އެފިނިމެންދަން 23
6 މަސް ފަސް……
އަހަރުގެ ފުރަތަމަ ސެމެސްޓަރގެ ކިޔެވުންނިމި ޗުއްޓީ ވެއްޖެއެވެ. އަހުސަންއާއި އަހުނަފްއާ ދެމީހުން މާލެ ނުދެވިގެން ތެޅިފޮޅެނީއެވެ. އަހުސަންގެ ކަންތައް ވަކީންބޮޑެވެ. އޭނާގެ ހަރަކާތްތައްހުރިގޮތުން އިޝާންހުރީ ހައިރާންވެފައެވެ. ހަމަގައިމުވެސް މަންމައާއި ބައްޕަ ދެކޭހިތުންނެއް އަހުސަންއަކަށް އެވަރެއް ނުވާނެކަން އިޝާންއަށް އެނގެއެވެ. ކޮންމެވެސް އެހެންކަމެއް އެބައުޅެއޭ އިޝާންގެ ހިތަށް އެރިއެވެ.
” ހޭ ބުރޯ! ހާދަކެތްމަދުވެގެން ތިއުޅެނީ…އަނެއްކާ އެކޮޅުގަ މީހަކު އިންތިޒާރުކުރަނީތަ؟…” ޝައްކުގެ ނަޒަރަކުން ބަލާލަމުން އިޝާން ކޮށްލިސުވާލުން އަހުސަން ކަންބޮޑުވެފައި އިޝާންގެ މޫނަށް ބަލާލިއެވެ. އޭނާގެ ހިތުގައި ސިއްރުކޮށްގެން އުޅޭކަންތައް އިޝާންގާތުގައި ބުނަންވީބާއޭ ހިތަށްއެރިއެވެ.
” އޭތް….ފާޑަކަށް ބަލަންތިއިނީ ކިހިނެއްވެފަ؟….އިޒް އެވްރީތިންގް އޯކޭ؟” ޖަވާބެއްނުދީ އަހުސަން ބަލަން އިނުމުން ސީރިއަސްވެފައި އިޝާން އަހާލިއެވެ.
“ޝާން….އަހަރެން ޝާންގާތު ނުބުނާ ވާހަކައެއް އެބައޮތް……ބުނަންވެސް ބޭނުން…އެކަމު ޝާން ހިތްހަމަ ނުޖެހިދާނެތީ ބުނަން ނުކެރިގެން ހުރީ….ރުޅިއަންނާނަންތަ ބުނެފިއްޔާ..” ޖެހިލުންވެ އިނދެ އަހުސަން އަހާލިއެވެ.
“ރުޅިއަންނަން ނޫނީ ހިނިއަންނަންވެސް މަށަށް އެނގޭނީ ތިބުނަން އުޅޭއެއްޗެއް ބުނީމައެއްނު…..މާގިނަ ވާހަކަ ނުދައްކާ ބުނެބަލަ ދެން..” އިޝާން ހުރީ އަހުސަން ބުނަންއުޅޭ އެއްޗެއް އަޑުއަހަން ބޭނުންވެފައެވެ.
” ފުރަތަމަ އެއްބަސްވޭ…ރުޅިނާންނަން ކަމަށް…އޭރުން ބުނާނީ..” އަނެއްކާވެސް އަހުސަން އެދުނެވެ.
” އޯކޭ އޯކޭ….ރުޅިއެއްނާންނާނަމޭ….އެހެންނޫނަސް މަމީ މީހަކު ބިރުގަންނަހާ ރުޅިގަދަމީހެއްތަ؟….ފިނޑިވެގެން އުޅޭއިރުހީވަނީ އަންހެން ކުއްޖަކު އޭނާގެ ބޯއީފުރެންޑް ރުޅިއަތުވެދާނެތީ އުޅޭހެން ވިއްޔަ..” ހިނިގަނޑެއް ޖަހާލަމުން އިޝާން އަހުސަންއާ ދިމާކޮށްލިއެވެ.
” ޝާން…އައި އެމް އިން ލަވް..” ހިނިތުންވެލާފައި އަހުސަން އޭނަގެ ހިތުގެ ޝުއޫރު ހާމަކޮށްލިއެވެ.
” ވަޓް؟….ޔޫ އާރ އިން ލަވް؟….ބަޓް ސަން އައިމް ޔުއަރ ބުރަދަރ….ހައު ކުޑް ޔޫ ލަވް މީ ލައިކް ދެޓް….އައި ކާންޓް ބިލީވް ދެޓް ޔޫ އާރ އިން ލަވް ވިތްމީ….އޯ ގޯޑް..ސޭވްމީ..” މޫނަށް ވައްތަރެއް ޖައްސާލަމުން އިޝާން އަހުސަން އަށް ޖެއްސުންކޮށްލިއެވެ. އިޝާން ބުނެލި ޖުމްލައިން އަހުސަންގެ ގާތަށް ހިނިއައިނަމަވެސް ލޯހަނިކޮށްލަމުން އިޝާންގެ ގައިގާ ބޮނޑިއެއް އަޅާލިއެވެ.
” ހެހެހެ ބަލާބަލަ! މޫނަށް ވެފަހުރި ގޮތް…ޑޫ ޔޫ ރިއަލީ ލަވްމީ؟؟” އަހުސަން ފާޑަކަށް ރަކިވެފައިނުމުން އިޝާން އަހުސަންއާ ގާތްވެލަމުން އަނެއްކާވެސް ދިމާކޮށްލިއެވެ.
” ހުއް….އައި ޑޯންޓް ލަވްޔޫ އެޓްއޯލް….އައިލަވް އަރޫ….ގެޓް ދެޓް؟” އިޝާންގެ ކޮނޑުގައި އަޅާކޮށްޕާލަމުން އަހުސަން ޖަވާބުދިނެވެ.
” ވަޓް….ޔޫ ލަވް އަރޫ؟….ޔޫ މީން އަރޫނާ؟؟؟” ހައިރާންވެފައި ސީރިއަސްކަމާއެކު އިޝާން ސުވާލުކޮށްލިއެވެ.
” އާނ!…އަރޫ…ޝާންގެ ބެސްޓްބަޑީ….އަހަރެން ވަރަށްލޯބިވޭ އަރޫދެކެ…” އަހުސަން ޖެހިލުމެއްނެތި އެއްބަސްވިއެވެ. އިޝާން އަދިވެސް އިނީ ހައިރާންވެފައި އަހުސަންއަށް ބަލަހައްޓައިގެންނެވެ.
” ކިހިނެއްތަވީ؟…މިހާރު ކީއްވެތަ ފާޑަކަށް ބަލަންތިއިނީ..”
” ހަމަ ސީރިއަސްކޮށް ސަން އަރޫދެކެ ލޯބިވަންތަ؟” ޔަގީންކަމެއް ނެތްގޮތަކަށް އިޝާން އަހާލިއެވެ.
” އާނ އަހަރެން އަރޫދެކެ ހަގީގަތުގަވެސް ވަރަށް ލޯބިވޭ….އަރޫވެސް އަހަރެންދެކެ ލޯބިވޭ….މިހާރު ދެމަސް ވެއްޖެ އަހަރެމެން ރަށްޓެހިވެގެން އުޅޭތާ…” އަހުސަންގެ ވާހަކަތަކުން އިޝާންގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ.
” އެކަމު ކޮންއިރަކު ކިހިނެއް އަރޫނާ ސަންއާ ގުޅުމެއް އުފެދުނީ..”
” ފޭސްބުކުން…..ޝާންގެ ފުރެންޑްލިސްޓުން އަރޫ ހޯދައިގެން އެޑްކުރީ…..ފުރެންޑްވެގެން އެތައް ދުވަހަކު ވާހަކަދައްކާ އެތައް އާދޭހެއްކުރިފަހުން ރައްޓެހިވާން އެއްބަސްވީ…..އަހަރެމެން ދެމީހުން ފުރެންޑްވީކަން ޝާންއަށްވެސް އެނގޭނެއްނު ފޭސްބުކް ޔޫސްކުރާއިރު” އަހުސަން އޮޅުންފިލުވައިދިނެވެ.
