Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ… 24

ދެމީހުން ވަރުބަލިވެގެން ދުރަށް ޖެހުނު ވަގުތު އަންހެންކުއްޖާގެ މޫނު ލޫކަށް ހާމަވެގެން ދިޔައެވެ. ކިޔާނެ ބަހެއް ނޭނގި ލޫކް އަނގަ ހުޅުވުނެވެ. ޔަގީންކޮށްލުމަށްޓަކައި ދެލޯމަރާލުމަށްފަހު އަނެއްކާ ވެސް ބަލާލިއެވެ. ލޫކަށް ހީވީ މޫނުމަތީގައި މީހަކު އެތިފަހަރެއް އަޅުވާލި ހެންނެވެ.

“ޒީޝާން އެންޑް ޝައިމް” ލޫކަށް މަޑުމަޑުން ބުނެވުނެވެ.

ލޫކަށް ގަބޫލެއްވެސް ނުކުރެވުނެވެ. ޝައިމް އަކީ ހަމަ އެހާ ނުލަފާ އިންސާނަކީ ހެއްޔެވެ؟ ލައި އަށް އެހެން ހަދަން ޝައިމް އަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އަނެއްކާ ލައި އެހާލުގައި އިންދައެވެ. އަނެއްކާ ޒިޝާނަކީ ޝައިމް ގެ ސިއްރު ލޯބިވެރިޔާ ހެއްޔެވެ؟ ލައި ދެމެދުގައި ބަހައްޓައިގެން މިދެމީހުން މިކުޅެނީ ވަރަށް ރީތި ކުޅިއެކެވެ. މިފަހަރު މިކުޅިވަރު ނިންމާލާނީ އަހަންނެވެ. ލައިގެ އިހުސާސްތަކާއި ކުޅެން ޝައިމް އެއީ ކާކުހެއްޔެވެ؟ މިފަހަރު މަރާލާނަމެވެ. އަހަރެން ޖަލަށް ދާން ޖެހުނަސް މައްސަލައެއް ނެތެވެ. އަހަރެންގެ ލައި އަށް ދެރަގޮތެއް ވާތަން ބަލާކަށް އަހަންނެއް ނުހުންނާނަމެވެ.

ތެޅިގަނެފައި ލޫކް އެދިމާ ބަލާލިއިރު އެދެމީހުން މިހާރު ފެންނާކަށް ނެތެވެ. ލޫކް އަވަހަށް އެހެންމީހުން ތިބި ދިމާލަށް ދާން ހިނގައިގަތެވެ. ފޯނުނަގާ ސަޖޫލަށް ގުޅުމަށްފަހު ދޯނި އައިތޯ ޔަގީން ކޮށްލިއެވެ. އަދި އަލްޔާ ކޮބާތޯ ސުވާލުކުރުމުން ހެޑްސެޓް ބާއްވާފައި އާދެވުމުން އެނަގަން އަނބުރާ ޓެންޓަށް ދިޔަ ވާހަކަ ބުންޏެވެ.

ލޫކް މިސްރާބުޖެހީ ޓެންޓާއި ވީ ދިމާލަށެވެ. ލޫކް އަރާހަމަވިއިރު ޓެންޓް ތެރެއިން ނިކުތް އަލްޔާ ފެނުމުން ގޮސް ހުއްޓުނީ އަލްޔާ ކުރިމަތީގައެވެ. އަލްޔާގެ މައުސޫމް މޫނު ފެނުމުން ލޫކް އިންތިހާއަށް ދެރަވިއެވެ. ފަރުދާގެ ފުރަގަހުގައި ފިރިމީހާ ކުޅެމުންދާ ކުޅިގަނޑު އެނގޭ ހިިނދު މި ނިޔަނެތި އަންހެންކުއްޖާގެ ހިތް ކުދުކުދި ވާނެއެވެ.

“އެނގޭ ލައި ބޭނުންނުވާކަން މަށާ ވާހަކަދައްކަން. ބަޓް މިފަހަރު އައެމް ސީރިޔަސް. އަހަރެން މިދައްކާ ވާހަކަ  އަޑުއަހާފައި ލައި އަށް މިތަނުން ދެވޭނީ” އަލްޔާ އިތުރު ސުވާލެއް ކުރަން ފުރުސަތު ވެސް ނުދީ ލޫކް އަލްޔާ އަތުގައި ހިފައިގެން މިސްރާބުޖެހީ އެއްވެސް މީހެއްގެ އުނދަގުލެއް ނުވާ ހިސާބަށެވެ.

“ލިސެން ލައި! ލައި އަށް ނުވެސް އެނގި ޝައިމް ވަރަށް ރީތި ކުޅިވަރެއް އެބަކުޅޭ. އަހަރެން މިއައީ ލޮލުންދެކެ އަތުން ހިފާފައި. އެނގޭތަ ކާކާ އެކުގައި ކަން. ޒީޝާނާއެކު. ދެމީހުން ތިބި ގޮތުގެ ވާހަކަ ވެސް ރަނގަޅުވާނީ ނުދެއްކިއްޔާ” ލޫކް އެއް ނޭވާއިން ހުރިހާ ވާހަކައެއް ދައްކާލިއެވެ.

“އެކްސްކިއުޒްމީ… އެބަ އެނގޭތަ ތިކިޔޭ އެއްޗެއް. ހަމައިގަތަ ލޫކް ތިހެރީ… ތިނޫން އެހެން ވާހަކައެއް މަ ކައިރީގައި ބުނި ނަމަ ފަހަރެއްގައި ގަބޫލު ކުރެވުނީސް. ލޫކަށް ނޭނގުނީތަ ތިނޫން އެއްޗެއް ކިޔަން” އަލްޔާ ހިތްހަމަނުޖެހުނެވެ. ހަގީގަތުގައި ވެސް އަލްޔާ އަށް ފެނިފައިވާ ޝައިމްގެ ކެތްރިކަން ފެނި ގަބޫލެއް ނުކުރެވުނެވެ. ގަބޫލު ކުރެވޭނީ ވެސް ކިހނެއް ހެއްޔެވެ؟ ޒީޝާނަކީ ޝައިމްގެ އެއްމާބަނޑު ބޭބެ ޝައްޔަމްގެ އަންހެނުންނެވެ.

