ކުއްލި އަކަށް ސިޓިންރޫމު ތެރޭގަ ކުޅެން އިން ލީޝް ރޮއެގަތް އަޑަށް ދަރިފުޅާ އޭ ކިޔާ ދުވެފާ ކަހަލަ ގޮތަކަށް ކާގެ ތެރެއިން އަވަހަށް ނިކުންނަން ހަދައިގެން އަހަރެންނަށް ފައި އެޅުނު ގޮތަކުން ކަހާލައިގެން މުށިތައް މައްޗަށް ވެއްޓެން ދާން ދިޔަ ބާރު މިނުގަ އަހަރެންގެ އަތުންޖެހި މޭޒުމަތީ ބަހައްޓައިފަ ހުރި ބިއްލޫރި ތަށިތައް ވެއްޓި ތަޅައިގެން ގޮސް މުޅި ތަނަށް ބިއްލޫރިތަށް ބުރައިގެން ދިޔަ އެވެ. އެ އަޑަށް މަންމަ ވެސް ދުވެފައި އައިސް ކާގެ ތެރެޔަށް ވަނެވެ. އެވަގުތު ފެނުނު މަންޒަރުން މަންމަޔަށް ހުރެވުނީ ހައިރާންވެ ދެލޯ ބޮޑުވެފައެވެ.
ދެރަވުމުގެ ބަދަލުގައި މަންމަ ވީ އުފަލެވެ. ވެދާނެއެވެ. ޝާހިރު އައިސް ކާގެ އަށް ވަތްތަން ނުފެނުނު ނަމަވެސް އެ ނާޒުކު ދަނޑި ވަޅުގައި ވެސް އެއްވެސް ގޮތެއް ނުވެ އަހަރެން ސަލައިމަތް ވީމާ ވެސް ކަންނޭންގެއެވެ. އެހެނަސް ޝާހިރުގެ މޭގައި ބޯ ޖައްސައި ލައިގެން އަހަރެން ހުރީ ބިރުން ގޮސް ހަލާކު ވާވަރު ވެފައެވެ.
އެވަގުތު ޝާހިރު އައިސް އަހަރެންގެ ގައިގާ ނުހިފެއްޓި ނަމަ އަހަރެން އޮންނާނީ މުށިތައް މަތީގަ ކަން އަހަރެން ނަށް ހަމަ ޔަޤީނެވެ. އަދި ދިމާ ވީހީ ކޮން ފަދަ ދެރަ ހިތާމަވެރި ގޮތެއް ކަމެއް ވެސް ނޭންގެއެވެ. ކަމެއް ވާނީ ބުނެފަ އެއް ނޫނެވެ. މި އޮތީ ޝާހިރު ބުނި ތަން އައިސް ޖެހި ފައެވެ. ޝާހިރު އެ ވަރަށް ބުނީމަ ވެސް އޭނަގެ ބަސް ޤަބޫލު ނުކުރުމުގެ ނަތީޖާއެވެ. ކުއްވެރިއެއް ފަދައިން ޝާހިރުގެ މޭގައި ބޯ ޖައްސައިލި ގޮތަށް އަހަރެން ހުރީ އިސް އުފުލައިލަން ވެސް ނުކެރި ފައެވެ. އަމިއްލަ ކުށް ޤަބޫލު ކުރެވޭ ތީއެވެ.
މާ ޚައުލު ހިނދު ކޮޅަކަށް ހިމޭން ވެގެން ދިޔައެވެ. ޝާހިރުގެ ދެ އަތުން އަހަރެންގެ ހަށިގަނޑު ވަށައި ލެވިފައި ވީ އިރު ޝާހިރުގެ ހޫނު ނޭވާ އަހަރެންގެ ކަނދުރަޔަށް އެޅެމުން ދިޔައެވެ. އޭރު ޝާހިރުގެ ހިތް ނެގި ނެގިފައި ޖެހޭ ކަމުގެ އިހުސާސް އަހަރެން ނަށް ކުރުވިއެވެ. ޝާހިރު ނުބުނި ނަމަވެސް ޝާހިރު ހުރީ ހާސް ވެ ކަން ބޮޑު ވެފައި ކަން އެ ކަމުން ވެސް އަހަރެން ނަށް އެނގުނެވެ. ޝާހިރު ދަރިއަކު ބޭނުން ވެގެން އުޅޭވަރު އެނގޭނީ ހުދު އަހަރެން ނަށެވެ.
އެހެންވެ ދަރިފުޅަށް ކިރިޔާ ވެސް ގެއްލުމެއް ވާކަށް ޝާހިރު ނޭދޭނެ ތީއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޝާހިރު އޭނަގެ ގަޔާ އަހަރެން ދުރުކޮށްލިއެވެ. ޝާހިރު އަހަރެން ދެކެ ރުޅި އައީ ކަން ޔަޤީނެވެ. އެވަގުތު އަހަރެންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ޝާހިރުގެ އެ ހަރަކައިތުން ވެސް އިސް އުފުލައި ވެސް ނުލައި ލޯ މަރައި ތަގުޅި ލައިގެން އަހަރެން ހުރީ ޝާހިރު އަހަރެން ދެކެ ރުޅި އައީ ކަމަށް ހީ ކޮށްގެންނެވެ.
