ހިތް ބޭނުމޭ…9
ހިތް ބޭނުމޭ…9
“މިއަދުން ފެށިގެން ކޮފީ ނުބޯން މި ނިންމީ. ނުބަޔަސް ހެލްތީ އެއްޗިއްސެއްނު ބޯން ވާނީ” ހަގީގަތުގައި އެ ޖޫހުގައި ލިލިއަން އަށް ލީ ވަރަށް މީރު ރަހައެކެވެ. ޖަބީން އަށް ނުބައި އެއްޗެއް ވިސްނިދާނެތީ ލިލިއަން ވާހަކައެއް ހަދައިލިއެވެ.
“މިހާރު އެއޮށް އަށްގަޑި ބައި ވަނީ. ނުވައެއް ޖަހާ އިރަށް މާރިއާ އާންޓީ މެންގެ ގެއަށް ދާންވާނެ.” ކޮފީ މަގު ހިފައިގެން ގޮނޑިން ތެދުވަމުން ޖަބީން ބުންޏެވެ.
“މަންމާ. ބައްޕަ ނުދުރުވަނީ ތޯ؟” ޒަހީންގެ ހަބަރެއް ނުވާތީ ހަގީގަތުގައި ލިލިއަން ހުރީ ވަރަށް ދެރަ ވެފައެވެ. ކައިވެނީގެ ވާހަކަ ދެއްކި ފަހުން ޒަހީން އަދި ލިލިއަން އަކާ ވާހަކަ އެއް ނުދައްކައެވެ. އެހެން ނޫނީ މާލޭގައި ނެތަސް އަބަދުވެސް ވަކިން ލިލިއަން އަށް ގުޅައިގެން އޭނާގެ ހާލު ޒަހީން ބަލައެވެ. މިފަހަރު ހަބަރެއް ނުވާތީ ބައްޕަ އަދިވެސް ލިލިއަން ދެކެ ހިތްހަމަ ނުޖެހިފައި ހުރިހެން ހީވާތީ ޖަބީން އާއި ލިލިއަން ސުވާލު ކޮށްލިއެވެ.
“ބައްޕަ އަދި ދުރުވާނީ ދެދުވަސް ފަހުން. ދަރިފުޅު ކައިވެންޏަށް އެއްްބަސް ވިކަން އެނގުނީމަ ބައްޕަ ހުރީ ވަރަށް އުފަލުން. ދަރިފުޅަށް ސަލާމް ވެސް ބުނި” ޖަބީންގެ ޖަވާބުން ލިލިއަންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ހިނިތުން ވެލަމުން ޖަބީން އާއި އެކު ނުކުތީ ރޯޒްޕާކަށް ދާށެވެ.
ސިޑިން ފޭބި އީވާ އަށް މާރިއާ އާއި ޒެއިން ސިޓިންގް ރޫމް ސޯފާގައި ތިބިތަން ފެނި ގަޑި ބަލައިލިއެވެ. ޒެއިން އޮފީހަށް ނުގޮސް އިނުމުން އީވާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ގައިމު ހެނދުނުގެ ނާސްތާ ކުރަން ތިބި އިރުވެސް ޒެއިން އޮފީހަށް ނުދާ ވާހަކަ އެއް ނުބުނޭ ވިއްޔާއެވެ.
“ޒެން މިއަދު އޮފީހަށް ނުދަނީ ތަ؟” އީވާގެ ސުވާލަށް ޒެއިން ޖަވާބުދޭން އަނގަ ހުޅުވައިލި ތަނުން ވާހަކަ ދެއްކީ މާރިއާއެވެ.
“މިއަދު ލިލީ އާއި ޖަބީން އާންޓީ އެބަ އާދޭ ކައިވެނީގެ ކަންތައް ހަމަ ޖައްސަން” ޖަބީން ގެ ޖުމްލައިން އީވާއަށް ބަލައިލެވުނީ ޒެއިން ގެ މޫނަށެވެ. އިސް ޖަހާލައިގެން އިން ޒެއިން ގެ މޫނުމަތިން އެއްވެސް އަސަރެއް އީވާ އަކަށް ފާޅެއް ނުވިއެވެ.
