އިންތިހާޔަށް (5ވަނަ ބައި)
މިއަދު އެހާ ބުރަކޮށް އުޅުމުން އައުސްހުރީ ވަރަށް ވަރުބަލިވެފައެވެ. ގެޔަށް އައިސް ފެންވަރާލައިގެން ނިކުމެ އައުސް އަވަސްވެގަތީ ޒީޝާއަށް މެސެޖެއް ކޮށްލާށެވެ. އޮފީހުގައި ހިނގި ބަޔެއް ކަންތައްތައް ކިޔާދިނުމަށްފަހު އައުސް އެނދުގައި ހަމަޖެހިލިއެވެ. އަދި ފޯނުނަގައި މީގެ ހައަހަރު ކުރިން ނަގާފައި ހުރި ފޮޓޯއަކަށް ބަލަމުންދިޔައެވެ. ފޮޓޯގައި ހުރީ އައުސްއާއި ހުދު ހެދުމެއް ލައިގެންހުރި އަންހެން ކުއްޖެކެވެ. އަންހެން ކުއްޖާގެ މޫނަށް ބަލަން އޮވެފައި އައުސް ފޯނު ތުންފަތުގައި ޖައްސައިލިއެވެ.
“ހެޕީ ބާތްޑޭ ލައި!” ވައި އަޑުން އައުސް ބުނެލިއެވެ. އެވަގުތު އައުސްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ރޭގައި އައުސްއަށް ނުނިދުނީ އަލަށް ވަޒީފާއަށް ދެވެން އުޅޭތީއެއް ނޫނެވެ. ރެޔަކީ އައުސްގެ ހިތުގެ މަލަކާގެ 23ވަނަ އުފަންދުވަސް ކަމުގައި ވާތީއެވެ. މިއަދު އެހާ ބުރަކޮށް އުޅެފައި ޒީޝާ އާއިވެސް ބައްދަލުނުކޮށް އެކަނިވެލީ ލައިޝާގެ ހަނދާންތައް އާ ކޮށްލާށެވެ.
“އައުސް” އައުސް ހިޔާލަކަށް ގެއްލިފައި ފަންކާއަށް ބަލަން އޮއްވައި އާލިމް އައިސް ގޮވައިލިއެވެ.
“ކީއްވެފަ؟” އައުސް ކައިރީ އޮށޯވެލަމުން އާލިމް އަހައިލިއެވެ. އެވަގުތު އާލިމްގެ ލޮލުގައި އަޅައިގަތީ އައުސްގެ ފޯނުގެ ސްކްރީންއެވެ. ފޯނަށް ނަޒަރު ހިންގައިގެން ކުޑައިރުކޮޅަކު އާލިމް އޮތެވެ. އަދި ކުއްލިއަކަށް އައުސްގެ އަތުން ފޯނު ދަމައިގަތެވެ.
“ނެތް މީހެއްގެ މަތިން ހަނދުމަ ކުރުމުގެ އެއްވެސް ބޭނުމެއް ނެތް!” ފޮޓޯއަށް ބަލާލަމުން އާލިމް ބުނެލިއެވެ. އާލިމް އެހެން ބުނެލުމުން އައުސް އާލިމްއަށް ބަލާލުމަށްފަހު އަނެއްކާވެސް ފަންކާއަށް ނަޒަރު ހިންގާލިއެވެ.
“އަދިވެސް ޒީޝާއަަކަށް އެއްވެސް ވާހަކައެއް ނޭންގޭ ދޯ؟” އާލިމް އަނެއްކާވެސް އަހައިލިއެވެ.
