Skip to content
އެސްފިޔަ

ހިތް އެކީ ދެވިއްޖޭ… 54

ފަތުހީ ދުރަށްދިޔައީ ކިއާރާމެން ކެއުން ކުރިއަށް ގެންދިޔުމަށް ފުރުސަތު ދެމުންނެވެ. ކިއާރާ ހިނިތުންވެލައިގެން އިނެއްކަމަކު އިނީ ހިތްއަވަސްވެފައެވެ. އިރު އިރުކޮޅާ އަޔާން އާއި ދިމާ ބަލައިލެވެއެއެވެ. ހަޤީޤަތަށްވެސް އޭނާ ދެން އުޅެން ޖެހޭނީ އަޔާންއާއި އެކު ހެއްޔެވެ؟ އެހާ ފަސޭހައިން އެކަން ވީހެއްޔެވެ؟ އޭނާގެ ދިރިއުޅުމަށް ހަމަ އަޔާން އައީބާއެވެ؟

ކިއާރާ ބަލަން އިނުމުން އަޔާން އެއް ލޯ މަރާލަމުން ލޯބީގެ ދެތިން ބަސް ކިއާރާއަށް އިވޭވަރަށް ބުނެލީ އޭނާ ލަދުގަންނާނެކަން އިނގޭތީއެވެ. ކަންވީވެސް އެހެންނެވެ. ކިއާރާ ލަދުން ރަތްވިއެވެ.  ވަގުތުން އަޔާން އަށް މޫނު ނުދައްކަން އިސްޖެހިއެވެ.

ޕާޓީގެ ކަންތަށް ނިމިގެން ދިޔައީ ވަރަށް ފުރިހަމަކޮށެވެ. ޕާޓީއަށް އައި ކޮންމެ މީހަކު އަނބުރާ ދިޔައީ ކުޑަ ގިފްޓަކާއި އެކުގައެވެ. “މިރޭ ފޯނުތަށް ނިއްވާލައިގެން އޮންނާތި..” މައިޝާ ކިއާރާ ގެ ކަންފަތް ބުޑުގައި އެހެން ބުނުމުން އޭނާ ހިނިގަނޑަކާއި އެކު މައިޝާގެ ގައިގާ ޖެހިއެވެ. ޒާއިންވެސް ކިއާރާ ކައިރި އޭނާ ލަދުގަންނަ ކަހަލަ އެއްޗެއް ބުނެފައި އަވަހަށް ސަލާމަތްވެގެން ދިޔައީ ކިއާރާ ޖަހާފާނެތީއެވެ. އެއިން ކޮންމެ ފަހަރަކު އަޔާން ހޭންފަށާތީ ކިއާރާ އިތުރަށް ލަދުގަނެއެވެ.

ސަމާހް އާއި ދީމާވެސް އައެވެ. ކިއާރާ ސަމާހް ގެ އަތުގައި ހިފަހައްޓާލަމުން އޭޭނާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. “ތެންކިޔު ސޭމް.. އައި ރިއަލީ އޯވް ޔޫ… އަބަދުވެސް އުފަލުގައި އުޅެއްޗޭ…” ކިއާރާ ބުނެލީ ސަމާހްގެ އަތަށް ފިތާލަމުންނެވެ. ސަމާހް ހިނިތުންވުމެއް ދިނެވެ.. “ކިއާ އުފަލުގައި ހުރި ހިނދަކު ދުވަހަކުވެސް ދެރައެއްނުވާނެ… ދެން ނޭނގެ ދިމާވާނެ އިރެއް… 4 ގައި ފުރަން އިނގޭ…” ސަމާހް ބުންޏެވެ. “ފުރުމުގެ ކުރިން ދިމާވާނެ އިން ޝާ ﷲ..” ކިއާރާ އެހެން ބުނެފައި ސަމާހްގެ ގައިގާ ބައްދާލިއެވެ. އެއަށްފަހު ދީމާގެ ގައިގާވެސް ބައްދާލިއެވެ. ފަތުހީ ފެނުމާއި އެކު ކިއާރާ އަށް ރޮވެން އުޅެވުނެވެ. ފަތުހީ ނެތްނަމަ އޭނާ ދިރިއުޅުން އޮންނާނެ ގޮތެއްވެސް ނޭނގެއެވެ. ހުރިހާ ޝުކުރެއްވެސް ފަތުހީއަށެވެ.

. “ޑޭޑް… ތެންކިޔު.. ވަރަށް ބޮޑަށް ތެންކިޔު.. އަޅުގަނޑު ލައިފް މިހާ ޕާރފެކްޓްވީ ޑޭޑްގެ ސަބަބުން… މިއަދު އިނގިއްޖެ ބައްޕައަކާއި ދަރިއެއްގެ ގުޅުމަކަށް ލޭގެ ގުޅުން އޮންނާކަށް މުހިންމު ނުންކަން.. ތެންކިޔު ޑޭޑް.. އަސްލުވެސް ވަރަށް ލޯބިވޭ….” ކިއާރާ ބުނެލީ ފަތުހީގެ އަތުގައި ހިފަހައްޓާލަމުންނެވެ. ފަތުހީ ކިއާރާގެ ބޮލުގައި ފިރުމާލީ އުފަލުންނެވެ.. “ދަރިފުޅު އުފަލުގައި އަބަދުވެސް އެކީ އުޅޭތި.. ބައްޕަ މިއަދު ހަމްދުކުރަން ބައްޕަގެ ދުޢާ އިޖާބަކުރައްވާ ދަރިފުޅުގެ ދިރިއުޅުން އާރާސްތުވީމަ…. ބައްޕަ ކައިރިއަށް އަންނައްޗޭ..” ފަތުހީ ބުންޏެވެ.. އަދި އަޔާން އާއި ދިމާލަށް ބަލާލާފައި އަނެއްކަވެސް ކިއާރާ އުފަލުގައި ބަހައްޓަން އެދުނެވެ. އަޔާން އޭނާ އުފަލުގައި ބަހައްޓާނެކަން ފަތުހީއަށް އިނގެއެވެ. ނަމަވެސް އޭނާ ހިތަށް ތަސައްލީއެއް ބޭނުންވެއެވެ. ކިއާރާއަށް ދެރައެއް ލިބޭކަށް ނޭދެއެވެ.

“މަމް…. އައި ލަވް ޔޫ…” ކިއާރާ މަލިކާގެ ގައިގާ ބައްދާލަމުން ބުންޏެވެ. “އެއް ފަސްގަނޑެއްގައޭ މިއުޅެނީ.. ކިއާ ބޭނުން އިރަކު ހަމަ އަންނަންވީ.. ދޯ ފަތުހީ؟ ތިހާ ދެރަވާކަށް ނުވެޔޭ… މިސް ވީމަ އެންމެ ފަހަރަކު ގުޅާލާ، ނޫނީ ގެއަށް އާދޭ އިނގޭ… އަބަދުވެސް ކިއާ އޭ ވާނީ އެ ގޭގެ ޕްރިންސަސް އަށް، ބައްޕަގެ ރަންދަރިފުޅަށް…… ބީ ހެޕީ.” މަލިކާ އެހެން ބުނެފައި ފަތުހީއާއި އެކު ހިނގައިގަތެވެ. ކިއާރާ އެމީހުންދާތަނަށް ބަލަހައްޓައިގެން ހުރީ ފެންކަޅިވެފައެވެ. އޭނާ އަޔާންގެ އަތުގައި ބައްދާލައިގެން އިރުކޮޅަކު ހުރީ އެމީހުން ދާ ކާރު ހަމަޖެހެންދެންނެވެ.

