Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 15

Axoo Level 310 Stories100 Comments100 Login
December 15, 2016 5 Mins Read
19 Comments

ެ. ސުވާލުތަކުން ބޯހާސްވާން ފެށުމުން ހުޝާމް ޓެރަހުގެ ރެއިލިން ކައިރީ ހުއްޓި ތިރިއަށް ބަލަން ފެށިއެވެ. އެވަގުތު ހިތަށް އައި އެއްޗަކުން އަނެއްކާ ވެސް ހުޝާމްއަށް ބަލާލެވުނީ އައިޝާމެންގެ ގެއާ ދިމާއަށެވެ. އެވަގުތު އެގޭ ދޮރުމަތީގައި ހުޝާމްއާއި ދިމާއަށް ބަލަހައްޓައިގެން ހުރި އައިޝާ ފެނުމުން މެެޔަށް ފިނިވެގެން ދިޔައެވެ. އަވަސް އަވަހަށް އެހެން ދިމާއަކަށް ބަލާލީ މިހާރު ހުޝާމް އަކީ މީހެއްގެ ފިރިއެކޭ ހިތަށް އެރުމުންނެވެ.

އައިޝާ ދޮރުމަތީގައި ހުއްޓިގެން ހުރީ އާއިލާ އެހެން މީހުންގެ އިންތިޒާރުގައެވެ. މައްޗަށް ބަލާލެވުނީ ތަން ޒީނަތްތެރިކޮށްފއިވާލެއް ރީތިކަމުންނެވެ. ހުޝާމް ފެނިދާނެއެކޭ ހިތަށްވެސް ނާރައެވެ. ހުޝާމް އައިޝާ ފެނުމުން ހެދިގޮތުން އައިޝާގެ ހިތުގައި ރިއްސާލިއެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ހިތަށް ވިސްނައިދިނެެވެ. އީޝަލް ނިކުތްއިރު އައިޝާ ހުރިގޮތުން ކިހިނެއްވީތޯ އީޝަލް ސުވާލުކުރިއެވެ. ކަމެއްނުވާކަމަށް ބުނެ ހާރޫނާއި ނީމާ ކޮބައިތޯ އައިޝާ ސުވާލުކުރިއެވެ. ނަމަވެސް އީޝަލް އައިޝާގެ ވާހަކަ ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. މިރޭ އައިޝާގެ އިހްސާސްތައް ހުންނާނޭ ގޮތް އީޝަލްއަށް އެނގެއެވެ. ހާރޫނާއި ނީމާ ނިކުތުމުން އެންމެން އެއްކޮށް މިސްރާބު ޖެހީ ލަކީ ޕެލެސް އާއި ދިމާއަށެވެ. އެގެއަށް ވަންއިރު ދޮރުމަތީގައި ހުރި މީހަކު ދާންވީ ގޮތް އައިޝާ މެންނަށް ކިޔައިދިނެވެ. ދެލިފްޓް ހުރިއިރު އެއް ލިފްޓް އަންހެނުންނަށް ހާއްސަކުރެވިފައި ވާއިރު އަނެއް ލިފްޓް ހާއްސަ ކުރެވިފައިވަނީ ފިރިހެނުންނަށެވެ.

ހާރޫނު ޓެރަސް އަށް ފޭބި ގޮތަށް އެންމެ ފުރަތަމަވެސް ހޯދާލީ ހުޝާމް ފެނޭތޯއެެވެ. އެހެނީ ހުޝާމްއަކީ ހާރޫނަށް ވަރަށް ބޮޑު ހެޔޮކަމެއް ކޮށްދީފައިވާ މީހެކެވެ.

” ހާރޫނު ތަ” ފަހަތުން އައި އަޑަކުން ހާރޫނު އެދިމާއަށް ބަލާލިއެވެ.

” އަނހަ ސާމީ ކަލޭވެސް އެބަހުރިން ދޯ މިކޮޅުގަ” ސާމީ އާއި ސަލާމް ކޮށްލަމުން ހާރޫނު ބުނެލިއެވެ.

