Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ދިން އުފާ 2

seym Level 310 Stories100 Login100 Comments
December 20, 2016 2 Mins Read
6 Comments

ނިދިފައި އޮތް އީރަމް އަށް ހޭލެވުނީ ފަތިހު ފޯނު އެލާމް ވާ އަޑަށެވެ.އެލާމް އޮފް ކޮއްލުމަށް ފަހު ތެދުވެ ބަލާލީ ނާއިލް ގެއައް އައިތޯއެވެ.ކައިރީ ނެތުމުން ދެން ހިނގައިގަތީ ބަދިގެެއަށެވެ.ރޭ ކާން ހެދި އެއްޗެހި ހުރީ ހުރި ގޮތަށެވެ.ނާއިލް އަންނާނެ ކަމަށް ވަރަށް އިރު އީރަމް މަޑު ކުރިއެވެ.ފަހުން ގުޅަން ވެސް ގުޅިއެވެ.ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ.އެންމެ ފަހުން އިންތިޒާރުގައި އިނދެ ނިދި އަންނަ ގޮތް ވުމުން ޖައްސާލިތަނާ ނިދުނީއެވެ.ފާހަނާ އައް ވަތް އީރަމް ފެންވަރާ ތާޒާވެލައިން އަވަސްވެގަތީ ފަތިސް ނަމާދު ކުރާށެވެ.ނަމާދު ކޮށް ނިމިގެން ހޫނު ކޮފީއެއް ތައްޔާރު ކޮށްލިއެވެ.ނާއިލް ގެ އާދަތައް ހުންނަނީ އެހެންނެވެ.ގިނަ ވަގުތު އުޅޭނޫޅޭ ތަނެއް އީރަމް އަކަައް ނޭގެއެވެ.ގުޅިޔަސް ފޯނަށް ޖަވާބު ދޭނީ މަދު ފަހަރަކުއެވެ.ގެއަށް އައިސް ވާހަކަ ދައްކާނީ ކޮންމެހެން ކަމެއް ބޭނުންވީމައެވެ.ނާއިލް ގެއައް އައިސް ސައި ބޯން ބޭނުންވެދާނެތީ އީރަމް ސައި ހަދާލިއެވެ.އެ އަށް ފަހު ކޮޓަރި އަށް ވަދެ އޮށޯވެލީ އަނެއްކާވެސް ނާއިލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

ހެނދުނު އޮފީހަށް ދާން ހޭލި ލާމިހް އޮތީ ތެދުވާހިތް ނުވެފައެވެ.ރޭ ނިދުނީވެސް ވަރަށް ލަސްވިފަހުންނެވެ.އެ ހިތުގައި ކުރެހިފައިވަނީ އެންމެ ސޫރައެކެވެ.އެންމެ ފަހަރަކުނަމަވެސް ދެކިލާ ހިތްވަނީ އެ ރީތި މޫނެވެ.އެ ލޮލުގައި ވި އެކަނިވެރިކަން ލާމިހުގެ ހިތަށް ދިޔައީ އުނދަގޫ ކުރަމުންނެވެ.ދޮރުގައި ޓަކި ޖަހާލުމާއެކު އިވިގެން ދިޔައި ލޫނާ ގެ އަޑެވެ. “ލާމީ އޮފީހައް ނުދާ ދުވަހެއްތަ.އަވަހަށް ނުކުމޭ.އެ އޮތް ގަޑި ޖެހެނީ”ދޮންތަގެ އަޑު އިވުމުން ލާމިހް ކަންނެތް ގޮތަކައް ތެދުވިއެވެ.”އާން މި ނުކުންނަނީ”