“ލައި ހެޔޮނުވާނެ. ތިދެލޯ ރަނގަޅަށް ހުޅުވާލާފައި މިދުނިޔެއަށް ރަނގަޅަށް ބަލާލަބަލަ. ލައި އަށް ފެންނާނީ އެންމެ ކައިރީގައި އުޅޭ ކެހިވެރިން. އެކަހަލަ މީހެއް ޝައިމް އަކީ. ލައި ކީއްވެ ގަބޫލުނުކުރަނީ. ލައި ޕްލީޒް. އަހަރެން ކީއްވެ ދޮގުހަދަންވީ” ލޫކް އާދޭހާއެކު އަލްޔާ ކައިރީގައި ބުނަމުން ދިޔައެވެ.

“ޕްލީޒް ލޫކް. ތިކަހަލަ ވާހަކަ އަހަރެން ކައިރީގައި ދައްކާކަށް ލަދެއް ވެސް ނުގަނޭތަ. ބަލަ އެއީ މަގޭ ފިރިމީހާ އޭ. ފިރިމީހާ އަށް ކިޔަމަންވާން މަށަށް އެނގޭ. މަށަށް ނޭނގެނީ ފިރިމީހާ އަށް ޝައްކު ކުރަން. އަހަރެން އަހަރެންގެ ފިރިމީހާ އަށް ސަތޭކަ ޕަސެންޓް އިތުބާރު ކުރަން” އަލްޔާ ފާޅުގައި ލޫކް ގެ ބަހަށް ދެކޮޅު ހަދަމުން ދިޔައެވެ.

“ލައީ!!! ޕްލީޒް…ޓްރައި ޓު އަންޑަސްޓޭންޑް…. އަހަރެން ކީއްވެ ދޮގުހަދަންވީ. ބުނެބަލަ. ކީއްވެ މިހުރިހާ ދުވަހު މިވާހަކަ އަހަރެން ނުދެއްކީ. ލައި އަހަރެން ދެކެ ވެސް ލޯބިވީމެއްނު. ކީއްވެތަ ކުޑަކޮށް ވެސް އަހަރެންނަށް އތުބާރު ނުކުރަނީ” ލޫކް ހުރީ އަލްޔާ އަށް ވިސްނާދޭނެ ގޮތެއް ނޭނގޭތީ ސިކުނޑި ސުމަކަށް ގޮސްފައެވެ.

“އަހަރެން އެއްއިރެއްގައި ވެސް ލޫކަށް އިތުބާރެއް ނުކުރަން. ނުވެސް ކުރެވޭނެ. އެންމެ ފުރަތަމަ އަހަރެންގެ ހިތް ހަލާކުކޮށްލި މީހަކީ ތީ. ދެން ތިބުނަނީ ޝައިމް ގެ ވާހަކަ. އެނގޭތަ ޝައިމް އަކީ ކާކުކަން. އެއީ ޒީޝާންގެ ފިރިމީހާ ޝައްޔަމްގެ އެއްމާބނޑު ބޭބޭ. ޝައިމް އަކީ ޒީ ގެ ޅިޔަނެއް. އަހަރެން ނުޖެހޭ މިހުރިހާ ކަމެއް ލޫކަށް އޮޅުންފިލުވާދޭކަށް. އަހަރެން ދަނީ” އަލްޔާ ލޫކަށް ފުރަގަސްދީ ހިނގައިގަތެވެ.

“ލައި. ޕްލީޒް… ވެއިޓް. އަޅެ އެންމެ ފަހަރަކު ވެސް އަހަރެން މިދެއްކި ވާހަކަތަކާއި މެދު ވިސްނާލަބަލަ. އެއީ ޝައިމް އާއި ޒީޝާން ކަން އަހަރެން ހަމަ ހުވާކޮށްފަ ބުނެފާނަން. އަހަރެންގެ ދެލޯ އަހަންނަކަށް ކެއްސެއް ނުދޭނެ. މީ ތެދުކަން ހާމަކޮށްދޭން އަހަރެން ކޮންމެ ކަމެއް ވެސް ކޮށްފާނަން” އަލްޔާ ގެ އަތުގައި ހިފަމުން ލޫކް އޭނާ އަށް ވިސްނާދޭން މަސައްކަތްކުރަމުން ދިޔައެވެ.

“ސްޓޮޕް އިޓް ލޫކް. އަހަރެންނަކަށް ގަބޫލެއްނުކުރެވޭ ލޫކް ތިދައްކާ ވާހަކައެއް. އެނގޭތަ ޝައިމް އަކީ ކިހާވރެއްގެ މީހެއް ކަން. އެއީ ކެތްތެރިއެއް. އޯގާތެރިއެއް. އެނގޭތަ އަހަރެން މިހެން މިބުނީ ކީއްވެގެންކަން. އަހަރެން ކައިވެނި ކޮށްގެން މިހާ ދުވަސްވީއިރު އަދި މިހާތަނަށް އަހަރެންގެ މިހަށިގަނޑުގައި އެ އިންސާނާ ނެތް ބީހިލާފައެއް. ހަޒްބެންޑް ވައިފް އާއި އޮންނަ ގުޅުމެއް އަހަރެމެންގެ ނޯވޭ. އެނގޭތަ އެފުރުސަތު އަހަރެން ޝައިމް ނުދީ މިއުޅެނީ ކީއްވެކަން. ހަމައެކަނި ލޫކަށްޓަކައި. އަހަރެންނަށް ތެދުވެރި ލޯތްބެއް ވެވުނު އިންސާނަކީ ތިއީ ކަމަށް ވާތީ. އަދި މިހާ ތަނަށް ޝައިމް އަހަރެންގެ ނުރުހުމުގައި އެއްކަމެއް ވެސް ކޮށްފައެއް ނެތް. ވީއރު ލޫކް ތިކަހަލަ ވާހަކައެއް ދެއްކީމަ އަހަރެން ކިހިނެއް ގަބޫލުކުރާނީ” އަލްޔާ އަށް ރޮވުނެވެ. ހިތްނޭދުނަސް މިއަދު ކިތަންމެހާ ވެސް ރީއްޗަށް ލޫކް ގެ ކުރިމަތީގައި އަލްޔާ ބޭޒާރުވެގެން ހިނގައްޖެއެވެ. ލޫކް ހުރީ އަލްޔާ ދެއްކި ވާހަކަތައް ގަބޫލުނުކުރެވިފައެވެ.

