ރޭގަނޑުގެ ވަގުތު ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމެވެ. މަލަކާ ހުރީ ޓެރަސްގައެވެ. އިޒްޔާންގެ ޚިޔާލުތަކަށް ގެއްލިފައިހުރި މަލަކާ ސިހުނީ މީހެއްގެ ހިލަންވެގެންނެވެ. ފަސްއެނބުރި ބަލާލިއިރު ކުރިމަތީ ހުރި އަޒްފާ ފެނިފައި ފުން ނޭވައެއް ބޭރުކޮށްލެވުނެވެ.
“އާޝިޔާ! އެކަނިމާއެކަނި މިތާ ކީއް ތިކުރަނީ؟” އަޒްފާ އާދައިގެ ގޮތަކަށް އަހާލިއެވެ.
“ކަމެއް ނުކުރަން.” އަޒްފާ ވިސްނުންތެރިކަމާއެކު އާޝިޔާއަށް ބަލާލިއެވެ. އެދެލޮލުން ފެންނަންހުރީ ރިހުމާއި ވޭނެވެ. އެއަޑުގައިވާ ކުރަކިކަމުން އާޝިޔާ ރޮއިފައިވާ މިންވަރު ދޭހަކޮށްދެއެވެ.
“އާޝިޔާ! ދައްތަ ސުވާލެއް ކޮށްލަންތަ؟ އާޝިޔާގެ މަންމައާއި ބައްޕަ ކޮބާ؟” އަޒްފާގެ ސުވާލުން އާޝިޔާ ސިހުނުވަރުން ފަހަތަށް ފިޔަވަޅެއް އެޅުނެވެ. މިއޮއްހާ ދުވަސްވީއިރު އެފަދަ ސުވާލެއް ނުކުރިއިރު މިއަދު ކުއްލިއަކަށް އެސުވާލު އެކުރީ ކީއްވެބާއޭ އޭނާގެ ހިތަށްއެރިއެވެ.
“ކީއްވެ ތިހެން ތިއެހީ؟” ނޭނގޭ ބިރުވެރިކަމެއް މަލަކާގެ ހިތުގައި ހިނގާލިއެވެ.
“ހާދަ ވަރަކަށް ތި ހާސްވީ؟ ދައްތަ މިއައީ އާޝިޔާއާ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން. އޭގެ ކުރިން ދައްތަ ބޭނުން އާޝިޔާ ދައްތަގެ ސުވާލުތަކަށް ތެދުތެދަށް ޖަވާބުދޭން.” އަޒްފާ ވާހަކަދެއްކިއިރު އެމޫނުމަތިން ފެންނަންހުރި ސީރިއަސްކަމުންވެސް މަލަކާ ޖެހިލުންވިއެވެ. މަލަކާ ހުރީ ބުނާނެ އެއްޗެއް ނުވިސްނިފައެވެ.
“އާޝިޔާ! ހާދަ ހާސްވީ. އަދި ނުވެއެއްނު ހާސްވާކަށް. އަސްލު އާޝިޔާގެ މަންމައާ ބައްޕަ ދުނިޔޭގަ ހުރިތޯ މި ބަލާލީ ކަމަކު. ދައްތަ ބޭނުންވަނީ ވީހާވެސް އަވަހަކަށް އާޝިޔާ ދައްތަގެ ދަރިއަކަށް ހަދަން.” އާޝިޔާއަށް ލިބުނު ސިހުން ވީ އިތުރެވެ. ބުނާނެ އެއްޗެއް ނޭނގިފައިހުރި އާޝިޔާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެއީ ހިތާމައިގެ ކަރުނަކަމެއް ނުވަތަ އުފަލުން އައި ކަރުނައެއްކަމެއް ނޭނގެއެވެ. އެވަރުގެ ނިންމުމެއް އެނިންމީ އޭނާގެ ހަޤީޤަތް އެނގިގެންބާއޭ އާޝިޔާގެ ހިތަށްއެރިއެވެ.
“ދައްތައަށް އަހަރެންގެ ހަޤީޤަތް އެނގޭނަމަ ތިހެން ނުބުނީސްކަން ޔަޤީން.” މަލަކާ އިސްޖަހާލަމުން ބުނެލިއެވެ.
“އާޝިޔާ! ދައްތަ އެނގެން ބޭނުންވާ ހުރިހާ އެއްޗެއް ދައްތައަށް އެނގިއްޖެ. އާޝިޔާ ކަހަލަ ރަނގަޅު ކުއްޖެއް އަހަރެންގެ ޔާންއަށް ލިބުމަކީ މިދައްތަގެ އަބަދުގެވެސް ދުޢާއެއް. ދައްތަ މިއެދެނީ އާޝިޔާ ޔާންއާ ކައިވެނިކޮށްގެން މިގޭގަ އުޅެން.” މަލަކާގެ ދެއަތުގައި ހިފާލަމުން އަޒްފާ ބުނެލިއެވެ. އެއަޑުގައި އާދޭހުގެ އަސަރު އެކުލެވިފައިވެއެވެ.
“އެކަމަކު…”
“އެކަމަކު ކިހިނެއްވީ؟ އަހަރެންގެ ޔާން ކަމުނުދަނީތަ؟ ނޫނީ އާޝިޔާ ލޯބިވާ އެހެން ކުއްޖަކު ހުންނަނީތަ؟” މަލަކާ ބުނެބުނެ ހުރި ޖުމްލަ މެދުކަނޑާލަމުން އަޒްފާ އަހާލިއެވެ.
“ނޫން. އިޒް ކަހަލަ ދެވަނަ މީހަކު އަހަރެން ނުދެކެން. އިޒް ކަހަލަ ޒުވާނެއް ލިބުނުކަން އެއީ އަހަރެންގެ ނަސީބު. އެކަމަކު އަހަރެން ބޭނުމެއްނޫން އިޒްގެ ދިރިއުޅުން ބަރުބާދުވާކަށް. ރައްޓެހިން ކުރިމަތީ އިޒްގެ އަގު ވެއްޓޭކަށް. ދައްތައަށް އެނގޭތަ؟ އަހަރެންނަކީ ކިޔަވައިގެން ހުރި މީހެއްނޫން. މިފަދަ ޒަމާނެއްގަ އެނގޭ އެކައްޗެއްވެސް ނެތް. ވީއިރު އިޒްއާ އަހަރެންނާ އެކަށީގެންނެއް ނުވޭ. އިޒްއަށް މިއަދު ބޭނުންވަނީ ތަޢުލީމީ ޒުވާނެއް. އޭނައާއެކު އެއްމަގަކުން ހިނގޭފަދަ ބައިވެރިއެއް. އަހަރެންނަކީ އެފަދަ ނަސީބެއް ލިބިފައިވާ ކުއްޖެއް ނޫން. ދައްތާ! އަހަރެންނަށް މާފްކުރޭ. ތިކަމަށް އަހަރެންނަކަށް އާނބަހެއް ނުބުނެވޭނެ.” މަލަކާ އިތުރަށް އެތާ މަޑުނުކޮށް ދާން ހިނގައިގަތެވެ. އޭރު އޭނާގެ ހިތް ރޮމުންދަނީ އޭނާގެ ބަދުނަސީބާމެދުގައެވެ.
މަލަކާއަށް ހުއްޓެން މަޖުބޫރުވީ މީހަކު އޭނާގެ އަތުގައި ހިފާ ހުއްޓުވުމުންނެވެ. ޓެރަސްގެ ލައިޓް ދިއްލާފައި ނެތުމުން ކުރިން އެތާނގައި އިތުރު މީހަކު ހުރިކަމެއް އެއިން އެކަކަށްވެސް ނޭނގުނެވެ. މަލަކާ ސިހިފައި ބަލާލި ވަގުތު ފެނުނު ސޫރައިން އޭނާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އިޒްޔާން އޭނާއާ ދިމާއަށް ބަލަން ހުރިގޮތުން އޭނާގެ ހިތުގެ ވިންދުވެސް ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ.
“އިޒް!” މަލަކާގެ އަނގައިން ބޭރުވި މިލަފުޒާއެކު އަޒްފާއަށްވެސް ބަލާލެވުނެވެ. އަޒްފާ ކަރުނަ ފޮހެލަމުން އެމީހުންނާ ދިމާއަށް ހިނގައިގަތެވެ.
