Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ…11

shooty Level 310 Stories100 Comments
November 16, 2016 6 Mins Read
67 Comments

ހިތް ބޭނުމޭ…11

އީވާ ފޯނުން މީހަކާ ވާހަކަ ދައްކަން ހުއްޓާ ބާރު ބާރަށް ދޮރުގައި މީހަކު ތަޅައިގަތުމުން ދުވެލާފައި ގޮސް ދޮރު ހުޅުވި އިރު އެއީ ޒެއިން އެވެ. ޒެއިން ހުރި ހާލު ފެނުމުން އީވާ ވެސް ހާސްވިއެވެ. ލޯ ހީވަނީ ރަތްކަމުން އަނގުރުކޮޅެއް ހެންނެވެ. ފުންނޭވާތަކެއް ލަމުން ދިޔަ އިރު ޒެއިންގެ އަަތް ތުރު ތުރު އަޅައެވެ.

“އެލީ ކޮބާ؟” ޒެއިން އަހައިލީ މަޑުމަޑުން ނަމަވެސް އެ އަޑުގައި ވީ ރުޅިވެރިކަމެވެ.

“ލުކް ޒެން.. އަހަރެން..އަހަ..” ދޮގު ހަދަން ވުމުން އީވާ ފަސް ޖެހެން ފެށިއެވެ.

“ކޮބާ ހޭ އެލީން؟ އޭނަ ވީތަނެއް ތިނޫން މީހަކަށް ނޭނގޭނެ. ސޯ އައި އެމް އާސްކިންގް ޔޫ..ހަމަ މިހާރު ބުނޭ އެލީ ވީތަނެއް” ޒެއިން އެވަރަށް ރުޅިއައިސްފައި ވަނިކޮށް އީވާ އަދި ނުދެކެއެވެ. އެހެން ކަމުން ޒެއިން ގެ ކޮންމެ ފިޔަވަޅަކާއި އެކު އީވާ ފަހަތަށް ޖެހެން ފެށިއެވެ.

“ލިސެން ޓު މީ ޒެން..” އީވާ ގެ އަޑުން އޭނާ ބިރުގެންފައި ވާ މިންވަރު ހާމަވެއެވެ.

“އިތުރަށް ބަހަނާ ނުދައްކާ ހަމަ މިހާރު ބުނާށޭ! ޑޭމް އިޓް އިވީ، އެލީ އަކީ މަގޭ ބެސްޓް ފްރެންޑް މަށާ ހަވާލު ކުރި އަމާނާތެކޭ. އެކަކަށް ވެސް މަށަށް އެންގުމެއް ނެތި އެލީން މިގެއިން އެހެން ތާކަށް ގެންދިއުމުގެ ހައްގެއް ނޯންނާނެ. ނޮޓް އީވެން ޔޫ! އަހަރެން ނަށް ހެޔޮ އެދޭ ކަމަށް ވަންޏާ ހަމަ މިހާރު ބުނޭ އޭނަ ވީ ތަނެއް” ޒެއިން ގެ އަޑުގައި ރުޅިވެރިކަމާއި އެއް ވަރަށް އެ އަޑުގައި އިންތިހާ ވޭން ވެސް ވިއެވެ.

“އޯކޭ އޯކޭ. ރިލޭކްސް.. އަހަރެން އޭނަގެ ބޭބެ މެން ގެއަށް އޭނަ ލައިދިނީ. އެލީ ބުނީ ޒެން ގާތު ނުބުނާން. އެލީ އާދޭސް ކުރި ވަރުން އަހަރެންނަށް ޒެން އަށް އަންގަން ނުކެރުނީ. ކޮންމެވެސް ކަމަކާ ވަރަށް އަޕްސެޓް ވެފަ ހުރީ. އައި އެމް ސޮރީ ޒެން..” އީވާ އަށް ރޮވިއްޖެއެވެ. ޒެއިން ގެ އަތް މުއްކެވިގެން ދިޔައެވެ. އެލީން އޭނާ އަށް ނާންގާ އެގޮތަށް ދިއުމުން އެ ހިތަށް ވަނީ ވަރަށް އަސަރު ކޮށްފައެވެ.

“އެލީންގެ ބޭބެ އަކީ މީރާން. އޭނަ އަދި ރާއްޖެ އަކަށް ނާދޭ” ހަމަޖެހެން މަސައްކަތް ކުރަމުން ޒެއިން ވާހަކަ ދެއްކިއެވެ.

“އެއީ އެލީގެ ހާފް ބްރަދާ އެއް. ކޮންމެވެސް..އެ..އަޒަލް އެއް ކަންނޭނގެ ކިޔަނީ؟” އީވާ ގެ ހަނދާނުގައި އެޒިލްގެ ނަން އެލީން ބުނި ގޮތް ނެތުމުން ހީވާ ގޮތަކަށް ބުންޏެވެ.

“އެޑްރެސް؟” ޒެއިން ހުރީ ދޫދޭ ފަދަ ގޮތަކަށް ނޫނެވެ.

