Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ބީރައްޓެހިޔާ 4

InsaanehMiAAlamGaivAA Level 110 Stories
November 17, 2016 2 Mins Read
11 Comments

“މިސް ގްރެޓާ ގޯރޑްން!” އަނާ ހަޅޭއްލެވިއެވެ. “އެއީ ގްރެޓާ ގޯރޑްން! ފިލްމް ސްޓާރ!”

“އަހަރެން މިއަންނަނީ.” އޭނާ މިހެން ބުނެފައި އަވަހަށް ތިރިއަށް އައެވެ.

“އަހަރެން ވަރަށް އުފާވެއްޖެ ކަމަނާއާ ބައްދަލުވީތީ، މިސް ގޯރޑްން.” ޑޭވް ބުންޏެވެ.

“ބާއްޖަވެރި ހެނދުނެއް.” ގްރެޓާ ގޯރޑްން ބުންޏެވެ.

އެދެމީހުން އެކަކު އަނެކަކާ ސަލާންކުރިއެވެ. ގްރެޓާގެ ރީތި އިނގިލިތަކުގައި އަޅާފައިވަނީ އަލިމަހުގެ އަނގޮޓިތަކެވެ. އަނާއަށް މީގެކުރިން އެހާ ގިނަ އަނގޮޓިތަކެއް ފެނިފައެއް ނުވެއެވެ.

މިސް ގޯރޑްން ވަށައިގެން ބަލާލިއެވެ.

“މީތަ ކަލޭ މަސައްކަތްކުރާ ތަނަކީ، މިސްޓަރ ސްޓެޓިން؟” އޭނާ އެހިއެވެ. އޭނާ ހުރީ ހިތްއަވަސްވެފައެވެ.

“އާނ” ޑޭވް ޖަވާބުދިނެވެ. “މީ ކުޑަ ތަނެއް އެކަމަކު އަހަންނަށް މިތަން ބޮޑު. އަހަންނާއެކީ އާދޭ މިސް ގޯރޑްން.”

އަނާ ހައިރާންވިއެވެ. ޑޭވްއާ ގްރެޓާކުރެ މީހަކަށް އެކަކު އަނެކަކު ނޭނގެއެވެ. ޑޭވް ގްރެޓާއަށް ގްރެޓާއޭ ނުކިޔައެވެ. އަދި ގްރެޓާ ޑޭވްއަށް ޑޭވްއޭ ނުކިޔައެވެ. ޑޭވް ހީވަނީ އަވަސްއަރުވާލާފައި އުޅޭހެންނެވެ. އަދި ގްރެޓާ ހީވަނީ ބިރުގަނެފައި ހުރިހެންނެވެ. އަނާ އެދެމީހުންނަށް ފުންކޮށް ބެލިއެވެ. ޑޭވްއާ ގްރެޓާ ފިހާރައިގެ ފަހަތަށް ދިޔައެވެ. އަދި އެދެމީހުން ވަނީ ސްޕެޝަލް އޯޑަރ ކޮޓަރިއަށެވެ.

‘ގްރެޓާ ގޯރޑަނަކީ ޚާއްސަ ކަސްޓަމަރެއްތާ!’ އަނާ ހިތަށް އެރިއެވެ.

އެހެންމީހަކަށް އެވާހަކަ ކިޔައިދޭން އަނާ ބޭނުންވިއެވެ. އަނާ ފިލްމު ބަލާހިތްވެއެވެ. އޭނާ ފިލްމުސްޓާރާ ބެހޭގޮތުން ޕީޓަރއަށް ކިޔައިދޭން ބޭނުންވިއެވެ. އެކަމަކު އޭނަ ފިހާރައިގައި މަޑުކުރަން އެބަޖެހެއެވެ.

ދިހަ މިނެޓު ފަހުން ގްރެޓާ ގޯރޑްން އެފިހަރައިން ނިކުމެގެން އައެވެ. ޑޭވް އެރީ މައްޗަށެވެ. އަދި ގްރެޓާ ފިހާރައިގެ ކުރިޔަށް އައެވެ. އެފިލްމީ ތަރި ފެންނަނީ ބަލިކޮށެވެ. އޭނަގެ މޫނު ވަނީ ހުދުވެފައެވެ. އޭނާ ރޮނީއެވެ. ރޮއެރޮއެ ގޮސް ދެލޯ ވަނީ ރަތްވެފައެވެ.

