އިންތިހާޔަށް (6ވަނަ ބައި)
އާދުވަހެކެވެ. ރޭގައި ނުނިދާ އެތައް ދަމެއް ހޭދަކުރުމުގެ ސަބަބުން އައުސްއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. މިއަދު ޒީޝާ ގޮވަން ނައުމުން އައުސްހުރީ ހައިރާންވެފައެވެ. އެނދުން ތެދުވުމަށްފަހު އައުސް ފުރަތަމަވެސް ގުޅައިލީ ޒީޝާއަށެވެ. ނަމަވެސް އެކޮޅުން ފޯނެއް ނުނަގައެވެ. ފެންވަރާލައިގެން ރީތިވެގެން އައުސް ފުރަތަމަ ދިޔައީ ޒީޝާ އުޅޭ ބަޔަށެވެ. އޭރު ޝިޔާނާއާއި ޒައިން ކާކޮޓަރީގައި ސައިބޯން ތިއްބެެވެ.
“އައުސް ތީ އެބޮތް ބަލިވެފަ…” އައުސް ފެނުމާއި އެކު ޒައިން ބުނެލިއެވެ. ޒައިން މިހެން ބުނެލުމުން ޝިޔާނާވެސް ކުޑަކޮށް ބޯދިއްކޮށްލާފައި އައުސްއަށް ބަލައިލިއެވެ.
“އާދޭ ސައިބޯން…. މިހާރު މިގެއިން ކެއުމެއް ބުއިމެއް ނޯވޭ!” ޝިޔާނާ ބުނެލިއެވެ. ޝިޔާނާ ޝަކުވާކުރަން ފެށުމުން އައުސް ފުރަތަމަ ދިޔައީ ސައިބޯށެވެ. އައުސް ސައިބޯން އިންދައި ނިދާ ހޭލައިގެން ޒީޝާ ބޭރަށް ނިކުތެވެ.
“މޯޅިވެފަ ހުރި މަލެއްތަ މިހުރިގެން އަންނަނީ؟” ޒީޝާ ފެނުމުން އައުސް ބުނެލިއެވެ.
“ވާހަކައެއް ދައްކާނެ ކަމެއްނެތް… ރޭގަ އެވަރަށް ގުޅީމަ ފޯނު ނުނަގާފަ މެސެޖަކަށް ރިޕްލައިވެސް ނުކުރި ވިއްޔަ…” އައުސް ކައިރީ އިށީންނަމުން ޒީޝާ ރުޅި މޫނު ދައްކައިލަމުން ބުނެލިއެވެ.
“ސޮރީ ނިދުނީއޭ! އޯކޭ ހަވީރުން އަންނާނަން… ގަޑި ހަމަވެއްޖެ!” ގޮނޑިން ތެދުވަމުން އައުސް ބުނެލިއެވެ. އަތް ދޮންނަން ސިންކު ކައިރީ ހުރެފައި ޒީޝާގެ ގަޔަށް އަތް ފުރާ ފެން ގޮއްޓެއް ޖެހުމަށްފަހު ދުވެލާފައި އައުސް ނިކުމެގެން ދިޔައެވެ. ރުޅިއައިސްގެން ޒީޝާ ހަޅޭތްލަވަމުން ދިޔައެވެ.
ގަޑި ޖެހިގެން އޮފީހަށް ދެވޭތީ އައުސް އިނީ ވަރަށް ބިރުންނެވެ. އައިޝާ ބުނާނެ އެއްޗެއް ނޭންގޭތީއެވެ. ސައިކަލު ޕާކް ކޮށްފައި އޮފީހަށް ވަންނަން އައި ވަގުތު އައިޝާވެސް އޮފީހަށް އައިސް ވަންނަނީއެވެ.
“ސޮރީ ޒިޕީ ބަލިވެގެން އެގެޔަށް ވަދެލީމަ ލަސްވީ… ދެން އެހެންނެއް ނުވާނެ!” އައިޝާ އެއްޗެއް ބުނުމުގެ ކުރިން އައުސް ބުނެލިއެވެ. އައިޝާ ވަކި އެއްޗެއް ނުބުނެ ދާން ފެށުމުން އައުސް އަނގައިން ވައްތަރެއް ޖައްސައިލިއެވެ. ފޮނި އަންހެނެކޭ އައުސް ހިތައް އެރިއެވެ.
