Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަލަކާ (1ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
December 25, 2016 6 Mins Read
56 Comments

ހިތްގައިމު ހަވީރެކެވެ. ޖެހޭ މަޑު ވައިރޯޅިން ހިތްތަކަށް ހަމަޖެހުން ގެނުވައިދެއެވެ. މިފަދަ ހިތްގައިމު ހަވީރެއްގައި ފުވައްމުލަކުގެ އަތިރިމަތިންވެސް ފެންނަނީ ހިތްގައިމު މަންޒަރުތަކެކެވެ. ދުރުގައި ސައިކަލުގައި އިން ޒުވާނާ އިނީ އެކުދިންގެ ހަރަކާތްތަކަށް ގެއްލިފައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރަށަށް ނާންނަތާ އެތައް އަހަރެއް ފަހުން އިޒްޔާން ރަށަށް އައިއިރު މުޅި ރަށް ވަނީ ބަދަލުވެފައެވެ. ކުޑައިރުގެ ރައްޓެހިންވެސް ވަނީ ބަދަލުވެފައެވެ. މިހާރު ރަށުގައި އުޅެނީވެސް އޭގެ ތެރެއިން މަދު ކުދިންކޮޅެކެވެ.

ރަށަށް އައިފަހުން ހަފްތާއެއް ފާއިތުވެދިޔައިރުވެސް އިޒްޔާންއަކަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. މާލޭގައި އުޅޭއިރު ރައްޓެހިންނާ އެކުގައި ހޭދަކުރާ މަޖާ ވަގުތުތައް މަތިން ހަނދާންވެ ފޫހިވާން ފެށިއެވެ. އިޒްޔާން ރަށަށް ނާންނަން އުޅުނުނަމަވެސް އިޒްޔާންގެ ދޮންތަގެ ކައިވެންޏަށް ރަށަށް ދާންޖެހޭނެކަމަށް ބައްޕަ ބުނުއްވުމުން އިޒްޔާން ގޮތްދޫކޮށްފައި ރަށަށް އައީއެވެ. އިޒްޔާން ރަށަށް ނާންނަން އުޅޭ އިތުރު ސަބަބެއްވެސްވެއެވެ.

ސައިކަލުގައި އިން އިޒްޔާން ސިހުނީ ކޮނޑުގައި މީހަކު ޖަހާލީމައެވެ. ސިހިފައި ބަލާލިއިރު ހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އިޒްޔާން ސައިކަލުން ފައިބައި ސަލާންކޮށްލިއެވެ. އެހާ ދުވަސް ކޮށްފައި ދެމީހުން ބައްދަލުވުމުން ކޮފީއަކަށް ދިއުމަށް ދެމީހުން ސައިކަލުގައި ނައްޓާލިއެވެ. ކޮފީއަށް އޯޑަރ ދީފައި ދެމީހުން ހަމަޖެހިލިއެވެ.

“ކޮންއިރަކު އައީ؟ ރަނގަޅު އިނގޭ. އައިއްސަ ގުޅާވެސްނުލާ.” އިޒްޔާންއާ ޝަކުވާކޮށްލަމުން އާލިމް ބުނެލިއެވެ.

“މިހާރު ދުވަސްކޮޅެއް ވެއްޖެ. ނޭނގެ ނަންބަރެއް. އެހެންވެ ނުގުޅުނީ…” އިޒްޔާން ބުނީ ފޯނު ހަލާކުވެގެން އާ ފޯނެއް ގަތުމުން ހުރިހާ ރައްޓެހިންގެ ނަންބަރުތައް ގެއްލުނީކަމަށެވެ.

“އަސްލު ވަރަށް ފޫހި. ކޮބައިތަ މިހާރު އެ ލަތީފްއާ އައްސަދުމެން؟” އިޒްޔާން އަހާލިއެވެ.

“އެމީހުންގެ ވާހަކަ ނުދައްކާ. މިހާރު އެމީހުންވެސް ހަލާކުވެއްޖެ.” އާލިމް ބުނެލިއެވެ.

“އެހެންތަ؟ ހާދަ ދެރައޭ ދޯ؟” އިޒްޔާން ދެރަވެލާފައި ބުނެލިއެވެ.

އެހާ ދުވަސް ފަހުން ދެއެކުވެރިން ބައްދަލުވުމުން އެތައް ވާހަކައެއް ދައްކަން ތިބެވުނެވެ. އިރުކޮޅަކުން އާލިމްއަށް ފޯނެއް އައުމުން އާލިމް ގެއަށް ދާން ޖެހުނެވެ. ފަހުން ދިމާވާނެކަމަށް ބުނެ ދެމީހުން ވަކިވީ އާލިމްގެ ގޭދޮށުންނެވެ.

އިޒްޔާންއަށް ގެއަށް އާދެވުނުއިރު އެންމެން ތިބީ ސިޓިންގރޫމުގައި ޔާނާގެ ކައިވެނީގެ ކަންތައްތައް ރޭވުމުގައެވެ. އިޒްޔާން ދިޔަގޮތަށް ގޮސް ޖައްސާލީ އަޒްފާ އިށީނދެގެން އިން ސޯފާގެ އަތްގަނޑު މަތީގައެވެ.

“ޔާން! ކޮންތާކުންތަ ތިއައީ؟ މަންމަ ވަރަށް ހޯދައިފިން.” އިޒްޔާން އަޒްފާގެ ކޮނޑުގައި އަތް އަޅުވާލަމުން ބުނީ ރައްޓެއްސަކާއެކު ކޮފީއަކަށް ދިޔައީ ކަމަށެވެ.

“ރައު ގުޅީމަ ކީއްވެ ފޯނު ނުނެގީ؟ އޭނަ އަންނަންވެގެން އެވަރަކަށް ގުޅީ. އެންމެފަހުން ދާއިންއަށް ގުޅައިގެން އެއައީ.” އަޒްފާ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ. ރައުދާ އައިސް އުޅޭކަން އެނގުމުން އިޒްޔާންގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ.

“މަންމާ! އެހާ ދުވަސްކޮށްފަ އާލިމްއާ ދިމާވީ. އެހެންވެ ވާހަކައިގަ ޖެހިފަ ތިބެވިގެން ފޯނަށް ޖަވާބުނުދެވުނީ.” އިޒްޔާން ހިނިތުންވެލާފައި ބުނެލިއެވެ.

އަޒްފާގެ ދަރިންގެ ތެރެއިން އިޒްޔާންއަކީ އޭނާ އެންމެ ލޯބިވާ ދަރިއެވެ. އިޒްޔާންއާއި އޭނާގެ މަންމައާ ދެމެދުގައި އޮންނަނީ ދެރަހުމަތްތެރިންގެ ދެމެދުގައި އޮންނަފަދަ ގުޅުމެކެވެ. އިޒްޔާން އޭނާގެ މަންމައާ ގާތްވެފައިވާވަރަށް ބައްޕައާ ދުރެވެ. ބައްޕަގެ ކުރިމަތީގައި އެންމެ ބަހެއްވެސް ބުނާކަށް އިޒްޔާންއަކަށް ނުކެރެއެވެ.