ނަމަވެސް ޝާހިރު އަހަރެން ދެކެ ރުޅި އައިސް ބާރަށް އެއްޗެއް ބުނުމުގެ ބަދަލުގަ މަންމަ ކައިރީ ކާގެތެރެ ސާކޮށްލަން ބުނެފަ އަހަރެންގެ އަތުގަ ހިފައިގެން ކާގެ ތެރެއިން ނުކުމެ ނީޝާމު ހިނގައި ގަތީ ކޮޓަރިޔާ ދިމާލަށެވެ. އަދި ކޮޓަރި ޔަށް ވަދެ އެނދުގައި ބައިންދާ ލޯތްބާ އެކު އަހަރެން ނަށް ނަސޭޚަތް ދޭން ފެށިއެވެ. ގޭ ތެރޭގަ ކުރަން ޖެހޭ ކަން ތައްތަކާ ނުވިސްނުމަށާ ލީޝްގެ ކަން ތައްތައް ވެސް ދާނީ ރަނގަޅަށް ކަމަށް ބުނެއެވެ. އަދި މިހާރު އަހަރެން ނަށް ރަނގަޅު ވާނީ އަރާމު ކުރުން ކަމަށް ވާތީ އެގޮތަށް ކަންތައް ކުރުމަށް ވެސް އެދި އެވެ.
އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ޝާހިރު ކިހާ ރަނގަޅު ހެއްޔެއެވެ؟ އެފަދަ ހާލަތެއްގައި ވެސް ރުޅި އިސްކުރުމުގެ ބަދަލުގައި ޝާހިރު އެޚިޔާރު ކުރީ މަޑު މައިތިރި ކަމާ އޯގާތެރި ކަމެވެ. ޝާހިރު ކަހަލަ ފިރިއެއް މަދު އަންހެނަކަށް ނޫނި ނުލިބޭނެއެވެ. އެއީ މާތް އިންސާނެކެވެ.
އަހަރެން ނަށް އިނދެވުނީ އެ ޚިޔާލުގައި ކަޅި ވެސް ޖަހައި ނުލައި ޝާހިރުއާ ދިމާލަށް ބަލަ ހައްޓައިގެން ހުއްޓި ފައެވެ. ޝާހިރު އަހަރެންގެ އަތުގައި ހިފައި ތަޅުވާލުމުން ސިހިފައި ބޮލުގެ އިޝާރާތުން އާ އެކޭ ބުނެ އަހަރެން ޝާހިރުގެ ގައިގާ ބައްދައިލީ ހިނިތުންވުމާ އެކީއެވެ.
މަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާ ހާ އަވަހަށެވެ. މަހަކަށްފަހު މަހެއް ފާއިތުވަމުން ގޮސް އަހަރެންގެ ބަނޑަށް އަށްމަސް ފުރުމުން ޝާހިރު ބޭނުންވީ ވިހަން މާލެ ދިއުމަށެވެ. ވަގުތުން އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. އެކަމާ ޝާހިރު ސުވާލު ވެސް ކުރިއެވެ. ހުރިހާ ގޮތަކުން ބެލިޔަސް ވިހަން ދާން މާލެ ފިޔަވައި ރަނގަޅު އެހެން ތަނެއް ނެއް ކަމަށް ބުނެއެވެ.
އެހެނަސް ރަށުގައި ވިހެއުން މާ ރަނގަޅު ވާނެ ކަމަށް ބުނެ އަހަރެން ހަމަ ޖައްސައި ލީމެވެ. އެކަމަކު ހަޤީޤަތަކީ އެޔެއް ނޫނެވެ. ހަޤީޤަތަކީ އަހަރެން ނަށް ކުރިން ކުރެވުނު ކަހަލަ ހިތި ތަޖުރިބާ އެއް ކުރަން އިތުރަށް ދެން ބޭނުން ނުވަނީއެވެ. ތަޤުދީރާ އެއްގޮތަށް އަހަރެންގެ ދިރިއުޅުން ވެސް މިއަދު މިވަނީ ބަދަލު ވެފައެވެ. މިހާރު އަހަރެންނަށް މިވަނީ ޝާހިރު ދެކެ ލޯބި ވެވިފައެވެ. އެހެން ކަމުން ނީޝާމު އަހަރެންނާ މި ދުނިޔޭން ވަކިވެ ގެއްލިގެން ދިޔަހެން ޝާހިރު ވެސް އެގޮތައް ދާން ނޭދޭތީއެވެ.
ނަމަވެސް މަންމަމެން ވެސް ބޭނުން ވަނީ އެގޮތް ކަމުން އިތުރަށް އެކަމާ ދެކޮޅު ހަދާކަށް ވެސް އަހަރެން ނަކަށް ނުކެރުނެވެ. އެކަމާ އާ އެކޭ ބުނެވުނީ ވެސް އެހެން ވެއެވެ. ހަތިޔާރު ބަހައްޓައިފައި މި ފަހަރު އަމާން ދޭން ޖެހުނީ އަހަރެން ނަށެވެ.
