Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (3ވަނަ ބައި)

Ifaau Level 210 Stories
January 3, 2017 6 Mins Read
42 Comments

ލޯ ކުރިމަތިން ފެންނަން މިހުރީ ހަގީގަތެއްބާއޭ ފަރީޝާގެ ހިތައް އެރިއެވެ. ކުއްލިއަކަށް މިހާ ދުވަސްކޮށްފައި ރިޔާޒް ފެނުމުން ބުނެދެން ނޭންގޭ އެތައް ޝުއޫރެއް ފަރީޝާގެ ހިތުގައި އުތުރި އަރަމުންދިޔައެވެ.

“ކީއްވެ ފާޑަކަށް ތި ބަލަނީ؟” ނުބައި ގޮތަކަށް ހީލަމުން ރިޔާޒް ބުނެލިއެވެ.

“ރި…ރިޔާ…ޒް” “އާނ ރިޔާޒް” ފަރީޝާ ބުނަން އުޅުން ޖުމްލަ ރިޔާޒްގެ ބަރު އަޑުން މެދުކަނޑާލިއެވެ.

“ކޮބާ ބައްޕަގެ ލޯބި ލޯބި އިޝީ ދަރިފުޅު؟  ކޮބާ ލައި؟ ލައިއަށް ފެނިލަން ޖެހޭނެ އެއްނު” ފަރީޝާ އެއްފަރާތް ކޮށްލުމަށްފަހު ރިޔާޒް އެތެރެޔަށް ވަދެގެން ދިޔައެވެ. އަދި މުޅި ގެޔަށް ބަލަމުން ދިޔައެވެ.

“ވާހ.. ބައްޕަ މަރުވީމަ ހާދަ ބަދަލެކޭ ދޯ މިގެޔަށް މިހުރީ އައިސްފަ…. ހަހަހަ ކިހިނެއް އިނގެނީ ޖަލުން އަންނައިރަށް އަހަރެން މިހާ މުއްސަނދިވާނެ ކަމެއް…” ސޯފާ މައްޗައް ވެއްޓިގަންނަމުން ރިޔާޒް ބުނެލިއެވެ. ފަރީޝާ އަދިވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ.

“މީ ރިޔާޒްއާ ވާވެސް ގެޔެއް ނޫން!” ފަރީޝާ މަޑުމަޑުން ބުނެލިއެވެ.

“ކީކޭ؟ ހަހަހަ އަހަރެމެންގެ ހަގީގަތް އިނގޭ މީހެއް އުޅޭތަ؟ ފޮނި ދައްކަންޏާ އައިޝާއަށް ހުރިހާ ވާހަކައެއް ކިޔާދެން ޖެހިދާނެ އިނގޭ!” އަޑަށް ބާރުލާފައި ރިޔާޒް ބުނެލިއެވެ. ވަގުތުން ފަރީޝާގެ އަނގަ ބަންދުވިއެވެ.

“ފަރީ ޖޫސް ތައްޓެއް ގެނެސްދީބަލަ ވަރަށް ބަނޑުހައި…” ސޯފާ ކުރިމަތީ ހުރި މޭޒު މައްޗައް ދެފައި ނަގަމުން ރިޔާޒް ބުނެލިއެވެ.

“ނިކުމޭ މިގެއިން….” ވަރަށް ހިތްވަރުކޮށްލާފައި ފަރީޝާ ބުނެލިއެވެ. ފަރީޝާ އެހެން ހަމަ ބުނެލުމާއިއެކު ރިޔާޒް ކޮޅަށް ތެދުވިއެވެ. އަދި ދެލޯ ބޮޑުކޮށްލާފައި ފަރީޝާއާއި ދިމާއަށް އަންނަން ފެށިއެވެ. ފަރީޝާ ބިރުން ފަހަތައް ޖެހެލިއެވެ.

“ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ!” ރިޔާޒް އައިސް ފަރީޝާ ތަތްކޮށްލީ ފާރުގައެވެ. ފަރީޝާހުރީ ބިރުން ފިތްކަނޑައިގެން ގޮސްފައެވެ.

“މީ މަގޭވެސް މުދަލޭ! މީ މަގޭ އައިޝާގެ އެއްޗިއްސެއްނު… އެހެންވީމަ މިވާނީ އަހަރެންގެވެސް ގެޔަށް!” ފަރީޝާގެ ކޮލުގައި ހިފާލަމުން ރިޔާޒް ބުނެލިއެވެ.

“ނޫން….” ވަރަށް އުނދަގުލުން ފަރީޝާ ބުނެލިއެެވެ. ރިޔާޒް ފަރީޝާގެ ކޮލުން ދޫކޮށްލިއެވެ.

“މީ އައިޝާ އެކަނި ކުރި މަސައްކަތް…. މީ އައިޝާގެ އެއްޗެހި… އިތުރު މީހަކަށް މީއްޗިހި ހައްގެއް ނުވޭ!” ފަރީޝާ ބިރު ކަނޑާލާފައި ބުނެލިއެވެ. ރިޔާޒް ނުބައި ގޮތަކަށް ފަރީޝާގެ މޫނަށް ބަލަމުންދިޔައެވެ.