” އާނ ދެން އަހަރެންގެ ހުރި އެންމެ ފިރިހެން ދަރިއެއް މީހަކާ އިންނައިރު އަހަރެން ހުންނަން ޖެހޭނެތާ.. ކޮބާ ބޯޓުދަތުރުކޮށް ނިމުނީތަ” ސާމީ އާއި އެކި އެކި ވާހަކަ ދައްކަމުންގޮސް މޭޒެއް ކައިރީގައި އިށީނެެވެެ. މިމަންޒަރު ހުޝާމްއަށް ފެނިގެން ހުޝާމްވެސް އެމީހުން ކައިރިއަށް ހުއްޓި ހާރޫނަށް ސަލާމް ގޮވާލިއެވެ.

” މަރުހަބާ ހުޝާމް.. މާތްﷲ ތިދެކުދިންނަށް ރަހުމަތް ލައްވާށި..” ހުޝާމް ކޮނޑުގައި ޖަހާލަމުން ހާރޫނު ބުނެލިއެވެ.

” އަޅުގަނޑު ވަރަށް އުފާވެއްޖެ ބޭބެ ދުރުވީމަ.. ގޭ އެންމެން ރަނގަޅުތޯ” ނުސީދާ ގޮތަކަށް ހުޝާމް އެ އެހީ އައިޝާގެ ވާހަކަ ކަން ކައިރީގައި އިން ސާމީއަށް އެނގުނެވެ. އަދި ދަރިފުޅުގެ ހާލާމެދު ހިތާމަކުރިއެވެ.

” އަލްހަމްދުލިﷲ އެންމެންވެސް ހަމަ ރަނގަޅު.. އެމީހުންވެސް ވެއްޖެ ތިރީ ބައިގަ” ހާރޫނު ބުންޏެވެ. އައިޝާ ހުޝާމް އާއި އެއް ގެއެއްގައި ހުރިކަން އެނގުމުން ހުޝާމްއަށް ކުރެވުނީ މުޅިން އެހެން ކަހަލަ އިހްސާސެކެވެ. އަދި ހަމައެއާއެކު ހިތް ނުތަނަވަސް ވެގެން ދިޔައީ ހަބީބާއަށް އައިޝާ ފެނިއްޖެނަމަ ކަންތައްކުރާނެގޮތެއް ނޭނގޭތީއެވެ.

ގޭތެރެއަށް ވަދެގެން ދިއުމާއެކު އެއްކައިރީއެއްގައި ހުއްޓި ހުރި ބޮޑު ހުދު ހެދުމުގައިވާ ޕަރީއެއްފަދަ ރީތި އަންހެންކުއްޖާ ފެނުުމުން އެއީ ހުޝާމްގެ އަންހެނުންކަން އައިޝާއަށް އެނގުނެވެ. އީޝަލްވެސް އައިޝާ ކަންފަތްދޮށުގައި ‘މާޝާﷲ’ އޭ ބުނެލިއެވެ. އައިޝާއަށް ހުރީ ކުރިއަށްދާން ނުކެރިފައެވެ. ނީމާ އާއި އީޝަލް ގޮސް ލޫޝާއާއި ސަލާމްކުރިއިރުވެސް އައިޝާ ފަހަތުގައި ހުރުމުން ނީމާ ތަންކޮޅެއް ބާރަށް އައިޝާ އަށް ގޮވާލާ އައުމަށް އަތުން އިޝާރާތްކުރިއެވެ. އައިޝާގެ ނަންއިވި ލޫޝާ ސިއްސައިގެންގޮސް ބަލާލިއެވެ. ފުރަތަމަ ފެނުމާއެކުވެސް ހުޝާމް އިންނަން ބޭނުންވި އައިޝާ ކަން ލޫޝާއަށް ނަގައިގަނެވުނެވެ. އައިޝާ ހީލަމުން ކުރިއަށް ޖެހިލާ ލޫޝާއާއި ސަލާމްކޮށް މުބާރަކްބާދީ ދިންއިރުވެސް ލޫޝާއަށް ހުރެވުނީ ބަލަހައްޓައިގެނެވެ.

