“މޭއި ﷲ ފޮގިވް އޯލް އޮފް ހާރ ސިންސް އެންޑް ގްރާންޓް ހާރ ޖަންނަތުލް ފިރްދައުސް. އާމީން!” ޝިޔާ އޮތީ އެ ދުޢާ ލިޔެފައި އޭގެ ފަހަތުގައި މުގުރިފައި ހުރި ހިތެއްޖަހާފައެވެ. އައިމަނަށް އެއާއި ދިމާލަށް ބަލަން އިނދެވުނީ ބުމަގޮށްޖެހިފައެވެ. އެވަގުތު އައިމަން ޙައިރާންވާންޖެހުނު އެތައް ސަބަބެއްވިއެވެ. އެއްސަބަބަކަށްވެފައިވީ އޭނަ ދަންނަ ޝިޔާއަކީ މިފަދަ ގޮތަކަށް ވާހަކަ ދައްކާ ކުއްޖަކަށް ނުވުމެވެ. އަނެއް ސަބަބަކީ ޝިޔާ އެއްވެސް ދުވަސްވަރެއްގައި މި މެހެނާޒްއެއްގެ ވާހަކަ އޭނަގާތު ދައްކާފައި ނުވުމެވެ. ޝިޔާއަކީ މެހެނާޒްގެ ސަޕޯޓަރަކަށްވި ނަމަ ކުޑަމިނުން އޭނަގެ ލަވަތައް ޝިޔާ ޙިއްސާކުރީސް ނޫންހެއްޔެވެ؟ އެހެނަސް އެގޮތަށް ކަންތައްވެފައެއްނެތެވެ. އައިމަން ވެސް ދުވަހަކުވެސް މެހެނާޒްގެ ވާހަކައެއް ޝިޔާގާތު ދައްކާފައެއް ނުވެއެވެ. މެހެނާޒަކީ އޭނަގެ ތިއްތިބެއަށް ގޯހެއް ހެދި މީހެއްހެން ހީވާތީ އޭނަ މެހެނާޒްގެ ލަވައެއް ވެސް އަޑެއް ނާހައެވެ. އޭނަގެ ހިތުގައި ނަފްރަތެއް އުފެދިފައިވި މީހަކަށްޓަކައި ޝިޔާ ދުޢާއެއްކޮށް އޭގެ ފަހަތުގައި ހިތެއް ޖަހާފައި ވިގޮތުން ޝިޔާ އެހެން ހެދީ ކީއްވެބާއޭ ހިތަށްއެރިއެވެ. މެހެނާޒަކީ އެންމެންގެ ނަފްރަތު އަމާޒުވާންވީ މީހެއްނޫން ހެއްޔެވެ؟ އެހެނަސް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އައިމަނަށް ހީވަމުން ދިޔައީ އެއީ ޝިޔާ ލޯބިވާ ފަރާތެއް ހެންނެވެ.
އިރުކޮޅެއް ވަންދެން އެއަށް ބަލަން އިނދެފައި އައިމަން ދެންވެސް ދެބުމަ ކައިރި ކޮށްގެން އިނދެ ތިރިއަށް ސްކްރޯލް ކުރިއެވެ. ދެން ފެނިގެން ދިޔައީ ޢަރަބި ބަސްކޮޅެއް ލިޔެވިފައިވި ފޮޓޯއެކެވެ. އައިމަނަށް އޭގެ މާނައެއް ނޭނގުނެވެ. އޭގެ މާނަ ބަލަން އުޅެފައިވެސް އެކަން ނުކުރެވުނީ ޝިޔާ ޢަރަބި އެއްޗެއް ޙިއްސާ ކޮށްފައި ހުރި ގޮތުން ޙައިރާންވި ވަރުންނެވެ. ޝިޔާ ޢަރަބިވެސް ދަސްކުރީހޭ އޭނަގެ ހިތަށް އެރިއެވެ. އޭނަ އިތުރަށް ސްކްރޯލް ކުރުމުން ދެން ހުސް ފެނިގެން ދިޔައީ ދީނީ ޕޯސްޓްތަކެވެ. އެއްޕޯސްޓެއްގައި ހަދީޘެއް ހުރިއްޔާ އަނެއް ޕޯސްޓްގައި ޤުރުއާނުގެ އާޔަތެއް ހުރެއެވެ. ކޮންމެ ޕޯސްޓަކާއެކީ އައިމަންގެ ނިތަށް ރޫ ގިނަވަމުން ދިޔައެވެ. އޭނަގެ ލޯބިލޯބި ޝިޔާއަށް ކިހިނެއްވީހޭ ހާސް ފަހަރު ހިތަށްއެރިއެވެ. ހަމަ އެއާއެކު ހުރިހާ ޕޯސްޓެއް ނިމުމުން ޝިޔާ ދިޔައީ ކޮންތަނަކަށްތޯ ބަލާލަން އޭނަ ހަނދާންވިއެވެ. ތެޅިތެޅި އޮތް ހިތަކާއެކީ މައްޗަށް ސްކްރޯލް ކޮށްލަމުން އޭނަ ޕޭޖުގެ ވާތު ފަޅިއަށް ބަލާލިއެވެ. ޝިޔާ އުޅޭތަން އޭނަ އަޕްޑޭޓްކޮށްފައި އޮތްތަން ފެނިފައި އައިމަންގެ ހިތް ހުއްޓުމަކަށްއައެވެ.