“ޔާން! އަޑުއަހާބަލަ އާޝިޔާ އެކިޔާ އެއްޗެއް.” އިޒްޔާން މަލަކާގެ އަތުގައި ހިފަހައްޓައިގެން ހަމަ ހުރީއެވެ. މިރޭ އިޒްޔާން ފެންނަނީ ވަރަށްވެސް ސީރިއަސްކޮށެވެ. އެމޫނުން ފެންނަންހުރި އަސަރުންވެސް ހިތްތައް ތަޅުވާލާހާވެއެވެ.
“މޯމް! އިޒް ބޭނުމީ މަލަކާއާ އެކަނި ވާހަކަދައްކާލަން.” އިޒްޔާން އެހުރިގޮތަށް ހުރެ ބުނެލިއެވެ. އަޒްފާ އެއްޗެކޭ ނުބުނެ ދާން ހިނގައިގަތީ އިޒްޔާންއާ މަލަކާ މިނިވަންކަމާއެކު ވާހަކަދައްކާލަން ފުރުސަތުދިނުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ވާތީއެވެ.
އަޒްފާ ދިއުމާއެކު އިޒްޔާން ޖެހި ކުއްލިއަކާއެކު މަލަކާ އޭނާގެ އަތުތެރެއަށް ގެނައެވެ. މަލަކާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން މަލަކާގެ ދެލޮލަށް އިޒްޔާން ބަލާލިއެވެ.
“އިޒް ޕްލީޒް! އަހަރެން ދިޔަދީ.” މަލަކާ ބުނެލިއެވެ.
“މަލަކާ! އަހަރެން މިއައީ މަލަކާ ހިފަހައްޓާކަށް ނޫން. އަހަރެން މިއައީ މަލަކާއާ ވަދާޢީ ސަލާމްކޮށްލަން.” އިޒްޔާން ރިހުމުން ފުރިފައިވާ އަޑަކުން ލަސްލަހުން ބުނެލިއެވެ. އެއަޑުން އެހިތުގެ ހާލު ކިތަންމެ ރަނގަޅަކަށްވެސް އެނގިގެންދެއެވެ. މަލަކާގެ ނިތުގައި ނިތްކުރި ޖައްސާލަމުން އިޒްޔާން ނޭވާ ހިފަހައްޓާލިއެވެ. ލޯބީގެ ހިތި ވޭނުން އެހިތް ފިހެވެމުން ދާއިރު އެކަން އެނގޭ މީހަކު މަލަކާ ފިޔަވައި ނެތެވެ.
“ވަދާޢީ ސަލާމޭ! އިޒް ކޮންތާކަށް ދާން ތިއުޅެނީ؟” މަލަކާއަށް ތެޅިގަނެވުނެވެ. އަނެއްކާ އިޒްޔާން ދާން އެއުޅެނީ ކޮންތާކަށްބާއެވެ.
“އަހަރެން މަލަކާދެކެ އިންތިހާއަށް ލޯބިވޭ. މަލަކާ ފިޔަވައި އިތުރު ކުއްޖެއް ދުވަހަކުވެސް އަހަރެންގެ ހަޔާތަކަށް ނުގެނެވޭނެ. މިހިތަކީ ހަމައެކަނި މަލަކާގެ މިލްކެއް. މަލަކާގެ ނިންމުން ބަދަލުކުރާކަށް އަހަރެން ބާރެއް ނާޅާނަން. އެކަމަކު އަދިވެސް އެއްފަހަރު ވިސްނާލުން އެދެން.” މަލަކާގެ ގައިން ދޫކޮށްލަމުން އިޒްޔާން ގޮސް ރެއިލިންގައި ހިފަހައްޓާލިއެވެ. އިޒްޔާންގެ ލޮލުގައި ގިނަވެ އޮހިގަންނަން ތައްޔާރުވެފައިހުރި ކަރުނަތައް މަލަކާއަށް ފެންނަން އޭނާ ބޭނުންނުވީއެވެ.
“މަލަކާ! އަހަރެން މިއުޅެނީ މާދަމާ ފުރަން. ދެން ނޭނގެ ދުވަހަކުވެސް މަލަކާއާ ދިމާވާނެކަމެއް. އަހަރެން މުޅި އުމުރަށްވެސް މަލަކާއަށް އިންތިޒާރުކުރާނަން. ހަމައެކަނި މަލަކާއަށްޓަކާ.” މަލަކާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިޒްޔާން އަބަދަށްޓަކައި އޭނާއާ ވަކިވެގެން ދާވާހަކަ ބުނުމުން އެހިތުގައި ޖަހަޖަހާ ހުރި ވިންދުވެސް އޭނާއާ ރުޅިވި ކަހަލައެވެ . ހިތް އެދުނީ ދުވެފައި ގޮސް އިޒްޔާން ގައިގައި ބައްދާލާފައި ނުދިއުމަށް އެދި އާދޭސްކުރާށެވެ. ނަމަވެސް އޭނާ އެކަން ކުރުން ހުއްޓުވީ ކޮން ބާރެއްކަމެއް ނޭނގެއެވެ.
“އަދި އެއްވާހަކަ. މަލަކާ ބުނީމެއްނު އަހަރެން ބޭނުން ކޮންމެ ކުއްޖެއް އަހަރެންނަށް ލިބޭނެއޭ. އެކަމަކު އެހެނެއްނުވި. އަހަރެން ބޭނުންވި ކުއްޖާއެއް އަހަރެންނަކަށް ނުލިބުނު. އަހަރެން ބޭނުންވީ އެންމެ ކުއްޖެއް. އެއީ ތިކުއްޖާ. ކިޔަވައިގެންހުރި މުއްސަންޖަކަސް އަހަރެންވަރުގެ ބަދުނަސީބު މީހެއް މިދުނިޔޭގަވެސް ނެތް ކަންނޭނގެ.” އިޒްޔާން ލޯ ފޮހެލަމުން ނޭފަތް ދަމާލިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު އިޒްޔާން އެނބުރި ބަލާލިއިރު މަލަކާ ހުރީ އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފިޔަވައި ހަށިގަނޑުގައި އެއްވެސް ދިރުމެއް ނުވާ ކަހަލައެވެ. އިޒްޔާން މަޑު ހިނގުމެއްގައި އައިސް މަލަކާގެ ގާތަށް ހުއްޓެމުން ސަލާމަށް އަތް ދިއްކޮށްލިއެވެ.
“މަލަކާގެ ލޮލުން ކަރުނަ އޮހޭތަން ބަލަން މިހިތަކަށް ކުޅަދާނައެއް ނުވޭ. ޕްލީޒް! ތިގޮތަށް އަމިއްލަ ނަފްސަށް އަނިޔާނުދީ. މަލަކާ އުފަލުގަ ހިނިތުންވެގެން އުޅުމަކީ އަހަރެން އެންމެ އެދޭ ކަންތައް. އަހަރެން މިދަނީވެސް މަލަކާ އެދޭގޮތަށް މިކަން ކޮށްދޭންވެގެން. އަހަރެންގެ އެދުމަށް މަލަކާ މިގޭގަ މަޑުކޮށްދިނީތީ މަލަކާއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް ނޭނގެ. ބުނަން އޮތްހާވެސް އެއްޗަކީ އަހަރެންގެ ފަރާތުން ކުޑަވެސް ހިތްހަމަނުޖެހޭ ކަމެއް ވެފައިވާނަމަ އެކަމަށް މާފްކޮށްދޭށޭ.” މަލަކާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލައިދެމުން ލޯބިން ފުރިގެންވާ ބެލުމަކުން ބަލާލާފައި އިޒްޔާން ދާން ހިނގައިގަތެވެ. މަލަކާއާ ދުރަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އިޒްޔާންގެ ހިތް އެދި ގޮވަމުންދިޔައީ މަލަކާ އޭނާއަށް ގޮވާ ހުއްޓުވުމަށެވެ. ޓެރަސްއިން ތިރިއަށް ފައިބަން ހުރި ސިޑިއާ އަރާ ހަމަވެފައިވެސް އިޒްޔާން މަޑުކޮށްލިއެވެ. އަދި އެނބުރި ބަލާލީ އެންމެފަހު ފަހަރަށްނަމަވެސް މަލަކާގެ އެރީތި ސޫރަ ދެކިލާށެވެ.
