ހިތް އެކީ ދެވިއްޖޭ..44
ފަތުހީ ފުންނޭވައެއްފަޒާގެ ތެރެއަށް ދޫކޮށްލީ އޭނާ އަށް ވަކި ކުރާނެކަމެއް ނޭނގުނީމައެވެ.. “މީހުން ކީކޭ ކިޔާނީ.. އަނެއްކާ ހަސްނާގެ އާއިލާމީހުން ތިބޭނެ.. ރައްޓެހިން……” ފަތުހީ އެހެން ބުނެފައި ހުއްޓާލީ ކިއާރާ ތުންދަމާލުމުންނެވެ. އެވަގުތު އޭނާ ކައިރިއަށް އައީ ހިންޏެވެ. ކިއާރާ އަނބުރައި އައިއްސިކަމާއި އޭނާގެ ދަރިފުޅު މިހާރު އެ އުޅެނީ އުފަލުގައި ކަން އިނގި އޭނާ އަށް އަނެއްކާވެސް މާތް ﷲ އަށް ހަމްދުކުރެވުނެވެ. “ޑޭޑް ތީ ހަމަ ޑަމްބޯއެއް.. އަޅުގަނޑަށް ވިސްނައިދޭނެ މީހުން ކިޔައިއެއްޗަކަށް ނުވިސްނާށޭ… އެކަމް ތިހުރީ ޑޭޑް ގެ ވިސްނުން ހުންނަ ގޮތް؟ އެހެންނޫނަސް ދައްތަ މި ދުނިޔެއަކު ނެތް.. އެ ދުވަހުން ފަށައިގެން ޑޭޑް ތީ މިނިވަނެއް… އެމީހުންނާއި ޑޭޑް ގެ އޮތް އާއިލީ ގުޅުންވެސް ކެނޑުނު… އެމީހުންނަކަށް އެއްޗެއް ނުވެސް ބުނެވޭނެ ޑޭޑް އާ ލައިފް އެއް ފެށިޔަސް… އެމީހުންވެސް ގަބޫލުކުރާނެ ދޯ އެކަންތަށް… ޑޭޑް ގެ ލައިފް ގައި އެއްޗެއް މަދުކަން…. ޑޭޑް! ދައްތަ ގެ އާއިލާއާއި އަޅުގަނޑުވެސް ބައްދަލުކުރީމެއްނޫންތަ.. އެމީހުންވެސް ކިހާ ލޯބިން ވާހަކަދެއްކީ.. ޑޭޑްގެ އާއިލާއެއް ނެތަސް ބުންޏެއްނު ދައްތަ އާއިލާއަކީ އަބަދުވެސް ޑޭޑްގެ އާއިލާއެކޭ… އެހެންމަ އެމީހުން ކީއްވެ ޑޭޑް އާ ލައިފް އެއް ފަށަން އުޅުނީމަ މައްސަލައަކަށް ހަދައިގެން އުޅެންވީ…ޑޭޑް… ޔޫ ނީޑް އަ ވައިފް.. އެން އެހެންނޫނަސް އަޅުގަނޑު މިހުރީ ތައްޔާރަށް މަލިކާ ދައްތައަށް މަންމަ ކިޔަން…” ކިއާރާ ފޮނިވެލާފައި އެހެން ބުނެލުމުން ފަތުހީ ހޭންފެށިއެވެ.
” މިއަދު މަލިކާއާއި ވާހަކަދެއްކީމަވެސް… ވަރަށް ދެރަވެފައި ހުރީ….. ބައްޕަ ބޭނުން ހަސްނާގެ އާއިލާއާއި ވާހަކަދައްކާލަން.. އެމީހުންނާއި މިހާރު އެއްވެސް ގުޅުމެއްނެތަސް… ބައްޕަ ހަނދާނެއް ނުނެތޭ އެމީހުންގެ ހެޔޮކަމެއް…..” ފަތުހީ އެހެން ބުނުމުން ކިއާރާ އުފަލުން ފަތުހީގެ ގައިގާ ބައްދާލިއެވެ. “ޑޭޑް…. ޔެސް އޭ ދޯ ތިބުނީ…” ކިއަރާ އެހެން ހުރެފައި ބުނެލުމުން ފަތުހީ ހީލާފާ އާއެކޭ ބުންޏެވެ. ކިއާރާ ހަޅޭލަވައިގަތީ އުފަލުންނެވެ. “ޑޭޑް… އަސްލުވެސް އޭރުން… އޯ ގޯޑް….” ކިއާރާ އަށް އިތުރަށް ފުރިހަމަ ކުރާނެ ގޮތެއްވެސް ނޭނގުނެވެ. ފަތުހީ ކިއާރާ އުޅޭގޮތުން ހިނިއައެވެ. “ޑޭޑް މަލިކާ ދައްތައަށް ގުޅާފަ ބުނޭ އަވަހަށް….” ކިއާރާ އެހެން ބުނުމުން ފަތުހީ ފޯނު ނެެގިއެވެ.. އަދި ވައިބާ ހުޅުވާލުމަށްފަހު މަލިކާއަށް ގުޅިއެވެ. “އަޅުގަނޑު ބޭނުން ވާހަކަދައްކާލަން..” ކިއާރާ އެހެން ބުނުމުން ފަތުހީ އޭނާއަށް ފޯނު ދިނެވެ..
