Skip to content
އެސްފިޔަ

ހިތް އެކީ ދެވިއްޖޭ…2

މައިޝާ ފޮތްނަގަން ހުއްޓާ އާލިޔާ ދަބަސް ކޮނޑުގައި އަޅުވާލަމުން ތެދުވެލިއެވެ. މައިޝާ ވެސް އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލީ އެކައުންޓް ފޮތް އަތަށް  ނެގުމަށްފަހުގައެވެ.

އާލިޔާ އިސްޖަހާލައިގެން ހުރެ ދޮރާއި ދިމާލަށް ފިޔަވަޅު އަޅަމުން ދިޔައިރު އޭނާގެ ހިތްބާރަކަށް ތެޅެމުންދިޔައެވެ. ނޭނގޭ އެތަކެއް ސަބަބުތަކާއި ހެދިއެވެ. އެ ހުރިހާ އިރު އާޔަންގެ ނަޒަރު ހުރީ ހަމައެކަނި އާލިޔާއަށެވެ. އާލިޔާގެ ފަހަތުން މައިޝާ އައެވެ. އަޔާންއާއި ހަމާއަށް އެރުމާއި އެކު އާލިޔާ އަށް ލޯމަރާލެވުނެވެ. މިވާގޮތް ހުދު އޭނާއަށް ނޭނގުނަސް ހިތަށް ކުޑަ ލުއިކަމެއްލިބުނެވެ. އަޔާން އާއި އެހާ ކައިރިވުމާއި އެކު ބިރުވެރިކަންވެސް ފިލައިގެން ދިޔަފަދައެވެ. ފުރަތަމަ ފަހަރަށް ފިރިހެނެއްގެ ފަރާތުން އެފަދަ ކަމެއް އޭނާއަށް އިހްސާސްވުމުން ހައިރާންވެސްވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އަޔާންކައިރިން ލާފައި ދިޔައިރު އާލިޔާގެ ހިތްދިޔައީ ރޮމުންނެވެ. އެ ހިތުގެ ހަމަޖެހުމަކީ އަޔާންބާއެވެ. މައިޝާ އައިސް އާލިޔާއާއި އެއްވަރުކޮށްލީ އަޔާންގެ އަތަށް ފޮތްދިނުމަށްފަހު ކުޑަކޮށް ދުވެލާފާ އައީހެވެ. އާލިޔާ އެ ހުރިގޮތަށް ހިނގާފައި ދިޔައީއެވެ.

އަޔާންއަށް ހުރެވުނީ އާލިޔާ ދިޔަ ދިމާލަށް ބަލަންށެވެ. އާލިޔާ ދެއްކި ވާހަކަ އޭނާއަށް ރަނގަޅަށްވެސް އިވުނެވެ. ނަމަވެސް އެއިން ނަގަންވީ މާނައެއް އޭނާއަކަށް ނޭނގުނެވެ. އޭނާގެ ލޯ މައްޗަށް ސިފަވީ އާލިޔާގެ އެ ރޮއެފައިވާ މޫނެވެ. އެ މައުސޫމްކަމެވެ. އެފަދަ ހިޔާލެއްގައި ހުއްޓާ އަޔާން ސިއްސައިގެން ދިޔައީ ފޯނެއް އައުމުންނެވެ. “ހަލޯ.. ލައްބަ ދޫނި ގަނޑާ…. ނިމުނީއޭ މިގެން.. މިއަދު މީ ފަސްޓް  ޑޭ…ތިވަރަކުން ދެން ކިހިނެއް އަންނާނީ ޖޮބްއަށް..؟ ހަހަހަ އޯކޭ… ކަމިން ސޫން..” ހިނިތުންވުމަކާއި އެކު ފޯނަށް ޖަވާބު ދެމުން އަޔާން ހިނގައިގަތެވެ.

އާލިޔާ މައިޝާ އާއި ވަކިވަނީ ސުކޫލުން ނިކުތުމަށްފަހުގައެވެ. އާދައިގެ މަތިން މިއަދުވެސް މައިޝާ އާލިޔާ އާއި ވަކިވީ ހިތަށް ގާގަނޑެއް ލައިގެން ހުރެއެވެ. އާލިޔާ ކައިރި ހިތްވަރުކުރުމަށާއި ކޮންމެ ފަދަ ކަމެއްވިޔަސް ގުޅާލުމަށް ބުނެ ފަހު ފަހަރަށް އާލިޔާގެ ގައިގާ ބައްދާލުމަށްފަހު މައިޝާ ދިޔައީއެވެ. އާލިޔާ އެކަނިން ހިނގާފައި ދިޔައިރު އަވިން އޭނާގެ މޫނު އަންދަމުން ދިޔައެވެ. އަދި މޫނުމަތީ ދާތިކިތަށް ވިދަން ފެށިއެވެ. އޭނާގެ މޫނު ރަތްވާންފެށިއެވެ. އެ ކުލަ މޫނުމައްޗަށް އަރާފައި ހުންނައިރު އާލިޔާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ގުދުރަތީ ރީތި ރަތް މަލެއްގައި ފެންތިކިތަށް ހަރުލާފައި ހުރިހެން ހީވެއެވެ.

