ހިތް އެކީ ދެވިއްޖޭ….41
ކިއާރާ އަޔާން އާއި މެދު ދެކޭ ގޮތް އެވަގުތަށް ހިތުން ފިލައިގެން ދިޔަފަދައެވެ. އޭނާ އަޔާންގެއަތަށް ބާރުކޮށްލައިގެން އިނދެ ސައީދާ ދެއްކިވާހަކަ އެމީހުންނާއި ހިއްސާކުރިއެވެ.. “މަންމަ… ހޯދާނެ.. ޑޭޑް… ބުލޫސްވެސް އޭނާއަށް ހޯދުނީނު.. މިހާރު ނަމްބަރ ވެސް…ޑޭޑް…. މަންމަ ގެންދާނެ އަޅުގަނޑު…. ޑޭޑް ކައިރިންވެސް..” ކިއާރާ ބުނެލީ ފަތުހީއަށް ބަލަންހުރެފައެވެ. ފަތުހީ ވަގުތުން ކިއާރާ ހުއްޓުވިއެވެ. “އިރާދަކުރެއްވިއްޔާ އެކަކުވެސް ދަރިފުޅު ބައްޕައާއި ވަކިއެއްނުކުރެވޭނެ…..” ފަތުހީ ބުންޏެވެ. އަދި ކިއާރާގެ ބޮލުގައި ފިރުމާލަމުން ބޮސްދިނެވެ. އަޔާން އިނީ ގަނޑުއަރާފައެވެ. އޭނާ ޒާއިންއަށް ބަލައިލީ ހަދާނެގޮތެއްނޭނގުނީމައެވެ.
“ނުކެރޭނެ އެކަކަށްވެސް ކިޓީ ގެންދާކަށް….. އަހަރެމެން މީހަކާއި އެކު ނޫނީ ބޭރަށް ނުނިކުންނާތި.. އަދި ބުނަން އެކަނިން ނުވާނެ މި ގޭޓްވެސް ހުރަސްކޮށްގެން…. ދުވަސްކޮޅެއް ބޭނުންވާނެ އޭނާގެ ކަންތަށް ބަލައިލަން.. ފުލުހުންނަށް އެންގުމުގެ ކުރިން އޭނާގެ ގޭންގް ގެ މައުލޫމާތު ކަންނޭނގެ ހޯދަންވީ…..” ޒާއިން އެހެން ބުނުމުން ފަތުހީވެސް އަޔާންވެސް އެއްބަސްވިއެވެ. އޭރުވެސް އަޔާން އިނީ ކިއާރާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. “ޑޭޑް.. އަޅުގަނޑު ބޭނުމެއް ނޫން ދާކަށް.. މަންމަ ދެކެ ވަރަށް ލޯބިވިޔަސް ބޭނުމެއްނޫން…” ކިއާރާ ބުންޏެވެ. ފަތުހީ ކިއާރާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. “ދުވަހަކުވެސް ނުކެރޭނެ ގެންދާކަށް….. ނުވެސް ގެންދެވޭނެ….” ފަތުހީ ބުނެލި އިރު އެ ދެލޯ ކަރުނުން ފުރެއެވެ. އޭނާ އިނީ ވަރަށް ބިރުވެސް ގަނެފައެވެ. ކިއާރާ ދުރުވެދާނެތީއެވެ. އެހެނީ އެއީ ކިއާރާގެ އަސްލުމަންމައެވެ. އެމީހުންނަށް ކިއާރާ އޭނާއާއި ދުރުކުރަން މާކަށް އުނދަގުލެއްނުވާނެއެވެ.
ޒާއިން އެ ނަމްބަރަށް ގުޅަންފެށިއެވެ. ނަމަވެސް އެކޮޅުން ބިޒީކޮށްލަނީއެވެ. ތިން ހަތަރު ފަހަރު ގުޅުމުންވެސް ބިޒީކޮށްލުމުން ޒާއިން ކައިރިއަށް ރުޅިއައެވެ. އޭރު ކިއާރާ އެނދުމަތީ އިން އިރު ފަތުހީ އިނީ ކިއާރާ ކައިރިއެވެ. އަޔާން ޒާއިން ކައިރި ހުއްޓިލައިގެން ހުއްޓެވެ.
“އަހަރެންނަށް އިނގިއްޖެ ދާނެތަން….” ޒާއިން އެހެން ބުނެފައި ހިނގައިގަތެވެ. އޭނާއަށް ސައީދާ އުޅޭ ގެ އިނގެއެވެ. އެހެންކަމުން އެ ގެއަށް ދާން ނިންމީއެވެ. ކިއާރާއަށް އެކަން އިނގުމުން ވަގުތުން ގޮސް ޒާއިންގެ އަތުގައި ހިފެހެއްޓިއެވެ. “ނޯ ޒާން.. ޕްލީސް… އެމީހުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ.. ޒާން ޕްލީސް” ކިއާރާ ބުނެލީ އާދޭހުގެ ރާގަކަށެވެ. “ދެން ބޭނުންވަނީ މަރުވާންތަ؟؟ ނޯ ކިޓީ ޕްލީސް.. މިއަދު އޭނާ ވިއްޔާ އޭނާ އަހަރެން ވިއްޔާ އަހަރެން..” ޒާއިން އެހެން ބުނެފައި ހިނގައިގަތްނަމަވެސް ކިއާރާ ގޮސް ޒައިންގެ ކުރިމައްޗަށް އެރިއެވެ. ޒާއިން ކިއާރާ ދުރަށްލާން އުޅުމުން ކިއާރާ ޒާއިންގެ ގައިގާ ބައްދައިގަތެވެ. އޭނާ ދުރަށްވެސް ނުލެވޭނެހާ ބާރަށެވެ. “ޒާން ދަންޏާ ދާންޖެހޭނީ ކިއާ ގޮވައިގެން…” ކިއާރާ ބުނެލިއެވެ. . “ކިޓީ ލީވް މީ….” ޒާއިން ބުންޏެވެ. ކިއާރާ ނޫނެކޭ ބުންޏެވެ.. “ސީ… ތިހެން ހަދައިގެން ކޯޗެއްވާނީ ބުނެބަލަ؟ މިކަމުގެ ހައްލަކީ ހަމައެކަނި ފުލުހުންނެއް ނޫން.. އޭނާ… އޭނާ ޖެހޭނީ މަރުވާން…. އަމިއްލަ ދަރި އެހެން މީހުންގެ އެނދު ފަޅުފިލުވައިދިން އިރު…. އެވަރަށް އަނިޔާ ދޭއިރު… ކިޓީ ލީވް މީ..” ޒާއިން ކިއާރާ ދުރަށްލީ އައި ރުޅީގައެވެ. ކިއާރާ ޒާއިންގެ ފައިބުޑަށް ވެއްޓިގަތެވެ. “ނުދޭ ޒާން ޕްލީސް…….. އައި ޑޯންޓް ވަނަ ލޫސް ޔޫ… ތީ ހުރި މީހަކީ ޑޭޑް ފިޔަވާ…. … ޒާން ޕްލީސް…. ޕްލީސް……” ކިއާރާ ދެއަތް ޖޯޑުކޮށްފައި އާދޭސްކުރިއެވެ.
