Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ..14

shooty Level 310 Stories100 Comments
January 14, 2017 6 Mins Read
18 Comments

ހިތްބޭނުމޭ 14…

“ލިލިއަން ޕްރެގްއެއީ އެޒިލްގެ ބޭބީ އެއް!!” ޒެއިންގެ ޖުމްލައިން ކަންފަތް ބުޑުގައި ވަރުގަދަބޮމެއް ގޮވިފަދައިހުސާސެއް އެޒިލްއަށްކުރެވުނެވެ. ފުންކޮށްނޭވާލަމުން ލަމުން މޭގައިފިރުމައިލެވުނީ ނޭވާ ފިތިދާނޭހެން ހީވާން ފެށުމުންނެވެ.

“އެޒިލ….” އެޒިލް އަށް ވެފައި ހުރި ގޮތް ފެނި އެއްޗެކޭ ބުނަން އުޅުން ޒެއިން ހިމޭންވީ އެޒިލް އަތުގެ އިޝާރާތުން ހިމޭނުން ހުރުމަށް އެންގުމުންނެވެ.

“ކިހައި ދުވަހެއް؟؟ ކިހައިދުވަހެއް ވެއްޖެ؟؟”އަޑު ތުރުތުރު އަޅައި ހާލު އެޒިލް ވާހަކަ ދެއްކި އިރު ޒެއިން އާއި ހަތަރުކަޅި ހަމަ ނުކުރާން މަސައްކަތްކުރިއެވެ.

” ޓޫ މަންތްސް.” ކުއްވެރިއަކު ފަދައިން އިސް ޖަހައިލަމުން ޒެއިން ޖަވާބުދިނެވެ.

“އަހަރެންސުވާލު ނުކޮށް ދޫކޮށްލާނެ ކަމަށް ހީ ނުކުރައްޗޭ! ކޮންކަމެއްގެ ޕްރޫފްހޯދާ ވާހަކައެއް ދެންމެ ތި ދެއްކީ؟ އަނެއްކާ ލިލިއަންގެ ބަނޑުގައި އޮތީ ކާކުގެ ދަރިއެއް ކަން ޔަގީން ކުރަން އުނދަގޫ ވަނީ ތަ؟” އެޒިލްގެ އަޑުގައި ވަނީ ނުރުހުމެވެ. އެންމެންގެ ފަރާތުން ވެސް އެޒިލްއަށް ލިބެނީ ކެއްސެވެ. ފުރަތަމަ ވީ ނުވީ އެއް ނޭނގި އޭނާ ދުރުކޮށްލީ އެއްބަފާ ބޭބެއެވެ. ދެން މިލީނާއެވެ. އެއަށް ފަހުގައި ލިލިއަން އެވެ.

އެލީން ހަމްދަރުދީގެ ނަޒަރަކުން އެޒިލް އަށް ބަލައިލިއެވެ. އެ ބޭބެ ގެ ހިތަށް ކުރާނޭއަސަރު އެލީން އަށް އިހުސާސް ވެއެވެ. އެލީން މެންގެ ހަމަ ހިމޭން ކަމުގެ ސަބަބުން އެޒިލް ވެފައި ހުރި ދެރަ ރުޅިވެރިކަން ހިޔާރު ކުރާކަށްގިނަ އިރެއް ނުނެގިއެވެ.

“ލިލިއަން އަހަރެން ގާތުއެ ވާހަކަ ނުބުނެ ޒެއިންއާ ކައިވެނި ކުރަން އެ އުޅެނީ އަނެއްކާ އެއީ ޒެއިންގެ ދަރިއަކަށް ވާތީ ތަ؟” އެޒިލްގެ ޖުމަލް އާއި އެކު އޭނާގެ މޫނުމަށްޗަށް އަރައިގެން ދިޔައީ ޒެއިންގެ އަތުގެ ހަމަލާއެކެވެ. ގޮށްމުށުން ޖެހިލެއް ބާރުކަމުން ނޭފަތްމަތި ފަޅައިގެން ގޮސް ލޭއަންނަން ފެށުމުން އެލީން އަށް ގޮސް އެޒިލްގެ ކޮނޑުގައި ހިފަހައްޓައިލެވުނެވެ.

