Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ… 17

shooty Level 310 Stories100 Comments
January 21, 2017 8 Mins Read
35 Comments

ހިތް ބޭނުމޭ..17

އައި.ޖީ.އެމް.އެޗް ގެ އޮޕަރޭޝަން ތިއޭޓަރު ކައިރީ އީވާ ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. ކައިރީގައި އީވާ އަށް އެލީންގެ ހަބަރު ދިން ރަހުމަތްތެރިޔާ ނެހާ ހުއްޓެވެ. އިރުކޮޅަކުން ޑޮކްޓަރަކު ނުކުތެވެ. އެއާއި އެކު އީވާ އަށް ޑޮކްޓަރުގެ މޫނަށް ބަލައިލެވުނީ ކެތްތެރިކަން ކުޑަވެފައެވެ.

” އޮޕަރޭޝަން ރެޑީ ވެއްޖެ. ވަރަށް އަވަހަށް އަޅުގަނޑުމެން ސިގްނޭޗާ ބޭނުންވޭ.. އިންޓަރނަލް  ބްލީޑިން ގެ ސަބަބުން އެހެން ނޫނީ ޕޭޝަންޓް ގެ ފުރާނަ އަށް ނުރައްކާ ވުން ވަރަށް ގާތް.. މިހާރުވެސް އަޅުގަނޑުމެން ގެ އުންމީދު ވަރަށް ކުޑަ” ޑޮކްޓަރުގެ ބަސް ތަކުން އީވާގެ މޭގައި ރިއްސައިލީ ދެރަވީ ވަރުންނެވެ.

“އަޅުގަނޑު ސައިން ކޮށްފާނަން.. ގިވް މީ ދި ޕޭޕަރސް..” ފަހަތުގައި ހުރި މީހަކު ބުނެލި އަޑު އިވުމާއި އެކު އީވާ އަށް އެނބުރި ބަލައިލެވުނެވެ.

“ތީ ޕޭޝެންޓާ ކިހައި ގުޅުމެއް ހުރި ބޭފުޅެއް ތޯ؟” ޑޮކްޓަރ ސުވާލުކޮށްލުމާއި އެކު އެޒިލް ފުންނޭވާއެއް ދޫކޮށްލިއެވެ.

“އަޅުގަނޑު މީ އެއްބަފާ ބޭބެ.. ޑޮކްޓަރ ޕްލީޒް ހަރީ.. އައި ޑޯންޓް ވޯން ލޫޒް ހާރ..” އެޒިލްގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވޭވޭ ހުއްޓެވެ. ބޯޖަހައިލަމުން ޑޮކްޓަރު އަވަސްވެގަތީ އެޒިލް އާއި ލިޔެކިޔުންތައް ހަވާލު ކުރާށެވެ.

“ތެންކިޔު ފޮރ ކަމިންގ.. އަހަރެންނަށް ވެސް މިކަން ހިނގިކަން ނޭނގުނީސް ޒެއިން ނުގުޅިނަމަ..” އީވާ އަށް ކުޑަކޮށް ހިނިތުންވެލަމުން އެޒިލް ބުންޏެވެ.

” އެއީ އެވަރު ކަމެއް ނޫން.. އެލީ އަކީ އަހަރެންނާ ވެސް ވަރަށް ގާތް ކުއްޖެއް.. އިރާދަ ކުރެއްވިއްޔާ އެލީ ރިކަވާރ ވާނެ..” އެޒިލް އަށް ހިނިތުން ވެލަމުން އީވާ ބުނެލިއެވެ.

“ޒެއިން ކޮބާ؟ އަހަރެން ނަށް ގުޅާފަ އިރުގަނޑެއް ފަހުން ޒެއިން އަށް އަނގައިން ބުނެވޭ ވަރު ވީ ވެސް..” ޒެއިން ފެންނަން ނެތުމުން އެޒިލް ސުވާލުކޮށްލިއެވެ.

“އެހެރަ އަންނަނީ..” ތަންކޮޅެއް ދުރުން ދުވެފައި ކަހަލަ ގޮތަކަށް އައި ޒެއިން އީވާ އަށް ފެނުމުން އަތުން އިޝާރާތް ކޮށްލިއެވެ.

“ކޮބާ އެލީ؟ ކީކޭ ޑޮކްޓަރ ބުނީ؟؟ އެލީ ރަނގަޅު ވާނެތަ؟” ޒެއިން ފަތިފައްޗަށް ސުވާލުތައް އަމުނައިލިއެވެ.

” އަހަރެން ޒެން އަށް ދޮގު ހަދާކަށް ނެތިން.. ޑޮކްޓަރ ބުނީ އެލީ ގެ ހާލު ވަރަށް ސީރިއަސް ކަމަށް.. އޮޕަރޭޝަން ކުރަން ފަށައިފި..” އީވާ ޒެއިންގެ ބުރަކަށީގައި ފިރުމައިލަމުން ވާހަކަ ދެއްކީ އޯގާތެރި ކަމާއި އެކީ އެވެ.

“އެލީ އަށް ކަމެއް ވެއްޖެއްޔާ އަހަރެންނަކަށް ދުވަހަކުވެސް އަހަރެންގެ އަމިއްލަ ނަފްސަކަށް މާފެއް ނުކުރެވޭނެ..” ކައިރީގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީންނަމުން ޒެއިން އަށް ބުނެވުނެވެ.

