Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ… 22

 

“ކިހިނެއްދާނީ. ހިތް މިކޮޅުގައި ބާއްވާފައި އެކޮޅުގައި އަހަރެން ކިހިނެއް ހުންނާނީ. ލޫކް އަލްޔާ އަށް ބަލާލީ ކަތިނަޒަރަކުންނެވެ. އެހިނދު އަލްޔާ ތެޅިގަނެފައި ލޫކަށް ބަލާލިއެވެ. ހަމަ ބަލާލުމާއެކު ލޫކް އަލްޔާ އަށް އެއްލޯ މަރާލިއެވެ.

“ހޫނ… ހާދަ ހީވެޔޭ ތަފޫގެ ކަންތައް އަލުން ކުރަން އުޅޭހެން. ރަނގަޅަށްތަ މިހީވީ” ޒީޝާން ލޫކްގެ ބަނޑުގައި ވިކާލަމުން އަހާލިއެވެ.

“ވެދާނެ” ލޫކް ހީލަމުން ޖަވާބުދިން އިރު އެދެލޯ އަމާޒުވެއިވަނީ ސީދާ ލޫކް ގެ ދެލޮލަށް ބަލަން ހުރި އަލްޔާ އަށެވެ.

 

އާދުވަހަކަށް އިރު މިދުނިޔެއަށް މަރުހަބާ ކިއީ އެތައް ބައެއްގެ ހަޔާތް އެމީހުން ބޭނުންވާ ގޮތަށް ބަދަލު ގެންނަމުންނެވެ. އެތައް ބަޔަކަށް އުފަލާއި ހިތްހަމަޖެހުން ގެންނަމުންނެވެ. އެތައް ބައެއްގެ މަރާއި ދިރިހުރުން ގެންނަމުންނެވެ. އެތައް ބައެއްގެ އުއްމީދުތައް އާލާކޮށްދެމުންނެވެ. ހަމަ އެފަދައިން އެތައް ބައެއްގެ އުއްމީދު ތަކުގައި ކޮޅުފައިން ޖަހަމުންނެވެ.

އެގޮތުން ޝައިމްގެ ދިރިއުޅުމަށް މިހާރު ވަނީ އޭނާ ހީވެސް ނުކުރާހާ ބަދަލުތަކެއް އައިއްސައެވެ. ޒީޝާން އާ ނުލާ ދިރިނޫޅެވޭ ވަރަށް އޭނާ ވަނީ އެލޯތްބަށް ބޭނުންވެފައެވެ. ދެމަފިރިން ވަނީ އެކަކު އަނެކަކު ކައިރީގައި ދުވަހަކު ވެސް ވަކިނުވާނޭ ކަމަށް ބުނެ އެތައް ވައުދަކާއި ހުވައެއް ކޮށްފައެވެ.

ރަށުގައި ކުޑަކުދިންގެ ޑޮކްޓަރެއް ނެތުމުގެ ސަބަބުން ޒޫނީ ޑޮކްޓަރަށް ދެއްކުމަށްޓަކައި ޝެނާ އަށް ޖެހުނީ ކައިރި ވޭމަންޑު އަށް ދަތުރު އަޅާށެވެ. ޒީޝާން ބަނޑުގައި ރިިއްސާކަމަށް ބުނެ ބަހަނާ ދެއްކުމުން ޝެނާ ޖެހުނީ އެކުގައި އަލްޔާ ގެންދާށެވެ. ޝައިމް ވެސް ސްކޫލުގައި މުހިއްމު ކްލާސްތަކެއް ނަގައިދޭންޖެހޭ ވާހަކަ ބުނެފައި އޮތުމުން ޝެނާ އޭނާ ކައިރީގައި އިތުރަށް އެވާހަކަ ނުދެއްކީއެވެ.

ދަނބު ކުލައިގެ ތުނި ޕެޓީކޮޅަކާއި ކިރިޔާ ބުޑު ފޮރުވޭވަރުގެ ސޯޓްކޮޅުގައި އުނދުން ކައިރީގައި ހުރި ޒިޝާންގެ ތުންފަތުގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. ސޯޓާއި ޕެޓީކޮޅުގެ ދޭރެރެއިން ހާމައަށް ހުރި ބަނޑުގައި މީހަކު އަތްލިހެން ހީވުމުން ޒީޝާންގެ ހިނިތުންވުން ފުންވިއެވެ. އެހެނީ އެއީ ކާކުގެ އަމަލެއްކަން އޭނާ އަށް އެނގޭ ކަހަލައެވެ. އުނދުން ނިއްވާލުމަށްފަހު ޝައިމް ގެ އަތްމައްޗަށް ޒީޝާން އުފުލާލަމުން ބޭންދީ ތަންކޮޅެއް ދުރުގައިހުރި ކަބަޑްމަތީގައެވެ. ޒީޝާންގެ ދެފައި ކުޑަކޮށް ދުރުކޮށްލުމަށްފަހު ޝައިމް އަށް ވަދެވޭ ވަރަށް ޖާގައެއް ހަދާލިއެވެ. އަދި އެދޭތެރެއަށް ޝައިމް ވަނުމަށްފަހު ޒީޝާންގެ މޫނަށް ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. އަދި އިރުކޮޅަކު ހުރުމަށްފަހު ޒީޝާންގެ ތުންފަތުގައި ލޯބިކޮށްލިއެވެ.

“މިކަހަލަ ވަގުތުކޮޅަކަށް އަހަރެން އިންތިޒާރު ކުރާތާ ކިހާ ދުވަހެއްމިވީ. މިވަގުތުކޮޅު ވަރަށް ހާއްސަކޮށްލަން ބޭނުން” ޒީޝާންގެ މޭގައި މޫނުފޮރުވާލަމުން ޝައިމް އަތް އަޅުވާލީ ޒީޝާންގެ އުނަގަނޑުގައެވެ.

“ތޭންކްޔޫ ސޯ މަޗް…. އަހަރެން ހިިއެއްވެސް ނުކުރަން ޝައި އަހަރެން ދެކެ ތިހާ ވަރަށް ލޯބިވެދާނެ ކަމަކަށް. އަހަރެން ހީކުރީ އަހަރެން މަރުވެދާނީ ވެސް ފިރިމީހާގެ ނަފްރަތު ބޮލުގައި އަޅުވައިގެން ކަމަށް” ޝައިމް ގެ މޫނުގެ ދެފަރާތުގައި ހިފާ އުފުލާލަމުން ނިތްކުރީގައި ބޮސްދިނެވެ.

“ދެން ތިހެން ނުބުނައްޗެ. އިރާދަކުރެއްވިއްޔާ އެކަހަލަ ދުވަހެއް ނާންނާނެ. ކޮންމެ ކަމަކަށް ވެސް ރަނގަޅު ވަގުތެއް އޮވޭނު. އަހަރެމެންގެ ގުޅުން ރަނގަޅުވާންވީ ވަގުތު ޖެހުނީމަ މިއޮތީ ރަނގަޅުވެފަ. ޒާން އާއި ޒައިނީ ހާދަ އުފާވާނޭ ދޯ އަހަރެމެން ދެމީހުން އެކީގައި ފެނުނީމަ” ލޯތްބާއެކު ޝައިމް ބުންޏެވެ. ޒީޝާން ވެސް އަވަހަށް ބޯޖަހާލިއެވެ.