” ދެން ދުވަހަކުވެސް ތިކަހަލަ އެއްޗެއް ނުބުނާތި. އާނ..އަހަރެން ލިލިއަން އާ ކައިވެނިކުރަން ނިންމިން.އެކަމަކު އެއީ ލިލިއަންގެ ބަނޑުގަ އޮތީ މަގޭދަރިއަކަށްވާތީ އެއް ނޫން. އެއީ ހަމަ ސީދާ ތި އެޒިލްގެ ދަރިއެއް. އަހަރެން އެ އަންހެން ކުއްޖާ އަށް ހަމްދަރުދީ ވާތީ…” އާދެވިފައި ހުރި ރުޅިން ޒެއިން އަށް ވާހަކަދެއްކުނީ ވަރަށް ބާރަށެވެ. ހަދާނޭ ގޮތް ހުސްވެފައި ހުރި އެލީން އަށް ވެސް ރޮވިއްޖެއެވެ.

” އެލީ… އަހަރެން މިދަނީ.. މިކަހަލަ ނުވިސްނޭ މީހަކަށް އެހީ ވާކަށްއަހަރެން ނެތިން. އެއްވެސް ޕްރޫފެއް ހޯދާކަށް އަހަރެން ނޫޅެން…” އެލީންގެ މޫނަށް ވެސް ބަލައިލުމެއްނެތި ޒެއިން ދާން ހިނގައިގަތެވެ.

“ތި ހޯދަން އުޅޭ ޕްރޫފްއަކީ ކޮބައިކަން ނުބުނެ ގޮއްސިއްޔާ އަހަރެން ޒެއިންގެ ތި ޕްލޭން ފްލޮޕް ކޮށްލާނަން..” އެޒިލް ވެސް ގޮތްދޫކުރާކަށް ބޭނުމެއް ނޫނެވެ. ދިރިއުޅުމުގައި ކޮންމެ ފަހަރަކު ނާކާމިޔާބީ ލިބޭކަށްއެޒިލް ވެސް ބޭނުމެއް ނޫނެވެ. އެޒިލްގެ ޖުމްލަ އާއި އެކު ޒެއިން މަލާމާތުގެހިނިތުން ވުމަކާއިއެކު އެނބުރުނެވެ.

“ހެހެ..ގުޑް ވަން އެޒިލް.. އެކަމަކު ބުނަންތަ ވާހަކަ އެއް.. މި ވާހަކަ ބުނީމަ ފެއިންޓްވެދާނެ..އެހެންވީމަ ތިތާ އިށީންނަންވީނު” ޒެއިން ގެ އަޑުގައި ހުރި ގޮތަކުން އެލީންގެ ހިތް ތެޅެންފެށިއެވެ. ޒެއިން އެފަދަކަމެއް ކުރުމުގެ ކުރިން ހުއްޓުވަން އޭނާ ބޭނުން ވިއެވެ. އެޒިލް އަށް ހަގީގަތް އެނގެން އެލީން ވެސް ބޭނުމެވެ. ނަމަވެސް މިފަދަ ގޮތަކަށް ނޫނެވެ.

“ޒެން ޕްލީޒް.. މިވަގުތަކު ނޫން.. އެހަށްމިތަނުން ދޭބަލަ. ޕްލީޒް” އެލީން އާދޭހާއިއެކު ބުންޏެވެ. ނަމަވެސް އެޒިލް އެލީން ހުއްޓުވަމުން ދެވަނަ ފަހަރަށް ވެސް ޒެއިން އާއި ސުވާލުކުރިއެވެ.

“އޯކޭ.. އިތުރަށް ފޮރުވާނޭ ކަމެއް ދެން އޮތްހެނެއް ހިއެއްނުވޭ. އެހެން ވީމަ އަހަރެން ވެސް މިކަން ފޮރުވާކަށްނެތިން. އައި އެމް ސޮރީ އެލީ… ” އެލީންގެ މޫނަށް ބަލައިލުމަށް ފަހު ޒެއިން އެޒިލް އަށް ބަލައިލިއެވެ.