“އަޔާން…! ކާރު ރެޑީގައި އެހެރީ…. މަންމަ މެން އެންމެން މިހާރު ގޮއްސި..” އިޝާން އެހެން ބުނެފައި ކާރު ގެނެސްދިނެވެ. އެއަށްފަހު އޭނާ ސައިކަލަށް އަރައިގެން ހިނގައްޖެއެވެ. އަޔާން ކިއާރާގެ އަތުގައި ހިފަހައްޓާލައިގެން ކާރާއި ހަމާއަށް އައެވެ. އެއަށްފަހު ކާރުގެ ދޮރު ހުޅުވައިދީ ކިއާރާ ވަނުމަށް އެހީވެދިނެވެ.

“އަޔާން… އައި ލަވް ޔޫ ސޯ މަޗް…” ކިއާރާ ކާރު ސްޓާރޓްކޮށްލަން އުޅުނު އަޔާން އަށް ބަލާލަމުން ބުންޏެވެ. އަޔާން ކިއާރާ އާއި ދިމާލަށް ބަލައިލާފައި ހިނިތުންވިއެވެ. އަޔާން ކާރު ސްޓާރޓްކޮށްލުމަށްފަހު އޭނާވެސް ލޯބިވާކަމަށް ބުންޏެވެ.

ގެއަށް ދެވުމާއި އެކު އެންމެން ކިއާރާއަށް މަރުހަބާ ކިއެވެ. “މީ މިހާރު ކިއާގެ ވެސް ގެ… އެއްވެސް ކަމެއް ކުރާކަށް ފަސްނުޖެހޭތި.. އިނގޭ؟ މިގެއަށް ކިއާރާ ތިއައީ އަޔާންގެ އަންހެނުންގެ ގޮތަކަށް ނޫން.. މަންމައާއި ބައްޕަގެ އިތުރު އަންހެން ދަރިފުޅެއްގެ ގޮތުގައި…” ހަމްނާ ބުންޏެވެ. ކިއާރާ އެންމެންނަށް ޝުުކުރުއަދާކުރިއެވެ. “ދޭ އަވަހަށް ދެކުދިން…. އެންމެންވެސް ނިދަންދޭ ދެން…” ހަމްނާ އެހެން ބުނެފައި ހިނގައިގަތެވެ. “ކިއާ.. ކިއާގެ ފޮށިތަށް ހުންނާނެ ގެނެސްދީފައި…” އިޝާން އެހެން ބުނެފައި ހިނގައިގަތެވެ. އަޔާން ކިއާރާގެ އަތުގައި ހިފަހައްޓާލައިގެން މައްޗަށް އެރެން ހުރި ސިޑިން އަރަން ފެށިއެވެ. ކިއާރާ ހެދުން ހިއްލާލައިގެން ހިނގަމުން ދިޔައިރު އަޅާކޮންމެ ފިޔަވަޅަކާއި އެކު ނޭވާވެސް އަދި ހިތުގެ ތެޅުންވެސް އިތުރުވާހެން އޭނާއަށް ހީވެއެވެ.

އަޔާން ގެ ކޮޓަރިއާއި ހަމާއަށް އަރާފައި އަޔާން ކިއާރާއަށް ބަލާލިއެވެ. އަދި ދޮރު ހުޅުވިއެވެ. ކިއާރާ އެތެރެއަށް ވަތްއިރު. އެ ކޮޓަރި ވަށައިގެން ހުރީ ރަތްކުލައިގެ ކުޑަ އުއްބައްތި ތަކެކެވެ. މާ ބޮޑަކަށް ޒީނަތްތެރިކުރެވިފައި ނެތެއްކަމަކު އެ އުއްބަތިތަކުން މުޅި ކޮޓަރިތެރެ ވަނީ ރީތިގޮތަކަށް އަލިވެފައެވެ. ވަރަށް ރޮމެންޓިކް މާހައުލެއްވަނީ އުފެދިފަައެވެ.

އަޔާން ދޮރު ލައްޕާލާފައި ކިއާރާއާއި ދިމާލަށް އެނބުރިލުމަށްފަހު ބައްދާލިއެވެ. ކިއާރާ ވެސް އަޔާންގެ ގައިގާ ބައްދާލައިގެން ހުއްޓެވެ. މިިވަގުތުކޮޅަށްޓަކައި ދެމީހުން އިންތިޒާރު ކުރިވަރުވެސް އެދެމީހުންނަށް ނޭނގެއެވެ. އަޔާން އެހެން ހުރެފައި ކިއާރާ އަށް ކުދި ކުދި ގޯނާތަށްކުރަމުން ކިއާރާ ލަދުގަންނަ ކަހަލަ ވާހަކަ ދައްކަންފެށިއެވެ. ކިއާރާ ލަދުން އަޔާންގެ މޭތެރޭ އިތުރަށް ބޮނޑިވެލަނީ ދެނޭ ކިޔާފައެވެ. ކިއާރާ އެންމެ ފަހުން އަޔާން އާއި ދުރަށްޖެހުނެވެ. އަޔާން ޔަޤީނުންވެސް މިއަދު ހައިރާންކޮށްލާކަހަލަ ކަމެއް ކިއާރާ ކުރަން ބޭނުންވިއެވެ. ޕާޓީ ތެރޭ އިނދެގެވެސް ވަރަކަށް ތަޅުވައިފިއެވެ. އަދި ލަދުވެސް ގަންނުވައިފިއެވެ. އޭނާ އަކީ ކެރޭ ކުއްޖެއްކަން އަޔާން އަށް ދައްކަން އޭނާ ބޭނުންވިއެވެ.

