Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (ނުވަވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
November 29, 2016 9 Mins Read
37 Comments

ފަން އިސްތަށިގަނޑު މައްޗަށް ކަހާފައި ހުރި އެ ޒުވާނާ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލީ މިޝްކާގާތު ވާހަކަ ނުދެއްކުމަށް ޢިޝާރާތް ކުރަމުންނެވެ. އެއަށްފަހު އެއްމިޔަކަނުގެ ހިނިތުންވުމަކާއެކީ އޭނަ ފަހަތުން އައުމަށް ހަނާއަޅަމުން މިޝްކާއަށް ފަސްދީފައި ހިނގައިގަތެވެ. މިޝްކާވެސް އުޖާލާވި ހިނިތުންވުމަކާއެކީ ކުޑަކޮށް ދުވެފައި ގޮސް އެތާ ބިންމަތީގައި އޮތް މެޓާ ނަގައިގެން އެ ޒުވާނާ ދިޔަ ދިމާލަށް ހިނގައިގަތެވެ. ފިރިހެނުންގެ ހެދުންތަކާއި ޓީޝާޓުތައް އެޅުވިފައި ހުރި ހަރުތަކުން ހެދިފައިވި ގޯޅިން ލަންބާލެވުނު ވަގުތު މިޝްކާއަށް ފަހަތް ބަލާލެވުނީ ބައްޕަ މަތިން ހަނދާންވުމުންނެވެ. އޭނައަށް ބައްޕަ ނުފެނުނެއްކަމަކު ބައްޕަ އަދިވެސް ވާހަކަ ދައްކާ އަޑު އިވުނެވެ. އޭނަ ހުރިގޮތަށް ހުއްޓާ މީހަކު ކަރުކަހާލި އަޑަށް އަނެއްކާވެސް އޭނައަށް ކުރިމައްޗަށް ބަލާލެވުނެވެ. އެވަގުތު މެޓާ ކޮތަޅަކާއެކީ ހުރި ފިރިހެން މީހާ ހަމަ އެ ހިނިތުންވުމުގައި ހުރެ ޝަހާދަތް އިނގިލިން އޭނަ ގާތަށް އައުމަށް ޢިޝާރާތް ކުރިއެވެ. މިޝްކާއަށް އެ މީހާގެ އަތުގައި އޮތް ކޮތަޅަށް ބަލާލަމުން ތުންފަތުގައި ދަތް އަޅާލެވުނެވެ. މިވަގުތު މި ފިރިހެން މީހާއާއެކީ ގޮސް ބައްޕަ ވާހަކަ ދައްކާ ނިމޭއިރަށް ބައްޕަ ކައިރިއަށް އަނބުރާ އަންނަން ނިންމަމުން މިޝްކާ ދެންވެސް ހިނގަން ފެށިއެވެ. އެއާއެކު އެ ފިރިހެން މީހާ ފިހާރައިގެ މައިދޮރާއި ދިމާލަށް ދާން ހިނގައިގަތެވެ. އެންމެ ފަހުން މިޝްކާއަށް އެ މީހާގެ ފަހަތުން ގޮސް މަގުމައްޗަށް ނިކުމެވުނެވެ.

 

“ބޭބޭ މިޝީއަށް ދޭންތަ ތި މެޓާ ކޮތަޅު ގެނައީ؟” ޕޭވްމެންޓް މަތިން އެ މީހާގެ ފަހަތުން ދަމުން މިޝްކާ ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ.

 

“އާނ…..ބޭބެއާއެކީ އާދޭ!” އެ މީހާ މިޝްކާއަށް ބަލާލުމެއްވެސް ނެތި އެހެން ބުނެ ހިނގަމުން ދިޔައެވެ.

 

“އެކަމަކު އެއީ ކީއްވެތަ ބޭބެ މިޝީއަށް ހަދިޔާއެއްދެނީ؟ މިޝީ ނުދަންނަން ތި ބޭބެ.” ހުރިހާ ކަމެއް ތަފްޞީލުކޮށް ދެނެގަންނަން ބޭނުންވާ މިޝްކާ ސުވާލުކުރިއެވެ. އެވަގުތު އޭނައަށް އެ މީހާގެ ފަހަތުން ގޮސް ގޯޅިއަކަށް އަޅައިގެން ހަނި މަގަކަށް ވަދެވިއްޖެއެވެ.

 

“އެކަމަކު ބޭބެ ދަންނަން މިޝީ. މިތާ މަޑުކޮށްލާ.” އެ މީހާ އެންމެ ފަހުން އެހެން ބުނެލަމުން އެތާ ފާރަކަށް ޢިޝާރާތް ކުރިއެވެ. މިޝްކާ ބަސްއަހައިގެން އެ ބުނި ތަނުގައި ގޮސް މަޑުކޮށްލީ އެ މީހާގެ ކުރިމައްޗަށް ވާގޮތަށެވެ. މިޝްކާއަށް އެމީހާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަގެ ބައްޕަ ލައިއުޅޭ ކަހަލަ ގަމީހަކާއި ޖިންސެއް ލާފައި ހުރުމުން މިއީ ނުބައި ވެދާނެ މީހެއްކަމަށް މިޝްކާ އެއްގޮތަކަށް ވެސް ހިއެއްނުކުރެއެވެ. އޭނަ ބަލަބަލާ ހުއްޓާ އޭނަގެ ބައްޕަ ހަދާގޮތަށް އޭނައާއި ވާހަކަ ދެއްކުމަށްޓަކައި އެމީހާ ކުރުފައިމައްޗަށް ތިރިވި ގޮތުން މިޝްކާއަށް އެ މީހާއާއި ގާތްކަމެއް އިޙްޞާޞްކުރެވުނެވެ.

 

“ކޮއްކޮއަށް ވަރަށް މީރު މެޓާއެއްދޯ މީ؟ މި ހުރިހާ އެއްޗެއް ކޮއްކޮއަށް.” އެ މީހާ އޭނަގެ އަތުގައި އޮތް ކޮތަޅު މިޝްކާއަށް ދިއްކޮއްލިއެވެ. މިޝްކާ ހިނިތުންވުމަކާއެކީ އަނގަ ހުޅުވާލަމުން ދެލޯ ބޮޑުކޮށް އެ ކޮތަޅު ހޯދިއެވެ.

 

“ބޭބެ ހާދަ ރަނގަޅޭ. ބޭބެއަށް ކޮއްކޮ ކިހިނެއް އެނގެނީ؟” މިޝްކާ ސުވާލުކުރިއެވެ.

 

“ބޭބެއަށް ކޮއްކޮގެ ބައްޕަ އެނގޭ.” އެމީހާ އެހެން ބުނެލި ވަގުތު ނަފްރަތުގެ ވިދުމެއް އެ ދެލޮލުން ފާޅުވިއެވެ. އެހެނަސް މިޝްކާއަށް އެކަން ފާހަގަވީހެނެއް ހިއެއްނުވެއެވެ.