“އެކަމު ޝައި! ބުނަންތަ ވާހަކައެއް. ލައި އާއި ދޭތެރޭ ކަންތައް ތިކުރެވެނީ އަދި ރަނގަޅަކަށް ނޫން. ޝައި އާއި ދޮންތަ ތިގޮތަށް ކަންތައް ކުރިކަން ލައި އަށް އެނގޭ ދުވަހަކުން އެފަކީރުގެ ހިތް ހަލާކުވާނެ” ކުރިން ޒީޝާންގެ ވާހަކަ ދެއްކުމުގެ ރާގުގައި އުފަލާއި ޖޯޝް އެކުލެވިފައި ވިޔަސް އަލްޔާ ގެ ވާހަކަ އައި ހިސާމުން އެއަޑުގައި އެކުލެވިގެން ވަނީ މަޑުމޮޅިކަމެވެ.

“އަސްލު އަހަރެން ވެސް މިހާރު ދެރަވޭ އެގޮތަށް ކަންތައް ކުރެވުމުން. އެކަމަކު މަގޭ ސްވިޓީޕައި ދެރަނުވޭ.. ރަނގަޅު ވަގުތެއް ލިބުނީމަ އަހަރެން ލައި ކައިރީގައި ހުރިހާ ވާހަކައެއް ކިޔާދޭނަން” އުފާވެރި ވަގުތުކޮޅުގެ ނިމުން މާޔޫސްވެރިަކަމަށް ބަދަލުކުރަން ބޭނުންނުވާތީ ޝައިމް އެވާހަކަ އޮށްބާލިއެވެ.

“އޯކޭ.. އެކަމު އެންމެ ފަހު ވަގުތު އަނެއްކާ ވެސް އަހަރެން ދުރުކޮށްލާނީކީ ނޫން. ކުރިން ތިލޯބި އެއްގޮތަކަށް ވެސް ނުލިބޭއިރު ހިތާމަކުރިވަރު ދެނެވޮޑިގެންވާނީ ހެއްދެވިފަރާތް. ތިލޯބި ލިބިފައި އަތުން ބީވެދާތަން ބަލާކަށް މިހިތަށް ކެތެއްނުވާނެ. އެދުވަހަކުން ދެދަރިން ޝައި ގެ ބޮލުގައި އަޅުވާފައި އަހަރެން މިދުނިޔޭން ދާނީ” ޒީޝާން ލޯބީގެ އިންޒާރެއް ފަދައިން ޝައިމް އާއި ވާހަކަދެއްކިއެވެ.

“ޝްޝްޝް… ތިހެން ދެން ނުބުނާތި. އެކަހަލަ އެއްޗެއް ދެން ބުނިއްޔާ މިތަނުގައި ދަތްއަޅާނަން. ހުވާ މިބުނީ” ޒީޝާންގެ ތުންފަތުގައި އަތް ޖައްސާލަމުން ޝައިމް ސާމާސާ ކޮށްލިއެވެ. އެހިނދު ޒީޝާންގެ ހީލުމުގެ އަޑު އިވިގެން ދިޔައެވެ.

 

ހަވީރު ފިނިޖެހެމުން އައި ވަގުތު ރަށުގެ އަލަށް ހިއްކަމުންދާ ސަރަހައްދަށް ހިނގާލަން ދިޔުމަށްޓަކައި އަލްޔާ ސަޖޫލް އަދި ޝެނާ އާއި ޒީޝާން ވެސް ތިބީ ސަޖޫލްމެން ގޭދޮށުގައެވެ. ޒީޝާން މެސެޖަކުން ޝައިމް ކައިރީގައި އެމީހުންނާއި އެކުގައި ބައިވެރިވާން އެދުމުން ޝައިމް ބަހަނާއަކަށް ދެއްކީ އެކަނި ފިރިހެނަކަށް ހުރުމުން ފޫހިވާނެ ވާހަކައެވެ. ނަމަވެސް ޒީޝާން ދޫނުކުރުމުން އެންމެފަހުން އެކުގައި ޝައިމް ވެސް ބައިވެރިވިއެވެ.

“މަންމާ ކޮބާ ކުޑައްތަ. ކުޑައްތަ ނުދޭތަ” ރަފީފާ އާއި އެކުގައި ގެއިން ނިކުތް ޝަރީފާ ފެނުމުން ސަޖޫލް އަހާލިއެވެ.

“މިއުޅޭ ލޫކް ހުން އައިއްޔާ ކުޑަކުއްޖަކަށް ވުރެ ނުބައި ވާނެ. މަންމަ އުޅެނީ ލޫކަށް ބޭސްނުދެވިގެން. ޔޫއްކޮ އެއައީ ވަރަށް މަލާމާތްކޮށްފަ” ރަފީފާ ހީލަމުން ބުންޏެވެ. އެހިނދު އަލްޔާ ކައިރިއަށް ހިނިއައެވެ. އެންމެފަހުން ލޫކް ރޯގާ ޖެހުނީތާއެވެ. އަހަރެން އެވަރަށް ބުނީމަ ވެސް ގަބޫލުނުކުރީއެވެ.

“އެކަމަކު ރޭގައި އެގެއިން އައިއިރު ރަނގަޅަށް ހުރީ. އެކަމަކު ނުތެމޭށޭ އެވަރަށް ބުނީމަ ވެސް ލޫކް އެތެރަކަށް ނުވަން. އެހެންވީމަ އެވަރުވާނެއްނު” ޝެނާ ވެސް އެއްޗެއް ބުންޏެވެ. ކުޑަމަނިކެ އަންނަންދެން ހުރިހާ މީހުން އެހިސާބު ގޭގޭ ދޮށުގައި ހުރި ޖޯލިތަކުގައި އިށީނެވެ. އަލްޔާ ވެސް މަޑުމަޑުން ގޮސް ވަކިން ހުރި ޖޯއްޔެއްގައި އިށިންއިރު ތުންފަތުގައިވީ ހިނިތުންވުމެކެވެ.

މަތީގައި ހުރި ހިރުނދުގަހުގެ ފަތެއްގެ ކޮޅުން ނެއްޓިގެން އައި ފެންތިކި އަލްޔާގެ ނިތްކުރިއަށް ވެއްޓުނުހިނދު އަލްޔާ ހީލިއެވެ. އެހިނދު އަލްޔާގެ ލޯކުރިމަތީގައި ކުރެހިގެން ދިޔައީ އިއްޔެގައި  ލޫކާއެކު ހޭދަކުރެވުނު ލޯބިވެތި ވަގުތުކޮޅެވެ.