“މީ އަހަރެންގެ ބައްޕަ އައިޝާއަށް ހޯދައިދިން މުއްސަނދިކަމެއް… އެކަކަށްވެސް މީއްޗިއްސެއް ހައްގެއް ނުވާނެ….” ފަރީޝާ މިހެން ބުނުމަށްފަހު ރިޔާޒްގެ އަތުގައި ހިފާލިއެވެ. އަދި އަތުގައި ހިފައިގެން ގޮސް ގެއިން ބޭރުގައި ރިޔާޒް ބެހެއްޓިއެވެ. ރިޔާޒް ހުރީ ދެންމެ ފަރީޝާ ދެއްކި ވާހަކައިން ހައިރާންވެފައެވެ. ރިޔާޒް ބޭރަށް ލާފައި ފަރީޝާ އަވަހަށް ގޭ ދޮރު ޖެހުމަށްފަހު ތަޅުލިއެވެ. ކުއްލިއަކަށް ރިޔާޒް ދޮރުގައި ތަޅަންފެށިއެވެ. ފަރީޝާ އަވަހަށް ދުވެލާފައި ކޮޓަރިޔަށް ވަދެ ދޮރުޖެހިއެވެ. އަދި އެނދުމައްޗައް ވެއްޓިގަތުމަށްފަހު ރޯން ފެށިއެވެ. ރިޔާޒް ޖަލުން އައިކަން އެނގިއްޖެނަމަ އައިޝާއަށް ކަަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ރިޔާޒް އައިޝާއާއި ކުރިމަތި ލައިފިނަމަ އައިޝާއަށް ވާނީ ކިއްނެއް ހެއްޔެވެ؟ ގޭދޮރުމަތީ ރިޔާޒް ހުއްޓައި އައިޝާއަށް އާދެވިއްޖެނަމަ އައިޝާއަށް ކޮންމެފަދަ ގޮތެއްވެސް ހަދައިފާނެއެވެ.

“ނޫން…” ހިޔާލުތައް ބޮލުގައި ފުނި ޖެހުމުން ފަރީޝާ ރޮއެގަނެފައި ބުނެލިއެވެ. ދެން ކަންތައް ވާނެ ގޮތަކާއި މެދު އެއްވެސް ޔަގީންކަމެއް ނެތެވެ.

“ނުނިދާ ސިޑި ބުޑުގަ ތިހުރީ ކީއްވެގެން؟” ސިޑިން އަރައިގެން އައި އާލިމްއަށް ޒީޝާ ފެނުމުން އަހައިލިއެވެ.

“އައުޓީ އަންނަދެން…” ޒީޝާ އާދައިގެ ގޮތަކަށް ބުނެލިއެވެ.

“ލަސްވާނެޔޭ ބުންޏެއްނު… ދޭ ނިދާލަން..” ހީލަމުން އާލިމް ބުނެލިއެވެ. ޒީޝާ ބޯހޫރާލިއެވެ.

“އޯކޭ އާދެ ޓެރަހަށް ދާން އައުޓީ އަންނަންދެން؟” އާލިމް މިހެން ބުނުމުން ޒީޝާ އާލިމްއާއި އެކީ އެއިމާރާތުގެ އެންމެ މަތީގައި އޮންނަ ޓެރަހަށް ދިޔައެވެ.

“މިރެޔަކު ވަޔެއްވެސް ނުޖެހޭ ދޯ!” ޓެރެސްގައި ހުރި ގޮނޑިޔެއްގައި އިށީންނަމުން ޒީޝާ ބުނެލިއެވެ. އެވަގުތު އެތާންގައި އެހެން ދެމީހަކުވެސް ތަންކޮޅެއް ދުރުގައި އިށީންދެލައިގެން ތިއްބެވެ.

“އައުސް އަންނަދެން ނުނިދާ ތިހުރީ ކީއްވެގެން؟” ގޮނޑީގައި ހަމަޖެހިލަމުން އާލިމް އަހައިލިއެވެ.

“އިނގެޔެއްނު އައުޓީ ނުފެނިއްޖެނަމަ ނިދިވެސް ނާންނަކަން…” ފޯނަށް ބަލައިލަމުން ޒީޝާ ބުނެލިއެވެ.

“އެކަމަކު އައުސްއަށް ނިދޭ ޒީ ނުފެނުނަސް… ތިހެންނެއް އިންތިޒާރަކު ނުހުރޭ!” އާލިމް ޝައުގުވެރިކަމާއި އެކު ބުނެލިއެވެ. އަދި ޒީޝާގެ މޫނަށް ބަލައިލިއެވެ. އާލިމް އެހެން ބުނުމުން ޒީޝާގެ މޫނަށް އަރައިފޭބި ކުލަވަރުން ވަރަށް ސާފުކޮށް ޒީޝާގެ ހިތް އެނގިގެންދިޔައެވެ. ހަމަ އެޔާއި އެކު އާލިމްގެ މޫނުވެސް މިލައިގެން ދިޔައެވެ.

“ޒީ… ކީއްވެ އެއްޗެއް ނުބުނީ؟” އާލިމް އަނެއްކާވެސް އަހައިލިއެވެ.

“ދެން އިނގެޔެއްނު އެއީ އެއްވެސް ކަމަކާ ވިސްނާ މީހެއް ނޫންކަން… އެއީ އަމިއްލަ ނަފްސާމެދު ވިސްނާ މީހެއްނޫން…. ދެން ކިހިނެއް ޒީއާ ދޭތެރޭ ވިސްނާނީ؟” ކުއްލިއަކަށް ހެވިލާފައި ޒީޝާ ބުނެލިއެވެ. ޒީޝާ އެހެން ބުނިގޮތުން އާލިމްއަށްވެސް ހެވުނެވެ.