 

**

 

“ކޮބައިތަ މިޝްކާ؟ ފޭސްބުކްއިން ވަރަށް ފެނޭ ފޮޓޯތައް އަހަރެން ބޭރުގަ ހުރިއިރުވެސް. އެންޑް ޑޯންޓް ވޮރީ. އަހަރެން ނާހާނަން ޓީވީއިން އިވުނު އެއްވެސް ކޮންޓްރޯވާރސީ އަކާ ބެހޭގޮތުން. ލައިފްގަ ކޮންމެ މީހަކަށް ވެސް މިސްޓޭކެއް ހެދިދާނެދޯ؟ ސޭމް އަސްލު ވަރަށް ލަކީއޭ އަހަރެން ބުނާނީ. ވި ހުރިހާ ކަމަކަށް ފަހުވެސް އެހާ ލޯބިލޯބި ޑޯޓާއެއް ހުރީމަ.” ރަފްހާން ހިނިތުންވުމަކާއެކީ އެހެން ބުނެލުމުން ވިސާމަށްވެސް ހިނިތުންވެލަމުން ފެންކަޅިވާން އުޅުނު ދެލޮލާއެކީ އިސްޖަހާލެވުނެވެ. އެވަގުތު އޭނަ މިޝްކާގެ މަތިން ހަނދާންވެފައި ފަހަތަށް އަތްދިއްކޮއްލީ މިޝްކާގެ ބޮލުގައި އަތް އަޅާލުމަށް ކަމަށެވެ. އެހެނަސް އޭނަގެ އަތުގައި އެއްވެސް އެއްޗެއް ނުޖެހުމުން ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީ އޭނައަށް އެއްފަރާތަށް ބަލާލެވުނެވެ. އެވަރުންވެސް މިޝްކާ ނުފެނުމުން އޭނަ ފަސްއެނބުރި ބަލާލިއެވެ. މިފަހަރުވެސް އޭނަ ބޭނުންވި ސޫރަ ނުފެނުމުން ވިސާމްގެ މޭތެރޭގައި ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ނެގިއެވެ.

 

“ވަޓްސް ރޯންގް ސޭމް؟” ވިސާމަށް ވީގޮތް ފެނިފައި ރަފްހާނަށް އަހާލެވުނެވެ.

 

“މިޝްކާ…” ވިސާމަށް ވައިއަޑުން ކިޔާލެވުނެވެ.

 

**

 

“ކޮއްކޮ ފިހާރައަށް އައީ ކޮއްކޮގެ ބައްޕިއާއެކީދޯ؟ ކޮއްކޮ ވަރަށް ލޯބިވޭތަ ކޮއްކޮގެ ބައްޕިދެކެ؟” އެ ނަން ނޭނގޭ މީހާ ނުހަނު އެކުވެރި ރާގަކަށް ވާހަކަ ދެއްކިއެވެ. މިޝްކާ ހިނިތުންވުމަކާއެކީ ބޯޖަހާލީ އޭނަގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

 

“ކޮއްކޮގެ ބައްޕިއާ މަންމިވެސް ކޮއްކޮދެކެ ވަރަށް ލޯބިވޭދޯ؟” އެ މީހާ ނުފިލާ ހިނިތުންވުމެއްގައި ހުރެ އަހާލިއެވެ.

 

“ނޫން. ކޮއްކޮގެ ބައްޕި ކޮއްކޮދެކެ ވަރަށް ލޯބިވޭ. ކޮއްކޮގެ މަންމި އަދި ހުރިތަނެއް ނޭނގޭ. ބައްޕި ބުނީ ވަރަށް އަވަހަށް އަންނާނެއޭ.” މިޝްކާ ކިޔައިދިނެވެ. އެއާއެކު އެމީހާ ދެލޯ ބޮޑުކޮށްލަމުން އަނގަމަތީގައި އެއްއަތް އަޅާލިއެވެ.

 

“ސުބުޙާނަ ﷲ! ކޮއްކޮގެ ބައްޕި އަދިވެސް ކޮއްކޮގެ މަންމި ނުގެނެސްދޭތަ؟ ހާދަ ގޯސް ބައްޕިއެކޭ.” އެ މީހާ މިޝްކާއަށް ޙަމްދަރުދީވާ ފަދައަކުން ބުނެލިއެވެ.

 

“ނޫން ބައްޕި ގޯހެއްނޫން! ބައްޕި މިޝީއަށް ޕްރޯމިސް ކުރި މިޝީގެ މަންމި ވަރަށް އަވަހަށް އަންނާނެއޭ. ބައްޕި ދޮގުނަހަދާނެ!” މިޝްކާ އަޑަށް ބާރު ލާފައި އޭނަގެ ބައްޕަ ދިފާޢުކުރިއެވެ.

 

“އަސްލުކޮށްތަ މިޝީ؟ ބައްޕި ދޮގު ނަހަދަންޏާ މިހާރު މިޝީގެ މަންމިއެއް ހުރީހެއްނު؟ މިޝީ ވިސްނާލަބަލަ. ކިހާ ދުވަހެއްވެއްޖެ މިޝީގެ ބައްޕި މަންމި އަންނާނެއޭ މަންމި އަންނާނެއޭ ކިޔަކިޔާ ހުންނަތާ. ބައްޕިއަށް މިހާ ދުވަސް ވަންދެން އެހެން ކިޔަކިޔާ ހުރެވުނިއްޔާ އަދި އިތުރަށް ވެސް އެތައް ދުވަހެއްވަންދެން ހުރެވިދާނެ މަންމިއެއް ނުގެނެސް.” އެ މީހާ އެހާ ހިސާބަށް ވާހަކަ ދެއްކިތަނާ މިޝްކާ އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އެއަށް ހުރަސް އެޅުނެވެ.

 

“މިޝްކާ ވިސްނާލަބަލަ. މިޝްކާގެ އެއްވެސް ފްރެންޑެއް ތިހެން އެބައުޅޭތަ މަންމި ނުލިބިގެން؟ ބައްޕިއަކަށް މަންމި ހުރިތަނެއް ނޭނގި ނުދާނެއެއްނޫންތަ މިޝްކާ؟ އެހެން ކަންތައްވާނީ ކިހިނެއް؟ އާއްމު ގޮތެއްގަ ބައްޕިއެއް މަންމިދެކެ ލޯބި ނުވާތީ އެހެންވާނީ. މިޝްކާގެ ބައްޕި މިޝްކާގެ މަންމިދެކެ ލޯބިނުވަނީ. އަދި އަމުދުން ބައްޕި މިޝްކާއަށް ވެސް ރުޅި އަންނާތީވެއެއްނު މިޝީ އެހާ ވަރަށް ބުނާއިރުވެސް މަންމިއެއް ނުގެނެސްދޭނީ؟” އެ މީހާ އެހެން ބުނެލިއިރު މިޝްކާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމާއި ކަންބޮޑުވުން އެކުލެވޭ އަސަރެކެވެ.

