Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…30

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
December 22, 2016 8 Mins Read
31 Comments

 

“މޭމް ދަނީތޯ؟” ދީމާ އަހާލުމުން ކިއަރާ ހުމް އޭ ބުންޏެވެ. “މުހިންމު ކަމެއް އޮތިއްޔާ ފަތުހީ ސަރ އާއި ވާހަކަދައްކާލާ…. އެން ކޮމްޕް ގައި އިންނާނެ ޑޮކިއުމެންޓެއް ނިންމާލި… އޭތި ޕްރިންޓްކޮށްލަދެއްޗޭ ޕްލީސް. އެން ކަބަޑުތެރެއަށް ލާފަ ބައިންދާ… މިދަނީ ކުޑަކޮށް ބޮލުގަ ރިއްސާތީވެ..” ކިއާރާ އަމިއްލަ ބޮލުގައި އަތްލަމުން ބުންޏެވެ.. “އޯކޭ މޭމް.. ޝުއަރ… ޓޭކް ކެއަރ..” ދީމާ އެހެން ބުނެފައި ހިނގައިގަތީ ފަތުހީ ގެ ކެބިންއަށެވެ. ކިއާރާ ވެސް ދާން ހިނގައިގަތެވެ. ގޮސް އެންމެ ތިރިއަށް ފައިބާފައި ލިފްޓުން ނިކުތެވެ. ރިޝެޕްޝަނުގައި ތިބި ކުދިންނަށް ބަލާލާފައި ހިނިތުންވުމެއް ދީފައި ކިއާރާ ނިކުތެވެ.

މަޑުކުރުމެއްނެތި ގޮސް ކާރަށް ކިއާރާ އަރާލިއެވެ. ހިތާއި ސިކުނޑީގައި އެނބުރެމުންދިޔައީ އެއްކަމެކެވެ. ކިއާރާ ކާރު ސްޓާރޓް ކޮށްލުމަށްފަހު ޕާކް އޭރިއާއިން ނެރެލަން ދުއްވާލިއެވެ. ކުއްލިއަކަށް އޭނާގެ ކާރު ބްރޭކްޖައްސަން މަޖުބޫރުވީ ކުރިމައްޗަށް އެރި ކާރުގެ ސަބަބުންނެވެ. ކިއާރާ އަށް ކާރު ހުއްޓާލެވުނީ ކުއްލިއަށް ކަމުން އޭނާ ގޮސް ހޭންޑްލްގައި ނުޖެހުނީ ކިރިޔާއެވެ. އޭނާގެ އިސްތަށިގަނޑުވެސް ވަޔާއި ވިހުރެލީ ހަލުވިކަމާއި އެކުގައެވެ. ކިއާރާ އިރުކޮޅަކު ހޭންޑްލްގައި ބޯއަޅާލައިގެން އޮތީ އެ ލިބުނު ސިހުމުގެ ސަބަބުން ބޮލަށް އެރި ތަދަކުންނެވެ. އެއަށްފަހު އޭނާ ބޯ ހިއްލާލާ ބަލައިލިއެވެ. އެކާރު ފަހަތަށް ޖައްސާތަން ފެނުނެވެ. ކިއާރާ ކާރުން ފޭބިއެވެ. އެވަގުތު އޭނާއަށް ފައި އަޅާލެވުނުގޮތުން ހީލްސް ގެ ހިމަދަނޑިކޮޅު ނައްޓާލާ ކިއާރާ މަގުމައްޗަށް ވެއްޓުނެވެ. “އައުޗްޗްޗްޗް” ކިއާރާއަށް ބުނެލެވުނެވެ. އޭނާގެ ފައި ހީވީ އެނބުރުހެންނެވެ. ކިއާރާ އެ އިންގޮތަށް އިނދެފައި ފަޔަށް ބަލައިލިއެވެ. އެއަށްފަހު ނައްޓާލާފައި އޮތް ހީލްސްގެ ތަންކޮޅަށް ބަލައިލިއެވެ. އަދި ދެއަތް ވިއްދާލާފައި ތެދުވަން އުޅުނެވެ. ނަމަވެސް ފަޔަށް އެރީ ތަދެކެވެ. ތުންފަތުގައި ދަތް އަޅާލަމުން ކިއާރާ އަނެއްކާވެސް ތެދުވަން މަސައްކަތްކުރިއެވެ. އެވަގުތު އޭނާ ސިހުނީ މީހަކު އަތްދިއްކޮށްލުމުންނެވެ. ކިއާރާ ގެ ލޮލުގައިފުރަތަމަ އަޅައިގަތީ އެ އޮފް ކަޅު ބޫޓެވެ. އޭނާ އެމީހެއްގެ މޫނު ބަލާލިއިރު އެއީ އަޔާންއެވެ.

ކިއާރާ ގެ ނޭވާ ހިފެހެއްޓުނުކަހަލައެވެ. އަޔާން ގެ އަތަށް ކިއާރާ ބަލައިލިއެވެ. އެއަށްފަހު އިސްޖަހާލީ  އަމިއްލައަށް ތެދުވަން ބޭނުންވެގެންނެވެ. ކިއާރާ އަނެއްކާވެސް ދެއަތް ވިއްދާ ބާރުކޮށްލުމަށްފަހު ތެދުވަން މަސައްކަތްކުރިއެވެ. ކާރުގައި ކުޑަކޮށް އަމިއްލަ ހަށިގަނޑު ވިއްދާލަމުންނެވެ. ކިއަރާ ތެދުވެ އޭނާގެ ހަލާކުވެފައި އޮތް ހީލްސް ނެގީއަޔާންއަށް ބަލައިލާފައެވެ. އެއަށްފަހު ކާރަށް އެރިއެވެ. އަޔާންވެސް ފުން ނޭވައެއް ދޫކޮށްލާފައި ކާރާއި ދުރަށް ހިނގައިގަތެވެ. އެދެމީހުންގެ ދެމެދުގައި ހިނގި އެ ކުޑަ ހާދިސާ ބަލަން ދުރުގައި ސަމާހް ހުއްޓެވެ. އޭނާ އިސްޖަހާލިއެވެ.

ތިންހިތުތެރޭވެސް ލޯބީގެ ތޫފާނެއް އައިސްގެންއުޅޭކަހަލައެވެ. ކުރާނެކަމެއް ހަދާނެގޮތެއް އެއްވެސް ވަރަކަށް ނޭނގެއެވެ.؟ ލޮތްބަކީ އިނގިގެން ވާނެ އެއްޗެއް ނޫންތާއެވެ. ކޮންމެއަކަސް މި ލޯބީގެ އޮއެވަރަރުގައި މިތިބީ ޖެހިވިފައެވެ. މި އޮއެވަރުން ސަލާމަތްވާނީ ކޮންހިތެއް އެއްފަރާތްވެގެން ކަމެއް ނުވަތަ ފުނޑުފުނޑުވެގެން ކަމެއް އެކަކަށްވެސް ނޭނގެއެވެ.

