ތާޝާ (16ވަނަ ބައި)
އިނާޝާ ގޮނޑު ދޮށަށް ދާން ހިނގައިގަތީ އަހަރެންނަށް ގުޅައިގެން ހުރެގެންނެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ތާޝާ ފެނެއްޖެނަމަ އަހަރެން މިހުރީ މިހާރުވެސް ފުރައިގެން އެރަށަށް ދާން ތައްޔާރަށެވެ.
“މާޒް!” އިރުކޮޅަކުން އިނާޝާ ގޮވައިލި އަޑު އިވުނެވެ. “އެ.. އެތާ އެބައިންތަ؟” އަހަރެން ހުރީ ވަރަށް ހިތް އަވަސްވެފައެވެ.
“މާޒް ތާޝާއެއް ނެތް މިތާކު!” އިނާޝާ ވަރަށް ދެރަވެލާފައި ބުނެލިއެވެ. އިނާޝާގެ ޖަވާބު ލިބުމުން އަހަރެން ވަރަށް ދެރަވިއެވެ.
“އެތާ ނެތިއްޔާ ދޭބަލަ އެގެޔަށް!” އަހަރެން އަނެއްކާވެސް ބުނެލީމެވެ.
“މިދަނީ!” އިނާޝާ މިހެން ބުނުމަށްފަހު އެގެޔަށް ދާން ހިނގައިގަތެވެ.
“މާޒް.. އަހަރެން މިއުޅެނީ މާލެ ދާން! ކިޔަވަން…” ކުޑަ އިރުކޮޅަކު އެކަކުވެސް ވާހަކަ ނުދައްކާ ތިބުމަށްފަހު އިނާޝާ ބުނެލިއެވެ. “އޯހ.. ދެޓްސް ގްރޭޓް” އަހަރެން ބުނެލީމެވެ.
“އެންޑް.. އުހުނ އެއީ ސަޕްރައިސްއެއް!” ކޮންމެވެސް ވާހަކައެއް ބުނަން އުޅެފައި އިނާޝާ ހުއްޓައިލިއެވެ. އެއީ ކޮންވާހަކައެއްތޯ އަހަން އުޅެފައިވެސް އަހަރެން ހުއްޓައިލީމެވެ. މިވަގުތު އަހަރެން ބަލަން ބޭނުމީ ތާޝާ ކޮބައިތޯއެވެ. “ދެވެއްޖެތަ؟” އަހަރެންގެ ހިތް އޮބި ނޯންނަވަރަށް ތެޅެނީއެވެ.
“އެގޭ ދޮރުމަތީ މިހުރީ.. އެއްވެސް މީހަކު ނުފެނޭ!” އިނާޝާ ބުނެލިއެވެ.
“ވަދެބަލަ އެތެރެޔަށް…” އަހަރެން ބުނެލީމެވެ. “އަހަރެން މަރާނެ މި މާޒް!” އިނާޝާ މިހެން ބުނެލީ ވަރަށް މަޖާ ރާގަކަށެވެ.
“ދެން ވަދެލަބަލަ.. ތީ ވަރަށް ކެރޭ ކުއްޖެއްނު!” އަހަރެން އިނާޝާއާއި ސަމާސާ ކޮށްލީމެވެ.
“މާޒް! އަނދިރިކޮށް އޮތީ މީހަކު ނުފެނޭ..” އިނާޝާ ވާހަކަ ދައްކަމުންދިޔައިރު އަހަރެންނަށްވެސް އެގޭތެރެ އޮންނާނެ ގޮތް ސިފަވަމުންދިޔައެވެ.
“މާޒް! ތާޝާގެ މާމަ މިއޮތީ!” އިނާޝާ މިހެން ބުނެލީ ވަރަށް ސިއްރުން ވައި އަޑުންނެވެ.
“ވަދެފަ އަހާބަލަ…” އަހަރެން އަވަހަށް ބުނެލީމެވެ. “އަހަރެންނަށް އިވޭ ގޮތަށް ވާހަކަ ދައްކާތި!” އަހަރެން އިތުރު ކޮށްލީމެވެ.
