Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 21

ShaiShy Level 410 Stories100 Comments500 Comments
November 8, 2016 7 Mins Read
26 Comments

“ސާބަސް އިނގޭ..އެކަމަކު ބުނާނެ މަށެއް ރާއްޖޭ ކުއްޖަކާ ނީންނާމޭ..މިހާރު ތިހުރީ ކިޔާ އެއްޗެހި…ސީމާ އަށް ވާވަރަކީ ތީދޯ؟ އެނީވޭސް ދެން ފްރެންޑްވެސް ވާނެތާ ދޯ..ތީ މަގޭ އެސިސްޓެންޓް ވިއްޔާ..ހެހެހެ..އަހަރެން ވަރަށް އަވަހަށް ރާއްޖެ ދާނަން އޭނަ އާ މީޓް ކޮށް ކަންތައްތައް ނިންމާލާން..އަދި ސީމާ އަށް ސަޕްރައިސް އެއްވެސް އޮންނާނެ..” އައުފް ގެ އަޑުގައި ވަނީ ހިތްހަމަ ޖެހުމެވެ.

**
މިކްޔާ އިނީ މުސައްލަ މަތީގައެވެ. ކަލާނގެ ހަސްރަތުގައި ޝުކުރު ދެންނެވުނު އަދަދެއްވެސް މިކްޔާއަށް ނޭނގެއެވެ. ގެއަށް އާދެވުމާއެކު އެންމެ ފުރަތަމަވެސް މިކްޔާ ކުރީ ދެރަކުޢަތުގެ ނަމާދެކެވެ. އެތައް ދުވަހެއްފަހުން އޭނާ އަމިއްލަ ފައިމަށްޗަށް ތެދުވެވުނީ ހަމައެކަނި އޭނާގެ ހިތްވަރުން ނޫންކަން މިކްޔާ ޤަބޫލު ކުރެއެވެ. އެތަށް އިރަކު އެހެން އިނުމަށްފަހު މިކްޔާ ތެދުވީ ދެލޮލަށް ނިދި ސަވާރު ވުމުންނެވެ. އެނދުމަތީގައި އޮށޯތުމާއެކު މިކްޔާ އަށް ފަސޭހަ ކަމާއެކު ނިދުނީ ރެއިއްސުރެ ނުނިދާ ހުރުމުންނެވެ.

އައުފް މިކްޔާ ކޮޓަރިއަށް ވަދެލީ މިކްޔާ އާ ވާހަކަދައްކާލުމަށެވެ. ވޭތުވި ދުވަސްތަކުގައި އޭނަ މިކްޔާ އާއި ދުރުން އުޅުނީ ކުރެވުނު ކުށަކުންނެވެ. މިކްޔާ އާއި ހަތަރު ކަޅި ހަމަ ކުރުމަށްވެސް އައުފް ލަދުގަނެއެވެ. އޭނައަށް ކުރެވިފައިވާ ފާފަ އެހާވެސް ބޮޑެވެ. އެއްވެސް މީހަކާ ވާހަކަދައްކަށް ބޭނުން ނުވުމުން އައުފް ލަންޑަނަށް ފުރައިގެން ދިޔައީ ބޯހާސްވާވަރުންނެވެ. ލަންޑަނުގައި ހޭދަވި މަސްދުވަހުގައި މިކްޔާ މަތިން ހަނދާން ނުވާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ނަމަވެސް ގުޅާނެ ހިތްވަރެއް ނުލިބުނީއެވެ. މިކްޔާ ވެސް އޭނައަށް ނުގުޅުމުން އައުފް އިތުރަށް މާޔޫސް ވިއެވެ. އޭނާ ހީކުރީ މިކްޔާ އަށް އޭނާ ވަރަށް ހާއްސަ ކަމަށެވެ. ނަމަވެސް ވޭތުވި ދުވަސްތަކުގައި އައުފްގެ ވިސްނުންވަނީ ބަދަލުވެފައެވެ. މިކްޔާ ވެސް ބޭނުންވަނީ ދުރުގައި ހުންނަން ކަމުން އޭނާވެސް އެގޮތަށް ހުންނަން މަޖުބޫރުވީއެވެ. އޭނާގެ ލޯބި އިމްތިހާނު ކުރުމަށެވެ.

މިކްޔާގެ ކޮޓަރި ހުރީ ތަޅު ނުލާކަމުން އައުފް ދެތިންފަހަރު ޓަކި ދިނުމަށްފަހު ދޮރުހުޅުވާލިއެވެ. އެތެރެއަށް ވަދެވުމާއެކު އަރާމުކޮށްނިދާފައި އޮތް މިކްޔާ ފެނ ހިނިތުންވެވުނެވެ. އެތައްދުވަހެއް ފަހުން އެމޫނު ރަނގަޅަށް ބަލާލަން ލިބުނު ފުރުސަތު އައުފް ނަގާލަން ބޭނުމެއްނުވިއެވެ. މިކްޔާ އޮތް އެނދުކައިރިއަށް ޖެހިލަމުން އެމޫނަށް ފުންނަޒަރެއް ދެވުނެވެ. އެރީތި ކަމަށް ބަދަލެއް ނާދެއެވެ. ދުވަސް ވީހެން އެމޫނު ދަނީ އިތުރަށް އުޖާލާވަމުންނެވެ. އައުފް އެނދު ކައިރިއަށް ޖެހިލިވަގުތު މިކްޔާ ކުރިން އިންނަ ފުރޮޅުލީގޮނޑި ފަތްޖަހާލާފައި އިންތަން ފެނުމުން މިކްޔާގެ ފަޔާދިމާއަށް ބަލާލެވުނެވެ.