“މިތިބީނު މިތާ!” ކުއްލިއަކަށް ދެމީހުން ސިއްސައިގެން ދިޔައީ އައުސްގެ އަޑުންނެވެ. ކުއްލިއަކަށް އައުސް ފެނުމުން އާލިމް ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ނަމަވެސް އެކަން ނުދައްކާ ހިނިތުންވުމަކާއި އެކީ ހަމަޖެހިލައިގެން އިނީއެވެ. އައުސް ފެނުމުން ޒީޝާ ދުވެލާފައި އައުސް ކައިރިޔަށް ދިޔައެވެ. އައުސް އައީ ޗޮކްލެޓް ހިފައިގެންނެވެ. ދެމީހުންނަށް ދެ ޗޮކްލެޓް ދީފައި އައުސްވެސް ގޮނޑިޔެއްގައި އިށީންދެލިއެވެ. ޒީޝާ ވަގުތުން ޗޮކުލެޓު ކާން ފެށިއެވެ.

“ތި ކައިގެން ދަތް އުނގުޅައިގެން ނިދައްޗޭ!” ޒީޝާގެ ކޮލުގައި ހިފާލަމުން އައުސް ބުނެލިއެވެ. އެޔާއިއެކު ޒީޝާގެ އިތުރުން އާލިމްއަށްވެސް ހެވުނެވެ. އެގޮތުގައި ދެމީހުން ދެމީހުންނަށް އުނދަގޫ ކުރަމުން ދިޔައެވެ. އެންމެފަހުން މައިތިރިވީ ދެމީހުންގެ ގައިގައި ޗޮކުލެޓު ހާކާފައެވެ. މިހުރިހާ މަންޒަރެއް ބަލަން ނެގިމަޑުވެފައި އާލިމް އިނެވެ. އާލިމްގެ ހިތުގައި އެތައް ޝުއޫރުތަކެއް އުފެދެމުންދިޔައެވެ. ދުލަށް ގެންނަން އުނދަގޫ އެތައް އިހުސާސެއް އަރާފައިބަމުން ދިޔައެވެ.

ހޮނިހިރު ދުވަހެވެ. އައިޝާ ތައްޔާރުވަމުން ދިޔައީ އޮފީހަށް ދާށެވެ. ލޯގަނޑު ދޮށުގައި ހުރެގެން އިސްތަށިގަނޑު ހަދައިލުމަށްފަހު އެއްއަރިޔަކަށް ހުދުކުލައިގެ ކުޑަ ފިނިފެންމަލެއް ޖެހިއެވެ. އަދި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ނަގައި ތުންފަތުގައި ހާކާލިއެވެ.

“އިޝީ ހޮނިހިރު ދުވަހު ގޭގަ މަޑުކޮށްލާނަމަ…” ފަރީޝާ އައިސް ބުނެލިއެވެ.

“ޗުއްޓީގަ ހުންނަން އެއްވެސް މުނާސަބަތެއް ނެތް މަންމާ!” ލޯގަނޑަށް ބަލަން ހުރެ އައިޝާ ބުނެލިއެވެ.

“އެކަމަކުވެސް ދެން ތިހާ ޅައުމުރުގަ އެހާ ބުރަކޮށް މަސައްކަތް ކުރާކަށް ނުވާނެ އެއްނު…” އައިޝާގެ ފުރަގަހުގައި ހުއްޓިލަމުން ފަރީޝާ އަނެއްކާވެސް ބުނެލިއެވެ.

“މަސައްކަތަކީ އުމުރު ދުވަހު އުޅުނަސް ނިމޭ ކަމެއް ނޫން!” މަންމަގެ ކުރިމައްޗައް ހުއްޓިލަމުން އައިޝާ ބުނެލިއެވެ. އަދި ފަރީޝާގެ ނިތްކުރީގައި ބޮސްދިނުމަށްފަހު ދާން ހިނގައިގަތެވެ. އައިޝާ ދިޔަ ދިމާއަށް ބަލަން ކުޑައިރުކޮޅަކު ފަރީޝާ ހުއްޓެވެ. ކުއްލިއަކަށް ފަރީޝާ އެނދު މަތީ އިށީންދެލިއެވެ. އަދި ދެއަތުން އެނދުގައި އަތް ވިއްދާލިއެވެ. އަދިވެސް ފަރީޝާ އެހުރީ ރޭގައި ވީ ކަންތަކާ އިންތިހާޔަށް ބިރުންނެވެ. އައިޝާ ކުރާނެ ކަމެއް ނޭންގޭތީ ބުނަން ނުކެރުނީއެވެ. އިނގެއްޖެނަމަ އައިޝާ ކޮންމެދަފަ ކަމެއްވެސް ކޮށްފާނެއެވެ. ހަމަ ހަގީގަތުގައިވެސް ފަރީޝާ މިވަނީ ރިޔާޒް އަދި އައިޝާގެ ދެމެދުގައި ފިތިފައެވެ.