އާލިޔާގެ ނަޒަރު ހުއްޓިފައި ހުރީ ކުއްޖެއްގެ އަތުގައި ހިފަހައްޓާލައިގެން ހިނގާފައި ދިޔަ އަންހެނަކަށެވެ. އޭނާގެ ކޮނޑުގައި އެ ކުއްޖާގެ ދަބަސް އަޅުވާލެވިފައިވާއިރު އަތް ވަނީ އެ ކުއްޖާ އަތާއި ގުޅިލާމެހިފައެވެ. އާލިޔާ އަށް ވެސް އެކަހަލަ މަންމައެއް ލިބުނުނަމައެވެ. އެކަހަލަ އޯގާތެރި ހެޔޮ މަންމައެއްގެ ހިޔަނީގައި ބޮޑުވިނަމައެވެ. ހަމަގައިމުވެސް އޭނާ ސުކޫލުން ބަލައިދޭންވެސް އެ މަންމަ އަންނާނެކަން ޔަޤީނެވެ. ސުކޫލުގައި ހިނގައިދިޔަ ކަންތަކާއި ވާ ކަންތަށް އުފަލާއިއެކު ކިޔައިދޭނެއެވެ. އެ މަންމަ އަޑުވެސް އަހާނެއެވެ. އެފަދަ ހިޔާލުތަކެއްގައި ހިނގަމުން ދިޔަ އާލިޔާ ހުއްޓިލުމަށްފަހު މޫނުމަތި ރީތިކޮށްލާ ފެހި ދޮރެއް ލާފައި ހުރި ގެއެއްގެ ތެރެއަށް ވަދެގެން ދިޔައީ ހިތާއި ދެކޮޅަށެވެ. އާދައިގެ މަތިން މިއަދުވެސް އެކަކުވެސް ގެއަކު ނެތެވެ. އާލިޔާ ކޮޓަރިއަށް ވަދެލުމަށްފަހު ދޮރުގައި ލެނގިލައިގެން ހުރީ ތެޅެމުންދާ އޭނާގެ ހިތް ހަމަޖެހެންދެންނެވެ.

އިރުކޮޅެއްވެސް ނުވެ އޭނާ އެނދާއި ކައިރިވެލުމަށްފަހު ދަބަސް ބާއްވާލިއެވެ. އެއަށްފަހު ފެންވަރާ ތާޒާ ވެލަން ދިޔައީ އެކަންވެސް ކޮންމެހެން ކުރަންޖެހޭތީއެވެ. ވުޟޫކޮށްލައިގެން ނިކުމެ ނަމާދުކޮށްލުމުން އޭނާގެ އެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ބަނޑުހައިވެފައި ވާލެއް ބޮޑުކަމުން ބަދިގެއާއި ދިމާލަށް ދިޔައީ އެއްވެސް އެއްޗެއް ހަދާފާހުންނާނެކަމުގެ އުއްމީދަކާއި އެކުގައެއް ނޫނެވެ. ހަދަންޖެހޭނީވެސް އޭނާއެވެ. އާލިޔާ ހީކުރިގޮތަށް ހެނދުނު ކޭ ތަށިތަށްވެސް ޒިންކުތެރެއަށް އަޅާލާފައި ހުރީ ކުނިގަނޑަކަށް އުކާފައި ހުންނަ އުސޫލުންނެވެ.  އާލިޔާ ތަށިތަށް ސާފުކޮށްލުމަށްފަހު ސޭންޑްވިޗް އެއް ހަދާލައިގެން ކާލިއެވެ. ބަތްކައްކަން ޖައްސާލުމަށްފަހު އާލިޔާ އަނެއްކާވެސް ކޮޓަރިއަށް ވަދެލިއެވެ. އޭނާގެ ހަރަކާތްތަށް ހުރިގޮތުން ލިބިފައިވާ ވަރުބަލިކަން ރަނގަޅަށްވެސް ފާހަގަވެއެވެ. އާލިޔާ ސުކޫލުގެ މަސައްކަތްތަކާއިގެން ކުރިއަށް ދިޔައެވެ. ފިލާވަޅެއްނެތް ކަމަކު އޭނާ ފޮތްކިޔުމުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ.

އާލިޔާ އިންތަނުން ހިއްލާލަނީ ނަމާދުކުރަން އެކަންޏެވެ. އެއީ އޭނާގެ އާދައެވެ. އޭނާ ކޮޓަރިތެރޭން ދެން ނިކުންނާނީ ރޭގަނޑު ކާންވީމައެވެ. ކޮޓަރިތެރޭ އޮވެ މަރުވިޔަސް ބަލާލާނެ އަޅާލާނެ މީހެއްނެތެވެ.

ވަރުބަލިކަން އިހްސާސްވުމާއި އެކު އާލިޔާ އެނދުމަތީ އޮށޯވެލީ އޭނާގެ ފޯނަށް ނަޒަރު ހިންގާލައިގެން އޮވެއެވެ. އޭނާއަށް ފޯނާއި ލެޕްޓޮޕެއް ލިބުނީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. އޭނާގެ ބައްޕަ އޭނާ ދެކެ ވަރަށް ލޯބިވެއެވެ. ދުރުގައި ހުއްޓެއްކަމަކު އާލިޔާ ބޭނުންކަމެއް ފުއްދައިދެމުން އައެވެ. އެކަންވެސް ހުއްޓުނީ ބައްޕަ ކުއްލިގޮތަކަށް ނިޔާވުމުންނެވެ. ލިބެމުން އައި ހަމަ އެކަނި ލޯބިވެސް ކެނޑުނެވެ.

ބައްޕަ އަދުނާންއާއި އާލިޔާގެ މަންމަ ސައީދާ ވަރިވީ ސައީދާގެ އުޅުމުގެ ސަބަބުންނެވެ. އަދުނާންއާއި އިނދެގެން އުޅެމުންވެސް އޭނާ އެހެން ފިރިހެނުންކައިރި ނިދާއި އެމީހުންނާއި އެކު އުޅެންފެށިއެވެ. ރާބުއިމާއި އެހެނިހެން ނުބައި އަމަލުތަކުގައި ބައިވެރިވަމުންދިޔައެވެ. އާލިޔާ އަކީ އަދުނާންގެ ދަރިއެއްކަމުގައިވެސް އަދުނާން ޝައްކުކުރިއެވެ. ޑީއެންއޭގެ ރިޕޯޓުން އެއީ އަދުނާންގެ ދަރިއެއް ކަން ޔަގީންވުމާއި އެކު އޭނާ އަށް ސައީދާ ގެ އެ އަމަލުތަށް ތަހައްމަލު ކުރަން ޖެހުނީ އެ ލޯބިވާ ދަރިފުޅަށްޓަކައެވެ.

