ހައިކަލްގެ ބަސްތަކުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބެމުންދިޔެވެ. ހިތް ނުތަނަވަސްވާ ގަޑީގަ އަހަރެންގެ ހިތުގެ ޝިފާއަކީ ހައިކަލްގަ އެ އޯގާތެރި ބަސްތަކެވެ.
” އަނހާ ޔަލްވީ..ކޮންއިރަކު އައީ..މާމަ މިއައީ ޔަލްވީ ހޯދަން ރޫމަށްވެސް ގޮސްފަ..” ހައިކަލްމާމަ އައިސް އަހަރެން ކައިރީ އިށީންނަމުން ބުނެލިއެވެ.
*****
ދުވަސްތައް މާޒީއާ އެކުވަމުންދެއެވެ. އަހަރެންވެސ މިހާރު އެ މާހައުލަށް ވަރަށް ބޮޑަށް ހޭނިއްޖެއެވެ. މާމަވެސް އަހަރެންނާ ހެދި އުޅޭގޮތުން ހީވަނީ މާމަގެ ގެއްލިފައިވާ ދަރިއެއް ލިބިގެން އުޅޭ ހެންނެވެ. ޒައިންވެސް އަހަރެންނަށް އެހާހެވެ.
އާދައިގެ މަތިން ނާރީ އަހަރެން ޓެރަސްއަށް ގެންގޮސްދިން ދުވަހެކެވެ. ފޯނުން ޖަހަމުން ދިޔައީ ލޯބީގެ އަސަރު ގަދަ ލަވައެކެވެ. އެ ލަވައިގެ ތެރެއަށް ގެއްލެމުން ދިޔަވަރަކަށް ހައިކަލްގެ ނަން އަހަރެން ހިތަށް އައީ ކީއްވެ ކަމެއް ނޭންގެއެވެ. ނަމަވެސް އަދިވެސް ހައިކަލް ހުންނަގޮތް ސިފަ ކުރާކަށް އަހަރެންނަކަށް ނޭންގެއެވެ. އެއްދުވަހަކު ޒައިން ކައިރީ އަހާލީމަ ބުނީ ހައިކަލް ހުންނަނީ ބަބަުރުކުލައިގަ ކަމަށްށާ ނަމަވެސް ވަރަށް ސްމާޓްވާނެ ކަމަށްށެވެ.
” ޔަލްވީ” ކައިިރިން ހައިކަލްގެ އަޑު އިވުމުން ހީކުރީ ހައިކަލްގެ ހިޔާލުގަ އޮވެވުނީމަ އިވުނު އަޑެއް ކަމަށެވެ. ނަމަވެސް ހައިކަލް ގައިން އެ ދުވާ ފިރިހެންވަންތަ ސެންޓްވަސް ނޭފަތުގަ ޖެހުމުން ހައިކަލް ހުރިކަން ޔަގީންވިއެވެ.
” ވަރަށް ފޫހި ދޯ އަބަދު ގޭގަ އިންނަން ވީމަ” ހައިކަލް އަހަރެންނާ ޖެހިގެން އިން ސޯފާގަ އިށީނަމުން ބުނެލިއެވެ. ހައިކަލް އެހާ ކައިރީގަ އިނުމުން ހިތު ވިންދު އަވަސްވާން ފަށައިފިއެވެ. މީ އެހެންޔާ އަހަރެންނަށް ކުރެވުނު އިހްސާސް ތަކެއްނޫނެވެ. އެ ފިރިހެންވަންތަ އަޑު އެހުމަށް އަހަރެންގެ ހިތް ވަނީ ބޭޤަރާރްވެފައެވެ. އަބަދުވެސް އިންތިޒާރު ކުރެވެނީ ހައިކަލް ގެޔަށް އަންނާނެ އިރަކަށެވެ. އަހަރެންނާ ވާހަކަ ދައްކާލާނެ އިރަކަށްށެވެ.
