޭގައި އޭނާގެ އައުރަ ފާޅުވާތީ އެވެ.

“އަހަރެން ތަރުބިއްޔަތު ދިނީ މިހެން އުޅޭކަށް ނޫނެއްނު. ލަދެއްވެސް ނުގަނޭ ދޯ މުޅި މާލެއަށް ފަޟީހަތް ވުމުން. އަމިއްލަ ދެއަތުން ނަގާލެވުނީ ކޮންއެއްޗެއްކަން އެނގޭތަ؟“ އަނީސާ މޭގައި ކަނާތުން ފިރުމާލަމުން ވާހަކަ ދެއްކީ އުދަނގުލުންނެވެ. ޝާޔާ ކުރިމަތީގައި އިނދެ ގިސްލަމުން ދިޔައެވެ.

“ކަލެއާ އިންނާނެ މީހަކުވެސް ނޭނގެ ވާނެކަމެއް.“ އަނީސާ މޫނު އަނެއްފަރާތަށް އަނބުރާލުމުން ޝާޔާ ވަކިން ދެރަވިއެވެ. މަންމަ އާ ހިއްސާކުރަން ބޭނުންވެފައިވާ އެތައް ވާހަކައެއް ވީ ނަމަވެސް އޭނާގެ ދޫ މިވަގުތު ހަރަކާތެއް ނުކުރެއެވެ. ހިތުގެ ޝަކުވާތަކާއި އާދޭސްތައް އޮހެމުން ދިޔައީ ކަރުނައިގެ ސިފައިގައެވެ.

އަނީސާ މޭޒުގައި ހިފަހައްޓައިގެން ތެދުވިއެވެ. ނޭވާ ހާސްވެ އުދަނގޫވާތީ ކުރިއަށް ފިޔަވަޅެއް އެޅުނީ މޭޒުގެ އެހީގައެވެ. ކުރިއަށް ދެތިން ފިޔަވަޅު ނަގާލުމުން އަރި އަޅާލަން އުޅުމުން ޝާޔާއަށް އެދިމާލަށް ދެވުނެވެ.

“މަށަށް އެހީވާނެ ކަމެއް ނެތް. މި ކަންތައް ކުރުމުގެ ކުރިން މަންމަގެމަތިން ހަނދާންކުރިނަމަ.” އަނީސާގެ ފަރާތުން އިވެމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް އިވުނު ހަރުކަށި ބަސްތަކެއް ނޫނެވެ. އެއިން ކޮންމެ ބަހެއް ވިހަލާފައިވާ ތީރުތަކެއް ފަދައިން ޝާޔާގެ ހިތަށް ހެރި ޒަޚަމް ވަމުން ދިޔައެވެ.

“މަންމާ. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ. އަހަރެން އެއްވެސް ކަމެއް ނުކުރަން.” ޝާޔާގެ ދުލުން ބުނެވުނީ އެހާ ވަރަށެވެ. ހިތުގައި ޖެހިފައިވާލެއް ބޮޑުކަމުން މިވަގުތު ބޭނުންވަނީ މަންމަގެ އުނގުގައި ބޯއަޅާލައިގެން އޮވެ ހިތްފުރެންދެން ރޯލާށެވެ. އަނީސާ އެއަޑު ނާހާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. ޝާޔާ ދޮރުގައި ތަޅަމުން މަންމައަށް ގޮވަމުން ދިޔައެވެ. އޭނާގެ ވާހަކަ އަޑުއަހާށޭ ކިޔައި އާދޭސްކުރަމުން ދިޔައެވެ.

އީރާ އަތުކުރީ ގަޑިއަށް ބަލާލަމުން ނިދާފައި އޮތް ޝަހުދުގެ އަތުގައި ކޮއްޓާލިއެވެ.

“ދާން ވެއްޖެ.” އީރާ ދާ ވާހަކަ ބުނުމުން ޝަހުދު ނިދީގައި އޮވެ ބޯޖަހާލިއެވެ. އީރާ ތެދުވެ ހެދުން ރަނގަޅު ކޮށްލަމުން މޭޒުމަތީގައި ހުރި ފޮތްތައް ނަގާ ހިނގައިގަތެވެ. ޝަހުދުއަށް އުދަނގޫ ނުވާނެހާ ސިއްރުން ދޮރު ލައްޕާލިއެވެ. ދެން އެގެއިން ނިކުމެ އެގެއާ ވަރަށް ދުރަށް ދެވުނު ފަހުން ފޯނު ނެތްކަން ހަނދާންވިއެވެ. ޖިންސުގެ ޖީބުތައް ޗެކު ކުރުމަށްފަހު ޝަހުދުގެ ގެއަށް ދިއުމަށް އަނބުރާލިއެވެ.