” މިލީނާ ގެ ބަނޑުގަ އޮތީ ކާކުގެ ދަރިއެއްތޯ އޭނަ ގާތުއަހާ.. ހަމަ ގައިމުވެސް އެއީ އެޒިލްގެ ދަރިއެއް ނޫން…އެކަމު އެއީ ކާކުގެ ދަރިއެއް ކަމެއް އަހަރެންނަކަށް  ވެސް ނޭނގޭ.. އައި އެމް ސޮރީ އެޒިލް.. ” ޒެއިންގެ ޖުމަލްއިން ވާންވީ އުފާ ކަމެއް ވާންވީ ދެރަކަމެއް އެޒިލް އަކަށްނޭނގުނެވެ. އިރުކޮޅަކު ހަމަހިމޭން ކަންމަތީ ހުރެފައި ނޭފަތްމަތީ އަތް އަޅައިގެން ހުރެ އެޒިލް ހިނގައިގަތީ އޭނާގެ ކޮޓަރި އާއި ދިމާލަށެވެ.

އެޒިލް ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕުމުން އެލީން ޒެއިންގެ މޫނަށް ބަލައިލިއެވެ. އެ ރީތިދެލޮލުގައި ވިދަވިދާހުރި ކަރުނަތައް ފެނުމުން ޒެއިންއަކަށް ދުރަކުނުހުރެވުނެވެ މަޑުމަޑުން އެލީން އެ މޭގައި ޖައްސައިލުމާއިއެކު ބުރަކަށީގައި ފިރިމައިލިއެވެ.

“ޝްޝްޝް…އިޓްސް އޯކޭ.. ހުރިހައިކަމެއްވެސް ދެން ރަނގަޅުވާނެ” ޒެއިން ލޯތްބާއި އެކު ވާހަކަ ދެއްކުމުން އެލީން ގެބަޑި ފަޅައިގެން ދިޔައެވެ.

ކޮޓަރީގައި ދެފަރާތަށް ހިނގާލަ ހިނގާލާ އެޒިލް ހުރީ މިލީނާ ގެ އިންތިޒާރުގައެވެ. މިލީނާގެ ދުލުން ހަގީގަތް ހާމަ ކުރުވުމުން ނޫނީ އެޒިލް ގެ ހިތަށް ހަމަޖެހުމެއްލިބޭކަށް ނެތެވެ. ގާތްގަނޑަކަށް ރޭގަނޑު 11 ޖަހަން ގާތްވެފައި ވަނިކޮށް ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އެޒިލް ދޮރާއި ދިމާއަށް ކަޅިހިންގައިލުމާއި އެކު މިލީނާއާއި ހަތަރުކަޅި ހަމަ ވެގެން ދިޔައެވެ.

“އަހަރެން ނައިސްގެން ނުނިދިފައޭ ނުބުނައްޗޭ” ތިމާ މީހާގެ ސިއްރު ބޭޒާރުވެއްޖެކަން ނޭނގިހުރެ މިލީނާ ފޮނިވެލިއެވެ.

“އަހަރެން އެހެން ބުނިއްޔާ މިލީނާ ވަރަށް އުފާ ވާނެދޯ؟” އައިސްފައިހުރި ރުޅި ފިނިކުރަން މަސައްކަތް ކުރަމުން އެޒިލް ވާހަކަ ދެއްކިއެވެ.

“ކަމް އޯން އެޒިލް.. މިހެން އަހަރުމެން ދެމީހުން އުޅެންވެއްޖެއްޔާ އަހަރުމެންގެ ބޭބީ އަށް ށޭ އަސަރު ކުރާނީ… އަހަރެންނަށް އިނގޭ އެޒިލް އަހަރެންދެކެ ރުޅިއައުން ހައްގުކަން. އެކަމަކުއަހަރެން ދެން އެހެނެއް ނޫޅޭނަމޭ ބުނީމަ އެޒިލް އަހަރެންނަށް ޗާންސެއް ދޭން ރަނގަޅު ދޯ” އެޒިލްއާއި ދާދި ގާތުގައި ހުއްޓެމުން މިލީނާ ވާހަކަ ދެއްކިއިރު އެއަޑުގައި ވަނީ އާދޭހެވެ. އަނގައިން ނުބުނެ އެޒިލް ހުންނަން ފެށުމުން މިލީނާ އޭނާގެ ފިނިފިނި ދެއަތުން އެޒިލްގެ ފިރިހެންވަންތަ މޫނުގައި ހިފަހައްޓައިލުމާއިއެކު ކޮށްލިކަމަކުން އެޒިލް އަށް ތެޅިގަނެވުނެވެ. އަވަސްއަވަހަށް މިލީނާ ދުރުކޮށްލުމާއިއެކު އެ މޫނަށް އެޒިލްބަލައިލީ ރުޅިވެރި ކަމާއިއެކުއެވެ.

