Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…31

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 22, 2016 8 Mins Read
42 Comments

 

 

ރޭގަނޑެވެ. އިޝާ ނަމާދުކޮށްލައިގެން ކިއާރާ ތައްޔާރުވަމުން ދިޔައީ ހަމްނާގެ ގެއަށް ދާށެވެ. މިހާރު ދެތިން ފަހަރަކު އަނާން ގުޅައިގެން ކިއާރާ ހަމަ އާދޭތޯ ޔަޤީންވެސްކޮށްފިއެވެ. ކިއާރާ ލޯގަނޑުން ފެނުނު އަމިއްލަ މޫނަށް ބަލައިލަމުން ހިނިތުންވިއެވެ. މިހާރު އެ ފެންނަ ކިއާރާ ވަރަށް ތަފާތުކަން ހުދު އެނާއަށްވެސް އިނގުނެވެ. މިއީ ސަމާހްގެ ކިއާރާއެވެ. ހިތްވަރުގަދަ ކެރޭ ކިއާރާއެވެ. ވައްޓާލެވިފައިވާ އިސްތަށިކޮޅުތަށް ހުރީއެއްފަޅިއަކަށެވެ. ބޮޑު ދެލޯ ރީއްޗަށް ފެނެއެވެ. ލާފައި ހުރި ސްކާރޓްއާއި ޓޮޕްކޮޅުގައި ހިފަހައްޓާލައިފައި ކިއާރާ ދަބަސް އަޅުވާލަމުން ދާން ހިނގައިގަތެވެ. އޭނާ ދުވަހަކުވެސް ބޭނުންނުވާވަރަށް މިއަދު ހިތްވަރު ބޭނުންވާކަހަލައެވެ. ފަތުހީ ކައިރި މަޑުކޮށްލުމަށްފަހު ކިއާރާ ދަނީކަމަށް ބުނެ ހިނގައިގަތެވެ. ކާރަށް އެރިތަނާހެން ސަމާހް ކިއާރާއަށް ގުޅިއެވެ.. “ހޭ… ޔާ ދާން މިއުޅެނީ…. ލައްބަ ލައްބަ.. ދާ ގޮތަށް ގޮސް ޓެކްސްޓް ކުރާނަމޭ… ލައްބަ ބަލައިގެން ދުއްވާނަމޭ.. ލައްބަ ލަހެއްވެސް ނުކުރާނަމޭ.. އޮވްވްކޭ.. އޯކޭ ބޮސް.. ބައި..” ކިއާރާ ހިނިތުންވުމައި އެކު ފޯނު ބޭއްވިއެވެ. މި ވީ މަދު ވަގުތުކޮޅުގައިވެސް ސަމާހްއާއި ގުޅުމަކީ އޭނާއަށް ނިންމުނު އެންމެ ރަނގަޅު ނިންމުން ކަމުގައި ދެކެވުނީ އޭނާ ދުވަހަކުވެސް މީހެއްގެ ފަރާތުން ނުލިބުނު ލޮތްބާއި އަޅާލުން ސަމާހްގެ ފަރާތުން ލިބޭތީއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ކާރު ސްޓާރޓްކުރިއެވެ. އޭނާ މެޕް އަށް ސޭވްކުރި އަޔާންގެ ގެއަށް ދާން މިޝްރާބް ޖެހިއިރު އިރު އިރުކޮޅާ ފޯނަށް ބަލާލައެވެ. މަގުއޮޅިދާނެތީއެވެ.

ކިއާރާ އެ ގޭ ދޮރު މައްޗަށް އަރާލުމަށްފަހު ހަމްނާއަށް ގުޅިއެވެ.. ހަމްނާގެ އަމުރުގެ ދަށުން ސެކިއުރިޓީ ގާޑް ގޭޓް ހުޅުވިއެވެ.. ކިއާރާ ކާރު އެތެރެއަށް ދުއްވާލުމަށްފަހު ދޮރު މަތީ ހުއްޓިއެވެ.. އެވަގުތު އަނާންއާއި ހަމްނާ ބޮޑު ދޮރުން ނިކުންނައިރު ހުންނަ ސިޑިތަކުން ފައިބަނީއެވެ. ކިއާރާ ހިނިތުންވުމަކާއި އެކު ކާރުން ފޭބިއެވެ.. އަނާން ކިއާރާ ކައިރިއަށް އައިސް ކިއާރާގެ އަތުގައި ހިފަހައްޓާލަމުން ހިނގައިގަތެވެ. ހަމްނާ އާއި ހަމާއަށް އެރުމާއި އެކު ހަމްނާ ހިނިތުންވެލާފައި ކިއާރާގެ ބުރަކަށީގައި ފިރުމާލިއެވެ. ކިއާރާ ހިނިތުންވުމެއްދިނެވެ.. ހަމްނާ ފެނުމުން ސައީދާ މަތިން މާ ބޮޑަށް ހަނދާންވީއެވެ. ހަމްނާ އާއި އަނާން ކިއާރާގޮވައިގެން އެތެރެއަށް ވަނެވެ. ކިއާރާއަށް އެތެރެ ފެނުނީ ކިރިޔާއެވެ. ބޮޑު ގެއެކެވެ. ހުސްޖާހަވެސް އެހާމެ ބޮޑެވެ. ސިޓިންގް ރޫމްގައި ހުރި ސޯފާގައި އިށީނދެލައިގެން އިން އަނީލް އާއި އިޝާން ކިއާރާއަށް ފެނުނީދެނެވެ. ހަމްނާ ކިއާރާ ގޮވައިގެން ގެންގޮސް އިށީނދެލީ ސޯފާގައެވެ. ކިއާރާ އަނީލް އާއި އިޝާން އަށް ހިނިތުންވެލިއެވެ. ފުރަތަމަވެސް ސަމާހް ކައިރި ބުނިފަދައިން ގެއަށް ދެވުނުކަން އަންގަން ސަމާހްއަށް މެސެޖެއްކުރީ އޭނާ ކަންބޮޑުވެދާނެތީއެވެ.