އެއީ ވެސް ހަމައެފަދަ ވަގުތުކޮޅެކެވެ. ޝައިމް ގެ އެދުމަކަށް ލޫކް އެގެއަށް ދިޔައީ އެގޭ ބިތްދޮށުފަރާތު ދުވަހު ކުށްޔަށް ދިނުމަށްޓަކައި އަލަށް ހަދަންފަށާފައި ހުރި ކޮޓަރީބަރީގެ މަސައްކަތެއް ކުރުމަށްޓަކައެވެ. އަލްޔާ އާއި ގުޅުންހުރި މަސައްކަތެއް ކުރަން ލޫކަށް އުނދަގޫވެދާނެ ހެއްޔެވެ؟ އެސޫރަ ފެންނަފަށުގައި ބޮޑު ފަރުބަދައެއް ކަނޑަން ޖެހުނަސް އެކަމަކަށް ލޫކް ފުރަގަހެއް ނުދޭނެއެވެ. އެގޮތުން ލޫކް ދުވަހުގެ ހުރިހާ ވަގުތެއް ހޭދަކުރީ އެގޭގައެވެ. އަލްޔާ އާއި ވާހަކަ ނުދެއްކިއަސް ދެމީހުން ބަދަލުކޮށްލާ ހިނިތުންވުންތަކާއި ލޮލާއި ލޮލުން ދޭ މެސެޖްތަކުން ދެހިތް ވެސް ތިބީ އުފަލުންނެވެ.

“އަނެއްކާ އޮށްސާލަނީ…. ލޫކް އާދޭ މިތަނަށް. ތުނިކޮށްލީމަ ނިކުންނާނީ” ސަތަރިގަނޑެއްގެ ހިޔަލުގައި ހުރި ޝެނާ ވާރެއާއި ތެމިގެން މަސައްކަތެއް ކުރަން އިން ލޫކް ކައިރީގައި ބުންޏެވެ. ނަމަވެސް ލޫކް އެތަނުން ތެދުވާކަށް ހިތަށް ވެސް ނާރައެވެ. އޭނާގެ ނަޒަރު ސީދާވެފައި ހުރީ އަނެއްފަރާތު ކުޑަދޮރު ކައިރީގައި ވާރޭއަށް އަތްދިއްްކޮށްގެން ހުރި އަލްޔާ އަށެވެ. އަލްޔާގެ ފަރި ހަރަކާތްތަކަށް ހުއްޓުމެއްނެތި ހިތާއި ހިތުން ލޫކް ދަނީ ތައުރީފް ކުރަމުންނެވެ.

އިރުކޮޅަކުން ލޫކް ސިހުނީ ހުރިހާ މީހުން އެކުގައި ނިކުމެ ވާރެއާއި ސަކަރާތްޖަހާ އަޑު އިވުމުންނެވެ. ކައިރީގައި ހެދިފައި ހުރި ފެންގަނޑުގައި ޝެނާ އާއި ޒީޝާން ފުންމާއިރު ހީވަނީ ކުޑަކުދިންތަކެއް ހެންނެވެ. ހިޔާކޮށްފައިހުރި ކޮޓަރި ތެރޭގައި ސިނގިރެޓެއް ރޯކޮށްލައިގެން ހުރި ޝައިމް ގެ ނަޒަރު ސީދާވެފައި ހުރި ޒީޝާނަށެވެ. އަލްޔާގެ ހަރަކާތްތަކަށް ބަލަމުން ދިޔަ ލޫކް މީހަކަށް ނުފެންނާނޭހެން ކައިރީގައި ހުރި އަލްޔާ އަތުގައި ހިފާ ލައްކެއް ޖަހާލިތަނާ ވެއްޓުނީ ލޫކް ގެ އުނގަށެވެ.

“އަނހަ… ލައި ކިހިނެއް ތިހެދީ…. ފައިގަ ވަރެއް ނެތީތަ… ކޮޅަށް ނަގާދޭންވީތަ” ސިއްރުން އަލްޔާ ގެ ކަންފަތް ދަށުގައި ލޫކް ބުންޏެވެ. އަލްޔާ ރަކި ހިނިތުންވުމަކާއެކު ކޮޅަށް ތެދުވިތަނާ ހެމުން ސަކަރާތް ޖަހަމުން ދިޔަ ޒީޝާން އަލްޔާ ގައިގާ ޖެހިގަތެވެ. އެއާއެކު އަނެއްކާ ވެސް އަލްޔާ ވެއްޓުނީ ނުތެދުވެ އިން ލޫކް ގެ އުނގަށެވެ. އަލްޔާ ލަދުގަތީ އަލްޔާ ލޫކް ގައިގާޖެހޭ ކޮންމެ ފަހަރަކު ލޫކް އަލްޔާ އަށް ބަލާލާ ގޮތުންނެވެ.

“ކޮބާ… މިހާރު މާނަ އެނގިއްޖެއްނު… ދެން ނުކެރޭނެ ތެދުވާކަށް” އަލްޔާގެ އުނަގަނޑުގައި ލޫކް އަތްޖައްސާލިތަނާހެން އަލްޔާ އާއި ދިމާލަށް ޝެނާ އަތްދިއްކޮށްލިއެވެ. ލޫކަށް ބަލާލަމުން އަލްޔާ ހީލިއެވެ. އަދި ޝެނާގެ ދެއަތުގައި ހިފާ ކޮޅަށް ތެދުވިއެވެ. ލޫކް އިސްތަށިގަނޑުން ފެންފޮޅާލަމުން ނަފްސު ހަމައަކަށް އެޅުވިއެވެ.

“ދެން މިއަދު މަސައްކަތެއް ކުރެވޭނީ ވާރޭ ހުއްޓާލި އިރަކުންނެއްނު. ޝައިއްކޮ ވެސް އާދެބަލަ ނިކަން ފިލާ ނުހުރެ” ޝެނާ ދުރުގައި ހުރި ޝައިމް އަށް ގޮވާލިއެވެ. އެހިނދު ލައިގެން ހުރި ޓީޝާޓް ހުރި ތަނަށް ދޫކޮށްލުމަށްފަހު ޝައިމް ވެސް ބޯކޮށް ވެހެމުންދާ ވާރޭއަށް ނިކުތެވެ.

މަތީބައިގެ ބެލްކަނިން ކުޑައެއް ހިފައިގެން ބޯދިއްކޮށްލި ފަހީމާ މެންދުރުު ކެއުމަށް ހުރިހާ އެންމެންނަށް ގޮވުމުން އެންމެން ތައްޔާރުވީ ކާންދާށެވެ. ނަމަވެސް ބަހަނާއެއް ދައްކާފައި ލޫކް މަޑުކުރީ ވާރޭ ތެރޭގައެވެ. ގޭތެރެއަށް ވަދެގެން ދިޔައިރު ވެސް އެމީހުން ދިޔައީ އެކަކު އަނެކަކާއި ސަކަރާތް ޖަހަމުންނެވެ. އެންމެ ފަހަތުން މަޑުމަޑުން ދިޔަ އަލްޔާ ގެއަށް ވަންނަމުން ލޫކަށް ފަސް އެނބުރި ބަލާލިއެވެ. އެހިނދު ވެހެމުންދާ ވާރޭއާއި ހަވާލުކޮށްފައި ލޫކް އަލްޔާ އަށް ފޮނުވާލި ‘ފްލައިން ކިސް’ ހީވީ ސީދާ އަލްޔާގެ ހިތުގައި ފިރުމާލި ހެންނެވެ. ހީލަމުން ގެއަށް ވަދެގެން ދިޔަ އަލްޔާ ދިޔަ ދިމާލަށް ބަލަން އިން ލޫކަށް ވެސް ހެވުނެވެ.