މެންދުރުވުމުން މަސައްކަތް ހުއްޓާލާފައި އައިޝާ އޮފީހުން ނިކުތީ މެންދުރުގެ ކެއުމަށް އިންސާފުކުރަން ގެޔަށް ދިއުމަށެވެ. އެ އިމާރާތުގެ އެންމެ ތިރީގައި ހުންނަނީ އަންހެން ކުދިންނަށް ހާއްސަ ކޮސްމެޓިކް ފިހާރައެވެ. އެއީވެސް އައިޝާގެ އަމިއްލަ ތަނެކެވެ. ބޭރަށް ނިކުމެ ފޯނާ ކުޅެމުން ކާރަށް އަރަން އައި ވަގުތު އައިޝާ ސިހުނީ މީހަކު އައިޝާގެ ގައިގައި ލައިގަތުމުންނެވެ. ކުއްލި ސިހުމަކާއި އެކު އައިޝާގެ އަތުން ފޯނުވެސް ވެއްޓުނެވެ.

“އޯ އައިމް ސޯ ސޮރީ!” ފޯނު ނަގަން ގުދުވެލަން އުޅެފައިވެސް އައިޝާ މަޑުޖެހެލީ ކަންފަތުގައި ޖެހުން އަޑަކުންނެވެ. އިސްއުފުލާ ބަލައިލިއިރު އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ކުރިމަތީ ހުރީ އައުސްއެވެ. އައިޝާގެ މޫނު ފެނުމުން އައުސްވެސް ހުރީ ސިހުންލިބިފައެވެ.

“އައިޝާ… ސޯ ސޮރީ!” އައިޝާގެ މޫނު ފެނުމުން އަވަސް ކޮށްލާފައި އައުސް އައިޝާގެ ފޯނު ބިންމަތިން ނެގިއެވެ. އަދި އައިޝާއަށް ދިއްކޮށްލިއެވެ.

“އިޓްސް އޯކޭ!” ފޯނުގައި ހިފަމުން އައިޝާ ބުނެލިއެެވެ.

“މިތާ ކީއްކުރަނީ؟” މިހިސާބުން އައުސް ފެނުމުން އައިޝާ ސުވާލުކޮށްލިއެވެ.

“މީ މިހެންލާފަ ދަނިކޮށް ޒިޕީ ބުނީ މިތަނުން ކޮންމެވެސް އެއްޗެއް ގަންނަން ބޭނުމޭ… އެހެންވެ މިތަނަށް ވަނީ!” ފިހާރަޔަށް އިޝާރާތް ކޮށްލަމުން އައުސް ބުނެލިއެވެ. އައިޝާ ޒީޝާއަށް ބާލާލުމަށްފަހު ދާން ހިނގައިގަތެވެ. ކާރަށް އެރުމަށްފަހު ވަރަށް ފުންކޮށް ދެމީހުންނަށް ބަލައިލިއެވެ. އައުސްގެ ސައިކަލު ފަހަތުގައި ޒީޝާ އިން މަންޒަރު އައިޝާ ވަރަށް ނުރައްކާތެރި ގޮތަކަށް ބަލަމުން ދިޔައެވެ. މިހެން އިންދައި އައިޝާއަށް ސިހުން ލިބުނީ ކާރު ދުއްވާލުމުންނެވެ.

“އަސްލުވެސް އައުޓީ އެއީ ހާދަ ފޮނި މީހެކޭ… ޒީ ސްމައިލް އެއް ދިނީމަ ވަރަށް ސީރިއަސްކޮށް ޒީއަށް ބަލާލީވެސް…” ޝަކުވާގެ ރާގަކަށް ޒީޝާ ބުނެލިއެވެ. އައުސް ބާރުބާރަށް ހެމުން ދިޔައެވެ.

“ހޭނެ ކަމެއް ނެތް… އައުޓީއަށް އެކަމަކު ސްމައިލް ކުރިޔޭ! ފޮނި އައިޝާ….” ޒީޝާ އަނެއްކާވެސް ބުނެލިއެވެ.

“އަސްލު ޖޭ ވާތީ ތިއުޅެނީ ޒިޕީއަށްވުރެ އައިޝާ ރީތިވީމަ…” ހެމުން ހެމުން އައުސް ބުނެލިއެވެ. ޒީޝާ ކައިރިޔަށް ރުޅިއައިސްގެން އައުސްގެ ކޮނޑުގައި ބޮނޑިޔެއް އަޅައިލިއެވެ. އެވަގުތު އެމީހުންނަށް ތިބެވުނީ ގޭ ދޮރުމަތީއެވެ.

“ކޮން ކަމަކާ ތަޅާ ފޮޅަނީ؟” ގެޔަށް ވަންނަން އައި ނަޒީމްއަށް އައުސްއާއި ޒީޝާ ފެނުމުން އަހައިލިއެވެ.

“ބައްޕާ… އައުޓީ އެކިޔަނީ ޒީ ޖޭވަނީ އޯ އައިޝާ ދެކެ…” ތުން ދަމާލަމުން ޒީޝާ ބުނެލިއެވެ. އެވަގުތު ތިން މީހުން އެކީ ސިޑިޔަށް އަހަރަމުން ދިޔައެވެ.