އިޒްޔާން އިރުކޮޅަކު ބަލަން ހުރެފައި ދާން އެނބުރިލިއިރުވެސް މަލަކާ ޖެހި ބުދެއްހެން ހުއްޓެވެ. އިޒްޔާންގެ ހިތަށް މިކަމުން އިތުރަށް ތަދުވުން ނޫންކަމެއް ނުވިއެވެ. ލިބުނު ހިތްދަތިކަމުން ހިތް ހަލާކުވެފައިވާ ހާލުގައި އިޒްޔާން ގޮސް ކޮޓަރިއަށް ވަނެވެ. އެނދަށް ވެއްޓިގަތީ އިތުރަށް ކޮޅަށް ހުންނާނެހާ ވަރު އެހަށިގަނޑުގައި ނެތުމުންނެވެ.
އިޒްޔާން ލޯމަތިން ގެއްލުމާއެކު ކަނޑާ ވައްޓާލި ރުކެއްހެން މަލަކާ ކޮޅުކަކުލަށް ވެއްޓުނެވެ. އެއާއެކު އޭނާއަށް ރޮއިގަނެވިއްޖެއެވެ. ކިތަންމެ ކެތްކުރަން އުޅުނަސް އިޒްޔާންއާ އަބަދަށް ވަކިވުމަކީ އޭނާއަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. އިޒްޔާންއާނުލާ އޭނާއަށް އުޅެވިދާނެ ހެއްޔެވެ؟ އެލޯތްބަކީ އޭނާގެ ދިރުންކަމުގައިވާއިރު އެލޯތްބާ އޭނާ ވަކިވާނީ ކިހިނެއް ހެއްޔެވެ؟ ގިސްލާ ރޮމުން ދިޔައިރު މަލަކާގެ ހިތް ކުދިކުދިވެ ފައިބަމުންދިޔަ ކަހަލައެވެ. އެހިތް އެދެމުންދާ ފަދައިން ދުނިޔޭގެ އެއްވެސް ކަމަކާ ނުވިސްނާ އިޒްޔާންގެ ލޯބި ލިބިގަންނަން މަލަކާ ބޭނުންވިއެވެ.
ކުއްލިއަކަށް ވައި ގަދަވެ ވާރޭ ވެހެންފެށީ މަލަކާގެ ތިހިތާމައިގައި ބައިވެރިވާން ބޭނުމޭ ބުނާފަދައިންނެވެ. ވާރޭގެ ބޮޑެތި ތިކިތަކުން މަލަކާ ތެންމަމުންދާއިރު އެއިން ކަމަކާ ވިސްނާނެ ބާރެއްވެސް އޭނާގެ ނެތެވެ. ލޮލުން އޮހެމުންދިޔަ ކަރުނަތައް ވާރެޔާ އެކުވެ ދޮވެވެމުން ދިޔައެވެ. ޖެހިލާ ގަދަ ވަޔާއެކު ވިއްސާލަފާނެހެން ހީވެއެވެ. މި ތޫފާނީރޭ އިޒްޔާންއާ މަލަކާގެ ހަޔާތަށްވެސް ތޫފާނެއް ގެނުވަނީ ކަންނޭނގެއެވެ.
ގެޔާއި އުޅެ ބޮޑުވި ރަށް ދޫކޮށް ދާކަށް އިޒްޔާންއެއް ނޭދެއެވެ. އަދި އަމުދުން އޭނާގެ ހުރިހާވެސް ހަމަޖެހުމެއް ގުޅިފައިވާ އޭނާގެ މަންމައާއި ވަކިވުމަކީ އެހިތަށް ކުޅަދާނަ ކަމަކަށް ނުވެއެވެ. މަލަކާ އެންމެ ފަހަރަކުވެސް ނުދާށޭ ބުނާނެނަމައެވެ. އެހެންވާނެނަމަ މިއަދު އޭނާއަށް ލިބޭނެ ހިތްހަމަޖެހުން އިހުސާސްކޮށްލަންވެސް ދައްޗެވެ. އެތައްއިރަކު އެގޮތުގައި ވިސްނުމާއި ފިކުރުގެ ކަނޑެއްގައި އޮތް އިޒްޔާން ތެދުވެ ފޮށްޓަށް އެއްޗެހި އަޅަންފެށިއެވެ. ހުންނަން ކިތަންމެ ބޭނުންވިޔަސް އޭނާއަށް ހުރެވޭކަށް ނެތެވެ. ހުރިހާ އެއްޗެއް ބަންދުކޮށް ނިންމާލާފައި އިޒްޔާންއަށް ހިންދެމިލެވޭވަރު ވީއިރު، މިސްކިތުން ފަތިސް ނަމާދު ބަންޤި ގޮވަމުންދެއެވެ. އޭރުވެސް ހިމަފޮދު ވާރޭ ވެހިވެހި އޮތެވެ. ނަމާދުކޮށްލައިގެން އިޒްޔާން ދުޢާކުރިއެވެ. އޭނާއާއި މަލަކާގެ ދިރިއުޅުން ބާއްޖަވެރި ކުރައްވާތޯއެވެ. އަދި މަލަކާގެ ހިތް ބަދަލުކުރައްވާ އޭނާގެ ހަޔާތަށް އެނބުރި އަންނާނެ ގޮތެއް މެދުވެރި ކުރައްވާތޯއެވެ.
ފަތިހުގެ ފިނިކަން ހަށިގަނޑުން ކެނޑި ހޫނުކަމެއް ލިބިގަންނަން އިޒްޔާން ބޭނުންވިއެވެ. ބަދިގެއަށް ވަތްއިރު އެކަކުވެސް ފެންނަން ނެތުމުން މަލަކާ ނުތެދުވަނީބާއޭ އިޒްޔާންގެ ހިތަށްއެރިއެވެ. އެންމެފަހު ފަހަރަށް ފެނިލުމުގެ ނަސީބުވެސް ނެތީތީ އިޒްޔާން ވަރަށް ދެރަވިއެވެ. ކޮފީތަށި ހިފައިގެން ޓެރަސްއަށް ނުކުތީ ވާރޭވެހި ޖައްވު ފިނިވެފައިވާއިރުވެސް މާލޭގެ މަގުތައް ބަލާލުމަށެވެ. ޓެރަސްއަށް އައިއިރު ވާރޭ ވެހުމުގެ ސަބަބުން ޓެރަސް އެއްކޮށް ވަނީ ތެމިފައެވެ. އެގޭ ޓެރަސް ހަދާފައި ހުންނަނީ ހިޔާނުކޮށެވެ. ނަމަވެސް ޓެރަސްގެ އެއްކޮޅުގައި ކުޑަކޮށް ހިޔާކޮށްލާފައި ހުރެއެވެ. އިޒްޔާން އެތަނުގައިހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެ ކޮފީތަށިން ކޯވަރެއް ބޯލިއެވެ. އިޒްޔާން ވަށައިގެން ބަލާލިއެވެ. ރޭގެ ހަނދާންތައް ހިތުގައި އާވެގެން ދިޔައީ އެވަގުތުއެވެ.
ދުރުދުރުން ފެންނަމުންދާ ހިތްގައިމު މަންޒަރަށް ބަލަންހުރި އިޒްޔާންގެ ނަޒަރު ގޮސް ހުއްޓުނީ ޓެރަސްގައި ވެއްޓިފައި އޮތް މަލަކާއަށެވެ. ލިބުނު ސިހުމާއެކު އޭނާއަށް ކުއްލިއަކަށް ގޮނޑިން ތެދުވެވުނެވެ. އޭނާ އަތުން ކޮފީތަށި ވެއްޓި ތެޅުމާއެކު މުޅި ތަނަށް ކޮފީތައް ބުރަބުރައިގެން ހިނގައްޖެއެވެ. އިޒްޔާން މަލަކާއާއި ދިމާލަށް ދުއްވައިގަތެވެ. ހޭނެތިފައި އޮތް މަލަކާގެ ގާތުގައި އިށީނދެ މަލަކާއަށް ގޮވަންފެށިއެވެ. މަލަކާގެ އަތްފައި ގަނޑުފެންކޮޅެއްހެން ހީވާއިރު އެދޮން މޫނު ހުދު ކަފަކޮޅެކޭ އެއްގޮތެވެ. އިޒްޔާން ބަލާކަށް ނުހުރެ މަލަކާ އޭނާގެ އަތްދަނޑިމައްޗަށް ނަގައިގެން ގެންގޮސް އޭނާގެ ކޮޓަރީ އެނދުގައި ބޭއްވިއެވެ. އޭރުވެސް މަލަކާ އޮތީ ޚަބަރު ހުސްވެފައެވެ. އިޒްޔާން އަވަސްވެގަތީ އަޒްފާއަށް ގޮވާށެވެ. ގިނައިރެއްނުވެ އަޒްފާއާއެކު ފަޔާޒްވެސް އައިސް ވަނެވެ. ފަޔާޒް ޑޮކްޓަރަށް ގުޅިއިރު އިޒްޔާންއާއި އަޒްފާ، މަލަކާގެ އަތުގައި އަތް އުނގުޅާ ހޫނުކުރެވޭތޯ ބަލަމުން ދިޔައެވެ. އަޒްފާއާއި އިޒްޔާންގެ މަސައްކަތަކަށްވީ އިރުއިރުކޮޅާ މަލަކާއަށް ގޮވާލާފައި އަތްފައި ހޫނުކޮށްގެންވެސް މަލަކާ ހޭއެރުވޭތޯ ބެލުމެވެ. އޭރު އިޒްޔާންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހެމުންދިޔައެވެ. އިޒްޔާންގެ ހާލު ފެނި އަޒްފާ ވަރަށް ކަންބޮޑުވިއެވެ. ފަޔާޒް އައިސް އިޒްޔާންއަށް ހިތްވަރުދިނެވެ.