ޒާއިން ކިއާރާ ކޮޅަށް ނެގިއެވެ. “އައި ނޯ ބަޓް ކިޓީ…….! ސީ..! އޭނާއަށް އިނގެންޖެހޭނެ މިއަދު ކިޓީ އެކަނި ނޫންކަން.. މިއަދު އޭނާ ކިޓީއާއި ހަމާއަށް ފޯރާނީ މި ޒާއިންގެ މަރުވެފައިވާ މަސްގަނޑު ހުރަސްކޮށްފައިކަން އެން މަރުވަންދެންވެސް އޭނާ ކިޓީ އާއި ކައިރިވިޔަކަ ނުދޭނަން.. ބޭބެއެއްގެ ހައްޤެއް އެއީ ކޮއްކޮ ސަލާމަތްކޮށްދިނުން.. އަމް ޑުއިން ދެޓް..” ޒާއިން ކިއާރާއަށް ވިސްނައިދިނެވެ.. ދެންވެސް ކިއާރާ ބުނީ ނޫނެކޭއެވެ. “ވިހޭތާ މާގިނަ އަހަރެއްނުވަނިސް މަންމަ ގެއްލިއްޖެ… މަންމަ ހުއްޓަސް މަންމައެއްނޫން… އެ މަންމަގެ ޖާގަ އެއްވެސް މީހަކު ރިޕްލޭސް އެއް ނުކުރެ އަދިވެސް.. ބައްޕަ ނިޔާވީ…. ދެން ބައްޕަގެ ބަދަލަށް ބައްޕައެއް ލިބުނު…. އެކަމް ޒާން… މިފަހަރު ޒާން ގެއްލިއްޖެނަމަ… ބެސްޓް ފްރެންޑް.. މައި ބްރޯ މައި އެވްރީތިން… ކާކު ބަދަލަށް އަންނާނީ؟ ރިޕްލެސް ކުރާނީ؟ ޒާން އަށް ކަމެއްވެއްޖެއްޔާ މައި އަށް ކޮން މޫނެއް ދައްކާނީ.. ޒާން ޕްލީސް..” ކިއާރާ ޒާއިންގެ އަތުގައި ހިފަހައްޓާލައިގެން އައިސް އެނދުމަތީ ބޭންދިއެވެ. އެ ހުރިހާ އިރު އަޔާން ހުރީ ބަލަހައްޓައިގެންނެވެ. ފަތުހީވެސް އެއްޗެއް ނުބުނެ އިނީއެވެ.
ޒާއިން ފުންނޭވައެއް ލުމަށްފަހު ރުޅި މަޑުކުރަމުން ކިއާރާ ހަމަޖެއްސޭތޯއުޅުނެވެ. އިރުކޮޅެއްނުވެ ފޯނު ރިންގް ވާން ހެދުމުން ކިއާރާއަށްވުރެ ކުރިން ޒާއިން ފޯނު ދަމައިގަތެވެ. އަދި ފޯނު ނެގީ ސްޕީކަރަށްލަމުންނެވެ.
“ކީކޭ ހިތާ ތިގުޅަނީ މާވަރަކަށް؟؟ ބިރުގަންނުވާލެވޭނެކަމަށްތަ؟ ބަލަ ކަލެއަށް އަހަރެމެން ބިރުގެއްނުވޭނެތަ؟؟؟ އަހަރެމެން މީ ކިހާ ނުލަފާ ބައެއްކަން ކަލެއަށް އަންދާޒާވެސް ނުކުރެވޭނެ….” އެކޮޅުން ބުންޏެވެ. ފަތުހީ ކިއާރާގެ ގައިގާ ބައްދައިގަތީ އޭނާ އަށް ހިތްވަރެއްދޭށެވެ.. “ތިހެން ބުނާއިރު މިތާ ކިއާރާގެ ހިދުމަތުގައި މިތިބީ ކޮންބައެއްކަންވެސް ކަލެއަކަށް ނޭނގެއެއްނު….. ކަލޭ ތިކުރަން އުޅޭކަންތަށް ހަނދާން ނައްތާލާ… އެއީ ދުވަހަކުވެސް ވާނެކަމެއް ނޫން….” ޒާއިން ބުންޏެވެ. “އަނހަ އޭނާގެ ފޯޖުގަނޑު އައީދޯ…. ބުނަން އަހަރެމެންނާއި ވައިއެޅިލުންވެސް އެއީ ފަސޭހަކަމަށްނުވާނެ…. ރީއްޗަށް ތި ކިޔާ ކިއާރާ ދިނުން ނޫނީ އަހަރެމެން އޭނާ ގަދަކަމުންވެސް ގެންނާނަން… ބުނަން ވާހަކައެއް.. އެއީ އާލިޔާކަން ހެއްކާއި އެކު އަހަރެން ފުލުހުންނަށް ހަވާލުކުރާނެ ދުވަހު ކަލޭމެން އެކަކުވެސް ސަލާމަތެއް ނުވާނެ އިނގިއްޖެ…. ކޮންމެގޮތެއް ހަދައިގެންވެސް އަހަރެން އޭނާ ގެންނާނަން… އެއީ އަހަރެންގެ ދަރިއެއް” ސައީދާ ބުންޏެވެ.
