Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބީރައްޓެހިޔާ 2

InsaanehMiAAlamGaivAA Level 110 Stories
November 15, 2016 2 Mins Read
13 Comments

އޭނާ އެގެޔަށް ބަދަލުވުމަށްފަހު ވަރަށް ގަދަޔަށް މަސައްކަތްކުރިއެވެ. ފުރާޅު މަރާމާތުކޮށް ތެޅިފައި ހުރި ކުޑަދޮރުތައްވެސް އާކުރިއެވެ. ކުލަލާ، ގެ ޒީނަތްތެރިކުރިއެވެ. ގެ މުޅިން ބަދަލުކޮށްލިއެވެ. އަވަށުގެ މީހުން މިކަމާ ތިބީ ވަރަށް ހައިރާންވެފައެވެ.
އެކާވީސް ޑިސެމްބަރު ވީ ހޯމަދުވަހުގެ ހެނދުނު އަވަށުގެ މީހުންނަށް އެގޭގެ ބޭރުގައި ބޮޑު އަކުރުން ‘ދަ ކޯނަރ ޝޮޕް- ޑޭވް ސްޓެޓިން’ ލިޔެފައި ވަނިކޮށް ފެނުނެވެ. އެމީހުންނަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. ވުޑެންޑުގައި ފިހާރައެއް ހުޅުވަނީ ހެއްޔެވެ؟ ހުރިހާ އެންމެންވެސް އެކަމާ ބެހޭގޮތުން ވާހަކަދެއްކިއެވެ.
އެއްފަހަރަކު ވުޑެންޑުގައި ފިހާރައެއް ހުޅުވިއެވެ. އެކަމަކު މީގެ ވިހިއަހަރު ކުރިން އެތަން ވަނީ ބަންދުކޮށްފައެވެ.
ބައެއް މީހުން ފިހާރަ ހުޅުވަން ތާއީދުކުރިއިރު އަނެއްބައި މީހުން އެކަމާ ދެކޮޅުހެދިއެވެ.
އަވަށުގެ ހޯލުގައި އެރޭ އެމީހުން ބައްދަލުކުރިއެވެ. ހުރިހާ އެންމެންވެސް އެތަނުގައި ތިއްބެވެ. ހުޅުވަން އުޅޭ އާ ފިހާރައާމެދު އެންމެންވެސް ތިބީ ޝައުޤުވެރިވެފައެވެ.
“ކޯނަރ ޝޮޕް ހުޅުވުމަކީ ހަމަ ވަރަށް ރަނގަޅު ޚިޔާލެއް.” ކޮންމެވެސް މީހަކު ބުންޏެވެ. “އަހަރެމެންނަށް ކޮންމެހެންވެސް ބޭނުންވޭ ފިހާރައެއް. އޭރުން ލިޑްނީއަށް ދާކަށް ނުޖެހޭނެ.”
“އަހަރެން އެއްބަސް. އަވަށުގަ ފިހާރައެއް ހުރުމަކީ ރަނގަޅު ކަމެއް. މިތަން މާ މަޑުމައިތިރި. ކަމެއް ނެތް. ވުޑެންޑަށް ފިހާރައެއް ބޭނުންވޭ.” މިސަޒް ހެރީސަން ވާހަކަދެއްކިއެވެ. އޭނާ ޑޭވް ސްޓެޓިންދެކެ ގަޔާވެއެވެ.
“ބޭކާރު ވާހަަކަ ނުދައްކާ!” މިސް ބްރައުން ބުންޏެވެ. އޭނާއަކީ އަވަށުގެ ސްކޫލުގެ ޓީޗަރެކެެވެ. “ލިޑްނީ ހުރީ މާ ދުރަކު ނޫން. އެތަނުގަ ވަރަށް ގިނަ ފިހާރަތައް އެބަހުރި.”
އިރުކޮޅެއް ނުވެ އެންމެން އަޑުގަދަކުރަން ފެށިއެވެ.
މިސްޓަރ ހާޓް ކޮޅަށް ތެދުވެ ވާހަކަދެއްކިއެވެ. އޭނާއަކީ ބިޔަކޮށް ހުންނަ، އަޑުވެސް ގަދަ މީހެކެވެ.
“ހުރިހާ އެންމެން އަޑުއަހާ!” އޭނާ ހަޅޭއްލަވައިގަތެވެ. “މީގެ ކުރިން މިއަވަށުގަ ހަމަނުޖެހުމެއް ނުހިނގާ. އަހަރެމެން އަބަދުވެސް އުފަލާ އަމާންކަމުގަ އުޅުނީ. މިހާރު މިފިހާރައަކާ ހެދި ހަމަޖެހުން ނަގާލައިފި.”
“މިސްޓަރ ސްޓެޓިނަށް ވާހަކަދެއްކުމުގެ ފުރުސަތު ދީ.” ކޮންމެވެސް މީހަކު އެދުނެވެ. “އެއީ އޭނަގެ ފިހާރަ. އޭނައަށް ވާހަކަދެއްކުމުގެ ފުރުސަތު ދީ.”