ހުއްޓާނުލާ ވެހެމުންދާ ވާރޭގެ ސަބަބުން އެއްވެސް ތަކްލީފެއް ނެތި ލޫކް ބޯދަށަށް އެއް އަތް ލައްވާލަމުން ފެންގަނޑު ތެރޭގައި އޮށޯވެލީ އުޑަށް ނަޒަރު ހުއްްޓާލައިގެންނެވެ. ނަމަވެސް ވާރޭގެ ސަބަބުން އުޑުމަތި ފެންނަވަރެއް ނުވޭއެވެ. ލޫކް ގެ މޫނުމަތީގައި ބީހެމުންދާ ކޮންމެ ވާރޭތިއްކެއް އޭނާ އަށް އިހުސާސް ވަމުންދަނީ އަލްޔާގެ ހިމަ އިނގިލި ތަކުން މޫނމަތީގައި ފިރުމާލަދޭ އިރު ވާކަހަލަ އިހުސާސެކެވެ.

އަނެއްކާ އަހަރެންނަށް މިކުރެވެނީ ރަނގަޅު ކަމެއް ހެއްޔެވެ؟ މައްސަލައެއް ނެތެވެ. އަހަރެންގެ ލޯބި ހޯދަން އަހަރެން ވެސް މަސައްކަތް ކުރާނަމެވެ. ލައި ވެސް ލޯބިވަނީ އަހަރެން ދެކެއެވެ. އެކަން އަހަރެންނަށް ޔަގީން ވެއެވެ. ލޫކް އިންތިޒާރު ކުރަނީ ޝައިމް އަލްޔާ މިިނިވަން ކުރާނެ ދުވަހަކަށެވެ. އެކަން ޝައިމް ކުރާނެއެވެ. ނަމަވެސް ކޮން ދުވަހަކުން ހެއްޔެވެ؟ އަހަރެން އަދިވެސް އިންތިޒާރު ކުރަންވީ ހެއްޔެވެ؟ އެކަމަކު ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟

ދެލޯ މަރާލައިގެން އޮތް ލޫކް ސިހުންވީ އޭނާގެ ހިތް އޭނާ އަށް ދިން އާދަޔާ ހިލާފް މެސެޖަކުންނެވެ. އެހިނދު ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. އޭނާ އާއި ދާދި ކައިރީގައި އެހުރީ ދެވަނަ މީހެއް ނޫނެވެ. އޭނާގެ ހިތުގެ ހަމަޖެހުމެވެ. ހިތުގެ ވިންދެވެ. އާއެނކެވެ. އަލްޔާ އަކީ އޭނާގެ މުޅި ދިރިއުޅުމެވެ. އޮށޯވެގެން އޮތް ލޫކް އަލްޔާ އަށް ބަލަން އޮތީ ހީލައިގެންނެވެ. ވާރޭ ތެރޭގައި ހުރެ އަލްޔާ ތެމެމުންދިޔަ އިރު ހީވަނީ ވާރޭގެ ޕަރީއެއް ހެންނެވެ. ކޮޅަށް ހުރި އަލްޔާގެ އަތުގައި ހިފާ ބާރުލަމުން ލޫކް އިށީނދެލިއެވެ. އަލްޔކުޑަކޮށް އަރިއަޅާލި ނަމަވެސް ނުއެއް ވެއްޓެއެވެ.

“މި….މި…ޝެމް ބުނި ކާން އަންނާށޭ” އަލްޔާ ލޫކަށް ނުބަލާ ހުރެ ބުންޏެވެ. އެގޮތަށް އަލްޔާ ހުރުމުން ލޫކް ކައިރިއަށް ހިނިއައެވެ.

“ނުކާނަން” ލޫކް ހީލަމުން ބުންޏެވެ.

“އެއީ…ކީއްވެ ނުކަނީ. ބުނީމެއްނު ހެނދުނު ސައި ވެސް ނުބޮމޭ” ލޫކް ދިން ޖަވާބުން އަލްޔާ ހިތްހަމަޖެހޭގޮތެއް ނުވިއެވެ. ނުވަތަ ލޫކް ނުކައި ހުރުމުން އަލްޔާ ގެ ހިތުގައި ރިއްސާލީއެވެ.

“އަހަރެން ނުކައި ހުރީމަ ލައި ދެރަވަނީތަ” ލޫކް އަހާލިއެވެ.

“ނޫން… އޯކޭ…” އަނބުރާ ގެއަށް ދިޔުމަށް ހިނގައިގަތް އަލްޔާގެ އަތުގައި ލޫކް ހިފެހެއްޓިއެވެ.

“އާދެބަލަ މިތާ އިށީންނަން. ލައި އަދިވެސް ރުޅިއައްސަތަ ތިހެރީ. އެދުވަހު އެވީ ކަންތައް…” ލޫކަށް ބަސް ފުރިހަމަ ނުކުރެވުނީ ލޫކް ގެ އަނގަ މަތީގައި އަލްޔާ އަތް އެޅުމުންނެވެ. ލޫކް ހީލިއެވެ. ލޫކްގެ އަނގަމަތީގައި އަތް އަޅައިގެން ހުރި އަލްޔާ އަށް ލޫކް ގެ އަނގަ ނުފެނުނަސް ލޮލަށް އައި ހަރަކާތުންނާއި އަތަށް ވި އިހުސާސަކުން އެކަން އެނގުނެވެ.

“ކިހިނެއްވީ.. ލަދުގަތީތަ” އަލްޔާގެ އަތުގައި ހިފާ ތިރިއަށް ދަމާލުމާއެކު އަލްޔާ ތަތްވީ ލޫކްގެ ގައިގައެވެ.

“ލޫކް! އަހަރެން ވަރަށް ބިރުގަނޭ.. މިތާ މިހެން ތިއްބާ މީހަކު އައިސްދާނެ. އެހެންނޫނަސް އަހަރެންނަށް ވަރަށް ފިނިވޭ އެބަ” ދެއަތުން އަމިއްލަ ހަށިގަނޑުގައި ވަށާލަމުން އަލްޔާ ބުންޏެވެ. އިރުކޮޅަކުން ވިސްނާލުމަށްފަހު ލޫކް އަލްޔާ އަތުގައި ހިފައިގެން ދުވެފައި ގޮސް މަޑުޖެހުނީ ސަތަރިގަނޑުގެ ނިވަލުގައެވެ.