ހިތުގެ ކޮންމެސް ހިސާބަކުން އެހިތް އުފަލުން ނަށަނީއެވެ. އަލްޔާ ބަނޑުބޮޑު ނޫންކަން އެނގުނު ހިނދު ލޫކަށް ވެސް ނޭނގި ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެވަނަ ސިކުންތުގައި އަނެއްކާ ވެސް މަސައްކަތްކުރީ ޝައިމްގެ ޖާހިލުކަން އަލްޔާ އަށް ވިސްނާދޭށެވެ.

“ތިވާހަކަތައް އަހަރެން ގަބޫލުކޮށްފިން. ދެން ކީއްވެ އަހަރެން މިދައްކާ ވާހަކަ ލައި ގަބޫލުނުކުރަނީ. ލައި އަށް އެނގޭތަ ލައި ކައިރިން އޭނާ އަށް ނުލިބޭ އުފާތައް އޭނަ އެގޮަތަށް ޒީޝާން ކައިރިން ލިބޭތީ އެހުންނަނީ ލައި މަތިން ހަނދާން ނައްތާލައިގެން ކަން” ލޫކަށް ޔަގީން ކުރެވުނު ގޮތަށް އަލްޔާ އަށް ކިޔާދިނެވެ. ނަމަވެސް ލޫކް ގެ އެޖުމްލައިން އަލްޔާ އަށް ދަތްކުނޑި ވިކާލެވުނެވެ. ލޫކް ކަމުގައި ވިޔަސް ޝައިމް އެވަރުގެ ދަށު ދަރަޖައަކަށް ވައްޓާލުމުގެ ހައްގެއް ލޫކަށް ވެސް ނޯންނާނެއެވެ.

“ލޫލޫލޫލޫކްކްކް” އަލްޔާ އަށް ލޫކަށް ގޮވާލެވުނީ ތަން ފަޅައިގެންދާހާ ބާރަށެވެ. ހަމަ އެސިކުންތުގައި ހަރަކާތްކުރި އަލްޔާގެ އަތްތިލައިގެ ހޫނުކަން ލޫކްގެ މޫނަށް އަރައިގެން ދިޔައެވެ. އަލްޔާގެ އަނިޔާވެރި އެއަމަލުން ލޫކަށް ސިހުން ލިބުނަސް އޭނާ އަށް ތަދެއް އިހުސާސް ނުކުރެވުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ އަލްޔާ އާއި މެދު ހަމްދަރުދީ ވެފައެވެ. އެނާޒުކް އަންހެންކުއްޖާ އަށް ޝައިމް އޮޅުވާލާފައި އެވަނީ ހާދަ ވަރަކަށެވެ.

ލޫކް ގެ މޫނުމަތީގައި ޖެހި އަތަށް އަލްޔާ ބަލަހައްޓައިގެން ހުރީ އަމިއްލަ ނަފްސު ކުށްވެރިކޮށްގެންނެވެ. ފާއިތުވެމިދިޔަ ސިކުންތު ކޮޅުގައި އެވީ ކަންތައް އެއީ ހަމަ ހަގީގަތެއް ހެއްޔެވެ؟ އަހަރެންގެ ލޫކް ގެ ގަޔަށް އަހަރެންނަށް ހަމަ އަތް އިސްކުރެވުނީ ހެއްޔެވެ؟ އަލްޔާ އަށް ރޮވުނެވެ. ހުރި ދިމާލަށް ތިރިވެވުނީ އޭނާ އަށް ކުރެވުނު ކަންތަކުން މޮޔައޭ ހިތަށް އެރީމައެވެ.

އަލްޔާ ކައިރީގައި ލޫކް ވެސް ބިންމަތީގައި އިށީނެވެ. އަޑުންއަޑު ނަގާ ރޮމުންދިޔަ އަލްޔާ ގެނެސް މޭގައި ޖައްސާލިއެވެ. ކަރުނަތައް ފޮހެދިނެވެ. ލޯތްބާއެކު އޭނާ އަށް އިތުބާރު ކުރާށޭ ބުންޏޭވެ. ނަމަވެސް އަލްޔާ ގެ ފަރާތުން ރުއިން ނޫން އެހެން އަޑެއް ނީވޭއެވެ.

ލޫކްގެ ޓީޝާޓުގައި އެލިގަނެގެން ރޯން އިން އަލްޔާ ކުއްލިއަކަށް ތެދުވިއެވެ. އަދި ލޫކަށް ބަލާލުމެއް ވެސް ނެތި އައިކޮޅަށް ދުއްވައިގަތެވެ. އަލްޔާ ދިޔަ ދިމާލަށް ބަލަން ލޫކް ހުރީ ރޮވިފައެވެ. ޝައިމް ގެ ހަގީގަތް އަދިވެސް އަލްޔާ އާއި ހަމައަށް ގެންނަން އޭނާ ހިތުގައި އަޒުމް ކަނޑައެޅިއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވިޔަސް އެ ކެހިވެރި އިންސާނާގެ ކިބައިން އޭނާގެ ހިތުގެ ހަމަޖެހުން ސަލާމަތް ކުރާނެއެވެ. އެއީ އޭނާ ގެ ލޯތްބަށްޓަކައި އަމިއްލަ ނަފްސަށް ވާ ވައުދެކެވެ.

 

ހިމޭންކަމާއެކު ކޮޓަރީ އެނދުމަތީގައި އަލްޔާ އޮތެވެ. ކުއްލިއަކަށް ޒީޝާން މާލެދާން ޖެހިގެން އޭނާ ފުރުވުމަށްޓަކައި ގޭ ބާކީ ތިބި މީހުން ވީ ބަނދަރަށް ގޮހެވެ. އެކުގައި އަލްޔާ ބައިވެރިނުވީ ބޮލުގައި ރިއްސާކަމަށް ބުނެ ބަހަނާ ދައްކާފައެވެ. ލޫކް ދެއްކި ވާހަކަތަކުގައި ހަގީގަތެއްވެޔޭ އެހިތް ބުނާތީ އެވެ. މިހުރިހާ ދުވަހު އެކަހަލަ ވާހަކައެއް ނުދައްކާ ހުރެ ކުއްލިއަކަށް ލޫކް އެހެންބުނާނީ ގައިމު ކޮންމެސް ކަމެއް ވީމަތާއެވެ.