އަޔާން ގޮސް ކާރަށް އަރަންދެން ކިއާރާ އިނީ ބަލަންށެވެ. އެއަށްފަހު ކާރު ސްޓާރޓްކޮށްލާފައި ދުއްވާލިއެވެ. ގެއަށް ދިޔަގޮތަށް އޭނާ އެނދުމައްޗަށް ވެއްޓިގަތީ ބޮލަށް ބަރުވެގެންނެވެ. އެތަކެއް ހިޔާލުތަކަކުން ފުނިޖެހިފައިވާ އެ ސިކުނޑިއަށް ލުޔެއްލިބޭތޯއެވެ. ކިއާރާ އޭނާގެ ފޯނު ނަގާލާފައި ޒާއިން ވައިބާގައި އޮން ތޯ ބަލާލިއެވެ. ނަސީބު ދިމާކުރިގޮތުން އޭނާ އިނީ އޮންގައެވެ. ކިއާރާ ޒާއިންއަށް ގުޅިއެވެ.. އެ ހިތަށާއި ސިކުނޑިއަށް ލުޔެއް ލިބޭނީ އެ ހިއްސާކޮށްލެވޭނެވަރުގެ މީހަކާ ހިއްސާކޮށްލީމައެވެ.

ހަލޯ ކިޓީ؟؟ ހައު އާރ ޔޫ؟ އޮފީސް ގަ ކިހިނެއް ކަންތަށް؟” ފޯނު ނެގުމާއި އެކު ޒާއިން ފައްޗަކަށް އޮއްސާލިއެވެ.

“ހޭ… ޔާ އަމް ފައިން… އޮފީސް ވެސް އޯކޭ….” ކިއާރާގެ އަޑުގައި ވަނީ މަޑުމޮޅިކަމެވެ.

“ހޭ؟؟؟ އޮފް؟ ކިހިނެއްވެފައި؟” ޒާއިންއަށް އެކަން ނަގައިގަނެވުނެވެ. ކިއާރާ ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.

“ޒާން… ސޭމް……” ކިއާރާ ބުނެލެވުނު އިރު އެ ދެލޯ ކަރުނުން ފުރުނެވެ.

“ސޭމް ކިހިނެއްވީ؟”

“ޒާން… ސޭމް… ހީ ލަވްސް މީ އެން އައި ޑޯންޓް ނޯ އައި ކާންޓް ޑޫ އެނީތިން އަބައުޓް އިޓް އެކަމް ޑޭޑް…. ޑޭޑް ވިސްނައިދިނީ އެގޮތް އެންމެ ރަނގަޅު ވާނެކަމަށް….. އަޔާން….. ނޯ ޒާން އައި ކާންޓް ޑޫ ދިސް… އަޔާން ގެ އިންތިޒާރުގައި އަބަދުވެސް ހުންނަން ބޭނުމީ… މިހިތް އެގޮތަށް ވުމަކަށް ނޭދޭ.. އެކަމް ސިކުނޑި… ސިކުނޑި ވިސްނައިދެނީ މީ ރަނގަޅު ގޮތް ކަމަށް.. ޒާން ބުނެބަ ހަދާނެ ގޮތެއް…” ކިއާރާ އެއްފަހަރާ ކިޔާލެވުނީ ހިތުގެ ހާލު އޭނާއަށް އިއްވަމުންނެވެ. އޭނާގެ އަޑުވެސް ތުރު ތުރުލައެވެ. އެކޮޅުން ޒާއިން އެއްޗެއް ނުބުނެ އިނެވެ.

“ކިޓީ!!ހާރޓް އިސް އޯލްވޭސް ރައިޓް.. އެކަމް ލައިފް ގަ އަންނާނެ ސިކުނޑި ވިސްނައިދޭގޮތް ރަނގަޅު ހާލަތްތަށް.. އެން މީ އެކަހަލަ ސިޓުއޭޝަންއެއް… ސީ… ސޭމް އަކީ ގޯސްކުއްޖެއްނޫން… ދެން އަޔާން… ލޮތްބަކަށް އެހެން އެއްޗަކަށް އޭނާ މިހާރު އެއްވެސް އިތުބާރެއްނުކުރޭ އޭނާގެ ލައިފްގައި ކަންތަށް ހިނގައިދިޔަ ގޮތުން… އަބަދު ލޯބިވާ މީހަކު ލިބިގެންނެއްނޫނޭ ލަވް ސްޓޯރީއެއް ވޯރކް ކުރާނީ.. ހެޕީ އެންޑިން އަންނާނީ.. ބައެއްފަހަރު އަނެކާގެ ލޯބި ލިބިގެން ވެސް ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލްކުރެވޭނެ.. މިހާރު ގެ މިދުނިޔެއަސް ބަލާފަ މި މީހުންނަށް ބަލާފަ ތެދުވެރި ލޯބިވާމީހުން މަދުވާނެ… އެން ވީ ޝުޑް ނޮޓް ލޫސް ދެމް.. ކިޓީ އަޔާންގެ އިންތިޒާރުގައި އިންދާ ނޭނގޭނު އަތުންބީވެގެން ދާނީ ކޮންފަދަ ރަނގަޅު ބައިވެރިއެއްކަން…” ޒާއިން ވިސްނައިދިނެވެ. ކިއާރާ އަށް ވިސްނޭނެހެންނެވެ. ކިއާރާގެ ހަމަހިމޭންކަމުން ޒާއިން އަށް ކުރިއެރުން ލިބޭކަހަލަ އިހްސާސްއެއް އޭނާއަށް ކުރިއެވެ.

“ކިޓީވެސް ގަބޫލުކުރަމެއްނު …ސޭމް އެއީ ގޯސް ކޮށް އުޅޭ ކުއްޖެއްވެސް ނޫނެއްނު ދޯ؟” ޒާއިން އެހިއެވެ.. ހީވަނީ ބޭބެއަކު ކޮއްކޮއަކަށް ނަސޭހަތް ދޭހެންނެވެ. ކިއާރާ ހުމްމް އަޅުވާލިއެވެ.