ކޮބާ ކިހިނެއްކަންތަށް އެކޮއެ؟” އަނީލް އެހިއެވެ.. “ރަނގަޅު….” އޭނާއަށް ބުނެވުނީ އެވަރަށެވެ. ހިސާބަކަށް ނުތަވަސްވީއެވެ. ސުކޫލުގައި އަނީލް އާއި އެކު ކުރެވުނު މަޖާ ކަންތަށް ހަނދާންވެ ހިނިއަންނަ ގޮތްވެސްވިއެވެ. އަނީލް ތަފާތު ވާހަކަތަށް ދައްކަންފެށިއެވެ. ކިއާރާ އެއާއި ގުޅޭގޮތަށް ކުރުކޮށް ޖަވާބުދެއެވެ. ހަމްނާ އެންމެންނަށް ކާންގޮވިއެވެ. އަނާން ކިއާރާގެ އަތުގައި ހިފައިގެން ހިނގައިގަތީ ކާ މޭޒް ދޮށަށް ގޮސް  އިންނަންވީތަންވެސް ދެއްކިއެވެ. އޭރު ރިޝްމާވެސް ކާ މޭޒްދޮށަށް އެއްޗެހި ގާތްކުރަނީއެވެ. “އަނާ ދޭ ކުޑޭ ގޮވައިގެން އަންނަން… ބުނާތި ކިއާރާ ދައްތަވެސް އެބައިނޭ..” ހަމްނާ އެހެން ބުނެލުމުން އަނާން ދުއްވައިގަތެވެ. ކިއާރާއަށް ވަކި އެބަހަކުން އަސަރެއް ކުރިހެނެއްހިއެއްނުވެއެވެ.

ހަމްނާގެ ނުގަބޫލުގައިވެސް ކިއާރާ މޭޒުމައްޗަށް އެއްޗެހިތަށް އެރުވުމުގައި އުޅުނެވެ. އޭނާ ބަދިގެއަށް ދިޔައީ އަތް ދޮވެލަންށެވެ. ޒިންކް ދޮށުގައި ހުރެފައި އަތް ދޮވެލުމަށްފަހު ކިއާރާ ފަސްއެނބުރުނުތަނުން އެރުނީ އަޔާން ކުރިމައްޗަށެވެ. ކިއާރާ އަމިއްލަ ހަށިގަނޑާއި ހިތް ހަމަޔަކަށް އަޅުވާލުމަށްފަހު އަޔާންއަށް ބަލައިލުމެއްނެތި ދުރަށް ހިނގައިގަތެވެ. އަދި ގޮސް އަނާން ކައިރި އިށީނެވެ. އަޔާން ގެ އިތުރުން އެހެން މީހުންވެސް ހަމަވުމާއި އެކު ކެއުން ފެށިގެން ދިޔައެވެ. ހަދާލާފައި ހުރި ޑެވިލްޑް ޗިކެންގެ މީރުވަސް ވަނީ މުޅިތާނގައި ހިފާލާފައެވެ. މުގުރިހަގެ އިތުރުން ތެލުލިމަހާއި ތެލުލި މިރުސް ހުރުމުން ކިއާރާ ކުޅު ދިޔާވިކަހަލައެވެ. ނަމަވެސް ލަސްލަހުން އިނދެގެން ކާންފެށިއެވެ. އަނީލް ކިއާރާއަށް ސުވާލެއްކޮށްލާ ކޮންމެ ފަހަރަކު ކިއާރާއަށް އަޔާން ބަލާލައެވެ. ނަމަވެސް ކިއާރާ ހިނިތުންވުމަކާއި އެކު އަނީލްއަށް ޖަވާބުދީފައި ކާންފަށައެވެ. ހަމްނާވެސް ކިއާރާއާއި ވާހަކަދެއްކިއެވެ. އެތާ މަޑުން އިނީ ހަމައެކަނި އަޔާންއެވެ.

ކުއްލިއަކަށް ކިއާރާ ސިހުނީ އޭނާގެ ފޯނު ރިންގްވާން ހެދުމުންނެވެ. މޭޒުމަތީ އޭނާ ކާތަށި ކައިރި އިން ފޯނަށް ބަލާލަމުން ކިއާރާ ވާ އަތުން ފޯނު ނެގިއެވެ. އަދި އެންމެންނަށް ބަލާލާފައި މާފަށް އެދެމުން އޭނާ ފޯނު ކަނޑާލިއެވެ. “ކިއާ… ފޯނު ނެގިނަމައެއްނު.. މުހިންމު ކޯލަކަށްވެސް ވެދާނޭ..” ހަމްނާ ބުންޏެވެ.. “ނޯ އިޓްސް އޯކޭ.. އިރުކޮޅަކުން ގުޅާލާނަން އަޅުގަނޑު..” ކިއާޜާ ޖަވާބުދިނެވެ. “ސިސް… ޕިއްޒާ އިންނާނެ ދޯ؟؟” ކިއާރާ ކައިރި އިން އަނާން ބުނެލީ ދެލޯ ބޮޑުކޮށްލާފައެވެ. ކިއާރާ ހޭންފެށިއެވެ. “އަފްކޯޒް.. ދައްތާ އަޅުގަނޑު އަނާ ގޮވައިގެން ބޭރަށް ގޮސްލިޔަސް މައްސަލައަކަށް ވާނެތޯ ޕިއްޒާ ކާލަން؟” ކިއާރާ ހުއްދައަކަށް އެދުނެވެ.. ހަމްނާ އަނާން އަށް ބަލައިލިއެވެ. “އެންމެ ރަނގަޅު އަޔާންވެސް ދޭ އެމީހުންނާއި އެކު.. ދެ އަންހެން ކުދިން އެކަނި ދާކަށް ނުވާނެއެއްނު..” ހަމްނާ އެހެން ބުނެލުމުން އަޔާން އަށާއި ކިއާރާއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ކިއާރާ މާ ބޮޑު ފިކުރަކާއި ނުލާ ބޯޖަހާލީ އެއްބަސްވަމުންނެވެ.

ކެއުން ނިމިގެން ދިޔައިރު އެންމެ ފަހަރަކުވެސް ކިއާރާ ހިތްވަރު އެލުވައެއްނުލެވެއެވެ. އޭނާ ބޭނުންވާކަހަލަ އިހްސާސްތަށް ފޮރުވޭވަރު މީހަކަށް ވިއެވެ. ކުރިމަތީ ކަހަލަ ގޮތަކަށް އެއިނީ އަޔާންއެވެ. ނަމަވެސް އޭނާއަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. އޭނާއަށް ކޮންކަމެއްހެއްޔެވެ؟ މީގެކުރިން ކިއާރާއަށް ވާ ގޮތް އަޔާންއަށް ވާންފެށިއެވެ. ހިތްއަވަސްވުމާއި ކިއާރާއާއި ދިމާލަށް ބެލުން ގިނަވިއެވެ. ނަމަވެސް އެއިން އެއްފަހަރުވެސް ކިއާރާ ބަލައިނުލައެވެ.