“މާމާ!” އިނާޝާ ގޮވާލި އަޑު އިވުނެވެ. ހަމަ އެޔާއިއެކު ތާޝާގެ މާމަ ކުޑަކޮށް ކަރުކެހިލާފައި ކޮން ކުއްޖެއްހޭ އަހާލި އަޑު އަހަރެންނަށް އިވުނެވެ.
“ތާޝާ އަދިވެސް ނާދޭތަ؟” އިނާޝާ އަހައިލި އަޑު އިވުނެވެ.
“މާޒް! މާމަ ރޮނީ!” ވައި އަޑުން އިނާޝާ އަރެންނަށް ގޮވާލުމަށްފަހު ބުނެލިއެވެ.
“އަދިވެސް އަހާބަލަ!” އަހަރެން މިހެން ބުނުމުން އަނެއްކާވެސް އިނާޝާ އެސުވާލު ތަކުރާރު ކޮށްލިއެވެ.
“މަގޭ ދަރިފުޅު ވީތަނެއް ނޭންގެ!” ތާޝާގެ މާމަ ބަލިކަށި އަޑަކުން ބުނެލިއެވެ.
“އިނާ އަހާބަލަ ނާދޭހޭ!” އަހަރެން ހުރީ ވަރަށް ހާސްވެފައެވެ. އަނެއްކާ ހަމަ ހަގީގަތުގައިވެސް ތާޝާ ރަށުގައި ނެތީ ހެއްޔެވެ؟ އިނާޝާ ދެވަނަ ފަހަރަށް އެހުމުންވެސް ތާޝާގެ މާމަ ދިނީ އެއްޖަވާބެކެވެ. އެހެންވީމާ ތާޝާ ރަށަށް ނުދަނީތާއެވެ.
“މާޒް!” އަހަރެން ބަހެއް ނުބުނެ ހުންނަން ފެށުމުން އިނާޝާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. “އަ.. އަހަރެން ގުޅާނަށް ފަހުން!” މިހެން ބުނުމަށްފަހު އަހަރެން ފޯނު ކަނޑައިލީމެވެ. އަހަރެންގެ ސިކުނޑިވަނީ ހާސްވެގެންގޮސް ފަޅައިގެންދާވަރު ވެފައެވެ. ހިތަށްއެރި އެއްޗަކުން ކުއްލިއަކަށް އަހަރެން ގެއިން ނިކުމެގެން ސައިކަލަށް އަރައި މުޅި މާލޭގައި ދުއްވަން ފެށީމެވެ. މަގުމަތިންވެސް ތާޝާ ފެނިދާނެ ކަމަށެވެ. ނަމަވެސް އިރުއޮއްސި މަޤްރިބް ނަމާދަށް ބަންގި ގޮވިއިރުވެސް ތާޝާގެ ނިޝާނެއްވެސް މަގުމަތިން ނުފެނުނެވެ. ހަމަ ހަގީގަތުގައިވެސް އަހަރެންގެ ދެލޯ ފެންކަޅި ވެއްޖެއެވެ. ރޮވެދާނެތީ އަވަހަށް ގެޔަށް އައިސް ކޮޓަރިޔަށް ވަނީމެވެ. އެނދުމަތީ ހަމަ ޖެހުމާއި އެކީ ހޯސްލާފައި އަހަރެންގެ ދެލޯ ފުރާ ހުރި ކަރުނަތައް ފައިބަން ފެށިއެވެ. މިއީ އަންހެން ކުއްޖަކަށްޓަކައި އަހަރެންގެ ލޮލުން ކަރުނަ އައި ފުރަތަމަ ފަހަރެވެ. މިނޫނީ މިގޮތަށް ރޮވުން ދުވަހެއްވެސް ނޭންގެއެވެ. ރޮވޭން ފެށުމާއި އެކީ ނޭފަތުންވެސް ފެން ފައިބަން ފަށައިފިއެވެ. މިއީ ކޮންކަހަލަ އިމްތިހާނެއް ހެއްޔެވެ؟ ތާޝާ އަހަރެންގެ އެހާ ކައިރީގައި ހުރިއިރު އަހަރެންގެ މީހަކަށް ހެދުންނަމަ މިހެން ވާކަށް ނުޖެހުނީހެވެ. އޭނަ ކައިރީ ނުބުނެ އަހަރެން ފުރައިގެން ދާކަށްވެސް ނުޖެހޭނެއެވެ. ނަމަވެސް އެހާ އަވަސް އަރުވާލައިގެން ދާން ޖެހުމުން، ފުރުމުގެ ކުރިން ތާޝާގެ މޫނުވެސް އަހަރެންނަށް ނުފެނުނެވެ. އަނިޔާއެއް ލިބެމުން ދިޔަނަމަ ތާޝާ އަހަރެންނަށް އެދި ވަރަށް ގޮވާނެކަން ޔަގީނެވެ. ދެން އަހަރެން ތާޝާ ހޯދަން ދާނީވެސް ކޮންތާކަށް ހެއްޔެވެ؟
އޭގެ ހަފްތާއެއް ފަހެވެ. އަހަރެން އިނީ އޮފީހުގައި މަސައްކަތެއް ކުރާށެވެ. މަސައްކަތައްވުރެ ބޮޑަށް އަހަރެންނަށް އުނދަގޫ ކުރަމުން ދިޔައީ ތާޝާގެ ހިޔާލުތަކެވެ. މި ވޭތުވެދިޔަ ހަފްތާ ތެރޭ އަހަރެންނަށް ތާޝާ ހޯދަން ލައްކަ މަސައްކަތް ކުރެވިއްޖެއެވެ. ވަރުބަލިވެސް ވެއްޖެއެވެ. ނަމަވެސް އަދިވެސް ހުއްޓާލާކަށް ބޭނުމެއް ނޫނެވެ.
“މާޒް!” އަހަރެން ސިއްސައިގެން ދިޔައީ ކުރިމަތީ ހުރި އިނާޝާ ފެނުމުންނެވެ. އިނާޝާގެ ފަހަތުން އޮފީހުގެ އެހެން މުވައްޒަފެއްވެސް ވެދެގެން އައެވެ.
“ސާރ.. މިއީ އިނާޝާ.. ޔޯ ޕާސަނަލް ސެކްރެޓަރީ” އަސީލް އަހަރެންނަށް އިނާޝާ ރައާރަފް ކޮށްދިނެވެ. ނަމަވެސް އަހަރެމެންނަކީ ނުދަންނަ ދެމީހުންނެއްނޫނެވެ. އަސީލް ދިއުމުން އިނާޝާ އައިސް އަހަރެންގެ ކުރިމަތީ ހުރި މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑިއެއްގައި އިށީންދެލިއެވެ.
“ސަޕްރައިސް ކިހިނެއްވަނީ؟” އިނާޝާ ހެވިލާފައި އަހައިލިއެވެ. އިނާޝާ އަހަރެން ކައިރީ ބުނަން އުޅުން ވާހަކައަކީ މިއީތާއެވެ.
“ވަރަށް ސަޅި!” އަހަރެންވެސް ހީލުމަށްފަހު ބުނެލީމެވެ.
“ކޮންއިރަކު އައީ؟ ކީއްވެ ނުގުޅީ؟” އަހަރެން އަހައިލީމެވެ.
“އައީ ފްރައިޑޭގަ! މާޒް މާބޮޑު ހިތާމައަކު އުޅޭތީ ދެން އުނދަގޫ ނުކުރަންވެގެން ނުގުޅީ” އިނާޝާ މިހެން ބުނުމުން އަހަރެންގެ މޫމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އާނ އެކެވެ. އަހަރެން މިއުޅެނީ ބަރުދާސްތު ކުރަން ދަތި ހިތާމައަކުއެވެ.