އައުސް ފުރަތަމަވެސް އުޅުނީ އިއްޔަނެގި ފޮޓޯތަކުގެ މަސައްކަތް ނިންމާލާށެވެ. އޭރަށް މިއަދުގެ މަސައްކަތް ނިމުނީއެވެ. އައުސް ވަރަށް ޝައުގުވެރި ކަމާއި އެކު މަސައްކަތް ކުރަމުންދިޔަ މަންޒަރު އައިޝާ އިނީ ބަލާށެވެ. އައުސްގެ އަވަސް ހަރަކާތްތައް ފެނިފައި އައިޝާ ކުޑަކޮށް ހީލިއެވެ. ހީވަނީ ކުޑަކުއްޖަކު އުޅޭހެންނެވެ. ހެވިފައި އައުސްއަށް ބަލަން އިންދައި އައިޝާ ސިހުނީ ޝުވާ ގޮވައިލުމުންނެވެ.
“އާނ މިފައިލްތައް ގެންދޭ…..” ޝުވާ އަތައް ފައިލް ތަކެއް ދެމުން އައިޝާ ބުނެލިއެވެ.
“އައުސް އަދިވެސް މޭޗާރއެއް ނުވޭ ދޯ؟” ޝުވާ އަތަައް ފައިލްތައް ދިނުމަށްފަހު އައިޝާ ބުނެލިއެވެ. ސުވާލުގެ ނަޒަރަކުން ޝުވާ އައިޝާއަށް ބަލައިލިއެވެ. ބުނެވުނު އެއްޗަކުން އައިޝާ ނޫންގޮތަކަށް ކަރުކެހެލިއެވެ.
“އެއްޗެކޭ ނޫން… ދެން ދޭ!” އަމުރުވެރި ރާގަކަށް އައިޝާ ބުނެލިއެވެ. އަދި ލެޕްޓޮޕް ހުޅުވައިލުމަށްފަހު މަސައްކަތް ކުރަން ފެށިއެވެ.
އޮސްޓްރޭލިއާގެ ހިތްގައިމު މާހައުލެވެ. ކާރޫބާރޫ ބޮޑެތި މަގުތަކުގައި ދުއްވާފައި ޑޮކްޓަރ އޭޝްލީ މަޑުކޮށްލީ ގަނޑުވަރެއްފަދަ ބޮޑު ގެޔެއްގެ ކުރިމަތީގައެވެ. ކާރު މަޑުކޮށްލުމާއި އެކު ގޭޓު ހުޅުވުމުން ކާރު ގޭގެ ތެރެއަށް އޭޝްލީ ވެއްދިއެވެ. އަދި ކާރު ޕާކުކޮށްލުމަށްފަހު ގޭގެ ބެލް އަޅައިލިއެވެ. ގޭގެ ދޮރު ހުޅުވީ ޒުވާން ފިރިހިނެކެވެ. ބަލާބެލުމަށް 25 ވަރަކަށް އަހަރުގެ މީހެކެވެ.
“ހެލޯ އޭޝް” ދޮރުމަތީ ހުރި އޭޝްލީ ފެނުމުން ހިނިތުންވުމަކާއި އެކު ޒުވާނާ ބުނެލިއެވެ. އަދި އޭޝްލީ ވަންނަން ދައުވަތުދިނެވެ.
“ކީކޭ ރިޕޯޓްތައް ބުނަނީ؟” ސިޑިން އަރަމުން ޒުވާނާ އަހައިލިއެވެ.
“ރިޕޯޓުތަކުން ބުނަނީ….” އެހިސާބަށް ބުނެފައި އޭޝްލީ މަޑުޖެހެލިއެވެ. ދެމީހުންވެސް ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސި ބަހުންނެވެ. އޭރު އެމީހުންނަށް ތިބެވުނީ މައްޗައް އަހަރަން ތައްޔާރު ވެވިފައެވެ. ނަމަވެސް އޭޝްލީ ބުނަން އުޅުން އެއްޗެއް ހުއްޓުން އެރުމުން ޒުވާނާގެ ހިނގުންވެސް ހުއްޓުން އެރިއެވެ.