“އަޔާން މާ ދިގު ވީމަ ސަކަރާތީ….” ކިއާރާ އެ ހުރިގޮތަށް ހުރެފައި ބުނެލިއެވެ. “ސަކާރާތީ ކީއްވެ؟ ކުރުނަމަ ކަމެއް ކުރަންތަ އުޅުނީހީ؟” އަޔާން އެހެން ބުނެފައި ހޭންފެށިއެވެ.. ކިއާރާ އަޔާންއާއި ދުރަށް ޖެހުނެވެ. ކޮރާލިޔަސް އޭނާ އަޔާން ގެ މޫނާއި މޫނު ސީދާ ނުވާނެއެވެ. “އުރާލަންވީ…” ކިއާރާ ބުނެލީ ޅަވެލާފައެވެ. “އެ ކީއްކުރަން؟” އަޔާން އެހިއެވެ. އޭނާއަށް ކިއާރާ ކުރަންބޭނުންވާ ކަމެއް ނޭނގުނެވެ. ކިއާރާ ސަބަބު ނުބުނެ “ޕްލީސް” ކިޔަންފެށިއެވެ. އަޔާން ކިއާރާގެ އުނަގަނޑުގައި ހިފާލަމުން އުރިއެވެ.. އޭނާ އަޔާންގެ އުނަގަނޑުގައި ދެފައި އަޅުވާލުމުން އަޔާން އޭނާ ނުވެއްޓޭނެހެން ހިފެހެއްޓިއެވެ. އެއީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. ކިއާރާ އުރާލުމެކޭ އަނާން އުރާލުމެކޭ ވާނީ އެއްވަރޭ ހިތާހިތުން އަޔާން ކިއެވެ.. ބޮޑު ވެޑިން ޑްރެސް ގައި ހުއްޓަސް ކިއާރާއަށް ފަރުވާލެއްނެތެވެ. މިހާރު އޭނާ ހުރީ އަޔާންއަށް ވުރެ ދިގުކޮށެވެ. ކިއާރާ އިސްތަށިތަށް އެއްފަރާތްކުރުމަށްފަހު އަޔާންގެ މޫނުމަތީ ހިފެހައްޓިއެވެ. އެއަށްފަހު އަޔާންގެ ތުންފަތުގައި ބޮސްދޭންފެށިއެވެ.

އަޔާން ހައިރާންވީ މީ ކިއާރާ އިސްނަގައިގެން ދުވަހަކުވެސް ކުރިކަމަކަށް ނުވާތީއެވެ. އަދި މިކަހަލަ ކަމެއް ކުރަން އުޅޭހެން އޭނާއަށް ނުވެސް އިނގޭތީއެވެ. އެ ވަގުތުކޮޅު މެދުކަނޑާލީ އަޔާންއެވެ. ކިއާރާ ލޯ ހަނިކޮށްލަމުން އަޔާން އަށް ބަލާލިއެވެ. އެއަށްފަހު އަޔާންގެ ނިތުގައި ބޮސްދީފައި އޭނާގެ ނިތް އަޔާންގެ ނިތުގައި ޖެއްސިއެވެ.. “ހަހަ ބަދަލު ހިފީދޯ ތިގެން..؟” އަޔާން އަހާލީ އެނދާއި ދިމާލަށް ދަމުންނެވެ.  އޭނާ އެނދުގައި ކިއާރާ އާއި އެކު އިށީނދެލުމުން ކިއާރާ އަށް އިނދެވުނީ އަޔާންގެ އުނގުގައެވެ. ކިއާރާ ހީލާފައި އަޔާންގެ ތަނަވަސްކޮނޑުމަތީ ބޯ އެޅިއެވެ.

“ވަރަށް ވަރަށް ވަރަށް ލޯބިވޭ…” ކިއާރާ ބުންޏެވެ. “ބޭބީ ޑޯލް ތި ހަމަ ހިފާ ބަދަލެއް، މިއަދު ލަދުގެންނުވީމަ އެހެންނު؟ އެހެންނޫނީ ތިހާ ކެރިގެން އުޅޭކަށެއް ނުކެރޭނެ…” އަޔާން ބުންޏެވެ. “އޯކޭ އޭ ދެން ތިގޮތަށް ވިސްނާ…” ކިއާރާ އަޔާން ގެ އުނގުމަތިން ތެދުވަމުން ބުންޏެވެ. އަޔާން ކިއާރާ ތެދުވިޔަ ނުދީ ހިފަހައްޓާފައި ކިއާރާގެ ގައިގާ ބައްދާލިއެވެ. ކިއާރާ ދުރަށް ޖެހިލުމަށްފަހު އަނެއްކާވެސް އަޔާންގެ ތުންފަތުގައި ބޮސްދިނެވެ. އަޔާންއަށް މި ލިބެނީ ހުސް ސަޕްރައިޒްއެވެ. ކިއާރާގެ ބަދަލުވެފައިވާ މިޒާޖުގެ ސަބަބުން އަޔާންއަށް ވެސް ކެތްނުކުރެވުނެވެ. ކިއާރާގެ އިސްތަށިގަނޑުގައި ހިފަހައްޓާލަމުން އަޔާން ކިއާރާ އިތުރަށް ގާތްކޮށްލިއެވެ. އަޔާންގެ ނޭވާ އަވަސްވިކަން ކިއާރާއަށް އިހްސާސްވިއެވެ. ކިއާރާ ދުރަށް ޖެހުނީ އެވަގުތުއެވެ. އަޔާންއަށް ހަމަ އުނދަގުލެއް ކޮށްލަން ބޭނުންވީއެވެ. އަޔާން ދެންވެސް ކިއާރާ ގެނެސް ލޯބިކޮށްލިއެވެ.

އެއަށްފަހު މަޑުމަޑުން ކިއާރާ އެނދުމަތީ ބޭއްވިއެވެ.  ކިއާރާ އެކޭ އެއްފަދައިން އަޔާންގެ ނޭވާ އަވަސްވެ ހިތް ތެޅޭލެއް އަވަސްވިއެވެ. ދެމީހުންގެ ހަށިގަނޑާއި އެއްޗެހި ވަކިވިކަންވެސް ދެމީހުންނަށް ނޭނގުނެވެ. އެކަކު އަނެކަކުގެ ޖާދޫގައި އެދެމީހުންނަށް ރަނގަޅަށްވެސް ތިބެވުނީ ޖެހިފައެވެ. ކިއާރާ އިރު އިރުކޮޅާ އަޔާން ދެކެ ލޯބިވާ ވާހަކަ ބުނަމުން ދިޔައިރު އަޔާންގެ ދުލުން ނިކުތީ ކިއާރާގެ ނަން އެކަންޏެވެ. ދެމީހުންގެ ހަށިގަނޑުތެރޭގައި އުފެދުނު ދިލަ އާވީގެ ސަބަބުން އެކަކަށްވެސް އިތުރަށް ދުރަކު ނުހުރެވުނެވެ. ދެހަށިގަނޑު އެއްވެސް ހުރަހަކާއި ނުލާ ގުޅި ލާމެހިގެން ދިޔައެވެ.

..