“އިޓްސް ނޮޓް ޔުއަ ފޯލްޓް ޒެއިން.. އިރާދަ ކުރެއްވިއްޔާ އަހަރުމެންގެ އެލީ އަކަށް އެއްވެސް ކަމެއް ނުވާނެ.” އެޒިލް ވެސް ޒެއިންގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން ހިތްވަރު ދިން އިރު އޭނާ ގެ ހިތް ވެސް ވަނީ އެލީން އާއި މެދު ބިރުގައިންފައެވެ.

“އަމްމް.. މީރާން ގާތު ބުނެފިން ތަ؟” ނާހަން ހުރެފައި ވެސް އެޒިލް ސުވާލުކޮށްލީ މީރާން އެލީން ދެކެ ލޯބިވާ ވަރު ހިތަށް އެރުމުންނެވެ. އެލީން އަށް އެފަދަ ބޮޑު ކަމެއް ދިމާ ވުމުން މީރާން އަށް އެންގުން މުހިންމުކަމަށް އެޒިލް ގަބޫލުކުރެއެވެ.

“ބުނެފިން.. ވަގުތުން ޓިކެޓް އޯކޭ ކޮށްގެން މިކޮޅަށް އަންނަން ހަމަ ޖައްސައިފި.. މިރޭ ހުންނާނީ މިކޮޅުގަ..” ޒެއިން ގެ ޖަވާބަށް ބޯ ޖަހައިލަމުން އެޒިލް ވެސް ޒެއިން އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

2 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ޑޮކްޓަރު އޮޕަރޭޝަން ތިއޭޓަރުން ނުކުތެވެ. އެއާއި އެކު އެންމެނަށް ކޮޅަށް ތެދުވެވުނީ ޑޮކްޓަރުގެ ބަހެއް ބޭނުންވެފައި ތިބިލެއް ބޮޑު ކަމުންނެވެ.

” އޮޕަރޭޝަން ކާމިޔާބު.. ހޭ އަރަން އަދި ވަގުތު ނަގާނެ.” ޑޮކްޓަރު ދިން ހަބަރުގެ ސަބަބުން އެންމެނަށް ވެސް ފުން ނޭވާއެއް ދޫކޮށްލެވުނީ ހިތަށް ލިބުނު ހަމަ ޖެހުމަކުން ނެވެ.

” އޯހް ..ތެންކް ގޯޑް..” އުފަލުން އީވާގެ ގައިގައި ބައްދައިލަމުން ޒެއިން އަށް ބުނެވުނެވެ. މިއަދު އެލީން އަށް ކަމެއް ދިމާވި ނަމަ އޭނާ ގެ މުޅި ދިރިއުޅުން ހުއްޓުނީހެވެ. އެހައިވެސް ޒެއިން އަށް އެލީން މުހިންމެވެ.

“ތެންކިއު ޑޮކްޓަރ.. އަޅުގަނޑު މެން ބޭނުން އެލީން ދެކިލަން..” އެޒިލް ޑޮކްޓަރު ގާތު އެދުނެވެ.

” އަދި ޕޭޝަންޓް އޮތީ އޮބްޒަވޭޝަންގަ.. އެހެން ވީމަ އަދި ވަދުމުގެ ހުއްދައެއް ނޯންނާނެ.. އަޅުގަނޑުމެން އަންގާލާނަން..” ހިނިތުން ވެލަމުން ޑޮކްޓަރ އެތަނުން ދިއުމުން އެޒިލް ޒެއިން މެނަށް ބަލައިލަމުން ހިނިތުންވެލިއެވެ.

” އަހަރެން ގެއަށް ދަނީ އިނގޭ ޒެން.. އެލީ ކައިރިއަށް ވަދެލަން ހުއްދަ ލިބުނީމަ ގުޅައިލައްޗޭ” ޒެއިން ހިނިތުން ވެލަމުން ބޯ ޖަހިލުމުން އީވާ ހިނގައިގަތެވެ.

” އަހަރެން ވަރަށް އުފާ ވެއްޖެ ޒެއިން އެލީ ދެކެ އެހައި ލޯބި ވާތީ..” އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު އެޒިލް ބުންޏެވެ.

” އަހަރެން ވެސް ވަރަށް އުފާ ވި ލިލީ އާއި އެޒިލް ގުޅުނީމަ.. އަދި އަހައި ނުލެވިގެންނޭ މި އުޅެނީ.. ކޮބާތަ މިހާރު ލިލީ؟؟ ޖަބީން އާންޓީ ގާތު މިހާރު ތެދަށް ހުރިހައި ވާހަކަ އެއް ކިޔައިދިނީ ތަ؟” ޒެއިން އަނެއްކާވެސް ގޮނޑި ބަރިން ގޮނޑިއެއްގައި އިށީނެވެ. ޒެއިންގެ ސުވާލުން އެޒިލް އަށް ޒެއިންގެ މޫނަށް ބަލައިލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“އެލީ ނުބުނޭ ދޯ ޒެއިން ގާތަކު؟ ލިލީ މަންމަ ގާތު އެ ވާހަކަ ނުބުނަނީސް ކޮންމެވެސް ގޮތަކުން އެކަން ލިލީގެ މަންމަ އަށް އިނގުނީ.. ރޭގަ ލިލީ އަހަރެންގެ ގެއަށް އައިސް ވަރަށް ރުއި.. ލިލީ ގެ މޮމް ލިލީ ގޭން ނެރުނީ.. އެހެންވެ ލިލީ މިހާރު އުޅެނީ އަހަރެން ކައިރީ.. އައި އެމް ހެޕީ ނައު.. ލިލީ އަހަރެން ގާތު ހުރެގެން ނޫނީ އަހަރެން ނަކަށް ލިލީ އަކަށް އަޅައެއް ނުލެވޭނެ. މިހެން ބުންޏަސް އައި އެމް ނޮޓް ޕްރައުޑް އޮފް ވަޓް އައި ޑިޑް.. އެއީ އަހަރުމެން ދެމީހުނަށް ހެދުން މިސްޓޭކެއް.. އެކަމާ މިހާރު އަހަރެން ހިތާމަ ކުރަން.. ލިލިއަން އަށް ލިބޭ ކޮންމެ ހުތުރު ނަމަކީ އަހަރެންނަށް ވެސް ލިބޭ ހުތުރު ނަމެއް ކަމަށް އަހަރެން ދެކެނީ” އެޒިލް ގެ ވާހަކަ އިން ޒެއިން ގެ ހިތް ހަމްދަރުދީ އިން ފުރުނެވެ.