” ޔަލްވީ ހާދަ ފުން ވިސްނުމެއްގަ” ދެވަނަ ފަހަރަށް ހައިކަލްގެ އަޑުއިވުމުން އަހަރެން ދިޔައީ ސިއްސައިގެނެވެ.
” ކިކޭ ޑރ.ހައިކަލް” ބޭއިހްތިޔާރުގަ އަހަރެންނަށް ބުނެވުނެވެ.
” ވަޓް؟ ޔަލްކައިރީ ކިތަށް ފަހަރު ބުނާނީ ހައިކް ކިޔާށޭ..ތިހާ ފޯމަލްކޮށް މުހާތަބު ނުކުރާށޭ..ކިތަށް ފަހަރު ބުނީމަ މި ކުޑަ ކަންފަތްކޮޅަށް އަޑުއިވޭނީ” ހައިކަލް އަހަރެންގެ ކަންފަތުގަ ހިފާލަމުން ބުނެލިއެވެ. ހައިކަލްއަށް ނޭންގުނު ނަމަވެސް އެ ބީހިލުމުގެ ސަބަބުން ހިތަށް އަސަރުތަކެއްކޮއްފިއެވެ.
” ހިނގާ ސައިކް ބުރެއްޖަހާލަން ދާން” ހައިކްލް އެބުނި އެއްޗަކުން ކުޑަ ސިހުމެއް ލިބުނެވެ.
” ނުކެރޭނެ ދާކަށް.. އަހަރެންނަށް އެއްވެސް ތަނެއްވެސް ނުފެންނާނެ” އަމިއްލަހާލާ މެދު ވިސްނާލާފަ އަހަރެން ބުނީމެވެ.
” ކަމޯން..ތަނެއް ނުފެންނަންޔާ އެންޖޯއިކޮށް ނުލެވޭތަ” ހައިކަލް އެެހެން ބުނެލުމުން އަހަރެންދާން ނިންމީމެވެ. އެކްސިޑެންޓަށްފަހު ސައިކްގަ އަހަރެން ބޭރަށްދާ މީ ފުރަތަމަ ފަހަރެވެ.
” ޔަލްވީ ބިރުގަންނަންޔާ އޯކޭ ހަގްކޮށްލައިގެން އިނަސް” ސަމާސާ ރާގެއްގަ ހައިކަލް އެހެން ބުނުމުން އަހަރެން ކުޑަކޮށް ލަދުގަންނަގޮތްވިއެވެ.
ސައިކަލްގަ އިންއިރު އަހަރެންވިސްނީ ވީހާވެސް ބޮޑަށް ހައިކަލްއާ ދުރުގަ އިނދެވޭތޯއެވެ. ނަމަވެސް އަހަރެންގެ ލޮލަށް އެވެސް އެއްޗެއްނުފެންނާތީ އަހަރެން ކުޑަކޮށް ޖެހިލުންވިއެވެ. އެއްފަހަރު ތަންކޮޅެއްބާރަށް ބުރެކި ހިފާލި ގަޑިއެއްގަ އަަހަރެންގޮސް ޖެހުނިީ ހައިކްގައިގައެވެ. ހައިކަލްއާ ޖެހިގެން އެހާ ކައިރީގަ އިނދެވުމުން ހިތު ވިންދު އަވަސް ވާގޮތް ވިއެވެ. ނަމަވެސް ހައިކަލްއާ ދުރަށް ދާކަށްވެސް އަހަރެން ބޭނުމެއް ނުވިއެވެ. ހައިކަލް ހީކުރީ އަހަރެން އެހެންއިނީ ބިރުންކަމަށެވެ.
” ހިނގާ ދޯ ތަނެއްގަ މަޑުކޮއްލަން” ހައިކަލް އެހެން ބުނުމަށް ފަހު ސައިކަލް މަޑުކޮށްލިއެވެ.