“މިތަނަކުން މީހަކަށް ނުފެންނާނެ. ލައި އަށް ފިނިވަނީ ދޯ” އަލްޔާ ނުވިސްނާ ހުއްޓާ ލޫކް އަލްޔާގެ ހަށިގަނޑުގައި ބައްދާލިއެވެ. އަލްޔާ ބިރުގަތެވެ. މިއީ މިކަން ވާންވީ ގޮތެއް ނޫނޭ ހިތަށް އެރިއެވެ. ނަމަވެސް ލޫކް ދުރުކޮށްލާކަށް އަލްޔާ އަކަށް ނުކެރުނެވެ. ނަމަވެސް އެދުވަހު ވީކަހަލަ ކަމެއް ވެދާނެތީ ލޫކަށް ސަޕޯރޓެއް ދޭކަށް ވެސް ނުކެރުނެވެ.
“ހީ ފިލައިފި ދޯ. ވާރޭ ވެސް ތުނިކޮށްލޫނުން. ލައި ކައިފިންތަ” ލޫކް އަލްޔާ ދުރުކޮށްލަމުން އަހާލިއެވެ. އަލްޔާ ބޯ ދެކޮޅަށް ތަޅުވާލަމުން ނޫނެކޭ ބުންޏެވެ.

“އަޅޭ… އަނެއްކާ…..” ވާރޭ ބޯކޮށްލުމާއެކު އަލްޔާ ބުންޏެވެ. އަލްޔާ އެހެން ބުނި ގޮތުން ލޫކް ކައިރިއަށް ހިނިއައެވެ. ލޫކް ހުރީ ކަޅިޖަހާނުލާ އަލްޔާ އަށް ބަލަހައްޓައިގެންނެވެ.

“ލައި ހާދަ ލޯތްބޭ….” ލޫކް އަލްޔާގެ މޫނުގައި ފިރުމާލަމުން މެދުހަށީގައި ހިފާ ލޫކާއި ކައިރިއަށް ދަމާލިއެވެ. އަލްޔާ ތަތްވީ ލޫކް ގެ މޭގައެވެ. ހީކުރި ގޮތާއި ހިލާފަށް ލޫކް އަލްޔާގެ ކޯތާފަތުގައި ބޮސްދިނުމަށްފަހު އަލްޔާ މިނިވަން ކުރިއެވެ.

ފިނިން އަލްޔާގެ ދެތުންފަތް ވެސް ރޫރުއަޅާ މަންޒަރު ފެނުމުން ލޫކަށް ކެތެއް ނުވިއެވެ. އެންމެފަހަށް ލޫކަށް ކެތްނުވުމުން އަލްޔާ ކައިރިން އެދުނީ ވާރޭ އެއްކޮށް މަޑުވަންދެން އެތެރޭގައި މަޑުކުރުމަށެވެ. އަލްޔާގެ ތުނި ހަށިގަނޑުގައި ރޫރު އަޅާއިރު ވެސް މިހުރިހާ އިރު މަޑުކޮށްގެން ހުރީ ހަމައެކަނި ލޫކަށްޓަކައެވެ. ލޫކް ކައިރީގައި ހުންނަން އެދެވޭތީއެވެ. އެކަން ލޫކަށް އެނގޭނެ ބާއެވެ؟

އޭގެ އިރުކޮޅެއްފަހުން ހުރިހާ މީހުން ތެތް ހެދުމުގައި އެތަނަށް އައިރު އަލްޔާ ހުރީ ކޮޓަރި ތެރޭގައި ހުރި ގޮނޑިއެއްގައި އިށީނދެގެންނެވެ. ޝެނާ ދެކޮޅަށް ބަލާލަމުން ލޫކް ހޯދާލިއެވެ. ލޫކް ކާން ނާންނާތީ އެކަމާއި ޝެނާ ހުރީ ހިތްހަމަނުޖެހިފައެވެ.

“ކޮބާ ލޫކް”  ޝެނާ އަލްޔާ ކައިރިން އަހާލިއެވެ.

“ނޭނގެ. އެގަޑީގައި ދޮންތަމެން ބުނެގެން އައިރު ވެސް ނެތް. ހީކަރުވާވަރުން އަނެއްކާ ވާރޭ ހުރަސްކޮށްފައި ދާން ނުކެރިގެން މިތާ މަޑުކުރީ” އަލްޔާ ޖަވާބުދިނެވެ. ޝެނާ ހީލީ އަލްޔާ އަށް ވެފައި އިން ވަރު ފެނުމުންނެވެ.

“މިއޮށް އައީނު… މިގަޑީގައި ކޮންތާކަށް ޖައްސާލާފައި ތިއައީ” ލޫކް ގެ ކޮނޑުގައި ޖަހާލަމުން ޝައިމް އަހާލިއެވެ.

“މިތާ ބޭރަށް ނިކުމެލީ ތިމީހުން އަންނަން ދެން. ދެން މިތާ ލައި ހުރެ ފިނިވެގެން  ރޯމަހެއްހެން ތެޅޭ އިރު މަށަކަށް ވެސް ކެތެއްނުވާނެއްނު. އެއީ ޝައިމް ގެ ވައިފް ކަން މަ ހަނދާންނެތިދާނެތީ އަސްލު ދިޔައީ” ލޫކް ހިނގަނޑެއް ޖަހާލަމުން ބުނެލިއެވެ. ބާކީ ތިބި މީހުން ވެސް މަޖާ ވެގެން ހީލިއެވެ. އެމީހުންނަށް ނޭނގުނީ ލޫކް އެބުނީ ހަގީގަތަށް ކަމެވެ. އދި ޝެނާ ގެ ސުވާލަށް އަލްޔާ ޖަވާބުދިނީ ލޫކް ބުނި ގޮތަށް ކަމެވެ.

“ތެދެއް ފިނިވަނީ….” އަލްޔާ ކޮޮނޑުގައި ހިފާ ކައިރިއަށް ގެނެސް ޝައިމް މޭގައި ޖައްސާލަމުން ބުންޏެވެ. އެހިނދު ލޫކް ހިތުގައި ރިއްސާލިއެވެ. އަލްޔާ އަށް ހުރެވުނީ ލޫކަށް ބަލަހައްޓައިގެންނެވެ. ލޫކް އަނެއް ފަރާތަށް އެނބުރުނީ އެމަންޒަރު ބަލަން ބޭނުންނުވީމައެވެ.

އަނެއްކާ ވެސް ހުރިހާ މީހުން މަސައްކަތް ތަކާާއިގެން ކުރިއަށް ދާން ފެށުމުން ގަޑިދިޔަ ގޮތެއް ވެސް ނޭގުނެވެ. ވާރޭ މެދުކަނޑާލާފައި ގިނައިރުު އޮތުމަށްފަހު އަނެއްކާ ވެސް ބޯކޮށް ވެހެން ފެށިއެވެ. އަލްޔާ ނޫން ދެން ތިބި އެންމެން ބޭރަށް މަޖާކުރަން ނިކުންނަން އުޅުނު ވަގުތު އަލްޔާ ލޫކް އަތުގައި ކޮށްޓާލިއެވެ. އަދި ދެން އިތުރަށް ވާރެއާއި ނުތެމެން ބުންޏެވެ. ނަމަވެސް ލޫކް ގަދަބަސް ބުނެފައި ވާރޭތެރެއަށް ނިކުތީ މަޖަލަކަށް ހަދާފައި އަލްޔާ ވެސް ގޮވައިގެންނެވެ. އިރުއޮށްސުމާއި ދާދި ގާތްވެއި ވަނިކޮށް ވާރޭ ހުއްޓާލިއެވެ. އޭރުން ފެށިގެން ލޫކަށް ދިޔައީ ރޯގާގެ އުނދަގުތައް ވަމުންނެވެ.

