Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (ފަހުބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
December 30, 2016 9 Mins Read
24 Comments

“ޒާމިން..! އާދެވުނީ ދޯ؟ އަވަހަށް އާދޭ އެތެރެއަށް…” ނަޝްފާ ދޮރުމަތީގައި ހުރި ރާހުލްގެ އަތުގައި ހިފައި އެއްފަރާތްކޮށްލަމުން ޒާމިން ވަންނަން ތަން ދެއްކިއެވެ. އޭރުވެސް ރާހުލް އެއްފަހަރު ޒާމިންއަށް އަނެއްފަހަރު ނަޝްފާއަށް ހައިރާންކަމާއެކު ބަލަމުން ގެންދިޔައެވެ. ޒާމިން އެ ބުނާ މަންމައަކީ ނަޝްފާ ހެއްޔެވެ؟

“ނަޝް.. މީ؟” ނަޝްފާއަށް ބަލަހައްޓައިގެން ހުރެ ޒާމިންއަަށް އިޝާރާތްކޮށްލަމުން ރާހުލް އަހާލިއެވެ. ހީލުންނޫން އިތުރު ޖަވާބެއް ނަޝްފާ ނުދިނެވެ.

“އާދޭ.. އިށީންދޭ އަވަހަށް..” ޒާމިންގެ އަތުގައި ހިފައިގެން ގޮސް ނަޝްފާ ސޯފާއެއްގައި ބޭންދިއެވެ. ރާހުލް އަދިވެސް ހުރީ އޮޅުމެއްގެ ތެރޭގައެެވެ.

“ޒުލޭހާއްތާ! ޒުލޭހައްތާ! ވަރަށް އަވަހަށް އައިސްބަލާ!” ނަޝްފާ އަޑަށް ބާރުލައި އެހެން ގޮވާލުމުން އިރުކޮޅެއް ނުވެ ޒުލޭހާ ބަދިގެއިން ސިޓިންގރޫމަށް ބޯ ދިއްކޮށްލިއެެވެ.

“ކިހިނެ…” ޒުލޭހާ ބުނަން އުޅުނު ބަސްތައް މެދުކެނޑުނީ ނަޝްފާ ގާތުގައި އިން ޒާމިން ފެނިފައެވެ. ބަދިގެއިން ނިކުމެގެން އޭނާއަށް އެދިމާއަށް އާދެވުނީ ބޭއިޚްތިޔާރުގައެވެ. ޒާމިން އިން ސޯފާއާ ފޫޓެއްހާ ދުރުގައި އޭނާ މަޑުކޮށްލިއެވެ. އެ ދެލޯ ހުއްޓިފައިވަނީ ޒާމިންގެ މޫނަށެވެ.

“ތީ… ތީ ކޮންކުއްޖެއް؟” އެ މޫނުން ނަޒަރު ވަކިކޮށްލުމެއް ނެތި ޒުލޭހާ އަހާލިއެވެ. އެއަޑުގައި ހައިރާންކަން އެކުލެވިގެންވެއެވެ.

“ޒުލޭހައްތާ… މީ ޒާމިން…” ނަޝްފާ އެހެން ބުނެލުމުން ޒުލޭހާ ނަޝްފާއަށް ބަލާލިއެވެ.

“ޒާމިން..” ޒުލޭހާ އެނަން ތަކުރާރުކޮށްލީ ކޮންމެވެސް އެއްޗެއް ހަނދާން ކުރަން އުޅޭ ފަދަ ގޮތަކަށެވެ. އެވަގުތު ޒާމިން އިންތަނުން ތެދުވެގެން ގޮސް ޒުލޭހާއާ ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓުނީ އިސްޖަހައިގެން ހުރެއެވެ. އޭނާ އިސްއުފުލާ ބަލާލިހިނދު އެ ދެލޮލުގައި ކަރުނަތިކިތައް ވިދަމުން ދިޔައެވެ. އެ މަންޒަރު ފެނި ޒުލޭހާއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނެވެ.

“މަންމާ.. މަންމައަކަށް ނޭނގުނުތަ އަހަންނެއް ހަމަ؟” ޒާމިން އޭނާގެ މޭގައި އަތް ޖައްސާލަމުން އަހާލިއެވެ. އޭރު މަންޒަރު ބަލަން ހުރި ރާހުލްގެ ހައިރާންކަންވީ އިތުރެވެ. އެއީ ޒުލޭހާގެ ދަރިއެއްކަމުގައި ވަންޏާ އޭނާ މިހުރިހާ ދުވަހަކު އުޅުނީ ކޮންތާކު ހެއްޔެވެ؟ ޒުލޭހާއަށް އޭނާ ފާހަގަ ކުރަންވެސް ނޭނގެނީ ހެއްޔެވެ؟

“ޒާމިން.. ތީ ހަމަ މަގޭ ދަރިތަ؟” ޒުލޭހާ ޒާމިންގެ މޫނުގެ ދެފަރާތުގައި ހިފާލިއެވެ. އެއާއެކު އޭނާގެ ދެލޯ ފުރިގެން އައެވެ. އެހާ ދުވަހަށް ފަހު އޭނާގެ އަމިއްލަ ދަރި ފެނުމުން އެހިތަށް ކޮށްފައިވަނީ ބަޔާންކުރަން ދަތި އަސަރެކެވެ.

“މަގޭ ދަރިފުޅާ..!” ޒުލޭހާ ޒާމިންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އަދި ބާރުބާރަށް ރޯން ފެށިއެވެ. ޒާމިން ޒުލޭހާގެ ކޮނޑުމަތީގައި ބޯ އަޅާލައިގެން އޮތް އިރު އެދެލޮލުން ރޮނގަކަށް ކަރުނަ ފައިބަމުން ދިޔައެވެ. “މަންމާ..” އޭނާ މަޑުމަޑުން ޒުލޭހާއަށް ގޮވާލިއެވެ.

ޞާބިރާއާ އަންޖޫދާ އަދި ރިޔާ ބަދިގެ ދޮރުމަތީގައި އެ ހުރިހާ މަންޒަރެއް ބަލަން ހުރިއިރު އެއެންމެންގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ. އެއްރަށެއްގައި އެހާ ގިނަ ދުވަސް ހޭދަކުރިއިރުވެސް ޒުލޭހާގެ ދަރިއެއް ހުންނަ ވާހަކަ ދުވަހަކުވެސް އެރަށު މީހުން ދައްކާތީ ޞާބިރާއެއް ނާހައެވެ.

ޒުލޭހާއާ ޒާމިން ހަމައަކަށް އެޅުމުން ކަންތައް ވީގޮތް ކިޔައިދޭން ފެށީ ނަޝްފާއެެވެ. މިވަގުތު ޒާމިންގެ ތަބީޢަތު ހުރި ގޮތުން އެ ހުރިހާ ވާހަކައެއް ނުކިޔައިދެވޭނެކަން އޭނާއަށް އެނގުނެވެ.