“ދަރިފުޅާ!
އަދި ހާސްވާކަށް ނުވޭ. ބައްޕަ ޑޮކްޓަރަށް ގުޅައިފިން. އިރުކޮޅަކުން ޑޮކްޓަރ އައިސް ބެލީމަ އެނގޭނެ ވެފަ ހުރި ގޮތެއް. ބައްޕައަށް ހީވަނީ ވާރޭ ތެރޭގައި މާގިނައިރު ހުރީމަ ވީގޮތެއްހެން.” ފަޔާޒް ލޯތްބާއެކު އިޒްޔާންގެ ބޮލުގައި ފިރުމާލިއެވެ. ފަޔާޒްގެ ހިތުގައި މަލަކާއާމެދު ނުރުހުމެއް ނެތަސް އެފަދަ ކުއްޖަކު އޭނާގެ އާއިލާއާ ގުޅެން ދުވަހަކުވެސް އޭނާ ބޭނުމެއްނުވެއެވެ. ނަމަވެސް މިއަދު އިޒްޔާން މަލަކާދެކެ ލޯބިވާވަރު ފެނިފައި ފަޔާޒްގެ ހިތް އެދަރިފުޅާމެދު ހަމްދަރުދީއިން ފުރުނެވެ. އަޒްފާގެ އާދޭހަށް އިޒްޔާން މަލަކާއާ ގުޅުވަން އެއްބަސްވިނަމަވެސް، މިހާރު އޭނާގެ ދަރިފުޅަށްޓަކައި ހިތުގެ އަޑިން މަލަކާ ބަލައިގަނެވިއްޖެއެވެ.
ކުކުރާލަމުން މަލަކާ ލޯހުޅުވާލިއެވެ. ކޮޓަރިއަށް ނަޒަރު ހިންގާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ތެދުވަން ކުރެވުނު ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. މުޅި ގައިގައި ހުރީ ވޭނީ ރިހުމެއް ހިފާލާފައެވެ. ރަނގަޅަށް ކޮޓަރިއަށް ނަޒަރު ހިންގާލި ވަގުތު މަލަކާ ހައިރާންވިއެވެ. މިއީ އިޒްޔާންގެ ކޮޓަރިކަން އޭނާއަށް އެނގުނެވެ. މިތަނަށް އޭނާ ގެނައީ ކާކު ހެއްޔެވެ؟ ކޮޓަރީގައި ދިއްލާފައިހުރި ނިދާ ބޮކީގެ ފަނޑު އަލިން ކޮޓަރިތެރެ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ.
މަލަކާ ގަޑި ބަލާލިއިރު ގަޑިން އެގާރަ ޖަހަނީއެވެ. ކުއްލިއަކަށް މަލަކާ ހާސްވިއެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ އިޒްޔާންއެވެ. އިޒްޔާން ކޮބައިބާއޭ އޭނާގެ ހިތަށްއެރިއެވެ. އިޒްޔާން އޭނާ ދޫކޮށްލާފައި އަބަދަށް ވަކިވެ ދިޔައީ ހެއްޔެވެ؟ ނޫނެކެވެ. އޭނާ އެހެންވިޔަކަ ނުދޭނެއެވެ. އިޒްޔާންއަށް އޭނާ ދޫކޮށްލާފައެއް ނުދެވޭނެއެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި އިޒްޔާން ހުރިނަމަވެސް އޭނާ އިޒްޔާން ހޯދާނެއެވެ. ނެތް ހިތްވަރުލާފައި މަލަކާ އެނދުން ތެދުވިއެވެ. ގައިގައި އެއްވެސް ހަކަތައެއް ނެތްއިރުވެސް ހިތްވަރާއެކު ކުރިއަށް ދެވޭތޯ މަލަކާ މަސައްކަތްކުރިއެވެ. ދޮރާއި ހަމައަށް ދެވުނުތަނާ ކުއްލިއަކަށް ދޮރު ހުޅުވުނެވެ. އެވަގު އޭނާ އަރިއަޅާލިއެވެ. އަޒްފާއަށް މަލަކާ ހިފެހެއްޓުނީ ކިރިޔާއެވެ. އަތުލަފިކޮށްގެން މަލަކާ ގެންގޮސް އެނދުގައި ބޭންދިއެވެ.
“އާޝިޔާ! ކޮންތާކަށް ދާން ތިއުޅެނީ؟” އަޒްފާ ލޯތްބާއެކު މަލަކާ އެނދުގައި ބާއްވަން އުޅުނެވެ. ނަމަވެސް މަލަކާ މިވަގުތު އޮށޯންނާކަށް ބޭނުމެއްނުވިއެވެ.
“އިޒް ދިޔައީތަ؟” ވަރުދެރަކަމުން މަލަކާއަށް ވާހަކަދައްކަންވެސް އުނދަގޫވިއެވެ. އަދިވެސް މަލަކާގެ ހުންގަނޑު އެއްކޮށް ފިލައިގެނެއް ނުދެއެވެ.
“އާޝިޔާ އިހަށް އޮށޯވެބަލަ.” އަޒްފާ ވަރަށް ކިޔައިގެން މަލަކާ އެނދުގެ ހެޑްބޯޑްގައި ލެނގިލިއެވެ. އަޒްފާ ލޯތްބާއެކު މަލަކާއަށް ބަލާލިއެވެ. ދެދުވަހު ހުމާއިހެދި ބުރާންތިވެފައި އޮތުމުން މަލަކާއަށް އެއްވެސް ކަމެއް ނޭނގޭނެކަން އަޒްފާއަށް އެނގެއެވެ. މަލަކާގެ އަތުގައި އަޒްފާ ހިފާލިއެވެ.
“އާޝިޔާއަށް އެނގޭތަ؟ އާޝިޔާ ބަލިވިފަހުން ލޮލުފިޔައެއް ނުޖަހާ ޔާން އިނީ އާޝިޔާގެ ޚިދުމަތުގަ. ދައްތަ އޭނަ ކައިރީ ނިދަން ބުންޏަސް ބުނާނެ ނޫނެކޭ. އާޝިޔާ ގަދަވީމައޭ ނިދާނީ. ޔާން އާޝިޔާއާ ދޭތެރޭ އުޅޭގޮތުން އެހިތުގައި އާޝިޔާއަށް ދެވިފައިވާ މަޤާމް އެނގޭ. އާޝިޔާ! ދައްތަ ބުނާނެ ވާހަކައެއް ނެތް. ނަސީބަކީ އަބަދު އަބަދު ލިބޭނެ އެއްޗެއް ނޫން. ނަސީބު އަތުގަ ހިފި ވަގުތު އެއަށް ފުރަގަސްނުދީ. ދައްތަ މިހެން މިބުނީ ޔާންއަށްވުރެ ބޮޑަށް އާޝިޔާދެކެ ލޯބިވާނެ މީހަކު ނުވާނެކަން ޔަޤީންވާތީ. އާޝިޔާ އަދިވެސް އެއްފަހަރު ވިސްނާފަ ގޮތެއް ނިންމާ.” އަޒްފާ އެނދުން ތެދުވަމުން ކަމެއް ބޭނުންވެއްޖެއްޔާ ގޮވާލަން ބުނެފައި ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުންނާށެވެ. އަޒްފާ ދެއްކި ވާހަކަތަކުން އިޒްޔާން ނުދާކަން އެނގުމުން އެހިތުގައި ވިންދު ޖަހަންފެށިކަމުގެ އިހުސާސް ކުރެވުނެވެ. އަޒްފާގެ ވާހަކަތައް އަޑުއަހާފައި އޭނާއަށް އޮވެވެނީއެއް ނޫނެވެ. އިޒްޔާން ދެކިލާ ހިތުން އެހިތް ބޭޤަރާރުވާން ފެށިއެވެ. ލޯތްބާއެކުގައި އެދެއަތުތެރޭގައި ވެލަން ހިތް އެދެނީއެވެ.