“މާޒް އަދި އެއްވާހަކަ އެބައޮތޭ! އަހަރެން އުޅޭ ގޭ މީހުން އެހެން ގެޔަކަށް މޫވް ކުރަން އުޅެނީ! އަހަރެން ކައިރީ ބުނީ އެހެން ތަނެއް ހޯދާށޯ! ދެން މަންމަ ގުޅީ މާޒް މަންމައަށް.. އަހަރެން ދެން އުޅޭނީ މާޒްމެން ގޭގަ!” އިނާޝާ ވަރަށް އުފާވެލާފައި ބުނެލިއެވެ. ހީވާގޮތުން އިނާޝާ އިނީ ވަރަށް ހިތް ހަމަ ޖެހިފައެވެ. އިނާޝާ އަހަރެންގެ ގެޔަށް ހިނގައްޖެނަމަ އޭނަ އުޅޭނީ ތާޝާ ނިދި ކޮޓަރީގައިތާއެވެ. އެކޮޓަރި ލޮލަށް ފެނުނަސް އަހަރެން ހަނދާންވަނީ ތާޝާ މަތިންނެވެ.
އަނެއްދުވަހު އިނާޝާ އަހަރެންގެ ގެޔަށް ބަދަލުވިއެވެ. އިނާޝާގެ އިތުރުން މަންމަވެސް ހުރީ ވަރަށް އުފާވެފައެވެ. އިނާޝާ ގެޔަށް އައި ފަހުން ގޭތެރޭގެ ފަޅުކަންވެސް ފިލައިފިއެވެ. ކޮންމެ ދުވަހަކު އޮފީހަށް ދަނީވެސް ދެމީހުން އެކީއެވެ. ގިނަވަގުތު އެކީގައި ހޭދަކުރާތީ އަހަރެމެން ދެމީހުންގެ އެކުވެރިކަން ކުރިޔަށްވުރެ ވަރުގަދަ ވެއްޖެއެވެ. އިނާޝާ އައި ފަހުން ތާޝާގެ މަތިން ހަނދާންވާވަރުވެސް މަދުވެއްޖެއެވެ. ނަމަވެސް ބަޔެއްފަހަރު ތާޝާގެ ފޮޓޯއަށް މަދުން ނަމަވެސް ބަލާލެވެއެވެ. ހިތުގައި އުފެދުނު ފުރަތަމަ ހަގީގީ ލޯބި ހިތުން ފިލައިގެންދާނެ ހެއްޔެވެ؟ ތާޝާ ކޮންމެތާކު ވިޔަސް އަބަދުވެސް އުފަލުގައި ވުމަށް އަހަރެން ދުޢާ ކުރަމެވެ. އަދި ކުރިން ލިބުންފަދަ އެއްވެސް އަނިޔާއެއް ނުލިބުމަށްވެސް ދުޢާ ކުރަމެވެ. އަހަރެންނަށް ތާޝާ ފެންނާނެ ގޮތެއް މެދުވެރިކޮށްދިނުމަށް އެދިވެސް ދުޢާ ކުރަމެވެ.