“ކީކޭ ބުނަނީ؟ ދައްކަބަލަ ބަލައިލަން….” އޭޝްލީ އަތުގައި އޮތް ފައިލު ދަމައިގަންނަމުން ޒުވާނާ ބުނެލިއެވެ. އަދި ފައިލުގައި ހުރި ގަނޑުތައް ނަގައި ކިޔަންފެށިއެވެ.
“ލައިޝާއަކަށް މަންމައަކަށް ނުވެވޭނެ….” އޭޝްލީ ބުނެލިއެވެ.
“ވަޓް.. މީ ހަމަ ރަގަޅު ރިޕޯޓްތަކެއްތަ؟” ގަބޫލު ނުކުރެވޭ ފާޑަކަށް ޒުވާނާ އަހައިލިއެވެ.
“ޔެސް” ޔަގީން ކަމާއި އެކު އޭޝްލީ ބުނެލިއެވެ. ދެމީހުންވެސް މަތި ބަލައިލީ ސިޑިމަތިން މީހެއްގެ ހިޔަނި އެޅުންހެން ހީވުމުންނެވެ. ބަލައިލިއިރު އަންހެން ކުއްޖަކު ސިޑިން އަހަރައިގެން ދަނީއެވެ. އޭޝްލީ ކައިރީ ޝުކުރިއްޔާއޭ ބުނުމަށްފަހު ޒުވާނާ ސިޑިން އަރައިގެން ދާން ދުއްވައިގަތެވެ. ސިޑިއާއި އެންމެ ކައިރިޔަށް ހުރި ކޮޓަރީގެ ދޮރު ޒުވާނާ ހުޅުވައިލިއެވެ.
“ލައި…” ޒުވާނާ ގޮވައިލިއެވެ. އެނދުމަތީ އޮތް ލައިޝާ ބޯ ހިއްލައިލިއެވެ.
“އަހަރެންނަކަށް ދަރިޔެއް ނުލިބޭނެތަ ދެން؟” އެނދުން ތެދުވަމުން ލައިޝާ އަހައިލިއެވެ.
“ބޭސްފަރުވާ ކުރާނީ އެކަމަށް… އެހެން އަދި ރިޕޯޓެއް ބުންޏަސް އުއްމީދު ކަނޑާލާކަށް ނުވާނެ…” ލައިޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ޒުވާނާ ބުނެލިއެވެ.
“ނިކް ކީކޭ ރިޕޯޓްތައް ބުނަނީ؟” އެކޮޓަރިޔަށް ވަދެގެންއައި އަންހެނަކު އަހައިލިއެވެ. ނިކް އޭނަގެ މަންމައަށް ލައިޝާގެ ރިޕޯޓްގައި ވާ އެއްޗެހި އޮޅުންފިލުވައި ދިނެވެ. އެހަބަރު އަހާފައި ނިކްގެ މަންމަވެސް ވަރަށް ދެރަވިއެވެ.
“ލައި އަނެއްކާ އަހަރެމެން މިއުޅެނީ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ ދާން ވެގެން… ހިނގާ އަހަރެމެންނާއި އެކީ ދާން؟” ނިކް ލައިޝާ ކައިރިން އެދުނެވެ. ނަމަވެސް ވަގުތުން ލައިޝާ ބޯހޫރައިލިއެވެ.
“އަހަރެންމީ ރާއްޖެއަށް މަރުވެފަ ހުރި މީހެއް… ދުވަހަކުވެސް ނުދާނަން…” ލައިޝާ ބުނެލިއެވެ.
“ދެން ލައިޝާގެ އާއިލާ މީހުންނޯ؟ އެމީހުން ކިހާ އުފާވާނެ ލައިޝާ ފެނުނީމަ؟” މިފަހަރު ވާހަކަ ދެއްކީ ނިކްގެ މަންމައެވެ.
