Skip to content
އެސްފިޔަ

ކަލާޔާނުލާ ދިރުމެއްނެތެވެ. (15)

ބޭރުގައި ހުރި ސެކިއުރިޓީ ބަލަހައްޓާ މީހާގެ ކަންފަތާއި ހަމަޔަށް ޝާޔާގެ އަޑު ފޯރުމުގެ ކުރިން އެތަނުން އެކަކު ޝާޔާގެ އަނގަމަތީ އަތް އަޅާ ގަދަކަމުން އެތަނުން ކެބިންއަކަށް ވައްދައިފިއެވެ.

”ކެމެރާ އޮންކުރޭ.” އެމީހުންގެ ތެރެއިން އެކަކު ބުނެލިއެވެ.

ހަތަރު ފިރިހެނުންގެ ތެރެއިން ތިން މީހުން ޖީބުން ފޯނާއި ކެމެރާ ކަހަލަ އެއްޗެހި ނަގާ ތައްޔާރުވެއްޖެއެވެ. ޝާޔާ ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލާލިއެވެ. މޫނު ނިވާކޮށްގެން ތިބުމުން އެއްވެސް މީހެއް ވަކިކުރާކަށް ނޭނގެއެވެ. އެތަނުން އެކަކު މޫނުގައި އަޅާފައި ހުރި ފޮތިގަނޑު އަނގަމަތި އެކަނި ފެންނަވަރަށް ހިއްލާލިއެވެ. އަދި ޝާޔާގެ ކޮނޑުގައި އަޅާ ސޯފާގެ މައްޗަށް ވައްޓާލިއެވެ.

ޝާޔާގެ ހިތް ހީވަނީ މޭފަޅާ ނިކުމެފާނެހެންނެވެ. ކެބިންގައި ހުރި އޭސީގެ ފިނިކަމުން އޭނާގެ ހަށިގަނޑަށް އެއްވެސް އަސަރެއް ނުކުރެއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭ ދާތިކިތަކުން އޭނާގެ ނިތްކުރި ފުރާލައިފިއެވެ. އޭނާ ސޯފާއިން ތެދުވުމުގެ ކުރިން ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން ކުރިއަށް ޖެހުނު ޒުވާނާ އޭނާގެ ގައިމައްޗަށް ޖެހިގެންފިއެވެ. ޝާޔާ ލައިގެން ހުރި ޔުނީފޯރމްގެ ގޮށްތައް އެއްއަތުން ދަމައިގަތެވެ.

”ނޫން.” ދެއަތުން މޭމަތި ނިވާކޮށްލަމުން ރޮއިގަނެވުނެވެ. ހަށިގަނޑުން ބޮޑު ބައެއް ކަޝްފުވެގެން ދިޔައިރު އެތަނުގައި ތިބި ފިރިހެނުންގެ ހުނުމުގެ އަޑުން އެތަން ގުގުމައިގަތެވެ. ކެމެރާގެ ފްލެޝްތައް މެދު ނުކެނޑި ދިއްލިފައި ނިވެމުން ދިޔައެވެ.

”ހިނގާ ދާން. އަހަރެމެންގެ މަސައްކަތް މި ނިމުނީ.” އެމީހުން ޝާޔާއަށް އިތުރުކަމެއް ނުކޮށް ދޫކޮށްލި ކަމަށްޓަކައި އުފެދުނީ އިތުރު ސުވާލުތަކެކެވެ.

