Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ވާލޯބި އެނގޭނަމަ… 15

Ushaali Level 810 Stories100 Comments100 Stories500 Comments
November 16, 2016 12 Mins Read
17 Comments

“ހަމަ އަސްލަށް ވެސް ލައި ބަނޑުބޮޑުވީ ހެއްޔެވެ؟ ލޫކް ގެ ހިތުގައި ވަރަށް ބޮޑަށް ޖެހި ދެލޯ ފެންކަޅިވިއެވެ. މޫނުމަތިން އަސަރެއް ނުފެނުނެއް ކަމަކު ހިތް ރޮނީއެވެ. އަހަރެންނަކީ ކިހާ ބަދުނަސީބު އިންސާނެއް ހެއްޔެވެ؟ ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ތެދުވެރި ލޯބި ނުލިބި އުޅެނިކޮށް މި ދިމާވީ ކިހާ ހިތާމަވެރި ގޮތެއް ހެއްޔެވެ؟ އުއްމީދުގެ ހުޅުކޮޅެއް ރޯވަމުން ދިޔަ ވަގުތު މިވީ ކިހިނެއް ހެއްޔެވެ؟ މިވީ ގޮތުން ލައި މުޅި އުމުރަށް ގެއްލުނީއެވެ. ޝަރީފާ އެއްޗެކޭ ހީކޮށްފާނެތީ ކުޑަގޮތަކަށް ކައިގެން ލޫކް އަވަސް އަވަހަށް ބޭރަށް ނިކުތެވެ. އަލްޔާ އައިސް ހުއްޓުނު އިރު ލޫކް ނިކުންނަނީއެވެ.

އެދިޔަ ގޮތަށް ލޫކް މަޑުޖެހުނީ ކޮޓަރި އަށް ވަދެފައެވެ. ހިތަށް ކެތްނުކުރެވި ރޯންފެށުމުން ކޮންމެސް ވަރެއްގެ ލުޔެއް ވިއެވެ. އަލްޔާ މަތިން ހަނދާންނެތޭތޯ ދުޢާ ކޮށްލެވުނެވެ. މި ދަނޑިވަޅުގައި ކުޑަމަނިކެ އަށް ގުޅާކަށް ލޫކް ބޭނުމެއް ނުވިއެވެ. ލޫކް ބޭނުންވަނީ ހިތްހަމަޖެހެން ދެން ރޯލާށެވެ.

މިރެއަކީ މިގޭގައި ލޫކް ހޭދަކުރާނެ އެންމެފަހު ރެއަށް ވާތީ މިރޭ ބާއްވާ ބާބަކިއު ގައި ބައިވެރިވާންވާނެ ކަމުގައި ޝައިމް އޮތީ ލޫކް ކައިރީގައި ބުނެފައެވެ. އެހެންކަމުން ލޫކް ބޭނުންވަނީ އޭގެ ކުރިން މީހާ ހަމައަކަށް އެޅި ނިދާލާށެވެ. ދެލޯ މަރާލައިގެން އޮތްއިރު ހަށިގަނޑު ލޮޑުވެ ނިދެން ފެށުނެވެ. އޭރުވެސް ލޫކް ގެ ހިތުގައި އަލްޔާ ސޫރަ ނޫނީ އެހެން ސޫރައެއް ނުވޭއެވެ.

ހެނދުނު އަށެއް ޖެހިއިރު ސްކޫލްގެ އިސްވެރިންނާއި އަލްޔާ އަދި ޝައިމް ގެ އިތުރުން ޕޮލިސް ސްޓޭޝަނުގެ އިސްވެރިން ލޫކް ފުރުވާލުމަށްޓަކައި ބަނދަރުމަތީގައި ތިއްބެވެ. ލޯންޗު ނައްޓާލިއިރު ވެސް އަލްޔާ ލޫކަށް ބަލާނުލާކަން ލޫކް ފާހަގަކުރިއެވެ. ލޫކް އަލްޔާ އާއި މެދު އަމަލު ކުރި ގޮތަށް އަލްޔާ ވެސް އަމަލު ކުރުމުން ލޫކް ވަރަށް ބޮޑަށް ދެރަވިިއެވެ.

އަވި އައިނު މަތިން ލޫކް ކިތަންމެ ވަރަކަށް ވެސް އަލްޔާ އަށް ބެލިއެވެ. އެހިތް ފުރެންދެން ބެލިއެވެ. އަލްޔާ އެހާ ކައިރީގައި އުޅެފައި އަނެއްކާ ވެސް ވަކިވާންޖެހުމުން އެހިތަށް ވަނީ ލައްކަ އަސަރުކޮށްފައެވެ. ފުރައިގެން ދަނީ ދާހިތަކުން ނޫނެވެ. ނަމަވެސް ލޫކް މަޑުކުރާނީ ކޮން ބަހަނާއެއްގަ ހެއްޔެވެ؟

ނެރުން ނުކުމެގެން ކަނޑުގެ ބާރުގަދަ ބާނިތައް ކަފަމުން ކުރިއަށް ދިޔަ ލޯންޗަށް ނުބަލަން ހިތްވަރު ކުރަމުން ދިޔަ އަލްޔާ އިސްއުފުލާ ބަލާލިއެވެ. ލޯންޗު ކޮޅުގައި ހުރި ލޫކް ފެނި އަލްޔާ އަށް ހީވީ ހިތުގައި މީހަކު ހިފާ ފިތައިގަތް ހެންނެވެ. އަލްޔާ އަށް ބަލަން ލޫކް ވެސް ހުރީ އައިނު ބޯމައްޗާއި ހަމައަށް އުފުލާލައިގެންނެވެ.

ހާދަ ހިއްދަތި ވަގުތުކޮޅެކެވެ. ދެލޯބިވެރިންނަށް ދިމާވެފައި މިވަނީ ކޮންފަދަ ހިތްދަތި ގޮތެއް ހެއްޔެވެ؟ މިއީ އިންސާފެއް ހެއްޔެވެ؟ ލޯންޗު ގޮސް ލޮލުގެ ކޮޅަށް ގެއްލުމުން އަލްޔާ އަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ރޮއެގަނެވުނު އިރު އަޑުވެސް ނިކުމެއްޖެއެވެ. ކައިރީގައި ހުރި ޝައިމް އަލްޔާ އަށް ބަލާލީ ސިހިފައެވެ. އަލްޔާ އަދި އެގޮތަށް ރޮނިކޮށް ޝައިމް އަށް ފެނިފައެއް ނުވެއެވެ. އެހެންމީހުން އެމީހެއްގެ މަންޒިލަކަށް ދާން ހިނގައިގަތުމުން ޝައިމް ރޮވިފައިވާ އަލްޔާގެ ދަތްދޮޅިދަށަށް އިނގިލި ލައްވާލާ މޫނު އުފުލާލިއެވެ.

“ކިހިނެއްވީ” ޝައިމް ކަންބޮޑުވެފައި ސުވާލުކުރިއެވެ. އަލްޔާ އަށް ހޭވެރިކަންވީ އެވަގުތުއެވެ. ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ މީކީ ރަނގަޅު ގޮތެއް ނޫނެވެ. ލޫކަށްޓަކައި ކަރުނަ އޮހޮރަންވީ ކީއްވެހެއްޔެވެ؟ އެވެސް ކައިރީގައި ވަފާތެރި ފިރިމީހާ ހުއްޓައެވެ.  “ނޭނގެ. އެގޮތަށް ލޯންޗު ދާތަން ފެނުނީމަ މަންމަމެން ފުރި ދުވަސް މަތިން ހަނދާންވީ”  އަލްޔާ ދެލޯ ފޮހެލަމުން ބުނެލިއެވެ. ހީލުމަށްފަހު އަލްޔާގެ ކަރުނަތައް ޝައިމް ފޮހެދިނީ ލޯބިންނެވެ.

ހަލުވި މިނުގައި ދުވަހަކަށް ވުރެ ދުވަހެއް ފާއިތުވަމުން ދިޔަސް އަލްޔާގެ ހިތުގައި ލޫކަށްޓަކައި އުފެދިފައިވާ ލޯތްބަށް ގުޑުމެއް ވެސް އަރާނުލައެވެ. ވާނީވެސް އެހެންތާއެވެ. ލޫކަކީ އަލްޔާގެ ހަޔާތުގައި އެންމެ ފުރަތަމަ ލޯބިވި އިންސާނާއެވެ. ލޯބީގެ ފުރަތަމަ ހަދިޔާ ވެސް އަލްޔާ އަށް ލިބިފައިވަނީ ލޫކް ގެ ފަރާތުންނެވެ. ޝައިމް އާއި އަލްޔާ އޮތް ގުޅުމަށް ވުރެ މާ ވަރުގަދަ ގުޅުމެއް ލޫކާއި މެދު ވެޔޭ ވެސް ބައެއް ފަހަރު އަލްޔާ ހިތަށް އަރައެވެ. ލޫކް މަތިން ހަނދާންވަނީ ވެސް އެހާ ވަރަށެވެ.