“އާނ ދެން ޖޭ ވަންޏާ ބުނާނެ އެއްނު އެހެން…” ހީލުމަށްފަހު ނަޒީމް ބުނެލިއެވެ. އެވަގުުތު އައުސް އަޑުގެ ނެތްކޮޅަށް ހޭންފެށިއެެވެ. ނަޒީމްވެސް ހޭން ފެށިއެވެ.

“ބަައްޕަވެސްތަ؟ ނޫޅެން އެކަކާވެސް ވާހަކަ ދައްކާކަށް…” ރުޅިއައިސްގެން ޒީޝާ ދުވަމުން ސިޑިޔަށް އަރައިގެން ދިޔައެވެ. އައުސްއާއި ނަޒީމް ބިނދި ބިނދިފައި ހެމުން ދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. އައުސްއާއި ޒީޝާ ގެއިން ނިކުތީ އައުސް އޮފީހަށްދާން ލާނެ އެއްޗެހި ގަންނާށެވެ.

“އައުޓީ ބަލާ މި ވަރަށް ރީތި ކުލަޔެއް… ނަގަންވީނު؟” ދޮން ކުލައިގެ ގަމީހެއް ދައްކާލަމުން ޒީޝާ ބުނެލިއެވެ. ޒީޝާ ގަމީސް ތިރިކޮށްލި ވަގުތު އައުސްގެ ލޮލުގައި އަޅައިގަތީ ދުރުގައި ހެދުމެއްގައި އަތްހާކަން ހުރި އައިޝާއެވެ. އައިޝާގެ ކައިރީގައި އަންހެނަކުވެސް ހެވިފައި ހުއްޓެވެ. ނަމަވެސް އައިޝާގެ މޫނަކުން އެއްވެސް ކަހަލަ ކުލަަވަރެއް ނުފެނެއެވެ.

“އައުޓީ… މި ކިހިނެއްހޭ ވަނީ؟” އަނެއްކާވެސް ގަމީސް ދައްކާލަމުން ޒީޝާ ބުނެލިއެވެ. ތި ގަމީސް ރީތިމަކަށް  ބުނެ ގަމީސް ތިރިކޮށްލާފައި އަނެއްކާވެސް އައުސް ދުރު ބަލައިލިއެވެ. ނަމަވެސް މިފަހަރު އައިޝާއެއް އެތާކުނެތެވެ. އެހާ އަވަހަށް އައިޝާ ގެއްލުމުން އައުސް ކުޑަކޮށް ހައިރާންވިއެވެ. މާބޮޑު ކަމަކަށް ނުހަދާ އައުސްއަށް ކަމުދިޔަ ގަމީސްތައް ހިފައިގެން ފައިސާ ދައްކަން ކައުންޓަރު ކައިރިޔަށް ދިޔައެވެ. ކައުންޓަރު ދޮށުގައި އިތުރު ބަޔަކު ތިބުމުން އެމީހުން މަޑުކޮށްލީ ތަންކޮޅެއް ފަހަތުގައެވެ.

“ހުސް ވައިޓް އެއްޗެހި އަބަދު ނުގަނެބަލަ އިޝީ…” ފަރީޝާ ބުނެލިއެވެ.

“އެންމެ ސާފުތާހިރު ކުލަޔަކީ ހުދު ކުލަ…” އެއިވުނީ އައިޝާގެ އަޑެވެ. އައުސްއަށް ދެންމެ ހީވީ ހަމަ ރަގަޅަށެވެ. އައުސްއަށް ފެނުނީ ހަމަ އައިޝާއެވެ. ހުރިހާ އެއްޗަކަށް ފައިސާ ދެއްކުމަށްފަހު އައިޝާ ދާން އެނބުރެލިއެވެ. ނަމަވެސް ހުއްޓުންއެރީ ކުރިމަތީ އެއްޗެހިތަކެއް ހިފައިގެން ހުރި އައުސް ފެނުނީމައެވެ.

“އައުސް…” އައިޝާ ގޮވާލިއެވެ.

“ހައި…” ހީލުމަށްފަހު އައުސް ބުނެލިއެވެ. ޒީޝާވެސް އައިޝާ ބަލައިލުމުން ހިނިތުންވެލިއެވެ. ނަމަވެސް އައިޝާގެ މޫނުމައްޗަކުން އެއްވެސް ކަހަލަ އިހުސާސެއް ނުފެނުނެވެ.

“މީ ކޮންބައެއް އިޝީ؟ އިޝީގެ ރައްޓެހިންތަ؟” ވަރަށް އުފާވެފައި ފަރީޝާ އަހައިލިއެވެ.

“ނޫން މީ އޮފީހުގެ އެމްޕްލޯއީ އެއް…” ހަމަޖެހޭގޮތް ދައްކަމުން އައިޝާ ބުނެލިއެެވެ.

“އެކަމަކު މަންމައަށް ތައާރަފް ކޮށްދެން ޖެހޭނެ އެއްނު…” ފަރީޝާ ވަރަށް އޯގާތެރިކަމާއި އެކު ބުނެލިއެވެ.

“މީ އައުސް…. ދެން މީ..” ޒީޝާއަށް އިޝާރާތް ކޮށްލާފައި އައިޝާ ހުއްޓުންއެރިއެވެ.

“ޒިޕީ… އައި މީން ޒީޝާ” އައުސް ބުނެލިއެވެ. އެވަގުތު އެމީހުން ވާހަކަ ދައްކަން ދޫކޮށްލާފައި ޒީޝާ ދިޔައީ ގަތް އެއްޗިއްސަށް ފައިސާ ދައްކާށެވެ.