“އިޒް! ދެން އާދޭ. އިތުރަށް އިޒްއާ ދުރުގައެއް ނުހުރެވޭނެ. މިހިތުގަ ދެން ކެތްކުރާނެހާ ބާރެއް ނެތް.” މަލަކާ ދެލޯ މަރާލިއެވެ. ދެލޮލުން ފައިބައިގެންދިޔަ ކަރުނަތައް ފޮހެލަމުން ދޮރާއި ދިމާލަށް ބަލާލީ އިޒްޔާންއަށް އިންތިޒާރު ކުރެވޭތީއެވެ. އެގޮތުގައި އިންތިޒާރުގެ ވަގުތުތައް ގުނަގުނާ އޮތް މަލަކާއަށް ނިދިޖެހުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ.
އިޒްޔާން ގެއަށް އައިއިރު ބާރަ ޖަހަންވެއްޖެއެވެ. އިޒްޔާން ނައިސް ލަސްވެގެން އަޒްފާ ދެތިން ފަހަރު ގުޅައިވެސްފިއެވެ. ގެއަށް ވަދެގެން އައި އިޒްޔާން ފެނިފައި އަޒްފާ ސޯފާއިން ތެދުވިއެވެ.
“ހާދަ ލަސްވީ. މިހާރު އެހެރަ ބޭސްދޭ ގަޑި ޖެހެނީ. އަވަހަށް ތިކުރުނބާ ކަނޑާލަން އުޅޭ.” އަޒްފާ ބުނެލިއެވެ.
“އާނ. ލަސްވީ ރައްޓެއްސަކާ ދިމާވެގެން. ކުރުނބާ ބަލާ ދިޔައިރު ގާޑިޔާތަކުގަވެސް މީހުން ގިނަކަމުން ވީގޮތް. އާޝިޔާ ރަނގަޅުތަ؟” އިޒްޔާން އެހެން މީހުންނާ ވާހަކަދައްކާއިރު އާޝިޔާ ކިޔައިގެން ވާހަކަދެއްކިޔަސް ބައެއްފަހަރު މަލަކާވެސް ކިޔެއެވެ.
“ހޫމް. ހީވަނީ މިހާރު ރަނގަޅުހެން. ކުޑައިރުކޮޅެއް ކުރިން ވާހަކަދެއްކި.” އަޒްފާ އެހެން ބުނުމުން އިޒްޔާން ތަށްޓަށް ކުރުނބާގެ ފެންފޮދު އަޅާލުމަށްފަހު ތަށި ދިއްކޮށްލިއެވެ.
“ޔާން! ފެންތަށި ދީފަ ބޭސް ދެއްޗޭ.” ފަޔާޒް ގޮވާލުމުން އަޒްފާ ދާން ހިނގައިގަތީ އިޒްޔާން އަތަށް ކުރުނބާ ފެންތަށި ދީފައެވެ. އިޒްޔާން ފެންތަށި ހިފައިގެން ދިޔައިރު މަލަކާއަށް އޮތީ ނިދިފައެވެ. އިޒްޔާން ގެނައި ކުރުނބާ ފެންތަށި އެނދު ކައިރީ ހުރި ކަބަޑު މަތީ ބެހެއްޓުމަށްފަހު ނިދިފައި އޮތް މަލަކާއަށް ބަލާލިއެވެ. ދެދުވަސްވީއިރު މަލަކާގެ މޫނުގެ ތާޒާކަން ވަނީ ގެއްލިފައެވެ. އިޒްޔާން ގާތްވެ މަލަކާގެ ނިތުގައި އަތް ޖައްސާލީ ހުން ހުރިވަރު ބަލާލުމަށެވެ. އެވަގުތު ސިހިފައި މަލަކާއަށް ހޭލެވުނެވެ. ލޯހުޅުވާލިއިރު އޭނާގެ މަގަތުން އިށީނދެގެން އިން އިޒްޔާން ފެނިފައި ތެދުވެވުނެވެ .
މަލަކާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އެކަކު އަނެކެއްގެ ލޮލަށް ބަލަން ތިބިއިރު ލޮލުން އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ. ވަގުތުގެ ނާޒުކުކަމާއި ތަނުގެ ހިމޭންކަމުގެ ސަބަބުން ދެމީހުންނަށް ނޭނގި ދިޔައީ ގާތްވެވެމުންނެވެ. ހީވަނީ ދަގަތްފާނަށް ދަގަނޑު ދަމާހެންނެވެ. ގާތްވެވުނު ވަރުން ދެމީހުންގެ ނޭވާގެ ހޫނުކަން އިހުސާސްވާންފެށި ވަގުތު ކުއްލިއަކަށް އިޒްޔާން ތެދުވިއެވެ. ދާން ހިނގައިގަތް އިޒްޔާންގެ އަތުގައި މަލަކާ ހިފެހެއްޓުމުން އިޒްޔާންއަށް މަޑުކުރަން މަޖުބޫރުވިއެވެ.
“އިޒް! އަހަރެންނަށް މާފްކުރޭ. އަހަރެންނަށް ނުވިސްނުނީ. އިޒްއާ ވަކިވުން އެއީ އަހަރެންގެ މޮޔަކަން. އިޒް! ތިގޮތަށް އަހަރެން ދޫކޮށްލާފަ ނުދޭ. އިތުރަށް ކެތްކުރާނެހާ ހިތްވަރެއް އަހަރެންގެ ކިބައަކު ނެތް. އިޒްއާނުލާ އަހަރެންނަކަށް ނޫޅެވޭނެ. އަހަރެން މަރުވެދާނެ.” މަލަކާ ގިސްލަގިސްލާފައި ރޮމުން ދިޔައެވެ. ހުމުގެ ސަބަބުން ވަރުބަލިވެފައިވާ މަލަކާއަށް ރުއިން ނޫންކަމެއް ނުކުރެވުނެވެ. އިޒްޔާންގެ ހާލަކީވެސް ހަމަ އެއީއެވެ. މަލަކާއާނުލާ އިޒްޔާންއަކަށްވެސް އުފަލެއް ނެތެވެ. އިޒްޔާންގެ ލޯ ކަރުނުން ފުރުނީ މަލަކާ އޭނާގެ ހަޔާތަށް އެނބުރި އައީތީ އުފަލުންނެވެ.
“މަލަކާ! މިއަދު ތިހެން ބުނެފަ މާދަމާ ތިބަސްތައް ބަދަލުވެދާނެ. މިހާރު އަހަރެންގެ ހިތުގަ އިތުރަށް ކެތްކުރާނެހާ ބާރެއް ނެތް. މަލަކާއަށް ނޭނގެނީ ކަންނޭނގެ އަހަރެން ލޯބިވާވަރު.” މަލަކާއާ ކުރިމަތިލަމުން އިޒްޔާން އެއަތުގައި ހިފާލިއެވެ. އެހިތް އެދެމުން ދިޔައީ މަލަކާ އެއަތުގެ ތެރެއަށް ގެންނާށެވެ. ނަމަވެސް އެހާ އަވަހަށް އިޒްޔާން މަލަކާ ބަލައިގަންނަން ނުވިސްނީ ކީއްވެކަމެއް ނޭނގެއެވެ. މަލަކާ އިޒްޔާންއަށް ބަލާލިއެވެ. އެނަޒަރުގައި އިންތިހާއަށް ވޭން އެކުލެވިފައިވެއެވެ.
