” ކަލާތީ އަހަރެންގެ ހިތުގެ ވިންދެވެ. ކަލާއާއި ނުލާ އަހަރެންގެ ހިތުގެ ވިންދު ފުރިހަމައެއް ނުވާނެއެވެ. އަހަރެން ދުވަހަކުވެސް ކަލާ އެކަނިކޮށް ނުލާނަމެވެ. އަބަދަށްވެސް ކަލާއާއެކީ އަހަރެންވާނަމެވެ. އަހަރެންގެ ދިރިއުޅުމުގެ ބައިވެރިޔަކަށް ކަލާ ވާނީ ކޮންދުވަހަކުން ހެއްޔެވެ؟ “މި ބަސްތަކަކީ އޭނާގެ ދުލުން ރެއާއި ދުވާލު ތަކުރާރުކޮށް އަހަންނަށް އިއްވި ބަސްތަކެކެވެ. އަހަރެން ދެކެވާ ލޯބި ހާމަކޮށްދިނުމުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ.
ރައްޓެހިވެގެން އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު ދެމީހުންނަށްވެސް ވަނީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެވިފައެވެ. ހަމަ އެހެންމެ މި ގުޅުމަކީ ދެފަރާތުންވެސް ނުހަނު ބޭނުންވެގެން އުފެދިފައިވާ ގުޅުމަކަށްވާތީ ދެމީހުންގެ ހިތަށްވެސް ލިބިފައިވަނީ އުފަލާއި ހިތްހަމަޖެހުމެވެ. ދެމީހުންވެސް ބޭނުންވަނީ އެ ގުޅުމަކީ ދާއިމީ ގުޅުމަކަށް ވާށެވެ. ހުސްވަގުތެއް ލިބިއްޖެނަމަ ދެމީހުންގެ ހުރިހާ ވަގުތެއްހެން ހޭދަކުރަނީ އެކުގައެވެ. ލޯބީގެ އަހުދުތަކާއި ވަޢުދުތައްވަމުން ދިރިއުޅުމަށްޓަކައި ފޮނި އުއްމީދުތަކެއް ކުރަމުން ރޭވުންތައް ރޭވުމުގައެވެ.
އެހެނަސް، އަހަރެންގެ އާއިލާގެ ފަރާތުން ދޭނެ ޖަވާބެއް ނޭނގޭތީ އަހަރެމެން އަބަދުވެސް ކަންބޮޑުވެއެވެ. އަހަރެން ވިސްނީމެވެ. އަހަރެންގެ މަންމަގެ ގާތުގައި އަހަރެންނާއި އޭނަގެ ގުޅުމުގެ ވާހަކަ ދައްކާށެވެ. ނަމަވެސް އަހަރެންގެ އެހާ ހިތްވަރެއް ނެތް ކަހަލައެވެ. އެތައް ހިތްވަރެއް ކުރުމަށްފަހު އަހަރެމެން ދެމީހުން އަހަރެންގެ މަންމަގެ ކައިރިއަށް ދިޔައީމެވެ. މަންމަ ގާތުގައި އަހަރެންނާއި އޭނާގެ ގުޅުމުގެ ވާހަކަ ފާޅުގައި ހާމަ ކުރީމެވެ. އެކުގައި ދިރިއުޅުމެއް ފަށަން އަހަރެމެން ބޭނުންވާވަރު މަންމައަށް އަންގައިދިނީމެވެ.
” ނުވާނެ ތިކަމެއް! ދުވަހަކުވެސް މަގޭ ރުހުމަކު ނުވާނެ! ތިޔަކަންތައް ހުއްޓާލާ! އިފާޝާ ހަމައިގަތަ ތިހިރީ! ބަލަ އެއީ ދެލޯ ކަނު މީހެކޭ! ކިހިނެއްތަ ދެލޯ ނެތް މީހަކާ އެކީ ދިރިއުޅުމެއް އުޅޭނީ! ލާހިކެއް ނޫން ތިކަން ކުރާކަށް. އަޑު އިވިއްޖެތަ! ”
މަންމަގެ އެ ހަރުކަށި ޖުމްލަތައް އަހަރެންނަށް ކިތަންމެހާވެސް ސާފުކޮށް އިވުނެވެ. އެ ޖުމްލަތައްވީ އަހަރެންގެ ހިތަށް ހަރާލި ވިހަގަދަ ތީރުތަކަކަށެވެ. އަހަރެން މުޅިން މާޔޫސްވިއެވެ. ދެލޮލުން ފައިބަމުންދާ ކަރުނަ ތިކިތައް މަންމައަށް ދައްކާނެ ހިތްވަރު ނެތުމުން އަހަރެން އޭނާ ގޮވައިގެން ދުރަށް ދިޔައީމެވެ. މީހުން ނޫޅޭ އެކަހެރި ހިސާބަކަށެވެ. ހިތް ފުރޭވަރަށް ރޯ ލުމަށެވެ. އަހަރެން އެންމެ ދެރަވީ އޭނާއާ ދިމާލަށް މަންމަ ހިތަށް އައިހާ އެއްޗެއް ގޮވާލީމައެވެ. އެއީ ހަމަ އަހަރެންގެ މަންމަބާއޭވެސް ހިތަށް އަރަމުން ދިޔައެވެ. މަންމަގެ ދޫ އެހައި ނުބައި ވެދާނެކަމަކަށް އަހަރެން ދުވަހަކުވެސް ހީނުކުރަމެވެ.
ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކަމެވެ. އިވެމުންދިޔައީ ހަމައެކަނި އަހަރެންގެ ގިސްލުމުގެ އަޑެވެ.
“މަން…މަންމަ…އަހަރެމެންގެ ގުޅުމަށް ދުވަހަކުވެސް ގަބޫލެއް..ނުވާނެ…ސޮރީ އަޔާ…މަންމަ ކީ އެއްޗެއްސައް އަހަރެން …މާފަށް އެދެން…ހިތަކަށް ނާރާ…މަންމަ އެހެން ކަންތައް ކޮއްފާނެޔެކޭ..ސޮރީ ”
އަހަރެންނަށް ބުނެވުނީ އެވަރަށެވެ. އަހަރެންގެ އަޑު ބެދުނެވެ. ވާހަކަ ކުރިއަށް ގެންދާނެ އިތުރު ހިތްވަރެއް ނެތުމުން އޭނާގެ ކޮޑުގައި އަހަރެން ބޯ އަޅާލީމެވެ.
” އަހަރެން…އިފާދެކެ ވަރަށް ލޯބިވަން…އެކަމަކު އިފާގެ މައިންބަފައިންގެ ނުގަބޫލުގައި އަހަރެން އިފާ ހޯދާކަށް ބޭނުމެއް ނޫން..”
އޭނާގެ އަޑު ޖެހުމުން އަހަރެންނަށް އޭނާ ހިތުގައި ޖެހިފައިވާ މިންވަރު ވަރަށް ރަނގަޅަށް އިޙްސާސް ކުރެވުނެވެ. އަހަރެން ބާރަށް ރޯންފެށީމެވެ. އާދޭސް ކުރަން ފެށީމެވެ.
” ހެޔޮ ނުވާނެ! އަޔާ…އަހަރެން ދޫކޮށް ނުލާތި! އަހަންނަށް ތި ލޯތްބާ ނުލައި ދިރިއެއް ނޫޅެވޭނެ. އަހަރެންގެ ހިތުގައި ތިނޫން އެހެން މީހަކަށް ޖާގައެއް ނެތް! އަހަރެން މަންމައަށް ވިސްނައިދޭނަން. މަންމަ އަދި އޯކޭވާނެ އަޔާ… ޕްލީޒް” އަހަރެންގެ މި ޖަޒުބާތީ އިބާރާތްތަކުން އޭނާގެ ހިތް އަހަންނާ އެކުގައި ވުމަށް ނިންމިއެވެ. އެދުވަހު އެނބުރި ގެއަށް އަހަރެމެން ދިޔައީ އެތައް ވަޢުދުތަކަކާއި އަހުދު ތަކެއް އެކަކު އަނެކަކަށް ވެފައެވެ.
ޖެހިގެން އައި ދުވަހު ހެނދުނު އަހަރެން އަނެއްކާވެސް މަންމައަށް ވިސްނައިދެވޭތޯ މަސައްކަތް ފެށީމެވެ. އެތައް އިރެއް ވަންދެން އަހަރެން މަންމައާ ވާހަކަ ދެއްކީމެވެ. އެތަކެއް އާދޭހެއް ކުރީމެވެ.
” އިފާޝާއަށް ކީއްވެތަ ނުވިސްނިގެން ތިއުޅެނީ. ބަލަ ދިރިއުޅުމެއް ފައްޓައިގެން ކިހިނެއްތަ އުޅޭނީ. ކަލޭމެނަކަށް އަދި ނުވިސްނޭނެ. ބަލަ އެއީ ކަނު މީހެކޭ.. ”
އެތައް އާދޭހަކަށް ފަހުގައިވެސް މަންމަގެ ޖަވާބު ބަދަލު ނުވުމުން އަހަރެން ގޮތެއް ނިންމީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.

Reethi vaanehenheevanee
eh folhuvathun ninmalabala nuvanyaa mimees meehun jeheyviyya mikama ulhen v foohivey
esfiya ga novey vaki vareh liyaaka. liyuntheriya ge bura masaikatha faadu kiyaanee eyna hiy maruvaa gothaka noon.
Wow..vrh reethi masha allah
Mee alhugandu last year dhivehi fm ah liyunu story eh emyhunge edhilehvumakah. Baeh friends edhigen esfiya ah publish kuran nimmee. Ummydh kuran kamudhaane kamah.
Dhivehi fm in mivaahaka ganiru v reethi. nice & luv u
Thankyuh so much
Hih beynumey dhulun mivaa loabi kiyaala dheyn kalaayahtKaa himeyn manzilehga loabi dheyn i love u ainth
Ummeedh kuran varah avahah liye nimmaalaane kamah.!!