ކައިވެނީގެ ބޮޑު އަލްބަމް ހިފައިގެން އެނދުމަތީގައި އިން އަލްޔާ ފެނު ފޮޓޯއަކުން މާބޮޑަށް ލޫކް މަތިން ހަނދާންވެ ރޮވުނެވެ. އެއީ އެންމެފަހު ފަހަރަށް ލޫކް އަލްޔާ ދެކެ އިޝާރާތުން ލޯބިވާ ވާހަކަ ބުނި ވަގުތު އަލްޔާ އެދިމާލަށް ބަލާލި  ވަގުތު ނަގާފައި އިން ފޮޓޯއެކެވެ. ޝައިމް ގެ ނަޒަރު އަލްޔާ އަށް ހުއްޓިފައި ވާއިރު ،  އަލްޔާ ހުރީ ދުރުގައި ހުރި ލޫކަށް ބަލަހައްޓައިގެން ރޮވިފައެވެ. އަލްޔާގެ ދެލޮލުގައި އެވަގުތު ޖަމާވެފައި ހުރި ބޮޑު ކަރުނަގުޅަ ވަރަށް ރީއްޗަށް ފޮޓޯއިން ފެންނަން ހުއްޓެވެ. އިސާހިތަކުން ލޮލުގެ ކޮޅުން ވެއްޓުނު ކަރުނަތިކި މައިތިރިވީ ފޮޓޯމައްޗަށެވެ. އަވަސްއަވަހަށް އަލްބަމް ލައްޕާލާ މޭގައި ލައްކޮށްލީ ދެލޯ މަރާލަމުންނެވެ. އަލްޔާގެ ހިތުގައި ރަންއަކުރުން ފެވިފައިވާ ލޫކް ގެ ނަން ނުވަތަ ލޫކްގެ ލޯބި ވެސް އެ އަލްބަމް ފަދައިން ލައްޕާލަން ބޭނުމެވެ. ނަމަވެސް މިކަމުގައި އަލްޔާ އާއި އެހީވާނީ ކާކުހެއްޔެވެ؟

މެންދުރަށް ކައްކަން އަލްޔާ ބަދިގޭގައި ހުރިއިރު ޝެނާ ސިޑިން ފައިބަނީއެވެ.

“ޝައިމް އަދިވެސް ނާންނަނީތަ ގެއަށް. މިހާރު ސެޝަން ވެސް ނިމިފައި އޮންނާނީ”   އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން އައިސްއަލަމާރިން ފެންފުޅިއެއް ނަގާ މޭޒުމަތީގައި ހުރި ބިއްލޫރި ތައްޓަށް އަޅަމުން ޝެނާ ވާހަކަދެއްކީ އަލްޔާ އާއެވެ.

“ހޫމް… މިއަދު އެކްސްޓްރާ ގަޑިއެއް އޮތީމަ. ގްރޭޑް ޓެންގެ އެކްސްޓްރާ ކްލާސްތައް ފަށަން ޕްރިންސިޕަލް ލަފާދީފައި އިނީ. އަނެއްކާ މިރެއިން ފެށިގެން ބައެއް ކުދިން އަންނާނެ ޓިއުޝަނަށް ވެސް. ޝެމް ވަރަށް ބިޒީވާނެ މިއަދު”  އަލްޔާ ވެސް ޝެނާ އަށް ޖަވާބުދެމުން ވާހަކަ ކުރިއަށް ގެންިޔައެވެ.

“އައްދެ ދޮންތަ ހީކުރީ މިއަދު ބިސް ގަނެފައި ހުރީމަ ބިސްރިހަ ކައްކަން ކަމަށް. އެކަމަކު މި ފެންނަނީ އެހެން މަންޒަރެއް”  ޒިންކު ކައިރީގައި އަތަށް އަންގި ލައްވައިގެން  މަސްކަނޑަން ހުރި އަލްޔާ އާއި ޝެނާ ވާހަކަދެއްކިއެވެ.

“ހޫމް. ޝެމް ބުނީ ދިވެހި ކެއުމެއް ހަދާދޭށޭ މިއަދު”  ލާފައިހުރި މެރޫން ކުލައިގެ އަތްކުރު ޓީޝާޓްގެ އެއްފަރާތުން ކޮނޑުމަތިން ނޭފަތް ކަހާލަން މަސައްކަތް ކުރަމުން އަލްޔާ ވާހަކަދެއްކިއެވެ.

“ހޫމް…..ހޫމމމމމ…. ހާދަ ލޯތްބެކޭ ދޯ…. އެންމެރަނގަޅޭ… ބަތްވެސް ކައްކާލީތަ މިހާރު. ދޮންތަ ކުރާކަށް ނެތްތަ ކަމެއް”  ތެލިތަކުގެ މަތިނަގަމުން  ޝެނާ ބުންޏެވެ.

“ދޮންތަ ކޮށްދެންވީ ކަމަކީ މަގޭ ނޭފަތުގެ ކުރި ކަހާލަދޭންވީ. ވަރަށް ހިރުވާ އެބަ. ރޯގާ ޖެހެން އުޅެނީ ކަންނޭނގެ”  އަލްޔާ ހީލަމުން ބުންޏެވެ. ޝެނާ ވަރަށް ލޯބިން އަލްޔާގެ ނޭފަތް ކަހާލަ ދިނެވެ.

“ދޮންތަ ހީކުރީ ލައި އަށް ތިކަހަލަ ކަމެއް ކުރަން ނޭނގޭނެ ކަމަށް. މިބުނީ މަސްކަނޑަން”  މޭޒު ކައިރިން ގޮނޑިއެއް ދަމާާލާފައި އިށީންނަމުން ޝެނާ ވާހަކަދެއްކިއެވެ.

“މިދެން މީހަކަށް ނޭނގޭ ވަރުގެ ކަމެއް ވެސް ނޫނެއްނު”  މަސްކަނޑާ ނިމިގެން ހޭންޑްވޮޝް ފުޅިން އެތިކޮޅެއްލާ ދެއަތް ދޮންނަން ހުރި އަލްޔާ ޝެނާ އަށް ބަލާލަމުން ވާހަކަދެއްކިއެވެ.

“ލައި ވާހަކައެއް އަހާލަންތަ”  ޝެނާ ސީރިއަސް ވިއެވެ.

“ދެން ދޮންތަ ވެސް ދޯ. އަހާކަށް ވެސް ނުޖެހެއެއްނު”  މަސްތަށި ބޮޑު މޭޒުމަތީގައި ބަހައްޓާފައި ގަރުދިޔަކައްކާ ކުޑަތެއްޔަށް ފެން އަޅަމުން އަލްޔާ ބުންޏެވެ.  ޝެނާ ބުނަން އުޅޭ އެއްޗެއް ނޭނގުމުން ކުޑަކޮށް ޖެހިލުން ވެސް ވިއެވެ. ޝައިމް ދެކެ ލޯބިވޭތޯ އަހާފިއްޔާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޔަގީނުން ވެސް ދޮގެއް ނުބުނާނަމެވެ.

“ލައިމެން ބޭބީ އެއް ހޯދާނީ ކޮންއިރަކުންތަ؟…މިބުނީ ޒޫނީ ބޮޑުވަން ވާއިރަށް އޭނައަށް މަޖާ ކުރަން ޕާރޓްނަރެއް ހޯދަންވާނެއްނު”  މަޖާވެފައި ޝެނާ މިކުރީ އަލްޔާ ހިތަށް ވެސް ނާރާ ކަހަލަ ސުވާލެކެވެ.  ކުއްޖަކު ލިބޭނީ ފުރަތަމަ ދެމީހަކު އެފަދަ ގުޅުމެއް ހިންގިނަމައެއްނޫން ހެއްޔެވެ؟ މޫނުމަތި ހަމައަކަށް އަޅުވާލަމުން އަލްޔާ ހީލިއެވެ.

“ދޮންތަ ވެސް ދޯ. އަދި ޒޫނީބޭބީ ނުލާހިކު ކުޑަ. އަހަރުވެސް ނުވޭ. ދެން އަނެއްކާ ލައި ޕްރެގްވިއްޔާ ވަރަށް ދަތިވާނެއްނު”  ހަގީގަތުގައި ޝެނާ އަލްޔާގެ ފަރާތުން ކަމެއް ޔަގީން ކުރީއެވެ. ޝައިމް އާއި ދެމީހުންގެ ގުޅުން ރަނގަޅުތަޯ ބަލާލީއެވެ. އަލްޔާގެ ވާހަކަ ހުރި ގޮތުން ދެމީހުންގެ ގުޅުން ރަނގަޅުވަމުން އަންނަކަމަށް ޝެނާ ނިންމިއެވެ.

“ހަވީރުން އެބަޖެހޭ ގެ ސާފުކޮށްލަން އެގެއަށް ގޮސްލަން. މިހާރު ދެދުވަސްމިވީ ނުދާތާ. ދޮންތަވެސް ދާންވީނުން ލައި އާއެކު ޒޫނީ ގޮވައިގެން” ކެކެމުން އައި ގަރުދިޔަ ތެލި ތެރެއަށް އުދުޅި ލައިގެން ހުރި އަލްޔާ ޝެނާ އަށް ބަލާލަމުން ބުންޏެވެ.