“ކޮލޮމްބޯ، ސްރީލަންކާ.” އައިމަނަށް ވައި އަޑުން ކިޔާލެވުނެވެ. އޭނަ އިރުކޮޅަކު އިންގޮތަށް އިނދެފައި ކުއްލިއަކަށް އޭނަގެ ފޯނު ނަގައި ބައްޕައަށް ގުޅާލިއެވެ. އެކޮޅުން ޚާލިދު ފޯނު ނަގައި އޭނައަށް އެއްޗެކޭ ވެސް ނުބުނެވެނީސް އައިމަން ވާހަކަ ދެއްކިއެވެ.
“ހެލޯ ޑޭޑް! ލަންކާ! ލަންކާއަށް ދާން ބޭނުންވަނީ.” އައިމަން އަވަސްއަވަހަށް ބުނެލިއެވެ.
“ޔަޤީންތަ އައްމު؟ ލަންކާއަށް ދިޔަ އެންމެ ފަހު ފަހަރު ފޫއްސޭ ކިޔާފަ 3 ދުވަސްވެސް ނުކޮށް މެލޭއަށް ފުރި ހަނދާން ޑޭޑް އެބަހުރި.” ޚާލިދު ޙައިރާންވެފައިހުރެ ހަނދާން ކޮށްދިނެވެ.
“ޔާ ބަޓް……މި ފަހަރު ނޫން ޑޭޑް. ލަންކާ އިޓް އިޒް. މުޅި ޗުއްޓީއަށް ބޭނުންވަނީ ލަންކާއަށްދާން.” އައިމަން ހިނިތުންވުމެއްގައި ޝިޔާގެ ނަމަށް ބަލަން އިނދެ ބުނެލިއެވެ. ސިކުންތުކޮޅެއްފަހުން ޚާލިދު ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.
“އެންމެ ރަނގަޅު. ޒާންއާއި ޑިސްކަސްކޮށްފަދޯ ތި ބުނީ ލަންކާއޭ؟” ޚާލިދު އެހެން އަހާލުމާއެކު އައިމަން ޗޮއްކަނޑާލިއެވެ.
“ޒާންއަށް އޯކޭވާނެ ކޮންމެ ތަނެއްވެސް އެތަނަކުން ފޮތާއި ރަނގަޅު ކާއެއްޗެހި ލިބެންޏާ.” އައިމަން ބުނެލިއެވެ.
“ހެހެ…..ހަމަ ތެދު ވާހަކައެއް. އެހެންވީމަ ޑޭޑް ޓިކެޓް ބުކް ކުރާނަން އިނގޭ؟” ޚާލިދު ބުނެލިއެވެ. މިފަހަރުވެސް އައިމަން އޯކޭއޭ ބުނެލުމުން ޚާލިދު އޯކޭއޭ ބުނެ ފޯނު ކަނޑާލިއެވެ. އެވަގުތު އައިމަންގެ ހިތް އުފަލުން ފުރިގެން ދިޔުމުން އޭނައަށް އެކަނި ހުރެ ބާރަށް “ޔެސް”އޭ ކިޔައި ގޮވާލެވުނެވެ. ދެންމެ ޝިޔާގެ ޕްރޮފައިލްއިން ފެނުނު ޕޯސްޓްތަކުން އޭނައަށް ލިބުނު ޙައިރާންކަމުގެ މަތިން ވެސް އޭނަ ހަނދާން ނެތިއްޖެއެވެ. ޝިޔާ ދެކިލަން އެދޭ އެދުމާއިއެކީ އޭނަގެ ހިތާއި ސިކުނޑި ޝިޔާގެ ޚިޔާލުތަކުން ހިސާރުވެގެން ދިޔައެވެ. ޝިޔާ މިހާރު ކިހާ ރީތިވާނެބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. ހަމަ އެއާއެކު ލަންކާއަށް ގޮސް ކަންތައްވާނެ ގޮތާއިމެދު އައިމަން ޚިޔާލީ ފޮލާ ކައްކަން ފެށިއެވެ.