” އާނ! ފޭސްބްކުއިން ފުރެންޑްވީކަން މަށަށްވެސް އެނގުން….އެކަމު ތިދެމީހުންގެ މެދުގަ ގުޅުމެއް އުފެދޭނެކޭ އަހަރެންގެ ހިތަކަށްވެސް ނާރާ…އެރަށުން އަރޫފެނިގެން އެދެއްކި ވާހަކަ އެއީ ހަމަހަގީގަތެއްކަމަށް އަހަރެން ހިއެއްވެސް ނުކުރަން….އެކަމް ސަން އަށް ޔަގީންތަ އަރޫ ސަންދެކެ ލޯބިވާކަން..” އިޝާން ބޭނުންވީ ޔަގީންކުރާށެވެ.
” އަހަރެން މިލޯބިވާވަރަށް އަރޫ އަހަރެންދެކެ ލޯބިވާކަމެއް ނޭނގެ….އެކަމް އަރޫވެސް އަހަރެންނާ ވަރަށް ގަޔާވާކަން ޔަގީން…..މިހާރު 6 މަސް މިވީ މިގޮތަށް ވާހަކަ ދައްކާތާ…..ކުރިން އަރޫގެ ވާހަކަތަކުން ހީވި ކޮންމެވެސް މީހަކުދެކެ އަރޫލޯބިވާހެން…..އެކަމް އަހާ އަހާވެސް އެކަމާބެހޭގޮތުން ވާހަކައެއް ނުދެއްކި…..ދެން މިހާރު ހިޔެއްނުވޭ އަރޫ އެމީހަކާމެދު އެއްވެސް ވަރަކަށް ވިސްނާހެނެއް….މިހާރު ހުންނަނީ ވަރަށް އުފާވެފަ…..އަހަރެން މާލެދިޔައީމަ ބައްދަލުކުރަން އަރޫ އަންނާނަމޭބުނި…..އެހެންވެ އަހަރެން އެވަރުން މާލެދާން މިއުޅެނީ” އަހުސަން އޭނާއާއި އަރޫނާގެ ގުޅުން ކުރިއަށް ގޮސްފައިވާ މިންވަރު އިޝާންއަށް އޮޅުން ފިލުވައިދިނެވެ. އަހުސަން އަރޫނާއާމެދު ސީރިއަސްވެފައިވާ މިންވަރު ފެނުމުން އިޝާން އުފާވިއެވެ. އެންމެފަހުން އަރޫނާއަށްވެސް ރަނގަޅު ބައިވެރިއަކު ލިބުނީތާއެވެ. މިހުރިހާ ދުވަހުވެސް އަރޫނާ އިޝާންދެކެ ލޯބިވާކަން އިޝާންއަށް އެނގެއެވެ. ނަމަވެސް އޭނާ އެކަން ނޭނގޭކަމަށް ހަދައިގެން އުޅުނީ އަރޫނާއަށް އޭނާގެ ފަރާތުން ދެވޭނެ އެއްޗެއް ނެތީތީއެވެ. އެކުވެރިކަން ފިޔަވައި އިތުރުއެއްޗެއް ދެވެން ނެތީއެވެ. ނީލާ ފިޔަވައި އިތުރު އަންހެން ކުއްޖަކަށް އެހިތުން ޖާގަދެވުމަކީ ވާނެކަމެއް ނޫނެވެ.
” އޭތް ކޯއްޗެއް ތިވިސްނަނީ؟” އިޝާންއަށް ސިހިފައި އޭނާގެ ޚިޔާލުގެ ތެރެއިން ނުކުމެވުނީ އަހުސަން އޭނާގެ ކޮނޑުގައި ޖަހާލުމުންނެވެ.
” ހޫމް…މިހިތަށްއަރަނީ…..ސަންހަމަ ސީރިއަސްކޮށްބާއޭ އަރޫއާ ތިގުޅުނީ…..ވަކިހިސާބަކުން އަރޫދޫކޮށްފަ ނުދާނެބާއޭ…” އަހުސަންގެ ގޮތް އެނގޭއިރުވެސް އިޝާން އެހެންބުނީ އަހުސަންގެ ބުނާއެއްޗެއް ބަލާލުމަށެވެ.
” އޯ ކަމޯން…..އައިއެމް ޑެޑް ސީރިއަސް ވިތް ދިސް މެޓަރ….ޝާން ހީކުރީ އަހަރެން މިއުޅެނީ ކުޅިވަރެއް ކުޅެން ކަމަށްތަ؟…..ޝާން ހީކުރަނީ އަހަރެންމީ ވަރަށް ފީކަޅާމީހެއްކަމަށްދޯ…..ދުވަހަކުވެސް އަހަރެން އަންހެން ކުއްޖަކަށް ލަނޑެއްދިނިންތަ؟” ދެރަވެލާފައި އަހުސަން އެހެން ބުނިގޮތުން އިޝާންއަށް ހެވުނެވެ.
” އޯކޭ…މައިބުރޯ….މަށަށް ހަމަޔަގީން އަރޫއަށް ތިއަށްވުރެ ރަނގަޅު ޕާޓްނަރ އެއް ނުލިބޭނެކަން….އައި ޓްރަސްޓް ޔޫ…އެންޑް ވިޝްޔޫ އޯލް ދަ ބެސްޓް” އަހުސަންގެ ކޮނޑުގައި ހިފާލަމުން އިޝާން ހިނިތުންވެލިއެވެ. އަހުސަންވެސް ހިނިތުންވެލިއެވެ. މިހާރު އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ.
އިޝާން އޭނާގެ ކޮޓަރިއަށްވަދެ މާލެދިއުމަށްޓަކައި ދަބަސް ތައްޔާރުކުރަން ފެށިއެވެ. ނަމަވެސް މާލެދާކަށް މާބޮޑު ޝައުޤުވެރިކަމެއް ނެތެވެ. އޭނާ މާލެދާންވީވެސް ކާކަށްޓަކާ ހެއްޔެވެ؟ މައިންބަފައިން ފިޔަވައި އޭނާއަށް އިންތިޒާރުކުރާނެ މީހެއް ނެތެވެ. މިތާހުއްޓަސް އޭނާއަށް މަންމައާއި ބައްޕަގެ ހާލު އެނގެއެވެ. އަނިލްގެ ފަރާތުން ނީލާއާއި ދަރިފުޅުގެ ހާލުވެސް އެނގެއެވެ. އަނިލް ބަރާބަރަށް ދަރިފުޅުގެ ފޮޓޯވެސް ފޭސްބުކަށް އަޕްލޯޑްކުރެއެވެ.
މިހުރިހާ ދުވަސްވީއިރުވެސް ނީލާ އެންމެ ފަހަރަކުވެސް އޭނާގެ ހާލުވެސް ބަލާނުލިއެވެ. ޚުދު އިޝާންވެސް ނީލާއަކަށް ނުގުޅައެވެ. އެއީ މިހާރު ހަމައެކަނި އަނިލްގެ އަނބިމީހާއެވެ. އޭނާގެ ފަހަރިއެވެ. އިތުރުގުޅުމެއް މިހާރު އެދެމެދުގައި އޮވެގެން ނުވާނެއެވެ. ނީލާވެސް އޭނަގެ މަތިން ހަނދާން ނައްތާލުމަށްފަހު އަނިލްއާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުންދަނީކމުގައި އޭނާގެ ހިތްބުނެއެވެ. ފުރަން އުޅުނު ދުވަހު އަނިލް އޭނާއާ ވާހަކަ ދައްކަން ބޭނުންކަމުގައި ބުނެ އާދޭސްކުރިއެވެ. ނަމަވެސް ފަހުން އަނިލްގެ ފަރާތުން އޭނާ ހީކުރިފަދަ އެއްވެސް ވާހަކައެއް ނީވެއެވެ. އަނިލްވެސް މިހާރު ނީލާއާއެކު އުފަލުގައި އުޅެނީކަން ގައިމެވެ. ނޫންނަމަ މިހުރިހާ ދުވަސްވިއިރު އެދެމީހުންގެ ފަރާތުން އޭނާހީކުރިފަދަ އަލާމާތެއް ފެނުނީސްތާއެވެ. ކޮންމެ ގޮތެއްވިޔަސް އަނިލްއަށްޓަކައި އޭނާވީ ޤުރުބާނީ ބޭކާރެއް ނުވިތާއެވެ. ނަމަވެސް ދެރަކަމަކީ އަދިވެސް އެހިތުން ނީލާގެ ހަނދާންތައް ފުހެވިގެން ނުދާކަމެވެ. ކިތަންމެ ހިތްވަރެއް ކުރިޔަސް އެހަނދާންތަކަށް ކުޑަނަމަވެސް ފަނޑުކަމެއް ނައެވެ. އެހިތުގައި ކުރިއެކޭވެސް އެއްފަދައިން އެލޯބި ދިރިއެބަހުއްޓެވެ.