“ކިހިނެއް ބުނާނީ؟ އޭރު ޒީޝާ އެންމެ ރުޅިއަންނަ އެކަކު އެއީ! އޭނަ އަަހަރެންނަށް ބަލާލިޔަސް ހުންނާނީ ރުޅިއައިސްފަ….” ކުޑަކޮށް ހީލަމުން އައުސް ބުނެލިއެވެ. ނަމަވެސް ހިނިތުންވުން ފަނޑުވެގެން ދިޔައީ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުގެ ސަބަބުންނެވެ. ރޮވެން ފެށުމުން އައުސް އާލިމްގެ ގައިގައި ކުޑަކުއްޖަކު ފަދައިން ބައްދައިލިއެވެ. އާލިމް އައުސްގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ހިތްވަރު ދެމުން ދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. މުޅިގޭތެރޭގައި ވަނީ އަނދިރިކަމެވެ. ގޭގެ ކާކޮޓަރިތެރޭގައި އައިޝާ އިނީ އުއްބައްތިއެއް ދިއްލައިގެންނެވެ. އައިޝާ އިށީންދެއިނީ ގޮނޑިޔަށް ދެފައި އަރުވައިގެން ކަކުލުގައި ދެއަތް އަޅުވައިގެންނެވެ. ހެލެމުންދިޔަ ހުޅުކޮޅަށް ބަލަމުންދިޔަ ދެލޮލުން ފައިބަމުން ދިޔައީ ހޫނު ކަރުނައެވެ. ކާކޮޓަރީގެ ދޮރުމަތީ މަންޒަރު ބަލަންހުރި ފަރީޝާ އަށްވެސް ހުރީ ރޮވިފައެވެ. އައިޝާ އުޅެމުންދިޔަ ގޮތް ފެނިފައި ފަރީޝާހުރީ ކަންބޮޑުވެފައެވެ. މިވީ ހައަހަރު ދުވަހުގެ ތެރޭގައި ކޮންމެ އަހަރެއްގެ މިދުވަހަކީ އައިޝާ މިގޮތުގައި ހޭދަކުރާ ދުވަހެކެވެ. އައިޝާގެ ހަޔާތުގައި ވަކިވެގެންދިޔަ އެންމެ މުހިންމު އެއް ހިއްސާއަކީ ލައިޝާއެވެ. ލައިޝާގެ ހަނދާނުގައި އައިޝާގެ ލޮލުން ފައިބާ ކޮންމެ ކަރުނައަކީ، ލައިޝާއަށްޓަކައި އައިޝާގެ ހިތުގައިވާ މަތިވެރި ލޯތްބެއްގެ ސަބަބުން ފައިބާ ކަރުނައެވެ. ލައިޝާ ވަކިވެގެން ދިޔައީ ކާފަގެ މަރަށްފަހު އައިޝާ ހީތަމަކުރުމުގައި ރޭދުވާ ހޭދަކުރަނިކޮށެވެ. ކާފަގެ މަރަށްފަހު ލައިޝާ ވަކިވުމުން އައިޝާ މުޅިން އެކަނިވީއެވެ. ހީ ސަމާސާ ކޮށްލާނެ މީހަކު ނެތެވެ. ހިތުގެ އުދާސްތައް ހިއްސާކުރާނެ އެކުވެރިޔެއް ނެތެވެ. ޒުވާބު ކުރާނެ ދުޝްމަނެއް ނެތެވެ. އައިޝާ މުޅިން އެކަނީވީއެވެ. އެކަނިވެރިކަމުގެ ސަބަބުން މިހާރު އައިޝާގެ ހިތުގައި ލޯތްބަކަށް އެއްވެސް ޖާގައެއް ނެތެވެ.
“ލައި ދެން އާދެބަލަ! މިހާރު ލައިގެ އައުސް ހޯދައިގެން އިޝީ ގެނެސްފީމޭ…. އައުސް ވަރަށް މަޖާ! ލައި ކިޔާދޭ ވާހަކަތަކަށްވުރެ އަސްލު އައުސް މާ މަޖާ…. ލައި ދެން އާދެބަލަ…. މިހާރު ލައި އެންމެ ބޭނުންވި ކަންތައް އިޝީއަށް ކޮށްދެވޭނެ.. ލައި އެއްދުވަހު ބުނީމެއްނު އެންމެ ބޭނުމީ އައުސް އޭ….” ކުއްލިއަކަށް އައިޝާ ވާހަކަ ދައްކަން ފެށުމުން ފަރީޝާ ސިހުނެވެ. އަދި އައިޝާ ދައްކަމުންދިޔަ ވާހަކައަކުން ފަރީޝާ މާބޮޑަށް ހައިރާންވިއެވެ.