ދުވަސްތަށް ދަމުން ގޮސް އާލިޔާގެ އުމުރުން 3 އަހަރުވުމާއި އެކު އަނެއްކާވެސް ސައީދާގެ ކުޅިގަނޑު ބޮޑުވެ ދަންވަރު ބޭރުގައި އުޅުންވެސް ގިނަވިއެވެ. އަދުނާން ސައީދާ ވަރިކުރީ ކޯޓުގެ އެހީގައި ނަމަވެސް އާލިޔާ އޭނާއަށް ލިބޭނެކަމުގެ އުއްމީދުގައެވެ. ކަންވީ އެއާއި އިދުކޮޅަށެވެ. ސައީދާގެ ނުބައި އަމަލުތަށް ސާބިތު ނުވެ ކުށްވެރިވީވެސް އަދުނާންއެވެ. އެއީ ސައިދާއާއި އޭނާ ގެންގުޅޭ މީހުންގެ ނުބައި ރޭވުމެއްގެ ސަބަބުން ވީ ކަމެކެވެ. ހިލަގަނޑެއް ހިތަށް ލައިގެން ހުރެ އާލިޔާ އެ ނުބައި މީހާގެ އަތަށް ދޫކޮށްލާފައި އަދުނާން ހުޅުމާލެއަށް ބަދަލުވިއެވެ. އެއަށްފަހު އޭނާ އާލިޔާއާއި މަދުންނަމަވެސް ބައްދަލުކޮށް ހަރަދު ކޮށް ހަދައެވެ. އަދުނާން މަރުވީ އާލިޔާ ގެ އުމުރުން 13 އަހަރުގައެވެ. އޭރު އޭނާގެ އަތުގައި އަމިއްލަ ފޯނަކާއި ލެޕްޓޮޕެއް އޮވެއެވެ.

އާލިޔާ އެއަށްފަހު އުޅެނީ އެކަނިންނެވެ. މަހަކު 3000 އޭނާއަށް ލިބެއެވެ. އެއީ އޭނާގެ މަސައްކަތެވެ. ހަފްތާ ބަންދުގައި އޭނާ ދެތިން ގެއަށް ގޮސް ނާސަރީ ކުދިންނަށް ޓިއުޝަން ދެއެވެ. އޭގެއިތުރުން ޕާޓް ޓައިމްގެ މުއައްޒިފެއްގެ ގޮތުން ގެ ކައިރި ފިހާރައެއްގައި މަސައްކަތްވެސް ކުރެއެވެ. މި ހަފްތާ އޭނާ ހުރީ ޗުއްޓީއެއްގައެވެ. އަނެއްކާވެސް އަނެއްހަފްތާ ދާންޖެހޭނެއެވެ. އެ ފިހާރައިގެ ބޮޑުމީހަކީ ހެޔޮ ލަފާ މީހެއްކަމުން އޭނާ އާލިޔާއަށް ވަރަށް ރަނގަޅެވެ. އެތަކެއްފަހަރު ދޫ ދެއެވެ. އެތަކެއްފަހަރު ޗުއްޓީވެސް ދެއެވެ. އާލިޔާ ކިޔެވުމަށް ފުރުސަތު ދިނުމަށެވެ. އެކަމަކުވެސް އޭނާއަށް ބަރާބަރަށް މުސާރަ ލިބެއެވެ. ގެ ކައިރި އެންމެންނަށްވެސް ސައީދާގެ ގޮތް އިނގެއެވެ. އާލިޔާއަށް އެމީހުން އިހްތިރާމްކޮށް އަޅާލަނީ އެހެންވެއެވެ.  މަސްނިމޭއިރުވެސް އާލިޔާ އެތަކެއް ލާރި ފޮރުވައެވެ. ފަހަށް ރައްކާކުރާށެވެ. އާލިޔާ އެ ލާރި ބޭނުން ކުރަނީ ހަމައެކަނި އޭނާގެ އެދުމަށްކަމުން މާ ބޮޑު އެއްޗެއް ހަރަދެއްނުވެއެވެ. ގޭގެ ހަރަދުތަށް ކުރަނީ އޭނާގެ މަންމައާއި ދޮންބައްޕައެވެ.

މަންމަ އެހެން މީހަކާއި އިނުމަށްފަހު އާލިޔާ އިތުރަށް އުނދަގޫވިއެވެ.. އޭނާގެ މަންމަ ފަރާތުންނާއި ދޮންބައްޕަގެ ފަރާތުން އެތަކެއްއުނދަގޫތަކެއް ދިޔައީ ލިބެމުންނެވެ. އޭގެ އިތުރަށް………………

އާލިޔާ ފޯނަށް ނަޒަރު ހިންގާލައިގެން ވިސްނުމެއްގައި އޮއްވާ ސިއްސައިގެން ދިޔައީ އެއަށް މެސެޖެއް އައުމާއި އެކުގައެވެ. އެއީ މައިޝާއެވެ. އާލިޔާ  މައިޝާއަށް ގުޅާލިއެވެ. ފޯނުގައި ފްރީ މިނެޓްކޮޅެއްހުރުމުންނެވެ.

“ކޮބާ އެލީ؟؟؟ ކިހިނެއް ކަންތަށް؟؟ ކޮބާ ވިޗް؟؟” މައިޝާ ބުނެލިއެވެ.

“އޭ މާއި.. ޝީ އިޒް މައި މޯމް އިނގޭ…. އެނީވޭ މަމް މެން ނޭނގެ.. އައިސްދާނެ މިހާރު… މާއި އަށް އިނގޭނު ދެން އެލީ ނުކުންނާނީ 12 ވީމަކަން.. މަމްމެން އެތެރެއަށް ވަނީމަ ނޫނީ އައި ކާންޓް.. ބައި ދަވޭ ކޮން ވާހަކައެއް ބުނަންތަ މެސެޖްކުރީ..؟” އާލިޔާ ބުނެލިއެވެ. އޭނާގެ މޫޑް ރަނގަޅުވެ ވިސްނަމުންދިޔަ ކަންތަށް ހަނދާންނެތުނީ އެކުވެރި މައިޝާގެ އަޑު އިވުމުންނެވެ.