 

**

 

“މިޝްކާ….މިޝްކާ!” ފިހާރައިގެ ވަށައި ބުރެ އަޅާލެވުނުއިރުވެސް މިޝްކާ ނުފެނުމުން ވިސާމްގެ އަޑު ހަރުވިއެވެ. އެވަގުތު ރަފްހާން ވެސް އޭނަގެ ފަހަތުގައި މާނޭވާ ލެވިފައި ހުއްޓެވެ.

 

“އަހަރެން ދުށިން މިޝްކާ ކޮންމެވެސް ފިރިހެނަކާއެކީ ފިހާރައިން ބޭރަށް ދިޔަތަން. އަހަރެން ހީކުރީ އެއީ ވިސާމްކަމަށް.” ކައުންޓަރު ދޮށުގައި އިން ފިރިހެނަކު ޙައިރާންވެފައި ކަހަލަ ގޮތަކަށް ބުނެލިއެވެ. އެއާއެކު ވިސާމާއި ރަފްހާނަށް އެކަކު އަނެކަކަށް ބަލާލަމުން ފިހާރައިގެ މައިދޮރާއި ދިމާލަށް ދުއްވައިގަތެވެ.

 

**

 

“އަސްލުގަ ކަންތައްވީ ކިހިނެއްކަން އެނގޭތަ؟ ކަލޭގެ މަންމަ ކަލޭދެކެ ވެސް އަދި ކަލޭގެ ބައްޕަދެކެ ވެސް ލޯތްބެއް ނުވޭ. ކަލޭ ތީ ދުވަހަކުވެސް މަންމައެއްގެ ލޯބި ލިބޭނެ މީހެއްނޫން. އެއީވެސް ކަލޭގެ ބައްޕައާހެދި!” ކުއްލިއަކަށް މިޝްކާގެ ކުރިމަތީގައި ހުރި މީހާ އޭނަގެ ކޮނޑުގައި ބާރަށް ހިފީނުން އޭނަގެ ވާހަކައިގެ ރާގާއި އޭނަގެ މޫނުމަތީގެ ކުލަވަރުވެސް ބަދަލުވިއެވެ. މިޝްކާ ދުވަހަކުވެސް ބިރުނުގަންނަ ވަރަށް ބިރުގަތް ވަގުތު އެ ކުޑަކުޑަ ހަށިގަނޑު ތުރުތުރު އަޅައިގެން ގޮސް އެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ.

 

“ކަލޭގެ ބައްޕައަށްވުރެ ނުލަފާ އިންސާނެއް މުޅި މި ދުނިޔޭގަވެސް ނުހުންނާނެ. އޭނަ ނަފްރަތު ކުރޭ ކަލެއަށް. ނަފްރަތު!” އެމީހާ ދެދަތްޕިލަ ޖައްސައިގެން ހުރެ އެހެން ބުނިއިރު މިޝްކާއަށް ބޯހޫރުވެން ފެށިއެވެ. އެހިނދު އެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެން އައެވެ.

 

“ކަލޭގެ ބައްޕައަކީ ޤަތުލުކޮށްފަ ވަޅުލަންޖެހޭ މީހެއް!” އެ މީހާ ހަރުވަމުން ދިޔަ އަޑަކާއެކީ އެހެން ބުނެލިތަނާހެން މިޝްކާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. އެ އަޑު އެ މަގުގައި ތިބި އެންމެނާއެކީ ފިހާރައިގެ ކައިރީގައި ތިބި ވިސާމަށާއި ރަފްހާނަށް ވެސް އިވުނެވެ. ހިތަށްވަތް ބިރުވެރިކަމާއެކީ ވިސާމް ފަޔަށް ލެވުނުހާ ބާރަކާއެކީ އަޑު އައި ދިމާލަށް ދުއްވައިގަތެވެ. އެވަގުތު ގޯޅި ތެރޭގައި ހުރި މިޝްކާ އޭނަ ބާރަށް ހިފަހައްޓައިގެން ހުރި ކޮތަޅުން ކުރިމަތީގައި ހުރި މީހާގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލަމުން އެ ކޮތަޅު ދޫކޮށްލިއެވެ. އެ މީހާ އަނެއްކާވެސް މިޝްކާއަށް ބަލާލި ހިނދު އެ މޫނުމަތީގައިވީ އިހުނަށްވުރެ ވެސް މަތީ ދަރަޖައެއްގެ ރުޅިވެރިކަމެކެވެ. އޭނަ ކުއްލިއަކަށް ކޮޅަށް ތެދުވެލަމުން މިޝްކާގެ ގައިގައި ޖަހަން އަތް އުފުލާލި ވަގުތު އޭނަގެ އަތުގައި މީހަކު ހިފަހައްޓާލިއެވެ. އެވަގުތު އޭނަގެ ކައިރީގައި ހުއްޓި ހުރީ ރުޅިން ރަތްވެފައި ހުރި ވިސާމް ނޫން ދެވަނަ މީހެއްނޫނެވެ. އޭނައަށް އެއްވެސް ޙަރަކާތެއް ކުރެވުމުގެ ކުރިން ވިސާމް ގޮށްމުއްކަވައި އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލިއެވެ. އެއާއެކު އެ ފިރިހެން މީހާ ބަންޑުން ގޮސް ބިންމަތީގައި ޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި މިޝްކާ ބައްޕިއޭ ކިޔައި ރޮމުން އައިސް ވިސާމްގެ ގައިގައި ބައްދާލިއެވެ.

 

“މަށަށް ކިތަންމެ ރުޅިއަޔަސް މަގޭ ދަރިފުޅާ ކައިރި ނުވާތި! ކުރީފަހަރު ހުންނަން ޖެހުނު ގޮޅިއަށްވުރެ ވެސް ނުބައި ތަނަކަށް ފޮނުވަފާނަން. ހަނދާންކުރާތި!” ވިސާމް ރުޅިން ރޫރޫ އަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ. އެއަށްފަހު އޭނަ ރޮމުން ދިޔަ މިޝްކާއާއެކީ އެ މީހާއަށް ފަސްދިނެވެ.

 

“މަ ބިރެއް ނުގަނޭ ކަލެއަކަށް. ކަލެއަށް ހީވަނީތަ ކަލެއަށް ސަލާމަތުން ހުރެވޭނެހެން؟ މިއަދު އަހަރެން މި ދައްކާލީ އަހަންނަށް ކުރެވިދާނެ ކަމެއްގެ ކުޑަ މިސާލެއް. ކުރިއަށް އޮތްތަނުގަ ވާނެގޮތާމެދު ވިސްނާލާ. ނާޒް މަރާލާފަ ކަލޭ ހީކުރީތަ ކަލެ…..” އެމީހާ ލަސްލަހުން ކޮޅަށް ތެދުވަމުން ދައްކަން ފެށި ވާހަކަ މެދުކެނޑުނެވެ.