“އެކަމް ޒާން…. އޭނާ ބޭނުންވާހާ އެއްވެސް އުފަލެއް ނުދެވޭނޭ… އައި ކާންޓް..” ކިއާރާ އޭގެން ވާނެ ގެއްލުން ބުނެދިނެވެ.. “ކިޓީ ދޭކަށް ނުޖެހޭނޭ… ލޯބިވާމީހަކުއާއި އެކު އުޅެވެމުންވެސް އެ ހުރިހާ އުފަލެއް ލިބޭނޭ.. އެން ޔޫ. ކިޓީ ވެސް އުފާވާނެ…..” ޒާއިން ބުންޏެވެ.. “ޒާން…. ބޭނުމެއްނޫން މިކަން ވާކަށް….. އަޔާން އިޒް މައި އެވްރީތިން….. އަޔާން ނެތަސް މި ލޯބި އަދިވެސް ކިއާ އަތުގައި އެބައޮތޭ މި ލޮތްބަށް ބޭވަފާތެރިވާކަށް ނޭދެން.. އަނެއްކާ ސޭމް އާއި ގުޅުނަސް މި ލޮތްބަށް ބަދަލެއްނާންނާނެ އަޔާން ފެނުނަސް ހަމަ އަބަދުވެސް ވާހެން ވާނެ… ސޭމްއަށްވެސް އެ އަނިޔާއެއްނު ދެވެނީ… ޒާން ޕްލީސް އަންޑަސްޓޭންޑްވެބަ..” ކިއާރާ ގެ އަރުބެދުނެވެ.

“ތެދެއް ޒާން.. އެ 7 އަހަރުގެ ލޯބި ބަދަލުވިޔަ ނުދީ…. އެ ތެދުވެރި ލޯބި ކޮންމެވެސް ދުވަހަކުން ހާސިލްވާނެ.. ޒާން އަށް އަދި މިކަން އިނގުނުތާ މާ ގިނަ ދުވަސް ނުވިޔަސް އެ ލޯބި ފެށިގެން އައިގޮތަށް ދަންދެން މައި ހުރީމޭ…. އެލޯބި ކުރިފަޅާ ހެދުނީ މައި ކުރިމަތީއޭ… އެން އޭގެ މޫތަށް ވަރުގަދަވެ ފޯދިފަ ހުއްޓާ ތިހެން ހެދުން ރަނގަޅެއް ނުވާނެ… މިއީ އިއްޔެއަކު މިއަދަކުގެ ލޮތްބެއްނޫނޭ ޒާން…. ކިތަށް އަހަރު ވެއްޖެ….” އެކޮޅުން އިވިގެން ދިޔައީ މައިޝާގެ އަޑެވެ. މައިޝާވެސް އިނީ އަޑުއަހަންކަން ކިއާރާއަށް އިނގުނެވެ. ޒާއިންއަށް އެ ލޯބި އިހްސާސްވާވަރަށް ގިނަދުވަސް ނުވިޔަސް މައިޝާ ވަނީ އެ ލޮތްބާއި އެކު އުޅެފައެވެ. ދެނެގަނެފައެވެ. އެހެންކަމުން އޭނާއަށް ކިއާރާ އެ ދައްކާ ވާހަކަ ނަގައިގަންނަން ފަސޭހަވިއެވެ.

“އެކަމް އަބަދަކު އެހެނެއް ނުހުރެވޭނެނު… މައި.. ވިސްނާބަ.. ކިޓީވެސް… އަޔާން ގެ ދިރިއުޅުމުގައި އެތައް ކަމެއް ހިނގައިފި.. އޭނާގެ ހިތުގައި އަދިވެސް ޝާހީނާގެއަށް ދެވިފައި އޮތް މަގާމު އެބައޮތް އެކަމް ލޯބީގެ މަތިން ފޫހިވެފައި އިތުބާރު ގެއްލިފައި ހުރިމީހެއް އެއީ.. އެހެންމީހަކު ލޯބިވިޔަސް އެ އެނގޭވަރަށްވުރެ އޭނާ މިހާރު އެ ލޮތްބާއި ދުރު… ދެން ސޭމް… ކިޓީ ސޭމް އިޒް ނޮޓް އިމްޕޯރޓަންޓް ފޯރ މީ.. ޔޫ އާރ… ކިޓީއަށް ރަނގަޅަށް މިހެން މި ބުނަނީވެސް ކޮޒް ލޮތްބަކީ އެކަހަލަ އެއްޗެކޭ.. ލޯބިވާ މީހުންނާއި އެކު އުޅެގެންވެސް މިކަންވާނެ.. އަޔާން ގެ އިންތިޒާރުގައި ތިހެން ހުރީމަ ކިޓީއަށް ދެރަ ނޫން އެއްޗެއް ލިބުނުތަ؟ ސޭމްއާއި ގުޅުނީމަ ވިސްނާލަބަ އުފާވެރި ދިރިއުޅުމެއްނޫނީ ނުލިބޭނޭ..ސޭމް އަކީ މެޗުއަރ މީހެއް… ހާލަތްތަކާއި ކުރިމަތިލާން އޭނާ ދަނޭ…” ޒާއިން ބުނެލީ މައިޝާއަށްވެސް ކިއާރާއަށްވެސް ވިސްނޭނެހެންނެވެ.

“ޒާން ވެސް ވަކި ގޯހެއްނޫން… އެކަމް…. ކިޓީ ވިސްނާފަ ދޭ ޖަވާބެއް ދީ… ކިޓީ އާއި އެކު މައި ވެސް ހުންނާން.. ކޮންމެ ގޮތަކަށް ނިންމިޔަސް” މައިޝާ ބުނެލި އަޑުއިވުނެވެ. “ތެންކްސް… އައި ޑޯންޓް ނޯ…. ބޭނުންވޭ ވަރަށް ވިސްނަން… ސޯ ބައި އިނގޭ…” ކިއާރާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.

……………

އަޔާން ގެ މޫޑް މިދުވަސްކޮޅު އެއްވެސް ވަރަކަށް ރަނގަޅެއްނޫނެވެ. ކިއާރާއާއި މެދު ވިސްނުން ނޫންކަމެއް ނުކުރެވެއެވެ. އޭނާ އެއްފަހަރުވެސް އެކަމެއް ހިނގި ސަބަބު އޮޅުން ފިލުވާލެވުނުނަމައެވެ. ނަމަވެސް އޭނާ އަމިއްލައަށް އެ ހައްޤު އަތުން ނިއުޅައިގަތީއެވެ. ކިއާރާ ނުވަތަ އާލިޔާ އޭނާ ދެކެ ލޯބިވާކަމަށް އޭނާއަށް ގަބޫލުމިކުރެވުނީ ވީކަމެއް ވެނިމުނީމައެވެ. މިއަދު އޭނާގެ ވާހަކަ ކިއާރާވެސް ޒާއިންވެސް އެކަކުވެސް ނާހާނެއެވެ. މިއީ އޭނާ އަމިއްލައަށް ލިބިގަތް ދެރައެކެވެ. ކޮންމެއަކަސް ވާކަމެއް އެއޮތީ ވެ ނިމިފައެވެ.