“ކޮފީ.” ރައުދާ ކޮފީ ޖޯޑުތައް ތަބަކަކަށް ލައިގެން އައިސް ދިއްކޮށްލަމުން ބުނެލިއެވެ.

“ދެންމެ މިއައީ ކޮފީއެއް ބޯލައިގެން.” އިޒްޔާން ހިނިތުންވެލަމުން ބުނެލިއެވެ.

“ކީއްވެތަ ފޯނު ނުނެގީ؟” ރައުދާ އެންމެންނަށް ކޮފީ ދީ ނިންމާފައި އައިސް އިޒްޔާންގެ ގާތުގައި ހުއްޓެމުން ސުވާލުކޮށްލިއެވެ. އިޒްޔާން އެވަގުތު ފޯނު ނުނެގުނު ސަބަބު ބުނުމަށްފަހު ތެދުވެގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. އިޒްޔާންގެ ފަހަތުން ރައުދާވެސް ހިނގައިގަތެވެ. ކޮޓަރިއަށްވަދެ ދޮރު ލައްޕާލަން އުޅުނު ވަގުތު ރައުދާ ފެނިފައި އިޒްޔާން ހައިރާންވިއެވެ.

“ކީއްވެ ތިހާ ވަރަށް ފިލައިގެން ތިއުޅެނީ؟” ދޮރުން އެތެރެއަށް ވަންނަމުން ރައުދާ ބުނެލިއެވެ.

“ފިލައިގެންތަ މިއުޅެނީ؟” އިޒްޔާން އެހެން އަހާލަމުން ގޮސް އެނދުގައި ޖައްސާލިއެވެ.

“މިވަގުތު އަހަރެން ބޭނުމީ ރެސްޓްކޮށްލަން. ފަހުން ވާހަކަދައްކާނީ.” އިޒްޔާން ފޫހި ގޮތަކަށް ބުނެލިއެވެ. ރައުދާ އައިސް އެނދުގެ މަގަތުން އިށީނުމަށްފަހު ވާހަކަދައްކަން ފެށިއެވެ. ރައުދާ ހުރީ ދާކަހަލަ ގޮތަކަށް ނޫންކަން އެނގުމުން އިޒްޔާން ބޮލުގައި ރިއްސާތީ ނިދާލަން ބޭނުންކަމުގައި ބުނެލިއެވެ.

“ރައު ބޯ މޮޑެލަދެންތަ؟ ރައު ވަރަށް މޮޅުވާނެ.” ރައުދާ އެހެން ބުނަމުން އިޒްޔާންގެ ބޯ މޮޑެދޭން ފެށިއެވެ . އިޒްޔާން އެކަމުން ދުރުވެގަތުމަށް އެނދުން ތެދުވިއެވެ. އެވަގުތު ދާއިން އައިސް ވަނުމުން އިޒްޔާންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ރައުދާގެ ކިބައިން ސަލާމަތް ނުވެވިގެން އުޅެނިކޮށް ދާއިން އައުމުން، އިޒްޔާން ލޮލުގެ އިޝާރާތުން ރައުދާ ދައްކާލިއެވެ. އަދި އޭނާ ގޮވައިގެން ބޭރަށް ދިއުމަށް ބުނެލީ ސިއްރުސިއްރުންނެވެ.

“ކީއްތަވީ؟ ދާއިން އަޔަސް އެއީ މައްސަލައެއް ނޫނެއްނު.” ރައުދާ އިޒްޔާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެއްވެސް ބަހެއް ނުބުނެ އަވަސްއަވަހަށް އަތް ދަމައިގަންނަމުން އިޒްޔާން ބޭރަށް ދާން ހިނގައިގަތެވެ.

“ރައު ތިހެން އުޅޭ ވަރަކަށް ދޮންބެ ދުރަށް ދޯ ދަނީ؟ ދެން ރައު ކީއްކުރަންތަ ތިވަރުން ތިއުޅެނީ؟ ދެން ތިކަން ހުއްޓާލަބަލަ.” ރައުދާ ދެރަވެފައި ހުރިތަން ފެނުމުން ވިސްނައިދިނުމުގެ ގޮތުން ދާއިން ބުނެލިއެވެ.

“ދާއިން! ތިހެން ނުބުނޭ. ރައުދެކެ އިޒް އަދި ލޯބިވާނެ. އަހަރެން އިންތިޒާރު ކުރާނަން.” ލޮލުން ވެއްޓެންދިޔަ ކަރުނަ ތިކި ފޮހެލަމުން ރައުދާ ނުކުމެގެން ދިޔައެވެ. ބޮލުގެ އިސްތަށިގަނޑަށް ދެއަތް މަހާލަމުން ދާއިންއަށް ބޯ ހޫރާލެވުނެވެ.

އިޒްޔާން ބޭރަށް ނުކުތްއިރު އެއްވެސް މީހަކު ފެންނަން ނެތުމުން، ބަދިގެއަށްވަދެ އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން ގޮސް ކާމޭޒު ދޮށުގައި އިށީނެވެ. އެވަގުތު ސިޓިންގރޫމުން ރައުދާ ވާހަކަދެއްކި އަޑަށް އިޒްޔާން ބަލާލިއެވެ. ކާމޭޒު ދޮށުގައި އިންނައިރު ސިޓިންގރޫމް ފެނެއެވެ.

“އޯކޭއޭ ތިއްތާ. ރައު އެކަނި ހިނގައިދާނަން.”” ރައުދާ އެކަނި ގެއަށްދާން އުޅުމުން އަޒްފާއަކަށް އެކަން ކަމަކުނުދިޔައެވެ. މިހާ ދަން ގަޑިއަކު ރައުދާ އެކަނި ގެއަށްދާކަށް އަޒްފާ އެއްބަހެއްނުވިއެވެ.

“މިރޭ ރައު މިގޭގަ މަޑުކުރަން ތިއްތައަށް ފެންނަނީ. މިހާ ދަންވީމަ ނުވާނެ އެކަނި ދާކަށް. ތިއްތަ ރައުގެ މަންމައަށް ގުޅާފަ ބުނާނަން.” އަޒްފާ އެހެން ބުނުމުން ރައުދާ ހިނިތުންވެލިއެވެ. އަޒްފާ ބުނީ ރައުދާ ނިދާނީ ޔާނާއާއެކު އެކޮޓަރީގައި ކަމަށެވެ.

ޖެހިގެން އައި ދުވަހު ހެނދުނު އިޒްޔާންއަށް ހޭލެވުނީ މީހެއްގެ އަތުގެ ބީހުން އިހުސާސްވެގެންނެވެ. ލޯ ހުޅުވާލުމާއެކު އިޒްޔާންއަށް ފުންމައިގެން ތެދުވެވުނެވެ. ރައުދާ އިޒްޔާންގެ ފަން އިސްތަށިގަނޑާއި ކުޅެމުން ދިޔައީ ނުހަނު ލޯތްބާއެކުގައެވެ. އިޒްޔާން ތެދުވިގޮތް ފެނި ރައުދާއަށް ހެވުނެވެ. އެވަގުތު އަޒްފާ އައިސް ކޮޓަރިއަށް ވަނެވެ.