“އައި ޑޯންޓް ނޯ ދެޓް. އަހަރެން އެލީ ފޮނުވައިލީ ޓެކްސީ އެއްގަ. އަހަރެންނަކަށް ނޭނގެ ދެން. އައި އެމް ސޮރީ” އީވާ އެލީން ކުރި އާދޭހަށް ބީރު ކަންފަތެއް ދިނުމުގެ ބަދަލުގައި އަމިއްލަ ކޮއްކޮއަށް ދޮގު ހެދިއެވެ. އީވާގެ އެ ޖަވާބު އިވިފައި އެންމެ ހިނދު ކޮޅަކަށް ވެސް އެތާނގައި މަޑު ކުރާކަށް ޒެއިން ބޭނުމެއް ނުވިއެވެ. އޭނާ އަށް ދެން އެހީ އެއް ދެވޭނެ ފަރާތަކީ މީރާން އެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު ޒެއިން ސްކައިޕް އޮން ކޮށްލިއެވެ. ގޮނޑީގައި ހަމަ ޖެހިލައިގެން އިށީންނަމުން މީރާން އާ ވީޑިއޯ ކޯލް ހަދާލީ އީވާ އެ ބުނާ އަޒަލް އެއްގެ ހަގީގަތް މީރާން ގާތުން އަހައި އޮޅުން ފިލުވާށެވެ.

“އަހަރެން ހަމަ ގުޅަން އުޅެނިކޮށް ތި ގުޅީ. އެލީ ތިގެއިން ނުކުތީ ކީއްވެތަ؟ ތި ގެ ހަމަ އެހާ ބޯރިންގް ތަ؟” މީރާން އެންމެ ފުރަތަމަ ކޮށްލި ސުވާލުން ވެސް ޒެއިން ކަންބޮޑުވިއެވެ.

“އައި ޑޯންޓް ނޯ. އިވީ ބުނީމަ ދިޔަކަށް އިނގުނީވެސް. އަހަރެން އިތުރަށް އެއް ކަމެއް ވެސް ސިއްރު ކުރާކަށް ނެތިން. އައި ވޯންޓް ބީ އޮނެސްޓް ވިތް ޔޫ ބަޑީ….އަހަރެން އެލީ ދެކެ ވަރަށް ލޯބިވޭ” އިރުކޮޅެއްގެ ހަމަހިމޭން ކަމަށް ފަހު އެެއްވެސް ޖެހިލުމެއް ނެތި ޒެއިން ހާމަ ކޮށްލިއެވެ. މީރާންގެ މޫނު މައްޗަކުން އެއްވެސް ކަހަލަ ނުރުހުމެއް ނުފެނުނެވެ. އެހެން ކަމުން އެލީން އާއި އޭނާގެ ގުޅުން ފެށުނު ހިސާބުން މީރާން އާ ހިއްސާ ކުރަން ފެށިއެވެ. ފަރުވާތެރި ކަމާއިއެކު ޒެއިންގެ ވާހަކަ ތައް މީރާން އަޑުއަހަން އިނެވެ.

“މިއަދު ލިލީ އާ ހަގް ކޮށްލި މަންޒަރު އެލީ އަށް ފެނުނީ. މިސް އަންޑަސްޓޭންޑިންގް އެއް އުފެދުނީ. އަހަރެން އެ ވާހަކަ ދައްކަން އެލީގެ ރޫމް އަށް ދިޔަ އިރު… އެލީ އެއް ނެތް. މީރާން.. އަހަރެން އެލީ އަށް ދެރައެއް ދޭނެއޭ ހީ ނުކުރައްޗޭ.. ލިލިއަން އަށް އަހަރެން ހަމްދަރުދީ ވަން. އެކުއްޖާ އަށް ވެސް ވެވުނީ ލޯބި. އެކަމުގެ ސަބަބުން މިސްޓޭކެއް ހެދުނީ. އައި ހޭވް ޓު މެރީ ހާރ..” ޒެއިން އިސްޖަހައިލި އިރު އެލޮލުގައި ކަރުނަ ވިދަ ވިދާ ހުއްޓެވެ.

“ޒެންގެ ތި ނިންމުމުން ހާޓްވީ މަގޭ ސިސް އަށް. ފެންޓާސްޓިކް” މީރާންގެ އަޑުގައި ވީ ނުރުހުމެވެ.

“މީރާން ޕްލީޒް. އެވަގުތު އަހަރެންގެ މަގާމުގަ މީރާން ހުރި ނަމަ އެ އަންހެންކުއްޖާ އަކަށް އެހީ އެއް ނުވާނަން ތަ؟ އެހާ ހާޓްލެސް ވާކަށް ނުވާނެ ދޯ. އަހަރެން އެލީ އާ ދެއަންބަށް ވިޔަސް މެރީ ކުރާނަން. ޕްލީޒް ހެލްޕް މީ” ޒެއިން އާދޭސް ކުރަންފެށިއެވެ.

“އިތުރަށް ތިކަމުގަ އަހަރެންނަށް ކޮށްދެވޭނެ ކަމެއް  ނެތެއްނު” ހިތްހަމަ ނުޖެހުނު ކަމުގައި ވީ ނަމަވެސް މީރާން ބުންޏެވެ.

“އެލީ މީރާން ގާތު އޭނަ ދިޔަ ތަނެއް ބުނި ތަ؟” އަޒަލްގެ މައުލޫމާތެއް ލިބޭތޯ ޒެއިން ސުވާލު ކޮށްލިއެވެ.