“އޯހް މިކްޔާ! އައި އޭމް ސޯ ހެޕީ ފޯ ޔޫ…ދެން މިކްޔާ ނުޖެހޭނެ މީހެއްގެ އެހީތެރިކަމުގައި އުޅޭކަށް …ފައިނަލީ ޔޫ ހޭވް މޭޑް އިޓް އެން އައި އޭމް ސޯ ޕްރައުޑް އޮފް ޔޫ..” އައުފްގެ ތުންފަތްމަތީގައިވި ހިނިތުންވުމުން އޭނާ އެކަމާ އުފާވެފައި ހުރިވަރު އަންގާދެއެވެ.

މިކްޔާ އަށް އުނދަގޫ ވެދާނެތީވެ އައުފް އެކޮޓަރިން ނިކުންނަށް ހިނގައިގަތެވެ. އެވަގުތު ސްޓަޑީ ޓޭބަލް މަތީގައި ހުޅުވާފައި އޮތް ފޮތެއް އައުފްގެ ލޮލުގައި އަޅައިގަތެވެ. އޭނައަށް ވަރަށް ގިނައިން މިކްޔާ އެފޮތުގައި ލިޔަން އިންނަތަން ފެނެއެވެ. އެފޮތުގައިވި އެއްޗެއް ބެލުމުގެ ޝައުގުވެރިކަން އޮތްލެއް ބޮޑުކަމުން އައުފް އެފޮތް ނެގިއެވެ.
**

ޒީޝާ އަށް ގެއަށް އާދެވުނީ މެންދުރުވީތަނާއެވެ. އެންމެ ފުރަތަމަވެސް ކުރިމަތިލާން ޖެހުނީ ސޮފިއްޔާގެ ސުވާލުތަކާއެވެ. ވަރުބަލިކަމަށްބުނެ ޒީޝާ އަވަހަށް ކޮޓަރިއަށް ވަނީ ސޮފިއްޔާގެ ސުވާލުތަކުން ރެކިގަނެގެންނެވެ. ކޮޓަރިއަށް ވަދެވުމާއެކު އޭނައަށް މޫނުގައި އަތް އަޅާފައި ރޯން ފެށުނެވެ. މިވަގުތު ޒީޝާ އެވަނީ ހެޔޮއެދޭ މީހެއްގެ އެހީއަށް ނުހަނު ބޭނުން ވެފައެވެ. ފިނި މޫސުމުގައި ހުރިހާ ރަހުމަތްތެރިންވެސް މަޖާ ކުރަން ދުނިޔޭގެ ކަންކޮޅުތަކަށް ދިޔުމުން ޒީޝާ މުޅިން މާޔޫސް ވެއްޖެއެވެ. މިވަގުތު އިތުބާރު ކުރެވޭ ރަހުމަތްތެރިއަކުވެސް ހުރީއެއްނޫނެވެ. އެހެން ނޫންނަމަ އޭނާ ކުރަން އެއުޅޭ ކަންތައް މިހާރު ނިންމާލެވޭނެއެވެ. ޖޯން އަށް ގުޅާ ގުޅާވެސް ޖަވާބެއް ދެނީ އެއް ނޫނެވެ.

“މިހުރިހާ ކަމެއް މިވަނީ ހަމަ އެ ސުންޕާ އަންހެނާގެ ސަބަބުން..ޒީގެ ލައިފް އެއްކޮށް ރުއިން ވެއްޖެ މިހާރު..ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ހިނގައްޖެ..އާފް ވެސް އިގްނޯރ ކުރަނީ..ދެން ކިހިނެއް އަހަރެން ހަދާނީ..ޑޭޑް އާ ޓޯކް ކުރަންވީ..ޑޭޑް އެއްވެސް އިރެއްގަ ޒީ ބޭނުން ކަންތަކަށް ނޫނެކޭ ނުބުނޭ..ޔެސް ! އައި އޭމް ގޮނަ ޓެލް ހިމް ދި ޓްރުތް..” ޒީޝާ އެކަނިމާ އެކަނިން އިނދެ ވާހަކަދައްކަމުން ދިޔައެވެ. މިހާލެއްގައި އުޅެނިކޮށް އޭނާ މޮޔަވެދާނެއެވެ. މިކަމަށް ކޮންމެވެސް ހައްލެއް އޭނާ ބޭނުން ވެއެވެ. މައިކަލްގެ ނަން ހިތަށް އެރުމާއެކު ޒީޝާ އެނދުން ފުންމައިގެން ތެދުވެ ބޭރަށް ނިކުތެވެ.

ސިޓިން ރޫމަށް ނިކުތް ވަގުތު ފެނުނު މަންޒަރުން ޒީޝާ ނުތަނަވަސްވީ ނަމަވެސް ވަގުތުން މީހާ ހަމައަކަށް އަޅުވަމުން ހިނިތުންވެލިއވެ.
“މޯމް ކީއްކުރާ ޕޮލިހެއް..؟” ސޮފިއްޔާ ގާތަށް ހުއްޓެމުން މިކްޔާ ސުވާލުކޮށްލީ ވައިއަޑުންނެވެ. ސޮފިއްޔާ އިޝާރާތުން އެންގީ އަނގަ މަޑުންލައިގެން ހުރުމަށެވެ. އެވަގުތު މައިކަލް ސިޓީ އުރައެއް ޕޮލިސް މީހާއާ ހަވާލު ކުރުމަށްފަހު ސަލާމް ކޮށްލިތަން ޒީޝާއަށް ފެނުނެވެ.