“ވަރަށް އުފާ ވެއްޖެ ދިމާވީމަ… ގެޔަށް އަންނަންވާނެ އިނގޭ!” މިހެން ބުނުމަށްފަހު އައިޝާއާއި ފަރީޝާ ދާން ހިނގައިގަތެވެ.

“މަންމަ ނުޖެހޭ ކޮންމެހެން ގެޔަށް އަންނަން ދައުވަތު ދޭކަށް…” ގެޔަށް ދިޔަ މަގުމަތީގައި އައިޝާ ބުނެލިއެވެ. ފަރީޝާ ހައިރާންކާމާއި އެކު އަމިއްލަ ދަރިފުޅަށް ބަލައިލިއެވެ.

“އެއީ އިޝީގެ ރައްޓިއްސެއްނު!” އައިޝާގެ މޫނަށް ބަލައިލަމުން ފަރީޝާ ބުނެލިއެވެ.

“ބުނެފީމެއްނު އެއީ އޮފީހަށް އަލަށް ނެގި މުވައްޒަފެކޭ! މަންމަ ނުޖެހޭ މީހަކު ފެނުނަސް ތީ އިޝީގެ ރައްޓިއްސެއްހޭ އަހާކަށް…” މިފަހަރު އައިޝާ ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ.

“އަލަށް ނެގި މުވައްޒަފެއް؟ ބަލަ މަންމައަށް ފެނޭ އަަހަރު ދެއަހަރު ތި އޮފީހުގަ މަސައްކަތް ކުރާ މީހުން… އެމީހުން މަގުމަތިން ފެނުނީމަ މިއަދު އެ އައުސް ފެނުނީމަ ވީ ގޮތެއް ނުވޭ! އިސްވެ މީހަކަށް ގޮވާ ނުލާމީހަކު އަލަށް ނެގި މުވައްޒަފަކަށް ގޮވަންވީ ކީއްވެ؟” ދެބުމަ ގޮށް ޖަހާލަމުން ފަރީޝާ އަހައިލިއެވެ. ފަރީޝާ ކުރީ އައިޝާއަށްވެސް ޖަވާބު ނޭންގޭ ސުވާލެކެވެެ. މަންމަ މިބުނީ ދޮގު ވާހަކައެއް ނޫނެވެ. މަގުމަތިން އޮފީސް މީހަކު ފެނުމުން އިސްޖަހާ މީހަކު މިއަދު ކުއްލިއަކަށް އިހަށްދުވަހަކު ދިމާވި މީހަކަށް އިހްތިޔާރަކާ ނުލައި ގޮވެންވީ ކީއްވެގެން ހެއްޔެވެ؟ މަންމަގެ އެސުވާލުން އައިޝާ ހަމަހިމޭންވިއެވެ. އެމަންޒަރު ފެނިފައި ފަރީޝާ ކުޑަކޮށް ހީލިއެވެ. އައިޝާގެ ކިބައިން މިފެންނަ ކުދިކުދި ބަދަލުތަކުގެ ސަބަބުން ފަރީޝާގެ ހިތް އުފަލުން ފޮޅިލިއެވެ. (ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

މަލަކާ (6ވަނަ ބައި)

Next

ޢަޞްރު (ހަތާވީސްވަނަ ބައި)

Next
January 3, 2017

ޢަޞްރު (ހަތާވީސްވަނަ ބައި)

Previews
January 3, 2017

މަލަކާ (6ވަނަ ބައި)

42 Comments!

  1. Amy says:
    January 3, 2017 at 8:28 pm

    Miothee mi site in kiyaalan libun emme reethi vaahaka. Hiyvaru eluvaanulaa konme dhuvahaku upload kuraathi darling.❤❤

  2. Amy says:
    January 3, 2017 at 8:30 pm

    Hajam nuvaa meehunves kiyaanekan yageen. Vaahaka v habeys. Keep going baby.

  3. Ifaau says:
    January 3, 2017 at 8:36 pm

    Buvahahahahahahahah………….. maaya ves lany abadhu white ehchehi…….. mivahaka up kuryma kiyaalany heelanvegen……. migey huriha myhun mi vahaka ah joke jahaa eba…. buvahahahaha….. heynennu….. ??????????????????????

    1. QueenBee says:
      January 3, 2017 at 10:11 pm

      Thigey meehun joke jehiyekey kiyaafa Ifaau ge gain emme thankolhehves nunehtteyne. Vaahaka reethiveema thiulhenee hajam nuvegen. Heyonuvaane nukiyaa thibey. Aslu emmen mithibenee vaahaka ah inthizaaru kohla kohllaa…. Buahahahahahahahahahahahaaaaaaaaa

    2. Maa handi says:
      January 4, 2017 at 9:51 am

      Eheh vaahaka hadi yass hajam kureveyneyy sweet herat..ifaau mi vahaka salhi varah

    3. Van says:
      January 4, 2017 at 10:28 am

      Queenbee olhumehge therey kanneyge thihunnevi! Vaahaka eh nun drama reechi.. obvoiuslyy drama copy thi kurany… hajam kohbala

  4. Ame says:
    January 3, 2017 at 8:37 pm

    Liyefi anehkaaa copy kohgen.. pis,pis.. hevey ngeyy ifauuuuu.. same dialogues..! Hama mee. #am totally against about this story!remove this frm esfiya vaahaka site.. if you guys agree with me then reply it

    1. Amy says:
      January 4, 2017 at 2:14 am

      Sorry nobody is inerested???