“ޔާން! ދޭބަލަ ރައު ގެއަށް ލައިދޭން.” އަޒްފާ އެހެން ބުނެލުމުން އިޒްޔާން އާނއެކޭ ބުނެ ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. އިޒްޔާން ތައްޔާރުވެގެން ނުކުތްއިރު ރައުދާ ހުރީ ދާން ތައްޔާރުވެގެންނެވެ. ރައުދާގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމުން އޭނާ މިފަދަ ވަގުތުކޮޅަކަށް އިންތިޒާރު ކުރާވަރު އަންގައިދެއެވެ. އިޒްޔާން ރައުދާ ގެއަށްލާންދިޔަ މަގުމަތީގައި މާގިނަ ވާހަކައެއް ނުދައްކައެވެ. އެކަމަކު ރައުދާ ގެއަށް ދެވެންދެންވެސް ހުއްޓާނުލާ އަނގަތެޅިއެވެ. އިޒްޔާންގެ ބޮލަށް އުނދަގޫވެގެން ބައެއްފަހަރު އެއްޗެއް ބުނެލައެވެ.

ރައުދާ ގެއަށްލާފައި އިޒްޔާން ގެއަށް އަންނަން ނިންމީ އަތިރިމަގުންނެވެ. އެހިތްގައިމު އަތިރިމަތި ބަލާލުމުގެ ބޭނުމުގައެވެ. އަތިރިމަތި ފެނުމުން އިޒްޔާން ހައިރާންވިއެވެ. ކުރީގައި އޮތް ބޮޑު ދޮންވެލި ތުނޑިއެއް މިހާރަކު ނެތެވެ. ގިރާލާފައި އޮތުމުން ގިނަ ރުއްތައްވެސް ވަނީ މޫދަށް ވެއްޓިފައެވެ. އަވިގަދަ ވައިމަޑު ދުވަހެއްގައި މޫދުގެ ލޮނުގަނޑު ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. މި ހިތްގައިމު މަންޒަރުގެ ސަބަބުން އިޒްޔާންއަށް ސައިކަލު މަޑުކޮށްލެވުނެވެ. ސައިކަލުން ފައިބައިގެން އިޒްޔާން ހިނގައިގަތީ މޫދަށް ވެއްޓިފައި އޮތް ރުކަކާއި ދިމާލަށެވެ. އެރީތި މޫދު ތަންކޮޅެއް ގާތުން ބަލާލުމުގެ ޝައުޤުވެރިކަމުގައި ގޮސް އެރުއް މައްޗަށް އެރިއެވެ. އެރުއް މައްޗަށް އަރައިގެން ތަންކޮޅަކަށް ދިޔަތަނާ ކުއްލިއަކަށް މޫނާއި ގަޔަށް ލޮނު ބުރައިގެން ދިއުމުން އިޒްޔާން ސިހުނެވެ. އަދި އަވަސްއަވަހަށް މޫނު ފޮހެލިއެވެ.

އިޒްޔާން މޫނު ފޮހެލާފައި ބަލާލިއިރު ކުރިމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން އަވަސްއަވަހަށް ފަހަތަށް ބަލާލިއެވެ. އެވަގުތު ކުރު މަތިކޮޅަކާއި ދޫ ހަރުވާޅެއް ލައިގެންހުރި އަންހެންކުއްޖަކު އެއްގަމަށް އަރައިގެން ދާތަން ފެނުނެވެ. ފުރަގަހުން ފެނުނުއިރު އެކުއްޖަގެ ފަން އިސްތަށިގަނޑު ތެމިފައި އޮތުމާއެކު ލައިގެންހުރި މަތިކޮޅު ގައިގައި ތަތްލާފައި ހުރުމުން އެއަންހެންކުއްޖާގެ ރީތިކަން ފާޅުވޭވޭ ހުއްޓެވެ. އެކުއްޖާގެ ރީތިކަމާމެދު އިޒްޔާން ހައިރާންވިއެވެ. ދިގު އިސްކޮޅަކާއެކު ބަނިޔާދަން ރިތި ހަށިގަނޑެއް ލިބިފައިވާ އެއަންހެންކުއްޖާގެ މޫނު ދެކިލާހިތްވިއެވެ. އެއަންހެންކުއްޖާ ގޮސް އޮބާލުމުން އިރުކޮޅަކު އެތާނގައި ހުރުމަށްފަހު އިޒްޔާން ގެއަށްދާން ސައިކަލަށް އަރާ ދުއްވާލިއެވެ.

ޖެހިގެންއައި ދުވަހުވެސް އިޒްޔާން ހެނދުނު ހެނދުނާ އެތަނަށް ދިޔައެވެ. އެކަމަކު އެދުވަހު އެއަންހެންކުއްޖާ އެތަނަކުން ނުފެނުނެވެ. އެތައްއިރަކު އެއަތިރިމަތީގައިވަގުތުތައް ހޭދަކުރުމަށްފަހު މެންދުރުވާން ގާތްވުމުން ގެއަށްދާން އިޒްޔާން ސައިކަލަށް އަރާ ދުއްވާލިއެވެ.

އިޒްޔާން ސޯފާއަށް ހަށިގަނޑު ދޫކޮށްލައި ލޯ މަރާލައިގެން އޮތީ އެރީތި ސޫރައިގެ ޖާދޫގައި ޖެހިފައެވެ. “އިޒްޔާން ކޮންތާކުން ތިއައީ؟” އިޒްޔާން އަނގައިން ނުބުނެ އޮތުމުން އިޒްޔާންގެ އަތުގައި ހިފާލަމުން އަޒްފާ ގޮވާލިއެވެ.

“ހޫމް މަންމާ. ކިހިނެއްވީ؟” ފޫހި ގޮތަކަށް ސޯފާއިން ތެދުވަމުން އިޒްޔާން އަހާލިއެވެ.

“ކިހިނެއްވީ؟ ބޮލުގަ ރިއްސަނީތަ؟” އިޒްޔާން އިންގޮތް ފެނިފައި އަޒްފާ ލޯތްބާއެކު އަހާލިއެވެ. އިޒްޔާން އޭނާގެ މަންމަގެ އަތުގައި ހިފާލަމުން ކަމެއްނުވާކަމަށް ބުންޏެވެ.