ގެއަށް ދާން ލަސްވެފައި ވިއަސް ފޯނު ނުލާ ދާން ބޭނުމެއް ނޫނެވެ. ރޭގަނޑު ހަތަރުދަމު ހޭދަކުރަނީ ފޯނުގައި އޮވެގެން ކަމަށްވާތީ ފޯނު އޭނާއަށް މުހިއްމެވެ. އީރާ އެނބުރި ޝަހުދުގެ ގެއަށް ވަދެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަން އަތް ނެގި ވަގުތު އެތެރެއިން އަންހެނަކު ހީލި އަޑު އިވުނެވެ. އީރާ ތަޅުގައި ހިފާ އަނބުރާލުމުން ދޮރު ކުޑަކޮށް ހުޅުވިގެން ދިޔައެވެ. އީރާއަށް ފެނުނު މަންޒަރުން ފެންކަޅިވެގެން ދިޔައެވެ. ޝަހުދުގެ އަތުތެރޭ އިތުރު އަންހެންކުއްޖަކު ހުރިތަން ފެނުމުން އީރާއަށް އެމަންޒަރު ބަލަން ކުޅަދާނައެއްނުވިއެވެ. ދޮރު މަޑުމަޑުން ޖަހަން އުޅެނިކޮށް ލައްޕާލެވުނީ ބާރަށެވެ.

“ކާކު؟” ޝަހުދު ގޮވާލި އަޑު އިވުނެވެ.

އީރާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ޝަހުދު ހިނގާފައި އަންނަ އަޑު އިވުމުން އީރާ ދުވެފައި ކަހަލަ ގޮތަކަށް ބޭރަށް ނިކުމެ ގަސްތަކާ ނިވާވެލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

who am i?

Level 1100 Comments

No One Care's Who I Am? No One Knows Me! NoBody Can Find Me.. Where Am I? Who Knows? NoBody Knows..

Other Articles

Previous

ފުން ލޯބި (10)

Next

ފިރިމީހާގެ ހައްޤުގައި (20)

Next
February 9, 2017

ފިރިމީހާގެ ހައްޤުގައި (20)

Previews
February 9, 2017

ފުން ލޯބި (10)

17 Comments!

  1. nashmy says:
    February 9, 2017 at 1:46 pm

    v reehi..

    1. ****** says:
      February 9, 2017 at 7:05 pm

      thanks

  2. Mal mal says:
    February 9, 2017 at 2:04 pm

    Hmmm shalhi me 2nd dhw

    1. ****** says:
      February 9, 2017 at 7:07 pm

      thanks!?

  3. Shy beauty says:
    February 9, 2017 at 2:24 pm

    Mi storyge 1st part kiyaalan libeyny kihineh hedhymakan kommevex meehaku bunedhyfaanantha???plx..☺

    1. Zoaeee says:
      February 9, 2017 at 4:00 pm

      Kiuntheriaage name ah fithaalyma fennaane

    2. ****** says:
      February 9, 2017 at 7:09 pm

      https://www.esfiya.com/author/blue-sea/

    3. Dhonthi says:
      February 10, 2017 at 12:32 am

      Mivaahaka ekkoh ebain kulhudhuffushi.com/category/story/page10 ga

  4. afu says:
    February 9, 2017 at 3:42 pm

    Ebunaahen !1st part nufenigen mu ulheny..

    1. ****** says:
      February 9, 2017 at 7:14 pm

      https://www.esfiya.com/author/blue-sea/

  5. Ainthu says:
    February 9, 2017 at 4:06 pm

    V.reethi

    1. ****** says:
      February 9, 2017 at 7:15 pm

      thanks??

  6. Brainless says:
    February 9, 2017 at 4:18 pm

    Wow nice..??❤??
    Shaayaa and eeraa ahh vex mi v haadha dhera gothekey dhw..?
    Sudhaa and hanaa dhw shaayaa ahh landu dhiny.. I thought salaf kamah…
    Varah salhi mi part ves..???
    I really like it..❤

    1. ****** says:
      February 9, 2017 at 7:18 pm

      hehe dhw. thanks! ??

  7. Brainless says:
    February 9, 2017 at 4:20 pm

    Mihaaru up kohfa huri comments that balaalaba..
    Writer ihnaane 1 part keyeyne gotheh hadhaidhyfa..
    Check the previous parts comments..

  8. Khadheeja says:
    February 9, 2017 at 4:28 pm

    Haadha kuru alhe

    1. ****** says:
      February 9, 2017 at 7:19 pm

      thanks… nxt part dhigu kohlaanan ??

Comments are closed.



All Right Reserved!