” ޔަލް އައިންތަ ތިންރުއް ޕާކަށް” ސައިކަލުން ފައިބަމުން ހައިކަލް އެހެން ބުނުމުން މި އަާދެވުނީ ތިންރުއް ޕާކަށްކަން އަހަރެންނަށް އިނގުނެވެ.
” ޔާ ކުރިން ވަރަަށް އަންނަން” އެއީ އަބަދުވެސް އަހަރެން ހިތްހަމަ ޖައްސާލަން ރޭގަނޑު އަންނަތަނެވެ. ނަމަވެސް މިހާރު މިތަނަށް އަޔަސް ލިބޭނެ ވަކި ހިތްހަމަ ޖެހުމެެއްނެތެވެ. ހައިކަލްއާއެކު ގޮސް ޖައްސާލީ އެތާ ހުންނަ ޖޯލި ފަތި ތަކުން ޖޯއްޔެއްގައެވެ. ފިނި ރޯޅިތަށް އައިސް މޫނުގަ ބީހިލުމުން ބޭ އިހްތިޔާރުގަ ލޯ މަރާ ލެވުނެވެ.
” ޔަލް ކައިރީ މި ވާހަކަ ބުނަން ބޭނުންވެފަ ހުންނަތާ ކުޑަ ދުވަސް ކޮޅެއްވެއްޖެ” ހައިކަލްގެ އެ ޖުމްލައިން ހިތް ތެޅިލިއެވެ.
” އައި ޑޯންޓް ތިންކް ވީ ކެން ގިވް އަޕް. ޔަލްވީ އޮޕްރޭޝަން ކުރަން ގެންދަން މި ވިސްނަނީ. ހޮސްޕިޓަލްއިން ޗުއްޓީ ހަމަ ޖެހުނު ހާ އަވަހަކަށް ދާން ވީ ހަމަ. ކިކޭ ޔަލްވީ ބުނަނީ…ޓްރައި ކޮއްލަން ނުފެނޭތަ؟ ” ހައިކަލްގެ އެ ވާހަކަ ތަަކަށް އަހަރެން ވަކި ބުނާނީވެސް ކިކޭ ހެއްޔެވެ. ހައިކަލް އަކީ ހާދަ މާތް ޒުވާނެކޭ ހިތަށް އެރިއެވެ. ނަމަވެސް އަހަރެންނާ ދޭތެރޭ އެހާ ރަނގަޅަށް ކަން ކޮއްދެންވި ސަބަބެއް ނުވިސްނުނެވެ. ހައިކަލްއެ ކޮއްދޭ ކަންތަކުގެ އަގު ވަޒަން ކުރާނެ ގޮތެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އެވަރު ބޮޑު އޮޕަރޭޝަންއެއް ކުރުމަކީ ފަސޭހަ ކަމެއްވެސް ނޫނެވެ. އެހެނަސް ހައިކަލް އެ އުޅެނީ އަހަރެނަނަށްޓަކައި ޗުއްޓީ ނަގައިގެން ދާށެވެ. ހައިކަލްގެ އެ ނިންމުމަށް އިންކާރު ކުރަންވެސް ބޭނުންވިއެވެ. ނަމަވެސް މިފަދަ ފުރުސަތެއް ލިބުމުން އޮޕަރޭޝަން ކުރަން ނުގޮއްސިނަމަ ދެން ދުވަހަކު ދެވޭނެ ކަމެއް ނޭންގެއެވެ. އަދި އުމުރު ދުވަހު ނުކުޅެދޭ މީހަކަށް ވާކަށްވެސް އަހަރެން ބޭނުމެއް ނޫނެވެ. އެހެން ކަމުން ހައިކަލްގެ އެ ނިންމުމަށް އަހަރެން އެއްބަސްވީމެވެ.
” އެކަމް ޔަލް ބިރުގަންނަނީ. ވަޓް އިފް…….” އަހަރެންނަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ހައިކަލް އަހަރެން އަނގަމަތީގަ އަތް އެޅިއެވެ.