 

“މަށެއްނޫން އޭނަ މަރާލީ!” ވިސާމް ކުއްލިއަކަށް ފަސްއެނބުރިލަމުން މުޅި ޞަރަޙައްދަށް އިވޭ ވަރަށް އަންގާލިއެވެ. އެވަގުތު އޭނަގެ ދެލޯ ރަތްވެފައިވީއިރު މުޅި މީހާ ތުރުތުރު އެޅިއެވެ. އޭނަގެ އެ އަޑަށް އެތަނަށް އެއްވެފައި ތިބި އެންމެން ހިމޭންވިއިރު  އޭނަގެ ގައިގައި ހިފަހައްޓައިގެން ހުރި މިޝްކާގެ ރުއިމުގެ އަޑު ހަރުވުން ނޫންކަމެއްނުވެއެވެ. އެ މީހާ ދެންވެސް އޭނަގެ ބޮލުގައި ހަމަ އެ އިލްޒާމް އަޅުވަން ފެށުމުން ވިސާމް އެއަށް ފަރުވާލެއް ދިނުމެއްނެތި މިޝްކާގާތު ހިނގާށޭ ބުނެލަމުން ކުރިއަށް ދާން މަސައްކަތް ކުރިއެވެ. މިޝްކާ އެއްގޮތަކަށްވެސް އޭނަ ގައިން ދޫކުރަން ނޫޅުނީތީ އޭނައަށް ބާރަށް ހިނގުންވީ ދަތިކަމަކަށެވެ. އެހެނަސް އޭނަ ހިތްވަރުކޮށްފައި އެ ގޯޅިން ނިކުތެވެ. އެއާއެކު ނަސީބަކުން އެ މީހާ އަދި ފަހުން ދުވަހަކުން ތިމަންނަ އަންނާނަމޭ ބުނެ ވާހަކަ ނިންމައިފިއެވެ. އެހެނަސް އެކަހަލަ ވާހަކަތަކަށް އާދަވެފައިހުރި ވިސާމަށް އެ ވާހަކަ މުހިއްމެއް ނުވިއެވެ. އޭނައަށް ވިސްނެމުން ދިޔައީ ރޮމުން ދިޔަ މިޝްކާއާ މެދުގައެވެ. މިޝްކާ ރޯ އަޑު އެހުމަކީ އޭނަގެ ހިތަށް ކެތްކުރެވޭ ވަރުގެ ކަމެއްނޫނެވެ. މޭތެރޭގައި އުފެދެމުން ދިޔަ ތަދެއްގެ ސަބަބުން އޭނަގެ ވަށައިގެންވި އެއްވެސް ކަމަކަށް ސަމާލުކަން ދެވޭ ގޮތެއްވެސް ނުވިއެވެ. އޭނަގެ ކައިރިން ރަފްހާން ވެސް އަންނަމުން ދިޔަކަން އޭނައަށް އެނގުންވީ ކާރާއި ހަމަވީ ވަގުތު އޭނަ އަނެއްފަރާތަށް އެނބުރިލުމުންނެވެ.

 

“ކޮއްކޯ ދެން ހުއްޓާލާ. އެ ބޭބެ މަތިން ހަނދާން ނައްތާލާ. އެއީ ރަނގަޅު ބޭބެއެއްނޫން. އަވަހަށް ހުއްޓާލާފަ ކާރަށްއަރާ.” ވިސާމް ގަދަކަމުން މިޝްކާގެ އަތް އޭނަގެ ފައިން ނައްޓާލަމުން ކުރުފައިމައްޗަށް ތިރިވިއެވެ. އެއަށްފަހު މިޝްކާގެ ކަރުނަތައް ފޮހެލަދޭން ފެށިއެވެ.

 

“ބަ….ބަ…ބް…ބަ…ޕި.” މިޝްކާ ކުރުވެފައިވާ ނޭވާއަކާއެކީ އެއްޗެކޭ ބުނަން އުޅުމުން ވެސް ނުބުނެވުނީ އިތުރަށް ރޮވެން ފެށުމުންނެވެ. އެ މަންޒަރު ފެނިފައި ވިސާމްގެ ލޮލަށްވެސް ކަރުނަތައް ޖަމާވިއެވެ. މިއީ އޭނަ ދުވަހަކުވެސް ދެރަނުކުރަން ޢަޒުމް ކަނޑައަޅައިގެން ހުރި ދަރިފުޅެވެ. އެންމެން އޭނައަށް ފަސްދިން ދުވަހު އޭނަގެ އެކަނިވެރިކަން ފިލުވައި އޭނައަށް އުފާވެރިކަން ގެނެސްދިން ދަރިފުޅެވެ. ނޭނގުމެއްގެ ތެރެއިން ވެސް އޭނައާހެދި އޭނަގެ އެ ދަރިފުޅަށް މިހާބޮޑު ދެރައެއް ލިބުމުން އޭނަގެ ހިތުގައި ޖެހުނެވެ. ހިތުގައި ޖެހުނު ވަރުން އެ ހުރިތަނަށް ތިރިވެ މިޝްކާގެ ގައިގައި ބައްދާލަމުން އޭނަވެސް ރޮއިގަންނަން ބޭނުންވިއެވެ. އެހެނަސް އޭނަ ހިތްވަރު ކުރެވޭތޯ ބެލިއެވެ. އަދި ފުން ނޭވައެއް އެތެރެއަށްލަމުން މިޝްކާގެ ފަހަތުގައި ހުރި ރަފްހާނަށް ބަލާލިއެވެ.

 

“ރަފްހާން……އަހަރެންގެ ކާރު ޑްރައިވްކޮށްފަ އަހަރުމެން ގެއަށް ލައި ދެވިދާނެތަ؟ އަހަރުމެންވެސް ދަނީ ފޭދުއަށް.” ވިސާމް އެދުނެވެ. މިޝްކާ މިފަދަ ޙާލެއްގައި ހުއްޓާ އޭނައަށް މަގުމައްޗަށް ސަމާލުކަން ނުދެވޭނެހެން ހީވީތީވެއެވެ.