މަލިކާ ފޯނު ނެގިއިރުވެސް ހުރީ ހައިރާންވެފައިކަން ކިއާރާއަށް އިނގެއެވެ. އެއި ފަތުހީ އިސްނަގައިގެން ގުޅީމައެވެ. “މަލިކާ ދައްތާ…..! އަޅުގަނޑު މިއަދު ވަރަށް އުފާވެފައި މިހުރީ… އައި މިސް ޔޫ އަލޮޓް…” ކިއާރާ ފުރަތަމަވެސް ބުނެލީ އެހެންނެވެ. އެކޮޅުން އުފާވީ ކޮންކަމާހޭ އަހާލުމުން ކިއާރާ ހޭންފެށިއެވެ. “އަޅުގަނޑުގެ ފެމިލީ ފުރިހަމަ ވަނީ… އަޅުގަނޑަށް މަންމައެއް ލިބެން އުޅޭތީވެ… ދެން އިތުރު ތަފްސީލް ޑޭޑް….” ކިއާރާ އެހެން ބުނެފައި ފަތުހީއަށް ފޯނު ދިއްކޮށްލީ މަލިކާ ދައްކާ ވާހަކަ އަޑުވެސް ނާހައެވެ. “ޑޭޑް ގުޑް ލަކް.. އެން ބައި ގުޑް ނައިޓް… މިތާ މާ ގިނައިރު ނުހުންނައްޗޭ ފިނި ވާނެ…. ދޭ ކޮޓަރިއަށް..” ކިއާރާ ދޮރު މައްޗަށް އަރާފައި އެހެން ބުންޏެވެ..
“އޯކޭ ބައްޕަގެ މަންމާ…. ދާނަން އިރުކޮޅަކުން.. ބަސްއަހައިގެން ނިދަންދޭ..” ފަތުހީ އެހެން ބުނެލީ ފޯނު ދުރަށްލާފައި ހިނިތުންވުމަކާއި އެކުގައެވެ. ކިއާރާ ވެސް ހެމުން ފޭބިއެވެ. އޭނާ ދުޢާ ކުރަމުން ދިޔައީ ލޯބިވާ ބައްޕަ ފަތުހީގެ ދިރިއުޅުން ފުރިހަމަވުމަށެވެ. ފަތުހީގެ ދިރިއުޅުމުގައި އެ އިން އުނި ތަންކޮޅު ބައްދާލުމަށެވެ. އޭނާ އައިސް ކޮޓަރިއަށް ވަނުމާއި އެކު ސިފަވީ އަޔާންއެވެ. ހިނިތުންވުމަކާއި އެކު އައިސް އެނދުގައި އޮށޯތެވެ. ނަމަވެސް އެ ހިނިތުންވުން ފަނޑުވާކަށް މާ ގިނައިރެއް ނުނަގައެވެ. އުފަލުން ހުއްޓެއްކަމަކު އަދިވެސް އެ މަންމަގެ ވާހަކަތަށް އޭނާ ހަނދާނެއްނުނެތެވެ. ހިތުން އެ ބިރެއް ފިލައިގެންނެއް ނުދެއެވެ. މަންމަ އޭނާ ހޯދާނެއެވެ. ނަމްބަރު ބަދަލުކުރިއެއްކަމަކު އޭނާ ޔަޤީނުންވެސް ހޯދާނެއެވެ. ކިއާރާ އެނދުން ތެދުވެލުމަށްފަހު ނިދާ ޓީޝާޓަކާއި ސޯޓެއް ހިފައިގެން ފާހަނައަށް ވަނެވެ އަދި ފެންވަރާލައިގެން އައިސް އެނދުމަތީ އޮށޯތް އިރު އޭނާ ނިދި އައިސްގެން ހަލާކުވެއެވެ. މާދަމާ އޮފީހަށްވެސް ދާންޖެހޭނެތާއެވެ. އެކަމް ސައީދާ ގެ ކުރިމައްޗަށް އެރިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟
ކިއާރަ އެ ވިސްނުމުގައި އޮއްވާ ފޯނު ރިންގްވިއެވެ. އޭނާ ފުރަތަމަވެސް ގަތީބިރެވެ. ނަމަވެސް ފޯނު ބަލާލުމާއި އެކު ފެނުނީ އަޔާންގެ ނަމްބަރެވެ. އަޔާން ދިޔައީ އޭނާގެ ނަމްބަރު ކިއާރާގެ ފޯނުގައި ސޭވްކޮށްފައެވެ. ކިއާރާ އެނދުގައި ހަމަޖެހިލާފައި ފޯނު ނެގިއެވެ.