“ބަލަ ފުރަތަމަ ކަލޭ އަހަރެމެންނާއި ކުރިމަތި ލާބަލަ…… ކަލޭމެންނާއި ވައި އެޅެން ފަސޭހަ ނުވިއްޔާ ކިއާރާ އާއި ވައި އެޅެންވެސް ފަސޭހައެއް ނުވާނެ އިނގިއްޖެ…..” އިވިގެން ދިޔައީ އަޔާންގެ އަޑެވެ. ކިއާރާ ފަތުހީގެ ގައިގާ ބައްދާލައިގެން އިނދެ އަޔާންއަށް ބަލައިލެވުނެވެ. “ބިރުދައްކަނީތަ؟ ތިކަމުގެ އަދަބު ބޮޑުވާނެ އިނގިއްޖެ…. އަހަރެމެން ބުނާކަންތަށް ކޮށްގެން ނޫނީ ފަހަތަކަށް ނުޖެހެން…. މިކަންވެސް ކުރާނަން.. ކަލޭމެން އެންމެން ބަލަން ތިބޭތި…” ސައީދާ އެހެން ބުނެފައި ފޯނު ކަނޑާލީއެވެ. ކިއާރާ އަޑުންއަޑުނަގާ ރޮއެގަންނަމުން ފަތުހީގެ ހަށިގަނޑުތެރޭ އިތުރަށް މޫނުފޮރުވާލިއެވެ. “ޕޮލިސް އަށް ގުޅާލަންވީނު… މިކަމުގައި އެމީހުންގެ އެހީ ބޭނުންވާނެ…. ޕޮލިހުންގެ އެހީގައިވެސް އެ ގުރޫޕް ގަނޑު ހޯދިދާނެއެއްނު ފުރަތަމަ ފައިލް ކުރަން އުޅޭ…” އަޔާން ބުނީ އެމީހުންގެ ކަންތަށް ބަލާފައި އެ ހުރިހާ ކަމެއްކުރާޏެ ވަގުތު ނެތުމުންނެވެ.. ފަތުހީ އެކަމަށް އެއްބަސްވުމުން ޒާއިންވެސް އެއްބަސްވިއެވެ. “ކިޓީ! ހިނގާ ސްޓޭޝަންއަށް….” ޒާއިން އެހެން ބުނެފައި ކިއާރާގެ އަތުގައި ހިފައިލަމުން ތެދުވިއެވެ.. ކިއާރާ ފަތުހީއަށް ބަލައިލިއެވެ. އޭނާ ފަތުހީއާއި ދުރަށް ދާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އެ ދުވަސް ކައިރިވަނީއޭ އޭނާ ހިތަށް އަރަމުންދިޔައެވެ. ފަތުހީ ކިއާރާ ގެ ކޮނޑުގައި ހިފަހައްޓާލައިގެން ހިނގައިގަތެވެ. އަޔާންވެސް ހިނގައިގަތެވެ.
ފަތުހީ ކާރު ކައިރި މަޑުކޮށްލުމުން އަޔާން ދުއްވާނެކަމަށް ބުނެ ކާރަށް އެރިއެވެ. ފަހަތު ސީޓަށް ކިއާރާ އަދި ފަތުހީ އެރުމާއި އެކު ޒާއިން ކުރީ ސީޓަށް އެރިއެވެ. “އެމީހުންހީވޭ ވަރަށް ގަދަ ޕްލޭންއެއް ކުރާނެހެން….. މިކަން ޖެހޭނީ އިހަށް ވަރަށް ސްމޫތުކޮށް ގެންދަން… އެއީ އެ ގޭންގް އެއްކޮށް ހިފަހައްޓަންޖެހޭނެތީ… ދާ ގޮތަށް ގޮސް ކިއާ މަންމަމެން ހައްޔަރުކުރިއަސް މިކަމުން ސަލާމަތެއް ނުވެވޭނެ…. ޕޮލިހުންކައިރިވެސް ބުނަން ޖެހޭނެ މިކަން.. ވަރަށް ރަނގަޅަށް އެތެރެކޮނެލަން ޖެހޭ ކޭސްއެއް މީ…” އަޔާން ދުއްވަން އިނދެ ބުންޏެވެ.
“ޑޭޑް… އަޅުގަނޑު މިހެން ހަދައިގެން މަންމަ ޖަލަށް ލީމަ އަޅުގަނޑަށް ފާފަލިބޭނެތަ؟ އަޅުގަނޑު މަންމަގެ މައްޗަށް އަނިޔާވެރި ވާނެތަ…؟ ކުރިމަތީ އޮތް މިދުވަސްކޮޅަކީ މަންމަގެ އުމުރުގައި ދަރިއެއްގެ އޯގާތެރިކަން ބޭނުންވާ ދުވަސް… އެހެނެއްނޫން އެކަމް ޖަލެއްގައި………” ކިއާރާ ބުނެލީ ފަތުހީގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެއެވެ. “ކިއާ ކީއްވެ އެއްވެސް ފާފައެއް ލިބެންވީކީ؟؟ ކިއާ ގޯސްކަމެއް ނޫނޭ ތިކުރަނީ.. ދުނިޔޭގައިވެސް އަދި އާހިރަތުގައިވެސް އަނިޔާވެރިންނަށް އަދަބު ލިބެންޖެހޭނެ.. ކިއާ ތިއުޅެނީ ކިއާ މަންމައަކަށް ނޫން އަނިޔާވެރިއަކަށް އަދަބު ދޭން… މާ ބޮޑަށް ނުވިސްނާ އިނގޭ…. މަންމަ ނަމަ އެހެނެއް ނޫނެއްނު އުޅުނީހީކީ… ދޯ…” ފަތުހީ ވިސްނައިދިނެވެ.. އަޔާން ކިއާރާގެ މައުސޫމްކަން ފެނި ހިތްފުރިގެން ބަންޑުންވާންފެށިއެވެ. އަދިވެސް އެ މަންމައަކަށްޓަކައި ވިސްނާ ކިއާރާ އާއި މެދު ހަމްދަރުދީވެވުނެވެ.