“ދެވިދާނެ. އަސުރުކޮށްލައިގެން ދާނީދޯ އެހެންވީމަ” ޝެނާގެ ޖަވާބު ލިބުމުން ހީލާފައި އަލްޔާ ބޯ ޖަހާލިއެވެ.

 

ދެން ފާއިތުވަމުން ދިޔަ ވަގުތުގައި އަލްޔާ ބަދިގޭގައި މަސައްކަތްކުރާ މަންޒަރު ބަލަން ޝެނާ މަޑުކޮށްލައިގެން އިނީ އަލްޔާ ފޫހިވިިޔަ ނުދިނުމަށެވެ. ފިލްމުތަކުގެ ވާހަކަ އާއި ޝެނާގެ ފްރެންޑުންގެ ވާހަކަތަކާއި ބައެއް ފަހަރު އަލްޔާގެ ރައްޓެހިންގެ ވާހަކަ ވެސް ޝެނާ އަހާލައެވެ.

އޮއޭސިސް ގެއަށް ޝެނާ އާއެކު އަލްޔާ ވަނުމަށްފަހު ސިޓިންގްރޫމުގައި ހުރި ބޮޑު ސޯފާގައި ޒޫނީ ބޭންދިއެވެ. އަދި ކައިރީގައި ކުޝަންތައް ބެހެއްޓުމަށްފަހު ޒޫނީ އަތަށް ޝެނާގެ މޯބައިލް ފޯން ދިނުމަށްފަހު އަލްޔާ ކުރަމުން ދިޔަ މަސައްކަތުގައި ޝެނާ ވެސް ދިޔައީ ބައިވެރިވަމުންނެވެ.

މިޔާނާމެން ފުރައިގެން ދިޔަ ފަހުން ގަވައިދުން އަލްޔާ އެގެ ސާފު ކުރޭއެވެ. އެހެންކަމުން މާބޮޑަށް ސާފުކުރާނެ ތަނެއް ނެތަސް ކުނިކަހާލާ މޮޕް އަޅާލަން ޖެހުނެވެ. ގޯތިތެރެ ފަރިތަކަމާއެކު ކުނިކަހާލުމަށްފަހު ކުނިތައް ނަގާ ގޯންޏަކަށް އެޅިއެވެ. އެއަށްފަހު ކޮޓަރިތަކަށް ވަދެ ބެޑްޝީޓްތަކާއި ބާލީސްއުރަތައް ހިފައިގެން ނިކުމެ ބަދިގޭ ކަބަޑެއް ހުޅުވާލާފައި ނެގި ރަތްކޮތަޅަކަށް ލިއެވެ. ޓީވީ ބިތްދަށުގައި ހުރި އެއަރފްރެޝްނަރ ފުޅިއަކުން މުޅި ކޮޓަރިތަކާއި ސިޓިންގްރޫމަށް ބުރުވާލުމަށްފަހު ސިޓިންގްރޫމް ދޮރު ތަޅުލާ ގޯއްޗެތެރެއަށް ނިކުމެ ދޮރާށި ތަޅުލިއެވެ.

މިހުރިހާ އިރު އަލްޔާގެ އަވަސް ހަރަކާތްތަކަށް ބަލަން ހުރި ޝެނާ އަށް ހިނިތުންވުމެއް ދިނުމަށްފަހު އެނބުރި ގެއަށް ދިޔުމަށް ހިނގައިގަތްއިރު އުޑުމަތިން އިރުއޮށްސެން އުޅޭ ކަމުގެ ނިޝާންތައް ކޮންމެސް ވަރަކަށް ފެންނަން ހުއްޓެވެ. ވަކި ހިސާބަކަށް ދިޔަތަނާ އަލްޔާ ސިހުނީ މީހަކު ގޮވާލި އަޑަށެވެ. ސީދާ ނަމުން މުހާތަބް ނުކުރިޔަސް ޝެނާ ވެސް އަދި އަލްޔާ ވެސް ފަސްއެނބުރި ބަލާލިއެވެ.

ފަހަތުގައި ހުރި މޫސަ ފެނުމުން އަލްޔާ ހީލިއެވެ. އެއީ އޭނާގެ ބައްޕަގެ ގާތް ރަހްމަތްތެރިއެކެވެ. މޫސަ ކައިރިއަށް ޖެހިލާ އަލްޔާ އާއި ސަލާމްކޮށްލާ ބޮލުގައި ފިރުމާލިއެވެ. ޝެނާ އަށް ވެސް ހިނިތުންވުމެއް ދިނެވެ.

“މޫސަބެ ކޮންއިރަކުން އައިސްގެން ތިއުޅެނީ. ބައްޕަ ވެސް މަންމަ ވެސް މިދުވަސްކޮޅު ރަށުގައި ނޫޅުއްވާ. ބައްޕަ އަބަދުވެސް ދައްކާނެ މޫސަބޭގެ ވާހަކަ. ނާދިރާއްތަ ވެސް ގޮވައިގެން އައިސްތަ ތިއުޅެނީ” އަލްޔާ އާއި އެއްވަރަށް ޝެނާ އާއި އަލްޔާ އާއި މެދުގައި ހުރެ އެއްވަރަށް ހިނގަމުން އަންނަ މޫސަ އާއި ވާހަކަދެއްކިއެވެ.

“އެކޮއި ގެ ހާލު ރަނގަޅުތަ؟ މޫސަބެ އަށް އެނގޭ ބައްޕަމެން ނޫޅޭކަން. ނާދިރާއްތަ ވެސް އެބައުޅޭ. ބައްޕަމެން ގުޅައިފިއްޔާ މޫސަބޭގެ ސަލާން ބުނެދެއްޗެ” މޫސަ ބުންޏެވެ.

މީ ކޮންކުއްޖެއް؟ އަނހަ މީނީވެސް ހާދަ ތިއްތި ކުއްޖެކޭ ދޯ” ޝެނާ އަތުގައި އިން ޒޫނީގެ ކޮލުގައި ކޮށްޓާލަމުން މޫސަ ބުންޏެވެ.

“ތީ އަޅުގަނޑުގެ ފިރިމީހާގެ ދައްތަ. ދެން މީ ދޮންތަގެ ބޭބީ. ދޯ ދޫނިގަނޑާ” ޒޫނީގެ އަތުގައި ހިފާލަމުން އަލްޔާ މޫސަ އަށް ބުނެދިނެވެ.

“އާނ އަދި މޫސަބެ ހަނދާންނެތިފަ މިހުރީ. އެކޮއިގެ ކައިވެނި ކުރެވުނުކަން ބައްޕަ ބުނި މޫސަބެ ގާތު. އެކަމަކު ނާދިރާއްތަގެ ހާލު ހުރި ގޮތުން ނާދެވުނީ. ކޮބާ ފިރިމީހާ؟ ކޮންގެއަކު ކުއްޖެއްތަ އެއީ” މޫސަ ބުންޏެވެ. ވާހަކައިގާ ތިބެ ގެއާއި ހަމައަށް އާދެވުމުން ގޭ ދޮރުމަތީގައި އެމީހުން ހުއްޓުނެވެ.

“މިގޭ ކުއްޖެއް. ޝައިމް ކިޔަނީ. މިވަގުތު ނޫޅޭ ގެއަކު. ދޯ ދޮންތާ” އަލްޔަ ޝެނާ އަށް ދޯ ދިނުމުން ހީލާފައި ޝެނާ ބޯޖަހާލިއެވެ. އެގެއާއި ދިމާލަށް ކަޅި ހިންގާލަމުން މޫސަ ތުނބުޅީގައި އަތް ހާކާލިއެވެ. ހީވާގޮތުން މޫސަ އެއްޗެއް ވިސްނާލީއެވެ. އަދި އަލްޔާ އަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

“މީ މާލޭގެ ނަން މަޝްހޫރު ޓިއުން އަލިދީދީ ގެ ދަރިފުޅު ރޫނާ ގެ ފިރިމީހާ ޝާފީ ގެ ގެއެއް ނޫންތަ؟ އަލްޔާ އަށް ބަލާލަމުން މޫސަ އަހާލިއެވެ. ނަމަވެސް އަލްޔާ އަށް އެއަށް ދޭނެ ޖަވާބެއް ނޭނގުމުން ބަލާލީ ޝެނާ އަށެވެ. ޝެނާ އަވަސް އަވަހަށް މޫސަ އަށް ބަލާލާފަ ބޯޖަހާލިއެވެ. އަދި އެމީހުން ދަންނަންތޯ އަހާލިއެވެ.