“ޔާ ޔާ… މާއި ބުނީ އަޔާން ސަރ އެބައުޅޭ ވައިބަރ ގުރޫޕެއް ހަދަން…. އޭނާ ކިޔަވައިދޭ ހުރިހާ ކުދިންނަށޯ.. ވަކި ވަކި ގްރޭޑްތަށް އޮންނަނީ.. ގެއަށް ދިޔުމަށްފަހު އިތުރު ޑައުޓެއް އޮތީއާ ސަރ ކައިރި އެހޭނެޔޯ… ވައިބާރ ނުގެންގުޅޭ ކުދިންނަށް ސަރގެ ނަމްބަރ އަށް މެސްޖެ ކުރެވޭނެޔޯ.. ދޮންތަ އައިސްގެން ކި އެހެން. .އެކަމް މާއި މެން ކައިރި އަކު ނުބުނެ ދޯ އަދިއެއް.. އަދި އިނގޭތަ ސަރ ބުނީއޯ ސަރ ދޭނީ ސަރ ގެ ސިމް 2 އޭ.. އަނެއް ސިމް އެއީ ޕްރައިވެޓް ވަންއެކޯ.. ދޮންތަ ބުނީ ބިޓުން ގުޅާފާނެތީއޯ އެއީ.. ހަހަހަ… މިހާރު އެ ދޭ ނަމް އަކީ ފޯރ ސުކޫލް ޔޫސް އޯ.. ފޮނި ދޯ އޭނާ.. އެލީ ބުނާހެން ހަމަ ފޮނި ހަކުރުގަނޑެއް..” މައިޝާ ހިނިއައިސްގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. އާލިޔާއަށް ރަކި ގޮތަކަށް ހިނިތުންވެވޭއިރު އޭނާ ލަދުވެސް ގަންނަންފެށިއެވެ. އެއީ ކީއްވެކަމެއް ހުދު އެނާއަށް ވެސް ނޭނގުނެވެ. ރަކި ގޮތަކަށް ހީލުންނޫން ކަމެއް އޭނާއަކަށް ނުކުރެވުނެވެ.

“އަދި އިނގޭތަ.. ސަރ ގެ ކޮމްޕެނީއެއް އޮވެޔޯ ދެން މާ ބޮޑު އިންފޯރސްއެއް ނޭނގެ އެ ކޮން ކޮމްޕެނީއެއް ކަމެއް…. އެކަމް ޕާޓް ޓައިމް ޖޮބެއްގެ ގޮތަށް ޓީޗަރ އަކަށްވީ އޯ.. ސަރ ވަރަށް ބޭނުންވާ ކަމެކޯ އެއީ ޓީޗިން.. އެހެންވެ އެ އެދުންވެސް ފުއްދާލީއޯ. އަދި ބުނަނީ ދިރިއުޅެވޭނީ އެންމެ ފަހަރަކުނޫންހޯ.. ހިތް އެދޭ ކަންތަށް ކޮށްލަންވާނެނޫންހޯ.. ހަހަ…. ދޮންތަ މެން ކްލާސްއަށް ގޮސް ކެނޑި ފޮނިތަކެއް އެއީ… އެލީ ދެން އެއްޗެކޭ ބުނެބަލަ… ކުލާހުގައިވެސް އޭނާއާއި ބެހޭގޮތުން އެއްޗެހި ކިޔާލާ ދައްކާލީމެއްނު..” މައިޝާ އެހެން ބުނެލީ އޭނާ އެ ހުރިހާ ވާހަކަތަށް ދައްކާއިރުވެސް އާލިޔާ މަޑުން އޮތީމައެވެ.

“ހެހެ.. މާއި… ސާބަސް ދެން… މިގަޑިގަ ކީކޭ ބުނާނީވެސް…. ސްޕީޗްލެސް އޭނާގެ ފޮނިކަން ފެނިފަ..” އާލިޔާ އެހެން ބުނެލުމުން މައިޝާ ހޭންފެށިއެވެ. ކުޑައިރުކޮޅަކު ދެމީހުން ވާހަކަ ދައްކާލުމަށްފަހު އަލްވަދާއު ކީ އަނެއްދުވަހު ދިމާވާނެކަމުގެ އުއްމީދާއި އެކުގައެވެ.  އާލިޔާ އިރުކޮޅަކު ލޯ މަރައިގެން އޮތްއިރު އޭނާގެ ތުންފަތްމަތީ ވަނީ ރީތި ހިނިތުންވުމެކެވެ. އޭނާއަށް ސިފަވަމުން ދިޔައީ އަޔާންއެވެ. އަޔާން ދޮރުމަތީ ހުރިގޮތެވެ. އާލިޔާއަށް ބަލާ ގޮތެވެ. އާލިޔާއަށް މެޑަމް ކިޔާގޮތެވެ. އާލިޔާ ކައިރީގައި އޮތް ބާލިސް ގެނެސް ބައްދާލީ އިތުރަށް އެ ހިޔާލުތަށް ކުރުމުގެ ފުރުސަތު ދެމުންނެވެ. އެ ހުވަފެނީ އާލަމުގައި އުޅެލުމަށެވެ. އެހެން އޮއްވާ އޭނާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.

