Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (2ވަނަ ބައި)

Ifaau Level 210 Stories
January 2, 2017 5 Mins Read
42 Comments

އާދުވަހަކަށް އިރުއަރައިފިއެވެ. ހެނދުނު ތެދުވެގެން ޒީޝާ އަވަސްވެގަތީ އައުސްއަށް ގޮވަންދާށެވެ.

“އައުޓީ ތެދުވޭ… މިއަދު އައިޝާއާއި އެކީ ޑޭޓްއެއް އެބައިނެއްނު!” ޒީޝާ އައިސް އައުސް ތެދުވަންދެން ގޮވިއެވެ. އައުސް ތެދުވުމުން ދެން ޒީޝާދިޔައީ އޭނަވެސް އޮފީހަށްދާން ތައްޔާރުވާށެވެ. ޒީޝާއަކީ ސަރުކާރު އޮފީހެއްގައި މަސައްކަތްކުރާ ކުއްޖެކެވެ.

“ނިކުމޭ.. ލަސްވޭ އެބަ!” ތިރިޔަށް ފައިބުމަށްފަހު އައުސް ބާރަށް ގޮވައިލިއެވެ. އޭރު އައުސް ހުއްޓިލައިގެންހުރީ ޒީޝާ އުޅޭ ބައިގެ ދޮރުމަތީގައެވެ.

“އައުސް އާދޭ ސައިބޯން ޒީ ނިކުންނަންވާއިރަށް..” އައުސް ފެނުމުން ޝިޔާނާ ގޮވައިލިއެވެ.

“އުހުނ މިހާރުވެސް ލަސްވެއްޖެ… ޒިޕީ އަވަސްކޮށްބަލަ…” އައުސް ގޭތެރެޔަށް ވަންނަމުން އަނެއްކާވެސް ގޮވާލިއެވެ.

“އެންމެ މިނެޓެއް ލަސްވިޔަސް އޯކޭ ވާނެއޭ..” ދަބަހަށް ފޮތެއް ލަމުން ޒީޝާ ކޮޓަރިން ނިކުތެވެ. ޒީޝާ ނިކުތުމުން ދެމީހުން އެކީ ދާން ހިނގައިގަތެވެ.

“ކާކު ސައިކެއްގަ ދާނީ؟” ތިރިޔަށް ފައިބުމަށްފަހު ޒީޝާ އަހައިލިއެވެ.

“ދެމީހުން ވަކިން ދާނީ… ކިހިނެއް އިނގެނީ އައިޝާ ގޮވައިގެން ރައިޑަކަށް ދާން ނުޖެހޭނެ ކަމެއް..” އައުސް ސައިކަލަށް އަރާ ހަމަޖެލިއެެވެ.

“ދެން ކީއްކުރަން ޒީ ނިކުންނަންދެން މަޑުކުރީ؟ ދިޔަނަމަ…” ފާޑަކަށް ތުންދަމާލަމުން ޒީޝާ ބުނެލިއެވެ. އަދި ޒީޝާގެ ސައިކަލަށް އަރާ އައުސްއަށް ވުރެ ކުރިން ދުއްވައިލިއެވެ. ޒީޝާ ލޮލުކޮޅަށް ގެއްލުމުން އައުސްވެސް އައިޝާގެ އޮފީހަށްދާން ދުއްވައިލިއެވެ.

މާލޭގެ ކާރޫބާރޫ ބޮޑެތި މަގުތަކުގައި ދުއްވާފައި އައިޝާގެ އޮފީސް ހުންނަ އިމާރާތް ކުރިމައްޗައް އައުސް މަޑުކޮށްލިއެވެ. އަދި އަވަސްކޮށްލާފައި ލިފްޓަށް އެރިއެެވެ. ލިފްޓުގެ ދޮރު ހުޅުވުމުން އައުސް ދެން ދިޔައީ ރިސެޕްޝަން ކައިރިއަށެވެ.

“އަނޭ އައިޝާއާ ބައްދަލުކޮށްލަން.. އައުސް…” އައުސް ބުނެލިއެވެ. އައުސް އެހެން ބުނުމުން އެތާހުރި އަންެހެން ކުއްޖާ ހީލުމަށްފަހު މަޑުކޮށްލުމަށް ބުނެލިއެވެ. އަދި ފޯނުން ކޮންމެވެސް މީހަކަށް ގުޅައިލިއެވެ. އިރުކޮޅަކުން އެއަންހެންކުއްޖާ އައުސް ގޮވައިގެން ދިޔަައީ އައިޝާ އިންނަ ކެބިންއަށެވެ.

ދޮރު ހުޅުވާލުމަށްފަހު އައުސް ސަލާމް ގޮވާލިއެވެ. އައިޝާ ފޯނާ ކުޅެން އިނދެފައި އިސްއުފުލާލި ގޮތުން އައުސް ފެއްސިފައި ނުވެއްޓުނީ ކިރިޔާއެވެ. މިއީ ހަމަލޮލަށް އައިޝާ ފެނުން ފުރަތަމަ ފަހަރެވެ.