ހަތަރު ފިރިހެނުން ރޭގަނޑުގެ ފިނި ވަގުތެއްގައި އެކަހެރިކޮށް އަންހެން ކުއްޖަކު ލިބުމުން އަތް ޖައްސާނުލައި ދޫކޮށްފައި ދިޔައީއެވެ. އެމީހުންގެ މަޤްސަދަކީ ކޮބައި ބާއެވެ؟ އެމީހުން ބޭނުންވަނީ ހަމައެކަނި އޭނާހެ ޖިސްމުގެ ފޮޓޯތަކެއް ބާއެވެ.
ޝާޔާ މޫނުގައި އަތް އަޅައިގެން އިނދެ އިރުގަނޑަކު ރުޔެވެ. ހިތަށް ލުއިކަމެއް ލިބެންދެން ހުރިހާ އުދާސްތަކެއް ބޭރުކުރީ ކަރުނައިގެ ސިފައިގައެވެ .އޭގެ ބައިގަޑިއިރެއްހާ ފަހުން ރުއިމަށްފަހު މޫނު ފޮހެލައިގެން ތެދުވަމުން ލައިގެން ހުރި ގަމީސް މައްޗާ ދިމާލަށް ބަލާލެވުނެވެ. އޭނާގެ ހަށިގަނޑުގައި ނިވާ ކަމެއް ނެތެވެ. އެހާލުގައި ގެއަށް ދާނީ ކިހިނެއް ބާއޭ ވިސްނާލެވުނެވެ. ގަމީހުގެ ގިރުވާނާ ދިމާލުގައި ދެއަތުން ގަމީސް ބޮނޑިކޮށްލުމަށްފަހު ހިފަހައްޓާލުމުން ހަށގަނޑު ނިވާވެގެން ހިނގައްޖެއެވެ. ޝާޔާ އަވަހަށް އެ ކެބިން އިން ނިކުތްއިރު ކުރިމަތީގައި ސަލަފް ހުރިތަން ފެނި ކުރިއަށް އެޅި ފިޔަވަޅު މަޑުޖައްސާލެވުނެވެ. ސަލަފް ލައިގެން ހުރި ކޯޓް ބޭލުމަށްފަހު ޝާޔާއަށް ދިއްކޮށްލަމުން ސަލަފް ފުރަގަހަށް އެނބުރުނެވެ.

މިވަގުތު ސަލަފް އޮފީސްތެރެއިން ފެނުމުން ޝާޔާގެ ހިތުގައި އުފެދުނު ޝައްކު އަމާޒުވެގެން ދިޔައީ ސަލަފްއަށެވެ. މިގަޑީގައި އެހީއަކަށް އެދި އެދި ޝާޔާ އެތަނުގައި ހުރިކަން ސަލަފްއަށް އެނގުނީ އެހެންވެގެންތާއެވެ.

”ހިނގާ. އަހަރެން ޝާޔާ ގެއަށް ގެންގޮސްދޭނަން. މިހާ ލަސްވަންދެން ގެއަށް ނުގޮސް އޮފީހުގައި ކީއްކުރަނީ؟” ސަލަފް ހިނގައިގަންނަމުން ވާހަކަ ދެއްކީ ނުހަނު އާދައިގެ ގޮތަކަށެވެ. ޝާޔާ ކޯޓުން ހަށިގަނޑު ނިވާކޮށްގެން ހުރެ ސަލަފްގެ ފަހަތުން ހިނގައިގަތެވެ.

”ޝާޔާ ގެއަށް ނާންނާތީ މަންމަ ގުޅާފައި އަހަރެން ކައިރީ އެހީ ޝާޔާ ކޮބައިތޯ. އެހެންވެ އަހަރެން މިއައީ މިތަނުގައިތޯ ހުރީ ބަލާލަން. މަންމަ ހުންނާނެ ކަންބޮޑުވެފައި،” ސަލަފް ކާރަށް އަރަމުން ބުނެލިއެވެ.

ޝާޔާ އަވަހަށް ފޯނަށް ބަލާލިއެވެ. ޝާޔާގެ ފޯނަށް އެންމެ ފަހަރަކުވެސް އަނީސާގެ ކޯލެއް އައިސްފައެއް ނެތެވެ. ޝާޔާ ކޮބައިތޯ ބަލަން އަނީސާ، ސަލަފްއަށް ގުޅިކަން އެނގުމުން ޝާޔާ ހިތްހަމަ ނުޖެހުންވީ އިތުރެވެ. މިރޭ މިހާލު ޖެހުނީ ސަލަފްގެ ސަބަބުން ކަމުގައި ދެކެވޭއިރު، އޭނާގެ މަންމަ ސަލަފް މާ ގާތްކޮށްގެން މި ދެތިން ދުވަހަކު ގެންގުޅޭތީ ކަންބޮޑުވެއެވެ.

ކާރު ގޭ ދޮރުމަތީ ޕާކު ކޮށްލުމަށްފަހު ސަލަފް ބޭރަށް ނިކުތެވެ. ޝާޔާ ބޭރަށް ނިކުމެ ހިނގައިގަންނަން އުޅެނިކޮން ސަލަފް ގޮވާލިއެވެ.
”ޝާޔާ ޑިޕްރެސްވެފައި އިންވަރުން އަހާލަން ނުކެރިފައި މިއިނީ. ޝާޔާ ތި ހާލުގައި ހުންނަން ޖެހުނީ ކީއްވެ؟” ސަލަފް ޝާޔާގެ މޫނަށް ބަލާލިއެވެ.