“އިޒް! ކޮންތާކުންތަ ތިއައީ؟ މަ ކޮންއިރެއް މިގެއަށް އައިސް އުޅޭތާ.” އާލިމް އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ. މޫޑް ގޯސްވެފައި އިން އިޒްޔާންއަށް އާލިމް ފެނުމުން ކުޑަކޮށް ހިނިތުންވެލިއެވެ. އަދި ތެދުވެގެން ދެމީހުން ގޮސް ކާގެއަށް ވަނެވެ. އޭރު ކާގޭގައި ޔާނާ އުޅެނީ މެންދުރުގެ ކެއުން ތައްޔާރުކުރާށެވެ. ޔާނާއާއެކުގައި ރައުދާވެސް އުޅެއެވެ. ހެނދުނު ސައިވެސް ނުބޮއި ގޮސް އުޅެވުނީތީ އިޒްޔާން ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެކަމަކު ސައި ބޯހިތް ނެތުމުން، ދެމީހުންނަށް ކޮފީއެއް ހަދަން ބުނެފައި އިޒްޔާންއާއި އާލިމް ދިޔައީ ބޭރުގައި ހަދާފައިހުރި އުނދޯލިގެއަށެވެ.

އިޒްޔާން އިންގޮތުން އާލިމްއަށް އިޒްޔާންގެ މޫޑް އެހާ ރަނގަޅު ނޫންކަން އެނގުނެވެ. “ކޮންކަމަކާ ތިހާ މޫޑް ގޯސްވެފަ ތިއިނީ؟” އާލިމް އަހާލުމުން އިޒްޔާން ބުނީ ވަކި ކަމެއް ނުވާކަމަށެވެ.

“ނުބުންޏަސް މަށަށް އެނގޭ. ރައުގެ ކަންތަކާ ދޯ؟” އާލިމް އެހެން ބުނިތަނާ ރައުދާ ދެތަށި ކޮފީ ހިފައިގެން އައިސް ހުއްޓުނެވެ.

“އަހަރެންގެ ވާހަކަ ދޯ ތިދައްކަނީ؟” ހިނިތުންވެލަމުން ރައުދާ އެހެން ބުނެފައި ދެމީހުންނަށް ދެކޮފީތަށި ދިއްކޮށްލިއެވެ.

“ނޫން.” އާލިމް އަވަސްއަވަހަށް ބުނެލިއެވެ. ރައުދާ ދިއުމުން އާލިމް އެސުވާލު ތަކުރާރުކުރިއެވެ.

“އާލިމްއަށް އެނގޭނެ އަހަރެން ރައުއާ ދޭތެރޭ އެގޮތަށް ނުދެކޭކަން. އެހެންނޫނަސް އަހަރެންނަށް ރައުދެކެ ލޯބި ނުވެވޭއިރު އޭނައަށް ދެރައެއް ދޭންވީ ކީއްކުރަން.” އިޒްޔާން ބުނެލިއެވެ.

“ދެން ކީއްވެ އަޒްފާއްތަ ގާތު ނުބުނީ؟ ތިގޮތަށް އުޅެފަ ފަހުން ބުނުމަށްވުރެ މިހާރު ބުނުން ބުއްދިވެރީ.” އިޒްޔަންއާ އާލިމް ވާހަކައިގައި ތިއްބާ އަޒްފާ އައިސް ރައުދާ ގެއަށް ލައިދޭން ދާން ބުންޏެވެ. އިޒްޔާން ހިތްހަމަނުޖެހިފައި މިދަނީކަމަށް ބުނެ ތެދުވެގެން ދާން ހިނގައިގަތެވެ.

އިޒްޔާން ރައުދާ ގެއަށްލާންދިޔަ މަގުމަތީގައި ރައުދާ ބުނެގެން ފިހާރައެއްގެ ކައިރިއަށް މަޑުކޮށްލިއެވެ. ރައުދާ ފިހާރައަށް ވަނުމުން އިޒްޔާން ސައިކަލުގައި ރަނގަޅަށް ހަމަޖެހިލިއެވެ. އެވަގުތު ފެނުނީ ފިހާރައިން ނުކުތް އަންހެންކުއްޖެކެވެ. އިޒްޔާން އެއަންހެންކުއްޖާއަށް ބަލާލިއިރު އެކުއްޖާވެސް ހުރީ އިޒްޔާންއަށް ބަލާށެވެ. އިޒްޔާން ފެނިފައި ނުބެލޭނީ ކޮން އަންހެންކުއްޖަކަށް ހެއްޔެވެ؟ އިޒްޔާންއަކީ ފިރިހެންވަންތަ ރީތި ޒުވާނެކެވެ. ކަޅު އސްތަށިގަނޑު އޮންނަނީ އެންމެ މިޒަމާނުގެ ސްޓައިލަށް ކޮށާލާފައެވެ. ފިރިހެންވަންތަ ހިމަތޮޅި ހަށިގަނޑެކެވެ. ސްލިމް ފިޓް ގަމީހަކާއި ސްކިނީ ޖީންސެއްގައި އިން އިޒްޔާން ފެނިފައި ޝޯޚުނުވާނީ ފަހެ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟ އަވި އައިނު އަޅާލައިގެން ސައިކަލުގައި ސަޅި ގޮތަކަށް އިން އިޒްޔާންއަށް ބަލަމުން އެއަންހެންކުއްޖާ ދަނިކޮށް ފާރު ކައިރީގައިހުރި ބައިސްކަލެއްގައި އަޅައިގެންފައި ވެއްޓުނެވެ. އެމަންޒަރު ފެނި އިޒްޔާން ގާތަށް ވަރަށް ހިނިއައެވެ. އެއަންހެންކުއްޖާ އަވަސްއަވަހަށް ތެދުވެ ރަކި ގޮތަކަށް ހީލަމުން، އަތުގައިހުރި ވެލިތައް ފޮޅަމުން ބާރުބާރަށް ގޮސް އޮބާލައިފިއެވެ.

ރައުދާ ގެއަށްލާފައި އިޒްޔާން ގެއަށް ދާން އުޅެފައި މިސްރާބުޖެހީ މާމަ ގެއަށް ދިއުމަށެވެ. ރަށަށް އައިފަހުން އަދި އިޒްޔާންއަށް އެގެއަކަށް ނުދެވެއެވެ. މިކަމާ މާމަ ވަނީ އިޒްޔާންއާ ޝަކުވާކޮށްފައެވެ. އިޒްޔާން އެގެއަށް ދިޔައިރު އެންމެން ތިބީ ކާގޭގައެވެ. އިޒްޔާން ފެނުމުން މާމަ ވަރަށް އުފާވިއެވެ. އަދި ކާން އަންނަން ގޮވުމުން އިޒްޔާން ގޮސް އިށީނެވެ.

“ޔާން! ހާދަ ދުވަހެއް ކޮށްލާފައޭ ދޯ ތިއައީ؟” އިޒްޔާންގެ ބޮޑުދައިތަ ބުނެލިއެވެ. އިޒްޔާން ފެނުމުން އެންމެންވެސް ތިބީ ވަރަށް އުފާވެފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރި ހިނިތުންވުމެކެވެ. ކާއެއްޗެހީގެ ވަސް ޖެހުމުން އިޒްޔާންގެ ހިތް ފުރިގެން ދިޔައެވެ. އިޒްޔާންގެ ބޮޑުދައިތައަކީ ވަރަށް މީރުކޮށް ކައްކާ އަންހެނެކެވެ. ކުރިންވެސް އިޒްޔާން ރަށަށް އައިސް އުޅޭއިރު ގިނައިން ކައި އުޅެނީ މާމަ ގެއިންނެވެ.