#

ނިމާލް އަކީ އައްޑޫ އަތޮޅު ހިތަދޫއަށް ނިސްބަތްވާ މީހެކެވެ. އޭނާގެ ބައްޕައަކީ މާލޭގައި ވިޔަފާރިއެއް ހިންގަމުންދާ ނަންމަޝްހޫރު ވިޔަފާރިވެރިއެކެވެ. އެެހެންކަމުން ކުޑައިރުއްސުރެ ނިމާލް އުޅެމުން ދިޔައީ ވަރަށް ތަނަވަސް، ހަމަޖެހޭ، ދިރިއުޅުމެކެވެ. އޭނާ އޭލެވެލް ނިންމިތަނާ އެއާއިލާ އެއްކޮށް މާލެ ބަދަލުވިއެވެ. ބައްޕަގެ ވިޔަފާރީގެ މަސައްކަތުގައި އޭނާ އޭރުއްސުރެ ބައިވެރިވިއެވެ.

ނިމާލްއާ ޒުލޭހާ ދިމާވީ އޭޑީކޭ ހޮސްޕިޓަލު ތެރެއިންނެވެ. އޭރު ޒުލޭހާ އުޅެނީ އޭނާގެ މަންމަ ބަލިވެގެން ޑޮކްޓަރަށް ދައްކަން އައިހެވެ. ފުރަތަމަ ފެނިލުމުންވެސް ނިމާލްގެ ހިތް ޒުލޭހާއަށް ދެވުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އޭރު ނިމާލްގެ އުމުރަކީ 19 އެވެ. ޒުލޭހާގެ އުމުރުން  17އެވެ. ދެމީހުންގެ ފުރަތަމަ ބައްދަލުވުމާއެކު އެގުޅުން ވަރުގަދަވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަަހަށެވެ.

މާލޭގައި ހުރި ދުވަސްކޮޅު ޒުލޭހާގެ މަންމަ ނިޔާވުމުން އޭނާ ވަރަށް ހިތާމަކުރިއެވެ. ބައްޕަވެސް ވަނީ އޭނާ ކުޑައިރު ނިޔާވެފައެވެ. ރަށުގައި އެއްވެސް ތިމާގެ މީހެއް ނެތުމާއެކު އޭނާއަށް ހަދާނެގޮތް ހުސްވިއެވެ. އޭރު އޭނާ މާލޭގައި ހުރީ މަންމަގެ ރައްޓެއްސެއްގެ ގޭގައެވެ. އަތުގައި ހުރި ލާރިކޮޅު ހުސްވަމުންދާތީ އޭނާ ހުރީ ނުހަނު ކަންބޮޑުވެފައެވެ.

އޭނާގެ މަންމަ ނިޔާވިތާ ހަފްތާއެއްފަހުން ޒުލޭހާ ނިމާލްގެ ގެއަށް ބަދަލުވީ ނިމާލްގެ އެދުމުގެ މަތިންނެވެ. އެގޭގައި ހުރި ހުސްކޮޓަރިއެއްގައި ޒުލޭހާއަށް ހުރެވޭނެގޮތް އޭނާ ހަމަޖެއްސިއެވެ. ނިމާލް އޭނާގެ މައިންބަފައިން ގާތު ބުނީ ޒުލޭހާއަކީ އޭނާގެ ވަރަށް ގާތް މީހެއްގެ ދަރިއެއްކަމަށާއި ދުވަސްކޮޅަކަށް އެގޭގައި މަޑުކޮށްލަނީ ކަމުގައެވެ.

ޒުލޭހާއާ ނިމާލްއަށް ގާތްވާން ނުވާ ވަރަށް ގާތް ވެވުނީ އެގޭގައި ޒުލޭހާ ހޭދަކުރި ދުވަސްތަކުގެ ތެރޭގައެވެ. އެެންމެން ނިދައި ގޭތެރެ ހަމަހިމޭންވުމުން ނިމާލް އޭނާ ގެ ކޮޓަރިއަށް އާދެއެވެ. މިކުރެވެނީ ގޯސްކަމެއްކަން ދެމީހުންނަށް އިހުސާސްވި ނަމަވެސް އެކަކުވެސް އެކަން ހުއްޓުވަން ބޭނުންނުވީއެވެ. މަންމަ މަރުވުމުން ޒުލޭހާ ވެސް ހުރީ މީހެއްގެ ލޯތްބަށް އިންތިހާއަށް ބޭނުންވެފައެވެ. އޭނާއަށް ނިމާލްގެ އެދުންތަކަށް އެހާ ފަސޭހައިން އިޖާބަދެވުނީ އެހެންވެއެވެ. ނިމާލްގެ ފަރާތުން އޭނާއަށް ލޯތްބާއި އަޅާލުން ލިބެއެވެ. އިސާހިތަކު މަންމަ މަރުވުމުގެ ހިތާމަ ޒުލޭހާގެ ހިތުން މުޅިން ފިލައިގެން ދިޔައެވެ.

ޒުލޭހާ ބަލިވެއިނީ އެގެއަށް ބަދަލުވިތާ 3 މަސްފަހުންނެވެ. އެކަން އޭނާއަށް އެނގުނީއްސުރެ ހުންނަނީ ހާސްވެ ކަންބޮޑުވެފައެވެ. ނިމާލްއަށް މިކަން އެނގުމުން އޭނާއަށް ވެސް ވީ އެވަރެވެ. ހަދާނެ ގޮތް ހުސްވުމުން އޭނާ އެންމެފަހުން އޭނާގެ މައިންބަފައިން ގާތު ޒުލޭހާގެ ވާހަކަ ދެއްކިއެވެ. ޒުލޭހާ ބަލިވެ އިނީ އޭނާގެ ދަރިއަކަށް ކަމުގައި ބުންޏެވެ. އެކަން އެނގުމުން އޭނާގެ މައިންބަފައިން ފުރަތަމަކޮޅު ނިމާލް ދެކެ އިންތިހާއަށް ރުޅިއައެވެ. އާއިލާގެ ޤަދަރާއި ޢިއްޒަތް ދެމެހެއްޓުމަށްޓަކާ އެންމެ ރަނގަޅު ގޮތަކީ ޒުލޭހާގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުން ކަމުގައި އެމީހުން ދެކުނެވެ. އޭގެ އަނެއް ދުވަހު ނިމާލް ޒުލޭހާ ގޮވައިގެން އިންޑިޔާއަށް ފުރީ އޭނާގެ މައިންބަފައިންގެ ބަސް ޤަބޫލުކޮށްގެންނެވެ.