“ނުނިދަންތަ؟ މިހާރު 30 12 ވަނީނު….. ހީކުރީ ނިދާފަ ކަމަށް އޮންނާނީ..” އަޔާން ގެ އަޑުޖެހުމާއި އެކު ކިއާރާ ގެ ތުންފަތްމަައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ބިރު ކެނޑިގެންދިޔަފަދައެވެ.. “ނިދަން މިއޮތީ.. އަޔާން އިނގޭތަ….. ޑޭޑް އަށް ވިސްނައިދީފިން.. އެން ޑޭޑް ސެއިޑް ޔެސް..” ކިއާރާ އުފާވެލާފައި އެހެން ބުނުމުން އަޔާން ވެސް ފެށީ ހޭށެވެ.. “އެހެންވީމަ ދެ ކައިވެނި އެއް ދުވަހަކުން ދޯ.. އެކަމް އެ ކޮންދުވަހަކުންނޯ ދެ ކައިވެނި އޮންނާނީ..” އަޔާން ލާނެއްފާޑަކަށް އެހެން ބުނެލުމުން ކިއާރާ ލަދުގަތެވެ. “ބޭބީ ޑޯލް އިނގޭތަ މިއަދު މިވާހާ އުފާ ދުވަހަކުވެސް ނުވޭ.. ތެންކިޔު…” އަޔާން ބުންޏެވެ. “މީ ޓޫ…” ނިދިއަޑަކުން ކިއާރާ ބުނީ އިތުރަށް އެ އުފާ ބަޔާންކުރަން ހަދައިފިނަމަ އޭނާގެ ނިދިފިލާނެކަން އިނގޭތީއެވެ. އެރޭ ކިއާރާއަށް ނިދުނީވެސް އަޔާންއާއި ވާހަކަދައްކަން އޮއްވައެވެ. ކިއާރާ ނިދުމުންވެސް އަޔާން ފޯނު ކަނޑައިނުލާ އެތަށް އިރަކު އިނެވެ. “އައި ލަވް ޔޫ އެންޖަލް….. އަމް ލަކީ ޓު ހޭވް ޔޫ..” އަޔާން އެހެން ބުނެފައި ފޯނު ކަނޑާލީ ހިނިތުންވެލާފައެވެ. އެއަށްފަހު އޭނާ ވެސް ނިދަން އުޅުނެވެ.
…..
ކިއާރާއަށް ހޭލެވުނީ އޮފީހައަށް ދާން އެލާރމްކޮށްފައި އިން ގަޑިއަށް އެލާރމްވުމުންނެވެ. ސިހިފައި އޭނާ ތެދުވިއެވެ. އަދި ފޯނު ނަގާ ބަލައިލުމަށްފަހު ފާހަނައަށް ވަންނަން ހިނގައިގަތެވެ. ފިނި ފެންތިކިތަކާއި އެކު ކިއާރާ ގެ ނިދި ފިލައިގެން ދިޔައެވެ. އޭނާ ތައްޔާރުވާން ނުހަދާ ފުރަތަމަވެސް ހެނދުނު ލާ ހެދުން ތަކު ތެރެއިން ހެދުމެއް ލައިގެން ފަތުހީ ކައިރިއަށް ދިޔައީ އޭނާ އޮފީހަށް ދާންވީތޯ ނޫނީ ނުދާންވީތޯ ބަލަންވެގެންނެވެ. ޒާއިން ކައިރި އަހަން ގުޅުމުންވެސް އޭނާ ފޯނެއް ނުނަގައެވެ. ކިއާރާ އައިސް ފަތުހީ ކޮޓަރީގައި ޓަކި ޖަހާލުމުން ފަތުހީ އެތެރެއަށް އައުމަށް ހުއްދަދިނެވެ.. ކިއާރާ ވަތްއިރު ފަތުހީ ހުރީ ތައްޔާރުވާށެވެ. އޭނާ ހުރީ ލޯގަނޑަށް ބަލަހައްޓައިގެން ޓައި އަޅުވާށެވެ. “ޑޭޑް… އަޅުގަނޑު ދާނެތަ؟” ކިއާރާ އެހިއެވެ. ފަތުހީ ކިއާރާއާއި ދިމާލަށް ބަލައިލިއެވެ. ” ހިނގާ… ކިއާ ނުޖެހޭނެ އޭނާ ދެކެ ބިރުން އުޅޭކަށެއް.. އެކަން އޭނާވެސް ޖެހޭނެ ދަންނަން.. ޔޫ އަރ މައި ބްރޭވް ގާލް އެއްނު.. ބައްޕަ ބުނަން ދޯ ކުރިންވެސް… ބިރުގަންނަ ހިނދަކު ކުރިމަތީ ހުންނަ މީހާއަށް އެ ލިބެނީ ބާރެކޭ…. ބައްޕަ ދަރިފުޅަށް ބިރުގަންނަން ދަސްކޮށްދިނެއްކަމަކު ދަސްކޮށްދިނީކީ އެކަހަލަ މުޑުދާރު މީހުންދެކެ ގަންނާކަށް ނޫން… ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެއަށް ބިރުވެތިވުމަށް….. އެހެންނު… ސޯ ދޭ ރެޑީ ވާން..” ފަތުހީ ބުންޏެވެ.
