ވިލިމާލެ ބަނދަރަށް ދާ މަގު ހަދާފައިވަނީ ހިތްގައިމު ގޮތަކަށެވެ. ދޭތެރެއަކުން ތާޒާ ގޮތަކަށް ހެދިފައިވާ ގަސްތަކަށް ވައިރޯޅި ވެލައެވެ. ސާދަ ފަނަރައިގެ ބުރަހަމަ ހަނދާއެކު ކަޅު ސާލެއްފަދަ އުޑުމަތީގައި ވިދުންގަދަ ތަރިތަކެއްވެއެވެ. މި މަންޒަރު ބަލަން ތިިބި ހިތްތަކަށް އުފާވެރިކަން ލިއްބައިދިނުން ގައިމެވެ.ނަމަވެސް ބަނދަރުގައިވާ ހިލަތަށް މަތީީ އިށީންދެގެން އިން ކައިސަންގެ ހިތުގައި މިއިން އެއްވެސް ކަމަކުން ހިތްހަމަޖެހުން ލިއްބައި ނުދޭފަދައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ފޯނަށެެވެ. އޭނާ ދިޔައީ ފޯނުގައި މެސެޖެއް ލިޔަމުންެވެ. ހަލުވިކަމާއެކު ލިޔަމުން ދިޔައިރު ލޮލުގެ ކަނަކުން ދިޔައީ ތާޒާކަރުނަތަށް ބަބުޅަމުންނެވެ. “އައިމް ސޮރީ..ގުޑް ބާއި..ޑޯންޓް ޓްރައި ޓު ކޮންޓެކްޓް މީ އަގައިން..ޕްލީޒް” ކައިސަން ފޯނު ނިއްވާލިއެވެ. އޭނާ އަށް އެކޮޅުން ފޮނުވި މެސެޖް ފެނުމުން ހިތަށް ކެތްނުވީއެވެ. އޭނަގެ ފަން އިސްތަށިކޮޅަށް ދެއަތް މަހާލަމުން ތުންފަތުގައި ދަތްއަޅާލީ ލޮލަށް ޖަމާވަމުން ދިޔަކަރުނަތަށް ހިންދާލާށެވެ.
ލައިގެން ހުރި ކަޅުކުލައިގެ ގަމީސް ރީތިި ކޮއްލަމުން ހިލަމަތިން ތެދުވެ ކައިސަން މިސްރާބު ޖެހީ ‘ފެރީ ޓާރމިނަލް’ އާ ދިމާލަށެވެ.ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮއްލަމުން އޭނާގެ ކަޅުކަންގަދަ ދެލޯ މަރާ ފިއްތާލީ ހަމަޖެހުމުގެ އަސަރު މޫނުމަތިން ފާޅުކުރުމުގެ ބޭނުމުގައެވެ.
ހިނގާފައި ދިޔައިރު އެނާ އަށް ގިނައަންހެން ކުދިންތަކެއްގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ. ވާނީވެސް އެހެންތާއެވެ. ކަޅުކުލައިގެ ގަމީހަކާއި ވިލުނޫ ޖިންސެއްގަ ހުރިއިރު އޭނާ ފެންނަލެއް ނުލާހިކު ސްމާރޓްއެވެ. ކަޅުކަންގަދަ ފަން ފަށުވިކޮޅެއް ފަދަ އިސްތަށި ކޮޅަކާ ކަޅުކަންގަދަ ދެލޮލާ ކިތަންމެ ހާވެސް އެދޮން ހަށިގަނޑު ގުޅެއެވެ.
ލަސްފިޔަވަޅު ތަކެއްގައި ގޮސް ކައިސަން ފެރީއަށް އެރިއެވެ. ތަންކޮޅެއް ފަހަތު ސީޓެއް ގައި އޭނާ އިށީންއިރު އޭނާ އަށް މޫދުގައި އުފެދެމުން ދިޔަ ބާނީތަށް ފެނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.

Heevany reethi vaanihin
thnks aish..nd thnks 4 reading my story
salhi
thnkeww
Vaaehh nuvaaehh neyynge haadhahaa kurukohh mi vaahaka mi iineeeee BT vaahakaige feshunn kiyaaleema heevanee salhi vaane henñnn
thnkeww 4 reading…nd i will up dhigukoh insha allah.. 🙂
thnkeww 4 reading…nd i will up dhigukoh insha allah.. 🙂 and happy new year all
Finally a biruveri vaaha…i love it…varah biruverikollaathi…feshun v reethi…vaahaka medhu kandaa nulaa nimendhen genes dheyne kamah ummeedhu kuran…
inshaa allah dhigu koh biruveri koh adhi nimen dhen genesdheveytho balaanan
Haadha kurey..
i will make it longer.. 🙂
Feshun varah reeethi..waiting for the upcoming parts..dhuvahun dhuvahah upkohdheyne kamah ummeedh kuran. Best of luck ?
ޝުކުރިއްޔާ…..
Wow.birru veri stry.um very happy finally biruveri story eh mi site ga liyaathi.make the story very scary.konme dhuvahaku up kuranan tha.
Vv reethi vaahaka eh… Feshun ves vv thafaathu vefa reethi… But thankolheh kurry….. Ummmeedhu kuran thankolhen dhiguko gennaane kamah….. ????????
varah salhi habeys …mikahala vaahaka ithuru kohlumaky varah bodu edhumeh…meege dhn annan bayah inthizaaru kuran…meemi hama molhy ey…like your all the storys …hope next part will be nice…best of luck…
Reethi