“ވަދޭ.. އިށީންދޭ!” އައިޝާ ބުނެލިއެވެ. އައިޝާ ހަމަލޮލުން ފެނުމުން އައުސް އިނީ ވަރަށް ބިރުންނެވެ. ހަގީގަތުގައިވެސް މިއީ ނުރައްކާތެރި ކުއްޖެހެެކެވެ. ބަލައިލި ގޮތުންވެސް އައުސްގެ ހިތް ތެޅެންފަށައިފިއެވެ. އެލޮލުގެ ތޫނުކަމުން އެންމެންގެ ބެލުންތައް ތިރިކޮށްލަފާނެއެވެ.

ލަސްވީ ކީއްވެގެން؟” ފުރަތަމަވެސް އައިޝާ ކޮށްލީ އެސުވާލެވެ. އައުސް ހިންދިރުވާލިއެވެ.

“އަނޭ..ޓްރެފިކް ގަ ޖެހިގެން….” ވިސްނާލުމަށްފަހު އައުސް ބުނެލިއެވެ.

“އަސްލު އޮފީހަށް މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން… ފުރަތަމަ ބުނެލަން ބޭނުމީ ވަގުތައް ފަރުވާތެރިވާށޭ! ވަގުތު ހިނގަމުންދާ ވަރަކަށް ތިމާގެ ހަރަކާތްތައްވެސް ޖެހޭނެ ހިނގަން… އެޔާ އެއްވަރަށް އަމިއްލަ ނަފްސުވެސް ޖެހޭނެ ކުރިޔަށް ގެންދަން…” ވަރަށް ހަމަޖެހިލާފައި އައިޝާ ދެއްކި ވާހަކައިން އައުސް ދާހިތްލަން ފަށައިފިއެވެ. މޫނުމަތީ ހިނިތުންވުމެއް ހުއްޓަސް އެތެރެއިން އައުސް އިނީ ވިރިވިރިއެވެ.

އައިޝާގެ ކުރިމަތީ ހުރި ލެޕްޓޮޕް އައުސްއާއި ދިމާއަށް އަނބުރާލިއެވެ. އޭގެއިން ފެންނަންހުރީ އައުސް ނަގާފައި ހުރި ފޮޓޯތަކުގެ ސްލައިޑް ޝޯވއެކެވެ.

“އައުސް އަކީ ވަރަށް ހުނަރުވެރި ފޮޓޯގްރަފާރެއް! އެކަން ހަމައެކަނި މި ފަސްވަރަކަށް ފޮޓޯއަށް ބަލާލިއަސް އެބަ އިނގޭ… އައުސްއަށް އިނގޭނެ ކަންނޭނެ މި ކުންފުންޏަކީ ރާއްޖޭގައި ފެޝަންގެ ދާއިރާއަށް ނިކުތް ފުރަތަމަ ކުންފުނިކަން… ސިންގަލީ ވަކިވަކި ފަރުދުންކުރާ އެތައް ކަމެއް މި ކުންފެނިން އެކަނިވެސް ފެނިގެންދާނެ! މިރާއްޖެއިން އެތައް ފޮޓޯގްރާފަރުންނެއް، މޭކަޕް އާޓިސްޓުންނެއް… ޑިޒައިނަރުންގެ އިތުރުން ސެލޫންތައް ވަކިން އެކި މީހުން ކުރާތަން ފެންނާނެ… އެކަމަކު މިތަނަކީ އެހުރިހާ ކަމެއް މިކްސްކޮށްގެން އަހަރެން ހުޅުވި ކުންފުންޏެއް…. މިތަނަށް އައުސް ކަހަލަ ޓެލެންޓެޑް މީހުން ވަރަށް ބޭނުންވޭ! އަހަރެން ބޭއްވި ޗެލެންޖްގަ އެންމެ ފާހަގަ ކޮށްލެވުނީ އައުސްގެ މަސައްކަތް….” އައިޝާގެ ވާހަކަ ހުއްޓައިލިއެވެ. އަދި ވަރަށް ފުންކޮށް އައުސްގެ މޫނަށް ބަލައިލިއެވެ.

“މިކުންފުނީގެ ފޮޓޯގްރާފަރަށް ވާންވީނު… ވީ ހޭވް މޮޑެލްސް… އެކިއެކި ފަންގްޝަން ތަކުގަ ބައިވެރިވެވޭނެ… ފެސްޓިވަލްތަކުގަޔާ..” އައިޝާ ދެން ބުނެލި ޖުމްލައިން އައުސް ކުޑަކޮށް ހައިރާންވިއެވެ. އަދި މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

“ލުކް… ފޮޓޯގްރަފީއަކީ ސެލްފް އެމްޕްލޯއިމެންޓެއް ދޯ! އައި މީން ޝޫޓްތައް ލިބުނީމަ ކުރާކަމެއް… ސޯ މިގޮތައް އޮފީހަކަށް އައިސް ވޯކްއެއް ނުކުރެވޭނެ…” އައުސް ވަގުތުން އެކަމާ ދެކޮޅު ހެދިއެވެ. ހަޔާތުގައި އެންމެ ކުރަން ބޭނުންވި ކަންތައް އެހާ ފުޅާކޮށް ކުރަން ލިބުމުން އިންކާރު ކުރަންވީ ކީއްވެގެން ހެއްޔެވެ؟ “ޒިންމާ”ގެ މަތިން ހަނދާންވުމުން އައުސްގެ ގައިން ހީބިހި ނަގައިގަތީއެވެ.