“ބައިދަވޭ ރޭގައި ކިހިނެއްވީ؟” ކިއާރާ ބުމަ ހިއްލާލަމުން އެހެން އެހިއެވެ. ފަތުހީ ފެށީ ހޭށެވެ. “ޑޭޑް…. އައި ނޯ ވަޓް ހެޕަންޑް… މަލިކާ ދައްތަ ހެޕީ ވިތަ؟” ކިއާރާ އަހާލުމުން ފަތުހީ އާއެކޭ ބުންޏެވެ. ކިއާރާ “ޔޭ” އޭ ކިޔާފައި އައިސް ފަތުހީ ގައިގާ ބައްދާލިއެވެ. ފަތުހީ ކިއާރާ ދުރަށްލީ ތައްޔާރުވާންދާށޭ ކިޔާފައެވެ.
ކިއާރާ ކޮޓަރިއަށް ވަތްއިރު ފޯނު ރިންގްވަނީއެވެ. އޭނާ އަވަހަށް އައިސް ފޯނު ބަލާލިއިރު އެއީ ޒާއިންއެވެ. ކިއާރާ ފޯނު ނެގުމަށްފަހު ގުޅި ސަބަބު ބުނެފައި ފަތުހީ ދެންމެ ދެއްކި ވާހަކަވެސް މެއެވެ. “އޯކޭ.. އާދޭ އަވަހަށް..” ޒާއިން ބުންޏެވެ.. ކިއާރާ އަވަސް އަވަހަށް ތައްޔާރުވަމުންދިޔައެވެ. އޭނާ ފޯނާއި ދަބަސް ހިފައިގެން ނިކުންނަނިކޮށް އަނެއްކާވެސް ކޯލެއް އައެވެ. އެއީ އަޔާންގެއެވެ. ކިއާރާ ފޯނު ނަގާ އޮފީހަށް ދާވާހަކަ ބުންޏެވެ. އަދި ބައްދަލުވާނެ ވާހަކަވެސް ބުނެ ކަނޑާލީ ސައިބޯން އަރަންވެގެންނެވެ.
ދާދި އެއްވަރަކަށް ހިނގާލާފައި ކިއާރާ އާއި ފަތުހީ ކާރަށް އެރިއެވެ. ކިއާރާ އިނީ ކާރުދުއްވަންވެގެންނެވެ.
…..
ކާރުޕާކުގައި ކާރު ޕާކްކުރުމަށްފަހު ކިއާރާ ފުރަތަމަވެސް މަގުމައްޗަށް ބަލައިލިއެވެ. ސައީދާ ހުރެދާނެތީއެވެ. ނަމަވެސް އެކަކުވެސް އަދި ފެންނާކަށް ނެތެވެ. ކިއާރާ މަޑުމަޑުން ކާރުން ފޭބުމަށްފަހު ފަތުހީއާއި އެކު ހިނގައިގަތެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އަޔާންގެ ކާރު ޕާކްކޮށްފައި އޮތްތަނެވެ. ހިނިތުންވެވުނީ އެ އަޔާން އަކީ މިހާރު ކިއާރަގެ މީހެއްކަން އިނގުމުންނެވެ.
އޮފީސް ދޮރުމައްޗަށް އަރާފައިވެސް ކިއާރާ ފަސްއެނބުރި ބަލާލިއެވެ. އެވަގުތު ލޮލުގައި އަޅައިގަތީ މި ދުވަސްކޮޅު އަބަދުވެސް ބުލޫސް އާއި އެއްފަޅިއަށް އޮތް ހިޔާގަނޑެއްގައި ގުރޫޕް ހަދާލާފައި ތިބޭ ޕާޓޭ މީހުންނެވެ. އެމީހުން ފެނި ކިއާރާ ފޫހިވިއެވެ..
އާދައިގެ މަތިން ކިއާރާ އޭނާގެ މަސައްކަތާއިގެން އުޅުނެވެ. އެންމެންނަށްވެސް ކިއާރާ އަށް އައިސްފައިވާ ބަދަލުފާހަގަކުރެވުނެވެ. ކިއާރާ އަށް ބްރޭކް ލިބުމާއި އެކު ޒާއިން އާއި އެކު ކެންޓީންއަށް ދިޔައެވެ. އޭނާ ސަމާހްއަށް ގުޅަން އުޅުނެވެ. “ކިޓީ… ސޭމް ވަރަށް ބިޒީ ކޮށް އުޅެނީ.. އޭނާ އަންނާނެ މަންތެއް ފަހުން އޭރުން ވާހަކަދެއްކީމަ ރަނގަޅުވާނީ އިނގޭ…” ސަމާހް ބުނެލުމުން ކިއާރާ ބޯޖަހާލިއެވެ. ކޮންމެ ގޮތެއްވިޔަސް ސަމާހް އަކީ ރަނގަޅު ހެޔޮ ލަފާ ކުއްޖެކެވެ. އެންމެ ފުރަތަމަ ކިއާރާދެކެ އެހާބޮޑަށް ލޯބިވި ލޯބިހުށައެޅި ކުއްޖާއެވެ. ސަމާހް އަކީ އެ ދިރިއުޅުމުގައި ވަރަށް ހާއްސަ މީހެކެވެ. .
…….
