ސަޖޫލްގެ ވާހަކަތަކުން ލޫކް ގެ ކަންފަތްބުޑުގައި ހީވީ ބޮމެއް ގޮށްވާލިހެންނެވެ. އެވަގުތު ލޫކް ގެ ދެކަންފަތް ބީރުވާނެ ނަމައޭ ހިތަށް އެރިއެވެ. ބޮލުގައި މީހަކު ދަނގަޑުބުރިއަކުން ޖެހިނަމަވެސް މިހާވަުގެ ސިހުމެއް ނުލިބޭނެކަން ކަށަވަރެވެ. ދެލޯފުރިގެން އައީ ވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ވޭތުވެދިޔަ ވަގުތުކޮޅަކީ ހުވަފެނަކަށް ވުމަށް އެދެވެން ފެށުނެވެ. ދެފައިން ވާގިދޫވެ ކޮޅަށް ހުރި ލޫކް ވެއްޓިގަތީ ކުރިން އިށީނދެގެން އިން ގޮނޑިއަށެވެ.
އެއްޗެއް ބުނަން ބޭނުންވިޔަސް ދޫ ހަރަކާތެއް ނުކުރިއެވެ. ހިތުގައި އެޅި ވޭން ބޮޑުވުމުގެ ސަބަބުން ދެލޮލުން ފޭބި ކަރުނަތަކުގެ ސްޕީޑް އަވަސްވީއެވެ. “މީ ހަގީގަތަކީ” ސަޖޫލްގެ ފޯނުން ގެލަރީ ހުޅުވާލުމަށްފަހު ލޫކަށް ދެއްކީ އަލްޔާ ރަންކީ ދުވަހުގެ ފޮޓޯތަކެވެ. އަލްޔާގެ މޫނުމަތީގައިވާ ހިނިތުންވުން މި ކައިވެންޏާއި އޭނާ ރުހޭ ކަން ހާމަވާން ހުއްޓެވެ. ލޫކް ގެ ހިތަށް ކެތްނުވީކަންނޭނގެއެވެ. ތެދުވެގެން ސަޖޫލް އަށް ފުރަގަސްދީފައި ދިޔައިރު އެންމެ ބަހެއް ވެސް ނުކިޔައެވެ. ލޫކް ގެ ހާލަތު ހުރި ގޮތުން ލޫކަށް ބަލަން ހުރި ސަޖޫލް ވެސް ހުރީ ފެންކަޅިވެފައެވެ. ނަމަވެސް މިހާރު ކަންތައްގޮސް އޮތް ހިސާބުން މިކަމުގައި ސަޖޫލަށް ވެސް ކުރެވޭނެ ކަމެއް ނެތުމުން ގޮނޑީގައި އިށީނީ ކަރުއެލުވާލައިގެން އިނދެއެވެ.
ރަށުގައި އެންމެފަހުން ހުޅުވި ގެސްޓްހައުސްގެ ދެވަނަ ފަންގިފިލާގެ ދެ ނަންބަރ ކޮޓަރިއަށް ވަދެ ނިކުމެވާ ކޮންމެ މީހެއްގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އާ ކައިވެނީގެ ރެއަށް އަލްޔާ ތައްޔާރުކުރުމަށް އައި ބޭރު ކުދިންކޮޅު ނިކުމެގެން ދިޔުމުން ކޮޓަރި ތެރޭގައި އަލްޔާ އާއި ބާކީ ތިބި ހުރިހާ އަންހެންވެރިން އެކަނިވީއެވެ.
“ބަލަ ބަލަ އަދިވެސް ފަރިބަލަނީތަ. ރީއްޗޭ” ޔަޒާ އަލްޔާ އާއި ދިމާކޮށްލުމުން އަލްޔާ ހީލިއެވެ. ހުރިހާ އެންމެންތެރެ ނެގިމަޑުވެފައި ހުރީ ސަޖޫލް އެވެ. “އެބަ އަންނަން ގްރޫމް ފެމެލީ ކޮބާތޯ ބަލާލާފައި” ޔަޒާ އާއި އިކާ ނިކުތުމުން ކޮޓަރި ތެރޭގައި އަލްޔާ އާއި ސަޖޫލް އެކަނިވީއެވެ.
ލޯގަނޑު ކުރިމަތީގައި ހުދުކުލައިގެ ވެޑިންގްޑްރެސްގައި ހުރި އަލްޔާ ރަސްދަރިކަނބަލެއް ފަދައެވެ. ސަޖޫލް އަލްޔާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ބަލާލިއެވެ. “ސަޖޫޫ.. މާ ލަހެއް ނުވެ މިދުވަސް ސަޖޫއަށް ވެސް އަތުވެދާނެ. އިންޝާﷲ” އަލްޔާ އަށް ބަލަހައްޓައިގެން ހުރި ސަޖޫލް އަށް ހީލަމުން އަލްޔާ ބުންޏެވެ.
ސަޖޫލް ވެސް ހީލިއެވެ. އަލްޔާ އަތުގައި ހިފައިގެން އައިސް ސޯފާގައި ޖައްސާލަމުން ސަޖޫލް ވަރަށް ރަނގަޅަށް އަލްޔާ އަށް ބަލާލިއެވެ. “ލައި! ލައި ތިހުރީ އުފަލުންތަ؟ ސަޖޫލް ސުވާލުކުރިއެވެ. އަލްޔާ ސިހިފައި ސަޖޫލް އަށް ބަލާލިއެވެ. “އޮފްކޯޒް. އައިމް ހެޕީ” އަލްޔާ ހީލިއެވެ.
އަލްޔާ ވަނީ ޝައިމް ދެކެ ލޯބިވާން މިހާރުން ފެށިގެން މަސައްކަތް ފަށާފައެވެ. އެހިތުގައި ރަންއަކުރުން ފަވާފައިވާ ލޫކްގެ ނަން ވަނީ އެއްކައިރިކޮށްލާފައެވެ. މިހާރު މިވަގުތު ނޫނަސް ލޫކްގެ މަތިން ހަނދާންނައްތާލާ ހަމައެކަނި ޝައިމްގެ މީހެއްގެ ގޮތުގައި ފިރިމީހާ އަށް ހިދުމަތްކޮށްދިނުމުގައި ކޮންމެސް އެއްދުވަހަކުން ސާބިތުވެ ހުރުމަށް އަލްޔާ ވަނީ އަޒުމް ކަނޑައަޅާފައެވެ.