“މަންމަ އަޅުގަނޑު ގާތު ބުނެވެސް ނުލާ. ޒެން، ޒެން ވެސް އަހަރެން ގާތު ނުބުނީ ކީއްވެތަ؟ ގައިމު ރޭގަ ވެސް އަހަރުމެން އުޅުނީ އެކީ ވިއްޔަ” ޒެއިން ގެ ނިންމުމާއި މެދު ހައިރާންވެފައި ހުރި އީވާ ޝަކުވާކޮށްލިއެވެ.
“ދަރިފުޅުމެން ކޮޓަރިއަށް ދިޔައިމަ މަންމަ އެވާހަކަ ޒެން ގާތު ދެއްކީ. އެހެން ނޫނަސް ކުރީ ބައިގަ ބުނީމަ ސަޕްރައިޒް އަކަށް ނުވާނެ އެއްނު” މާރިއާ ގެ އަޑުން އޭނާ އުފާވެފައި އިން ވަރު އީވާ އަށް އިހުސާސް ވިއެވެ. ޒެއިން އާއި ޖެހިގެން އިން ސޯފާގައި އީވާ އިށީނުމާއި އެކު ޖަބީން ތެދުވީ ލިލިއަން މެނަށް ސައި ތައްޔާރު ވިތޯ ބަލަން ދާށެވެ. ވަގުތުގެ ބޭނުން ހިފަމުން އީވާ ޒެއިން އާއި ދިމާލަށް ބުމަ ގޮށް ޖަހައިލަމުން ބަލައިލިއެެވެ.
“ޕްލީޒް ސިސް. އަހަރެން ބޭނުން ވެގެން ނެއް ނޫން އެއްބަސް ވީ. މަންމަ ގެ އާދޭހަށް ބީރު ކަންފަތެއް ދޭން ނުކެރިގެން. ސޯ ޕްލީޒް އަހަރެން ދެކެ ރުޅި ނާންނާތި” އީވާގެ މޫނުގެ ކުލަވަރު ފެނުމުން ޒެއިން އަވަސް އަވަހަށް ބުނެލިއެވެ.
‘އެކަމު ޒެން! އަހަރެން ހީކުރީ ޒެން އެލީ އާއި އެކު އެ ހުރިހާ ކަމެއް ތި ކުރަނި ލޯބި ވާތީ ކަމަށް” ކިތަންމެ މަޑުން ވާހަކަ ދެއްކި ކަމުގައިވިޔަސް އީވާ އިނީ ދަތްކުނޑި ވިކިފައެވެ. އީވާގެ ޖުމްލައަށް ޖަވާބެއް ދޭން ޒެއިން ބޭނުން ނުވުމުން ހިމޭން ކަން އިހްތިޔާރު ކުރިއެވެ.
“ލުކް ޒެން. އަހަރެން ނަށް އިނގޭ ލިލީ އަކީ ނައިސް ކުއްޖެއް ކަން. އެކަމު އެލީ އަށް އެހައި ބޮޑު ދެރައެއް ޒެއިން ދީފި ކަމަށް ވަންޏާ އަހަރެން ވަރަށް ދެރަ ވާނެ. ޕްލީޒް” ޒެއިންގެ ހިމޭން ކަމުން ޖަވާބު ލިބިގަންނަމުން އީވާ ވާހަކަ ދެއްކީ ލޯބިންނެވެ.