……

ކިއާރާ އެހެން އޮވެ އެތަކެއް ފަހަރު ދެލޮލުން ކަރުނަ އަޅާހާލު ހިތާއި ދެކޮޅަށް އެތަކެއް ނިންމުންތަކެއް ނިންމިއެވެ. އެކަމް ކޮންމެގޮތެއް ވިޔަސް އެހިތާއި ދެކޮޅަށް ނަގާ ކޮންމެ ފިޔަވަޅަކުންވެސް ކިއާރާ އުފާވާނެބާއެވެ؟ އެ ހިތަށްހަމަޖެހުމެއްލިބޭނެހެއްޔެވެ؟؟ ކިއާރާ ނިންމީ އޭނާގެ 7 އަހަރުގެ ލޯބި އެ ހިތު ތެރޭ ފޮރުވާލާށެވެ. އެއްވެސް މީހަކަށް ނުފެންނާނެހެން އެ ހިތުގެ ހިމާޔަތުގެ ދަށުގައިބާއްވާށެވެ. އެއީ އޭނާ މިލޮތްބަށްޓަކައި ކުރަން ބޭނުންވާ ފަހުކަމެވެ. ސިކުނޑި ބުނާބަސް އަހައިގެން ސަމާހްއާއި އޭނާ ގުޅެން ބޭނުންވިއެވެ. އެ ހިތެއްވެސް އަބަދަކު އެހެން ނޯވެދާނެއެވެ. ސަމާހްގެ ލޯބިން އެ ހިތުގައި ކުޑަނަމަވެސް ޖާގައެއް ސަމާހްއަށް ހޯދެވިދާނެއެވެ. ކިއާރާ އެހެން އޮވެފައި އަމިއްލަ ދެއަތަށް ބަލައިލީ ކަރުނުން ފުރިފައެވެ. މި ދެއަތުން މިއަދު އެ ލޯބި އަބަދަށް ފޮރުވަނީއެވެ. ހުދު އޭނާއަށްވެސް ނުހޯދޭނެހެންނެވެ. މިއަދަށްފަހު އޭނާއަކީ ލޯބި އެ އިހްސާސް ދަންނަ މީހެއްނޫނެވެ. ކިއާރާ ފަތުހީއަށް މިއަދަށްފަހު އެ އަޔާން އަކީ އެއްވެސް މީހެއްނޫނެވެ. ފަހުފަހަރަށް އެ ދެލޮލުން ފޭބި ކަރުނަތަށް ފޮހެލީ އިތުރަށް މި ލޮތްބަށްޓަކައި އެމީހަކަށްޓަކައި އެންމެ ކަރުނައެއްވެސް ނުބާލާން ވައުދުވަމުންނެވެ. ކިއާރާ ކަމަކަށް ވައުދުވެއްޖެނަމަ އެކަމެއް ކުރާނެއެވެ. ކިތަންމެވަރަކަށް އެހިތަށް ތަދުވިޔަސް ހެވެވެ. ސަމާހް އަކީ ޒާއިންއަށް ފަހު ކިއާރާ ގެ އެންމެ ގާތް އެކުވެރިޔާއެވެ. އެނާގެ އެއްވެސް ނުބައި ސިފައެއްނެތެވެ. “ޕާރފެކްޓް” މީހެކެވެ. އެކުވެރިއާއި ގުޅުމަކީ ގޯހެއްނޫނެވެ. ހަމަގައިމުވެސް ބީރައްޓެހިން ތަކެއް ހެން އުޅޭކަށް ނުޖެހޭނެތާއެވެ.

ކިއާރާ ތެދުވެލާފައި އޭނާގެ އިސްކޮޅަށްވުރެ ދިގަށް ހުރި ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ. ރަތްވެފައިވާ މޫނުމަތި ފާހަގަވާން ހުއްޓެވެ. ކިއާރާ ދެބުމަ ގޮށްޖަހާލިއެވެ. “ކިއާރާ ފަތުހީ!! މިހާރު ތީ ފަހު ފަހަރު މިހެން ރޯނެ… މިއަދަށްފަހު ކިއާރާ އުޅެންޖެހޭނީ އުފަލުން… ސަމާހްއާއި އެކު.. ކިއާރާ ދެކެ ލޯބިވާ މީހަކާއި އެކު… ކިއާރާގެ ލޮތްބަށް އިންސަލްޓް ކުރި އެކަހަލަ މީހެއްގެ އިންތިޒާރަކު ނޫން.. މިއަދު މި ލޯބި މި ފޮރުވީ އަޔާން މިހިތުން މިންޖް ކުރަމުން… އެ އަޔާން އަކީ މިހާރު ކިއާރާ އާއި ބެހޭ މީހެއްނޫން… މި ހިތުގައި އޭނާއަށް ޖާގައެއްނެތް…އާލިޔާ ލޯބިވީކީ އެކަހަލަ އަޔާން ދެކެއެއްނޫން… މިހާރު އާލިޔާ ކިއާރާއަށް ވީއިރު އެ އަޔާންވެސް ވަނީ ބަދަލުވެފަ.. މި ލޯބި އެގޮތަށް އޮތެއްކަމަކު…. އާލިޔާ ލޯބިވީ ހިތްހެޔޮ މީހަކާއި… މިހާރު އެހުރި ކަހަލަ ހިތްހަރު މީހަކާ ނޫން… ހީ އިޒް ނޮޓް ސޭމް އެނިމޯރ….. މިހިތުގައި އޮތީ ކުރީގެ އަޔާން މިހާރު ގެ އަޔާންއެއްނޫން….. ދެން މިއަދަށްފަހު އެއްވެސް އަޔާންއެއް ނޯންނާނެ.. އެ ހަނދާންތަކެއްވެސް…..” އަމިއްލަ ސޫރައަށް ބަލަންހުރެ ކިއާރާ ބުނެލީ ހިތްވަރާއި އެކުގައެވެ. މިރޭ ވެގެން ދާނީ އޭނާގެ މި ބަދަލާއި ގުޅިގެން ނެގޭ ފުރަތަމަ އިމްތިހާނެވެ. މިރޭ އެކަން ވެއްޖެއްޔާ އެހެން ދުވަސްދުވަހުވެސް ވާނެއެވެ. އަޔާން ކުރިމަތީ ބަލިކަށިވެ އިތުރަށް މި ލޯބިހާމަވާން އޭނާ ނޭދެއެވެ. އަޔާން ބުނިހެން ލޯބިވާ މީހާވެސް ބަދަލުކުރާލެއް އަވަސްވާނެތާއެވެ. މިހާރު އެ ލޯބި ބަދަލުވެއްޖެކަން މިއޮތީ ދައްކަންވެފައެވެ.

ކިއާރާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެވަގުތު އޭނާ ސިހުނީ ފޯނެއް އައުމުންނެވެ. ފޯނު ނަގާ ބަލާލިއިރު އެއީ ހަމްނާއެވެ. ކިއާރާ ފޯނު ނަގައިލީ ހަމަޖެހިލަމުންނެވެ. ކިއާރާ އެއްޗެއް ބުނުމުގެ ކުރިން އެކޮޅުން އަނާން ވާހަކަ ދައްކަންފެށިއެވެ.

“ސިސް މިރޭ އަންނަނީތަ؟؟؟” އަނާން ބުންޏެވެ. “ޔަޕް…. މަންމަ ބުނީތަ؟” ކިއާރާ އަހާލީ އަނާން ގެ ޅަކަމާއި މެދު އަމިއްލަ ނަފްސަށް ހިނިތުންވެލާފައެވެ. ގައިމުވެސް މިހާރު އުމުރުން 14 އަހަރުވެއްޖެއެވެ. އަދިވެސް އޭނާ އެހާ ޅަވެފައި ލޮތްބެވެ.

“ލައްބަ.. ސިސް ޕްރޮމިސް ކުރޭ މިރޭ އަންނާނެ ކަމަށް.. މަމް ބުނި ކުރިންދުވަހުވެސް ބުނީމަ ސިސް ބިޒީ ވީމަ ނާދެވުނީއޭ.. މިރޭ އަންނަންޖެހޭނެ..” އަނާން ބުންޏެވެ. އޭނާ ކިއާރާއާއި ގާތްވިލެއް އަވަހެވެ. ދެތިން ދުވަހަކު އޭނާ ހަމްނާ ފޯނުން ކިއާރާއަށް ގުޅައިގެން ވާހަކަވެސް ދައްކައިފައިވެއެވެ.

” ލައްބަ މިފަހަރު އިރާދަކުރެއްވިއްޔާ ދާނަން..” ކިއާރާ ބުނެލީ ހީލަމުންނެވެ. ކުރީގެ ހަނދާނެއްވުމުންވެސް ކިއާރާ އެކަން ސިކުނޑިން ފޮހެލާފައި ހަމަޖެހިލިއެވެ. އަނާން އަށް ކިއާރާ އަންނާނެކަމުގެ ޔަޤީންކަން ލިބެންދެން ވާހަކަދައްކަން ހުއްޓެވެ. “ކައި ނިންމާފަ ވާނެ ދޯ ދައްތަ އާއި އެކު ދާން ޕިއްޒާ ކާން…” ކިއާރާ ބުނެލިއެވެ. “ޕިއްޒާ؟؟ ޔަމްމްމް… އައި ވިލް ވެއިޓް ސިސް…” އަނާން ބުނެލިއަޑުއިވުނެވެ. ހިތްހަމަޖެހޭވަރަށް ވާހަކަދައްކާލުމަށްފަހު އަނާން ފޯނު ކަނޑާލިއެވެ. ކިއާރާވެސް ވަނީ ފެންވަރާލާށެވެ.

ފެންވަރާ ތާޒާ ވެލައިގެން ކިއާރާ ކޮޓަރިން ނިކުތެވެ. ވެފައިވާ ބަނޑުހައިކަމާއި ހެދި ދިޔަގޮތަށް ގޮސް ރޯސްމެންނަށް ގޮވިއެވެ. ރޯސްމެން އަވަސް އަވަހަށް ކިއާރާއަށް ކާއެއްޗެހި ގާތްކޮށްދިނުމަށް އުޅުނެވެ. “ތެންކްސް..” ކިއާރާ އެހެން ބުނެފައި ކާންފެށިއެވެ. ހިތާހިތުން ސަމާހްއާއި ވާހަކަދައްކަންވެސް އޭނާ ނިންމިއެވެ.

…………

 

“ސޭމް.. ޕްލީސް ޕިކް އަޕް ދަ ފޯން…. ޕްލީސް.. ޕްލީސްސްސް” ކިއާރާ އެތަކެއް ފަހަރު ގުޅުމުންވެސް ސަމާހް ފޯނެއް ނުނެގުމުން މެސެޖްއެއް ކުރިއެވެ. ފަހު ދެފަހަރު ގުޅުމުން އޭނާ ފޯނު ކަނޑާލީއެވެ. މެސެޖް ކިޔާނެހާ އިރުކޮށްފާ ކިއާރާ ގުޅުމުންވެސް ސަމާހް ފޯނެއްނުނެގިއެވެ. ކިއާރާ ހިތްވަރުއެލުވައެއްނުލައެވެ. އޭނާ ގުޅީ ރެސިޕްޝަނަށެވެ.

“ހެލޯ… ކޭން ޔޫ ޕާސް އިޓް ސަމާހްގެ ކެބިންއަށް…..” ކިއާރާ އެކޮޅުން ފޮނު ނެގުމާއި އެކު ބުންޏެވެ.. “ހޫއިޒް ދިސް؟؟؟…” ހަސްނާއަށް އަޑުފާހަގަނުވީކަންނޭނގެއެވެ. ކިއާރާ ނިތްކުރިމަތީ ޖަހާލިއެވެ. “އިޓްސް ކިއާރާ..!! އޭނާ ކައިރި ކާކުކަން ނުބުނެ ޕާސް ކޮށްދީބަ…” ކިއާރާ ބުންޏެވެ.. “އޯހް.. މޭމް ދޯ!!… ޝުއަރ މޭމް… ހޯލްޑް ކޮށްލައްޗޭ…” ހަސްނާ އެހެން ބުނެލި އަޑުއިވުމުން ކިއާރާ އިނީ އިންތިޒާރުގައެވެ.

“ހަލޯ… ހޫ އިޒް ދިސް؟؟” ސަމާހް ބުނެލިއިރު އަޑުގައިވަނީ ބީރައްޓެހިކަމެކެވެ. އެކަމުން އޭނާއަށް ގުޅީ ކިއާރާކަން ނޭނގޭކަން އޭނާއަށް އިނގުނެވެ.

