މެންދުރުވަންދެން އެތަށް ވާހަކައެއް ދައްކަން އިނުމަށް ފަހު މާމަ ދިޔައީ މެންދުރު ނަމާދު ކުރާށެވެ. އެހެން އޮއްވާ އަހަރެންނަށް ނިދުނު ގޮތެއްވެސް ނޭންގެއެވެ. ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ އަޑަށެވެ.
“ސޯ ވަޓް އާ ޔޫ ގޮނަ ޑޫ ޓް ހާ” އަޑުން އެ ވާހަކަ ދައްކަނީ ހައިކަލް ނޫންކަން އަހަރެންނަށް އެނގުނެވެ.
އެ ބުނި ޖުމަލައިން އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. މަޑު މަޑުން ދެލޯ ހުޅުވާލީ ތަނެއް ނުފެނޭނެކަން އެނގިހުރެވެސް އަހަރެން ހޭލާއޮތްކަން އެމީހުނަށް އަނގާށެވެ.
” އައި ޑޯންޓް ނޯ…. ޝީ އިޒް ސޯ ހެލްޕްލެސް…. ދެން ހިތައްއެރީ މި ނިކަމެތި ކުއްޖާއަށް އެހީވާން… އެހެންވެ އަހަރެން ގެޔަށް ޗޭންޖް ކުރަންވެސް ނިންމީ… ދެ ފަހަރަކު ނަފްސައް ގެއްލުންދޭންވެސް މަސައްކަތް ކުރި… ހޮސްޕިޓަލްގަ އޮތިއްޔާ ހައްތާ ގޯސްވެދާނެތީ ޑިސްޗާޖްކޮއްގެން ގެޔަށް ޗޭންޖްކުރީ… ” ޑރ. ހައިކަލް ވާހަކަ ދެއްކި އަޑުއިވުނެވެ. އަހަރެންނަށް މިކުރެވުނީ މުޅިން ނުބައި ހީއެކެވެ. ކިތަންމެ ކުޑަ ކަމެއްވިޔަސް އަަހަރެންނަށް މިހާރު ކުރެވެނީ ކުންހީއެވެ.
” އާނހާ.. ޝީ އިޒް އެވޭކް..” ކުރިން ހައިކަލް އާ ވާހަކަ ދައްކަން ހުރި މީހާ ބުނެލި އަޑު އިވުނެވެ.
” ހެއި ޔަލްވީ… މިހާރު ކިހިނެތްތަ؟ ” އަހަރެންނާ މުހާތަބްކޮށް ހައިކަލް ވާހަަކަ ދެއްކިއެވެ.
” ކުޑަކޮށް ބޮޮލުގަ ރިއްސާތީ މިއުޅެނީ” ހޭލި އިރު ބޮލައް ތަދުވާގޮތްވެފަ ހުރުމުން އަހަރެން ބުނެލީމެވެ.
” ވެދާނެ އަބަދު އޮށޯވެ އޮންނާތީ ވާ ގޮތެއްކަމަށްވެސް ދޯ ހައިކް.. ނާރީ އާ އެކު ބޭރަށް ނިކުމެ އުޅެލައްޗޭ..” ހައިކަލް ކައިރީ ހުރި މީހާވެސް އޯގާތެރިކަމާއެކު އަހަރެންނާ ވާހަކަ ދެއްކިއެވެ.
” ބައި ދަ ވޭ މީ ޑރ. ޒައިން… މި ގޭގަ އުޅޭނީ މަށާ ޒައިންނާ… ޒައިން އަކީ ކޮލެޖް ދައުރުން ފެށިގެން މައި ބެސްޓް ބަޑީ.. އޭނަ ކޯސް ނިންމާފަވެސް ނޫޅެވުނު މަންމަކައިރިޔަކު… ހަމަ އަހަރެންގެ ފައިބުޑުން ރާއްޖެ އައީ” ހައިކަލް ޒައިން ތައާރަފް ކޮއްދެމުން ޒައިންއާ ދިމާކޮއްލިއެވެ.
” ނާރީ… ޔަލްވީ ގޮވައިގެން ޓެރަސްއަށް ނިކުމެލަބަ…” ހައިކަލް ނާރީއަށް ގޮވާލާފަ ބުނެލި އަޑުއިވުނެވެ.