 

ހެނދުނު ހެނދުނާ އާލިޔާ އަށް ތެދުވެވުނީ ފަތިސް ނަމާދަށް ކޮށްފައިވާ އެލާރްމްގެ ސަބަބުންނެވެ. ރޭ ނުކައި ނިދުމުގެ ސަބަބުން ބަނޑުހައިކަން އިހްސާސްވަމުން ދިޔައެވެ. އާލިޔާ އިރުކޮޅަކު އޮވެލުމަށްފަހު ތެދުވެލައިގެން ފެންވަރާލިއެވެ. އަދި ނަމާދުކޮށްލުމަށްފަހު ނިކުމެ ކާއެއްޗެހި ހެދުމުގައި އުޅުނެވެ. ސުކޫލަށް ދިޔުމުގެ ކުރިން އާލިޔާ ދަނީ ހެނދުނަށް ސައި ހަދާފައެވެ. އާލިޔާ ކޮފީތަށިބޮމުން ރޮށިދަމަމުން ފިހެމުން ދިޔައިރު އޭނާއަށް އުނދަގުލެއްވެސްނޫނެވެ. އެކަންކޮށްކޮށް އޭނާއަށް ހުރީ އާދަވެފައެވެ. އެކަން ނުކޮށްފިނަމަ ވާނެ ގޮތް ރަނގަޅަށްވެސް އޭނާއަށް އިނގެއެވެ. އާލިޔާ އެކަންތަށް ނިންމާލުމަށްފަހު އަވަސް އަވަހަށް ސުކޫލަށް ދާން ރެޑިވިއެވެ. އޭރު އޭނާ ހުރީ ސުކޫލަށް ދިޔުން ލަސްވެފައެވެ. އަނެއްކާވެސް އަޔާން ބަލާލަން އޭނާ ހުރީ ލަސްވެފައެވެ. ހިތްވަނީ ބޭޤަރާރުވެފައެވެ.

“އޭ ސާހިބާ ބޭޤަރާރު ވެއްޖޭ..

އޭ ޔާރާ ލޯބިވެސް ވެވިއްޖޭ….”

އާލިޔާ ތައްޔާރު ވަމުން ދިޔައިރު އަމިއްލައަށް ހިނިތުންވެވެއެވެ. އެހެންޏާ ރެޑިވާން ނަގާ ވަގުތަށްވުރެ ގިނައިރު އޭނާ ނަގަމުންދިޔައެވެ. އޭނާ ވަރަށް ރީތި ވެލަން ބޭނުންވެއެވެ. އިސްތަށިގަނޑު ގަތާލުމަށްފަހު އެއްފަޅިއަކަށް ގެނެސް ވޫލު އައްސާލިއެވެ. އަދި ރެބަން ވެސް އައްސާލިއެވެ. ކޮށާލެވިފައިވާ އިސްތަށިކޮޅު ވޫލުކޮޅާއި އެއްކޮށް އެއްސޭވަރަށްވުރެ ކުރުވުމުން ނިތްކުރިމައްޗަށް ވެއްޓުނެވެ. އާލިޔާ އެ އިސްތަށިކޮޅު ކަންތަފަތް ކައިރި އަޅުވާލިއެވެ. އެއަށްފަހު އަމިއްލަ ސޫރައަށް ބަލަން ހުރުމަށްފަހު ރެޑިކޮށްލާފައިވާ އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ދާން ހިނގައިގަތެވެ. އޭގެ ކުރިން އޭނާ މަންމަ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ދުވާ ވަހުން އޭނާ ނޭފަތްމަތީ އަތްއެޅިއެވެ. މަންމަ އޮތީ ތަޅުންގަނޑުމައްޗަށް ދެމިފައެވެ. ދޮންބައްޕަ އޮތީ އެނދުމަތީގައި އެއްފަޅިއަކަށެވެ. އާލިޔާ ނޭފަތުގައި އަތްއަޅައިގެން ހުރެ އެތެރެއަށްވަނެވެ. އަދި ލޯބިން ފުރިގެންވާ ގޮތަކަށް މަންމައާއި ދިމާ ބަލައިލިއެވެ. “މަމް…. ޕްލީސް ސްޓޮޕް އިޓް.. ޔޫ އަރ ގޮއިންގް ޓު ރީގްރެޓް ފޯރ ދިސް.. އިފް ނޮޓް ޓުޑޭ ސަމްޑޭ ޔޫ ވިލް..” ގުދުވެލާފައި ސައީދާގެ އިސްތަށިގަނޑުގައި ފިރުމާލަމުން އާލިޔާ އެހެން ބުނެލިއެވެ. އޭރު އޭނާ ހުރީ ފެންކަޅިވެފައެވެ. އެއަށްފަހު އަވަސް އަވަހަށް އެތަނުން ނިކުންނަން ހިނގައިގަތެވެ.

މިއަދު އޮންނާނީ ބޮޑު އެސެމްބްލީއެއް ކަމުން ޕްރިފެކްޓް ކުދިން އުޅުނީ އެކަމައިގެންނެވެ. އާލިޔާވެސް ދަބަސް ލުމަށްފަހު އެމީހުންނާއި އެކުވެގެން  އުޅުނެވެ. ބެލްޖެހުމާއި އެކު އެންމެން ސަފްހަދާ އެސެމްބްލީ ހޯލްއަށް ދިޔައީ ދާދި އެކުއެކީގައެވެ. އާލިޔާގެ ލޯ ހޯދަމުން ދިޔަ ފަރާތް ފެނުނީ ހޯލްތެރެއިންނެވެ. ރަކި ހިނިތުންވުމަކާއި އެކު އާލިޔާ އަޔާންއާއި ދިމާ ބަލަން ހުރިއިރު އަޔާންގެ ނަޒަރު ހުއްޓިފައިވަނީ ހޯލްތެރޭގައި ތިބި ކުދިންނަށެވެ. އާލިޔާ ސިހިފައި ފަހަތްބަލައިލީ ފަހަތުގައި ހުރި މައިޝާ އާލިޔާގެ ކޮނޑުގައި ޖަހާލުމުންނެވެ. ދެމީހުން އެކީ ހޭންފެށިއެވެ. “އެލީ ދެން ހުމް ހުމް…” މައިޝާ ދިމާކޮށްލިއެވެ. “ޝަޓް އަޕް….” މައިޝާ ކައިރި އާލިޔާ ބުނެލިއެވެ. އަނެއްކާވެސް އޭނާ އަޔާންއާއި ދިމާ ބަލައިލިއެވެ.

