Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޝެލީން 19

Shine Level 6100 Stories10 Stories100 Comments100 Login
December 5, 2016 11 Mins Read
37 Comments

ފަތިސްނަމާދުގެ ބަންގިގޮވީވެސް ޝާމިން އޭނާގެ މަންމައާމެދު ވިސްނަން އިންދައެވެ. ޝާމިން ތެދުވެ ފާޚާނާއަށް ވަދެ އަތްފައިދޮވެ މޫނު ދޮވެލިއެވެ. ގިނައިރުތަކެއް ވާންދެން ރުއިމުގެ ސަބަބުން އޭނާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އަދިވެސް އޭނާގެ ލޮލަށް ޖަމާވަމުންދާ ކަރުނަތައްދަނީ އިތުރުވަމުންނެވެ. ޝާމިން ވުޟޫކޮށްލައިގެން ނުކުމެ ކޮޓަރިތެރޭގައި ނަމާދުކުރިއެވެ. އޭނާ އެފަދަ ހާލުގައި މިސްކިތަށްދާން ބޭނުންނުވީއެވެ. ނަމާދަށްފަހު ދެއަތް އުފުލައިގެން އިނދެ ރޮއެ ރޮއެފައި އޭނާދުޢާ ދެންނެވިއެވެ. ނޭނގުމުގެ ތެރޭގައިވެސް އޭނާއަށް މަންމަގެ ހިތުގެ ޖެއްސިފައިވީތީއެވެ. ނަމާދުކޮށް ނިމިގެން ޝާމިން އަނެއްކާވެސް އެނދުގައި އޮށޯތެވެ. ބޮލުގައި އާއި ލޮލުގައި ރިއްސާތީ ސުކޫލަށް ނުދިއުމަށް އޭނާ ނިންމިއެވެ.

ޝިޔާޒް ފެންވަރާ ތައްޔާރުވެގެން ކޮޓަރިން ނުކުތެވެ. އެކްސިޑެންޓަށްފަހު ޝިޔާޒް މިހާރުވަނީ ހަމައަކަށް އެޅިފައެވެ. އެހެންކަމުން މިއަދު އޭނާ އޮފީހަށްދާން ނިންމިއެވެ. ސިޓިންރޫމުގައި ޝިޔާޒް ކުޑައިރުކޮޅަކު މަޑުކޮށްލީ ޝާމިން ތައްޔާރުވެގެން ނުކުންނަން ދެނެވެ. އެގޮތުގައި އޭނަ އިންނަތާ އެތައްއިރެއްވީއިރުވެސް ޝާމިންގެ ޚަބަރެއް ނުވިއެވެ. އެންމެފަހުން ޝިޔާޒް ތެދުވެގެން ގޮސް ޝާމިންގެ ކޮޓަރި ދޮރުހުޅުވާލިއެވެ. ޝާމިން ނިދާފައި އޮތްތަން ފެނުމުން ޝިޔާޒް ހައިރާންވިއެވެ.

” ދަރިފުޅާ!…ސުކޫލަށް ނުދާ ދުވަހަކީތަ؟….މިހާރު އެއޮއް ގަޑިޖެހުނީއެއްނު!..ތެދުވޭ އަވަހަށް..” ޝާމިންގެ ގައިގާ ކޮށްޓާލަމުން ލޯތްބާއެކު ޝިޔާޒް ގޮވާލިއެވެ. ޝާމިން ގަދަކަމުން ކަހަލަ ގޮތަކަށް އޭނާގެ ލޯހުޅުވާލިއެވެ.

” ދަރިފުޅު ބަލީތަ؟” ޝާމިންގެ ރަތްވެ، ދުޅަވެފައިވާ ދެލޯފެނުމުން ކަންބޮޑުވެފައި ޝިޔާޒް އަހާލިއެވެ.

” އާނ ބައްޕާ!…ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ މިއުޅެނީ….މިއަދު ސުކޫލަށް ގޮސް އިނދެވޭނެ ހެނެއް ހިޔެއްނުވޭ…” ޝާމިން ޖަވާބުދިނެވެ.

” އެހެންތަ؟….އެހެންވިއްޔާ އުޅޭ އަވަހަށް ބޭސްކާން….ބައްޕަ އެބައަންނަން ބޭސްހިފައިގެން…” ޝާމިންގެ ބޮލުގައި ފިރުމާލުމަށްފަހު ޝިޔާޒް ކޮޓަރިން ނުކުތެވެ. ޝިޔާޒް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކާކޮޓަރިއަށްވަދެ ކިރުދަޅުނަގައި ކިރުތައްޓެއް ހަދަން އަވަސްވެގަތެވެ. ޝެލީން ކާކޮޓަރީގައި ހުއްޓާވެސް އޭނާގެ ގާތު ބުނެވެސްނުލާ ޝިޔާޒް އަމިއްލައަށް ކިރުތަށި ހަދަންފެށުމުން ޝެލީން ހައިރާންވެފައި ބަލަން ހުއްޓެވެ. ޝިޔާޒްގެ ހަރަކާތްތައް ހުރިގޮތުން ޝެލީން ކަންބޮޑުވެސް ވިއެވެ. ނަމަވެސް ވީކީއްތޯވެސް އަހާލާކަށް ނުކެރުނެވެ. ޝިޔާޒް އަދިވެސް އެހުރީ އޭނާދެކެ ރުޅިއައިސްފައި ކަމުގައި ހީކޮށް އޭނާ ޖެހިލުންވަނީއެވެ.

ގިނައިރުތަކެއް ނުވެ ކިރުތައްޓާއި ބޭސްހިފައިގެން ގޮސް ޝާމިންގެ ކޮޓަރިއަށް ޝިޔާޒް ވަނެވެ. އެމަންޒަރުބަލަން ހުރި ޝެލީންގެ ކަންބޮޑުވުން އިތުރުވީ ޝާމިންއަށް ކަމެއްވީކަން އެނގުމުންނެވެ. ޝެލީން މަޑުމަޑުން ގޮސް ސިއްރުސިއްރުން ޝާމިންގެ ކޮޓަރި ދޮރުހުޅުވާލިއެވެ. ޝާމިން ކިރުތަށި ބޯލުމަށްފަހު ބޭސްކައިގެން އަނެއްކާވެސް އެނދުގައި އޮށޯތެވެ. ޝާމިން ބަލިވީކަން އެނގުމުން ޝެލީން ވަރަށްދެރަވިއެވެ. އެކޮޓަރިއަށް ވަންނަން ހިތަށްއަރާފައިވެސް ޝިޔާޒް ހުރުމުން ވަންނަން ނުކެރިގެން އެނބުރި ކާކޮޓަރިއަށް ދިޔައެވެ.

“ދަރިފުޅާ! އިތުރަށް ގޯސްވަންޏާ ބައްޕައަށް ގުޅައްޗޭ!….ބައްޕަ މިދަނީ އޮފީހަށްދާންވެގެން….” އިރުކޮޅަކު ޝާމިންގެ ކޮޓަރީގައި މަޑުކޮށްލުމަށްފަހު ޝިޔާޒް އޮފީހަށް ދިއުމަށްޓަކައި ނުކުތެވެ.

” ސައިހުރީ ތައްޔާރުވެފަ…..ސައިބޮއެގެން ދާންވީނު!..” ޝިޔާޒް ގެއިން ނުކުމެ ނުކުމެ ހުއްޓާ ފަހަތުން ޝެލީންގެ އަޑުއިވިގެން ހުއްޓުނެވެ. ޝިޔާޒް އެނބުރި ބަލާލުމުން ޝެލީން ޖެހިލުންވާ ގޮތްވިއެވެ.

” މިގަޑީގަ ލަސްވެގެން މިދަނީ…..ޝާމިން އުޅެނީ ބަލިވެ…އޭނަ ހޭލީމަ ސައިދީ….އަހަރެންވެސް ބަލާނަން ތަންކޮޅެއް އަވަހަށް ގެޔަށް އާދެވޭތޯ…..ދެން ޝާމިން އިތުރަށް ގޯސްވަންޏާ ގުޅާލާތި!” ޝިޔާޒް އާދައިގެ ގޮތަކަށް ވާހަކަ ދެއްކުމުން ޝެލީންގެ ހިތަށް ފިނިކަމެއް ލިބުނެވެ.

” އަދި ބުނަން…ޝެލީންވެސް ސައިބޮއެގެން ހުންނާތި!” ދާން ހިނގައިގަނެފަވެސް އެނބުރިލާފައި ޝިޔާޒް ބުންޏެވެ. ޝިޔާޒް އޭނާއާމެދު ވިސްނާކަން އެނގުމުން ބޭއިޚުތިޔާރުގައި ޝެލީންއަށް ހިނިތުންވެލެވުނެވެ. އަވަސް އަވަހަށް ޝެލީން އިސްޖަހާލީ ޝިޔާޒްއަށް އެކަން އެނގިދާނެތީއެވެ.

ޝެލީން އަވަދިނެތި ގޭތެރޭގައި ކަމަކަށްފަހު ކަމެއް ކުރަމުން ދިޔައެވެ. އިރުއިރުކޮޅުން ޝާމިންގެ ކޮޓަރި ދޮރުހުޅުވާލާފައި ޝާމިން ހޭލާތޯބަލައެވެ. އެގޮތުގައި އޭނާ އިންތިޒާރު ކުރަމުން ދަނިކޮށް ބޭރުން މީހަކު ބެލްއަޅާލި އަޑުއިވުނެވެ. ޝެލީން ކުޑަކޮށް ހައިރާންވެފައި ދޮރާއިދިމާ ބަލާލިއެވެ. ޝިޔާޒް ވެއްޖެއްޔާ ބެލްއެއް ނާޅާނެއެވެ. ސަމީރާއެއް ރަށަކުނެތެވެ. ދެން އެގެއަށް އަންނާނީވެސް ކާކުހެއްޔެވެ؟ އެގެއަކީ އާއްމުކޮށް މީހުން ވަދެއުޅޭ ގެއެއްވެސް ނޫނެވެ.