އަލްޔާ ދައްކަމުންދިޔަ ވާހަކަތައް ސަޖޫލް އަޑުއަހަމުން ދިޔައިރު ވެސް ފޯނުން އެއްޗެއް ޓައިޕް ކުރަމުން ދިޔައެވެ. “ލައި! ލޫކް އައިއްޔާ ކިހިނެއް ހަދާނީ. އަދިވެސް ލޯބިވަންތަ ލޫކް ދެކެ” ސަޖޫލް ފޯނުން ނަޒަރު ވަކިކޮށްލާ އަލްޔާ ބަލާލަމުން އަހާލިއެވެ. ވަގުތުން އަލްޔާގެ ދެލޯ ފުރިގެން އައެވެ.
“ސަޖޫޫ! ލޫކްގެ ވާހަކަ ދައްކަން މީކީ އެންމެ ރަނގަޅު ގަޑިއެއް ނޫން. އެހެންނޫނަސް މިހަޔާތުން ލޫކަށް ދެން ޖާގައެއް ނެތް. އެހެންނޫނަސް ލޫކް އަތުވެދާނޭ އަހަރެންގެ ހިތެއް ނުބުނޭ. އޭނަގެ ދުނިޔޭގައި އުފަލުގައި އޭނަ އުޅޭނެއްނު. ހުދު ކުލައިގެ ޓީޝޫ ކޮޅަކުން އަލްޔާގެ ދެލޯ ކައިރި ފޮހެލަމުން ސަޖޫލް ހިފަހައްޓާލީ އަލްޔާގެ މޫނުގެ ދެފަރާތުގައެވެ.
“ލައި ! މަށަށް މާފްކޮށްދެއްޗެ. ބޭނުންވަނީ އަބަދުވެސް ލައި އުފަލުގައި ހުންނަން….. އެބަ އަންނަން އެނގޭ ޝައިމް ފެމެލީ އަތުވެއްޖެތޯ ބަލާލާފައި. ރެސްޓްކޮށްލާ” އަލްޔާ ހީލަމުން ސަޖޫލް ނިކުންނަންދެން ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓި އަލްޔާގެ އަމިއްލަ ސިފައަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.
އިސްދަށަށް ޖަހާލި އަލްޔާ އަށް ރޮވުނީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. މަޑުމަޑު ގިސްލުމެއްގެ އަޑު ކޮޓަރިތެރެއަށް ފެތުރިގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. “ވައި؟ ވައި ލޫކް؟ ކައިވެނީގެ ހެދުމުގައި އެންމެ ފުރަތަމަ ލޫކަށް އަހަރެން ފެންނަން ބޭނުމީ. އެއީ ލޫކް ދެކެ ލޯބިވެވުނުކަން އިހުސާސްވި ދުވަހު އަހަރެން އަމިއްލަ ހިތުން ނިންމި ނިންމުމެއް. އެކަމަކު ލޫކް…..ކޮބާތަ؟” އަލްޔާ އަށް ރޮވުނެވެ. އަޑުބެދިގެން ގޮސް އިތުރަށް އެންމެ ބަހެއް ވެސް ނުބުނެވުނެވެ.
“ވަރަށް ވަރަށް ލޯބި. ވަރަށް ފުރިހަމަ. މާޝާﷲ” އެއިވުނީ އެއަޑެއް އަހާލާ ހިތުން އަލްޔާގެ ދެކަންފަތް ތާއަބަދުމެ ޝަކުވާ ކުރަމުންދާ އަޑެވެ. ސިހިފައި ފަހަތް ބަލާލިއިރު ލޫކް ހުރީ އަލްޔާ ކުރިމަތީގައެވެ. ހެވިފައި ހުއްޓަސް އެމޫނު މަތީގައިވި މާޔޫސް ކަން އަލްޔާ އަށް ފާހަގައެއް ނުވިއެވެ. ނުވަތަ ފާހަގަވިޔަސް އެކަން އެނގޭކަމަށް ނުހެދީއެވެ. އަލްޔާ އަށް ހުރެވުނުތަން ވެސް ނޭނގުނެވެ. ވާންވީ އުފާކަމެއް ދެރަކަމެއް ނޭނގުނެވެ. ހީލަން ނޭނގުނުތާ ލޮލުން ފައިބާ ކަރުނަތަކަށް ވެސް ލަސްކަމެއް އައިސްފައިވާ ކަހަލައެވެ.
“ލައި! އައިމް ސޮރީ” ދެކަންފަތުގައި ހިފާލަމުން ކަކޫމައްޗަށް ތިރިވެ ލޫކް މާފަށް އެދުނެވެ. މިވަގުތު މީ އަލްޔާ އެންމެ ހިތްވަރުކުރަންވީ ވަގުތޭ ހިތަށް އެރުމާއެކު ދެފިޔަވަޅު ލޫކް ކައިރިއަށް ޖެހުނެވެ.
[ކޮންކަމަކަށް” އަލްޔާ ލޫކަށް ބަލާލަމުން ރޮވިފައި އަހާލިއެވެ.
“އަހަރެން އެމީހަކު ދެކެ ހިތާއި ފުރާނައިން ލޯބިވި މީހާ ހިތްރޮށްވާލެވުނީތީ. އެލޯތްބަށްޓަކައި އަހަރެންގެ މޭގެތެރޭގައި އޮތް ހިތް ތެޅެމުން ދިޔައިރު ވެސް އަހަރެންގެ މަޖުބޫރީއަށްޓަކައި ދޮގު ބުނަން ޖެހުނީތީ. އަހަރެންގެ ސަބަބުން ލައި ކުރި ހިތާމަތަކަށްޓަކައި” ހުރިހާ އެއްޗެއް އެއްނޭވާއިން ލޫކް ބުންޏެވެ. އަދިވެސް ލޫކް އިނީ ތިރީގައި ކަކޫޖެއްސި ގޮތަށެވެ. އަލްޔާގެ މޫނަށް ބަލަހައްޓައިގެންނެވެ.
“މާފްކޮށްފިން. އިތުރު އެއްޗެއް ބުނަން ބޭނުންތަ؟ ނެތިއްޔާ މިތަނުން ނިކުމޭ” ހިތްވަރާއެކު އަލްޔާ އަށް އެބަސްތައް ބޭރުކޮށްލެވުނީ ލޫކަށް ފުރަގަސް ދެމުންނެވެ.
“ނޫން ލައި ތިހެން ނަހަދާ. އަހަރެން މިއައީ ހުސްއަތާ ދާކަށް ނޫން. އަހަރެން މިއައީ ލައި ގެ ލޯތްބަށް އެދި އާދޭސް ކުރަން” އަވަސް އަވަހަށް ކޮޅަށް ތެދުވެ ލޫކް އަލްޔާގެ ކުރިމައްޗަށް އެރިއެވެ. އިސާހިތަކު ލޫކަށް ރޮވުނެވެ. އަލްޔާގެ އަތުގައި ހިފަން ލޫކް މަސައްކަތްކުރުމުން އަވަސް އަވަހަށް އަލްޔާ އޭނާގެ ދެއަތް ލޫކް އަތުގައި ނުޖައްސަން ދުރަށްލިއެވެ.