“އިޒް! އަހަރެންނަށް އެނގޭ އިޒްއަށް އިތުބާރުކުރަން އުނދަގޫވާނެކަން. އެކަމަކު އެންމެ ފަހަރަކު ނަމަވެސް… އަހަރެން ދެން ދުވަހަކުވެސް އިޒްއާ ވަތްކެއް ނުވާނަން. ކޮންމެފަދަ ހާލެއްގައި ކޮންމެ ތަނެއްގައި އުޅެން ޖެހުނަސް އިޒްއާއެކު އުޅޭނަން. އަހަރެން ދޫކޮށްފަ ނުދޭ. އާދޭސްކޮށްފަ މިބުނީ. އިޒްގެ ތިލޯބި އަހަރެން ބޭނުން. ތިލޯބިން އަހަރެން މަޙުރޫމްކޮށްނުލާ.” މަލަކާގެ އާދޭސްތައް އަޑުއަހާކަށް އިޒްޔާންއަކަށް ކެތްކޮށްލައިގެނެއް ނުހުރެވުނެވެ. ކުއްލިއަކަށް މަލަކާ ގެނެސް އެއަތުގެ ތެރެއަށްލާ ބޮނޑިކޮށްލެވުނެވެ. އިޒްޔާންގެ މޭގައި ބޮނޑިވެލައިގެން އޮވެ މަލަކާ ރޮމުން ދިޔައެވެ. އެތައްއިރަކު ދެމީހުން ރޮއިރޮއިފައި ޝަކުވާކުރަން ތިއްބެވެ. ދެމީހުންނަށް ހޭވެރިކަމެއްވީ އަޒްފާ ކަރުކެހިލުމުންނެވެ. މަންމަ ފެނުމާއެކު އިޒްޔާންއަށް މަލަކާގެ ގައިން ދޫކޮށްލާ ދުރަށް ޖެހިލެވުނެވެ. އަޒްފާ އައިސް އެދެމީހުންގެ އަތް ގުޅުވާލަދިނެވެ.
“މަންމަ އެދެނީ އަބަދުގެ އަބަދަށް ތިދެކުދިން ތިހާ ލޯބިން އުޅެން. އާޝިޔާ އެއީ މަންމަގެ ދަރިއެއް ނޫނަސް ޔާންއެކޭ އާޝިޔާއެކޭ މަންމައަކަށް ވަކި ތަފާތެއް ނުވާނެ. އާޝިޔާއަށް ދެރަގޮތެއް ނުހަދާތި. އާޝިޔާ ކުރިންވެސް އުޅުނުގޮތަށް މިގެއަކީ އަމިއްލަ ގެއެއްގެ ގޮތުގަ ދެކިގެން އުޅޭތި. އަދި މަގޭ ޔާންއާއެކު އަބަދުވެސް ވާތި. މަންމަގެ ދުޢާއަކި ތިދެކުދިން އަބަދުވެސް އުފަލުގަ ލެހެއްޓެވުން.” އަޒްފާގެ ހިތް އުފަލުން ފުރުނެވެ. އެތައް ދަވަހަކު އޭނާ ކުރަމުން އައި ދުޢާގެ އަސަރު ފެނުމުން ހާސްފަށުން ﷲއަށް ޙަމްދުކުރިއެވެ. އަދި އެދެކުދިންނަށް ނަސޭހަތްދީފައި ކޮޓަރިން ނުކުމެގެން ދިޔައީ ހިތްހަމަޖެހިފައިވާ ހާލުގައެވެ.
އެތައް ދުވަހަކަށްފަހު އިޒްޔާންއާ މަލަކާ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށްވެ އޭގައި ކުލަ ޖެހިގެން އައީ އެތައް ބައެއްގެ ހިތްތަކަށް އުފާވެރިކަން ފަތުރަމުންނެވެ. ނަސަންދުރާގެ ހޯލު ފުރި ތޮއްޖެހިފައިވަނީ އިޒްޔާންއާ މަލަކާގެ ކައިވެނީގެ ހަފުލާއަށް އައިސް ތިބި މެހެމާނުންނައިގެންނެވެ. މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންތަކުން ފެށިގެން އެންމެ އާދައިގެ ރައްޓެހި މީހާއާ ހަމައަށް މިހަފުލާއަށް އައުމަށް ދަޢުވަތު ދީފައިވެއެވެ. އިޒްޔާން ހުރީ މަލަކާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އޭރު އެމޫނުން ފެންނަންހުރި ހިނިތުންވުން ފެންނަ ކޮންމެ މީހަކަށް މިރޭ އޭނާ އުފާވެފައިވާވަރު އެނގޭނެއެވެ.
“އިޒް! އައިމް ރިއަލީ ސޮރީ. އަހަރެންނަށް ކަންތައް ކުރެވުނުގޮތުން އަންނަންވެސް ނުކެރިފަ މިހުރީ. އަސްލުވެސް އަހަރެންނަށް ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން. މިރޭ މިއައީވެސް ތިދެމީހުން ކިބައިން މާފަށް އެދެން. އާޝިޔާ! އަހަރެންނަށް މާފްކޮށްދީ. މިއަދު އަހަރެންނަށް އިހުސާސްވެއްޖެ ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫންކަން. ތިދެމީހުންނަށް ބާއްޖަވެރި ހަޔާތެއް ދެއްވުން އެދި ދުޢާކުރާނަން.” އިޒްޔާން ހުރީ ޖުމާނާ މަލަކާއާ ދޭތެރޭ ކަންތައްކުރިގޮތް ހަނދާންވެ ހިތްހަމަނުޖެހިފައެވެ. ނަމަވެސް މިރޭ އެއްވެސް މީހަކަށް ނުރުހުމެއް ދައްކަން ބޭނުންނުވާތީ ޖުމާނާއާ ސަލާމްކޮށްލިއެވެ. އެވަގުތު މާއިން ފެނިފައި އިޒްޔާން ކުޑަކޮށް ހައިރާންވިއެވެ.
“އިޒް! އަހަރެމެންވެސް މިއުޅެނީ މެރީކުރަން.” ޖުމާނާ ބުނެލި ވާހަކައިން އިޒްޔާންއަށާއި އާއިލާގެ އެހެން މީހުންނަށްވެސް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. އިޒްޔާން ނުލިބުނު ނަމަވެސް ޖުމާނާ ހުރީ އުފަލުންނެވެ. މާއިން ކަހަލަ ރަނގަޅު ބައިވެރިއެއް ލިބުނީތީއެވެ. ކައިވެނި ހަފުލާ ނިމެންވެފައި އޮއްވާ މަލަކާ އިޒްޔާން ގޮވައިގެން ބޭރަށް ނުކުތެވެ.
“އިޒް! މީ ލަތީފްބެ. ބުނީމެއްނު.” މަލަކާ ބުނެލިއެވެ.
“ހޫމް. އެނގިއްޖެ.” ކުރިމަތީގައިހުރި ދެބައި އުމުރުގެ ލަތީފްއަށް އިޒްޔާން ބަލާލިއެވެ. އެއީ ފަތާ ހަށިގަނޑެއްގެ ވެރިއެކެވެ. ނަމަވެސް ބަލާބެލުމަށް ކަސްރަތުކޮށް އުޅޭ މީހެއްކަން އެނގެއެވެ.
“އަހަރެންނަކަށް ނޭނގެ ލަތީފްބެއަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. ލަތީފްބެއަށް އިހުސާސްވެސް ނުކުރެވޭނެ ތިކޮށްދިނީ ކިހާ ބޮޑު ކަމެއްކަން. މިއަދު އަހަރެންނަށް މަލަކާ ލިބުމުގެ އަސްލަކީ ލަތީފްބެ.” އިޒްޔާން މަލަކާއޭ ބުނުމުން މިފަހަރު ލަތީފްއަށް އޮޅުނެވެ. މަލަކާ ހީލަމުން އެއީ އިޒްޔާން އޭނާއަށް އާންމުކޮށް ކިޔާއުޅޭ ނަންކަމަށް ބުނުމުން ލަތީފް ހީލިއެވެ. އިރުކޮޅަކު ވާހަކައިގައި ތިބުމަށްފަހު ލަތީފް އެނބުރި ދިއުމުން އިޒްޔާން މަލަކާގެ އަތުގައި ހިފާ ގަޔާއި ގާތްކޮށްލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.
މިއަދު އެދެހިތް އުފަލުން ނަށަމުން ދަނީއެވެ. ދެހިތުގެ ވިންދު ވަނީ އަވަސްވެފައެވެ. އަތްފައި ފިނިވެ މުޅި މީހާ ގަނޑުވަމުންދާހެން ހީވާ ފަހަރުވެސް އާދެއެވެ. މިއަދު މަލަކާއަށް އިހުސާސްކުރެވެނީ މުޅިން އާ ތަޖުރިބާއެކެވެ. ތެޅިތެޅި އޮތް ހިތަކާއެކު މަލަކާ އިޒްޔާންގެ މޫނަށް ބަލާލިއެވެ .