ރޭގަނޑު ގެ ކެއުން ނިންމާލު މަށްފަހު ނުވައެއް ޖެހިތަނާހެން އަހަރެމެން ނިދުމަށްޓަކައި ކޮޓަރި އަށް ވަނީމެވެ. ފަތިހު އަވަހަށް ތެދުވަން ޖެހޭތީ މަންމަ މެން ވެސް ގަޑިން އަށްގަޑި ބައި ނުވަނީސް ކައިގެން ކޮޓަރިޔަށް ވަދެ ނިދައިފިއެވެ. ފުރަން އޮތީ ހެނދުނު ކަމުން އަހަރެން ނިދަން އޮށޯތީ ވެސް ފޮއްޓައް އެއްޗެހި އަޅާ ތަތްރާރު ކޮށްފައެވެ. ހެނދުނު ތެދުވެ އަވަސް އަރުވާލާފަ ފޮށި ތަތްޔާރު ކުރަން ހަނދައިގެން މުހިންމު އެއްޗެއް ހަނދާން ނެތިގެން ބާއްވާފަ ދެވި ދާ ނެތީއެވެ.
އެހެން ދުވަސް ތަކެކޭ އެއް ގޮތަށް މޫސުން ރީތި ދުވަހެކެވެ. ވައިޖެހެމުން ދިޔައީ ވެސް އާދައިގެ ވަރަކަށެވެ. ރަށުގެ ފަޅު ތެރެއިން މަޑު ދުވެއްޔެއްގައި ގޮސް ދޯނި ނެރުން ނުކުމެ މާލެޔާ ދިމާލަށް މިސްރާބު ޖެހިއެވެ. ކަނޑު މައްޗައް އެރުމާ އެކު މާޒީގެ މަތިން އަހަރެން ވަރަށް ހަނދާން ވިއެވެ.
އަހަރެން ނަށް ހީވީ ދެވަނަ ފަހަރައް އެ ހަދިސާ ތަކުރާރު ވާން އުޅެނީ ހެންނެވެ. އެހެންވެ އަހަރެން އިނީ ވަރައް ބިރުންނެވެ. އެހެނަސް އަމާން އޮމާން ދަތުރަކަށް ފަހު މާލޭގެ ފަސް ގަނޑު ގައި ފައިޖެހުމުން އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ލިބުނެވެ.
ޖެހިގެން އައި ދުވަހެވެ. ހެނދުނު ތެދުވުމާ އެކު ސައިވެސް ނުބޮއެ ޝާހިރު ދިޔައީ ބޭރަށެވެ. ޝާހިރު ދިޔައީ ކޮން ތަނަކަށް ކަމެއް މަންމަ އަކަށް ވެސް ނޭންގެއެވެ. އެހެން ކަމުން މަންމަ ކައިރީ ލީޝް ބަހައްޓައިފަ އަހަރެން ނުކުތީ ހޮސްޕިޓަލަށް ދިއުމަށެވެ. އަހަރެން އެކަނި ދާން ފެށުމުން މަންމަ ވަރަށް ދެކޮޅު ހެދިއެވެ. ޝާހިރު އާ އެކީ ދާން މަޑު ކުރުމަށް ވެސް އެދުނެވެ. އެހެނަސް ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެ އަހަރެން ދިޔަ އީއެވެ.
ހެނދުނުގެ މާއިރާ ކަމުން ހޮސްޕިޓަލުގައި ގިނަ އިރު ހޭދަ ކުރާކަށް ނުޖެހުނެވެ. މީހުން ވެސް މަދުކަމާ އެކު ޑޮކުޓަރައް ދައްކައިލުމާ އެހެން ހުރިހާ ކަމެއް ވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ނިންމާ ލެވުނެވެ. އެހެން ކަމުން ހޮސްޕިޓަލުން ނުކުމެ ޑޮކުޓަރު ދީފަ އޮތް ބޭސް ސިޓީ ހިފައިގެން ގޮސް ކުރިމަތީ ހުރި ބޭސް ފިހާރަޔަށް ވަދެ ބޭސް ގަނެގެން ގެޔަށް ދިއުމަށް ޓަކައި ޖެހިގެން އޮތް ގޯޅި އަޅަން ވެގެން މަގު ހުރަސް ކޮށްލި ވަގުތު ފަހަތުން މީހަކު އަހަރެންގެ ނަމުން އަހަރެންނަށް ގޮވައިލިއެވެ. އެ އަޑައް ސިއްސައިގެން ގޮސް އަހަރެން ނަށް ފަހަތް ބަލައި ލެވުނެވެ. އެވަގުތު އަހަރެންނަށް ހީވީ ބިން ގަނޑު ފައިގެ ދަށުން ދެމިގެން ދިޔަހެންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Reethi vaane hen heevey
v teethi mi part waiting for next part
Nishaam tha eyee anehkaa…
ekam haadha kurey thankolheh dhigukoh nxt prt up kohlachey.v nice??
thanks all lovely coments…
Mivaahaka varah salhi