“ކޮންމެ ދުވަހަކު ޝޫޓް އެއްވެސް ނުލިބޭނެ… ޕްލަސް މުސާރައަށް ލިބޭނެ ފަނަރަހާސް ރުފިޔާ! އޮފީސް ގަޑި ފިޔަވާ ދެން ހުރި ގަޑިތަކުގަ ޝޫޓްއަށްވެސް ދެވޭނެ… އޭރަށް އެފައިސާވެސް ލިބޭނެ…” އައިޝާ ބުނެލިއެެވެ. މިފަހަރު ކުޑަކޮށް ވިސްނާލަން އައުސް ބޭނުންވިއެވެ.

“ވިސްނަން ބޭނުމިއްޔާ އެއް ދުވަސް ދީފާނަން… އެއްދުވަސް ފަހުން އަހަރެން ގުޅާނަން… މީ ވަރަށް ރަގަޅު އޮޕޯޗުނިޓީއެއް އިނގޭ!” ކުޑަކޮށް ހީލަމުން އައިޝާ ބުނެލިއެވެ. އެވަގުތު އައިޝާގެ ކޮލަށް އެޅިގެންދިޔަ އަޑިކޮޅުން މޫނުމަތި އުޖާލާވެގެން ދިޔައެވެ. އަދި މައުސޫމްކަމެއް ފެނިގެން ދިޔައެވެ. އައުސް އެންމެ ހިތްކީ އައިޝާގެ ދޫކޮށްލެވިފައިވާ ދިގު ބުޅި އިސްތަށިގަނޑު ފެނުމުންނެވެ. އެކަމަކު މިހާ މަތީ މީހަކު ރީތިވެގެން އުޅޭ ވަރަށްވުރެ އޭނަގެ ފެންވަރު މާ ދަށެވެ.

ގެޔަށް އައިސް އައުސް އައިޝާ ދެއްކި ވާހަކަތަކާ ދޭތެރޭ ވަރަށް ވިސްނިއެވެ. ހަވީރު ޒީޝާ އައުމުން އެކަމާ ވާހަކަ ދައްކާނީ ކަމަށް ނިންމައި އެނދަށް އަރާ އޮށޯވެލިއެވެ.

“އައުޓީ….” އައުސްއަށް ކުއްލިއަކަށް ހޭލެވުނީ ކަންފަތް ބުޑުގައި ޒީޝާ އައިސް ހަަޅޭތްލަވާ ގަތުމުންނެވެ.

“ކޮންތާކު ރޯވީ؟ އެންމެ ފަހަރަކުވެސް ރީތިކޮށެއް ނުގޮވޭތަ؟” ހިތްހަމަ ނުޖެހިފައި އައުސް ހަޅޭތްލަވާގަތެވެ. ވަގުތުން ޒީޝާ ހޭންފެށިއެވެ.

“ރީތި އަޑެއް އޮންނަ ނަމަވެސް އެންމެ ރަގަޅޭ!” އެނދުން ތެދުވަމުން އައުސް ބުނެލިއެވެ.

“ދެން ހެވޭ.. ކީކޭ އައިޝާ ބުނީ؟” އައުސްގެ އަތުގައި ހިފާލަމުން ޒީޝާ އަހައިލިއެވެ. އައުސް އައިޝާ ދެއްކި ވާހަކަތައް ޒީޝާއަށް ކިޔައިދިނެވެ.

“ވާއު އަސްލުވެސް ސަޅި ކަމެކޭ އެއީ!” ހިނިތުންވެލަމުން ޒީޝާ ބުނެލިއެވެ.

“ސީރިއަސްލީ؟ އަހަރެންނަކަށް ހެނދުނު ހޭލައިގެންނެއް އޮފީހަކަށް ނުދެވޭނެ…. ޕްލަސް ފޮޓޯގްރަފަރުން އޮފީހަށް ދޭތަ އެވެސް ފޮޓޯގްރަފާއެއްގެ ވަޒީފާގަ؟” އައުސް ހިތްހަމަނުޖެހިފައި އަހައިލިއެވެ.

“ވެލް އައުޓީ! ސެލެރީ ސަޅި އެއްނު… ޕްލަސް އޮފީހުން އާދެވޭނެ ހަވީރު… އެންޑް ގިނައިން ޝޫޓްތަކައް ދަނީ ހަވީރު އެންނު… ސޯ ސަޅިއެއްނު…” ޒީޝާ ބުނެލިއެވެ.

“ޒިޕީއަށް ހީވޭތަ އަހަންނަށް ވާނެހެން؟” އައުސްއަށް އަމިއްލަ ނަފްސަށްވެސް އިތުބާރެއް ނޯވެއެވެ.

“ޒީ ބުނީމަ ޔެސް ޖަހާބަލަ…. އައުޓީއަށް ވާނެ…” ޒީޝާ ވަރަށް ޔަގީން ކަމާއިއެކު ބުނެލިއެވެ.

“މާދަންރޭ ރިސޯޓަށް ދާއިރު ލާނެ އެއްޗެއް ސެލެކްޓް ކޮށްދެއްޗޭ އިނގޭ ބޭބް…” އައުސް ޒީޝާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ. އަދި ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ.