“އައި ނީޑް ޓް ޓޯކް ދެމް…” ޕޮލިސް މީހާ އެދުނީ އައުފް އާއި މިކްޔާ އާ ބައްދަލު ކުރުމަށެވެ. މައިކަލް ސޮފިއްޔާ އާއި ދިމާއަށް ބަލާލުމާއެކު ސޮފިއްޔާ ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. މައިކަލް ޕޮލިސް ދެ އޮފިސަރުންނާއި އެކު ސޯފާގައި އިށީނެވެ. އެތަނުން މީހަކު ޒީޝާ ދިމާއަށް ބަލާލިއެވެ.

“ވެއާރ ވަރ ޔޫ ލާސްޓް ނައިޓް؟” އެމީހާ ޒީޝާ އާއި ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ. ޒިޝާގެ މޫނުމަތިން އެވަގުތު ހާސްކަން ފެނުނެވެ. ޒީޝާއަށް ބަހެއް ނުބުނެވި ގިނައިރުވުމުން މައިކަލް އެސުވާލަށް ޖަވާބުދިނެވެ. ސޮފިއްޔާ ވަނީ ޒީޝާ އަށް ގުޅުމުން ދިން ޖަވާބު މައިކަލް އާއި ހިއްސާ ކޮށްފައެވެ. ޒީޝާގެ ހާސްކަންފިލާދިޔައީ މައިކަލްގެ ޖަވާބުންނެވެ. ފިޔަވަޅުތަކެއްގެ އަޑު އިވުމުން ޒީޝާ ސިޑިއާއި ދިމާއަށް ބަލާލިއެވެ. ޒީޝާ އަނގަ ހުޅުވި ދެލޯބޮޑުކޮށްލެވުނީ ސޮފިއްޔާގެ އަތުގައި ހިފައިގެން ސިޑީގެ ހަރުފަތްތަށް ފަސޭހަ ކަމާއެކު ޣިރާކުރަމުން އަންނަ މިކްޔާ ފެނިފައެވެ.

“އައި ހޭޓް މައި ލައިފް…ވަރަށް ފޫހިވޭ.. އާފް ދެން އުޅޭނެ އޭނަ ވަރުކަމެއް ނެތިގެން..” ޒީޝާއަށް ދަތްކުނޑި ވިކައިގަނެވުނެވެ.
“ސޯ ކޭން ޔޫ ޓެލްމީ ވަޓް ހެޕެންޑް؟…” އައުފް ކައިރިއަށް އައި ޕޮލިސް މީހާ ސުވާލުކޮށްލިއެވެ. އެވަގުތު އައުފް އޭނައަށް ފެނުނު މަންޒަރު ތަފްސީލްކޮށް ކިޔައިދިނެވެ. އަދި ދެން ކަންތައް ވީގޮތާއި އޭނަގެ އަރިކަށީގައި ބޭސް އަޅާފައިވާ ތަންވެސް ދައްކާލިއެވެ. ޒީޝާގެ މެއަށް ފިނިވެގެންދިޔައީ އޭނާ އެންމެ ލޯބިވާ އިންސާނާއަށް ލިބިފައިވާ އަނިޔާފެނިފައެވެ. ނިތްކުރިމަތިންވެސް ބޭންޑޭޖް ކޮށްފައިވާއިރު މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. ހުރިހާކަމެއްވެސް އެވީ ހަމަ މިކްޔާ ސަލާމަތް ކުރަން އުޅުމުންނެވެ. ޒީޝާގެ ހިތުގައި ރޯވެފައިވ ހަސަދައިގެ އަލިފާންގަނޑު އިތުރަށް ބޮޑުވިއެވެ.
މިކްޔާ އާއި ސުވާލު ކުރެވުމުން އޭނަ އަށް ފާއިތުވީ ދުވަސް ތަކުގައި ދިމާވެފައިވާ ހުރިހާ ކަމެއްގެ ތަފްސީލް ދިނެވެ. މައިކަލްމެން ތިބީ މިކްޔާ އެހުރިހާ ކަމެއް ސިއްރު ކުރުމުން އެކަމާ ހިތްހަމަ ނުޖެހިފައެވެ. މިކްޔާ ސޮފިއްޔާގާތު މާފަށް އެދުނީ ޕޮލިހުން އެގެއިން ނިކުތުމުންނެވެ.
“މަންމާ ސޮރީ އިނގޭ…އަސްލު އަޅުގަނޑު ހީކުރީ މީޙަކު ސަމާސާ ކުރަނީ ކަމަށް..” މިކްޔާ ސޮފިއްޔާގެ އަތުގައި ހިފާލިއެވެ. މިކްޔާ އެހެން ބުނީ ސޮފިއްޔާ އެކަމާމެދު މާ ބޮޑަށް ވިސްނާ ފިކުރު ކުރަން ނޭދޭތީވެއެވެ.