ޝެލީން ކުޑަކޮށް ޖެހިލުންވެ ހުރެގޮސް ދޮރުހުޅުވިއެވެ. އެވަގުތު ދޮރުމަތީގައި ހުރިފިރިހެންމީހާ ފެނިފައި ބިރުން މެޔަށް ފިނިވެގެންދިޔައެވެ. އެމީހާގެ ކުލަޖައްސާފައިވާ ދިގުބުޅިއިސްތަށިގަނޑު ހާވާލާފައި އޮތްއިރު ކުޅަނދުރުހަތާއެކޭ އެއްފަދައެވެ. މޫނުގައިވެސް ޖަހަނީ ނުބައި ސިފައެކެވެ. ލައިގެންހުރި އެއްޗެއްސަށް ބަލާލުމުން ހީވަނީ ބާޒާރުމަތީ ސަލާންޖަހަން އުޅޭ ފަޤީރެއް ހެންނެވެ. ފުސްކުލައަރާ އިސްތަށިގަނޑާއި ތެޔޮމޫނު ފެނުމުން ހީވަނީ ފެންނުވަރާތާވެސް ދުވަސްތަކެއް ވެފައިހުރިހެންނެވެ. އެމީހާގެ ގައިންދުވި ސިގިރެޓްވަހުން ޝެލީންގެ މޭނުބައި ކުރާގޮތްވިއެވެ. ގަތްބިރުން ހަރަކާތެއްވެސް ކޮށްލަން ނޭނގިހުއްޓާ އެމީހާ ކުއްލިއަކަށް ގޭތެރެއަށް ދެމިގަތެވެ. ސިހިފައި ޝެލީންއަށް ފަހަތަށް ޖެހެވުނެވެ.

” ތީ ކީއްކުރާމީހެއް؟…ކާކުހޯދަން ތިއައީ؟..” ބިރުންހުރެވެސް ޝެލީން އަހާލިއެވެ.

” ހަމަ ތިފަރި ކަމަނާ ހޯދަން މިއައީ…..ވާއު! އަދިވެސް ހާދަ ލޯތްބޭ ދޯ……..” ޝެލީންއާ ގާތަށް ޖެހިލަމުން ރިފްޝާން ބުނެލިއެވެ. ޝެލީން ކުރިޔަށްވުރެވެސް ބޮޑަށް ފަހަތަށް ޖެހިލިއެވެ. ރިފްޝާންގެ މޫނުން ފެނުނު ކުލަވަރުން އޭނާގެ ނިޔަތް ރަނގަޅު ނޫންކަން ޝެލީން ދެނެގަތެވެ.

” ހޭއި ބިއުޓީ….ހުވާމިކުރީ އަދިވެސް ހާދަރީއްޗޭ!….މަގޭހިތްހަމަ ދީވާނާވެއްޖެ ތިހިރަ ފަރިކަމުން…” ދަހިވެތިގޮތަކަށް ޝެލީންއަށް ބަލާލަމުން ރިފްޝާން ކުރިޔަށް ޖެހިލިއެވެ.

ރިފްޝާން ކުއްލިއަކަށް ޝެލީންގެ އަތުގައި ހިފާ އޭނާގެ ގާތަށް ދަމާލިއެވެ. އެވަގުތު ޝެލީން ސިހިފައި އަވަސް އަވަހަށް އޭނާގެ އަތް ފޮޅުވާލުމަށްފަހު ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ރިފްޝާންވެސް ހުޝިޔާރުކަމާއެކީ ޝެލީންގެ ފަހަތުންގޮސް ދޮރުލެއްޕިޔަނުދީ ހިފެހެއްޓިއެވެ. ޝެލީން އޭނާއަށް ލެވުނުހައި ބާރެއްލާފައި ދޮރުލައްޕަން މަސައްކަތްކުރިއެވެ. ނަމަވެސް ރިފްޝާން ކޮއްޕާލުމާއެކު ޝެލީން ވެއްޓި، ދޮރުތަންމިނަށް ހުޅުވިގެން ދިޔައެވެ. ޝެލީން އަވަހަށް ތެދުވެ ފާޚާނާއާ ދިމާއަށް ދުއްވައިގަތެވެ.

” އަދިވެސް ފިލަންތަ ތިއުޅެނީ….ނޯ ބޭބީ….ނޯޗާންސް…”ރިފްޝާން މިފަހަރުވެސް ޝެލީންއަށްވުރެ ހުޝިޔާރެވެ. ޝެލީ ފާޚާނާއަށް ވަދެވަދެ ހުއްޓައި އަތުގައި ހިފައިގެނެސް އެނދުމައްޗަށް ވައްޓާލިއެވެ. އަދި ސިންގާއެއް އޭގެ ޝިކާރަމައްޗަށް ޖެހިގަންނަ ފަދައިން ޝެލީންގެ ގައިމައްޗަށް ޖެހިގަތެވެ. ޝެލީންއަށް ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާ އަތާއި ފައިން ރިފްޝާންގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރިއެވެ. ރިފްޝާން ޝެލީންގެ ބޮލުގައި އޮތް ބުރުގާ ފަސޭހަކަމާއެކު ދަމައިގަތެވެ.

” ނޫން…ނޫން…ދުރައްދޭ!…ނުލަފާމީހާގަނޑާ ދޫކޮށްލާ!” ޝެލީން އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ރިފްޝާންގެ ގައިގާ ތަޅަންފެށިއެވެ. ޝެލީން އެކިގޮތްގޮތަށް ރިފްޝާންއަށް ހަމަލާދޭން ފެށުމުން ރިފްޝާން ރުޅިގަދަވެގެން ޝެލީންގެ މޫނުގައި ބޮނޑިއެއް އެޅިއެވެ. ވީތަދުން ހިނދުކޮޅަކަށް ޝެލީންގެ ހަރަކާތްތައް ހުއްޓުނެވެ. އޭނަގެ ގައިގާ ދުވަހަކުވެސް މީހަކު އެގޮތަށް ޖަހާފައެއް ނުވެއެވެ. ނަފްސާނީގޮތުން އަނިޔާތަކެއް ލިބުނުނަމަވެސް ޖިސްމާނީގޮތުން އެއްވެސްމީހެއްގެ ފަރާތުން ދުވަހަކުވެސް އަނިޔާއެއް އޭނާ ތަހައްމަލް ކޮށްފައެއް ނުވެއެވެ. އެހެންކަމުން ވަގުތުން ޝެލީންއަށް ރޮވިއްޖެއެވެ.

” ބޭބީ…ސޮރީ!….އަހަރެން ކުރާކަމެއް ކުރާންދެން މަޑުން އޮތްނަމަ ތިހެންނުވީހެއްނު…..ދެންވެސް އަނިޔާވާން ބޭނުންނުވަންޏާ، އަހަރެންނާ ފައިޓްކުރަން ނޫޅޭ!” ރިފްޝާން އިންޒާރެއް ދިނެވެ. ޝެލީން ރޮމުންވެސް ރިފްޝާންގެ އަތްދަށުން ސަލާމަތްވާން ހުއްޓާނުލާ މަސައްކަތް ކުރަމުންދިޔައެވެ.

” ދޫކޮށްލާ! ހެޔޮނުވާނެ އަހަރެން ދޫކޮށްލާ!….”ޝެލީން އާދޭސްކުރަން ފެށިއެވެ. ނަމަވެސް ޝަހުވަތުގެ އެދުމުން ފޯވެފައިވާ ރިފްޝާންއަށް އެއަޑުއިވޭހެނެއް ހިއެއްނުވެއެވެ. އޭނާގެ ނަޒަރު ޝެލީންގެ ދޮންކަދުރާއާއި މޫނަށް ހުއްޓިފައިވާއިރު، އޭނާގެ އަތް ޝެލީންގެ ހަށިގަނޑުގެ އެތަންމިތާ ބީހެމުންދިޔައެވެ. ރިފްޝާން އޭނާގެ މޫނު ޝެލީންގެ މޫނާއި ގާތްކޮށްލި ވަގުތު ޝެލީންއަށް އޯކާދެމިގަނެވުނީ ދުވި ނުބައިވަހުންނެވެ. ރިފްޝާން ބޭނުންވީ ޝެލީންގެ މަޑުފިޔާތޮށިކުލައަރާ ތުނި ތުންފަތުގެ މީރުކަން ލިބިގަންނާށެވެ. މިފަދަ ފުރުސަތަކަށް އޭނާ ބަލަބަލާ ހުންނަތާ ކިހާދުވަހެއް ހެއްޔެވެ؟ ވީއިރު މިއަދު އޭނާގެ ހިތުގެ މުރާދު ހާސިލްކުރާނެއެވެ. ޝެލީންގެ ރުހުމުގައި ނުވިއްޔާ، ނުރުހުމުގައި އަނިޔާވެރިކަމާއެކު ވިޔަސް ވަރިހަމައެވެ. ޝެލީން މޫނު އަނބުރާލިއެވެ. ނަމަވެސް ރިފްޝާން ޝެލީންގެ ދެކޮލުގައި ހިފާފިތާލަމުން އޭނާއާދިމާއަށް ގަދަކަމުން މޫނު އަނބުރާލިއެވެ. ޝެލީން ތެޅިތެޅި އޮއްވާ އޭނާގެ މޫނާއި ކަނދުރާގައި އެކަޅުލުލައަރާ ކުރަކި ތުންފަތުން ބޮސްދޭން ފެށިއެވެ. ޝެލީންއަށް ހީވީ ވިހަގަދަ ހަރުފައެއް އޭނާގެ ހަށިގަނޑުގެ އެތަންމިތަނަށް ވިހަލަމުން ދިޔަހެންނެވެ.