“ދަރިފުޅާ ޔާން. ކަމެއްވީތަ؟” ކައި ނިންމައިގެން އިޒްޔާން މާމަ ގޮވައިގެން ގޮސް ކޮޓަރިއަށް ވަނުމާއެކު މާމަ ސުވާލުކުރިއެވެ. އިޒްޔާން މާމަ ގެންގޮސް އެނދުގައި ބައިންދާފައި މާމަ ގާތު އިށީނެވެ.

“މާމަ ހުއްޓާ އިޒްއަށް ކަމެއް ވާނެތަ؟ އެހާ ދުވަސްކޮށްފަ ފެނުނީމަ މާމައަށް ހީވާގޮތް ތީ.” އިޒްޔާން މާމަގެ އަތުގައި ހިފާލަމުން ހިނތުންވެލާފައި ބުނެލިއެވެ. މާމަ ހިތްހަމަޖެހޭނެހެން ވާހަކަދެއްކުމަކީ އަބަދުވެސް އިޒްޔާންގެ އާދައެކެވެ.

މާމަޔާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އިޒްޔާން އަޞްރު ނަމާދުކޮށްލައިގެން ގެއަށް ދިޔައެވެ. މިފަހަރުވެސް އިޒްޔާން ދިޔައީ އަތިރި މަގުންނެވެ. އެރީތި ސޫރަ ދެކިލުމަށް ހިތްއެދި ގޮވާތީއެވެ. މިގޮތަށް އިޒްޔާންގެ ބޭޤަރާރު ހިތަށް ހަމަޖެހުމެއް ހޯދަން އަތިރިމައްޗަށް ދާތާ ދެތިން ދުވަސް ވެއްޖެއެވެ. މިހާރު އިޒްޔާން މާޔޫސްވެއްޖެއެވެ.

އިޒްޔާން ބޭރުގައި އުޅެފައި ގެއަށް އައިސް ވަތްއިރު އާލިމް އުޅެއެވެ. އެންމެން މަޖާކުރަމުންދާ ގަޑިއަކަށްވާތީ ގޭތެރޭގައި ވަރަށް އަޑުގަދައެވެ. ތުނބުން ފުމެމުން ލޯބީގެ ލަވައެއް ކިޔަމުން ވަދެގެން އައިއިރު އިޒްޔާންއަށް ބަޔަކު އުޅޭކަމެއްވެސް ނޭނގެއެވެ.

“އިޒް! ހާދަ އުފާވެފަ. މިއޮއް ހުރިހާ ދުވަހު މޫނު ހަދައިގެން ހުރިމީހާ، މިއަދު އަނެއްކާ ކިހިނެއްވީ؟” އާލިމްއާއެކު ގެއަށް އައިސްއުޅޭ ކުއްޖެއް ކަމަށްވާ ޝިޒާން ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ.

“ދެން ވާނީވެސް އެހެންނު. މިރަށުގަ އަންހެންކުއްޖަކު ހުރިއްޔާ އެކުއްޖަކު އިޒްގެ ފަހަތުން ދުވަނީވިއްޔަ. މިހާރު އެ ސައުވެސް މިގޭދޮށުން ފިލަނީއެއް ނޫން.” ޝިޒާންއާ އެއްބައިވެލުމުގެ ގޮތުން ނަވާލް ބުނެލިއެވެ. ސައުޝަންއަކީ އިޒްޔާންއަށް ބަލަމުން ގޮސް ބައިސްކަލުގައި އަޅައިގަތް ކުއްޖާއެވެ. އެދުވަހު އިޒްޔާން އޭނާގެ ރައްޓެހިންނަށް އެކުއްޖާގެ ވާހަކަ ކިޔައިދީ ވަރަށް ހީހެދިއެވެ. މިއަދު އެންމެން އެކި ގޮތްގޮތަށް ދިމާކުރަމުން ދިޔައިރުވެސް އިޒްޔާންގެ މޫނުމަތިން ނުރުހުމެއް ނުފެނުނެވެ. މިއަދު އިޒްޔާންގެ މޫނުމަތިން ފެންނަމުން ދަނީ މުޅިން އެހެންކަހަލަ އަސަރުތަކެކެވެ. ލުއި ހިނިތުންވުމެއްގައި ހުރި އިޒްޔާން އުޅެމުން ދިޔައީ މުޅިން އެހެން ދުނިޔެއެއްގައެވެ. ލޯބީގ ފުރަތަމަ އިހުސާސަކީ ކޮންމެ އިންސާނަކަށްވެސް ތަފާތު އިހުސާސެކެވެ.

އެންމެފަހުން އާލިމްއާ އެންމެންވެގެން ސޯފާގައި ހުރި ކުދި ބާލީސްތަކުން ތަޅަންފެށުމުން އިޒްޔާން ސަލާމަތްވާންވެގެން ތެދުވެ ދުއްވައިގަތެވެ. ދުވެފައި ދިޔަ އިޒްޔާން މަގުމައްޗަށް ނުކުތްތަނާ ކުއްޖެއް ގައިގައި ލައިގަނެފައި ވެއްޓުނެވެ.

(ނުނިމޭ)

ނޯޓް: މިވާހަކައަކީ އަޅުގަނޑުގެ ރައްޓެއްސެއް ކަމަށްވާ “ނެއިން” ހަދިޔާކުރައްވާފައިވާ ވާހަކައެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ކަލާޔާނުލާ ދިރުމެއްނެތެވެ. (8)

Next

ހިތް އެކީ ދެވިއްޖޭ…38

Next
December 25, 2016

ހިތް އެކީ ދެވިއްޖޭ…38

Previews
December 24, 2016

ކަލާޔާނުލާ ދިރުމެއްނެތެވެ. (8)

56 Comments!

  1. Mishu says:
    December 25, 2016 at 7:09 am

    V Hama nujehey.. reehcheh noon.. nikan Jana, liaa,shine,Ryn men liyaa gothah reehchah liyeveytho balaabala..
    Amaa bunee thee Farah dhaa usoolun nuliye thi liyevunu ehcheh 5 faharu kiyaafa kuh rangalhu kohfa upload kohbala or meehakah dhahkaalaa kuh huri tho.. saandy kurin liyunu vaahaka ga ves varah kuh gina.. mifaharu vaahaka rangalhu vaane kamah balaigen kee but NOT..
    Heekuran rangalhu kuraane kamah..☺☺

    1. Kiyaa Meehaa says:
      December 25, 2016 at 9:37 am

      Ryn ey.. thy dhen joke eh.. mi site ga enme kuh gina vaahaka liyaa meehaage nan thibuny.. eheneh noon dhen thibuni ehen meehunge vaahakathah v reethi.. khaassakoh Shine..
      Adhi bunelan.. mibaige enme thireega in note nukiyaakan faahaga kurevey.. mee Saandy ge vaahakaeh noonkamah note ga eba oiy

    2. Kiytheriyaa says:
      December 25, 2016 at 10:29 am

      Kuh hurikan engey kudhin saandy ah kuhthah faahaga kolla dhinnama.