“ހެލޯ! ހޫމް. ރަނގަޅު. އޯކޭ.” އިޒްޔާންއަށް އައި ފޯނު ކޯލަކަށް ޖަވާބުދިނުމަށްފަހު އެތެރެއަށް ވަންނަންދިޔަ އިޒްޔާން ހިނގައިގަތީ އަނެއްކާވެސް ބޭރަށް ނުކުންނާށެވެ. ދޮރާށިން ބޭރަށް ނުކުތްއިރު ކާރު އޮތީ ތައްޔާރަށެވެ.
“ކޮންތާކަށް ދާން މިދަނީ؟ ގޭ މީހުން ގާތު ނުބުނެ ދަނީތަ؟” އިޒްޔާން މަލަކާގެ ސުވާލަށް ޖަވާބުދިނުމެއްނެތި ފޯނުން މެސެޖެއް ލިޔެފައި ފަޔާޒަށް ފޮނުވާލިއެވެ.
“ސަޕްރައިޒެއް.” އިޒްޔާން އެހެން ބުނެފައި މަލަކާގެ އަތުގައި ތުންފަތް ޖައްސާލިއެވެ. އިޒްޔާންގެ މި ކުޑަކުޑަ ބީހިލުމުންވެސް މަލަކާގެ ހިތް ހަލަބޮލިވެގެން ދިޔައެވެ. ކާރު ގޮސް މަޑުކޮށްލުމާއެކު އިޒްޔާން މަލަކާގެ އަތުގައި ހިފައިގެން ފޭބިއެވެ. ދާންއުޅޭ ތަނެއް ނޭނގޭތީ މަލަކާ ޖެހިލުންވިޔަސް އިޒްޔާންއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ހިނިތުންވެލައިގެންހުރެ ހިނގައިގަތެވެ. ފުރަން ތައްޔާރަށް އޮތް ކުޑަ ލޯންޗަށް އެރުމާއެކު، ލޯންޗު މާލޭ ނެރުން ނުކުންނަން ދިޔައިރު އިޒްޔާން އިނީ މަލަކާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. މަލަކާގެ މޫނަށް ބަލާލަމުން އިޒްޔާން ހީލިއެވެ. ތަންކޮޅަކަށް ދެވުމާއެކު ލޯންޗު މަޑުކޮށްލިއެވެ.
“އާދޭ.” އިޒްޔާން އަތް ދިއްކޮށްލުމާއެކު މަލަކާ އެއަތުގައި ހިފާ ކުރިމަތިން ފެންނަން އޮތް ޔޮޓަށް އެރިއެވެ. މިއީ މަލަކާއަށް ދިން ހަދިޔާއެއްކަން އެނގުމާއެކު މަލަކާގެ ދެލޯ ބޮޑުވިއެވެ. އިޒްޔާން އޭނާދެކެ ހަމަ އެހާ ލޯބިވޭ ހެއްޔެވެ؟ މަލަކާގެ ލޮލުން ކަރުނަ އައީ އެއްވެސް އިޚްތިޔާރަކާނުލައެވެ.
“މަލަކާއަށް އެނގޭތަ؟ އަހަރެން ވަރަށް ވިސްނާފަ މިޔޮޓު ގަތީ. މަލަކާއަށް ދޭން އެންމެ ރަނގަޅު ހަދިޔާއަކަށް އަހަރެންނަށް ފެނުނީ މިޔޮޓު. އެނގޭތަ އެއީ ކީއްވެކަން؟” އިޒްޔާންއާ މަލަކާ ތިބީ ޔޮޓުގެ ކުރީކޮޅުގައެވެ. މަލަކާގެ ފުރަގަހުން ބައްދާލައިގެން ހުރިއިރު އިޒްޔާން ހުރީ އޭނާގެ ދަތްދޮޅި މަލަކާގެ ކޮނޑުގައި އަޅުވާލައިގެންނެވެ. އެހެން ހުންނައިރު މާލޭގެ ހިތްގައިމު މަންޒަރު ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ.
“އެއްފަހަރު ރަށް ކައިރިން ޔޮޓެއް ފެނިގެން ބުނީމެއްނު ވަރަށް ބޭނުމޭ އެކަހަލަ ޔޮޓެއްގަ ދަތުރުކޮށްލަން. އެހެންވެ އިޒް ބޭނުންވީ މަލަކާއާއެކު ޔޮޓެއްގަ ދަތުރުކޮށްލަން. މިއީ އިޒްގެ ފަރާތުން މަލަކާއަށްދޭ ކުޑަކުޑަ ހަދިޔާއެއް.” މަލަކާ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ހުރީ މާޒީގެ ތެރެއަށް ގެއްލިފައެވެ. އެދުވަހު އޭނާ އެހެން ބުނީ އެއްގޮތަކަށްވެސް އެކަން ބޭނުންވެގެނެއް ނޫނެވެ. އިޒްޔާން ގާތު އެހެން ބުނިއިރު އޭނާ ވަނީ އެތައް ޔޮޓެއްގައި އެތައް ރެޔެއް ހޭދަކޮށްފައެވެ. އޭރު އިޒްޔާންއަށް އެކަމެއް ނޭނގޭނެއެވެ. މަލަކާ އެހުރީ އޭނާގެ މާޒީ ހަނދާން ނައްތާލައިގެންނެވެ. މިއަދު މަލަކާ ހުރީ އުފަލުންނެވެ. އޭނާ ބޭނުންވާ ހުރިހާ އެއްޗެއް ލިބިއްޖެއެވެ. އިންތިހާއަށް ލޯބިވާ ފިރިއަކާއެކު ލޯބިވާ މަންމައަކާ އާއިލާއެކެވެ. އަދި އެކޮއްކޮއަކަށްޓަކައި އެތައް ޤުރުބާނީއެއްވީ ލޯބިވާ ކޮއްކޮއެވެ. މިއަދު ދެން އިތުރަށް މަލަކާ ބޭނުންވާ އެއްޗެއް ނެތެވެ. ބޭނުންވަނީ ހަޔާތުގެ ބާކީ ދުވަސްތައް އިޒްޔާންއާއެކު އުފަލުގައި ހޭދަކޮށްލާށެވެ. މަލަކާ އަނގައިން ނުބުނެ ހުންނަން ފެށުމުން އިޒްޔާން މަލަކާ އޭނާއާއި ދިމާލަށް އަނބުރާލިއެވެ.
“މަލަކާ! ކިހިނެއްވީ؟ މިއޮއް އުފާވެރި ރޭ މަލަކާގެ ލޮލުން ކަރުނަ.” ކުއްލިއަކަށް މަލަކާ އިޒްޔާންގެ ގައިގައި ބައްދާލިއެވެ.
“އިޒް!” މަލަކާ ބުނަން އުޅުނު ވާހަކަ އިޒްޔާން ހުއްޓުވާލީ ކޮށްލި ކުޑަކުޑަ ހަރަކާތަކުންނެވެ. އެގޮތުގައި ދެޖިސްމު އެކުވެގެން އިރުކޮޅަކު ތިބުމަށްފަހު މަލަކާ އަތްދަނޑިމައްޗަށް ލައިގެން އިޒްޔާން އެތެރެއަށް ވަންނަން ދިޔައިރު، އެދެލޯބިވެރިންނަށް މަރުޙަބާ ކިޔަމުން އުޑުގައިވާ ތަރިތައްވެސް ފިޔަޖަހަމުންދިޔައެވެ. ކަނޑުގެ ރާޅުތައް ކަފަމުން ޔޮޓު ކުރިއަށް ދިޔައިރު މުޅި ކާއިނާތުގައި މިއުޒިކީ އަޑު ފަތުރަމުން ދިޔައެވެ. އެދެލޯބިވެރިންނަށް މަރުޙަބާ ކިޔަމުން މުޅި ކާއިނާތުވެސް އެދެލޯބިވެރިންނާ ބައިވެރިވަމުން ދިޔައެވެ.
(ނިމުނީ)
61 Comments!
Comments are closed.






Yay me first
ހޫމް. ރަމް ފަސްޓް
wowwwww
ޝުކުރިއްޔާ ޒައީ
? Saandy ge new story eh kiyaalan libeyny kon dhuvahakun?? I love your stories .
