ލޯބިން ލޯބިވާއޭ… (8)
“މަންމާ” ވޭނީ އަޑަކުން ގޮވާލި އަޑުއިވުމާއެކު ސަމީނާއާއި ޢުބައިދުﷲ އާއި ދެމީހުންނަށް ބަލައިލެވުނީ އެކުއެކީގައިކަހަލަ ގޮތަކަށެވެ. “ދަރިފުޅާ، އަރޫޝާ؟ ކިހިނެއް؟ ކޮންއިރަކު ދަރިފުޅު އައީ؟” ސަމީނާ ވާހަކަ އޮޅުވާލެވޭތޯ ބަލަމުން ސުވާލުކޮށްލިއެވެ. “މަންމާ، އަޅުގަނޑަށް ހުރިހާ ކަމެއް އެނގިއްޖެ. އެންމެ ކަމެއް ފިޔަވާ. މިހުރިހާ ދުވަހު އަޅުގަނޑަށް ބައްޕައެއްގެ ލޯބި އުނިވިޔަނުދީ އެލޯބިދިން ފަރާތަކީ ކާކުކަން؟” އަރޫޝާ ރޮމުން ސުވާލުކުރަމުން ދިޔައިރު ޢުބައިދުﷲގެ ނަފްސަށްވަނީ ފާޑެއްގެ ސިހުމެއް ލިބިފައިކަން މޫނުމަތިން ފެންނަމުން ދިޔަ ކުލަތަކުން އެގެއެވެ.
ސަމީނާގެ ހިތްވަނީ ޝަކުވާތަކުން ފުރިފައެވެ. ހާމަވެގެންދިޔަ ޙަޤީގަތާއެކު އަރޫޝާ ވެސް ވަނީ ސިހުމެއްގެ ތެރޭގައެވެ. ލިބިފައިވާ ހިތްދަތިކަމާއެކުގައިވެސް އަރޫޝާގެ ސުވާލުތަކަށް ޖަވާބުދީ އަރޫޝާއަށް ހުރިހާ ޙަޤީގަތެއް ހާމަކޮށްދިނުމަށް ސަމީނާ ނިންމިއެވެ. “ދަރިފުޅަށް ބައްޕައެއްގެ ލޯބި ދިން އިންސާނަކީ މުއީން. އެމީހަކީ ދަރިފުޅުގެ ދޮންބައްޕަ. ދަރިފުޅު ވިހެއުމާއެކުވެސް މަންމަ ޢުބައިދުﷲއަށް އެންގިން. އެކަމަކު ދަރިފުޅު ދެކިލާކަށްވެސް ޢުބައިދުﷲ ބޭނުމެއްނުވި. މަންމަ ދަރިފުޅަށް ބަލިވެ އިނީއްސުރެ ވިހަންދެން އެންމެ ގާތުގައިހުރި މީހަކީ މުޢީން. ދަރިފުޅަށް ހަމަހުގައި މަންމަ ކައިރިން މުޢީން ކައިވެންޏަށް އެދުނީ. ދަރިފުޅަށް ރަނގަޅަކަށް ދަރިފުޅަށް ބައްޕައެއްގެ ލޯބި ހޯދައިދިނުމަށްޓަކައި މަންމަ މުޢީންއާއި ކާވެނިކުރީ. ދުވަހަކުވެސް ދަރިފުޅު ނިކަމެތިވެ ބިކަވިޔަ ނުދިނުމަށްޓަކައި މަންމަ އެގޮތަށް އެކަން ކުރީ.” ސަމީނާ ރޮމުން ވާހަކަ ދެއްކިއެވެ. އަހަރުތަކެއް ފަހުން އަނެއްކާވެސް އެހިތުގައި ލެވިފައިވާ ލަކުނުތައް މިވަނީ އަލުން ތާޒާވެފައެވެ. އިވިގެން ދިޔަ ވާހަކަތަކުގެ ސަބަބުން ޢުބައިދުﷲއަށް އޭނާ ކުރި ކުށުގެ އިޙްސާސް އިތުރަށް ކުރެވެމުން ދިޔައެވެ. “މަންމާ. މިގޮތަށް ވާހަކަ ދައްކަންޖެހޭތީ އަޅުގަނޑު މާފަށް އެދެން. ނަމަވެސް މިއަދު މަންމައަށް އެގެންޖެހޭ ވާހަކައެއް މިއީ. މިއަދު