އަލްޔާ އެނދުން ތެދެވެ ކޮޓަރީ ދެކޮޅަށް ހިނގަން ފެށިއެވެ. ޒީ އެކަހަލަ ކަމެއް އަހަންނަށް އޮޅުވާލާފާނެ ހެއްޔެވެ؟ އެކަމަކު އަހަރެންނަށް ހަމަ ގަބޫލުކުރަން ހަމަ އުނދަގު ވަނީއެވެ. އަލްޔާ ދެފަރާތަށް ބޯ ހަލުވާލިއެވެ. މާބޮޑަށް ވިސްނެން ފެށުމުން ބޮލުގައި މާގަދައަށް ރިއްސަން ފެށިއެވެ.

ނޫނެކެވެ. ލޫކަކީ އަހަރެންގެ މުޅި ދިރިއުޅުމެވެ. ލޫކް އެވަރުގެ ދޮގެއް ހަދަންވީ ކީއްކުރަން ހެއްޔެވެ؟ ކޮންމެސް ނުބައެއް އެބަ އުޅޭއެވެ. އަހަރެން ޝައިމް އަށް ފާރަލާންވީއެވެ. އޭރުން އެނގިދާނެތާއެވެ. އެކަމު ދެން ފާރަވެސް ލެވޭނީ ޒީ އައިމަ ނޫން ހެއްޔެވެ؟ އަނެއްކާ ކުރެވެން މިއުޅޭ ކަމަކުން އަހަރެންނަށް ފާފަހުންނާނެ ހެއްޔެވެ؟ މިހާރު ވެސް ފިރިއެއް ހުރެ އެހެން ފިރިހެނެއް ދެކެ އަހަރެން މިވަނީ ލޯބިވެފައެވެ. އެވެސް ފާފައެކެވެ. އަނެއްކާ އަނެއް ފާފައަކަށް އަރައިގަންނަން ވީ ހެއްޔެވެ؟

އަސުރަށް ގޮވަން ފެށުމުން ފާހާނާ އަށް ވަދެ ވުލޫކޮށްގެން ނަމާދު ކުރިއެވެ. ހަވީރުގެ ޒިކްރުތައް ކިއެވެ. އޭނާ އަމަލު ކުރަންވީ ރަނގަޅު ގޮތް ދެއްކެވުމަށް އެދި ﷲ އަށް ދުޢާ ދެންނެވިއެވެ. އެހެނީ އެކަލާނގެއީ ހުރިހާ ކަމެއްގެ ހައްލެވެ.

 

ޒީޝާން ފުރައިގެން ދިޔަތާ އެއްހަފްތާ ފަހެވެ. ވޭތުވެމިދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި ލޫކް ވަނީ އެތައް ގޮތަކުން ޝައިމް ގެ ހަގީގަތް އަލްޔާ އަށް އަންގަދޭން މަސައްކަތް ކޮށްފައެވެ. ޝައިމް އާއި އެކުގައި ކަމަށް ބުނެ އެގެއަށް ދިޔުން ލޫކް ގެ އާންމުކަމަކަށް ވެއްޖެއެވެ. އަލްޔާ އެކަނި ހުންނަ ވަގުތުތަކުގައި އަލްޔާ އާއި ވާހަކަދައްކަން ލޫކް ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ކޮންމެސް ސަބަކާއި ހުރެ ލޫކް މަސައްކަތް ދަނީ ފަނުފުލުންނެވެ.

އެއްރެއެވެ. ޒީޝާން މާތިން މާބޮޑަށް ހަނދާންވާތީ ޝައިމް އަށް ނުނިދިގެން އެނދުގައި ފޮރޮޅެނީއެވެ. ކައިރީގައި ނިދާފައި އޮތް އަލްޔާ އަށް ފޫހިކަމާއެކު ބަލާލިއެވެ. އެނދުން ތެދުވެ ސޯފާ ގޮނޑިއަށް ގޮސް ފޯނު ނަގާ ޒީޝާނަށް ގުޅާލިއެވެ. ދެމީހުން ލޯބީގެ އެތައް ވާހަކައެއް ދެއްކުމަށްފަހު ޝައިމް ފޯނު ކަނޑާލިއެވެ. ޑްރސިންގް ޓޭބަލް ކުރިމަތީގައި ހުރެ އަމިއްލަ ސޫރައަށް އޭނާ ބަލާލިއެވެ. ލޯގަނޑުން ފެންނަން އޮތް އަލްޔާ އަށް ވެސް  ޝައިމް ބަލާލިއެވެ.

އަލްޔާގެ ފުރިހަމަ ހަށިގަނޑަށް ޝައިމް ގެ ނަޒަރު ހުއްޓުނެވެ. އެހިނދު އޭނާ އަމިއްލަ އަށް އޭނާގެ ހަށިގނަޑުގައި މަތިން ތިރިއަށް އަތް ހާކާލިއެވެ.  ޒީޝާނަށް މާބޮޑަށް ބޭނުންވާން ފެށިއެވެ. އެވަގުތު ޝައިމް ގެ ހިތް އެދި ގޮވަމުން ދިޔައި  އަލްޔާ ގައިގާ ބީހިލުމަށެވެ. އަލްޔާ ވަރިކުރުމުގެ ކުރިން އެއްފަހަރު އެހަށިގަނޑުގެ މީރުކަން ލިބިގަންނަން މިވަގުތު ކޮޅުގައި ޝައިމްގެ ހިތް އެދި ގޮވަން ފެށިއެވެ. ތުނބުޅީގައި މަޑުމަޑުން އަތް ހާކަމުން ޝައިމް އައިސް ހުއްޓުނީ އަލްޔާ އާއި ދާދި ކައިރީގައެވެ. ކޮޓަރި ތެރެއަށް ފެތުރިފައިވާ ފަނޑު އަލިކަމުގެ ތެރެއިން އަލްޔާގެ މޫނު ރަނގަޅަށް ޝައިމް ފެންނަން އޮތެވެ. ގުދުވެ އަލްޔާގެ ތުންފަތުގައި ބޮސްދިންއިރު އެ ތުންފަތުގައިވަނީ ވަހުޝީ ހިނިތުންވުމެކެވެ.