“އާނ. އެންމެކުރީގަ މަށާ ޝާފީ އެކީގައި ބޯޓްދަތުރު ކުރަން ގޮސް އުޅުނީ. އެފަހުން ހަމަ މިއަދާއި ހަމައަށް ވެސް ގުޅުން އޮންނާނެ. އެކަމަކު މިހާރު ލައްކަ ދުވަސްވެއްޖެ ނުފެންތާ. ދެން ރޫނާގެ ބައްޕަ އަލިދީދީ އާއި މޫސަބޭގެ ބައްޕަ އާއި އެއީ ކުރީގެ ދެއެކުވެރިން. މިހާރު އެމީހުން ދުނިޔޭގައި ނެތަސް އެއީ އެކުވެރިކަމުގެ ލާމަސީލު މިސާލެއް ފަދަ ބައެއް” މޫސަ ޝެނާ އަށާއި އަލްޔާ އަށް އޮޅުންފިލުވައި ދެމުން ދިޔައެވެ.

ކަމެއް ގޯސްވާން އުޅޭހެން ޝެނާ އަށް ހީވާން ފެށުމުން ނިތްމަތިން ދާހިއްލަން ފެށިއެވެ. ކާފަގެ މިހާ ގާތް މީހެއް ވިއްޔާ ޝައިމް އެންމެ ކުރިން ކައިވެނި ވެސް އެނގޭނެތާއެވެ. ހަދާނެ ގޮތެއް ނޭނގިގެން ޝެނާ ހިތް ނެގިނެގިފައި ޖެހެން ފަށައިފިއެވެ.

ނަމަވެސް ޝައިމް ގެ ކައިވެންޏަކީ މިރަށު އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ. އެއީ އެކައިވެނި މަންމަ ބާރުއަޅައިގެން މަޖުބޫރުން ކުރުވީ ވެސް އަވަށްޓެރި ސްރީލަންކާގައެވެ. ޒީޝާނަކީ އާއިލާ ކުއްޖަކަށް ވާތީ މީހުން ކިޔާފާނެ އެއްޗަކަށް މަންމަ ވަނީ މިކަން ސިއްރުކޮށްފައެވެ. ކައިވެނީގެ ފަހުން ޒީޝާން ވެސް އަދި ޒައިނީ ވެސް ޒާން ވެސް މަންމަ ވެސް އަދި ބައްޕަ ވެސް ނުވަތަ އާއިލާގެ އެހެން މެންބަރެއް ވެސް މިރަށަށް އައިސްފައެއް ނުވޭއެވެ. ވީއިރު މޫސަބެއަށް އެނގެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އަނެއްކާ ބައްޕަ މޫސަބެއަށް ކިޔާދިނީ ހެއްޔެވެ؟ ދެން ހަދާނީ ވެސް ކިހިނެއް ހެއްޔެވެ؟

“މޫސަބެއަށް އެނގޭ ކޮއްކޮ ވަރަށް ވިސްނާފަކަން ތިކައިވެނި ތިކުރީ. މިޒަމާނުގައި ދެއަނބިން ތިބުމަކީ މައްސަލައެއް ނޫން. މޫސަބެއަށް ހީވަނީ އެސޮރަށް އެވަރުގެ ތަނަވަސްކަމެއް އެކަލާނގެ މިންވަރުފުޅު ކޮށްދެއްވީތީކަން އެވަރުގެ ނިންމުމެއް ނިންމާނީ” މޫސަ ދައްކަންފެށި ވާހަކައަކުން އަލްޔާ ހުރީ ވާނުވާ ނޭނގިފައެވެ. ދެއަންބަށް މީހަކާއި އިނީ ކާކު ހެއްޔެވެ؟ މޫސަބެ އަނެއްކާ އެހުރީ ހަމައިގަ ބާއެވެ؟ ކުއްލިއަކަށް ދެއަނބިންގެ ވާހަކަ މިދައްކަނީ ކީއްވެހެއްޔެވެ؟ ޝެނާ ބިރުން ހުރި ވަރުން މިހިސާބުން މިކަންތައް ނިމުނީއޭ ހިތަށް އަރަމުން ދިޔައެވެ. އުރާލައިގެން ހުރި ޒުނީ ވެސް އަތުން ދޫވާން އުޅޭހެން ހީވާން ފަށައިފިއެވެ. މޫސަބެ ހުއްޓުވާނެ ގޮތެއް ވެސް ޝެނާއަކަށް ނުވިސްނުނެވެ.

“މިހާރު ކުރީގެ ކައިވެންޏަށް ދަރިން ވެސް ހުންނާނެތާ ދޯ. ކޮއްކޮ އާއި ގުޅޭތަ އެކުދިން” ވާނުވާ ނޭނގި މޫސަ އަށް ބަލަން ހުރި އަލްޔާ ކުރެން މޫސަ އަހާލިއެވެ. އަލްޔާގެ ނިތްކުރިމަތީގައި ޖެހިފައި އިން ސުވާލުމާކު ބޮޑުކޮށް ޝެނާ އަށް ފެންނަމުން ދިޔައެވެ.

އަލްޔާ ދެން ބަލާލީ ޝެނާ އަށެވެ. ޝެނާ އަށް ވަމުންދާ ގޮތް ފެނި އަލްޔާ ގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ފުރަތަމަ ފަހަރަށް އަލްޔާގެ އަލަތު ކައިވެންޏާއި މެދު އެހިތުގައި ޝައްކު އުފެދުނެވެ. ޝެނާ އަށް ބަލާލީ ސުވާލުތަކެއްގެ ޖަވާބު ބޭނުންވާ ފަދައިންނެވެ.

“މޫސަބެއަށް އެނގޭ އެކައިވެންޏަކީ ހަމައެކަނި ތިއާއިލާ އަށް އެނގޭ ކައިވެންޏެއްކަން. އެކަމަކު އެދުވަސްކޮޅު ޝާފީ މާ މޮޅިކޮށް އިންނާތީ މޫސަބޭ ސުވާލުކުރަން ހެދުމުން ހުރިހާ ވާހަކަތަކެއް ކިޔާދިނީ. އެސޮރަށް އޭރު މަޖުބޫރުވިޔަސް މިހާރު މިހާ ދުވަސް ވާއިރު ގައިމުން ހުންނާނީ ހިތް ބަދަލުވެފަތާދޯ” މޫސަގެ ވާހަކަތަކުން ޝެނާ އަށް އުނދަގުވަމުން ދިޔައެވެ. އެތަނުން މޫސަ ދާ ހިޔާލެއް ކުރޭތޯ ހިތާއިހިތުން ދުއާ ކުރަމުން ދިޔައެވެ.

“ދޮށީއަނބި އެކޮޔަށް ރަނގަޅުތަ. ދެކުދިން ވަރަށް ގުޅިގެން އުޅެއްޗެ އިނގޭ” އަލްޔާ އަތުގައި ފިރުމާލަމުން މޫސަ ބުންޏެވެ. އަލްޔާ މޫސަ އަށް ބަލާލަމުން ހީލިއެވެ.

“މޫސަބޭ ތިދައްކަނީ ކާކުގެ ވާހަކައެއް. ކާކުގެ ދެއަނބިން ތިބެނީ. އަޅުގަނޑު ކައިވެނިކުރީ މިގޭ ޝައިމް ކިޔާ ކުއްޖަކާ. މޫސަބެ އަށް ތިއުޅެނީ އޮޅިގެން” އަލްޔާ ގެ ހިތް އެކަމަށް ދެކޮޅުހެދުމުން ބުނެލިއެވެ.

“ޝާފީގެ ފިރިހެން ދަރިފުޅަށް ނޫންތަ ޝައިމް ކިޔަނީ” މޫސަ ހައިރާންވެފައި އަހާލިއެވެ.

“ހެހެ… މިފަހަރު މޫސަބެއަށް ތިހުރީ އޮޅިފައި. ބައްޕަ އެދެއްކީ ޝައިމްގެ އެއްމާބަނޑު ޝައްޔަމްގެ ވާހަކަ. ބައްޕައެއް ނުބުނޭތަ ޝައްޔަމްގެ ވާހަކަ. ހުންނާނެ ދެކުދިން ވެސް މިހާރު . ޝައްޔަމް ކޮއްކޮ މިއާއިލާ އާއި ގުޅުން ކަނޑާލައިގެން އުޅެނީ އޭރުގައި ގަދަކަމުން ކައިވެނި ކުރުވީމަ. އާއިލާ ތެރޭގައި ކުޑަ ހަމަނުޖެހުމެއް ހިނގީ. އެކަމު ދެން މިހާރު އެދުވަސް އެދިޔައީތާ. އަދި ފަހުން ރަނގަޅުވާނެ” އަލްޔާގެ ވާހަކަތައް ހުރި ގޮތުން ޝެނާ އަށް ވާހަކަދައްކަން ހިތްވަރެއް ލިބުނު ކަހަލައެވެ.

ޝެނާގެ ވާހަކަތަކުން އަލްޔާގެ ބޮލުން ހީވީ އެތައްޓަނުގެ ބުރަދަނެއް ނައްޓައިގެން ދިޔަހެންނެވެ. ދެންމެ މޫސައަށް ޝެނާ އެކިޔާދިނީ މިހާތަނަށް ޝައިމްގެ ފަރާތުން ވެސް އަލްޔާ އެނގިފައިނުވާ ހަގީގަތެކެވެ.