ކިއާރާ އަޑު ނުނިކުންނާނެހެން ހޭންފެށިއެވެ. “ހަލޯ؟؟؟” އަނެއްކާވެސް ސަމާހް ނުރުހިފައި ބުނެލިއަޑު އިވުނެވެ. ކިއާރާ ކުޑަކޮށް ކަރުކެހެހުނެވެ.. “ކޮންބޭފުޅެއްތޯ؟” ސަމާހް އެހިއެވެ.. “ހީވަނީ؟” ކިއާރާ ބުންޏެވެ.. އެކޮޅުން އިތުރު އެއްޗެއް ނީވުނެވެ. އޭނާއަށް އެއީ ކިއާރާކަން އިނގުނީ ކަންނޭނގެއެވެ. “ހޭ ބޯއި…… އަޑުމަޑުވިއްޔޯ؟” ކިއާރާ ބުނެލީ މަޖާވެލާފައެވެ. “އަމްމް ކިހިނެއްވިތޯ މޭމް؟ ކޮން ހެލްޕެއްތޯ ކޮށްލަދޭންވީ؟؟” ސަމާހް އަހާލީ އިރުކޮޅެއްކޮށްލާފައެވެ.  އެނާ ބުނި ގޮތުން ކިއާރާ ތުންދަމާލިއެވެ. އޭނާއަށްވުރެ މަތީ މަޤާމެއްގައި ހުއްޓަސް ކިއާރާ ވަނީ “މޭމް” ކިޔައިގެން ވާހަކަދައްކަން މަނާކޮށްފައެވެ. މިހާރު އެމީހުންގެ މެދުގައި އޮތީ ހަމައެކަނި އެ ގުޅުން ހެއްޔެވެ؟ ކިއާރާވެސް ކުޑަކޮށް “ޕްރޮފެޝަނަލް” ވެލަން ނިންމިއެވެ. “ޔެސް… މިސްޓަރި ސަމާހް…. އައި ނީޑް ހެލްޕް…” ކިއާރާ ބުނެލީ ކުޑަކޮށް އަޑަށް ބާރުލާފައެވެ.

“މޭމް ރެޝިޕްޝަނިސްޓަކާއި ޓޯކް ކޮށްލަންވީ ނޫންތޯ؟ ނޫންނަމަ ދީމާ މެން މީހަކާ.. އަޅުގަނޑު ކުޑަކޮށް ބިޒީ..” ސަމާހް އެކަމުން ސަލާމަތްވާން އުޅޭހެން ކިއާރާއަށް ހީވިއެވެ. “އެއިން މީހަކަށް ނުވާނެކަމެއްކަން އިނގޭތީނު މިސްޓަރ ސަމާހް އަށް މިގުޅީ…” ކިއާރާ ބުނެލީ އަދިވެސް އެ ހަރުކަށިކަން ބަހައްޓަމުންނެވެ. ނަމަވެސް އޭނާ އިނީ ހީލަ ހީލައެވެ.

“”އޯވްވްކޭ…. ކޮންކަމެއްތޯ ކޮށްލަދޭންވީ މޭމް؟” ސަމާހް އަހާލިއިރު ހީވަނީ ވަރަށް މަތީމީހަކާ ވާހަކަދައްކާހެންނެވެ. “ވަރަށް ބޮޑު ކަމެއް.. ބޮޑު އެއްޗެއް އަސްލު… ކޭން ޔޫ ހޭންޑްލް؟” ކިއާރާ އެހިއެވެ. ހިސާބަކަށް ތުންފަތްމަތީ އިން ހިނިތުންވުން ފިލާ ހިތްތެޅެންފެށިއެވެ. ދިމާ އިދިކޮޅަށް ހިތްތެޅޭކަހަލަ އިހްސާސްއެއް ކިއާރާއަށް ކުރިއެވެ. ނުބައި ފިޔަވަޅެއް އެޅުމުގެ ކުރިން ހުއްޓަންއުޅޭ ކަހަލައެވެ. ނަމަވެސް އޭނާ އެކަން ހިންދާލީ ހިތުގައި އަތްއަޅަމުންނެވެ. މިއަދު އެ ހިތުގެ އަޑުއެހުންތަަކަށް އޭނާ ދޭނީ ބީރުކަންފަތެކެވެ.  “ކޯޗެއްތޯ މޭމް؟؟” ސަމާހް އެހިއެވެ.

“ހޭންޑްލް ކުރެވޭނެތަ މިސްޓަރ؟”

“ކޯޗެއްތަ މޭމް؟”

“ހޭންޑްލްލްލްލްލް….”

“ކޯޗެއ……….” “ހޭންޑްލްލް؟؟؟؟؟” ސަމާހް ބުނަން އުޅުނު އެތި ފުރިހަމަ ނުވަނިސް ކިއާރާ ދެންވެސް ބުނީ ތަންކޮޅެއް ބާރަށެވެ..

“ޔާ ޔާ ކޯޗެއްތަ ދެން؟” ސަމާހް އެންމެ ފަހުން އެހެން ބުނެލިއަޑުއިވުމުން ކިއާރާއަށް ހެވުނެވެ. “މީ އެން މައި ލައިފް….” ކިއާރާ އިރުކޮޅަކު އިނދެލާފައި އެހެން ބުންޏެވެ.. ސަމާހް ހިމޭންވިއެވެ.. “އޭއް..!! މިސްޓަރ… ނުކުރެވެންޏާ އަވަހަށް ބުނޭ…” ކިއާރާ ބުނެލީ ތުންފަތުގައި ދަތް އަޅާލާފައެވެ. ދެންވެސް ސަމާހްގެ ޖަވާބެއް ނައެވެ. “ޔޯ ޔޯ ސޭމް.. މިސްޓަރ ސަމާހް…. ހޭންޑްލް ނުކުރެވެނީތަ؟؟” ކިއާރާ އަނެއްކާވެސް ބުންޏެވެ.. އެއާއި އެކު ސަމާހް ހޭންފެށިއަޑުއިވުނެވެ. ކިއާރާގެ ސަބަބުން ސަމާހް އުފާވާނެކަން އިނގޭތީ އޭނާއަށް ވެސް އުފާވެވުނެވެ. އަމިއްލަ އުފާތަށް ނުހޯދުނަސް އެހެންމީހަކަށް އެ އުފާތަށް ހޯދަދޭން ކިއާރާ ބޭނުންވަނީ އެ ލިބޭ ހިތްހަމަޖެހުމުގެ ސަބަބުންނެވެ. “ދެން މިހެނެއް ނުހުރެވޭނޭ މިސްޓަރ… އަވަހަށް ބުނޭ..” ކިއާރާގެ ހިތަށް އުނދަގޫވިޔަސް އޭނާ އަޑުން އެކަން އަންގަން ބޭނުމެއްނުވެއެވެ. އެ އަޑަށް ކުޑަ ބަދަލެއް އައިސްގެންވެސް ސަމާހް އަށް އެއްވެސް އެއްޗެއް އެނގޭކަހަލަ ކަމެއް ކުރަން އޭނާ ބޭނުންނުވީއެވެ.