**
ކޮލޮމްބޯއަށް އެދުވަހުގެ ރޭ 9:30 ވީ ވަގުތު ހަލަބޮލި މަގުތަކާއި ތަންކޮޅެއް ދުރު ހިސާބެއްގައި ހުރި ތަނަވަސް ގެއެއްގެ ބޮކިތައް ދިއްލާލެވިފައިވިއެވެ. އެގެއަށް ވަދެވޭ ގޮތަށް ހުރި ގޭޓް ލައްޕާލެވިފައިވީއިރު އެގޭގެ ފެންޑާ ތެރޭގައި އަޅި ކުލައިގެ ކުޑަ ވޭނެއް އޮތެވެ. ގޭގެ މައިދޮރު ލައްޕާލެވިފައިވީއިރު މައިދޮރުގެ ކައިރިއަށް ގޮއްސި މީހަކަށް ޤުރުއާން ކިޔަވާ އަޑު އިވޭނެއެވެ. މިޝަރީ އަލް އަފަސީގެ ކިޔެވުމުގެ އެ އަޑު އިވެމުން ދިޔައީ ދެބުރިއަށް ނަގާލެވިފައިވި އެގޭގެ ތިރީ ބައިގައި ހުރި ބޮޑު ކޮޓަރިއެއްގެ ތެރެއިންނެވެ. އެ ކޮޓަރީގެ ކޮންމެ ދިމާލަކުންވެސް ފެންނަމުން ދިޔައީ ތަރުތީބުކަމެވެ. ކޮޓަރީގެ އެއްފަރާތެއްގައި ހުރި ކިންގް ސައިޒް އެނދުގައި އޮތް ބެޑްޝީޓާއި ރަޖަލުގައި އެންމެ ރުލެއް ވެސް ނެތްއިރު އެނދުމަތީގައި ހުރި ބާލީސްތައް ވެސް ބޮލާކޮޅުގައި ރީއްޗަށް ބެހެއްޓިފައިވިއެވެ. ކޮޓަރީގެ ވިދަމުން ދިޔަ ޓައިލްސް މަތީގައި އެންމެ ކުނިކޮޅެއްވެސް ނެތްއިރު މުޅި ކޮޓަރި ތެރެ އެއްވަސްވެފައިވީ އެއާރ ފްރެޝްނާރ ގެ މީރު ވަހުންނެވެ.
އެނދުގެ ކުރިމައްޗަށްވާ ގޮތަށް ހުރި ބޮޑު ކިޔަވާ މޭޒު ދޮށުގައި އަންހެން ކުއްޖަކު ބޯއަޅައިގެން އޮތެވެ. އޭނަ އޮތްގޮތް ހިމޭންކަމުން އޭނަ އޮތީ ނިދަންހެން މީހަކަށް ހީވެދާނެއެވެ. އޭނަގެ ކުރިމަތީގައި ހުޅުވިފައި ހުރި ބޮޑު ލެޕްޓޮޕް ސްޕީކަރަކާއި ގުޅާލެވިފައިވީއިރު އެ ލެޕްޓޮޕުން ޕްލޭ ކުރެވިފައިވީ ފުރުޤާން ސޫރަތެވެ. އެ ލެޕްޓޮޕްގެ ކައިރީގައި ކަޅުކުލައިގެ މޮނީޓަރު ފޮތެއް އޮތްއިރު ޓިޕެކްސް އިން އޭގައި އިނގިރޭސި ބަހުން “ޤުރުއާން އެންޑް އަރަބިކް” އޭ ލިޔެވިފައިވިއެވެ. އަންހެން ކުއްޖާ އޮތްގޮތަށް އޮތްވާ ފުރުޤާން ސޫރަތުގެ އެންމެ ފަހު އާޔަތާއި ހަމަވިއެވެ. އެ އާޔަތް ނިމެމުން ދިޔަދިޔަހެން އެ އަންހެން ކުއްޖާ ބޯ ހިއްލާލިއެވެ. އެއަށްފަހު ފެންކަޅިވެފައިވި ދެލޮލުންކުރެ އެއްލޮލުގެ ތިރިން ޝަހާދަތް އިނގިލި ހިންގާލަމުން އެ އާޔަތް ނިމުނު ތަނާހެން ރެކޯޑިންގް ޕޯޒް ކޮށްލިއެވެ. އަދި ދެންވެސް ފުން ނޭވައެއް ދޫކޮށްލަމުން އޭނަގެ ދިގު އެސްފިޔަތަކުން ހިޔާ އެޅިފައިވި ދެލޮލުގެ މަތިން ދެއަތް ހިންގާލިއެވެ. ހަމަ އެ ހިނދު ކޮޓަރީގެ ބޭރުން އަންހެނެއްގެ ގިސްލުމުގެ އަޑު އިވުމުން އަންހެން ކުއްޖާ ކޮޓަރީގެ ލައްޕާލެވިފައިވާ ދޮރާއި ދިމާލަށް ބަލާލިއެވެ. އެ އަންހެން މީހާ ގިސްލެވިފައިވާ އަޑަކުން ވާހަކަ ދައްކަން ފެށުމުން އެކުއްޖާ ދޮރުގެ ކައިރިއަށް ގޮސް އެ ދޮރު ކުޑަކޮށް ހުޅުވާލިއެވެ. އެ ހުޅުވާލި ހަނި ދާއިރާއިން ފެނިގެން ދިޔައީ ސިޓިންގް ރޫމުގެ ސޯފާގައި ތިބި އަންހެނަކާއި ފިރިހެނެކެވެ.