އެއްދުވަހެވެ.. އޮފީސް ނިންމާފައި ކިއާރާ އަޔާން ކައިރިއަށް ދިޔައެވެ. އޭރު ފަތުހީ އިނީ އޮފީހުގައި ބޮޑު ކަމެއްގައި ޖެހިފައެވެ. ކިއާރާ ކައިރި ޒާއިންއާއި އެކު ދާށޭ ބުނިއެއްކަމަކު ޒާއިން ފޮނުވާލާފައި ކިއާރާ އައީ އަޔާން ކައިރިއަށެވެ. މަގުމައްޗަށް ނިކުމެފައިވެސް ކިއާރާއަށް ބަލާލެވުނީ ސައީދާ ހުރިތޯއެވެ. ނަސީބަކުން ނެތެވެ.
ކިއާރާ އަޔާން ގެ އޮފީސް ކައިރިއަށް އާއިރު އަނާން ވެސް އުޅެއެވެ. “ދޮންތީ..!” ކިއާރާ ފެނިފައި އަނާން އައި ގޮތަށް އައިސް ބައްދާލިއެވެ. “ޓިއުޝަނަށް ދާންތަ ތިއުޅެނީ؟” ކިއާރާ އަހާލުމުން އަނާން އާއެކޭ ބުންޏެވެ. “އަނާ ވާހަކައެއް ބުނަންތަ؟ އެކަކު ކައިރި އަދި ނުބުނައްޗޭ…” އަޔާން އާއި ކިއާރާ އަދި އަނާން އެއްކޮށް ހިނގައިފައި ދިޔައީ ކާރުޕާކަށެވެ. އަނާން ބޯޖަހާލިއެވެ. އަނާންއަށްވެސް ކިއާރާ އަދި އަޔާންގެ ގުޅުމަށް ބަދަލެއް އައިކަން ފާހަގަވިއެވެ. މީ އެހެންޏާ ފެނުނު މަންޒަރަކަށްނުވީމައެވެ. “ދުވަސްކޮޅަކުން އޯރ ދެން ކޮންމެވެސް ދުވަހަކުން އިން ޝާ ﷲ ދޮންތިއަކަށް ނުވާނޭ.. ދޯ..” އަޔާން އެހެން ބުނުމުން އަނާން އަށް ނުވިސްނުނެވެ. “ކުޑޭ ތި ބުނީ ކީކޭ؟” އަނާން އަށް އެ ބުނި އެއްޗެއް ނޭނގުމުން އެހިއެވެ.. “އަދި މީހެއް ކައިރި ނުބުނާމަތިން… ކުޑޭ ބޭނުމީ އެންމެން ކައިރި ކުޑޭ ބުނަން އެހެންވެ…” އަޔާން ބުނެލުމުން އަނާން ހޫމްމް އޭ ބުންޏެވެ.. ކިއާރާ ހުރީ ލަދުގަނެފައެވެ. “ދޮންތިގެ ބަދަލަށް ކުޑޭއްތަ ކިޔަންޖެހޭނީ ދެން ކޮންމެވެސް ދުވަހަކުން…” އަޔާން ބުނެލީ ކިއާރާ އާއި ދިމާ ބަލައިލާފައެވެ. އަނާން ދެލޯ ބޮޑުކޮށްލާފައި ދެމީހުންނަށް ނަޒަރު ހިންގާލިއެވެ.
“ޔޫ މީން….. އޯ މައި ގޯޑް….. ކުޑޭ ތި ކުރީ ކުޑޭ އަށް ފައިދާ ހުރި ކަމެއް ނޫން ކޮޒް އަނާ އަށް ހުރިހާ ފައިދާއެއް.. މައި ލަވްލީ ދޮންތި އެ ލިބުނީ މުޅި އުމުރަށް އެއް ގެއަކު އުޅެން…” އަނާން ބުނެލީ ހޭންފަށާފައެވެ. “އެހެނެއްނުވާނެ… އަނާން އާއި އެކު އެއް ގެއެއްގައި ކުޑޭ އާއި އެކު އެއް ކޮޓަރިއެކޭ..” އަޔާން ލާނެއްފާޑަކަށް އެހެން ބުނުމުން ކިއާރާ “ދެންން” އޭ ކިޔާފައި އަޔާން ގައިގާ ޖެހިއެވެ. އަނާން ހޭންފެށިއެވެ.