ޒެއިން އަނގައިން ނުބުނެ އިނުމުން އީވާ ތެދުވި ތަނާ ދޮރުން ވަދެގެން އައި ލިލިއަން އާއި ޖަބީން ފެނުނެވެ. ކިތަންމެ ދެރަވެފައި ހުއްޓަސް އީވާ ހިނިތުން ވެލަމުން ގޮސް ޖަބީން އާއި ލިލިއަން އާ ސަލާމް ކޮށްލަމުން ހިނިތުންވެލިއެވެ. ސޯފާގައި އިށީނދެލައިގެން އިން ޒެއިން ވެސް ތެދުވެގެންް ގޮސް ޖަބީން މެނާ ސަލާމްކޮށްލި އިރު އެ ތުންފަތުގައި ވަނީ ނަކްލީ ހިނިތުން ވުމެއްކަން އީވާ ދެނެގަތެވެ.
“އޯހް ޖަބީ..ލިލީ. ވަރަށް އުފާވެއްޖެ މިއަދު އަހަރުމެންގެ ދަރިންގެ ކައިވެނީގެ ކަންތައް ހަމަޖެއްސޭތީ” ޑައިނިންގް ރޫމުން ނުކުމެގެން އައި މާރިއާ ހުރީ ދަތްތައް ފެންނަ ވަރަށް ހިނިތުން ވެލައިގެންނެވެ.
“އަހަރެން ވެސް ވަރަށް އުފާ ވެއްޖެ. އެކަމު އެވަަރަށް ދެރަވެސް ވޭ” މޫނަށް ގޮތެއް ހަދައިލަމުން ޖަބީން ބުނެލިއެވެ.
“އެއީ ކީއްވެތޯ” އީވާ އަހައިލިއެވެ.
“އެއީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ދެން އަހަރެން ގާތުން އަބަދު ނުފެންނާނެތީ” ޖަބީން ލިލިއަންގެ ބޮލުގައި ފިރުމައިލަމުން ބުންޏެވެ.
“ޖަބީ އަށް ބޭނުން ކޮންމެ ވަގުތެއްގަ މި ގެއަށް އާދެވޭނެ އެއް ނު ދޯ. އެކަމާ އެވަރަށް ނުވިސްނައްޗޭ.. ހިނގާ ދާން ސައި ތައްޔާރުވެފަ ހުރީ” ޖަބީންގެ އަތުގައި ހިފަމުން މާރިއާ ހިނގައިގަތެވެ. އެވަގުތު ލިލިއަން އަށް ޒެއިން އާއި ދިމާލަށް ބަލައިލެވުނެވެ. ލިލިއަން ގެ ނަޒަރު އޭނާއަށް ހުއްޓުނު ތަން ފެނި ޒެއިން މޫނު އަނބުރައިލަމުން މާރިއާމެން ފަހަތުން ހިނގައިގަތެވެ. ކޮންމެވެސް ވަރަކަށް ލިލިއަން ދެރަވި ނަމަވެސް ކައިރީގައި ހުރި އީވާ އަށް ހިނިތުން ވެލަމުން ހިނގައިގަތެވެ.
ބިއްލޫރި ޑައިނިންގް ޓޭބަލް މަތީގައި ވަނީ ހައްތަހާވެސް މީރު ވައްތަރުގެ ކާނާ އެވެ. ހަމަ އެކަނި ކާ ކެއުމުން ވެސް އެ އާއިލާގެ މުއްސަނދި ކަން ދޭހަވެއެވެ. އެންމެން ގޮނޑިތަކުގައި އިށީނދެ ހަމަ ޖެހިލިއެވެ.
“ޒަހީން ނެތީމަ ވަރަށް ދެރަ. އެކަމު އަހަރެންގާތު ކައިވެނި ހަމަ ޖައްސަން ބޭނުން ވާ ތާރީހު ޒަހީން ބުނި” ޖަބީން ބުނެލިއެވެ.
“ވީހާވެސް އަވަހެއް ކުރަން އަހަރެން ބޭނުމީ. ” މާރިއާ ހިނިތުންވެލަމުން ޒެއިން ގެ މޫނަށް ބަލައިލުމާއި އެކު ޒެއިން އިސް ޖެހީއެވެ.