“މާ ލަސްވެއްޖެ. އަދި ހާލަތު މިނޫން ގޮތަކަށް އޮތް ނަމަވެސް އަހަރެން ލޫކްގެ އަތުގައި ނުހިފާނަން. ހަނދާންނެތުނީތަ އަހަރެން ކުރި އާދޭސް. އަހަރެން ރުއި ރުޔުން. އަހަރެންނާއި ދިމާލަށް ބުނި ބަސްތައް. ލޫކް ދެކެ ލޯބިވުން އެއީ މަށަށް ކުރެވުނު ކުށެއް. އެހެންވީމަ އެކަމަށް އަހަރެން މިއަދު މާފަށް މިއެދެނީ. މަޖުބޫރީއޭ ކިޔައިގެން މިއަދު އަހަރެން ކައިރީގައި ކޮންމެ އެއްޗެއް ކިޔަސް އަހަރެންގެ މި ނިންމުމެއް ބަދަލެއް ނުވާނެ. މީކީ އޭގެ ރިމޯރޓް ލޫކް އަތުގައި އޮވެގެން އެރޮބަޓް ގެ ދިރިއުޅުން ބޭނުންގޮަތަކަށް އަނބުރަން ، ބޭނުންހާ ގޮތަކަށް ކަންތައްކުރަން ގެންގުޅޭ ރޮބަޓެއް ނޫން. އަދި މީކީ ބަދަލަށް ބަދަލު ހިފުމެއް ވެސް ނޫން. މީ އަހަރެންގެ ހިތް ބޭނުންވާ ގޮތް” އަލްޔާ ވާހަކަދައްކަމުން ދިޔައިރު ކުށްވެރިއެއް ފަދައިން ލޫކް ހުރީ އިސްޖަހާލައިގެންނެވެ. އަލްޔާ ކިޔަން ބޭނުންވާ ކޮންމެ އެއްޗެއް ކިޔަން ފުރުސަތު ދީގެންނެވެ.
“ލައި! ޕްލީޒް… މިވަގުތު މީ ރުޅި އިސްކުރަންވީ ވަގުތެއް ނޫން. އަދިވެސް މިހާލަތު ބަދަލުކުރެވިދާނެ. އެކަމަކު އެކަން ކުރެވޭނީ ލައި އަށް. ތި ކައިވެންޏަށް ނޫނެކޭ ބުނޭ” ލޫކަށް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ. ކޮންމެފަދަ ހާލެއްގައި ވެސް އޭނަ އަލްޔާ ބޭނުމެވެ. މިތަނުން ފިލައިގެން އަލްޔާ ގޮވައިގެން ދާން ވެސް އޭނާ ހުރީ ތައްޔާރަށެވެ.
“މޮޔަވެފަތަ ތިހިރީ. މީކީ އަހަރެން މަޖަލަކަށް ކުރާ ކަމެއް ނޫނޭ. އަހަރެންގެ ހަޔާތުގެ ބައިވެރިޔަކީ ތިއެއް ނޫން. މިރޭ އަހަރެން ޝައިމްގެ މީހަކަށް މުޅި އުމުރަށް ވެގެންދާނެ. އަހަރެންދެކެ ހަގީގީ ލޯބިވާ އިންސާނަކީ އެއީ” އަލްޔާ މަސައްކަތްކުރީ ލޫކާއި ކުރިމަތިނުލާ ވާހަކަދެއްކޭތޯއެވެ.
“ދެން ލައި އޯ.. ލައި ލޯބިވަންތަ އޭނަދެކެ” ދެލޯ ފޮހެލަމުން ލޫކް އަހާލިއެވެ.
“މީހުންދެކެ ލޯބިވުމަކީ އަމިއްލަ އިހުތިޔާރުގައިވާ ކަމެއް ނަމަ އަހަރެން ލޯބިވާނީ ހަމައެކަނި ޝައިމް ދެކެ. ލޫކް ދެކެ ލޯބިވެވުނީތީ މިހާރު އަހަރެން މޮޔަހީވޭ” އަލްޔާ ދެފަރާތަށް ހިނގަންފެށީ ބޯހާސް ވުމުންނެވެ.
“ލައި! ޕްލީޒް އަހަރެން ދޫކޮށްފަ އެހެންމީހެއް ކައިރިއަށް ނުދޭ. މިރޭ އަހަރެން ކިހިނެއް ނިދާނީ. އެހެންމީހަކު ލައިގެ ތިހަށިގަނޑުގައި ބީހޭނެކަން އެނގިހުރެ އަހަރެން ކިހިނެއް ކެތްކުރާނީ. ތީ އަހަރެންގެ މީހެއް” އަލްޔާގެ ހަށިގަނޑުގައި ހިފާ ތަޅުވައިގަންނަމުން ލޫކް ވާހަކަދެއްކިއެވެ.
“އެހެން އަންހެނެއްގެ ހަށިގަނޑުގައި ލޫކް ބީހުނު ރޭގައި އަހަރެން ވެސް ނިދި ގޮތަށް. އެއް އިރެއްގައި ވެސް އަހަންނަކީ ލޫކް ގެ މީހެއް ނޫން. ލޫކް ތީ އަހަރެންގެ މީހެއްގެ ގޮތުގައި ދެކެވުނީ އަހަރެންނަށް. އާނ… މިރޭ މީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވާނެ ރެއެއް. އަހަރެން ލޯބިވަނީ އެހެން މީހަކު ދެކެއޭ ކިޔާފަ އަހަރެންގެ ފިރިމީހާގެ އެދުމުގަ ކޮޅުފައިންނެއް ނުޖަހާނަން. އަދި މިރޭ އޭނަ އަހަރެންގެ ހަށިގަނޑުގެ ކިތަންމެ ތަނަކު ބީހުނަސް އަހަރެން އޭނަ ހުއްޓުވާކަށް ވެސް މަސައްކަތެއް ނުކުރާނަން. އެއީ އޭނަ މަސައްކަތްކުރާނީ ފާފައެއް ކުރާކަށް ނޫން. އެއީ އޭނަގެ ހައްގެއް” ލޫކަށް ވުރެ އަޑުބާރުކޮށް އަލްޔާ ބުންޏެވެ.
އަލްޔާގެ ބަހުގައި ބުރަދަނެއް ވާކަން އެބޮޑު ދެލޮލަށް ބަލާލިޔަސް އެނގެއެވެ.
