Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ވޭނީ ކަރުނަ -1

Shiya Level 110 Stories100 Login
December 25, 2016 6 Mins Read
24 Comments

 

ޖުލައި 26 ވަަަނަވީ ދުވައެވެ. ކުދިބޮޑު  އެންމެން މަގުތަންމައްޗައް ނުކުމެ އެކި އެކި ކުޅިވަރުތަށް ކުޅެހަދަނީއެވެ. ހަމައެކަނި ޖުލައި 26 ވީމައެއްނޫނެވެ. އީދެއްއަޔަސް ހަމަމިހާ ފޯރިގަދައެވެ. ރަށުގެ ޒުވާން ފިރިހެންކުދިން ބޮޑުބެރު ޖަހާއިރު އަނެއްކޮޅުން އަންހެންކުދިން އެއްބާރުލުން ދިނުމުގެ ގޮތުން ނަށާ، އަތްތިލަބަޑިޖަހައިހަދަައެވެ. ފެންޖެހުމާއި ކުލަޖެހުމަކީ މިރަށުގައި ކާބަފައިން ޒަމާނުއްސުރެން އޮންނަ ކަމެކެވެ.  ދުރުގައި ކުޅިވަރުތަށް ބަލަންހުރި ރާޔާގެ ދެލޮލުން ހޯސްލައިފައި ކަރުނަތައް އޮހެންފަށައިގަތެވެ. މިއަދު މީ މިރަށުގައި އޭނާގެ އެންމެ ފަހު ދުވަހަށް ވުންވެސް އެކަށީވެގެންވެއެވެ. އެހެންކުދިންނެކޭ ހަމަ އެއްގޮތަށް އޭނާވެސް ކުދިންނާއި ހީސަމާސާކޮށް ކުޅިވަރުތަކުގައި  ބައިވެރިވާން ބޭނުންވާނެ ނޫންތޯއެވެ. ކުޅިވަޅުތަށް ކުޅޭހިއްވާނެ ނުންތޯއެވެ.  ނަމަވެސް މީގެއިން އެއްވެސް ކަމެއްގެ އުފާލިބިގަތުމުގެ ހައްގެއް ރާޔާ އަކަށްލިބިގެނެއްނުވެއެވެ. އެރަށު މީހުން ތިބެނީ ރާޔާ އަދި އޭނާގެ އާއިލާ އެކަހެރި ކޮށްލާފައެވެ. ސަބަބުތަކެއްނެތީކީއެއްނޫނެވެ.  އުމުރުން 20 އަަހަރުވެފައިވާ ރާޔާ އަކީ ބަލާލަން ރީތި ކުއްޖެކެވެ. ބޮލުގައި ރީތި ކަޅު ދިގު އިސްތަށިގަނޑަކާއި އަދި ހަމައެހެންމެ ހަންގަނޑު އޮމާން ދޮންކުއްޖެވެސް މެއެވެ. އުމުރުން އެންމެ އަށް އަހަރުގައި  އޭނާގެ  ބައްޕަ  ޙާޝިމް  އޭނާގެ  މަންމަ  ރާނިޔާ ވަރިކޮށް، އެހެންމީހަކާ އިނދެގެން އެހެން ރަށަކަށް ބަދަލުވީއެވެ. އޭރު ރާޔާއަށް ވުރެ ހަނގަށް ދެއަންހެން ކުދިން ތިއްބެވެ. ރާޔާ އަކީ ވަރަށް ކިޔަވާ ހިއްވާ ކުއްޖެެކެވެ.. ނަމަވެސް އެވަރުގެ ފޯރުންތެރިކަމެއް ރާނިޔާ އަތުގައި ނެތުމުގެ ސަބަބުން ކިޔެވުމުންވެސް އޭނާ ވަނީ މުޅިން މަހުރޫމް ވެފައެވެ.  . އެއްއިރު ކައިގެން ތިބި ނަމަ އަނެއް ދެއިރު ތިބެނީ ނުކައެވެ. ރާޔާގެ ބައްޕަގެ ޙަބަރެއްވެސް ނުވާތާނގައި ހާލުވެސް ބަލައިލަނީކީއެއް ނޫނެވެ. ރާޔާ އާށް 9 އަހަރު ވީތަނާހެން  ރާނިޔާ  ދެވަނަ ކައިންވެޏެއް ކުރިއެވެ. ކުޑަކުޑަ ތިން ކުދިން ގޮވައިގެން އެކަނިމާއެކަނި އުޅެން ދަތިވުމުންނެވެ… ނަމަވެސް ވީ އެއްވެސް ފައިދާއެއްނެތެވެ. އަނިލް ހުންނަނީ އަބަދުވެސް މަސްތުވާހާލުގައެވެ. އަނީލް އަކީ ރާޔާގެ  ދޮންބައްޕައެވެ.. . ގޭގައި ހުންނަ ފަރުނީޗަރ ފަދަ ތަކެއްޗަށް ގެއްލުންދީ ހަދައެވެ. ގެއަށް ޕޮލިހުން ނައަންނަ ދުވަހެއް ވަރަށް މަދުވާނެއެވެ. ނަމަވެސް ވާކަމެއް ނޯވެއެވެ.   ފަހުން ކަންތައްތައް ވެގެންދިޔަޢީ ވަރަށްވެސް ގަބޫލުކުރަން ދަތިގޮތަކަށެވެ.