 

“ޝުއާރ.” ވާނުވާއެއް ނޭނގުނަސް ރަފްހާން އޭނަގެ އެކުވެރިޔާއަށް އެހީވާން އެއްބަސްވިއެވެ. އަދި ވިސާމް ދިއްކޮއްލި ތަޅުދަނޑީގައި ހިފައި އެތާ އޮތް ކާރަށް އަރަން ދިޔައެވެ. ވިސާމް ކޮޅަށް ތެދުވެ މިޝްކާ އުރާލީ ކާރަށް އެރުމަށެވެ. އޭނަ މިޝްކާއާއެކީ ކާރުގެ ކުރީ ސީޓަށް އެރި ވަގުތު ރަފްހާން ވެސް ކާރަށް އަރައި ކާރު ދުއްވާލިއެވެ. އެއާއެކު އެ ޞަރަޙައްދަށް އެއްވެފައި ތިބި މީހުން ވާހަކަ ދައްކަމުން އެކި ދިމަދިމާލަށް ދާން ފެށިއެވެ. އެތަނަށް މީހުން އެއްކުރި ޒުވާނާ ވެސް އޭނަގެ ނޭފަތުން ވެއްޓެމުން ދިޔަ ލޭ ފޮހެމުން އޭނަ ދިޔަ ދިމާލަކަށް ގޮއްސިއެވެ. ހުރިތާ ހުއްޓި ހުރީ ފިހާރައިގެ ދޮރު ކައިރީގައި ޕޭވްމެންޓް މަތީގައި ހުރި ރަޝީދާ ނޫން ދެވަނަ މީހެއްނޫނެވެ. ވިސާމްގެ ކާރު ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހިތާމަވެރިކަމެވެ. ވިސާމްގެ ކާރު ލޯމައްޗަށް ގެއްލުނުތަން ބަލަން އޭނައަށް ހުރެވުނީ ފެންކަޅިވެފައިވާ ދެލޮލުންނެވެ. މާގިނައިރެއްނުވެ އެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެން އައެވެ. ރަޝީދާ އަވަސްއަވަހަށް އެ ކަރުނަތައް ފޮހެލަމުން ފުން ނޭވައެއް އެތެރެއަށް ލިއެވެ. އަދި މަގުގެ ދެކޮޅު ބަލާލަމުން މަގު ހުރަސްކުރަން ފެށިއެވެ.

 

**

 

އެރޭގެ ވަގުތެއްގައި ވިސާމް އޭނަގެ ސިޓިންގް ރޫމުގެ ސޯފާގައި އިނީ އޭނަގެ ދެއުޅަނބޮށި ކަކުލުގައި ވިއްދައި ދެއަތް ޖޯޑުކޮށް ނިތްކުރީގައި ޖައްސައިގެންނެވެ. އެހެން އިންއިރު މިއަދު ހަވީރު ކަންތައް ވީގޮތް އޭނަގެ މެރިފައިވާ ދެލޮލަށް ސިފަވަމުން ދިޔައެވެ. އަދި މިއަދު އޭނައަށް އިވިގެން ދިޔަ ވަހަގަދަ ޖުމްލަތައް އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. “ނާޒް މަރާލާފަ”އޭ ބުނާއަޑު ތަކުރާރުކޮށް އިވެމުން ދިޔަ ވަރަކަށް އޭނަގެ މޭތެރޭގައި އުފެދިފައި ނުފިލާ ރިހުން އިތުރަށް ތޫނު ވަމުން ދިޔައެވެ. އޭނަގެ ޚިޔާލުތަކުގެ ހުންގާނު އޭނަގެ އަތުން ދޫވެގެން ދިޔަ ހިނދު މާޒީގެ ޞަފްޙާތަކުގެ މަންޒަރުތައް އޭނަގެ ލޯމަތިން ފެންނަން ފެށިއެވެ.

 

****

 

“އަހަރެން ބޭނުން ވަރިވާން.” މެހެނާޒް އެހެން ބުނެލީ ހެދުން އަލަމާރިން 5 ވަރަކަށް ހެދުން އެކީގައި ނަގައިގެން ގޮސް އެނދުމަތީގައި ބާއްވަމުންނެވެ. މެހެނާޒްގެ ބަސްތައް ކިޔަވާ މޭޒުދޮށުގައި ހުރި ވިސާމްގެ ކަންފަތާއި ހަމައަށް ފޯރީ ހޮނު ގުގުރީގެ ސިފައިގައެވެ. އޭނައަށް ހިރިލަން ވެސް ނޭނގިފައި އިންގޮތަށް އިނދެވުނެވެ. މި ދުވަސް އަންނާނެކަމުގެ ނިޝާންތައް މި ހުރިހާ ދުވަހުވެސް އޭނައަށް ފެންނަމުން ދިޔައެއްކަމަކު އެ އަޑު އިވިގެން ދިޔުމުން ވިސާމަށް ހީވީ މިއީ އެއްވެސް އިންޒާރެއްވެސް ނެތި އައި ޠޫފާނެއް ހެންނެވެ. އޭނަ ފަސްއެނބުރި ބަލާލި ވަގުތު މެހެނާޒް ކުރަމުން ދިޔަ ކަންތައް ފެނިފައި އޭނައަށް ގޮނޑިން ތެދުވެވުނެވެ.

 

“ނާޒް! އަހަރުމެންގެ ދަރިފުޅާމެދު އެއްފަހަރުވެސް ވިސްނާލިންތަ؟ މިޝްކާ ކިހިނެއް މަންމައަކާނުލާ ބޮޑުވާނީ؟” ދެވަނަ ފަހަރަށް އެނދުމަތީގައި ހެދުންތައް ބޭއްވުމަށްފަހު ދާން އުޅުނު މެހެނާޒްގެ އަތުގައި ހިފައި ވިސާމް ވިސްނައިދޭން އުޅޭ ފަދައަކުން ވާހަކަ ދެއްކިއެވެ.

 

“ބޮޑު ނުވިއްޔާ އޭނަ ޖަންގައްޔަކަށް ގެންގޮސް ވަޅުލާ. މަށަށް ކޮންކަމެއް؟ މަ ނޫޅެން ދަރިފުޅެކޭ ކިޔާފަ މަ ލޯބިނުވާ މީހަކާއެކީ އުޅޭކަށް.” މެހެނާޒް އޭނަގެ އަތް ފޮޅުވާލަމުން ވިސާމްގެ އަތުން ދޫކުރުވިއެވެ. އޭނަ ވިސާމަށް ފަސްދީފައި ދާން އުޅުނު ވަގުތު ވިސާމް ހުރީ ރުޅިން ރަތްވެފައެވެ. އެ އައި ގަދަ ރުޅިއާއެކީ އަނެއްކާވެސް މެހެނާޒްގެ އަތުގައި ހިފައި ލުއްކެއްޖަހައި އޭނަ ކައިރިއަށް ގެނައެވެ.