*********
ރޭގަނޑުގެ ވަގުތެވެ. ޑުރެސިންޓޭބަލް ކައިރީގައި ފުނާއަޅަން އިންއިރު އިމްޝާގެ މޫނުމަތިން ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލާނުދެއެވެ. އޭނާއިނީ އެހާވެސް އުފާވެފައެވެ. އޭނާއުފާނުވާންވީ ކީއްވެގެން ހެއްޔެވެ؟ އެތައް ދުވަހަށްފަހު އަނެއްކާވެސް އޭނާގެ ލޯބިވާދަރިފުޅާ ބައްދަލުވަނީއެވެ. އިމްޝާގެ ހަރަކާތްތަކަށް ބަލަން އެނދުގައި އޮތް އިމާދުގެ މޫނުމަތިންވެސް އުފާވެރިގެން ފާޅުވެއެވެ. އޭނާގެ އުފާވެރިކަން ގުޅިފައިވަނީ އިމްޝާއާއެވެ. ޔޫކޭއަށް އިމްޝާ ގޮވައިގެން ދިޔައިރު އޭނާގެ ހިތުގައިވާ އުއްމީދު މިހާރު އެވަނީ ފުރިހަމަވެފައެވެ. ޑޮކްޓަރަށް ދެއްކުމުން، ޑޮކްޓަރު އޭނާއަށް ދިން ލަފަޔާ އިންޒާރުތަކުންވެސް އޭނާގެ ނިންމުމަކަށް ބަދަލެއްނައެވެ. އިމްޝާގެ ސިކުނޑިއަށް ލިބިފައިވާ ގެއްލުން ރަނގަޅުކުރުމަށްޓަކައި ބޮޑު އަދި އެހާމެ ނުރައްކާތެރި އޮޕަރޭޝަނެއް ކުރަންޖެހުނެވެ. އޮޕަރޭޝަނަށްފަހު ރަނގަޅުވާނެކަމުގެ އޮތީ ފަންސާން އިންސައްތަ ޔަގީންކަމެވެ. އޮޕަރޭޝަން ކާމިޔާބު ނުވެއްޖެނަމަ މުޅިއުމުރަށް ސިކުނޑި އުނިމީހަކަށް ވާނެކަމުގައިވެސް ޑޮކްޓަރ އިންޒާރުދިނެއެވެ. އެހެން ވެއްޖެނަމަ ކުރީގެ ދިރިއުޅުމަށްވުރެވެސް އެދިރިއުޅުން އިމްޝާއަށް ވޭންބޮޑުވާނެއެވެ. ނަމަވެސް އިމާދުބޭނުންވީ ކިތަންމެ ބޮޑު ނުރައްކަލަކާއި ކުރިމަތިލައިގެންވެސް އިމްޝާ ރަނގަޅު ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުންހިފުމަށެވެ.
އޮޕަރޭޝަން ކުރެވި އެއްމަސްދުވަހު ހޮސްޕިޓަލްގައި ފަރުވާދެވުނެވެ. ނަސީބު ކިތަންމެހައިވެސް ރަގަނޅެވެ. އިމްޝާގެ ސިކުނޑީގައި މަސަކަތްކުރުން ހުއްޓިފައިވާ ސެލްތައް އަނެއްކާވެސް މަސައްކަތްކުރަން ފެށިއެވެ. އެންމެ އާދައިގެން އިންސާނެއް ފަދައިން ނުވީނަމަވެސް މިހާރު އިމްޝާއަކީވެސް ނުކުޅެދޭމީހެކޭ ނުބުނާނެއެވެ. އޮޕަރޭޝަނަށްފަހު ހަނދާންކުރުމުގެ ބާރު އޭނާގެ ސިކުނޑިއަށް ލިބުނެވެ. ކުރީގައި އަބަދު ނުފިލާހުންނަ ބޮލުގައި ރިހުމާއި ކުއްލި ކުއްލިއަށް ހޭނެތުމުގެ މައްސަލަ މުޅިން ހައްލުވިއެވެ. މެދުކެނޑުމެއްނެތި ހަމަސްދުވަހު ބޭސްކާން ޖެހުނުނަމަވެސް މުޅި އުމުރަށް ބޭސްކާން ޖެހުމުގެ ބުރަކަން ފިލާދިޔައެވެ. އިމްޝާއަށް މިހާރު ހީވަނީ ދުނިޔެއަށް އަލަށް އުފަންވީހެންނެވެ. އޭނާއަށް މިލިބުނު ދިރިއުޅުމަކީ ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. މާޒީގެ ހަނދާންތައް އެއްވެސް ވަރަކަށް ނުވީނަމަވެސް މިހާރު އޭނާ ދެރައެއް ނުވެއެވެ. ނުލާހިކު ލޯބިވާ ފިރިޔަކާއި ދަރިޔަކު ލިބި އޭނާގެ ހަޔާތްވަނީ ބާއްޖަވެރިވެފައެވެ. އިމާދުގެ އޯގާތެރިކަމާއި އަޅާލުމުގެ ސަބަބުން އިމާދުދެކެ އަނެއްކާވެސް އޭނާއަށް ލޯބިވެވިއްޖެއެވެ. އިމްޝާއަށް މާޒީ ހަނދާން ނުވުމުން އިމާދުގެ ހިތަށް ހަމަޖެހުންލިބުނެވެ. އެ ކަޅުމާޒީގެ އެންމެ ސަފްހާއެއް ހަނދާންވީނަމަވެސް އިމްޝާ އޭނާއަށް މާފް ނުކުރީސްކަން ގައިމެވެ.
އިމާދުގެ ޚިޔާލުގެ ވާފަށް ބުރިބުރިވީ ކޮޓަރި ދޮރުގައި މީހަކު ޓަކިޖެހުމުންނެވެ. އިމާދު ތެދުވެގެން ގޮސް ދޮރުހުޅުވާލިއިރު ހިނިތުންވެފައި އިޝާން ހުއްޓެވެ.
” އަނހާ! ދަރިފުޅާ ތިއައީތަ؟….ބައްޕަ ހީކުރީ މާދަމާ ހެނދުނުގެ ފްލައިޓުން ކަމަށް އަންނަނީ…..ބައްޕަ ބަލާ ގޮސްފާނެތީ ނުބުނީދޯ” އިޝާންގެ ކޮނޑުގައި އަތްބާއްވާލަމުން އިމާދު ހިނިތުންވެލިއެވެ.
” އާނ! ބައްޕަ ކީއްކުރަން ތަކްލީފް އުފުލަނީ…..މަމީ ކުޑަކުއްޖެއް ނޫނެއްނު…ބަލާބަލަ! ބައްޕައަށް ވުރެވެސް މިހާރު އަހަރެން ބޮޑެއްނު..” އިޝާން މޭފުއްޕާލާފައި ބުނެލިއެވެ.
އިޝާންގެ އަޑުއިވުމާއެކު އިމްޝާވެސް ދުވެފައި ކަހަލަ ގޮތަކަށް އިޝާންގެ ގާތަށް އައެވެ. މަންމަ ފެނުމުން އިޝާންއަށް ހައިރާންވެފައި ބަލަން ހުރެވުނެވެ. އެންމެ ނަޒަރަކުންވެސް މަންމައަށް އައިސްފައިހުރި ބަދަލު އިޝާންއަށް ފާހަގަކުރެވުނެވެ. ކުރިއަށްވުރެވެސް ދޮންވެފައި ރޫފަ ރަނގަޅުވެފައިހުރިއިރު އެމޫނުގައިހުރި ހިނިތުންވުން މަންމަގެ ރީތިކަން އިތުރުކޮށްދީފައިވެއެވެ. ކުރިން ހުންނަ މާޔޫސްކަމާއި ސިހުމެއްވެސް މިހާރަކު އެމޫނަކު ނެތެވެ. އިމްޝާ އުފަލުން ގޮސް އިޝާންގެ ގައިގާ ބައްދާލިއިރު އެދެލޯކަރުނުން ފުރިއްޖެއެވެ.