އަޔާން އެނދުގައި އޮތް ބެޑްޝީޓުން އެދެމީހުންގެ ހަށިގަނޑު ނިވައިކުރިއެވެ. އަދި ކިއާރާގެ ބޯ ދޮށަށް އޭނާގެ އަތްލަމުން އިތުރަށް ކިއާރާ ކައިރިކޮށްލިއެވެ. އަޔާންގެ ތުންފަތް މަތީ ވާ ހިނިތުންވުން ފެނި ކިއާރާއަށް ހިނިތުންވެވުނެވެ. އަޔާން ކިއާރާގެ ނިތުގައި ބޮސްދިނެވެ. “އައި ލަވް ޔޫ…” އަޔާން ބުނެލީ އަވަސްވެފައިވާ އޭނާގެ ނޭވާއާއި އެކުގައެވެ. ކިއާރާ ދިޔައީ ފުންނޭވައިތަކެއް ލަމުން ކަމަކު އޭނާ ހިނިތުންވެލާފައި އަޔާން އަށް ޖަވާބު ދިނީ އޭނާވެސް ލޯބިވާކަމަށް ބުނަމުންނެވެ. “ތެންކިޔު..” އަޔާން ބުނެލީ ކިއާރާ ގެ ދެލޮލަށް ބަލަން އޮވެފައެވެ. “އެ ކީއްވެ.؟” ކިއާރާ އެހުމުން އަޔާން އޭނާގެ އަތުތެރެއަށްލިއެވެ.

އޭގެ އަނެއްދުވަސް ވެގެން ދިޔައީ ކިއާރާ އާއި އަޔާން ހަނީމޫންއަކަށް ރިސޯޓަކަށް ދަތުރު ދިޔުމަށް ހަމަޖެހިގެން ދިޔަ ދުވަހަކަށެވެ. އެއީ އެމީހުންނަށް ނުވެސް އިނގި އަނީލްމެން ކުރި ކަމެކެވެ. ކިއާރާ ހުރީ އުފަލުން ފޮޅިފައެވެ. އެހެނީ އެނާ އަދި ދުވަހަކުވެސް ރާއްޖޭގެ ރިސޯޓަކަށް ނުދެއެވެ. ދެވެން ލިބުނު ފަހަރުވެސް ވެގެން ދިޔައީ ލޯބިވާ އަޔާން އާއި އެކު ދާންޖެހުނު ފަހަރަަކަށްކަމުން އޭނާ ވެފައިވާ އުފާ ބަޔާން ކުރަންވެސް އުނދަގުލެވެ.

…..

2 ހަފްތާ ދުވަހަށް ފަހު ކިއާރާމެން މާލެ އަނބުރާއައެވެ.. އެ 2 ހަފްތާއަކީ ކިއާރާވެސް އަދި އަޔާންގެވެސް ހިތުން ފިލައިގެން ނުދާނެ ދެ ހަފްތާއެވެ. އަނެއްކާވެސް އެމީހަކު އެމީހެއްގެ ޒިންމާތަށް ފުރިހަމަކުރުމުގައި އުޅުނެވެ. ދިޔަތާ މާގިނަ ދުވަހެއް ނުވެ މައިޝާ ބަނޑުބޮޑުކަމުގެ ހަބަރު ލިބުނެވެ. އަދި އޭނާގެ ބަނޑަށް 1 މަހާއި ބައި ވެއްޖެ ކަމަށް ޑޮކްޓަރ ބުންޏެވެ.. ކިއާރާ ދުވަހަކުވެސް ނުވާހާ ވަރަށް އުފާވިއެވެ. އަދި ޒާއިން މެންނަށް މަރުހަބާ ކިޔުމުގެ ގޮތުން އެކި ހަދިޔާތަށް ބައްދަލުކޮށްފައި ދިނެވެ. އެމީހުން ދެން އޮތީ ކިއާރާ ކަމަށް ބުނެ ޖެއްސުން ކުރަމުންދިޔައިރު ކިއާރާ ހުރީ އެކަހަލަ ކަމެއް ތަޖުރިބާ ކުރަން ހަޤީޤަތުގައިވެސް ބޭނުންވެފައެވެ.

……

4 މަސް ފަސް…

އެހެން ދުވަސް ދުވަހާ ހިލާފަށް ކިއާރާ މިއަދު ވަރުބަލިކަން އިހްސާސްވާން ފެށިއެވެ. އަބަދުވެސް ހުންނަނީ ބޮލަށް އެނބުރުން އަރާފައެވެ. އެހެންކަމުން އޭނާ މިއަދު އޮފީހަށްވެސް ނުދެއެވެ. އަޔާން އޮފީހަށް ދިޔުމުން ކިއާރާ ހަމްނާ ކައިރި ބުނެފައި އަރާމްކުރަން އޮތެވެ. އޭނާއަށް ހީވާ ހީވުން ތެދުތޯ ޔަޤީންކުރަން ބޭނުންވިއެވެ. އެހެނީ މިހާރު “އެ ދުވަސް” ވެސް ނާންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިއީ ބަނޑުބޮޑު ކަމުގެ ނިޝާންތަށްކަން ކިއާރާއަށް ހީވާންފެށީ މިއަދުއެވެ. އެނދުމަތީ އޮށޯވެލައިގެން އޮތް އިރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެކަމެވެ. އޭނާ އެނދުން ތެދުވީ ނަމާދުކުރަން އެކަންޏެވެ. ހަމްނާގެ އެދުމަށް ކޯމަލް ކާންވެސް ގެނައީ ކިއާރާގެ ކޮޓަރިއަށެވެ.

އަޔާން އާއިރު ކިއާރާއަށް އޮތީ ނިދިފައެވެ. އެހެންކަމުން ގޮވަން ނުހަދާ އޭނާ ގޮސް ކައިގެން އައިސް ކިއާރާ ކައިރި އޮށޯތެވެ. ކިއާރާ ނިދާފައި އޮތްލެއް މާސޫމްކަމުން އެ ހިތުގައިވާ ލޯބި އިތުރުވެގެން ދާފަދައެވެ. އަޔާން ކިއާރާއަށް މަޑު މަޑުން ގޮވަންފެށިއެވެ.. ބަލީ ކިހިނެއްތޯ އަހަން ބޭނުންވީއެވެ. ދެތިން ފަހަރު ގޮވާލުމާއި އެކު ކިއާރާ ދެލޯ ހުޅުވިއެވެ. އަދި އެއްފަޅީގައި އޮތް އަޔާންއަށް ބަލައިލިއެވެ. “ހޭ…. ތި އައީތަ؟” ކިއާރާ އަޔާންގެ މޫނުމަތީ އަތްލަމުން ބުނެލީ ހިނިތުންވެލާފައެވެ. އެއަޑުގައިވެސް ވަނީ ވަރުބަލިކަމެވެ. އަޔާން ކިއާރާގެ ނިތްކުރިމަތީ އަތް އަޅާލީ ހުން ހުރިތޯ ބަލަންވެގެންނެވެ. ހުމެއްނެތެވެ. “ކިއާ.. ބަލީތަ؟ ކިހިނެއްވަނީ؟ ހުމެއްވެސް ނެތް…” އަޔާން ބުނެލީ ކަންބޮޑުވެފައެވެ. ކިއާރާ އަޔާންގެ އަތުގައި ހިފަހައްޓާފައި  ދެކޮޅަށް ބޯ ހަރަކާތްކުރިއެވެ. ޔަޤީންނުވާހާ ހިނދަކު އަޔާން ކައިރި އެވާހަކަ ބުނަން ބޭނުންނުވީއެވެ. އެހެނީ ނުބައި އެލާޓް އަކަށް ވެއްޖެނަމަ އަޔާން ޔަޤީނުންވެސް ދެރަވާނެއެވެ.