ޝުކުރިއްޔާ އިވްރިޝާ! ވަކި ދުވަހެއް ބުނާކަށް ނޭނގެ… އެކަމް އިރާދަކުރެއްވިއްޔާ އެހާ ގިނަ ދުވަހެއް ނުވެ އާ ވާހަކައެއް ގެނެސްދޭނަން
Wowwww stry
ޝުކުރިއްޔާ ކައި
Vvvvvvv reethi…..
ޝުކުރިއްޔާ ޝިއު
Awesome story …..
ޝުކުރިއްޔާ އިނޫ
Poor girl and rich boys ulhenyaa v salhi… Anhen kudhin life dhaa goyy …I love poor people… Ei enmme rich mihun aslu
ޝުކުރިއްޔާ އިނޫ
Wow..vvv reethi story eh..story nimunyma dheravejje.?..saandy ge new story eh kiyaalan libeyny dhen kon irakun..??
ޝުކުރިއްޔާ ޝައި ބިއުޓީ! ސީދާ ތާރީހެއް ބުނާކަށް ނޭނގެ… އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއްނުވެ އާ ވާހަކައެއް ގެނެސްދޭނަން
varah salhi mi story. nimunyma varah dheravesvey ebunaahen.dhen kon irakuntha saandy ge story eh kiyan libeyny??
ޝުކުރިއްޔާ ރަހޫ! ސީދާ ދުވަހެއް ބުނާކަށް ނޭނގެ… އެކަމް އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއް ނުވާނެ
Kobaa malika ge bappa aky?
Vaahaka reethi ekamaku nimunu iruves neyngunu malakaage kokko malakaa ah ehaa dhuvasv iruves nugulhi vaki sababeh
ޝުކުރިއްޔާ ޔަލްވީ! މަލަކާއާ މިލީ ވަކިވީ ކުޑައިރުއެއްނު… އޭރު މަލަކާ އަތުގަ ފޯނެއްވެސް ނޯންނާނެތާ އެހާ ފަޤީރު ކުއްޖެއް ވީމަ… ޤާދިރުބެ ކޮންމެސް ބަހަނާއެއް ދައްކާފަ ގުޅައިނުދެނީނު މަލަކާ ބުނީމަވެސް… ދެން އެހެން އުޅެނިކޮށް މަލަކާ ލަތީފްއާއެކު ފިލައިގެން ދިޔައީނު… އެހުރިހާ ދުވަސްވީއިރު ދެމީހުން ދިމާނުވެ ތިބީމަ ނޭނގޭއެއްނު ވަކިކުރާކަށް… އެންމެންވެސް ހީކުރީ މަލަކާ ގެއްލުނީ ކަމަކަށްނު… އެއީ އަސްލު އެކަން ވީގޮތަކީ… އުންމީދުކުރަން މިހާރު ޔަލްވީއަށް އަސްލު އެކަން ވީގޮތް އޮޅުންފިލައިފިކަމަށް
it was an awesome storyy
ޝުކުރިއްޔާ ޗުމްޕުޓީ
Sandyy dhoonyaa…
Nimunyma kiyaalan hury.. Adhi nukiyan.. But ingey reethi vaane kan…
ހެހެހެ ބްރެއިންލެސް! ކިޔާލީމައެއްނު އެނގޭނީ ރީތިކަމެއްވެސް ނޫންކަމެއްވެސް… އަޅެ ކިޔާލާފަ ކޮމެންޓެއް ކޮށްލަބަލަ
wow.. varah happy vejje ehaa happy endin eh aima.. cant wait for another story Saandy… good luck and keep the good work up…
ޝުކުރިއްޔާ ޝެލީ! އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއްނުވެ އާ ވާހަކައެއް ގެނެސްދޭނަން
Super ma sha allaah.. story liyun kujja kairi buney story vvvv nice ey ma sha allaah….
ޝުކުރިއްޔާ ހައްވޫ! ހޫމް… ބުނެލަދޭނަން
V habas
ޝުކުރިއްޔާ އަލްޒް
saanday. nice story. ??❤☺
ޝުކުރިއްޔާ ލިޔާ
I love you saandy…I mean I love this story
ހެހެހެ… ޝުކުރިއްޔާ މަލަކާ
Very nice story….. beynunvany poor boy akaa rich girl akaa ulhey vaahakaeh….
ޝުކުރިއްޔާ ސްޓާ! އަދި ތިކަހަލަ ވާހަކައެއްވެސް ލިބޭނެކަމަށް އުންމީދުކުރަމާ
Nice.Mi story
ޝުކުރިއްޔާ ނީ
Wow nice..haadha avahakah nimmaali thi
ޝުކުރިއްޔާ ނަބޫ! އާނ. މީ މިވާހަކަ އިން ވަރޭ… އިރާދަކުރެއްވިއްޔާ އަދި މިއަށްވުރެ ދިގު ވާހަކައެއް ގެނެސްދޭނަން
Alheyyy vvv rythi mivaahaka.mivaahaka kiyain roe roe varubali vehje .vvv asarukohfi
ޝުކުރިއްޔާ މަލްމަލް
Heii saandy… Kiyai ninmaalaifin….vvvvvvvvvv reeeethi..
Buny mehnu saandy ge vaahakehh vehjehyaa reethi vaa neyy… Luv u and your story’s..?????
Saandy ge new story ehh kiyaalan libeyne kamah unmeedhu kuran…
Bye bye..??????
ޝުކުރިއްޔާ ބްރެއިންލެސް! ސާންޑީ މިވާހަކަ ގެނެސްދިނަސް މީ ސާންޑީގެ ވާހަކައެއް ނޫން… އެކަމްވެސް ވަރަށް އުފާވެއްޖެ ބްރެއިންލެސްއަށް މިވާހަކަ ރީތިވީމަ… އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއްނުވެ ސާންޑީގެ އާ ވާހަކައެއް ގެނެސްދޭނަން
Saandy biruveri vaahaka e genes deeba plexxxx….v v v nice mivaahaka sifakurun tha genasa huri goy ves…. plex buneba kon irakun biruveri vaahaka e genes deyniii
ޝުކުރިއްޔާ ރަފް! ނޭނގެ ވަކި ދުވަހެއް ބުނާކަށް… މިހާރުވެސް ކޮންސެޕްޓަކާ ދޭތެރޭ އެބަ ވިސްނަން
dhen.. please avaha next story genes dheeba.. cant wait ey. i really like ur story..
ޝުކުރިއްޔާ ޝެލީ ލިއާ! ކުޑަކުޑަ އިންތިޒާރެއް ކޮށްލަން ޖެހޭނީ… ވާހަކަ ލިޔެ ނިންމާފަ އަޕްކުރަން ފަށާނީ… އޭރުން އެއްވެސް ޑިލޭއެއް ނެތި ވާހަކަ ނިންމާލެވޭނީ… މިހާރު ވާހަކަ ލިޔަމުން މިދަނީ
hope next month ga vaahaka kiyaalan libeynekama
އިރާދަކުރެއްވިއްޔާ
mi vaahaka mee hurihaa kiyunterin ves rovaali vaahaka e kan hama jageen v v v furihama….
ޝުކުރިއްޔާ ރަފް! އެއީ ހަމަ ވާހަކައިގެ ލިޔުންތެރިޔާގެ ކުޅަދާނަކަން
Alheyyy kotari ah vadhe kura kameh thankolheh majaa koh liyelaanama. Varah beynun ekahala thankolheh kiyaalan ???
ހެހެހެ… ނުލިޔުނަސް އެނގޭނެ ދޯ ކުރާނެ ކަންތައް… ހެހެހެ
mi story ga malaka moonu alhaafa hury dhw fahun.egothah iz ah kamudha wahaka wes ebain ekam anehkka fahun malaka moonu negy?meehunah filan wegen kan moonu elhy bunefa wes ebain miwany kihineh??????:/
މަލަކާއަށް ތިއޮތީ ވަރަށް ބޮޑަށް އޮޅުން އަރާފައެއްނު… މަލަކާ ފަހުން މޫނެއް ނުނަގައެއްނު… އަލުން ކިޔާލަބަލަ… އޭރުން ގެޓްވާނެ
Great story….love it♥♡♥
ThanQ Aishath 🙂
Omgggg Soo lovessss❤️❤️❤️❤️✨
I cried a lot
I’m very emotional
Two lovers
Very perfect
Malaka and izyaan dhuru kuri nama I was about to kill u
Heheheheheheh…