“އާއިލާގެ މީހުންނެއް ނުތިބޭނެ…. މަންމައާއި ބައްޕަވީ މަރުވެފަ… ލޯބިވާ އެންމެ ތިން މީހުން އުޅޭނީ… އެމީހުން ނޭންގެ މިހާރު ލައި މަތިން ހަނދާންވާނެ ކަމެއްވެސް…..” ލޮލުން ވެއްޓެންއައި ކަރުނަތިކި ފުހެލަމުން ލައިޝާ ބުނެލިއެވެ. ނިކްއާއި ނިކްގެ މަންމަ މޭރީ ކިޔާ ކިޔާވެސް ލައިޝާ އަލުން ރާއްޖެ ދިއުމަކަށް އެއްބަހެއް ނުވިއެވެ. އެންމެފަހުން ހަތިޔާރު ބަހައްޓާފައި ދެމީހުން އެކޮޓަރިން ނިކުމެގެން ދިޔައީއެވެ.
އެރޭގެ ވަގުތެވެ. މާލޭގެ ދަރުބާރުގޭގައި އޮތް ކައިވެނީގެ ހަފްލާއަކު އައުސް ފޮޓޯ ނަގަމުން ދިޔައެވެ. ހަފްލާއަކީ އައުސްގެ އޮފީސް ކުއްޖެއްގެ ކައިވެނީގެ ހަފްލާއެވެ. އެންމެންގެ ސަމާލުކަން ހުއްޓުނީ ޕާޓީއަށް ވަދެގެން އައި އައިޝާ ފެނުމުންނެވެ. އޮފީހުގެ ހުރިހާ މުވައްޒަފުންވެސް ތިބީ އައިޝާ ފެނުމުން ހައިރާންވެފައެވެ. ކައިވެނިކުރި އާ ދެމަފިރިންނަށް ތަހުނިޔާ ދިނުމަށްފަހު އައިޝާ އެމީހުންނާއި އެކީ ފޮޓޯއެއްވެސް ނެގިއެވެ. އައިޝާ ދިއުމުން އައުސް އަލަށް ކައިވެނިކުރި އިމްރާން ކައިރިޔަށް ޖެހިލިއެވެ.
“ބުރޯ ކައެ ކޮން ޖާދޫއެއް ޖައްސައިގެން އެއައީ؟” އައުސް އިމްރާންގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
“ނޭންގެ ކާޑުދީފަ ބުނިން އަންނައްޗޭ ވަރަށް އުފާވާނެއޭ އައީމަ…” އިމްރާންވެސް އައުސްގެ ކަންފަތް ދޮށުގައި ބުނެލިއެވެ.
“އުފާކޮށްދެން ކަންނޭންގެ އެއައީ…” ހީލުމަށްފަހު އައުސް އެހެން ބުނެލިއެވެ.
ފޮޓޯނެގުމުގައި އައުސް އުޅެނިކޮށް ލޮލުގައި އަޅައިގަތީ ފުރަގަސްދީގެން ހުދު ހެދުމެއްގައިހުރި އަންހެން ކުއްޖެކެވެ. ހަމަ އެވަގުތު އައިޝާގެ ލޮލުގައިވެސް އެކުއްޖާ އަޅައިގަތެވެ. ދެމީހުންނަށްވެސް އިޚްތިޔާރަކާއި ނުލާ އެއަންހެން ކުއްޖާއާއި ދިމާއަށް ދުއްވައިގަނެވުނެވެ. ދެމީހުން ދެފަރާތުން އަންހެން ކުއްޖާގެ ކޮނޑުގައި ހިފަހައްޓައިލިއެވެ. އެއަންހެން ކުއްޖާ ސިހިފައި އެއްފަހަރު އައުސްގެ މޫނަށް، އަނެއްފަހަރު އައިޝާގެ މޫނަށް ބަލައިލިއެވެ.
“ސޮރީ….” ހީކުރި މީހާ ނޫންކަމުން އައުސް ބުނެލިއެވެ. އައިޝާވެސް ބޯހޫރާލުމަށްފަހު ދާން އެނބުރެލިއެވެ.