ރިފްޝާންގެ އަތުތެރޭގައި ޝެލީން ހައްޔަރުވަމުން ދިޔަވަރަކަށް އޭނާގެ ބާރުކެނޑެމުން، ހިތުގެ ބިރުވެރިކަން ބޮޑުވަމުންދިޔައެވެ. މިނުލަފާ މީހާގެ  ކިބައިން އޭނާގެ އިތްފަތްތެރިކަން ސަލާމަތް ކުރެވޭނެކަމުގެ ޔަގީންކަން ކުޑަވެއްޖެއެވެ. ރޮއެ އާދޭސްކުރުން ފިޔަވައި އިތުރުކަމެއް އޭނާއަކަށް ނުކުރެވުނެވެ. ނޫނެކެވެ. ނޫނެކެވެ. އެއްގޮތަކަށްވެސް އޭނާ އެހެންވިޔަކަ ނުދޭނެއެވެ. ފުރާނަ ހުރިހާހިނދަކު އޭނާ ސަލާމަތްވާން މަސައްކަތް ކުރާނެއެވެ.

ކުއްލިއަކަށް ޝެލީން ރިފްޝާންގެ ކޮނޑުގައި ވަރަށްބާރަށް ދަތްއެޅިއެވެ. އެވަގުތު ސިހިފައި ބޭއިޚުތިޔާރުގައި ރިފްޝާންއަށް ތެދުވެވުނެވެ. ދަނޑިވަޅުބަލާފައި ޝެލީން ރިފްޝާންގެ މޭގައިއަޅާ ކޮށްޕާލުމަށްފަހު އެނދުން ފުންމާލައިގެން ދުވެފައި ގޮސް ކޮޓަރިން ބޭރަށް ނުކުތެވެ. ޝެލީންއަށް ދާނެދިމާއެއް ނޭނގި ދެކޮޅުބަލަން ހުއްޓާ ކުއްލިއަކަށް ގޭގެ މައިދޮރު ހުޅުވާލާފައި ޝިޔާޒް އެތެރެއަށްވަނެއެވެ. ޝިޔާޒް ފެނުމާއެކު ޝެލީން ދުވެފައި ގޮސް ޝިޔާޒްގައިގާ އޮޅުލައިގެންފައި ރޯންފެށިއެވެ. ޝެލީންހުރިގޮތުން ޝިޔާޒު ހައިރާންވެގެން ޝެލީންއަށް ބަލާލިއެވެ. ބޮލުގައި ބުރުގާއެއްނެތެވެ. އިސްތަށުގަނޑުވަނީ އެގޮތްމިގޮތަށް ހޭވިފައެވެ. ދާހިއްލާ ފޯވެފައި ހުރިއިރު ބިރުންގޮސް މުޅިމީހާ ތުރުތުރު އަޅައެވެ.

” ކިހިނެއްވީ ޝެލީން؟…ޝެލީންހުރި ހާލަތުފެނިފައި ކަންބޮޑުވެގެން ޝިޔާޒް އެހިއެވެ. އެއްޗެއް ބުނަން ޝެލީން އަނގަހުޅުވާލި ވަގުތު ޝެލީންގެ ކޮޓަރިން ދުވެފައި ނުކުތް ރިފްޝާން ޝިޔާޒްއަށް ފެނުނެވެ. އެވަގުތު ޝިޔާޒްގެ ހައިރާންކަން އިތުރުވިއެވެ.

” އެމީހާ…އެމީހާ..އަހަރެންނާ..” ޝެލީންއަށް ރޮވޭވަރުން އޭނާބުނަން އުޅުނު ޖުމްލަވެސް ފުރިހަމައެއް ނުކުރެވުނެވެ. ވަގުތުން ޝިޔާޒްގެ ލޭކެކިގެން ދިޔައެވެ. ކުއްލިއަކަށް ލޯމަތިން ޝިޔާޒް ފެނުމުން ރިފްޝާން ހާސްވިއެވެ. ހަދާނެ ގޮތަކާއިމެދު ވިސްނާލަން މަޖުބޫރުވިއެވެ.

” މީ…. އަހަރެން މިގެއަށް އައީ ޝެލީން ބުނެގެން…..ޝެލީން ގުޅާފަބުނީ އެއްވެސްމީހަކު ގެޔަކުނެތޭ އައިސްބަލާށޭ!…” ރިފްޝާން ދޮގެއް ހެދޭތޯ އުޅުނެވެ.

” ނޫން…އެއީ ދޮގު….އެއީ ހުސްދޮގު…” ޝެލީން އަނެއްކާވެސް ރޯންފެށިއެވެ.

ޝިޔާޒް ދަތްކުނޑިވިކާލަމުން ރިފްޝާންއާ ދިމާއަށް ހިނގައިގަތެވެ. ރިފްޝާން ހައިރާންވެގެން ބަލަން ހުއްޓާ ޝިޔާޒް އެއައިގޮތަށް އައިސް ވަރުގަދަ އެތިފަހަރެއް އޭނާގެ މޫނަށް ވިހެލިއެވެ. ދެލޮލުންވެސް އަލިކެނޑިގެން ގޮސް ބޮލަށް އެނބުރުން އަރާގޮތްވިއެވެ.

” ހައު ޑެއަރ ޔޫ ޓު ޓަޗް ހަރ؟….” ޝިޔާޒް ކުއްލިއަކަށް ރިފްޝާންގެ ކަރުގައި ހިފައި ފާރާއި ތަތްކޮށްލިއެވެ. ރިފްޝާން ކިތަންމެ ޖެހިލުންކުޑަވެފައި ބިރުކުޑަނަމަވެސް ޝިޔާޒްއަށްވުރެ އޭނާ ބާރުދެރައެވެ. އޭނާދެއަތުން މަސައްކަތް ކޮށްގެންވެސް ޝިޔާޒްގެ އަތްނައްޓުވައެއް ނުލެވުނެވެ.

” ކަލޭހީކުރީ އަހަރެންގެ ޝެލީންގެ ގަޔަށް އަތްލާފަ ތިގޮތަށް ސަލާމަތްވެވިދާނެ ކަމަށްތަ؟…އޭނ؟….ކަލޭދިރިހުއްޓާ އަހަރެން ދުލެއް ނުކުރާނަން…..ޝެލީންގެ ގައިގާ އަތްލުމުގެ ހައްޤު ކަލެއަށް ދިނީކާކު؟…މަރުވާނެގޮތެއް ނޭނގިގެންތަ އަހަރެންގެ ގެދޮރަށްވަދެ އަހަރެންގެ ހައްޤަކަށް ތިއަރައިގަތީ؟…” ޝިޔާޒްގެ ރުޅިގަނޑު ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ. ހީވަނީ އާދަޔާ ޚިލާފުބާރެއްވެސް އޭނައަށް ލިބިފައިވާހެންނެވެ. ޝިޔާޒް މިހާ ގަދައަށް ރުޅިއައިސްފައި ހުއްޓާ ޝެލީންއަށް މިފެނުނީ އަދި އަލަށެވެ. ޝެލީން ހައިރާންވެގެން ޝިޔާޒްގެ މޫނަށް ބަލަންހުރިއިރު ރިފްޝާންގެ ނޭވާހާސްވެގެން ދެލޯބޮޑުވަމުން ދިޔައެވެ.

ސިހިފައި ޝާމިންއަށް ހޭލެވުނީ ގޭތެރޭގައި އަޑުގަދަވާ އަޑަށެވެ. އިރުކޮޅަކު އަޑުއަހަން އޮތުމުން އެއީ އޭނާގެ ބައްޕަގެ އަޑުކަން އެނގުމުން ޝާމިން ފުންމައިގެން ތެދުވެ ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ. އެވަގުތު ފެނުނު މަންޒަރުން ހައިރާންވެ ދެލޯބޮޑުވެފައި އޭނާއަށް ހުރެވުނެވެ. ބައްޕަ މީހެއްގެ ކަރުގައި ހިފައިގެން ހުރެ ހަޅޭއްލަވަމުން ދިޔައިރު އެމީހާ ނޭވާނުލެވިގެން ތެޅިފޮޅެނީއެވެ. މަންމަހުރި ހާލަތު ފެނިފައި ވީގޮތް އޭނާއަށް ދޭހަވިއެވެ.

” ޝި..ޝި…ޝި…ޔާ…ޔާ..ޔާ..ޒް..ޒް..ޒް…ސަ…ސަ…ސަ…މީ…ރާ.” ރިފްޝާން ވަރަށް އުނދަގުލުން ބުންޏެވެ. ސަމީރާގެ ނަން އަޑުއިވުމުން ހައިރާންވެފައި ޝިޔާޒް ރިފްޝާންގެ ކަރުން ދޫކޮށްލިއެވެ. އެއާއެކު ހުރިދިމާއަށް ގުޅައަކަށް ރިފްޝާން ވެއްޓުނެވެ.

” ކީކޭ ތިބުނީ؟….ސަމީރާއޭތަ ތިބުނީ…ކިހިނެއް ކަލެއަށް ސަމީރާ އެނގުނީ؟…
ރިފްޝާންގެ ކުރިމަތީ ކުޑަކަކޫމައްޗަށް އިށީއްނަމުން ޝިޔާޒް ހަރުކަށިކަމާއެކު އަހާލިއެވެ.

” އާނ…އަ…އަ…އަހަރެން މިއަ….އައީ ސަމީ…ރާބުނެގެން….” ކެއްސަމުން ރިފްޝާން ޖަވާބުދިނެވެ.