ޕޮލިހަށް ގޮސް އެމީހުން ކޭސް ފައިލް ކުރިއެވެ. ކިއާރާ ކުޑައިރުންފަށައިގެން އޭނާއަށް ލިބެމުން އައި އަނިޔާ ކިޔައިދެމުން ދިޔައެވެ. އަދި އޭނާ ފަތުހީ ކައިރިއަށް ގޮސް ނަން ބަދަލުކުރުމުގެ ވާހަކަކިޔައިދިނީ އިތުރުގޮތަކުން އެ މަންމަ ކައިރިން ސަލާމަތްވާނެ ގޮތެއް ނެތީމައޭ ބުނެފައެވެ. އެހެނީ އެނާގެ ހަޤީޤަތް އިނގޭނެ ދުވަހަކީ އެ މަންމަގެ ނުބައިކަން ވެސް މުޅި ދުނިޔެއަށް ފަޅާއަރާނެ ދުވަހެއްކަމުގައި އޭނާގެ ޅަ ސިކުނޑު ވިސްނައިދެމުންދިޔައީތީއެވެ. މިކަމުގައި މިހާރު ވަރަށް ބޮޑު ބައެއްގެ އެހީތެރިކަން ސައީދާމެންނަށް ލިބެމުންދާކަމަށް ޒާއިން ބުންޏެވެ. “މިހާރު ހީވަނީ އެއީ އާދައިގެ ބައެއް ނޫންހެން.. ވާހަކަދައްކާ ގޮތުން ހީވަނީ ވަރަށް ބޮޑު ގޭންގެއް އޮންނާނެހެން ހިމާޔަތުގައި…” ޒާއިން ބުންޏެވެ.. އަދި އޭނާ ކޭސްކުރިއަށް ގެންދަން ބޭނުންވާ ގޮތް ކިޔައިދިނެވެ. އޭނާ ބޭނުންވާގޮތުގައި އެފަދަ އަމަލުތަށް ހިންގާ އެންމެން ޖަލަށް ލެވެން ޖެހޭނެކަމާއި އިތުރު ކުއްޖަކަށް މިކަހަލަ އަނިޔާ ލިބޭކަށް އޭނާ ނޭދޭކަމަށް ބުންޏެވެ.. ޕޮލިހުންނަށް ކިއާރާ އާއި އެ އެންމެންގެ އެއްބާރުލުން ބޭނުންވާނެކަމާއި އެމީހުންގެ މައުލޫމާތު ވަރަށް އަވަހަށް ހޯދާނެވާހަކަ އެމީހުން ބުނެލިއެވެ.
ކިއާރާ މެން ކާރަށް އަރައިލާފައި ގެއާއި ދިމާލަށް މިޝްރާބް ޖެހިއެވެ އޭރު މަޤްރިބް ނަމާދަށް ބަންގި ގޮވަން އުޅެނީއެވެ. ކާރު ކިއާރާގެ ގޭ ކައިރި މަޑުކުރުމުން ކިއާރާ ފޭބީ އެމީހުން މިސްކިތަށް ދާން ފޮނުވާލާފައެވެ. ފަތުހީ ކިއާރާ ކައިރި ބޭރަށްނުނިކުތުމަށާއި ނަމާދުކޮށްލައިގެން ކޮޓަރީގައި އޮތުމަށް ބުނެ ނަސޭހަތްތެރިވިއެވެ. އަދި ޝާލީމެން ކައިރި ކޮންމެ ކޮންމެ މީހަކު އަޔަސް ގޭޓް ނުހުޅުވުމަށް ބުންޏެވެ. ކިއާރާ ކޮޓަރިއަށް ގޮސް ވުޟޫކޮށްލައިގެން ނަމާދުކުރިއެވެ. އެތަކެއްފަހަރު މާތް ﷲ ގެ ކިބަފުޅުން މާފަށް އެދެމުންދިޔައީ ކިއާރާ ލޯބިވާ މަންމައަށް އެފަދަ އަނިޔާއެއް ދެވޭތީއެވެ. “ބައްޕަ…. ބައްޕަ އަމް ސޮރީ.. ބައްޕަ ބުނުއްވި އަޅުގަނޑު ކައިރި މަންމަ ރަނގަޅަށް ބަލައްޗޭ އެކަމް ސޮރީ ޑޭޑް އެކަމެއް ނުވި އަޅުގަނޑަކަށް…. އަމް ސޮރީ..” ކިއާރާ އެހެން ބުނެލީ އަދުނާން ބުނި ބަހެއް އޭނާއަށް ހަނދާންވުމުންނެވެ. މުސައްލަމަތީ ޤިބްލައަށް ކުރިމަތިލައިގެން ދެއަތް އުފުލައިލައިގެން އިން ކިއާރާ ދެލޮލުން ކަރުނަ ފައިބަމުންދިޔައީ މިނިވަންކަމާއި އެކުގައެވެ. އެއީ އެތައްދުވަހަކު ހިފަހައްޓައިގެން ހުރި ކަރުނަތަކެކެވެ. ހިތްވަރުގަދަ ކުއްޖަކަށް ވާން އުޅުމުގެ ތެރެއިން ލޮލުތެރޭ ހިންދާލެވޭ ކަރުނަތަށް މިއަދު އެ ފައިބަނީ ކިއާރާ މިނިވަންކަން ދިނީމައެވެ. އިތުރަށް އޭނާއަށް ނުހިފެހެއްޓުނީމައެވެ.
“އެއްވެސް ދަރިއަކު މި ދުނިޔެމަތީ އަމިއްލަ މަންމަ ޖަލަށް ލާން މަސައްކަތްކުރާނެތަ؟ އަމިއްލަ މަންމަ…….” ކިއާރާ އަމިއްލަ އަމިއްލައާއި ވާހަކަދައްކަމުން ދޮޅި ބޭލުމަށްފަހު ފަތްޖަހާލާ މުސައްލަތެރެއަށްލިއެވެ. އަދި ކަބަޑުމަތީ ބާއްވާލަމުން އައިސް އެނދުމަތީ އިށީނެވެ.. “މީ ފުރަތަމަ ދަރިކަންނޭނގެ މި ދުނިޔޭގައިވެސް އަމިއްލަ މަންމަ ޖަލަށް ލާން އުޅޭ….. އެހާ ބޮޑު އަނިޔާއެއް މި ދެވެން އުޅެނީ…. ހަތަރު ގޮޅި ތެރޭ ގައިދީއެއްހެން ހައްޔަރުކުރުން.. ނޫން ނޫން….” ކިއާރާ މޫނުމަތީ އަތް އަޅާލަމުން ދެކޮޅަށް ބޯ ހަރަކާތްކުރިއެވެ.
ކިއާރާ ސިހުނީ ދޮރު ހުޅުވުނު އަޑަށެވެ. އޭނާ ހިސާބަކަށް ސިއްސައިގެންވެސް ދިޔައެވެ. ކުރިމަތީ ހުރީ އަޔާންއެވެ. ކިއާރާ އޭނާގެ މޫނު ދެއަތް ތެރޭ ފޮރުވިއެވެ. އަޔާން ދޮރު ލައްޕާލުމަށްފަހު އައިސް ކިއާރާގެ ކުރިމަތީ ހުއްޓުނެވެ. އަޔާން ފުންނޭވައެއް ލުމަށްފަހު ދެފައި މައްޗަށް އިށީނދެލިއެވެ. އަދި ކިއާރާ ގެ ދެއަތުގައި ހިފަހައްޓާ އެ މޫނުމަތިން ދުރަށްޖެއްސިއެވެ.. “ކިއާ…. ސީ..! އެއްވެސް ކަމެއް ވިޔަކަ ނުދޭނަން….. މަންމައަކަށް ނުކެރޭނެ ކިއާ އާއި ދިމާ ބަލައިލަންވެސް..” އަޔާން ބުނެލީ ކިއާރާގެ ދެއަތުގައި ހިފައި ބާރުކޮށްލަމުންނެވެ. ކިއާރާ އަޔާންއަށް ބަލާލެވުނެވެ. “ކިއާ އަހާލަންތަ ވާހަކައެއް…؟” އަޔާން އެހެން އަހާލުމުން ކިއާރާ އެއްޗެއް ނުބުނެ ބަލަންއިނެވެ.