” މަންމާ..ކިހިނެއްތަ؟…މަންމަ އަހަރެންމަތިން ހަނދާން އެބަހުރިތަ؟” އިޝާންވެސް މަންމަގެ ގައިގާ މަޑުމަޑުން ބައްދާލުމަށްފަހު ބޮލުގައި ފިރުމާލިއެވެ.
” ހޫމް ….މަންމަ އަބަދުވެސް ދަރިފުޅުމަތިން ހަނދާންކުރަން….” އިޝާންގެ ބުރަކަށީގައި ފިރުމާލަމުން އިމްޝާ ބުންޏެވެ. އެދެމައިންގެ ލޯބި އިމާދުއަށްވެސް އަސަރުކުރިއެވެ.
” ކޮބާދެން ތިދަބަސްތައް މިތާބަހައްޓާފަ އިށީނދެލަންވީނު..” ދޮރުމަތީ ދެމައިން ކޮޅަށްތިބުމުން އިމާދު ބުންޏެވެ. އިޝާން ދަބަސްތައް ސިޓިންރޫމުގައި ބެހެއްޓުމަށްފަހު މަންމަ ގޮވައިގެން ކޮޓަރިއަށްވަނެވެ. އެނދުގައި މަންމަ ބޭންދުމަށްފަހު މަންމަގެ ގާތުގައި އިޝާން އިށީނެވެ.
” މަންމަ މިހާރު މުޅިން ރަނގަޅުތަ…..ބޮލުގަ ނުރިއްސާތަ؟ ” ލޯތްބާއެކު އަހާލިއެވެ.
” މަންމަ ރަނގަޅު…ބޮލަކުވެސް ނުރިއްސާ…..ދަރިފުޅު ކިހިނެއްތަ؟…” އިޝާންގެ ބުރަކަށީގަ މަންމަ ފިރުމާލިއެވެ.
” އަހަރެން ހުރިގޮތް މިހުރީ ފެންނާކަށްނު…..ހަމަގަދަފަދައެއްނު…” އިޝާން ހިނިތުންވެލަމުން މަންމައަށް ޖަވާބުދިނެވެ.
އެކުޑަ ވަގުތުކޮޅުގައިވެސް ދެމައިން އެތައް ވާހަކައެއް ދެއްކިއެވެ. ކުރަންބޭނުންވެފައި ހުރި އެތައް ސުވާލެއްކުރިއެވެ. އިމާދު އެދެމައިންގެ ހަރަކާތްތަކަށް ބަލަން ހެވިފައި ހުއްޓެވެ.
“ބައްޕާ ކޮބާތަ ކޮއްކޮ؟” އިޝިކާގެ މަތިން ހަނދާންވެގެން ކުއްލިއަކަށް އިޝާން އަހާލިއެވެ.
” ކޮޓަރީގަވީ….ބައްޕަ ނުބުނަމޭ ކޮއްކޮގާތު ދަރިފުޅު އަންނަ ވާހަކައެއް…ދޭބަލަ ކޮއްކޮއަށް ސަޕްރައިޒްދޭން….އަދި ނުނިދާނެ..” އިމާދު އެހެން ބުނުމުން އިޝާން ހިނިތުންވެލަމުން ބައްޕަގެ ކޮޓަރިން ނުކުތެވެ. އިޝާން އޭނާގެ ދަބަސްތައް ކޮޓަރިއަށް ވެއްދުމަށްފަހު އިޝިކާގެ ކޮޓަރި ކައިރިއަށް ދިޔައެވެ. ތަޅުގައި ހިފިއިރު ނަސީބަކުން ތަޅުހުރީ ހުޅުވާފައެވެ. އިޝާން މަޑުމަޑުން ދޮރުހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ. އިޝިކާ އެނދުގައި އުޑުތިލަމަތިން އޮތެވެ. އިޝާން ކައިރިއަށް ގޮސްބަލާލިއިރު އިޝިކާއަށް އޮތީ ނިދިފައެވެ. އޭނާ ކިޔަން ގެންގުޅުނު އިނގިރޭސި ވާހަކަފޮތް މޭމަތީގައި އޮތެވެ. އިޝާން މަޑުމަޑުން އެނދުގެ މަގަތުގައި އިށީނދެ ވާހަކަފޮތް ނަގައި އެނދުގެ ހެޑްބޯޑްމަތީގައި ބޭއްވިއެވެ. އިޝިކާގެ މޫނަށް ފުންކޮށް އިޝާން ބަލާލިއެވެ. ބޮޑުވަމުން އައިވަރަކަށް އިޝިކާ އަރީޝާއާ ވައްތަރުވެއެވެ. އަރީޝާފަދަ ރީތިކަމެއް އިޝިކާއަށް ލިބިފައިވެއެވެ. އެފަދަ ނުބައި އުޅުމެއް ނުލިބުނުކަން ނަސީބޭ އިޝާންގެ ހިތަށް އެރިއެވެ. އިޝާން ގުދުވެ އިޝިކާގެ ކޮލުގައި ބޮސްދިނެވެ. އެއާއެކު ސިހިފައި އިޝިކާ ލޯހުޅުވާލިއެވެ. ކުއްލިއަކަށް އިޝާން އެހާގާތުގައި އިންދާ ފެނުމުން އިޝިކާބިރުން ހަޅޭއްލަވައިގަތެވެ. އޭނާއަށް ހުރީ އެއީ އިޝާންކަން ގަބޫލު ނުކުރެވިފައެވެ. އިޝިކާއަށް ވީގޮތުން އިޝާންގެ ގާތަށް ހިނިއައެވެ.
” ކާމް ޑައުން ބޭބީ….މީ ދޮންބެޔޭ….ގޯސްޓެއްނޫނޭ…” އިޝާން އިޝިކާގެނެސް މެޔާލައި ބޮނޑިކޮށްލިއިރު އިޝިކާގެ ހިތްބާރުބާރަށް ތެޅެމުންދިޔައެވެ. އެވަރަށް އޭނާގެ ކޮއްކޮ ބިރުގަންނުވާލެވުނީތީ އިޝާން ދެރަވެސްވިއެވެ.
“ސޮރީ ދޫނީ….ދޮންބެ ހިޔެއްނުކުރަން ތިހާބިރުގެންފާނެ ކަމަކަށް….ދޮންބެ ހަމައެހާބިރުވެރިތަ؟” އިޝިކާ ގަޔާދުރުކޮށްލަމުން އިޝާން ސަމާސާކޮށްލިއެވެ.
” ނޭނގޭނެއްނު ހަމަކުއްލިއަކަށް ދޮންބެ މިތާ އިނދެދާނެކަމެއް….ހަމަރަނގަޅަށްވެސް ބިރުން ކިރިޔާ ހިތްނުހުއްޓުނީ…..ދޮންބެ ކޮންއިރަކުތައައީ…..ނުވެސްބުނެ ދޮންބެ ތިއައީ އިޝީއަށް ހާރޓްއެޓޭކެއް ޖައްސަންދޯ..” މޭގައި އަތްއަޅައިގެން އިނދެ އިޝިކާ ވާހަކަ ދައްކަމުން އިޝާން އިނީ ހީލަހީލައެވެ.
” ސޮރީއޭ ބުނެފީމެއްނު ދޫނީ……ދެން އެހެން ނޫނަސް އެއީ އިޝީގެ މިސްޓޭކެއް….އިޝީ ދޮރުތަޅުނުލާ ނިދީމައެއްނު ދޮންބެއަށް ވަދެވުނީ….ދޮރުތަޅުނުލާ ނިދަންޏާ ކޮންމެމީހަކަށްވެސް ވަދެވިދާނެއެއްނު….” އިޝާން އެހެން ބުނުމުން އިޝިކާ ދޮރާދިމާއަށް ބަލާލީ ހައިރާން ކަމާއެކީގައެވެ.