” ތެދުތެދަށް ހުރިހާ ވާހަކައެއް ކިޔާދީ…އެހެންނޫނީ މިވާނީ ކަލޭގެ އެންމެ ފަހުދުވަހަށް…” އަނެއްކާވެސް ރިފްޝާންގެ ކަރުގައި ހިފައި ބާރުކޮށްލަމުން ޝިޔާޒް އިންޒާރުދިނެވެ. ޝިޔާޒްގެ ކިބައިން އެންމެ ފަސޭހައިން ސަލާމަތްވާނީ ތެދުބުނުމުންކަން ރިފްޝާންއަށް ޔަގީންވުމުން އޭނާ ސަމީރާގެ ރޭވުން ތެދަށް ކިޔައިދިނެވެ. އެވަގުތު ޝިޔާޒްގެ ރުޅި އިންތިހާއަށް ގަދަވިއެވެ. ސަމީރާދެކެ އައިރުޅިން ރިފްޝާންގެ މޫނުގައި ބޮޅިއެއް އެޅުނީވެސް ބޭއިޚުތިޔާރުގައެވެ. ރިފްޝާންގެ މޫނުމައްޗަށް އަނދިރިވެގެންދިޔައެވެ. އަނގަމަތި ފަޅައިގެން ގޮސް ލޭވެސް އަންނަން ފަށައިފިއެވެ. އެމަންޒަރުފެނިފައި ޝެލީން ކަންބޮޑުވިއެވެ. ޝާމިން އޭނާގެ މޯބައިލް ފޯނުނަގައި ނަމްބަރަކަށް ގުޅާލިއެވެ.

” ޝިޔާޒް…މީ ސަމީރާގެ ރޭވުމެކޭ ބުނެފީމެއްނު……” އަނގަމަތީގައި އަތް އަޅައިގެން އިނދެ ރިފްޝާން ވާހަކަ ދެއްކިއެވެ.

” ސަމީރާއާ ކަލެއާ އޮތީ ކޮން ގުޅުމެއް؟…..ކަލޭތީ ސަމީރާގެ އައުވާނެއްތަ، އޭނަބުނާހާ ކަމެއްކުރަން….ކަލޭގެ ސިފަޔަށް ބަލާލީމަ އެބައެނގޭ ކަލޭގެ ހާލަތު…..ކަލޭހީކުރީތަ ކަލޭބުނާހާ އެއްޗެއް ގަބޫލުކުރާހާ އަހަރެން މޮޔަވާނެކަމަށް…..ސަމީރާ މިއަދު މިތާނެތްކަން އެއީ އޭނަގެ ނަސީބު…..އެހެން ނޫންނަމަ ކަލޭމެން ދެމީހުންގެ ދުވަސް އެއްފަހަރާ ދުއްވާލާނަން…..” ޝިޔާޒް އަނެއްކާވެސް ރިފްޝާންގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ. މިފަހަރު ރިފްޝާންވެސް ޝިޔާޒްއަށް ހަމަލާދޭން މަސައްކަތް ކުރިއެވެ. ދެމީހުން ވަރުގަދަޔަށް ހިފައިގަނެގެން އުޅެނިކޮށް ކުއްލިއަކަށް ބޭރުން ބެލްއަޅާލި އަޑުއިވުނެވެ. އެވަގުތު ސިހިފައި ތިންމީހުން އެއްފަހަރާ އެދިމާބަލާލިއެވެ.

” ޝެލީން އެތެރެއަށްދޭ!..” ޝިޔާޒް ރިފްޝާންގެ ގައިން ދޫކޮށްލުމަށްފަހު ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ތިބި ފުލުހުންގެ ދެމީހުން ފެނުމުން ޝިޔާޒް ހައިރާންވިއެވެ.

” މިގެއަށް ވަގަކު ވަދެގެން އުޅޭކަމަށް ބުނެ މީހަކު ގުޅުމުން މިއައީ..” ފުލުހުންގެ މީހާ އޮޅުން ފިލުވައިދިނެވެ.

” އާނ… އެއީ ތެދެއް…..ވަންނަވާ!” ގުޅީކާކުކަން ނޭނގުނު ނަމަވެސް އެމީހުން ވަނުމަށް ޝިޔާޒް ދައުވަތުދިނެވެ. ޝިޔާޒްގެ ފަހަތުން ވަތް ފުލުހުން ފެނިފައި ރިފްޝާންގެ ދެލޯބޮޑުވިއެވެ.

” އޯހް!..މިކަލޭގެ ދޯ މިއުޅެނީ…..މިހާރުވެސް ނޭނގެ ކޯޓްގަ މީނަގެ ކިތައް މައްސަލަކަމެއް ކުރިޔަށްދަނީ…..ގޭބަންދުގަ ހުއްޓާދޯ ނުކުމެގެން މިއުޅެނީ..” އެތަނުން އެކަކު އައިސް ރިފްޝާންގެ ޓީޝާޓްގައި ހިފަމުން ބުންޏެވެ. ޝިޔާޒް ފުލުހުންގާތު ބުނީ އެއީ އެގެއިން ވައްކަން ކުރަން ވަތް ވަގެއްކަމުގައެވެ. ހަޤީޤަތް ކިޔާދީފިނަމަ ޝެލީންވެސް އެކަމުގެ ތެރެއަށް ވަންނަން ޖެހޭނެކަން ޝިޔާޒްއަށް އެނގޭތީ އޭނާ އެކަން ސިއްރުކުރީއެވެ. ނޫންނަމަ ސަމީރާގެ ނަންވެސް ނޫސްތަކުގެ ސުރުހީއަށް އެރުމަކީވެސް ދުރުކަމެއް ނޫނެވެ. އެކަން އެގޮތަށްވެ، އާއިލާ މުޅިރާއްޖެއަށް ބަދުނާމު ވާކަށް އޭނާ ބޭނުމެއް ނޫނެވެ.

” މައައީ ވައްކަން ކުރާކަށްނޫން….ކީއްވެތަ ކަލެއަށް ތެދަށް ބުނަން ނުކެރިގެން ތިއުޅެނީ؟….ކަލޭގެ އަންހެނުން ބުނެގެންނޭ މައައީ….އޭނަ ޖަލަށްދާން ޖެހިދާނެތީތަ ކަލޭ ބިރުން ތިއުޅެނީ؟….ކަލޭ ހީނުކުރާތި މަޖަލަށްލާފަ ކަލެއަށް ތިހެން ހުރެވޭނެކަމަށް…” ފުލުހުން ބިޑިއަޅުވައިގެން ގެންދަން ފެށުމުން ރިފްޝާން ރުޅިގަދަވިއެވެ. ޝިޔާޒް ރުޅިއައި ނަމަވެސް ރިފްޝާންއަށް ރައްދު ނުދިނީ މަސްލަހަތަށްޓަކައެވެ. ޝާމިން އެހުރިހާ މަންޒަރެއްބަލަން ކޮޓަރީގެ ދޮރުފަތް ކުޑަކޮށް ހުޅުވާލައިގެން ހުއްޓެވެ. އޭރު ރިފްޝާންދެކެ އައިރުޅިން އޭނާވެސްހުރީ ލޭހޫނުވެފައެވެ. އެނުލަފާމީހާ ގެއަށްވަދެ މަންމައާ ދިމާކޮށްލިއިރުވެސް އެނާއަށް ނުހޭލެވުނީތީ އަމިއްލަ ނަފްސުދެކެވެސް ރުޅިއާދެވުނެވެ.

ރިފްޝާން ގޮވައިގެން ފުލުހުން ދިއުމުން ޝިޔާޒް ޝެލީންގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. މަޑުމަޑުން ކޮޓަރީގެ ދޮރުހުޅުވާލިއިރު ޝެލީންއިނީ އެނދުގެ ފަޑީގައި ލެނގިގެން ބާލީހެއްގައި ބައްދައިގެންނެވެ. އޭރުވެސް އޭނާގެ ލޮލުން ކަރުނައާދެއެވެ. ކޮޓަރިއަށް ވަދެގެން އައި ޝިޔާޒް ފެނުމާއެކު ޝެލީންއަށް އިތުރަށް ރޮވުނެވެ. ޝިޔާޒް މަޑުމަޑުން އައިސް ޝެލީންއާ ދާދިގާތުގައި އިށީނދެ ޝެލީންގެ އަތުގައި ހިފާލިއެވެ.

” ޝެލީން….ކައިގެންތަ ތިހުރީ؟…..އަހަރެން ވަރަށް ބަނޑުހައި…..ކާންހަދާލަ ދެވިދާނެތަ؟” ދެންމެ ހިނގި ހާދިސާއާ އެއްވެސް ގުޅުމެއްނެތް ވާހަކައެއް ޝިޔާޒް ފެށުމުން ހައިރާންވެފައި ޝެލީން ޝިޔާޒްގެ މޫނަށް ބަލާލިއެވެ. ޝެލީންގެ ހިތަށް މިވަގުތު ކުރަމުންދާ އަސަރު ޝިޔާޒްއަށް ދެނެނުގަނެވެނީ ބާއެވެ. އޭނާ ދެރަވެފައިވާ މިންވަރު އިހުސާސްވެސް ނުކުރެވެނީބާއެވެ. މިވަގުތު ޝެލީންއަށް ހަމްދަރުދީވެ ހިތްވަރުދިނުމަށްވުރެ ކެއުން މުހިއްމުވީ ހެއްޔެވެ؟ ޝެލީންގެ ހާލަތު ޝިޔާޒްއަށް ނުވިސްނުނީތީ ބޭއިޚުތިޔާރުގައި ޝެލީންއަށް ރުޅިއާދެވުނެވެ. ރޮއެ ރޮއެ އިނދެފައި ކުއްލިއަކަށް އިންތަނުން ތެދުވެ ކާކޮޓަރިއަށް ދިއުމަށްޓަކާ ހިނގައިގަތެވެ.

” ޝެލީން!…..މަޑުކޮށްބަލަ!….އިށީނދެބަލަ މިތާ!” ޝިޔާޒް ޝެލީންގެ އަތުގައި ހިފައިގެނެސް ކުރިންވެސް އިންތާނގައި ބޭންދިއެވެ.