އިންޑިޔާއަށް އައީ އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލަންކަން ޒުލޭހާއަށް އެނގުމުން އޭނާ އެކަމާ ވަރަށް ދެކޮޅު ހެދިއެވެ. އޭނާ ބޭނުންވީ ނިމާލްއާ ކައިވެނިކުރުމަށެވެ. ޒުލޭހާ ދެކެވާ ލޯތްބެއްގެ ސަބަބުން ނިމާލް ޒުލޭހާއާ ކައިވެނިކުރުމަށް ހިތުގެ އަޑިން އެއްބަސްވިއެވެ. އަދި އެދެމީހުންގެ ދަރިއަށް ފުރިހަމަ ލޯތްބާއި އަޅާލުން ދޭނެކަމަށް އޭނާ ވަޢުދުވިއެވެ. އޭނާގެ މައިންބަފައިންނަށް އެކަން އެނގުމުން އޭނާއާ އެއްކޮށް ގުޅުން ކަނޑާލިއެވެ. މިކަމާ ނިމާލް ދެރަވި ނަމަވެސް އޭނާގެ ދަރިފުޅަށްޓަކާ އެ ހިތާމަތައް ޒުލޭހާގެ ކުރިމަތީގައި ހިންދައިގެން އުޅުނެވެ.

ޒުލޭހާ ވިހޭ ދުވަހު ނިމާލް ގެ ލޮލުން ކަރުނަ އައީ އުފަލުންނެވެ. އެ ދަރިފުޅު ފެނުމުން އެ ހިތުގައި ލޯބި އުތުރި އަރައިގަތެވެ. އެ ދަރިފުޅު އެބޯޓް ނުކުރަން އޭނާ ނިންމި ނިންމުމަކީ މިދުނިޔޭގައި ވެސް އޭނާއަށް ނިންމުނު އެންމެ ފުރިހަމަ ނިންމުންކަމުގައި އޭނާ ޤަބޫލުކުރިއެވެ. އެދެމީހުން އެދަރިފުޅަށް “ޒާމިން ނިމާލް” ގެ ނަމުން ނަން ދިނެވެ.

ޒާމިންއަށް އަހަރު ވީތަނާ ނިމާލް އެނބުރި ރާއްޖެއަށް ދާން ބޭނުންވިއެވެ. އެކުގައި ޒުލޭހާ ކޮންމެހެން ވެސް އޭނާ ގެންދަން ބޭނުންވިއެވެ. ނަމަވެސް 1 އަހަރުގެ ކުޑަ ދަރިޔަކު ގޮވައިގެން އެދެމީހުން ހިނގައްޖެނަމަ މީހުންގެ ސުވާލުތައް އަމާޒުވާނެތީ އޭނާ ޒާމިން ގެންދަން ފަސްޖެހުނެވެ. އެހެންކަމުން ނިމާލް އިންޑިޔާގައި އުޅޭ އޭނާގެ ގާތް ރައްޓެއްސަކާ ޒާމިން ހަވާލުކުރުމަށްފަހު ޒުލޭހާއާއެކު ރާއްޖެއައެވެ. ޒުލޭހާވެސް ޒާމިން ބަހައްޓާފައި އައުމަށް އެއްބަސްވީ، ރާއްޖެ އައީ ހަފްތާއަކަށް ކަމުގައި ނިމާލް ބުނުމުންނެވެ.

ނިމާލް ޒުލޭހާ ގޮވައިގެން ޒުލޭހާގެ އުފަން ރަށް ކަމުގައިވާ ތުޅާދޫއަށް ދިޔައެވެ. އަދި ދެމީހުން ކައިވެނި ކުރީ އެރަށުގައެވެ. ޒުލޭހާގެ މައިންބަފައިންގެ ގޭގައި ދެމީހުން ހަފްތާއެއް ވަންދެން އުފަލުގައި އުޅުނެވެ. ހަފްތާއެއް ހަމަވުމުން ޒުލޭހާ ބޭނުންވީ އިންޑިޔާއަށް ދާށެވެ. އޭނާގެ ލޯބިވާ ދަރިފުޅު ދެކިލުމަށްޓަކާ އެހިތް އަބަދު ތެޅެނީއެވެ. ނަމަވެސް ނިމާލްގެ އެކައުންޓް އޭނާގެ ބައްޕަ ހިފެހެއްޓުމާ ގުޅިގެން އޭނާއަށް އެއްވެސް ލާރިއެއް ނެގޭ ގޮތެއް ނުވިއެވެ. އޭނާ ބައްޕައާ ގުޅައި ސުވާލުކުރުމުން ބުނީ ޒުލޭހާ ވަރިކުރި ދުވަހަކުން އޭނާ ބޭނުންވަރަކަށް ފައިސާދޭނެކަމަށެވެ. ނަމަވެސް ނިމާލް އެގޮތެއް ބޭނުމެއް ނުވިއެވެ. ފައިސާ ހޯދުމަށްޓަކާ އޭނާ ތުޅާދޫ ކައިރީގައި އޮންނަ ރިސޯޓަކަށް މަސައްކަތްކުރަން ދާން ފެށިއެވެ.

ޒާމިން ލޮލަށް ނުފެންނަ ކޮންމެ ދުވަހަކީ ޒުލޭހާގެ ހިތް ކުދިކުދި ވެގެންދާ ދުވަހެކެވެ. ނަމަވެސް އިންޑިޔާއަށް ދެވޭވަރަށް ލާރި އެއްކުރެވުނުހާ އަވަހަކަށް އެކޮޅަށް ދާނެކަމަށް ނިމާލް ބުނެފައި އޮތުމުން އޭނާ ހިތްހަމަޖައްސާލަން މަސައްކަތްކުރިއެވެ. ކައިވެންޏަށް އެއް އަހަރުވީތަނާ ޒުލޭހާއަށް ނިމާލްގެ ފަރާތުން ތަފާތުތަކެއް ފާހަގަވާން ފެށިއެވެ. ރަށުގައި ހޭދަކުރާ ރޭރޭ ވެސް ނިމާލް އޭނާއާ ގާތްވާކަށް މަސައްކަތެއް ނުކުރެއެވެ. އަދި ޒުލޭހާއާ ވާހަކަ ދައްކައި އުޅުންވެސް މަދުވާންފެށިއެެވެ. މިކަމާ ބެހޭ ގޮތުން ޒުލޭހާ ސުވާލުކުރުމުން އޭނާއަށް ލިބުނު ޖަވާބުން އޭނާގެ ހިތް ކުދިކުދިވިއެވެ. ނިމާލް ބުނި ގޮތުގައި ޒާމިން ލިބުނު ހިސާބުން ފެށިގެން ޒުލޭހާގެ ހަށިގަނޑަށް އައި ބަދަލުތަކުގެ ސަބަބުން އޭނާ ޒުލޭހާ ދެކެ ފޫހިވީކަމުގައެވެ.  އޭގެ ފަހުގައި ޒުލޭހާ އުޅެމުން އައީ ވަރަށް ހިތްދަތި ދިރިއުޅުމެކެވެ. ނިމާލްގެ އެ ދުރުކަމުގެ ސަބަބުން އެހިތަށް ވަރަށް އަސަރުކުރިއެވެ.