” އަހަރެން ބޭނުން އައިޝާ އާއި ވާހަކަދައްކާލަން” އައިޝާ ދާން އުޅެފައިވެސް ލޫޝާ ބުނި އެއްޗަކުން އެނބުރި ލޫޝާއާއި ދިމާއަށް ބަލާލިއެވެ. ނަމަވެސް އެވަގުތު ހިބާ އާއި ހައިފާއައިސް އެކި ގޮތްގޮތަށް ސެލްފީ ނަގަން ފެށުމުން ލޫޝާއަށް އައިޝާއާއި ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އީޝަލްމެން ތިބި މޭޒުކައިރީގަައި ގޮސް އިށީންއިރުވެސް އައިޝާ ހުރީ ހައިރާންވެފައެވެ. އަނެއްކާ ލޫޝާ އައިޝާއާއި ދައްކަން ބޭނުންވަނީ ކޮންވާހަކައެއްބާއޭ ހިތަށް އެރިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އައިޝާގެ ހިތުގައި އެތަކެއް ސުވާލެއް ފުނިޖެހުނެވެ. އީޝަލް އާއި ނީމާ ކަމުން ދިޔައިރުވެސް އައިޝާއަށް އެއްވެސް އެއްޗެއް ނުކެވުނެވެ. ލޫޝާގެ ނަޒަރު އިރުއިރުކޮޅާ އައިޝާއަށް ހުއްޓޭކަން އައިޝާއަށް އެނގެއެވެ. އީޝަލް އާއި ނީމާ ވަދާއީ ސަލާމް ކުރަން ދިއުމުން އައިޝާ އަވަސްއަވަހަށް ލޫޝާއަށް ނުފެންނާނެހެން އެތަނުން ނިކުތެވެ. ގެއާ ހަމައަށް ދެވުނުއިރުވެސް އައިޝާއަށް ހުރެވުނީ ނުތަނަވަސް ކަމެއްގެ ތެރޭގައެވެ.

ހަބީބާ ލޫޝާގެ އަތުގައި ހިފައިގެން ގޮސް ހުޝާމްގެ ކޮޓަރިއަށް ވެއްދިއެވެ. ލޫޝާ ހިތްވަރުކޮށްލާފައި ކޮޓަރިއަށް ވަނެވެ. މިރޭ ވާނީ ކިހިނެއްބާއޭ ހިތަށް އެރުމުން މޭގައި އަތް އަޅާލެވުނެވެ. ވަން އިރު އެނދުމަތީގައި އޮތް ކޮތަޅެއް ލޫޝާގެ ލޮލުގައި އަޅައިގަތެވެ. މަޑު މަޑުންގޮސް ކޮތަޅު ތެރެ ބަލާލިއިރު އޭގައިވަނީ ވަރަށް ކުރު ތުނި ތުނި ނައިޓީއެކެވެ. ލޫޝާ ގަތްލަދުން އޭތި ފޮރުވަން އުޅުނު ވަގުތު ދޮރު ހުޅުވާލާފައި ހުޝާމް އެތެރެއަށް ވަނެވެ. ލޫޝާ އަވަސްއަވަހަށް އެނައިޓީ ފުރަގަހަށް ލިއެވެ. ދެލޯ ބޮޑުކޮށްގެން ހުޝާމްއަށް ބަލަން ހުރިގޮތުން ހީވަނީ ބިރެއް ފެނިގެން ހުރިހެންނެވެ. ލޫޝާ ބަލަން ހުރިގޮތުން ހުޝާމް ކަރުކެހިލިއެވެ. އެވަގުތު ލޫޝާ ސިއްސައިގެންގޮސް ތިރި ބަލަން ފެށިއެވެ. ކުރެވުނު ކަންތަކުން ލަދުން ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ.

” ދާންވީނު ވުޟޫކޮށްލައިގެން އަންނަން” ހުޝާމް ބުނެލިއެވެ.

” އަހަރެން އިޝާ ނަމާދުކުރިން” ލޫޝާ ތިރި ބަލަހައްޓައިގެން ހުރެ ބުންޏެވެ.