“އެހެންތަ ވަނީ. އެކަމަކު ޝާފީއެއް ނުބުނޭވިއްޔާ އެއްމާބަނޑު ދެބޭންގެ ވާހަކައެއް. އޭގެފަހުން މޫސަބެ ވެސް ނާދިރާއްތަ ގޮވައިގެން އިންޑިޔާއަށް ދިރިއުޅުން ބަދަލުކުރީ. މިހާ ދުވަސްވީއިރު ވެސް ޝާފީ އެއް ނުދެކެންވިއްޔާ. މޫސަބެއަށް ދީބަލަ ޝާފީއަށް ގުޅޭނެ ނަންބަރެއް” މޫސަ ހީލަމުން ވާހަކަދެއްކިއެވެ.

ޝެނާ ވެސް ހީލާފައި މޫސަގެ ފޯނުގައި ޝާފީގެ ނަންބަރު ޖަހާލަދިނެވެ.

“ދެކުދިން ވެސް ހިތްހެޔޮކުރާތި. މޫސަބެ މިއުޅެނީ އަނެއްކާ ވެސް ނާދިރާއްތަ ގޮވައިގެން ދެދުވަސް ފަހުން ފުރަން. އެކޮއި ބައްޕަ އާއި މަންމަ އަށް އަދި ކޮއްކޮއަށް ގިނަގިނައިން ސަލާމް ބުނައްޗެ” މޫސަ ދަމުން އަލްޔާ އާއި އަދި ޝެނާ އާއި ވެސް ސަލާންކޮށްލިއެވެ.

ޝެނާ އަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެމަގުން ވެސް މޫސަ ގޮސް އޮބާލީމައެވެ. ދެވަނަ ފަހަރަށް މޫސަ ޝާފީއަށް ގުޅާ މައުލޫމާތެއް ހޯދަފާނެތީ މޫސަގެ ފޯނުގައި ޝެނާ ނޯޓްކުރީ ވެސް ނުބައި ނަންބަރެކެވެ.

“ހޭ އަދިވެސް ޝޮކްދޯ ތިހުރީ” ވިސްނުމެއްގައި ހުރި އަލްޔާ އަތުގައި ޖަހާލަމުން ޝެނާ ބުންޏުެވެ. ދެމީހުން އެކުގައި ގެއަށްވަދެ އަލްޔާ ސޯފާގައި އިށީނުމުން ޝެނާ ޒޫނީ ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ.

އަލްޔާ އަށް އަދިވެސް ވިސްނެނީއެވެ. މޫސަދެއްކި ވާހަކަތަކުގައި ކުޑަމިންވަރެއްގެ ހަގީގަތެެއް ވެއޭ އެހިތް ބުނަނީ ކީއްވެކަމެއް ނޭނގެއެވެ. ޝައިމް އެވަރުގެ ކަމެއް އޭނަ އަށް އޮޅުވާލާފާނެ ހެއްޔެވެ؟ އެކަން ޝައިމްގެ ފަރާތުން ޔަގީންކުރަން އަލްޔާ އިނީ ނުހަނު ބޭނުންވެފައެވެ.

ވިސްނުމެއްގައި ހުރެ މަޑުމަޑުން ސިޑިން އަރައިގެން ގޮސް މަޑުޖެހިލީ އަލަމާރި ކައިރީގައެވެ. ޝައިމް މިހުރިހާ ދުވަހު ތަޅުލައިގެން ގެންގުޅޭ ކުޑަވަތްގަނޑަށް އަލްޔާގެ ނަޒަރު ސީދާކޮށްލިއެވެ. އެކަބަޑު މިހާރު މިވަގުތު ހުޅުވަން އަލްޔާ ބޭނުމެވެ. އޭގައި ޝައިމް ފޮރުވައިގެން އުޅެނީ ކޯއްޗެއްތޯ ބަލަން ވެސް ބޭނުންވިއެވެ. ނަމަވެސް ހުޅުވާނީ ކިހިނެއްހެއްޔެވެ؟ ކަށިގަނޑުތަކާއި އެއްޗެހި ބޭނުންކޮށްގެން ސަޖޫލް ގޮތަށް އެކަހަލަ ތަންތަން ހުޅުވާކަށް އަލްޔާ އަކަށް ނޭނގެއެވެ.

ފާހާނާއިން ފެންވަރާ އަޑު އިވުމުން ޝައިމް އުޅޭކަން އަލްޔާ އަށް އެނގުނެވެ. ޝައިމް އައީ ކޮންއިރަކު ހެއްޔެވެ؟ އެނދުމަތީގައި އޮތް ޝައިމް ބަލާފާއި އޮތް ޖީންސުނަގާ ޖީބުތައް ޗެކް ކޮށްލުމުން އަލްޔާ އަށް އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ވާނީވެސް އެހެންނެވެ. ޝައިމްގެ ތަޅުދަނޑިފަތި މިހާރު އެއޮތީ އަލްޔާގެ އަތުގައެވެ.

ހަލުވިކަމާއެކު ކުދި ތަޅުދަނޑިތަކުން ފަހަރަކު ތަޅުދަނޑިއެއް ނަގާ ވަތްގަނޑުގެ ތަޅަށް ކޮށްޕާ ގޮތްގޮތަށް ހަލުވަމުން ދަނިކޮށް ވަތްގަނޑު ހުޅުވިއްޖެއެވެ. ކަބަޑުތެރެ ވަރަށް ވެސް ސާފެވެ. ޝައިމް ގެންގުޅޭ ޕާސްޕޭޕަރތަކާއި ފޯނު ފޮށިގނަޑާއި ފްރޭމްކޮށްފައިން އަލްޔާގެ ވަރަށް ރީތި ފޮޓޯއެއް އޮތެވެ. އަނެއްފަރާތުގައި އޮތް ދެމީހުންގެ ކައިވެނީގެ ސެޓްފިކެޓް ނަގާ ބަލާލިއެވެ. ކުރިން އޭގެއަށް ޝައުގުވެރިކަމާއެކު ބެލިފައި ނުވިޔަސް މިވަގުތު އޭގައި ލިޔެފައިވާ ކޮންމެ އަކުރެއް ކޮންމެ ފިއްޔެއް ފަރުވާތެރިކަމާއެކު ކިޔަން އަލްޔާ ބޭނުމެވެ. ޝައިމް ފާހާނާއިން ނިކުތަސް އަލްޔާގެ އެއްވެސް މައްސަލައެއް ނެތެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ނުލިބެނީސް ފަހަތަށް ދެން އެންމެ ފިޔަވަޅެއް ވެސް ނާޅާނެއެވެ.

އެނދުގައި އިށީނުމަށްފަހު ސެޓްފިކެޓް ރަނގަޅަށް ކިޔާލިއެވެ. ކައިވެނީގެ އަދަދު ޖަހާފައި އިން ތަނުގައި ޖަހާފައިން  ’01’ މިއަދަށް އަލްޔާ ދެލޯ ސާފުކޮށްފައި ވެސް ބަލާލިއެވެ. އާއެނކެވެ. އޭނަ އަށް ފެނުނީ ރަނގަޅަށެވެ. މީ ޝައިމްގެ އަލަތު ކައިވެންޏެވެ. އަލްޔާގެ ހިތަށް ލިބުނު ހިތްހަމަޖެހުމާއެކު ސެޓްފިކެޓް މޭގައި ޖައްސާލިއެވެ. ހިތުގައިވާ ޝައްކުތައް ފިލައިގެން ދިޔައެވެ. ވަތްގަނޑަށް އެތަކެތިލުމަށްފަހު އަލްޔާ އެނބުރި ކޮޓަރިން ނިކުތީ ޝައިމް ލާނެ އާ ހެދުމެއް ނަގާ އެނދުމަތީގައި ބާއްވާފައެވެ. ވަފާތެރި ފިރިމީހާ އަށް ނުބައި ޝައްކެއް ކުރެވުނީތީ އަމިއްލަ ނަފްސަށް އަޑުލަމުންނެވެ.

އަލްޔާ ހަމަ ނިކުތުމާއެކު ޝައިމް ފާހާނާއިން ނިކުތެވެ. ކޮޓަރީގައި އަލްޔާ ކުރި ހުރިހާ ކަމެއް ޝައިމް އަށް އެނގޭ ކަހަލައެވެ. ދެއުކުޅުގައި އަތް ވިދެލައިގެން ފާހާނާ ދޮރުކުރިމަތީގައި ހުރި ޝައިމްގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. މޫސަބޭގެ ވާހަކަތަކަށްފަހު ގެއަށްވަދެ އަލްޔާ ސޯފާގައި އިން ވަގުތު ކޮޓަރިއަށް ގޮސް ޝެނާ ވަނީ އެވަގުތު ކޮޓަރީގައި ފިލްމެއް ބަލަން އޮތް ޝައިމް އަށް ގުޅައިގެން ހުރިހާ ވާހަކަތަކެއް ކިޔާދީފައެވެ. އެހާކުޑަހިނދުކޮޅެއްގެ ތެރޭގައި ޝައިމް ހިތުގައި އޮތް ގޮތަށް ހުރިހާ ކަމެއް ރާވާލީ ވިސްނުންތެރި ކަމާއެކުގައެވެ.