ހަމްނާގެ އެދުމަށް ކިއާރާ އިރުކޮޅަކު ހަމްނާކައިރި އިނެވެ. ހަމްނާ ކިއާރާއާއި ސުވާލުކުރަމުން ދިޔައީ ކިއާރާގެ ފަރާތުން އެދެވޭ ޖަވާބެއް ލިބޭތޯއެވެ. އަޔާން އެބުނާ ކަހަލަ ކުއްޖަކަށް ކިއާރާ ނުވާކަން އަމިއްލަ ހިތަށް އަންގަންށެވެ. ނަމަވެސް ކިއާރާ ޖަވާބުދެނީ ކުރުގޮތަކަށެވެ. ނުވަތަ އެ ޖަވާބު ނުދީ ވޭތޯ ބަލައެވެ. ކިތަންމެ ކުރުގޮތަކަށް ޖަވާބުތަށް ލިބިގެންދިޔަޔަސް ހަމްނާއަށް އެއްކަމެއް ޔަޤީންވިއެވެ. ކިއާރާ އަކީ ގޯސްކުއްޖެއްނޫންކަމެވެ. އަޔާން އެ ހީކުރާކަހަލަ ގޯސްކުއްޖެއްނަމަ އޭނާ މިވަގުތު މިތާ ނުވެސް އިނީހެވެ. “ސިސް.. ހިނގާ ދާން ދެން…” އިނާން އެންމެ ފަހުން ނީންދެވިގެން ބުނެލިއެވެ. ހަމްނާ އާއި ދިމާ ބަލައިލާފައި ކިއާރާ ފެށީ ހޭންށެވެ. “ދައްތަ… އަންނާނަމޭ އަޅުގަނޑު އަނާ ލައިދެން އިނގޭ…” ކިއާރާ އެހެން ބުނެލީ އަތުގައި ހިފައިފާ ތެދުވި އަނާންއާއި އެއްވަރުކޮށްލާފައެވެ. “މަންމަ ކުޑޭ އަށް ގޮވާދީބަ އަނާ މެން މިތިބީ ބޭރުގައި..” އަނާން ބުނެފައި ކިއާރާ ގޮވައިގެން ނިކުތެވެ.

“ބައިދަވޭ އަނާ ޔޫ ކޭން ކޯލް މީ ދޮންތި އޯރ އެކަހަލަ އެއްޗެއް… އިފް ޔޫ ވޯންޓް.” ކިއާރާ ބުނެލީ މާޒީގެ ސޮފްހާއެއް ހަނދާންކޮށްލަމުންނެވެ. “ވާއު ދޮންތި…. ވަރަށް ގުޅޭނެ ދޮންތި ކިޔަން އަނެއްކާ އަނާގެ ނުހުރެ ދޮންތި ކިޔާނެ ކުއްޖެއް.. ތެންކިޔު..” އަނާން ބުންޏެވެ.. ކިއާރާ ގޮސް ކާރުގައި ލައްގަނެލީ އަޔާން އަންނާނެ އިރަކަށެވެ. ހުދު އެނާއަށްވެސް އަޔާންމެން ގެއިން ޖެލީއަށް ދާކަށް ނޭނގެއެވެ. އަޔާން ލައިގެން ހުރި ޓީޝާޓަށް ދަމަމުން ސިޑިން ފައިބައިގެން އައީ ހަލުވިކަމާއި އެކުގައެވެ. ކިއާރާ އަނާންއަށް ބަލައިލާފައި ދޮރު ހުޅުވިއެވެ. “އަމްމް ނޭނގެ ޖެލީ އަށް ދާކަށް ޔޫ ކޭން ޑްރައިވް..” ކިއާރާ ބުންޏެވެ. އަޑުގައި މާ ބޮޑު ޝައުގުވެރިކަމެއް ނެތެވެ. ނަމަވެސް އޭނާ ބޭނުންވަނީ އަޔާން ކުރިމަތީ “ކޫލް”ކޮށް އުޅެންށެވެ. އަޔާން ބޯ ޖަހާލާފައި ކުރީ ސީޓަށް އެރުމާއި އެކު ކިއާރާ އާއި އަނާން ފަހަތަށް އެރިއެވެ.

އަނާން ދައްކަމުން ދިޔަ ވާހަކަތަކަށް ރައްދުދެމުން ދިޔަ ކިއާރާ އިނީ މަޖާވެފައެވެ. އަނާންގެ ޅަކަމާއި ހެދިއެވެ. އަދިވެސް އެ ޅަކަން ފިލައިގެން ނުދެއެވެ. މިއީ އޭނާވެސް ހަމަ އުޅުނުގޮތެވެ. އެ ހުރިހާ ކަމަކާއި ކުރިމަތިލައިގެންވެސް ކިއާރާ އަމިއްލަ މަޖާކަމާއި އަމިއްލަ މިޒާޖަށް ކުޑަވެސް ބަދަލެއްނުގެނެއެވެ. އޭނާއަށް އަނާންގެ ސިފައިގައި ފެންނަނީ އޭނާގެ ކުޑައިރެވެ. “ސިސް.. އުޕްސް ދޮންތި އިނގޭތަ އަނާ ސުކޫލުގައި އުޅެނިކޮށްވީގޮތެއް..” އަނާން ބުނެލުމާއި އެކު އަޔާން ލޯގަނޑުން ފެންނަމުން ދިޔަ ކިއާރާއަށް ބަލައިލިއެވެ. ކިއާރާ އިނީ އަނާންގެ ވާހަކައަށް ގޮސް ހުސްވެފައެވެ. އިރު އިރުކޮޅާ އެ ރީތި ހިނިތުންވުން ދީފައި އިސްތަށިކޮޅާއި ކުޅެލައެވެ. އަޔާންއަށް އެ ހުރިހާ އާދައެއްވެސް ކަމުދާންފެށީ ކޮންއިރަކު ކިހިނެއްކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. ނަމަވެސް ކަމުދާންފަށައިފިއެވެ.

ޖެލީ ކައިރިއަށް ގޮސް ހުއްޓި ކާރުން ކިއާރާއާއި އަނާން ފޭބިއެވެ.. އަޔާން އަންނާނެ އިރަކަށް މަޑުކުރުމެއްނެތި އެދެމީހުން ވާހަކައިގައި ގޮސްވަނެވެ. އަޔާން ދެބުމަ ގޮށްޖަހާލިއެވެ. އެދިމާ ބަލަން ހުރެފައި ކާރުގެ ތަޅުދަނޑި ހިފައިގެން ބާރު ހިނގުމެއްގައި ދިޔައެވެ. ޕިއްޒާކަމުން ދިޔައިރުވެސް އަޔާން އިންކަމަށްވެސް ނުހަދާލައެވެ. ކިއާރާގެ މިސިފައެއް ދުވަހަކުވެސް އަޔާން ނުދެކެވެ. އޭނާ އިންކަމަށް ނުހަދާއިރު ބަލައިވެސްނުލައެވެ. ކޮންމެއަކަސް އެވަނީ ރަނގަޅަށެވެ. އެއީ ކިއާރާވެސް ކަންތަށްކުރަން ބޭނުންވާ ގޮތް ކަންނޭނގެއެވެ. އެހެންނޫނަސް އަޔާން ކިއާރާއާއި ދިމާލަށް ބުނިބަސް އޭނާވެސް ހަނދާނުން ނުފިލައެވެ. ކިއާރާ އަކީ “ޑިސްގަސްޓިން” ކުއްޖެކޭ ބުނީވެސް ހުދު އަޔާންއެވެ. މިއަދު އެކަމާއި އަޔާންވެސް ދެރަވާކަށް ނުޖެހޭނެކަންނޭނގެއެވެ. ކުރިމަތީ އޭނީ އޭނާ ގެ ހިތުގެ ވިންދު މީގެ އަހަރުތަކެއްކުރިންވެސް އަވަސްކުރުވާ ކުއްޖައި ކަމުގައިވިޔަސް އޭނާއަށް ހެވެވެ.