” ތިކަހަލަ އެއްޗެސް ނުބުނާނެ…މިހާރު ވިސްނަންވާނީ ވީހާވެސް ޕޮސިޓިވްކޮށް…މިހާރު މި ބަލަނީ އެންމެ މޮޅު ލޮލުގެ ޑޮކްޓަރުން ތިބި ހޮސްޕިޓަލްތަށް… އިރާދަކުރެްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” ހައިކަލް އަހަރެންގެ އަތުގެ ހިފާލަމުން ބުނެލިއެވެ. ނަމަވެސް އަހަރެންގެ ހިތަކަށް މާ ބޮޑު ހަމަ ޖެހުމެށް ނުލިބުނެވެ. އެ ކަންކަމާ ވިސް ނެނީއެވެ. މިހާރު ނަމަ، ރަނގަޅުވާނެ ކަމުގެ ކޮންމެވެސް އުންމީދެއް އެބައޮތެވެ. އެކަމް އޮޕަރޭޝަން ކާމިޔާބު ނުވެއްޖެނަމަ މުޅި ދިރިއުޅުން ބަނަވީއެވެ. އިތުރު އެއްވެސް އުންމީދެއް ނީންނާނެއެވެ. ވިސްނި ވަރަކަށް އަހަރެންގެ ސިކުނޑިއަށް ވެރިވަމުން ދަނީ ނުބައި ހިޔާލު ތަކެވެެ. އުމުރަށް ލޮލުގެ ފެނުމުން މަހުރޫމްވެއްޖެނަމަ ދެން ހަދާނީ ކިހިނެއްބާއެވެ. ހައިކަލްއަށް އަބަދު މިހެން އަހަރެން ނުބެލޭނެކަން އިނގެއެވެ. މިހާރުވެސް ހައިކަލް އަހަރެންނަށް ކޮއްދެމުން އަންނަ ކަންކަމަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭންގެއެވެ.
” ޔަލް އަށް އިނގޭތަ ވާރޭ ވެހެންށޭ އެ އުޅެނީ.. ވާރެޔާ ތެމޭ ހިތްވޭތަ” ހައިކަލް އެހެން ބުނީ އަހަރެން މާ ގަދަޔަށް ވިސްނާތީ މައުލޫ ބަދަލްކޮށްލަންކަން އަހަރެންނަށް އިނގުނެވެ.
” ޔެސް ވަރަށް ވާރެޔާ ތެމޭ ހިތްވޭ.. އިނގޭތަ ޔަލްގެ ޑްރީމްއެއް އެއީ ވާރެއާ ތެމިގެން ސައިކަލް ބުރެއްޖަހާލަން ދިޔުން” އަހަރެންވެސް ހައިކަލްގެ ވާހަކައާ ބައިވެރިވެލީމެވެ.
” އެހެންތަ.. ވާނެ ދޯ އެހެންވިއްޔާ އެއްރޭ ދާން.. ދެން ނެތްތަ އެކަހަލަ ޑްރީމްއެއް.. ނޯމަލީ ގާލްސް ގެންގުޅޭނެ އެކަހަލަ ކިއުޓް ޑުރީމްސްތަށް” ސުޕާރި ޕެކެޓެއް ކާލަމުން ހައިކަލް ބުނެލިއެވެ.
” ޔެސް ބައިވަރު ހުންނާނެ.. އިންނާނެ ފޮތެއްވެސް ހަދާފަ…” އަހަރެން ބުނެލީމެވެ.
” ވާރޭ ވެހިގަންނަނީ ކަންނޭންގެ ދޯ” ޖެހެމުންދިޔަ ފިނި ވައިރޯޅިތައް ބާރުވާހެން ހީވާން ފެށުމުން ހައިކަލް ކައިރީ ބުނެލީމެވެ.
” އާނ…ހިނގާ ދާން…ދެން ނޭންގެ ގެޔަށް ދެވޭނެ ކަމެއްވެސް” ހައިކަލް އަހަރެންގެ އަތުގަ ހިފައިިގެން ތެދުވަމުން ބުނެލިއެވެ.
