Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަމަވެސް….. 1 ވަނަ ބައި

Shiya Level 110 Stories100 Login
January 12, 2017 4 Mins Read
6 Comments

 

އޮފީހުން ނިމިގެން ޝިޔާޒް އައިސް ގެއަށް ވަންއިރު ދަރިފުޅު، މަލްޝާ އިނީ ކާރޓޫން ބަލާށެވެ. ޝިޔާޒް ފެނުމާއިއެކު މަލްޝާ ސޯފާއިން ތެދުވެގެންގޮސް ޝިޔާޒްގެ ގައިގައި ބައްދައިލިއެވެ. ޝިޔާޒް ހިނިތުންވެލަމުން މަލްޝާގެ ބޮލުގައި ފިރުމައިލިއެވެ. މަލްޝާވެސް ހިނތުން ވެލިއެވެ. ޝިޔާޒް ގެއަށް އަތުވެއްޖެނަމަ މަލްޝާ، ޝިޔާޒް ކައިރިން ދުރަކަށް ނުދެއެވެ.

މަލްޝާއާ ލޯބި ކޮށްލަމުން ޝިއާޒް މަލްޝާ ގޮވައިގެން ގޮސް ސޯފާގައި އިށީނެވެ. އޮފީހުގައި މަސައްކަތް ބުރަ ދުވަހަކަށްވާތީ ޝިޔާޒް އިނީ ވަރުބަލިވެފައެވެ. އެހެން ނަމަވެސް ކައިރީގައި ދަރިފުޅު އިނުމުން އޮށޯވެލަން ދާކަށް ޝިޔާޒްގެ ހިތެއް ނޭދުނެވެ. ބުރަކޮށް މަސައްކަތުގައި އުޅެފައި އައި ނަމަވެސް އަރާމް ކުރުމަށްވުރެ ބޮޑަށް ޝިޔާޒް ބޭނުންވަނީ ދަރިފުޅާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. މަލްޝާ އަކީ ޝިޔާޒްގެ އެތައް ހުވަފެން ތަކަކާއި ގުޅިފައިވާ އުއްމީދެވެ. ޝިޔާޒްގެ ހުރިހާވެސް އުފަލަކީ، މަލްޝާގެ ހިންހަމަ ޖެހުމެވެ. މަލްޝާގެ ހިނިތުންވުމެވެ.

ލޯބި ލޯބި ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން ޝިޔާޒް އިރުކޮޅެއް ވަންދެން އިނެވެ. މަލްޝާ އޭނާގެ ކުޑަ ދެއަތުން ޝިޔާޒްގެ މޫނުގައި ފިރުމައިލިއެވެ. އުމުރުން އެންމެ ތިން އަހަރުގެ މަލްޝާގެ ކޮންމެ ހަރަކާތަކުންވެސް ދޭހަވަނީ ބައްޕަ ދެކެ އެ ތުއްތު ކުއްޖާ ލޯބިވާ މިންވަރެވެ.

” ބައްޕަ ކީއްވެ މިއަދު މަލޫއަށް އައިސް ކްރީމް ނުގެނައީ؟….” މަލްޝާ އެހިއެވެ.

” އޯހ!… ބައްޕަ ހަނދާން ނެތުނީ….” ކުއްލިއަކަށް ކަމެއްހަނދާންވެގެން ބުނާ ކަހަލަ ގޮތަކަށް ޝިޔާޒް ބުންޔެވެ.

” ބައްޕަ އޮފީހުން ނުކުތީވެސް ވަރަށް ހަނދާން ކޮށްގެން… އެކަމަކު..”

މަލްޝާއަށް އައިސް ކްރީމް ގެންސްނުދެވުނީތީ ޝިޔާޒް މިހާރު އިނީ ވަރަށް ދެރަވެފައެވެ. މަލްޝާގެ ކަމެއް ހަނދާން ނައްތާލެވިއްޖެނަމަ ޝިޔާޒް ފަހުން ވަރަށް ދެރަވެއެވެ.