“މޭމް ތިހާ ބޮޑު އެއްޗެއް އަޅުގަނޑަށް ހަވާލުކުރީ ކީއްވެތޯ؟” ސަމާހް އެހިއެވެ. “އެ ހަވާލުކުރުމުގެ ޝަރުތުހަމަވާތީވެ..” ކިއާރާ ވެސް ބުނެލިއެވެ.. “އެހެންތޯ؟ އެކަމް އަޅުގަނޑަކަށް ހިއެއްނުވޭ ޝަރުތުހަމަހެނެއް…” ސަމާހް ބުނެލިއިރު އެ އަޑުމަޑުވެފައިވާކަން ކިއާރާ އަށް އިނގުނެވެ. “އޭ މިސްޓަރ ސަމާހް.. މާ ސްމާރޓް ވާން ނޫޅޭ އިނގޭތޯ… ޝަރުތު ހަމަވޭތޯ ބަލަނީ ތިބޭފުޅާތޯ ނޫނީ އަޅުގަނޑު ތޯ؟” ކިއާރާ އެހެން ބުނުމުން ސަމާހް ހީލިއަޑު ކިއާރާއަށް އިވުމުން އޭނާވެސް ހީލިއެވެ.

“މޭމްއަށް ޔަޤީންތޯ އަޅުގަނޑަށް އެކަން ވާނެކަން؟؟”

“އަފްކޯޒް… މިސްޓަރ ޔޫ އަރ ޕާރފެކްޓް ފޯ ދިސް..”

“ބަޓް މޭމް… އެންމެ ޕްރޮބްލަމް އެއް އެބައިނޭ…”

“ކޮބައިތޯ؟”

“އެހެންމީހަކަށްނު ތީތީގެ މެއިން އިސްޓްރަމެންޓް މިލްކުވެފައި އޮތީ”

“މިސްޓަރ ސަމާހް… އޯވާރ ސްމާރޓް ނުވާތި އިނގޭތޯ… ތިބޭފުޅާ ތިހުރިހާ ކަމަކާ ވިސްނާކަށް ނުޖެހޭނެ… އަޅުގަނޑު މި ހަވާލުކުރަންވެސް ނިންމީ ކަމެއް ވެގެން އިނގޭތޯ.. އެ އިންސްޓްރަމެންޓް މުހިންމެއްނޫނޭ….އެހެންނޫނަސް ތިބޭފުޅާއަށް މުހިންމުވާނީ މިގަޑިގައި ޖަވާބުދިނުން އިތުރު ވާހަކަ ދެއްކުމެއްނޫން އޮވްވްކޭ؟..”

“މޭމް މެއިން އިންސްޓްރަމެންޓާއި ނުލާ ނުހިނގާނޭ… އިޓްސް އިމްޕޯޓަންޓް…”

“ސޯ  ވަޓް؟؟ މިސްޓަރ… އަޅުގަނޑަށް ހީވަނީ އަޅުގަނޑު ހަވާލުކުރާނެ އެތި ހޭންޑްލް ނުކުރެވެނީހެން.. އެހެންނޫންތޯ؟ އެހެންވިއްޔާ އެހެން……”

“އޭ ނޫން…” ސަމާހް އެހެން ބުނެލީ ކިއާރާ ގެ ވާހަކަ ފުރިހަމަވެސް ނުވަނީހެވެ. ކިއާރާ ހޭންފެށިއެވެ.

“ސޯ…….؟ ކޭން ޔޫ؟” ކިއާރާ އަހާލީ ލަސްލަހުން އަކުރަތަށް ބާރުލާފައެވެ. “ޔެސް މޭމް އައި ކޭން…” ސަމާހް އެހެން ބުނެލި އަޑުއިވުމުން ކިއާރާ ހިތާއި ވީ ފަޅީގައި އަތްއަޅާލަމުން ލޯ މަރާލެވުނެވެ. އަމިއްލަ ނަފްސަށް ވީ ވައުދު ހަނދާންވުމާއި އެކު ކިއާރާ ލޯ ހުޅުވާލިއެވެ. “ހެޕީ ޓު ހިއަރ..” ކިއާރާ ބުންޏެވެ.. “މިސްޓަރ ފަހުން ގުޅާނަން އިނގޭ…. ބައި….” ކިއާރަ އެހެން ބުނެފައި އެކޮޅުން ސަމާހްވެސް އޯކޭ އޭ ބުނުމުން ފޯނު ބޭއްވިއެވެ.. އެއަށްފަހު ޒާއިންއަށް މެސެޖެއް ކޮށްލިއެވެ.

“ޒާން… ތެންކްސް އެން… އައި ސެއިޑް ޔެސް…” ކިއާރާ ހިތުން އެ މެސެޖް ކިޔާލާފައި އެ ފޮނުވިއެވެ. އަދ އެނދުމަތީ އޮށޯތެވެ.. އެވަގުތު ސަމާހް އުފާވާނެވަރު ހިތަށް އަރާލެވުނެވެ. އޭނާ މެދުވެރިކޮށް ސަމާހްއަށް އުފާވެރިކަން ދެއްވީތީ ކިއާރާ ހަމްދުކޮށްލިއެވެ. ސަމާހް އުފާވީތީ އޭނާވެސް ހިތުގެ އަޑިން އުފާވިއެވެ. ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރަން މިއުޅޭ ކަންތަކަށް ހިތްބިރުގަތެވެ. ނަމަވެސް ސަމާހްއަކީ ދުރުމީހެއްނޫންތާއެވެ.