ހިޔާލުތަކުގެ ދުނިޔެއަށް ހިތާއި ސިކުނޑި ދޫކޮށްލައިގެން އޮތް އަލްޔާ އަށް ސިހުމެއް ލިބުނީ ބަޔަކު މާބާރަށް ހޭއަޑު އިވުމުންނެވެ. ސިހިފައި ދެފަރާތް ބަލާލިއިރު ޝެނާ އާއި ސަޖޫލް އަދި ޒީޝާން ލޫކާއި ދިމާކުރަނީއެވެ. ނަމަވެސް ލޫކް ގެ ނަޒަރުހުރީ އަލްޔާ އަށް ހުއްޓިފައެވެ.

އެމީހުންނާއެކު ހިނގާލަން ދާން ލޫކް ވެސް އެއްބައި ވުމުން އެންމެ އުފާ ފާޅުކުރީ ޝައިމް އެވެ. ޝައިމް އެކަނި ފިރިހެނަކަށް ނުވާނޭ ބުނެ ލޫކް ކައިރިއަށް އައިސް ބުރަކަށީގައި ބޮނޑިއެއް އަޅާލިއެވެ. ގުރޫޕް ގުރޫޕަށް ހިނގަމުން އައިސް އެންމެން މަޑުކޮށްލީ ރަށުގެ ދެކުނުު ފަރާތު ގަސްތައް ކައިރީގައެވެ. އެހިސާބުގައި ރީތި ދޮންވެލިގަނޑެއް އޮތް އިރު ދިމާ ކުރިމަތިން އޮތީ ވިލި ނޫކުލައިގެ މޫދެކެވެ. ދުރުދުރުން ދެތިން ރަށް ފާޅުވާން ހުރިއިރު ރަށްބޭރުން އުދުހިލާފާއި އުޅޭ ދޫނިސޫފާސޫފީގެ އަޑުތަކުން މާހައުލު ހަލަބޮލި ކުރުވާފައިވެއެވެ. ވެލިގަނޑު މަތީގައި ކުނާތައް ފަތުރާލަމުން ކުށޑަމަނިކެ އާއި ޝަރީފާ ގެނައި ކޮތަޅު ތަކުގައި ހުރި ހެދިކާތައް ނަގައި ސައި ހަދާލިއެވެ. ކޮންމެ މީހަކަށް ދިނީ މައިލޯ ޕެކެޓެކެވެ. އޭރު މައިލޯ ޕެކެޓް އެއް އަތުން ހިފައިގެން ޔޫޝައު ހުރީ ކައިރީގައި އޮތް ދާގަނޑު ކެކުރި ވެލަކުން ކެކުރި ބިންނަންށެވެ. ޔޫޝައު އަށް އެކަމުގައި އެހީވަމުން ދަނީ ސަޖޫލެވެ.

ޝައިމް އާއި ޒީޝާން ގުދުރަތީ އެކި މަންޒަރުތަކުގެ ފޮޓޯ ނަގަމުން ދިޔައިރު އެއްފަރާތުގައި ލޫކް ވެސް ޔޫޝައު ބަހައްޓައިގެން ފޮޓޯ ނަގަމުން ދިޔައެވެ. ޝެނާ އާއި އޮލަ ވާހަކައެއްގައި އިން އަލްޔާ އިރުކޮޅަކާއި ލޫކަށް ބަލާލައެވެ. އެވަގުތު ތަކުގައި ލޫކް ވެސް ހުންނަނީ އަލްޔާ އަށް ބަލާށެވެ.

\ޝެނާގެ އެދުމުގެ މަތިން ލޫކް އެމީހުންގެ ފޮޓޯތައް ނަގަމުން ދިޔައެވެ. އެކަމަކު ގިނައިން ލޫކް އޭނާގެ ފޯނުގައި ރައްކާ ކުރަމުން ދިޔައީ އަލްޔާ އެކި ފޮޓޯތަކެވެ. ހުރިހާ މީހުންނާ އެކު ވަކިވަކިން ލޫކް ސެލްފީ ނަގަމުން ގޮަސް އެންމެ ފަހުންް ޖެހިލީ އަލްޔާ  ކައިރިއަށެވެ. ސަޖޫލް ދުރަށް ޖެހި ލުމުން ލޫކް އޭނާގެ ފޯނު ދުރަށް ލުމަށްފަހު ފޮޓޯއެއް ނަގާލިއެވެ. ފްލެޝްވި  ވަގުތުު އަލްޔާ ކެމެރާ އަށް ދިނީ ލަދުރަކި ހިނިތުންވުމެކެވެ. އެހިނިތުންވުމަށް ލޫކް ބަލާލި ވަގުތު އެއީ ފޮޓޯ ނެގުނު ވަގުތެވެ. ލޫކަށް އެންމެ ކަމުދިޔައީ ވެސް އެފޮޓޯއެވެ. ދެކުދިންގެ ހަރަކާތްތަކަށް ބަލަން ކުޑަމަނިކެ ވެސް އިނީ ހެވިފައެވެ.

އިރުއޮށްސޭން ކުޑަ ވަގުތުކޮޅަކަށް ވުމާއެކު ހުރިހާ އެންމެން ގެއަށް ދިޔައީ އަންނަ ހަފްތާގައި ދިޔުމަށް ދަތުރެއް ރާވާފައެވެ. ވަޒީފާތަކަށް ދާ މީހުންނަށް އޮފް ވާ ދުވަހަކާއި ހޮނިހިރު ދުވަސް ދިމާނުވާތީ ކޮންމެސް އެއްބަޔަކު ޑިއުޓީ އިންޗާޖުންނާއި ވާހަކަދައްކައިގެން އެދުވަހު ލުޔެއް ހޯދުމަށްފަހު ދަތުރުދާ ގޮތަށް ނިންމިއެވެ.

ނަމަވެސް ނުތަނަވަސް ކަމެއްގައި އިންނަން ޖެހުނީ އަލްޔާ އެވެ. އެހާ ގިނަވަގުތު ލޫކް ފެންނަ ހިސާބުގައި އިންނަން އުނދަގުވަނީއެވެ. އެހުރިހާ ވަގުތުތަކުގައި އަލްޔާ ކެތްތެރިވަނީ ހާދަ ވަަރަކުންނެވެ. ލޫކް ގެ ސަބަބުން ދިރިއުޅުން ހަލާކުވާން ނޭދޭތީއެވެ. އަނެއްކާ ވެސް ދަތުރުގައި ލޫކް ކުރިމަތީގައި އުޅެން ޖެހުމުން އެއުނދަގޫތައް ޑަބަލް ވާނެތީއެވެ.