އަނެއްދުވަހު ވަރަށް ވިސްނާފައި އައުސް ވަޒީފާއަށް ދިއުމަށް އެއްބަސްވިއެވެ. ނަމަވެސް ހިތުން ރުހުމަކުން ނޫނެވެ. ޒީޝާ އޭނަޔަށް ވާނެކަމަށް ބުނެ ހިތްވަރުދިނީމައެވެ. ޒީޝާގެ އިތުރުން މަންމައާއި ބޭބެ އާލިމްވެސް އެގޮތައް ނަސޭހަތް ދިނުމުންނެވެ. ދެން ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ވަޒީފާއަށް ދާން ޖެހޭނެކަމުން މިހާރުވެސް އައުސް ހުރީ ބޮލުގައި އަތް އަޅައިގެންނެވެ. ނަމަވެސް މިގޮތައް ޒިންމާތައް ފަހަތުން ފިލަން ދުވާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

އެރޭގެ ވަގުތެވެ. މުޅި މާހައުލު ވަނީ އެކި ކުލަކުލައިގެ ބޮކިން ޖަރީވެފައެވެ. މުޅިތަނަށް ވަނީ ހިތްގައިމު މިއުޒިކަކުން އަޑު ފެތުރިފައެވެ. އެކި ގައުމުތަކުގެ ފަތުރުވެރިން މަޖާކުރަމުން ދިޔައިރު، ކަނެއްގައި ކޮކްޓެއިލް ތައްޓެއް ހިފައިގެން އައިޝާ ހުރީ ފެންނަމުންދިޔަ މަންޒަރުތަކަށް ގެއްލި ހުސްވެފައެވެ. މިރެޔަކީ އަލަށް ހުޅުވި  މި ރިސޯޓުގެ އޯޕެނިންގ ސެރެމަނީ އޮންނަ ރެއެވެ. ރެޔަށް ހާއްސަކޮށް މާލޭގެ ވިޔަފާރިވެރިންނާއި، ނަން މައްޝޫރު ފިލްމް ސްޓާރުންނާއި، އެކިއެކި ފަންނާނުން ހަރަކާތްތެރިވަމުން ދިޔައެވެ. އެންމެންގެ މޫނުމަތިން ފެންނަމުންދިޔައީ ހިނިތުންވުމާއި އުފާވެރިކަމެވެ.

“މިހާ ހިތްގައިމު މާހައުލެއްގަ އެކަނި ހުރުން އެއީ ވަރަށް ބޮޑު މައްސަލައެއް…” ކައިރިން ފެނުން އަންހެން ކުއްޖާ ކައިރީ އައުސް ބުނެލިއެވެ. އަދި ކެމެރާ ނެގުމަށްފަހު ފޮޓޯއެއް ނަގަން އުޅުން ވަގުތު އަންހެން ކުއްޖާ އައުސްއަށް ބަލާލިއެވެ. ވަގުތުން އެއީ ކާކުކަން އެނގުމުން އައުސް ކެމެރާ ތިރިކޮށްލިއެވެ.

“އަ.. އައިޝާ؟” ވަރަށް އުނދަގުލުން އައުސް ބުނެލިއެވެ. އޭރު އައުސްގެ ދެފައި ތުރުރުތު އަޅަމުން ދިޔައީ ދެންމެ ކުރެވެން އުޅުން ބޭއަދަބީ ކަމަކުންނެވެ. އައިޝާ ފޮނި ގޮތަކަށް ހީލިއެވެ.

“އަދި އެކަނި އަންހެން ކުއްޖެއް ފެނުމުން އެކުއްޖާއާ ބެހުން އެއީ މާބޮޑު މައްސަލައެއް…” ސީދާ އައުސްގެ ލޮލަށް ބަލަންހުރެ އައިޝާ ބުނެލިއެވެ. އައުސް ހިންދިރުވާލިއެވެ.

“ހެހެހެ… އެއީ މަޖާ…” ހަމަޖެހޭ ގޮތް ދައްކަމުން އައުސް ބުނެލިއެވެ.

“ކިތަންމެ ހަމަޖެހޭ ގޮތް ދެއްކިޔަސް އައިޝާގެ ލޮލަކަށް ނުފިލޭނެ…” ކޮކްޓެއިލް ތަށިން އެތިފޮދެއް ބޯލުމަށްފަހު އައިޝާ ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭންގުމުން އައުސް އަނެއްފަރާތައް އެނބުރެލިއެވެ.

“މިތާ ކީއްކުރަނީ؟” އައިޝާ އަހައިލިއެވެ.

“އިންވިޓޭޝަން ލިބުނީމަ އައީ!” އައުސް ބުނެލިއެވެ.

“ކީއްވެ އެކަނި ތިހުންނަނީ؟ ރައްޓެހިން ނެތީތަ؟” އައިޝާ ވަކި އެއްޗެއް ނުބުނުމުން އައުސް އަހައިލިއެވެ.