 

“ހީނުކުރާތި މަށަށް ނޭނގޭ ކަމަށް ކަލޭ ކުރާ ކަންތައް. މަ ކަލެއަށް ކުރި ހުރިހާ ޤަދަރެއް ވެއްޔާ މޮޑެވިއްޖެ. ކަލެއަށް ކުރިހާ އިޙްތިރާމެއް މިހާތަނަށް ކުރީ ތިއީ އަހަރެންގެ ދަރިފުޅުގެ މަންމައަށްވީތީ. ބައިވަރު ދުވަސްވަންދެން ކެތްކުރެވިއްޖެ. އެކަމަކު ދެނެއްނޫން……މެހެނާޒް ތިހިރީ ވަރިކޮށްފަ!” ވިސާމް އޭނަގެ ފަހު ބަސްތައް ބުނެލީ އަޑުގެ ކޮޅަށެވެ.

 

****

 

އޭނަގެ އަމިއްލަ އަޑު ކަންފަތުގައި ގުގުމާލި ވިސާމަށް އޭނަގެ ދެލޯ ހުޅުވާލެވުނެވެ. އެވަގުތު އޭނަގެ ދެލޯ ރަތްވެފައިވީއިރު އޭނަގެ އެސްފިޔަތައް ތެމިފައިވިއެވެ. އޭނަގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައިރު އެ ހިތުގައިވި ޒަޚަމްތައް ފުންވަމުންދާ ކަހަލަ އިޙްޞާޞެއް އޭނައަށް ކުރެވުނެވެ. ވިސާމް އޭނަ އަބަދުވެސް ހަދާ ގޮތަށް އޭނައަށް އެއްވެސް އިޙްޞާޞެއް ނުވާކަމަށް އަމިއްލަ ނަފްސުގާތު ބުނެ އެކި ދިމަދިމާލަށް ނަޒަރު ހިންގަން ފެށިއެވެ. އޭނަ އެހެން ކަމަކާމެދު ވިސްނަން އުޅުނުތަނާހެން މިޝްކާގެ ހަޅޭކުގެ އަޑު އިވުނެވެ.

 

“ބައްޕީ!” މިޝްކާ ގޮވާލި އަޑަށް ވިސާމަށް ވަގުތުން ތެދުވެ ކޮއްކޯއޭ ކިޔައި މިޝްކާގެ ކޮޓަރިއާއި ދިމާލަށް ދިޔައީ ބިރުވެރިކަމުން ވަށާލެވިފައިވި ހިތަކާއެކީގައެވެ. އޭނަ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު މިޝްކާ އިނީ އެނދުމަތީގައި އިށީނދެގެންނެވެ. އެވަގުތު އޭނަގެ ގިސްލުމުގެ އަޑު ކޮޓަރިތެރޭގައި ހަރުލާފައިވިއެވެ.

 

“ކޮއްކޯ ކިހިނެއްތަވީ؟ ބިރުވެރި ހުވަފެނެއް ފެނުނީ؟” ވިސާމް އެ ކޮޓަރީގެ އަލި ބޮކި ދިއްލާލަމުން ކޮޓަރި ތެރެއަށް ވަނެވެ. އަދި ދިގު ފިޔަވަޅުތަކެއްގައި ގޮސް މިޝްކާގެ އެނދުގައި އިށީނދެ މިޝްކާ ގައިގައި ބައްދާލަމުން ހުއްޓާލުމަށް އެދުނެވެ. މިޝްކާ ރޮނީ މިއަދު ހަވީރު ވީ ކަންތައްތަކެއްގެ ސަބަބުންކަން ވިސާމަށް ރަނގަޅަށް އެނގެއެވެ. މިޝްކާ ގެއަށް އައި މަގުމަތީގައި ކާރު ތެރޭގައި ނިދުމުން އެކަމުގެ މަތިން މިޝްކާ ހަނދާން ނެތޭނެކަމަށް ވިސާމް އުއްމީދުކުރިއެވެ. އެހެނަސް އެއީ އޭނައަށް ކިތަންމެ ޢާއްމު ޒާތެއްގެ ޙަދިސާއެއް ވިޔަސް އެއީ މިޝްކާއަށް ހަނދާން ނެތޭވަރަށްވުރެ ބިރުވެރި ޙަޤީޤަތެއްކަން ވިސާމަށް އޭރު އެނގުންވިއެވެ. އެއާއިއެކު އޭނައަށް ވެސް މިއަދު މިޝްކާ ހުއްޓާ ބުނެވިފައިވި ވާހަކަތައް ހަނދާންވެފައި ވިސާމްގެ ހިތް ނުތަނަވަސްވިއެވެ.

 

“ބް…ބައްޕި…..މިއަދު ދިމާވި އެ ބޭބެ ކޮއްކޮއަށް ހުވަފެނުން ފެނުނީ. އެ ބޭބެ ހަމަ ބުނަމުން ދަނީ ބައްޕި ކޮއްކޮއަށް ނަފްރަތު ކުރެއޭ. ނަފްރަތުއަކީ ކޯޗެއްތަ ބައްޕި؟” މިޝްކާ ރޮވިފައިހުރެ ވިސާމްގެ މޫނަށް ބަލާލަމުން އަހާލިއެވެ. އެއާއެކު މިޝްކާއަށް ބައެއް ވާހަކަތައް ވެސް އިއްވިފައިވާކަން އެނގުންވި ވިސާމް އިތުރަށް ނުތަނަވަސްވެގެން ދިޔައެވެ. އޭނަ އެ ހުރިހާ ވާހަކައެއް ދެނެގަންނަން ކެތްމަދުވިއެވެ. އެހެނަސް މިޝްކާ މިފަދަ ޙާލެއްގައި ހުއްޓާ އަވަސް އަރުވާނުލުމަށް އޭނަ އަމިއްލަ ނަފްސުގާތު ބުނެލިއެވެ.

 

“ބުނެބަލަ ބައްޕި! ނަފްރަތުއަކީ ކޯޗެއް؟” ޖަވާބެއް ނުލިބި ގިނައިރުވުމުން މިޝްކާ އަނެއްކާވެސް އަހާލިއެވެ.

 

“އެއީ ކޮއްކޮއަށް އެނގެންޖެހޭ ބަހެއްނޫން. އެ ބޭބެއަކީ ދޮގުހަދާ މީހެއް. އެކަހަލަ މީހުން ދައްކާ ވާހަކަ އަޑުއަހާކަށް ނުވާނެ. ކޮއްކޮ ދެންވެސް ހުއްޓާލަބަލަ. ބައްޕި ވަރަށް ދެރަވޭ ކޮއްކޮ ރޯތަން ފެނުނީމަ.” ވިސާމް އެހެން ބުނެލަމުން މިޝްކާގެ ކޯތާފަތް ފޮހެލަދިނެވެ. އޭނަގެ ވާހަކަތަކުން މިޝްކާގެ ރުއިން މުޅިންހެން ހުއްޓުނެވެ. މިޝްކާ ދެންވެސް ވާހަކަ ދެއްކިއެވެ.