ސަމާހް އޮފީސް ނިންމާފައިވެސް ކިއާރާއަށް ގުޅިއެވެ. އަދި ކިއާރާ ހަމަ ސީރިއަސްކޮށް ދެއްކި ވާހަކައެއްތޯ އެހިއެވެ. ކިއާރާ އޭނާ ކައިރި ހުރިހާ ވާހަކައެއްހެން ކިޔައިދިނެވެ. އޭނާގެ ހިތުގައި އެ ލޯބި އޮތެއްކަމަކު މިހާރު އެމީހަކު މުހިންމު ނޫންކަމާއި ސަމާހް ހުރިހާ ހިނދަކު ކިއާރާވެސް ވަފާތެރިކަމާއި އެކު ހުންނާނެކަމަށް ބުންޏެވެ.. ދެމީހުންގެ ގުޅުން ފެށުނީ އެހިސާބުންނެވެ. ކިއާރާ ފަތުހީ އައުމާއި އެކު އެވާހަކަ ފަތުހީ ކައިރިވެސް ބުންޏެވެ. ފަތުހީ ކިއާރާގެ ބޮލުގައި ފިރުމާލީ އުފަލުންނެވެ. އޭނާ އެ ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް އޭނާ ދެކެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ފުން ލޯބި (6)

Next

ހިތް އެކީ ދެވިއްޖޭ…31

Next
December 22, 2016

ހިތް އެކީ ދެވިއްޖޭ…31

Previews
December 22, 2016

ފުން ލޯބި (6)

31 Comments!

  1. Ryn says:
    December 22, 2016 at 7:33 pm

    “True love never dies”
    C u guys umm! around 10 tc 😉 and i just wanna say, At the end True love wins.. 🙂 and btw, somehow i find sam attractive and a perfect gentle man! a caring bf.. anyway c ya 😉

    1. chum chum girl says:
      December 22, 2016 at 8:11 pm

      “true love never dies” ha? so kiyaa n ayaan adhi gulheyne dho? BTW waiting waiting…………..

    2. mimi says:
      December 22, 2016 at 9:07 pm

      I agree with u ryn.sam sure seems like that☺and konme faharaku true love nulibi dhaane you may find ur last love with sumone else
      Btw story vvvvv reethi?

  2. shara says:
    December 22, 2016 at 7:41 pm

    yey me first dhww.. story varah salhi.. dhn mirey ithuru part eh nehtha

    1. Maari says:
      December 22, 2016 at 8:03 pm

      Ryn ge comments kiyafa comment kohba..

  3. Fin says:
    December 22, 2016 at 7:47 pm

    10 ga dhw.. Waiting varah salhi

  4. Flower says:
    December 22, 2016 at 7:49 pm

    Mirey 10 ga tha???plxxxx mirey 10 ga dhwww

  5. Jee says:
    December 22, 2016 at 7:51 pm

    Pisss why Saaam????
    Ayaan and Kiya gulhuvaba

  6. Malaa says:
    December 22, 2016 at 7:58 pm

    Kada mi story nimuny….

  7. Zoaa says:
    December 22, 2016 at 7:59 pm

    Hmm ragalhan thi hedhy.. Sam nd kiaa gulheyne.. Sam will take care of kiaa.. Waitin waitin ….

  8. Maari says:
    December 22, 2016 at 8:01 pm

    Varah obi..

  9. fau says:
    December 22, 2016 at 8:02 pm

    Vvvvvvvvvvvvv loabi ingey ryn.. Dhen lov strys ge bai ithuru kohlahchey.. Lov yaa.. ????????????????

  10. Navya says:
    December 22, 2016 at 8:02 pm

    Grate..?

  11. Maari says:
    December 22, 2016 at 8:05 pm

    Mi part ga vx ayan vahaka eh nadhe.. Dhen oeh part ga dhw.. Ayan ge geyga..

  12. Shyra says:
    December 22, 2016 at 8:06 pm

    Yeah I agree with you Ryn. Sam varah salhi bf akah vane hen heevany ekam first love and true love never dies ❤

  13. Thaara says:
    December 22, 2016 at 8:06 pm

    Mi part nuves kiyan n nuves kiyaanan. Dhen nukiyaanan ????? ummeedhu kuri gothakah noon. Alhe dhen samaah aa keekuran gulhenee. Varah foohi. Mathimathin balaalaafai mi coment kollee. Varah varah dheravejje ????

  14. Ly says:
    December 22, 2016 at 8:07 pm

    Eche.. Dhen Sam thi gulhuvy kyvve?? Dhen thi myhaku vejje fahathun nunettigen ulhen..

    1. Mop says:
      December 22, 2016 at 10:53 pm

      What?? Fahathun nunettigeneyy… Sam is not like dat.. Nd Ayan will get Kiara at the end..

  15. Iman says:
    December 22, 2016 at 8:12 pm

    V kada ingey sam. Aa glhu v ma

  16. mamolhu says:
    December 22, 2016 at 8:23 pm

    Ryn noannaane tha 10 gr kurin up kohdheveykah?? I u hav completed the nxt part wth final touch up can u upload it bit earlier?? We live in Australia and thikolhah 10 vaa eru mikolhah hunnanee fathihu 3 vefa. Konme goth h viyass new part kiyaafa nooner nidhaakah beynumeh nuvey ??

    1. Ryn says:
      December 22, 2016 at 8:54 pm

      Ok darl! even I dont live in maldives so i have to adjust my time too like almost everytime i have to calculate and do blah blahs! ryn buny ryn free vaa gadieh and that will b around raahje 10.. I was just checking comments while i was doing my homework so i saw this and i know how difficult it is to manage the time and all! So eba up kuran ingey irukolhakun.. tc 😉

    2. Emneez says:
      December 22, 2016 at 9:32 pm

      Oh thank u so much darling even I live in Australia but this story is so awesome that I can’t even sleep without reading the story ehenve gina dhuvahu ohnaanee college
      Dhaan gadha ge hen kairi vefa heylevey iru so I usully persuade myself to read the 10 ga up vaa prt morning ga after I wake up hehehe ??

    3. Mop says:
      December 22, 2016 at 11:03 pm

      Wow… Masha allah you are so great… Ehen country eh ga ulhemun story liye upkoh college ah dhamun kiyavamun.. You must be alwx bxy.. But still for us, you upload the parts whenever you can… Gud luck with your studies ryn .. Study well.. Gudnyt..

    4. Mop says:
      December 22, 2016 at 11:04 pm

      🙂 😉 🙂

  17. mary says:
    December 22, 2016 at 8:26 pm

    Nice

  18. alma.. says:
    December 22, 2016 at 8:31 pm

    v reethi

  19. Faathee says:
    December 22, 2016 at 8:46 pm

    Reethi Hama. But kiya n ayaan alhe

  20. Ryn says:
    December 22, 2016 at 8:55 pm

    Thankyou guys!

    1. mamolhu says:
      December 22, 2016 at 10:06 pm

      You are one of the best author in Maldives ??
      Much love ryn ??

  21. Nash says:
    December 22, 2016 at 8:59 pm

    Ryn ulheny konthanaku?

  22. Kalhu handi says:
    December 23, 2016 at 12:33 am

    Samah ah kiara libeythan balaakah nuhureveyne..

Comments are closed.

Next Episodeހިތް އެކީ ދެވިއްޖޭ…31←


All Right Reserved!