“ޕްލީޒް މިތަނުން ދޭ. ތި އިންސާނާގެ މޫނު ދެކޭކަށް ވެސް އަހަރެން ބޭނުމެއްނޫން. ދުވަހަކު ވެސް އަހަރެން ކުރިމައްޗަށް ނާންނާތި. ދާންއުޅޭ މިތަނުން” ލޫކަށް ފުރަގަސް ދެމުން އަލްޔާ ބުންޏެވެ. އިރުކޮޅަކުން އެއްވެސް ހަބަރެއް ނުވުމުން ބަލާލިއރު ކޮޓަރި ތެރެއިން ލޫކް ފެންނާކަށް ނެތެވެ. ވަދެގެން އައި ސަޖޫލް ފެނި އަލްޔާ ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. ދުވެފައި އައިސް ސަޖޫލްގެ ހަށިގަނޑުގައި އޮޅުލައިގަތްއިރު މިހުރިހާ އިރު އަލްޔާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމުދޫކޮށް ދަތުރުކުރަން ފަށައިފިއެވެ.
“އިޓްސް އޯކޭ ސަޖޫޫ. މިރޭ އަހަރެން ބޭނުން ހުރިހާ އެއްޗެއް ލޫކް ކައިރީގައި ބުނެވިިއްޖެ” އަލްޔާގެ ހިތް ހީވަނީ ވިރިގެން އެތިކޮޅިކޮޅުތަކަށް ފައިބަނީ ހެންނެވެ. ލޫކްގެ ރޮވިފައިވާ ތަސްވީރު ލޯ ކުރިމަތީގައި ރޯލް ވަނީއެވެ. ދެލޯމަރާ ބާރުކޮށްލައިގެން ހުރިއިރު ގިސްލެވެން ފަށައިފިއެވެ. އަލްޔާ ވާހަކަދައްކަމުން ދިޔައިރު ރޮވެމުން ދިޔައެވެ.
“ބަލާބާ.. މުޅި މޫނުމަތި ރަތްކޮށްލައިފި. ހިނގާ އަވަހަށް ރީތިކޮށްލަމާ. ޝައިމްގެ ދޮންތަ އެބައާދޭ ލައި ބަލާ” އަލްޔާ އަތުގައި ހިފައިގެން ހިނގައިގަންނަމުން ސަޖޫލް ވާހަކަދެއްކިއެވެ.
އަނބިގަބޫލުކޮށްފީމޭ ޝައިމް ބުނި ހިނދު އަލްޔާ އަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. ސިހިފައި އަލްޔާ އަށް ބަލާލެވުނީ އަލްޔާގެ މަޑުއަތްތިލައިގާ ޝައިމް ހިފާލުމުންނެވެ.
“ތޭންކްސް” އަލްޔާގެެ ކަންފަތްދަށުގައި ޝައިމް ބުނެލި އެއްޗަކުން އަލްޔާ އަށް ޝައިމްގެ މޫނަށް ބަލާލެވުނެވެ. ތުންފަތަށް ހިނިތުންވުމެއް ގެނުވީ ގަދަކަމުންނެވެ. ޝެނާ އަލްޔާގެ ގައިގާ ބައްދާލީ އަމިއްލަ އަންހެން ކޮއްކޮއެއް ހުރިނަމަ އޭނަ ގައިގާ ވެސް ބައްދާލާނެހާ ލޯބިންނެވެ.
ހުރިހާ މީހުން އަލްޔާ ދެކެ ވާ ލޯބި ފެނުމުން އަލްޔާ އަށް ރޮވުނެވެ. ޕާރޓީ ފެށިގެން ކުރިއަށް ދާން ފެށުމުން ތަން ހަމައަކަށް އެޅި މެހެމާނުންނަށް މަރުހަބާ ކިޔަމުން ދިޔައެވެ. އަލަތު ދެމަފިރިންނަށް ހާއްސަ ކުރެވިފައިވާ ޖަގަހައިގާ ހުއްޓުނު އިރު ޝައިމްގެ އެއް އަތްއޮތީ އަލްޔާގެ އުނަގަނޑުގައި އަޅުވާލާފައެވެ. މިކަމުން އަލްޔާ އަށް އުނދަގުވަމުން ދިޔަސް ދެކޮޅަށް ބުނެވޭނެ އެއްޗެއް ވެސް ނެތެވެ. ޝައިމް އަކީ އަލްޔާގެ ފިރިމީހާއެވެ.
ޕާރޓީ ނިމި ހުރިހާ މީހުން ފޮޓޯ ނަގަމުން ދިޔައިރު އަލްޔާ ހުރީ ހެވިިފައެވެ. ޝައިމް ވަކިން އަލްޔާ އާއިއެކު ފޮޓޯއެއް ނަގަން ބޭނުންވާ ވާހަކަ ބުނުމުން އާއިލާގެ އެހެން މެންބަރުން ދުރަށް ޖެހިލިއެވެ. އަލްޔާގެ އުނަގަނޑުގައި ހިފާ ގަޔާ ކައިރިކޮށްލަމުން ޝައިމް އަލްޔާ އަށް ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.
އަލްޔާ ވެސް ޝައިމް އާއި ހަތަރުކަޅި ހަމަކުރަން މަސައްކަތްކުރަމުން ދަނިކޮށް އެދެލޯ ހުއްޓިގެން ދިޔައީ މާދުރު ނޫން ހިސާބެއްގައި ތަނބެއްގައި ލެގިލައިގެން ޖީންސުގެ ޖީބަށް އަތް ޖަހާލައިގެން އެމޫނަކަށް ދުނިޔޭގައިވާހާ ހިތާމަތަކެއް މިލްކު ކޮށްގެން ހުރި ލޫކަށެވެ. ލޫކްގެ ރޮވިފައިވާ މޫނު ފެނުމުން އަލްޔާ ހިތުގައި ރިއްސާލިއެވެ. އަލްޔާގެ ދެލޯ ފެންކަޅިވެގެން ދިޔައީ ދުރުގައި ހުރެ ލޫކް ވަރަށް ލޯބިވެޔޭ ބުނެ ކޮށްލި އިޝާރާތަކުންނެވެ. އެވަގުތު އެއީ ކެމެރާގެ ފްލޭޝްވެސް އަލްޔާގެ ދެމަފިރިންނަށް އަމާޒުވެގެން ދިޔަވަގުތެވެ.
ދުރުގައި ހުރި ލޫކް އައި ލަވް ޔޫ އޭ ބުނެ ކޮށްލި އިޝާރާތުން އަލްޔާ އަށް ރޮވެންއުޅޭހެން ހީވުމުން އިސްޖަހާލިއެވެ. ހުރިހާ މީހުންގެ ސަމާލުކަން އަލްޔާ އަށް ހުއްޓުނެވެ. ހާއްސަކޮށް މަންމަ މިޔާނާ ގެއެވެ. އެންމެ ކައިރީގައި ހުރި ޝައިމް އަލްޔާ ދެލޯ ފޮހެލަދިނުމުން އަލްޔާ އިސްއުފުލާ ޝައިމް އަށް ބަލާލިއެވެ. އެއަށްފަހު ދެން ބަލާލީ ލޫކް ހުރި ދިމާލަށެވެ. ނަމަވެސް ލޫކް ފެންނަން ނެތުމުން އަލްޔާ ދެކޮޅު ހޯދާލިއެވެ.