ތަންކޮޅަކަށް ނުދެވެނީސް ވާރޭގެ ބޯ ތިކިތަކުން ދެމީހުން ތެއްމާލައިފިއެވެ.
” ނަސީބެއް ފޯނާ ވޮލެޓްއާ ހަނދާންނެތިގެންވެސް ގޭ ބާއްވާފަ އާދެވުނުކަން.. ނޫންނަމަ ފޯނު ދުވަސް އެއްކޮށް ދާނެ…” ހައިކަލް އެހެން ބުނެލީ ޖީބުގަ ފޯނު ނެތުމުން ކަންނޭގެއެވެ.
” ލެޓްސް ގޯ ފޯ އަ ރައިޑް” ސައިކަލަށް އަރަމުން ހައިކަލް އެހެން ބުުނުމުން އަހަރެން އުފަލުން ޔެސް އޭ ބުނެލީމެވެ. އަހަރެންގެ ހިތަށް ހިތްހަމަ ޖެހުންލިބެމުން ދިޔައީ ވެހެމުންދިޔަ ވާރޭގެ ސަބަބުންނެވެ. ކުޑައިރުއްސުރެ އަބަދުވެސް އަހަރެން ވާރެޔާ ތެމޭހިތްވެއެވެ.
” ހިފަހައްޓައިގެން އިންނައްޗޭ” ތަންކޮޅެއްބާރަށް ދުއްވާލަމުން ހައިކަލް ބުނެލިއެވެ. ވެހެމުންދިޔާ ވާރޭގަ ސައިކަލް ދުއްވަމުން ދިޔައިރު އަހަރެން އިނީ ދެ އަތުން ކުޑަކޮށް ހައިކަލްގެ އުނަގަޑުގަ ހިފަހައްޓާލައިގެންވެ. އެހެން އިން އިރު ހައިކަލް އެތަކެއް ވާހަކައެއް ދެއްކިއެވެ. އެހިނދު އަހަރެން ހަނދާންވީ ޒައިން އެއްދުވަހު ދެއްކި ވާހަކަ ތަކެވެ. ޒައިން ބުނި ގޮތުންވިއްޔާ ހައިކަލްއަކީ ވަރަށް ބަސްމަދު މީހެކެވެ. ޒައިންމިނާ އެހެން ސަމާސަކޮށް ހެދިޔަސް ހައިކަލް ދުވަހަކު އަންހެންކުއްޖަކާ ސަމާސަކޮށް ހަދާފަވާތަން ނުދެކޭ ކަމަށް ބުންޔެވެ. ކޮލެޖްގަ އުޅުނުއިރުވެސް އަންހެންކުދިންނާ ވާހަކަ ދައްކާ ނޫޅޭތީ ބައެއްކުދިން ހައިކަލްއަކީ ގޭ އެކޭ ކިޔައިގެންވެސް އުޅުނޭ ބުންޔެވެ. ނަމަވެސް އަހަރެންނަށް މިފެންނަނީ ހައިކަލްގެ މުޅިން އެހެން ސިފަތަކެކެވެ. ގޭގަ އިންނައިރުވެސް ދެރަވެފަ ހުރިއްޔާއައިސް ކޮންމެވެސް ސަމާސާއެއްކޮށްގެން އަހަރެން ހެއްވާލާނެއެވެ. ހައިކަލްގެ ބަސް މަދުވެގެން ފޫހިވާކަށް ނުޖެހެއެވެ. އަބަދުވެސް އިންނާނީ ކޮންމެވެސް ވާހަކައެއް ދައްކަދައްކައެވެ.
އެތައްއިރަކު ވާރޭ ތެރޭގަ ސައިކަލް ދުއްވުމަށްފަހު ގެޔަށް އައިއިރު މަޤްރިބް ނަމާދުގެ ބަންގީގެ އަޑުއިވެއެވެ.