“މިރޭ ރަން ކިޔަން ފޮނުވީމަ ޒަހީން ބުނި ތާރީހަށް ކައިވެނި ވާނެ. ޒެއިން އަށް އެގޮތް ކަމުދޭތަ؟” ޖަބީން ޒެއިން އާ ސުވާލު ކޮށްލިއެވެ. ހިޔާލަށް ގެއްލިފައި އިން ޒެއިން އަނގައިން ނުބުނެ އިންނަން ފެށުމުން އީވާ ޒެއިންގެ ކޮނޑުގައި ޖެހިގަތެވެ.
“އަމްމް. ކީކޭ ތޯ” ޖަބީން ކީ އެއްޗެއް ސާފު ނުވެފައި އިން ޒެއިން އަހައިލިއެވެ. އެހެންކަމުން ޖަބީން ސުވާލު ތަކުރާރު ކޮށްލިއެވެ.
“އަޅުގަނޑުގެ މައްސަލައެއް ނެތް. މަންމަމެން ބޭނުންވެލައްވާ ކޮންމެ ދުވަހަކަށް ވެސް އަޅުގަނޑު ތައްޔާރު” ޒެއިން ހިތާއި ދެކޮޅަށް ބުންޏެވެ. ދަރިފުޅު ގެ ސަމާލުކަން ދައްކަމުން ދިޔަ ވާހަކަ އަށް ނެތް ކަން އިނގުމުން މާރިއާ ވިސްނައިލުމަށް ފަހު ވާހަކަ ދެއްކިއެވެ.
“ދަރިފުޅާއި ލިލީ ދާންވީނު ވާހަކަ ދައްކައިލަން. އޭރުން ނު ބޮޑަށް އެކަކު އަނެކަކު ދަސް ވާނީ” މާރިއާގެ ބަހަށް ތާއީދު ކުރިކަން ޖަބީން ވެސް އަނގައިލުމުން ޒެއިން ތެދުވީޫ މަޖުބޫރު ވެފައި ހުރެއެވެ. އެފަދަ ފުރުސަތެއް ބޭނުން ވެފައި އިން ލިލިއަން ވެސް ޒެއިން އާއި އެކު ތެދުވެގެން ޒެއިންގެ ފަހަތުން ނުކުންނަން ހިނގައިގަތެވެ. ޑައިނިންގް ރޫމުން ނުކުމެވުމާއި އެކު ޒެއިން ހިނގުން ބާރު ކޮށްލުމުން ލިލިއަން އަށް ޒެއިން ހިތްަހަމަ ނުޖެހިފައި ހުރިވަރު ހާމަވެގެން ދިޔައެވެ.
“ޒެއިން ޕްލީޒް ވެއިޓް” ހިނގުން ބާރު ކޮށްލަމުން ލިލިއަން ވެސް ޒެއިންގެ ފަހަތުން ގޮސް ޒެއިން އެރި ލިފްޓަށް އެރިއެވެ. ފުން ނޭވާ ތަކެއް ލަމުން ދިޔަ ޒެއިންގެ ހާލަތު ފެނުމުން ލިލިއަން އަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އޭނާ ޒެއިން އަކަށް އޮޅުވައެއް ނުލާނެއެވެ. ހުރިހައި ވާހަކަ އެއް ކިޔައިދޭނެއެވެ. ލިފްޓު ހުއްޓުމުން ޒެއިން ގެ ފަހަތުން ލިލިއަން ވެސް ނުކުތެވެ. ޓެރެސް އަށް ނުކުންނަށް އިންނަ ދޮރު ކަހައިލަމުން ޒެއިން ނުކުތީ ޓެރެސް އަށެވެ. އުޑުމަތި ބަނަ ކޮށްފައި ވުމުން ހެނދުނުގެ މި ގަޑީގައި ޓެރެސްގައި ވަނީ ހިޔަލެވެ. ޖެހެމުން ދިޔަ ތެތް ފިނި ވައިރޯޅި ތަކުގެ ސަބަބުން ހައިޖާނު ތަކެއް އުފެދެމުން ދިޔަ ދެ ހިތަށް ވެސް ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.