”ސަލަފްއަށްވުރެ ބޮޑަށް މިކަން އެނގޭނީ ކާކަށް؟ އަހަރެން އަހާލަން ބޭނުންވަނީ ސަލަފް މިހެން ކަންތައް ކުރަންޖެހުނު ސަބަބު. އަދި މިކަމުން ސަލަފްއަށް ލިބުނު ހިތްހަމަޖެހުން. އެހީތެރިކަމުގެ ނިވަލުގައި ފޮރުވިފައިވާ އަނދިރިފަރާތުގެ ސިއްރު. އަހަރެންގެ ސުވާލުތަކަށް ސަލަފް ޖަވާބު ދީ. އަހަރެން ޖަވާބުދާރީ ވާންހުރި މީހަކީ އަހަރެންގެ މަންމަ. ހުދު އަހަންނަކަށް ނޭނގޭ މަންމަގެ ކުރިމަތީ ބުނާނީ ކީކޭކަމެއް.” ޝާޔާ ދެލޮލުން ނިރާލި ކަރުނަތައް ހިފަހައްޓާލަން މަސައްކަތް ކުރަމުން ބުނެލިއެވެ. ސަލަފް ހައިރާންވެފައި ޝާޔާއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

”ކީކޭ ތިކިޔަނީ؟ އަހަރެން ކީއްކުރީ؟ އަހަރެން އޮފީހަށް ވަންއިރު.” ސަލަފް އަށް ހުއްޓާލަން މަޖުބޫރުވީ ޝާޔާ އަތުގެ އިޝާރާތުން ވާހަކަ ދެއްކުން ހުއްޓާލާށޭ ބުނުމުންނެވެ.

”އައި ޑޯންޓް ނީޑް އެނީ މޯ އެކްސްޕްލެނޭޝަން.” ސަލަފްގެ ކޯޓް ބާލާ ކާރާއި ދިމާލަށް ހޫރާލަމުން ޝާޔާ ގޭތެރެއަށް ދުއްވައިގަތެވެ.

ސިޓިންރޫމް ތެރޭ އިން އަނީސާއަށް ފެނުނީ ގޭތެރެއަށް ދުވެފައި ވަން ޝާޔާއެވެ. އެކަމަކު ޝާޔާ ލައިގެން ހުރި ޔުނީފޯރމްގެ ހާލެއް ވަކިވާވަރެއް ނުވިއެވެ. އެ ބާރުމިނުގައި އޭނާ ކޮޓަރިއަށް ވަދެ ބާރަށް ދޮރުޖަހައިފިއެވެ. އަނީސާ އެދިމާލަށް ހިނގައިގަންނަން އުޅުނު ވަގުތު ދޮރުމަތީގައި ހުރި ސަލަފް ފެނި މިސްރާބު ބަދަލުކޮށްލިއެވެ.

”ސަލަފް. ބޭރުގައި ނުހުރެ އާދޭ އެތެރެއަށް.” އަނީސާ ހިނިތުންވެލިއެވެ.

”ދައްތަ ކައިރީ އެބައޮތް ކަމަކު ކިޔަންވެފައި.” ސަލަފް އެތެރެއަށް ވަންނަމުން ބުނެލިއެވެ.

އަނީސާ ވިސްނާލިއެވެ. އަދި ހިތާއި ހިތުން ސަލަފްގެ ކައިރީ އޭނާ ކިޔަން ބޭނުންވެފައިވާ ކަންތަކާއި ސަލަފް ކިޔަން އުޅޭ ކަންތަކާއި އެއްކަމަކަށް ވޭތޯ ދުޢާ ކުރެވުނެވެ.

”އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން މީހެއްގެ ކައިރީ އަހަންނަށް ކަމަކު ކިޔަން ޖެހިދާނެކަމަކަށް.” ސަލަފް ސޯފާގައި އިށީންނަމުން ބޮޑާވެލިއެވެ.