“ކައިފިންތަ؟” ކިއާރާ އެހުމުން އަޔާން އާއެކޭ ބުންޏެވެ.. “އަންނާނަން ފްރެޝް ވެލައިގެން އިނގޭ..” ކިއާރާ އެހެން ބުނެފައި ތެދުވިއެވެ.. އެނދުން ތެދުވުމާއި އެކު އޭނާގެ ބޮލަށް އެނބުރުން އަރަންފެށިއެވެ. މުނުމައްޗަށް އަނދިރިވެ އޭނާ އަރި އަޅާލަން ހެދުމުން ކިއާރާ އެނދުމަތީ އިށީީނީ ކުއްލިއަކަށެވެ. އަޔާން އަށް އެ މަންޒަރު ފެނި ކިއާރާ ކައިރިއަށް އަވަހަށް ދިޔައެވެ. “ކިއާ… ކިހިނެއްވީ؟” ކިއާރާ ނިތްކުރިމަތީ އަތްއަޅައިގެން  ލޯ މަރައިގެން އިތް ގޮތުން އަޔާން ކަންބޮޑުވިއެވެ. ކިއާރާ އަޔާންއަށް ޖަވާބު ނުދެނިސް އެނދުމައްޗަށް ދެމުނެވެ.

އަޔާން ދެލޯ ބޮޑުވިއެވެ. އަދި ކިއާރާއަށް ގޮވަންފެށިއެވެ. “ކިއާ..؟ ބޭބީ ޑޯލް…” އަޔާން ކިއާރާގެ ކޮލުގައި ޖަހާލިއެވެ. އެއަށްފަހު ފާހަނައިން ފެންކޮޅެއް ހިފައިގެން އައިސް ކިއާރާގެ މޫނުމައްޗަށް ބުރުވިއެވެ. ދެތިން ފަހަރު ތަކުރާރުކޮށްލުމުން ކިއާރާ ލޯ ތަޅުވާލަމުން ހުޅުވިއެވެ. އަދި ނިތްކުރިމަތީ އަތް އަޅައިގެން ހުރެ ތެދުވެއެނދުމަތީ އިށީނެވެ. އަޔާން ކިއާރާގެ ކޮނޑުގައި ހިފަހައްޓާލަމުން ސުވާލުތަށް އޮއްސިއެވެ.

“ކިއާ….. ކިހިނެއްވީތަ؟ ނުކަންތަ މިއަދަކު؟ ކީއްވެ އެނބުރުން އެރީ؟” އަޔާން ގެ އަޑުންވެސް އޭނާ ބިރުގަނެފައިވާކަން އިނގެއެވެ. “އަޔާން… އައި ތިންކް….. އައި މީން… މަހަކަށްވުރެ ގިނަވެއްޖެ، އަނެއްކާ މިއަދު އެނބުރުން އަރަނީ… އައި ތިންކް އަމް ޕްރެގް….” ކިއާރާ ބުނެލީ އަޔާންގެ ކޮނޑުމަތީ ބޯއަޅާލަމުންނެވެ. “ވަޓް؟؟؟؟؟؟” އަޔާން ދެލޯ ބޮޑުކޮށްލާފައި ކިއާރާ ދުރަށްލީ ކުއްލިއަކަށެވެ. ކިއާރާގެ އިސްތަށިގަނޑު އެ ކުއްލިއާއި އެކު ވިހުރުނު ގޮތަށް އޭނާގެ މޫނަށް ވެރުނެވެ. އަޔާން އެ އިސްތަށިތަށް ދުރަށްލަމުން ކިއާރާ އާއި ސުވާލު ކުރިއެވެ. “ކިޓް އެއް ގަންނަންވީނު ޔަޤީންކުރަން…..” ކިއާރާ ބުންޏެވެ.. އަޔާންގެ ހިތް ވަނީ އަވަސްވެފައެވެ. ހަމަ އެވަގުތު ކިއާރާ ކައިރި އަރާމްކުރުމަށް ބުނުމަށްފަހު އޭނާ ދިޔައީ ކިޓް އެއް ގަންނަންށެވެ.

……

އަޔާން އައިގޮތަށް އައިސް ކިއާރާ އަށް ކިޓް ދިނެވެ. ކިއާރާ ފުންނޭވައެއް ދޫކޮށްލުމަށްފަހު ފާހަނައަށް ވަނެވެ.

އަޔާން ކިއާރާ ނިކުންނަން ދެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު ހިތުގައި އުފެދެމުން ދިޔަ އިހްސާސްތަށް ބަޔާންކުރަން އުނދަގުލެވެ. އޭނާގެ ނޭވައިވެސް އަދި ހިތްވެސް ވަނީ އަވަސް ވެފައެވެ. ކިއާރާ ފާހަނައިގެ ދޮރު ހުޅުވި އަޑަށް އަޔާން އެދިމާ ބަލައިލިއެވެ. ކިއާރާ އިސްޖަހާލައިގެން އައި ގޮތުން އޭނާއަށް ޖަވާބު ލިބުނެވެ. ކިއާރާ އައިސް އަޔާންގެ ގައިގާ ބައްދާލިއިރު ހުރީ ފެންކަޅިވެފައެވެ. އަޔާން ލޯ މަރާލަމުން އިތުރަށް އެ އަތުތެރޭ ކިއާރާ ހައްޔަރުކުރިއެވެ.

“ބައްޕީ.. ދެން ދުވަސްކޮޅަކުން މިހެން ހަގް އެއް ނުކުރެވޭނެ އިނގޭ….” ކިއާރާ ބުނީ ތުންފަތުގައި ދަތް އަޅާލަމުންނެވެ. އަޔާންއަށް އެ ބުނި އެއްޗެއް ނޭނގިގެން ކިއާރާ ދުރަށްލާފައި ކީކޭތޯ އެހިއެވެ. “އަޔާން…. އަމް ޕްރެގް…” ކިއާރާ އަތުގައި އޮތް ކިޓް ދައްކާލަމުން ބުންޏެވެ.؛ އަޔާން ދެލޯ ބޮޑުކޮށްލާފައި ކިޓްއަށް ބަލައިލީ އަދިވެސް ޔަޤީންކޮށްލާށެވެ. އާއެކެވެ. ކިއާރާ އެއިނީ ބަލިވެއެވެ. އަޔާންގެ ދަރިއަކަށް ބަލިވެއެވެ. އަޔާން ކިއާރާގެ ގައިގާ ބައްދާލާފައި އެނބުރެންފެށިއެވެ،. އޭނާ ގެ އުފާ ބަޔާންވެސް ނުކުރެވެއެވެ.