“އަހަރެންނަށް ވެސް އިނގޭ ކުށެއްކަން އެޒިލް މެނަށް ކުރެވުނީ.. އެކަމަކު ވެސް ދެން އެކަން ތަކުރާރު ނުކޮށް ކުށަށް އިއުތިރާފުވެ އަދަބު ލިބިގަތީމަ ހިތުތެރޭ އޮންނަ ގިލްޓް ފުހެވިގެން ދާނީ.. އަހަރެން ނުބުނާނަން އެކަން އެހެން ކުރާކަށް.. އެކަމަކު ވެސް އަހަރެން ލިލިއަން އާއި އެޒިލް އަކީ އަހަރެންގެ ރަހުމަތްތެރިން ކަމަށް ދެކޭތީ ދޭ ނަސޭހަތެއް މީ..” ޒެއިން ގެ ޖުމްލައަށް ބޯ ޖަހައިލަމުން އެޒިލް ޝުކުރު އަދާ ކުރިއެވެ.

ހޮސްޕިޓަލުގައި އުޅެފައި އެޒިލް ގެއަށް ދިޔަ އިރު އިރުއޮއްސި ހަތެއް ޖަހަނީ އެވެ. މީރާން އަންނަވަގުތު އެތާނގައި ހުރުން ރަނގަޅު ނުވާނެކަން ވިސްނުމުން ޒެއިން ގާތު އެލީންގެ ކަންކަން ބަލައިދިނުމަށް އެދިފައި އެޒިލް އައީއެވެ. ގޭތެރޭގެ ހިމޭން ކަމުގެ ސަބަބުން އެޒިލް އަށް މިލީނާ ގޭގައި ނުޅެނީކަން އެނގުނެވެ. މިލީނާ އުޅޭ ނަމަ މިވަގުތު އިންނާނީ ހިންދީ ސީރީޒް އެއް އަޅުވައިގެންކަން އެޒިލް އަށް އިނގެއެވެ. ގެއަށް އައި މަގުމަތީގައި ގަނެގެން އައި ރެޑްވެލްވެޓް ކަޕްކޭކް ތަށި ހިފައިގެން އެޒިލް ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ކޮޓަރި ހުޅުވައިލުމާއި އެކު އަރައިގެން ދިޔަ ޝޭމްޕޫގެ މީރު ވަހުން އެޒިލްއަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. ޑްރެސިންގް ޓޭބަލް ކައިރީ ހުރި ލިލިއަން އަށް އެ މަންޒަރު ފެނުމުން ހީލެވުނެވެ.

” އަހަރެންގެ ގާލް ގެ ހާލު ކިހިނެތް ތަ؟” އަތުގައި އޮތް ކޮތަޅު މޭޒުމައްޗަށް ދޫކޮށްލަމުން ފަހަތުން ގޮސް ލިލިއަންގެ ކޯތާފަތުގައި ބޮސްދެމުން އެޒިލް އަހައިލިއެވެ.

” ދެން އޯކޭ.. ހައު އިޒް އެލީ؟؟ ” އެޒިލް އާއި ކުރިމަތި ލަމުން ލިލިއަން އަހައިލިއެވެ.

“މިހާރު އޮޕަރޭޝަން ނިމިއްޖެ.. އޮބްޒަވޭޝަންގަ އޮތީ.. އިރާދަ ކުރެއްވިއްޔާ އެލީ ރިކަވާރ ވާނެ..” ލިލިއަންގެ ރީތި މޫނުގައި ފިރުމައިލަމުން އެޒިލް ޖަވާބު ދިނެވެ.

“އެލީ ގާތު ނުހުރެ ތި އައީ ކީއް ކުރަން؟ އަހަރެން ހަމަ އޯކޭ އޭ ޒިލް.. އަހަރެންނަށް ވުރެން މި ވަގުތު އެލީ އަށް ޒިލްގެ އެހީ ބޭނުން ވާނެ.. ” ލިލިއަން އެޒިލްގެ އަތުގައި ހިފައިލަމުން ތެދުވެ ހިން ދެމިލިއެވެ.

“މީރާން އިސް ކަމިންގް.. އަހަރެން އެލީ ގާތު ހުރިއްޔާ އޭނަ ވަރަށް ހިތްހަމަ ނުޖެހޭނެ” އެޒިލް ގެ އާއިލާގެ ކަންތައްތައް ވެސް ލިލިއަން އަށް ކިޔައިދީފައި ވާތީ އެޒިލް އެ ދައްކަނީ ކާކުގެ ވާހަކައެއް ކަން ލިލިއަން އެނގުނެވެ.