……

ކިއާރާ ކާރު ގޮސް އަޔާންގެއަށް މަޑުކުރިއެވެ.. “އަނާ ދޭބަ މަމް ގޮވައިގެން އަންނަން..” ކިއާރާ ކާރުން ފައިބާފައި އެހެން ބުނެލުމުން އަނާން ދުއްވައިގަތެވެ. އަޔާން އޭރު ކާރުން ނިކުތީއެވެ. ކިއާރާއަށް އަޔާން ބަލައިލިއެވެ. އެއަށްފަހު ތަޅުދަނޑި ހަވާލުކުރިއެވެ. ކިއާރާ އެ ތަޅުދަނޑީގައި ހިފިއެވެ.. “އޯހ.. ތެންކްސް..” ކިއާރާ އެހެން ބުނެލީ އަޔާންއަށް ބަލައިވެސް ނުލައެވެ. އަޔާންވެސް މަޑުކޮށްލައިގެން ހުރީ ފޯނަށް ނަޒަރު ހިންގާލައިގެންނެވެ. އިރުކޮޅެއްނުވެ ހަމްނާއައެވެ. “ދައްތަ! މިދަނީ ދާންވެގެން…” ކިއާރާ އެހެން ބުންޏެވެ. “އެންމެ ރަނގަޅު ބަލައިގެން ދައްޗޭ.. ނޫނީ އަޔާން ދާންވީނު ކިއާ ލާން.. ވަރަށް ލަސްވެއްޖެ މިގަޑީގައި……” ހަމްނާ ފިކުރުބޮޑުވިއެވެ. “ނޫނޭ ދައްތަ… އޯކޭ އޭ…… ވަރަށް މީރު އިނގޭ… ދެންވާނީ ދައްތަމެން އަންނަން އަޅުގަނޑުގެ ކެއުމަކަށް އިނގޭ…..” ކިއާރާ އެހެން ބުނުމުން ހަމްނާ އެއްބަސްވިއެވެ. ހަމްނާގެ ހުއްދައާއި އެކު ކިއާރާ ކާރަށް އަރައިގެން ހިނގައްޖެއެވެ. . އަޔާން އަށް ކިއާރާގެ އެ ބަދަލުވެފައިވާ މިޒާޖުން އުނދަގޫވިއެވެ. އެހެންޏާ އަޔާންގެ މޫނަށް ނޫނީ ބަލަން ނޭނގޭ ކިއާރާ މިއަދު  ބަލައިވެސްނުލައެވެ. އަޔާން ހުންނައިރު ވާހަކަދައްކަންވެސް އޭނާއަށް އުނދަގުލެވެ. ހާއްސަކޮށް އަޔާންއާއެވެ. ނަމަވެސް މިއަދު އޭނާއަށް އެ ހުރިހާ ކަމެއްވެސް އެވަނީ ފަސޭހަވެފައެވެ.

….

ފާއިތުވެގެންދާ ކޮންމެ ދުވަހެއްވެގެން ދަނީ ކިއާރާއަށާއި ސަމާހްގެ ގުޅުމަށް އިތުރު އުފާތަކެއް ގެނުވާ ދުވަހަކަށެވެ. ކިއާރާވެސް އުޅެނީ ވަރަށް އުފަލުންނެވެ. އެންމެ ގާތްއެކުވެރިޔާ ސަމާހްއަށް ވެފައި ދިރިއުޅުން އޭނާއާއި އެކު ހިއްސާކުރާތީ ވަކި އުފާނުވާނީ ކާކުހެއްޔެވެ؟ ލޯބިވުމަކީ ތަފާތުކަމެކެވެ.ސަމާހް ކިތަންމެ މަސައްކަތްކުރިއަސް ކިއާރާގެ ހިތާއި އަދިވެސް ކުޅެއެއްނުލެވުނެވެ. އެހިތުގައި ދެގޮތެއް ނުވެ ހަމަ ވާނީ އަޔާންއެވެ. ކިއާރާ ވެސް ކަންވާގޮތަކަށް ގަބޫލްކޮށްގެން އުޅެމުންދިޔައެވެ. އަޔާން ފެނުމުން އެ ހިތްތެޅިލައެވެ. ނަމަވެސް ކިއާރާ އަކަށް ނުވަތަ އޭނާގެ އެ އަޒުމަކަށް ހިތްވަރަކަށް ބަދަލެއްނާދެއެވެ. އަޔާން ގެ ހިތަށް އުނދަގޫވާންފަށައެވެ. ކިއާރާ ފެންނަކޮންމެފަހަރަކު ހިތް އެދެނީ އޭނާއާއި ވާހަކަދައްކާ ހުރިހާ ކަމެއް އޮޅުންފިލުވާށެވެ. އެ ހިތުގެ ހަމަޖެހުމަކަށެވެ. ނަމަވެސް އޭނާގެ ސިކުނޑިއެކަމަށް ހުރަސްއަޅައެވެ.