” ދޮރުތަޅު ނުލެވޭތަ؟” ހައިރާންވެފައި އިޝިކާ އަހާލިއެވެ.
” ނޫން….ދޮރުހުރީ ތަޅުލާފަ….މީ ޖިންނިއެކޭ…މީއިޝީގެ ދޮންބެއެއްނޫން….މިއައީ އިޝީކާލަން….ހަހަހަހާ” އިޝާން ދެލޯބޮޑުކޮށްފައި އަނގައަށް ބިރުވެރި ވައްތަރެއް ޖައްސާލިއެވެ.
” ދެން ދޮންބޭ….އިޝީއަށް އެނގެއޭ ތީދޮންބެކަން….އިޝީބިރެއްނުގަނޭ….ކުޑަކުއްޖެއްހެން އިޝީނުހައްދަބަލަ!” އިޝިކާ ޖެހިލުމެއްނެތި ބުނެލިގޮތުން އިޝާން ވައްތަރުޖެއްސުން ހުއްޓާލިއެވެ.
” އޯހް….މިހާރު ދޮންބެގެ ލިޓްލް ސިސް ބޮޑުވީތަ؟…..ދޮންބެއަކަށް ނޭނގޭއެކަމެއް….ބޮޑެތިކުދިން ދޮރުތަޅުނުލާ ނިދާތަ؟….އަދި ނިދާފައޮތީވެސް ކިހިނެއްތަ؟…ކުޑަކުޑަބޭބީއެއްހެން…..ސޮނިވެސް ފައިބާހަހުރީ…” އިޝާން އިޝިކާއާ ދިމާކޮށްލިއެވެ.
“ދެން ނޫން…ތިހުސްދޮގު…..ދެންދޮންބެދާންވީ….އިޝީނޫޅެން ވާހަކަދައްކާކަށް..” ކުޑަކުއްޖަކު ފަދައިން އިޝިކާ ތުންއޫކޮށްލިއެވެ.
“އޯކޭ…ގުޑްނައިޓް….އެކަމް ދޮންބެއަށް ހަގެއް ދިނީމަދާނީ….” އިޝާން އިޝިކާއާދިމާއަށް އަތްދިކޮށްލިއެވެ. އިޝާންއާ ދިމާއަށް ލޯއަޅައިގެން އިނުމަށްފަހު އިޝިކާ އިޝާންގެ ގައިގާ ބައްދާލިއެވެ.
” ލަވް ޔޫ ދޫނީ..” އިޝާން އިޝިކާގެ ފަށުވިކޮޅެއްފަދަ ރީތި އިސްތަށިގަނޑުގައި ފިރުމާލިއެވެ
“ލަވް ޔޫ ޓޫ ދޮންބޭ..” އިޝިކާވެސް އުފަލުން ޖަވާބުދިނެވެ. ދޮންބެއައުމުން އޭނާވަނީ ވަރަށްބޮޑަށް އުފާވެފައެވެ. އިޝިކާގެ ކޮޓަރިން އިޝާން ނުކުތީ ހިނިތުންވެހުރެއެވެ.
“އޭތް…ކޮޓަރިތަޅުލައިގެން ނިދައްޗޭ….އެހެންނޫނީ ދޮންބެ ރުޅިއަންނާނެ..” ނުކުމެގެން ދަމުން ކޮއްކޮއަށް ގޮވާލާފައި ކޮޓަރިތަޅުލުމަށް އިޝާން ހަނދާންކޮށްދިނެވެ. ކޮއްކޮގެ ރައްކާތެރިކަމަށް އިޝާން ވަރަށްބޮޑަށް ވިސްނައެވެ. ކުޑައިރު ދެކުދީން ކިތަންމެ ދުރުކޮށް އުޅުނު ނަމަވެސް މިހާރު އެދެކުދިންގެ މެދުގައިވަނީ ވަރަށް ގާތްގުޅުމެއް އުފެދިފައެވެ. އިޝިކާގެ ހިމާޔަތުގައި އަބަދުވެސް އޭނާގެ ބޭބެހުރިކަން އަންގަން އިޝާން ވަރަށް މަސައްކަތްކުރެއެވެ. ކުއްލިގޮތަކަށް މަންމަގެ ލޯބިއުނިވެގެން ދިއުމުން އެހިތަށް ކުރާނެ އަސަރު އިޝާންއަށް ދެނެގަނެވެއެވެ. އިޝާން ގާތްކޮށް އުޅެންފެށުމުން ފުރަތަމަކޮޅު އިޝިކާ ލަދުން އުޅުނެވެ. އޭގެކުރިން ދުވަހަކުވެސް ދޮންބެގެ ފަރާތުން އެފަދަގާތްކަމެއް ފެނިފައި ނުވާތީއެވެ. ނަމަވެސް އިޝާންގެ ލޯތްބާއި އަޅާލުމުން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެދެމެދުގައިވާ ދުރުކަންވަނީ ނެތިގޮސްފައެވެ. ބައްޕައެކޭ އެއްގޮތަށް އިޝާންގެ މަންމަގެ ފަރާތުންވެސް އިޝިކާއަށް ލޯތްބާއި އަޅާލުން ލިބެއެވެ. ދުވަސްތައް ފާއިތުވަމުން ދާވަރަކަށް އިޝިކާއަށް އޭނާގެ މަންމަގެ މަތިން ހަނދާންނެތެމުން ދިޔައެވެ.
*********
އިޝާންމެން މާލެއައިތާ ތިންވަނައަށްވީ ދުވަހު އަރޫނާވެސް އޭނާގެ ދައްތައާއެކު މާލެއައެވެ. އަހުސަންއާ ބައްދަލުވާތީ އަރޫނާހުރީ އުފަލުންނެވެ. އިޝާންގެ ހަނދާންތައް އެހިތުން ނެރެ އަހުސަންއާ ގުޅެން ނިންމީ އިޝާންގެ ލޯބި ދުވަހަކުވެސް އޭނާއަށް ނުލިބޭނެކަން ޔަގީންވުމުންނެވެ. އިޝާންގެ ފަރާތުން ލިބޭ އެކުވެރިކަން އޭނާއަށް ފުދެއެވެ. ތިމާ އެންމެ ހިތްއެދޭ އިންސާނާ ނުލިބުނެއް ކަމަކު ރަގަޅު ހެޔޮލަފާ ބައިވެރިއަކު ލިބުމަކީވެސް ކިހާބޮޑު ނަސީބެއް ހެއްޔެވެ؟ އިޝާންއެކޭ އެއްފަދައިން އަހުސަންއަކީ ކިޔަވައިގެންހުރި މޮޅު، އަޚުލާޤު ރަނގަޅު އަދި ހަމައެހާމެ ރީތި ޒުވާނެކެވެ. އައިސްހުރީ އިޝާންވެސް އައި އާއިލާއިންނެވެ. ހުރިހާގޮތަކުންވެސް އިޝާންއާ ދާދި އެއްގޮތެވެ. އަރޫނާގެ ހިތް އެހާފަސޭހައިން އަހުސަންއަށް ލެނބުނު ސަބަބަކީވެސް އެއީއެވެ. އަހުސަންގެ ފަރާތުން ލިބޭ އަޅާލުމާއި އޯގާތެރި ބަސްތަކުން އޭނާގެ ހިތަށް އުފާލިބެއެވެ. އޭނާދެކެ އަހުސަން ލޯބިވީކަން އެއީ އޭނާގެ ނަސީބުކަމުގައި އަރޫނާ ގަބޫލުކުރިއެވެ. ހިތާހިތުން އޭނާގެ ނަސީބާމެދު އުފާކުރިއެވެ. ޒަމާނުއްސުރެ އޭނާ އުއްމީދުކުރަމުން އައިފަދަ ބައިވެރިއަކު އޭނާއަށް ލިބުނީއެވެ.