“ކާކު ކަމަށް ހީކޮށް ތިއައި؟” އައިޝާ ދާން އުޅުން ވަގުތު އައުސް އަހައިލިއެވެ.
“ވަރަށް ކުރިން ގެއްލިފަހުރި މީހެއް… އައުސްއޯ؟”އައިޝާ ހިނިތުންވެލަމުން އަހައިލިއެވެ.
“އަހަރެންވެސް…..” އައުސްގެ މޫނުމަތި ވަނީ އެކީ މިލައިފައެވެ. އައިޝާ އައުސްގެ މޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ.
“ކިހިނެއް އިނގެނީ ދެމީހުންނަށް އެކްސްޕެކްޓް މިކުރެވުނީ އެކަކު ނޫންކަމެއް؟” ދެއަތް ދެއަތާއި ޖޯޑުކޮށްލަމުން އައިޝާ ބުނެލިއެވެ.
“ހެހެހެ އޭނަ ނެތް މިދުނިޔެއަކު…. ދެން ކިހިނެއް އެކަކު ކަމަށް އެކްސްޕެކްޓް ކުރާނީ؟ ހީވިގޮތަކުން ދުވެފަ އައީ….” އައުސްވެސް ހިތުގެ އުދާސްތައް ފޮރުވަމުން ހިނިތުންވެލިއެވެ.
އައިޝާ ވަކި އެއްޗެއް ނުބުނެ އައުސްގެ މޫނަށް އަރައި ފައިަމުންދިޔަ ކުލަވަރު ބަލަން ހުރީއެވެ.
“ސުވާލެއް ކޮށްލަންތަ؟” އައިޝާގެ ޖަވާބެއް ނައުމުން އައުސް ބުނެލިއެވެ. އައިޝާ ބޯޖަހައިލިއެވެ.
“ކީއްވެ އަބަދު ހުދު ހެދުން ލައިގެން އުޅެނީ؟” މައުސޫމް ގޮތަކަށް އައުސް އަހައިލިއެވެ.
“ބަޔެއް ކަންތައްތަކަކީ ހަނދާނުން ފުހެލަން ދަތި ކަންތައްތައް…. މިއީވެސް އެގޮތައް މީހަކު މަތިން މާބޮޑަށް ހަނދާންވާތީވެ ހެދުން ލެވޭ ގޮތެއް…. އެއީ ދުވަހަކު ހަދާނުން ފުހެލަން ބޭނުންވާ މީހެއްވެސް ނޫން….” އައިޝާ ބުނެލިއެވެ.
“އެމީހަކު ކޮބާ މިހާރު؟” އައުސް އަހައިލިއެވެ.
“އައުސް” އައިޝާ ޖަވާބުދޭން އަނގަ ފުޅާކޮށްލިއިރަށް ފަހަތުން ކޮންމެވެސް ފިރިހިނަކު ގޮވައިލިއެވެ. އެހިސާބުން އައުސް ޖެހުނީ ދާށެވެ. އައުސް ފޮޓޯނެގުމުގައި އުޅުންއިރު އައިޝާ ވަރަށް ފަރުވާތެރިކަމާއި އެކު އައުސްއަށް ބަލަމުން ދިޔައެވެ.
އެރޭ ގެޔަށް އައިސް އައިޝާ ވަރަށް ވިސްނިއެވެ. އައިޝާ އެކަނި ސިޓިންރޫމުގައި އިންދައި ފަރީޝާ އައިސް އައިޝާއަށް ގޮވައިލިއެވެ.
“މަންމާ އިނގޭތަ އައުސް މިރޭ ބުނި އެއްޗެއް…. ބުނަނީ އޭނަ ނެތޯ މިދުނިޔެއަކު….. އޭނަ ދެކެ ލޯބިވާނަމަ އެހެން ނުބުނާނެ އެއްނު! އިޝީއަށް އިނގޭ ލައި އަދި މަރުނުވާކަން…. ލައި ދުނިޔޭގަ ކޮންމެވެސް ތާކު އުޅޭނެ…. އައުސް ކީއްވެގެން އެހެން ހިތައް އަރުވަނީ؟ އައުސް ނުވޭ ކަންނޭންގެ ލައިދެކެ ލޯތްބެއް….” އައިޝާ ބުނެލިއެވެ. އަދި އަތުގައި އޮތް ޓިޝޫ ކުދިކުދިކޮށް ވީދާފައި މުޅިތަނަށް އުކަމުން ދިޔައެވެ.