“މިއަދަކީ ނާޒް އަހަރުމެން ދޫކޮށް ދިޔަތާ 6 އަހަރު ފުރިހަމަވާ ދުވަސް. އެކަމަކު އަހަރެންގެ ހިތަށް އަދިވެސް ލުއެއް ނުލިބޭ. ކުޑަވެސް ލުއެއް.” އަންހެން މީހާ ރޮވިފައިވާ އަޑަކުން އެހެން ބުނެލަމުން އިތުރަށް ރޯންފެށިއެވެ. އޭނަގެ ކައިރީގައި ހުރި ފިރިހެން މީހާ ފުން ނޭވައެއް ދޫކޮށްލިއެވެ. އިރުކޮޅެއް ވަންދެން ގިސްލުމަށްފަހު ދެންވެސް ވާހަކަ ދެއްކީ އަންހެން މީހާއެވެ.
“އެ ފިރިހެނާ އަނެއްކާވެސް މީހަކާ އިނދެފިޔޯ!” އެ މީހާގެ އަޑުގައި މިފަހަރު އެކުލެވިގެންވީ ރުޅިވެރިކަމެވެ.
“އަޅާނުލާ. ދެން އަނެއްކާވެސް އިވޭނީ އެކުއްޖާ މަރާލާފަ ތަނަކަށް އެއްލާލި ވާހަކަ.” އެ ފިރިހެން މީހާ ހިތްހަމަޖައްސައިދޭން އުޅޭފަދަ ގޮތަކަށް ބުނެލިއެވެ. އެދެމީހުން ދެއްކި ވާހަކަތައް އަޑުއަހަން ކޮޓަރިތެރޭގައި ހުރި އަންހެން ކުއްޖާގެ ބުމަގޮށްޖެހިގެންދިޔައެވެ. އޭނަ ދޮރު ލައްޕާލުމަށްފަހު އަނެއްކާވެސް ކިޔަވާ މޭޒުދޮށުގައި ގޮސް އިށީނެވެ. އެއަށްފަހު ފޭސްބުކަށް ވަދެލުމަށްފަހު ސާޗް ޓެބްގައި “ވިސާމް” ޖަހައި ހޯދާލިއެވެ. މާ ގިނައިރެއްނުވެ ލަވަ ކިޔުންތެރިޔާ ވިސާމްގެ ނަން ފެނުމުން އެ ޕޭޖަށް ޒިޔާރާތް ކުރިއެވެ. ޕޭޖްގެ ކަވާރ ފޮޓޯއެއްގެ ގޮތުގައި ފެނިގެން ދިޔައީ ކަޅާއި ހުދުން ހުރި ފޮޓޯއެކެވެ. އެއީ ވިސާމާއި ޝަފަޤާއި މިޝްކާ އެކީގައި ހިނިތުންވެގެން ތިބި ސެލްފީއެކެވެ. އެ ފޮޓޯއަށް ބަލަން އިން އަންހެން ކުއްޖާ އެއަށް ކްލިކްކޮށްލިއެވެ. އެއާއެކު އެ ފޮޓޯއާއެކީ އެ ފޮޓޯގެ ޑިސްކްރިޕްޝަން ވެސް ފެނިގެން ދިޔައެވެ. ޑިސްކްރިޕްޝަންގައި ވިސާމް ލިޔެފައި އޮތީ “މިޝީ ވިތް ހާރ ނިއު މޮމީ” މިހެންނެވެ. އެތަން ފެނިފައި އަންހެން ކުއްޖާގެ މޫނުމައްޗަށް ވެރިވެފައިވީ ނުރުހުންތެރިކަމާއި ހިތާމަވެރިކަން އެކުލެވޭފަދަ އަސަރެކެވެ. އޭނަ އެ ފޮޓޯއިން ނަޒަރު ވަކި ކުރުމެއްނެތި ކިޔަވާ މޭޒުގައި ހުރި ވަތްގަނޑެއް ދަމާލިއެވެ. އެއަށްފަހު އޭގެ ތެރެއިން ސިޓީ އުރައެއް ނަގައި އޭތި ސްކްރީންގެ ކުރިމައްޗަށް އަރުވާލިއެވެ. އެ ބާ ސިޓީ އުރައިގެ މެދުގައި ލިޔެވިފައިވީ ވިސާމްގެ ނަމެވެ. އަދި އޭގެ ކަނުގައި ލިޔެވިފައިވީ “ފްރޮމް: މެހެނާޒް” މިހެންނެވެ. އަންހެން ކުއްޖާ އެއްފަހަރު އެ ސިޓީ އުރައަށް އަނެއްފަހަރު ވިސާމްމެންގެ ފޮޓޯއަށް ބަލާލި ވަގުތު އޭނަގެ ކޯތާފަތްމައްޗަށް ކަރުނައެއް ފައިބައިގެން އައެވެ.