“އަދި ކޮންމެވެސް ދުވަހަކުން އެ ޒީޝާއާ ވެސް އައުސް ދުރުކުރާނަން…. ލައި އާދޭ އިޝީ ވަރަށް އެކަނިވެރިއޭ!” އައިޝާ އަޑުން އަޑުނަގާ ރޯންފެށިއެވެ. މިވީހާ ދުވަހު އައިޝާ ނުދައްކާ ވާހަކައެއް ދެއްކުމުން ފަރީޝާހުރީ ނުހަނު ހައިރާންވެފައެވެ. އައިޝާ ރޯންފެށުމުން ހިތުގައި އުފެދުނު އިހުސާސްތައް އެއްފަރާތްކޮށްފައި ފަރީޝާ ދުއްވައިގަތީ އައިޝާގެ ކައިރިއަށެވެ. ފަރީޝާ ފެނުމުން އައިޝާ ދުވެލާފައި ގޮސް މަންމަގެ ގައިގައި އޮޅުލައިގަތެވެ.
“މަންމާ ލައި ކީއްވެ ދިޔައީ؟ މަންމާ ލައި ކީއްވެ އެހެން ހެދީ؟ އަހަރެން އެކަނިވާނެ ކަމެއް ލައި އަކަށް ނޭންގޭތަ؟ މަންމާ….” ފަރީޝާގެ ގައިގައި ބައްދައިގަނެގެން އޮވެ އައިޝާ ރޮމުންދިޔައެވެ. އައިޝާ މާބޮޑަށް ހިތްދަތިވެގެން ރޯން ފެށުމުން ފަރީޝާ އައިޝާ ގޮވައިގެން ކޮޓަރިޔަށް ދިޔައެވެ. އައިޝާ އެނދުމަތީ ބޭއްވުމަށްފަހު ފަރީޝާ ދިޔައީ ފަރީޝާގެ ކޮޓަރިއަށެވެ.
ކޮޓަރިޔަށް ވަދެވުމާއި އެކު ފަރީޝާ އަލަމާރި ހާވަންފެށިއެވެ. އަލަމާރިން އެހޯދަމުންދިޔަ އެއްޗެއް ނުފެނުމުން ކަބެޑުތަކާއި ފޮތް ހަރުގަނޑު ހާވަމުންދިޔައެވެ. އެހެެން އުޅުމުގެ ތެރޭގައި ސިޓީ އުރައެއްގެ ތެރެއިން އެއްޗެއް ވެއްޓުމުން ފަރީޝާ މަޑުޖެހެލިއެވެ. އަތުގައި އޮތް ސިޓީއުރަ އެއްލާލުމަށްފަހު ފަރީޝާ ތަޅަންމަތީ ވެއްޓިފައި އޮތް ފޮޓޯގަނޑު ނެގިއެވެ. އަދި އެޔަށް ބަލައިލިއެވެ. އެފޮޓޯގަނޑުން ފެންނަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް މަގުމަތީ ލޮލީ ބޮމުން ދިޔަ މަންޒަރެވެ. ފަރީޝާ ފޮޓޯގައި ހުރި ހުދު ހެދުން ލައިގެން ހުރި އަންހެން ކުއްޖާ ގައިގައި ފިރުމައިލިއެވެ. އަދި ކައިރީ ހުރި ފިރިހެން ކުއްޖާއަށް ބަލައިލިއެވެ. ފަރީޝާގެ ހިޔާލަށް އައީ މީގެ ހައަހަރު ކުރީގައި ހިނގި ހާދިސާއެކެވެ.
“ފަރީ މިބުނީނު މިކުއްޖާ އުޅޭގޮތް… ގަބޫލުކޮށްބަލަ…. މީ މިހެން ހުއްޓަސް ތިހީކުރާ ކަހަލަ ކުއްޖެއް ނޫނޭ! މީ ފިރިހެނުން ފަހަތުން ނުދުވިގެން އުޅޭ އަންހެނެއް!” ރިޔާޒު ވާހަކަ ދެއްކިއެވެ. އޭރު ލައިޝާހުރީ އައިޝާގެ ގައިގައި ހިފަހައްޓައިގެން ރޯށެވެ.
“ނޫން ފަރީއްތަ… އެއީ ރައްޓެހި ކުއްޖެކޭ! ލައި އެކަހަލަ ކަމެއް ނުކުރަމޭ ފަރީއްތަ ގަބޫލުކޮށްބަލަ…” ލައިޝާ ރޮއެގަނެފައި ފަރީޝާ ކައިރިޔަށް ޖެހިލިއެވެ. ފަރީޝާހުރީ ގަބޫލުކުރާނީ ކާކުގެ ވާހަކައެއްކަން ނޭންގިފައެވެ. ނަމަވެސް ރިޔާޒް މިވަނީ ލައިޝާ ފިރިހެން ކުއްޖަކާއި އެކީ މަގުމަތީ ލޮލީ ބޮމުންދިޔަ މަންޒަރު ފޮޓޯ ނަގައިފައެވެ.