ނިމާލް އަންނަ ކޮންމެ ފަހަރަކު ޒުލޭހާ ޒާމިން އޭނާގެ ގާތަށް ގެނެސްދިނުމަށް އެދި ރޮއި އާދޭސްކުރެއެވެ. ނަމަވެސް ނިމާލް އެ އާދޭހަށް ދިނީ ބީރު ކަންފަތެކެވެ. ދުވަސްތައް އެގޮތުގައި ފާއިތުންވަމުން ދިޔައިރު ނިމާލް ކޮންމެ އަހަރަކުވެސް އިންޑިޔާއަށް ޒާމިން ގާތަށް ދެއެވެ. ނަމަވެސް އޭނާ އެއްގޮތަކަށްވެސް ޒުލޭހާ ގެންދާކަށް އެއްބަހެއް ނުވިއެވެ.

ޒާމިން ބޮޑުވަމުން އައި ވަރަކަށް އޭނާގެ މަންމަ ދެކިލުމަށް އެދެވެން ފެށިއެވެ. މިކަމާ ނިމާލް ގާތު އެދުމުން ނިމާލް ދެނީ އެއް ޖަވާބެކެވެ. ޒުލޭހާ އަކީ ޒާމިންގެ މަންމައަކަށް އެކަށީގެންވާ މީހެއް ނޫން ކަމުގައެވެ. ނަމަވެސް ޒާމިންގެ އެތަށް އާދޭހަކާއެކު ނިމާލް އޭނާއަށް ޒުލޭހާގެ ފޮޓޯތަކެއް ދިނެވެ. އެ ފޮޓޯ ތަކާ ވާހަކަ ދެއްކުމުގައި އޭނާ އެތައް ވަގުތެއް ހޭދަކުރެއެވެ.

އާޔާ މަރާލި މައްސަލައިގައި ޒުލޭހާ ޖަލަށް ލުމާއެކު ނިމާލް އޭނާ ވަރިކުރިއެވެ. އަދި ޒުލޭހާ އަށް ޖަލުން ނިކުމެވުނުއިރު އެނގުނީ ނިމާލްގެ ދިރިއުޅުން އެއްކޮށް އިންޑިޔާއަށް ބަދަލުކުރިކަމެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޒާމިންގެ އުމުރުން 25 އަހަރު ވެއްޖެވެ. އޭރުވެސް އޭނާ ނިމާލް ގާތު އެދެމުން ދިޔައީ ހަމަ އެންމެ ކަމަކަށެވެ. އޭނާގެ މަންމަ ގާތަށް ގެންގޮސްދިނުމަށެވެ. ނިމާލް އެކަމާ އިންކާރުކުރުމުން އޭނާ އެކި ގޮތް ގޮތުން ޒުލޭހާ ދިރިއުޅެނީ ކޮންތަކެއްގައިތޯ ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ޒުލޭހާގެ ރަށް ކަމުގައިވާ ތުޅާދޫގައި ދިރިއުޅޭ ކުދިން ފޭސްބުކްގެ ޒަރިއްޔާއިން ހޯދައި ފްރެންޑް ރިކުއެސްޓް ފޮނުވަން ފެށިއެވެ. ނަމަވެސް އޭނާ ޒުލޭހާ ދަންނަންތޯ އެއިން ކޮންމެ މީހަކު ގާތު އެހުމުންވެސް ލިބެނީ އެއްޖަވާބެކެވެ. މީހަކު މަރާލި މައްސަަލައިގައި ޒުލޭހާ ޖަލަށްލީކަން އެނގޭ ކަމާ އަދި މިހާރު ދިރިއުޅޭތަނެއް ނޭނގޭ ކަމުގައެވެ. މިކަމުގެ ސަބަބުން ޒާމިންގެ ހިތް މާޔޫސްވި ނަމަވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ.

އެއްދުވަހަކު އޭނާ “ނިއުސްފީޑް” ހާވަނިކޮށް ފެނުނު ފޮޓޯއެއްގެ ސަބަބުން ހުއްޓުންއެރިއެވެ. ދުވެފައި ގޮސް އޭނާ އައީ ކުރިން ނިމާލް އޭނާ އަތަށް ދިން ފޮޓޯތައް ހިފައިގެންނެވެ. އެ ފޮޓޯތަކުގައި ހުރި އޭނާގެ މަންމައާ ވައްތަރު މީހަކު މި ފޮޓޯގައި ވެސް ހުރުމުން އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ކުޑަކޮށް މޫނުމައްޗަށް ރޫ ގިނަވެފައިވީ ނަމަވެސް އެއީ ހަމަ އެމޫނުކަން އޭނާއަށް ޔަޤީންވިއެވެ. އެ ފޮޓޯގެ މަތީގައި “ވަން ބިގް ހެޕީ ފެމެލީ” ޖަހާފައި އޮތުމުން އޭނާ އޭގައި ހުރި މީހުންނަށް ވަކިވަކިން ބަލާލިއެވެ. އަނެއްކާ އޭނާގެ މަންމަ އާ ދިރިއުޅުމެއް ފެށީބާއޭ ހިތަށް އެރުމުން އޭނާ ކުޑަކޮށް މާޔޫސްވިއެވެ.

“ނަޝް ނަޝްފާ” ގެ ނަމުގައިވާ އެ އައިޑީއިން ލާފައިވާ ފޮޓޯއަށް ބަލަން އޭނާއަށް އެތަށް އިރަކު ހުރެވުނެވެ. އެންމެ ފަހުން އޭނާ ނަޝްފާއަށް މެސެޖެއްކޮށްލީ ކުޑަ އުންމީދަކާ އެކީގައެވެ. ނަޝްފާ ގާތުން ހުރިހާ އެއްޗެއް އޮޅުން ފިލުވުނުއިރު އުފަލުން އެދެލޮލުން ކަރުނަ އާދެއެވެ. ޒުލޭހާގެ ދަރިއެއް ހުރުމުން ނަޝްފާވެސް އޭރު ހުރީ ހިސާބަކަށް ހައިރާންވެފައެވެ. ނަމަވެސް ޒާމިން އޭނާއަށް ކަންތައް ވީ ގޮތް އޮޅުން ފިލުވައިދިނެވެ. ނަޝްފާގެ ފަރާތުން އެމީހުން އުޅޭ އެޑްރެސް އެނގުމުން ޒާމިން ވީހާވެސް އަވަހަކަށް މިކޮޅަށް އައީ ނިމާލް އެއްޗެހި ގޮވަގޮަވާ އޮއްވައެވެ. ޒުލޭހާ ދެކިލުމަށް އެހިތް އެދޭވަރުންނެވެ. ޒުލޭހާގެ ލޯބި ލިބޭނެކަމުގެ ފޮނި އުންމީދުގައެވެ.

#

ނަޝްފާ ވާހަކަ ކިޔައިދީ ނިމުން އިރު ޒުލޭހާއާ ޒާމިން އަށް ގިސްލެވެއެވެ. އެތަށް ދުވަހަކަށްފަހު ހަމަލޮލަށް އޭނާގެ ދަރިފުޅު ފެނުމުން ޒުލޭހާއަށް ކޮށްފައިވަނީ ވަރަށް ވެސް ފުން އަސަރެކެވެ. ޒާމިން ޒުލޭހާގެ ހަށިގަނޑުގައި އޮޅުލައިގެން އެތަށް އިރެއް ވަންދެން ހުއްޓެވެ. މަންޒަރު ބަލަން ހުރި އަންޖޫދާއާ ރިޔާވެސް ތިބީ ފެންކަޅިވެފައެވެ. މަޔަކާ ދަރިއެއް ވަކިކުރުމުން އެ ދެމީހުންގެ ހިތަށް ކުރާނެ އަސަރު އެމީހުންނަށް އަންދާޒާކޮށްލެވުނެވެ.