” ދަރިފުޅު އިނދޭ! ބައްޕަ އަންނާނަން އައިސް ކްރީމް ގަނެގެން….” ޝިޔާޒް އެހެން ބުނެފައި ސޯފާއިން ތެދުވަން އުޅުމުން މަލްޝާ ޝިޔާޒްގެ އަތުަގައި ހިފަހައްޓައިލިއެވެ. ” ކިހިނެއްވީ؟..” ޝިޔާޒް އެހިއެވެ.

” މިހާރަކު ނޫން… ފަހުން  އައިސް ކްރީމް ގަންނަން ދާނީ….” މަލްޝާ ބުންޏެވެ.

” ދަރިފުޅު ދެރަވީތަ؟…” ޝިޔާޒް ސުވާލު ކުރިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން މަލްޝާ މަޑު މަޑުން ބޯ ހޫރައިލިއެވެ.

ޝިޔާޒް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ނިއްކުރި މަތީގައި އެއް އަތް ބާއްވާލިއެވެ. މިއަދު ކަންތައްވީގޮތުން ޝިޔާޒް ވަރަށް ދެރަވެއްޖެއެވެ. މަލްޝާގެ ކަމެއް ދެން ދުވަހަކުވެސް ހަނދާން ނައްތާ ނުލުމަށް ޝިޔާޒް ހިތުަގައި އަޒުމް ކަނޑައެޅިއެވެ.

” ކޮންކަމަކާ ތި ވިސްނަނީ؟……” ފެންވަރައިގެން ފާޙާނައިން ނުކުމެ އެނދުގައި އިށިންނަމުން ނަޖުވާ ޝިޔާޒާއި ސުވާލު ކުރިއެވެ. ނަމަވެސް  ޝިޔާޒަށް އެސުވާލުގެ އަޑު އިވުނުހެނެއް ހިއެއްނުވެއެވެ. ޝިޔާޒް އަދިވެސް އޮތީ އެޚިޔާލުގެ ތެރޭގައެެވެ. ” ޝިޔާޒް!” ނަޖުވާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. ޝިޔާޒް ސިހިފައި ކަހަލަ ގޮތަކަށް ނަޖުވާގެ މޫނަށް ބަލައިލިއެވެ.

” ކޮން ހިޔާލެއްގެ ތެރެއަށް ގެއްލިފައި ތިއޮތީ؟….. އޮފީހުން އައިގޮތަށް އެއްޗެހިވެސް ބަދަލުނުކޮށް ތިއޮތީ….. މިއަދު މާ ބޮޑަށް މަސައްކަތް ބުރަ ދުވަހަކީތަ؟…..” ނަޖުވާ ވަހަކަ ދައްކަމުން  ޝިޔާޒްގެ ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. ” އެއްޗެހި ބަދަލުކޮށްދޭން އަހަރެންގެ އަންހެނުން ތިހުރީނު…….” ސަމާސާ ރާގަކަށް ޝިޔާޒް  ބުންޔެވެ. ” އަންހެނުން ހުރިހާ ކަމެއް ކޮށްދޭނޭ ކިޔާފަ އަމިއްލަ އަތުން އެއްވެސް ކަމެއް ކޮށްގެން ނުވޭދޯ….” ޝިޔާޒްގެ ގަމީސް ކޮނޑުގައި އަޅުވަމުން ނަޖުވާ ވާހަކަ ދެއްކިއެވެ. ” ތިހާ ކަންނެތް ވާކަށް ނުވާނެ..”

” އަހަރެން ކަންނެތްތަ؟…. އަހަރެން ކަންނެތްނަމަ ވަޒީފާ އަކަށްވެސް ނުދާނެ އެއްނު….”

” ހަމައެކަނި ވަޒީފާއަށް ދިއުމުން ހުރިހާކަމެއް އެނިމުނީ އެއްނޫން……. އަމިއްލަ ކަންތައްތައްވެސް ކުރަންޖެހޭނެ…… އޭރުން މުރާލި މިހަކަށް ވާނީ…… އެހެން ނޫނީ އަހަރެން ބުނާނީ ތީ ކަންނެތް މީހެކޭ…”

” ތީ… އަބަދުވެސް ނަޖޫ ބުނާވާހަކައެއްނު…..” ޝިޔާޒް ހިނިތިންވެލިއެވެ. ” ނަޖޫއަށް ދުވަހަކުވެސް އަހަރެން މުރާލި މީހަކަށް ނުވާނެ….”