*************************************************

ތިން އަހަރު ފަހެވެ. ރާޔާ އޮތީ ކުޑަ ދެ ކޮއްކޮ ކާޔާ އަދި މާޔާ ކައިރީގައެވެ. ގޭގައި  ހުންނަނީ އެންމެ ދެކޮޓަރިކަމުން އެއްކޮޓަރީގައި ނިދަނީ ރާޔާގެ މަންމަ އަދި ދޮންބައްޕައެވެ. އަނެއް ކޮޓަރީގައި ނިދަނީ ރާޔާ އާއި އޭނާގެ ދެ ކޮށްކޮއެވެ.   އެއްރެއެއްގެ މެންދަމު ވަގުތެވެ. ރާޔާ އަށް ހޭލެވުނީ މީހަކު ގިސްލަ ގިސްލާފައި ރޯއަޑަށެވެ. މަޑުމަޑުން އެނދުން ތެދުވެގެން ލޯ އުނގުޅަމުން ގޮސް ކޮޓަރި ދޮރުހުޅުވައި ބޭރު ބަލައިލި އިރު އެއްވެސް މީހަކު ފެންނަން ނެތުމުން އަނެއްކާވެސް ގޮސް އެނދައް އަރައި ނިދަން އޮށޯވެއްޖެއެވެ. މިގޮތަށް ކޮންމެ ރެއަކުވެސް ރާޔާއަށް މިއަޑު އިވިގެން ހޭލެވެއެވެ. ނަމަވެސް ރާޔާ ފަހުން ފަހުން އައިސް އެކަމަކަށް އިސްކަމެއްނުދެއެވެ. އާންމުކަމަކަށް ވަތީވެއެވެ. ދުވަސްކޮޅެއް ވަންދެން މިގޮތުގައި ދުވަސްތައް ހޭދަކުރުމަށްފަހު އާދައިގެ މަތިން ފަތިހު 5.30 ތެދުވެގެން ފާޙާނަޔަށް ވަދެ މޫނުދޮވެގެން ނުކުމެ ބޯރީތިކޮށްގެން ރާޔާ ނުކުތީ ބަދިގެއަށް ހެނދުނުގެ ނާސްތާ ތައްޔާރު ކުރާށެވެ. ރާޔާގެ މަންމަ އަނީލް އާއި އިންފަހުން މުޅިން ހެން ގޭގެ ހުރިހާކަމެއްވެސް ކުރަމުން ދަނީ ރާޔާ އެކަނިމާ  އެކަންޏެވެ.  އެއްޗެހި  ދޮވުމާއި،  ގޭގައި  ފެންފޮތިލުމާއި، ކެއްކުން މިހެން ގޮސް ހުރިހާކަމެކެއެވެ. އަވަސް  އަރުވާލައިފައި  ގަޑިބަލަމުން  ހެނދުނުގެ ނާސްތާ   ތައްޔާރު  ކޮށް މޭޒުމަތީގައި އަތުރާލިއެވެ. ހެނދުނު 7.30 ވުމުގެ ކުރިން ސައި ހަދާފައި ބަހައްޓަން ޖެހޭނެކަމަށް ރާނިޔާ އޮންނަނީ ރާޔާ އާއި ދިމާލަށް ބުނެފައެވެ. ފުރަތަމަ ދުވަސް ކޮޅު ރާޔާ އަށް ވަރަށް އުނދަގޫވިއެވެ. ކަށްކަން އުޅުމުގެ ތެރޭގައި އަލިފާންޖެހި ގައިގެ އެކިތަންތަން ފިހިފަވެސް ހުރެއެވެ. ނަމަވެސް މިހާރު ހުރިހާކަމެއްހެން ކުރަން އިނގެއެވެ. ގަޑިން ހެނދުނު 7.30 ވަނީއެވެ. ކާޔާ އަދި މާޔާ ބަނޑުހައިވެގެން ސައިބޯން ސިޓިންގްރޫމް އަށް ނުކުތް ވަގުތަކީ ރާނިޔާ އަދި އޭނާގެ  ފިރިމީހާ އަނީލް ސައިބޯން މޭޒުކައިރިއަށް އައިސް މަޑުކޮށްލިވަގުތެވެ. އަނީލް ފެނުމުން ކާޔާ އަދި މާޔާވެސް ބިރުން ފަހަތަށް ޖެހިލިއެވެ. ” އަހަރުމެން ސައިބޮއި ނިމުމުގެ ކުރިން އެއްވެސް ކާއެއްޗެއްގައި އަތްލާއިގެން ނުވާނެ” ރާނިޔާ މިހެން ބުނުމުން ކޮޓަރިއަށް ވަނުމަށް ރާޔާ ކޮށްކޮމެންނަށް އިޝާރާތް ކުރިއެވެ. ބަނޑުހައި ހޫނުވެގެން ތިބި ދެކުދިން ތަޅުން ގަނޑުމަތީގައި ފައި ކާއްތަމުން ގޮސް ކޮޓަރިއަށް ވަނެވެ.