“ވަޓް އާރ ޔޫ ޑުއިން؟” އެޒިލްގެ ޖުމްލައާއި އެކު މިލީނާ ތުންފިއްތައިލިއެވެ.

“އަހަރެން ގެ ފިރިމީހާ ވީމަ އަހަރެންނަށް އެވަރުގެ ހައްގެއް އޮންނަން ވާނެ ކަންނޭނގެ.” މިލީނާ ޝަކުވާކޮށްލިއެވެ.

“އާނ.. އެކަމަކު އަމިއްލަ ބަނޑުގަ އޮތީ ކާކުގެ ދަރިއެއް ކަން ޔަގީން ނުވާ އަންހެނަކަށް އެ ހައްގު ދޭކަށް އަހަރެން ބޭނުމެއް ނޫން…” އެޒިލްގެ ޖުމްލަ އާއި އެކު މިލީނާގެ މުޅި ހަށިގަނޑަށް ފިނިވެގެން ދިޔައެވެ.

“އެ..އެ..އެޒި..ލް އަށް ..ކިހި..ނެތް؟؟؟؟؟” މިލީނާ އަށް ލިބުނު ޝޮކުގައި ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ.

“އެހެން ވީމަ އެއީ ހަމަ ތެދެއް ދޯ؟؟؟ ކީއްވެ؟؟ ބުނެބަލަ؟ ކީއްވެހޭ އަހަރެންނަށް އެވަރުގެ ބޮޑު ކެއްސެއް ދިނީ؟؟ އަހަރެން މިލީނާ އަށް ނުކޮށްދިނީ ކޮން ކަމެއް؟ މިލީނާ އަށް ޓަކައި އަހަރެން…. އަހަރެން ހުރިހައިކަމެއްކޮށްދިނިން… އެހެންމީހަކާ އެކީ ގުޅުން ހިންގާ… ޗީޗީ… ތީ އަހަރެންގެ އަންބެއް ނޫން.. ތިހިރީ ވަރިކޮށްފަ!!!އިވިއްޖެތަ؟؟” އެޒިލް ހިތްވަރުގަދަކަން ދައްކަން މަސައްކަތް ކުރި ކަމުގައި ވިޔަސް އެކަމެއް ނުވިއެވެ. އެ ދެލޯ ފުރިގެން ކަރުނަތައް ފައިބައިގަތް މަންޒަރު ފެނުނު ކޮންމެ މީހެއްގެ ހިތްވެސް މަޑު ކަފަކޮޅަކަށް ވެގެން ދާނެ ކަން ޔަގީނެވެ.

“ނޫން…ނޫން އެޒިލް… ޕްލީޒް އަހަރެން ވަރި ނުކުރޭ.. އާދޭސް ކޮށްފަ މި ބުނީ… އަހަރެން ވަންނާނީ ކޮންތާކަށް؟؟ އަހަރެންގެދަރިފުޅު ބިކަ ވާނެ… އެޒިލް ޕްލީޒް ޑޯންޓް ޑޫ ދިސް ޓު އަސް” މިލީނާ ހީވީމޮޔަވިހެންނެވެ. އިރެއްގައި އެޒިލް މިލީނާދެކެ ލޯބި ވިއެއް ކަމަކު އެ ލޯބީގެ ކުޑަ މިންވަރެއް ވެސް މިހާރު އެޒިލްގެ ހިތަކު ނެތެވެ. ނަމަވެސް މިލީނާގެ ބަނޑުގައި އޮތް ދަރިފުޅުގެ ހަގީގީ ބައްޕައަށް އެޒިލް ނުވިއެއް ކަމަކު އެ ކުއްޖާ ލައްވާނީ އެޒިލް އަށް ކަން އޭނާގެ ސިކުނޑިއަށް ވިސްނުނެވެ.