” ދެން ތިވާހަކަ ހުއްޓާލާ!… ތިކަމާ ބެހޭގޮތުން ކިތައްމެ ވަރަކަށްވެސް ވާހަކަާ ދެއްކިދާނެ……އެންމެ ފަހުން ނިމޭނީ ޝިޔާޒް ރުޅިއައިސްގެން……އެއީ އެއްނު ގިނަފަހަރަށް ވާގޮތަކީ…..” އެ މައުޟޫއަށް އިތުރަށް ވާހަކަ ދައްކާކަށް ނަޖުވާ ބޭނުމެއް ނުވިއެވެ. އެއީ ޝިޔާޒްގެ ގޮތް ރަނގަޅަށް ނަޖުވާ އަށް އިނގޭތީއެވެ.

” ކޮބާ މަލޫ؟……”  ނަޖުވާ އެހިއެވެ. ” ސިޓިންގ ރޫމްގައި ކާޓޫން ބަަލަން އެބައިން….. އަހަރެން މިއިނީ ވަރަށް ދެރަވެފަ… މިއަދު އަހަރެން ހަނދާންނެތިގެން މަލޫ އަށް އައިސް ކްރީމް ނުގެނެވުނީތީ…” ޝިޔާޒް ބުންޔެވެ.

” މިއަދު ހަނދާންނެތިގެން އައިސް ކްރީމް ނުގެނެވުނީ….މާދަމާ ކަންނޭނގެ އަަހަންނާ މަލޫ މަތިން ޝިޔާޒް ހަނދާން ނައްތާާލާނީ…” ” ތީ… ދުވަހަކުވެސް ނުވާނެކަމެއް…. އަހަރެން  ކިހިނެއް އަހަރެންގެ ލޯބިވާ އަނބިމީހާއި ދަރިފުޅު މަތިން ހަނދާން ނައްތާލާނީ؟…. ދުވަހަކުވެސް ހަނދާން ނުނެތޭނެ ވަރަށް ނަޖޫ އަހަންނަށް ލޯބިވެސް ދެމެއްނު…”

” ތިގޮތަށް ބުނާ ކިތައް ފިރިހެނުން އެމީހުންގެ ލޯބިވާ އަނބިމީހާއާ ދަރިން މަތިން ހަނދާން ނައްތާލަނީ؟….” ނަޖުވާ ބުންޏެވެ. ” އެއީ އެހެން ފިރިހެނުން ނެއްނު… އެހެން މީހުންނާއި އަހަންނާއި ވަރަށް ތަފާތުވާނެ….  ނަޖޫއަށް އަދިވެސް އަހަރެން ދަހެއްނުވޭދޯ؟….” ޝިޔާޒް އެހެން ބުނަމުން ނަޖުވާ ގައިގައި ބައްދާލަމުން އެނދުގައި އޮށޯވެލިއެވެ.

އޮފީސް ހުޅުވުން ޝިޔާޒްއާ ހަވާލު ކޮށްފައިވާ ހަފްތާއަށް ވާތީ ފަތިހު ފަހެއް ޖެހުމާއިއެކު ޝިޔާޒް ތެދުވެއްޖެއެވެ. ގަޑިއަށް ފަރުވާތެރި ވުމަކީ ޝިޔާޒް ވަރަށް ބޮޑަށް ސަމާލުކަން ދޭކަމެކެވެ. މިވީހާ ތަނަށޤ ޝިޔާޒް  ދުވަހަކުވެސް އޮފީހަށް ގަޑިޖެހިގެންނެއް ނުދެއެވެ. ޝިޔާޒް ފާޙާނާ  އަށް ވަދެ  ފެންވަރައިގެން ނުކުތްއިރު މަލްޝާ އޮތީ ހޭލައެވެ.

”ބައްޕާ!” މަލްޝާ ގޮވައިިލިއެވެ.