ދުވަހަކަށްފަހު ދުވަހެއް ވެގެންދަނީ ރާޔާ އަށް އެހާމެ ހިއްދަތި ވޭން ހުރި ދުވަސްތަކަށެވެ. ފެންވަރާލާނެ ސައިބޯނި ފުޅިއެއްހާ މިންވަރުވެސް ހޯދައެއް ނުދެއެވެ. ކައިގެން ކޮޓަރިއަށް ވަންނަ ދެމީހުން އަނެއްކާވެސް ކޮޓަރިން ނުކުންނާނީ ކާ ގަޑިއަށެވެ. ބޭނުންވާ ވަގުތަކު ރާޔާ ފެންނަން ނެތްނަމަ އަތުގައި އެވަގުތު އޮތްއެއްޗަކުން ތަޅާ އަނިޔާކޮށް ހަދައެވެ. ތިން ދަރިން ތިބެނީ ކައިގެންތޯވެސް ބަލައެއްނުލައެވެ. ޒަރޫރީ ބޭނުންނަށް ފުއްދައި ނުދޭއިރު ގިނަފަހަރު ތިބެންޖެހެނީ ނުކައި ނުބޮއެވެ. ރާނިޔާ އަދި އޭނާގެ ފިރިމީހާ އާއި ރައްޓެހިން ކަށްކައިގެން ކައިހަދާއިރު ހިންދިރުވައިލަ ދިރުވައިލަ  ކޮއްކޮމެން ތިބޭތަން ރާޔާ އަށް ފެނުމުން ވަރަށް އަސަރުކުުުރެއެވެ. މަންމައަކު ދަރިއަކާ ދޭތެރޭގައި މިގޮތަށް ކަންތަށް ކުރަން ހެޔޮވާނެ ހެއްޔެވެ؟. މިހެން އުޅުމުގެ ތެރޭގައި އެންމެ ފަހުން ރާޔާގެ މަންމަވެސް މަސްތުވާތަކެތީގެ ޝިކާރައަކަށް ވީއެވެ.  މަސްތުވާތަކެތި  ބޭނުންކުރަންތިބެނީވެސް  އެގޭގައެވެ. މަސްތުވާތަކެތި ގެނެސްދެނީ އެކި އެކި ގޭންގް ތަކާއި ގުޅާލައިގެންނެވެ. މަސްތުވާތަކެތި ހޯދުމަށްޓަކައި ނުކުރަނީ ކޮންކަމެއްހެއްޔެވެ؟. ވައްކަންވެސް ކުރަނީއެވެ. މިއީ ރާޔާ އަށް އެކި ދުވަސްތައްމަތިން އެމީހުން ދައްކަނިކޮށް އަޑުއިވިފައި ހުރި ވާހަކަތަކެވެ. އެހާހިސާބުން ފާޑު ފާޑުގެ ފިރިހެން ކުދިން އަދި އަންހެން ކުދިންވެސް މިހާރު ގެއަށް އަންނަންފަށަައިފިއެވެ. އަންނަ އެންމެންނަކީ ވެސް  ހަމަ މަސްތުވާތަކެތި ބޭނުންކުރާ މީހުންކަން ބަލާބެލުމުންވެސް އިނގެއެވެ. ގިނަ ރޭރޭ ރާޔާ ލައްވައި ޖޫސްފަދަ އެއްޗެހި ހަދުވައި އެމީހުންނަށް ގެންގޮސް ދެއެވެ. އަދި ހަމަ އެއާއެކު އޭގެތެރެއިން ކޮންމެ މީހަކުވެސް ރާޔާ އަށް  ކުދި ކުދި ގޯނާތަށް ކުރެއެވެ..

ކޮއްކޮމެން ނުކައި ތިބޭތަން ބަލަން ރާޔާ އަށް ނުހުރެވިގެން ރާނިޔާ ކައިރިއަށް ވެސް ދިޔެވެ. ނަމަވެސް ރާނިޔާގެ ހިތުގައި މިއަދު އެއްވެސް ކަހަލަ ކުލުނެއް ރަހުމެއް  ދަރިންނާއި މެދު ނެއްކަން ހާމަވެގެން ދިޔައީ…. ރާނިޔާ ބުނި ބަސްތަކުންނެވެ. ” ކަލޭމެންގެ ބައްޕަ ހެދިހެން ކަލޭމެންވެސް ދޭ.. މަގޭ އެއްވެސް ދަރިއަކު ނުހުންނާނެ، މަމީ ކަލޭމެންގެ މަންމައެއްނޫން.. ކިހާބޮޑު މުސީބާތެއްތަ މީ.” މިހެން ބުނެ ކޮއްޕާލީމަ ވެއްޓުނު ގޮތަށް ޖެހުނީ އަނގަވަތަށެވެ.. ޖެހުމާއި އެކީ އަނގައިން ތަންކޮޅެއް ފަޅައިގެންވެސް ދިޔައެވެ. ތެދުވެގެން ގޮސް ކޮޓަރިއަށް ވަންއިރު ކާޔާ އަދި މާޔާ އިނީ ކޮޓަރީގައި ކުޅޭށެވެ. ފާހާނައަށްވަދެ އަވަހަށް މޫނުދޮވެލިއެވެ. އަދި ނުކުމެ ގޮސް ދެކުދިން ގައިގައި ބައްދާލިތަނާ ކުރަންފެށީ ޝަކުވާއެވެ. ބަނޑުހައި ހޫނުކަމުގެ ޝަކުވާއެވެ.