ކިއާރާ ސަމާހް އާއި އެކު އޮފީހުން ނުކުތެވެ. “ސޭމް މާދަމާ ނޫން އަނެއް ދުވަހު އަންނާނެ ދޯ ޒާންމެން. ފައިނަލީ…” ކިއާރާ ބުނެލީ ހިނިތުންވެލާފައެވެ. ދެމީހުން ވާހަކައިގައި ނިކުތް ގަޑިވެގެން ދިޔައީ އަޔާންގެ ކުރިމައްޗަށް ކިއާރާއަށް އެރެވުނުވަގުތެވެ. ކިއާރާގެ ފިޔަވަޅުތަށް ހުއްޓުނީ ނޭވާއާއި އެކުގައެވެ. ސަމާހްއަށް ވެސް ހުއްޓެވުނެވެ. އަޔާން ކިއާރާއަށާއި ސަމާހް އަށް ބަލައިލިއެވެ. ކިއާރާ އޭނާގެ ނަޒަރު ތިރިކޮށްލުމަށްފަހު ސަމާހްގެ އަތުގައި ހިފަހައްޓާލިއެވެ. ސަމާހް އެއަތަށް ބަލާލުމަށްފަހު އަޔާންއަށް ބަލައިލިއެވެ. އަޔާންގެ މޫނުމަތިން ފެންނަން ހުރި ކަންތަށް ސަމާހްއަށް ރަނގަޅަށްވެސް ނަގައިގަނެވުނެވެ. ފޮރުވާ އިހްސާސްތަށް ސަމާހްއަށް ފެނުނެވެ. ކިއާރާ އަޔާންއަށް ބަލާލަމުން  ސަމާހްގެ އަތަށް ބާރުކުރިއެވެ. އަޔާން ގެ މޫނަށް ބަލައިލުމަށްފަހު އޭނާ ހިނިތުންވުމެއް ދެމުން އެ އަތަށް ބަލައިލީ އަޔާންއަށް އޭނާ އުޅެނީ އުފަލުގައި ކަމަށް ދައްކާށެވެ.. އަޔާންއަށްވެސް ގުޅިފައިވާ ދެއަތަށް ބަލައިލެވުނެވެ. އެއަށްފަހު ކިއާރާގެ މޫނަށް ބަލައިލެވުނެވެ. ކިއާރާ އަޔާންއާއި ދުރަށް ނަޒަރު ހިންގާލަމުން ހިނގައިގަތެވެ.

އެ ހަރަކާތުން އަޔާން އަށް އެދިނީ ޖަވާބެކެވެ. އަޔާން އެމީހުންނަށް ބަލަހައްޓައިގެން ހުރެވުނުއިރު އެ ހިތް އެއްވެސް ސަބަބަކާއި ނުލާ ކަތިލެވުނުކަހަލަ އިހްސާސްއެއްވެގެން ދިޔައެވެ.. އޭރު ސަމާހް  ހިނގައިފައި ދިޔައެއްކަމަކު އިރު އިރުކޮޅާ ފަސް އެނބުރި އަޔާންއަށް ބަލައެވެ. ކިއާރާ އޭނާގެ ކާރުކައިރިއަށް އައިސް ސަމާހްގެ އަތުން ދޫކުރިއެވެ.. އަދި ދަނީކަމަށް ބުނެ ކާރަށް އެރިއެވެ.. ސަމާހްއަށް އެންމެ ފަހަރަކުވެސް ކިއާރާ ބަލައިނުލައެވެ. ހިތުގައި އުފެދުނު ކަމެއްގެ ސަބަބުން އެ ހިތަށް ތަދުވާންފެށިއެވެ. އޭނާ ކާރު ސްޓާރޓް ކުރިއެވެ.. އަދި ކާރު ޕާކްއިން ނެރެފައި ދުއްވާލީ މަގުމަތީ އަދިވެސް ބަލަން ހުރި އަޔާން ކައިރިންލާފައެވެ. ކިއާރާ ތުންފިއްތާލިއެވެ. އަޔާންއަށް މިއަދު އޭނާ އެއައީ އޭނާ އުފަލުގައި އުޅޭކަމަށް ދައްކާފައެވެ. އަޔާން އިތުރަށް އެ ދިރިއުޅުމަކަށް ބޭނުން ނުވާކަމަށް ދައްކާފައެވެ.  އެނާގެ ސަމާލުކަން މަގުމަތިން ދުރަށް ދިޔަވަގުތަކީ ގަވާއިދާއި ހިލާފަށް ދުއްވަމުން ދިޔަ ޕިކަޕެއްގެ ކުރިމައްޗަށް އެރުނު ވަގުތެވެ. ކިއާރާގެ ދެލޯ ބޮޑުވިއެވެ. ކުރިމަތިން މަރުއައީފަދަ އިހްސާސްއެއް ވިއެވެ. ކާރު ބްރޭކް ނުޖަހަނިސް ގޮސް ޖެހުނީ އެ ޕިކަޕްގައެވެ. ބާރު އަޑުފައްގަނޑަކާއި އެކު މަގުމަތީގައި ތިބިއްޔާ ތިބި ބަޔަކަށް ސިހުން ގެނުވިއެވެ.

އަޔާން އެވަގުތު ހުރީ ކިއާރަ އޮބާލަންދެން ބަލަންށެވެ. އެމަންޒަރު އެ ދެލޮލަށް ފެނުނު ވަގުތު ހިތް ހީވީ ނުކުތްހެންނެވެ. އިރުކޮޅަކު ދެލޯ ބޮޑުކޮށްލާފައި ހުރެވުނީއެވެ. “ކިއާރާ!!!!!!!!!!!!!!!!!!!” އަޔާންއަށް އެހެން ގޮވާލެވުނީ ބާރަކަށެވެ. އެވަގުތު މަގުމަތީގައި އޮތިއްޔާ އޮތް ވެހިކަލެއް އޮތީ މަޑުކޮށްލައިގެންނެވެ. މީހުންތަށް އެތަނަށް އެއްވަމުން ދިޔައެވެ. އަޔާން ގައިގާ ހުރި ބާރެއްލާފައި އެދިމާލަށް ދުއްވައިގަތެވެ. ދުރުގައި ކާރު ޕާކް ދޮށުގައި ހުރި ސަމާހްއަށް އެ މަންޒަރު ނުފެނުނެއްކަމަކު މީހުން އެއްވިތަން ފެނުނެވެ. ހިތުގެ ކަނަކުން އޭނާއަށް ކަމެއް އަންގައިދިނީ އަޔާންގެ ސާފްނުވިއެއް ކަމަކު އިވުނު އަޑުގެ ސަބަބުންނެވެ. އަދި އެނާ ދުއްވައިގަތް ގޮތުގެ ސަބަބުންނެވެ. ސަމާހްވެސް ދުއްވައިގަތެވެ.