“ހުރިހާ ބޭފުޅުން.” މިސްޓަރ ސްޓެޓިން ވާހަކަދައްކަން ފެށިއެވެ. “އަހަރެން ބޭނުމެއްނޫން އެއްވެސް ހަމަނުޖެހުމެއް ހިންގާކަށް. އަހަންނަކީ އަދިވެސް ބީރައްޓެއްސެއް މިއަވަށުގަ. އެކަމަކު އަހަރެން ބޭނުން ކަލޭމެންގެ މީހަކަށް ވާން. އަހަރެން ބޭނުން ކަލޭމެންގެ ރައްޓެއްސަކަށް ވާން. ވުޑެންޑުގެ މީހުންދެކެ އަހަރެން ގަޔާވަން.” އޭނާ ހިނިތުންވެލިއެވެ. އަދި ބައެއް މީހުން އަތްޖެހިއެވެ. އެމީހުން އޭނަދެކެ ގަޔާވެއެވެ.
“ކޯނަރ ޝޮޕް ބައިވަރު އެއްޗެހި ވިއްކާނެ.” މިސްޓަރ ސްޓެޓިން ކުރިއަށް ގެންދިޔައެވެ. “އަހަރެން ކާއެއްޗެހި ކަހަލަ އެއްޗެހި ވިއްކާނަން. ހުރިހާ އެއްޗެއްވެސް އަގުހެޔޮވާނެ. އަހަރެން ވައުދުވަން.”
ހުރިހާ އެންމެން ތިބީ ކަނުލާ އަޑުއަހާށެވެ.
“އަދި އެހެން ޚިޔާލެެއްވެސް އެބައޮތް.” ޑޭވް ބުންޏެވެ. “މިއަވަށުގެ އެއްޗެހި އަހަރެން ވިއްކާނަން.”
“މިއަވަށުގެ އެއްޗެހި ތި މާނަކުރަނީ ކިހިނެއް؟” މިސް ބްރައުން އެހިއެވެ.
“އަހަރެން ބުނެދޭނަން، މިސް ބްރައުން. އަހަންނަށް އެނގޭ މިސް ރީތި ކޭކުތަކާއި ޕާން ތައްޔާރުކުރާކަން.” ޑޭވް ބުންޏެވެ.
މިސް ބްރައުން ހީލިއެވެ. އެންމެންނަށްވެސް މިސް ބްރައުން ތައްޔާރުކުރާ އެއްޗެހި އެނގެއެވެ.
“އަދި މިސްޓަރ ހާޓް، އަހަންނަށް ފެނުނު މިސްޓަރގެ މާތައް. ކަލޭ ވަރަށް ރީތި މާތައް ހައްދަމެއްނު.”
މިހާރު މިސްޓަރ ހާޓް ހިނިތުންވެލިއެވެ. އާނއެކެވެ. އޭނަގެ މާތައް ރީއްޗެވެ. ހުރިހާ އެންމެންނަށްވެސް އެކަން އެނގެއެވެ.
“އަދި މިސްޓަރ އެވެރެޓް ޕޮޓް ހަދާ.” ކޮންމެވެސް މީހަކު ބުންޏެވެ.
“މިސަޒް ޑޭވީސް ކުޅޭ ބުދު ހަދާ.” އަނެކަކު ބުންޏެވެ.
“އަދި އަހަރެން މިއަވަށުގެ ކުރެހުންތައް ކުރަހަން.” މުސްކުޅި މިސް ލޫސީ ގްރޭ ބުނެލިއެވެ.
“އާނ. ކަލޭމެންކުރެ ކޮންމެ މީހަކަށްވެސް ކޮންމެވެސް ކަމެއް ކުރެވިދާނެ. ކަލޭމެން ވަރަށް ބޯ ރަނގަޅު. ކަލޭމެން ބައިވަރު އެއްޗެހި ހަދާ. އެއްޗެހި ފަތުރުވެރިންނަށް ވިއްކިދާނެ. ހޫނު މޫސުމުގަ ވުޑެންޑަށް ބައިވަރު ފައިސާ އެތެރެކުރެވިދާނެ.” ޑޭވް ބުންޏެވެ.
“އެކަމަކު ފައިސާއަށް ހަދާނީ ކިހިނެއް؟” މިސްޓަރ ހާޓް އެއްސެވެ. “ކިހިނެއް ކަލޭ އަހަރެމެންނަށް އަގު އަދާކުރާނީ؟”
“ރަނގަޅު ސުވާލެއް.” ޑޭވް ބުނެލިއެވެ. “އަދި މިއޮތީ ޖަވާބު. ކަލޭމެންގެ އެއްޗެހި އަހަރެންނާ ހަވާލުކުރީމަ އަހަރެން އެއްޗެހި ކަލޭމެންނަށް ވިއްކަދޭނަން. އަހަރެން އޭގެން ބައެއް ނަގާފަ ދެން ހުރި ފައިސާ ކަލޭމެންނަށް.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InsaanehMiAAlamGaivAA