ލައިގެން ހުރި ޓީޝާޓާއި ސޯޓް ޓައިލްސްތައް މައްޗަށް ދޫކޮށްލުމަށްފަހު ހުސް ބޮކްސާ ކޮޅުގައި ޝައިމް އަލްޔާ ކައިރިއަށް އެރިއެވެ. އަދި އަލްޔާގެ ފުރަގަހުން ކިރިޔާ އަލްޔާގެ ގައިގާ ޖެހޭ ނުޖެހޭ ހިސާބުގައި އޮވެ އަލްޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. އަލްޔާ އަށް ހޭލެވިގެން ޝައިމް ގެ މަސައްކަތަށް ހުރަސް އަޅާފާނެތީ އަވަހަށް އޭނާގެ ކަރުހިއްކުން ފިލުވާލުމަށް މަސައްކަތް ފެށިއެވެ. އަތް ދިއްކޮށްލުމަށްފަހު އެނދުގެ ހެޑްބޯޑުގެ ވަތްގަނޑު ހުޅުވާލުމަށްފަހު ކަތުރެއް ނެގިއެވެ. އަދި އަލްޔާ ލައިގެން އޮތް ޓީޝާޓު ފަހަތުން ތިރިން މައްޗަށް ކަފާލިއެވެ. އެއާއެކު އަލްޔާ ގެ ބުރަކަށި ހާމަވެގެން ދިޔައެވެ. ޝައިމްގެ ހިއްސުތައް ކޮންޓްރޯލް ކުރަން އުނދަގޫވެ އަލްޔާގެ ބުރަކަށީގައި ތުންފަތް ޖައްސާލިއެވެ. އަދި އެހަށިގަނޑު ބަލާލުމަށްޓަކައި ބެޑްލައިޓްގެ އަލި ގަދަކޮށްލިއެވެ.

ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ޝައިމް ބެޑްލައިޓް ކުރިއަށްވުރެ ވެސް ފަނޑުކޮށްލިއެވެ. މިހުރިހާ ކަމެއް ވަމުންދާ އިރު ވެސް އަރާމުކޮށް ނިދާފައި އޮތް އަލްޔާ އަށް އެނގުމެއް ވެސް ނުވޭއެވެ. އެނގުމެއް ވާނީ ވެސް ކިހިނެއް ހެއްޔެވެ؟ ވިސްނުމާއި ފިކުރުތަކުގެ ޝިކާރައަކަށް ވެފައިވާ އަލްޔާ ނުނިދޭތީ ސަޖޫލް ދިން ބޭހެއް ކާން ފެށިތާ މީ ތިންވަނަ ރެއެވެ. މީހަކު އެކޮޓަރިއަށް ވަދެ އޭނާ މަރާލާފާ ދިޔަސް އެނގޭނީ ކިހިނެއް ހެއްޔެވެ؟

އެއްގަޑީރު ފަސް

އެއްގަޑީރު ފާހާނާއިގާ އުޅުމަށްފަހު އަލްޔާ ވަރަށް މަޑުމަޑުން ފާހާނާއިގެ ދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުތެވެ. ޝައިމް ކޮބާ ހެއްޔެވެ؟ އެނދުގެ ބެޑްޝީޓް ވެސް ވަނީ ރީތިކޮށް އަޅާފައެވެ. ރޮއެރޮއެ ދުޅަވެފައިވާ ދެލޮލުން އަލްޔާ ދޮރާއި ދިމާލަށް ބަލާލުމަށްފަހު ކައިރިވެލީ ދޮރު ލޮކް ކުރުމަށެވެ. ނަމަވެސް ދޮރުހުރީ ލޮކް ކޮށްފައެވެ. ކުރެވުނު ކަންތަކާއި މެދު ޝައިމް ލަދުގަތީ ހެއްޔެވެ؟ ހެދުން ބަދަލު ކުރުމަށްފަހު އަލްޔާ ކޮޓަރީގައި ހުރި ހުސް ޖަގު ހިފައިގެން ބަދިގެއަށް ގޮސް ފެން އަޅައިގެން ކޮޓަރިއަށް ވަދެ  ސައިޑްކަބަޑްމަތީގައި ބެހެއްޓިއެވެ. އަދި ޑްރެސިންޓޭބަލް ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ.

ކުރިމަތިން ފެނުނު އަމިއްލަ ސޫރައަށް ބަލާލިއެވެ. ދެލޮލުގެ ބޮނޑިމަތި ދުޅަވެފައި ހުރުމުގެ ސަބަބުން ދެލޯ ކުޑަކަމުން ހީވަނީ ޗައިނާ ކުއްޖެއްހެންނެވެ. ދެލޮލުގެ ރަތްކަން ކޮންމެސް ވަރަކަށް ފަނޑުވެފައި ވިޔަސް ބަލާލި މީހަކަށް ރުއިކަން ސިއްރެއް ނުވާނެއެވެ. އިސާހިތަކު އަލްޔާ ގެ ދެލޮލަށް ކަރުނަ ޖަމާވީ ލޯގަނޑުން ބަލަން އިންދައެވެ. ދެލޮލުން ފޭބި ކަރުނަ އެއްވަރު އެއްވަރަށް ރޮނގެއްހެން ކޯތާފަތް ހުރަސްކުރުމުގެ ކުރިން އަލްޔާގެ އަތުން ފޮހެލިއެވެ. ކޮޓަރީގެ ދޮރަށް ތަޅުދަނޑި ޖަހަން އުޅޭ ކަހަލަ އަޑެއް އިވުމާއެކު ފަންވަތެއްހެން އަލްޔާ ދުވެފައި ގޮސް ކުއިލްޓް ދަށަށް ވަނުމާއެކު އެމީހަކު ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ.

 

އެނދުގައި ނިދާފައި އޮތް އަލްޔާ އަށް ޝައިމް ފުން ނަޒަރަކުން ބަލާލުމަށްފަހު އަލަމާރި ކައިރިއަށް ގޮސް ލައިގެން ހުރި ޓީޝާޓް ބޮލުން ވަކިކޮށްލާ ކޮނޑެއްގައި އަޅުވާލުމަށްފަހު އަލުން އަލަމާރިއަށް ލިއެވެ. ލޯކުޑަކޮށްގެން ބަލަންއޮތް އަލްޔާ ބިރުން ތުރުތުރު އަޅަން ފެށީ ދެވަނަ ފަހަރަށް ޝައިމް އެފަދަ ކަމެއް ކުރަން އުޅެފާނެތީއެވެ. ހިތުގެ ތެޅުން އަވަސްވެފައި ވާވަރުން ހުދު އަލްޔާ އަށް ވެސް އަޑު އިވޭ ކަހަލައެވެ. ޝައިމް މަޑު ހިނގުމެއްގައި ހިނގާލާފައި ގޮސް އަލްޔާ ކައިރީގައި ތިރީގައި ކުރުކަކޫ ޖަހާލުމަށްފަހު އިށީނދެ އެމޫނަށް ބަލާލިއެވެ. ވަރަށް ކައިރިންނެވެ.