ގެޔަށް ވަދެވުމާއެކު ހައިކަލް ނާރީއަށް ގޮވާ ގެނެސް، އަހަރެންނާއެކު ފޮނުވިއެވެ. ކޮޓަރިއަށްގޮސް ފެނަވަރާ ހަދައިގެން ނިކުތްއިރު އަހަރެން ހުރީ ހީކަރުވައިގަނެގެންގޮސް ހަލާކުވާވަރުވެފައެވެ.
” ކާއެއްޗެސް ގެނެސްދެންތަ” އަހަރެން އެނދުގަ އޮށޯވެލުމުން ނާރީ ބުނެލިއެވެ.
” ނޯ..ވަރަށް ސްލީޕީ… ތަންކޮޅެއްފަހުން ކާނީ..” އަހަރެން އެހެން ބުނުމުން ނާރީ އަށެއްޖަހާއިރު ގޮވާނެކަމަށް ބުނެފަ ދިޔައެވެ.
އެހެން އޮތް އިރު ހިޔާލްގަވީ ހައިކަލްއެވެ. މިއަދު ދެމީހުން އެކުގަ ހޭދަ ކުރެވުނު މަޖާ ވަގުތުތަކެވެ. އަހަރެންގެ ލޮލަށް ފެންނަނަމަ ކިހާރަނގަޅުހެއްޔެވެ. އެކަހަލަ ހިޔާލް ތަކެއްގެ ތެރޭގަ އޮއްވާ ނިދުނު އިރެއްވެސް ނޭންގެއެވެ.
އަހަރެންނަށް ހޭލެވުނީ މީހަކު ގޮވާލި އަޑަށެވެ. ލޯ ހުޅުވާލިއިރު އެއްވެސް ތަނެއް ނުފެނެއެވެ. ބިރުން ގޮސް އަޅޭލަވާގޮތްއިރު އަހަރެންގެ ލޮލަށް ނުފެންނަ ކަމެއްވެސް އޭރުގަ ހަނދާން ނެތެވެ.
” ވަޓް ހެޕެންޑް ޔަލް. ކާމް ޑައުން.. ހުވަފެނެއް ފެނުނީދޯ” އޯގާތެރި ކަމާއެކު އަހަރެންގެ ބޮލުގަ ފިރުމާލަމުން ހައިކަލް އަހަރެން ކައިރީގަ އިށީންނިއެވެ.
” ނޫން..ހަނދާން ނެތުނީ ލޮލަށް ނުފެންނަކަން. ހޭލި އިރު އެއްކޮށް ބުލެކްވީމަ ބިރުގަތީ..ބައެއް ދުވަސް ދުވަހު އަދިވެސް އެހެން ވޭ” އަހަރެން ހައިކަލްއަށް ވީގޮތް އޮޅުން ފިލުވަދިނީމެވެ.
” ހިނގާ ކާންދާން…ނާރީ ބުނި ޔަލް ނުކާ ނިދި ވާހަކަ. ގޮވަން އުޅުނީމަ އަހަރެން ބުނިން ނިދަން ދާށޭ އަހަރެން ޔަލްވީއަށް ކާންދޭނަމޭ” ހައިކަލްއެހެން ބުނުމުން އަހަރެންވެސް ތެދުވެގެން ފާހާނައަށް ވަދެ މޫނު ދޮވެލައިގެން ހައިކަލްއާ އެކު ތިރިޔަށް ދިޔައީމެވެ.
” ހުންނާނެ ސޫޕް ހަދާފަ… ހިތަށްއެރީ މިއަދު އެހާ ވާރެޔާ ތެމުނީމަ ހޫނު އެއްޗެއް ބޯހިތްވެފައޭ ހުންނާނީ..” ހައިކަލް އަހަރެން ސޯފާގަ ބައިންދަމުން ބުނެލިއެވެ.