“ރުޅި އަޔަސް ހިތްހަމަ ނުޖެހުނަސް ތި ދެމީހުން ވެސް ތީ އެލީ އާ އެއް ވަރަކަށް ކްލޯސް ދެމީހުން.. އެލީ އެޒިލް ގާތަށް އެ އައީ އެލީ އަށް އެޒިލް ކިހައި މުހިންމު ވީމަ؟ ޖަސްޓް ގޯ ޒިލް… އެހެން ނޫނީ ލިލީ ވަރަށް ދެރަ ވާނެ” ލޯ ކުޑަކޮށްލަމުން ތުންފަތް އޫ ކޮށްލަމުން ލިލިއަން މޫނަށް ގޮތެއް ހަދައިލިއެވެ. އެއާއި އެކު އެޒިލް ގާތަށް ހިނި އައެވެ.

“ތެންކިއު ލިލީ… އައި ލަވް ޔޫ ސޯ މަޗް” ލިލިއަންގެ ހަށިގަނޑުގައި ބައްދައިލަމުން އެޒިލް ވާހަކަ ދެއްކީ ލޯތްބާއި އެކުއެވެ.

“ކޮންކަމަކަށް؟” އެޒިލްގެ ގައިން ދުވަމުންދާ މީރު ވަހުން ހިތްހަމަ ޖެހިގެން ހުރެ ލިލިއަން އަހައިލިއެވެ.

“ތިހާ ކައިންޑް ހާޓެޑް ކުއްޖަކަށް ވީމަ. އަހަރެން އަބަދު ވެސް ބޭނުން ވީ ލިލީ ކަހަލަ ވައިފެއް.. އެކަމު…” އެޒިލްގެ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓައިލުމުން ލިލިއަން އެޒިލްގެ މޫނަށް ބަލައިލަމުން ނިތް އަރުވައިލީ ޖުމްލަ ފުރިހަމަ ކުރާށޭ ބުނާ ފަދަ ގޮތަކަށެވެ.

“ދެން އަލައި ނުލާ.. މިލީނާ ކޮބާ؟ އެއްޗެއް ކޭތަ؟” ލިލިއަން ގެ ކަންކަން ބަލާ ފަދައިން މިލީނާ ގެ ކަންކަން ބެލުމުގައިވެސް ފަރުވާ ކުޑަ ނުކޮށް ވޭތޯ އެޒިލް ބަލައެވެ.

“ލިލީ މެންދުރު ޓީވީ ބަލަން އިންދަ ނުކުމެ ކެއި.. ވަރަށް ލޯ ވެސް އެޅި” ކުޑަކޮށް ހީލަމުން ލިލިއަން އެހެން ބުނެލި އިރު މިލީނާގެ ރުޅިވެރި މޫނު ސިފަވެގެން ދިޔައެވެ.

“ދެން ހިނގާބަލަ އެހެރަ ކޭކްތައް ކާން..އައި އެމް ސްޓާވިންގް.. ކޮފީ އެއް ބޮއިގެން ހޮސްޕިޓަލަށް ދާނީ..” ލިލިއަން ގެ އުނަގަނޑުގައި އަތް އަޅުވާލަމުން ކޮޓަރިން ނުކުންނަން އެޒިލް ހިނގައިގަތީ ކަޕްކޭކް އަޅާފައި ހުރި ކޮތަޅުވެސް ހިފައިގެންނެވެ.

“ރެޑް ވެލްވެޓް ދޯ.. ޒިލް ހާދަ ރަނގަޅޭ.. އަހަރެންގެ ފޭވަރިޓް އެއްޗިސް ކާންދީގެން ފަލަ ކޮށްލަން ދޯ ތިއުޅެނީ..” ލިލިއަންގެ ޖުމްލައަށް ހިނިތުން ވެލަމުން އެޒިލް ފުއްދައިލިއެވެ.

ޑައިނިންގް ރޫމަށް ވައިން އިރު މޭޒު ކައިރީ އޮރެންޖު ޖޫސް ތައްޓަކާއި އެކު ބިސްގަނޑެއް ކާން މިލީނާ އިނެވެ. ލިލިއަން ފެނުމާއި އެކު ލޯ އަޅައިގަންނަމުން ކެއުމައިގެން ކުރިއަށް ދިޔައެވެ.

އަތުގައި އޮތް ކޮތަޅުން ކޭކް ތައް ބަންދުކޮށްފައި އިން ޕްލާސްޓިކް ތަށި ނަގަމުން އެޒިލް އެ ހުޅުވައިލިއެވެ. އޭގެން ކޭކެއް ނަގަމުން ލިލިއަން އެޒިލްގެ މޫނަށް ބަލައިލިއެވެ. އަދި އިށީންދެލައިގެން ބިސްގަނޑު ކާލަ ކާލާ އިން މިލީނާގެ މޫނަށް ބަލައިލިއެވެ.

އިރުކޮޅަކުން ލިލިއަން ކޮށްލި ކަމަކުން އެޒިލް އަށް ހައިރާން ވެފައި ބަލަން ހުރެވުނީ އެވެ.