” ޝެލީން…..އަހަރެންނަށް އެނގޭ ދެންމެ އެވީ ކަންތަކުގެ ސަބަބުން ޝެލީންގެ ހިތަށް ކުރާނެ އަސަރު….އެކަމު އަހަރެން ކީކޭ ކިޔާފަ ޝެލީންގެ ހިތްހަމަ ޖައްސަދޭނީ….އަހަރެންނަށް ޝެލީންއަށް ހިތްވަރުދޭން އެންމެ ލަފްޒެއްވެސް ބުނުމުގެ ހައްޤެއްނެތް…ރިފްޝާންއަށް ވުރެވެސް ބޮޑުކުށްވެރިއެއް އަހަރެންނަކީ……ސަމީރާގެ ހުރި ނުބައިކަން އަހަރެންނަށް އެނގޭއިރުވެސް އޭނާ ދޫކޮށްލެވޭކަށްވެސް އަހަރެންނަކަށްނެތް…..ޝެލީން އެކޭ އެއްފަދައިން އަހަރެންވެސް މިކެތްކުރަނީ ހަމަ ދަރިފުޅުގެ ހައްޤުޤާ…..އެކަމު ދެން މިހާރު އަހަރެންނަށް އިތުރަށް ކެތްކުރަން އުނދަގޫވެއްޖެ….ޝެލީން ބުނެބަލަ! އަހަރެން ކިހިނެއް ހަދަންވީ؟….އަހަރެންގެ ކުށަށް އިއުތިރާފްވެ ހައްޤު އަދަބުހޯދަން ކޯޓަށްދާންވީތަ؟….އެގޮތަށްވެސް އަހަރެން މިހުރީ އަދަބު ލިބިގަންނަން ތައްޔާރަށް…..ކޮންމެ ފަދަ އަދަބެއްވެސް ޝެލީންއަށްޓަކާ އަހަރެން ލިބިގަންނަން މިހުރީ އުފަލުން…..ފުރާނަ ހަށިގަނޑާ ވަކިވާންދެންވެސް އަހަރެން ކެތްކުރާނަން….ހަމަ އެންމެ ފަހަރަކު ބުނެބަލަ އަހަރެން ހަދަންވީ ގޮތެއް…” ޝިޔާޒް އާދޭހާއެކު ބުނެލިއިރު އެއަޑުގައިވާ ހިތާމައިގެ އަސަރުން ޝެލީންގެ ހިތުގެ އެންމެފުނަށް އަސަރުކުރިއެވެ.

އެވަރަށް ޝިޔާޒް އާދޭސްކުރާއިރުވެސް އޭނާ އަޅާނުލާ ހުންނަންވީ ހެއްޔެވެ؟ އަދިވެސް އިތުރަށް އެހިތަށް ތަދުކުރަން ވީ ހެއްޔެވެ؟ މިހާރު ޝިޔާޒްގެ ހިތާމަތައް ދެކޭކަށް އޭނާއަކަށް ކެތެއް ނުވެއެވެ.

” ޝެލީން….އަހަރެންގެ މާޒީގާ ކަންތައް ދިމާވަމުން ދިޔަގޮތް ފަހަރެއްގާ ޝެލީންއަށް އޮޅިފަ އޮވެދާނެ…..އަހަރެން ޝެލީންދެކެ ލޯބިވެޔޭބުނީމަ ގަބޫލުވެސް ނުކުރެވިދާނެ…..އެކަމު ހުވާކޮށްފަ މިބުނީ އަހަރެންނަށް ހަމައެކަނި ލޯބިވެވުނު އަންހެން ކުއްޖަކީތީ…..ސަމީރާއާމެދު އެފަދަ ނަޒަރަކުން އަހަރެން ނުވެސްދެކެން…..އެކަމު އޭނާ އަހަރެންނާ ހިތާވެގެން އެނޫންގޮތެއް ނެތިގެން ކައިވެނިކުރަން މަޖުބޫރުވީ…..އަހަރެންގެ އުމުރުން އެންމެ ވިހި އަހަރުގަ އަހަރެން އޭނައާ ކައިވެރިކުރީ….އޭރު ސަމީރާއަށް އަށާރަ އަހަރު ކިރިޔާވީ…..ކައިވެނީގެ ކުރިން ސަމީރާ އުޅެމުންއައީ ވަރަށް ވިޔާނުދާ އުޅުމެއް…..އެހެންވެ އެކަން އިސްލާހުކުރަން ބޭބެ ބޭނުންވީ….އެކަމު އަހަރެންނާ ކައިވެނި ކުރުމަށްފަހުވެސް އޭނާ އުޅެމުން އައީ ހިތަށްއެރި ގޮތަކަށް…..އޭނާއާއެކު ހޭދަވި ފުރަތަމަ ދެއަހަރު އަހަރެން އުޅުނީ އޭނާގެ ގުލާމެއް ފަދައިން…..އަހަރެންނަށް އޭނާ ކަމެއް ނުކޮށްދޭ ތާނގަ އޭނަގެ ހުރިހާކަމެއްވެސް ކުރަނީ އަހަރެން…..އަހަރެމެން ވަކި އެޕާރޓްމެންޓެއްގާ އުޅޭތީ ބޭބެއަށް އަހަރެމެންގެ މެދުގަ ކަންތައްތައް ވާގޮތެއް ނޭނގޭ….އެގޮތުގާ ދެއަހަރު ވޭތިވިފަހުން ޝެލީން މާލެގެނައީ…އެއީ ބޭބެގެ އެދުމުގެމަތިން ކުރިކަމެއް….އޭރު ޝެލީންއަކީ ކުޑަކުއްޖެއްވީމަ އަހަރެން ފުރަތަމަ ޝެލީންއާމެދު އެފަދަ ގޮތަކަށް ނުވިސްނަން….ޝެލީން އައިފަހުން ސަމީރާގެ އުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައި….އޭގެފަހުން ކޮޓަރިތެރޭގަ ނޫންގޮތަކަށް އަހަރެންނާ ދެބަސްވެއެއް ނޫޅޭ….އޭނަގެ މަތިއޮމާންކަންފެނި ޝެލީންވެސް އޭނާދެކެ އެހާލޯބިވީ….އެކަމު ޝެލީންއަށް ނޭނގުނަސް ޝެލީންއާ އަހަރެންނާ އެންމެ ފުރަތަމަ އަޅުވާކީ އޭނަ…..އެދުވަހު އަހަރެން ވަރަށް ރުޅިވެސްއައި….ނަމަވެސް އީދުގަ ތިރަށަށް ގޮސް އުޅެނިކޮށް ހަމަ ހަޤީޤަތުގަވެސް އަހަރެންގެ ހިތް ޝެލީންގެ މައްޗަށް ލެބުނީ….އެކަން ސަމީރާއަށްވެސް އިހުސާސްކުރެވުމުން ދެމީހުން އެކަނިވާ ކޮންމެ ފަހަރަކު ދެބަސްވާން ޖެހޭ…އެގޮތަށް ދެބަސްވެގެން ހިތްހަމަ ނުޖެހިގެން އަހަރެން ނުކުމެ އޮތް ރެއަކު ޝެލީން އަލަމްކަމަށް އަހަރެންގެ ކޮލަށް ކިސްއެއް ދިނީވެސް…..” ޝިޔާޒް ހިނދުކޮޅަކަށް އޭނާގެ ވާހަކަ މެދުކަނޑާލުމަށްފަހު ޝެލީންއަށް ބަލާލިއެވެ. ޝެލީން ކަނުލާ އަޑުއަހަން އިންއިރު އެރޭގެ މަންޒަރުހިތަށް ސިފަވެގެން ދިޔައެވެ.