“ދަރިފުޅަށް އިނގެންޖެހޭނެ މީހަކު ސަމާސާއަކަށް އެކަހަލަ ކަމެއް ނުކުރާނެކަން….ދެން ކީއްވެ އެވާހަކަ ނުބުނީ..މީގެފަހުން އެކަހަލަ ކަމެއް ވިއްޔާ ބުނާތި…ދެން މިހާރު ދުވެފައި ދާނެ ދެފައެއްވެސް އެބައޮތެންނު..” މިކްޔާގެ ބޮލުގައި ފިރުމާލަމުން ސޮފިއްޔާ ހިނިތުންވެލިއެވެ. އެވަގުތު ގޭތެރެއަށް ވަދެގެން އައި މައިކަލްގެ މޫނު ފެނި ސޮފިއްޔާ އަށް ސުވާލުކޮށްލެވުނެވެ.

“މައިކް ! ވަޓް ހެޕެންޑް..އިޒް އެވްރީތިން އިޒް އޯލްރައިޓް؟..ކީއްވެ މާ ހާސްވެފަ ތިހުރީ؟..ކޮބާތަ އައުފް؟..ތި ދެމީހުން އެއްކޮށެއްނު ބޭރަށް ނިކުތީ..އައުފް ކޮންވާހަކައެއް ދައްކަންތަ އެ ނިކުތީ؟ ސޮފިއްޔާ ފައްޗަކަށް ސުވާލުތަށް އަމުނާލިއެވެ.

މައިކަލް ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ އައުފް އެވަނީ ޖޯންއަށް ޝައްކު ކުރެވޭ ވާހަކަ ޕޮލިހުންނަށް އަންގާފައެވެ. އެކަމުން އެމީހުންގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށް ފަސޭހަ ވެގެން ދާނެއެވެ. މައިކަލްވެސް ޕޮލިހުންގެ ހާޒިރުގައި ސީސީޓީވީ ފުޓޭޖަސް ނެގުމަށްފަހު އެވަނީ ހަވާލުކުރެވިފައެވެ. ތަހުޤީގަށް އެވެސް މުހިއްމު ރޯލެއް އަދާކުރާނެއެވެ.

**
ޖެހިގެން އައި ދުވަހު ހަވީރު ޕޮލިހުން އަނެއްކާވެސް އެގެއަށް އައެވެ. މިފަހަރު އައީ އަންހެން އޮފިސަރެއްވެސް ގޮވައިގެންނެވެ. ހުރިހާއެންމެންގެ ހާޒިރުގައި ޕޮލިހުންގެ ތަހުޤީގުން އެނގުނު އެއްޗެހި ތަފްސީލާއިއެކު ކިޔައިދިނެވެ. ޖޯންވެސް ހައްޔަރު ކުރެވި އެކަމާބެހޭގޮތުން ނަގަންޖެހޭ ބަޔާން ނެގުމަށްފަހު ދޫކޮށްލީ ބަންދުގައި ބެހެއްޓުމަށް ޖޯންއާއި ދެކޮޅަށް އެއްވެސް ހެއްކެއް ނެތުމުންނެވެ.
އެތަނުގައި ހުރި އެންމެ އިސް އޮފިސަރުގެ އަމުރަށް ޒީޝާގެ ކޮޓަރި ފާސްކުރުމަށް އަންހެން އޮފިސަރު ވަނެވެ. ހުރިހާއެންމެސް ތިބީ ވާނުވާއެއް ނޭނގިފައެވެ. ޒީޝާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުން ދާއިރު ބާކީ ތިބި މީހުން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. ކޮޓަރިން ނިކުތް އަންހެން އޮފިސަރުގެ އަތުގައި އޮތް ކޮތަޅު ފެނި ޒީޝާގެ ހިތް ހުއްޓުނު ކަހަލައެވެ. އައުފާއި މިކްޔާވެސް ޒީޝާ އާއި ދިމާއަށް ބަލާލީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. އެވަގުތު އެމޫނުމަތިން ފެނުނު ބިރުވެރިކަމާ ހާސްކަމުން އެދެމީހުންނަށްވެސް ޖަވާބު ލިބުނުފަދައެވެ. އެކަމަކު އެއީ ކީއްވެ ހެއްޔެވެ؟ ޒީޝާ އެވަރުގެ ކަމެއް އެކުރީ ކީއްވެ ހެއްޔެވެ؟ މިކްޔާގެ ހިތުގައި ސުވާލުތައް އެނބުރެމުންދިޔައެވެ. ޒީޝާ އެވަރަށް ނަފްރަތު ކުރަން އޭނައަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ މިކްޔާ އައުފް އާއި ދިމާއަށް ބަލާލުމަށްފަހު އިސްޖަހާލެވުނީ ހުރިހާކަމެއް ވިސްނިގެންނެވެ.
” ސަރ! އައި ގޮޓް އިޓް..އިޓްސް ދެ ސޭމް ކޯޓް..އެން އިޓް ހޭސް ދެޓް ލޯގޯ އެޓް ދި ބެކް” ކޮތަޅު ދިއްކޮށްލަމުން އޮފިސަރު ބުނެލިއެވެ.

“ކޭން އެނީބޮޑީ ޓެލްމީ ވަޓސް ގޮއިން އޮން..؟” މައިކްލް އަށް ހިމޭނުން ނުހުރެވުނެވެ. ވެގެން އުޅޭގޮތް ފަހުމް ވިޔަސް މައިކަލް އެކަންތައް ޤަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. ޒީޝާ އެފަދަކަމެއް ނުކުރާނެއެވެ.