Level 110 Stories

Other Articles

Previous

ރިޔާޝާ (23ވަނަ ބައި)

Next

ވަންހަނާ (4)

Next
November 15, 2016

ވަންހަނާ (4)

Previews
November 15, 2016

ރިޔާޝާ (23ވަނަ ބައި)

13 Comments!

  1. Hooooo. says:
    November 15, 2016 at 11:29 am

    What is this. ?????????

  2. Saandy says:
    November 15, 2016 at 11:58 am

    ވަރަށް ފައްކާ

    1. Saandy says:
      November 15, 2016 at 11:59 am

      އެކަމު ތިނަން އެހާ އަޅައިގަންނަ ގޮތެއް ނެތް… އެހެންވެ ކަންނޭނގެ ކޮމެންޓް ނުލިބެނީ… މިވާހަކަ އަޕްކުރާ ކުއްޖާ މިކަމާ ވިސްނާލައްޗޭ

  3. Aru says:
    November 15, 2016 at 12:26 pm

    Vv hadhi ??

  4. Mujey says:
    November 15, 2016 at 12:57 pm

    ehaa interesting eh noon but
    goodluck , hope it will be more interesting
    waiting 4 the 3rd part

  5. Mives insaaneh says:
    November 15, 2016 at 1:13 pm

    Nan bunyma araakaa handieh annanytha???????. Thihinveeru mirey kohmehenves fonuvan jeheyne!!???

  6. nikyy says:
    November 15, 2016 at 2:34 pm

    Varan hadi..????

  7. Ba says:
    November 15, 2016 at 2:38 pm

    Interesting story 🙂

  8. She or he what ever says:
    November 15, 2016 at 3:52 pm

    Chyyyyydi blaaaaa

  9. kiya says:
    November 16, 2016 at 11:19 am

    Nooney hadiyeh noon. Hama v baraabaru..keeo it ip…

  10. ammaday says:
    November 18, 2016 at 11:06 pm

    Story reethi. Ekamaku storyga name e haaa reethi eh nun..

  11. raf says:
    November 22, 2016 at 12:23 pm

    mibaa ok dhw…ekam nantha v olhey

  12. Nim says:
    November 30, 2016 at 5:43 pm

    story ge name ehaa kamaku nudhey…mihaaru gina kudhin vaahaka kiyaa hiy vaanee story ge name kamudhannaa..so dhn liyaa story eh ga name rangalhu kohlahcheyy

Comments are closed.

Next Episodeބީރައްޓެހިޔާ 3←


All Right Reserved!