އަލްޔާގެ ހަރަކާތްތަކަށް ބަލަން ހުރި މިޔާނާ އަށް ވިސްނުނެވެ. ދަރިފުޅު ލޯބިވާ ފަރާތް ކޮންމެސް ސިފައެއްގައި މިތަނުގައި އުޅެނީތާއެވެ. ނަމަވެސް އޭނާ އަލްޔާއަށްޓަކައި އުފާ ކުރާނެއެވެ. އެހެނީ އޭނާ ވަނީ އޭނާގެ ދަރިފުޅަށް ކެތްތެރިކަމަކީ ކޮބާކަން ދަސްކޮށްދީފައެވެ.
“ދަރިފުޅާ ޝައިމް! އަލްޔާ އަކީ ބައްޕަގެ ދެލޮލުގެ ދެނޫރު. އެމަންޖެއަށް ދެރަގޮތެއް ނަހަދާތި. ދުވަހެއްގައި ވެސް އެމަންޖެއަށް ކަމެއް އޮޅުވާނުލާތި. އެމަންޖެ އަށް ކުށެއް ކުރެވިއްޖެނަމަ އެއީ މި ބައްޕައަށް ކުރެވުނު ކަމެކޭ ހިތާ މާފްކޮށްދޭތި. ދަރިފުޅާއި ބައްޕަ އެމަންޖެ މިހަވާލުކުރަނީ ދަރިފުޅަށް ވަރަށް ބޮޑަށް އިތުބާރުކޮށްފަ”
ޢަބްދުއްޝަކޫރުގެ ވާހަކައިން ޝައިމް އަށް އުނދަގުވަމުން ދިޔައެވެ. އެކަން ފާހަގަވީ ދުރުގައި ޒޫނީ އުރާލައިގެން ހުރި ޝެނާ އަށެވެ. ޝައިމް އަލްޔާ އަށް ވަރަށް ބޮޑު އޮޅުވާލުމެއް އޮޅުވާލާފައިވާކަން އެނގޭ މީހަކީ އެކަނި ޝެނާއެވެ.
“ބޭބެ ހާސްނުވޭ. ލައި އަށް ދެރަގޮތެއް ނުވާނެ. އެގޭގައި ލައި އުޅޭނީ އަމިއްލަ ގޭގައި ވެސް އުޅޭނެހާ އުފަލުން” ޝެނާ ކުރިއަށް ޖެހިލާ ވާހަކަދައްކަން ފެށުމުން ޝައިމް ޝެނާ އަށް ބަލާލިއެވެ. އިޝާރާތުން ދޮންތައަށް ޝުކުރު އަދާކުރިއެވެ.
ގަޑިން މެންދަމު ބާރަ ޖެހިއިރު ބަނދަރުމަތީގެ ނެރު ބައްތި ކައިރީގައި އުޑުމެދުގައިވާ ބުރުހަމަ ހަނދަށް ބަލަހައްޓައިގެން ކަކުލާއި ހަމައަށް އަންނަ ސޯޓްބުރީގެ ދެޖީބަށް އަތް ޖަހައިގެން ހުރި ލޫކް ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަނީއެވެ. މިރޭ މީ ލޫކް ހަޔާތަށް އައި އެންމެ ހިތާމަވެރި ރޭ ކަމުގައި ކަނޑައެޅި ނިމިއްޖެއެވެ. މޭތެރޭގައި އޮތް ހިތް ވިންދުޖަހަމުން ދިޔަސް އެހިތްވަނީ ފަޅިފަޅިވެފައެވެ.
މަރުވާން އުޅޭ ކަހަލަ އިހުސާސެއް ވެސް ދަނީ ކުރުވަމުންނެވެ. އަލްޔާ ނުލިބި ދުނިޔޭގައި ހުންނާކަށް ލޫކް ބޭނުމެއް ނޫނެވެ. ކަނޑުން ނަގަމުންދާ ރާޅުތައް ތޮށްޓަށް ބިންދާ އަޑު ގަދަވުމުން ލޫކްގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ރުޅި އައިއްސާ ކަނޑުން ނަގަމުންދިޔަ ރާޅުތަކަށް ބަލަހައްޓައިގެން ހުރި އިރު އެރާޅުތަކުގެ ތެރޭގައި އަމިއްލަ ފުރާނަ ދުއްވާލަން ވެސް ލޫކްގެ ހިތަށް އެރިއެވެ.
ކުޑަމަނިކެ އާއި ހަސަންފުތު ލޫކަށް ދީފައިވާ ތަރުބިއްޔަތުގެ ސަބަބުން އެހިތުގައި އަށަގަނެފައިވާ އީމާންތެރިކަން ކުރިހޯދުމުން ދެކަކޫ މައްޗަށް ތިރިވެ އަޑު ފަޅައިގެން ގޮސް ރޮއެގަނެވުނެވެ. އެހިނދު ދެތުންފަތް ދޭތެރެއިން ނިކުމެގެން ދިޔައީ އަލްޔާގެ ނަމެވެ.
ޝައިމް ހެދުން ބަދަލުކުރަން ފާހާނާ އަށް ވަނުމުން ކިންގް ސައިޒްގެ ބޮޑު އެނދުގައި އިން އަލްޔާ އަށް ކޮޓަރީގެ އެކި ދިމާއަށް ބެލެނީއެވެ. ކޮޓަރީގެ ބޮޑު މިން ފެނި އަލްޔާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ފާހާނާގެ ތަންޑު ނައްޓުވާލި އަޑު އިވުމާއެކު އަލްޔާ ސިހުނެވެ.