“ވެލް މިސްޓަރ މައިކަލް އެވެރީތިންގް އިސް ކްލިއަރ..މިސް ޒީޝާ އިޒް ދި ކަލްޕްރިޓް..ވީ ނީޑް ޓް ޓޭކް ހާރ..ކަމް އޯން..” ޒީޝާއާއި ދިމާއަށް އިނގިލި ދިއްކުރަމުން ޕޮލިސް އޮފިސަރު މުޚާތަބުކުރީ މައިކަލްއާއެވެ. އެވަގުތު މައިކަލްގެ ދެލޯ ފެންކަޅިވެގެން ދިޔަތަން ބަލަންހުރި މިކްޔާ އަށް ހިތްދިރުވާލެވުނެވެ. އޭނަ އާއި ހެދި މިއާއިލާއަށް ކުރިމަތި މިވީ ކޮންފަދަ ބޮޑު ހިތާމައެއްހެއްޔެވެ.؟ ސޮފިއްޔާވެސް އަނގަމަތީގައި އަތް އަޅާއިގެން ނުރޯން މަސައްކަތް ކުރަމުން ދިޔައެވެ. ޒީޝާ އިނީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. އެމޫނުމަތިން އެއްވެސް އަސަރެއް ފާޅު ނުވާއިރު އަނގައިން އެންމެ ލަފުޒެއް ބޭރު ނުކުރެއެވެ.

“އޮފިސަރ ޕްލީޒް ލީވް ހަރ…އައި ވޯންޓް ޑްރޮޕް ދި ކޭސް..އިޓްސް އަ ފެމިލީ މެޓަރ..” ކުއްލިއަކަށް މިކްޔާ ބުނި ޖުމްލައިން ހުރިހާއެންމެން ސިހިގެންދިޔައެވެ. ޒީޝާ ދެލޯ ބޮޑުކޮށްގެން ބަލަންހުރި އިރު މޫނުމަތިން ފެންނަމުންދިޔައީ ރުޅިވެރިކަމެވެ. އައުފަށް މާކުރިއްސުރެ މިކްޔާ ކަންތައް ކުރާނެގޮތް ލަފާ ކޮށްލެވިފައިވުމުން އެމޫނުމަތިން ހައިރާންކަން ފިލާދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ.
މައިކަލް ޕޮލިހުންނާ ވާހަކަދައްކަމުން އެތަނުން ދުރަށްޖެހިލިއެވެ. އެތައް ވާހަކައެއް ދެއްކުމަށްފަހު ޕޮލިހުން އެގެއިން ނިކުތީ ދެން އެފަދަ ކަމެއް ނުކުރުމަށް ޒީޝާ އަށް އިންޒާރު ދިނުމަށްފަހުއެވެ. މައިކަލް އައިސް ސޮފިއްޔާގާތު ސޯފާގައި އިށީނުމަށްފަހު މޫނު ފޮރުވާލީ ދެއަތުންނެވެ. ޒީޝާއަށް އޭނާގެ ބައްޕަ އަށް ވެފައިވާ ވަރު ފެނުމުން އިންތިހާއަށް ދެރަވިއެވެ.
މިކްޔާ ބޭނުންވީ އާއިލާ އަށް ވަގުތު ދެމުން އެތަނުން ދުރަށް ދިޔުމަށެވެ. ސިޑި އާއި ދިމާއަށް ހިނގައިގަތް މިކްޔާ އަށް ހުއްޓެވުނީ ކުއްލިއަކަށް މީހަކު އޭނާގެ ބުރުގާއަށް ދަމާލުމާއެކު ކަރަށް ވާންވެގެންނެވެ. ޒީޝާ ހިފި ބުރުގާއަށް ދަމާގަތުމާއެކު މިކްޔާގެ ބޮލާއި ބުރުގާ ވަކިވެ އެދިގުއިސްތަށިގަނޑު ނިއުޅިގެން ތިރިއަށް ފޭބިއެވެ. ގަތް ލަދަކާ ވީދެރައިން މިކްޔާ އަށް މޫނުގައި އަތް އަޅާލެވުނެވެ.

“ޒީޝާ…!” އައުފްގެ އަޑަށް ސޮފއްޔާ އާއި މައިކަލްވެސް ސޯފާއިން ތެދުވުނުވެ. ފެނުނު މަންޒަރުން މައިކަލް އަށް ވަރަށް އަސަރުކޮށްފިއެވެ. އެއީ ހަމަ އޭނާގެ ލޯބިވާ ދަރިފުޅު ޒީޝާ ހެއްޔެވެ؟ އެފަދަ ދަށުދަރަޖައިގެ އަމަލެއް ހިންގަން ޒީޝާއަށް ކެރުނީ ކިހިނަކުން ހެއްޔެވެ.؟
“ކަލޭގެ ސުންޕާ ކަމުން ވާގޮތޭމީ ބި*…ކީއްކުރަން މާރަނގަޅު މީހަކަށް ވެގެން ތިއުޅެނީ…އާނ! އަހަރެން ކަލޭ މަރާލަން ބޭނުންވީ..އިނގޭތަ ކީއްވެ ކަން؟..ކަލޭ އަހަރެންގެ ލޯބި ޖަހައިގަތީ…” ޒީޝާ ރުޅި ގަދަވެގެން ތުރު ތުރުލަމުން ދިޔައެވެ. ދާހިއްލާ ފޯވެފައިވާއިރު ދެލޯ ބޮޑުކޮށްގެން ހުރިގޮތުން ހީވަނީ މިކްޔާ ނޮޅާލަން އުޅޭހެންނެވެ. ސޮފިއްޔާ އަވަސްވެގަތީ މިކްޔާގެ ބޯ ނިވާކޮށްދިނުމަށެވެ.
“ޔެސް!!..ފައިނަލީ މަދަރ އެން ޑޯޓރ!” ޒީޝާ ހިނިގަނޑެއްޖަހާލިއެވެ. “..މޯމްއަށްވެސް އިނގޭ ދޯ ޒީ އެހެން ކަންތައް ކުރީ ކީއްވެކަން..ދެން ކީއްވެ މޯމް ތި އަންހެނާ ކައިރިއަށް ތިދަނީ…” ޒީޝާ އަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ.
މައިކަލް އައިސް ޒީޝާގެ ދެކޮނޑުގައި ހިފާ އޭނައާވީ ފަރާތަށް އަނބުރާލިއެވެ. ޒީޝާގެ ލޮލުން މައިކަލް އަށް ފެންނުމުން ދިޔައީ ހިތްދަތިކަމެވެ. ލޯތްބާ އަޅާލުމަށް ބޭނުންވެފައިވާ މިންވަރެވެ. ފުރަތަމަ ފަހަރަށް މައިކަލްއަށް  އަމިއްލަ ކުށް އިހުސާސް ކުރެވުނެވެ. ޒީޝާ މެއާލާ ބޮނޑިކޮށްލަމުން އިސްތަށިގަނޑުގައި ފިރުމާލީ ނުހަނު ލޯތްބާއެކުގައެވެ. އެފަދަ ގާތްކަމަށް ބޭނުން ވެފައިހުރި ޒީޝާ އަށް ލިބުނީ ބަޔާން ކުރަންދަތި ހިތްހަމަޖެހުމެކެވެ.