“މިލީނާ އަށް މިގޭގަ ހުރެވޭނެ. އެކަމަކު އަހަރެންގެ ކޮޓަރިއަކު ނުހުރެވޭނެ.. އަދި ބުނަން.. މިލީނާގެ ބަނޑުގަ ތިއޮތީ ކޮންމެ މީހެއްގެ ދަރިޔަކަސް، ތި ދަރިފުޅު ލައްވާނީ އަހަރެންނަށް.. އެހެންވީމަ މިލީނާ ވިހަންދެންވެސް އަދި ވިހައިގެން އެހެން މީހަކާ އިންނަންދެންވެސް މިލީނާ އަށް މިގޭގަ އުޅެވޭނެ. ދެންވެސް ތައުބާ ވެވޭތޯ ބަލާ.. މިލީނާ އިސްލާހު ވީ ދުވަހަކުން އަހަރެން މިލީނާ އަށް މާފު ކުރާނަން…” ރޮވިފައި ހުރި މިލީނާގެ މޫނަށް ނުބަލާ ވޭތޯ އެޒިލް މަސައްކަތްކުރިއެވެ. އެޒިލް އަށް އޭނާ އަކީ ވެސް ކުއްވެރިއެއް ކަން އިހުސާސްނުވަނީ އެއް ނޫނެވެ. ނަމަވެސް އޭނާ ވަފާތެރިކަން މަތީ ހުއްޓައި މިލީނާ އޭނާއަށް ބޭވަފާތެރިވީ މިލީނާއެވެ.

 

އެޒިލްއާއި ވާހަކަ ދައްކަން މިލީނާ އަނގަ ހުޅުވައިލުމާއިއެކު އަތުގެ އިޝާރާތުން ހިމޭން ވުމަށް އެޒިލް އެންގިއެވެ.

“އަހަރެން ގެ ފަރާތުން މިލީނާ އަށް ދެރައެއް ލިބިފައި ވަންޏާ ވަރަށް ބޮޑަށް ސޮރީ.. ބަޓް ރައިޓް ނައު، ޕްލީޒް ލީވް މީ އެލޯން.” އެޒިލްގެ ނިންމުން ބަދަލު ނުވާނޭކަން އިނގުމުން މިލީނާ މާޔޫސް ކަމާއި އެކު އިސްޖަހައިލަމުން އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

މިލީނާ ނުކުތުމާއި އެކު ފޯނު ނަގަމުން އެޒިލް ލިލިއަން ގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ނަމަވެސް ހަތަރު ފަހަރަށްގުޅި އިރު ވެސް ލިބެނީ އެއް ޖަވާބެކެވެ. ލިލިއަން ފޯނު ނުނެގުމުން މާދަމާ ލިލިއަން އާއި ބައްދަލުކުރަން ނިންމަމުން އެޒިލް އެ ކޮޓަރީގައި އިން ބޮޑު ސޯފާ އަށް ވެއްޓިގަންނަމުން ލޯ މަރައިލީ ނިދޭތޯ އެވެ.

ޑްރެސިންގް ޓޭބަލް ކުރިމަތީ ހުރެގެން ލިލިއަން ތައްޔާރު ވަމުން ދިޔައީ ޒެއިން މެންގެ އޮފީހަށް ދާށެވެ. ޒެއިން އެދުމުން ދެކޮޅުހަދަން ލިލިއަން އަށް ނުކެރުނީ އެވެ.

“ދަރިފުޅު މިހާރު ފަލަ ހެން މަންމަ އަށް ހީވަނީ” ކުއްލިއަކަށް ނުވިސްނައި ހުއްޓައިޖަބީންގެ އަޑު އިވުމުން ލިލިއަންގެއަތުގައި އޮތް ލިޕްސްޓިކް  ޓައިލްސްތަކުގެ މައްޗަށް ވެއްޓުނެވެ.

“ހާދަވަރަކަށް ތި ސިހުނީ..” ކުޑަކޮށް ހީލަމުން ޖަބީން އަނެއްކާވެސް ވާހަކަ ދައްކަން ފެއްޓިއެވެ.

“ހެހެ.. އެހައި ކޮންސެންޓްރޭޓްކޮށްގެން ހުއްޓަ ކުއްލިއަކަށް މޮމްގެ އަޑު އިވުނީމަސިހޭނެއެއްނު..” ލިލިއަން ހަމަޖެހިލަމުން ބުންޏެވެ.