**
“އޭ ޝަފޫ! ޝަފޫ ވެސް އެފް ބީ އައިޑީއެއް ހުޅުވަންވީއެއްނު؟” އޭގެ އަނެއްދުވަހުގެ ހެނދުނު ވިސާމް ސިޓިންގް ރޫމުގެ ސޯފާގައި އޭނަގެ އައި ޕެޑަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. ޝަފަޤާއި އޭނައާއި ދެމެދު އޮތް ހާސްކަމަށް ހަމަ އެދުވަހުން އެދުވަހަށް ޝަފަޤް ނިމުމެއް ގެނެއްސިއެވެ. އޭނަ އޮފީހުން ގެއަށް އައުމުން ޝަފަޤް ސަމާސާވެރި ރާގަކަށް ވާހަކަ ދައްކަން ފެށުމުން ވިސާމް ވެސް އެދުވަހު ހެނދުނު ވީ ކަންތައް ހަނދާން ނައްތާލައިފިއެވެ.
“ޝަފޫ؟ އަޅެ އެއީ ކާކުތަ؟” ވިސާމް ހުރި ދިގު ސޯފާއާއި ޖެހިގެން އިން ސޯފާގައި މިޝްކާގެ ސްކޫލް ފޮތްތައް ބަލަން އިން ޝަފަޤް ނޫންކަމަށް ހަދައި އަހާލިއެވެ. ފުރަތަމަ ފަހަރަށް މީހަކު އޭނައަށް ލޯބިން ގޮވާލުމުން އޭނަ ޙަޤީޤަތުގައި އުފާވިއެވެ. އެހެނަސް އެ ވީ އުފަލާއެކީ އޭނަ ބޭނުންވީ ވިސާމް “ރުޅި” އަރުވާލާށެވެ. އޭނަ އުއްމީދު ކުރިގޮތަށް ވިސާމް ޗޮއްކަނޑާލިއެވެ.
“އެހެންވިއްޔާ މަރިޔަމް ޝަފަޤް އަލީ. އެނގިއްޖެތަ ކާކުކަން؟” ވިސާމް ނުރުހުމުގެ ރާގަކަށް ބުނެލިއެވެ.
“އެނގިއްޖެ!” ޝަފަޤް އޭނަގެ ހުނުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ.
“ދެން ބުނެބަލަ. ޝަފަޤްގެ އެފް ބީ އައިޑީއެއް ހުޅުވަންވީއެއްނު؟ އަހަރެން ބޭނުން މީގަ ޝަފަޤް ޓެގް ކުރަން.” ވިސާމް އޭނަގެ އައި ޕެޑަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ.
“ކޯޗެއްގަ؟” ޝަފަޤް އެހެން ބުނެ އޭނަގެ އުނގުމަތީގައި ހުރި ފޮތްތައް ކުރިމަތީގައި ހުރި މޭޒުމަތީގައި ބަހައްޓާފައި ގޮސް ވިސާމްގެ ކައިރީގައި އިށީނެވެ. ވިސާމް އޭނައަށް ދައްކާލި ކަޅާއި ހުދުގެ ފޮޓޯއަކީ އޭގެ 3 ދުވަހެއްހާ ކުރިން ވިސާމް އޭނަގެ ފޯނުން ނެގި ފޮޓޯއެކެވެ. އެ ފޮޓޯގައި އޭނަ ވިސާމްގެ ބޮލުގައި އޭނަގެ ބޯ ޖައްސައިގެން ހުރިއިރު މިޝްކާ ހެވިފައި އެމީހުންގެ ކުރިމަތީގައި އިނެވެ. އެ ފޮޓޯގެ ކައިރީގައި މީހުން ކޮމެންޓްކޮށްފައި ހުރިތަން ފެނިފައި ޝަފަޤްގެ މޫނު ރަތްވިއެވެ.
“ވިސާމް! ތީތި އެންމެންނަށް ފެންނަގޮތަށް ލާފަ ތިހިރީ ކީއްވެ؟” ޝަފަޤް އޭނަގެ މޫނުމަތީގައި އެއްއަތް އަޅާލަމުން އަހާލިއެވެ.
“ކިހިނެއްވީ؟ ޝަފަޤް މީގަ މިހިރީ ބުރުގާ އަޅައިގެނެއްނު؟” ވިސާމް ޙައިރާންވެފައި އަހާލިއެވެ. އޭނަ ޙަޤީޤަތުގަ ބޭނުންވީ އޭނަ އުޅެނީ ކިހާ އުފަލުގައި ކަން ދައްކާށެވެ. ވިސާމަކީ ކޮންމެ ފަދަ ކަމަކާ ކުރިމަތިވިޔަސް އެއިން އަރައިގަންނަ މީހެއްކަން ދައްކާލާށެވެ. އޭނައަކީ މީހާރު ބައިވެރިއެއްނެތް އެކަނިވެރިއެއް ނޫންކަން އޭނަގެ ސަޕޯޓަރުންނަށް ދައްކާލާށެވެ.