އެއީ އެއްއިރަކު ޝައިމް ގެ ހިތުގައި ރަސްކަންކުރި ތަސްވީރެވެ. އަލްޔާ އަށް ޝައިމް ގަދަރުކުރެއެވެ. ވީކަމެއް ވީއެވެ. އޮތް ގޮތަކީ އެފަދަ ކަމެއް ދެވަނަ ފަހަރަށް ނުކުރުމަށް އަޒުމް ކަނޑައެޅުމެވެ. އަލްޔާގެ މޫނުމަތިން ލޯމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ރަނގަޅުކޮށްލަން އުޅެފައި ވެސް ޝައިމް އަށް އަތްލާކަށް ނުކެރުނެވެ. ދެވަނަ ފަހަރަށް އެއަންހެންކުއްޖާ ގައިގާ އަތްލާނީ ކިހިނެއް ހެއްޔެވެ؟ ކުއިލްޓްގެ ބަޔަކުން އަލްޔާގެ އަނގަ ފޮރުވިފައި އަދި އެއް އަތް ވަނީ ކުއިލްޓް ބޭރުން ބޯލައިގެން އޮތް ބާލީސްމަތީގައި ބާއްވާލާފައެވެ.

“ލައި އައެމް ރިއަލީ ވެރީ ސޮރީ. ދެން އެފަދަ ކުށެއް ތަކުރާރު ނުކުރާނަން. އެވަގުތު ވެފައި ހުރި ގޮތެއް ވެސް ނޭނގެ. ބަޓް އެއީ އަހަރެން ކަންތައް ކޮށްގެންވާނެ ގޮތެއް ނޫން. އެނގޭ ލައި އަށް މާފެއް ނުކުރެވޭނެ ކަންވެސް. އެކަމަކު ލައި ގެ މާފް ހޯދަން ބުނި ކަމެއް ކޮށްފާނަން. އިރާދަކުރެއްވިއްޔާ ލައި ހައްޔަރުވެފައިތިވާ އަނދަވަޅުން ވަރަށް އަވަހަށް މިިނިވަން ކޮށްދެނަން. ލައި ލޯބިނުވާ މީހަކާއި އެކު އުޅޭކަން ނުޖެހޭނެ. ލައި އަށް ވެސް ލައި ލޯބިވާ މީހަކާއިއެކު އުޅުމުގެ ހައްގު އޮންނަން ވާނެ. މިވަގުތު އަހަރެން ހަމައެކަނި ބުނަން ބޭނުންވަނީ ވަރަށް ބޮޑަށް މާފަށް އެެދެމޭ” ޝައިމް އަލްޔާ ކައިރިން ތެދުވެ ބާލީހެއް ހިފައިގެން ގޮސް ދުރުގައި ހުރި ސޯފާގައި ޖައްސާލީ ކަންތައްވެފައިވާ ގޮތުން އަލްޔާ ކައިރީގައި ނިދަން ބޭނުންނުވީމައެވެ.

ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރު ވެދާނެ ކަމުގެ ބިރުހީވާތީއެވެ. ޝައިމް ގެ ބަސްތައް އިވި އަލްޔާގެ ހިތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ޝައިމް އަލްޔާ ވަރިކުރަނީ ހެއްޔެވެ؟ ދެލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އަލްޔާ މޫނާއިއެކު ކުއިލްޓް އަޅާލިއެވެ. ނަމަވެސް އުފާވެސް ވިއެވެ. އިތުރަށް ޝައިމް އާއި އެކުގައި އުޅެކަން އަލްޔާ ބޭނުމެއްނޫނެވެ. ޝައިމް ދެކެ އަލްޔާ ވަރަށް ބޮޑަށް ބިރުގަނެއްޖެއެވެ. ޝައިމް ކުރިމަތީގައި އުޅެން ވެސް މިހާރު އަލްޔާ ބޭނުމެއްނޫނެވެ. ޝައިމް އަލްޔާ އާއި މެދު ކަންތައް އެކުރީ ފިރިއަކު ލޯބިވާ އަންބަކާއި މެދު ކަންތައް ކޮށްގެންވާނެ ގޮތަކަށް ނޫނެވެ. މިހާރު ވެސް އޭނާގެ ހަށިގަނޑުގެ އެތަން މިތަނުގައި ރިއްސަނީއެވެ. ކަތުރު ޖެހުނުތަން ލޭއައިސް ހިކިފައި ހުއްޓަސް އަދި އެތަނުގައި ލަކުނުުު ލިޔަސް އެލަކުނު އޭނާ އަށް ފެންނަހާ ހިނދެއްގައި އޭނާ އަށް ދެން ޝައިމް އަށް އިތުބާރެއް ނުކުރެވޭނެއެވެ.

އެއްގަޑީރު ކުރި

ކުރެވެން އުޅެވޭ ކަންތައް ފުރިހަމަ ނުކޮށް އެންމެ ނޭވައެއް ވެސް ލާކަށް ޝައިމް ބޭނުމެއް ނޫނެވެ. އަލްޔާގެ އިރާލާފައިވާ ޓީޝާޓް ތެރެއިން ޝައިމް އަތް ހިންގަން ފެށިއެވެ. އޭނާގެ ހިތުގެ އަމާޒަކަށްވީ ހިސާބުގައި އޭނާގެ އަތް ޖެހުމުން އޭނާ އަށް ދެލޯ މަރާލެވުނެވެ. މިވަގުތު އޭނާ ލޯބިވާ ޒީޝާން މަތިން ވެސް ބޭނުންވީ ހަނދާން ނައްތާލާށެވެ.

ޝައިމް އާއި ދިމާލަށް ފުރަގަހަށް ވާގޮތަށް އޮތް އަލްޔާ ގެ ކޮނޑުގައި ހިފާ މަޑުމަޑުން ޝައިމް އާއި ވީ ދިމާލަށް އަނބުރާލިއެވެ. އަދި އަލްޔާގެ މޫނާއި މޫނު ކައިރިކޮށް އަލްޔާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. އަލްޔާ ދެފަހަރަކު ތެޅިލާފައި ވެސް ދެލޮލުގެ އެސްފިޔަތަކުގެ ބުރަހެލިކަމާއި ހުރެ ލޯ ހުޅުވޭ ގޮތެއް ނުވިއެވެ. އަލްޔާ ހޭލާފާނެހެން ޝައިމް އަށް ހީވުމުން ހަރަކާތްތަކަށް ލަސްކަމެއް ގެނައެވެ.