 

ޝައިމް ނިދަން ދިޔުމުން އަލްޔާ ވެސް ފާހާނާ އަށް ވަދެ ގައިދޮވެލިއެވެ. ނިދާ ހެދުން ބަދަލުކޮށްގެން އެނދަށް އަރާ ކައިރީގައި އޮތް ފޯނު ހުޅުވާލިތަނާ ފޯނެއް އަންނަން ފެށުމުން ދެލޯ ބޮޑުކޮށްލިއެވެ. މަންމަ މިގަޑީގައި އެގުޅަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ޖޫނީކޮއްކޮ ރަނގަޅު ހެއްޔެވެ؟ ބިރުންހުރެ ވެސް އަލްޔާ މަންމަގެ ފޯނަށް ޖަވާބުދިނީ ނުބައި ހަބަރެއް ނުދެއްވުމަށް އެދި އެކަލާނގެއަށް ދުއާ ކުރާ ހާލުގައެވެ.

“މަންމާ… ހުރިހާ ކަމެއް ރނގަޅުތަ” އަލްޔާ އަށް އެންމެ ފުރަތަމަަ ވެސް އެހުނީ އެހެންނެވެ.

“ދަރިފުޅާ… މަންމަ މިވަގުތު ދަރިފުޅު މަތިން ހަމަ ހަނދާންވީ. މިކޮޅު އެންމެން ވެސް ރަނގަޅު. ޝައިމް އާއި ދެކުދިން ނިދަން އުޅުނު ވަގުތު ދޯ މިގުޅާލެވުނީ” މިޔާނާ އެކޮޅުން ވާހަކަދެއްކިއެވެ.

“އާނ.. މަންމާ.. އަޅުގަނޑު ބިރުގަތީ މިގަޑީގައި މަންމަ ގުޅީމަ. މަންމާ އެނެމެންނަށް އަޅުގަނޑުގެ ސަލާން ބުނައްޗެ” އަލްޔާ ބުންޏެވެ.

“ދަރިފުޅާ! ދަރިފުޅުގެ ބޮއްތަ ބުނި އެގޭގައު އުޅޭ މީހުން މިބުނީ ދަރިފުޅު ކުރިން ބުނީމެއްނު ކުއްޖެއްގެ ވާހަކައެއް. އެކުއްޖާގެ މައިންބަފައިން ތިބެނީ އެގޭގައޭ. ކިހާ ދުވަހެއް ވަންދެން އެހެން ތިބެނީ” މިޔާނާ އަށް އަދިވެސް އޭނާ ދައްކަން އުޅޭ ވާހަކައާއި ހަމައަށް ނުދެވުމުން ކައިރިއަށް އާދެވޭތޯ ވަލުގައި ހިފާ ކުޑަކޮށް ދަމަން ފެށިއެވެ.

“އާނ މަންމާ.. ލޫކް ރަށުގެ ހަދާތީ.. .. މަންމަ އަށް އެނގޭތަ… ލޫކް ވެސް މިރަަށަށް ބަދަލުވެއްޖެ… ކުޑަ ދުވަސްކޮޅަކަށް. އެމީހުން ވަރަށް ރަނގަޅު މަންމާ” އަލްޔާ އަޑުގައި އެހެންފަހަރު ނުހުންނަ ކަހަލަ ޖޯޝެއް ހުރިކަން މިޔާނާ ގެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ. އެއީ ހަމަ ލޫކާއި ގުޅޭ ވާހާކަ ދައްކާތީ ހެއްޔެވެ؟ އަހަރެންގެ ދަރިފުޅު ހިތުން އަދިވެސް އެސޮރު ފިލާ ނުދަނީ ހެއްޔެވެ؟ މިޔާނާ ބިރުގަތެވެ. އަނެއްކާ އަހަރެންގެ ދަރިފުޅު ޅަ އެއްޗެއް އަޅާފާނެ ހެއްޔެވެ؟

“ދަރިފުޅު އުފަލުންތަ ތިހުރީ. ދަރިފުޅު ލޯބިވަންތަ ޝައިމް ދެކެ” މިޔާނާ އަށް ދެސުވާލު އެއްކޮށް ކުރުމުން އަލްޔާ އަށް ޖަވާބުދޭން އުނދަގުވިއެވެ. މަންމަ ފުރަތަމަ ކުރި ސުވާލަށް ޖަވާބުދެވިދާނެއެވެ.

“އާނ! މަންމާ އަޅުގަނޑު މިހުރީ އުފަލުން. އަޅުގަނޑު ލޯބިވަން” އަލްޔާ ބުންޏެވެ.

“ޝައިމްދެކެތަ؟” މިޔާނާ އަނެއްކާ ވެސް އަހާލިއެވެ. ޖަވާބެއްނުދީ އަލްޔާ ހުއްޓެވެ. ދެން މިޔާނާ އަށް އިވެންފެށި އަލްޔާ ނޭފަތްދަމާ އަދެވެ.

“ދަރިފުޅު މަންމަ އާއި ދުރުގައި ހުއްޓަސް ތިކަރުނަތައް މަންމަ އަށް ފެންނަ ކަހަލަ. ތި ކަރުނަތައް ދަރިފުޅުގެ ޖަވާބަކަށް މަންމަ އަށް ފުދޭ. މަންމަ ދޭނެ ނަސޭހަތަކީ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނޭ. ފިރިއެއްހުއްޓާ ހިލޭ ފިރިހެނެއްދެކެ ލޯބިވުމަކީ ބޮޑުވެގެންވާ ފާފައެއް. މަންމަ އަށް ވެސް ވިސްނޭ ދަރިފުޅުގެ ހިތުގައި އެސޮރަށްޓަކައި ލޯބި އުފެދުނު ފަހުންކަން ދަރިފުޅުގެ ހަޔާތަށް ޝައިމް އައީ. އެކަމަކު މަންމަގެ ބަސް ދަރިފުޅު ގަބުލުކުރާނަމަ ތިހިޔާލުތަކާއި ދުރުވޭ. ދަރިފުޅުގެ ފިރިމީހާ އަށް ވަފާތެރިވެ ހުރެވޭތޯ ބަލާ. އެގޮތް ދަރިފުޅު ބޭނުންނޫނަމަ ރީތި ގޮތުގައި ދެމީހުން ދުރުވޭ. ދަރިފުޅުގެ ކޮންމެ ނިންމުމަކަށް މަންމަ ރުހޭނަން. ދަރިފުޅު ދުރުގައި ހުއްޓަސް މި މަންމަގެ މުޅި ދިރިއުޅުން ދަރިފުޅު ތީ” ހުރިހާ ވާހާކައެއް ދައްކާ ނިންމާލަމުން މިޔާނާ ފުން ނޭވާއެއް ލިއެވެ. މިހުރިހާ އިރު އެއްޗެއް ނުބުނެ އަލްޔާ ހުއްޓެވެ. މިޔާނާ ދެފަހަރަކު ދަރިފުޅާ އޭ ގޮވާލުމުން ހޫމް އެއް ލައްވާލުމަށްފަހު އެއްވެސް ބަހެއް ނުކިޔައެވެ.

މިޔާނާ ފޯނު ބޭއްވީ މިޔާނާ ގެ ވާހަކަތަކުން އަލްޔާ ހިތަށް އަސަރުކުރީކަމުގައި ހީކޮަށް އަލްޔާ ހިތްހަމަޖައްސާދީފައެވެ.