“އެކަމަކު ވިސާމް…….މިއީ އަހަރުމެންގެ…..މިއީ އަހަރުމެންނަށް ޙާއްސަ ވަގުތުކޮޅެއްނު؟ ކީއްކުރަން އެ މީހުންނާ މި ވަގުތުކޮޅު ޙިއްސާކުރަންވީ؟” ޝަފަޤް ވިސާމަށް ވިސްނައިދޭން އުޅޭފަދަ ގޮތަކަށް އަހާލިއެވެ.
“އަހަރެން ޝަފަޤާއެކީ ކިހާ އުފާކަން އެހެން މީހުންނަށް ދައްކަން.” ވިސާމްގެ ޖަވާބު ސީދަލެވެ.
“އެކަމަކު ވިސާމް…….އެކަން އެމީހުންނަށް ދެއްކުމުގެ ބޭނުމަކީ ކޮބާ؟ އަހަރުމެން އުޅެނީ އުފަލުގަކަން އަހަރުމެންނަށް އެބަ އިނގެއެއްނު؟ އަހަރުމެންނަށް ނޭނގޭ އަހަރުމެންނަށް ލިބިފައިވި މި ނިޢުމަތް ނެތް މީހަކަށް މީތި ފެނިގެން އެސްފީނާއެއް ނުޖެހޭނެ ކަމެއްވެސް.” ޝަފަޤް ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ބުނެލިއެވެ. ވިސާމްގެ ގާތަށް އައީ ހިންޏެކެވެ.
“ހެހެ……އެސްފީނާޖެހުނީމަ ވާނީ ކިހިނެއް؟ އަހަރުމެން ކުރާ ހުރިހާ ކަމެއް ކުރާނީ އެކަކު އަނެކަކަށް ނުބަލާ ތިބެތަ؟” ވިސާމް ހެވިފައިހުރެ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
“ނޫން. އަހަރުމެންގެ ދެމެދުގަ މައްސަލަޖެހި އަހަރުމެން ވަކިވެގެންވެސް ހިނގައިދާނެ. ވިސާމް ބޭނުންވަނީތަ އެހެންވާން؟” ޝަފަޤް މިފަހަރު ވިސާމަށް ބަލާލަމުން އެ ސުވާލުކޮށްލީ ހިތުގައި ނުތަނަވަސްކަމެއްނެތިއެވެ. ވިސާމް އޭނައާއި އެކީގައި ވާން ބޭނުންވާކަން ވިސާމްގެ ޙަރަކާތްތަކުން އޭނައަށް މިހާރު ޔަޤީންވެފައިވާތީވެއެވެ. މިފަހަރުވެސް ވިސާމް އެ ވާހަކަ އިވިފައި އޭނަ ހިމޭންވި ގޮތުން އޭގެ ހެއްކަކަށް އެކަން ޝަފަޤަށް ފުދުނެވެ. ދެމީހުން ހިމޭންކަމާއެކީ އެކަކު އަނެކަކަށް ބަލަން ތިއްބާ ކުއްލިއަކަށް މިޝްކާގެ އަޑު އިވިގެން ދިޔައެވެ.
“މަންމި މަންމި ބަލާބަލަ މަންމިގެ ރުމާތަކުން ކޮއްކޮއަށް ރެއިންބޯއެއް އެބަހެދޭ.” ޝަފަޤާއި ވިސާމަށް އެމީހުންނާއި ދިމާލަށް އަންނަމުން ދިޔަ މިޝްކާއަށް ބަލާލެވުނީ ކުޑަ ސިހުމަކާއެކީގައެވެ. އެވަގުތު މިޝްކާ އޭނަގެ އަތުގައި ހުރި ހުދުކުލައިގެ ރުމާތައް ގޮސް ޝަފަޤްގެ އުނގުމަތީގައި ބެހެއްޓިއެވެ.
“ބަލާބަލަ މަންމި، މިހިރީ ވައޮލެޓް، ދެން ޑާކް ބްލޫ، ދެން ބްލޫ، ދެން ޔެލޯ، ދެން އޮރެންޖް، ދެން ރެޑް.” މިޝްކާ އެ ރުމާތަކުގެ ވަށައިގެން އެޅިފައިވި މާ ގަނޑުގެ ކުލަތަކަށް ބަލައިގެން އެ މާގަނޑު ފެންނާނެހެން ރުމާތައް މަތިމައްޗަށް ބަހައްޓަމުން ކިޔައިދިނެވެ.
“މާޝާ ﷲ! ކޮއްކޮ ހާދަ މޮޅޭ!” ޝަފަޤް ދެލޯ ބޮޑުކޮށްފައި ދެއަތް ޖޯޑުކޮށްގެން ހުރެ ޖޯޝާއެކީ މިޝްކާއަށް ތަޢުރީފުކޮށްލިއެވެ.
“މިހިރީ ބައްޕިގެ ޖީނިއަސްއޭ. މަންމިއަށް ނޭނގޭ އަދި ކޮއްކޮ މޮޅުވަރު.” ވިސާމް މިޝްކާގެ ނޭވާގައި ހިފާލަމުން ބުނެލިއެވެ. މިޝްކާއަށް ހީލެވުނެވެ.