ވިސްނާ ވިސްނާ އެންމެފަހުން ގޮތްހުސްވިއެވެ. ނުވާނެ ހެއްޔެވެ؟ ރާޔާ އަކީ ކިޔަވާފައި ހުރި ކުއްޖަކަށް ނުވާތީ ވަޒީފާ ގަނޑެއްވެސް ލިބޭނެގޮތެއްނެތެވެ. ނަމަވެސް ކޮންމެފަދަ ހާލެއްގައިނަމަވެސް ލާރި ހޯދަން ވަރަށް މުހިއްމެވެ. ބަނޑު ފުރާނަ މުއްތި ކުރެވޭނީ ލާރިވެސް ލިބިގެންތާއެވެ. އަދި ހަމަ އެހެންމެ ރާޔާ އަށް ވީހެން ކާޔާ އާއި މާޔާ އަށް ވެގެންދާކަށް ބޭނުންނުވާތީވެއެވެ. ރަށުތެރެއަށް ނުކުމެ މީސްމީހުންގެ ކައިރިއަށް ގޮސް މަސައްކަތެއް ލިބޭތޯ އާދޭސް ކުރަންފަށައިފިއެވެ. އެކި މީހުން އެކިކަހަލަ މަސައްކަތްކަށް ރާޔާ ލައްވައި ކުރުވައެވެ.. ލާރިއަށް ބޭނުން ޖެހިފައިވާ ވަރުން ކޮންމެކަމެއް ކުރަން ބުންޔަސް ކޮށްދޭނެކަމަށް ވެސް ރާޔާ ބުނެއެވެ.

ކުނިކަހައި ސާފްކުރުމާއި، ފެންފޮތި ލުމާއި ،ކުނިއުކުން ފަދަ ކަންތަށް  މީހުންނަށް ކޮށްދީގެން ކޮންމެވެސް ވަރަކަށް ލާރިލިބޭތީ ރާޔާ ނިންމީ މާޔާ އަދި ކާޔާ ސްކޫލަށް ފޮނުވައި ކިޔަވައިގެން މޮޅުކުދިންތަކަށް ހެދުމަށެވެ. ދުނިޔޭގައި އުޅޭއިރު މީހުންގެ މަލާމާތުން ސަލާމަތްކޮށް އެންމެންގެ އިޙްތިރާމާއި ގަދަރު ލިބުމަށެވެ. މަސައްކަތް ކޮށްގެން އެކިދުވަސް ދުވަހު ލާރި ލިބެނީ އެކި ވަރުވަރަށެވެ. މިއަދު މީ ތަންކޮޅެއްގިނައިން ލާރި ލިބުނު ދުވަހެކެވެ މަސައްކަތް ނިންމާލި އިރު ރާޔާއަށް ލިބުނީ  500 ރުފިޔާއެވެ.  އޭނާ  އަށް  މިއަދު 100 ރުފިޔާ އަކީވެސް ވަރަށް ބޮޑު އެއްޗެކެވެ. އުފަލުން ހުރެ ގެއަށް ދިޔައެވެ. ރާޔާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފަނޑުވީ، ގެއަށް ވަތް ވަގުތު އަނީލް ކާޔާގެ އަނގައިގައި ސިނގްރޭޓް އެއް ޖައްސައިގެން ހުރިތަން  ފެނުމުންނެވެ. ދުވެފައި ގޮސް ކާޔާގެ އަނގައިން ސިންގްރޭޓް ނަގައި އަތުކޮޅަށް ހޫރައިލިއެވެ. އެވަގުތު ހިންހަމަނުޖެހިފައި ރާނިޔާ ރާޔާ އަށް ބަލަންހުޓެވެ. ރާޔާ ކޮއްކޮ ގޮވައިގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައި ތަޅުއެޅުވުމަށްފަހު ގޮސް އެނދުގައި އިށީނެވެ. ކާޔާ އަދި މާޔާ އަށް ރާޔާ ބޭރުގައި ހުންނަވަގުތުތަކުގައި ސިޓިންގްރޫމް އަށް ނުކުނުކުތުމަށް ނަސޭހަތް ދިނެވެ. އަދި ދޮރުގައި ކިތައްމެ ވަރަކަށް ޖެހިޔަސް ދޮރު ނުހުޅުވުމަށް ވެސް ނަސޭހަތްތެރިވިއެވެ.