1 އަހަރު ފަސް
ހުކުރު ދުވަސްކަމުން މިއަދު އަހަރެން ހޭލީ ހުކުރުގަޑި ޖެހުމުން މަންމަ ގޮވީމައެވެ. ފެންވަރާލައިގެން އަހަރެން ހުކުރަށް ދިޔައީމެވެ. ނަމާދުން ފައިބައިގެން އައިސް ކައިގެން އަހަރެން އަނެއްކާވެސް ޖައްސައިލީމެވެ. މިވީ އަހަރެއްހާ ދުވަސް ތެރޭ އަހަރެންގެ ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެއެވެ. މަންމަ ފަރާތު ބޮޑުބޭބެ ނިޔާވުމުން އަހަރެންގެ އާއިލާ މިހާރު އުޅެމުން އަންނަނީ އެގޭގައެވެ. ބޮޑުބޭބެއަކީ އިޔާޒްގެ ބައްޕައެވެ. އިޔާޒްމެންގެ އާއިލާއަށް ލިބުނު ހިތާމައިގައި ގޭތެރޭގެ އުދާސްކަން ފިލުވައިލަން އިޔާޒްގެ މަންމަގެ އެދުމުގެ މަތިން އަހަރެމެންގެ ދިރިއުޅުން އެގެޔަށް ބަދަލުކުރީއެވެ. އާއިލާ މިހާރު ވަރަށް ބޮޑެވެ. އިޔާޒްގެ އާއިލާއާއި އަހަރެންގެ އާއިލާ އެއްފުރާޅެއްގެ ދަށުގައި އުޅެމުންދަނީ ނުހަލު އުފަލުގައެވެ. ގޭތެރޭގެ އުފަލަކީ ކުޑަކުޑަ ރީމްއެެވެ. ގޭގެ ހުރިހާ އެންމެންވެސް ތިބެނީ ރީމްއާއިގެން މޮޔަވެފައެވެ. މިހާރު އިޔާޒްގެ އަންހެނުން މާޔާވެސް ބަނޑުބޮޑެވެ. އާއިލާއަށް މެންބަރަކު އިތުރުވާތީ އެންމެންވެސް ތިބެނީ ވަރަށް އުފާވެފައެވެ. މިވީ އަހަރެއްހާ ދުވަސްތެރޭ އިނާޝާވެސް ވަނީ އަހަރެމެންގެ އާއިލާގެ މެމްބަރަކަށް ވެފައެވެ. އަދިވެސް އަހަރެމެން މަސައްކަތް ކުރަނީ އެއް އޮފީހެއްގައެވެ. ކުރިހާ ކަމެއް ފުރިހަމަ ވެފައިވާއިރު، ހިތާމައަކީ މިވީ އަހަރެއްހާ ދުވަސްތެރޭ އަހަރެންނަށް ތާޝާގެ އެއްވެސް ހަބަރެއް ނުވުމެވެ. އިލްޔާސްއަށްވެސް 15 އަހަރުގެ ޖަލު ހުކުމެއް އައުމުން އޭނާ މިހާރު ވީ ޖަލުގައެވެ. އަހަރެންނަށް ތާޝާއާއި ހަމަޔަށް ވާސިލްވާނެ ހަމަ އެއްވެސް ގޮތެއް ނުފެނުނެވެ. އެހެންކަމުން މިފަހަކަށް އައިސް ތާޝާގެ މަތިން އަހަރެން އެއްވެސް ވަރަކަށް ހަނދާނެއް ނުވެއެވެ. ބޭނުންވާ ހުރިހާ ކަމެއް ހާސިލެއް ނުވާނެއެވެ. ހަޔާތުގައި ކޮންމެވެސް ކަންތައްތަކެއް މަދުވާނެއެެވެ. ހުރިހާ އުފަލެއް އެކީ ހާސިލްވާނީ ވާރަށްވެސް ނަސީބުގަދަ މީހުންނެވެ. އަހަރެންގެ ހަޔާތުގައި ލޯބި ނޫނީ އެހެން ހުރިހާ ކަމެއްވެސް ވަރަށް ކާމިޔާބެވެ.
“މާޒް” އަހަރެން ސިއްސައިގެން ދިޔައީ އިނާޝާ އައިސް އަހަރެންނަށް ގޮވާލުމުންނެވެ. އޭނަ ހުރީ ވަރަށް ރީތިވެލައިގެންނެވެ. ހީވާގޮތުން ކޮންމެވެސް ތާކަށް ދާން ތައްޔާރުވެގެންނެވެ. އަހަރެން ބަލަން އޮތުމުން އަހަރެންގެ ކައިރިޔަށް އައިސް އިނާޝާ ހުއްޓުނެވެ.
“ކޮންތާކަށް ދާން މާ ރީތިވެލައިގެން؟” އަހަރެން އަހައިލީމެވެ.