“އީދުނިމިގެން މާލެއައިރު އަހަރެން ހުރީ އަޒުމެއް ކަނޑައަޅައިގެން….އެއީ ކޮންމެގޮތަކުންވެސް ސަމީރާގެ ހިތްހަމަ ޖައްސައިދީ އުފާވެރި ދިރިއުޅުމެއް އުޅުމަށް….އެހެންވެ އަހަރެން ވިސްނީ ދަރިޔަކު ހޯދަން….އެގޮތުން ދަރިޔަކު ހޯދަން އަހަރެން ކުރި މަސައްކަތް ނާކާމިޔާބުވުމުން އަހަރެންނަށް އެނގުނު ދެމީހުންކުރެ ކޮންމެވެސް އެކަކުގެ މައްސަލައެއް އުޅޭކަން….އެހެންވެ ޑޮކްޓަރަށް ދައްކަން ލަންކާއަށް ދިޔައީ…..އަހަރެމެން ދެއްކީ ސަމީރާގެ ރައްޓެއްސެއް ބުނެގެން އާދައިގެ ކުލިނިކެއްގަ މަސައްކަތްކުރާ ޑޮކްޓަރކަށް….އޭނަ ޓެސްޓްހަދާފަބުނީ މައްސަލަހުރީ އަހަރެންގެ ކަމަށް…..ބޭސްކޮށްގެން ފަހަރެއްގަ ރަނގަޅުކުރެވިދާނެ ކަމަށްވެސް ބުނި….އެކަމު އަހަރެންނަކަށް އެކަން ގަބޫލެއްނުކުރެވުނު…އަހަރެން ބޭނުންވީ އެހެންމީހަކަށް ދައްކަން…ސަމީރާ އެކަމާ އެއްބަހެއްނުވި……އޭނަބުނީ އެޑޮކްޓަރގެ ގާތުން ބޭސްކުރަން….އަހަރެން އެގޮތާ އެއްބަސްވީން…..އޭގެ ހަމަސްފަހުން އަނެއްކާ އެޑޮކްޓަރ ބުނެގެން ގޮސް ޓެސްޓްހެދީމަވެސް ބުނީ އަދިވެސް މައްސަލަ އުޅޭކަމަށް….އެހެން ކިޔާފަ އަނެއްކާވެސް ބޭސްބަދަލު ކުރީ…އެފަހަރު އެކުލިނިކުގަ މަސައްކަތްކުރާ ނަރުސް ކުއްޖެއްގެ ފަރާތުން އަހަރެންނަށް ސަމީރާގެ އަސްލު ހަޤީޤަތް އެނގުނީ….އޭނާބުނީ އެޑޮކްޓަރ ސަމީރާއާ ދެމީހުންނަކީ އެއްސުކޫލެއްގަ ކިޔެވި،   ވަރަށް ގާތް ދެރަހުމަތްތެރީންކަމަށް…..ދަރިން ނުލިބެނީ އަހަރެންނަށް ނޫންކަމާއި ދަރިން ނުލިބެނީ ސަމީރާއަށް ކަމަށްބުނި…އަދި ބުނި ސަމީރާގެ ވަރަށް މުހިއްމު މެޑިކަލް ރިޕޯޓެއް އެޑޮކްޓަރގެ އަތުގައޮވެގެން އެބޭނުންކޮށްގެ ސަމީރާގެ އަތުން ފައިސާއަތުލާކަމަށްވެސް….. ޑޮކްޓަރއި ސަމީރާގެ ރޭވުން ނާކާމިޔާބުވީ ޑޮކްޓަރ ސަމީރާއާ ދެމެދުގާ ދެކެވުނު ވާހަކައެއް ނަރުސްކުއްޖާއަށް އަޑުއިވުމުން….އޭނަގެ ހިތަށް ރަހުމްވަދެގެން އަހަރެންނަށް ހަޤީޤަތް ކިޔާދިނީ….ދެން އަހަރެން ސަމީރާއަށް ނޭނގި އެޑޮކްޓަރ ބައްދަލުކޮށް އަހަރެންނަށް ހަޤީޤަތް އެނގުނު ކަމާ، ފުލުހުންނަށް މައްސަލަ ހުށަހަޅާނެކަމަށް ބުނެ އިންޒާރުދިނުމުން އޭނަ އެލިޔުންތައް އަހަރެންނަށް ދީފަ ހަޤީޤަތްވެސް ކިޔާދިނީ….އޭނަބުނީ ސަމީރާ ސުކޫލުގަ އުޅެނިކޮށް ދެފަހަރު ބަނޑުބޮޑުވެގެން ދަރިފުޅު އެބޯޓްކޮށްލިކަމަށް….ފަހު ފަހަރު ސަމީރާގެ ރަހިމަށް ލިބުނު ގެއްލުމަކުން ރަހިމުނެގީކަމަށްވެސް އޭނާބުނި….އެހުރިހާ ކަމެއްވީ ސަމީރާގެ މަންމަ ނިޔާވުމަށްފަހުގަކަމަށްވީތީ ހުރިހާ ލިޔެކިޔުންތަކެއްގަ ބެލެނިވެރިކަމުގެ ސޮއެކުރީވެސް އެބުނާ ޑޮކްޓަރ….އެއޮޕަރޭޝަނަށްފަހު ސަމީރާގެ އުޅުން ކުރިޔަށްވުރެވެސް ގޯސްވި….ބަލިވެނީންނާނެކަން އެނގޭތީ އޭނަ އުޅެމުންއައީ ހިތަށްއެރިގޮތަކަށް….ކުލަބަތަކަށާ ޑިސްކޯތަކަށް ފިރިހެނުން ގޮވައިގެން ދިއުމަކީ އޭނާގެ އާދައަކަށްވި…..އެންމެފަހުން ތުންތުންމަތިން ބޭބެއަށް ސަމީރާގެ އުޅޭވިޔާނުދާ ގޮތުގެ ޚަބަރުތައްލިބެން ފެށީމަ މާލެގެނައީ…..ސަމީރާ މާލެއައިއިރު އޭނަގެ ހުރިހާ މެޑިކަލް ރިޕޯޓްތައް ލަންކާގަ ބަހައްޓާފަ އައީ….ފަހުން އެޑޮކްޓަރ އެލިޔުންތައް ބޭނުންކޮށްގެން ސަމީރާ ބުލެކްމެއިލްކުރަން ފެށީ…..އެހެންވެ އޭނާ އަހަރެންނަށް ސިއްރުން އެޑޮކްޓަރށް ބަރާބަރަށް ފައިސާފޮނުވަމުން ދިޔައީ….އެންމެފަހުން އަހަރެން ދަރިޔަކު ބޭނުންވެގެން އުޅެންފެށުމުން ސަމީރާގެ ސިކުނޑިއަށް އައި ޚިޔާލަކީ އަހަރެން ދަރިން ނުލިބޭމީހެއްކަމަށް ހަދާފަ ބެހެއްޓުން…..އެކަމު އޭނައަށް ނުވިސްނުނު ތަންކޮޅަކީ އަހަރެން އެހެން ޑޮކްޓަރއްގެ ގާތަށްވެސް ހިނގައިދާނެކަން……..ރަހިމުނެގުމުން އަންހެނުންނަށް ދިމާވާ މައްސަލަތައްވެސް އެޑޮކްޓަރ އަހަރެންނަށް ކިޔާދިން…..އޭނަކީ ހުރިހާކަމެއްވެސް ސަމީރާއަށް ދިމާވޭ…. ޕީރިއަޑްވުމުން އެހެން އަންހެނުންނަށް ދިމާވާ އުނދަގޫ ސަމީރާއަށް ނުވުމާއި އަންބެއްގެ ފަރާތުން ދޭންޖެހޭ ހިތްހަމަޖެހުމާ އަރާމު އޭނާއަށް ނުދެވޭކަން ފާހަގަ ކުރެވުނު….. ކައިވެންޏަށް ތިންއަހަރުވިއިރު އަހަރެންހުރީ އެއުފަލުން މަހުރޫމުވެފަ……އެކަންތައްތައް ސަމީރާ ފޫބައްދަމުން އައީ ތަފާތު އެކި ބަހަނާތައް ދައްކައިގެން…… އޭނަ އުޅުނީ ޕީރިއަޑްވާކަމަށްވެސް ހަދާ އޮޅުވާލައިގެން…. އޭރު އަހަރެންނަށް ހަޤީޤަތް ނޭނގޭތީ އޭނާދެއްކި ބަހަނާތައް ގަބޫލުވެސްކުރިން……..އެހިސާބުން އަހަރެން ސަމީރާގެ މަތިން މުޅީން ފޫހިވެއްޖެ…އެކަމު ދެންވެސް އަހަރެން ހަޤީޤަތް ހާމަނުކޮށް ސަމީރާއާއެކު އުޅެމުންދިޔައިން….” ހިނދުކޮޅަކަށް ވާހަކަ މެދުކަނޑާލަމުން ޝިޔާޒް ފުންނޭވާއެއް ލިއެވެ. މިރޭ އޭނާގެ ހިތުގައިހުރި ހުރިހާ އުދާހެއް ބޭރުކޮށްލަން ބޭނުމެވެ. އެހެންކަމުން އަނެއްކާވެސް އޭނާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“ޝެލީން ބަނޑުބޮޑުވިފަހުން ކުރެވުނު ޒުވާބެއްގަ އަހަރެން ބުނީ ޝެލީންގެ ބަނޑުގައޮތީ އަހަރެންގެ ދަރިއެކޭ…..ދަރިން ނުލިބެނީ އަހަންނަކަށް ނޫނޭ….ސަމީރާއަށޭ…..އަދި އަހަރެންނަށް ހަޤީޤަތް އެނގުނުކަންވެސް ހާމަކުރިން…އެހިސާބުން އޭނާއަށް އެނގުނީ ހަޤީޤަތުގަ ޝެލީންއާ ގުޅުން ހިންގީ އަހަރެންކަން….ޝެލީން ރަށަށް ގޮސް އެނބުރިއައުމުން ޝެލީންއާ ދެކޮޅަށް ކަމެއްކުރަން ނުކެރުނީ އަހަރެން އިންޒާރުދިނުމުން…..ސަމީރާގެ ބައްޕައަށް ހަޤީޤަތް ކިޔާދީ އޭނާވަރިކޮށް ޝެލީންއާ ކައިވެނިކުރާނެކަމަށްބުނުމުން…..އެހެންވެ ޝެލީންއަށް މިގޭގެ ހުރުމުގެ ހުއްދަ އޭނަދިނީވެސް…..ޝެލީން އަހަރެންނާ ކައިވެނިކުރަން އެއްބަސްވިނަމަ އެވަގުތުވެސް ސަމީރާގެ ހަޤީޤަތް ހާމަކޮށް ޝެލީންއާ ކައިވެނި ކުރީމުސް…..މިހާރު އޭގެފަހުން އެގާރަވަރަކަށް އަހަރުވީ…..އަދިވެސް އަހަރެން މިހުރީ ޝެލީންގެ އިންތިޒާރުގަ…..އަހަރެންގެ މޭގާވެސް ވިންދުޖަހާ ހިތެއްވޭ ޝެލީން….އަހަރެންގެ ހިއްސުތައްވެސް ބަރާބަރަށް މަސައްކަތްކުރޭ…..އަހަރެންނަކީވެސް އެހެން އިންސާނުންފަދަ އިންސާނެއް….އެހެންވެ އަހަރެންނަށްވެސް ކުށްކުރެވުނީ…..އެކުށަށް ހާސްފަހަރު އަހަރެން ތަޢުބާވެއްޖައިން…..ހަލާލު އަނބިމީހާގެ ފަރާތުން އުފަލާއަރާމެއް ނުލިބި އަހަރެންގެ ޒުވާން އުމުރު މިހުސްވީ….ދުވަހަކުވެސް ޝެލީން ފިޔަވާ ހިލޭ އަންހެނަކު ގައިގާ ބީހިނުލާ މިއުޅުނީ ހަމަ ތިލޯބީގެ ހައްޤުގާ….ނޫންނަމަ ސަމީރާއަށްވުރެ އެތައްގުނަ ރީތި ރަނގަޅުކުދިންވެސް އަހަރެންނަށް ލިބުނީސް….އެކަމު ޝެލީން ފިޔަވާ އިތުރު އަންހެނަކަށް މިހިތުން ޖާގައެއް ނުދެވޭނެ….އަހަރެން ޝެލީންދެކެ ވަރަށް ލޯބިވޭ….ވަރަށްބޮޑަށް ލޯބިވޭ…” ޝެލީންގެ އަތުގައި ހިފާބާރުކޮށްލަމުން ޝިޔާޒް އޭނާގެ ލޯތްބަށް ފަށްފަށުން އިޢުތިރާފުވިއެވެ.