    3. Mishu says:
      December 25, 2016 at 11:11 am

      Meehaku vaahaka eh update kohdheyn buneema miothee update kohdheefa.. e heyo balaalan kiyaalan.. lol

    4. Aishoooo says:
      December 25, 2016 at 12:12 pm

      Mishoo ah reethi nooniyyaa nukeema nimuneenu…meehaku majubooreh nukure mishoo akah mi story kiyaakah..kaakutha mishoo gaathu bunee story kiyaashey…amilla ah kiyaafa adhi comment ves eba kure ennu…ladhun boa halaaku…comment kuraairu lol.

    5. Saandy says:
      December 26, 2016 at 12:51 am

      މިޝޫ! މީ ސާންޑީގެ ވާހަކައެއް ނޫނޭ…ޝުކުރިއްޔާ މިޝޫގެ ތިޔަ ޚިޔާލަށްވެސް
      ހަމައެކަނި ވާހަކައިގައި ކުށްހުރި ވާހަކަ ނުބުނެ ހުރި ކުށްތައް ބުނެލަދިނިއްޔާ ރަނގަޅުކޮށްލަން އެނގޭނީ… ސާންޑީއަށްވެސް އެނގޭ ކުށް ހުންނާނެކަން… ވީ އާރ ނޮޓް ޕާރފެކްޓް ދޯ

    6. Saamin says:
      December 27, 2016 at 3:26 pm

      mishoo vahaka eh liyan feney… ehn meehun kuraa bura masakkathah emeehaage hih maruvaa kahala comment nukurey… mehun bune ennu bunaane rangalhu vahakaeh nethiyyaa echcheh nubune hurunves maa rangalhuvaaney… heevany meehaku gadhakamun mishoo mishoo mibahaka kiyaidheyshey bunegen kiyaigen, fuluga roavegen ulheyhen… heyonuvaane ehen meehun ladhu gannavan noolhebala

  2. Aishathhh says:
    December 25, 2016 at 8:44 am

    Mi princess nain ge story eh dho..?
    Mi vaahakaaga maa beykaru bai gina v ma ehaa kamaku nudhey

    1. Saandy says:
      December 26, 2016 at 12:47 am

      ޔެސް… އޭނަގެ ވާހަކައެއް މީ
      ޝުކުރިއްޔާ ތިޔަ ޚިޔާލަށް

  3. ya says:
    December 25, 2016 at 9:36 am

    vahaka hamanujeheny ki noon…. ekamaku vahakaiga varah mistake ebahuri… komaakoalhi beynun koffa hury beynun kuran nujehey thanthanuga…. dhn anehen bunaanama vahaka kamaku nudhey… heevany kuda kuhjjaku liyefa oi vahaka eh hen.

    1. Saandy says:
      December 26, 2016 at 12:54 am

      ޔާ ގެ ޚިޔާލަށްވެސް ޝުކުރިއްޔާ.. އަސްލު ލިޔުނުއިރު ކޮމާކޯޅި ބޭނުންކޮށްފަ ހުންނާނީ ހަމަ ބޭނުންކުރަންޖެހޭ ތަނުގަ… ސާންޑީއަކަށް ނޭނގެ ޕޯސްޓް ކޮށްލީމަ ޑައިލޮގް ފަށަން ޖަހާ ކޮމާކޯޅި އެފޮޅުވަތް ނިމޭތަނަށް ދަނީ ކީއްވެކަމެއް

  4. Kiyaa Meehaa says:
    December 25, 2016 at 9:41 am

    Feshun goaheh noon.. ummeedhu kuran kuriah oiythaa reethi vaane kamah.. waiting for the next part

    1. Saandy says:
      December 26, 2016 at 12:55 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  5. Aisha says:
    December 25, 2016 at 9:42 am

    V reethi.. ekam kon irakuntha Saandy ge vaahakaeh kiyaalan libeyny?? V inthizaaru kurevey Saandy ge aa vaahaka akah

    1. Saandy says:
      December 26, 2016 at 12:56 am

      ޝުކުރިއްޔާ އައިޝާ! އިރާދަކުރެއްވިއްޔާ މާލަހެއް ނުވާނެ

  6. ooopsii says:
    December 25, 2016 at 9:52 am

    vvvv furihama.. Jana Shine n Ryn akah vaki dhuleh nukurey

    1. Lai says:
      December 25, 2016 at 11:08 am

      Thee Hama dhogeh.. Jana n shine aa gaaiyves nukurey.. saandy adhi ulhenee maa fahathuga..hajam nuviyas mee hageegaiy…

    2. Aishoooo says:
      December 25, 2016 at 12:17 pm

      Mi site ga vaahaka liyaa kudhinge vaahaka yah jaju kuraairu,rangalhu fenvaruge jajunthakeh mithanugaa bai thibbanveenu….eyrun gaimu mi gothah comments thah kuraa kudhinge anga bandhuvaane…shine ge vaahakathah kamudhiya yas ehen meehunves kuraa masakkathuge agu vazan kuran dhas kobbala..eaffahu rangalhah visnaafa comment kobbala.

    3. Faz says:
      December 25, 2016 at 12:20 pm

      Alah mi kamuge thereah vanna kudhinge hiyy maraanulaa…kuriyah dhiumah hiyyvaru dhinumah govaalan

    4. Saandy says:
      December 26, 2016 at 12:57 am

      ޝުކުރިއްޔާ އޫޕްސީ! މިވާހަކަ ކަމުދިޔައީތީ ވަރަށް އުފާވެއްޖެ… ހުރިހާ ތައުރީފެއް ވާހަކައިގެ ހަޤީޤީ ލިޔުންތެރިޔާއަށް

  7. Kiyun therieh says:
    December 25, 2016 at 10:25 am

    Vaahaige feshun goaheh nun.dhen kuriyah huri baithah avahah kiyaalan libeyne kamah ummeedhu kuran.