“ދޮގު ހަދާނެ ކަމެއް ނެތް… ހެއްކާ އެކީ އެއޮތީ ދައްކާފަ….” ރިޔާޒް ހަޅޭތްލަވައިގަތެވެ.
“ފަރީއްތަ އެއީ ދޮގެއް….” ހިޔާލަކަށް ގެއްލިފައި އިން ފަރީޝާ ސިއްސައިގެން ދިޔައީ ދާދި ކައިރިން ރޮއެގަނެފައި ލައިޝާ އެހެން ބުނާއަޑު އިވުންހެން ހީވުމުންނެވެ. ސިހިފައި ފަރީޝާ ކޮޅުކޮޅު ބަލަމުން ދިޔައެވެ. ނަމަވެސް އެކޮޓަރި ތެރެއަކު އެކަކުވެސް ނެތެވެ. ދެން ފަރީޝާ ބަލައިލީ އަތުގައި އޮތް ފޮޓޯގަނޑަށެވެ.
“އައުސް” ފަރީޝާ ބުނެލިއެވެ. އަދި އެނަން ދެތިން ފަހަރު ތަކުރާރު ކޮށްލިއެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ފަރީޝާ އެފޮޓޯގަނޑު ހިފައިގެން ދިޔައީ އައިޝާގެ ކޮޓަރިއަށެވެ. އޭރު އައިޝާ އޮތީ ސޯފާގައި އޮށޯވެލައިގެން މައްޗައް ބަލާށެވެ.
“ދަރިފުޅާ…” ފަރީޝާ ގޮވައިލުމުން އައިޝާ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އަޅައިވެސްނުލާ އެއޮތްގޮތައް އޮތީއެވެ.
“އައުސް އެއީ ދޯ އެކުއްޖަކީ؟ ކުރީދުވަކު ފިހާރައިން ފެނުން ކުއްޖާތަ އެއީ؟” ފަރީޝާ އަހައިލިއެވެ. އެއޮތްގޮތައް އޮވެ އައިޝާ ބޯޖަހައިލިއެވެ. އޭރުވެސް އައިޝާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހޭވިފައިވި އައިޝާގެ ބޮލުގައި ފަރީޝާ ފިރުމައިލިއެވެ.
“ތިހެން އުޅުމުގެ ތެރޭގަ ގޯހެއް ނަހަދާތި! އައުސްއަށް އިނގޭތަ އިޝީއަކީ ކާކުކަން؟” އަނެއްކާވެސް ފަރީޝާ އަހައިލިއެވެ. އައިޝާ ހަމަ އެއޮތްގޮތައް އޮވެ ބޯހޫރައިލިއެވެ.
“ކިހިނެއް ދަރިފުޅު އައުސް ހޯދީ؟” ފަރީޝާ އަނެއްކާވެސް އަހައިލިއެވެ. ފަރީޝާ އެސުވާލު ކޮށްލުމުން އައިޝާ ތެދުވެލާ ހަމަޖެހިލިއެވެ. އަދި ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލުމަށްފަހު ހިނިތުންވެލިއެވެ.
“ފުރަތަމަ ފެނުނީ ޕާޓީއަކުން ފޮޓޯ ނަގަން އުޅެނިކޮށް… އޭރު ނޭންގެ އެއީ އައުސް ކަމެއް… ފުރަތަމަ ފެނުންރޭވެސް ދަންނަ މީހަކާ ވައްތަރުވި… ކުރީގަ ދިމާނުވިޔަސް ފޮޓޯވެސް ފެނޭ އެހެންވެ ޝައްކުވެގެން އެހެން ބަލަން ހުއްޓަ ކޮންމެވެސް މީހަކު އައުސްއޭ ކިޔާފަ ގޮވާލީ… ދެން ވަރަށް ފާރަލިން އެރޭ! އުޅޭއުޅުމުން ހީވަނީ ކުރީގަ ލައި ކިޔާދޭ ވާހަކަތައް ސިފަވާހެން…. ލައި ކިޔާދޭނެ އައުސް ކުރާ މަޖާ ކަންތައްތަކުގެ ވާހަކަ ވަރަށް ގިނައިން…. ދެން ފަހުން އިޝީ ބެލީ އެއީ ކާކުކަން…. ބެލިއިރު އެއީ ހަމަ އެ އައުސް…” އައިޝާ ކިޔައިދިނެވެ.