”ދައްތަގެ އަތުން ވަރަށް އަގުބޮޑު އަމާނާތެއް ގެންދަން ބޭނުންވާ ވާހަކަ ބުނެލަން ބޭނުންވަނީ. އަހަންނަކަށް ހިއެއް ނުވޭ ދައްތަގެ އިއުތިރާޒެއް އޭގައި ވާނެހެންނެއް. އަހަންނަށް ދައްތަގެ ދަރިފުޅު ވަރަށް ކަމުގޮސްފި. އަހަރެން ބޭނުންވަނީ. ހެހެ. އުއްމީދުކުރަން މިވަރުން ބުނެލިއަސް އެނގޭނެކަމަށް.” ސަލަފް ކުޑަކޮން ހީލިއިރު އަނީސާއަށް ހެވިފައި އިނީ ވަރަށް ބޮޑަށެވެ.

އަނގައެތެރޭގައި ހުރިނަމަ ހުރިހާ ދަތެއް ފެންނަ ވަރަށެވެ. ތަޤްދީރުގެ ވަކި ހިސާބަކުން ނަޞީބުގެ ޞޮފްހާތަކެއް ހުޅުވިގެން ދިޔަކަން ހާދަހާ ރަނގަޅެވެ. އުސްގަނޑަކުން ފަހު އަނޑިގަނޑެއް އައި ނަމަވެސް އަނެއްކާވެސް އުސްގަނޑަށް އެނބުރި އައީތީ ހިތާއި ހިތުން ޝުކުރު ކުރެވުނެވެ.

”ދައްތަގެ އެއްވެސް އިއުތިރާޒެއްނެތް. އެކަމަކު ޝާޔާގެ ރުހުން ހޯދުން ބުއްދިވެރި ކަންނޭނެ. ޝާޔާ އުޅެނީ…” އަނީސާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

”ކުއްޖަކާ ރައްޓެހިވެގެންނޭ ދޯ ބުނަން ތިއުޅެނީ. ނޫން. އެއީ ނިމިފައި އޮތް ބާބެއް. އެކަން ނިމިގެން ހިނގައްޖެ. ޝާޔާ އަހަންނާއި ރުހި ޤަބޫލުވާނެކަން ޔަޤީން. ދައްތަ ޝާޔާ ކައިރީ އެއްވެސް ވާހަކައެއް ނުދައްކާތި. އަހަރެން އިތުރަށް ޔަޤީންކުރަން ވާހަކަ ދައްކާނަން. ޝާޔާ ޖަވާބެއް ދިނުމާއެކު ކައިވެނީގެ ތައްޔާރީތައް ވާންވީ. އަހަރެން ބޭނުންވަނީ އަހަރެންގެ ގެއަށް ތި ތިންމައިން ބަދަލުވެލާ، މިގޭ ޒަމާނީ ފެންވަރަކަށް ހަދައިލަން. އަދި ދައްތަގެ ބޭސްފަރުވާ އާއި އީރާގެ ކިޔެވުން ރާއްޖެއިން ބޭރުން ހަމަޖައްސާލަން.” ސަލަފް ދައްކަމުން ދިޔައީ ކުލަތައް ހެޔޮވަރު ހުވަފެނެކެވެ. އަނީސާ ހުވަފެނުގައި ޖެހެމުން ދިޔައެވެ.

ސަލަފް ދިއުމުން ގޭދޮރުމަތީގައި ހުރި އަނީސާ ވިސްނާލިއެވެ. މިރޭ ޝާޔާ ގެނެސްދޭށޭ ބުނެ އޭނާ ސަލަފްއަށް ގުޅީ މި ދެތިން ދުވަހު އޭނާގެ ހިތުގެ އެއްކަނެއްގައި ރޯވި އުއްމީދުގެ ވާހަކަ ދެއްކުމުގެ ބޭނުމުގައެވެ. ފިރިމީހާ މަރުވެ ހުވަފަތްވި ހިސާބުން އަރާމާއި ހިތްހަމަޖެހުން ދޫކޮށްލައިގެން ހުއްޓާ، ސަލަފް ކަހަލަ މުއްސަނދި މީހަކު ޝާޔާ ފެނިގެން އެގެއަށް އަންނާތީ އެއީ އޭނާގެ ނަޞީބު ކަމުގައި ދެކެވުނެވެ. އޭނާގެ ދެލޮލުގެ ކޮއި ފަދަ ދެ އަންހެން ދަރިން އުފަލާއި އިއްޒަތުގައި އުޅޭތަން ދެކެން އޭނާ ބޭނުންވެއެވެ.