ޝައިމްގެ ނަޒަރު އަލްޔާ އަށް އަމާޒުވެފައިވާ ތަން ފެނި މެއަށް ފިނިވެގެން ދިޔައެވެ. ދެން އެދެމެދުގައި ހިނގާނީ ކޮންކަމެއް ކަން އެނގުނުހިނދު އަލްޔާ ބޮލަށް އެނބުރުންއެރިއެވެ. އަލްޔާގެ ހިތުގައިވާ ތަސްވީރަކީ ޝައިމް ނޫން ކަމަށްވާއިރު ޝައިމް އަށް އެފަދަ ފުރުސަތެއް ދެވިިދާނެ ކަމާމެދު އަލްޔާގެ ހިތުގައި ޝައްކު އުފެދުނެވެ. އެފަދަ ގުޅުމެއް ޝައިމް އާއި މެދު ބާއްވަން އަލްޔާ ބޭނުންވަނީ އެހިތުގައި ޝައިމްއަށްޓަކައި ލޯބި އުފެދުނު ދުވަހަކުންނެވެ. ނަމަވެސް މިގޮތަށް ޝައިމް ކައިރީގައި ބުނާނީ ކިހިނެއް ހެއްޔެވެ؟
ޝައިމް އަލްޔާ އާއި ޖެހޭ ނުޖެހޭ ހިސާބުގައި އިށީނުމާއެކު އަލްޔާ އިސްޖަހާލިއެވެ. އަނެއް ފަރާތަށް އަނބުރާލެވިފައިވާ އަލްޔާގެ މޫނު ޝައިމްގެ އަތުން ޝައިމް އާއި ވީ ދިމާލަށް އަނބުރާލިއެވެ.
އަލްޔާގެ މޫނުމަތިން ފެނުނު މާޔޫސް ކަމަކުން ޝައިމްގެ ހިތުގައި ރަހްމް އުފެދުނެވެ.
“ލައި އަށް އެނގޭތަ؟ މިރެއަށްޓަކައި ކޮންމެ އަންހެންކުއްޖަކު ވެސް އިންތިޒާރު ކުރާނެ. ލައި އަށް އިހުސާސް ވެސް ނުކުރެވޭނެ މިރެއަށްޓަކައި އަހަރެން ކުރި އިންތިޒާރު. އަލްހަމްދުލިއްލާހި. މިދުނިޔެ އިން އަހަރެން އެންމެ ލޯބިވި އަންހެންކުއްޖާ މިއަދު މިއިނީ ހަމައެކަނި މަގޭ ހަށްގަކަށް ވެފަ” ޝައިމް އަލްޔާގެ މޫނާއި މޫނު ކައިރިކޮށްލަމުން ބުންޏެވެ. ބިރެއްފެނިގެން އުޅޭ ކަހަލަ ގޮތަކަށް އަލްޔާ މޫނު ދުރުކޮށްލުމާއެކު ޝައިމްގެ ތުންފަތުގައިވާ ހިނިތުންވުން ފިލާ އަލްޔާ އަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ.
ޝައިމްގެ ހިތުން ޝައްކު ފިލުވާލުމަށްޓަކައި އަލްޔާ ހީލިއެވެ. އެ ހިނިތުންވުުން ޝައިމްގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. “ކިހިނެއްވީ ލައި” ޝައިމް އަލްޔާ އާއި ގާތަށް ޖެހިލަމުން ސުވާލުކުރިއެވެ.
“އަހަ…އަހަރެން….އަހަރެން ނިދި އައިއްސި” އަލްޔާގެ މޫނުމަތިން ފެނުނު މައުސޫމް ގޮތުން ޝައިމް އަށް ހެވުނެވެ. “އެހެންތަ. އެއްވެސް ކަމެއް ނޫނެއްނު ތީ. އަވަހަށް އޮށޯވެލާ. އެކަމަކު ތިބޮޑު ހެދުމާއެކުތަ ނިދާނީ” ޝައިމް އަހާލިއެވެ. އަލްޔާ ގެ ހެދުމަށް ބަލާލަމުންނެެވެ. އަލްޔާ އަވަސް އަވަހަށް ބޯޖަހާލީ މިވަގުތު އެއްޗެހި ބަދަލުކުރަން ވެސް ބޭނުންނުވާތީއެވެ. އަލްޔާގެ ދެކޮނޑުގައި ހިފާފައި ބާލީސް މަތީގައި ބާއްވާލަމުން ރަޖާ އަޅާލަދިނެވެ. ބިރުން ހުރެ ވެސް އަލްޔާ ދެލޯ މަރާލީ ޝައިމް އަށް ބަލަން ބޭނުންނުވީމައެވެ. ނިދިނައި ކަމުގައި ވިޔަސް އަލްޔާ މިވަގުތު ބޭނުންވީ ސިކުނޑިއަށް އަރާމެކެވެ.
ނިދިފައި އޮތް އަލްޔާ އަށް ކަޅިޖަހާ ނުލާ ބަލަން ކައިރީގައި ޝައިމް އިނެވެ.
“ލައި!!!! އަހަރެން ބޭނުންވީ ލައިގެ ތި ކައިވެނީގެ ހާއްސަ ހެދުން އަހަރެންގެ އަމިއްލަ އަތުން ތިހަށިގނަޑާއި ވަކިކުރަން. އެކަމަކު…. އެނގޭ އުނދަގުވާނެކަން. ލައި ބޭނުންވަރަކަށް ވަގުތު ނަގަންވީ. ތި ހިތުން ޖާގައެއް ހުސްވަންދެން އަހަރެން އިންތިޒާރުކުރާނަން. ތި ލޯބި އަދި މަށަށް ކާމިޔާބުވާނެ. އެދުވަހަކުން މަށަށް ވުރެ ނަސީބުގަދަ އެއްވެސް މީހަކު މިދުނިޔޭގައި ނުހުންނާނެ. ވަރަށް ވަރަށް ލޯބިވޭ” އަލްޔާގެ މަޑު ތުންފަތުގައި ޝައިމް ތުންފަތް ޖައްސާލަމުން ސޯފާ ގޮނޑިއާއި ދިމަލަށް ދިޔައީ ބާލީހާއި ރަޖައެއް ހިފައިގެންނެވެ.
ހެނދުނުގެ ވަގުތެވެ. ލ.ގަމަށް ދީފައިވާ ދިލަ އަވީގައި ދަބަސް ކޮނޑުއަޅުވާލައިގެން މަޑުމައިތިރި ކަމާއެކު ހިނގާފައި އައި ލޫކަށް މަގުމަތީގައި އެހެން ބަޔަކު އުޅޭ ކަމުގެ އިހުސާސް ނުވާ ކަހަލައެވެ. ލޮލަށް ހެއޮވަރު ކޮށްލާފައި އޮތް އަވި އައިނުން ސީދާ ލޫކްގެ ނަޒަރު ސީދާވެފައިވާ ތަނެއް ނޭނގެއެވެ.