“ކިއާ އަށް ހީވޭތަ މަންމަ ޖަލަށް ލައިގެން ތިކުރެވެނީ ގޯސްކަމެކޭ؟” އަޔާން ބުނެލީ ކިއާރާގެ ހިތުގައި އުފެދެމުންދިޔަ އެންމެ މައިގަނޑު އެއް ކަމެއްގެ ވާހަކައެވެ. ކިއާރާ ބޯ ޖަހާލީއެވެ. މިގަޑީގައި އަޔާންއަށް އިތުބާރުކުރެވެނީ ކީއްވެކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. ނަމަވެސް ހިތްވެސް އަދި ސިކުނޑިވެސް އެދެމުންދިޔައީ ހަމައެކަނި އެކަމަށެވެ.
“ކީއްވެ ގޯސްވާންވީކީ؟ މަންމަ އެކުރީ ރަނގަޅުކަމެއް ނޫނެއްނު…. މަންމަ އެކަން ކުރިއިރު ފަސްނުޖެހޭ އަދި ގޯސްކަމެކޭ ހިތަށް ނާރާއިރު.. ކިއާ ކީއްވެ އަމިއްލަ އަށް އިންސާފް ލިބެން އުޅޭއިރު އެއީ ގޯސްކަމެކޭ ހިތަށް އަރަންވީކީ… ޔޫ ނޯ.. ކިއާ ގެ މި ޑިފީޓް އަކީ މޮޅުވުމޭ…. ޔެސް އިޓްސް ޓުރޫ.. މަމް އިސް ސްޕެޝަލް… ސުވަރުގެ ވަނީ މައިމީގެ ފައިތިލަ ދަށުގައި.. އެކަމް އެއީ ކޮންކަހަލަ މަންމައެއް؟ މާތް؟ ހެޔޮ؟ ނޯ… އެކަހަލަ މީހުންނަށް ދުނިޔޭގައިވެސް އާހިރަތުގައިވެސް “މަންމަ” އެނަމުން މުހާތަބުކުރާނެ މީހެއްނުވާނެ… އެއީ ފާފަވެރިން… މަންމައަކަށްވެ ހުރެ އަމިއްލަ ދަރިއަށް އެފަދަ އަނިޔާތަކެއް ދޭ މީހެއްގެ ފާފަ މާ ބޮޑު.. ކިއާ… ޝީ އިޒް ނޮޓް ޔުއަރ މަމް….ވިހޭކަން އެކަނި… ދޯ؟” އަޔާންކިއާރާއަށް ވިސްނައިދޭފަދަ ގޮތަކަށް ބުންޏެވެ.
“އެކަމް…. ޝީ އިޒް މައި މަމް ޔާން.. އަ..އަޔާން…. ވަރަށް ލޯބިވޭ…. މަންމަ ކޮންމެ ގޮތަކަށް އުޅުނަސް އައި ލަވް ހާރ ސޯ މަޗް… އެހާ ފަސޭހަކަމެއް ނޫނޭ…. އައި ފީލް ލައިކް މި ކުރެވެނީ ވަރަށް ގޯސްކަމެކޭ….” ކިއާރާ ފުރަތަމަ ފަހަރަށް ހިތުގަިއ އޮތް އެއްޗެއް އަޔާންއާއި ހިއްސާކުރިއެވެ.
“ވިލް ގޯޑް އެކްސެޕްޓް ވަޓް އައި ޑިޑް ވޯސް ރައިޓް؟” ކިއާރާ އެހިއެވެ.. “ޔެސް.. ވައި ނޮޓް… ކިއާ އެއީ އެންމެ މޮޅަށް ހުރިހާ ކަމެއްވެސް ބައްލަވާ ވޮޑިގެންވާ އިލާހް… އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާވެގެން ނުވޭ… ކިއާ އެ ވޭނުގައި ތެޅޭއިރު.. އެ ރޯ ދުވަސްތަށް.. އެ އަނިޔާތަށް… މާތް ﷲ މިއަދު ފުރުސަތު އެ ދެއްވީ ކިއާއަށް… ޓު ޓޭކް އަ ސްޓެޕް. އެދުވަހު ކިއާ މަޑުންހުރެވުނަސް ވީކްވިޔަސް…. އޭރު ސަޕޯޓެއް ދޭނެ މީހެއް ނެތަސް.. މިއަދު އައި ނޯ ޔުއަރ ސްޓްރޯންގް.. އެން މިއަދު ޗާންސް ލިބުނުއިރު ކިއާ އަމިއްލަ ނަފްސަށް އިންސާފް ލިބޭއިރު ތިހެން ވިސްނުމުގެ ބޭނުމެއް ނެތް… އެން މިއަދު އައި އެމް ވިދް ޔޫ… ” އަޔާން އެހެން ބުނެ ވިސްނައިދިނެވެ. ކިއާރާ ގެ އަނގައިން މަޑު އާހެއް ނިކުތެވެ. އޭނާ އެހެން އިރުކޮޅަކު އިނދެލާފައި ބޯ ޖަހާލީ ލަސްލަހުން އެކަމަށް އޭނާވެސް އެއްބަސްވަމޭ ބުނާފަދަ ގޮތަކަށެވެ.
އަޔާން ހިނިތުންވެލުމަށްފަހު ތެދުވިއެވެ. “ފޮތް އެއޮތީ ކަބަޑުމަތީ އިނގޭ… އެން ޓޭކް ކެއަރ..” އަޔާން އެހެން ބުނެފައި ހިނގައިގަތީ ކިއާރާ ކައިރިން ދުރަށް ދާކަށެއްނޫނެވެ. އެތާ ކިއާރާ ކައިރި ހުރުމުގެ ސަބަބެއްނެތީމައެވެ. ކިއާރާ އެންމެ ފަހަރަކުވެސް މަޑުކޮށްލާށޭ ބުނާނެނަމައޭ އަޔާން ހިތަށް އަރަމުންދިޔައެވެ.