ފެންވަރާލައިގެން ނުކުތް ލާމިހް ފެންނަނީ އުމުރަށް ވުރެ ހަރުދަނާ ޒުވާނެއް ގޮތުގައެވެ.އުމުރުން ބާވިސް ވެފައިވިނަމަވެސް ބަލާ ބެލުމަށް ފެންނަނީ މާ ފިރިހެން ވަންތަ ކޮށެވެ.ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ އިރު އާދަ އަކައް ކަސްރަތު ކުރާ މީހެއް ކަން ހާމަވެއެވެ.ލާމިހް އައިސް އިށީނުމާއެކު ލޫނާ ސައި ތަށި ކައިރި ކޮށްލަދިނެވެ.”ލާމީ މިއަދު އޮފީހައް ނުދާން އޮތް ދުވަހެއް ދޯ.މާ ކަންނެތް ދުވަހަކީތަ؟” ރާމިޒް އަހާލިއެވެ. “ނޫނޭ.ރޭގައި މާގަދައައް ވާރޭ ވެހުނީމަ ފިނި ހިފާގޮތް ވެފަހުރީމަ ކަންނެތް ވީ” ރާމިޒް ޖަހާލީ ހިނިގަނޑެކެވެ. “ލޫނާ މިއަދު އަވަހަށް ގެއަށް އާދެވެތޯ ބަލާނަން އިނގޭ.މިރޭ ވާނެ އެންމެން އެކީ ބޭރަށް ގޮސްލަން.” ލޫނާ އެންމެ ރަގަޅޭ ބުނެލީ އުފާވެލާފައެވެ.ރާމިޒް ސައި ބޮއެ ނިމިގެން ނުކުތުމުން ލޫނާ ބަލާލީ ލާމިހް އަށެވެ. އެ މޫނު މަތިން ފެންނަނީ ވަރުބަލިކަމެވެ.”ލާމީ ރޭގައި ނުނިދަންތަ؟” ދޮންތަ އެހެން އެހުމުން ލާމިހް ބެލީ އަވަހައް ގެއިން ނުކުމެވޭތޯއެވެ.ނޫނީ ލުނާގެ ފަރާތުން އަންނަ ސުވާލުތަށް ގިނަވާނެއެވެ.”ލަހުން ނިދުނީ” އެހެން ބުނަމުން ލާމިހް ކައިރީ އޮތް ފޯނު ދައްކާލިއެވެ. ހުސެން ލަސްވެގެން އުޅޭ ކަމަށް ބުނެ ލާމިހް ނުކުތީ ބޭރަށެވެ.ލާމިހް އާއި ހުސެން އަކީ އެންމެ ގާތް ދެ އެކުވެރިންނެވެ.ބައްދަލުވީ އޮފީހުންނެވެ.ލާމިހް ސައިކަލަށް އަރަމުން ގުޅާލީ ހުސެން އަށެވެ.ހުސެން އޮފީހައް ވަންނަނީ ކަމަށް ބުނުމުން ލާމިހް ސައިކް ދުއްވާލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

seym

Level 310 Stories100 Login100 Comments

Bookworm. ? 23. ? ~ Because i am in love with the world in my head.~ ?

Other Articles

Previous

ހިތް އެކީ ދެވިއްޖޭ…. 25

Next

ނޭނގި ޔާރު ވަކިވީ (1)

Next
December 20, 2016

ނޭނގި ޔާރު ވަކިވީ (1)

Previews
December 20, 2016

ހިތް އެކީ ދެވިއްޖޭ…. 25

6 Comments!

  1. Malaa says:
    December 20, 2016 at 8:56 pm

    Vvvvv reethi vvv kurudhw…

  2. Ravupinky says:
    December 20, 2016 at 8:57 pm

    haadha kurey , next part dhigu kohdheythi ingey

  3. S♓♈♈♓♑♏ says:
    December 21, 2016 at 12:00 am

    maa kuru????

  4. Sweetie says:
    December 21, 2016 at 12:31 am

    Alheyyyyyyyy. Haadha kanneiykoh thi liyanee. Plz thankolheh muraalivefa dhigukoh genesdheebala.
    Story varah reethi.

  5. seym says:
    December 21, 2016 at 1:20 am

    I know it is really really short n m very sorry. Aslu vaa gothaky m new to all this n m bad at typing in dhivehi. So adjust vaan time kolheh nagaane. Thanks for everyone who commented on the fst part. Feel free to point out the mistakes. In sha allah next part dhigukoh up khdheynan ❤?

  6. Sweetie says:
    December 21, 2016 at 6:05 am

    Best of luck.
    Inthizaarugai ebathibeen

Comments are closed.

Next Episodeތިޔަ ދިން އުފާ 3←


All Right Reserved!