ރާހުލްގެ އެދުމުގެ މަތިން ޒާމިން ވެސް ދިރުއުޅެން ފެށީ އެގޭގައެވެ. ޒުލޭހާ ގާތު ހޭދަކުރެވޭ ކޮންމެ ވަގުތަކު ޒާމިންގެ ހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބެއެެވެ. ޒުލޭހާ ވެސް ޒާމިންއާ މެދު ކަންތައް ކޮށްދެނީ ނުހަނު ލޯބިންނެވެ. ޒާމިންގެ ބަތްތަށި މޮޑެދީ، އޭނާއަށް ކާންދީ ހަދަނީވެސް ޒުލޭހާގެ ދެއަތުންނެވެ.

ރޭގަނޑުގެ ވަގުތު މުޅި ގޭތެރެއަށް ވެރިވެފައިވަނީ މަރު ފަދަ ހަމަހިމޭންކަމެވެ. ގަޑިން 1 ގަޑި ބައި ވީތަނާ އެކޮޓަރި ދޮރު ހުޅުވާލުމަށްފަު ރިޔާ ނިކުތެވެ. ލޯއުނގުޅަމުން އޭނާ ނިކުމެގެން މިސްރާބުޖެހީ ބެލްކަންޏާ ދިމާއަށެވެ. އެދެލޯ ރަތްވެ ދުޅަވެފައިވީއިރު ބަލާމީހަކަށް އެހުރީ ވަރަށް ގަދައަށް ރޮއިފައިކަން އެނގޭނެއެވެ. ރެއިލިންގް ގައި އަތް ވިއްދާލުމަށްފަހު އޭނާ ތިރި ބަލާލިއެވެ. އެއާއެކު އަނެއްކާވެސް އެދެލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. އެއީ މިހާރު އަބަދުވެސް އޭނާގެ އާދައެވެ. އޭނާގެ ބަދުނަސީބުކަމާ މެދު ވިސްނޭ ވަރަަކަށް އޭނާގެ ރުއިންވީ އިތުރެވެ.

“ހޭއި…. ވަޓްސް ރޯންގް؟” މީހަކު އެހެން ބުނެލި އަޑަށް ރިޔާ ސިހުނެވެ. އަވަސް އަވަސްކޮށްލާފައި ދެލޯ ފުހެލަމުން އޭނާ ފަހަތް ބަލާލިއެވެ. އޭނާއާ ދިމާ  ބަލަހައްޓައިގެން ހުރި ޒާމިން ފެނި އޭނާ ހާސްވިއެވެ. ޒާމިންގެ ފަރާތުން ރާހުލްއަށް އޭނާ ރޮއިކަން އެގިދާނެތީ އޭނާ ކަންބޮޑުވިއެވެ. ހިތަށް ކިތަންމެ އަސަރެއް ކޮށްފައިވީ ނަމަވެސް އޭނާ މިހާރު ރާހުލްމެން ކުރިމަތީގައި އުފާވެރި މޫނު ދައްކައިގެން އުޅެވޭތޯ ބަލައެވެ.

“ލޯ ފުހެ ފުހެފައި ބެލިޔަސް، އެނގޭ ރޮއިކަން….” ޒާމިން އޭނާގެ ޝަހާދަތް އިނގިލި ގެންގޮސް ރިޔާގެ ނިތްކުރީގައި ޖައްސާލަމުން ބުނެލިއެވެ.

“ނު…ނުރޮން..” ރިޔާ ކުރެހިފައިވާ އަޑަކުން ބުނެލިއެެވެ. އެއާއެކު ޒާމިން މަޑުމަޑުން ހީލިއެވެ. އަދި ލައިގެން ހުރި ޓްރެކްސުއިޓްގެ ދެޖީބަށް ދެއަތް ޖަހާލިއެވެ. ރިޔާ ޒާމިންއަށް ފުންކޮށް ބަލާލިއެވެ. އޭނާ ލައިގެން ހުރި ނޫކުލައިގެ ޓީޝާޓާއި އަޅި ކުލައިގެ ޓްރެކްސުއިޓްގައި ފެންނަލެއް ވަރަށް ވެސް ހިތްގައިމެވެ. އިސްތަށިގަނޑު ކުޑަކޮށް ހޭވިފައިވީއިރު އެ މޫނުމަތިން ނިދީގެ އަސަރު ކޮންމެވެސް ވަރަކަށް ފާޅުވާން ހުއްޓެވެ. އުމުރުން 25 އަހަރުވީ ކަމުގައި ވިޔަސް އޭނާ ބޮޑަށް ވައްތަރީ 18،19 އަހަރުގެ ޒުވާނަކާއެވެ.

“ތި އަޑުންވެސް އެބަ އިނގޭ ރޮއިފިކަން..” ޒާމިން ބެލްކަނިން ބޭރު ބަލާލަމުން ބުނެލިއެވެ. ޖެހެމުން ދިޔަ މަޑު ރޯޅިތަކުގެ ސަަބަބުން އޭނާ ލޯމަރާލިއެވެ. މި މަންޒަރު ބަަލަން ރިޔާއަށް ހުރެވުނީ ކަޅިވެސް ޖަހާނުލައެވެ. ޒާމިންގެ ދެލޯ މަރާލެވިފައިވީއިރު އެ އެސްފިޔަތަކުގެ ބޯކަން ހާމަވުމުން ރިޔާ ހައިރާންވިއެވެ. ހިތާހިތުން ޒާމިންގެ ރީތިކަމަށް ރިޔާއަށް ތަޢުރީފުކޮށްލެވުނެވެ.

“ޒާމިން މިގަޑީގަ ނިކުމެގެން ތިއުޅެނީ ކީއްވެ؟” ނާހަން ހުރެފައިވެސް ރިޔާ އަހާލިއެވެ. އެއާއެކު ޒާމިން ދެލޯ ހުޅުވާލުމަށްފަހު އެއްމިޔަކުން ހީލިއެވެ.

“ހޭލެވުނީމަ ސާފު ވައިކޮޅެއް ހޯދާލަން މިއައީ… އޭސީގެ ވައި މިހާ ފްރެޝްެއް ނުވާނެއްނު؟ ހިތަށް އަރާ ބެލްކަނީގަ ނިދަން އޮންނަންވީއޭ…” ޒާމިން އެހެން ބުނުމުން ރިޔާއަށް ބޭއިޚްތިޔާރުގައި ހެވުނެވެ. ރިޔާ ހޭތަން ފެނުމުން ޒާމިންއަށް އެދިމާ ބަލަން ހުރެވުނީ ބޭއިޚްތިޔާރުގައެެވެ. ހީލީމައި ރިޔާގެ ކޮލަށް އެޅިގެން އެދާ އަޑިކޮޅުގެ ސަބަބުން އެދޮން މޫނަށް އާދަޔާ ޚިލާފު އުޖާލާކަމެއް ގެނުވައެވެ.