މަންމަގެ ވާހަކަތަކާއި މެދު އަލްޔާ ވިސްނާލިއެވެ. ތެދެކެވެ. އަހަރެންނަކީ މީހެއްގެ އަންބެކެވެ. މިއަދާއި ހަމައަށް ވެސް އަހަރެންގެ ފިރިމީހާ އެހުންނަނީ އަހަރެން އާއެނކޭ ބުނާ ދުވަހެއްގެ އިންތިޒާރުގައެވެ. އޭނާ އަށް އަހަރެން ޖަވާބެއްދޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ ލޯބިވަނީ އެހެން މީހަކުދެކެއޭ ބުނެ ޝައިމް ގެ ހަޔާތުން ދުރަށް ދާނީ ކިހިނެއް ހެއްޔެވެ؟ އެއް އިންސާނެއްގެ ހިތް ހަލާކުކޮށްފައި އަނެކާ އުފަލުގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟

އަހަރެން ލޯބިވަނީ ހަމއެކަނި ލޫކް ދެކެއެވެ. ލޫކް ފެނުނަސް އަހަރެންގެ މޭގެ ތެރޭގައިވާ ހިތް އޮބިނޯވެގެން ތެޅިފޮޅެން ފަށައެވެ. ލޫކް ފެނުމާއެކު އަހަރެންގެ މޫނުމަތި އުޖާލާވާ މިންވަރު ވިސްނައިގެން އަހަރެންގެ މޫނުމައްޗަށް ބަލާލި ކޮންމެ މީހަކަށް ފެންނާނެއެވެ. އެލޯތްބަށްޓަކައި އަހަރެން ކަރުނައެޅި ވަރު މަންމަ އަށް ނޭނގެނީ ހެއްޔެވެ؟ ލޫކްގެ ހަޔާތަށް އަހަރެން މިހާ ކައިރިއަށް ދިޔުމަށްފަހު ދުރަށްދާންވީ ހެއްޔެވެ؟ މީކީ އިންސާފެއް ނޫނެވެ. ލޯބިވާ މީހުން ލިބެންވީ ވަކި ބަޔަކަށް ހެއްޔެވެ؟ އެނަސީބު އަހަރެންނަށް ނެތީ ކީއްވެގެން ހެއްޔެވެ؟

މިޔާނާ ދެއްކި ވާހަކަތަކުން އަލްޔާގެ ސިކުނޑިއަށް ކުރި ބާރުތަކުން ބޮލުގައި ރިހުމެއް އުފެދުނެވެ. ދެލޮލުން ކަރުނަ އަންނަ ފެށީ ހިތަށް ކުރި އަސަރުންނެވެ. މޫނުމަތީގައި ބާލީސް އަޅާލެވުނީ ހިތް ފުރޭވަރަށް ރޯލަން ބޭނުންވުމުންނެވެ. އަތުގައި އޮތް ފޯނަށް ވައިބަރ މެސެޖެއް އައިކަން އިއުލާން ކުރުމުން އަލްޔާ ބާލީސް ދުރުކޮށްލާ ބަލާލިއެވެ.

“ހޭއި މައި ސްލީޕިންގް ބިއުޓީ.. ނިދީތަ” ލޫކް ގެ އެލޯބިވެތި މެސެޖް ފެނުމުން އަލްޔާ އަށް ކަރުނައިގެ ތެރެންވެސް ހިނިތުންވެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (29)

  1. Ushaali

    assalam alikum huriha kudhin… mi bai lasvikamahttakai varah bogdah maafah edhen. baeh faharu migothah lasviyas huriha faharaku nuvaane. insha allah…. 🙂 🙂 🙂 mi bayah inthizaaru kuri kudinnah nimumeh genessa miothy… mi bai ves huriha kudhinnah kamudhaane kamah heekuran. and
    mistakes huredhaane. liyunu iru ves inee thaayyaa jehi jehi. mistake eh fenijjiya fahaga kolladheche 🙂 🙂 🙂

  2. Naz naz

    hey… mee first dho.. nice n keep it up

    1. Ushaali
      Naz naz

      thanx Naz Naz 🙂

  3. Axee

    Ushaaaaaaaaaleeeeeeeeeee…….. hagygaih dhigudhemigen dhaathy dhen dho kamunudhany……………..

    1. Ushaali
      Axee

      so sorry Axe…. kuriah oi dhe thin partah fahu hagygai engeyne…. ehaa dhuvahah keikolla 🙂 and thanx for da comment

  4. Axee

    Story v nice.bt want to knw the truth nw….

    1. Ushaali
      Axee

      🙂

  5. Appy

    Dhn shaim ge hageegaii lai ah ingeyny kn dhuvahakun tha alhe ushaali

    1. Ushaali
      Appy

      hagygathaa varah kairyga eulheny mihaaru 🙂 and thanx Appy 🙂

  6. mixoo

    Me first…
    varah reethi… i love it.
    dhen anna bai ves avas kohlahchey

    1. Ushaali
      mixoo

      insha allah mixoo and thanx 🙂

  7. aayaa

    V v v v v reethi alhey thahkolheh avahaha aneh part up kondheythi kiyaahithuh moyavaa varuvey

    1. Ushaali
      aayaa

      insha allah aayaa and thanx 🙂

  8. Shahina

    Masha allah v reethi mibaivas.mee anmay favorite story akee mi site ga in konmay duvahaku balay upvaytho.next part avas kohdeeba shine.waiting waiting waiting shine.

  9. candycane

    Avahah up kohdhiba next part.. Please
    ❤

  10. Thaa

    Haadha reethi vaahakaekey kiyaa hithun huhtaa vaahaka nimihje so sad varah avahah up kohlahchey

  11. Ninni

    Knirakun next part??

  12. faidhaS

    vvv reethi, intresting

  13. Finee

    Alya ah Shaim aa zeeshan ge kanthah falhaa araane nama

  14. dhooni

    vvvvvvvv raathi vaahaka

  15. shaayan

    foohi dhen. hama ekani shaim mennahtha happy koh ulhevenve…….. insaafeh noon dhw.

  16. Herrr

    Bune ennu inthizaaruge nimun foni vaane ea. Mi bai hama best

  17. Korakali.

    Mikahala vaahaka nuliyun edhen

    1. k
      Korakali.

      mikaala vahaka nukiyun edhen

  18. Noo

    Varah reethi mi baives…love it…

  19. Aishu

    Aljey den maa gina dhuwas kurany thi… Shaim ves vejje ennu den hageegaiy kiyaidheyn…

  20. Ainy

    Asluves vaahaka varah reethi. Aslu beynunvanee alya kurimatheegai shain and zeeshan ge agu vetteykah beynumeh noon. Thankolheh reethikoh shaim n zeeshan ge kanthah falhaa aruvaathi pls pls. Noonee hamaekani alya and look ah emeehunge kanthah engen beynunvanee. Konmmegothehviyas shaim alya dheke varah loabivi dho aslu. Vaahaka varah varah reethi.

  21. Nashidha Yousuf

    Mivahaka konme fhuvahak genes dhevidhanetha

    1. laii
      Nashidha Yousuf

      Koba tha next part…

Comments are closed.