“ދަރިފުޅު ދެކެ މަންމަ ވަރަށް ލޯބިވޭ.. ” ޖަބީންލިލިއަން ގެ ކޮނޑުގައި ލޯބިން ފިރުމައިލިއެވެ.

“އައި ލަވް ޔޫ ޓޫ މޮމް. ޕްލީޒް މިވަގުތު އެހައި އިމޯޝަނަލްނުވާތި.. އަޅުގަނޑު މި ރެޑީ ވަނީ ޒެން ބުނެގެން އެ އޮފީހަށް ޖައްސައިލަން.” ޒެއިންގެ ނަންގަތުމުން ޖަބީން އުފާވާނޭކަމަށް ޔަގީން ކުރަމުން ލިލިއަން ބުނެލިއެވެ. ހީކުރި ގޮތަށް ވަގުތުން ޖަބީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

ތައްޔާރުވެ ނިމިގެން ލިލިއަން ގޭޓްދޮށަށް ނުކުތީ ބަލައި ޒެއިން އަންނާނެ ވާހަކަ ބުނުމުންނެވެ. އަތުގައި އޮތް ގަޑި އަށް ބަލައިލިއިރު ޒެއިން އަންނަން ބުނި ގަޑި ޖެހިއްޖެއެވެ. ފޯނު ނަގައި ޒެއިންގެ ނަމްބަރަށް ގުޅާލަން އުޅެނިކޮށް ލިލިއަންގެ ކުރިމައްޗަށް ސައިކަލެއް މަޑުކޮށްލުމުން ބަލައިލި އިރު ސައިކަލުމަތީ އިން އެޒިލް ފެނި ހިތުގެތެޅުންއަވަސްވެލިއެވެ.

“އަހަރެން މި އައީ ލިލީ ބަލައި.. ސައިކަލަށް އަރާ” އެޒިލް ގެއަޑުގައި އަމުރުކުރުމުގެ ގޮތެއް ހުއްޓެވެ.

“އަހަރެން މިހިރީ އެހެން މީހެއްގެ އިންތިޒާރުގަ” ލޯކުޑަ ކޮށްލަމުން ލިލިއަން ހަށަން ބަނދެލިއެވެ.

“ޒެއިންގެދޯ؟ ހާސް ނުވޭ، އަހަރެން މިއައީ ޒެއިން ބުނެގެން. އަވަސްކުރޭ.” ދެ ހިޔާލެއްގައި ހުރެފައި ވެސް ލިލިއަން އެންމެ ފަހުން އެޒިލްގެ ފަހަތަށް އަރައި ހަމަ ޖެހިލިއެވެ.

ލިލިއަން އަށް ނުފެނުނެއްކަމަކު ކާމިޔާބުގެ ހިނިތުން ވުމެއް އެޒިލްގެ ތުންފަތުގައި ވިއެވެ. އެޒިލްގެ މިސްރާބު ހުރީ އާއްމުކޮށް އޭނާ ލިލިއަން އާއި ބައްދަލުކުރަން ދާ ކުލީކޮޓަރި ދޫކުރާ ގެއާއި ދިމާލަށެވެ. މާކުރިން ހުރިހައި ކަމެއް ހަމަޖައްސާލައިގެން އުޅެނިކޮށް ޒެއިން އޭނާގެކެބިންގައި އިނދެ ލިލިއަން އާއި ގުޅައިގެން ދެއްކި ވާހަކަ އެޒިލް އަޑުއެހިއެވެ. އޮޅުވާލައިގެން ލިލިއަން ގެންނަން ޖެހުނެއްކަމަކު އެޒިލް ހާހެއް ނުވެއެވެ. ލިލިއަން ވެސް އެ ވަނީ އޭނާއަށް އިނގެން ޖެހޭކަމެއް ނުބުނެސިއްރު ކޮށްފައެވެ. ސައިކަލު މަޑުކޮށްލިތަން ފެނުމުން އެޒިލް ގެ މަގުޞަދު ލިލިއަން އަށް އިނގުނެވެ.