“އަމިއްލަ ނަފްސު ހުރިހާ ކަމަކަށް ތަން ނުދޭތީ އެކަނި މިހުރީ… އަމިއްލަ ނަފްސު ބޭނުމެއް ނުވޭ ރައްޓެހިންނާ އެކީ މަޖާކުރާކަށް…” އައިޝާ ދެން ބުނެލި ޖުމްލަ އައުސްއަކަށް ނުވިސްނުނެވެ. އައުސް ބަލަން ހުރި ގޮތުން އައިޝާ ހިނިތުންވެލިއެވެ.

“ދެން ކީއްކުރަން އައީ؟ އަމިއްލަ ނަފްސު އަމިއްލަޔަށް ގެންގުޅެފަ މީހުންގެ ތެރެޔަށް ނުނިކުމެ ހުންނަންވީނު؟” ކުޑަކުއްޖަކު ފަދައިން އައުސް ބުނެލިއެވެ.

“މިއީ އަހަރެންގެ ކާފަގެ ވަރަށް ގާތް ރައްޓިއްސެއް ހުޅުވި ރިސޯޓެއް… ކާފަވީމަ މިއައީ… އެހެން ނޫންނަމަ އަމިއްލަ ނަފްސު ގޮވައިގެން މިހާ ހަލަބޮލި، މިހާ މީހުން ގިނަ ތާކަށް ނާންނާނަށް…..” ހަށަން ބަނދެލަމުން އައިޝާ ބުނެލިއެވެ. އައުސް ހިނިތުންވެލައިގެން ހުރީއެވެ.

“ވެލް ވަރަށް އުފާވި އައުސް ވަޒީފާއަށް އެއްބަސްވީމަ…” އަނެއްކާވެސް ހިނިތުންވުމަކާއި އެކީ އައިޝާ ބުނެލިއެވެ. އަދި ފޯނެއް އައުމުން ތަންކޮޅެއް ދުރަށް ޖެހެލިއެވެ.

އައިޝާއަކީ ވަރަށް އަމިއްލަގޮތް ބޮޑު މީހެކޭ މީހުން ކިޔާއުޅެއެވެ. މިރޭ އައުސްއަށް އެއީ ދޮގެއްކަން އިހުސާސްވިއެވެ. އައިޝާއަކީ ހިތްހެޔޮ ކުއްޖެކެވެ. މީހުންނަށް އެކަން ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟ ކުޑަކޮށް ވިސްނާލަން ހުރެފައި މީހުންގެ ތެރެޔަށް އައުސް ވަދެގެން ދިޔައެވެ.

“މަންމާ ތަންކޮޅެއް ލަހުން ދެވޭނީ… ކީ އެބައިނޭ މަންމަ ނިދާލާ!” އައިޝާ ފޯނުގައި ހުރެގެން ބުނެލިއެވެ. ފޯނު ބޭއްވުމަށްފަހު އައިޝާ ކޮޅުކޮޅު ހޯދާލިއެވެ. ހީވާގޮތުން މީހަކު ހޯދަނީއެވެ. ކުއްލިޔަކަށް ފެނުން މަންޒަރަކުން އައިޝާ އެދިމާއަށް ފިޔަވަޅެއް ނެގިއެވެ. ނަމަވެސް ހުރިތާ ހުއްޓުނީ ސިކުނޑި އެކަމަށް ނޭދުނީމައެވެ. ކުރިމަތިން ފެންނަމުންދިޔައީ އައުސް ހީހީފައި ބަޔަކާ ވާހަކަ ދައްކާ މަންޒަރެވެ. ބައެއްފަހަރު ކަރުގައި އެލިފައި އޮތް ކެމެރާ ނަގާ ފޮޓޯއެއް ނަގާލައެވެ. އުފާވެރިކަން އެކުލެވިފައިވާ މިމާހައުލުގައި އައުސްވެސް ހުރީ ވަރަށް ހަމަޖެހިގެންނެވެ. ހީހީފައި މީހުންނާ މުހާތަބުކުރާއިރު ސަކަ ގޮތެއް ހުއްޓެވެ. ސިފަ ރީތިވެފައި އަޅައިގަންނަ ގޮތެއް ހުއްޓެވެ. އެ ހިނިތުންވުމުން މޫނުމަތީގެ އުޖާލާކަން އިންތިހާޔަށް އިތުރުކޮށްދެއެވެ. ދެންމެ އިރުކޮޅެއް ކުރިން އައުސްއާ ވާހަކަ ދައްކާލެވުމުން ބުނެދެން ނޭންގޭފަދަ ހަމަޖެހުމެއް އައިޝާގެ ހިތައް ލިބިގެންދިޔައެވެ. އައުސްއަކީ އެއްޗެއް ބުނެފިނަމަ ހިތުގައި އުފެދޭ ސުވާލު ކޮށްލަން ފަސްޖެހޭ ކުއްޖެއް ނޫނެވެ. އެހެން މީހެއްނަމަ އައިޝާގެ ނުރައްކާތެރި މޫނު ހަމަ ފެންނައިރަށް ހިމޭންވާނެއެވެ. އައުސް ދުރުގައި ހުރެގެން ޖައްސަމުންދިޔަ ވައްތަރުތައް ފެނިފައި އައިޝާއަށް ކުޑަކޮށް ހެވޭ ގޮތްވިއެވެ. ނަމަވެސް އެކަން ފާޅުވެދާނެތީ ހުރީ ވަރަށް ވިސްނައިގެންނެވެ. އަމިއްލަ މަގްސަދު މަތިން ހަނދާންވުމުން އައިޝާ އިސްޖަހައިލިއެވެ. ދެންމެ އައުސްއާއި ދޭތެރޭ ވިސްނުން ގޮތުން ބާރަށް ހިތް ތެޅެލިއެވެ.