ރޭގަނޑު ހަތްގަޑިބައިވުމާ އެކީ އަހުސަން ފެންވަރާ ތައްޔާރުވާން ފެށިއެވެ. ލޯގަނޑުކުރިމަތީ ހުރެގެން ފަރާތް ފަރާތައް ބޯއަރިކުރަމުން އިސްތަށިގަނޑު ރީތިކުރަން ފެށިއެވެ. މެކްސް ޖެލްކޮޅެއް ހާކާލުމަށްފަހު އެންމެ ޒަމާނީގޮތަށް ސްޕައިކް ޖައްސާލިއެވެ. މުޅިގަޔަށް އެކްސް ބޮޑީ ސްޕްރޭ ބުރުވާލައި މުޅި ކޮޓަރިއާއެކު އެއްވަސް ކޮށްލިއެވެ. ހަށިގަނޑަށް ހިފާލާފައިހުރި ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ސްކިނީ ޖީންސެއްގައި އަހުސަން ފެންނައިރު ހީވަނީ ޔޫރަޕްގެ ފެޝަން ޝޯއަކަށް އަރަން ތައްޔާރުވެފައިހުރި މޮޑެލް އެއްހެންނެވެ. ފޯނުގެ ހެޑްސެޓް ކަންފަތުގައި ޖަހާލުމަށްފަހު ފޯނުޖީބަށްލަމުން ސައިކަލްގެ ދަޅުދަނޑި ހިފައިގެން ބޭރަށް ނުކުތެވެ.
ސައިކަލަށް އަރައި ސްޓާރޓްކޮށްލުމާއި އެކީ ބާރު ސްޕީޑްގައި ގޮސް އިސާހިތަކު އަހުސަންންހުރީ ކެކްޓަސްފިހާރަ ދޮރުމަތީގައެވެ. ސައިކަލުން ފައިބައިގެން ފިހާރައަށް ވަދެ ރަނގަޅަށް ބަލާލިއެވެ. ދެތިން މާބޮނޑީގައި އަތްކާއްތާލުމަށްފަހު ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް ގަނެލިއެވެ. އުފަލުންހުރެ އޭނާ ނުކުތީ އޭނާގެ މަންޒިލަށް ދިއުމަށެވެ. ހެންވޭރު ވީބީ މާރޓް ދޮރުމަތީ އަރޫނާ މަޑުކޮށްލައިގެން ހުރީ އަހުސަންގެ އިންތިޒާރުގައެވެ. ކުޑައިރުކޮޅެއްފަހުން ބާރުދުވެލީގައި އައި ސައިކަލެއް އޭނާގެ ދާދިގާތަށް މަޑުކޮށްލިއެވެ. ސައިކަލުގައި އިން އަހުސަންފެނިފައި ހައިރާންވެގެން އަރޫނާއަށް ބަލަން ހުރެވުނެވެ. ރަށުން ފެނުނު އަހުސަންއާއި މިހާރު މިފެންނަ އަހުސަންއާ ހާދަތަފާތޭ ހިތަށްއެރިއެވެ. ކުރިޔަށް އަށްވުރެވެސް ބޮޑަށް އަހުސަން ރީތިކަމުގައި އަރޫނާއަށް ހީވިއެވެ. އަތްދިގު ހުދުޓީޝާޓާއީ ކަޅުކުލައިގައި ޖީންސްގައި ފެންނައިރު ވަރަށްވެސް ނަލައެވެ. އެމަގުންދިޔަ ގިނަ އަންހެން ކުދިންގެ ލޯތައް އަހުސަންއަށް ހުއްޓެމުން ދިޔައެވެ.
އަރޫނާގެ ފަރިކަންފެނިފައި އަހުސަންއަށްވެސް ވީހަމަ އެފަދަ ގޮތެކެވެ. ކަޅުކުލައިގެ ދިގު ޖިލްބާބުގައި ރަތްކުލައިގެ ޝޯލްއެއް އަޅައިގެންހުރި އަރޫނާގެ ދޮންދޮން މޫނަށް ނަޒަރުހުއްޓާލައިގެން ބަހެއް ބުނަންވެސް ނޭނގިފައި އަހުސަންއަށް އިރުކޮޅަކު ހުރެވުނެވެ. ހަމަސްދުވަހުގެ ދިގު އިންތިޒާރަށްފަހު މިހާގާތުން އަރޫނާ ފެނުމުން އަހުސަންގެ ހިއްސުތައް ހިނދުކޮޅަކަށް ގަނޑުވި ކަހަލައެވެ. އަހުސަންގެ އެބެލުމުގެ ތޫނުކަމުން އަރޫނާއަށް އިސްޖަހާލަން މަޖުބޫރުވިއެވެ.
” ހައި…އިޓްސް ފޮރ ޔޫ…”އަހުސަން އޭނާގެ އަތުގައި އޮތް މާބޮނޑި އަރޫނާއަށް ދިއްކޮށްލިއެވެ.
” ތެންކިޔޫ “އަރޫނާ މާބޮނޑިގައި ހިފަމުން ޝުކުރު އަދާކުރިއެވެ.
“ދެން ތިހެން ހުންނާނީތަ؟..ސައިލަށް އަރާބަލަ!..” އަރޫނާ ލަދުގެންފައި ހުރުމުން ހިނިތުންވެލާފައި އަހުސަން ބުނެލިއެވެ. އަރޫނާވެސް ދެބަހެއްނެތި އަހުސަންގެ ފަހަތަށް އެރިއެވެ.
” ކޮންތާކަށްދާނީ؟” އަހުސަން އަހާލިއެވެ.
” ސަން ބޭނުންތާކަށް..” އަރޫނާ އަވަހަށް ޖަވާބުދިނެވެ.
” ހަމަ އެއްވެސް މައްސަލައެއް ނެތްތަ..ކޮންމެތާކަށް ގެންދިޔަޔަސް..” އަހުސަން ހީލާފައި އަހާލިގޮތުން އަރޫނާ ރަކިވިއެވެ.
” ނޫން…އެކަމު އަރޫ އިތުބާރުކުރަން ސަންއަށް” އަރޫނާ އަވަސް އަވަހަށް ބުނިގޮތުން އަހުސަން ހީލިއެވެ. އަރޫނާ އެހެންބުނި ނަމަވެސް އިނީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. އަހުސަންއާ މިހާގާތުގައި އިންނަންވުމުން ހިތުގެ ތެޅުންވެސް ބާރުވާހެން އޭނާއަށް ހީވިއެވެ. އަރޫނާ ގޮވައިގެން އަހުސަން ދިޔައީ ފަރީދީމަގުގައި ހުންނަ އިޓާލިއަން ރެސްޓޯރެންޓެއް ކަމަށްވާ އޮލިވް ގާރޑެން އަށެވެ. އޮލިވްގާރޑެންގެ ހިތްގައިމު ހަމަހިމޭން މާހައުލުގައި ޖޯޑްޖޯޑަށް ތިބެގެން މީހުން ކެމުމަށް އިންސާފުކުރަމުންދިޔައެވެ. އަހުސަންވެސް އަރޫނާގެ އަތުގައި ހިފާލައިގެން ގޮސް، އޭނާ ރިޒާރވްކޮށްފައިވާ މޭޒުދޮށުގައި އިށީނެވެ. ކާއެއްޗެއްސަށް އޯޑަރުދިނުމަށްފަހު އަހުސަން އަރޫނާއާ ދިމާއަށް އެނބުރުނެވެ.
” ހާދަ އިންތިޒާރަކަށްފަހުއޭ މިފެނުނީ….އަހަރެން ވަރަށް އުފާވެއްޖެ އަރޫއާ ބައްދަލުވީމަ….އަސްލުވެސް ދުވަހަކުވެސް މިނޫނީ އަންހެން ކުއްޖަކާ މިގޮތަށް ބައްދަލެއް ނުކުރަން….މިހިތާކުޅެލެވޭފަދަ ކުއްޖަކާ ތިނޫނީ އަދި ދިމައެއްނުވޭ…..އައި ލަވް އެވްރީތިން އެބައުޓް ޔޫ…..އަދި މިރޭ އަރޫފެންނަލެއް ވަރަށްލޯބި….ސީރިއަސްލީ…ޔޫ އާ ސޯބިއުޓިފުލް..” އަރޫނާގެ މޫނަށް ބަލަން އިނދެ ލޯތްބާއެކު އަހުސަން ވާހަކަދެއްކިއެވެ. އަހުސަންގެ ތައުރީފްގެ ބަސްތަކުން އަރޫނާގެ ހިތް އުފަލުން ފޮޅުނެވެ. ނަމަވެސް އެހާގާތުގައި އަހުސަން އިނުމުން އަދިވެސް އޭނާއިނީ ޖެހިލުންވެފައެވެ. ބަހެއްނުބުނެ ލަދުރަކިގޮތަކަށް ހިނިތުންވެގެން އިންއިރު ހިތުގައި ހިނގާ ޝުޢޫރުތައް ނުހަނު ގިނައެވެ.