“ހިޔާރ.. ވަރަށް މީރު ވާނެ..” މިލީނާ އަށްކޭކް ދިއްކޮށްލައިގެން ހުރެ ލިލިއަން ވާހަކަ ދެއްކީ ހިނިތުންވުމަކާއި އެކުއެވެ. ލިލިއަން ގެ އެ އަމަލުން ހައިރާން ވީ ހަމަ އެކަނި އެޒިލް އެއް ނޫނެވެ. މިލީނާވެސް ފާޑަކަށް ބަލަން އިނީ ހައިރާން ވެފައެވެ. އެޒިލް އާއި ދިމާއަށް ބަލައިލުމަށް ފަހުގައި މިލީނާ އޭގައި ހިފުމާއި އެކު ލިލިއަން ކާމިޔާބުގެ ހިނިތުން ވުމަކާއި އެކު މިލީނާ އަށް ފުރަސް ދިނުމާއި އެކު ލިލިއަން އަށް މިލީނާ ގޮވާލިއެވެ. މިލީނާ އާއި ދިމާ އަށް ލިލިއަން އެނބުރުމާއި އެކު އޭނާގެ މޫނު މައްޗަށް މަރުހަބާކީ މިލީނާގެ އަތުގައި އޮތް ކޭކެވެ. ކޭކުގައި ހުރި ކްރީމް ގަނޑު ލިލިއަންގެ އަނގަމަތީގައި އުނގުޅުމާއި އެކު ކޭކުގެ ކުނޑި ކޮޅުތައްވެސް ކޮންމެވެސް ވަރަކަށް ތަތް ވެފައި ހުއްޓެވެ.

“މިލީނާ.. ތިހައި ރޫޑް ވާކަށް ނުވާނެ ދޯ.. ޝީ އިޒް ޖަސްޓް ބީން ނައިސް” އެޒިލް ހިތްހަމަ ނުޖެހިފައި ހުރި ވަރުން ވާހަކަ ދެއްކުނީ ވެސް ފުދޭ ވަރަކަށް ބާރަށެވެ.

” މަގޭ އަތުން މަގޭ ފިރިމީހާ ޖަހައިގަނެގެން ހުރެ މަށަށް ނައިސް ވާކަށް ނުޖެހޭ.. ނަހަލާލަށް ބަލިވެ އިނދެގެން އަދި ލަދު ކުޑަ ކަމުން މިގެއަށް އައިސްގެން ތި އުޅެނީ މަ ރުޅިއަރުވަން ދޯ.. ޔޫ ސް*ޓް..!!!” މިލީނާ ގެ ވިހަ ގަދަ ބަސްތަކުން ލިލިއަން އަށް ހުރެވުނީ ހުއްޓުން އަރާފައެވެ.

” ލިލިއަން އާ ތިގޮތަށް ވާހަކަ ދައްކައިގެން ނުވާނެ އިނގޭ.. އެއީ އަހަރެންގެ ވާން އުޅޭ ދަރިފުޅުގެ މަންމަ.. އައި ވޯސް ޔުއަސް.. އެކަމަކު އަހަރެންނަށް ލިލިއަން އާ ގުޅެން ޖެހުނީ މިލީނާ ގެ ސަބަބުން.. އަހަރެން ނުފުދިގެން އެހެން ފިރިހެނަކާ މިލީނާ ގުޅުން ބޭއްވީމަ.. އަހަރެންނަށް ކުރެވުނު ކަންތަކާ އަހަރެން ހިތާމަ ކުރަން.. އެކަމު ދުވަހަކު ވެސް އަހަރެން ލިލިއަން އަހަރެންގެ ލައިފް އަށް އައީތީ ރިގްރެޓް އެއް ނުކުރަން.. އެކަމު އަހަރެން މިލީނާ އާއި ކައިވެނި ކުރެވުމުން އެކަމާ ކޮންމެ ދުވަހެއްގެ ކޮންމެ ސިކުންތަކު ރިގްރެޓް ކުރަން.. އަހަރެން މީ މިލީނާ ހާ ގޯސް މީހެއް ނޫން.. އެހެންވެ ލިލިއަން ޕްރެގް ކަން ވެސް އަހަރެން ސިއްރެއް ނުކުރާނަން.. އަދަބު ވެސް ލިބިގަންނާނަން.. ނައު ގެޓް ލޮސްޓް ފްރޮމް މައި ސައިޓް..” ރުޅިއައިސްގެން ގޮސް އެޒިލް ތުރުތުރު އަޅައެވެ. އެތަނުން ދާން ހިނގައިގަންނަމުން ވެސް މިލީނާ ލިލިއަން އަށް ލޯ އަޅައިލީ އިންޒާރެއް ދޭ ފަދަ ގޮތަކަށެވެ. އޭނާ އާއި ކުޅުމުން އެކަމުގެ ބަދަލު ދޭނަމޭ އެ ދެލޯ ބުނާ ފަދައެވެ.

” އައި އެމް ސޮރީ ލިލީ.. އާރ ޔޫ އޯކޭ..؟” ފަހަތުން ގޮސް ލިލިއަންގެ ކޮނޑުގައި ހިފައި އަނބުރައިލަމުން އެޒިލް ވާހަކަ ދެއްކީ އޯގާތެރި ކަމާއި އެކު އެވެ. އެޒިލްގެ ސުވާލަށް ބޯ ޖަހައިލި އިރު ލިލިއަން ގެ ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. ލިލިއަން ގެ ނިތްކުރީގައި ބޮސްދެމުން އައިސް އަލަމާރިމަތީގައި ހުރި ޓިޝޫ ފޮއްޓެއް ނަގައި އޭގެން ހައެއްކަ ޓިޝޫ ދަމާލުމާއި އެކު އެޒިލް ލިލިއަން ގެ މޫނުމަތި ފޮހެދޭން ފެށިއެވެ. އެ ލޯބި ތުންފަތުގައި ބޮސްދޭ ހިތުން އެޒިލްގެ ހިތް ބޭގަރާރު ވާން ފެށީ އިންތިހާއަށެވެ. ލިލިއަންގެ މޫނު ސާފުކޮށްދިނުމަށް ފަހު އެޒިލް އަކަށް ދުރަކު ނުހުރެވުނެވެ. ލިލއަންގެ މޫނުގައި  މަޑުމަޑުން ހިފަހައްޓައިލަމުން އެ މަޑު ތުންފަތުގައި ބޮސްދޭން ފެށުމާއި އެކު ލިލިއަން ވެސް އެޒިލްގެ އެ އަމަލުގައި ބައިވެރިވިއެވެ.