“ޑޭޑް..އައި ވޯންޓް މެރީ އާފް..” ޒީޝާ މަޑުމަޑުން ބުނެލި ޖުމްލް އަޑުއިވި މައިކަލް އަށް ޒީޝާ ދުރުކޮށްލެވުނީ ކުއްލިއަކަށެވެ.

“ވަޓް؟…ނޯ ވޭ…އާރ ޔޫ އައުޓް އޮފް ޔުއަރ މައިންޑް..؟” މައިކަލް ހާސްވެފައިހުރި ވަރުން އެހެން ބުނެވުނީވެސް ތަންކޮޅެއްބާރަށެވެ.

“ވައި ޑޭޑް؟ ވައި؟ އައި ލަވް ހިމް ސޯ މަޗް..ޔޫ ހޭވްޓް ޑޫ އިޓް ފޯ މީ..ޑޭޑް! އާފް ޒީ ދެކެ ލޯބި ނުވެޔޯ ބުނީ…ދެން ޒީ ވަރަށްދެރަވި އެކަމާ.. ޒީ އަބަދުވެސް ލޯބިވަނީ އާފްދެކެ..ޒީ މިހާރު ބޮޑުވެފަ މިހުރީ އެހެންވީމަ ބޭނުން މެރީކުރަން..ޕްލީޒް ޑޭޑް..” ކުޑަކުއްޖެއްހެން ޒީޝާ ޝަކުވާކުރަމުންދިޔައެވެ.
ވަންސް އައި ސެޑް ނޯ ދެޓް މީންސް ނޯ ޒީޝާ” މައިކަލްގެ އަޑު ގައި ވަނީ ހިތްހަމަނުޖެހުމެވެ. އޭނާ ދުނިޔޭގައި ހުރިހާ ހިނދަކު އެކަން އެގޮތަށްވިޔަ ނުދޭނެއެވެ.
“ސޯ ޔޫ އޯލްސޯ ވޯންޓް ހިމް ޓް މެރީ ދިސް ބި*…އޭމް އައި ރައިޓް ޑޭޑް؟.. ޔޫ އޯލް ވޯންޓް ލައިކް ދެޓް ހަހް!..” ޒީޝާގެ އަޑު ދިޔައީ ބާރުވަމުންނެވެ. އެހެންބުނުމަށްފަހު ދުވެފައި ކޮޓަރިއަށް ވަތް ޒީޝާ ފަޅި ސިކުންތުކޮޅެއްގައި ނިކުމެގެން އައިސް މައިކަލް ކައިރިއަށް ހުއްޓުނެވެ.

އައުފް ހުރީ ވާހަކަ ދެކެވޭ މަޢުލޫއަކުން ބޯހާސް ވެފައެވެ. މިއަދު މިއޮތީ އޭނާ ބުނި ދުވަސް އައިސްފައެވެ. އެދުވަހު އޭނާ ބުނި ގޮތަށް ކަންތައް ނުކުރުމުން މިއަދު މިފެންނަނީ އޭގެ ހިތި ކަމެވެ.

“ޑޭޑް އައި ނީޑް ޓް މެރީ ހިމް ބިކޯޒް…ބި..ކޯޒް އައި އޭމް ޕްރެގްނަންޓް ވިތް ހިޒް ޗައިލްޑް..” ހުރިހާ ދޮރެއް ބަންދުވާހެން ހީވުމުން ޒީޝާ އޭނާގެ އެންމެ ފަހު ހަތިޔާރުގެ ބޭނުން ހިފިއެވެ. އޭގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އޭނާއަށް ހެވެވެ. އޭނާގެ ބައްޕަ ކިތައްމެ ރުޅި އަޔަސް ހެޔޮކަމުގައި ދެކެމުން ޒީޝާގެ އަތުގައި އޮތް ގަނޑު މައިކަލް އަތަށް ދިއްކޮށްލިއެވެ.