ކިއާރާ ހޭންފެށިއެވެ. އަޔާން ގޮސް ކިއާރާ އެނދުމަތީ ބޭންދިއެވެ.. “ތެންކިޔު ތެންކިޔު ތެންކިޔު ތެންކިޔު..” އަޔާން ބުނެލީ ކިއާރާގެ މޫނުމަތީ ބޮސްދެމުންނެވެ. “އަޔާން….. އައި ލަވް ޔޫ…” ކިއާރާ އަޔާންގެ ގައިގާ ބައްދާލިއެވެ. “އެންމެ އެންމެ އެންމެ އުފާވެރިދުވަސް މިއަދަކީ މިހާތަނަށް ލިބުނު.. ތެންކިޔު ބޭބީ ޑޯލް…” އަޔާން ބުންޏެވެ.

“މިއަދަށްފަހު އެއްވެސް ކަމެއް ކޮށްގެން ނުވާނެ… ހުރިހާ ކަމަކުން ޗުއްޓީ… ހަމައެކަނި އަރާމް…” އަޔާން އަމުރުވެރި ރާގަކަށް އެހެން ބުންޏެވެ.. “އޯކޭ ބައްޕީ..” ކިއާރާ ބުނިގޮތުން އަޔާން ކިއާރާގެ ނޭފަތުގައި ހިފާލާފައި ދަމާލިއެވެ. “ހިނގާ އެންމެން ކައިރި ބުނަން… މިހާރު ބުނަން… ކިހާ އުފާވާނެ އެންމެން؟” އަޔާން ބުންޏެވެ. “އަޔާން ބުނޭ… ވަރަށް ލަދުގަނޭ…” ކިއާރާ ބުނެލީ ލަދުންނެވެ. “އައްދެ.. ކިއާ އޭ ބޮޑު ބަނޑެއް ހިފައިގެން އުޅޭނީ…” އަޔާން އެހެން ބުނެފައި ކިއާރާ އެނދުން ނެގިއެވެ. އަދި އޭނާގެ އަތުގައި ހިފަހައްޓާލައިގެން ހިނގައިގަތެވެ. ސިޑިންވެސް ކިއާރާ ފައިބަން ޖެހުނީ ލަސްލަހުންނެވެ. ފިޔަވަޅު ހަލުވިކޮށްލާއިރަށް އަޔާން ޕިސް ޕިސް ޖަހާލައެވެ. “ސިޑިއަށް އަރާނީ ބަލައިގެން، ފައިބާނީ ބަލައިގެން…. ނުވާނެ ދުވެގެން…. ކިއާ އޭރު ދުވެ ދުވެފައި އުޅުނަސް ދެން ނުވާނެ…” އަޔާން ބުނެލީ މަޑުންނެވެ. ކިއާރާ “އޯކޭ ބޮސް”އޭ ބުނެފައި ހޭންފެށިއެވެ.

ސިޓިންގް ރޫމްގައި ހަމްނާ އާއި ރިޝްމާ  އަދި އަނީލް ތިއްބެވެ. އަޔާން ކިއާރާ ގެނެސް ބޭންދިގޮތުން އެމީހުން ކަންބޮޑުވިއެވެ. “ކިއާ އަދިވެސް ބަލީތަ؟” ހަމްނާ އެހުމާއި އެކު ކިއާރާ އަޔާން އަށް އިޝާރާތްކުރިއެވެ.. “މަންމާ…! ކިއާ… އައި މީން މަންމަ މާމައަކަށް ވަނީ…” އަޔާން އަށް ބުނާނެ ގޮތެއް ނޭނގުނެވެ. އެވަގުތު ކުޑަކޮށް ނުތަވަސްވީއެވެ. ހަމްނާ ސޯފާއިން ތެދުވީ ކުއްލިއަކަށެވެ. “ކީކޭ؟” އިތުރު ތަފްސީލެއް އޭނާ ބޭނުންވިއެވެ. ރިޝްމާވެސް އަނީލްވެސް ތިބީ އެމީހުންނަށް ބަލާށެވެ. އަޔާން ފުން ނޭވައެއް ދޫކުރިއެވެ.. “ކިއާރާ ބަނޑުބޮޑު…” އަޔާން ބުނީ ހިނިތުންވަމުންނެވެ. ހަމްނާ ދެލޯ ބޮޑުކޮށްލާފައި ކިއާރާ އާއި ދިމާލަށް އައެވެ. “އަލްހަމްދު ލިއް ﷲ.. ކިއާ އެއީ ތެދެއްތަ؟” ހަމްނާ ބުނެލިއިރު އެ ދެލޮލުގައިވަނީ ކަރުނައެވެ. ކިއާރާ ބޯޖަހާލިއެވެ. ހަމްނާ ކިއާރާގެ މޫނުމަތީ ހިފަހައްޓާލާ އިސްތަށިގަނޑުގައި ބޮސްދިނެވެ. “ދަރިފުޅު ތި ދިނީ ކޮންކަހަލަ އުފާވެރި ހަބަރެއް….. މަންމަ… ވަރަށް އުފާވެއްޖެ.. އަނީލް… އަނީލް އަށް އަނެއްކާވެސް ކާފަ ކިޔާ ކުއްޖެއް އަންނަނީއޭ…” ހަމްނާ ބުނެލީ އަނީލްއަށެވެ. އަނީލް ތެދުވެފައި އައިސް އަޔާންގެ ގައިގާ ބައްދާލަމުން ކިއާރާ ގެ ބޮލުގައި ފިރުމާލިއެވެ.

ރިޝްމާ އައިގޮތަށް އައިސް ކިއާރާގެ ގައިގާ ބައްދާލަމުން ކޮންގްރޭޓްސް ކިއެވެ.  “މިއަދަށްފަހު ކިއާ ކާންޖެހޭނީ މަންމަ ބުނަ އެއްޗެހި.. އަޔާން މަންމަ މިރޭ ލިސްޓް ހަދާފައި ދޭނަން… އެ އެއްޗެހި މިރޭ ގަންނާތި އަޔާން ގޮސް…. ކިއާ ދެން ޖެހޭނީ ވަރަށް ބަލައިގެން އުޅެން… މާ ގިނަ މަސައްކަތް ނުކޮށް އަބަދުވެސް އަރާމް… އޯކޭއެއްނު..؟” ހަމްނާ އެހެން ބުނުމުން ކިއާރާ ވަގުތުން އޯކޭ އޭ ބުންޏެވެ. “އަޔާން ކިއާރާ ގެންދޭ އަރާމްކޮށްލަން….” ހަމްނާ ބުނުމުން އަޔާން ކިއާރާ ގެ އަތުގައި ހިފަހައްޓާލާފައި ނެގިއެވެ. އޭނާ ދިޔުމުގެ ކުރިން ހަމްނާ އަނެއްކާވެސް ކިއާރާގެ ގައިގާ ބައްދާލީ އެ އުފާވެރި ހަބަރަށްޓަކައި ޝުކުރުއަދާކުރަމުންނެވެ.