“ޒެއިން. އަހަރެން ބޭނުން ވާހަކައެއް ދައްކަން.” ލިލިއަން ޒެއިން އާއި ދާދި ގާތުގައި ހުއްޓެމުން ބުނެލި ޖުމްލައިން ޒެއިންގެ ތުންފަތްމަތީ ކުޅެލީ މަލާމާތާއި ނަފުރަތުން ފުރިގެންވި ހިނިތުންވުމެކެވެ.
“ލިލިއަން އަހަރެން ގާތު ދައްކާނެ އިތުރު ވާހަކަ އެއް އޮތްހެނެއް ހިއެއްނުވެ. ފުރަތަމަ ދިމާވި ދުވަހުވެސް އަހަރެން ކަމުދިޔަ ވާހަކަ ބުނިނަމަ” ދަތްކުނޑި ވިކައިލަމުން ޒެއިން އެއް އަތުން ރެއިލިންގައި ޖެހިއެވެ.
“ޒެއިން ހީކުރަނީ އަހަރެން ޒެއިން އާ މެރީ ކުރަން އެއްބަސްވީ ޒެއިން ކަމުގޮސްގެން ކަމަށްތަ؟” ލިލިއަން ޒެއިންގެ ކޮނޑުގައި ހިފަމުން އަނބުރައިލި އިރު ޒެއިންގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ.
“ޕްލީޒް ލިލިއަން. އަހަރެން ލިލިއަން ދެކެ ލޯތްބެއް ނުވެ. އައި ކާންޓް މޭކް ޔޫ ހެޕީ. މި ކައިވެންޏަށް ނޫނެކޭ ބުނެދީ ޕްލީޒް، އައި ބެގް ޔޫ” ލިލިއަންގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޒެއިން އާދޭސް ކުރިއެވެ.
“އަހަރެން ދައްކަން މި އައި ވާހަކަ އެއްވެސް ސުވާލެއް ނުކޮށް. ސައިލެންޓް ކޮށް ހުރެ އަޑުއެހިދާނެތަ؟” ލިލިއަން އިސްޖަހައިލަމުން ބުންޏެވެ.
“ކިޔާބަލަ” އިރުކޮޅެއްގެ ހިމޭންކަމަށް ފަހުގައި ޒެއިން އިއްވައިލިއެވެ.
“އަހަރެން ވެސް ލޯބިވަނީ އެހެން މީހެއް ދެކެ. އެކަމު އަހަރެން ނަކަށް އޭނަ ލިބޭކަށް ނެތް. އަދި އަހަރެން ޒެއިން އާ މެރީ ކުރިއަސް މި މެރިއެޖް ވާނީ މީހުންގެ ލޮލުގައި އެޅުވޭ އަނދުނަކަށް. މީ ސައްހަ ކައިވެންޏަކަށް ނުވާނެ” ލިލިއަންގެ ޖުމްލައިން ޒެއިން ހައިރާންވެފައި ބަލަން ހުއްޓެވެ.
“އަހަރުމެން ލޯބި ނުވިޔަސް ކައިވެނު ކުރިއްޔާ ސައްހަ ވާނެ. މޮޔަ ވާހަކަ ނުދައްކަބަލަ. ސައްހަ ނުވާނީ ލިލިއަން ބަނޑުބޮޑު ނަމަތާ. އެންޑް އައި ޑޯންޓް ތިންކް ޔޫ އާރ” ޒެއިން ގެ ޖުމްލައަށް އެއްޗެކޭ ނުބުނެ ލިލިއަން މޫނު އަނބުރައިލުމުން ޒެއިން ސީރިއަސް ވިއެވެ.