އެދެމީހުންގެ ކައިވެނީގެ ސެޓްފިކެޓްއާއި އޮރިޖިނަލް އާއި ކުދިންނާއި ބެހޭ ލިޔެކިޔުންތަކާއި އަދި ކުރީގެ ކައިވެންޏާއި ގުޅޭ ހުރިހާ ލިޔެކިޔުމެއްް ޝައިމް ވަނީ އަލްޔާ އެގެއަށް އައުމުގެ އެއްދުވަސް ކުރިން ޝެނާ ކޮޓަރިއަށް ބަދަލުކޮށްފައެވެ. މީހަކަށް ޝައްކުވެސް ނުވާނޭ ގޮތަކަށް ކައިވެނީގެ ސެޓްފިކެޓްގެ ފޭކް ކޮޕީއެއް ޝައިމް ގެންގުޅެނީ މިކަހަލަ ދުވަހެއް އަތުވެދާނެ ކަމަށްޓަކައެވެ. މިއަދު މިއޮތީ އޭގެ ބޭނުން ޖެހިފައެވެ. އަލްޔާ އަނބެއްގެ ގޮތުގައި އެހަޔާތުގައި ބެހެއްޓުމަށްޓަކައި ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް އެކަމެއް ޝައިމް ކުރާނެއެވެ.

“އައެމް ސޮރީ ލައި” ޝައިމްގެ ދުލުން ބޭރުވި މި ލަފްޒާއި އެކު އުއްޑުން އެނދުމައްޗަށް ވެއްތިގަތެވެ.

 

ނިދަން ތައްޔާރުވެގެން އެނދަށް އެރި އަލްޔާ އަށް ޝައިމް އަށް ބެލެނީއެވެ. އެގޮތުގައި ވަގުތުތަކެއް ފާއިތުވެގެން ދިޔައިރު ވެސް ޝައިމްގެ ފަރާތުން އަލްޔާ އަށް އިޝާރާތެއް ނުވޭއެވެ. ނަމަވެސް އަލްޔާ ގެ ލޮލާއި ނިދިވެސް ވަނީ މިރޭ ރުޅިވެފައެވެ. ބައިގަޑީރު ވީ އިރުވެސް ޝައިމް އޮތީ ފިކުރެއްގައެވެ. އަލްޔާ ކައިރީގައި އޮތް ކަމުގެ އިހުސާސް ވެސް ޝައިމް އަށް ނުވާ ކަހަލައެވެ. “ޝެމް”  މަޑުމަޑުން އަލްޔާ ޝައިމް އަށް ގޮވާލިއެވެ. ނަމަވެސް ހިލަމެއް ވެސް ނުވިއެވެ. ދެވަނަ ފަހަރަށް ގޮވާލުމުން ވެސް ހަބަރެއް ނުވުމުން އަލްޔާ ޝައިމް ގެ އަތުގައި ކޮށްޓާލިއެވެ.

“ކީކޭ ލައި”  ޝައިމް ސިހިފައި އަލްޔާ އަށް ބަލާލަމުން އަހާލިއެވެ.

“ހާދަބޮޑު ފިކުރެއްގައި. ކިހިނެއްވީ އަނެއްކާ”  އަލްޔާ ސުވާލުކޮށްލިއެެވެ.

“ނޫން. އަނެއްހެން މާބޮޑު ކަމެއްނުވޭ. ދުނިޔޭގައި ކަންތައް ހިނގަމުންދާ ގޮތާއި ދޭތެރޭގައި ވިިސްނާލެވުނީ. ޖެހޭނެތާ ދޯ އެކަހަލަ ކަންތަކާއިމެދު ވިސްނަން. ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން އެކަހަލަ ކަމަކާއި ވިސްނާލަން ވެސް ގިނަފަހަރަށް ވަގުތެއް ނުލިބޭ”  ޝައިމް ގެ ވިސްނުން ގުޅިފައިވާ ހަގީގީ މައްސަލަ ސިއްރުކޮށް އަލްޔާ އަށް އޮޅުވާލިއެވެ.

ޒީޝާންގެެ ފޯންކޯލްތަކާއި ހެދިގެންނާއި މިއަދު މިދިމާވި ކަންތަކުން ޝައިމް އަށް މާބޮޑަށް އުދަގުވަނީއެވެ. މާދަމާ ވެސް ޒީޝާން ކުރިމައްޗަށް އައިސް ޝައިމްގެ ދިރިއުޅުމުން އަލްޔާ ދުރަށްލާފާނެތީ ކަންބޮޑުވަނީއެވެ. އަލްޔާ އަށް ދޮގު ހަދާ އޮޅުވާލަން ޖެހިފައިވާތީ ދެރަވަނީއެވެ. ކޮންމެގޮތެއް ވިޔަސް ޝައިމް ގެ ދަރިން އޭނާ އަށް ދުނިޔޭގައިވާ ކޮންމެ އެއްޗަކަށް ވުރެ މުހިއްމެވެ. އަލްޔާ އަކީ ޝައިމް ގެ މުޅި ދިރިއުޅުމެވެ. ދަރިންނާއި އަލްޔާ އާއި ދޭތެރެން ކޮންމެސް އެކަައްޗެއް ހިޔާރު ކުރަން ޖެހޭ ދުވަހަކުން ޝައިމް މޮޔަވާނޭ ހިތަށް އަރަނީއެވެ. ޝައިމް ގެ ބޮލުގައި ނުފިލާ ރިހުމެއް ހުންނަނީ މިސަބަބުތަކަށް ޓަކައެވެ.

“ލައި ނިދީތަ”  ސިކުނޑީގައި އެނބުރެމުން ދިޔަ ފިކުރުތައް އެއްފަރާތް ކޮށްލަމުން އަރިވެލާ އަލްޔާ ގެ މައުސޫމު މޫނަށް ބަލާލަމުން ޝައިމް އަހާލިއެވެ.

“ނޫން. މިރޭ ނާދޭ ނިންޖެއް”  އަލްޔާ މަޑުމަޑުން ބުނެލިއެވެ.

“ކީއްވެ” ޝައިމް ވެސް އަހާލިއެވެ.

“މިސްވަނީ” ހިޔާލަކަށް ގެއްލިފައި އޮތް އަލްޔާ ބުންޏެވެ.

“ވަޓް؟ ކާކުމަތިންބާ”  ޝައިމް ހިތްތެޅިލިއެވެ. އަލްޔާ ޝައިމް އަށް ބަލާލިއެވެ. މިބުނެވުނީ ކީކޭ ހެއްޔެވެ؟

“ހިތަށް މިއަރަނީ ކައިވެނީގެ ކުރިން އުޅުނު ދިރިއުޅުމާއި މިދިރިއުޅުން ހާދަ ބޮޑުތަން ތަފާތޭ. މީހުން ބުނަނީ ރަނގަޅު ވާހަކައެކޭ. ކައިވެންޏަށް ފަހު އަންހެންކުއްޖާގެ ދިރިއުޅުމަށް ބަދަލުތަކެއް އާދެޔޭ” ޝައިމް އާއި ވީ ފަރާތަށް އެނބުރިލަމުން އަލްޔާ ވާހަކަދެއްކިއެވެ.

އެނބުރިލި ގޮތަކުން އަލްޔާ ލައިގެން އޮތް ނިދާ ހެދުމުގެ މޭމަތިން ރޮދި ކޮށިފައި ހުރި ތަނަކުން ކޮށައިގެން ދިޔައެވެ. އެދިމާލަށް ޝައިމްގެ ދެލޯ އަމާޒުވީ އިހުތިޔާރަކާއި ނުލައެވެ. އަލްޔާ އަށް ބަލާލެވުނީ ޝައިމް އަށެވެ. އެތަނުގައި އަތް އަޅާ ނިވާކޮށްލާކަށް ވެސް ނުކެރުނެވެ. ގައިމަތީގައި އޮތް ރަޖާ ބޮޑަށް މައްޗަށް ޖައްސާލަމުން އަލްޔާގެ ނަޒަރު އެހެންދިމާލަކަށް ސީދާ ކޮށްލިއެވެ.

“މާބޮޑަށް އެކަމާއި ނުވިސްނާ. އައިމް ޔުއަރ ހަޒްބަންޑް. ދޭ ޗޭންޖް ކޮށްގެން އަންނަން”

އަލްޔާ ތެދުވެގެން ދިޔުމުން ޝައިމް ހިއްސުތައް ހަމައަކަށް އަޅުވާލިއެވެ. ކައިވެންޏަށް ފަހު އަލްޔާގެ ހަށިގަނޑުން ކުޑަމިންވަރެއް ފެނުނީތީ ވެސް ހިތަށް ހިތްހަމަޖެހުން ލިބުނެވެ. ޝައިމްގެ ލޮލަށް މަންޒަރު ސިފަވާން ފެށުމުން އަލްޔާ އަށް މާބޮޑަށް އެދެވޭން ފެށުނެވެ. އެންމެ ފަހަރަކު ނަމަވެސް އެހަށިގަނޑުގެ ހޫނުކަން އިހުސާސް ކޮށްލަން އެދެވެން ފެށުނެވެ.