މިރޭ އެކަނިވުމުން ފަރީޝާ ހުރީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސްވެފައެވެ. މިގޮތައް އައިޝާ ގެޔަށް ނާންނަ ރޭރެޔަށް ފަރީޝާ ވަރަށް ބިރުގަނެއެވެ. ބޮޑު ގެޔެއްގައި އެކަނި ހުންނަން ޖެހުމުން ނޭންގޭ ބިރުވެރިކަމެއް ހިތުގައި އުފެދެނީއެވެ. ނުނިދިގެން ފެންފޮދެއް ބޯލަން ފަރީޝާ ކާކޮޓަރިޔަށް ދިޔައެވެ. ފެންތަށި ބޯން ހުއްޓައި ގޭގެ ބެލް އަޅައިލި އަޑު އިވުނެވެ. “ޔަގީން އައިޝާ އެއައީ..” ހިތާ ހިތާ މިހެން ކިޔަމުން ފަރީޝާ ގޭގެ ދޮރު ހުޅުވައިލިއެވެ.

“ދަރިފު….” ފަރީޝާ ބުނަން އުޅުން ޖުމްލަ ކަރުގައި ތާށިވީ ކުރިމަތީ ހުރި މީހާ ފެނުމުންނެވެ. (ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

މަލަކާ (5ވަނަ ބައި)

Next

ނޭނގި ޔާރު ވަކިވީ (5)

Next
January 3, 2017

ނޭނގި ޔާރު ވަކިވީ (5)

Previews
January 2, 2017

މަލަކާ (5ވަނަ ބައި)

42 Comments!

  1. Ifaau says:
    January 2, 2017 at 7:34 pm

    މި ވާހަކައާއި ދޭތެރޭ ކިއުންތެރިން ކޮންމެ ގޮތަކަށް ފާޑުކީކަމުގައި ވިޔަސް ކޮންމެ ދުވަހަކު ވާހަކަ އަޕްލޯޑް . ?.ކުރާނަން! ނުރުހުމުން ނަމަވެސް ވާހަކަ ކިޔާތީ ވަރަށް އުފާވޭ

    1. inthihadh says:
      January 2, 2017 at 9:41 pm

      ކަލޭ ބުރިއޭ ކިޔާބަލަ

    2. ''''opo says:
      January 3, 2017 at 2:38 pm

      dhw bodu buri handi boa

  2. ifa says:
    January 2, 2017 at 7:48 pm

    Vaahaka v nyce. Thihen vaan jeheyne writers. Myhaaku ehcheh bunaa irah filan dhuvegen mi dhuniyeyga nu ulheveyne. Khneh enmen hih hama jahsaany. Mi site ga kithanme ryhthi vaahakaeh liyunas ehchehinkiyaa myhun ulheyne. Bt e myhun baraabarah vaahaka kiyane. Hehe…. best of luck dude…..

  3. Ssss says:
    January 2, 2017 at 7:56 pm

    Asluves v reethi. Copy akas ehn ehchakah kuriyah gendhey. Emmenves ehen meehehge konmeves kame abadhuves copy kureveythoa balaane. Alhaanulaa. Vaahaka hama habeys. Vaahaka reethivaane kamah ummeedhu kuran.

  4. Fink says:
    January 2, 2017 at 8:00 pm

    Furathama part kiyaafa heevi copy ekey. Ekamaku ifaau thafaathu vaaneyey buneema I thought why would I comment saying that? Everyone was saying the same shit!! Ifaau thafaathu vaaneyey buneema fink hithah eri ehenverma hama thafaathu vaaneyey. Miulhey gina kiyuntherin heekuranee emeehun varu bayeh nethey. Trust the writer and read what ever they write. Vaahaka kiyan vanna thaakah vadhe vaahaka kiyaanee. Ehen meehun judge kuranyaa ekan kuraanee. Hurihaa kameh ehfaharaa kuran noolhebela emmenves, Ifaauge furathama vaahaka ves kihaa reethi!! Evaahaka ves v thafaathu. So mivaahaka ves thafaathu vaane kama mibalany. I trust you and good luck.

    1. amaa ge dhari says:
      January 2, 2017 at 8:25 pm

      mee exact copy akah nuviyas concept copied hama.. mi story ah kiyanvy inthihaa ah eh noon.. “inthihadh” lmfao

  5. Aasaalee says:
    January 2, 2017 at 8:02 pm

    Vaahaka v reethi ?

  6. QueenBee says:
    January 2, 2017 at 8:07 pm

    Kiyaalaahithun mi kiyaalee, Masha allah v reethi ifaau?? And yeah vaahaka aa dheytherey hadikoh comment kuaa kudhinge commentah alhugandu reply kuraanan if possible. Cause Ifaau is one of my favourite writer.??

  7. Naxy says:
    January 2, 2017 at 8:23 pm

    Vahaka v reethi. ???