    1. Saandy says:
      December 26, 2016 at 12:58 am

      ޝުކުރިއްޔާ ތިޔަ ކިޔުންތެރިޔާއަށް… އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  8. Ainthu says:
    December 25, 2016 at 11:19 am

    Mi site ga vaahaka liyaa varah gina kudhin ulheykan ufalaaekuga faahaga kollan…komme kujjakuves liyanee ekujjegge fenvarun,ekujjegge huri hunaregge beynun koggen..ekimeehunnah reethivaanee eki liyuntheringe vaahaka.adhi kamudhaaneeves.alhugandu bunan miulhenee faadu kiyaairu binaa kuranivi faadeh kiyaalun buhdhiveri…bad comment eh dhinumuge badhaluga mistake eh innama e mistake eh faahaga kollaafa,ekan rangalhu kollan ehee eh vedhiniyyaa liyuntheriyaa ah libey kurierumakah ekan vaane…adhi bad comment eh dhinumuge badhaluga comme beyfulhakuves noonee beykanbalevves ebayakah kamu nudhaa vaahakaeh viyyaa nukiya dhookollun egoi maarangalhu vaane..eyrun liyaa liyuntheriyaa ah mikamugaa kuriyah dhiumah elhey hurasthah nethi kuriyah dhaan faseyha vaane..comment kuraa kudhin mikamah visnaalun edhen

    1. Saandy says:
      December 26, 2016 at 1:03 am

      ޝުކުރިއްްޔާ އައިންތުގެ ޚިޔާލަށް… ނެގެޓިވް ކޮމެންޓް ލިބުމަކީ މައްސަލައެއް ނޫން… އެކަމް ލިޔުންތެރިންނާ އަޅުވާ ކިޔުމަކީ ވަރަށް ދެރަކަމެއް… އެއީ އެންމެންނަކީ ހުނަރުގެ ގޮތުން އެއް ފެންވަރެއްގެ ބައެއް ނޫން… ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ފެންވަރުން ލިޔާނީ… ކުރާ ހިތްވާ ކަމަކަށް ވާތީ ކުރަނީ… އަސްލު ސާންޑިއަށް ހީވަނީ މިސައިޓްގަ ހުއްޓިފަ ހުރި ގިނަ ވާހަކަތަކުގެ އަސްލަކީވެސް ނެގެޓިވް ކޮމެންޓްތައްހެން… ކަމުނުދަންޏާ އެވާހަކަވެސް ތަންކޮޅެއް ރީތިކޮށް ބުނެލެވޭނެހެން ސާންޑީއަށް ހީވަނީ… އެކަމް ލިޔުންތެރިޔާގެ ހިތް މަރުވާގޮތަށް ކޮމެންޓް ކުރީމަ ހިތްވަރު އެލިގެން ހުއްޓާލަނީހެން ހީވަނީ… މީ ސާންޑީގެ ޚިޔާލު

  9. faz says:
    December 25, 2016 at 11:49 am

    Mi vaahaka hama vrah vrah reethi..vaahakaige dialogs beynun kohffa hunna goi ei vaahaka ge reethi kan genuvaa emme bodu ehkanthah..komaa ehge mistakes hurun eyge sababun vaahaka ei hadi vaahaka ekey bunevey varuge kameh noon..mithaa upload kuraa ehen vaahaka thakekey mi vaahaka ekey hama eh goi..vrah salhi..i luv thiz story n i cnt find dt much mistakes frm da story..mayb u considr thiz to b an examination paper rather than a [email protected] dont u write one n upload it here??hehehe..jus kiddin..anyway da story is amazin n hope to read da second part soon..al da best..

    1. Saandy says:
      January 9, 2017 at 8:49 pm

      ޝުކުރިއްޔާ ފަޒް

  10. nish says:
    December 25, 2016 at 12:29 pm

    izyaan e anhen kuhjaaa geah laandhiyaee reygandu but vaahakin dheyhavaa gothun eana athirimahchah ai iru e athiri mathi sifa kohdheefa vanee mendhuru avigadha dhuvaheh ge gothuga reygandu ge sifa eh dheyhavaa ehves ibaaraatheh neh… ehnveema v hama nujehe kamah heevanee ebaithah ragalhu kohlun edhen… vaahaka hadieh nun….

    1. Kiyun theriyaa says:
      December 25, 2016 at 12:36 pm

      NISH adhi effaharu rangalhah kiyaalun edhen.
      E rey Rau nidhee Izz ge geyga kamah ebaeoi liyefa.hendhunu heylaigennu Rau geah laan dhiya vaahaka othee. Olhifa otheethee hama bunelee

    2. Saandy says:
      December 26, 2016 at 1:05 am

      ނޫނޭ ނިޝް! ރައު އެރޭ ނިދީ އިޒްޔާންމެން ގޭގަ ޔާނާގެ ކޮޓަރީގައެއްނު… ދެން ހެނދުނު އަޒްފާ ބުނެގެން އިޒްޔާން ރައު ގެއަށްލާން ދިޔައީ… ވަރަށް އުފާވެއްޖެ ނިޝްއަށް ވާހަކަ ހަޑިނުވީމަ

  11. Raahil says:
    December 25, 2016 at 12:47 pm

    Ainthu vaahaka yah v thaaidhu. Alhugadu ves meega nukunna komme vaahaeh kiyan madhu faharaku noony v mistakes hurey hassakoh baeh vaahakaiga sentence ge nimumaa adhi lafuzu dhivihibahugai noanagothah ves hurey liyefa bunan miulheny mikakan ragalhukurann bunedheefa hiyvaruge baheh bunaashey eyruney komme meeehakahves elibifa hunna hunareh build kureveyny. Mihaaru v zaathyhen heevaany comments thah keema…emen ehvareh ves nuvaaane ehennoonthoa…komme beyfulhakuves ammila nafusaa dheytherey visnaaleema egeyne kameh kuranikoh ekamah joke jahaa hajookeema amilayah hiymaru ekamakun maayoosvaagoiy adhi school ga ulhey iru kithame ragalhah masaiykaiy kohfa fass nuveema parents nukiyavaey kiyaa ehchekey bunyma foohive kiyevunmathin foohivaagoiy ehen v ma meeves gaboolu kuran jeheykanthah ehcheh liyumuge kurin visnaalun buddhiveri….

    1. Kiyun theriyaa says:
      December 25, 2016 at 1:18 pm

      Alhu ganduves thi comment kuri kujjaa ah ebbas .ummeedhu kuran misite in binaa kunanivi faadu kiunthakeh fennaane kamah.

    2. Saandy says:
      December 26, 2016 at 1:07 am

      ރާހިލްގެ ކޮމެންޓަށް ވަރަށް ބޮޑަށް ތާއީދުކުރަން

  12. Appy says:
    December 25, 2016 at 1:28 pm

    Faadu kiyumaky goas kameh nun ekam aneka ah ekamun malaamaii rahdhu nuvaagothah.. goas thankolhe iniyya bunelumakun adhi goahehnun v v dhera vey baeh comments kiyaafa konme writer eh vx e writer eh ge huri enme rangalhu fenvarakun liyaany adhi comments kiyaafa n ehn story kiyaafa improve vx kuran try kurane enmennakah eh varakah eh hunareh vx nulibeyne …..saandy n ehen writers ah vx vaahaka liyumuge rongun ithuru kurierun minvarukurahvaashi