ޝިޔާޒްގެ އާދޭސްތައް އިވި ޝެލީންގެ ހިތް މަޑުއުއްކޮޅެއް ފަދައިން ވިރެމުން ދިޔައިރުވެސް އޭނާގެ ދޫއޮތީ ހިމޭނުންނެވެ. ކެތްކުރަން ދަތިވާވަރަށް ޝެލީންގެ ހިތަށް ތަދުވަމުންދިޔައިރުވެސް އަދިވެސް އޭނާ ކެތްކުރަން ބޭނުމެވެ. ޝާމިންގެ ހައްޤުޤައެވެ. މިއަދު އާއެކޭ ބުނިނަމަވެސް މާދަމާ ޝާމިންގެ ދިރިއުޅުމަށް އަންނާނެ ތޫފާނުގެ ވަރުގަދަކަން އޭނައަށް އަންދާޒާކުރެވެއެވެ. ޝިޔާޒްގެ ހިތަށް އަނިޔާދީފައިވެސް ދަރިފުޅުގެ މުސްތަޤުބަލް އުޖާލާކުރަން އޭނަބޭނުމެވެ.

” ކަމޯން މޮމް….ސޭ ޔޫ ލަވް ޑޭޑް ޓޫ…ޕްލީޒް..” ބޭރުގައި އެމީހުންގެ ވާހަކަ އަޑުއިވޭފަށުގައި ހުރި ޝާމިންއަށް މަޑުމަޑުން ކިޔާލެވުނެވެ.

 

މަންމަ ބައްޕައަށް ހިތުގެ ހާލަތު ސިއްރުކޮށްގެން ހުންނާތީ އޭނާގެ ކެތްތެރިކަންވަނީ ކޮޅުންލާފައެވެ. ބައްޕަގެ ހިތަށް ކޮށްފައިވާ އަސަރާއި މަންމަގެ ހިތަށް މިވަގުތު ކުރަމުންދާ އަސަރުވެސް ޙުދު ޝާމިންއަށް އެނގެއެވެ. ކޮޓަރިތެރެއަށްވަދެ މަންމަގެ ހިތުގެ އުދާސްތައް ބައްޕައަށް ކިޔާދިނުމަށްވެސް އޭނާގެ ހިތަށްއެރިއެވެ. އޭނާ ހަދާނެ ގޮތަކާމެދު ވިސްނަމުން ގޮސް ސިކުނޑިއަށް ބާރުބޮޑުވެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ނިދިމަދުވެ ބަނޑުހައިކަން ބޮޑުވެފައި ހުރުމުގެ ސަބަބުން މޫނުމައްޗަށް އަދިރިވިއެވެ.

ކޮޓަރީގެ ދޮރުކައިރިއަށް އެއްޗެއް ވެއްޓުނު އަޑުއިވިގެން ސިހިފައި ޝެލީންއާއި ޝިޔާޒްއަށް އެދިމާ ބަލާލެވުނެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ދެމީހުން ބޭރަށް ނުކުތެވެ. ކޮޓަރި ދޮރުބުޑުގައި ވެއްޓިފައި އޮތް ޝާމިން ފެނުމާއެކު ޝެލީންއަށް ރޮއެގަނެވުނެވެ. ޝިޔާޒުވެސް ހާސްވެފައި އަވަހަށް ޝާމިން ނަގައިގަނެގެން ގެސްގޮސް ސޯފާގައި ބޭއްވިއެވެ. ޝެލީން ދުވެފައި ގޮސް ކާކޮޓަރިއަށްވަދެ ފިނިފެންފުޅިއެއް ގެނައެވެ. ޝިޔާޒް ޝާމިންގެ މޫނުގައި ފެންހާކަން ފެށުމުން އެސްފިޔަތައް ތަޅުވާލުމަށްފަހު މަޑުމަޑުން ޝާމިން ލޯހުޅުވާލިއެވެ.

” ދަރިފުޅާ ކިހިނެއްވީ؟…ކީއްވެ ވެއްޓުނީ؟…އަދިވެސް ބޮލުގަ ރިއްސަނީތަ؟…” ޝިޔާޒް ހާސްވެފައި ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.

” ނޫން ބައްޕާ….މާބޮޑަށް ހައިވީކަންނޭނގެ…” ފަނޑުގޮތަކަށް ހިނިތުންވެލަމުން ޝާމިންޖަވާބުދިނެވެ.

” އެބައަންނަން ކާއެއްޗެއް ހިފައިގެން…” ޝެލީން އަވަހަށް ތެދުވެގެން ގޮސް ކާކޮޓަރިއަށް ވަދެ ކާއެއްޗެއް ގެނެސްދިނެވެ.

” ލަވައިދީފާނަންތަ؟…އަމިއްލައަކަށް ނުކެވޭނެ” މަޑުމަޑުން ތެދުވެ ސޯފާގައި އިށީއްނަމުން ޝާމިން އެދުނެވެ. ޝެލީން ހައިރާންވީ ނަމަވެސް އުފަލުން ޝާމިންއަށް ކާންދޭން ފެށިއެވެ. މަންމަ އަތުން ފުރަތަމަ ފަހަރަށް ކާއެއްޗެއް ކެއުމުން ތަފާތު އިހުސާސެއް ޝާމިންއަށް ކުރިއެވެ. މަންމަގެ މޫނަށް ވެރިވި އުފާވެރިކަންފެނިފައި އާދަޔާ ޚިޔާލު އުފަލެއް އޭނާގެ ހިތަށްލިބި ލޮލުން ކަރުނަވެސް ހިލުނެވެ. ދެމައިންގެ ހަރަކާތްތަކަށް ބަލަންއިން ޝިޔާޒްގެ ހިތަށްވެސް ހަމަޖެހުމެއް ލިބުނެވެ. ދުވަހެއް ދުވަހަކަށް ޝާމިން ޝެލީންއާ ގާތްވަމުންދާތީ އޭނާ އެހުންނަނީ އުފަލުންނެވެ.

” އަހަރެން ވާހަކައެއް ބުނަންވެފަ އެބައޮތް…..އަހަރެންގެ ކޮޓަރިއަށް އާދެވިދާނެތަ؟..” ޝާމިން ކައިނިމުމުން ޝެލީން ތަށިހިފައިގެން ހިނގައިގަތް ވަގުތު ޝެލީންގެ އަތުގައި ހިފާފައި ޝާމިން ބުންޏެވެ. ޝެލީންއަށް ބޭއިޚުތިޔާރުގައި ޝިޔާޒްގެ މޫނަށް ބަލާލެވުނެވެ. ޝިޔާޒް އިޝާރާތުން އާއެކޭ ބުނުމުން ޝެލީންވެސް އާއެކޭ ބުނެ ބޯޖަހާލިއެވެ.

ޝާމިން ބުނަން އުޅޭ އެއްޗެއް ނޭނގިޖެހިލުންވެހުރެ ޝެލީން އެކޮޓަރިއަށް ދިޔައެވެ. އޭރު ޝާމިން އޮތީ އެނދުގައި އޮށޯވެލައިގެން ފަންގިފިލާއަށް ނަޒަރު ހުއްޓާލައިގެންނެވެ. ޝެލީންއައިސް ވަނުމުން އެނދުގެ މަގަތުގައި އިށީނުމަށް އެދުނެވެ.

” އިށީނދެބަލަ!….ޕްލީޒް..”ޝެލީން ހައިރާންވެފައި ބަލަން ހުރުމުން ޝާމިން ބުންޏެވެ. ޝެލީން ބަހެއް ނުބުނެ އިށީނެވެ. ޝާމިން ޝެލީންގެ އަތުގައި ހިފާލުމަށްފަހު ޝެލީންގެ މޫނަށް ބަލާލިއެވެ. މަންމަގެ މޫނުގައިވާ ކަންބޮޑުވުން ޝާމިން ދެނެގަތެވެ.

” އަހަރެން ކުރާ ކޮންމެ ސުވާލަކަށް ތެދަށް ޖަވާބުދީފާނަންތަ؟….” ޝާމިން އަހާލިއެވެ.

” ހޫމް…ކޮންމެ ސުވާލަކަށްވެސް ޖަވާބުދެވޭތޯ ބަލާނަން..” ޝެލީން ހިނިތުންވެލަމުން ބުނެލިއެވެ.

” ކޮންމެ ސުވާލެއް ކުރިޔަސް ތެދަށްޖަވާބުދޭންވާނީ….އޯކޭތަ؟” ޝާމިން އަނެއްކާވެސް އަހާލިއެވެ. މިފަހަރު ޝެލީން ޖެހިލުންވާ ގޮތްވިއެވެ. ނަމަވެސް ބޮލުގެ އިޝާރާތުން އާއެކޭ ބުންޏެވެ.