ދޮންތާ؟.. މަންމަ ކީއްވެތަ މިހާރު ކޮއްކޮ މެންނަށް އެއްވެސް ވަރަކަށް އަޅާނުލަނީ،؟”. ” އެއީ މަންމަ ބަލިވެ އުޅޭތީ!” މާޔާ  ހިއްރުއްސުވަން ރާޔާ ބުނެލިއެވެ. ބުނާނީވެސް ވަކި ކީކޭހެއްޔެވެ. ކުޑަކުޑަ ދެކުދިންގެ ގައިގަ  ހަޤީގަތާއި ކުރިމަތިލާނެ ވަރުގެ ހިއްވަރެއްނުހުންނާނެކަން އިނގޭތީއެވެ.

އެއްދުވަހެއްގެ ހެނދުނު ވަގުތެކެވެ. އާދައިގެ މަތިން ރާޔާ ހުރީ ބަދިގެތެރޭގައި މަސައްކަތުގައި އަވަދިނެތިއެވެ.

”ރާޔާ..ރާޔާ.. ” ދޮންބައްޕަ ގޮވާއަޑަށް ރާޔާ ބޭރަށް ނުކުތުމުން ފެންތައްޓެއްގެނެސްދޭން  ރާޔާ ކައިރިން އެދުނެވެ. މަޑު ހިނގުމެއްގައި ގޮސް ފްރިޖުން ފެންފުޅިއެއްނަގައި މޭޒުމަތީގައި ހުރި ތައްޓަކަށް ފެންއަޅައިގެން ގޮސް  ފެންތަށި ދިއްކޮށްލުމުން އަނީލް ހިފީ ރާޔާގެ އަތުގައެވެ. ” ބޭބޭ! ދޫކޮށްލާ.. ބޭބޭ ދޫކޮށްލާ…. ” ރާޔާކުރި އާދޭހަށް އަނީލް ދިނީ ބީރުކަންފަތެކެވެ.  ދަމަމުންކަހަލަ ގޮތަކަށް ރާޔާ ގެންގޮސް ކޮޓަރިއަށް ވައްދައި އެތެރެއިން ތަޅުލިއެވެ. ނަސީބު ކަންދިމާކުރިގޮތުން އެވަގު މީހަކު ސަލާމް ގޮވި އަޑަށް އަނީލް ރާޔާގެ އަތުން ދޫކޮށް ކޮޓަރިން ނުކުމެގެން ދިޔައެވެ. މަސްތުވާ ހާލުގައި ރާޔާ ފެންނަ ކޮންމެ ހިނދަކުވެސް އަނީލް ދަނީ އެކި ގޮތްގޮތުން  ގޯނާކުރަމުންނެވެ. ފަހަކަށް އައިސް ރާޔާ އަށް ރަނގަޅަކަށް ނިދޭގޮތެއްވެސް އޮންނަނީ ނުވެފައެވެ.