“ދެން އިޝީ ފޭސްބުކްއިން ބެލިއިރު އެއްދުވަހު މިއިންނަނީ ޖަހާފަ އައި ލަވް ޗެލެންޖެސްއޭ… ސްޕެޝިއަލީ އިން ފޮޓޯގްރަފީއޭ! އިޝީ ހިތައްއެރީ އެކަހަލަ ކަމެއް ކޮށްގެންވިޔަސް އައުސް އޮފީހަށް ގެނެވޭތޯ ބަލާނަމޭ… ނަސީބަކުން އޭނަ އޭގަ ބައިވެރިވި… އެޗެލެންޖްގަ އަސްލު އައުސްއަށް ވުރެ މާ މޮޅެތި ފޮޓޯވެސް ފެނުން އެކަމަކު މަގްސަދު ހާސިލްކުރަން އައުސް ހޮވީ…” އައިޝާގެ ވާހަކަތައް ކަނުލާ އަޑުއަހަން ފަރީޝާ އިނެވެ.
“ދެން މިހާރު ކީއްކުރަން އައުސް ތި ހޯދީ އެވަރަކުން؟ މިހާރު ލައި އެއްވެސް ނެތެއްނު؟” ފަރީޝާ ބުނެލިއެވެ.
“މަންމާ ލައިއަށް މިދުވަސް ފެނިއްޖެނަމަ އުފާވާނެ އެއްނު؟ ލައި ކޮންމެތާކު ވީކަމުގަ ވިޔަސް ލައިއަށް އުފާ ލިބޭ ކޮންމެ ކަމެއް އިޝީ ކުރާނަން…. އެހެންވެދޯ ލައި ހެދުންއަޅާ ގޮތައް ހުސް ހުދު ކުލައިން ހެދުން ލަނީވެސް؟” މަންމަގެ ކޮނޑުގައި ބޯ އަޅައިލަމުން އައިޝާ ބުނެލިއެވެ. ފަރީޝާވެސް ހިނިތުންވުމަކުން ފުއްދައިލިއެވެ.
އެރޭގެ ވަގުތެވެ. ނިދަން އޮވެ އޮވެ އެއްގޮތަަކަށް ލޮލަށް ނިދި ނައުމުން ޒީޝާ ތެދުވިއެވެ. އަދި ފޯނު ނަގައި އައުސްއަށް ގުޅައިލިއެވެ. އޮފީހުން އައިއްސުރެ އައުސް އުޅެނީ ފާޑަކަށެވެ. އޮފީހަށްދިޔަ ފުރަތަމަ ދުވަހު ގެޔަށް އައިސް ގުޅާވެސްނުލާ ކޮށްލީ މެސެޖެކެވެ. ގުޅާ ގުޅާ އައުސް ފޯނެއް ނުނެގިއެވެ. އައުސްގެ މޫނު ނުފެނި ޒީޝާގެ ލޮލަށް ނިދިވެސް ނާދެއެެވެ. އެންމެފަހުން ކެތްނުވެގެން ޒީޝާ އައުސް އުޅޭ ބަޔަށް ދިޔައެވެ. އޭރު އާލިމް ސިޓިން ރޫމުގައި ޓީވީ ބަލަން އިނެވެ. މިހާ ލަސްވެފައި ހުއްޓައި ޒީޝާ ފެނުމުން އާލިމް ކުޑަކޮށް ހައިރާންވިއެވެ.
“އައުޓީ ކޮބާ؟” ޒީޝާ ފުރަތަމަވެސް އަހައިލީ އެހެންނެވެ.
“ނިދާފަ…” ފޫހިގޮތަކަށް އާލިމް އެހެން ބުނެލުމަށްފަހު ޓީވީއަށް ނަޒަރު ހިންގައިލިއެވެ. އާލިމް ދެން ބަލައިލިއިރު ޒީޝާ އައުސްގެ ކޮޓަރިއާއި ދިމާއަށް ދަނީއެވެ.