” ޔަލްވީ އެއްޗެއް ބޭނުންތަ ފިހާރައަށް ދާން މިދަނީ ޒައިންއާ މީހުން.” ހައިކަލް އެހެން ބުނުމުން ސްޕާރިއެއް ގެނެސް ދިނުމަށް އަހަރެން އެދުނީމެވެ. އަހަރެންމީ އަބަދުވެސް ސްޕާރި ކާ މީހެކެވެ. ނަމަވެސް އެކްސިޑެންޓަށް ފަހު މިހެން އެއްޗެއް އަނގަޔަށް ނުލާ އޮންނަން ވީމަ ކުޑަކޮށް އުނދަގޫވާގޮތް ވިއެވެ.
ނާރީއައުމުން އަހަރެން ފެންވަރަން ބޭނުން ވާހަކަ ބުނެލީމެވެ. ނާރީ ފާހާނާ އަށް ވަދެ ކުޑަކޮށް ކިޔާ ދިނުމުން ތަންތަނުގަ އަތް ޖައްސަމުން އަހަރެން ކޮންމެސް ވަރަކަށް ފާހާނާ ދަސްކޮށްލީމެވެ. އެކަނި ފެންވަރާލައިގެން ނިކުތްއިރު ނާރީ ދޮރު ކުރިމަތީ ހުރިކަން އިނގުނީ އަހަރެން ނިކުތުމުން އަތުގަ ހިފީމައެވެ.
” ކޯއްޗެއް ނަގާދެންވީ ލާން.. ބޮސް ބުނި މި ފޮށީގަ ހުންނާނޭ ޔަލްވީ އެއްޗެހި” ނާރީ އަހަރެން އަތުގަ ހިފައިގެން ގެންގޮސް އެނދުގަ ބޭންދިއެވެ. ނާރީ އެ ދައްކަނީ މަންމް ހޮސްޕިޓަލްއަށް ގެންދިޔަ ފޮށީގެ ވާހަކަކަން އަހަރެންނަށް އިނގުނެވެ.
މަންމަ ގެނެސްދިން ފޮށިން ޓީޝާޓްއަކާ ޓައިޓެއް ނެގުމަށް ބުނީމެވެ. ފެންވަރާލުމުން ބޮލަށް ކުޑަކޮށް ލުއިވެ ގައިގަ ވަރުޖެހިލާ ގޮތްވިއެވެ.
ނާރީ އަހަރެން ގޮވައިގެން ޓެރަސްއަށް ނިކުތެވެ. އެއްވެސް ތަނެއް ނުފެންނާނެކަން އިނގޭތީ ނާރީ އަހަރެންނަށް ތަންތަން ކިޔަ ދެމުން ދިޔައެވެ.
ޓެރަސްއަށް އަރަން ކުޑަ ސިޑިއެއް އިންނަކަމަށް ނާރާ ބުންޏެވެ. އަދި އެސިޑި އާންމުކޮށް ބޭނުން ކުރަނީ ހައިކަލްއާ ޒައިން ކަމަށް ބުންޏެވެ. އެދެމީހުންގެ ރޫމް އިންނަނީ ތިރީ ފްލޯގައެވެ. ފިނި ފިނި ވައި ރޯޅިތަށް އައިސް ގައިގަ ބީހިލަން ފެށުމުން ހީކަރުވާގޮތް ވިއެވެ. މާމެލާމެލީގެ މީރުވަސް ނޭފަތުގަ ޖެހުނެވެ.
” ނާރީ މިތާންގަ ހުންނަނީ މާގަސް ހައްދާފަތަ” ވަރަށް ގިނަ މާގަސް ހައްދާފަ ވާކަމަށް އަހަރެންނަށް ހީވިއެވެ. މުޅިމާހައުލުގަ ހިފާލާފަވަނީ މީރު ވަހެކެވެ.
” އާނ.. މީ ނާރީ ފްރީ ޓައިމްގަ ކުރާ ކަންތައް… ޔަލްވީ ނާންނައިރު ނާރީ ވަރަށް ފްރީޓައިމް ލިބޭ. އެގަޑިތަކުގަ ކުރާ ކަމަކީ މީ… ބޮސްވެސް ވަރަށް ގެނެސްދޭނެ މާގަސް ބޭރަށް ދާފަހަރު ފަހަރު… ނާރީ އެގަސްތައް އިންދައިގެން ހައްދަނީ” ނާރީ ވާހަކަދައްކާލެއް ފަރިތަ ކަމުން ހީވަނީ ހަމަ ދިވެއްސެއްހެންނެވެ.