“ތިގޭގަ އުޅެން ފޫހިވާތީ ގެއަށް ދަނީ އޭ ބުނެފަ މެސެޖް ކުރީ. އަހަރެން މިއުޅެނީ އާނާ ތިކޮޅަށް ފޮނުވަން. އެލީ އެކަނި ހުންނާކަށް އަހަރެން ބޭނުމެއް ނޫން” މީރާންގެ ޖަވާބުން ޒެއިން ހައިރާން ވިއެވެ. ދެން އީވާ އެދައްކަނީ ކޮން އަޒަލްއެއްގެ ވާހަކަ އެއް ހެއްޔެވެ.

“ދެން އިވީ އެ ބުނީ ކޮން އަޒަލް…؟؟؟” ޒެއިން އަށް މަޑުމަޑުން ކިޔައިލެވުނު ޖުމްލަ މީރާން އަށް އަޑު އިވުނެވެ.

“ވަޓް؟؟؟ އެލީ ދިޔައީ އެޒިލް ކައިރިއަށް ތަ؟” މީރާން ދެ ބުމަ ގޮށްޖަހައިގެން އިނދެ އަހައިލީ ފުދޭވަރަކަށް ބާރަށެވެ.

“މީރާން އަށް އިނގޭތަ؟ އެއީ އެލީގެ ހާފް ބްރަދާ އެކޯ. އަޒަލް އެކޯ ކިޔަނީ އިވީ ބުނީ” ޒެއިން އަވަސް އަވަހަށް މީރާން އަށް ބުންޏެވެ.

“ކޮން އަޒަލްއެއް ތަ؟ އަޒަލް އެއް ނޫން، އެޒިލް އޭނަ އަށް ކިޔާނީ.. އެލީ ހަމަ ރަނގަޅަށް ވެސް އެ ފިރެހެނާ ކައިރިއަށްތަ ދިޔައީ؟” ހާސް ކަމާއި ރުޅިވެރި ކަމާއި އެކު މީރާން ސުވާލުކޮށްލިއެވެ.

“ހޫމް.” ޒެއިން ބޯ ޖަހައިލަމުން ބުންޏެވެ.

“މަށަށް ކަމެއް ކޮށްދެންޏާ އެލީ ގާތަށް ގޮސް އޭނަ ގޮވައިގެން އާދޭ. އަންނަން ދެކޮޅު ހަދައިފިއްޔާ ބުނޭ އަހަރެން ބުންޏޭ އެލީ ނައިސްފިއްޔާ މަގޭ މަތިން ހަނދާން ނައްތާލާށޭ” މީރާން އައިސްފައި ހުރި ރުޅީގައި ފުންނޭވާތަކެއް ލަމުން ބުންޏެވެ.

“އެޒިލް އެއް ކިޔަނީ ލިލިއަން ގެ އެކްސް އަށްވެސް. އަނެއްކާ.. މީރާން ކީއްވެތަ އެއީ އެލީގެ ބޭބެއެއް ވިއްޔާ އެހައި ރުޅި އަންނަނީ؟” ޒެއިން އަށް ކެތް ނުވެގެން އަހައިލިއެވެ.

“އެ ވާހަކަ ފަހުން ކިޔައިދޭނަން. މިހާރު ދޭބަލަ” މީރާން އެޑްރެސް ބުނުމުން ޒެއިން ކޯލް އޮފް ކޮށްލަމުން ގޮނޑީގައި ހަމަ ޖެހިލަމުން ވިސްނަންފެށިއެވެ. މި ރާއްޖޭގައި އުޅޭނީ އެޒިލް ކިޔާ އެންމެ މީހެއް ނޫން ތާއެވެ. ނަމަ ވެސް އެ އެޒިލް އަކީ ލިލިއަންގެ އެޒިލް އަށް ވުމަށް އެދި ޒެއިން ދުއާ ކުރިއެވެ. ނަމަވެސް ލިލިއަންގެ އެޒިލްގެ ފޮޓޯއެއްހާ ހިސާބުވެސް ޒެއިން އަތަކު ނެތެވެ.

އެލީން ސޯފާގައި ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިންދާ މިލީނާ އައިސް އިށީން އިރު އަތުގައި ކެޝޫނަޓް ތައްޓެއް އޮތެވެ.

“ކަލޭ މިގެއަށް އައީ ކީއް ކުރަން؟” މިލީނާ ގެ ބަސްމަގު ހުންނަ ގޮތުން އެލީން ކިތަންމެ ފޫހިވިޔަސް ހިނިތުން ވާން މަސައްކަތް ކުރިއެވެ.

“ބޭބެ މެލޭޝިއާ ގަ ވީ. އެހެންވެ އެކަނި ގޭގަ ހުންނަން ނުކެރޭތީ” އެލީން ދިން ޖަވާބުން މިލީނާ ހޭންފެށީ ނުލަފާ ގޮތަކަށެވެ. އެޒިލް ގޭގައި ނެތުމުން މިލީނާ އިނީ ވަރަށް ހަމަ ޖެހިފައެެވެ.