ދޮރުގައި ލެނގިލައިގެން އިން ޝާޔާގެ ދެލޮލުން ކަރުނަ ހުސްވާ ގޮތެއް ނުވެއެވެ. މިރޭގެ ހާދިސާ ލޯކުރިމަތީ ތަކުރާރުވަމުން ދަނީއެވެ. ދެލޯ މަރާލުމުން ފެންނަނީ އެމީހުން ޝާޔާ އޮރިޔާން ކުރަން އުޅުނު މަންޒަރެވެ. ނޫނީ ސަލަފް އޭނަ އާއި ގައިގޯޅިވަން އުޅުނު މަންޒަރެވެ. ކަންފަތް ދޮށުގައި ގުގުމަނީ އެންމެންގެ ހުނުމުގެ އަޑާއި ސަލަފްގެ ހުނުމުގެ އަޑެވެ. ވަކި ދެ ހާދިސާ އެކުވެގެން އޭނާގެ ހިތާއި ސިކުނޑީގައި ތަމްސީލު ވަމުން ދާތީ ދެ ކަންތަކުގެ ފަހަތުގައިވަނީ ސަލަފް ކަމުގައި ދެކެވި ހިތުގައި ނަފްރަތުގެ ހުޅު ރޯވެގެން ހިނގައްޖެއެވެ. ދޮރުގައި ލެނގިލައިގެން އެހެން އިންދާ މަންމަ ދެފަހަރަކު އޭނާގެ ނަމުން ގޮވާލި އަޑު އިވުނެވެ. ނަމަވެސް ދޮރު ހުޅުވާ ޚިޔާލެއް ނެތެވެ. ދެކަކޫ ކުރިއަށްވުރެ މެއާއި ކައިރިކޮށްލަމުން ދެއަތުން ވަށާލާ ކަކުލުގައި ދަތްދޮޅި ޖައްސާލިއެވެ. ލޮލުން ފައިބައިގެން ދިޔަ ކަރުނަ ތިކި ތެދު ރޮގަކުން ފައިބައިގެން ގޮސް ކަކޫ ތެންމާލިއެވެ.

އެތަނުގައި އެހެން އިންތަނާ ދެތިން ގަޑިއިރު ފާއިތުވެގެން ދިޔަފަހުން ޝާޔާ ސިހުނީ އަތުގައި އޮތް ފޯނު ރިންގުވިއަޑެވެ. ކޯލަކީ ރާއްޖެއިން ބޭރުން އަންނަ ކޯލެއްކަމުން އެއީ ޔޫއާންގެ ކޯލެއްކަން ޔަޤީންވެއެވެ. މިވަގުތު މޫޑް ގޯސްވެފައި ވާތީ ފޯނަށް ޖަވާބުދާރީވާން އޭނާ ބޭނުމެއް ނުވިއެވެ. ކޯލަކަށްފަހު ކޯލެއް އަންނަމުން ދިޔައިރު ފޯނުގެ ރިންގުގެ އަޑަށް ފުރަތަމަ ފަހަރަށް ބޮލަށް އުދަނގޫވިއެވެ. ރުޅި ގަދަވިވަރުން ފޯނު ކޮޓަރިތެރެއަށް ހޫރާލެވުނެވެ.

ފޯނު އައިސް ފާރުގައި ޖެހުމުން ފޯނުގެ އެކި ބައިތައް ވަކިވެގެން ދިޔައެވެ. ޝާޔާ ދެވަނަ ރުޅިގަނޑު ބޭލީ އެނދަށެވެ. އެނދުގެ ބެޑްޝީޓް ނަގައި ހޫރާލެވުނެވެ. މި ނޫނީ ރުޅި މިހާ ގަދައެއް ނުވެއެވެ. އަބަދުވެސް އާދަވެފައިވަނީ ރުޅި ހިތުގައި ބަހައްޓައިގެން ކަރުނައިގެ ސިފައިގައި ބާލާ ހިތުގެ ޝަކުވާތައް ފޮހެލުމެވެ. އަތުން ފައިން ގޯސްހަދާ އެއްޗިއްސަށް ގެއްލުންދިއެއް ނުހަދައެވެ. އެނދަށް ބަންޑުން ވެއްޓިގަތުމަށްފަހު އަނެއްކާވެސް ރޮއިގަނެވުނެވެ.