“އެކަމަކު މަންމި. ބްލޫއާއި ޔެލޯއާ ދެމެދު އޮންނާނެ ގްރީން. މަންމި އަތުގަ މީގެ ގްރީން އެއްޗެއް ނޯންނަނީތަ؟” މިޝްކާ އަހާލިއެވެ.
“އޮތް. އެކަމަކު މިހާރު މަންމި އަތުން އެ ރުމާ ގެއްލިއްޖެ. ނޭނގެ މިހާރު އޭތި އޮތްތަނެއް.” ޝަފަޤް ދެރަވެފައި އިނދެ ބުނެލިއެވެ. މިއީ ޙަޤީޤަތުގައި އޭނައަށް ވަރަށް ޙާއްޞަ ރުމާތަކެވެ. މިއީ އޭނަގެ މަންމަ ދުނިޔޭގައި ހުރިއިރު އޭނައަށް ފަހައިދިން 7 ރުމާލެވެ. އެ ހުރިހާ ރުމާލެއްގެ ތެރެއިން އޭނަ އެންމެ ލޯބިން ގެންގުޅުނީ ފެހި ކުލައިގެ ރުމާލެވެ. ފެހި ކުލައަކީ އޭނައަށް އެންމެ ރީތި ކުލަ ކަމަށްވާތީވެއެވެ. އެ ރުމާ އޭނަ ނުފެނިގެން އުޅޭތާ މިއީ އެތައް ޒަމާނެކެވެ. އޭނަ ހަނދާންވަނީ އޭތި މީހެއްގެ އަތަށް ދެވުނު ހަނދާނެވެ. ނަމަވެސް ކާކުކަމެއް ހަނދާނެއްނެތެވެ.
“އޯންވް! ސޯ ސޭޑް މަންމި. އޭރުން ރެއިންބޯ ފިނިޝްއެއްނުވާނެ.” މިޝްކާ ދެރަ މޫނަކާއެކީ ބުނެލިއެވެ. ޝަފަޤް މިޝްކާ އުފާކޮށްލުމަށްޓަކައި ހިނިތުންވެލިއެވެ.
“އެއީ މައްސަލައެއްނޫނޭ ކޮއްކޮ. ހިނގާބަލަ ރުމާލުން ބޯލްއެއް ހަދަން. ކޮއްކޮއަށް އެނގޭތަ ރުމާލުން ބޯލް ހަދަން؟” ޝަފަޤް އުޖާލާވި މޫނަކާއެކީ އަހާލުމުން މިޝްކާގެ މޫނުމަތިވެސް އުޖާލާވެގެން ދިޔައެވެ. މަންޒަރު ބަލަންއިން ވިސާމްގެ މޫނުމައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޝަފަޤް މިޝްކާއާއެކީ ވަގުތު ހޭދަކުރާތަން ވެސް އޭނައަށް ފޫހިކަމެއްނެތި ބަލަން ހުރެވޭގޮތުން އޭނަ ޙައިރާންވެއެވެ. ދުވަހަކުވެސް މިފަދަ އުފާވެރި ދިރިއުޅުމެއް އޭނައަށް ލިބިދާނެކަމަށް އޭނަ އުއްމީދެއްނުކުރެއެވެ. އެ އުފާވެރިކަމުގެ އަރާމުގައި އޭނަގެ ހިތް ދެލޯ މަރާލަން އުޅުނު ވަގުތު ސޯފާ މަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ވިސާމް އެ ފޯނު ބަލާލިއިރު ފޯނަށް އެރީ ދިގު ނަންބަރެކެވެ. ބޭރު ޤައުމުތަކުގައި ވެސް އޭނަގެ އެކުވެރިން އުޅޭތީ ވިސާމް މާ ބޮޑު ވިސްނުމެއްނެތި އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ހަމަ އެއާއެކު އެކޮޅުން ދެއްކި ވާހަކައަކުން އޭނަގެ ބުމަގޮށްޖެހިގެން ދިޔައެވެ. މާ ގިނައިރެއްނުވެ އައި ރުޅީގައި އޭނަގެ މޫނު ރަތްވެގެން ދިޔަ ހިނދު އޭނަ ކޮޅަށް ތެދުވެ އަތަށް ލެވުނުހާ ބާރަކާއެކީ ފޯނު ބިމަށް ޖަހާލިއެވެ. ފޯނު ތެޅިގެން ދިޔަ އަޑަށް ޝަފަޤް ސިހިގެން ދިޔައިރު މިޝްކާ ހަޅޭއްލަވައިގަންނަމުން ޝަފަޤްގެ ގައިގައި ހިފަހައްޓާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.