މައިކަލް އެގަނޑަށް ބެލުމެއްނެތި ވީދާލިއެވެ. ޝަކުވާ އާއި ރުޅިވެރި ނަޒަރަކުން އައުފް އާއި ދިމާއަށް މައިކަލް ބަލާލިއެވެ. އައުފް އިސްދަށަށް ޖަހައިލީ ކުށަށް އިއުތިރާފު ވުމުގެ ގޮތުންނެވެ. މައިކްލްއަށް ހީވީ އޭނާގެ ހިތް މޭތެރޭގައި ފިތެމުންދާހެންނެވެ. މިއަދު އޭނާއަށް އެ ލިބުނީ ކުރި ކުށުގެ ޝަޒާއެވެ. އެކަމަކު އެވެސް ހާދަ ހިތްދަތި ގޮތަކަށެވެ. ބަހެއް ބުނުމެއްނެތި މައިކަލް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
މަންޒަރު ބަލަން ތިބި ސޮފިއްޔާއަށާއި މިކްޔާ އަށް މައިކަލް އާއި މެދު ހަމްދަރުދީ ވެވުނެވެ. ނަމަވެސް މިހާރު ވަގުތު މިވަނީ ފާއިތުވެފައެވެ. ކުރެވޭނެ އިތުރުކަމެއްވެސް ނެތެވެ.

“ޑޭޑް!……” ޒީޝާ އަށް މައިކަލް ގެ އަމަލު އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އައުފް އޭނާގެ މީހަކަށް ހެދުމަށެވެ. އެލޯތްބަށް ދެން އިތުރަށް އިންތިޒާރު ނުކުރެވޭނެއެވެ.
” ޑިސްކަޝަން އިޒް އޯވަރ..ގޯ ޓް ޔުއަރ ރޫމް ނައު.!!.” މައިކަލް އަމުރުކޮށްލިއެވެ.
“ނޯ ޑޭޑް…އައި ނީޑް އޭން އާންސާ..”
“އައި ޑޯންޓް ނީޑް ޓް ގިވް ޔޫ އެނީ އެކްސްޕްލެނޭޝަން” ޒީޝާ އާއި މައިކަލް އާއި ދެމެދު ހޫނު ބަހުސެއް ފެށިގެން އުޅޭކަހަލައެވެ. ގޮތްދޫކުރަން ބޭނުންވާ އެކެކުވެސް އެތާކުނެތެވެ.
“ޑޭޑް! ޑޫ ޔޫ ވޯންޓް މީ ޓް ސަފަރ؟..ޒީ ކިހިނެއް އެކަނި މި ބޭބީ ބަލާނީ ވެސް؟..އެހެން ނޫނަސް މީ އާފްގެވެސް ރެސްޕޮންސްސިބިލިޓީއެއް..ސޯ އެންމެ ރަނގަޅު ގޮތަކީ އާފް ޒީ އާ މެރީ ކުރުން..ދެޓް ވުޑް ބީ ދަ ސޮލިއުޝަން..ވައި އެވްރީ ބޮޑީ އިޒް ސޯ ސައިލެންޓް…ޒީގެ ބަސް ޤަބޫލު ނުކުރަންޏާ އާފް ކައިރީގަ އަހާބަލަ ޒީ އާ އެއްކޮށް ސްލީޕް ނުކުރަންހޭ..އާސްކް ހިމް ޑޭޑް..” ޒީޝާ ރޮއެގަތެވެ. މިހާރުވެސް ރޮއެ ރޮއެ އެދެލޯވަނީ ރަތްވެފައެވެ. މިއަދު އެދެލޯ ފާރުވިޔަސް ޒީޝާއަށް ހެވެވެ. އޭނާގެ މަޤުސަދު ކާމިޔާބު ކުރުމަށް ޒީޝާ އެވަނީ އަތުކުރި އޮޅާލާފައެވެ. މިއަދު ފަހަތަށް ޖެހިއްޖެނަމަ އޭނައަށް އައުފް މުޅި އުމުރަށް ގެއްލޭނެކަމަށް ޒީޝާގެ ހިތް ބުނަމުން ދިޔައެވެ.

“އީވެން އިފް ހީ ޑިޑް އޯލްސް ޔޫ ކާންޓް މެރީ ހިމް..” މައިކަލްގެ އަޑު ނިކުތީ ވަރަށް މަޑުންނެވެ. ހިތަށް ކޮށްފައިވާ އަސަރަކުން ދުލުގެ ބާރުވެސް އެވަނީ ކެނޑިފައެވެ.
“ޑޭޑް..އައި އޭމް ކޮންފިއުސްޑް..ތީ ހަމަ ޒީ ގެ ޑޭޑްތަ؟ އަރ ޔޫ ގޮއިންޓް ބީ ހަރ ސްޓެޕްފާދަރ އޯރ ވަޓް؟ މޭ ބީ މޯރ ދޭން ދެޓް..އާން! ދެން ޑޭޑަށްވެސް މުހިއްމުވަނީ މޯމް ގެ ކިޑްސް..ޑޭޑް ލޯބިވެސް ވަނީ އެމީހުންދެކެ..ޒީދެކެ ލޯބިވާނަމަ ތިހެން ނުބުނާނެ..ޒީގެ މޯމް ޑޭޑް ދޫކޮށްފަ އެދިޔައީ ހަމަ އެންމެ ރަނގަޅަށް ޔޫ ޑޯންޓް ޑިޒާރވް ހަރ..ކޯޒް ޔޫ އާރ އަ ސެލްފިޝް ޕަރސަން..”
“އިނަފް! ޔޫ ކާންޓް މެރީ ހިމް ކޯޒް ހީ އިޒް މައި ސަން..އެން ޔޫ އާރ މައި ޑޯޓަރ.. ޑޭމް އިޓް!” މައިކްލްގެ އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައީ ތަނބުތަކުވެސް ރެނދުލާހާ ބާރަށެވެ.
ހަމަ އެވަގުތު އެއްޗެއް ތެޅުނު އަޑުފަށްގަނޑު އިވުމާއެކު ހުރިހާއެންމެންގެ ނަޒަރު އަމާޒުވީ ދޮރާދިމާއަށެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 37 ވަނަ ބަައި