“އެޒިލް.. ހަމަ މިހާރު އަހަރެން ގެންދޭ ޒެއިންމެންގެ އޮފީހަށް. އަހަރެންނަށް އޮޅުވާލައިގެން މިތަނަށް ގެންނާކަށް ނުޖެހޭ” ލިލިއަން ދަތްކުނޑިވިކައިލަމުން ވެސް މަޑުން ވާހަކަ ދެއްކީ މަގުމަތިންދާ މީހުންގެ ސަމާލުކަން އެދެމީހުނަށް ހުއްޓިދާނެތީއެވެ.

“މިތާ ސީންއެއް ކްރިއޭޓް ކުރަން ބޭނުން ނޫންކަމަށް ވަންޏާ އަހަރެންނާ އެކީ އާދޭ..” އެޒިލް ގޮތްދޫ ނުކުރާނެކަން ޔަގީން ވުމުން ލިލިއަން އަށް މަޖުބޫރު ވެގެން އެޒިލްގެފަހަތުން ހިނގައިގަތެވެ. އެތައް ދުވަހަކަށް ފަހު ދެމީހުން އެގޮތަށް ބައްދަލު ވުމުން ލިލިއަންގެ ހިތެކޭ ދިރޭ ރަހަކޮޅެކޭތަފާތެއް ނެތެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން ލިލިއަން ވަންނަން ތަންދެއްކުމުން އެޒިލްގެ މޫނަށްބަލަން ހުރެފައި ލިލިއަން އެތެރެއަށް ވަނެވެ. ކާމިޔާބުގެ ހިނިތުން ވުމަކާއިއެކު އެޒިލް އެތެރެއަށް ވަންނަމުން ދޮރުތަޅުލިއެވެ. އެތާއިންނަ ކުޑަ އެނދުގައިލިލިއަން އިށީންނަމުން އެޒިލްގެ މޫނަށްބަލައިލިއެވެ.

“ކީއްކުރަން އަހަރެން މިތަނަށް ތި ގެނައީ؟؟؟” ލިލިއަން މަޑުމަޑުންއަހައިލިއެވެ.

“އަހަރެން މިލީނާ ޑިވޯސް ކޮށްފިން!!”ކުއްލިއަކަށް އެޒިލް ބުނެލި ޖުމްލައިން ލިލިއަން އަށް ކޮޅަށް ތެދުވެވުނެވެ.

“އެޒިލް…ވައި؟”އެޒިލް އާއި ދާދި ގާތަށް ހުއްޓެމުން ލިލިއަން އެޒިލްގެއަތުގައި ހިފައިލަމުން ވާހަކަދެއްކީ އޯގާތެރިކަމާއި އެކީއެވެ.

” އަހަރެންނަށް އިނގޭ ލިލިއަން ޕްރެގްކަން!!!” ދެންވެސް ލިލިއަންގެ ސުވާލަށް ޖަވާބު ދިނުމެއް ނެތި އެޒިލް އިއްވައިލިއެވެ. އެ ޖުމްލަ އާއިއެކު ލިލިއަންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ތުންފަތުގައި ދަތްއަޅައިލަމުން އޭނާ އިސްޖަހައިލިއެވެ.

“ކީއްވެ އަހަރެންގާތު ނުބުނީ؟؟” އެޒިލްގެ ސުވާލުން އަނެއްކާވެސް ލިލިއަން އިސް ނަގައި އެޒިލްގެ މޫނަށް ބަލައިލިއެވެ.

“ޒިލް.. އަހަރެން ބުނަން ބޭނުން ވި.. އެކަމަކު، އޭގެ ކުރިން… އޭގެ ކުރިން އެޒިލް މިލީނާ ޕްރެގްވާހަކަ ބުނެފި.. އަހަރެންގެ ސަބަބުން ތިދެމީހުނަށް ލިބެން އުޅޭ ބޭބީ އަށް ދެރައެއް ލިބެން..” ލިލިއަންގެ ޖުމްލަ ފުރިހަމަ ނުވަނީސް އެޒިލް ވާހަކަ ދެއްކިއެވެ.