ޓެރަސްގެ އެއްބައި އިންނާނީ ހިޔާކޮށްފަ ކަމަށާއި އަދި ވަރަށް ގިނައިން ހައިކަލް ވާރޭ ވެހޭ ދުވަސް ދުވަހު އެބައިގަ ވާހަކަ ކިޔަން އިންނަ ކަމަށް ނާރީ ބުންޔެވެ. ވާރޭ ވެހޭ ގަޑީގަ އެގޮތަށް ހޫނު ކޮފީ އަކާއެކު ވާހަކަ ކިޔަން އިންނަން ކިހައި ހިތްގައިމް ވާނެބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަަހަރެން އެތަނުން ދާހިތެއް ނުވިއެވެ. ނާރީ ކައިރީ އަހަރެންގެ ހޭންޑްބޭގްގަ އޮތް ފޯނާ ހެޑްސެޓް ގެނެސް ދިނުމަށް އެދުނީމެވެ. ނާރީ އަހަރެންގެ ފޯން ގެނެސް ލަވަ ޖަހައިދިނުމުން ހެޑް ސެޓް ޖަހައިގެން ލަވަ އަޑުއަހަން އަހަރެން އޮތީމެވެ. ނާރީ އެތާހުރި ސޯފާއެއްގަ އަހަރެން ބައިންދާފަ މިރޭގެ ކެއުންތައްޔާރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ދިޔައެވެ.
” ޔަލްވީ ނުތެދުވައްޗޭ ނާރީ ނާންނަ ދެން.. އަންނާނަން އިރުކޮޅަކުން..” އެހެން ބުނެފަ ނާރީ ދިޔައީ ތިރިއަށެވެ.
އަހަރެންނަށް ފުރަތަމަ ފަހަރަށް ދިރިއުޅުމުގަ މި ދިމާވި ކަންތައްތައް މަތިން ހަނދާން ނެތޭގޮތްވިއެވެ. އެހިތްގައިމް މާހައުލުގެ އުފާހޯދަމުން އަހަރެން ދިޔައީމެވެ.
ކުއްލިޔަކަށް އަހަރެން ސިއްސައިގެން ދިޔައީ މީހަކު ހެޑްސެޓް ފޯން އިން ނައްޓާލުމުންނެވެ.
” ޔަލްވީ” އަަހަރެންނަށް ކާކުތޯ ބަލާލަން ސުވާލް ކުރުމުގެ ކުރިން އަހަރެންނަށް ޒައިންގެ އަޑުއިވުނެވެ.
” ހާދަ އެކަނި ވެފަ… ކޮބާ ނާރީ… ޔަލްވީ އެކަނި ކޮއްލާފަ ދިޔައީތަ” ނާރީ އަހަރެން އެކަނި ބައިނދާފަ ދިޔުމުން ޒައިން ހުރީ ކުޑަކޮށް ނުރުހުންވެފައެވެ.
” ނޫން އަހަރެން ބުނީ އޯކޭއޭ ދިޔަސް . އިރުކޮޅަކުންނޭ ދާނީދެން. ނާރީ އިރުކޮޅަކުން އަންނާނަމޭ ކިޔާފަ ދިޔައީ” އަހަރެން ޒައިންއަށް އޮޅުންފިލުވަދިނީމެވެ.
” އެހެންތަ.. ޔަލްވީ ހާދަ ވައްތަރޭ އަހަރެންގެ ދައްތައާ.. ޔަލްވީ ފެނުމުން ދައްތަ މަތިން މާބޮޑަށް މިސްވަން ފަށައިފި” ޒައިން މަސައްކަތް ކުރީ އަހަރެންނާ ތަފާތު ވާހަކަދައްކައިގެން އަހަރެން ފޫހިފިލުވަދެވޭތޯކަން އަހަރެންނަށް އިނގުނެވެ. ޒައިންގެ ވާހަކަތަކުން އޭނައަކީ ޕާކިސްތާން މީހެއްކަން އިނގުނެވެ. އަދި ހައިކަލްއާ ދިމާވީ ޑޮކްޓަރ ކޯސް ހަދަން ޔުނިވާސިޓީގަ އުޅުނުއިރު ކަމަށް ޒައިންބުންޏެވެ.
” އަސްލު ކުރިންސުރެ ވަރަށް ރާއްޖެ އަންނަ ހިތްވޭ. ދެން އެހެންވެ ކޯސް ތެރެއިން ހައިކަލް އިނގުނީމަ އޭނައާ ކްލޯސްވީވެސް. ހާދަ ހާލަކުންނޭ ދިވެހި ބަސް ދަސް ކުރީވެސް”
” ކޮބާ… އަދި ކިރިޔާ މަށައް މި އެނގުނީ މަގޭ ފޫބުޑުން ތިއުޅެނީ ރާއްޖެ އަންނަހިތުންކަން މަގޭ ދެކެ ލޯބި ވާތީ ނޫންކަން” ޒައިން ދެއްކި ވާހަކަ އަޑުއިވިގެން ހައިކަލް ޒައިންއާ ދިމާކޮއްލިއެވެ.