” އިޝާ ނަމާދުގެ ވާހަކައެއްނޫނޭ މިދައްކަނީ.. ކައިވެނީގެ ފުރަތަމަރޭގަ ޖެހޭނެ ދެމަފިރިން އެއްކޮށް ދެރަކްއަތުގެ ނަމާދެއްކުރަން.. އަހަރެން މިއައީ ބޭރު ފާހާނައިން ވުޟޫކޮށްގެން..” ހުޝާމް ޓައިލް މަތީގައި މުސައްލަ ފަތުރަމުން ވާހަކަ ދެއްކިއެެވެ. ލޫޝާ އެނގިގެން މިދިޔައީ ކުރިން ދުވަހަކުވެސް މީހަކު ބުނެދީފައިނުވާ ވާހަކައެކެވެ. ހަބްޝާވެސް ދުވަހަކުވެސް އެކަހަލަ ވާހަކައެއް ލޫޝާ ކައިރިއަކު ދައްކާފައެއް ނުވެއެވެ.

” އަހަރެންގެ ހެދުންތައް……….” ލޫޝާއަށް ބުނެވުނެވެ.

” ލޫޝާގެ ހެދުންތައް ހުންނާނެ އަލަމާރީގަ އަޅުވާފަ… މިއަދު ހަވީރު ހައިފާ އާއި ހިބާ ވެގެން ލޫޝާގެ ހެދުންތައް ގެނެސް އަލަމާރީގަ އެޅުވީ.. އަދި އެއްވާހަކަ.. މަންމަ ބުނި ދެމީހުންނަށްވި ހަދިޔާ އެއް އޮންނާނެޔޭ އެނދުމަތީގައި.. ދެކުނިންތަ” އެނދުމަތި ހޯދާލަމުން ހުޝާމް އަހާލިއެެވެ.  ލޫޝާ ކުރިއަށްވުރެވެސް ބޮޑަށް ނައިޓީ އަތުތެރޭގައި ބޮނޑިކޮށްލަމުން ފަހަތަށް ޖެހިލިއެވެ.

” އާން.. ފެ..ފެނިއްޖެ” ލޫޝާ ބުންޏެވެ.

“ކޯންޗެއް އޮތީ” ހުޝާމްކޮށްލި ސުވާލަކުން ލޫޝާގެ މޫނު ރަތްވެގެން ދިޔައެވެ.

” މީ..މީ… ނި..ނިދަންލާ ހެ..ދުމެއް” ލަސްލަހުން ލޫޝާއަށް ބުނެވުނެވެ. ލޫޝާ ހުރިގޮތުންނާއި އެހެން ބުނިގޮތުން ހާލަތު ހުޝާމްއަށް ނަގައިގަނެވުނެވެ. އިތުރު ސުވާލެއް ނުކޮށް ލޫޝާ ކައިރީ އަވަހަށް ވުޟޫކުރަން ދިއުމަށް ބުުނުމުން ލޫޝާ އަވަސް ހިނގުމެއްގައި ގޮސް އަަލަމަރިކައިރިއަށް ހުއްޓި ބޮޑު ހެދުމެއް ނަގައިގެން ގޮސް ފާހާނައަށް ވަނެވެ. ފެންވަރައިގެން ވުޟޫކޮށްގެން ނިކުތްއިރު ހުޝާމް އެނދުމަތީގައި ލޫޝާގެ އިންތިޒާރުގައި އިނެވެ. ލޫޝާ ނިކުތުމުން ހުޝާމް ލޫޝާއަތަށް ދިއްކޮށްލީ ޕާރުސަލްކޮށްލާފައިވާ ފޮށްޓެކެވެ.

ލޫޝާ ހުޝާމްއާއި ދިމާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެެވެ.