…

އަޔާން ގޮސް ކިއާރާ އެނދުމަތީ ބޭއްވިއެވެ. “އަބަދަކު ދެން އަރާމެއް ނުކުރެވެނޭއެއްނު…..” ކިއާރާ ބުނީ އޭނަ ދެން ކަމެއްކުރަން މި މީހުން ނުދޭނެކަން އިނގޭތީއެވެ.. “އެކަމްވެސް ކުރަންޖެހޭނީ…. ބައިދަވޭ ، ކިއާ ބައްޕައަށް ހަބަރު ދޭންވީނު…” އަޔާން ބުންޏެވެ. ކިއާރާ އާއެކޭ ބުނެފައި ފޯނު ހޯދާލީ އެވާހަކަ ބުނަން ކެތްމަދުވެގެންނެވެ. ފަތުހީއަށް ވާނެގޮތެއް އޭނާއަށް ނޭނގޭތީއެވެ. ކިއާރާ ފޯނު ނަގައި ފަތުހީއަށް ގުޅަން އުޅުމުން އަޔާން އެކަން ހުއްޓުވިއެވެ. “އެގެއަށް ގޮސް ހަބަރު ދޭނީ….” އަޔާން ހިޔާލެއްދިނެވެ.. “ހިނގާ ދާން.. މިހާރު ޕްލީސް ޕްލީސް…” ކިއާރާ ބުނެލީ އަޔާންގެ އަތުގައި ހިފަހައްޓާލަމުންނެވެ. އަޔާން އެއްބަސްވުމުން ކިއާރާ ތެދުވެފައި ރެޑީވާންފެށިއެވެ. ރެޑީ ވާން ހުއްޓާ ހަމްނާ އާފަލު ތަށްޓެއް ކިއާރާއަށް ގެނައެވެ. އެހާ އަވަހަށް އޭނާއަށް އެފަދަ އޯގާތެރިކަމެއް ލިބެންފެށީއެވެ. ފަހުން އަދި ވާނެގޮތެއްވެސް ނޭނގެއެވެ.ތައްޔާރުވަމުން ދިޔަ ކިއާރާއަށް އަޔާން ދިޔައީ އާފަލު ފޮތިކޮޅުތަށް ލަވައިދެމުންނެވެ. އޭނާގެ ހަރަކާތްތަށް ލަހެވެ. އަދިވެސް ގައިގާ އެހާ ހަކަތަ ހުރިހެންނެއް ހިއެއްނުވެއެވެ. ހުންނަނީ ނޭވާ ކުރުވެފައެވެ. ނަމަވެސް މިވަގުތު އޭނާއަށް މުހިންމީ ފަތުހީއަށް އެ ހަބަރު ދޭށެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (55)

  1. Ryn

    Enjoy c u guys around 9 or 9 30 and its gonna end soon i guess 2 more parts r there.. And i wanna tell u about the new story i wrote…. But 55 vana part up kuraairun i will tell.. tc 😉

    1. i've been through?
      Ryn

      ryn kive tha kudhin kudhin kama kaa nulaa ryn ah hate kuraniy??
      i’ve been through that and i can tell you it does not feel good!!!
      ryn akiy varah goes kuhjeh tha hama hurefa hate kuran!!!

    2. Ryn
      i've been through?

      Idk darling may b I’ve done something wrong to them or may b they just don’t like the way I present my stories! And ya it really feels like shit! ❤ anyway thank you. ?❤

    3. Aal
      Ryn

      Ginafaharah hate kuraany thimaa ah vure molhu veema or thimaa ah nukurevey kameh anekaa ah kureveythyve.. Haters in thibeyne rangalheh kameh kuranyaa hajam nuvaathyve.. Keep it up ryn ????

    4. Kalhu handi
      Ryn

      Ryn baraabarah vaahaka up kohfa kiyuntherin ge comments thakah reply kuraathyve ryn dheke rulhi anna kudhin hama j vany… Mikan mihaaru yageen vejje.. Baeh kiyuntherin beynunvaany inthizaaru kuran… Vaahaka v rythi.. Myhun kiyaahaa ehchehsah balaagenneh noolheveyne…

    5. Faxoo
      Ryn

      Ryyn, dont give up, ingey. yuhr stories are super. and faxu ah ingey Ryyn improve vamun annakan MaShaAllah. Haters gonna hate 🙂 we are with yuh Ryyn!

  2. Zeev

    V reethi

  3. Aishath

    Dhen nimmaa lamaa

  4. Hemdhey

    yeay me 2 nd
    nice story sis

  5. Zo3

    How abt u upload the two more parts tonght.
    And yayy i m the first

  6. Hemdhey

    oh i am 3rd?

  7. Balaabodu rynn

    Ryn ah dheyn oiy advise akee mihaaru liyefa oiy vaahaka 1 dhuvahun upkohlashey. Mulhi esfiyaga rynn ge 2fai nufathuraa ehfarun ninmaalaashey. Mihaaru bodu undhagulakh vejje mi anhenaa aa hedhi

    1. Anonymous
      Balaabodu rynn

      Hehe yaa rangalhahh thi buny

    2. Reason
      Balaabodu rynn

      tell us the reason would you????

    3. Ailish
      Balaabodu rynn

      Balaa bodiyya nukiyabala.. Ryn majubooreh nukure ehnnu u akah ryn ge stories kiyaashey kiyaafakaa dhw..

    4. eesh
      Balaabodu rynn

      Kae ah hajam nuvanythr eyn…
      Dhn j viyas thy boduvaru

    5. Yaaaya
      Balaabodu rynn

      Bala kae ah hadiyya nukyma nimuny ingey .. adhi ryn vaahaka eh liyefiyya eyna jehey e upload ves kuran eh dhuvs thereyga?? Kae kiyan???
      Reethi vyma vaahakaiga vaa goih balan vegen nukiya hurevenee eh ves nooney .. Konmes ehchekey eba kiye ehnu … Jehey kiyan ves ?? hadiyaa nukiyaanee eyothy nimifa nujeheyne ehen meehun kuraa masaihkah huhtuvaaakah .. Just stay away if u cant value ryn ge wrk ??? no one askd you to judge her or read her stries .. Mi dhen mihaaru bodu vehjje kameh nu ??? and ryn ❤
      You are really awsum ingey ? ur stries are hama soooo dammnn beautiful .. Yaaya nuves kiyan mithaanga ehen writers ge stries eh .. Only visit esfiya to read urs … Doesnt mean other writers are bad … But means ur special ?❤ and dont u dare give up cux of these hajam nuvaaa mees meeehun …
      Continue adhives gadhayah ?? and we can c u suceeed and bcome one of the best writers ?❤
      Love the ppl who love u and ignore those who hate u ❤?
      We love yuh ryn ??
      Story varah obi hama ??

  8. maiha

    thnx Ryn..woooow…v fakka ingey..