“ހާދަ ހަނދާން ބައްޔޭ ދޯ! ބުނީމެއްނު މެންދުރު ފިހާރަޔަކަށް ދާން ޖެހެޔޭ!” އިނާޝާ މިހެން ބުނުމުން އަހަރެން ހަނދާންވިއެވެ. އިނާޝާ ރޭގައި އޭނައާއި އެކު ފިހާރަޔަކަށް ދިއުމަށްވަނީ އެދިފައެވެ.
“ފިހާރަޔަށްދާން އިނގުނީ މެންދުރުތަ؟” ގަމީސް ލައިގެން ކުޑަކޮށް ބޯ ރީތިކޮށްލަމުން އަހަރެން ބުނެލީމެވެ.
“ހަވީރު އޮތް ޕާޓީއަކަށް ގިފްޓެއް ގަންނަން! މާޒް ދާނަންދޯ އަހަރެންނާ އެކީ އެޕާޓީއަށް؟” އިނާޝާ ބުނެލިއެވެ.
“އެއީ އަހަރެންގެ ކޮލެޖް ކުއްޖެއްގެ ދަރިފުޅުގެ ޕާޓީއެއް!” އިނާޝާ އިތުރުކޮށްލިއެވެ. ކުޑަކުއްޖެއްގެ ޕާޓީއަށް އަހަރެން ދިޔަ ދުވަހެއްވެސް ހަނދާނެއް ނެތެވެ.
އަހަރެމެން މާލޭގެ ބޮޑެތި މަގުތަކުގައި އެންމެ އަވިގަދަ ގަޑީގައި ދުއްވަމުން ދިޔައީމެވެ. ދެތިން ފިހާރަޔަކަށް ވަދުމަށްފަހު އިނާޝާ ހިތްހަމަޖެހޭ ވަރަށް އެއްޗެހި ގަނެވުމުން ގެޔަށް އައި އިރު އަޞުރު ނަމާދަށް ބަންގި ގޮވައިފިއެވެ. އިނާޝާ ގެޔަށް ލުމަށްފަހު އަހަރެން ދިޔައީ މިސްކިތަށެވެ.
ހަވީރުގެ ވަގުތެވެ. އިނާޝާގެ އެދުމުގެ މަތިން އަހަރެން އިނާޝާ ގޮވައިގެން އެބުނާ ޕާޓީއަކަށް ދިޔައިމެވެ. އެއީ ވަރަށް ބޮޑު ގެއެކެވެ. ހީވާގޮތުން ވަރަށް މުއްސަނދި ބަޔެއް އުޅޭ ގެއެކެވެ. ގޭގެ މައި ދޮރުން ވަތްއިރު ކުޑަކުޑަ ކުއްޖެއް ދޮރުކައިރީ ހުއްޓެވެ. ވަންނަ ކޮންމެ މީހަކުވެސް އެކުއްޖާއާއި ސަލާމް ކުރާތީ މިއީ އެކުއްޖާގެ ޕާޓީއެއްކަން އެނގިގެންދިޔައެވެ. އަހަރެމެންވެސް އެކުއްޖާއާއި ސަލާން ކޮށްލުމަށްފަހު އެތެރެޔަށް ވަނީމެވެ. ގޭތެރެޔަށް ވަދެގެންދިޔައިރު ގޭތެރޭގެ ޒީނަތްތެރިކަން ފެނިފައި އަހަރެންގެ ދެލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. ކައިވެނީ ޕާޓީއެއްވެސް މިވަރަށް ޒީނަތްތެރިކޮށްފައި ވާތަނެއް އަހަރެން ނުދެކެމެވެ. ކޮންމެއަކަސް ވަރަށް ފުރިހަމަ ޕާޓީއެކެވެ. ކުޑަކުއްޖެއްގެ ޕާޓީއެއްކަމަކު ގިނައީ ބޮޑެތި މީހުންނެވެ. އިނާޝާ ޕާޓީއަށް އައީއްސުރެ ރައްޓެހިންނާއި އެކު މަޖާ ކުރަނީއެވެ. އަހަރެން ގެނެސްފައި އަހަރެން އެކަނިކޮށްލާފައި ދިޔަ މީހާއަށް އަހަރެންނާއި ދިމާލަށް ބަލައިލާނެ ވަގުތެއްވެސް ނުލިބެއެވެ. މިތާކު އަހަރެން ދަންނަ ހަމަ އެކަކުވެސް ނެތެވެ. އަހަރެން މޭޒެއް ދޮށުގައި ވަށައިގެންނާ މާހައުލަށް ބަލަން އެކަނި ފޫހިވެފައި އިނީމެވެ. ކުރާނެ ކަމެއް ނެތުމުން ފޯނު ނަގައިގެން ކުޅެން ފެށީމެވެ. ފޯނައްގެއްލި ހުސްވަފައި އިނުމުން ވަށައިގެންވާ މާހައުލުގައި ހިނގަމުންދާ އެއްވެސް ކަމެއް އަހަރެންނަކަށް ނޭންގެއެވެ.