އެއްރެއަކު ވަރަށް ލަސްވަންދެން މަސަތްކަތް ކުރުމަށްފަހު ރާޔާ ގެއަށް އައިއިރު މުޅި ގެއިން އޮތީ ކަރަންޓު ގޮސްފައެވެ. އެކަނު އަނދިރިކަމުގެ ތެރޭގައި  ހާސްކަމާއި ބިރުވެރިކަމުގެ ތެރެއަށް ގެއްލި ހުސްވެފައި ހުއްޓާ ކުއްލިއަކަށް ސިހިގެން ދިޔައީ ފަހަތުން މީހަކު އައިސް  އަނގަމަތީގައި އަތްއެޅުމުންނެވެ. “ހައި ރާޔާ” އޭ ކިޔާ އެމީހަކު  ގައިގައި ފަހަތުން ބައްދައިގަތީ ވަރަށް ބާރަށެވެ. އަދި އެވަގު އެއީ ދޮންބައްޕަކަން ރާޔާ އަށް އެނގުނެވެ. ހަޅޭއްލަވައިގައްތަނާހެން ގެއަށް ކަރަންޓްއައިސް ހުރިހާ ބޮކިތަކެއް ދިއްލިއްޖެއެވެ. އެވަގުތު ރާޔާގެ މަންމަ ހުރީ އޭނާގެ ކުރިމަތީގައެވެ. ރާނިޔާ ބުނެގެން ކުރާކަމެއް ހެންވެސް ރާޔާ އަށް ބައެއްފަހަރު ހީވެއެވެ. ނަމަވެސް އޭރުވެސް އަނީލް ރާޔާގެ ގަޔަކުން ދޫކޮށްލާކަށް ޙިޔާލެއްނުކުރައެވެ. ރާޔާ އޭނާގެ މަންމައަށް ގޮވާ ސަލާމަތްކުރުމަށް އެދެމުން ދެއެވެ. ނަމަވެސް ރާނިޔާވެސް ބޭނުންވާ ގޮތަކީވެސް އެއީކަމަށްވެސް ވެދާނެވެ. ކޮންމެއަކަސް ރާނިޔާ މިހާރު އޭނާގެ ތިން ދަރިން ދެކެ ވަރަށް ރުޅިއާދެވެ. އެކުދިންގެ ބައްޕަދެކެ އަންނަ ރުޅި އެކުދިން ދެކެ  އަންނަނީކަމަށްވުންވެސް އެކަށީގެންވެއެވެ.. ގޭތެރޭގައި ހަޅެއްލަވާ އަޑުފައްގަޑަށް ކާޔާ އަދި މާޔާ އަށް ހޭލެވިގެން ސިޓިންރޫމް އަށް ނުކުތް  ވަގުތު އަނީލް އަށް ފެނުމާއި އެކު އޭނާ ރާޔާ އަތުން ދޫކޮށްލިއެވެ. ބިރުގަނެފައި ހުރި ރާޔާ  ދެ ކޮށްކޮ ގޮވައިގެން ކޮޓަރިއަށް ނިދަން  ވަންއިރު އަނެއްކޮޅުން ރާނިޔާ އާއި އަނިލް ހެމުން ހެމުން ދިޔައެވެ. ރާޔާގެ ހިއްފަޅައިގެން ދަނީއެވެ. މައިވަންތަކަމުގެ ހަމަ އެއްވެސް ކުލުނެއް ނުހުނަނީ ބާވައެވެ. އަނީލްގެ ވަކިތަކުން ސަލާމަތްވާން ކިތައްމެ ހާވެސް ރާޔާ  ބޭނުމެވެ. ނަމަވެސް ކީއްކުރާނީހެއްޔެވެ. މައިން ބަފައިން އެއްލާލީމަ ދެންކުރާނެ ކަމެއް އެބައޮތް ހެއްޔެވެ..

ހަމަ އެރެއެވެ. ނިދަން އޮވެފައި ސިއްސައިގެން ދިޔައީ މީހަކު ކޮޓަރިތެރޭގައި އުޅޭހެން ހީވެގެންނެވެ. ހިތްބާރުބާރަށް ތެޅެން ފެށިއެވެ. ހިތުގެ ވިންދު އަވަސްވާން ފެށިއެވެ. ކޮޓަރީގެ އެކި ދިމަދިމާލުން ދޮންބައްޕަގެ ސޫރަ ފެންނަން ފެށިއެވެ. ލޯމަރާލާއިރަށް ފެންނަނީ ދޮންބައްޕަގެ އެނުބައި ސޫރައެވެ. އެ ރޫހެވެ. އެންމެފަހުން އެނދުން ތެދުވެ.  ބޭރަށް ނިކުތެވެ. ނުކުތް އިރު މީހަކު ވަރަށް ބާރަށް ގިސްލަ ގިސްލާފައި ރޯ އަޑު ރާޔާގެ ކަންފަތުގައި ޖެހުނެވެ. އެއަޑު އަންނަދިމާއަށް ދާންފެށިއެވެ.. މަޑުމަޑުން ގޮސް ހުއްޓުނީ ރާނިޔާގެ ކޮޓަރި ދޮރުކައިރިއަށެވެ،… އަޑުއަންނަނީ ރާޔާގެ މަންމަގެ ކޮޓަރިއާއި ދިމަލުންކަން ޔަޤީންވިއެވެ. ނަމަވެސް ކީއްވެގެން ކަމެއްނޭނގެއެވެ. ކިޔާ އެއްޗެއްވެސް ސާފެއްނުވެއެވެ. އިރުކޮޅެއްވީތަނާ ކުއްލިއަކަށް ރުއިމުގެ އަޑު ކެޑިއްޖެވެ. ލިބިދާނެ ގެއްލުމަކަށް ބަލާފައި ރާޔާ އަވަސް އަވަހަށް ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