“ތި..ތި ބުނަނީ؟؟” ޒެއިން ގަބޫލު ނުކުރެވިފައި ހުރެ ވާހަކަ ދެއްކުމުން ލިލިއަން ލޯ މަރައި ލަމުން ބޯ ޖަހައިލި އިރު އެ ލޮލުން ވެއްޓުން ކަރުނަތިކި ޒެއިން އަށް ފެނުނެވެ. އެވާހަކައިގެ ހުރި ތެދުކަން ލިލިއަންގެ އެ އަމަލުން ވެސް ޒެއިން އަށް ޔަގީން ވިއެވެ. ވަގުތުން ޒެއިން ގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ.
“ލިލީ.. އެއްވެސް މީހަކަށް އިނގޭތަ؟” މިފަހަރު ޒެއިންގެ އަޑުގައި ވަނީ އޯގާތެރިކަމެވެ. ލިލިއަން އަށް ޓަކައި އެ ހިތުގައި ހަމްދަރުދީ އުފެދިގެން ދިޔައެވެ.
“ޒެއިން ނޫން އިތުރު މީހަކަށް ނޭނގޭނެ. އަހަރެން ނަށް އެހީވެދީ ޒެއިން. މެރީ ކޮށްލާފަ ވަރި ކުރަން ނަމަވެސް އަހަރެންނާ މެރީ ކޮށްދީ ޕްލީޒް. ނޫނީ މަންމަ މެނަށް އިނގޭނެ. އަހަރެން ވަރަށް ބިރުގަނޭ.” ލިލިއަން ރޮމުން ވާހަކަދެއްކި މަންޒަރު ބަލަންް ހުރި ޒެއިން އަށް އަމިއްލަ ހިތާމަ ތައް ވެސް ހަނދާން ނެތުން ފަދައެވެ.
“ކާކު ތަ ލިލީ އަށް ތިވަރުގެ ލަނޑެއް ދިނީ؟” ލިލިއަންގެ ކޮނޑުގައި ހިފަހައްޓަމުން ޒެއިން ސުވާލު ކޮށްލިއެވެ.
“މީ ހަމައެކަނި އެޒިލްގެ ކުށެއް ނޫން. މީ އަހަރެންގެ ވެސް ކުށް، އަހަރެން މިވާހަކަ ބުނިނަމަ އޭނާ އަހަރެން ދުލެއް ނުކޮށްލީސް. އެކަމު އޭނަގެ ވައިފް ޕްރެގް ކަން އިނގުނީމަ އަހަރެންނަކަށް ބުނާނެ ހިތްވަރެއް ނުލިބުން” ލިލިއަން ޒެއިންގެ މޭގައި މޫނުޖައްސައިލުމުން އެ ދެއަތުގެ ހިމާޔަތް ޒެއިން ދިނެވެ.
“އެޒިލް ތަ އޭނަ އަށް ކިޔަނީ؟….ލިލީ.. އެކަމު ކީއްވެތަ މެރީޑް މީހަކާ ރައްޓެހިވީ؟” ޒެއިން ލިލިއަންގެ ބޮލުގައި ފިރުމައިލަމުން އަހައިލިއެވެ.
“ޕްލީޒް ޒެއިން. އަހަރެން ފަހުން އެވާހަކަ ކިޔައިދޭނަން. އެޒިލް އަކީ އަހަރެންގެ ފުރަތަމަ އަދި ފަހުގެ ވެސް ލޯބި. ޒެއިން އަހަރެން ނަށް މިކަން ކޮށްދީ، އަހަރެންނާ މެރީ ކޮށްދީ. ޕްލީޒް” ލިލިއަން އާއިމެދު ހަމްދަރުދީ ވަމުން ޒެއިން ބޯޖަހައިލިއެވެ.