“ތިހެން ހީލީމަ ޔޫ ލުކް… ބިއުޓިފުލް…” ޒާމިންގެ އަނގައިން އެބަސްތައް ބޭރުވީ އިޚްތިޔާރަކާ ނުލައެވެ. އެވަގުތު ރިޔާ ހެނުން ހުއްޓާލުމަށްފަހު ޒާމިންއަށް ބަލާލިއެވެ. ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ދެމީހުންނަށް ވެސް ކުރީ ތަފާތު އިހުސާސެކެވެ. ރިޔާ އަވަސް އަވަހަށް ދުރު ބަލާލިއެވެ. އަދި ބެލްކަނީގެ ރެއިލިންގްގައި އަތް ވިއްދާލިއެވެ. ޒާމިންގެ ލޮލުން އޭނާއަށް ފެނުނީ ބުނެދެން ނޭނގޭ ކަހަލަ އަސަރުތަކެކެވެ. އެދެލޮލުން އޭނާއަށް ކޮންމެވެސް އެއްޗެއް ބުނެދޭން އުޅޭ ކަހަލައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ރިޔާ އާ ޒާމިންގެ ގުޅުން ވެސް ބަދަހިވަމުން ދިޔައެވެ. އެ ދެމީހުންގެ ހިތުގައިވާ އުދާސްތައް އެކަކު އަނެކަކާ ހިއްސާކޮށް ހެދުންވީ ފަސޭހަކަމަކަށެވެ. މިހާރަކަށް އައިސް ރިޔާ އަބަދު ހިނިތުންވެފައި ހުންނަކަން އެންމެ ފުރަތަމަ ފާހަގަވީ ނަޝްފާއަށެވެ. އަދި ރިޔާއާ ޒާމިންއާ ދެމެދު ކޮންމެވެސް ގުޅުމެއް އޮންނަ ކަމުގައި އޭނާއަށް ޝައްކު ކުރެވެން ފެށިއެވެ. އެގޮތުން އެއްދުވަހަކު އޭނާ މިކަމާ ބެހޭ ގޮތުން ރިޔާއާ ސުވާލުކުރިއެވެ.

“ވާހަކައެއް އަހާލަންތަ؟” ބަދިގޭގައި ފިޔާކޮށަން އިން ނަޝްފާ އަހާލީ ރިޔާ ގާތުއެވެ.

“ހުމްމް…” އުނދުންމަތީގައި ހުރި އެއްޗެއް ހަލަމުން ރިޔާ ވާހަކަ ދެއްކިއެވެ. އެ މޫނުމަތީގައި ވަނީ އުޖާލާކަމެވެ.

“ކުރީރޭ ދެކުނިން ޒާމިންއާ ދެމީހުން ބެލްކަނީގަ ހުރިތަން.. ވަރަށް ދަންވެފަ އޭރު ހުރީ ވެސް…” ނަޝްފާ އެހެން ބުނެލުމާއެކު ރިޔާގެ ހަރަކާތްތައް ގަނޑުވިއެވެ. މިހާރު ކޮންމެ ރެޔަކުހެން އޭނާއާ ޒާމިން ބެލްކަންޏަށް ގޮސް ވާހަކަ ދައްކާ ހަދައެެވެ. ނަޝްފާއަށް އެމަންޒަރު ފެނުމުން ހީކޮށްފާނެ އެއްޗެއް ނޭނގުމުން އޭނާ ކުޑަކޮށް ބިރުގަތެވެ.

“އަހަންނަށް ހީވަނީ ޒާމިން ރިޔާ ދެކެ ލައިކްވާހެން..” ރިޔާއަށް ވާގޮތް ބަލާލުމަށް ނަޝްފާ ބުނެލިއެވެ. އެވަގުތު ނަޝްފާއަށް ފުރަގަސްދީގެން ހުރި ރިޔާގެ މޫނުމަތީގައި ދުވެލީ ފަނޑު ހިނިތުންވުމެކެވެ. ނޭނގި ނަމަވެސް އޭނާއަށް ވެސް ޒާމިންގެ ކޮންމެ އާދައަކަށް ގަޔާވެވެން ފަށައިފިއެވެ. ނަމަވެސް ޒާމިން އޭނާއާ ގަޔާވެދާނެ ހެއްޔެވެ؟

“ނޫން… ޒާމިން.. ކީއްވެ އަހަރެން ދެކެ ލައިކް ވާންވީ؟ އަހަރެން މީ އޭނައަށް ވުރެ ފަސް އަހަރު ބޮޑު މީހެއް… އޭނައަށް ވާނެއްނު މާ ރީތި މާ ޒުވާން ކުދިންވެސް… ނަޝް ދައްކާ ވާހަކަ ދޯ؟” ރިޔާ އެހެން ބުނީ ހީލަމުން ނަމަވެސް އެހިތުގައި އެވަގުތު ކުޑަ ނުތަވަސްކަމެއް އުފެދުނެވެ. އޭނާއާ ޒާމިން ހަމައަސްލުވެސް އެކަށީގެން ނުވެއޭ އެހިތަށް އެރިއެވެ.

“އަސްލު ބުނަންތަ؟ އޭޖް ޑަޒަންޓް މެޓާރ އޭ… ކޮންމެ އުމުރެއްގެ މީހެއް ދެކެ ވެސް ހަމަ ލޯބި ވެވިދާނެއްނު؟” ނަޝްފާ އެހެން ބުނެލުމުން ރިޔާ ވިސްނާލިއެވެ. ތެދެކެވެ. ޒާމިން އޭނާއަށް ވުރެ 5 އަަހަރު ހަގު ކަމުގައި ވިޔަސް އޭނާއަށް މިޔަދު އެވަނީ ޒާމިން ދެކެ ލޯބިވެވިފައެވެ. އޭރު ވިޝާން ދެކެ ވެވުނު ލޯތްބާ މި ލޯތްބާ ތަފާތުކަން ޚުދު އޭނާއަށް އިހުސާސްވެސް ކުރެވެއެވެ.

“ހުމްމް.. ނަޝް ދައްތަ ތިބުނީ ހަމަ ވަރަށް ރަނގަޅު ވާހަކައެއް… އޭޖް ޑަޒަންޓް މެޓާރ…” ބަދިގެއަށް ވަދެގެން އައި ޒާމިންގެ އަޑަށް ރިޔާ ދިޔައީ ސިހިގެންނެެވެ. އަތުގައި އޮތް ދޭފަތްވެސް ތަޅުންގަނޑު މައްޗަށް ވެއްޓިއްޖެއެވެ.