    1. Saandy says:
      December 26, 2016 at 1:08 am

      ޝުކުރިއްޔާ އެޕީ

  13. shelly says:
    December 25, 2016 at 1:31 pm

    mikamaa ight nukuriyya rangalhu let sandy write it first reethivaanehen heevey

    1. Saandy says:
      December 26, 2016 at 1:09 am

      ޝުކުރިއްޔާ ޝެލީ

  14. Hello says:
    December 25, 2016 at 1:52 pm

    At last a new story from you
    Saandy
    And Saandy don’t stop writing your stories just because of negative comments
    Negative comments liyaa kudhinnah bunelan othy kuh faahaga kuranjeheyney ekamu vaahaka liyuntheringe hiyyvaru eley gothah comment nukuraashey
    Saandy uh ves adhi mi site ge ehen liyuntherinna eh hamaehga vaahaka liyeveyne
    Beynunvanee kiyuntherin ge support

    1. Saandy says:
      December 26, 2016 at 1:12 am

      ޝުކުރިއްޔާ ހެލޯ! އިރާދަކުރެއްވިއްޔާ ނެގެޓިވް ކޮމެންޓްތަކުން ސާންޑީ ވާހަކަ ލިޔުން ހުއްޓައެއް ނުލާނަން… ސާންޑީ ލިޔަނީ އެހެން ލިޔުންތެރިންނާ ވާދަކުރާކަށް ނޫން… ކުރާހިތްވާ ކަމަކަށް ވާތީ ކުރަނީ… އެންޑް މީ ސާންޑީގެ ވާހަކައެއް ނޫން

  15. anjoo says:
    December 25, 2016 at 1:54 pm

    Varah salhi

    1. Saandy says:
      December 26, 2016 at 1:09 am

      ޝުކުރިއްޔާ އަންޖޫ

  16. Shine says:
    December 25, 2016 at 3:09 pm

    varah dheravaa kahala comments thakeh baeh kiyuntheringe kibain fennanee….ehves haalehga shine nubunan esfiyaige liyuntheringe therein enme molhee shine ekey…shine ge .ekamakuves baeh meehun egothah gaboolu kuraathee ves vey…shinege vaahakthah kamunudhaa meehunves ulhey….ehenveema bunelan othee ehen liyuntheringe hiyy maruvaa gothah comment nukuraashey…saandy akee liyuntheri akah vehure abadhuves shinege vaahaka kiyaa varah supportive comment dhey writer eh….ehen veema shine bunelan otheee libey negative comment thakun hiyyvaru libigen positive koh visnaigen kuriyah dhaashey….BEST OF LUCK SAANDY

    1. mariyam says:
      December 25, 2016 at 5:33 pm

      Kyhkuraany shine.. Mihaaru myhunge haalathu eii.. Hithakah naaraane anekaa dheravaane vareh ehchekey bunaa iru…

    2. mariyam says:
      December 25, 2016 at 5:55 pm

      Maa ginain “Ixyaan” beynun kurevivaves ebahuri dhw… Ebai ves rangalhu kohlahchey vaahaka liyunu kujjaku… ?

    3. Saandy says:
      December 26, 2016 at 1:15 am

      ޝުކުރިއްޔާ ޝައިން!! ވަރަށް އުފާވެއްޖެ ޝައިންގެ ކޮމެންޓެއް ފެނުނީމަ… އަސްލުވެސް… ނެގެޓިވް ކޮމެންޓްތައްވެސް ސާންޑީ ބަލައިގަންނަނީ ވަރަށް ޕޮސިޓިވްކޮށް… ކުދިންނަށް ވާހަކަ ކަމުދިޔައީމަ އުފާވާގޮތަށް ކަމުނުދިޔައީމަ ދެރަވެސްވޭ… އެކަމް އޭރުން ދެން ލިޔާ ވާހަކައެއް ރަނގަޅުކޮށްލަން ހިތްވަރު ލިބޭ

    4. Saandy says:
      December 26, 2016 at 1:15 am

      ޝުކުރިއްޔާ މަރިޔަމް

  17. yippy says:
    December 25, 2016 at 3:14 pm

    dhen ok. bt can do better. gud luck

    1. Saandy says:
      December 26, 2016 at 1:16 am

      ޝުކުރިއްޔާ ޔިޕީ

  18. fan of fun asaru says:
    December 25, 2016 at 3:28 pm

    mi vaahakaiga liyumuga kudhi kuhthakeh ebahuri.. but ibaaraaiykurun hadi eh noon.. u can do better nain.. keep up the good work 🙂

    1. Saandy says:
      December 26, 2016 at 1:17 am

      ފޭން އޮފް ފުންއަސަރުއަށް ޝުކުރިއްޔާ ވަރަށް ބޮޑަށް

  19. mariyam says:
    December 25, 2016 at 5:25 pm

    New story eh vyma hithah ery furathama comments thah kiyaalaany ey.. Ekam fenuny 99% negative comments..ekam vaahaka kiyaali iru inguny……. Aslu vaahakaige story v salhi,.. Ekam sifakohdhinun adhi jumlathah athuraa goi eba jehey rangalhu kohlan… Gabuul kuran shine men ge vaahaka thakaa ehvaru nuun kan.. Bt kudhi kudhi mistakes eba ulhey dhw.. Ekam rangalhu kohlyma hama emyhun liyaa vaahaka thakaa ehvaruvaaney buneveyny..?
    Waiting for next part Ingey.. E dhimaavy ekkala moodhah eri ulhunu kujjaa aa dhww?? ?and she’s called malakaa dhw? I’m waiting waiting……….

    1. Saandy says:
      December 26, 2016 at 1:18 am

      ޝުކުރިއްޔާ މަރިޔަމް! އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  20. ##### says:
    December 25, 2016 at 10:48 pm

    Next part up kuraanee kon dhuvahakun.
    Beynun mi story ekkoh kiyaalan..
    Ummeedhu kuran maalas nukoh up kollaane kamah..

    1. Saandy says:
      December 26, 2016 at 1:19 am

      ޝުކުރިއްޔާ #####… އިރާދަކުރެއްވިއްޔާ މާދަމާ އަޕްކޮށްލަދޭނަން

  21. raf says:
    January 9, 2017 at 3:35 pm

    saandy ge vaahaka e nikuy kame nuves ingey iraada hureviyaa mi vaahaka akeeves riyasha vaahaka gotha reethi vaahaka akah vaane Kama unmeedu kuran furatha ma ves vaahaka fena irah vaahaka nuves kiyaa mi comment kurii mibaya…..vaahaka fashaa kan angaalinama dhw saandy…

  22. raf says:
    January 9, 2017 at 3:55 pm

    saandy nail kaariga buney raf ah v v v v salhiey mi vaahaka…

    1. Saandy says:
      January 9, 2017 at 8:53 pm

      ޝުކުރިއްޔާ ރަފް! މިހާރު ނެއިންއަށް ރަފްގެ ތިމެސެޖް ރައްދުވެދާނެކަމަށް އުންމީދުކުރަން… ދެން ލިޔާ ވާހަކައެއް ފެށުމުގެ ކުރިން ޓްރެއިލަރ ނެރޭނަން… އިންޝާﷲ

Comments are closed.

Next Episodeމަލަކާ (2ވަނަ ބައި)←


All Right Reserved!