ޝިޔާޒް ހިނިތުންވެލިއެވެ. އަދި ގޮސް މަޑުމަޑުން މަލްޝާގެ ބޮލުގައި ފިރުމާލުމަށްފަހު ނިތްކުރީގައި ބޮސްދިނެވެ. ” ބައްޕަ ތިއުޅެނީ އޮފީހަށް ދާންދޯ؟….” މަލްޝާ އެހިއެވެ. ” އާނ! ބައްޕަ މިއުޅެނީ އޮފީހަށްދާން…” ޝިޔާޒް ހިނިތުން ވެލިއެވެ. ” ބައްޕަ މިއަދު މަލޫއަށް ކޯއްޗެއް ގެނެސްދޭނީ؟….” މަލްޝާ އެހިއެވެ. ” ކޯއްޗެއް ގެނެސްދޭންވީ ؟… އައިސް ކްރީމްތަ؟… ޗޮކްލެޓްތަ؟…” ޝިޔާޒް ސުވާލު ކުރިއެވެ.

” މަލޫ މިއަދު ބޭނުމީ ޗޮކްލެޓް….”

” އެންމެ ރަނގަޅު… ބައްޕަ އޮފީހުން ނިމިގެން ގެއަށް އަންނަމުން ދަރިފުޅަށް ޗޮކްލެޓް ގެނެސްދޭނަން އިނގޭ!…” ޝިޔާޒް އަނެއްކާވެސް މަލްޝާގެ ބޮލުގައި ފިރުމައިލިއެވެ. ” ބައްޕަ ހާދަ ރަނގަޅޭ…” މަލްޝާ ހިނިތުންވެލަމުން ޝިޔާޒްގެ އަތުގައި ހިފަހައްޓަައިލިއެވެ. ” ދަރިފުޅުދެކެ ބައްޕަ ވަރަށް ލޯބިވޭ….” ޝިޔާޒް ހިނިތުންވެލަމުން ބުންޏެވެ. އެވަގުތު މަލްޝާގެ މޫނަށް ވެރިވީ އުފާވެރިކަމެވެ.

ޝިޔާޒް ރީތިވެ ނިމުނުއިރު ނަޖްވާ ހުރީ ސައިތައްޔާރުކޮށްފައެވެ. ޝިޔާޒްގޮސް ސައިބޯން އިށީނެވެ. ޝިޔާޒް ސައިބޮމުން ދިޔައިރު ނަޖްވާ ޝިޔާޒްގެ ގަމީސް ރީތިކޮށް އަދި ޓައީ ރަނގަޅު ކޮށްދެމުން ދިޔައެވެ. ނަޖުވާގެ ރަނގަޅުވާހަކަ ޝިޔާޒް އޮފީހުގެ މުވައްޒަފުންގެ ގާތުވެސް ދައްކައެވެ.އެއީ ސަބަބުތަކެއް ނެތިއެއްނޫނެވެ. ޝިޔާޒް ދެކޭގޮތުގައި ނަޖުވާ އަކީ ރަންގަނޑެކެވެ. ނަޖުވާ ކަހަލަ ރަނގަޅު ބައިވެރިއެއް މީހަކަށް ނުލިބޭނެއެވެ. ނަޖުވާ ކިތައްމެ ރަނގަޅުވިޔަސް ނަޖުވާގެ މައްސަލަތަކެއްވެސް އެބަހުއްޓެވެ. އެއީ ބައެއްފަހަރު ޝިޔާޒް ވަރަށް ދެރަވާކަމެކެވެ.

” މިއަދު އޮފީހުން އާދެވޭނީ ތަންކޮޅެއްލަހުން…” ސައިބޮއި ނިމުުމުން ޝިޔާޒް ބުންޏެވެ.

” މައްސަލައެއްނެތް …. އަހަރެން ޝިޔާޒް އަންނަންދެން މެންދުރު ނުކައި އިންތިޒާރު ކުރާނަން….. ޝިޔާޒާއެކު ނޫނީ މެންދުރު ކާހިތެއްނުވޭ… އާދެވުނުހާ އަވަހަކަށް  އަންނާތި!…” ޝިޔާޒްގެ މޭގައި ބޯޖައްސާލަމުން ނަޖުވާ ބުންޏެވެ.