“އަހަރެން ނަށް ދޮގު ނުހަދާ ތި ވާހަކަ ކިޔައިދިނީތީ އަހަރެެންވެސް ވާހަކައެއް ބުނަން ބޭނުން…. އަހަރެން ކުއްޖަކު ދެކެ ލޯބިވޭ. އެކުއްޖާ އަށް އަހަރެން ވައުދު ވިން ދެ އަންބަށް ވިޔަެސް މެރީ ކުރާނަން ކަމަށް.” ޒެއިން އާއި ދުރުވެލަމުން ލިލިއަން ދެލޯ ފުހެލިއެވެ. އަދި ޒެއިން އަށް ހިނިތުން ވެލިއެވެ.
“އަހަރެންގެ އެއްވެސް މައްސަލައެއް ނެތް. ޒެއިން އަހަރެންނާ މެރީ ކުރުމަކީ އަހަރެންނަށް ވެދެވޭ ވަރަށް ބޮޑު އިހުސާންތެރި ކަމެއް. އެވަރުން އަހަރެންނަށް ފުދޭ. އަހަރެން ކައިވެނިން ބޭރުގައި ބަނޑުބޮޑުވިކަން އިނގިއްޖެއްޔާ މަންމަ އަށް ވެދާނެގޮތަކާއިމެދު ވިސްނާފަ އަހަރެން ޒެއިން އާ މެރީ ކުރަން ބޭނުންވީ.” ލިލިއަން ގެ މޫނު ރުއިމުގެ ސަބަބުން ވަނީ ރަތްވެފައެވެ.
“އަހަރެން ހަމަ އެކަނި ލިލީ ތި ބަދުނާމުން ސަލާމަތް ކޮށްދޭނީކީ ނޫން. ލިލީގެ ލޯބި ވެސް ލިލީ އަށް ހޯދައިދޭނަން. އައި ޕްރޮމިސް، އަހަރެންނަށް ދޮގު ނުހަދާ ހަގީގަތް ހާމަ ކުރީމަ އަހަރެން ވަރަށް އުފާވެއްޖެ. ވީކެއްތެރޭ އަހަރެން ލިލީއާ މެރީ ކުރާނަން” ޒެއިން ލިލިއަންގެ ނިތްކުރީގައި ބޮސްދެމުން އެމޭގައި ފޮރުވައިލީ އެ އަންހެން ކުއްޖާ އާއި މެދު ހިތުގައިވާ ހަމްދަރުދީ އެއްގެ ސަބަބުންނެވެ. ނަމަވެސް ޓެރެސް އަށް ނުކުންނަން ހުންނަ ދޮރުކައިރީ އެމަންޒަރު ބަލަން ރޮވިފައި ހުރި އެލީންއަށް ޒެއިންގެ އެ އަމަލުން ނަގައިގަނެވުނީ އެހެން މާނައެކެވެ. ވިއްސާރަ ކަނި ޖަހަން ފެށުމުން އެތެރެއަށް ވަންނަން ލިލިއަންގެ އަތުގައި ހިފާލައިގެން އެނބުރުނު ޒެއިން އަށް ރޮވިފައި ހުރި އެލީން ފެނުމުން ލިލިއަންގެ އަތުން ދޫކޮށްލެވުނީ އިހްތިޔާރުން ބޭރުގައެވެ. ނަމަވެސް ޒެއިން އަށް ވުރެ އެލީންގެ ހަރަކާތްތައް މާ އަވަހެވެ. ދުވެފައި އެލީން ގޮސް އެރީ ލިފްޓަކަށް ކަން ޒެއިން އަށް ޔަގީން ވިއެވެ.
“އެއީ ތަ ޒެއިންގެ؟” ޒެއިންއަށް ވީ ގޮތް ފެނިފައި ލިލިއަން އަހައިލީ އެލީން ފަސްދިން މަންޒަރު އޭނާއަށް ފެނުމުން ނެވެ. އިސް ޖަހައިލަމުން ޒެއިން ބޯ ޖަހައިލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.