“ނެވާ މައިންޑް ހާރ.. ޖެލަސް ވީމަ ވެސް ވާނެ އެހެން.. އަޅާ ނުލާ ހުރިއްޔާ އެންމެ ރަނގަޅު ވާނީ…” ލޯބީގެ ވަގުތުކޮޅަކަށް ފަހު އެޒިލް ބުނެލި ޖުމްލައަށް ލިލިއަން ބޯ ޖަހައިލިއެވެ.

މީރާން އާއި އާނާ ޒެއިން އަށް ފެނުމާއި އެކު އިށީނދެގެން އިން ގޮނޑިން ޒެއިން އަށް ތެދުވެވުނީ ބޭ އިހްތިޔާރުގައެވެ. ޒެއިންގެ ކުރިމަތީގައި އެ މޫނަށް ނަޒަރު ހުއްޓާލަމުން މީރާން ހުއްޓުނެވެ. ރަހުމަތްތެރިޔާ ގެ މޫނުމަތިން ފާޅުވަނީ ކޮން އިހުސާސެއް ކަން ނޭނގިފައި ހުރި ޒެއިން އަށް އިސް ޖަހައިލެވުނީ ކުއްވެރިއެއް ފަދައިންނެވެ. އެލީން ގެ އެކްސިޑެންޓް ހިނގުމުގެ ކުރިން ހިނގާދިޔަ ހުރިހައި ކަމެއް ޒެއިން އަލިފުން ޔާ އަށް މީރާން އަށް ކިޔައިދިނެވެ. އެހެން ކަމުން މީރާން ޒެއިން ކުށްވެރިކޮށް އެދެމެދުގައިވާ ގުޅުން ކަނޑައިލަފާނެތީ ޒެއިން ގެ ހިތް ވަނީ ބިރުގެންފައެވެ. މީރާން އާއި ދާދި ގާތުގައި ހުރި އާނާ އޭނާގެ ބުރަކަށީގައި ފިރުމައިލަމުން ބޯޖަހައިލިއެވެ. އެއާއި އެކު މީރާން ޒެއިންގެ ގައިގާ ބާރަށް ބައްދައިގަތެވެ. މީރާންގެ އެ އަމަލުން ޒެއިންގެ ހިތަށް ތަސައްލީ އެއް ލިބިގެން ދިޔައެވެ.

“ކަންވީ ގޮތުން އަހަރެން ޒެއިން ދެކެ ރުޅި އަންނާނެއޭ ހީވެފައި އޮތް ނަމަ އެއީ ވަރަށް ބޮޑު ކުށްހީ އެއް.. މިހާރު އަހަރެންނަށް ޔަގީން ވެއްޖެ އަހަރެންގެ ކޮއްކޮއަށް ތިއަށް ވުރެ އެކަށޭނެ މީހަކު ނުހުންނާނެކަން.. ޒެއިން އާއި މެދު އަހަރެންނަށް ފުރަތަމަ އެއްވެސް ޔަގީން ކަމެއް ނެތް.. އަހަރެން ދޮގު ހަދާކަށް ނެތިން.. ބިކޮޒް ވީ އާ މެން.. އެކަމަކު ދެން އަހަރެންނަކަށް އިތުރު ހެއްކެތް ބޭނުމެއް ނުވޭ.. ޔޫ އާ ދަ މޭން.. ފޯ މައި ލިޓްލް ސިސް” ޒެއިން ގެ ގައިން ދޫ ނުކޮށްލާ ހުރެގެން މީރާން ފައްޗަކަށް އަމުނާލި ބަސްތަކުން ޒެއިން ގެ ހަމަޖެހުން ގެއްލިފައިވި ހިތަށް ޝިފާއެއް ލިބުންފަދައެވެ.

“ތެންކިއު މީރާން.. އަހަރެން އެލީ ދެކެ ވަރަށް ލޯބިވޭ.. ޝީ އިޒް މައި އެވްރީތިންގް.. އަދި މީރާންގެ ރުހުން އެއީ އަހަރެން ބޭނުންވާ އެއްޗަކީ.. ތެންކިޔު މޭން..” މީރާންގެ ކޮނޑުގައި ޖަހައިލަމުން ޒެއިން ވާހަކަ ދެއްކީ އުފާ ވެފައެވެ.

“އެލީ ކައިރިއަށް ވަދުމުގެ ހުއްދަ ނެތީ ތަ؟” އެލީން ދެކެން ބޭނުން ވެފައި ހުރިލެއް ބޮޑުކަމުން އާނާ ސުވާލުކޮށްލިއެވެ.

“އަދި ޑޮކްޓަރު ގެ ހުއްދައެއް ނެތް.. އެކަމު ދެން މާ ގިނަ އިރު ވާނެ ހެނެއް ހިއެއް ނުވޭ..” ޒެއިން ޖަވާބު ދިނެވެ.