“އަހަރެން ބަނޑުބޮޑު ވާހަކަ އެޒިލް އެއް ނުބުނޭ ދޯ؟” އެލީން ބޯހޫރައިލީ އެޒިލް މިލީނާ އާ ބެހޭ ވަރަށް ގިނަ ވާހަކަ އެލީން އަށް ކިޔައިދީފައި ވާތީއެވެ.

“ބޭބެ ބުނި. ޑިވޯޒް ކުރަން އުޅުން ވާހަކަ ވެސް ބުނި” އެލީން ގެ އެ ޖުމްލައިން ހީވީ މިލީނާގެ މޫނު މަތީގައި މީހަކަ ޖެހިހެނެވެ.

“ދެޓް ސަން އޮފް އަ…” މިލީނާގެ އެ ޖުމްލައިން އެލީން އަށް ކެތް ކުރަން ދަތިވިއެވެ.

“އަހަރެންގެ ބޭބެއާ ތި ގޮތަށް މުހާތަބު ނުކުރައްޗޭ. ހީ އިސް ސޯ ކައިންޑް. އެންޑް ޔޫ ޑޯންޓް ޑިޒާވް ހިމް، ތި ހާލުގަ އިންދަ ވަރި ނުކޮށް ބެހެއްޓި ކަމަށްޓަކައިވެސް ޝުކުރު ކޮށްބަލަ. ތިކަހަލަ އަންހެނުންގެ ސަބަބުން…އާގްގް.. ޖަސްޓް ޑިސްގަސްޓިންގް” މިލީނާ އަނގައިން ނުބުނެ ފާޑަކަށް އެލީންގެ މޫނަށް ބަލަން އިންދާ އެލީން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ޒެއިން ގެ ސަބަބުން ވެފައި ހުރި ދެރަ ރުޅިވެރިކަން އިހްތިޔާރު ކުރުމުން އޭނާ އަށް އަމިއްލަ ހައްދުންވެސް ބޭރު ވެވިއްޖެއެވެ. އެޒިލް ކިޔައިދިން ވާހަކަ ތަކުން މިލީނާ ގެ ނުބައިކަން ހާމަ ވިޔަސް އެގޮތަށް މިލީނާ އާ ވާހަކަ ދެއްކުމުގެ ހައްގެއް އެލީން އަށް އޮތް ކަމަކަށް އޭނާގެ އަމިއްލަ ޒަމީރުވެސް ގަބޫލެއް ނުކުރެއެވެ. އެހެން ކަމުން އިރުކޮޅަކު ވިސްނުމަށްފަހުގައި ކޮޓަރިން ނުކުތީ މިލީނާ ގާތުން މާފަށް އެދެން ދާށެވެ.

އެލީންގެ އެ ކެރޭކަން މިލީނާއަށް ދައްކައިލުމުން އެ ހިތް ރުޅިވެރިކަމުން އަނދަން ފެށިއެވެ. ކޮޓަރިއަށް ގޮސް ބެލްކަންޏަށް ނުކުތް އިރު ވެސްމިލީނާ ެ ތުރުތުރު އަޅައެވެ. އަތުގައި އޮތް ފޯނު ނަގަމުން ނަމްބަރަކަށް ޑައިލް ކޮށްލިއެވެ.

“އަހަރެން ބުނި ކަންތައް ކަލެއަކަށް އަދިވެސް ނުވޭ ދޯ…… އަހަރުމެން ދެމީހުންގެ ގުޅުމުގެ ވާހަކަ އެއްވެސް މީހެއް ގާތު ދައްކާކަށް އެޒިލް ފަހަކަށް ނުޖެހޭ……. މި ބޭބީ އަކީ އޭނަގެ ދަރިއެއްކަން ސާބިތު ކުރަން ނަކްލީ ޑީ.އެން.އޭ ރިޕޯޓެއް ހައްދާށޭ….. ކަލޭ ތީ ޑޮކްޓަރެއް…. ކީއްވެތަ ނުވާންވީ…” މިލީނާ ރުޅިއައިސް ރަތްވެފައި ހުރެ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. އެ ވާހަކަ ތައް އަޑު އިވިފައި އެލީން ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. އެއީ ހަމަ ހަގީގަތުގައި ވެސް މިލީނާގެ ފެންވަރު ހެއްޔެވެ؟ އެޒިލް އާއި މެދު އެލީންގެ ހިތްަ ހަމްދަރުދީ އިން ފުރިގެން ދިޔައެވެ. އެ ކޮޓަރީގައި މަޑު ކޮށްގެން ހުއްޓާ މިލީނާ އަށް ފެނިދާނެތީ އެލީން އަވަސްވެގަތީ އެތަނުން ނުކުތުމަށެވެ.

ސިޓިންގް ރޫމް ސޯފާގައި އިށީނދެވުން އިރު އެލީން ގެ ބޮލުގައި ވަރަށް ގަދަ އަށް ރިއްސައެވެ. މިލީނާގެ ރޭވުން އޭނާ އެޒިލް އަށް ކިޔައިދޭންވީ ބާއެވެ؟  ނޫނީ އެ މައުސޫމު ފުރާނައަށް ޓަކައި އެޒިލް އަށް އެކަން ސިއްރު ކޮށްގެން ހުންނަންވީ ހެއްޔެވެ؟

ޒެއިން ދިޔަ އިރު ލިލިއަން ތައްޔާރުވެލައިގެން އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ކާރަށް އަރަމުން ލިލިއަން ހިނިތުން ވެލިއެވެ.