    2. Amy says:
      January 4, 2017 at 2:15 am

      Interested**

  5. Faadu kiyaa meehaa says:
    January 3, 2017 at 8:42 pm

    Sony TV in Anna beyhadh tha miothy liyan fasaafa.. Copy nukoh amihla vaahaka eah liyebala….

  6. Alvin says:
    January 3, 2017 at 9:07 pm

    V reethi adhi yageennuvey copy ekkameh adhi 1 part kiyaaleema heevey yageenve dhanehen hihihihi vaahaka aslu yageevaanee vaahaka nimuneema hahahahahaha

  7. mariyam says:
    January 3, 2017 at 9:27 pm

    Sony in e bunaa beyhadh eh neyge.. Nuves balan.. Ekam enmen ehen e kiyany konmes kameh vyma dhw?? Ekam ifaau Bunin eii copy eh nooney.. Confused?

    1. Amy says:
      January 4, 2017 at 2:15 am

      Trust her like we do pls??

    2. Jennifer says:
      January 4, 2017 at 10:32 am

      Mariyam trust us.. this is a full copy of beyhadh!

  8. Queenbee says:
    January 3, 2017 at 9:40 pm

    Mariyam it’s a copy I usually watch the series beyhadh and this story is a copy a full copy
    Ifaau ah rangalha kah mi buna nee copy kurmakee Kada kameh eah vure Maa Kada dhogu hedheema
    Bunee menn nu mi thafaathu vaane but it’s not thafaathu it’s the same shit so why are you still lying tell the truth that you copied
    Make progress by learning from others work don’t copy
    If you are copy like this you want get to the goals you want to achieve
    You have the talent don’t ruin it
    Plss
    Copy copy full copy most of them telling this so why can’t you admit this
    I’m sorry but I can’t be with a copy vaahaka

    1. Amy says:
      January 4, 2017 at 2:17 am

      Amayyaaiy… Hama hini annanee??

    2. ### says:
      January 4, 2017 at 7:03 pm

      mee copy akah viyas hevey mashah nulaahiku salhi….. don’t worry ifaau keep it up

  9. aisha says:
    January 3, 2017 at 9:47 pm

    v reethi vaahaka. waiting for the next part

  10. Only with you ifaau stop copying write a new one plxxxxx says:
    January 3, 2017 at 9:48 pm

    I agree but she she can right a new one with her own skills dialogues and new ideas which will definitely help her to go further but ifaau pls stop copying fan of beyhadh will be very disappointed with this so don’t ever copy again face the situation and tell the truth you copied Plss have courage and speak Plss tell the truth don’t lie don’t ruin your life for an ego issue Plss

    1. Amy says:
      January 4, 2017 at 2:20 am

      We are not interested to see your ego too. So pls keep your advices with you. Don’t teach her what to do!! She is a good writer with tons of skills. I know her personally that’s why I’m with her. If you guys don’t like the story, just don’t read!! simple right? Why do you even read when you are not with her? Although you people write bull shits in the comments, you guys wait for the next part…… Just saying cause Ifaau is a nice girl. If you knew her, you wouldn’t say that.

  11. QueenBee says:
    January 3, 2017 at 10:09 pm

    Magey namuge comment kuranee kaakutha mi? Vaahaka varah furihama. Varah reethi Masha allah??
    Keep going

  12. Avy says:
    January 3, 2017 at 10:12 pm

    Adhi kiriyaa ifaauge new vaahaka mi kiyaalevunee… Reethi. Waiting for nest part. Masha allah

  13. Aus says:
    January 3, 2017 at 10:14 pm

    Thafaathuvey eba. Salhivey mihaaru. Aalim zeesha dheke loabiveema dhn vaahaka varah furihama vaane salhi twisteh..

  14. girl :))) says:
    January 3, 2017 at 10:42 pm

    v reethi. j vaa meehun ves ulheyne. dont worry. v r waiting <3

  15. Hawwoo.... says:
    January 3, 2017 at 10:43 pm

    Feshun iruvs copy kan ingey… Dhen nukiyaa thibebala copy v ma. Ifaa majbooreh nukurey thimyhunnah kiyaakah.. story vvv nalla… Ma sha allaah..

  16. Alvin says:
    January 3, 2017 at 11:00 pm

    Hawwoo thi bunee feshunuiru copy kan inge ey tha neyngey alhey 1 bai keeiruves yageennuvey ehenve 2 v bai kiyaafa 3 v bai ves kiyaifin dhen mi inthizaarukuranee 4 v bayah

  17. Thiothy vaa beyhaadh eh says:
    January 3, 2017 at 11:44 pm

    Kihaaa dhera kameh. Mi vaahaka nukiyabala copy eh govamun thi dhaa meehun thah. Mi vaahaka nukiyas Mi site ga hunnaane kaleymen kahala dhuvahaku ves copy nukuraa meehun kiyan vaahaka. ? hama copy eh kan engey iru ves eba kiya ey. Ifaau story ae gen hama kuriyah engey.?? Kon beyhaadh ehtha. ?