” ޔަލްވީ.. މިއޮތީ ސްޕާރި ފޮށި އެއްޗެއް ބޭނުމިއްޔާ ބުނެލައްޗޭ ދެންވެސް” ހައިކަލް އަހަރެން އަތައް ސްޕާރި ފޮށި ދެމުން ބުނެލިއެވެ.
“ހާދަ މީރުކޮށް ތި ކަނީ ދީބަ މަށައްވެސް ސުޕާރިއެއް” ޒައިން ސަމާސާ ރާގަކަށް ބުނެލިއެވެ.
” ސާބަހޭ ޒައިން. ދެންމެ ގަތް ފަސް ރުފިޔާ ސުޕާރި މިހާ އަވަހަށް ހުސް ވީ” ހައިކަލް ޒައިންއަށް ޖެއްސުން ކޮއްލުމަށް ބުނެލިއެވެ.
” ސައި ތައްޔާރު ވެއްޖެ. މިތަނަށް ގެންނަން ވީ ތަ” ޒައިންއަށް އެއްޗެއް ނުުބުނެވިގެން އުޅެނިކޮށް ނާރީއައެވެ.
” ޔާ ގެނޭ މިތަނަށް” ހައިކަލް ބުނެލިއެވެ.
” ޔަލްވީ ކޯއްޗެއް ބޭނުންވަނީ. މައިލޯ، ހޮޓް ޗޮކްލެޓް، ކޮފީ؟”
” އައިސް މައިލޯއެއް އޯކޭވާނެ ” އަހަރެން ބުނެލީމެވެ.
” އަދިވެސް ހަމަ ބޭބީކަން ނުކެނޑޭދޯ އައިސް މައިލޯ ވިއްޔާ އެ ބޮނީ” ޒައިން ސަމާސާ ރާގަކަށް އެހެން ބުނެލިއިރު ހީވަނީ ޒަމާނުއްސުރެ އަހަރެން ދަންނަމީހެއްހެންނެވެ.
” ހެލޯ.. ޔެސް… އޯކޭ… ޖަސްޓް ގިވް މީ ޓެން މިނެޓްސް” ޒައިން ފޯން އިން ވާހަކަ ދެއްކިއެވެ.
” ހައިކް… ގޮޓަގޯ.. އެމެޖެންސީ ވެގެން ގުޅައިފި… ވިލް ޖޮއިން ޔޫ ގާއިސް ލޭޓާ” ފޯން ބޭއްވުމަށްފަހު ހައިކަލްއާ މުހަތަބުކޮށް ޒައިން ބުނެލިއެވެ.
” ޒައިން ބައެއް ފަހަރު ވަރަށް ސަމާސާ ކުރާނެ… އޭނަ ކިޔާ އެއްޗެއްސާ މާބޮޑަށް އަޅާނުލައްޗޭ…” ހައިކަލް ޒައިންގެ މިޒާޖް އަަހަރެންނަށް ކިޔާދިނެވެ.
އެވަގުތު ނާރީ ހެދިކާ އާ އައިސް މައިލޯ އަދި ހައިކަލްއަށް ކޮފީއެއްގެނެސް ދިނެެވެ.
” ޔަލްވީ އެކަނި ނުކެވޭނެ ދޯ” ނާރީ އަހަރެންނާ މެދު ވިސްނާލާފަ ބުނެލިއެވެ.
” ނޫން.. ޔަލްވީ އޯކޭ ވާނެ.. އުނދަގުލިއްޔާ އަހަރެންވެސް މިހިރީނުން ކާންދޭން”
” އޯކޭ ބޮސް” އަދަބުވެރިކަމާއެކު އެހެން ބުނެލުމަށްފަހު ނާރީ ދިޔައީ ތިރިއަށެވެ.