“މި ދާ ތަނެއް ހަމ ނުބުނެވޭނެ ތަ؟” ލިލިއަން އަހައިލިއެވެ.

“ހޫމްމް. އިޓްސް އަ ސަޕްރައިޒް.” ޒެއިން ހީލަމުން ލިލިއަން އަށް ބުނެލިއެވެ.

“އަސްލު ތެދަށް ބުނަންޏާ އައި ޑޯންޓް ލައިކް ސަޕްރައިޒެސް.” އިރުކޮޅެއްގެ ހަމަ ހިމޭންކަމަށް ފަހުގައި ލިލިއަން އިއްވައިލިއެވެ.

“މީ ތި ހީކުރާ ކަހަލަ ސަޕްރައިޒް އެއް ނޫނޭ. ޓްރަސްޓް މީ.” ޒެއިން ގެ ބަހަށް ބޯޖަހައިލަމުން ސީޓުގައި ލިލިއަން ހަމަ ޖެހިލިއެވެ.

މިލީނާ ކާ ހިތުން އުޅޭ ބައެއް އެއްޗިހި ގަނެލައިގެން އެޒިލް ގެއަށް އައި އިރު އެލީން ވިސްނުމަކަށް ގެއްލިފައި ސޯފާ ގައި އިންތަން ފެނުނެވެ. އެހެން ކަމުން އަތުގައި ހުރި ކޮތަޅުތައް މޭޒު މައްޗަށް ދޫ ކޮށްލުމަށް ފަހުގައި ގޮސް އެލީން ގެ ކުރިމަތީ އިށީނެވެ.

“އެވްރީ ތިންގް އޯކޭ؟” އެޒިލް އިށީންކަން ނޭނގި އިން އެލީން އަށް ވީ ގޮތް ފެނި އެޒިލް ގާތަށް ކުޑަކޮށް ހިނިއަންނަގޮތް ވިއެވެ.

“ހޫމް..ކޮންތާކުން ތި އައީ؟” ހަމަޖެހެން މަސައްކަތް ކުރަމުން އެލީން ވާހަކަ ދެއްކިއެވެ.

“މިލީނާ ދެކެ ކިތަންމެ ހިތަހަމަ ނުޖެހުނަސް މިހާރު އޭނަ އޭނދީ ބޭބެގެ ދަރިއަކަށް ޕްރެގް ވެފަ. އެހެން ވީމަ ރަނގަޅުއެއްޗިހި ކާންދޭން ވާނެއެއްނު. މިއައީ ޝޮޕިންގް އަކަށް ގޮއްސަ.” އެޒިލް ހިނިތުންވެލައިގެން އިންނަ އިރުވެސް އެ ހިނިތުންވުން ލޮލާއި ހަމައަކަށް ނުފޯރައެވެ.

“ބޭބެ ހާދަ ރަނގަޅޭ.. ޔޫ ޑިޒާވް އެވްރީ ހެޕިނެސް” އެލީން ގެ ޖުމްލައިން އެޒިލް ބޯ ޖަހައިލިއެވެ.

“ހީ ނުކުރާ ގޮތަށް ހުރިހައި ކަމެއް ވެގެން ދަނީ. އެހެން ނޫންނަމަ ބޭބެ އަށް ވެސް ބޭބެގެ ލޯބި ލިބުނީސް” އެޒިލްގެ އެ ޖުމްލައިން އެލީން އަށް ބަލައިލެވުނީ ކީކޭ ހޭ އަހައިިލާ ފަދަ ގޮތަކަށެވެ.

“މިލީނާގެ ކަންތައް ފަޅާ އެރުމުން ބޭބެ ވެސް އެހެން ކުއްޖަކާ އެކީ ރިލޭޝަން އަކަށް ދިޔައިން. ވަރަށް ވަރަށް ލޯބިވެސް ވޭ. އެކަމު ޑިވޯޒް ކުރަން އުޅެނިކޮށް މިލީނާ ޕްރެގްވީމަ ބޭބީ އަށް ޓަަކައި ބޭބެ އެ އަންހެން ކުއްޖާ ދޫ ކޮށްލީ” އެޒިލްގެ ލޯ ފެންކަޅިވި މަންޒަރު ފެނުމުން އެލީން ދެންމެ އިވުން ވާހަކަ ތައް ކިޔައިދޭ ހިތް ވިއެވެ. ނަމަވެސް އެ ހިތްވަރެއް ނުލިބުނެވެ.

“އެކުއްޖާގެ ނަމަކީ ކޮބާތަ؟” ޝައުޤުވެރިކަމާއި އެކު އެލީން އަހައިލިއެވެ.

“ލި..” އެހައި ހަމައަށް ބުނެވުމާއި އެކު ދޮރުގައި މީހަކު ޓަކި ޖަހހައިލި އަޑު އިވުނެވެ. އެޒިލް ތެދުވުމުގެ ކުރިން އެލީން ތެދުވެގެން ގޮސް ދޮރު ހުޅުވައިލި އިރު ފެނުނު މޫނަކުން މެއަށް ފިނިވެގެން ދިޔައެވެ.