” އަހަރެންގެ ބޭބީ އެއްނޫންތަ ދެން ލިލީ ބަނޑުގަ ތި އޮތީ؟ ޑޭމިޓް ލިލިއަން!! އަހަރެން ގާތު ނުބުނެ ޒެއިން ގާތު ބުނެވިއްޖެ ދޯ؟ އަހަރެންނަށް ލިލީ ޓްރަސްޓް ކުރަނީ ހަމަ އެހައި ކުޑަކޮށްތަ؟” އެޒިލް ލިލިއަން ގެ އަތް ދުރުކޮށްލަމުން ގޮސް އެނދުމަތީ އިށީނދެ ދެ އަތުން މޫނު ފޮރުވައިލިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި އިރުކޮޅަކު ހުރުމަށްފަހު ލިލިއަން ގޮސް އެޒިލް ގާތު އިށީނެވެ. އަދި މަޑުމަޑުން އެޒިލް ގެއަތް މޫނުން ނައްޓުވަމުން ގެންގޮސް އޭނާގެ ބަނޑުގައި ޖައްސައިލިއެވެ. އެއާއި އެކު ލޯ މަރައިލިއިރު ލިލިއަންގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

އިންތިހާޔަށް (13ވަނަ ބައި)

Next

ވަންހަނާ (15)

Next
January 14, 2017

ވަންހަނާ (15)

Previews
January 14, 2017

އިންތިހާޔަށް (13ވަނަ ބައި)

18 Comments!

  1. purple handi says:
    January 14, 2017 at 9:17 pm

    mi kn kameh shooty

  2. purple handi says:
    January 14, 2017 at 9:18 pm

    adhi mi fenuny sry shooty… adhi nuvx kiyan..btw me 1st dwww

    1. shooty says:
      January 14, 2017 at 9:29 pm

      aan dhw purple handi ?

  3. shooty says:
    January 14, 2017 at 9:25 pm

    hi guys… Please read and comment ingey.. and those who like the story, don’t forget to give a like…? I love you all and miss your comments ?

  4. Binthi says:
    January 14, 2017 at 9:32 pm

    Keehvetha ehaa kurukoh genesdheny? 🙁

  5. Aik says:
    January 14, 2017 at 9:47 pm

    Vaahaka v reethi. Ekam maa lahun update kuraathy kuryge baithah hadhaan nethifa hunnany. Thankolheh avahah up kohdhyba plx

  6. miny says:
    January 14, 2017 at 9:51 pm

    Y ehaa lahun genesdheny…. Komme dhuvahaku genesdhey nama. Any ways mi part ves nice

  7. shelly says:
    January 14, 2017 at 9:51 pm

    maa kuru mihaa slahi vaahaka eh kuruvyma kada inge y shooty anyways reethi

  8. Afa says:
    January 14, 2017 at 9:52 pm

    Masha allah varah salhi. Love u bodukoh. Keep going. Bt next part thankolheh avas kohladhybala pleeeeeeeeeeeeèeeeexxxxxx ?

  9. Axeenalily says:
    January 14, 2017 at 9:55 pm

    Thedheke ebunaahen haadha kurreyyy…next part make it fast….plz

  10. Inu says:
    January 14, 2017 at 9:57 pm

    Haadha kurey dhen genna iru dhigu kohlla bala plx

  11. mai says:
    January 14, 2017 at 10:07 pm

    Nice
    Dhen kohnirakun tha 15 genesdheny

  12. shooty says:
    January 14, 2017 at 10:48 pm

    tomorrow inasha allah…

  13. Mary says:
    January 14, 2017 at 11:04 pm

    V teethi mipartves waiting for next part

  14. Kalhu handi says:
    January 14, 2017 at 11:35 pm

    Mi partves v rythi… Dheraee mihaaru gavaadhun up nukuraathyve… Dhedhuhun ehdhuhu kurias ok.. Maa gina dhuvas vany

  15. Nuxuhath Sameem says:
    January 15, 2017 at 1:07 am

    Vvvv reethi story. Thankole avaha up kuraanama dho

  16. naan says:
    January 15, 2017 at 6:55 am

    Vaahakareethi kamun neyngun nimun iruves haadha kurey shooty mi ahvure dhigu koh nuleveyne tha ???

  17. Petite says:
    January 15, 2017 at 12:37 pm

    V salhi

Comments are closed.

Next Episodeހިތް ބޭނުމޭ…16←


All Right Reserved!