ޝިޔާޒް ގެއިން ނުކުންނަން ހިނގައިގަތެވެ. ނަޖުވާ ހިނިތުންވެލައިގެން ޝިޔާޒް ދާތަން ބަލަން ހުއްޓެވެ.

އޮފީހުގެ  މުވައްޒަފުން އޮފީހަށް ހާޒިރުވެ ހާޟިރީގައި ސޮއި ކުރަމުން ދިޔައިރު ޝިޔާޒް އިނީ ކޮމްޕިއުޓަރ ކައިރީގައި ކުއްޖަކާ ޗެޓް ކުރާށެވެ. އިރުކޮޅަކުން ޝިޔާޒް ތެދުވެގެންގޮސް އޮފީހުގެ މަސައްކަތްތައް ފެށިއެވެ.

ޝިޔާޒަކީ އޮފީހުގެ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއި އެކު ކުރާ މުވައްޒަފެކެވެ. އަދި ހުރިހާ މުވައްޒަފުންނާ ވެސް ވަރަށް ގުޅޭ އެކުވެރި ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. އެހެންކަމުން އޮފީހުގެ ހުރިހާ މުވައްޒަފުންވެސް ޝިޔާާޒާއި ވަރަށް އެކުވެރިކަމާއެކު ވާހަކަ ދައްކައެވެ.

ޝިޔާޒް ވަރަށް އަވަދިނެތި މަސައްކަތުގައި އިންދާ މޯބައިލް ފޯން ރިންގްވާން ފެށިއެވެ. ޝިއާޒް ފޯން ނަގާފައި ބަލާލިއެވެ. ގުޅަނީ ޝިޔާޒް ނުދަންނަ ނަންބަރަކުންނެވެ. ” ކާކުބާ؟..” ޝިޔާޒޒް ހިތައްއެރިއެވެ. ޝިޔާޒް ފޯން ނަގައި ކަންފަތުގައި ޖައްސައިލިއެވެ.

” ހެލޯ!..” ޝިޔާޒް ބުންޏެވެ.

” ހަލޯ!…” އެކޮޅުން ޝިޔާޒަށް އިވުނީ އަންހެނެއްގެ އަޑެވެ.

 

– ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiya

Level 110 Stories100 Login

Other Articles

Previous

ޢަޞްރު (އެއްތިރީސްވަނަ ބައި)

Next

މަލަކާ (15ވަނަ ބައި)

Next
January 12, 2017

މަލަކާ (15ވަނަ ބައި)

Previews
January 12, 2017

ޢަޞްރު (އެއްތިރީސްވަނަ ބައި)

6 Comments!

  1. Aisha says:
    January 12, 2017 at 9:13 am

    Woooow v beautiful… ❤️️ Shiya
    Next part please soon ingey
    Koba aneh story thah e ehchehi ves miadhu up kohlaba…. komme dhuvahaku ves check kuran?

  2. Anonymous says:
    January 12, 2017 at 10:10 am

    vaaakaiga vaa gotheh adhi ehvx varakah neynge.. bt heevey reethi vaahakaeh hn.. waiting for another part

  3. Shiya says:
    January 12, 2017 at 11:38 am

    dhenhuri vaahakathakuge next part thah up kohladheynan…. thanks

  4. Rahy says:
    January 12, 2017 at 3:27 pm

    wow nice story.

  5. Brainless says:
    January 12, 2017 at 8:31 pm

    Nice..
    Vaahaka nimen dhenn genes dheyne kamah ummeedhu kuran

  6. Chum handi says:
    January 12, 2017 at 10:35 pm

    i wonder who a ‘Brainless’ can read a dtory and understand it. haahaa…. BTW story habeys ingey Shiya… plzz aneh story thakuge next part mirey up koh dhee ba!!!!!!!!!

Comments are closed.

Next Episodeނަމަވެސް…. 2 ވަނަ ބައި←


All Right Reserved!