“އަ..އަޔާން!” އަޔާންގެ ފިޔަވަޅުތަށް ހުއްޓި ފަސް އެނބުރުނީ ކިއާރާ ގޮވިއަޑަށެވެ. އޭނާ ގޮވާލީ ވަރަށްވެސް މަޑުންނެވެ. “ކޭން ޔޫ ސްޓޭ ހިއަރ ބިޒީ ނޫނިއްޔާ..” ކިއާރާ އެ އިންގޮތަށް އިނދެފައި ބުންޏެވެ. “ޝުއަރ..” އަޔާން އިތުރު އެއްޗެއްނުބުނެ އައިސް ސޯފާގައި އިށީނދެލަމުން ފޯނު ނެގިއެވެ.
“ނަމާދުކޮށްލައިފިންތަ؟” އަޔާން އަހާލުމުން ކިއާރާ ބޯޖަހާލިއެވެ. “ކިއާ މި ކޮޓަރީގައި އެކަނި އޮންނައިރު ފޫހިވެސްނުވޭތަ ހަމަ…..” އަޔާން ބޭނުންވީ ކިއާރާ އިތުރަށް ވިސްނުމުގެ ފުރުސަތު ނުދީ ވާހަކަދައްކާހަދާލާށެވެ. މިހާރު އޭނާއާއި ވާހަކަދައްކާލެވޭނެ ފުރުސަތެއްމިއޮތީ ލިބިފައި އެއްނޫންހެއްޔެވެ؟ ކިއާރާ މިގަޑީގައި އަޔާންއަށް އިތުބާރުކޮށް ވާހަކަދައްކާނެކަން އޭނާއަށް ޔަޤީނެވެ. ކިއާރާ ދެންވެސް ބޯޖަހާލީ އަޔާންގެ ސުވާލުގެ ޖަވާބެއްގެ ގޮތުންނެވެ.
ކުއްލިއަކަށް އޭނާގެ ފޯނު ރިންގްވާންފެށިއެވެ. އަޔާންއަށް އަދި ކިއާރާއަށް އެއްފަހަރާ އެނދުމަތީ ރިންގްވަމުން ދިޔަ ފޯނަށް ބަލައިލެވުނެވެ. ކިއާރާ ފުންނޭވައެއް ލުމަށްފަހު ފޯނު ނަގާލާފައި ބަލާލިއިރު އެއީ ނުދަންނަ އެހެން ނަމްބަރެކެވެ. ކިއާރާ އަޔާންއާއި ދިމާލަށް ބަލައިލިއެވެ. “އެހެން ނަމްބަރ އަކުން…..” ކިއާރާ ބުނެލާފައި ފޯނު ނަގަން އުޅުމުން އަޔާން ނޫނެކޭ ބުނެފައި ސޯފާއިން ތެދުވެ ފޯނު ކިއާރާ އަތުން ނަގާފާ ނަމްބަރަށް ބަލަހައްޓައިގެން ހުރެ ކިއާރާ އާއި ޖެހިގެން އިށީނެވެ. “ވެދާނެ ނަމް ބަދަލުކޮށްގެން ގުޅަނީކަމަށް… އެހަކަށް ނުނަގާ ބާއްވާ…” އަޔާން ބުނެފައި ފޯނު ކެނޑެންދެން ބަލަހައްޓައިގެން އިނެވެ. ކިއާރާ ގެ ހިތުގެ ހިނގުން އަވަސްވީ އޭނާއާއި ޖެހޭ ނުޖެހޭ ހިސާބުގައި އަޔާން އިނުމުންނެވެ.
އަނެއްކާވެސް ކިއާރާ ގެ ފޯނު ރިންގްވިއެވެ. ދެންމެ ގުޅި ނަމްބަރެވެ. ކިއާރާ ފޯނަށް ބަލައިލީ ލަސްލަހުންނެވެ. އަޔާން ކިއާރާއަށް ފޯނު ދިނެވެ. “ނަގާފަ.. ސްޕީކަރ އަށް ލާބަ..” އަޔާން އެހެން ބުނުމުން ކިއާރާ ސްޕީކަރަށްލާފައި ފޯނު ނެގިއެވެ.
“ހަ..ހަލޯ..” ކިއާރާ ބުންޏެވެ.. “ކޮބާ؟ ތައްޔާރުވެއްޖެއިންތަ؟؟ އަދިވެސް ސުލްހަވެރިކަމާއި އެކު މިކަން ބާއްވަން މި ފޯނުން ގުޅަނީ އިނގިއްޖެ އެއްނު… ތި ގެއަށް ދާންޖެހިއްޖެއްޔާ ރަނގަޅެއްނުވާނެ ހަމައެހެންމެ ތި ގެއާއި ހަމާއަށް ދެވޭނެ ދުވަހަކުން ކަލޭ ނައިސް ނުކެރޭނެ ހުންނާކަށް… ރަނގަޅުވާނީ ސުލްހަވެރިކަމާއި އެކު އަހަރެމެންނާއި ވެސް އެއްބައިވެގެން އައުން..” އެކޮޅުން އިވުނީ ސައީދާގެ އަޑެވެ. ކިއާރާ ގެ ދެލޮލުން ކަރުނަ ތިއްކަކަށްފަހު ތިއްކެއް ފައިބަމުންދިޔައެވެ. “މަންމާ..!” ކިއާރާ ގެ އަނގައިން ނިކުތީ އެހިސާބަށެވެ. “މާމޮޅު ގޮތެއް ވީތަ މަންމަ ތިކިޔަނީ؟ މި ހުރިހާ ދުވަހު ކަލޭ ކޮބާ؟ މަންމަ އޭ ކިޔާފައި ތިހެން ގޮވަންވެސް ލަދުގަނެބަލަ…..” ސައީދާ ގެ ވާހަކަ ކުއްލިއަކަށް މެދުކެނޑުނެވެ. ކިއާރާ އަޔާންއަށް ބަލައިލެވުނެވެ.. އަޔާން އިތުރަށް ކުޅަދާނަނުވެގެން ކިއާރާ އޭނާގެ އަތުތެރެއަށް ގެނެސްލިއެވެ. އިރުކޮޅަކުން ފޯނުން އިވުނީ ދެމީހަކު ދެމީހަކާއި ވާހަކަދައްކާއަޑެވެ.