“އެކްސްކިއުސް މީ! އެއްވެސް އެއްޗެއް ބޭނުންތަ؟” އެއިވުން އަޑުން އަހަރެންގެ އަތުން ފޯނު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. ވަގުތުން އިސްއުފުލާ ބަލައިލީމެވެ. ކުރިމަތިން ފެނުން މަންޒަރުން އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. މިއީ އަނެއްކާ ހަގީގަތެއްބާއެވެ؟ އަނގައިން ބުނާނެ ހިތްވަރެއްވެސް ނެތިފައި ބަލަން އިނދެވުނީއެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.


Kiyaalaafa comment eh kohlaanan
omg thaasha tha e aey?
toin?
V salhi mi baives. Ma kiyaifin☺☺
Thaasha ge dhari thoachche ey
Yes..? thaashaa fenuny dho ? naseebehnu.. next part avahah up kohlahchey. V interesting…
Wow v rythi n thaashaa dhw aee alhe nxt prt avaskollabala plx plx
Wow dheem ah heevanee hama thaasha hen eiy.
Mee haadha reethi vaahaka ekey. Avahah up kohladhehchey ifaau pleees.??
Haadha varakah gelley thaashaa ekey dho maaz vejjenoon ey na hilihilaa jahan v reethi
Nice? mipart ves..maaz n inaasha dhw gulheyny..mi thaashaa ge dhareege parthy dhw? Waiting waiting
Emme aharegge therey thaashaa alah ehaa bodu dhari eh nulibeyne ennu..
Omg.. Thaashaa dhw e fenuny… Next part avas plz
Mee konkahala vaahakaetha? Noony vaahaka ehtha?
meega miulhey maaz aky kn kahala sorehtha .. Ahannah hieh nuvey esoru thaashaa dheke hageegee loabivaakamah . huh knthaaku soreh tha e .. loabivaanama umeedheh kandaeh nulaane .. loaibaky ehaa faseyhain kaamiyaabu vaaehcheh nun.. dhen dhuvaskolhakun esoru e ulhey inaashaa dhekey vakinuvevey varah loabivefa thwhche hunnane .. kn qerentee eh othy esorah thaashaa libunas abadhu thaashaa dheke loabivaane kamuge .. munaafigu soreh sahaadheh????
manje, e soru ragalhehnu, mulhi male’ ga aiofunaa alhaathaa aharakah vure gina dhuvas vehji…munaafige key bunaakah nuvaane esorah, manjeves ulheba thaashaa feneytho….:D
Manje kyhkuran hoadhaa thaasha eh.. manje ah manje ge Soru libifaey huree.. Esoru Gellihjaa Aiyfunaa alhaagen namaves esoru hoadhaanan insha allah.. loll???
V salhi mibaives ❤
Hehe comment thah varah majaa??
Thank you all❤❤
Salhi
Next part mirey genesdheeba pls?
Kon irakun next part?