ހައިކަލްއާ ދެމީހުން އެކަނި ވުމުން އަހަރެންނަށް ބުނެދޭން ނޭގޭފަދަ އިހްސާސް ތަކެއް ކުރެވެން ފެށިއެވެ. ޒައިން އާ އެކު މިހެން އެކަނި އިނަސް އަހަރެންނަށް އެފަދަ ގޮތެއް ނުވެއެވެ. އެވަގުތު ހައިކަލް އަަހަރެން ކައިރިޔަށް ޖެހިލާފަ މައިލޯ ތަށި ތުނބުގަ ޖައްސާލަދިނެވެ. އެއޯގާތެރިކަން ފެނި އަހަރެން އުފަލުންގޮސް ރޮވޭގޮތް ވިއެވެ. ހައިކަލްގެ މާމަ އާ ހައިކަލްއަށް ޝުކުރުވެރިވާނެ ގޮތެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އަހަރެންމީ ދުރުހިލޭ މީހަކަށް ވެ ހުރެވެސް އެދެމީހުން އަހަރެންނާ ދޭތެރޭ އެ ކަންކުރަނީ ނުލާހިކު ލޮއެއްބާ އޯގާތެރި ކަމާއެކުގައެވެ. އަމިއްލަ އާއިލާ ފަރާތުންވެސް އަަހަރެންނަށް އަޅާނުލިތާންގަ އަަހަރެންނާއޮތް ހުރިހާ ގުޅުމެއްވެސް ކަނޑާލިއެވެ.
” ޔަލްވީ ކޮންވިސްނުމެއްގަ… އިފް ޔޫ ޑޯންޓް މައިންޑް ކެންއައި އާސްކް ޔޫ ސަމްތިންގް” ކައިރިން ހައިކަލްގެ އެ ފިރިހެންވަންތަ އަޑުއިވުނެވެ.
” އޯކޭ” އަހަރެން ހައިކަލް ދިން ހެދިކާއެއް ކަމުން ބުނެލީމެވެ.
” އެ ދުވަހު ހޮސްޕިޓަލް ގަ އެހުރީ އަސްލުވެސް ޔަލްވީގެ މަންމަތަ؟” އެ ސުވާލް ކޮންމެވެސް ދުވަހަކުން އަހަރެންނާ ހައިކަލް ކުރާނެކަން އޭރުވެސް އިނގެއެވެ.
![]()
ނުނިމޭ 
![]()
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
44 Comments!
Comments are closed.





Me first….
hehe ?
Pretty varah reethi ingey. …. love u so much. ….. mashaa innaanantha?
Thank you ?
Loabivey e vahaka koba
Milna AbuBakuru :-p
?
Yes!!!!
?
Mihaa curious vefa huhtaa thihaa kurukoh genesdhinyma hiyydhathivany.? Story varah salhi ?
Alhey sorry ingey kurukoh genes dhevunyma ^-^ BTW Thank you ?
Wow. varah salhi. waiting for the next part
Thank you ?
Woh…. kya Baath hai….. thaaliyaa thaaliyaa…. salhi ingey
Hehe Thank you ?
???
?
haadha kureyy.. ekam varah reythii
Next part dhigukoh genesdheveythw try kuraanan ingey. Thank you ?
Alhe kiyaahithun ohvvaa mioh nimunee varah dhigukoh dhen genes dhecheyy
Okey ?
pretty enma kiyaahiyvi thanunthi ninmaaly. next episode avahah up kohdhehchey
Okey ? Thank you ?
Cute story. waiting for the next part
Thank you ?
v reethi…. hama habeys….. loabi vaahak eh….. avahah genes dheythi enehbai
Was waiting for your comment. Thank you for everything nihaal.. your the best ?
v reethi, dhn faharakun ehaa kuru nukurahchey
Okey ? Thank you ?
varah varah kiyaa hithun mihireee.. next partge inthixaaruge.. varah faahaga kohlevey pretty ehn kiyun therinnaa hilaafah kiyun therinna varah close kan. normally Authors nukuraane hurihaa commnt akah reply eh. Keep it up pretty <3
Awwn ? Thank you maahy ?
Haadha kurey ehaa lahun up kohdhey iruves. But v nice story
Sorry for that ? Thank you ?
Maasha Allah. V reethi vaahaaka eh mee. Ekamaku maa dhogu inthizaareh kuran mi jehenee khonme faharaku. Pls pls twice a week mi story up kohla dheebaa.. pls pls pls pls pls
I mean dhigu inthizaareh**
Okey faathee.. dhen madhuvegen week aku 2 faharu update kohdheynan ?
Vaahaka varah reethi.dhen Annabai avahah genesdheythi.
Thank you zahy ?
Yes next episode avahah genesdheynan ?
Dhn kon dhuvahakuntha up koh dheyneeee
Surprise eh ae ?
Varah reethi ?
Thank you ?
Wow . Nice . Woo. Good igey. Kihaa hithun hutaa nimaalee. but please next time dhigu kolachey. I’m really happy because you reply for all comments. Aslu ehen reply nukuranyaa ehaa kiaa hithe nuvaane. But pretty ge thi kind Kan dheki fa I’m really proud. Nice story. Vaahaka vvvvvvv salhi. Thanks pretty . Love you so much