” ހައިކްއަށް އިނގޭތަ އެހާ މޮޅަށް ކައްކަން” އަހަރެން ހައިރާންވެފަ ހުރެ އަހާލީމެވެ.
” ޔެސް.. ވަރަށް މޮޅުވާނެ” ފޮނި ވެލާފަ ހައިކަލް އެހެން ބުނުމަށްފު ދިޔައީ ސޫޕްތަށި ބަލައެވެ.
” އަޅެ މި ރަހަ ބަލާފަ ޔަލް އަކަށް ނުކެރޭނެ ނުބައޭ ބުނާކަށް” ސޫޕް ތަޝި ހިފައިގެން އައިސް އޭގެން ސަމުސަލެއް ބޯންދެމުން ހައިކަލް ބުނެލިއެވެ.
” ހޫމް.. ހާދަ މީރޭ.. ބެސްޓް ސޫޕް އެވާ” މީރު ކަމުން އަހަރެންވެސް ހުރީ ބުނާނެ އެއްެޗެއްނޭންގިފައެވެ. އަންހެނުންނަށް ވުރެ ފިރިހެނުންމާ ކައްކަން މޮޅޭވެސް ހިތަށް އެރިއެވެ.
” ޔެސް ބޭބީ ގާލް…އަޅޭ އަދި އިންވައިޓް ނުކުރެވިފައެއް ނެތެއްނު..ރެޑީވެބަ… މިދަނީ ބަލާ އިރުކޮޅަކުން..ލަވްޔޫޓޫ” ގެޔަށް ވަދެގެންއައި ޒައިން ފޯން ބާއްްވަމުން ބުނެލިއަޑު އިވުނެވެ.
” އޯހޯ.. ކާކަށް ތި އިންވައިޓް ކުރީ..ރޯމިއޯގެ ޖޫލިއެޓް އަންނަނީތަ މިރޭ” ހައިކަލް ޒައިން ދެއްކިވާހަކަ އަޑު އިވިގެން ސުވާލްކޮއްލިއެވެ.
“ޔެސް…ހައިކް ކައިރީ ބުނީމެއްނު ކުއްޖަކާ ޓޯކް ކުރާ ވާހަކަ.. ހިނގާބަ މިރޭ ހަތަރު މީހުންވެގެން ޕާސްތާ ހަދަން…އަންނާނަން އިނގޭ ޕާސްތާ ހަދަން ބޭނުންވާ ސާމާނު ގަނެގެން މަގޭ ކަބުލޮ ގޮވައިގެން” ސަމާސާ ރާގެއްގަ ޒާއިން އެހެން ބުނެލިއެވެ.
” ޔާ އޯކޭ.. ވެއިޓިން ދޯ ޔަލް” ހައިކަލް އަހަރެންނަށް ދޯ ދިނުމުން އަހަރެންވެސް މަޑު މަޑުން ބޯ ޖަހާލީމެވެ.
ޒައިން ދިޔުމުން ހައިކަލް ޓީވީ ހުޅުވާލިއެވެ. އެވަގުތު ޓީވީ އިން އަންނަމުން ދިޔައީ ވަރަށް ރީތި ލޯބީގެ ހިންދީ ލަވައެކެވެ.
” ޔަލް ހާދަ ރީއްޗޭ” އިވެމުން ދިޔަ ލަވައިގެ ތެރަށް ގެއްލިއިނދެ ހައިކަލް ބުނެލި ކަހަލައެވެ. އެވަގުތު ހައިކަލްގެ އަޑުއައި ދިމާއަށް އެނބުރިލީމެވެ. މޫނުގޮސް ޖެހުނީ ހައިކަލްގެ މޫނުގައެވެ. ހައިކަލް އެހާ ކައިރީގަ ބަލަންއިން ކަމެއް އަހަރެންނަކަަށް ނޭންގެއެވެ. އިނގޭނީވެސް ވަކި ކިހިނެތްހެއްޔެވެ.
ނުނިމޭ 
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.