“ކިހިނެއްވީ؟ އަހަރެން އެހީވެދެންތަ؟” އަނާ ސުވާލުކުރިއެވެ.

“ޝުކުރިއްޔާއެއް ނޫން، އަހަރެން ރަނގަޅު.” ގްރެޓާ ބުނެލިއެވެ.

“އިށީންނަން ބޭނުންތަ؟” އަނާ މިހެން ބުނެފައި ގްރެޓާ އިށީންނަން ގޮނޑިއެއް ގެނެސްދިނެވެ.

“ޑޮކްޓަރެއް ގެންނަންތަ؟” އަނާ އެހިއެވެ.

“ނޫން ނޫން! ދަރުމަވާނެ އެއްވެސް މީހަކު ގާތު އަހަރެން މިތަނަށް އައި ވާހަކަ ނުބުނާތި.” ގްރެޓާ އެދުނެވެ.

އަނާ މޮޅިވެރިވިއެވެ. އޭނާ އެންމެން ގަތު ގްރެޓާ ގޯރޑަނާ ބެހޭގޮތުން ކިޔައިދޭން ހުރީ ބޭނުންވެފައެވެ. އޭނަގެ މަޝްހޫރު ކަސްޓަމަރުގެ ވާހަކަ ކިޔައިދޭން ހުރީ ކެތްމަދުވެފައެވެ.

“އަހަރެން ބޭނުން ކަލެއަށް އެއްޗެއް ދޭން.” ގްރެޓާ ގޯރޑްން ބުންޏެވެ. “މިއޮތީ އަހަރެންގެ ފޮޓޯއެއް. އަހަރެން މީގަ ސޮއިކޮށްދޭނަން.”

“މިފޮޓޯ އަތުގަ ބާއްވާ.” އަނާ އަތަށް އެފޮޓޯ ދެމުން ގްރެޓާ ބުނެލިއެވެ. “އަދި އަހަރެމެންގެ ސިއްރު ހިފަހައްޓާދޭތި. އެކަކު ގާތުވެސް ނުކިޔާތި.”

“މައްސަލައެއް ނެތް. އަހަރެން ވައުދުވަން.” އަނާ އެއްބަސްވިއެވެ.

ފިލްމް ސްޓާރ އަނާގެ ކޮލަށް ދޮނެއް ދިނެވެ. އަދި އަނަގެ އަތުގައި ހިފިއެވެ.

‘ ހާދަ ރީތި އަންހެނެކޭ’ އަނާގެ ހިތަށް އެރިއެވެ. ‘އަދި ހާދަ ރީތި އަތްތިލައެކޭ.’

އެއަށްފަހު އަނާއަށް ކަމެއް ފާހަގަކުރެވުނެވެ. ގްރެޓާގެ އަތުގައި އަލިމަހުގެ އަނގޮޓިތަކެއް ނެތެވެ.

ޑޭވް، ގްރެޓާއާ ބެހޭގޮތުން ވާހަކައެއް ނުދައްކައެވެ. އަދި ގްރެޓާގެ ޒިޔާރަތާ ބެހޭގޮތުންވެސް މެއެވެ.

އެއްދުވަހަކު އަނާ، ފިލްމް ސްޓާރާ ބެހޭގޮތުން ސުވާލުކުރިއެވެ. “ކިހިނެއް ގްރެޓާ ގޯރޑްން އެނގެނީ؟ އެއީ ރައްޓެއްސެއްތަ؟”

“އަހަންނެއް ބޭނުމެއްނޫން އޭނައާ ބެހޭގޮތުން ވާހަކަދައްކާކަށް.” ޑޭވް ޖަވާބުގައި ބުންޏެވެ. “އެއީ ޚާއްސަ ކަސްޓަމަރެއް. އޭނައާ ބެހޭގޮތުން އިތުރު ސުވާލު ނުކުރޭ، އަނާ.”