” މީ އަހަރެންގެ ފަރާތުން އަހަރެންގެ އަަލަތު އަނބިމީހާއަށް ދޭ ފުރަތަމަ ހަދިޔާ” ވީހާވެސް ގާތްކޮށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ހުޝާމް ބުނެލިއެވެ. ހުޝާމް ‘އަލަތު އަނބިމީހާ’ އޭ ބުނުމުން ކުރެވުނު އިހްސާސަކުން ލޫޝާއަށް ހީލެވުނެެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެހިނިތުންވުން ފިލައިގެން ދިޔައީ ލޫޝާގެ ހާލަތު ހިތަށް އެރުމުންނެވެ. ލޫޝާ އެޕާރުސަލް ކަނޑާލިއެވެ. އެތެރޭގައި އޮތް އެއްޗެއް ފެނުމާއެކު ލޫޝާއަށް ރޮވެން އުޅުނެވެ. އޭގައި އޮތީ އަންބަކަށް ފިރިއެއްގެ ފަރާތުން ލިބޭނޭ އަގުހުރި ހަދިޔާތަކުގެ ތެރެއިން ހަދިޔާއެކެވެ. އޭގައި އޮތީ ގަދަ ނޫކުލައިގެ މުސައްލައަކާއި ހުދު ދޮޅިއަކާއި އިސްޓާކީން ޖޯޑެއްގެ އިތުރުން ނޫކޫލައިގެ ތަސްބީހަ ފައްޗެކެވެ. ލޫޝާ ހުޝާމްއަށް ޝުކުރު އަދާ ކުރަމުން ހުޝާމް އަޅާފައިވާ މުސައްލައިގެ ފަހަތުގައި އެމުސައްލަ އަޅާލިއެވެ. ދެމީހުން އެއްކޮށް ނަމާދުކޮށް ނިންމާލުމަށްފަހު ހުޝާމް ލޫޝާގެ ބޯމަތީގައި އަތްބާއްވާ ދުއާކުރިއެވެ.

އަނެއްކާވެސް ލޫޝާގެ ހިތްބިރުގަންނަން ފެށީ ދެންވާނެ ގޮތެއް ނޭނގިފައެވެ. ހުޝާމް ކޮޓަރީގެ ބޮކި ނިއްވާލުމަށްފަހު އެނދުމަތީގައި އޮށޯތެވެ. އޭރުވެސް ލޫޝާ އޮށޯންނަން ނުކެރިފައި ހުއްޓެވެ.

” ނިދި ނާންނަނީތަ” ހުޝާމް އަހާލުމުން ލޫޝާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.

” ދެން ކީއްވެ ތިހުންނަނީ.. މއެނދަކީ މިހާރު ލޫޝާގެވެސް އެނދެއް” ހުޝާމް މިހެން ބުނުމުން ލޫޝާ މަޑުމަޑުން އެނދުގައި އިށީނދެލިއެވެ.

” ލުކް ލޫޝާ.. އަހަންނަށް އެނގޭ މިރޭ އަންހެންކުއްޖެއްގެ އިހްސާސްތައް ހުންނާނެ ގޮތް.. ލޫޝާ ބިރުނުގަނޭ… އަހަރެން ލޫޝާގެ ނުރުހުމުގަ އެއްވެސް ކަމެއް ނުކުރާނެކަން.. އެހެން ނޫނަސް ހީވަނީ ލޫޝާ ވަރަށް ބޮޑަށް ވަރުބަލިވެފަ އިންހެން.. ހަމަ ޖެހިލައިގެން ނިދާލާ” ހުޝާމްގެ ޖުމްލަތަކުން ލޫޝާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޮށޯވެލާ ރަނގަޅަށް ހަމަޖެހިލިއެވެ. އަދި ލޯމަރައިގެން އޮތް ހުޝާމްގެ މޫނަށް ބަލާލިއެވެ. ހުޝާމް ކިހާ ރަނގަޅު ހެއްޔެވެ. މިހާ ދީންވެރި ހެޔޮލަފާ ފިރިއަކު ލޫޝާއަކަށް ދުވަހަކުވެސް ނުލިބޭނެއޭ ހިތަށް އެރިއެވެ. އެކަމަކު ލޫޝާއަށް ކަންތައް މިކުރެވެނީ ކިހާ ގޯސްކޮށް ހެއްޔެވެ. ލޫޝާގެ ހަޤީގަތް އެނގޭ ދުވަހު ވާނީ ކިހިނެއް ހެއްޔެވެ. ލޮލުގެ ކަނަކުން އައި ކަރުނަތައް ލޫޝާ ފޮހެލިއެވެ. އަދި އަނެއްފަރާތަށް އެނބުރި ނިދޭތޯ މަސައްކަތް ކުރަންފެށިއެވެ.