” ދެން ހަމަ އަނގައިންވެސް ނުބުނެ އިންނާނީތަ؟…އަރޫ އުފަލެއްނުވޭތަ ސަންއާ މީޓްވީމަ؟” އަރޫނާ މަޑުމަޑުން އިންނަން ފެށުމުން އަހުސަން ސުވާލުކުރިއެވެ.
” ނޫން…އަރޫވެސް ވަރަށް އުފާވޭ..އެކަމް”
” އެކަމު ކިހިނެއްވީ؟….ބިރުގަންނަނީތަ އަހަރެންދެކެ….ޕްލީޒް އަހަރެންނާމެދު ގޯސްގޮތަކަށް ހީނުކުރައްޗޭ!….އަހަރެން ވަރަށް ސީރިއަސް އިނގޭ…..ސަންގެ ލައިފަށް އަރޫ ނޫން އެހެން އަންހެން ކުއްޖެއް ނާންނާނެ… އިންޝާﷲ….މީހަމަ ގެރެންޓީކަމެއް….ފަހަރެއްގަ އަރޫއަށް ހީވެދާނެ މާލޭގަ ތަނަވަސް ދިރިއުޅުމެއް އުޅޭ މީހުންނަކީ ފޮނިބަޔެކޭ….ބޮޑާ ކިބުނރުވެރި ބައެކޭ….އެކަމް ސަންގެ އާއިލާ އެހެނެއްނުވާނެ…..އަރޫއަށްވެސް ހުންނާނީ ޝާންގެ ފަރާތުންވެސް އެކަން ޔަގީންވެފަ…..ހޫމް މިހެންބުނީމަ މިހަނދާންވީ…..ޝާންއަށްވެސް މިހާރު އެނގޭނެ އަހަރެމެން އުޅެނީ ރައްޓެހިވެގެންކަން….ޝާންވެސް ހުރީ ވަރަށް އުފާވެފަ…ބުނި އަރޫތީ ވަރަށް ރަނގަޅުކުއްޖެކޭ…އަރޫއަށް ދެރައެއް ނުދޭށޭ ކިޔާފަ ސަންއަށް އިންޒާރުވެސް ދިން ” އަހުސަން އަރޫނާގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ. އިޝާންގެ ނަން އިވުމުން އަރޫނާގެ ހިތަށް ގޮތެއްވިއެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާގެ ހިތް ހަމަޔަކަށް އަޅުވާލުމަށްފަހު ހިނިތުންވެލިއެވެ. އިޝާން އަރޫނާއާމެދު ވިސްނާކަން އެނގުމުން އުފާވެސްވިއެވެ. އިޝާންފަދަ ރަހުމަތްތެރިއަކު ލިބުނީތީ މިއަދު އޭނާ އުފާވެއެވެ. އަހުސަންއާއި ބައްދަލުވުމުގެ ފުރުސަތު ލިބުނީވެސް ހަޤީޤަތުގައި އިޝާންގެ ސަބަބުންނެވެ.
” ކިހިނެއްވީ؟….ކޮންކަމަކާ ތިވިސްނަނީ؟..” އަރޫނާ ސިހުނީ އަހުސަން ވާހަކަދަށްކަން ފެށުމުންނެވެ.
” އަހަރެންވެސް ވަރަށް އުފާވޭ ސަން ކަހަލަ ރަގަޅު މީހަކު އަހަރެންގެ ހަޔާތަށް އައުމުން….އަހަރެންނަށް އެނގޭ ސަންއަކީ އިޝާން ފަދައިން ރަގަޅު ކުއްޖެއްކަން……ސަންއަށް އިތުބާރުވެސް ކުރަން…އެކަމް އަދިވެސް މިއީ ހަޤީޤަތެއްބާއޭ ހިތަށްއަރަނީ….” އަރޫނާގެ ހިތުގައި އޮތްބިރުވެރިކަން އަހުސަންއަށް ހާމަކުރިއެވެ.
” މީހަމަ ހަޤީޤަތެއް އަރޫ…..އަހަރެން ކިހިނެއް ހަދަންވީ އަރޫއަށް ޔަގީންކޮށްދޭން…..ހޫމް ބުނެބަލަ! ބުނި ކޮންމެ ގޮތެއް ހަދައިގެންވެސް ޔަގީންކޮށްދޭން މިހުރީ ތައްޔާރަށް..” އަރޫނާގެ އަތަށް ފިތާލަމުން އަހުސަން އަހާލިއެވެ. އަރޫނާ ހަމައެކި ހިނިތުންވުމަކުން ފުއްދާލިއެވެ.
އެރޭ އަހުސަންއާއި އަރޫނާއާ ދެމީހުންގެ މެދުގައި ލޯބީގެ ވަރުގަދަ ބިންގަލެއް އެޅުނެވެ. ދުވަހަކުވެސް އަރޫނާއަށް ދެރައެއް ނުދޭނަން ކަމަށް އަހުސަން ވަޢުދުވިއެވެ. އަރޫނާގެ ހިތްހަމަ ޖެހޭވަރަށް އަހުސަންގެ ފަރާތުން ޔަޤީންކަން ދިނެވެ. އެންމެ ރެއެއްގެ ބައްދަލުވުމުންވެސް އަރޫނާގެ ހިތުގައި އަހުސަންއަށް މަޤާމެއް ދެވިއްޖެއެވެ. އެރޭނިދަން އޮތްއިރުވެސް އަރޫނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ އަހުސަންގެ ލޯބިވެތި ބަސްތަކެވެ. އަހުސަން ކިޔަވާ ނިމުނުހައި އަވަހަކަށް ކައިވެނިކުރާނެ ކަމުގައި ބުނުމުން އަރޫނާގެ ހިތަށް ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެއް ލިބުނެވެ. މިހާރުއްސުރެ މުސްތަޤުބަލްގެ އުފާވެރި ހުވަފެންތަން ދެކެވެން ފެށިއެވެ. އަހުސަންވެސް ޚިޔާލީ ދުނިޔޭގައި ލޯބީގެ ގަނޑުވަރުތައް ބިނާކުރަމުން ދިޔައެވެ.
********
ދުވަހަކީ ހުކުރު ދުވަހެވެ. މިއަދު އިމާދު ބޭނުންވީ އާއިލާގެ އެންމެން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އެހެންކަމުން އިމާދުގެ ބުނުމަށް އާތިފާވެސް މަންމައާއި އޭނާގެ ދެދަރިން ގޮވައިގެން އިމާދުގެ ގެޔަށް އައެވެ. އަހުސަންއާއި އަހުނަފް އައުމާއެކީ ކޮޓަރީގައި ނިދާފައި އޮތް އިޝާންއަށް ހީވީ ޒަލްޒަލާއެއް އައިހެންނެވެ. ސިހިފައި ހޭލެވުނުއިރު ދެމީހުން ތިބީ އޭނާގެ އެނދަށް އަރައެވެ.
” އޭތް ދެން ތިހެން ނިދާކަށް ނޯވެވޭނެ ބޭފުޅާ!….ތެދުވޭ!…” އަހުސަން އިޝާން ބޯއަޅައިގެން އޮތްބާލީސް ދަމައިގަތެވެ.
” ވަޓް ދަ…..ތަޅުލާފަހުއްޓާ….ކަލޭމެން ކިހިނެއް ކޮޓަރިއަށްވަނީ ” އިޝާން ބޯކަހަމުން ތެދުވެ ސުވާލުކުރިއެވެ.
” ތަޅުދަނޑިން ހުޅުވައިގެން….ބޮޑުބެދިނީ ތަޅުދަނޑި” އަހުނަފް ފޮނިވެލާފައި ތަޅުދަނޑި ދައްކާލިއެވެ. އިޝާން އަހްނަފްއަށް ފުސްމޫނުހަދާފައި އަނެއްކާވެސް އޮށޯތެވެ.