“އަހަރެންގެ އަޑު އިވުނީމަ ހާދަ ވަރެއް ތިވީ؟” ލާނެތް ފާޑަކަށް ހީލަމުން ޒާމިން އަހާލިއެވެ. އެވަގުތު ރިޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އަވަސް އަވަހަށް ދޭފަތް ނެގުމަށްފަހު ސިންކާ ދިމާއަށް ދިޔައީ ބާރު ފިޔަވަޅުތަކެއްގައެވެ. އެވަގުތު މުށިތަކުގެ މައްޗަށް ވެރިފައި ހުރި ފެންތަކަކަށް އެރިގެން އޭނާ ކައްސާލަން ދިޔައެވެ. ތޫލި އަޑެއް އޭނާގެ ކަރުތެރެއިން ބޭރުވުމާއެކު އޭނާއަށް ލޯމަރާލެވުނެވެ. ތަޅުންގަނޑުމަތީގައި ޖެހުމުގެ ކުރިން ޒާމިން ހަލުވިކަމާއެކު ގޮސް ރިޔާގެ އުނަގަނޑުގައި ހިފެހެއްޓިއެވެ. ދެލޯ ހުޅުވާ ބަލާލިއިރު ރިޔާއަށް ފެނުނީ ޒާމިންގެ މޫނެވެ.

“އައި ލަވް ޔޫ…” ސީދާ ރިޔާގެ ދެލޮލަށް ބަލަހައްޓައިގެން ހުރެ ޒާމިން ބުނެލިއެވެ.

“އައި…. ލަވް….. ޔޫ….. ޓޫ….” ރިޔާއަށް އޭނާ ޒާމިން ދެކެ ލޯބިވާކަމަށް އެއްބަސްވެވުނީ ބޭއިޚްތިޔާރުގައެވެ. ދެމީހުން ދެމީހުންގެ ލޯ ތެރެއަށް ގެއްލިފައި ހުރެވުނީ ކިހާ އިރަކުކަމެއް ވެސް ނޭނގުނެވެ.

“އެހެމް އެހެމް…” ނަޝްފާ ކަރުކެހެލި އަޑަށް ދެމީހުން އަވަސް އަވަހަށް ދުރުވެލިއެވެ. ރިޔާ އިސްޖަހާލިއިރު ޒާމިން އަވަހަށް ދުރު ބަލާލިއެވެ. އެދެމީހުން އޭރު ތިބީ ނަޝްފާ އެތާ ހުރިކަން ވެސް ހަނދާން ނެތިފައެވެ.

“އަހަރެން ވެސް މިތާ ހުރިކަން ދަނެގެން އުޅެބަލަ… ހަހަ.. ހާދަހާ ރޮމޭންޓިކޭ ދޯ…” ނަޝްފާ ބުނެލިއެވެ. އޭނާ ކަރުކެހެލިއިރު އެދެމީހުންނަށް ވީގޮތް ފެނި އޭނާ ހުރީ ހީހީ ބިނދިފައެވެ.

ރިޔާގެ އެދުމުގެ މަތިން ނަޝްފާ ރިޔާއާ ޒާމިން ގެ ގުޅުމުގެ ވާހަކަ ރާހުލް ގާތު ދެއްކިއެވެ. ހީކުރި ގޮތަށް ރާހުލް ވެސް އެ ގުޅުމާމެދު ވަރަށް ޤަބޫލެވެ. ޒާމިންއަކީ މައްޗަށް ކިޔަވައިގެން ހުރި ޤާބިލް މީހެއް ވިއްޔާއެވެ. އަދި އޭނާ ދުވަަހަކުވެސް ރިޔާއަށް ދެރައެއް ނުދޭނެކަން ރާހުލްއަށް ޔަޤީންވެއެވެ.

އޭގެ ދެމަސްފަހުން ރިޔާއާ ޒާމިންގެ ކައިވެނި ކުރެވިގެން ދިޔައެވެ. އާއިލާއާ ރައްޓެހިންނަށް ދަޢުވަތު ދީގެން ކުޑަވަރެއްގެ ހަފްލާއެއް އެމީހުން ބޭއްވިއެވެ. ރިޔާއާ ޒާމިން ގުޅުމުން އެންމެ އުފާވީ ޒުލޭހާއެވެ. އޭނާގެ ދަރިފުޅަށް ރަނގަޅު ބައިވެރިއަކު ލިބުނީތީ އޭނާ ﷲއަށް ހަމްދުކުރިއެވެ.

ޒާމިންގެ ރައްޓެހިންގެ ފަރާތުން އޭނާއަށް އެއްރޭ ރިސޯޓެއްގައި ހޭދަކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. އެދެމީހުން ފުރުވާލުމަށްޓަކާ ޖެޓީ ދޮށަށް އައިސް ތިބީ ރާހުލްއާ ނަޝްފާއެވެ. ލޯންޗު ނައްޓާލުމުން އެ ދެމީހުން ގެއާ ދިމާއަށް މިސްރާބުޖެހިއެވެ.

“ރާހުލްއަށް އިނގޭތަ؟ މާހިންވެސް މިހާރު އުޅެނީ މީހަކާ އިންނަން… ލަންކާ ކުއްޖެކޯ…” ނަޝްފާ ރާހުލްގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ހުރެ ވާހަަކަ ދެއްކިއެވެ.

“އެހެންތަ؟ ލަންކާއަށް ދިޔަފަހުން އޭނަގެ ޚަބަރެއްވެސް ނުވޭ މަށަކަށް.. މާދަމާ ވާނެ އިނގޭ ސްކައިޕްއިން ވާހަކަ ދައްކަން…” ރާހުލް ބުނެލިއެވެ.  ނަޝްފާ ބޯ ޖަހާލިއެވެ.

“ނަޝްއަށް އިނގޭތަ؟ މިހާރު އަހަރެންގެ ދިރިއުޅުން ފުރިހަމަވެއްޖެ..، ނަޝްއާ އަންޖޫއާ އަހަރެން ގާތުގަ ހުރިހާ ހިނދަކު އަހަރެން ހުންނާނީ އުފަލުގަ… އަދި ރިޔާއަށް ވެސް ޒާމިން ކަހަލަ ކުއްޖަކު ލިބުނީމަ އަސްލު ވަރަށް ހެޕީ…” ރާހުލް ބުނެލިއެވެ. ނަޝްފާވެސް އެކަމާ އެއްބަސްވިއެވެ.