އެނދުގައި ނުނިދިގެން ދެފަރާތް ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އައިޝާ އޮތެވެ. މިރޭ  މިހާ ހިތް ނުތަނަވަސް މިވަނީ ކީއްވެ ހެއްޔެވެ. މިރޭ ހުޝާމް އާއި މެދު މާބޮޑަކަށް މިވިސްނެނީ ހުޝާމް އެހެން މީހަކަށް ހައްޤަކަށް ވީމަ ހެއްޔެވެ. އައިޝާ ތެޅޭ ވަރުން އުނދަގޫވެގެން ކައިރީގައި އޮތް އީޝަލްއަށް ވެސް ހޭލެވުނެވެ.

” ދޮންތާ… ” ނިދިބަރުވެފައިވާ އަޑަކުން އީޝަލް ގޮވާލުމުން އައިޝާ ބަލާލިއެވެ.

” ކީއްތަތިކުރަނީ ނުނިދާ” އީޝަލް ތެދުވަމުން އަހާލިއެވެ.

” ނޭނގެ ދޮންތައަކަށްވެސް.. ފާޑަކަށް އުނދަގޫ ވަނީ” އައިޝާވެސް ތެދުވެ އިށީނެވެ.

” އޯވްހް ޕްލީޒް ދޮން.. އަހަންނަށް އެނގޭ ތިއުޅެނީ ހުޝާމް މިރޭ މެރީކުރީމަ އެކަން ހަޖަމްނުވެގެންކަން” އާފުރެމުން އީޝަލް ބުނި އެއްޗަކުން އައިޝާއަށް ހެވުނެވެ.

” ހާދަ މޮޅުވެއްޖޭ ދޯ މިހާރު” އަނގައިން ދެރަނުވަންވެގެން އައިޝާވެސް ބުނެލިއެވެ.

” އީޝޫއަށް އެނގޭތަ މިރޭ ވީކަމެއް.. ހުޝާމްގެ ވައިފް ދޮންތަ ކައިރީ ބުނީ ވާހަކައެއް ދައްކަން ބޭނުމޯ.. އަނެއްކާ ކޮންވާހަކައެއްބާ އޭނަ ދައްކަން އުޅުނީ..” ހައިރާންވެ އިނދެ އައިޝާ އަހާލިއެވެ.

” ވެދާނެއްނު ތިމަންނަގެ ފިރިމީހާއާއި ދެން އަންބަށް އިންނާށޭ ބުނަންކަމަށްވެސް” އީޝަލްގެ ޖުމްލައިން އައިޝާ ސިހިގެން ދިޔައެވެ.

” މިހާރު ހާދަ ނުލަފާ ވެއްޖޭ ދޯ.. ހުރެބާ ހޭއަރުވާލާނަން” މިހެން ބުނެ އައިޝާ އީޝަލްގެ ބަނޑުކޮއްޓަން ފެށިއެެވެ. މެންދަމުގެ އެހަމަހިމޭންވަގުތުގައި އެގޭގައި ހަރުލާފައިވަނީ އީޝަލްގެ ހުނުމުގެ އަޑެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ހިތް އެކީ ދެވިއްޖޭ… 14

Next

އުމުރަށް ކަލާ – 3

Next
December 16, 2016

އުމުރަށް ކަލާ – 3

Previews
December 15, 2016

ހިތް އެކީ ދެވިއްޖޭ… 14

19 Comments!

  1. Pinker says:
    December 15, 2016 at 10:01 pm

    Nice…

  2. Mimmi says:
    December 15, 2016 at 10:15 pm

    varah reethi. masha allah.

  3. Petite says:
    December 15, 2016 at 10:24 pm

    V v v reethi Masha Allah. . Hama evvana ❤❤

  4. Andhu says:
    December 15, 2016 at 10:43 pm

    Masha Allah varah reethi. ….Dheraee mikahala vaahaka thakah ehen vaahaka thakah libey varah support nulibeythy …… Dhn Faharakun thankolheh dhigukoĺlaadheythi… gud nyt brothers and sisters especially hayyu….