އެސެމްބްލީނިމި ކުދިންތަށް އެބައެއްގެ ކުލާސްތަކަށް ދާންފެށިއެވެ. އާލިޔާވެސް އޭނާގެ މިޝްރާބް ކުލާސްރޫމްއާއި ދިމާލަށް އަނބުރާލީ އަޔާން ދިޔަ ދިމާ ނޭނގުމުންނެވެ. އެ އިން ކޮންމެކަމެއްވެސް އޭނާއަށް ވަނީ އިހްތިޔާރަކާއި ނުލައެވެ. ކުލާހަށް ވަދެވެންދެންވެސް އޭނާ ހޯދީ އަޔާންއެވެ.

އާލިޔާ ގޮނޑީގައި އިށީނދެލުމަށްފަހު ފުން ނޭވައެއްލިއެވެ. އަދި ދެން އޮތް ކުލާހަށް ތައްޔާރުވެލުމުގެ ގޮތުން ފޮތްތަށް ނަގައި މޭޒުމަތީ ބަހައްޓާލިއެވެ.

ކުލާސްތަށް އާދައިގެން ގޮތަކަށް ނިމިގެން ދިޔައެވެ. އާލިޔާ އެންމެ ބޮޑަށް އިންތިޒާރު ކުރި ގަޑި އައިސް ޖެހުނީއެވެ. އެއީ އެ ދުވަހުގެ އެންމެ ފަހު ކުލާސްއެވެ. “އައްސަލާމް އަލައިކުމް..” އަޔާން ބުނެލީ ކުލާހުގެ މެދަށް ވާގޮތަށް ކޮޅަށް ހުރެލާފައެވެ. ހުރިހާ އަންހެންކުދިން އެއްފަހަރާ ވައަލައިކުމް ސަލާމް ބުނެލިއެވެ. އަޔާން އާލިޔާއާއި ދިމާ ބަލައިލިއެވެ. އާލިޔާގެ މޫނަށް ވެރިވެފައިވާ ހަމަޖެހުން ފެނި އަޔާންއަށް ވެސް ހަމަޖެހެވުނެވެ. އެހެނީ އިއްޔެ އާލިޔާ ރޮވިފައި ހުރިތަން ފެނުނުފަހުން އޭނާއަށް ފެންނަނީ ހުސް އެމޫނެވެ. ދެލޯމަރާލުމާއި އެކު ވެސް ހަމަ އެ މޫނެވެ. އާލިޔާގެ ހިތުގެ ވިންދުއަވަސްވީ އެޔެއް މިއެއް ބަލާފައެއްނޫނެވެ. އަޔާންގެ އެ ބެލުމުން އޭނާއަށް އުނދަގޫވިއެވެ. އެހެންކަމުން އާލިޔާ އެހެންކަމަކާ މަސްއޫލުވެލިއެވެ. “ގާލްސް މި ވާނީ އެންމެ ފަހުގަޑިއަށް މިކަހަލަ ސަޅި ކަމެއްކުރާ.. ނެކްސްޓް ވީކްއަށް ފަހު ސްޓަޑީ ސްޓަޑީ އެން ސްޓަޑީ.. އަމް މީ… މެޑަމްއާއި ޖެހިގެން އިން ގާލް.. ޔެސް.. ފޮތް ގެނެސްދޭނަން އިނގޭ ސަންޑޭގަ..” އަޔާން މައިޝާއާއި މުހާތަބުކޮށް ބުނެލިއެވެ. އާލިޔާ ތުންދަމާލިއެވެ. “މެޑަމް؟؟” އާލިޔާ މައިޝާ ކައިރި ސިއްރު ސިއްރުން އެހެން ބުނެލުމުން މައިޝާ ހޭންފެށިއެވެ.

އޯކޭ ސޯ.. އައި ހޭވް އަ ނިއުސް ޓޫ…. އަނެއް ވާ ގޮތަކީ ކިތަންމެ މޮޅުކޮށް ކިޔަވާ ކުއްޖެއްކަމުގައި ވިޔަސް ޑައުޓް ހުންނާނެ.. އެކަމަކު އަބަދު އަބަދު ސާރ އެއް ނުހުންނާނެ ޑައުޓު ފިލުވާކަށް.. މިހެން މިބުނީ ތިކުދިންގެ ގެއަކު ހަމަގައިމުވެސް ނުހުންނާނެ ދޯ… ޑައުޓެއް ހަމަ އަންނައިރަށް ސަރ އަށް މެސެޖްކޮށްލެވޭނެ.. ސަރގެ ނަމްބަރ ނޯޓް ކުރިއްޔާ ރަނގަޅީ… ދެން ސަރ އެބަ ވިސްނަން މި ކުލާސްގެ ވެސް ވައިބަރ ގުރޫޕްއެއް ހަދަން، އުޅޭ ކުދިންނަށް.. ދެން ނޫޅޭ ކުދިން ކޭން ޓެކްސްޓް މީ… ޑައުޓެއް އޮތަސް ނޫނީ އެއްވެސް ކަހަލަ ސުވާލެއް މައުލޫމާތެއް އޮޅުން ފިލުވަންވިޔަސް ސަރ އަށް ގުޅާލެވޭނެ.. ޓެކްސްޓް ކުރެވޭނެ.. ފްރީވަގުތެއްވިއްޔާ އިން ޝާ ﷲ ރިޕްލައިވެސް ކުރާނަން… ސޯ ކުދިން އަވަހަށް ސަރ ގެ ނަމްބަރ ލިޔެލާ.. ދެން ތިކުދިން އަމިއްލައަށް ހުރިހާ ކުދިން އެޑްކޮށްފަ ސަރ ވެސް އެޑްކުރޭ ގުރޫޕްގައި… އޯކޭ އެއްނު” އަޔާން ބުނެލިއެވެ. އޭނާ ދިޔައީ ކޮންމެކުއްޖެއްގެވެސް މޫނަށް ނަޒަރު ހިންގާލަމުންނެވެ. ހުރިހާ ކުދިން އަވަސްވެގަތީ ފޯނު ނަމްބަރ ނޯޓްކޮށްލުމުގައެވެ. އާލިޔާވެސް ފޮތް ނަގައި އަޔާންގެ ނަމްބަރ ލިޔެލަން ރެޑީވިއެވެ. “ހުމްމް ނުލިބިގެން ދޯ ތިޔައުޅުނީ؟” މައިޝާ ސިއްރުން އާލިޔާ ކައިރި ބުނެލިއެވެ. އާލިޔާ ލަދުން އިސްޖަހާލިއެވެ. “ނޫނޭ.. އެކަމް ބަލާބަ އޭނާ ގުރޫޕް ހަދަން ވެދާނެތީ އެލީމެން ބޮލަށް ޖަހާލީ.. އެނީވޭ ނޯޓް ކުރޭ އަވަހަށް…” އާލިޔާ ނުވާކަމަށް ހަދާލަމުން އެހެން ބުނެލާ އަޔާން ކިޔަމުން ދިޔަ ނަމްބަރ ނޯޓްކޮށްލިއެވެ. އަދި އޭގެ މަތީ ބޮޑު އަކުރުން “ޔާން” ޖަހާލާފައި ރީތިކޮށް ފަވާލިއެވެ. “ޔާން… ހުމް.. އަޔާން ސަރ އޭ.. ސަރ.. އެލީ…”މައިޝާ މިފަހަރުވެސް ދޫނުކުރިއެވެ. އާލިޔާ ލަދުން ރަތްވެގެން ދިޔައެވެ. އެ ދޮން މޫނަށް އެރި ރަތްކުލަ ފެނި މައިޝާ ހިނިއައެވެ.