ބައްޕަކަމަށް ދަޢުވާކުރަމުން މިގެއަށް އައިއިރު ނަސްލު އޮޅުވާލުމުގެ ސަބަބުން ލިބިގެންދިޔަ ދެރައާއިމެދު ވިސްނޭތަ ބައްޕައަށް. މަންމާ. އަޅުގަނޑުމެން ދެމީހުންވަނީ މާކުރިން ދިމާވެފަ. އަޅުގަނޑު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކީ އަޅުގަނޑުގެ އެއްބަފާ ބޭބެ. ފާފައެއްކުރެވުމުގެ ކުރިން ޙަޤީޤަތް ދިޔައީތީ ޙަމްދާއި ޝުކުރު. ނަސްލު އޮޅުވާލުމުގެ ސަބަބުން ހަމަގައިމުވެސް ލިބިގެން ދިޔައީ ދެރައެއް. އިވާންއަށް މިހިތި ޙަޤީޤަތް އެގޭއިރު ވާނެގޮތް ވިސްނާލެއްވިންތޯ؟ އެދުވަހު އަޅުގަނޑު ނިކަމެތިވީމަ ކައިވެންޏާއި ޤަބޫލުނުވިކަންވެސް ރަނގަޅު. އެދުވަހު އަޅުގަނޑާއި ދިމާލަށް އެއްޗެހިކީއިރު ބައްޕަ އެހަނދާން ވުމުން މިވަގުތު ލަދުގަނެ ދެރަނުވޭތޯ؟” އަރޫޝާ ރުޅިއާއި ދެރަ އެކުލެވިގެންވާ އަޑަކުން ވާހަކަ ދެއްކިއެވެ. “ދަރިފުޅާ. ބައްޕައަށް މާފުކުރޭ. ބައްޕަ މިހުރީ ދަރިފުޅުގެ މާފް ހޯދުމަށް ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް.” ޢުބައިދުﷲ ދެރަވެފައި މާފަށް އެދުނެވެ.
“ބައްޕަ ކުރަންވީ ކަމަކީ އިވާންއާއި މުޅި ޢާއިލާއަށް ޙަޤީޤަތް ކިޔާދޭންވީ. ބައްޕަގެ ކުށަށް އަޒްލިފާ ދައްތައާއި އާއިލާ މީހުންގެ މާފްލިބިއްޖެނަމަ އަޅުގަނޑު ބައްޕައަށް މާފްކުރާނަން. ނަމަވެސް ބައްޕައާއެކު ތިޔަ މުއްސަނދި ދިރިއުޅުން އުޅެންދާކަށް ބޭނުމެއްނޫން. ޙަޤީޤަތަކީ މިއަދު ކިތަންމެ ގިނަ ލާރި ލިބުނު ނަމަވެސް ބައްޕަ ނިކަމެތިވެފައިވާކަން. އިސްޖެހިއްޖެކަން. މުދަލާއި ފައިސާއަކުން އުފަލާއި ލޯބިވާ ޢާއިލާއެއް ނުގަނެވޭނެކަން. ޢާއިލާއެއް ބިނާވަނީ ލޯތްބާއި އިޙްތިރާމްގެ މައްޗަށް. އެކަކު އަނެކަކަށް އޮންނަ ކުލުނާއި އެކުވެރިކަމުގެ މައްޗަށް. މުދަލާއި ފައިސާއަކީ ވަގުތީ އުފާ.” އަރޫޝާ ވާހަކަ ދެއްކިއެވެ. އެހުރިހާ އިރު ސަމީނާ ހިމޭނުން އިނދެފައި ވާހަކަ ދައްކަން ފެށިއެވެ. ” އަހަރެންގެ މިދަރިފުޅު ދުވަހަކުވެސް ޢުބައިދުﷲގެ އަތްދަށަށް ދޫކޮށެއްނުލެވޭނެ. މިއީ އަހަރެންގެ ހުރި އެކަނި މީހަކީ. މިދަރިފުޅު” ސަމީނާ ބިރުގަތީ އަރޫޝާ އޭނާއާއި އެކު ގެންދަން އުޅެފާނެތީއެވެ.