  8. Anonymous says:
    January 2, 2017 at 8:24 pm

    Copy kuraa writer ah hiyyvarudhey readers fenuneema aslu varah dheravey. Ehen meehunge massahkaiy copy kurumun dheyhavanee thimaage gaabil kameh neiykan. Maa fakhuruverivaan jeheykameh noon copy vaahakaeh konme dhuvahaku up kurumakee. Dhen bunaaane j vanee a. J vaakahala talent eh hurinamathaa j.vaanee ves

    1. Ana says:
      January 2, 2017 at 8:45 pm

      Agreed. Rangalhu vaahaka eh anonymous ???

    2. QueenBee says:
      January 2, 2017 at 11:29 pm

      Gaabilkan liyumunves fennaane. Crama ehge vaahaka thikiyanee emmen. C’mon mee vaahaka ekey!! Kiyaabala maithirivegen emmen

    3. Amy says:
      January 2, 2017 at 11:31 pm

      Haha ekkala meehunthah feshee dhoa anekkaa!! Kaleymennah kamunudhanyaa nukiyaa thibebala kudhinney. Aharemen kiyaafaanan. Mivaahaka hama habeys. Meehaku kiyaa ehchakah nubalaa vaahaka ninmaalaa Ifaau.

    4. Bodumeehaa says:
      January 3, 2017 at 1:13 am

      Well said. I totally agreedd???

    5. Kamana handi says:
      January 3, 2017 at 9:22 am

      Hevey drama ehgge copy akas… Vaahaka v reethi…. Thi hindhi drama thakaa series thah nubalaa meehun vx ulheyne… Eyge therein ekaku kamana mee.. So the story and its concept is totally new to me.. Ifaau ah hama all the best.. Story is awsum ???

  9. obvio_queen says:
    January 2, 2017 at 8:27 pm

    Mee hama Jennifer winget and kushal tondon ge beyhadh ge copy eh
    hama same shit
    Ekm Dhn thafaathu kuranyaa Okayh
    Ekm adhi evves thafaathh kameh nufeney
    So thankolheh avahah thafaathu kohlaathi eyrun salhi vaany
    Goodluck

    1. Pinky says:
      January 2, 2017 at 8:43 pm

      Beyhadh ge maana dhivehi kiyan yaamu kiyaani ves inthihaa ah. name ves translate kohlaafa ?

  10. shau says:
    January 2, 2017 at 9:36 pm

    MashaAllah.varah reethi vaahaka medhu kandaa nulaa kuriyah gendhaane kamah ummeedh kuran

  11. Maree says:
    January 2, 2017 at 10:20 pm

    V reethi ifaau kuriyahdhey thi maa hiyhamanujehey gotha comment kuriyas badhaluga rahdhu nudheythi eee reethikameves noon ifaau kuraa masahkka thaaigen kuriyah dhiun fennanee v dherakame dhen

  12. raanee says:
    January 2, 2017 at 10:37 pm

    Keep it up! ???

  13. Nish says:
    January 3, 2017 at 12:02 am

    Ebunaahen Sony in dhakka series dhw

  14. Jennifer says:
    January 3, 2017 at 1:16 am

    Hama copy eh.. bodu copy eh.. fukeh boduvaru.copycat?

  15. Alvin says:
    January 3, 2017 at 7:14 am

    Mi vaahakaige furathama part kiyaafaves buni dho copy e key ekamaku 2 bai ves hama kiyaahivi leh bodhukamun thi bee ifaau up nukogen bal balaa 2 bainves adhi yageen nuvey dhen neyngunennun copy ekkameh ehenveemaa adhi furathama 2 part in neyngunudho aslu copy ekkameh hahaha mivarundhanyaa ahannah heevanee copy ekkan yageevaanee vaahaka nimuneenahen ekamaku e bunaa drama ves beleemo ekamakuves yageen nuvi copy ekkama hahahahahaha

  16. I says:
    January 3, 2017 at 7:41 am

    Ifaau vaahaka liyefa in gothah upload kuraathi inge. Mi mihun kiyaa ehchakh nubala. Vaahaka varah reethi

  17. Anonymous says:
    January 3, 2017 at 7:59 am

    Vaahaka eh copy vegen mivaru mivanee pis pis thi faranjee ulhey ulhun copy koh e gotha aharamen dhivehin ulhemun dhaairu eee massala ah kahnuvey tho aharamenge mi raajjey ga thi kaafarun ulhey gotha ulhey kitha dhivehin ulhey tho mi haaru ves social media ge eki site thakuga aharamen dhivehin ulhey reethi ulhun eba feney hama emeehun kuraakantha tha dhivehin kuraairu eee copy kurevenee noon tho dhen bunaane konkametho copy kuree emeehun hedhun alhaa gotha hedhun lhaa kitha kudhin ulhey tho mi adhi kudha mi saaleh dhen higaa maldhivian idol balama eves furathama raajjey ga kuri kametho keeve tho copy kuranee ey kiyaafa vaahaka nudhakkanee hama enmenves e balanvegen vaguthu huskogen tv kurimatee heeheefa thibenee mihengoskithakantha mi miadhuge haalathakee ekamaku nukuraane gabooleh gaboolukuran dhathivias hajam kuranundhagoovias mee hageegaiy

    1. fathu says:
      January 3, 2017 at 10:46 am

      v v v bodu hageegatheh thiyai. ehn evaahaka dhahkkaa meehunge haalaky kobaiba.ehn meehunge vaahaka dhakka iru thimamenge haala medhu visnabala.thimage unikameh nethy tho.noony thy enme perfect kamun ehves unikameh neh myhakytha? efadha insaanak midhuniyeah fonuvvafai vaakameh adhi nudhenahuri.huh..