i only read this bcx of that pic is the story its my favourite turkish drama ask laftan anlamaz…… the story is nice and i will look forward to read this
Yah Mixugeves favorite series.. ehnve pic change kuryves.. Thank you Nafu
koba tha e drama namakee
Hai guys ^-^ .. Sorry ingey lahun update kurevunyma.. In sha Allah mirey adhi eh part update kohdheynan. try kurin mi part dhigukoh genesdheveythw… and leave a commnt story kiyaafa. Eyrun dhw ingeyni improve kuran vi kanthahves
??????
the story is good and it would be really good daily koh up kureveyaamu dhnn ok dhw nukuriyuss in a way its better daily kon kuranyaamu
Thank you ? Will try my best dailykoh upkohdhen. ?
Vara salhi. Kiyahithun mi inee kemmadhuvefa. Thanx
??
v reethi mi vaahaka…. thanks
??
v reeti dhen oh part nereny kondhuahakun . waiting for next part 🙂 loved it..
Varah varah salhi.. mixu mirey adhi update kohdhehchey
Thank you Shaha & Aish ??
Nice mixii. .. ?
Thankx Pinkish ??
Vvvv reethi ma sha allaah….. Bt avahah up kurahche….
Thankx Malaa ? In sha Allah mireu next part up kohdheynan ?
Varah salhi. Waiting for tonight’s part.
Thankx Hoooo ? ?
V reethi…
Thankx petite ??
Whts the name of the series? Mixu can u tell me ? .. btw story is awsome as always . I jst luv this story .. its amaxingg??❤❤. Looking frwrd fr the nxt prt .. ?
Oh v reethi v kiyaahithun indhaa nimunee
Thankx ?
In sha allah mirey up kohdheynan ingey thankolheh laskoh namaves ?
V salhi.. Ekm hadha lahey upvaleh
Thankx ?
In sha allah mirey kuraanan ingey.. ekam thankolheh las vedhaane ?
V v reethi kohme dhuvahaku balaalevey upkohfa inthw ..
Thankx ? ?
Varah reethi mi vaahaka. Waiting for next part…….
Thankx ??
Mixu kobaaa…. Avas kohba….
Thankx ??
Ekam mirey thankolheh lahun namaves update kohdheynan ingey ?
Varah reethi story eh miee…
but upload kuraaleh thankolheh lahee…
Daily koh upload kolla dheefiyyaa v rangalhu…
Thankx ??
Story ehkoh nunimeythi aslu dailykoh upkoh nudheveny..
Wow amazing waiting waiting waiting plus daily upload kohdhybaa
Thankx ??
Story ehkoh nunimeythi aslu dailykoh upkoh nudheveny..
V ryti…. Plx try to upload daily…….story is awesome…
Thankx ??
Story ehkoh nunimeythi aslu dailykoh upkoh nudheveny..
Koniraku tha up vany alhe?????
Mirey thankolheh lahun update kohdheynan ingey ?
Mixu….kobaata up kuran buni part
Mirey thankolheh lahun update kohdheveyni. Sorry for that ??
Vaahaka varah salhi
Thankx ??
Promise break Nukohba?
Promise break nukuramey lil ? Mirey thankolheh lahun update kohdheynan In sha allah ??
Mixu haadha lahey
Maadhama dhw up vàany??
Wait koh koh foshi vehje
Mizu…. Kn irakunta up kurany….mihaaru nidhi vx athuvehjje…still adhi vx mioty. Up veyty..plx don’t make us disappointed..
Nuvaaney bunyma inthizaaareh nukuraaane dhw dho hadhaa meehun dheke v foohivey.12 jehyma nukiyaane miyeyekey….
I am really sorry guys… Story submitkohfa innaany.. ekam neynge review kohfa esfiya in update kuraane time eh..
Alhey so sad..? varah kiyaa hithun huryves.. dhen maadhan kiyaalaany dhw.. anyways thanks ingey update kohdhinyma kiyaalan nulibumas ?