“ފައިނަލީ އައި ފައުންޑް ޔޫ” ޒެއިންެ ހިނިތުންވެލިއިރު އެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް ވެސް ފާޅުވިއެވެ. ޒެއިން ގާތު ހިނިތުން ވެލައިގެން ހުރީ ލިލިއަން ކަން އެލީން ނަަގައިގަތެވެ.

“ކީއްކުރަން ތި އައީ؟” ހިތަށް ވަމުން ދިޔަ ގޮތް ތައް ފޮރުވަން މަސައްކަތް ކުރަމުން އެލީން އަހައިލިއެވެ.

“އަހަރެން އެތެރެ އަށް ވައްދަބަލަ. އެހެން ނޫނީ މަންޒަރު މާކަ ރީއްޗެއް ނުވާނެ އިނގޭ” ޒެއިން ގެ އަޑުގައި ވަނީ  އިންޒާރެވެ.

އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ އެލީން ފުރަގަސް ދެމުން ހިނގައިގަތީ ދޮރު ހުޅުވާފައެވެ. ކާމިޔާބުގެ ހިނިތުން ވުމަކާއިއެކު ޒެއިން އެތެރެ އަށް ވަދެގެން ހިނގައިގަތެވެ. ލިލިއަން ވެސް އެކި ދިމަދިމާލަށް ނަޒަރު ހިންގަމުން ޒެއިންގެ ފަހަތުން ގޮސް އެތެރެ އަށް ވަނެވެ.

އެލީންގެ ފަހަތުން ޒެއިން އާއި ލިލިއަން ގޮސް ސިޓިންގް ރޫމަށް ވަނެވެ.

“ބޭބޭ.. ” ފުރަގަސް ދީގެން އިން އެޒިލް އަށް އެލީން ގޮވައިލުމުން ތެދުވެ އެމީހުނަށް ކުރިމަތިލި އިރު އެ ތުންފަތް މަތީ ވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ޒެއިން ގާތު ހުރި ލިލިއަން ފެނިފައެވެ. ލިލިއަން ގެ މޫނުމަތިން ވެސް ހައިރާން ކަން ފެނިގެން ދިއުމުން ޒެއިން އަށް އެއީ އޭނާ ހޯދަމުން ދާ އެޒިލް ކަން ގާތްގަނޑަކަށް ޔަގީން ވިއެެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ވާލޯބި އެނގޭނަމަ… 15

Next

ތާޝާ (16ވަނަ ބައި)

Next
November 16, 2016

ތާޝާ (16ވަނަ ބައި)

Previews
November 16, 2016

ވާލޯބި އެނގޭނަމަ… 15

67 Comments!

  1. shooty says:
    November 16, 2016 at 5:16 pm

    v bodah sorry.. mi ep v v v haalun mi upload kurevuny.. alhuganduge computer niveythy… kuriah huri bai thah genesdheweyny comp repair kurumah fahugai kamah vvv hithaama aai eku dhannavan.. vvvvvv bodah sorry.. I feel awful.. those who understand the situation please wait patiently for the next episode.. inasha allah weekeh therey up kodheveytho balaanan. I am sorry.. And yes mistakes huredhaane. ae v gina faharu comp nivumuge sababun alhugandu recheck nukoh avahah mi upkohlly… Please read and comment … I love you all.. keep waiting..???? ???

  2. Feelings says:
    November 16, 2016 at 5:20 pm

    Alhe dhen kihineii baa vani.. Alhe avahah up kohladhyba shooty..??

  3. LOL says:
    November 16, 2016 at 5:30 pm

    mi part vx v salhi.. will wait for next episode..

  4. Xaa says:
    November 16, 2016 at 5:35 pm

    Alhe v interesting hisaabakun thi nimmaaly..avahah upkohdhehchey..can hardly wait…n vaahaka v reethi ngey

  5. Axee says:
    November 16, 2016 at 5:35 pm

    Its ok shooty……readers vill surely understand..dnt upset.ok?☺☺…next part v v v salhivaane kan yagyn….waitin waitin waitin……

  6. Mishu says:
    November 16, 2016 at 5:36 pm

    Yeyy.. first me..
    Alhey varah reethi.. kn irakun next part..
    Avahah update kohdhehchey.
    ??

  7. shelly says:
    November 16, 2016 at 5:38 pm

    shhoty boroow ehen meehehge lap eh konme gothakunviyas avahah up kohdheythee i understand varah reethi love you

  8. candycane says:
    November 16, 2016 at 5:41 pm

    V kuru mi part. Comp repair kurandhen keb kuran v dhathivAANE avahah up kohdhibaaaaaa

  9. Appy says:
    November 16, 2016 at 5:42 pm

    V v rythi mibai vx dhn in part vx avaskohlahchey. ..lov ur storyx ??

  10. shooty says:
    November 16, 2016 at 5:42 pm

    I have a lap but esfiya ah login vaa password jehyma arany error.. I will try my best ingey guyss.. I will try to solve that problem.. ?