“ސާބަހޭ އަލްޔާ…އާދެބަލަ މިކޮޅަށް. ލައި ދޫނި ވެއްޓިދާނެއްނު” ކުއްލިއަކަށް ލޫކްގެ ކަންފަތަށް އިވުނު ނަމަކުން މީހާ ގަނޑުވިކަހަލައެވެ. އަވަސް އަވަހަށް އަޑު އައި ދިމާލެއް ބަލާލުމާއެކު ފެނުނީ މަންމަ އަކު އޭނާގެ އެއް އަހަރަށްދާ ކުޑަ ދަރިފުޅު މަތަ ކުރަން ފަހަތުން ދުވާތަނެވެ. ކިރިޔާ ހިންގަންފަށައިގެން އުޅޭ ކުއްޖެއްކަން ބަލާލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ލޫކްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އަލްޔާގެ ނަމުން ވެސް އެހިތަށް އިންތިހާ ދަރަޖައިގެ އުފާވެރިކަން ގެނެސްދީފިއެވެ. ލޫކް ކުޑަކުޑަ އަލްޔާ އުރާލަމުން މަންމަ އަތަށް ދިއްކޮށްލީ ބޮޑު ކޮލުގައި މަޑުމަޑުން ހިފާލަމުންނެވެ.
“ޝުކުރިއްޔާ… ކިރިޔާ ހިނގަންފަށާއިރަށް މިހާރު އަބަދު ކިޔަނީ ތިރީގައި ބަހައްޓަން. މަންމަގެ ލައި ދޫނި ނިކަން ނޯޓީ ވެއްޖެ މިހާރު” އެ އަންހެންމީހާ ލޫކަށް ބުނެލިއެވެ. ލޫކް ހީލިއެވެ. ގެއަށް ވަންނަމުން ފަސްއެނބުރި ކުޑަ އަލްޔާ އަށް ބަލާލިއެވެ. އިސާހިތަކު ލޫކްގެ ދެލޯ ކަރުނުން ފުރުނެވެ.
ލުހާ ނަމާދުކޮށްގެން މުުސައްލަ މަތިން ނުފައިބާ ދުޢާ އަށް އަތް ނަގައިގެން އިން ކުޑަމަނިކެ ސިހުނީ އަށްތަހިއްޔާތަށް ބާއްވާލާފައިވާ ފައިމަތީގައި މީހަކު ބޯއެޅުމުންނެވެ. ނަމަވެސް އެއިން ގޮތަށް އިނދެ ހަށިގަނޑަށް ގުޑުމެއް ވެސް އަރުވާނުލާ ދުޢާ ކޮށް ނިންމާލުމަށްފަހު ބަލާލިއިރު ލޫކް އޮތް ތަން ފެނުމުން ކުޑަމަނިކެ ހައިރާންވިއެވެ. ނަމަވެސް ހީލަމުން ވާހަކަދައްކަން ފެށިއެވެ.
“މަންމަ ހީކުރީ ދަރިފުޅު އަންނާނީ މާދަމާ ކަމަށް. ހަފްތާ އަކަށޭ ކިޔާފައިވިއްޔާ ދިޔައީ” ކުޑަމަނިކެ ވާހަކަދެއްކުމުން ވެސް ލޫކްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެންކަމުން ލޫކްގެ މޫނުގައި ހިފާ ކުޑަކޮށް އުފުލާލަމުން ބަލާލިއެވެ. އެހިނދު ލޫކް ގެ ލޮލުން ވެއްޓުނު ކަރުނަތިކި ކުޑަމަނިކެ އަތަށް ހިނދިގެން ދިޔުމާއެކު ކުޑަމަނިކެ އަށް ވީގޮތެއް ވެސް ނޭނގުނެވެ. ހިތްފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.
“ދަރިފުޅާ! މަގޭ ދަރިފުޅާ! ކިހިނެއްވީ؟ ތަނަކަށް ތަދުވަނީތަ؟ މީހަކު އެއްޗެއް ބުނީތަ ދަރިފުޅާ؟” ކުޑަމަނިކެ ތެޅިގަތް ގޮތުން ހީވީ މޮޔަވި ހެންނެވެ. ވާނީވެސް އެހެންނެވެ. ބޮޑުވެފައި ހުރި ފިރިހެންދަރިއަކު ރޯ މަންޒަރު ފެނުމުން ކެއްވާނީ ކޮންމަޔަކަށް ހެއްޔެވެ؟ ލޫކަކީ އަބަދުވެސް އެއާއިލާގެ އެންމެ ހިތްވަރުގަދަ ކުއްޖާއެވެ. އެކަން އެހިސާބު މީހުންނަށް ވެސް އަދި ސްކޫލުގައި ކިޔަވާދިން ޓީޗަރުންނަށް ވެސް އެނގިގެން އެވާހަކަ ވަނީ ދައްކާފައެވެ. ފަހުގެ ތާރީހެއްގައި ލޫކް ރޮއެ ހަނދާނެއް ކުޑަމަނިކެ ގެ ނެތެވެ.
ކުޑަމަނިކެ ލޫކް ނަގާާ މޫނު ފެންނަ ގޮތަށް ބޭންދިއެވެ. އެކަމަކު އަދިވެސް އިނީ މުސައްލަ މަތީގައެވެ. “ބުނެބަލަ ދަރިފުޅާ. ކޮންމެސް އެއްޗެއް ބުނެބަލަ. ދަރިފުޅަށް ތިވަރުގެ ހިތްދަތިކަމެއް ދިނީ ކާކުތަ” ކުޑަމަނިކެ ވާހަތައް އިތުރުވި ވަރަކަށް ލޫކްގެ ހިތްވަރު އެލި ރޮޔުންވީ އިތުރެވެ.
“މަންމާ! ލައި…ލައި…” ލޫކަށް ނުބުނެވުނެވެ. ރޮވެނީއެވެ. ގިސްލެވޭވަރުން އަޑު ކަރުތެރޭގައި ތާށިވަނީއެވެ. ކިޔާ ނުކިޔާ އެއްޗެއް ވެސް ނޭނގެއެވެ. ހީވަނީ ދުނިޔޭގައި ތިބި މައިންބަފައިން ވަކިވެގެން ރޯ ތުއްތު ކުއްޖެއްހެންނެވެ. ދުވަހަކު ވެސް ހިތުގައި ވޭންނާޅާ ވަރަށް ރިހެނީއެވެ.
“ލައިއޭ.. ކާކު އެއީ؟ އޭނަ ކީއްކުރީ…” ލޫކްްގެ ޖުމްލައިން ކުޑަމަނިކެ އަށް އޭނާގެެ ދަރިފުޅު އެރޮނީ ކުޑަކުޑަ ކަމެއް ވެގެންނޫންކަން އެނގުނެވެ. “މަންމާ! އެއީ ކާކުކަން މަންމަ އަށް އެނގޭނެ. އެވަގުތު ކުޑަމަނިކެ ނިތްކުރީގައި ސުވާލުމާކެއް ޖެހިގެން ދިޔައެވެ. ކުޑަކޮށް ވިސްނާލިއެވެ. އެއީ ކާކުހެއްޔެވެ؟ އަންހެންކުއްޖެއް ހެއްޔެވެ؟ ނުވަތަ ފިރިހެން ކުއްޖެއް ހެއްޔެވެ؟ އެއީ ކޮންމެ މީހަކަށް ވިޔަސް ކުޑަމަނިކެ އެމީހަކަށް މާފެއް ނުކުރާނެއެވެ. އޭނާގެ ދަރިފުޅު އެވަރަށް ހިތުގައިޖެއްސި މީހަކަށް ހިތާހިތުން އަޑުލަމުން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.