“ޒީ އައުސް ނިދާފައޭ އުނދަގޫ ނުކުރޭ! ވަރަށް ވަރުބަލިވެފަ ހުރީ މިއަދު…” ޒީޝާ ހުއްޓުވުމުގެ ގޮތުން އާލިމް ބުނެލިއެވެ. އައުސް މިރޭ ހުރި ހާލު ފެނިފައި އެއްގޮތަކަށްވެސް މީހަކަށް އައުސް ފެނުމަކީ އާލިމް އެދޭ ކަމެއްނޫނެވެ. އައުސްގެ މޫނު ހަމަ ފެންނައިރަށް ޒީޝާ އެތައް ސުވާލެއް ކުރާނެކަން ޔަގީނެވެ.
“އޯކޭ ވާނެ…” މިހެން ބުނުމަށްފަހު ޒީޝާ އައުސްގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އާލިމްވެސް ޒީޝާގެ ފަހަތުން ދިޔައެވެ. އާލިމްއަށް ހަމަޖެހުމެއް ލިބުނީ އައުސް އެވަގުތު ފާހާނައިގައި އުޅޭތީއެވެ.
“އައުޓީ…..” ޒީޝާ ވަރަށް ބާރަށް ފާހާނަ ދޮރުމަތީ ހުރެގެން ގޮވައިލިއެވެ. އައުސްގެ އަޑެއް ނީވުމުން އަނެއްކާވެސް ޒީޝާ ގޮވައިލިއެވެ. އެވަގުތު އާލިމް ވަރަށް ގިނަ އެއްޗެހި ކިއުމުން މާދަން އާންނާނީ ކަަމަށްބުނެ ޒީޝާ ގެޔަށް ދިޔައެވެ. ޒީޝާ ހަަމަ ދިއުމާއިއެކު އައުސް ފާހާނާއިން ނިކުތެވެ.
“ނެއްޓެން ނޭންގިގެންތަ އެއުޅެނީ؟” އާލިމް ބުނެލިއެވެ. އައުސް އާލިމްގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ.
“ކިހިނެއްވީ؟” އާލިމް ފާޑަކަށް މޫނު ހަދައިލަމުން އަހައިލިއެވެ.
“ބައެއްފަހަރު ހީވޭ ތިއްތި އަހަރެންނަށްވުރެ ބޮޑަށް ޒިޕީދެކެ ލޯބިވާހެން… އަނެއްބައި ފަހަރު ބުނެލާ އެއްޗެހިން ހީވަނީ ކޮންމެވެސް ކަމަކާ އޭނަޔަށް ނަފްރަތު ކުރާހެން.. އެހެންވެ ތިއްތި ރަގަޅަށްތޯ ހުރީ މި ބަލައިލީ!” އައުސްގެ ވާހަކަ އަހައިފައި އާލިމް ހިންދިރުވައިލިއެވެ. އާލިމްގެ ހިތުގެ ހިނގުން އަވަސްވިއެވެ. ނޭންގި ނަމަވެސް އައުސްއަށް މިބުނެވުނީ ހަމަ ރަގަޅު އެއްޗެކެވެ.
“ތިއްތީ…” އާލިމް އެއްެޗެއް ނުބުނެ ހުންނަން ފެށުމުން އައުސް ބާރަށް ގޮވައިލިއެވެ.
“އެއީ ދެން އެވަރަށް ކީމަ ގެޔަށް ނުދިޔައީމަ އެހެން ބުނެވުނީ!” މިހެން ބުނެލުމަށްފަހު އާލިމް އެތަނުން ނިކުމެގެން ދިޔައެވެ. އާލިމް ދިއުމުން އައުސް އަވަހަށް އެނދަށް އަރާ ނިދަން އޮށޯވެލިއެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.


Dear readers! I’ve told you before also the story will be different!! The series and this one is totally different… Thank you for reading. I love all the readers no matter how harshly they comment!??
V reethi. Concept eh copy kurun eyee massala eh noon. Beynun varakah kuran vy. Meehaku liyefa oi echeh cut paste nukuranyaa ok vaane. Give credit to the actual concept writer.
I like this story.
V reethi hama balalaa indhaa thi up kolee aslu v dheravey baeh kiuntherinnahnuvisney thee alhaanulaa ifaau ifaage mashkathigen kuriyah dhey
vvv shalhi
Copy cat.. copy nukuraa kamakah nuvaane
Story kithanme bodakah thafaathu viyas bayeh kiyuntherin beynumeh nuvaane dhen writerge kolhah araakah. Massalaeh noon eiy zaathy kameh. Mibai ekani kiyaaliyas eba ingey dhen huri baithah v bodah series aa thafaathu vaanekan. Kurinves writer buni dhw mulhin thafaathu vaaneyey ekam hama v hadikoh bayeh kudhin comment kuree. Mi story aa against vaane ehves kameh akoo akah faahagaeh nuvey. Story v furihama.