އާނާ މެނާއި ވާހަކަ ދައްކަން ޒެއިން ހުއްޓައި އޭނާގެ ފޯނު ރިންގް ވާން ފެށިއެވެ. ބަލައިލި އިރު ގުޅަނީ ޒައުލް އެވެ. އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި ޒެއިން ފޯނުނަގައި ކަންފަތުގައި ޖަހައިލިއެވެ.

“ޔެސް ޒައުލް… ވަޓް؟؟.. އަހަރެން ނުގޮސް ވާކަށް ނެތް ތަ؟.. ކޮންމެވެސް ގޮތެއް އޮންނަން ޖެހޭނެ އެއްނު.. އެލީ ދޫކޮށްލާފަ ދާން އަހަރެން ބޭނުމެއް ނޫން.. އޯކޭ އޯކޭ.. އިޓްސް އޯކޭ..އައި ވިލް ގޯ” ފޯނުން ވާހަކަ ދައްކާ ނިންމުމަށް ފަހުގައި ޒެއިން ފޯނު ބޭއްވި އިރު އޭނާގެ މޫނުމަތީގައި ވަނީ ނުތަނަވަސް ކަމެވެ.

“ކާކު އެ ގުޅީ؟؟ ދާން ޖެހުނީ ދޯ..” މީރާން އަހައިލުމުން ޒެއިން ބޯ ޖަހައިލީ މާޔޫސް ކަމާއި އެކުއެވެ.

“އަރެންނަށް ދާން މަޖުބޫރު.. އިތުރު ގޮތެއް އޮތްނަމަ އަހަރެން އެލީ ދޫކޮށްލާފަ އެއް ނުދާނަން.. އައި ރިއަލީ ވޯންޓް ސްޓޭ..” ޒެއިން ގެ މާޔޫސްކަން ފެނުމުން މީރާން ގޮސް ރަހުމަތްތެރިޔާގެ ކޮނޑަށް އަތް ވައްޓައިލިއެވެ.

“އިޓްސް އޯކޭ..އަހަރެންނަށް ޔަގީން އެލީ އަށް އަންޑަސްޓޭންޑް ވާނެ ކަން.. އަހަރެންނަށް ވެސް އަންޑަސްޓޭންޑް ވޭ.. އެހެން ނޫނަސް އަންނަ ގޮތަކަށް ނު ތި ދަނީ.. އުމުރަކަށް ނޫނެއްނު” މީރާންގެ ޖުމްލައިން ދެރަ ވެފައި ހުރެ ވެސް ޒެއިން އަށް ހިނިތުން ވާން މަޖުބޫރުވިއެވެ.

ހޮސްޕިޓާ ތެރެއަށް ވަދެގެން އައި އެޒިލް އަށް އެތަނުން ނުކުންނަން ދިޔަ ޒެއިން އާއި ދިމާ ވިއެވެ.

“ކޮން ތާކަށް ތިދަނީ؟ މީރާން އައި ތަ؟” ޒެއިން އެ ދަނީ މީރާން އައިމަ ކަން ގާތްގަނޑަކަށް ޔަގީން ވި ކަމުގައި ވިޔަސް އެޒިލް ސުވާލުކޮށްލިއެވެ.

“އެމަޖެންސީ ކޮށް ބިޒްނަސް މީޓިންގ އަކަށް ތައިލެންޑަށް ދާން ޖެހިގެން މި ދަނީ.. މީރާން އެބަ ހުރި..” ޒެއިން ޖަވާބު ދިނިމުން އެހެން ހޭ ބުނެލާފައި ޒެއިންގެ ކޮނޑުގައި ޖަހައިލުމުން އެޒިލް ހިނގައިގަތީ އެތެރެއަށެވެ. އެތައް ދުވަހަކަށް ފަހު މީރާން އާއި ބައްދަލު ވާން އުޅޭތީ އެޒިލްގެ ހިތް އަވަސް ވާން ފެށި އެވެ. ވީ ނުވީ އެއް ނޭނގި އެހައި އެއްކޮށް އުޅެފައި ކުއްލިއަކަށް އެޒިލް އާއި މީރާން ގުޅުން ކަނޑައިލުމުން އެކަމުގެ ހަގީގަތް ހޯދަންވެސް އެޒިލް ބޭނުންވެއެވެ.

ނުނިމޭ

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

އެވިއްސާރަ ރޭ… ހަތްވަނަބައި

Next

ވަންހަނާ (21)

Next
January 22, 2017

ވަންހަނާ (21)

Previews
January 21, 2017

އެވިއްސާރަ ރޭ… ހަތްވަނަބައި

35 Comments!

  1. shooty says:
    January 21, 2017 at 10:37 pm

    hey guys… sorry for the delay… mihaaru v support dhah dhw ? avahah upload nukureveythy v bodah sorry.. aslu v busy mihaaru.. ekm vx story writing ae shooty ge hobby v ma liyany.. I love you all and enjoy…

    1. Kalhu handi says:
      February 24, 2017 at 12:57 am

      Hobby akah vaairu dhn kyve baa mihaaru up nuvany..

    2. dottt says:
      March 3, 2017 at 12:26 am

      Hobby eh nama lots and dhw… mihaadhigu inthixaareh nukuruvaane..bunelan beynumy dhan shootyge eves story eh kiyaa hitheh nethey..mulhin fake meehehthee…dhan vaahaka liyun huhttaliyya rangalhuvaany.. esfiya inves mikahala faruvaa kuda writer’s ah chance nudheyn vehjjejnu…konmeves usoolakun kanneyge kanthah kuriah gendhan vaany… I really hate u shootygandaaaa…..