 

“ބައްޕި އަދި އެ ބޭބެ ބުނި ބައްޕި ގަލުތު ކުރާނީއޭ ވެސް. ގަލުތު ކުރުމަކީ ކޮބައިތަ؟” މިޝްކާ އަހާލިއެވެ.

 

“ގަލުތު؟ ހެހެ…..ބައްޕިއަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ. ކޮއްކޮ ދެން ތި ވާހަކަ ހުއްޓާލަބަލަ. ބައްޕި މި ބުނީއެއްނު އެ ބޭބެ ދައްކާ ކަހަލަ ވާހަކަތައް އަޑުއަހާކަށް ނުވާނެއޭދޯ؟ ހިނގާ އެ ބޭބެ މަތިން ހަނދާން ނައްތާލާފަ ބައްޕިއާއެކީ އައިސްކްރީމް ބޯން، ދޯ؟” މިޝްކާއަށް އޮޅުމަކުން އެ ބުނެވުނު ބަހަކީ ކޮބައިކަން ވިސާމަށް އެނގުނެއްކަމަކު އޭނަ އެ ވާހަކަ ސަމާސާއަކަށް ހަދާލިއެވެ. މިޝްކާ ދެންވެސް ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިނެވެ.

 

“އައިސްކްރީމް ބޯން ބޭނުމެއްނުވާ ކުއްޖެއްތަ މިގޭގަ އުޅެނީ؟ އެނ؟” ވިސާމް މިޝްކާގެ ނޭފަތުގައި ހިފައި ދެފަރާތަށް އަނބުރާލަމުން އަހާލިއެވެ.

 

“ބައްޕި……ބައްޕި ކޮއްކޮދެކެ ލޯބިވޭތަ؟” މިޝްކާ ކުރި ސުވާލުން ވިސާމް ޙައިރާންވިއެވެ.

 

“ކީއްވެ ކޮއްކޮއަށް ހީވަނީ ބައްޕި ކޮއްކޮދެކެ ލޯބިނުވާހެން؟” ވިސާމް ހިސާބެއްގެ ކަންބޮޑުވުމަކާއެކީ އަހާލިއެވެ.

 

“އެ ބޭބެ ބުނީ ކޮއްކޮގެ މަންމި ނުހުންނަނީ ބައްޕި ކޮއްކޮދެކެ ލޯބި ނުވާތީވެއޭ. ކޮއްކޮ މިހާވަރަށް ބުނާއިރުވެސް ބައްޕި މަންމިއެއް ނުގެނެސްދޭނީ ކޮއްކޮދެކެ ލޯބިނުވާތީވެއެއްނު؟” މިޝްކާ ބުނެލި ވާހަކައިން ވިސާމްގެ ހިނިތުންވުން އެއްކޮށް ފިލައިދިޔައެވެ. ނަމަވެސް އޭނަ ވަގުތުން މި ޙާލަތް ބަދަލުކުރެވޭތޯ ބެލިއެވެ.

 

“ކޮއްކޯ…..ބައްޕި ޕްރޯމިސް ކުރީމެއްނު ކޮއްކޮގެ މަންމި އަންނާނެކަމަށްބުނެ؟ ކޮއްކޮއަށް އެ ވާހަކަ ޤަބޫލު ނުކުރެވެނީތަ މިހާރު އެ ނުވެސް ދަންނަ ބޭބެ ބުނީތީ؟” ވިސާމް އެހިއެވެ.

 

“ނޫން ބައްޕި! ކޮއްކޮގެ އެއްވެސް ފްރެންޑެއްވެސް ނޫޅޭ އެކުއްޖެއްގެ މަންމި ނޫނީ ބައްޕި އަދި ނާދެއޭ ކިޔައިގެން. މަންމި ދިޔަޔަސް ބައްޕިއަށް އެނގެންވާނެ އެ މަންމި ހުރިތަނަކާ އަނބުރާ އަންނާނެ ގަޑިއެއް. ޝައިގެ މަންމިވެސް މިދިޔަ ހަފްތާގަ މާލެއަށް ގޮއްސަ ހުރީ. އެކަން އެނގޭ ޝައިއަށް ވެސް ޝައިގެ ބައްޕިއަށް ވެސް. އެކަމަކު މިޝީއަކަށް ނޭނގޭ މިޝީގެ މަންމި ހުރިތަނެއް. ބައްޕިވެސް ބުނަނީ ތިމަންނައަށް ނޭނގެއޭ. އެކަމަކު ބައްޕިއެއްވިއްޔާ މަންމި ހުރިތަން އެނގޭނެ. ބައްޕި ދޮގުހަދަނީ!” މިޝްކާ އޭނަގެ ވާހަކަ ނިންމާލީ ނުރުހުންތެރިކަމާއެކީގައެވެ. މިޝްކާ ވާހަކަ ދެއްކިގޮތުން ވިސާމަށް ދެބުމަ ކައިރިކޮށްލެވުނެވެ. މިޝްކާ ދެންމެ ބުނެލި ބަސްތަކަކީ މިޝްކާގެ އަމިއްލަ ބަސްތަކެއް ނޫންކަން ވިސާމަށް ޔަޤީންކުރެވުނެވެ. އެހެނަސް އެ ބަސްތައް މިޝްކާގާތު ބުނެލި މީހެއްގެ ރޭވުން ކާމިޔާބުވާކަށް ވިސާމް ނުދޭނެއެވެ. އަދި އަމުދުން މިޝްކާގެ އިތުބާރުވެސް ގެއްލުވާލާކަށް އޭނަ ބޭނުމެއް ނުވެއެވެ. ހިތަށް ވެރިވެގަތް ޚިޔާލުތަކާއެކީ އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ބައްޕިއަށް އެނގޭ މިޝީގެ މަންމި ހުރިތަނެއް.” ވިސާމް އެހެން ބުނެލުމާއެކު މިޝްކާގެ ދެލޯ ބޮޑުވިއެވެ. އޭނަ ވަގުތުން ދެކަކޫމައްޗަށް ތެދުވިއެވެ.

 

“ކޮބައިތަ ބައްޕި؟ ކޮބައިތަ މިޝީގެ މަންމި؟” މިޝްކާ އަވަސްއަވަހަށް ސުވާލުކުރިއެވެ.

 

“މިޝީގެ މަންމިއަކީ ކާކުކަން އެނގޭތަ؟” ވިސާމް މިޝްކާއަށް ބަލާލަމުން އަނެއްކާވެސް ސުވާލުކުރިއެވެ. މިޝްކާ ވަގުތުން ކާކުހޭ އަހާލިއެވެ.