ފާހާނާ އިން ނިކުތް އަލްޔާ ސިހުނީ ދާދި ކައިރީގައި ހުއްޓިގެން ހުރި ޝައިމް ފެނުނީމައެވެ. ޝައިމް އަލްޔާ އަށް ބަލަން ހުރި ގޮތުން ޖެހިލުންވިއެވެ.

“ލައި! ޕްލީޒް ބުނެވެން މިއުޅެނީ ލައި މާ ހިތްހަމަޖެހޭނެ އެއްޗެއް ނޫން. ގަދަކަމުން ލޯބި ހޯދާކަށް ބޭނުމެއްނޫން. ލައި އެދޭނަމަ މުޅި އުމުރުވެސް އިންތިޒާރުކުރަން ވެސް ތައްޔާރު”  ޝައިމް ފާހާނާއިގެ ދޮރުގައި ލެގިލަމުން ވާހަކަދެއްކިއެވެ. ހާމައަށް ފެންނަން ހުރި ޝައިމްގެ ހަށިގަނޑަށް ބަލާލަން ވެސް އަލްޔާ އަށް އުނދަގުވިއެވެ. ބޭލި ޓީޝާޓު އަލަމާރިއަށް ލަމުން ވަރަށް ހިތްވަރުކޮށްފައި އަލްޔާ ޝައިމް އާއި ވީ ދިމާލަށް އެނބުރުނެވެ.

“ޓެލްމީ ޝެމް. ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ”  އެނދުގައި އިށީންނަމުން އަލްޔާ ވާހަކަދެއްކިއެވެ.

ހަގީގަތް ހާމަކުރަން ޝައިމް ޖެހިލުންވިއެވެ. އެހާ އަވަހަށް އަލްޔާގެ އިތުބާރު ގެއްލޭކަށް ޝައިމް ބޭނުމެއްނޫނެވެ. ފިރިހެނަކަސް އޭނާ އަކީ ކެތްތެރިއެއް ކަން އަލްޔާ އަށް އަންގާދޭން ބޭނުމެވެ. އަލްޔާ ދެކެ ކުރިން ލޯބިވީ ޝައިމް އެވެ. ކައިވެނިކުރިއިރު ވެސް އަލްޔާ ޝައިމް ދެކެ ލޯބިނުވާކަން އެއީ ޝައިމް އަށް އެނގޭ ހަގީގަތެކެވެ.

“ލައި ތި ވިސްނަނީ ކޯއްޗެއް؟ އެވަރަށް ނުވިސްނާ. ލައި ތި ހީކުރާކަހަލަ ކަމެއް ކުރާކަށް ނޫޅެން. ބޭނުންވީ ހަމައެކަނި ހަގެއް”  ޝައިމް އަލްޔާ ކުރިމަތީ ހުއްޓިލުމާއެކު އަލްޔާ ތެދުވެލިއެވެ.

ދެބަހެއްނެތި ޝައިމް ގެ މޭގައި ބޯއަޅާލިއެވެ. ލޫކް ގެ ހަނދާންތަކާއި ދުރުވުމަށްޓަކައި ކޮންމެފަދަ ކަމެއް ކުރަން ވެސް އަލްޔާ ހުރީ ތައްޔާރަށެވެ. މިއަދު މިއަށްވުރެ ބޮޑުކޮށް އަލްޔާގެ ފަރާތުން ޝައިމް އެދުނު ނަމަވެސް އަލްޔާ ދިނީހެވެ. އެކަން ޝައިމް އަށް ނުވިސްނުނީއެވެ. އަލްޔާގެ ހަށިގަނޑުގެ ހޫނުކަން ހާމައަށް ހުރި ޝައިމްގެ ހަށިގަނޑަށް އިހުސާސްވުމާއެކު ދެލޯ މަރާލެވުނެވެ. އެވަގުތުކޮޅު އެތައް ވަގުތަކަށް ދެމިގެންދާން ހިތް އެދުނެވެ. އަލްޔާގެ ބޮލުގައި ޝައިމް ތުންފަތް ޖައްސާލީ އަލްޔާ އަށް ވެސް އިހުސާސް ނުވާނޭހާ ލުއިކޮށެވެ.

ދެން ފާއިތުވެގެން ދިޔަ ވަގުތު ތަކުގައި ޝައްޔަމް އާއި ބެހޭ ގޮތުން އަލްޔާ ޝައިމް އާއި ސުވާލުކުރުމުން ޝެނާ ކިޔާދިން ގޮތަށް ޝައިމް އަލްޔާ އަށް ކިޔާދިނެވެ. ކިތަންމެ ދޮގުތަކެއް ދުލުން ބޭރުކުރެވުނު އިރު ވެސް އެއްވެސް ތަންކޮޅެއްގައި އަޅައިގަނެފައެއް ނުވޭއެވެ. އަލްޔާ ވެސް ދިޔައީ ޝައިމް ދެއްކި ހުރިހާ ވާހަކަތަކެއް އަޑުއަހަމުންނެވެ. އަދި އެއްމާބަނޑު ބޭބެ ޝައްޔަމް އަނބުރާ ހޯދުމަށް އަލްޔާ ޝައިމް ކައިރީގައި އެދުނެވެ. ރޫޅިފައިވާ އާއިލާ ގުޅުވުމަށް ޝައިމް އަށް ބާރުއެޅިއެވެ. ނަމަވެސް އަލްޔާ އަށް ނޭނގުނީ ޝައިމް ދުލުން ބޭރުކުރަމުންދާ ކޮންމެ ބަހަކީ ކޮންމެ ޖުމްލައަކީ އޭގައި ހަންދަރެއް އެކުލެވިގެންވާ ރޯ ބުހުތާނު ދޮގުކަމެވެ.

 

 

ރޭގަނޑުގެ ވަގުތެކެވެ. ހޮސްޕިޓަލުގެ ޑިއުޓީ ނިންމާލާފައި ނިކުންނަން އައި ސަޖޫލް ހުރީ ނުހަނު އުފަލުންނެވެ. ހޮސްޕިޓަލުގައި އޮތް މީޓިންގްއެއް ނިންމާފައި ސަޖޫލް ގެއަށް އައިތާ އެއްގަޑީރު ވީއެވެ. ވާހަކަފޮތެއް ހިފައިގެން ކޮޓަރީ އެތައް އިރަކު އޮތުމަށްފަހު ކޮޓަރިން ބޭރަށް ނިކުތީ ޝަރީފާގެ އެއްވެސް ހަބަރެއްނުވާތީއެވެ. ކާންވެސް ނުގޮވާތީއެވެ. އާދަނު ބަތޫލް އާއި ބައްދަލުކުރުމަށް މާލެ ދިޔަ ފަހުން ޝަރީފާ އަބަދުވެސް ކަނީ ސަޖޫލާއި އެއްކޮށެވެ. ނަމަވެސް ނުވައެއްޖަހާ ބޮޑުވީއިރު ވެސް ޝަރީފާގެ ހިލަމެއް ނުވޭއެވެ. ކޮޓަރީ އާއި ފާހާނާ އަދި ގޯތިތެރެ އެއްކޮށް ބަލާލީއިރު ވެސް ޝަރީފާ އެއް ނުފެނުނެވެ. ސަޖޫލް ހިތްހަމަނުޖެހޭގޮތްވީ ފޯނު ވެސް ނިވާލާފައި އޮތުމުންނެވެ.

“މަންމަ މިގޮތަށް ކަންތައްކުރާތީއޭ ރުޅިއާދެވެނީ”  އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ސަޖޫލް އެރީ ސޯފާ ގޮނޑިއަށެވެ. އެވަގުތު ޒިލާލް ފޯނުކުރަން ފެށުމުން ސޯފާގައި އޮށޯވެވުނީ ޝަރީފާ އަށް އިންތިޒާރުކުރަމުންނެވެ.

ފޯނުގައި ހުރެ ބަދިގެއަށް ވަދެ މޭޒުމައްޗަށް ކާންހެދުމަށްފަހު ފްރިޖުން ފެންފުޅިއެއް ނަގަމުން ސަޖޫލް ފޯނު ފްރިޖްމަތީގައި ބޭއްވިއެވެ. ކުއްލިއަކަށް އަންހެނަކުގެ ތޫލި ހަޅޭކެއްގެ އަޑާއިއެކު ބަންލާފައި ދޮރުފަތް ޖެހި އަޑު އިވިގެން ދިޔައެވެ. ސަޖޫލް ސިހުނުވަރުން މެއަށް ވެސް ތަދު އަރައިގެން ދިޔައެވެ. ބިރުންހުރެ ބަދިގެއިން ބޭރަށް ބޯދިއްކޮށްލިއިރު މައިދޮރުގައި ލެގިލައިގެން މޭގައި އަތް އަޅައިގެން ދެލޯ މަރައިގެން އެހުރީ ޝަރީފާ ނޫން ދެވަނަ މީހެއް ނޫނެވެ. މާނޭވާ އަޅާ އަޑުވެސް ރީތިކޮށް އިވިއިވި ހުއްޓެވެ.