  18. ފގފގ says:
    January 3, 2017 at 10:39 am

    aharemennah engey liyuntheriya angain dhera nuvaan ves vahaka kuriah gendhaane kan… manama ves vaany ehen….. ekamu hindhi drama eh copy kuryma eythi balaigannan varah undhagu…. naseebeh kasauti zindagiki copy nukurikan ves….. liyuntherieh hingi varah dhashu dharajaige amaleh thee….. #ladh#

  19. Nauher says:
    January 3, 2017 at 10:43 am

    Is this a cpy of beyhadh??????
    by the way thy grl ehtha noony boy eh tha??

  20. Anonymous says:
    January 3, 2017 at 10:49 am

    Admin ves mikahala kankan balaalun ragalhu. Kurin hindi film anjaam copykohfa vaahakaeh oiy. Mihaaru hindi series beyhadh. Liyuntherin beynun konme echcheh liyeveyney bunyas copyright eh hunna echchehi copy kurumakee gaanoonee kusheh. Ekam engey mikan balaa fiyavalhu elheyne gotheh noanaanekan ves. Namaves admin brynun nama mikahala meehun mi situn beyrukurevidhaane. Mi ee ragalhu liyuntherin nah gonjahaaalan ulheybaeh. Liyuntheringe agu vattan ulhey baeh.Admin please check and do something

    1. handhi gaduvaru dhonkaman says:
      January 11, 2017 at 4:33 pm

      Hindhi lava thah ves ehaa varah cofy kurey e nuvey tha kushakah

    2. Abcd says:
      January 11, 2017 at 4:36 pm

      Ifaau kuriah dhey.. Ahanneh adhi nubalan thikiyaa drama eh.. Ehnve v beynun mi vaahaka kiyan…

  21. Insaaf says:
    January 3, 2017 at 10:54 am

    Miee 99.9% copy vaahaka akah vaathee mivaahaka remove kuran govaalan

    1. beygid says:
      January 3, 2017 at 2:35 pm

      maves insaaf ar akee
      copy cat you
      dont copy
      write a new one

    2. lol says:
      January 3, 2017 at 2:36 pm

      maves lol

    3. yuuun says:
      January 3, 2017 at 2:36 pm

      mee 2

  22. beyhadh says:
    January 3, 2017 at 11:56 am

    copy eh hama mieee and its a big problem
    anonymous and others who is supporting this copycat vaahaka must know this
    copy kurumuneh kuri erumeh nulibeyne if you really want ifaau to be a wonderful writer than she must stop stealing others storyand one more thing anonymous haada gamaarey the things whatever you gave example for copying doesnt make any sense this vaahka so just shutt up
    dhivehin ge mahsala akee mee copy kurun
    copy nukuraa lava eh neh film eh neh ekah cheh ves neh so dhivehi kuri araanee kihineh think about this
    BULL SHIT!!!!!!

    1. im with beyhadh says:
      January 3, 2017 at 2:40 pm

      mee aduge haalthu
      very true beyhadh
      i totally agree
      who agree this plx reply to beyhadh

    2. im with beyhadh says:
      January 3, 2017 at 3:41 pm

      yes yes yes
      soooo true
      fuuuuuccccckkk oooooffff
      copy catssss

  23. Aishaa says:
    January 3, 2017 at 8:13 pm

    Yes remove this story frm this site.this story doesnt make any sense.. totallyy bullshits.. when i commented on this story, and aftr reading commnets i,thought i was the only person who was against it! Copy kohgen story liyaa liyuntherinna ehkolhah hurumakoo varah dherakameh! and mi vaahaka a support kurumaky vx vrh dherakmeh..story write kurumaky meeha libey varah bodu talent eh! ekam eyge nurangalhu gothu beynun kurumaky kada kameh. Amilla talent thimaa ge gaabiliyathu kan dhahakaa vaahka liyun maa budhhiveri..! mi gaumu othy copy kurumuge maruhalaa ge ehvanaa ga now.. song akas drama akas hedhumakas lifestyle viyas dn vaahaka vx copy! Huh shits! Boduvaru dn mee.. ifaau ah bunelan othy mi vaahaka mi site in remove kuraashey.. copy kohggen liyaa vaahaka ah aharumennge suport eh dhevey kan nethey!

    1. Amy says:
      January 3, 2017 at 8:24 pm

      Nukeema nimuneenu. Hama gaimuves aharemen mithibee mi vaahaka ves kiyan

  24. Dhaitha says:
    January 3, 2017 at 11:37 pm

    Hajam ppl pls Hajam. Ifaau story ae gn hama kuriyah. Emmeneh thiya bunaa behaadh eh nubalaa. So plx guys stop this nonsense. ?

Comments are closed.

Next Episodeއިންތިހާޔަށް (3ވަނަ ބައި)←


All Right Reserved!