“މަންމާ އެއްޗެއް ބުނެބަލަ.. ލައި މަރެއް ނުވާނެޔޭ… ލައި އެއުޅެނީ އަަހަރެމެންނަށް ފިލައިގެން…. އައުސް ކީއްވެގެން އެހެން އެބުނީ؟” ފަރީޝާގެ އަތުގައި ހިފައިލަމުން އައިޝާ ބުނެލިއެވެ.
“އައުސް އެބުނީ ހަމަ ރަގަޅަށޭ ދަރިފު……” ފަރީޝާ ބުނަން އުޅުން ޖުމްލަ ހުއްޓުންއެރީ އައިޝާ ފަރީޝާގެ އަތް ފޮޅައިލުމުންނެވެ. އައިޝާގެ މިއަމަލުން ފަރީޝާ ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ. އައިޝާގެ މޫނު ފެނިފައި ފަރީޝާ އަވަހަށް އެތަނުން ދާން ހިނގައިގަތެވެ.
“ލައި އެއް މަރެއް ނުވޭ…. ލައި އުޅެނީ އަހަރެމެންނަށް ފިލައިގެން….. މަންމަމެން ކިތަންމެ ވަރަކަށް ތިހެންކިޔަސް އަހަރެން ގަބޫލެއް ނުކުރާނަން…….” ފަރީޝާ ދިޔަ ދިމާއަށް ބަލަން ހުރެ އައިޝާ ހަޅޭތްލަވައިގަތެވެ. އަދި ސޯފާ މައްޗައް ވެއްޓިގަތެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.


Grrrrrrrrrrrrrrrrrrr. Laisha mareh nuvey. Kaakutha eii?
Story hama salhi
Woooow v reethi??
Dhuvaalaku 2 part genesdheebala
Masha allah v furihama. Upload vey thoa hama balan meenee. Eh faraaiy velaafa ai iru meenee up vefa. ❤❤
Ishy bunihen 2 part genesdheebala alhe plssss
Copy eh hen hee ves nuvey mi haaru… Vaahaka v furihama
I think this story is different.but v nice story eh Ifaau
V reethi
ވަރަށް ފުރިހަމަ މި ވާހަކަ
Story kuriyah dhiya varakah v reethivey eba.
Laisha akee kaakutha?
Ebunaahen laisha akee kaakutha? Magey ah heevanee eiy aus ge loabiveriyaa hen.
Adhi 1 part mirey upload kodheebala please!!??
Vaahaka ah complimenteh kuran jehuneema commenteh kuraane kujjeh nuvi dhoa. BTW v reethi mi story
Haha aan dhoo poop???
Its mechuaa not meychaa 🙂
Maa sha allah. Waiting for nest part??
Next*
Story v hiygaimu hisaabakun thi nin maalee. Dhen balan beynumee laisha akee kaakuthoa?
Kon irakun aneh part?
Adhi kiriyaa mi kiyaalevunee. Wow Iph story is awesome. Love this story!! Alhe mirey up kohdheebala pleeees!! Keiy madhuvefa mihuree mihaaru kiyaalaa hithun?
Waiting for next part
Wow its fantastic…… laisha aky aus ge loabi veriya. Ishy ge best friend., i think ishy ge dad did some thing wrng to laisha dhw ifaau.
If auss love laisha then what about Aisha…
I thought Aisha and auss will love each other..
But adhi zeeshaa vex eba huri dhw..
Oh god…
Vaahaka hama awesome ingey..
Vvvvvvv kiyaa hiyy veyy eba..
Adhi aalim ves hureenu dhoa Brainless?
Thank you everyone!!?
Masha Allah! <3
Mi story continue kohdhy ba plz