  18. Loabiveriyaa says:
    January 4, 2017 at 12:02 am

    Dhivehin mee amihla style gengulhey bayehtha?? Alhe mithaa mi ulheny ehves kameh copy nukuraa kudhinkolheh kanneyge dhw ? hama hini annany.. Ifaa bunefi dhow change vaane ey.. Thihaavarah copy ehches kiyaa hiynuvaanama nukeema vee ehnu..thats simple.. V reethi mi part ves.. Huhtaanulaa kuriyah gendhaathi.. Ifaa be my favourite ❤

  19. Shee says:
    January 4, 2017 at 12:23 am

    Salhi ingey waitig for next part!!!

  20. Moon says:
    January 4, 2017 at 12:45 am

    Nice

  21. J says:
    January 4, 2017 at 12:53 am

    Habeys mivaahaka. Aneh bayah v inthizaaru kurevey!!

  22. Lee Min Ho says:
    January 4, 2017 at 2:06 am

    Story inthihaayah rivethi. Haasnuvey manjey mi meehun miulhenee hajam kuraa baiga massala ufedhigen. Lee ves balamey e kiyaa drma eh. Ekaaku efaadakah noolhen. Mihaaruves thafaathu feney eba. Story in aalim ah zeesha dheke loabi veveykan eba ingey. Eves copy ekey alhe bunebala? Lee mihuree hama mivaahakawige writer aa ekeega. Next part avas kurahcey manjey?

    1. Amy says:
      January 4, 2017 at 2:13 am

      Oooh gadha!! Lee Min Ho ves Ifaau aa ekeega. Lee men ekolhah araifiyyaa ifaau ak mikan vaane.

  23. ifa says:
    January 4, 2017 at 2:18 am

    Hmm…. mi myhun laa heEdhun ves mi myhunge amilla design. Coppy rh noon. Vaahak v salhi as always. Rythi v ma konme myhaku ves baraabarah vaahaka kiyaany. Vaguthu ginavegn nu ulheyne ekaku ves. konme ehcheh ge coppy akas mashah mi vaahaka v salhi. Good luck dude. Bt miah vure dhigukoh genes dhehchey maa kuruhen hyvany. Waitingg……..

  24. Ssss says:
    January 4, 2017 at 2:25 am

    Ebunaahen miulhenee dhuhaku ehcheh cpy nukuraa bayeh viyya. Dhen maa drama veganegen. Mi storyge reethikamun emmenves mikiyanee. Furihama adhi interesting mivaahaka.

  25. LoL says:
    January 4, 2017 at 6:29 am

    ctrl+A ctrl+C & ctrl+V ????

  26. Anonymous says:
    January 4, 2017 at 6:48 am

    Aharamen dhivehinna kah neyngeyne copy kuraakah adhi alah mi raajjey ga copy kurithan mifenunee eves ifaau aa saandy mi dhemeehun dhaskuree kothaakunkameves neyge copy kuran ehenveemaa mulhi mi esfiya site ves mi othee bashuttifa

  27. Insaaf says:
    January 4, 2017 at 9:35 am

    Ifaau i am sorry to say this but u will regret for it soon.

  28. Visney meeha says:
    January 4, 2017 at 10:43 am

    Heyonuvaaney! Hedhunmaa ehchihi,copy kurey ey.. bala hedhumaa story r haasbaii thafaathey! Story aee amilla khiyaalaa ehgothah liyun maa rangalhu kameh.amy eba buney mi thafaathey? Kngothakah tha mi thafaathu vefa iny? Do you see any difference bruh? Aharunna kah nufeney ehvx chnge eh.. hama,copy eh… aslu amy vx gabul kurey mee copy ehkan.. ekam ifauu personalyy koh dhannanthy admit kuran nukerigen hen thiulheny.. thigothah eyna ah hih varu lainudhy.. fahun dheravan jehidhaane.. copy kohgen vaane faidhaa eh noaanane.. still u have time ifauu stop it.. gina meehun mihaaru mi story mi kiyany beyhadh ge copy ah vaathy hama malaamaih koh majaa kuran… meehun magey kairy kiyaavarun miadhu aiss mi thin part vx mi kiyaali.. ekam am,sorry i,do hav to agrre with them.. do stop this writing or else copy kuranyaa meehunge kurimathy ageh noannane!

  29. Abd says:
    January 4, 2017 at 9:11 pm

    hindhi drama eh dhivehi bahun liyunakas nuvaane copy akah… eyrun vaany tharujama akah… gina dhivehi vaahaka aky tharujama… drama bala kudhinge ragalhu visnumeh nuhunnaane….

  30. MAL MAL says:
    January 4, 2017 at 11:41 pm

    VVV SHALI STORY KOHMEHS VARAKAH SONY IN AHNA DRAMAGE STORY AAI GULHUN EBUHURI BUT EHAA BODAKAH NUN.ANYWAYS MI VAAHAKA VVV RYTHIVAANEHEN HYVEY

  31. Geri says:
    January 9, 2017 at 9:46 pm

    Kn methaakun anna film akah noonee drama akah viyas hevehnu dhooa. mivaahaka hama v reeti. beyhadh aa ehvess vahtareh noon….

Comments are closed.

Next Episodeއިންތިހާޔަށް (4ވަނަ ބައި)←


All Right Reserved!