މިވަގުތު ދުނިޔޭގެ އެއްވެސް ބާރަކަށް އޭނާ ނުހުއްޓުވޭނޭ ހިތަށް އަރަމުން ދިޔައެވެ. ކުރިން ވެސް އޭނާ ވަނީ މިހަށިގަނޑުގެ މީރުކަން ލިބުމަށް އެތައް އިންތިޒާރެއް ކޮށްފައެވެ. މިއަދު ހިތަކަށް ލިބެން އޮތް ދަނޑިވަޅު ދޫށްލާނީ ކާކު ހެއްޔެވެ؟

އަލްޔާގެ އިރާލާފައިވާ ޓީޝާޓް އޭނާގެ ހަށިގަނޑާއި ވަކިކޮށްލުމަށްފަހު ދުރަށް ހޫރާލިއެވެ. އެވަގުތު ހާމަވެފައިވާ އަލްޔާގެ ތުނި ހަށިގަނޑު ފެނުމުން ތުންފަތަށް ވެރިވީ ވަހުޝީ ހިނިތުންވުމެކެވެ. ލިބުނު ކާމިޔާބަށް އުފާކޮށް އޭނާ މަސައްކަތާއިގެން ކުރިއަށް ދާން ފެށިއެވެ. އަލްޔާގެ ދެއަތް އޭނާގެ ބާރުގަދަ ދެއަތުގެ ހިމާޔަތުގެ ދަށަށް ގެނެސް ހައްޔަރުކޮށްލިއެވެ. އަދި އަލްޔާގެ ފޫޅުން ތިރީގައި އޮތް ބޮޑު ކުއިލްޓް އެއްފަރާތަކަށް ޖެއްސިއެވެ.

އަލްޔާ ލައިގެން އޮތް މަޑުފިޔާތޮށި ކުލައިގެ ބޮޑު ހަރުވާޅު ދަމައިގަންނަން ޝައިމް ހިފާލި ވަގުތު ކުއްލިއކަށް އަލްޔާ ފުންމައިގެން ތެދުވިއެވެ. ހިނދުކޮޅަކު ވަމުންދާ ގޮތް ނަގައިގަތުމަށް އޭނާ އެނދުގައި ޝައިމް އަށް ބަލަން އިނެވެ. މަޑުމަޑުން އޭނާގެ ހުރިހާ ހިއްސުތަކެއް މަސައްކަތްކުރަން ފެށިއެވެ.  ނަމަވެސް ޝައިމް ކުޑަކޮށް ވެސް ފަހެއް ނުޖެހެއެވެ. އަލްޔާގެ ކަރުދަށުގައި ޝައިމް ގެ ތުންފަތް ޖެހުނު ވަގުތު އޭނާގެ އަންހެންވަންތަ ހަށިގަނޑުން ޝައިމްގެ އިނގިލިތަކުގެ ބީހުން އިހުސާސް ކުރެވުނެވެ. އަލްޔާ ރޯމަހެއްހެން ތެޅެން ފެށިއެވެ. އޭނާގެ ހަށިގަނޑުން މަތީގައި ފޭރާމެއް ނެތްކަން ވެސް އެނގުނީ ހަށިގަނޑުގައި ހުރަހެއް ނެތި ޝައިމްގެ އަތްތިލަ ޖެހުނުކަން އިހުސާސް ވުމުންނެވެ.

އަލްޔާ އަށް ވީނުވީއެއް ވެސް ނޭނގުނެވެ. ރޮއިހޭރެން ފެށި ސަލާމަތަށް އެދިއެވެ. ނަމަވެސް ޝައިމްގެ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. އެވަގުތު އޭނާ ވަނީ އަލްޔާ އަށް އިންތިހާ އަށް ބޭނުންވެފައެވެ. ސަލާމަތަށް އެދި ގޮވަމުން ދިޔަ އަލްޔާ އަނގަމަތީގައި ޝައިމް އަތް އެޅިއެވެ.

“ލައި ކޮން ހަޅޭކެއް. މީ ލައި ފިރިމީހާއެއްނު. ޕްލީޒް މިރޭ އެއްވެސް ނޯ އެއް ނޯންނާނެ” އަލްޔާ ކަރުނައިން ފުރިފައިވީ ހާލު ޝައިމް އަށް ބަލާލިއެވެ. ފިރީމީހާ ކަން އަލްޔާ އަށް ވެސް އެނގޭއެވެ. އެކަމަކު ފިރިމީހާ ގެ ފަރާތުން އޭނާ ލޯބި ބޭނުންވަނީ މިގޮތަކަށް ނޫނެވެ. އެއަށްވުރެ ރީތިކޮށް އޭނާ ގެ ފަރާތުން ޝައިމް އެދުނު ނަމަވެސް އަލްޔާ ހުރީ ނުނެކޭ ނުބުނަން ކަމަށެވެ. މިހާރު އޭނާ އަށް ސިފަވަނީ ޝައިމް ގަދަކަމުން އޭނާ ރޭޕް ކުރަން މަސައްކަތް އުޅޭހެންނެވެ.

“ޕްޕްޕް….ލީޒް ޝަ….ޝަ…އިމް. މިރެއަކު ނޫން. އެހެން ރެއަކުން” ބިރުގަނެފައި ހުރި އަލްޔާ ކިޔާ ނުކިޔާ އެއްޗެއް ވެސް އޭނަ އަށް ރޮވޭ ވަރުން ސާފެއް ނުވޭއެވެ.

“ނޯ… ލައި އަށް އެއްވެސް ޗާންސެއް ނެތް” ދައްކަބަލަ” އަލްޔާގެ ހަރުވާޅުގައި ހިފާ ޝައިމް ދަމަންފެށިއެވެ. ނަމަވެސް ހަރުވާޅުގެ ނާޑުވާ އައްސާލެވިފައިވާލެއް ބާރުކަމުން ޝައިމް އެއްއަތުން އަލްޔާގެ އަތުގައި ހިފައިގެން އޮވެ އަނެއް އަތުން ނާޑުވާ ނެއްޓޭ ގޮތެއް ނުވިއެވެ. މިވަގުތު އަލްޔާ ސަލާމަތް ކުރާނެ އެއްވެސް މީހަކު ނެތުމުން އޭނާ މަދަދަށް އެދެން ފެށީ ﷲ ގެ ހަޒްރަތުންނެވެ.