ޖެހިގެން އައި ދުވަހު ފަޒާ ރަންކުރަމުން އިރުގެ ދޯދިތަކުން އާދުވަހަކަށް މަރުހަބާ ކިޔާލިއެވެ. ޝާޔާއަށް ދެލޯ ހުޅުވާލެވުނީ ކުޑަދޮރުން ފޭދުނު އަލި މޫނަށް އެޅުމުންނެވެ. ރަނގަޅަށް ނިދާލެވުމުން ކޮންމެވެސް ވަރަކަށް ހަމަޖެހިފައިވުމުން އޮފީހަށް ދާންޖެހޭނެތީ އަވަހަށް ތެދުވެ ފެންވަރާލައިފިއެވެ. ކުޑަގޮތަކަށް ތައްޔާރުވެލައިގެން އޮފީހަށް ދާން ނިކުތްއިރު ސަލަފްގެ ކާރު އައިސް އެގޭދޮރުމަތީގައި މަޑުކުރަނީއެވެ.

”އަހަރެން މިއައީ ބަލާ.” ސަލަފް ދޮރު ހުޅުވަމުން ބުނެލިއެވެ. ޝާޔާ އެއްޗެއް ނުބުނެ ހިނގައިގަންނަން އުޅެނިކޮން ގޭތެރެއިން ނިކުން އަނީސާ ޝާޔާގެ ނަމުން ގޮވާލި އަޑަށް ހުއްޓެވުނެވެ.

”ދަރިފުޅު ބަލާ ސަލަފް އެއައީ. މަންމަ ހިތަށް އެރީ ސަލަފް ހުއްޓާ ކީއްކުރަން ހެއްޔޭ ދަރިފުޅު ހިނގާފައި ދާންވީ.” އަނީސާ ކާރަށް އަރާށޭ ބުނާ ފަދަ ގޮތަކަށް އިޝާރަތް ކުރިއެވެ. ޝާޔާ ހިތްހަމަ ނުޖެހުނަސް ސަލަފްގެ ކާރަށް އަރައިފިއެވެ. ސަލަފް އަނީސާއަށް ހިނިތުންވެލަމުން ކާރު ދުއްވާލަމުން ކާރުގެ ޑްރޯއެއް ދަމާލަމުން ފިނިފެންމާތަކެއް ނަގައިފިއެވެ.

”މިތަނުން ކޮންކުލައެއް ޝާޔާއަށް ކަމުދަނީ؟” ސަލަފް އަހާލިއެވެ. ޝާޔާ ވީ ފޫހިން އަނެއްފަރާތަށް މޫނު އަނބުރާލިގޮތަށް އިނީއެވެ.

”ރަތްކުލަ ޔަޤީނުންވެސް ކަމުދާނެ. މީގެ މާނަ އެނގޭތަ؟” ސަލަފް ޝާޔާއަށް ބަލާލަމުން ސަމާލުކަން ހޯދުމުގެ ގޮތުން ޝާޔާގެ އަތުގައި ހިފާލިއެވެ. ސިހިފައި ޝާޔާ ސަލަފްގެ މޫނަށް ބަލާލަމުން އަތް ފޮޅުވާލެވުނެވެ.

”މިއީ އަހަރެންގެ ފަރާތުން ދެވޭ ކުޑަ ހަދިޔާއެއް ކަމުގައި ހީކުރޭ.” ސަލަފް ކޯޓުގެ ޖީބަށް ޖަހާފައި އިން ކުޑަ ރަތް ފިނިފެންމާ ނަގައި ދިއްކޮށްލިއެވެ. ޝާޔާ އެޔަކު ނުހިފައެވެ. ސަލަފްގެ ކާރު އޮފީސް ޕޯޓީކޯގައި މަޑުކުރުމުން ސަލަފްއަށްވުރެ ކުރިން ޝާޔާ ކާރުން ފޭބިއެވެ. އޮފީސްތެރެއަށް ވަދެގެން ގޮސް އަމިއްލަ މޭޒުގައި އިށީނުމުން ޝާޔާގެ ލޮލުގައި އަޅައިގަތީ ކޮންޕިއުޓަރު ވޯލްޕޭޕާރ އަށް ލާފައި އިން ފޮޓޯގަނޑެވެ. އެއީ ރޭގައި އެބަޔަކު ނެގި ފޮޓޯތަކުން ފޮޓޯއެކެވެ. ޝާޔާއަށް ބަލާލެވުނީ އެވަގުތު ތިބި މުވައްޒަފުންގެ މޫނަށެވެ. އެންމެން އޭނާއަށް ބަލަމުން ދިޔައީ ފާޑަކަށެވެ.