    1. Sweety says:
      December 16, 2016 at 1:23 am

      Keevve tharuheebu nulibeyey thibunee. Aslu hama vaahaka varah reethi. Tharuheebuves libey. Massalayakee maa laslahun upload vefai upload vaairu maakurukoh uploadvaathee.

    2. Rau says:
      December 16, 2016 at 1:21 pm

      Yess.. Sweety is right.vaahaka kitanme reehchas ehaa gina duvas kohfa ves tanfukeh up kohfa innany!bt support baraabarah libeene.i know hayyu adi alah vaahaka liyan feshyma expirience maduvaanekan plus aidiaas ves…….. Btw hayyu ge vaahakatah v loabi…

    3. Jana says:
      December 16, 2016 at 3:10 pm

      Ehen vaahaka thakaa alhaa balaairu dheeny vaahaka thakah libey tharuheebu dhahkamy haqeeqatheh. Ekamaku ey mikamuga hiyvaru dhera kuranvy sababeh noon. hiyvvaru kuran jeheny egothah kanthah veema. kameh kuraa iru dhathithakaa kurimathi vumaky rangalhu kameh kurevey kamuge nishaaneh. Ehenvyma madhu likes aa commentattakai varah varah bodah maruhabaa hayyu! mi vaahakain mujuthama’ah libeyne faidhaa dhenevodigen vany hama ekani Allah. hayyu ah evves badhaleh nufenunas Allah molhah dhenevodigenvey mi in nikunnaane heyo natheejaathah. ehenveema meehunge faraathun libey supportah belumehnethi kuriah dhaanvy. Ehen noonas ehy theriegge gothuga Allah fudhivodigen vey. Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen!

  5. Rish says:
    December 15, 2016 at 11:47 pm

    Masha allah …. v reethi

  6. Mary says:
    December 15, 2016 at 11:56 pm

    Ma sha Allah..mifadha rythi vaahaka thakah abadhuves uhmeedhu kuran..miahvure thankolheh dhigukoh genesdhinun edhen..
    Waiting for next part..❤????????❤❤❤❤

  7. Khajja says:
    December 16, 2016 at 1:33 am

    Masha allah v rythi mivaahaka n v inthizaarukuran mikahala dhyny vaahaka ah n insha allah kuriyah oiythanuga mo site in vaahakiyaakudhin mikahala vaahaka kiyaahiyvefa mikahala vaahakathakeh kiyan libeyne aee ummydhakyves mikahala vaahaka thakun rangalhu iburathen haasilvun insha allh n baajjaveri re akan edhen

  8. Khajja says:
    December 16, 2016 at 1:34 am

    Masha allah v rythi mivaahaka n v inthizaarukuran mikahala dhyny vaahaka ah n insha allah kuriyah oiythanuga mo site in vaahakiyaakudhin mikahala vaahaka kiyaahiyvefa mikahala vaahakathakeh kiyan libeyne aee ummydhakyves mikahala vaahaka thakun rangalhu iburathen haasilvun insha allh miavvure dhigukolla dhevvaa n baajjaveri re akan edhen

  9. zurry says:
    December 16, 2016 at 12:28 pm

    masha allah v v reethi

  10. Reader says:
    December 16, 2016 at 3:10 pm

    Nice ma sha Allah☺…waiting for next part..

  11. HAI says:
    December 16, 2016 at 4:05 pm

    V reethi, maashaALLAH

  12. Azu says:
    December 16, 2016 at 8:53 pm

    Ma sha allah….mivaahaka yakeeves inthixaaru kurevey vaahaka eh…..

  13. Kudakamana says:
    December 16, 2016 at 9:02 pm

    Masha allah, v reethi mi part ves!!

  14. hayyu fan says:
    December 16, 2016 at 9:10 pm

    plxxxxxxxxx varah reethi mi part…up kohladhy avahah plxxxxxx

  15. alma.. says:
    December 17, 2016 at 8:08 pm

    nice mi part vs masha Allah.. 🙂

  16. mal-mal says:
    August 31, 2017 at 12:35 pm

    MashaAllah, nice!!! ????

Comments are closed.

Next Episodeއައިޝާ 16←


All Right Reserved!