  9. saaraa

    esfiua ah nuvadhe hureema kaa eh nufen naane ryn ge dhefai ethaa ulhey ehchai.. vaahaka nukiyan yaa nukeema veenun.. bodu balaa akah vanyaa keehkuran tha kiyany..

  10. Kiara

    heyo nuvaane mi vaahaka ninmaa. vaahaa eh kiyaalan vanas mulhi esfiyaga rynu ge dhe fai. naa hama thedhe mi buni ?

    1. Ayaan
      Kiara

      Aslahtha baby?

  11. Thaathi

    Ryn ah noony gavaaidhun up eh nukurevey ehen meehun up nukohfa kommeves bahanaa eh dhakkaane vv reethi dhen oiy story ves mi gothah up kuraathi rynoooooooo luv u ummmaaaaah

  12. XoXo Handi

    HANDIAN. Whr yu? Yu already got married tha?

    1. Pink handi???
      XoXo Handi

      Miulhenynu story vvvv vvvv salhi ???

    2. Pink handi???
      XoXo Handi

      Handianss koba????? ???

    3. Police Handi
      XoXo Handi

      Am here XoXo.. Yes am already Married..???

    4. Police Handi
      XoXo Handi

      HANDIAN buxy ..MRS HANDIAN javaabu dhaary mivee???

    5. Pinky handi ??
      XoXo Handi

      Mi ulhenynu. Kba dhon,kalhu,purple,foolhu dhigu foni,ran,raii,handi baby n all

  13. fan

    Ryn it was amazing! And for the haters, if u dont wanna read dont but please stop those mean comments.. the writers works really hard..and the fact that she updates on time and faster proves how dedicated she is towards writing.. i think ryn is one of the best writers and keep it up.. i have been reading this story from the start but this is my first comment… im a silent reader.. i love ur story and i am waiting for ur next one.?

  14. Princess handi

    Wowww v rythi ingey mibai vx. …..luv u rynnn

  15. Faathee

    Wow. Reethi. N waiting for ur new story

  16. sahthimariyabu

    Hadiyaa nukiyaathibeba ryn mazubooreh nukure kiyaa shekykiyaafa eh hadiey kiyaane ekam hama vaahaka up vaa leh lasvefa thibeny kiyaahuthuh ryn mivaahaka v reethi huvaa

  17. :-)

    Ebbai readers ah keehtha mivany..story maa reethy kannenge..never mind..!
    Story hama <3

  18. Kiyaa Meehaa

    Ahannaky Esfiyaige hurihaa vaahakaeh qavaaidhun kiyaa meeheh.. Rynge vaahakathahves kiyan.. ekam comment kurany v kamudhaa vaahakaehnama.. mivaahakayah mi comment kollany Ryn ah naseyhatheh dheyn.. Ryn aslu maabodah over vefa ingey thi hunnany.. dhuvaalaku ginavegen 2 bai up kollyma ok vaane.. dhen kiyuntherin hiyyhama jassanney kiyaafa dhuvaalaku fas habai up kuryma aslu gina kudhin hiyyhama jehumuge badhaluga hiyyhama nujeheyny.. Rynge vaahakathah hadieh noon mashakah.. ummeedhu kuran Ryn dhen liyaa vaahakaeh migothah dhuvaalaku fas habai up nukuraane kamah.. pls don’t take it as a negative comment.. pls think it positive

  19. kuda

    esfiyaiga neyy ryn noony vaahaka liyevey fenvaruge meeheh gavaaidhun up kurey a hen vaahakaige 2 week’s vaa iruves up nukurevey ryn ge vaahaka a kani kiyaa hiyy vany yageen angey komme dhuvahaku up kohdheyne kan love u ryn & ryn aky hama best

  20. Ekkala ekkala

    Ryn haadha kaamiyaabey dhw varah reethi mi vaahaka adhi nunimmaathi varah kiyaahithun abadhuves nimmaalaanee thankolheh fahun

  21. Guy

    Ryn dhooni.. Age kiha vareh???

  22. Love?

    Ryn thee girl eh tha boy eh tha??

    1. Nafu
      Love?

      Girl

  23. Hahahaa

    Ryn adhi vaahaka nimmaakah nuvey haadha reecchey vaahaka hama habeys

  24. Andhu

    Shine please comment here… mi meehunnah visnaidhevey tho balaifin… hama gothugai… shine ehchekey bunyma salamaiy vaany… Ma haanthi??

  25. Sa as

    Wowwww haadha reecchey varah obi ingey saabahey rynthikurah hivvarah ehaa avahah nunimmaathi ingey

  26. galaxy

    Mi story hama vrh riithi.but jelous vaa miihun ginaii.vaahaka hadiyas rude koh comment kurumakii rangalhu kameh noon.negetive comments viyas riihchah buneveyne ennu.ekam maa rude koh mihaaru comment thah hunnanii

  27. me

    vrh riithi story.but comment kohfa hunna goii vrh hadi.story kamunudhaa kudhinvx riithi koh bunevidhaane ennu .ekam mihaaru maa hadikoh e kuranii.writer ge feeling ahvx visnan jeheyne

  28. Kiyuntheriyaa

    Aharen mi vaahaka mi kiyamungendhanee hama reethi v ma hadinama ahanneh nukiyaanan kiyaakah majubooreh noon ingey

  29. reen

    Liyyuntheri kamakee hunareh eky knme meehakah libigen vaa ehcheh noon so ekan libifa thibi meehuhnah ekan kurieruvumah hihvaru dhinumakee aharemen kuranjeheyne kameh ekam mithanun mi fehnanee ekamah ehcehi kiyaa manzaru
    Ryn vaahaka vvvv reethi thi kuraa hihvarah saabas dhen☺☺☺

  30. HANDIAN

    wooow vvv reethi..

  31. Aisha

    Warahhh hadi

    1. Iman
      Aisha

      Evarun vxx kiyaathi … Nukiyaa hurebala ..eyrun hadi eh nuvaane

    2. Andhu
      Aisha

      Thi kujjeh ves varah hadi… heevany baraboleh hen… ???

  32. eu

    Hey bby doll ryn.vaahaka eh bunantha handhi thah ulheyne abadhuves hajam nukurevige ekam don’t think them. Wineries never quite. Quite r’s never wine

  33. Dhaleyka

    Kiaara n ayaan ah libey baby ah kiyaane name eh suggest kuran tha?
    Boy baby eh viyya KIYAAN
    Girl baby eh viyya KYNA or AYRA

    1. Ryn
      Dhaleyka

      Aah! Thankyou so much! But im sorry already name eh ihnaane but vrh lwbi ur names thah and there is one name vrh close kh ryn dhin name r .. tc 😉

    2. Luty
      Dhaleyka

      Or maybe aaliyaa if it doesn’t bother kiara

  34. balhindhu

    more than 54 episodes…. ekam evves ohttareh nei. quality eh nei… quantity othee…. mifaharu kiaaraa wedding dress hilla eh nulaatha …. ????

Comments are closed.