” އަހަރެން ކުޑައިރުއްސުރެ މިހާތަނަށް އަހަންނަށް އެނގިފަވާ ގޮތުގަ ތިއީ އަހަރެންދެކެ ވަރަށްލޯބިވާ މީހެއް…..ދުވަހަކުވެސް އެއްވެސް ޝަކުވާއެއްނުކޮށް ކޮންމެކަމެއްވެސް ކޮށްދޭ…..އަހަރެން ބުނިއްޔާ ބުނިކަމެއްކޮށްދީގެން ނޯކަރެއްފަދައިން ތިއުޅެނީ ގައިމުވެސް އަހަރެންދެކެ ވަރަށް ލޯބިވާތީކަން ޔަޤީން….އެހެންވީމަ އަހަރެންދެކެ ވާލޯބީގެ ހައްޤުޤާ އަހަރެންގެ އަތުންވެފައިވާ ކުށަކަށް މާފްކޮށްދީފާނަންތަ؟….އަހަރެންނަށްވަނީ ވަރަށްބޮޑު ކުށެއްކުރެވިފަ…..އެކަމަށްޓަކާ ހިތުގެއަޑިން އަހަރެން މާފަށް އެދެން…..އަހަރެންނަށް މާފުކޮށްދޭނަންތަ؟….” މަންމައާ ހަތަރުކަޅި ހަމަކޮށްލަމުން ޝާމިން އަހާލިއެވެ. އެވަގުތު ޝެލީން ހާސްވިއެވެ. ޝިޔާޒް ދެއްކި ވާހަކަތައް ޝާމިންއަށް އިވުނީބާއޭވެސް ހިތަށްއެރިއެވެ.

” ނުކޮށްދޭނަންތަ މާފެއް؟….ހަމަ ސީރިއަސްކޮށް މިބުނީ އަހަރެންނަށްވަނީ ކުށެއްކުރެވިފަ…އެކުށް އަހަރެން ހާމަކުރާނީ މާފްލިބޭނެކަން ނުވަތަ ނޫންކަން އެނގުނީމަ” ޝާމިން ތަކުރާރުކޮށްލިއެވެ.

” އަހަރެންނަށް މާފްނުކުރެވޭނެ ވަރުގެ ކުށެއް ޝާމިން ނުކުރާނެކަން ޔަގީން…..ކޮންމެ ކުށެއްކުރެވުނަސް އަހަރެން މާފްކުރާނަން….ހިތުގެ އަޑިން މާފްކުރާނަން..” ޝާމިންގެ އަތުގައި އަތްބާއްވާލަމުން ޝެލީން ޖަވާބުދިނެވެ. އޭނާގެ ދަރިފުޅަށް މާފުނުދެވޭވަރުގެ ކުށެއް އޭނާ ނުކުރާނެކަން ޝެލީންއަށް ޔަޤީންވެއެވެ.

” ހަމަ ޔަޤީންތަ؟….އަހަރެންނަށް މާފްކުރީތަ؟…” ޝާމިން ޔަޤީންކޮށްލިއެވެ.

” ހޫމް….މާފްކޮށްފިން….” ޝެލީން ޝާމިންގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

” އަހަރެން ކުރިކުށެއްވެސް ނޭނގެނީސް އަހަރެންނަށް މާފުކުރިއިރު، ބައްޕަ ތަކުރާރުކޮށް އާދޭސްކުރާއިރުވެސް ކީއްވެ މަންމަ ބައްޕައަށް މާފް ނުކުރަން ތިއުޅެނީ؟…” ކުއްލިއަކަށް ޝާމިންކޮއްލި ސުވާލުން ޝެލީން ސިހުނެވެ. އޭނާއަށް އަޑުއިވުނުގޮތް ގޯސްވީކަމުގައި ހީކުރެވުނެވެ.

” ކީކޭ؟!!” ބޭއިޚުތިޔާރުގައި ޝެލީންއަށް އަހާލެވުނެވެ.

” ނޭނގުނުތަ މިބުނި އެއްޗެއް؟….އަހަރެން މިބުނީ ކީއްވެހޭ ބައްޕަ އެވަރަށް މާފަށް އެދުނުއިރުވެސް މަންމަ ބައްޕައަށް މާފް ނުކުރީ؟….ކީއްވެހޭ މަންމަ ބައްޕަދެކެ ލޯބިވާ ވާހަކަ ނުބުނެ ސިއްރުކުރަނީ؟…” ޝާމިން އޮޅުން ފިލުވައިދިނެވެ. ޝާމިންގެ ޖުމްލައިވިފައި ޝެލީންއަށް ޝޮކެއް ލިބުނެވެ. ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނުތާނގައި އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި އިނދެވުނީއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shine

Level 6100 Stories10 Stories100 Comments100 Login

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ރިޔާޝާ (33ވަނަ ބައި)

Next

ވާލޯބި އެނގޭނަމަ… 26

Next
December 5, 2016

ވާލޯބި އެނގޭނަމަ… 26

Previews
December 5, 2016

ރިޔާޝާ (33ވަނަ ބައި)

37 Comments!

  1. Ayisa says:
    December 5, 2016 at 10:12 am

    V reethi

  2. Hassu says:
    December 5, 2016 at 10:17 am

    Woow..varah habeys

  3. Blue says:
    December 5, 2016 at 10:19 am

    varah reethi………….

  4. Mary says:
    December 5, 2016 at 10:33 am

    vv reethi

  5. curious person says:
    December 5, 2016 at 10:33 am

    alhey haadha reehchey. alhe shine thee girl eh tha or boy eh tha. please mi question ah answer kurahchey.please please please

  6. Xoo says:
    December 5, 2016 at 10:55 am

    V rythi story eh

  7. wish says:
    December 5, 2016 at 10:59 am

    Wow

  8. Eyna says:
    December 5, 2016 at 11:16 am

    V v v reethi…

  9. new says:
    December 5, 2016 at 11:34 am

    Wow v vv.reethi.aneh bai kiyaa hithun keh madhuvehje.

  10. Zyth says:
    December 5, 2016 at 11:47 am

    wow v reethi

  11. Hany says:
    December 5, 2016 at 11:59 am

    V v v reethi. ..

  12. Aika says:
    December 5, 2016 at 12:06 pm

    Wow.. Speech less.. Mashah allah. Mirey next part kiyaalan libeyne kamah ummeedhu kuran

    1. Regards says:
      December 5, 2016 at 12:26 pm

      Yes i hope so too. Pls pls upload tonight

  13. xaf says:
    December 5, 2016 at 12:13 pm

    enme reethi hisaabun thi ninmaalu mi part….
    varah salhi…

  14. yax says:
    December 5, 2016 at 12:27 pm

    shaamin you really can’t keep your mouth shut????
    shine story is very nice????

    1. Huya says:
      December 5, 2016 at 2:42 pm

      I was searching for a like button ? excellent comment

  15. Lix says:
    December 5, 2016 at 12:45 pm

    Dhn kon irakun anehbai up vaani?

  16. Ram says:
    December 5, 2016 at 1:08 pm

    Wow v reethi. Shine vareh hama neh.

  17. athoo says:
    December 5, 2016 at 1:19 pm

    Shine bro plz plz upload kodiba you is one of the best and my favorite witter???????????????????

    1. inaaz says:
      December 5, 2016 at 1:26 pm

      shine is not a bro. you can call her sis

  18. Ana says:
    December 5, 2016 at 1:51 pm

    Wow!it’s amazing?haadha haadha hivvarugadha kujjekey dho…. Like mom? waiting……

  19. Sanii says:
    December 5, 2016 at 2:08 pm

    Wow.. speechless.

  20. Shine says:
    December 5, 2016 at 2:23 pm

    THANKS all for ur lovely comments. shine aha badhu keehvetha dheravaa vaahaka liyevenee. kudhin nah roveykahala vaahaka abadhuves liyevenee. mihaaru miliyaa vaahaka akeeves v emotional vaahakeh. konmevs kujjaku dheebala nikan happy vaahakaeh liyaane idea eh. so i can try.

  21. Anonymous says:
    December 5, 2016 at 2:47 pm

    Shine avaha up kohdhee Bala emme asarugadha hisaabuney thi nimmaalee

  22. sam says:
    December 5, 2016 at 3:39 pm

    Very nice this pirt

  23. ?mixoo says:
    December 5, 2016 at 3:57 pm

    sooo nice

  24. Naadhee says:
    December 5, 2016 at 4:28 pm

    Haadha asaru gadha ey. vaahaka v v reethi

  25. Zikka bro says:
    December 5, 2016 at 4:51 pm

    Kaloa gaya… maaa avahah magey 10 mi nimunee.. ehnnoon nama huvaa test ga vaahaak liyan jehey dhuvahakun mi vaahaka kurukohllaaha liyaane kan…. hama haveys ingay… habuness to the maxx….?????????

    1. Emneez says:
      December 5, 2016 at 5:08 pm

      Hehe ma adhi nunimey 10 eh yo ????

  26. wasee says:
    December 5, 2016 at 5:12 pm

    V nic

  27. maiha says:
    December 5, 2016 at 6:05 pm

    wooow…v v v nyc

  28. Anonymous says:
    December 5, 2016 at 7:25 pm

    Hehe v reethi happy waahaka viyas shine liuneema reethi waane asluga sad story maa bodah shaugu veri vefa reethi waane…

  29. Thaany says:
    December 5, 2016 at 7:27 pm

    Hehe v reethi happy waahaka viyas shine liuneema reethi waane asluga sad story maa bodah shaugu veri vefa reethi waane…

    1. Shine says:
      December 5, 2016 at 7:38 pm

      he he he thanks for the compliment…..aslu hama liyeveney a sad stories….shine beynunvanee v heart touching emotional stories liyan. shine ah ves feney miste gaves kudhin liyefa hunna stories. baeh stories thakuga maabodu massalaeh nethi v smooth koh goss ninmaalaafa hurey. kiyuntherin nahves heevanee bodah kamudhanee maabodu massalathakeh nuhunnan simple stories hen. hithah araa shine ves alhe try kuraanamaey v simple n smooth story eh liyeveytho…

  30. Thaany says:
    December 5, 2016 at 7:29 pm

    Sry dear Anonymous alhugaddah olhign thi namuga cmment kurevunee neygi name change vefa iny sry sry..

  31. Yanaa says:
    November 30, 2017 at 1:05 am

    Wow. ގަދަ shine

  32. Yanaa says:
    November 30, 2017 at 1:06 am

    Thanks for this lovely story

Comments are closed.

Next Episodeޝެލީން 20←


All Right Reserved!