ކިއާރާ އަޔާންގެ ގައިގާ ބައްދާލައިގެން އިންއިރު އަޔާން ކިއާރާ އަތުން ފޯނު ނަގާ ހިފަހައްޓާލައިގެން އިނެވެ. އޭނާ އިނީ ރުޅިއައިސްގެން ކޮންޓްރޯލް ނުކުރެވިފައެވެ. ނަމަވެސް އޭނާ އަށް އެޅޭ ކުޑަ ކަތިފިޔަވަޅަކުންވެސް ކިއާރާއަށް ލިބޭނީ ގެއްލުން ކަން އަޔާންއަށް އިނގެއެވެ. “ސައީދާ! އަހަރެން މި ބުނީނު އެ މަންޖެ ގެންނާށޭ… މަށަށް ހުރެވެނީކީވެސް ނޫން…” އިވިގެން ދިޔައީ ނިމާލްގެއަޑެވެ. ކިއާރާ އަނގަމަތީ އަތްއަޅާލަމުން އިތުރަށް އަޔާންގެ މޭތެރޭ މޫނު ފޮރުވިއެވެ.. “މަށަށް ޔަޤީން މީގެ 7 އަހަރު ކުރީގެ ފޮނި މީރުކަން އަދިވެސް އެ މަންޖެ……………” “ބުނަން ރަނގަޅުވާހަކައެއް؟ ތި ހިޔާލު ސިކުނޑިން ފޮހެލާ….. ދެން އޭނާއާއި ދިމާލަށް ދެލޮލުން ބަލާލިޔަސް ދެލޯ ނަގާ އަތުތެރެއަށް ލާނަން…” އަޔާން އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. އަދި ހަމަ އެބާރުމިނުގައި ފޯނު ނިއްވާލަމުން އެނދުމަތީ ބޭއްވިއެވެ.. އަޑު ނުނިކުންނާނެހެން ރޯން އިން ކިއާރާ ފަޅައިގެން ދިޔައީ އެވަގުތުއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
70 Comments!
Comments are closed.






ohhhh…avahah kiyan v..thnx ryn
Hey guys! Morning tc and hope like vaane kamah. mi part ah fahu ai knme part eh edit kh tried my best to make it look nice! And hope it will… and aslu edit kuran feshyma kuru vany! Thankyou guys!
Wow. Thanks ryn.
masha allah…v salhi…mihaaru hama hurevenykyvx nun kiyaaahithun…ryn alhe miah vurevex dhigukoh up kohba..hama moyavany…????????
Ey kiaraa ah thihen nuhadhaa
E saeedha maraalabala
Ayaan + kiaaraa = love
V salhi mi part vx … Thnx
Vara reethi . Waiting
Ayaan n kiyaara .. woww ????
Vaahaka hama v obii ☺??
Nxt part vx up kohdheeebr avahah..
Vvvv reethi mi stry. E saedha gandu stry beyrah ellaalaa. Noony mi stry ehkon hadi vaane.. Aneh part ah v inthizaaru kurevey eba.. Love fau.. To ryn.. ??????
Ooh god!! It’s amazing.??Can’t wait to read next parts. Libunu kuda vaguthukolhugaaves mi story kiyaahithun avah ah mikiyaaly.?
vvvv rethi.
V v v v reethi
Salhi.. I want to kill dat saeedha seriously
aliya is now 18+ now…..ehenveema aaaliya eh nugendheveyne saeedha kithahme vareh dhehkiyas dw
Alhey hiy thelhey vareh… Aneh bai avas koh kiyan libeyne kamah unmeedhu kuran.. Iru iru kolhaa eba balaalevey story up vi thoa.
It’s amazing.. Can’t wait to read next part..
Waaaaaau ryn!! Waiting for the next part 🙂
Yo ryyyn.varah fakkaa ingey mihaaru vaahaka.ayaan haadha rangalhey mihaaru.comment nukurias vaahaka kiyan ingey.fodaru kamun comment nukureveny.seeya ?
WOOOOOOW NICE DHEMEEHUN GULHUVA AVAHA DHEN
wooow salhi ingey…… ur the best……
Avahah ayaan aa kiyara marry kuruvaa….v reethi mi story
Varah awesome….mi vaahaka Varah interesting…
Vaahaka v rythi ryn bt saeedha ulhey gothun v boring and kiyaara ves mulhin ves mom mom mom mom mi dhn hervane evaru ge manma eh nei kamen ehn v ma v foohi sad libey meeha ah abadhu ves sad kah innane thats not fare totally story is awsome i like it bt kiyaara abadhu mom vefa hunaa thy dhw and just change her mind kuh kuraa meehunnan adhabu innan vaane….
I agree
Mi part vx haadha reechey . Miadhu adhi eh part plxxx ryn. V v reethi ?????????
Kiaaraa ah visnadhyy…ekahala bodethi faafa kuraa meehunnah onnany hahdhujahaa rajam kurun fadha kan kamey..mamma akas efadha bodethi faafa kurumun e adhabu dhinun islam dheenuga oveyey…
Asly heevany ryn akah dheenugai kan kan onna goii thah ehaa bodakah neygey hen..ehen v ma ehnu vaahakaigai kiaaraa ah visna dheyn neygi gen thiulhenyy…
Anyways rewthi..
Ryn ah dheen neyngey thee eh nooney mi. Vaahaka enhn liyanee! Ebunee nun mee hageegee vaahaka ekey.. so dhen u know dho? BTW Ryn plz next part avas koh dheebaa… this story is just amazing ? Waiting 4 the next part sissyyy❤️???
Vvvvvvvv reethi ingey…??
waitin for the next part..?
އާލިޔާއަށް އެހެން ނަހަދާ! އާލިޔާއަށް އަޅާލާ!!!!!!…….. އޔނ
Birungoss hodu ve lavaifi… Mi saeedha aiss kiara nugengossiyya rangakhu. Reyga vahaaka ai dheytherey hama visneny..
good one sis???
plz don’t make kiaa suffur that pain again:(
އަސްލު ކިއާރާއަށް އެހެން އެވަނީ ކުޑަދުވަހުން ފެށިގެން މަންމަގެ ލޯބި ނުލިބި އުޅެން ޖެހުމުން މަންމައާ ދޭތެރޭ އެވަރަށް އެވިސްނެނީ! އަސްލު ޙަޤީޤަތުގަ މިފަދަ ކަމެއް ދިމާވީމަ އިނގޭނީ ކުރެވޭ އިޙްަސާސްތައް އެހެންވީމާ ކިއާރާގެ އިޙްސާސްތަކަށް ޤަދަރުކުރަންޖެހޭ!! އެއީ މަންމަގެ މުހިންމުކަން އިނގޭނީ މަންމަ ހުރެމެ އެމަންމަގެ ފަރާތުން އަޅާލުމާ ލޯބިނުލިބި ހުރީމާ އެއަޅާލުމާ ލޯބި ލިބެން ބޭނުންވާތީ މަންމަ ކިތައްމެ ބޮޑު ފާފައެއްކުރިކަމުގައިވިޔަސް މައިންޑްގައި އޭތި ހަރުލާފަ އިންނަނީ!!!