 

“ޝަފްދައްތި.” ވިސާމް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

މަޖުނޫނު ލޯބި

Next

ވާލޯބި އެނގޭނަމަ… 22

Next
November 30, 2016

ވާލޯބި އެނގޭނަމަ… 22

Previews
November 29, 2016

މަޖުނޫނު ލޯބި

37 Comments!

  1. yaasha says:
    November 29, 2016 at 2:33 pm

    Me first. V v v reethi. Ekm kuru. Whn next part. Waiting..

    1. jana says:
      November 29, 2016 at 5:43 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 haadhisaathah madhuvefa sifakurun gina veema kuruhen heevee ingey 🙂 Next part thursday ga In Sha Allah

  2. aminath says:
    November 29, 2016 at 2:41 pm

    OMG.janaaaa. cant wait for more parts of this story 😀

    1. jana says:
      November 29, 2016 at 5:44 pm

      hehe…..Alhamdhulillah! 😀

  3. raashi says:
    November 29, 2016 at 2:50 pm

    very nice mashallah
    visaam shafag akee mishkage mamma ey buneema v nice
    next episode??

    1. jana says:
      November 29, 2016 at 5:45 pm

      Alhamdhulillah! 🙂 next episode thursday ga In Sha Allah 🙂

  4. Me ? says:
    November 29, 2016 at 2:53 pm

    Alhey.. dhen vaanee kihineh? Janaa alhe avahah up kurahchey, caaaant wait.. aslu ves varah reethi

    1. jana says:
      November 29, 2016 at 5:46 pm

      Alhamdhulillah! 🙂 dhen vaa gotheh balamaa. In Sha Allah dhen oiy bai thursday ga 🙂

  5. Me ? says:
    November 29, 2016 at 2:54 pm

    Kon irakun tha dhen up kuraany??

    1. jana says:
      November 29, 2016 at 5:47 pm

      Next part thursday ga In Sha Allah 🙂

  6. Mujey says:
    November 29, 2016 at 3:04 pm

    aaaaachaaaaa haadha reethi story ekey i love this one??
    Aneh bai up kuranee kn irakun tha???
    can’t wait?

    1. jana says:
      November 29, 2016 at 5:48 pm

      Alhamdhulillah! 🙂 dhen oiy bai thursday ga 🙂

  7. Mujey says:
    November 29, 2016 at 3:19 pm

    sooo nice..?
    Den anna episode avas kohlahchey..?

    1. jana says:
      November 29, 2016 at 5:49 pm

      Alhamdhulillah! 🙂 thursday ga dhen emme avahah genesdheven othy 🙂

  8. Shaa says:
    November 29, 2016 at 3:30 pm

    omg omg omg.. dhn vaany kihineh ?? shafag anehka ok vaane tha ?? Jana when next part ..varah reethi mi story .. ????

    1. jana says:
      November 29, 2016 at 5:50 pm

      hehe….Shaa thankolheh hamajehilabal 😛 Shafaq ok vaane hen Shaa ah heeveytha? 😀 dhen balamaa vaagotheh. next part thursday ga In Sha Allah.

    2. Shaa says:
      November 30, 2016 at 12:22 am

      hehe.. kehkuran varah undhagu mikahala nice story kiyaa laa hithun hureveythy.. yessss i think so mishka ahtakaa i think shafag ok vaane .. avas kohdhehchey ingey next part .. thanks Jana ????

    3. jana says:
      November 30, 2016 at 10:08 am

      hehe….reasonable guess Shaa 🙂 dhen balamaa vaagotheh maadhama In Sha Allah 🙂

  9. faidhaS says:
    November 29, 2016 at 3:51 pm

    vvv reethi, Maashaa Allah

    1. jana says:
      November 29, 2016 at 5:50 pm

      Alhamdhulillah! 🙂

  10. alma.. says:
    November 29, 2016 at 3:53 pm

    masha Allah varah reethi.. 🙂
    so intresting 🙂 🙂

    1. jana says:
      November 29, 2016 at 5:51 pm

      Alhamdhulillah! 🙂

  11. Booooo says:
    November 29, 2016 at 4:06 pm

    Shaf dhahthi???? OMG.

    1. jana says:
      November 29, 2016 at 5:51 pm

      I know riiiiight!!!

  12. jana says:
    November 29, 2016 at 5:52 pm

    FB Post:

    Notice how things workout so smoothly when you have a friend who doesn’t interfere in matters that don’t concern him. That’s what we must aspire to be. Because we seriously don’t know what other people are going through. We don’t know how they are holding themselves together from falling apart. And it would take only one question that we ask to satisfy our curiosity for them to get shattered into a million pieces.
    #Selfreminder

  13. ... says:
    November 29, 2016 at 6:21 pm

    Salhi

    1. jana says:
      November 29, 2016 at 7:49 pm

      Alhamdhulillah! 🙂

  14. alaa says:
    November 29, 2016 at 7:44 pm

    God varahh reethi..ekam jana thy kon age ehh tha??plstell me im a big fan of yours..hehe varahh avahahhh reply kibeyne kamahh ummeedhu kuran

    1. jana says:
      November 29, 2016 at 7:52 pm

      Alhamdhulillah! 🙂 jana thikahala mauloomaathu public koh share nukuran. but if you are a sister and you think that we could benefit each other in someway if we become friends, you could msg me through Asr’s page 🙂

      https://www.facebook.com/Asr-1445208739121696/

    2. Kudakamana says:
      November 29, 2016 at 8:38 pm

      Dhen alhe jana! Mashakee FB ah vanna meeheh nooniyya! Dhen makihineh jana aa frnd vaanee! I mean aharen ves me jana ge big fan ekey! Aharenves beynumey v gina vaahaka dhakkan jana aa.. 🙁

    3. jana says:
      November 30, 2016 at 10:10 am

      Kudakamana viber ga ulhentha? Esfiyaige aa chat room eh hedhen eba ulhey. e chat room ufedhunyma jana aa dhimaavaane In Sha Allah 🙂

  15. Kudakamana says:
    November 29, 2016 at 8:32 pm

    Wow jana!! Masha allah! Varah reethi mi part ves! Al hamdh lillah mi part kiyaalan libuneema ves!

    1. jana says:
      November 30, 2016 at 10:11 am

      Alhamdhulillah! 😀

  16. Xoom says:
    November 29, 2016 at 10:52 pm

    Vara salhi vaahaka ?

    1. jana says:
      November 30, 2016 at 10:12 am

      Alhamdhulillah! 🙂

  17. Aishath Sharumeela says:
    November 30, 2016 at 10:14 pm

    Kobaa 10 vana baeh naadhe adhi vx haadha lahey

  18. Pop says:
    November 30, 2016 at 10:30 pm

    Dhen next part madhan dhw… Gaumee dhuvahuge thahuuniya jana ah vx ehen kiyuntherinnah vx aris kuran

Comments are closed.

Next Episodeޢަޞްރު (ދިހަވަނަ ބައި)←


All Right Reserved!