“އަދި މިތާ އުޅޭނެ ފާޑެއްގެ ގުރޫޕް ގަނޑެއް މިހާރު ދޯ ދޮންންންންތީ….. އުޕްސް ކުޑޭއްތާ..” އަނާން ޖެއްސުންކުރިއެވެ. ކިއާރާ ތުންފަތުގައި ދަތްއަޅާލިއެވެ. “ކުޑޭއްތަ” އޭ ބުނުމުން ހިތަށްލިބެނީ ހަމަޖެހުމެކެވެ. “ހުމްމް… ވަރަށް އުނދަގޫ ބޮޑު ބައެއް…. އެއް ދުވަހު އައިސް އަތުގަ ހިފެހެއްޓީމަ މޫނުމަތީ ޖެހީ… ޖަހާފަ އެއްޗެހި ކިޔާފަ އައީ… އޭގެ ފަހުންވެސް ހަމަ އުނދަގޫ ކުރަނީ… އެކަމް އަޅައެއްނުލަން..” ކިއާރާ ބުނެލީ އެތަނުން ކުއްޖަކު ފެނިފައި ފޫހި ގޮތަކަށް އިސްޖަހާލަމުންނެވެ. އަޔާން އެ ފިރިހެންކުއްޖާއާއި ދިމާ ބަލަން ހުރެފައި ގޯޅި އަޅާލީ ކާރ ޕާކަށް ދާށެވެ. “އަނާ ލާފަ ގެއަށް ލައިދިނަސް އޯކޭތަ؟ ލަސްވާނެތަ؟” އަޔާން ކާރަށް އަރާލުމަށްފަހު އެހިއެވެ.. “އަނާ ލާފަ ދިޔަސް އޯކޭވާނެ..” ކިއާރާ އެހެން ބުނެފައި ފަހަތު ސީޓްގައި ހަމަޖެހުނެވެ.. އަނާންވެސް އެރީ ފަހަތު ސީޓަށެވެ. އެއަށްފަހު ކިހިނެއް ވީ ގޮތެއް ތޯ އޮޅުންފިލުވަންފެށިއެވެ. “އެ ހަމަ ދިމާވީ ދޯ އަޔާން…” ކިއާރާ އެހެން ބުންޏެވެ. “އަނާ ހަނދާންހުރޭތަ މީގެ 7 އިޔާސް ކުރީގެ ދުވަސްތަށް؟” ކިއާރާ އެހިއެވެ. އަނާން ދެބުމަ ގޮށްޖަހާލާފައި ހަނދާންކުރަން ފެށުމުން އަޔާން ހޭންފެށިއެވެ. “އޭނާ ނުހުރެ ހަނދާނެއް… 3 މަސް ވަންދެން ކަންނޭނގެ އުޅުނީ ނުފެނިގެން… ވާހަކަ ވެސް ނުދެއްކޭތީވެ.. އެއަށްފަހަކު ނޫޅެ..” އަޔާން ބުނެލީ ކާރު ނެރެލަމުންނެވެ.
އަނާން އަށް ހަނދާންނުވުމުން ކިއާރާ އާއި އަނާންގެ ފުރަތަމަ ބައްދަލުވުމުގެ ވާހަކަ އަނާންއަށް ކިޔައިދިނެވެ. ނަމަވެސް ނަން އޮޅުވާލި ވާހަކައެއް ނުބުނެއެވެ. “ޔޫ މީން.. ކުޑޭ ފެނުނު އިރު ދޮންތި ތީ ސުޓޫޑެންޓެކޭ…! އޯ މައި ގޯޑް.. އެހެންވީމަ އެބަ ހުރި އެއްނު 7 އިޔާސް ޑިފެރެންޓް.. އެކަމް ބުނަން ހިއެއްނުވޭ އެހާ ތަފާތު ހުރިހެންނެއް.. ކުޑޭވެސް އަނެއްހެން މުސްކުޅިއެއްނުވޭ ވިއްޔަ އަދިވެސް ހީވަނީ 25 ހެން.. ދެމީހުން ވަރަށް ގުޅޭ އިނގޭ..” އަނާން އެހެން ބުނެލުމުން އަޔާން އަދި ކިއާރާ ހޭންފެށިއެވެ. “ކުޑޭ މުސްކުޅިތަ އަނާ؟” އަޔާން އެހީ ލާނެއްފާޑަކަށް ހިނިއައިއްސައެވެ. “ހުމްމް.. ހަހަ… ދޮންތި އާއި އަނާ ދިމާވީ އަނާގެ އުމުރުން 7 އަހަރު… ކުރިންވެސް އަދި ދޮންތި އޭ ކީ ތިބުނީ.. އޯ މައި ގޯޑް… އަނާ އަށް ފީލްވޭ އިނގޭތަ ކުރިންވެސް ވަރަށް ދަނެއޭ އެކަމް އެގޮތަށް ވަކި ބުނާކަށް ނޭނގުނު…” އަނާން ހީވަނީ އުފަލުން އެހެން ކަމެއްވެގެން އުޅޭހެންނެވެ. އަނގަ ހުއްޓައިނުލައެވެ. އޭނާ އުފާވީ ކިއާރާ ފަހަރިއެއްގޮތުގައި ލިބެން އުޅޭތީއެވެ.