ރުޅިވެރި ބަސްތަކާއި ކުރެވުނު ކުދިކުދި ގޯނާތަކުގެ ތެރެއިން އެކުވެރިވި މައިރާއާއި އިމްޔާންގެ ހިތް އެކަކު އަނެކަކަށް އެދި ގޮވަންފެށީ ކޮންއިރަކު ކަމެއް ދެމީހުންކުރެ މީހަކަށް ނޭގެއެވެ. ހިތުގެ އެދުމާއި އިމްޔާންއަށް އެއްބަސް ނުވެވިގެން އުޅޭ ސަބަބަކީ ޒޯއީ ކަމުގައި ހީވާ ފަހަރުވެސް މަދެއްނޫނެވެ. ޒޯއީ އަކީ އިމްޔާން ޤަބޫލުކުރާގޮތުގައި އޭނާގެ ލޯތްބެވެ. ނަމަވެސް ހިތުގައިވަނީ މައިރާގެ ނަމެވެ. ލޯ މަރައިލާއިރަށް ފެންނަނީ މައިރާގެ އެރީތި ސޫރައާއި ހިނިތުންވުމެވެ. ޙަޤީޤތަކީ ފުރަތަމަ ދުވަހު މައިރާ ފެނުމުންވެސް އެހިތް ތަފާތު ގޮތަކަށް ތެޅިލިކަމެވެ. އިމްޔާންގެ ހަރުކަށި ބަސްތަކަށް ރައްދު ނުދިނުމާއި އާއިލާގެ މީހުންނަށް ހެޔޮކޮށް ހިތުމަކީ އެއީ އިމްޔާންއަށް މައިރާގެ ފަރާތުން ފެނުނު އޭނާ ހިތްއެދޭ ކަންކަމެވެ. ގޭތެރޭގައި އުޅެމުންދާއިރު ހުންނަ މަޑުމައިތިރިކަމާއި ރީތި ޚުލްޤުގެ ސަބަބުން އިމްޔާންއަށް މައިރާއާއި ދިމާލަށް އެކުވެރިކަމުގެ އަތް ދިއްކޮށްލެވުނީއެވެ. އިމްޔާން ޚިޔާލްތަކެއްގެ ތެރެއަށް ގެނބެމުން ދަނިކޮށް އެޚިޔާލުތަކުގެ ތެރެއިން ބޭރުކޮށްލީ ކުރިމަތިން ހުރަސްކޮށްލި މައިރާއެވެ. މައިރާ މަޑުމަޑުން އިމްޔާން ކައިރީ ހުއްޓިލި އިރު އެހެންޏާ އެމޫނުމަތީގައި ހުންނަ އުޖާލާކަން ފެންނަން ނެތުމުން އިމްޔާންގެ ހިތުގައި ސުވާލު އުފެދުނެވެ. ” މައި. ކިހިނެއްވީ؟ ހާދަ އޮފްވެފަ؟” އިމްޔާން މައިރާއަށް ގޮވާލަމުން ވާހަކަ ދެއްކިއިރު އެއަޑުގައި ކަންބޮޑުވުން އެކުލެވިފައިވިއެވެ. ” އަހަރެން މަންމަ މަތިން ހަނދާންވީ. ހިތަށް އަރާ އަހަންނަކީ ހާދަ ބަދުނަސީބު އަންހެންކުއްޖެކޭ. މަންމަ އެއް ނެތް. ބައްޕަ ދުވަހަކުވެސް ހަމަލޮލުން ފެނުނު ހަނދާނެއް ނުވޭ. އަބަދުވެސް ފެނިފައިވަނީ ބައްޕަގެ ފޮޓޯއެއް. މަންމަ ދުނޔޭގައި ހުންނެވިއުރު ބައްޕަ ކޮބާތޯ ސުވާލުކޮށްލާއިރަށް ބުނާނެ މަސައްކަތެއްގައި ރަށަކަށް ގޮސްވީކަމަށް.” މައިރާ ރޮމުން ވާހަކަ ދެއްކިއެވެ. އިމްޔާންއަށް ބުނާނެ އެއްޗެއް ނޭގުނެވެ. މައިރާގެ ދިރިއުޅުން މިހާ ހިތާމަވެރިކަމެއް އިމްޔާން އަކަށް އެގިފައިނުވެއެވެ. އިމްޔާން މަޑުމަޑުން މައިރާ އޭނާގެ ގަޔާއި ކައިރިކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ. “މައި. ދިރިއުޅުމަކީ އިމްތިޙާނެއް. އެކި މީހުންނަށް ކުރިމަތިވާނީ އެކިކަހަލަ ކަންކަން. އަދި އިރާދަކުރެއްވިއްޔާ މައިއަށް މައިގެ ބައްޕަވެސް ފެންނާނެ. ބައްދަލުވާނެ. ޔާން ދުވަހަކުވެސް ހީނުކުރަން މައިގެ ލައިފް ތިހާ ސޭޑްވާނެކަމަށް.