އަޔާން މީހުންތަށް އެއްފަރާތްކުރަމުން ގޮސް ކިއާރާ ކާރު ކައިރި މަޑުކުރިއެވެ.. އެނާ ބިރުން ދާހިތްލާ ފޯވެފައި ހުއްޓެވެ. އޭރު މީހަކު ކިއާރާ އިން ކާރުގެ ދޮރު ހުޅުވަން އުޅެނީއެވެ.. ކާރުގެ ކުރިމަތީ ހުރި ލޯގަނޑު އޮތީ ބޭރަށާއި އެތެރެއަށް ތެޅިފައެވެ. ކިއާރާ ސީޓް ބެލްޓް އަޅުވާފައި ނެތުމުން އޭނާ ގޮސް ޖެހުނުގޮތަށް އަނގައިންނާއި ބޮލުން ލޭތަށް ފައިބައިގެން އާދެއެވެ. އެއްބަޔަކު އުޅުނީ ޕިކަޕް ގައި ތިބިމީހުންގެ ގޮތްބަލާށެވެ. އަޔާން ހަޅޭލަވައިގަނެފައި ދޮރު ހުޅުވަން ހުރި މީހާ ދުރަށްޖެއްސިއެވެ.. އަދި ދޮރު ހުޅުވާފައި ކިއާރާއަށް ބަލައިލިއިރު އެ ހިތުގެ ތެޅުންވެސް ހުއްޓުނުކަހަލައެވެ. އަވަސް ނޭވާއާއި އެކު އޭނާ ކިއާރާ އަތްދަނޑިމައްޗަށް ނެގިއެވެ. “އެމްބިއުލަންސަށް ގުޅާބަ އަވަސް..” ތުރު ތުރުއަޅާހާލު އަޔާންއަށް ބުނެވުނެވެ. “ގުޅައިފިން އެބަ އާދޭ..” މީހަކު އެހެން ބުންޏެވެ. ކިއާރާގެ ކާރު ގެ އިންޖީނު އިންނަބައި އޮތީ ފުނޑުފުނޑުވެފައެވެ. ޖެހުނީ ޕިކަޕްގެ ކަނާތްފަޅީގައި ކަމުން ޕިކަޕްއޮތީ އަރިއަކަށް ނަމަވެސް ބެލެންސް ކުރެވިފައެވެ. އަޔާން ކިއާރާ ގެ މޫނަށް ބަލައިލިއެވެ. އޭނާގެ ގައިގާވެސް ބިއްލޫރި އެތިކޮޅުތަށް ހުއްޓެވެ. “ކިއާ… ކިއާ ލޯ ހުޅުވަބަ..” އަޔާން އަތްދަނޑިމަތީ އޮތް ކިއާރާއަށް ގޮވަމުންދިޔައެވެ. ނަމަވެސް އޭނާ ގެ ދެލޯ އޮތީ މެރިފައެވެ. ދޮން މޫނުގައި ވަނީ ލޭގެ ރޮނގެވެ.

ސަމާހްއަށް އެމީހުންނާއި ކައިރިވެވުނު ވަރަކަށް އަޔާންގެ އަތުގައި އޮތް ކިއާރާ ފެންނަންފެށިއެވެ. އޭނާގެ ހިތްތެޅެމުންދިޔައެވެ. ސަމާހް ގެ ދެލޯ ބޮޑުވިއެވެ. ކައިރިން ކިއާރާ ފެނިފައެވެ. “ކިއާ!!!!” ސަމާހްއަށް ބުނެލެވުނެވެ. އޭނާ ތުރު ތުރުއަޅައިގަތެވެ. އަޔާން ސަމާހްއަށް ބަލައިލިއެވެ. އެވަގުތު ދެ އެމްބިއުލާންސް އައެވެ. ކިއާރާ އެމްބިއުލަންސަށް ލާފައި އަޔާންއެރީ ސަމާހްވެސް ގޮވައިގެންނެވެ. އޭރުވެސް އޭނާ ހުރީ ޝޮކެއްގައެވެ. އަޔާންގެ މުޅިގައިގާ ވަނީ ލެއެވެ. ސަމާހްއަށް ބަލައިލުމެއްނެތި އަޔާން ކިއާރާއަށް ގޮވަމުންދިޔައެވެ. ދެލޯ ހުރީ އެއްވެސް ނޭނގޭ ސަބަބަކާއި ހެދި ކަރުނުން ފުރިފައެވެ. “ކިއާ..!! ޕްލީސް ވޭކްއަޕް..” އަޔާން ކިއާރާގެ މޫނުމަތީ ޖަހާލަމުން ބުނެލިއެވެ. ސަމާހް އަޔާންއަށް ބަލައިލިއެވެ. އޭނާ އެއްޗެއް ނުވެސް ބުނެވުނެވެ. “ސަމާހް…. ގުޅާ… ފަތުހީއަށް….” އަޔާން އެހެން ބުނުމުން ދުރުގައި އިން ސަމާހް ބޯޖަހާލާފައި ފޯނު ނެގިއެވެ. އޭނާވެސް އިނީ އަޔާން އިންފަދަ ހާލެއްގައެވެ.

އެމަރޖެންސީގައި އޭޑީކޭއަށް ގެންގޮސް އަވަސް ފަރުވާ ދޭ ރޫމްއަށް ކިއާރާ ވެއްދިއެވެ. އަޔާން އާއި ސަމާހް އައިސް އިށީނެވެ.. އަޔާން ކަކޫމަތީ އަތް އަޅާލަމުން އޭނާގެ މޫނުފޮރުވާލީ ހެއްދެވި ރަސްކަލާނގެއަށް ދުޢާ ދަންނަވާހާލުގައެވެ. ލައިގެން ހުރި ހުދު އަދި ކަޅު ކުދި ތިކިތަކެއް ޖަހާފައި ހުރި ގަމިހުގައި ވަނީ ހުސް ތާޒާ ލެއެވެ. އޭނާގެ އަތުގައި ވެސްމެއެވެ. އަޔާން އަށް އަދިވެސް ސިފަވަނީ ކިއާރާގެ ކާރު ގޮސް ޖެހުނުގޮތެވެ. ސަމާހް އެއްޗެއް ނުބުނެ އިނެއްކަމަކު އޭނާގެ ސިކުނޑިހިނގައެވެ. މިއަދު އަޔާންގެ ފަރާތުން ފެންނަމުން ދާ ކޮންމެ ހަރަކާތެއް ސަމާހްއަށް އެއްޗެއް އަންގަމުންދިޔައެވެ. އެއިން އޭނާ އުފާވާންވީކަމެއް ނުވަތަ ދެރަވާންވީކަމެއް ހުދު އޭނާއަށްވެސް ނޭނގެއެވެ. ފަތުހީ ހަލުވި ހިނގުމެއްގައި އައެވެ. “ސަމާހް؟؟ ކޮބާ؟؟ ކިހިނެއްވީތަ/؟؟ ކޮބާ..ކޮބާ ކިއާރާ؟؟ ކޮބާތަ؟؟” ފަތުހީވެސް ހުރީ ތުރު ތުރުއަޅާހާލުގައެވެ. އަޔާން ފެނިފައި ފަތުހީ ސުވާލުއުފެދުނެވެ. ސަމާހް ޖަވާބުދިނުމުން ފަތިހީ އެމީހުން ކައިރި އިށީނެވެ. އޭނާވެސް ދެއަތުން މޫނު ފޮރުވާލިވަގުތު ދެލޮލުން ކަރުނައެވެ. ލިބުނު ހަމައެކަނި ދަރިފުޅު ގެއްލޭކަށް އޭނާ ނޭދެއެވެ.