Mi storyge kithah part tha dhen innaanee
Wow . Nice waiting for next part .
V reeti vaahakaeah…update vaaleah avas v ma v nice…v kiyaahih vey..
ayaan N kiayara marry kuruvaba eyrun saeedha kairin. salaamaives vaane enu. eyga fahun romantic baithakeh genaima. reethi vaane pls .e dhemeehun rulhin uhlhey iruves v loabi.
V V nice waiting next part
Haadha varakashey thi buma goh jahanee huvaa mibunee boahalaaku hama…. lol:-P:-P:-P
Aaliyaa kaley hithun thi ulheny ma police aa havaalu kuran dhw…..kaley heekuree tha kaleymennah thi kan vaane ey…. magey reyvun maa molhu vaaneh…. kaley thahyaaru vey thikahala visnumeh visny thy ves adhabu bodu vaaneh. aharen kaley vagah nagaanan adhi heyaruvaalaanan… kale ah gein keehkuran kotarin ves nunukumevey varu kollaanan…. mifaharu kaley handhaan kuraathi salaamaii nuveveyne kann… han’dhaan kuraathi 7 aharu nuve dhiya kan 1rein kuraanan kaley jeheynee veynuga madun onnan… kaley salaamaii kureveyne ekakuves nuhunnaane…
SAEEDHAAAA?????
Oh plz saeedha.. Kale akah nukureveye ehves kameh.. Magey ayaan ves ehury mihaaru mashaa ekyga.. Loabivaa beybe akaa bappa akaa bestfrnd ves ehury mashaa ekyga.. Kale jeheyny hama thihen hunnan.. Dhen lalalaaa
Saeedhaa kale ah vaa laahiku magey kitty aa beheykah….
Saeedhaa kaley beynun haa gotheh hedheyne kamah tha heekurany…. furathama mashaa kurimathilaafa magey kiaa aah kameh kureveyny vx…..
bala eii magey dhari ekey kaleymennah konkameh????? ma hairaan vejje miadhu aaliyaa ma bust kohlyma
…hee nukuraathi eynaah salaamaii veveyne ey…. police ah angan aaliyaaha kerunythy ves aharen ajaabu vehjje. aaliyaa kaley handhaan kuraathi!! varah veyn bodu vaane kale ah. mashah filythy adhi police ah engeethiive…….
ithuru vaahaka dhahkaane kameh neii… aharn othy nimmaafa aharenge gang aa aaliyaa havaalu kuran…. ahannah laari liben othy ves e gothah….
just 4 fun ingey….. i hate saeedha
Saaeedha u are under arrest…
aharen kaley buni varakah laari dheynan.fathuhee kuhhveri kohfa mashah aaliyaa havaalu kurey. mabunaa goii hadhaa!!!!!
Aharen mee laari ah hehley myheh noon. Sorry mifaharu hama hayyaru kohfa noony neyvaaves nulaanan
Great @police meehaa
ooh noo. police meehaa aaliyaaves kaley beynun kohlan dheynamey….ma bunaa goii hedhyma
saeedha kae adhi haadha goii kuda ey. dhen kale ah salaamatheh nuveveyne. kuda golhiiga onnan jeheynee. we dnt want???????????? ahuren thibeny bodu havaeh kohgenney bala. kaleyge gotheh fotheh neii kan balaabala
Arrest kuranya jeheyne kiaa vx gendhan. Eyna vx aharumehnaa eku raa bui..
Kiaa dhanyaa aharen dhaany ehn nuny nudhaanan
Nice.. keep going.
Ryn kyvetha komme faharaku buma goh jahaa vaahaka thi gennany.. gennan nujehey thanthanuga ves liyefa eboiy. V odd ehen liyaathy. Aanmukoh buma goh jahaany hiyy hama nujeheyy kameh noony rulhi anna kahala kameh dhimaaveema. Ebai rangalhu kohlabala. ?
NO no. Kiara e naraka ah fonuvaa nulahche. Pls pls i beg u
V reethi mi story
Kihaa bodu ksmeh. Dhen thi kiara gang aa havaalu kohfa mivaahaka ninmaalan veenu…
Mihaaru maalasves vehjje..
alheeeyyy…ryn kobaatha story…keh nuvaa fadha inthizaareh mikureveny…2 prts up kohdhehchey adhi…???????????????
Noony mashah kiaaraa dhee… Masha dho furathama thi malun foni bovuny. Handhaan. Kuraathi adhi vs magey athuga. Jehijeyya nolhaalaanan handhaan kuraathi. Kn kiaaraa eh thy hama aaliyaa. Olhuvaeh nuleveyne ingey. Kaley amaa adhi magey kairi ah key gennaane. Mami hury ready ga????????
Hahaha.. Haadhr fakkr comments thakekey dhww.. ???
Ryn dhn alhe mashah kiara milku kohdheebala..mi hithuge jazbaath thah engeyny hama Ryn akah nu.. Ryn mashah kia nudhy fiyya dhuvahak vx nulibeyne..??????
thedhekey Ryn..mihar aharumen dhemyhun loabin gos bandunvany a..ekm Ryn me n Ayaan r dhemedhuge hurahakah thihury..dhn alhe e hiy hoadhadheebala..inthizaaru koh koh varubalivejje..???????????? magey Yaan…
next paat ge inthixaaruga hure hure varubalivejje. ehen dhuvas dhuvahu up kuraa vaguthu fahana alhaa hingajje. miadhu dhen up nukuraanetha?
Ryn.. make it fast.. plxxxxx
Ryn knirakuntha next part up kurani. Inthizaaru koh koh varu bali veihje.
rynn avas.. nd comments kiyaafa hama ekani indhegen heveny… manma bunee moya v hoa.. hospital ah gendhaanamoa dhen heefiyyaa…. so, i laugh as much as can cause i love hospital. reason: my ambition is to be a doctor…. hahahahahahahahahahahahaaaaaaaaaaaaaaaaaaa…… and next part avas… or else mirey ryn jeheyne 5 parts gennan… hehehe
LOL Haadha fakka comments eba huhtey dhw hahahahahaha vaahaka n Comments v Salhi aslu ves
Mihaaru abadhu belenee mi story up veytho.. V inthizaaru kurevey eba.. Please avahah up kohdhiba ❤❤❤❤?
Emmen vaahaka kiyun huhtaalaafa cmnt thah kiyan fahtan v.. cmnt thah varah majaaa n stry ves rythi..