ކުއްލިއަކަށް އަލްޔާ ލޫކް މަތިން ހަނދާންވާން ފެށިއެވެ. އެހެންކަމުން ރުއިން އިތުރުވުން ނޫންކަމެއް ނުވީއެވެ. މިވަގުތު އޭނާ އެ އަނިޔާވެރިޔާގެ އަތްދަށުން ސަލާމާތްކުރަން ލޫކް އަންނާނެ ނަމައެވެ.

ކުއްލކިއަކަށް ޝައިމް ކޮށްލިކަމަކުން އަލްޔާ ސިހުނެވެ. ހަމައެހާ ބާރަށް ރޮއެ ވެސް ގަތެވެ. ދެން އޭނާ އަށް ކުރެވޭނެ ކަމެއް ނެތެވެ. ޝައިމް އަށް މޮޅު ލިބެނީއެވެ. އޭނާގެ އަތެއް ފައެއް ގުޑާވެސް ނުލިއެވެ. ވީތަދުން އަލްޔާ އަށް ހީވީ އޭނާގެ ކަރު ހަށިގަނޑާއި ވަކިވި ހެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (32)

  1. Nana

    Yeyyy m first… Hehe.. Vrh salhi mi baivx

  2. Ushaali

    Alhamdhulillah…. mi bai ves up kurevihjje….. mi bai kiyaafa evves kuhjjeh dhera nuvache…. next episode maadhama up kureveytho balaanan. insha allah.. :-)….. mi bai ves huriha kudhinnah kamudhaane kamah heekuran 🙂 🙂

  3. shuz

    Eyyyy ushaaaaly…??????keehthi kuryyyyyyy.acheeeedi shaimmmmm.dhennn alhe luke ashey e haggu liben jeheyny …dhen nooon ??

  4. yax

    me second
    mibai varah salhi
    ekan aliyaa ah gotheh nahadhaathi

  5. Someone

    Dhn v foohi ve vahushee myheh miee ingey..

  6. Aroo

    Alhey.. shaim haadha goahey.. hate you shaim ?

  7. Aim Sithu

    Shaimoooo

  8. Shy

    Alhe shaim haadha gohey. Ehn hadhaakah nuvaanu. ?

  9. aayaa

    Alhey keenthikuree v dhera???

  10. Herrr

    Varaha ufaavejje avahah up kureema.. Thanks.. Ekamu shaim haadha nubaey dho..pis pis….luke ge haggekea eiy.. ??

  11. Emneez

    Ahcheedi Haadha desperate vefai ey dw saim eothee ????
    Dhen no….. ale saim ah hama kuri libunee tha idiot saim…..
    Story varah reethi ??? dhen avahah ulhey alyaa and look gulhuvan ingey ???

  12. Shaa xee

    Thanks ushaali avahah up koh dhineema……. waiting for next part.?

  13. Ana

    Alheyyyy.dhn!haadha dhera ey but vvvv salhi ,waiting for the next part

  14. Shaff

    Alhey v intrestine story eh mi . M also goin 2 start writtin a story. Ekathi nimifa othy . Dhn ushaaly v molhu . May god bless u

  15. Ainy

    Thank u vaahaka upkohdhineema ???

  16. Hagygaiy

    Oh god kyththikury alyaaves look bunyma gaboolennukuriviyya kudakovves look dheke loabivaanama kommes varakah gaboolukoh hagygaiy engeytho masakkaiy kurys dhw n shaim aky alyaage husband v ma ehaggu onnanvaane kihaadhuvahaku eyna inthizaaruves kuri dhw laige faraathun gadhakamun kuran beynun nuvaathy zyshaan kairi avves dhiyaee n zynethyma dhw lai kairiah dhaan jehuny girls ah keykurevunas boys ah v hifahattaanuleveyne laige ves gothun ehen evy n stry v rythi v furihama waitin nxt prt

  17. Azu

    Shaimmmmmmmm??????

  18. Luk

    Dhera nuvahchoa.. Kihineh dhera nuvaani. Magey hiy vs felhijje,. Avaha aneh part genesdhee..

  19. kurefi

    arrrg e shaimm ah kiyaa jinnigandu maraalaa seriously

  20. ?mixoo

    seriously… lai ah ehen hadhan heyonuvaanehnu..
    i hate that shaim
    BTW vvv reethi..
    aneh bai avaskohlahchey

  21. Look ge Lai

    Ahdhe kihineh mi vee.. pis mulhin kada..I thought lai look ah save kohdheyne kamah .. V dhera mi v gothun…. Waiting 4 de next part.

  22. yalaain

    Asluvs vrh dhera vejje.. keehthikury

  23. Flower

    Dhn nooooo plxxxx ae nuvaa kamakah hadhaaba ushaaalyy..ehn noony hiy falhaigen dhaane…plxxx luk ah liben jehey haggekey ae….eyrun vaahaka furihama vaany vx..plxxxx ushaalyy?????

  24. Xee

    Varah reethi,watting for next part ??

  25. Xee

    Nices story,???

  26. Ba

    Hey ushaali. Look and alya gulhuvafaves kudakoh romance jahsafa igey vahaka ninmaany. Thy lived happily ever after jahafa ninmaanyky nun okay. Emyhunge romance and fun enme balan beynumy. Not shaim and ughhh ???

  27. Xaan

    So sad:'( enmefahuvaguthu

  28. Reader

    Ushaaleee… no…
    Dhn emme fahun e shaim gandu gadha kamun…cheeeeee… no no no..
    ????

  29. naaya

    Karuga hifeetha. Hehe. Nice

  30. Reader

    Dhnnnnn….
    Look ge hagge keyy eii…
    Alhe dhn ehnvmr story kiyaa hitheh vx nehh..
    Mioh hurihaa dhuhu heekuree look ah kamah libeyyni.. but… that shaimm.. i hate him
    .

  31. Flower

    Ushaaalyyy next part miadhu kiyan v v v v beynun plxxx miadhu up kohdhehcheyyyy

  32. 我

    Kon look ge haggeh… ae shaim ge anhenun..ae shaim ge haggeh not look ge… but shaim e haggu hoadhi koh huthury

Comments are closed.