“ތިގޮތަށް ވަންޏާ އައި ތިންކް އަނާގެ ވެސް ފިއުޗަރ އޮތީ ހެންޑްސަމް ޓީޗަރެއް އަތުގައި ކަންނޭނގެ..” އަނާން އެހެން ބުނެލުމުން ކިއާރާ ދެލޯ ބޮޑުކޮށްލިއެވެ. އަޔާންފެށީ ހޭށެވެ. “ދެން މާ އަނގަ ގަދަ ނުކޮށް ދޭ… އެން ހަނދާންކުރައްޗޭ ޕްރޮމިސް… އިނގޭ އަނާ…” އަޔާން އެހެން ބުނެލީ އަނާން ފައިބަން ހެދުމުންނެވެ. އަނާން ބޯ ޖަހާލުމަށްފަހު ހަނާ އަޅާލުމުން އަޔާން ކާރު ދުއްވާލިއެވެ. “މަމް ކިހިނެއްތަ އަޔާން؟ މިދުވަސްކޮޅު ނުވެސް ވާހަކަދެއްކޭ ރަނގަޅަށް..” ކިއާރާ އެހިއެވެ. “މިރޭ އަންނަންވީނު ގެއަށް… ކުރިން އައީ މަންމަގެ އެދުމަށް.. ފްރެންޑެއްގެ ގޮތަށް.. މިރޭ އަންނާނީ އެގޭ ހަގު ފިރިހެން ދަރިފުޅުގެ ވާން އުޅޭ އަނބިމީހާއަށް ވެގެން..”އަޔާން ބުންޏެވެ.
“އަޔާން ވާހަކައެއް ބުނަން؟” ކިއާރާ ލޮލުގައި އަޅައިގަތް ޝާހީނާގެ ފޮޓޯ ފެނިފައި އޭގެ ވާހަކަ އަހަން އުޅުނެވެ. އަދިވެސް އަޔާންގެ ކާރުގައި ޝާހީނާ ފޮޓޯއެބައިނެވެ. “ކީއްވީ އަސްލު ޝާހީނާ….؟ އެން ކީއްވެ އޭނާ ފޮޓޯ އަދިވެސް އިންނަނީ؟” ކިއާރާ އަހާލީ ދެރަވެލާފައެވެ. އަޔާން ފުންނޭވައެއް ދޫކޮށްލިއެވެ. “ޝާހީނާ ދޯ… މަންމަ ކައިރި ވަރަށް ކިއަން ޝާހީނާ ހިއެއްނުވެޔޭ ލޯބިވާހެންނެއް…. އެކަމް އެހެން ބުނަނީ ދެން އެހާ ސީރިއަސްކޮންނެއްނޫން.. އެކަމް އެކަން ހަޤީޤަތަކަށް ވީ ތާ ދޯ…. ޝާހީނާ މިހާރު ވެސް އުޅެނީ މާލޭގަ.. އަޑު އެހިން އަނެއްކާވެސް ކައިވެނިއެއް ކޮށްގެން ރޫޅުނު ވާހަކަ….. ވަރަށް ގިނައިން ދިމައިވެސް ވޭ… އެކަމް އަނެއްހެން އަޅައެއްނުލަން.. އޭނާ ގުޅެނީ ލޯތްބަކުންނެއްނޫން.. ފައިސާއަށް…. އެން ކައިވެނީގެ ބޭރުންވެސް އޭނާ ގުޅުން ހިންގާ.. ދެން މި ފޮޓޯ އިންނަނީ ކީއްވެހޭ ދޯ…. އަސްލު މި ފޮޓޯ ބައިންދަނީ އަމިއްލަ ނަފްސަށް އިހްސާސްކުރުވަން އެހެންމީހަކަށް ޓްރަސްޓްކުރުމަކީ ކޮންކަހަލަ ކަމެއްކަން.. ލެސަންއެއް ގޮތަށް…. ލައިކް އިތުރަށް އެ ކަތި ފިޔަވަޅު ނާޅާން ވެގެން… އޭގެ ނަތީޖާ ހަނދާންކުރުވަން.. އެކަމް މިހާރު މި ފޮޓޯ ގަނޑު ނަގަންވީ ދުވަސްކަންނޭނގެ މީ…” އަޔާން އެހެން ބުނެފައި ފޮޓޯގަނޑު ނެގިއެވެ. އަދި އޭތި ކިއާރާ ގެއަށް ވަދެފައި އަމިއްލަ އަތުން ޑަސްޓްބިންއަށް ލާށޭ އަޔާން ބުނެލިއެވެ. “ދެން ލާނީ މައި ލޯބި ލޯބި ޑޯލްގެ ފޮޓޮއެއް… އޭރުން އެ ފެންނަ ކޮންމެ ފަހަރަކު އިހްސާސްވާނެ ލޮތްބަކީ ކޮބައިކަން… ރީތި ކުދިންނަކީ ކޮބައިކަން….” އަޔާން އެހެން ބުނެލުމުން ކިއާރާ ހޭންފެށިއެވެ.
އަޔާން އެހެން އިނދެ ކިއާރާއަށް މާޒީގެ އެކި ވާހަކަތަށް ކިޔައިދިނެވެ. ޝާހީނާ އާއި ދިމާވިގޮތާއި ޖެހުނު މައްސަލަތަށްވެސް މެއެވެ. އޭގެ ފަހުން އާލިޔާގެ ހަނދާންތަށް އޭނާއަށް އުނދަގޫ ކުރާވަރުވެސް މެއެވެ. ވާ ގޮތެއް ނޭނގުނަސް އޭރުވެސް އެ ހިތުގައި އޮތީ ޝާހީނާއެވެ. އެކަން ބަދަލުކޮށްލީ ކިއާރާއެވެ. އެ ލޮތްބެވެ.