އެހެންވެ، އަނާ އިތުރު ސުވާލެއް ނުކުރެއެވެ. އަދި އަލިމަސް އަނގޮޓިތަކާ ބެހޭގޮތުންވެސް މެއެވެ. އަނާ، އޭނަގެ ވައުދު ދެމެހެއްޓިއެވެ. އެއްވެސް މީހެއް ގާޓު ގްރެޓާއާ ބެހޭގޮތުން އަނާ ވާހަކައެއް ނުދައްކައެވެ.

އިސާހިތަކު ރަބީއު މޫސުން ފެށިއްޖެއެވެ. އަނާއާ ޑޭވް އުޅެން ޖެހުނީ ބުރަކޮށެވެ. މިސްޓަރ ހާޓް ބައިވަރު މާތައް ފިހާރައަށް ގެނައެވެ. އަދި އަނާ، އެމާތައް ފަތުރުވެރިންނަށް ވިއްކިއެވެ. އެއަހަރު ބައިވަރު ފަތުރުވެރިން އެއަވަށަށް އައެވެ.

މެއިމަހު ޕީޓަރ، އަނާ ގާތު އިންނަން އެހިއެވެ. އަނާ އާނއެކޭ ބުންޏެވެ. އަދި އެދެމީހުން އެންގޭޖްވިއެވެ. އެމީހުން ގަސްދުކުރީ ޖެހިގެން އޮތް އަހަރު ކައިވެނި ކުރާށެވެ. މިހާރު އެމީހުން ބޭނުމީ ފައިސާ ހޯދާށެވެ. އެހެންވެ، އެމީހުން ބުރަކޮށް މަސައްކަތްކޮށް ފަހަށް ރައްކާކުރަމުން ދިޔައެވެ. އެދެމީހުން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވެއެވެ.

ހޮނިހިރު ދުވަސްތަކުގައި ޕީޓަރ ފުޓްބޯޅަ ނޫނީ ކްރިކެޓު ކުޅެން ދެއެވެ. އަދި އަނާ ފިލްމު ބަލަން ލިޑްނީއަށް ދެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InsaanehMiAAlamGaivAA

Level 110 Stories

Other Articles

Previous

ތާޝާ (16ވަނަ ބައި)

Next

ރިޔާޝާ (24ވަނަ ބައި)

Next
November 17, 2016

ރިޔާޝާ (24ވަނަ ބައި)

Previews
November 16, 2016

ތާޝާ (16ވަނަ ބައި)

11 Comments!

  1. ishu says:
    November 17, 2016 at 7:14 am

    Dharma vaanee koachehh

  2. ishu says:
    November 17, 2016 at 7:15 am

    Dharumavaane e ee koachehh

    1. InsaanehMiAAlamGaivAA says:
      November 17, 2016 at 7:27 am

      Please

  3. Hanaa says:
    November 17, 2016 at 7:27 am

    No, thanks. U mean shukuriyya eh noon. LOL

  4. Maree says:
    November 17, 2016 at 8:03 am

    Reethi habeys ingey mihaar kudhakoh EBA visney mi vaagoiy.

  5. Maree says:
    November 17, 2016 at 8:05 am

    Vaahaka nimendhen kuriyah gendhey

  6. maaishahil says:
    November 17, 2016 at 9:08 am

    vaahaka v reethi vaanehen heevany. esfiyaige baeh writers gothah vakihisaabakun huttaa nulahchey. eyrun mivaahakaige fans kolhu gellidhaane. anyways. keep it up
    thigothah gavaidhun up kuramun gendheveytho balaathi….. good luck

  7. Samy says:
    November 17, 2016 at 11:57 am

    Vaahaka v reethi varah thafaath. Aamukoh comment nu kuran BT mi vaahaka eythi v comment khlaahiyyvy. Abadhu loabyge faahish amal thah hunna stories ah vure mi vaahaka maa bodah vx rangalhu. Eh thankolhu faahavi. No thanks dhivehi kuraa iru “noon shukuriyya ” migorhah bubelyma eythi vaane

  8. Maree says:
    November 18, 2016 at 1:04 pm

    Ey insaanaa ko baatha vaahaka

  9. raf says:
    November 22, 2016 at 12:26 pm

    good

  10. amy says:
    December 2, 2016 at 10:27 am

    Beerathehiyaa ge 123

Comments are closed.

Next Episodeބީރައްޓެހިޔާ 5←


All Right Reserved!