ދެރަގޮތެއް ނުވާނެ. ވިސްނަންވާނީ ޕޮޒިޓިވްކޮށް.” އިމްޔާންގެ އެބަސްތަކުން މައިރާއަށް ހިތްވަރު ލިބުނިއރު އިމްޔާންގެ އެގާތްކަމުގެ ސަބަބުން ދެހިތަށްވެސް އަސަރުކުރަމުން ދިޔައެވެ. އެނާޒުކު ވަގުތުގައި އިމްޔާންގެ ހިތުގައި އަޒުމެއް ކަނޑައެޅިއެވެ. މައިރާއަށް އޭނަގެ ބައްޕަ ހޯދައިދިނުމުގައި އެހީވުމުގެ ޢަޒުމެވެ. އެއަންހެން ކުއްޖާއަށް ދުނިޔެމަތިން އުފާވެރިކަން ދެއްވުމަށް އެދި ހިތާހިތުން އެވަގުތު ދުޢާކުރެވުނެވެ.
ޝަންހާއީގެ މައިގޭޓުން ވަދެގެން އިވާން އާދެއެވެ. ސިންގަޕޯރަށް އެއްކޮށް ބަދަލުވާން ހިތުލައިގެން ދިޔަނަމަވެސް އެކޮޅުގައި ހުންނަން ބޭނުންނުވުމުން ހަފްތާއެއްހާ ދުވަސްފަހުން އަނެއްކާ މާލެއަށް އައީއެވެ. ވަގުތާއެކު ހުރިހާ ކަމެއް ބަދަލުވާނެކަން އިވާން ޤަބޫލުކުރެއެވެ. ދިރިއުޅުމުގައި ކުރިއަށް އެގެން އޮތް ހިތި ޙަޤީޤަތުގެ އެއްވެސް ހިލަމެއްނެތް އިވާން އަދިވެސް އިންތިޒާރުކުރަމުން ދަނީ އަރޫޝާއަށެވެ. ކޮންމެވެސް ދުވަހަކުން ބައްޕަގެ ރުހުން ލިބޭނެކަމުގެ އުއްމީދު އިވާންއަށް އޮތްކަހަލައެވެ. ނަމަވެސް ކަންތައްވާން އޮތްގޮތުން މުޅި ޢާއިލާގެ އެންމެންވެސް ހިތްހަލާކުވެގެންދާނެކަން ގައިމެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


sorry lovlies.
story ingey varah kurukan. ekamaku dhen oih part interesting vefa e partga haadhisaa eh himeneythy miha hisaabah mi part kurukohlli.
dhen anna part varah avaha upload kohdheynan.
faaithu vegen dhiya dhuvas kolhu varah varah busy koh ulhuny wedding aka ready vaan. ehenve las v.
sorry all. hope kuran forgive kohdheyne kamah.
comment and let me know what you think about this episode! <3
Haadha lahey…but very nice
Lasvefa haadha kuray….. dhen owk aislin ah ves vaguthu vee varukan ingay… vaahaka reethi ekam kudakoh complicate. Anyways thanks…☺
?varah kuru ekam truly understanding bcx I dead know how it feels when u r busy. Love you and looking forward for the next ep. But arusha and ivaan gulheyne gotheh vaane kanneyge dw. Maybe they arnt truly brothers. ? ciao. ?
I mean sibilings. Not brothers ?
Vaahaka v reethi ekam up kuraaleh v las ummeedhukuran dhen v avaha up kuramundhanekamah
Kuree part handaan vs nei mihaaru..
Vaahaka reethi..ekm ehaa gina duvas kohfa up v iru vs ehaa kuru.. U will understand if u also think like a reader..
Sahli
vaahaka v reethi exam maalahy up kuraale