VVVVV reethii….
V reethi
v haalun mi up kurevuny.. Please read and comment… majaa comments mathin v miss vey… those who like this episode, dont forget to click on like button ? love you all… ummmmm.ah ????
Shooty ge Facebook id aky shuha shooty tha? ?
I dont hace a Facebook id ?
Nice
Owwwwww??? I love it!!!! Varah nice story eh mee???????
Vv reethi ?
Nice… keep it up dear…
Vvvvv Salhi.. ekam dhn zen ves lily dheke rulhi ai nama ehnu.. next episode ves v avahah up kohlahchey ??
V reethi.kondhuvas thakehga mivaahaka up kuranee
Alhe shootyyyyyy???????? haadha kuruhen hyveyy……..rulhi shooty r….dhen xein men marry kuryma lilian ge baby parents hykuraany ae xeinge baby eh kanah. Varah kada…faseyhain elyn fakyrah xein libey kah neh.??…anyway thanks shooty…mibaives v salhi.kiyaahithun maa bodah inyma maa avahah nimunyves…waitin for next part…
Mi part thankolheh kuru hen heeve..
Still v nice. Keep it up shooty darling..
❤ ibaaraiy kurun v habeys. V touching ? next part v v v avahah up kohdhehchey.. Can’t wait..
Kae kiyan thr hurihaa vhkeh….pis pis
BTW shooty baby mibaa vrh reeethi nge??????????? waitin 4 nxt prt
This story is so refreshingly different. I love Lily and Zayn for being so honest with each other. But Ellie varah dheravaane dho. Cant wait for the next part ❤
Ahdhe. Aslu zein rulhi ennu annan jeheynee preg v ma ehen meehegge dharieh eynage boluga alhuvan mary kuran ulheythee
VVVV hadi vana marry kuima…
pls dont marry zein
hama ajaibu xain ge hi haadha rangalhey ehen meehaku kuri kusheh boluga alhigen amillah loabi qurbaan kohlee i love u zein dhen shooty darling varah vess reethi ingey
V loabi
Vvvvv reathi…..ekam shooty…… Elie ge heart break kohlynu thi……..i wsh zeyn doesn’t marry lilian. She isn’t a nice girl at all….and shooty…..pls Elie ge cover picture change kohdy ………….the pic doesn’t match to the Elie in the story….?
V reethi mi partves….haadha kurey shoooty darling?… dhigukon up kohdheeba
Wow v rythi alhey zen thikureven ulheykamen engeytha ely ah dhera eh nudhechchey pls pls n shooty mi ah vure dhigunukolleveynetha
awwww…. its a pleasure to read dis story….im lovin it….
shooty pls xen n eli gulhuvanchey…..dnt separate them plxxxx….
waitin for the nxt part…
Varah reethi
Wow…. shooty… nice ingey sis… waiting for the next part… wonder wat will happen next…..
Vaahaka v super…?? waitin next part… avahah up kohdhehchey…
Alhe shooty. Kihineh thi hedhy. Lilian aa xein aa merry nukuruvaathi. I wish xein ge parents ah e lilian preg kan engigen e mariage n ukuruvane kama. V short mi bai. Dhigukoh upload kohlaba waiting for the next episode
Mi part ves varah salhi. Mashaa allah
shooty dhn lily gos ely aa talk kohfa hageegai kiyaa dhega…eyrun dhn ely and zain azil aa lily aa gulhu vaani….and story kiyaa kudhin kiyve tha thihaa sad thi vani emeehun merry kuriyas…e kaiveni sahha eh nuvaanun..so no worries…..waiting for nxt part,,,,,
reethi….
Marry kofiya onani lobi vavifa 2 mi hun navas….