“ގާލްސް!! ކިހިނެއްވަނީ؟” އަޔާން ބުނެލީ އާލިޔާއަށާއި މައިޝާއަށް ބަލައިލަމުންނެވެ. ދެމީހުން ސިހިފައި އަޔާންއަށް ބަލައިލުމަށްފަހު ވަގުތުން ދެކޮޅަށް ބޯ ހަރަކާތްކޮށްލާ އިސްޖަހާލިއެވެ. މައިޝާ އަނގަ މަތީ އަތްއަޅާލައިގެން ހޭންފެށިއެވެ. އާލިޔާވެސް ތުންފަތުގައި ދަތްއަޅާލައިގެން ނުހޭން އިނެވެ.

“ސަރ.. ސާރގެ އޭޖް އަކީ ކިހާވަރެއް؟” ކުއްޖަކު އަހާލިއެވެ. އަޔާންގެ އިތުރުން މުޅި ކުލާސް ހޭންފެށިއެވެ. “ސަރ ގެ އޭޖް ދޯ… ތިކުދިންނަށްވުރެ 7 އަހަރު ބޮޑު..” އެއްލޯމަރާލަމުން އަޔާން ބުނެލިއެވެ. “އެލީ 7 އިޔާސް.. ހުމްމް ދެން އޯކޭ ދޯ އެވަރު..” މައިޝާ ބުނެލީ ސިއްރުންނެވެ. ހުރިހާ ކުދިން އެމީހުންގެ އަހަރާއި 7 އަހަރު އެއްކޮށްލިއެވެ. “22؟” އެއްކުއްޖަކު ބުނެލީ ދެލޯ ބޮޑުކޮށްލައިގެން ހުރެއެވެ.

“ޔެސް 22 ކިހިނެއްވީ އެހާ ޝޮކްވީ؟” އަޔާން ބުނެލީ އެ ކުއްޖާއާއި ދިމާ ބަލައިލަމުންނެވެ. “އެކަމް ސަރ ބުނީ ސަރ 5  އަހަރު ކުރިންވެސް އައީމޭ.. ދެން އޭރު ސަރ އަށް… އުމް… 17 އެއްނު ވާނީ؟” އެކުއްޖާ ބުނެލިއެވެ. “ޔަރ… ދެޓްސް ޓުރޫ.. ސަރ މިތަނަށް އާއިރު 17 ވާނީ.” އަޔާން ބުނެލީ ދެއަތް ޖޯޑްކޮށްލަމުންނެވެ. އޭނާ ގޮސް ޓީޗަރުންނަށް ހަމަޖެހިފައި އިން ގޮނޑީގައި އިށީނދެލިއެވެ. “އެކަމް ކިހިނެއް؟؟ އެއީ ހަމަ ސުކޫލް ނިމޭނެ ދުވަސްކޮޅެއްނުންތޯ ސަރ؟” އެކުއްޖާ އަނެއްކާވެސް ބުނެލިއެވެ. “އަސްލު ސަރ އަކީ އިސްކަންދަރު ގަ އުޅުނު ކުއްޖެއް.. ދެން އޭރު ވަރަށް މެތްސް އަށްވެސް އެކައުންޓިންއަށްވެސް މޮޅުވާނެ… އެން ގިނަ ކުދިންނަށް ނޭނގިދާނެ މިވާހަކަ އެކަމް ބުނެލަން އޮތީ އިއްޔެގައި މިތާ ސަރ އައުމުގެ ކުރިން ކުޅުނު ޑްރާމާގެ އެންމެ ބޮޑު ހިއްސާއެއް ވެފައި އޮތީ ސަރ ގެ ބައްޕައޭ… އައި މީން އަނީލް ސަރ.. އެއީ ސަރ ގެ ބައްޕަ… ދެން އެދުވަސްކޮޅު ވަގުތީ ޓީޗަރެއް ބޭނުންވީ މެތްސް އަށް، ސޯ ސަރ ގެ ބައްޕަ އެ ދުވަސްކޮޅަށް ސަރ ހަމަޖައްސާލަން ވާހަކަދެއްކީ މެނޭޖްމެންޓާއި ދެން ޕާރފޯމެންސް ރަނގަޅުވެފައި ކިޔަވައިދެން ޖެހުނު ގުރޭޑްދަށްކަމުގެ ސަބަބުން ސަރ އަށް ލިބުނީ.. އެކަމް ވަރަށް އަވަހަށް ދޫކޮށްލާފައި ދިޔައިން ސަރގެ ކޯސްވެސް ފެށެން އޮތީމަ އެ ދުވަސްކޮޅު..” އަޔާން ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައި ހުރި އާލިޔާއަށެވެ. އަލިޔާ ގަބޫލުނުކުރެވިފައި އަޔާންއަށް ބަލަންއިނދެވުނެވެ. އެއްބައިކުދިން ތިބީ އާލިޔާއަށް ވާގޮތް ބަލަންށެވެ. މައިޝާއަށް ވެސް އިނދެވުނީ އަނގަ ހުޅުވިފައެވެ. “ސަ..ސަރގެ ބަ..ބައްޕައަކީ… އަ.އަނީލް ސަރ؟” މައިޝާ އަށް އަހާލެވުނީ އާލިޔާ ކައިރިއެވެ. އެއަޑުގައިވަނީ ހައިރާންކަމެވެ. އެ ސިހުމުގައި މައިޝާއަށް ބުނެލެވުނީވެސް ތަންކޮޅެއް ބާރަށްކަމުން އަޔާންއަށް އެއަޑުއިވުނެވެ. “ޔެސް ޔެސް ސަރ ގެ ބައްޕައަކީ އަނީލް ސަރ. ދެން ވައްތަރު ނުވެދާނެ.. އެކަމްވެސް ބައްޕަ ވާނީ ބައްޕައަށް ދޯ” އަޔާން މައިޝާއަށް ޖަވާބުދިނެވެ. އެއާއި އެކު މައިޝާއަށް އޭނާ ބުނިއެތި އަޔާންއަށް އަޑުއިވުނުކަން އިނގި ލަދުގަތެވެ. އާލިޔާ އިނީ ރަނގަޅަށްވެސް ރަކިވެފައެވެ.