  11. Dhondhooni says:
    November 16, 2016 at 5:52 pm

    v nice..haadha dheraey dhw thiveegoii waitig waitig…

  12. xaf says:
    November 16, 2016 at 6:01 pm

    wow….. haadha salhieh mibai vex….
    eagerly waitin for the nxt prt….
    shooty u r the best….

  13. Navya says:
    November 16, 2016 at 6:07 pm

    V reethi mi partves.. comp hedhunuhaa avahakah up kurahchey…thnx shootyyy ❤ ❤

  14. Amath says:
    November 16, 2016 at 6:11 pm

    Alhe dhn vaanee kihinehbaa. Avaha comp repair kurachey. Waiting waiting avaha upload kuraathi. Dhn kantha vaanee kihinehbaa ?? Shooty plxxxx avaha upload kuraathi

  15. shenax says:
    November 16, 2016 at 6:24 pm

    Mi part vess v v v reethi..waiting for next part……

  16. faidhaS says:
    November 16, 2016 at 6:51 pm

    waiying 4 next part,vvv reethi

  17. Ashvy says:
    November 16, 2016 at 7:09 pm

    Alhey enme interesting hisaabun haadha sad news eh thidhiny.. dhn mifaharu kehkohlaanee dho?

  18. Aishath Aishath Musavvira says:
    November 16, 2016 at 7:37 pm

    thi vy goi varah dhera ?

  19. Mar Sha Marsha says:
    November 16, 2016 at 7:58 pm

    Will wait for the story

  20. Mar Sha Marsha says:
    November 16, 2016 at 7:58 pm

    Will wait for the story… vvv nice

  21. Anonymous says:
    November 16, 2016 at 8:11 pm

    V salhi

  22. Khajja says:
    November 16, 2016 at 8:36 pm

    Wow v rythi ekam kykkuraany thioh v gotheh dhw phone inves liyeve ennu but waiting

  23. Nish says:
    November 16, 2016 at 10:08 pm

    Wow…. intresting….oh shooty cant wait… plz

  24. Aishu says:
    November 16, 2016 at 10:28 pm

    Wow……
    Kobatha marsha ge neyngeyhe haadha loabivey story? Story up nukoh ehen kudhin liya storiee koyaafa thi comment kurany dho

    1. Mar Sha Marsha says:
      November 16, 2016 at 11:08 pm

      E story ninmaifin mihaaru… ☺☺

    2. shooty says:
      November 16, 2016 at 11:43 pm

      alhe e story nimijje ey aishu.. ???

    3. Nish says:
      November 17, 2016 at 12:06 am

      Saabas Aishu! Evaahaka nimun fahun kon dhuvaheh

    4. Sanii says:
      November 17, 2016 at 12:49 pm

      LOL .. hama hevenii..

  25. Me says:
    November 16, 2016 at 10:37 pm

    Wow

  26. sonaalee says:
    November 16, 2016 at 10:56 pm

    Alhey haadha dhigu inthixaareh kuraashey dw mi jehuny. Mi story haadha reehchey. .v v v inthixaarukuraa vaahakaeh mee.

  27. me says:
    November 16, 2016 at 11:59 pm

    story v furihama, will wait

  28. sumii says:
    November 17, 2016 at 12:47 am

    Mi stry kiyann feshi mi adhi mirey, cant wait, v v v rythi stry ae mi, shuha thi hama gellifa huri thari ae, hithah araa skul ga ulhunn iru kivvebaa a, mi haarythi vahaka thah, skul mubaraii thakuga nufenunii, stry v nice, hope u knw me, keep it up ???

  29. anjee says:
    November 17, 2016 at 8:47 am

    itx owkey stry lahun up viyas….i can understand shooty…will wait for nxt part….story v cute…..shooty is the best……

  30. Shahittey says:
    November 17, 2016 at 6:52 pm

    V v v reethi. Masha allah

  31. shain says:
    November 17, 2016 at 6:54 pm

    Ya Summi I totally agree with u..vaahaka thah hama superb..Furathma vaahaka kiyan feshi iru neyngey rashu kujjeh kameh.. Mashaa Allah…vaahaka liyumuge fannu ebahuri vara rangalha..keep it up Suhaa… waiting 4 the next part…???

  32. Leen says:
    November 19, 2016 at 9:06 am

    Shooty Alhe adhivx lap nuhedheytha??? ??? leen miulheny thi story kiyaahithunn…. nd miss you shooty ❤️ Gws for your lap ????

  33. Pop says:
    November 20, 2016 at 9:38 pm

    Waiting eagerly… Thy enme trust kurevey writer

  34. Xaan says:
    November 20, 2016 at 9:52 pm

    Koba vaahaka haadha lasvehjeyey

  35. heart patient says:
    November 21, 2016 at 7:37 am

    Shooty lap okay ehnun. dhn esfiya login password rangalhu nooniyyaa please call the admin of esfiya. i am sure they will fix it for you. please please please. mibuni gothah try nukohffiyyaa i will consider thee kommehen mivaahaka continue kuran evarakun ulhey meeheh nooney plus thee vaahaka nuliyan dhakkaa bahanaa ekey. okay

  36. asy says:
    November 21, 2016 at 3:40 pm

    Alhey up kohbal hardly waiting.