މިގޮތަށް ދުވަސްތަށް ވޭތުވެގެން ގޮސް އެއްދުވަހަކު ރާޔާ ދެކޮށްކޮ ސްކޫލަށް ފޮނުވުމަށްފަހު އައިސް ބަދިގެފަރާތުގައި ހުއްޓާ ” ދަރިފުޅާ ރާޔާ” ފުރަތަމަ ރާޔާ އަށް ހީވީ ހީވި ހީވުމެއްކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ” ރާޔާ މިކޮޅުބަލާބަލަ” އިވުނީ ރާޔާގެ މަންމަގެ އަޑެވެ. އެތަށް ދުވަހެއް ވަންދެން އެއަޑަކަށް ކެންމަދުވެފައިވާ ރާޔާ ފަހަތް އެބުރިބަލާލި އިރު، ރާނިޔާ ހުރީ ރާޔާ އަށް ހިނިތުން ވެލައިގެންނެވެ.. އެވަގުތު ރާނިޔާ އަށް ގިސްލަ ގިސްލާފައި ރޮވެންފެށުނެވެ. ނުރޮވޭނެ ހެއްޔެވެ. އެއްގޮތަކަށްވެސް އަޅާނުލާތާ 5 އަހަރު ވީއެވެ. ރާނިޔާ ގޮސް އޭނާގެ ދަރިފުޅުގައިގަ ނިކަން ރަނގަޅަށް ބައްދާލިއެވެ. އަދި މާފަށްވެސް އެދުނެވެ. ކަރުނަތަށް ފޮހެލަމުން ” އަހަރެންގެ ހިތުގައި މަންމަ އާއި ދޭތެރޭގައި އެއްވެސް ޝަކުވާއެއްނެތް” ރާޔާ ބުނެލިއެވެ. ” ރާޔާ! ރާޔާ ތީ މިހާރު ބޮޑުކުއްޖެއްނު! އެހެންވީމަ މަންމައަށް ފެންނަނީ ދަރިފުޅު ދެން ޒަވާޖީ ހަޔާތެއްފަށަން” އިރުކޮޅެއްވަންދެން ރާޔާ އޭނާގެ މަންމަގެ މޫނަށް ބަލަހައްޓަން ހުރެފައި ބުންޏެވެ. ” އަހަންނަކަށް މަންމަ ތިބުނި އެއްޗެއް ނުވިސްނުނު” ރާޔާ މިހެން ބުނުމުން ރާނިޔާ ރާޔާ ގޮވައިގެން ސިޓިންގްރޫމް އަށް ދިޔައެވެ. އެވަގު ސިޓިންގްރޫމްގައި އިން ގޮނޑިއެއްގައި މުސްކުޅި ފުރައިގެ ފިރިހެނެއް އިނެވެ. އަދި އޭނާގެ އަތުގައި ކަޅުކުލައި ކުޑަފޮށްޓެއްވެސް އޮތެވެ.. ރާޔާ އަށް ހުރެވުނީ ނޭނގުމެއްގެ ތެރޭގައިއެވެ. ” މިއީ އިސްމާއީލް މީނާއަކީ ވަރަށް ރަނގަޅު މީހެއް ވަރަށް، މުއްސަނދިވެސް މީހެއް މާލޭގެ ގެދޮރުވެސް އެބަހުރި ، މީނާ ބޭނުންވަނީ ރާޔާއާ އިންނަން، އަދި އަހަރެން އެކަމާ ޤަބޫލު” ރާނިޔާ މިހެން ބުނުމުން ރާޔާގެ ދެފައި ތުރުތުރު އަޅަންފެށިއެވެ. ދެލޯބޮޑުކޮށްގެން ހުރެ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ޖެހުނީ ގޭގެ ބިތުގައެވެ. ” މަންމާ! ” ރާޔާގެ ވާހަކަ ނުނިމެނީސް ރާނިޔާ ބުންޏެވެ. ” މިއީ މަންމަ ރާޔާ ކިބައިން އެދޭ ވަރަށް ބޮޑުއެދުމެއް” ކޮންމެއަކަސް އެއްވެސް މަޔަކު އޭނާގެ ދަރިޔަކަށް ދެރަގޮތެއްވާކަށް ނޭދޭނެއޭ ރާޔާގެ ހިތައްއެރިއެވެ،.. އެހެންކަމުން ރާޔާ ކައިވެންޏަށް ޤަބޫލުވިއެވެ. ހަމައެއާއެކު ރާޔާ ކޮންމެ ތަނަކަށް ދިޔަޔަސް އޭނާގެ ދެ ކޮއްކޮ އޭނާއާއެކީ ދާނެކަމަށް ވެސް ބުންޏެވެ. މިހެން ރާޔާ ބުނުމާއި އެކު އިސްމާއީލް އޭނާގެ އަތުގައި އޮތް ކަޅު ފޮށި ރާނިޔާ އަތަށްދިނެވެ. އެވަގުތު ރާނިޔާ އެފޮށި ހުޅުވައި އެތެރެ ބަލައިލިއިރު އެތެރޭގައި ހުރީ ފުރެންދެން 500 ގެ ނޫޓެވެ. ރާޔާ އަށް ފެނުމާއި އެކީ އެގުނެވެ.

އެވަގުތު ރޮވިފައިހުރެ ރާޔާ އަށް ހިތާހިތުން ބުނެލެވުނެވެ. އަހަރެންދެކެ ލޯބިވާތީ ކީއެއްނޫނެވެ. ލާރީގެ ދަހިވެތިކަމުގައެެެވެ. އެންމެ ފަހުން އަހަރެން ވިއްކާވެސްލީތާއެވެ. މިކަހަލަ މަންމައެއް ދުނިޔޭގެ އެއްވެސް ދަރިއަކަށް ނުލިބުމަށް އަހަރެން އެދެމެވެ.. ދުނިޔެ ހިނގާނީ ތޮށަލިދުޅައަށޭ މީހުން ކިޔާއަޑު އަހަރެން އަހަމެވެ. ދިރިއުޅުމުގައި އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނޭވެސް ބުނެއެވެ. އެކަމަކު އެބުނާ އުސްގަނޑެއް އަހަރެންގެ ދިރިއުޅުމަކަށް ނައެވެ. އަހަރެންގެ ޒުވާންކަން ނިމިގެން މިދަނީ ދިރިއުޅުމުގައި ކުރިމަތިވަމުންދާ އަޑިގަނޑުތަކަށް ފަސްއަޅައި، ފޮރުވުމުގައެވެ. އަހަންނަށް ދުނިޔެ ފެންނަމުން މިދަނީ ކާމިޔާބެއް ނެތް ހަނގުރާމައެއްގެ ގޮތުގައެވެ.