 

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (35)

  1. Ryn

    Hope hurihaa kudhin ah vx mi part rythi vaane kamah.. Tc and yessss sorry for not replying to any of u first part ga.. I’ll in sha Allah reply mi partge hurihaa comments thakah 😉 tvgc.. 😉

  2. yoona

    mi vaahaka vx varah sahli dhen daily koh up koh dehchey ryn

    1. Ryn
      yoona

      Thankyou. And in sha Allah i will try my best to up it daily 😉 thankyou 😉

  3. faxu

    Masha Allah Ryan avahah next part up Koh dhyba

    1. Ryn
      faxu

      Thankyou. And in sha Allah avahah up khdheynan 😉

  4. Shahina

    Masha allah .speechless .thanks Ryn.when next part Ryn .waiting waiting .

    1. Ryn
      Shahina

      Thankyou.. And in sha Allah maadhan up kureveythw balaanan 🙂

  5. Anonymous

    Salhi. Varah salhi.

    1. Ryn
      Anonymous

      Thankyou.. 🙂

  6. Ifaa

    mi vaahaka vx reethi…. mi ryn amihla ah liyaa vaahaka eh thr nooni copy eh thr??? kiyaafa oii story akaaa varah vahtharu..

    1. Ryn
      Ifaa

      Thankyou.. and this is ryn amihla ah myge 4 months kurin liyan feshi vaahaka eh and now nimifa othy vx.. 😉 And may b vahtharu vedhaane story akaa but i didnt copy from any thing. its my own idea, amihla ah liyun story eh.. 😉 thankyou

  7. Yooha

    Very nice story

  8. Hello

    RYNNNNN THIS STORY IS JUST WOWW ♥

  9. laimaan

    I m a big fan of urs ryn. I love ur previous stories. N i think even this story wil be amazing. So all the best for this story n waitin for the next part

  10. shahu

    Furathama faharu mee ryn ge story kiyaa v v reethi. Keep it up.

  11. Faathee

    Masha Allah.. keep going girl.. and thanks miadhu up Kohla dhineethee.. haadha heeve ey ayaan ulhenee marry kohgen hen.. hehe waiting for next part

  12. GORGEOUS

    Vvvv Salhi mi story

  13. Hooooo.

    ?????????????????????

  14. imoo

    ya allah … mee hma best story eh.. keep writing sis.. vvvvvv reethi

  15. ?mixoo

    beautiful?

  16. Ryn

    Thaaaankyou enmn…. Thought to reply vakivakin but I don’t have enough time sorry for that..And thank you once again ????

  17. Niim

    Nyc story..luv it..waiting 4 the nxt part

  18. ##ss

    Vvv salhi…
    But plx aaliyaa and ayaan nugulhuvah cheyy..
    Cause teacher and a student ehh v ma thankolheh odd vaane..
    I’m also same as aaliyaa’s age and teacher and a student thats very awkward…
    I luv ryn ge hurihaa vaahaka ehh vexx..
    But teacher and a student v ma varah kada…

  19. nihaa

    VVVVVV reethi….
    AAliya and ayaan gulu vachay….
    ema 7 years ge difference kkkkkkkk

  20. Ifaa

    ayaan nd aaliya gulhunas reethi vaane dhw nihaa???

  21. Ryn

    Lets see what will happen dhw guys 😉 Thankyou 🙂

  22. azoo

    ohhh..this story is soo beautifull..i hope next part also v reethi vaane kamahh…

  23. Afar

    Awesome

  24. Anonymous

    even my friend sis also is a student and her husband was a teacher when she were in secondary…. they have 12 years difference…. but now they have 2 kids and they are living happily… isnt that love????? love can be anything…. so guys this storyy is just like that.. thank u ryn … waiting 4 next part..

  25. imoo

    even my friend sis also is a student and her husband was a teacher when she were in secondary…. they have 12 years difference…. but now they have 2 kids and they are living happily… isnt that love????? love can be anything…. so guys this storyy is just like that.. thank u ryn … waiting 4 next part..

  26. Pop

    Koba next part

  27. MM

    Furathama dhivehi bas ragalhah beynun koh ibaaraaiy kuran dhaskobbala.

  28. Faxoo

    omg 😛 😛 Ryyn mibaives vrh reethi 😀

  29. xum

    V salhi

  30. Lammpu

    I love where thus story is going???

Comments are closed.