  2. purple handi says:
    January 21, 2017 at 10:48 pm

    me 1st dhwwww

  3. Aakee says:
    January 21, 2017 at 10:55 pm

    thanks shooty …. v reethi

  4. haz says:
    January 21, 2017 at 11:11 pm

    Me 2nd dhw.i always love this story shooty.pls pls pls pls avahah up kohba.pls pls pls.i am excited.

  5. Afa says:
    January 21, 2017 at 11:16 pm

    Masha allah varah reethi. Keep going I love this story ?

  6. Shone pole says:
    January 21, 2017 at 11:20 pm

    reeeethi

  7. Yax says:
    January 22, 2017 at 5:53 am

    Love, vadumuge huhdha ehnuney
    Its vanumuge huhdha
    Thats a mistake dear correct it!!

  8. F says:
    January 22, 2017 at 10:29 am

    Vvv lobi vaahakaeh

  9. Aisha says:
    January 22, 2017 at 1:15 pm

    Kulliyakah thailand ah dhaan jehunee ey tho????????? waiting 4 next part☺

  10. Versatile says:
    January 22, 2017 at 3:11 pm

    Shoots i suggest to change the cover pic

    1. އާ8 says:
      January 23, 2017 at 12:02 am

      Yes me 2 dont like covr pic

    2. Rasheed says:
      January 23, 2017 at 5:13 pm

      vaahakaige cover photo badhalu kuraairu mihaaru fenna fadha amihlla vantha kameh fenaane kamah unmeedhukuran. Mihaaraka ais fenanee konmeves liyuntheri ehge style abadhuves copy kuraathan. So I hope Layaal ekahala kame nukuraane kamah. Vaahaka kuriya dhaagoiy salhi.

    3. Yax says:
      January 23, 2017 at 6:32 pm

      Rasheed its shooty not layaa

  11. Naxy says:
    January 22, 2017 at 5:54 pm

    V reethi. Waiting

  12. Someone says:
    January 22, 2017 at 6:39 pm

    Wow! Masha Allah. Varah reethi. Waiting 4 next part!????

  13. Mary says:
    January 23, 2017 at 12:41 pm

    Next part avas kohdheeba plx shooty…

  14. Ñåj? says:
    January 23, 2017 at 5:32 pm

    Alheyy when is the next part? Waiting ?❤️?

  15. firu says:
    January 28, 2017 at 3:41 pm

    Mivaahakaige new part eh kiyan libeyni kondhuhakun baa

  16. Chau says:
    January 28, 2017 at 6:02 pm

    Mi vaahaka new part eh kiyaalan dhn libeyney kondhuvahakun tha?????

  17. Ellie says:
    January 28, 2017 at 8:46 pm

    I read all the recent parts just now, and as usual, loved all the parts. And I’ve this feeling something is about to happen when zayn leaves. hehe. can’t wait for the next part.

  18. Mary says:
    January 29, 2017 at 8:58 am

    Alhe next part kn irakun tha?

  19. nonnx says:
    February 1, 2017 at 10:50 am

    WEN IS THE NEXT PART?? V INTHIZAAR KOFFIN UPVAANE DHUVAHAKAH..KYVETHA THIHEN KANTHAH KURANY?? UP KURAANE DHN KURAA IRU KURAANY LIKE E MONTH EHGE FAHUN..

  20. Nina says:
    February 2, 2017 at 12:24 am

    When are you going to upload net part.

  21. Mary says:
    February 2, 2017 at 5:16 pm

    konirakutha next part up kohladheny pls pls pls Avahah up kohdheebala v kiyaahithun mihiry.

  22. cher says:
    February 7, 2017 at 12:47 pm

    W?W LOVED IT..???

  23. cher says:
    February 8, 2017 at 7:02 pm

    Shooty where’s the next part??
    ??
    We are curiously waiting..??

  24. nina says:
    February 16, 2017 at 9:55 am

    adhives next part upkurevey vareh nuvey dhw .. :'(

  25. layaa says:
    February 25, 2017 at 11:42 am

    shooty mulhin dhoakaa dheny.. feni gelley anheneh. thivarun vaahaka nuliyanvee ennu. mihaaru thi vaahaka mathin foohivejje.

  26. S#@#U says:
    February 26, 2017 at 11:11 am

    Dhn up kurany kon irakun. 18 vana part kiyaa hithu ulheythaa v dhuvas vejje. V reethi

  27. shaph says:
    February 26, 2017 at 7:00 pm

    shoooooottyyyyyy……. vaahaka dhn nuliyan yaa ves bunelanvee ennu dhw. eyrunnennu thi vaahaka gandeh up vaane dhuvahakah inthizaaru kurun huttaalanves ingeyni.. varah bodah thanks thivarah inthizaaru kuruveethee. varah vai dhn.

  28. Report! says:
    February 28, 2017 at 3:34 pm

    Reallyy… Dhen nuliyan yaa nuliyaanameyyy vesss buneba dhwwww ?????

  29. Mary says:
    March 8, 2017 at 10:49 am

    Kobaa tha alhe vaahaka… Kihaa dhuvaheh mihaaru mivanee…

  30. miss u says:
    March 10, 2017 at 12:09 am

    Shooty plx vaahaka geneshyba. Mi vaahaka v loabi…

Comments are closed.

Next Episodeހިތް ބޭނުމޭ 18←


All Right Reserved!