Me first v reethi
Alhamdhulillah! (All praise and thanks belong to Allah) 🙂
Assalam’alaikum. 🙂 kiyuntherin mi page ah ziyaaraiy kollun edhen 🙂
https://www.facebook.com/Asr-1445208739121696/
v nice
Alhamdhulillah! 🙂
Love this story
Alhamdhulillah! 😀
Nice hadha kurey mi part
mi part kuruvi kamattakai varah bodah maafah edhen. aslu miadhu genesdhevunu kamattakai ves jana shukuru kuran. ey iyyega varah gina vaguthu ekkamakah heydhavegen dhiyaeethee. dhen oiy bai dhigu kolleveytho balaanan In Sha Allah 🙂
Vv foohi
foohi vy sababu buneladhinumaky varah bodu edhumeh. foohivany jana vaahaka genesdhey gothun kamah vanya ekan rangalhu kureveyne gotheh buneladhinun edhen. foohivany vaahakaige plot aa medhu kamah vanya eyga jana ah kureveyne kameh neh. kiyuntherin russanves vaahakaiga huri evves rangalhu vaahaka akah jana badhaleh gennaakah nethin In Sha Allah 🙂
Sanpa koe: aharumennah hama eggothakavves neyngey dho mary ah foohivy keevvekan. vedhaane ehnu jana ah vaahaka genesdheveygothun kamavves mary ah foohivy? 🙂
varah furihama..
Alhamdhulillah! 🙂
Vvvvv reethi
Alhamdhulillah! 🙂
masha Allah varah reethi… waiting.. 🙂
Alhamdhulillah! 🙂 Next part monday ga In Sha Allah 🙂
Masha allah! V reethi mi part ves! Hama kiyaa hithunindha e nimuny! Thankolheh kuruhen heevanee miadhu! N jana alhugandu nuvannan fb akah! So varah dhera! Dhen oiy bayah v inthizaaru kuran eba!!
Kudakamana dhera nuvahchey. fb post eh jana laairah commentegge gothuga mithanahves post kuran e ehcheh. 16 vana bayaai 17 vana baige comment thakuge thereyga hunnaane ingey fb post thah. kudakamana evves ehcheh miss eh nuvey fb ah nuvannaathy 🙂
Aharen hithah araa ahannanh ves kiyevunu nama ey! Eyrah english ves egunees! Eyrah internet balaigen ves dheenee gothun hoadhan beynunvaa baivaru ehchehi hoadheyne! V dharus thakaa ehchehi balan!ekam roleh nufilaa! V dhera vey ehenve, dhen thi a enmen bunaane mithaaga konhaa haasareh hey miothy dhamaafa! Mi noon gothakah nethey jana kairy ihusaas thah hissa kolleveykah! Huh so sad!!
Alhey……varah varah varah dheravejje mi comment kiyaafa. 🙁 Maai Allah kudakamana ah faidhaa kuranivi ilmu ithuru kohdhevvaashi. Ameen! jana beynun kudakamana aa ekuverivaan 🙂 alhe esfiya viber group ah join kolla bala. 7997991 ah msg eh kureema join kureveyne In Sha Allah. jana ves miulheny e group ah join kuran In Sha Allah 🙂
vrh reethi mibai ves. MaShaAllah.. kon irakun next part? 🙂
Alhamdhulillah! 😀 next part tuesday ga In Sha Allah 🙂
ޖަނާ މިޕޭޖްގަ މިގެނެސްދޭ 2 ވާހަކަ ވެސް ވ ރީތި އެއީ ކުރިން ގެނެސްދިން ހިޖްރަ ވާހަކައާއި މިހާރު މިގެނެސްދޭ ޢަސްރު ވާހަކަ 2 ވާހަކަވެސް ވ ރީތި އަޅުގަނޑު އުއްމީދުކުރަނީ މިވާހަކަތަކުން ކިއުންތެރިންނަށް ރަނގަޅުން ޢިބްރަތްތަކެއް ޙާސިލްވާނެކަމަށް އަދިވެސް އަޅުގަނޑު އުއްމީދުކުރަނީ ކުރިއަށް އޮތް ތާންގަވެސް ޖަނާގެ މިފަދަ ޢބްރަތްތެރި ވާހަކަތައް އެސްފިޔައިގެ ކިއުންތެރިންނަށް ގެނެސް ދޭނެކަމަށް ވވވ ބޮޑަށް ޝުކުރިއްޔާ ޖަނާ ޖަޒާކިﷲ ޚައިރަން ބާރަކަﷲ ފީކުމް
Alhamdhulillah! 🙂 kiyuntherinnah ibraiy haasil vaane kamah jana ves ummeedhu kuran. ekamattakai baivaru dua ves beynunvaanekan engey. faidhaakuranivi plot thah khiyaalu kurevey varakah vaahaka thah genesdhemun dhaanan In Sha Allah. Barakallah Laka! 🙂
Jana stry miadhu thr o maadhamaa?? Waitttiiiinnnngggg.. Mihaaru mithaa oii ehme kiyaa hihwaa vaahaka mee.. Miadhu up koh dhyba plx..
Sorry ingey lasveethy. varah ufaavejje kiyuntheringe shauquverikan dhemehetteykan engunyma 🙂 Alhamdhulillah! 🙂
Avahah upkohba jana plx
lasvi kamattakai maafah edhen. 🙂