”ވާވް ޝާޔާ. ހަށިގަނޑުގައި ލޫޅާފަތިކަމެއް އެބަހުރި. އަދި މިކަހަލަ ހިނދި ބަނޑެއް އުމުރުގައިވެސް ނުދެކެން.” އެމޭޒު ކައިރީ ހުއްޓުނު އާދިލް ބުނެލި އެވެ.

”އާދިލް.” ފަހަތުން އިވުނީ ސަލަފްގެ އަޑެވެ.

އާދިލް ފަހަތް ބަލާލަމުން ސަލަފް ފެނުމުން އިސްޖަހާލައިގެން ދުރަށް ޖެހިލިއެވެ. ސަލަފް އަށް އެވަގުތު ފެނުނީ ޝާޔާގެ ދެލޯ ފުރިގެން ބަންޑުންވަމުން ދިޔަ ކަރުނަތަކެވެ.

” ޝާޔާ ކިހިނެއްވީ؟” ސަލަފް ކުރިއަށް ނެގި ފިޔަވަޅާއެކު ކޯތާފަތަށް ހޫނު ހަމަލާއެއް އެރިއެވެ. ދެވަނަ އަދި ތިންވަނަ ހަމަލާއެއްވެސް އެ ސިކުންތުގައި އޭނާގެ ކޯތާފަތްމައްޗަށް އެރިއެވެ.

(ނުނިމޭ)

Comments (20)

  1. cher

    Wow varah salhi keep it up..????

    1. blue sea
      cher

      thanks…

  2. reen

    Mivaahaka thankolheh kurin keen

  3. Nakhlahascern

    Next part avahah up kohdhyba
    Maa ginadhuvas vanii

    1. blue sea
      Nakhlahascern

      next part tommorow ga up kohdheynan

  4. Brainless

    Wow..?
    Shaayaa rangalhu ingey..
    Salad gandaa shaayaa nudhey thi ingey…
    Yuuaan and shaayaa gulhuvan vaany..
    This part is also nice..
    Anehkaa vex up koh kohfa stuck nuvahchey..?
    Nice story..❤

    1. blue sea
      Brainless

      hehe dhn stuck eh nuvaane? kurin ehn vyy thankolheh bxy koh ulheythy..

  5. Sujy

    Furathama baa kiyaaleveyn gotheh bunebala please

  6. original blue sea

    kuludhufushi online ga innane vaahaka ehkoh..ma id beynun kohgen kyhkuranheyy vaahaka up kurani fake blue sea

    1. blue sea
      original blue sea

      hehe kurinves mi vaahaka up kury ma… n kurin ves bunin miee my sis eh konmeves site akah liyunu story ekey….

  7. original blue sea

    haadha dhogu hadha ey dhw

    1. blue sea
      original blue sea

      balaa ma mi post kurani kurnthi vaahaka post kuri blue sea..thi fake blue sea ma id beynun nukoh ehen namehga vaahaka up kurey..fake id im original

    2. ?????????????????????????????????????????????????????????
      original blue sea

      hehehe konme myhakahves thigothah register kohgen comment kurevidhaane…LoL ????

    3. ******
      original blue sea

      ok dhn ma ”blue sea” mi nan thiya beyfulhaa ah dhoo kohlyy ???? masheh nu ulhen thihaa ryythi nameh nethigen ????

    4. Anonymous
      original blue sea

      Confused ?

  8. Anonymous

    Anyway vaahaka varah habbu..mivaahaka kiyaahithun nuhurevigen kulhudhufushi online ah vadhe nw ehkoh kiyaa nimmaalaifin..

  9. Anonymous

    Anyway vaahaka varah habbu..mivaahaka kiyaahithun nuhurevigen kulhudhufushi online ah vadhe nw ehkoh kiyaa nimmaalaifin.

  10. Hunaa

    Mae beynun 1st episode in feshign kian. But 14 and 15 ini. Alhe 1 kieyne gotheh hadhaadhybala..plx plx plx

Comments are closed.