“މަންމާ!”  ދެއުކުޅުގައި އަތް އަޅާ ސަޖޫލް ޝަރީފާ އަށް ގޮވާލިއެވެ.

ސަޖޫލްގެ އަޑުވެސް ޝަރީފާ އަށް އިވުނީ ބިރުވެރި ފާޑަކަށެވެ.

“ބަލަ މަންމާ ސަޖޫ އޭ މީ. ގެއަށް އައިތާ ކޮންއިރެއް. މަންމަ މިއޮށްފަދަ ރޭގަނޑު ކޮންތާކު އުޅެފައި ތިއައީ. އެހެންރޭރޭ މަންމަގެ ގުގުރީގެ އަޑު އިވޭ ވަގުތޭ މީ. އަދި ނުވެސް ކަމޭ”  ދޮރު ކައިރީގައި ހުރި ޝަރީފާގެ އަތުގައި ހިފާލަމުން ސަޖޫލް ވާހަކަދެއްކިއެވެ.

“ނޫނޭ ދަރިފުޅާ ބިރުވެރި ކަމަކާއި ދިމާވެގެންނޭ މަންމަ އަށް ނާދެވުނީ”  ޝަރީފާ ހަމައަކަށް އެޅި އަނގަ ފުޅާކޮށް ވާހަކަދައްކަން ފެށިއެވެ.

“ދަރިފުޅު މިއަދު ތެއްލިފަތް ކާހިތްވާ ވާހަކަ ބުނީމަ ގަހުގައި ހުރި ފަތްތަކުން މިއަދު މަންމަ ފަތް ތެއްލީ. މިއުޅޭ ސަކީނާ މިގެއަށް އައީ މިއަދު އެމަސައްކަތުގައި މަންމަ އުޅެނިކޮށް. ދެން އޭނަ އެތިކޮޅެއް ދޭން ބުނީމަ މިރޭ އިޝާނަމާދުކޮށްގެން ފަތްކޮޅު ހިފައިގެން މިދިޔައީ އެގެއަށް ލާން. ދަރިފުޅު އަންނަން ވާއިރަށް އަވަހަށް ގެއަށް އަންނަން ހިނގަމުން އަންނަނިކޮށް ސްކޫލް ކައިރިން ފެނުނީ ޕާރޓޭއެއް. އިސްތަށިގަނޑުކޮށް ވަރަށް ބޮޑުކޮށް ބުޅިކޮށް. ދެލޯ ވެސް ފެންނަނީ ކިރިޔާ. އޮތީ ގުދަށް. މަންމަ ހީކުރީ އެދިމާލުން އަރައިގެން އައި ބަކަށްޓެއް ކަމަށް. ޝަހާދަތްކިޔާފައި މިބުނީ ދަރިފުޅާ. މަންމަ މިހާ ބިރެއް ނުގަނޭ ދުވަހަކުވެސް. އަނެއްކާ އެތަނުން އިތުރުމީހަކު ފެންނަން ވެސް ހުރީކީ ނޫން. އެހެންވެ ފާރާއި ނިވާވެގެން ހުރީ އެސޮރު އެތާ ހުރީމަ. މަންމަ ހީކުރީ މަންމަ އެސޮރަށް ފެންނައިރަށް ވަޅި ޖަހާނެކަމަށް”  ސަޖޫލް ދިން ފެންތަށިން ކޯވަރެއް ބޯލަމުން ފުން ނޭވައެއް ޝަރީފާ ދޫކޮށްލިއެވެ. ޝަރީފާ ނުވިސްނާ އިންދާ ސަޖޫލަށް ހިނިގަނޑު ކޮންޓްރޯލްނުކުރެވި ފަޅައިގެން ދިޔަ ވަގުތު ވެސް ޝަރީފާ ސިހިފައި ހަޅޭއްލަވާގަތެވެ.

“ސާބަސް މަންމަ އަށް. މިރަށު މީހުން އެއުޅެނީ މަންމަ ގަޔަށް ވަޅިނުހެރިގެންތަ. ތަނަކު މީހަކު ހުރިއްޔާ މަންމަ އަށް ކީއްތަ”  ސަޖޫލް  ސޯފާގޮނޑިއާއި ދިމާލަށް ދަމުން ބުންޏެވެ. ޝަރީފާ ތުން އަނބުރާލުމުން ސަޖޫލް ކައިރިއަށް ހިނިއައިސް އަނގަމަތީގައި އަތް އަޅާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ލޯބިން ލޯބިވާއޭ…(9)

Next

ހިތް ބޭނުމޭ…11

Next
November 16, 2016

ހިތް ބޭނުމޭ…11

Previews
November 16, 2016

ލޯބިން ލޯބިވާއޭ…(9)

17 Comments!

  1. Ushaali says:
    November 16, 2016 at 3:21 pm

    huriha kudhin kihinehtha? here is episode 15. mi part kiyaalaafa kury part ga suvaalu ufedhunu huriha kudhinge suvaalu thakah javaabu libigen dhaane kamah heekuran. 🙂 🙂 🙂

  2. Naxy says:
    November 16, 2016 at 3:35 pm

    Yet me first. Vahaka v salhi. Alhe lai ah hurihaa kameh bust vaanee kon irakun tha. Shaim haadha goahey

  3. XXX says:
    November 16, 2016 at 3:43 pm

    Vvv rethi.m first..yeyyy

  4. Saandy says:
    November 16, 2016 at 3:46 pm

    ވަރަށް ރީތި… ސާންޑީ ހަމަ ހައިރާންވެއްޖެ ޝައިމްއާ ޝެނާއާ ހެދި… އަމިއްލަ އެދުމުން ފޯވެފަ… އަލްޔާއަށް ޙަޤީޤަތް އެނގޭނެ އިރަކަށް މި އިންތިޒާރު ކުރެވެނީ

  5. faidhaS says:
    November 16, 2016 at 3:52 pm

    reethi hama ,mi vaahaka ah inthizaaru v kurevehji, next episode friday ga dhw , shine

  6. faidhaS says:
    November 16, 2016 at 3:54 pm

    oh sorry ushaali ,mee heekuri shine ge story eh kaman

    1. Ushaali says:
      November 17, 2016 at 9:32 am

      its ok faidhaS 🙂 ushaly gaboolu kuraa gothuga shine aai eh fenvarah adhi ushaly akah vahaka eh nuliyevey. shine akee ushaly varah support kuraa liyuntherieh 🙂 🙂 🙂

  7. Axee says:
    November 16, 2016 at 4:15 pm

    Alhe ushaali konirakun dhen hagygaih egeyny..mihaaru beynunvany hagygaih egen……. v v salhi mi beyves waitin for next part……

  8. Petite says:
    November 16, 2016 at 4:18 pm

    Alhey v v v salhi mi story.. kn irakuntha thi shaim aa shenaa aa bust vaany.. e dhuvahah mi intixaaru kurany.. reethi roalhi akun dhaane shaim n shenaa.. n plxx shaim ah alya gaiga aiy liya nudheythi.. alya is looth’s property.. waiting for the next part.. ❤❤

  9. Fathun says:
    November 16, 2016 at 4:23 pm

    Luke nd alya eves bae nethyma kada ey ushaa. Ehaa varun kyves efadha bae hunnane kama

  10. Shahina says:
    November 16, 2016 at 4:42 pm

    Masha allah speech less hama.avahah lai hageegah angaba waiting next part ah

  11. Dhondhooni says:
    November 16, 2016 at 4:57 pm

    v v reethi..mi inthizaaru kuranee next part ah..v dhera look furaigen dhiyairuves lai n look nugulhuneema.. adhives shaim ge makaruverikan falheh neyri dhw..v dhera look ah thihadhaagothun..

  12. Maus says:
    November 16, 2016 at 5:57 pm

    Hmm haadha makaru gadhaey shaim. V foohi. Dhen Falhaa araany Sharon libunyma. V foohi

  13. Navya says:
    November 16, 2016 at 6:28 pm

    V habeys mi partves??

  14. Khajja says:
    November 16, 2016 at 7:39 pm

    Wow v rythi shaim menge kanthah bust vaa dhuvahakun foari hunnaanethaa ehaa dhogu hadhaathy ekamakuvaa shaim dhen kommes gothakun kudaminvarevviyas angan v ma thi hadhaaly dhogu thikamun alimageh fennaane kamah tha moosa be aa lai adhives dhimaave vaahaka dhakkaaleveyne nama dhw moosa be furumuge kurin… stry hama super n waitin nxt

  15. sonaalee says:
    November 16, 2016 at 11:15 pm

    Shaim aa alya aa kaari nu kurahchey. .alyaa ge hashigadigaa beehen jeheny hama ekani loook..alyaa aee look ge meeheh..anekaaves alyaa n look gulhuvaba

  16. Ushaali says:
    November 17, 2016 at 9:33 am

    huriha kudhinnah varah bodah shukuriyya. 🙂

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 16←


All Right Reserved!