އިރުގަނޑެއްފަހުން ޑޮކްޓަރަކު އެތަނުން ނުކުތެވެ. ތިންމީހުންނަށް އެކީ ކޮޅަށް ތެދުވެވުނެވެ. އަދި ޑޮކްޓަރު ކައިރިއަށް ދިޔައެވެ. އަޔާން ޑޮކްޓަރ ކައިރިއަށް ގޮއްސާވެސް ފަހަތަށް އެއްފިޔަވަޅު އަޅާލިއެވެ. “ވަރަށް ކްރިޓިކަލް ހާލަތެއްގައި އޮތީ… ސިކުނޑިއާއި ގުޅިފައި އިން ނާރެއް ފިތި ނާށިގަނޑަށްވެސް ވަނީ ގެއްލުން ލިބިފައި.. ވީހާވެސް އަވަހަށް ޖެހޭނެ އޮޕެރޭޝަންއެއް..” ޑޮކްޓަރު ބުންޏެވެ. “ވަޓް…!!  ޑޮކްޓަރ ހުރިހާ ކަމެއްވެސް ހަމަޖެހޭނެ.. ކޮންމެ ގޮތެއް ހަދާފަވެސް ކިއާރާ……ކިއާރާ ރަނގަޅުވާނެތަ؟؟” ފަތުހީއަށް ބުނެލެވުނެވެ. “މިވަގުތު އެއްޗެއް ބުނެވޭކަށް ނެތް.. ވަރަށް އަވަހަށް އޭ ޕޮސިޓިވް ލޭވެސް ބޭނުންވޭ… މިހިސާބަށް އާއިރު ވަރަށް ގިނަ ލޭވަނީ ހަށިގަނޑުން ބޭރުވެފައި… ބްލަޑް ބޭންކްއަށް އަންގައިފިން އަދި ހަބަރެއް ނުވެގެން މިއުޅެނީ… އޮޕެރޭޝަންގެ ކުރިން ލޭ އެޅުން ރަނގަޅުވާނީ… ނާރސް އާއި އެކު ދުރުވާންވީނުންތޯ އޮޕަރޭޝަންގެ ފޯރމާލިޓީސް ފުރިހަމަކޮށްލަން..” ޑޮކްޓަރު ކޮޓަރިން ނިކުތް ނާރސް އަށް އިޝާރާތްކުރަމުން ބުނެލީ ފަތުހީއަށެވެ. ފަތުހީ ބޯ ޖަހާލާފައި ހިނގައިގަތެވެ. ސަމާހް ފަހަތަށް ފިޔަވަޅެއް އަޅަމުން ގޮސް އިށީނެވެ.

“ޑޮކްޓަރ… އޭ ޕޮސިޓިވް ލޭތަ ބޭނުންވަނީ؟؟” އަޔާން އެހިއެވެ. ޑޮކްޓަރ އާއެކޭ ބުންޏެވެ.”އަޅުގަނޑުގެ ހުންނަނީ އޭ ޕޮސިޓިވް…. އަޅުގަނޑަށް ދެވިދާނެ..” އަޔާން ބުނެލީ ކުއްލިއަކަށެވެ. ސަމާހް އަޔާންއަށް ބަލައިލެވުނު ވަގުތު ޑޮކްޓަރ އަޔާން ގޮވައިގެން އެތެރެއަށް ވަނެވެ.

އިރުކޮޅެއް ނުވެ ފަތުހީ އައެވެ. “އޭ ޕޮސިޓިވް ލޭ އަދިވެސް ނުލިބޭ ކަމަށްވަނީ…. ސަރ ގެ ވެސް ހުންނަނީ ބީ….” ފަތުހީ ބުނީ ހާސްވެފައެވެ.. “އަ..އަޔާން… އަޔާން ވަދެއްޖެ..” ސަމާހް ބުނެލުމުން ފަތުހީ ސިހިފައި ސަމާހްއަށް ބަލައިލެވުނެވެ. އަދި ވަގުތުން ކޮޅަށް ތެދުވެވުނެވެ.

އަދި އެ ތާނގެ ދޮރު ކައިރި މަޑުކޮށްލާ އޭގައި އިން ލޯގަނޑުން އެތެރެ ބަލާލިއެވެ. އެނާއަށް ފެނުނީ އެނދެއްގައި އޮތް ކިއާރާއެވެ. އޭނާގެ ބޮލުގައި ވަނީ ބެންޑޭޖެއް އަޅާލެވިފައެވެ. މުޅިގައިގާ އަދިވެސް ވަނީ ލެއެވެ. އެނާ އޮށޯވެ އޮތް އެނދުގައި އޮތް ހުދު ފޮތިގަނޑުވެސްމެއެވެ. ކިއާރާ ކައިރި މެޝިންތަށް މަސައްކަތްކުރަމުން ދިޔައެވެ. ފަތުހީ އަށް ދެން ފެނުނީ ކިއާރާގެ އެނދާއި މާ ދުރުނޫން ހިސާބެއްގައި އޮތް އަޔަަާންއެވެ. އަޔާން ގެ އަތަށް ގުޅާލެވިފައިވާ އިންޖެކަޝަން އިން ލޭ ބޭރުވަމުންދިޔައެވެ. އަޔާން އޮތީ ކިއާރާއަށް ބަލަންށެވެ. އެ ބެލުމުގައި ވަނީ ތަފާތުކަމެކެވެ. ފަތުހީ ދޮރުގައި އަތް އަޅާލިއިރު ހުރީ ރޮވިފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ހިތް އެކީ ދެވިއްޖޭ…30

Next

އެ ލޯބި އަސްލު ހައްޤޭ (12 ވަނަ ބައި)

Next
December 23, 2016

އެ ލޯބި އަސްލު ހައްޤޭ (12 ވަނަ ބައި)

Previews
December 22, 2016

ހިތް އެކީ ދެވިއްޖޭ…30

42 Comments!

  1. Leen says:
    December 22, 2016 at 9:18 pm

    Inthixaaruga indha thi upkhdhiny….adhi nukiyan stry eh…ingey reethi vaanekan…thnxs ryyn

  2. Ryn says:
    December 22, 2016 at 9:21 pm

    Heyy again!!! I made it lil fast aaand it must b around 9 20 there tho! Anyway aslu i guess i have to talk to u guys about the time upload kuraa! Morning ga raahje 8 haairu up nuvy r dhn i wil b uploading them around 1 30 and reygandu i will b free 7 and after 10 ga.. between e time i wil b doing my homwokrs and all.. Day time ga i wont b that free..! But i can adjust. Shall i make one part around 5 and dhn aneh part around 9? eyrun my hmewrk hadhaa gadi ekani adjust khlan jeheyny but its fine i can still do them in midnight tho 😛 😉 anyway tc good night…

    1. 我 says:
      December 22, 2016 at 9:52 pm

      Konnthaaku ryn kiyavany..kon gaumeh i mean

    2. Mop says:
      December 22, 2016 at 11:19 pm

      Miharu upkura gothah upkuriyas ok ey.. Ehn noony ryn ah vx undhagu vanehnu…

    3. Fin says:
      December 22, 2016 at 11:21 pm

      Vvv reeeethi mi part.. Adhi vxx Kiya hiyvany..