އެންމެ ފުރަތަމަ ރާއްޖެއައި ދުވަސްކޮޅުގެ މަތިން ރާހުލް އަދިވެސް ހަނދާންވެއެވެ. ސައްތާރު އޭނާއަށް އުޅެން ދިން ތަނެވެ. އެތަނުގައި އޭނާ ދުވަސްތައް ހޭދަކުރީ ވަރަށް އުނދަގުލާއެކީގައެވެ. އެންމެ ފުރަތަމަ އޭނާ ދިވެހި ކާނާ ކާން އުޅުނު ދުވަސްތަކު ދިމާވި އުނދަގޫތަކެވެ. އާމިނާގެ ރުޅިވެރި ބަސްތަކެވެ. މަގުމަތިން އޭނާ ހިނގާފައިދާއިރު މީހުން އޭނާއަށް އެއްޗެހި ކިޔާ ގޮތެވެ. ކުޑަކުއްޖަކާ އޭނާ ލޯބިން ވާހަކަދެއްކިޔަސް މީހުން އޭނާދެކެ ރުޅިއަންނަ ގޮތެވެ. އަންޖޫދާއާއެކު އޭރު ހޭދަކުރެވުނު ލޯބީގެ ދުވަސްތަކެވެ. ފަހުން އަންޖޫދާއާ ވަކިވާން ޖެހުނު ގޮތެވެ. އަދި ނަޝްފާއާ ކައިވެނިކޮށްގެން ބަންގްލަދޭޝްއަށް ދާން ޖެހުނު ގޮތެވެ. މަންމަ މަރުވުމުން އޭނާއަށް ލިބިގެން ދިޔަ ފުން ހިތާމައެވެ. ޝިޔާ އެއާއިލާ ދޫކޮށް ދިޔަ ގޮތެވެ. އެ ހުރިހާ ހިތްދަތި ހަނދާންތައް އޭނާގެ ސިކުނޑީގައި ހަރުލާފައި އެބަހުއްޓެވެ. ނަމަވެސް މިޔަދު އޭނާ އެ ހަނދާންތައް އެއްފަރާތްކޮށް އުފާވެރިކަމާއެކު ދިރިއުޅެން މަސައްކަތްކުރާނެއެވެ. އޭނާއަށް މިޔަދު ހުރިހާ އުފަލެއް ލިބިއްޖެ ކަމުގެ އިހުސާސްކުރެވެން ފަށައިފިއެެވެ.

(ނިމުނީ)

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ޥެރްސައިގެ މާބަގީޗާ

Next

ހިތް އެކީ ދެވިއްޖޭ…53

Next
December 30, 2016

ހިތް އެކީ ދެވިއްޖޭ…53

Previews
December 30, 2016

ޥެރްސައިގެ މާބަގީޗާ

24 Comments!

  1. Liaa says:
    December 30, 2016 at 11:57 am

    Hii guys.. Hurihaa kudhinge haalu kihineh?
    Miothy mi story ves nimmaalevifa…
    “NUHAGGU LOABI” and “E LOBI ASLU HAGGEY” ge parts thakaa medhu dhekunu goi comment kollahchey…
    And mee Liaa ge 2nd Story veema mistakes ves hunnaane… Next time ill try to improve more than this…
    Loves <3

    1. Dhon HANDI says:
      December 30, 2016 at 12:08 pm

      Salhi..varahh salhi..yey me first…liaa maruhabaa kiyabala??

    2. Appy says:
      December 30, 2016 at 2:14 pm

      V rythi. ..New story akah inthizaaruga

  2. Dhon HANDI says:
    December 30, 2016 at 12:07 pm

    Salhi

  3. Police Handi says:
    December 30, 2016 at 12:20 pm

    Salhi hama…. Hello Handians….????

    1. Dhon HANDI says:
      December 30, 2016 at 12:57 pm

      Handi kobaa tho balaane kamei nei

  4. Inee says:
    December 30, 2016 at 12:29 pm

    Asluves mivaahaka varah furihama.

  5. Kamana handi says:
    December 30, 2016 at 12:46 pm

    Wow lia… Hama vvvvv salhi… Awsum ???

  6. ~minty~ says:
    December 30, 2016 at 12:55 pm

    Oh mi story nimuny dhw..mee vrh interesting nd vrh habeys story eh ingey liaa?..i really loved this…nd beynun liaa ge ehn story vx kiyaalan..new story eh vrh avahah fennnrne kmh mi balrnee ??

  7. Huvan'dhumaa handi says:
    December 30, 2016 at 1:10 pm

    MAASHA ALLAH Lia ge NUHAGGU LOABI Vaahaka aa E LOABI ASLU HAGGEY mi dhe Vaahaka wes v reethi (y) Lia thankyou bodu bodu koh luv u <3 umwah :*

  8. Thaathi says:
    December 30, 2016 at 1:54 pm

    V salhi story ithuru story akah inthizaaru kuran

  9. Anonymous says:
    December 30, 2016 at 2:13 pm

    Hama vrh vrh salhi mi story..n the previous one..hope vrh avahah story eh kiyan libeyne kamah liaa ge..good luck:-)

  10. liyaa says:
    December 30, 2016 at 2:28 pm

    liaa…v v reethi eingey vaahakatha.☺

  11. Faxoo says:
    December 30, 2016 at 3:26 pm

    vrh reethi mi story ves.. feshigen nimendhen kiyaifin 🙂 luv yuhr stories too liaa

  12. Liaa says:
    December 30, 2016 at 3:59 pm

    Thankss all… New story eh iraadha kurevviyaa genasdheynan … 🙂

  13. Thulhaadhoo handi says:
    December 30, 2016 at 4:02 pm

    Hama ehnme best ??

  14. Kandoodhoo handi says:
    December 30, 2016 at 5:28 pm

    Hadi

  15. Madhy says:
    December 30, 2016 at 5:46 pm

    Liaaa story v salhi. Ekm e wishan ah ehves kahala adhabeh nudhy story ninmaalyma ehmme furihama nuvy. Over all story nice

  16. Same says:
    December 30, 2016 at 6:24 pm

    2 story ves v reethi maasha allah.??☺

  17. Ryn says:
    December 30, 2016 at 7:50 pm

    Its faaaabbbb!! I dont really comment ingey ekm kiyaa vaahakeh vihya fahu part ah comment kuran aand its so awesome specially this one and even nuhahgu loabi…! Waiting for a new story ingey liaa aaand good luck with it 😉 This is one of my faaav and u r too 🙂

    1. Liaa says:
      December 31, 2016 at 12:04 am

      Thannks ryn… ☺
      I like your stories too.. mihaar up kuramun dhaa story ves ehbai kin… its lovely… and mi dhuwaskolhu liaa busy kamun adhi hurihaa parts nukiyan.. ?bt free vee varakun kiyaanan…❤

    2. Liaa says:
      December 31, 2016 at 12:06 am

      Thannk you hurihaa kudhin ☺

  18. Koo says:
    July 8, 2017 at 8:15 am

    Maa avas aruvaalaafa might story ninmaamilee..
    Rahul dhen huri dhatha ah veegoi neyge? Eyna evaru kameh kureema fahuvaguthu eyna ah ladu libey goiii hedhinama varah salhi vaane ..
    Den vishan eyna hama kuhkohlaagen hama jehigen eyna ah adhebeh libi kantha veenama salhi vaane… and anjoo second baby eh libi ekuhjaa rish ah dheygothah
    I mean rish vee qurubani ah balaafa and anjoo ah neyge rish ah kids nulibey kameh ves

  19. Neeno says:
    December 9, 2017 at 4:27 pm

    Awesome?

Comments are closed.



All Right Reserved!