hey everyone… kihineh emmen? miothy part 11. enijoy 🙂 🙂 mibai kiyaalaafa kudhin kudhin ushaaly dheke rulhi naannache. fahun vahaka varah reethi vaane.
facebook ga innaane ushaaly ge vahakaiga namuga page eh open koffa. eygen ves huriha kudhinnah ushaaly ge vahakathah kiyaalan libeyne… bye…..bye… love you emmen 🙂 🙂 🙂
Page ge name bunelabala. Masha rovijje. Alya ah avaha shaim ge hageegai angaa. Please
ushaali ge vaahaka
maaikalaako ushaa thihedhy kihineh.. mashah hama rovihje ..
Nun varah rulhi ais mihury???..hehe just kiddin.?.alhe kyhvetha alyaa shaim gadaa marry kuruvy……..egey fahun loook ah libeyne kanves ekm shaim r marry kuryma kada.hehe v salhi rovihje…waitin for next part……
Majaa lobyge vaahaka eh kamah ihnany bunefa.ekm ushaali rohvaalaa eba kohme parteh kiyuhvaafa???? hehehehy
Alhey ushali roe eh nooney ruin vee ithurey jahaany ok hykuran islaah kraane kamah
thanx thaathi 🙂
Look aa alya akah noon ekani rovunee.Masha ves rovijje.v salhi.next part thankolheh avaha upload kollachey
Kihaa dhera….I m with look…
dhen haadha dheragothekey mi vany..kyhvetha shaim aa marry kury..avahah e dhemyhun dhurukurey…Iuke eha avahah kyhve e dhiyaee..geney e rashah avaha..
Alhe esfiya gai hurihaa vaahaakaeh eh gothakah hunnanee keevebaaey hithah araa. aan vaahaka reethivaane hurihaa vaahakaehgga vaagothah dhen alya shaim ge kudhin dheke loabive shaim dheke loabivaanee mee vaahaka reethivaane ey thibunaa gothakee. Kuree part gai othennu alya kudakudhin dheke loabi vaa vaahaka. E ee mo vahaka reethi vaane ey thibunaa sababakee. Esfiyaigai liyaa vaahakathakyfe copy ehtha alhe mi. Dharindheke loabivegen e kudhinnah dheragotheh viya nudheyn vegen dhen shaim dheke loabivaanee. Mivaahaka mi noongothakah nunimeyne. Mee hama yaqeen kameh
Ain dhn annan v story liyan..massala aky ain mi vaahakay copy ehkan gabul kuraa iru vx kiyaathy.. nukiyaanama… ain bunan v nun dhn mi story ah hadhan vi goiy..liyaa meeha ah vure ngifa thwcheh thihiry..varah vaahaka kiyaafa hen heevey thi liyunu cmmnt in vx.. ehnve thiulheny reethi hadi kiyan neygi gen vx… ain esfiya ah vaahaka eh liyan feney thibunaa thafaathu gothah..lol am waiting for ur story.. esfiya story copy nukoh ngey..?????
ebunaahen.. ain ge thafaathu vaahaka ah aharenves inthizaaru ebakuran… ushali heyonuvaane.. dhen vaahaka eh liyumuge kurin ain kairyga ahaaalahche hadhan v goi.. ain ma ves beynun edhuruvaan.. esfiyaiga vaahaka liyaa hurihaa emmenves ain kairin edhuruvebala dhw.. she is extra smart..
ebunaahen.. ain ge thafaathu vaahaka ah aharenves inthizaaru ebakuran… ushali heyonuvaane.. dhen vaahaka eh liyumuge kurin ain kairyga ahaaalahche hadhan v goi.. ain ma ves beynun edhuruvaan.. esfiyaiga vaahaka liyaa hurihaa emmenves ain kairin edhuruvebala dhw.. she is extra smart..
ain thanx for da comment. 🙂 ushali bunelan beynumee thi kiyaadhinee adhi nubai koshey. ushaali ge plan evves myhakah adhi nengene. ehenvyma vahaka nimeyhathanah inthizaar kurama hingaa dhw…. 🙂
Alhey hama rovijje… vvvvv rythi. Looooouk aa eky axoo vx roanan.. waiting fir next part..
V reethi. All the best. Varah dhera lai and shaim gulhu v ma. Fahun rangalhu goi vaan dhw ae. Dhn kn irakun upload khlany..
Alhey luke.. lai nethakas main hoon na … ????
varah reethi
Dont worry guys. Luke ah alyaa libeyne dhw ushaalii.. :*
Adhi rulhi naannaashey bunefi ehnun mihiry v rulhi aisfa????heheh e dhogeh aslu v v rythi ekam vaahaka nimeyiru look n alya nugulhihjehya aslu vx rulhi annaanan hehe
Alheyyy kihineh thihedhy.. Dhen e shaim ge kanthah falhaa aruvan ulheyy avahah .. V mood sakaraiy vejje mi v gothun.. ekam vess ushaali ge story thakakee v reethi story thakeh komme yakas ingey..
Woww.v v v reethi❤ alhey lai shaim aa marry nukurinama?
Next part avahah up kohbr..
N alyaa r look gulhuvabrr.. mi part kiyaafr hama rovihjje
waitin for next parte…
Why did loook divorce mikha
Vvvvv reethi vaahakaeh
Ushaa? mibai kiyaa nimunuiru rovifa mi iny… haadha asarugadha a
comment kolli huriha kudhinnah thankyou. 12 vana bai friday ga genesdheynan. inshallah… 🙂 🙂 🙂
Huvaa rovijje….???????
Masha allah v rythi ekam kihineythihedhy aharen hykury kommes gothakun shaim aa dheytherey shakkuvaane kamah aslu v bodukameh dhw eyna sirru koggen e ulheny loabivaanama nusydhaa konviyas buneveyne bunaane v dheravejje look ah ehen v ma eyna bunefi dhw majbooruvy ey ekam laives gabool nukuri anyway v inthizaarukuran mi stry ah v v v super mi stry n gud nyt
Ushaaaliii…hey …vaahaka v salhi vaahaka kiyaafa dheravegen kameh kuraahih ves nuvi hihihi…alhe luke dhera vaane dho.avahah shaim ge kanthah falhaa aruvaalaa.btw kithah episode ge vaahaka ehttha meee?