Saandy and Ifaau mee esfiya ah ingilaabu genai dhe bathalun. Brave work both?
Masha allah story v reethi. Wish you all the best Iph??
Alhugan’dah comment thakuga hadikoh comment kurevifa oiy nama hurihaa kudhinge kibain maafah edhen….
Liyuntheriyaage masakkathah appreciate nukuraa kudhin kiyaa ehchehin nihaayathah dheravey. Ekamakuves kuraane kameh neiy nuvisney kudin ginaee dhee.
Waau my baby ❤ varah salhi.. Kobaa eba fene ehnu mihaaru thafaathu dhow dhen lalalaaa ??
Story is nice. Good luck ?
Salhi. Suvaalakee laisha akee kaakuhey? Laisha mivanee aisha and aus aa ves gulhifa dhoa. Heevanee eiy kureega aus ge biteh hen. Eyna maruvefatha v? V keiy madhuvey eba mihaaru…..
Yes ammu. Raz ah vs heevany laisha maruvefahen v. Ehnve kanneynge aisha maa dheravegn miulhenee plus aus vs. Interesting. Next part ah waiting boakoh
Aharen mee ifauu dhanna dhuvahu photo akun vx laloh dhuh meeheh nun.. ekam ifauu r zaathy hasadhaveri kameh vaane ehvx faidhaa eh neh.. ifauu knme ehchekey mihaaru keeyas copy nukuraa kamah nuvaane.. kuri copy varah boduthah copy kohfa hury.. hama ekani vaahaka ge namah balaa liyas ekan dheyhavey.. characters thah beliyas ngey.. mihaaru kiyuntheri faadu kiyaathi agaiin dhera nuvan vegen thafaathu thi kurany… hama gaimuvx copy nukuraa kamakah nuvaane..
Heekuri gothaai hilaafah story change vamun annaathee hajam nuvegen mihaaru thiulhenee??
Shutup everyone..copy ehh viyyaa keeh tha v?so just stop reading?reethi meehunn kiyaane..dhn abadhu koachehh saabithu kurann tha copy ekey thi kiyany..respect kurabala ifaau ge feelingx ahh vx..pls guys..comment kurumuge hahhgu vx eba oyy..bwt thigothahh comment nukohba pls i beg u guys?ifaau dont stop writing e meehun vx e kiyany reethi v ma einnu..beyyhadh ehh olhaayabeya…varahh foohi?ifaau mi vahak liyun huhhtaa nulaathi..aharemenn kiyaameehun kiyaanan..e meehun j vaan baithihhba dhn?
Awwwwwwwwwwwn magey bad girl ah haadha visneyey dhooo. Aharemen kiyaanan dhoa mikudhin kithanme varakah ehchehi kiyas??
Dhww..love haadha gina dhuvahei kohhfa thi fenunyy.konnthaku thr ukhuny mu hurihaa dhuvahu???
Mithaa miulhenee. Baby mivaahakaige writer inspire vaa gothah comment kureema loabi uthuri araifi hama. Love you baby?
Copy akas ehen ehchakas vaahaka v reethi. Mihaaru in hisaabun thi laisha akee kaakuthoa balaahiy vejje. Avas kohllabala. Konme dhuvahaku 2 part gennan fennanee!!
Lava kiyaa laisha junaidh kanneyne dhoa Avy
drama eh copy kurias ekee masssalaehnoon ehennun meehaku liyafa in vaahakaeh copy kurinama massalahe eheveemaa kureveyne maa bodhu kameneh vaahaka dheee ves thafathukoh thi thanun kujjaku liyefa oi vaahakaeh nama massalajassanvee dho Amy
Haan dhoa
Story hama habeys
This story is awesome. I request to continue this story. Haters gonna hate. Let them blast and do your work. All the best
aslu v reethi hy ves nukuran mi hey reethi vaane kama kah
??
Awesome. Next part avas kollabala
V reethi
Varah salhi..
Meege main character akee Aisha tha nooney zeeshaa tha…
Story is amazing ingey..
Ekaku nukiyas ma mi story kiyaanah mi story genesdheyhaa dhuvahaku..
Vrh salhi!! 😀