  37. Fatima says:
    November 21, 2016 at 4:30 pm

    Shooty how are ? Waiting waiting pls try to upload . Lots of love

  38. Shiya says:
    November 22, 2016 at 12:07 am

    Waiting ?

  39. Foohi says:
    November 22, 2016 at 11:19 am

    Coment thakah reply kobbala eirun v happy vaann??????

  40. muxoo says:
    November 22, 2016 at 7:30 pm

    Story haadha slow ey mihaaru waiting ga hun nathaa weekeh mivanee please avahah up kohdheeba

  41. Yaya says:
    November 24, 2016 at 12:07 am

    I really hope to see the next part as soon as your comp gets fixed..komm dhuvahaku thin hatharu faharu check ves kuran nxt part upload vitho balan .. if your computer doesn’t get fixed try to find another solution to this problem..

  42. Baby says:
    November 26, 2016 at 7:46 pm

    Yaya u r maya?

  43. Mary says:
    November 27, 2016 at 8:28 am

    Waiting 4 the next part….

  44. zulfigzzru says:
    November 27, 2016 at 6:38 pm

    story liyan fahtaane varah vefa. nuvaavaruge kan kan kuran moyain nuoolheba shooty dhen dhey theli dhohnah…

    1. Maari says:
      November 30, 2016 at 11:06 pm

      How rude in dat.. Thi varu va myhun story nukiyany how could you say dat to her!! She informs us if anything happens unlike other writers.. she also upload daily.

  45. Mary says:
    November 28, 2016 at 10:34 pm

    Alhe enme reethi hisaabah gengossa huhtaalee tha?

  46. Anonymous says:
    November 29, 2016 at 11:20 am

    Shooty, flower, liaa, layaal mi meehun liyaa cahslatha kobaaaa mihaaru keeh up nukuranrr, atleasr rrason buneema nimunee

  47. Naanu says:
    November 29, 2016 at 11:28 am

    Shooty adhives comp repaire nuvaneetha?
    now 2 weeks vany story up nukurathyy
    Pls pls pls???????

  48. Eyna says:
    November 29, 2016 at 2:31 pm

    Kbr thr vaahaka…

  49. shooty says:
    November 29, 2016 at 7:48 pm

    Varah bodah maafah edhen alhugandu ge story delay vamun dhaathy… now my computer is fixed and some episodes are also finished.. bu i dont have internet package..so i will start publishing from next month insha allah… i will complete this story asap… writing is my hobby.. so i will keep writing ingey.. comment thakah ves reply nukureveny ehnvegen aslu.. me sis eh ge in hama vee goi angaaln mi comment kohlly.. please keep waiting ingey…. maybe dhn kiyaalan libeyny story ehkoh.. i am trying on it…love you all an vaahaka upload veytho balaa kudhinnah v boadah thanks.. and onceagain sorry…

    1. Luba says:
      November 30, 2016 at 2:01 am

      Wow shooty.. Shooty haadha rangalhey.. Shooty vaa myhun comments thakah ryply kurey viyya..

    2. fetu says:
      November 30, 2016 at 9:28 pm

      ur the best

    3. heart patient says:
      December 5, 2016 at 8:27 am

      hus dhogu. shooty, you said lap in esfiya ah login vaan ulhuneemaves arany error ey dho. dhn mihaaru kihineh ehen ehchakun online thi vee? all lame excuses. i dont believe this.

  50. Inu says:
    November 30, 2016 at 9:36 pm

    Love you darla ❤

  51. Maari says:
    November 30, 2016 at 11:02 pm

    Thankx shooty.. For some time I thought you have also stopped uploading by giving some excuse.. Bt still my heart was arguing me to not think like dat and to trust you which made me check upon thz page tonight nd finally I found out the reason.. I am so sorry shooty for not trusting you.. You are a great writer.
    Love you girl.. We are waiting eagerly for the next part.. Alright.. Miss ur writing..

  52. Mari says:
    December 1, 2016 at 6:28 pm

    Hama inthizaaru mikuranee….???

  53. Flower says:
    December 3, 2016 at 10:17 am

    Haadha inthizaarekey thikuruvany shootyy????

  54. Luba says:
    December 3, 2016 at 11:30 pm

    Inthizaarah nimunn annaany koniraku ho

  55. Mary says:
    December 5, 2016 at 8:29 am

    Avahah up kohdheebala alhe

  56. nonnx says:
    December 5, 2016 at 2:58 pm

    dhen nugenesdhenytha mi story..haadha dhuvaheh vjje inthizaar kuraatha???

  57. Aisho says:
    December 5, 2016 at 9:07 pm

    Kobaa mi mas ves mi feshunee

  58. Luba says:
    December 6, 2016 at 12:41 am

    Kobaahey mivaahaka

  59. blue ? says:
    December 6, 2016 at 1:27 am

    shooty e buny internet package nei vaahaka dhw.. varehge baeh sahaadheh.. ekujja ah ves package libunyma dhw upload kohdheceyny. enmenakee rich baeh noon.. so be patience.

Comments are closed.

Next Episodeހިތް ބޭނުމޭ..13←


All Right Reserved!