……..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
64 Comments!
Comments are closed.






Good morning! Oh time to change the pic dhw ayaan r eku in pic eh laanvy dhn 😛 Btw mirey 47 vana part up kuraairun or may b tomorrow morning ga i will tell the total parts.! Miadhu vrh busy v ma i cant edit the parts so will do it tonight in sha Allah or vagutheh v irun 😉 tc ily guys.
☺???????
Me first
Varah reethi
V reethi.. hama best
Nice
Ryn ur the best good luck and waiting for next part
Nice ??
42 up kohffa 44 up thikuree koba 43 up eh nukurantha.
hey 43 ebain last night ga up kohfa in part eh aeee.. just recheck the page….
oh god. So good. Engeytha abaduves hie vani saeedha aisgen ulheyhen.
v salhi stry
Wowwww….?? Masha allah
Beautiful
thedheh thibuny…heevany saeedha annany hen abadhvx kiara ah vure kiyuntheringe hithuga biru bodu?
True.. ????
Vvvv nice masha Allah …… waiting for the next part
???????
Nice ingey mi part vs abadhu vs up veytho bala balaa mi innany waiting for the next part n thanks ryn
V reethi keep it up igey
nice☺
ryn kwlhaa vaahaka vvvvv habeys ingey.. dhon handi hama hairaan vejje.. alhe dhogehtha mee handians? ?????
TRUE
V rythi vaahaka eb miee. Kalhu handi ah ves mi vaahaka v rythi
assuvx hama mivaahaka reehchey reechey dhw
Vaahaka hama superb..
Kobaa kiaa mn?? Saeedhaa bxy with her deal??
Xian b xy with his massaikaii??
Kiaa b xy with ayaan??
Fathuhee b xy with malakaa??
**guys cum bck here soooon**
HAHAHAHAHAHAHA ( vvv biruveri gothakah mi henee inge )
aharunnn hurihaa handinn vegen emeehun kaalaifeeeemooooo..?????????
Hehehe?
bandu haivegen kaaaly dhw….Dhon handi
When is nxt part? Cnt wait….dhen innaanee last part tha? Ryn pls dnt end the story?
lahbba eyy ran handi kwlhaa
Hurihaa enmen dhiruvaalaifin
Eyh HANDITHAKAA!!!! we have a PLAN……
if so tell us?
Ryyyyyyyn mireyyyyy 3 partsssss thrrrrrrrrrrr??????? 47????????
Ryyyyyyyn mireyyyyy 3 epssss thrrrrrrrrrrr??????? 47????????
tell me….
ehen v ma mirey 2 parts ey.. ryynnn mihaaru kiyaaithun bandu hai vey eba.. mivarun dhanyaa JB ves kaalevidhaane ingey???
Dhon JB kai nulahcheyy.. eyrun dhera vaany ryn ekahyakah noon.. selena and mashah ves dhera vaane..??
awwwwwwwwwwwwwwwnnnnnnnnnnnnnn… haadha loabi ey.. and sissyy mi stry is the best 1 I read in my whole life…
I have died everyday
waiting for u
darling don’t be afraid
i have loved u
for a thousand years
i’ll love u for the thousand more (christina perri)
I think dhenme liyeli song ga v goi kanneynge stry ga mi v dho sissyy.. anyways waiting for the next part.. see u soon sissyy
warh habeys..aharen kii vaahaka thakuge therein enme reethi waahaka..eh vana hama thy
V v v nice…. Haadha kiyaahiyvaa hisaabakah goasayeadw this nimany…
Masha Allah. Vaahaka v reethi. Adhi avahah up kuraathee v ufaavey. God bless u dear, keep up the work. Waiting for the upcoming parts.
Beautiful…. Ryn you’re the best…..❤❤❤❤
Kiyaa mi ulheny ey hama…. ?
Hiiii enmen… Kobaa kihinei hurihaa kudhinkolhu??
Hiiii kiyaa dhoonyyy…. Ayaan ves eba ulhemey hama
ayaan rankolhaaaaa
Labba dhoonyaaa
Alhe Ryn kobaaaaheeeyyyyyy aneh part!! Kiyaa hithun mihaaru….. ?
Koniraku tha up kuraaaaanyyyy
kythathikurany yaan….kiaa foohivgen miulheny
kiyaa kaery mihury hama
oww haadha reehchey… 🙂
Woooooow v v v reathi mi bai. Waittin 4 next part
Woooooow v v v reathi mi bai. Waittin 4 next part
awesome
excellent
perfect ? ?❤
where is 45 and 46??
avas avas avas avas
Ryn samaah ah rangalhu gotheh hadhaaba…. i think samaah n anan gulihjjeiyyaa v reethi vaanehen..
you r right
???????????
mihaaru storyge chrctrs ahvure handinthah maa hingaala ey dww?? majaa baeh thy
ehen tha Dhen kaaku Kaalan vyyyyyy????? SAEEDHA THRR.. hurihaa handi thah vegen nolhaalaa iru kihaa majaa vaane…
Nice
Koba tha story