 

-ނުނިމޭ-

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shiya

Level 110 Stories100 Login

Other Articles

Previous

ހުރީ ވެވިފާ ބާކީ… (ބާރަވަނަ ބައި)

Next

ހިތް އެކީ ދެވިއްޖޭ…39

Next
December 25, 2016

ހިތް އެކީ ދެވިއްޖޭ…39

Previews
December 25, 2016

ހުރީ ވެވިފާ ބާކީ… (ބާރަވަނަ ބައި)

24 Comments!

  1. shaun says:
    December 25, 2016 at 5:47 pm

    Wow nice story but feeling ? want read another part

  2. Shiya says:
    December 25, 2016 at 5:54 pm

    Thanks shaun me2

  3. Shiya says:
    December 25, 2016 at 6:14 pm

    Shiya heekuran huriha kudhinnah ves mivaahaka reethi vaanekamah ?

  4. mariyam says:
    December 25, 2016 at 6:22 pm

    Alhey…. Haadha hithaama veriey dhww.. ? Bt vaahaka hama varah salhi Ingey Shiya?

    1. Shiya says:
      December 25, 2016 at 6:32 pm

      Thank you mariyam ?

  5. Neem says:
    December 25, 2016 at 7:50 pm

    Alhey shiya haadha hithaamaveri story ekey hama rovijje ?
    V nice keep it up

  6. Faathun says:
    December 25, 2016 at 7:53 pm

    Beautiful story next part please ?

  7. Mac says:
    December 25, 2016 at 7:57 pm

    So nice ?

  8. Malaa says:
    December 25, 2016 at 10:56 pm

    Sad story but nice… Plx next part

  9. Sad says:
    December 26, 2016 at 12:20 am

    V v v v sad ? feeling crying after reading this story.. but want read next part please up kohlaba

  10. Shiya says:
    December 26, 2016 at 12:30 am

    Guys don’t be sad it happens sometimes… and actually this is the reall story but not the real name I have mansion.. ?
    V v happy readers support libeythi negetive comment ehlibunas., I will accept because this is my first story of my whole life that I have written… there have some mistakes I agree … shiyage vaahaka kiya komme kujjehves ekuhjaku story aa dheytherey dhekey goi buneladhinun edhen it’s a request… because I can’t move on without u guys need full readers support.,
    Luve❤️️ All
    Next part will upload v soon insha allah

  11. mauoo says:
    December 26, 2016 at 1:26 pm

    Vareh nice story eh i ❤ it

    1. Shiya says:
      December 26, 2016 at 8:07 pm

      Thanks mauoo

  12. shys says:
    December 26, 2016 at 1:28 pm

    v reethi

    1. Shiya says:
      December 26, 2016 at 8:08 pm

      Thanks shys

  13. Aharen says:
    December 26, 2016 at 2:54 pm

    Reethi v

  14. Naash says:
    December 26, 2016 at 4:49 pm

    Nice story.?keep it up?

  15. shy says:
    December 26, 2016 at 5:43 pm

    Varh asaru gadha vaahaka eh?varah reethi. mivaahak kiyun therin ge shaugu nugehlley gothah veehaa ves real koh vaahaka nimen dhen genes dhunun edhen

    1. Shiya says:
      December 26, 2016 at 8:13 pm

      Yeah sure nd thanks for giving me a support ?

  16. Shiya says:
    December 26, 2016 at 8:12 pm

    Thanks all ?

  17. Malak says:
    December 27, 2016 at 1:23 am

    Shiya raaniyaa dhevaabala e muskulhi myhayaa maa bodah vx rangalhu vaane dho… Ma sha allaah vvvv nice story…. Vvv dheravey ?????

  18. Nish says:
    December 28, 2016 at 1:34 am

    Koba next part… v kiyaa hithun mi hury… v avahah up kohladhehchey ingey ??

  19. aysha says:
    January 2, 2017 at 1:41 am

    Waiting for the next part shiya. Kon dhuvas thakeh ga update vaa vahaka eh mi can’t wait to read this. Shiya the story is awesome. Love it and waiting waiting so excited……???

  20. Stranger says:
    January 5, 2017 at 4:52 pm

    V reethi

Comments are closed.

Next Episodeވޭނީ ކަރުނަ…2 ވަނަބައި←


All Right Reserved!