    4. Mop says:
      December 22, 2016 at 11:22 pm

      Varah salhi hama.. Waiting

    5. Faxoo says:
      December 23, 2016 at 10:28 am

      Make things easy for yuh, Ryyn 🙂 and best of luck with studies. we will be patiently waiting (although baeh faharu vaahaka kiyaahithun keh nuviyas 😛 ) mibai vrh varugadha shock eh genesdhyfi 😮 plx kiyara ah dheragotheh nnahadhacchey

  3. Shau says:
    December 22, 2016 at 9:24 pm

    Me first??

  4. fau says:
    December 22, 2016 at 9:27 pm

    Vvvvvvvvvv loabi ingey.. Ryn ah hama saaabas dhen… Love yaa.. ???????????

  5. kanbulo says:
    December 22, 2016 at 9:32 pm

    Kithah parts mulhi ehkoh mi storyga ihnany like

  6. ASH CHUM says:
    December 22, 2016 at 9:37 pm

    OMG.manzar hama sifavegen dhanee. Varah salhi.

  7. Een says:
    December 22, 2016 at 9:38 pm

    Accident oh God ryn kihineh thi hedhee? Plz ryn kia ah eahn nahadhaa dhn ayaan gulhuvaba. V nice stry I like it. Abadhu balailevey up vefa huri thoa. Adhi eh part plz ryn

  8. Faathee says:
    December 22, 2016 at 9:39 pm

    V v v reethi mi part. V furihama. Hama v v ingey. Kuree 2 3 part ga aslu beykaaru baa kuda koh gina. Hehee don’t mind ingey ryn. Beykaaru baa gina viyas e parts tha ves salhi hama. But this part is just wow. Maasha Allah. Keep going girl

  9. MEE says:
    December 22, 2016 at 9:43 pm

    stry hama habeys, manje beynun iraku up kuran v. up kuranikoh ok. hehe………..

  10. Asasa says:
    December 22, 2016 at 9:47 pm

    Niima thanun thi dhnee shocked v reethi

  11. silver shine says:
    December 22, 2016 at 9:50 pm

    Vaahaka v reethi, ayaan ah kiyaara libey gotheah hedhias samaah ah dheravaa gotheah nuhadhahcheyyyy!!!! Samaah is best,

  12. Sweetie says:
    December 22, 2016 at 9:59 pm

    Wow. Thanks Ryn. U r the best. Luv u.

  13. Vaahaka foshi says:
    December 22, 2016 at 10:00 pm

    I luv it. Thnx

  14. Aal says:
    December 22, 2016 at 10:05 pm

    Mi parr ves hama Varh salhi..u r the best ?…
    ryn ah hama vaaavarakun veehaaves ginaaku up kurey hehe ..

  15. Jee says:
    December 22, 2016 at 10:10 pm

    Maadhan kihaa iraku upload kuraaneee

  16. Aakee says:
    December 22, 2016 at 10:10 pm

    ma sha Allah v molhu vaahakaliyan

  17. Iman says:
    December 22, 2016 at 10:12 pm

    Guddd

  18. Shaya says:
    December 22, 2016 at 10:16 pm

    Wow?

  19. Zaanaa says:
    December 22, 2016 at 10:26 pm

    Adhi 1 part pls pls pls

  20. Cutee says:
    December 22, 2016 at 10:28 pm

    Woww…I luv it ??❤

  21. Crazy fan says:
    December 22, 2016 at 10:37 pm

    ?Miha thanah aa ehme salhi part??
    I think kiya ah konmex kahala uni kameh annaane kanneynge.. Temporary kohhh… Like memory lost… Waitingg??

  22. Ainth says:
    December 22, 2016 at 10:41 pm

    Wow.. Beautiful…?

  23. pinker says:
    December 22, 2016 at 11:03 pm

    Interesting?

  24. xaf says:
    December 22, 2016 at 11:07 pm

    alhe dhn plx kiya ah dheragotheh nuhadhahchey….

  25. mimi says:
    December 22, 2016 at 11:23 pm

    Woooww??
    It’s vvvvv interesting n just wow

  26. galaxy says:
    December 23, 2016 at 12:07 am

    wooooow.vrh vrh vrh riithi story

  27. Kalhu handi says:
    December 23, 2016 at 12:58 am

    Dhn ayaan ah kiara a ee kihaa muhinmu myhehkah visneynee. E soru dhera ves vaane e soru dhera vaathan v balaalaa hihvey…

  28. mamolhu says:
    December 23, 2016 at 6:17 am

    Oh no. Dhen kiaaraa ge handhaathah fuheveyne henn haadha heeve eyy. Eyrun ayan ge loavi vx e dhiyaee oyaalaafa. ?

  29. Zaa says:
    December 23, 2016 at 7:13 am

    Really heart touching story

  30. Jee says:
    December 23, 2016 at 8:11 am

    Miadhu ves up nuvaneee tha vaahaka????

    1. aish says:
      December 23, 2016 at 9:32 am

      Vaahaka up nuvaa dhuvahe dhey tha

    2. Jee says:
      December 23, 2016 at 12:20 pm

      Ya last friday even

  31. Vishaa says:
    December 23, 2016 at 8:17 am

    Kobaaa tha reyn …we are waiting igey

  32. Fin says:
    December 23, 2016 at 9:01 am

    Ryn.. Miadhu afternoon ga dhw.. Waiting

  33. Afar says:
    December 23, 2016 at 12:19 pm

    Alhe mihaaru 12 jahaifi.. ryn buni 8 ga up nuviyyaa 11:30 ga up kuraanamey.. so does that mean today up nuvany a???? ? ? ?

    1. Ana says:
      December 23, 2016 at 12:32 pm

      Ryn bunefa inee morning 8 ga up nukurevihja 1:30 ehaa iru kuraanamey ☺

  34. Hunaa says:
    December 23, 2016 at 12:25 pm

    This story is lovely and ryn knme dhuhuku 2 part up khdheythy. V.ufaave.
    Ekm midnight ga homework nuhadhahchey Inge. Kiyavaa kujjaku kurun ehaa rangalhu Kameh noon aiky.
    GOOD LUCK FOR U STUDY N FOR THIS STORY..♡♡♡

Comments are closed.

Next Episodeިހިތް އެކީ ދެވިއްޖޭ…32←


All Right Reserved!