Next

ރިޔާޝާ (19ވަނަ ބައި)

Next
November 8, 2016

ރިޔާޝާ (19ވަނަ ބައި)

Previews
November 7, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 37 ވަނަ ބަައި

26 Comments!

  1. kayashandy says:
    November 8, 2016 at 12:53 am

    mistakes hurumakee ekasheegenvaa kamei…faadu kiyumakee alhugandah libey kuri erumei..plx feel free to comment ur ideas n views abt de story..thank you all..:)

    next part ASAP…keep waiting..:)

  2. Dhondhooni says:
    November 8, 2016 at 1:33 am

    V v reethi mi part.❤❤❤..enmekurinves heevigothah hama mivee..aafu akee maikal ge dharieh?

    1. kayashandy says:
      November 8, 2016 at 1:38 am

      hehe..baei kudhin v molhuvaane guess kuran..? hope u ll read until de end..thank you for ur comment ☺

  3. Saandy says:
    November 8, 2016 at 1:45 am

    އަޅޭ… ހާދަ ކެތްމަދުވާ ހިސާބަކުންނޭ ތި ނިންމާލީ… 22ވަނަ ބައި އަވަސްކޮށްލަދެއްޗޭއެބަ ވަރަށް އިންތިޒާރު ކުރެވޭ

    1. kayashandy says:
      November 8, 2016 at 2:09 am

      thanku saandy….? i ll try my best to upload it ASAP…keep waiting ☺

  4. Axee says:
    November 8, 2016 at 2:43 am

    Wow v v salhi☺☺…xysha ah kaamiyaabu vaagoiy nahadhahchey…waitin for next part..

    1. kayashandy says:
      November 8, 2016 at 12:07 pm

      zysha ah kaamiyaabu nuvaan einnu…auf is her half-brother..
      next part avas kohdheynan..insha allah..☺

  5. Aim Sithu says:
    November 8, 2016 at 6:08 am

    Wow.. varah reethi mi.partves

    1. kayashandy says:
      November 8, 2016 at 12:07 pm

      thanku so much ?

  6. Appy says:
    November 8, 2016 at 8:09 am

    Oww dhn in bai avas kohdhehchey plx plx …

    1. kayashandy says:
      November 8, 2016 at 12:08 pm

      thank u appy…? i ll try to upload ASAP…☺

  7. Samsam says:
    November 8, 2016 at 8:16 am

    Wow..vrh salhi..sam buni gothah dhw e v…zee preg nd hurihah kameh auf bolah…waitin for nxt part…

    1. kayashandy says:
      November 8, 2016 at 12:09 pm

      heheh…arrn dhw…? keep reading samsam..☺ thankz

  8. Mar Sha Marsha says:
    November 8, 2016 at 11:39 am

    Owwwww… kihineh mivee.. Auf aky michael ge illegitimate son dho… dhen zy plz tell the truth.. u cnt marry ur half brother.. n they didnt even sleep together.. mikya ah adu ivuny dho.. ohh haadha ryhchey mi story.. kayashandy..u r great.. inthizaaringgggggg.. plz avas kohdhehcheyyy

  9. shai says:
    November 8, 2016 at 12:01 pm

    v reethi… v furihama….

    1. kayashandy says:
      November 8, 2016 at 12:10 pm

      thank you soooo much shai…hope u ll read upcoming parts too…☺

  10. L❤VE says:
    November 8, 2016 at 12:58 pm

    Can I ask a question??? Aslu zeesha is not preg with aufs child right… I’m confused?????

    1. kayashandy says:
      November 8, 2016 at 4:41 pm

      u ll knw dat in next part..thanks ☺?

  11. shooty says:
    November 8, 2016 at 1:58 pm

    Nice job kayashandy ? I enjoyed reading this story ????????

    1. kayashandy says:
      November 8, 2016 at 4:42 pm

      thank you shooty…?

  12. Aiss says:
    November 8, 2016 at 4:31 pm

    maikal ee Auff ge bahpadho xeesha ah elibunee rangalhu filaa valheh.heh heh

    1. kayashandy says:
      November 8, 2016 at 4:47 pm

      dhw….hehhehe…keep reading ☺

  13. Tara says:
    November 8, 2016 at 5:30 pm

    I just finished reading all the parts. Haadha reehchey mi vaahaka. ???

  14. Anonymous says:
    November 9, 2016 at 8:07 am

    Koniraku next part othee miadhu up kohdheveynetha v reethi

  15. Sheera says:
    November 9, 2016 at 1:49 pm

    When is next part?

  16. Axee says:
    November 9, 2016 at 8:50 pm

    Kayashandy where r u.?….r u sick?….i am waiting for next part………

Comments are closed.

Next Episodeމިހިތުގެ ފަސާނާ 22←


All Right Reserved!