” އޭތް ދެން ތެދުވޭ ޝާން….އަހަރެމެންވެސް ފަތިހުއްސުރެ ހޭލާމިތިބީ….މަންމަ ފަތިހު ފަތިހާ ހޭލައްވާފަ ތައްޔާރުވާން ބުނީމަ، މަހީކުރީ ދަތުރަކުދާން އުޅެނީކަމަށް….އަވަސް އަވަހަށް ތެދުވިއިރު….ކޮންތާކު….މިގެޔަށް ގެންނަން އެވަރުދައްކާލާފަ އެހުރީ…ހީވަނީ ދުވަހަކު ނުދާތާކަށް ގެންދަން އުޅޭހެން…” އަހުސަން ޝަކުވާކޮށްލިއެވެ. އަހުސަންގެ ވާހަކަ އަޑުއަހާފައި އިޝާން ހެމުން ހެމުން ތެދުވެ ފާޚާނާއަށް ވަނެވެ.
ހެނދުނެގެ ސައިތައްޔާރުވުމުން ހުރިހާ އެންމެން އެކޮށް ސައިބޯން ދިޔައެވެ. ދުވަސްތަކަކަށްފަހު އެންމެން އެއްތަންވުމުން އިމާދުހުރީ ވަރަށް އުފާވެފައެވެ. މަންމަގެ މޫނުމަތިން ފެނުނު އުފާވެރިކަމުން އާތިފާވެސް އިނީ ހިނިތުންވެފައެވެ. ހުރިހާ މާމަދަރިން ހީހީފައި ވާހަކަދައްކަމުން ދިޔަމަންޒަރުބަލަން މާމައިނީ އުފަލުން ފެންކަޅިވެފައެވެ. އިމްޝާވެސް ލޯތްބާއެކު އެކުދިންގެ މޫނަށް ބަލަމުންދިޔައެވެ. މިއުފާވެރި އާއިލާގެ އެކުވެރިކަންފެނި އޭނާގެ ހިތްވެސް އުފަލުން ފުރުނެވެ. އެއާއިލާގެ ހިއްސާއަކަށް ވީތީ އޭނާ އުފާކުރިއެވެ.
” ދަރިފުޅާ އިޝާން ބައްޕަ އެބައޮތް ވަރަށްބޮޑު ވާހަކައެއް ދައްކަންވެފަ…..އާއިލާ އެންމެންގެ ހާޒިރުގަ މިވާހަކަ ދައްކަން ވެގެން މިމަޑުކުރީ..” އިމާދު އެހެން ބުނުމުން ހައިރާންވެފައި އިޝާން ބަލާލީ ބައްޕަ ބުނަން އުޅޭ އެއްޗެއް ނޭނގޭތީއެވެ.
” ބައްޕައަށް މިހާރު ފެންނަނީ ދަރިފުޅުވެސް ދެން މީހަކާ އިންނަން” ކުއްލިއަކަށް އިމާދު ބުނެލި ޖުމްލައިން އިޝާން ކޮށިއަރާގޮތްވިއެވެ. ކައިރީގައި ތިބި އަހުސަންއާއި އަހުނަފްގެ ގާތަށް އެވަގުތު ހިނިވެސް އައެވެ. ދޮންބެއަށް ވީގޮތް ފެނިފައި އިޝިކާއަށް ހެވުނެވެ.
” ކީއްވެ ކުއްލިއަކަށް ބައްޕަ ތިހެން ތިބުނީ” އިޝާން ފެންފޮދެއް ބޯލުމަށްފަހު އަވަސް އަވަހަށް އަހާލިއެވެ.
” ކޮންމެ ކަމަކަށްވެސް ވަގުތެއް އޮންނާނެ….މިހާރު އެކަމުގެ ވަގުތު ޖެހުނީއޭ ހީކޮށްލާ…..އަވަހަށް މީހުނާއިނދެ ދަރީން ހޯދީމައެއްނު މުސްކުޅިވީމަ ބަލާނެ ބޮޑެތިދަރީން ތިބޭނީ….ކީއްކުރަން ޒުވާން އުމުރު ބޭކާރު ކުރަންވީ…މިހާރު ބައްޕަ ހުންނާނެ ދަރިފުޅަށް ވަރަށް އެކަށޭނަ ކުއްޖަކު ހޯދާފަ….ދަރިފުޅަށް އެކުއްޖާ ކަމުދާނެކަން ބައްޕައަށް ހަމަޔަގީން…” އިމާދު ޔަގީންކަމާއެކު ބުނެލި ޖުމްލައިން އިޝާންގެ ދެލޯބޮޑުވިއެވެ.
” ކީކޭ ބައްޕާ….މިހާރު ބައްޕަ ކުއްޖަކުވެސް ހޯދީތަ؟” ޔަގީން ނުވެފައި އިޝާން އަހާލިއެވެ.
” އާނ…ދަރިފުޅާ!…..މިއަދު މެންދުރުގެ ކެއުމަށް އެކުއްޖާއާއި އޭނާގެ އާއިލާއަށް ބައްޕަ ދައުވަތުދީފިން…..ދަރިފުޅުވެސް އެމީހުނާ ބައްދަލުކުރަންވާނެ..” އިޟާދު ހަމަޖެހިލާފައި ޖަވާބުދިނެވެ. އިޝާންއަށް މިލިބުނު ޚަބަރުން ވަގުތުން ކާހިތްވެސް ކެނޑިއްޖެއެވެ. އިޝާން ކުއްލިއަކަށް ތެދުވެގެން އޭނާގެ ކޮޓަރިއަށް ދިޔައީ ބައްޕައާ ދެބަސްވާން ބޭނުން ނުވާތީއެވެ. އެނދުމައްޗަށް ވެއްޓިއޮވެ އޭނާ ވިސްނަމުން ދިޔައެވެ. ބައްޕަ އޭނާގާތު އަހާވެސް ނުލައި އެފަދަ ނިންމުމެއް ނިންމީ ކީއްވެބާއެވެ؟ އެންމެ ކުޑަމިނުން އޭނާގެ ޚިޔާލެއް ހޯދާލިނަމަ ވާނީ ކީއްހެއްޔެވެ؟ ބައްޕަ ކިތަންމެ ފަޚުރުވެރިކަމާއެކު ބުނި ނަމަވެސް އޭނާއަށް ކަމުދާ ކުއްޖެއް ބައްޕައަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ހިތުގައިވަނީ ހަމަ އެންމެ ނަމެކެވެ. އެއީ ނީލާއެވެ. ވީއިރު އެހެން އަންހެން ކުއްޖަކު އޭނާހެ ޙަޔާތުން ޖާގަދޭނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާވެސް އޭނާގެ ޙަޔާތަށް އިތުރު ތޫފާނެއް އަންނަން އުޅެނީ ހެއްޔެވެ؟
” ޝާން ކޮންގްރާ އިނގޭ……މޭން ޔޫ އާ ގެޓިން މެރީޑް” އަހުސަން އައިސް އިޝާންގެ ގާތަށް ވެއްޓިގަންނަމުން ބުންޏެވެ. އިޝާން ފޫހިގޮތަކަށް އަހުސަންއަށް ބަލާލިއެވެ.
” މަގޭ ފަރާތުންވެސް ކޮންގްރާ ބުރޯ..” އަހުނަފްވެސް އައިސް އެނދުގައި އޮށޯތެވެ.
” ގެޓް ލޮސްޓް…ބޯތް އޮފް ޔޫ..” އިޝާން އަމުރުކޮށްލިއެވެ.
” އައްދޭ!…ހާދަރުޅިއެއްތިއައީ…..އުފަލެއްނޫންތަ ވާންވީ މެރީކުރެވެން އުޅޭތީ….” އަހުސަން ހަމަޖެހިލާފައި ބުންޏެވެ.
” ކޮން އުފަލެއް….ހަމަހުރެފަ ކިހިނެއްތަ މެރީކުރަނީ ނުވެސް ދަންނަ މީހަކާ….އަދި މިއުޅެނީ ކިޔަވާވެސް ނުނިމި….ދެން އެހެން ނޫނަސް މިދެން އިންޑިއާއެއް ނޫން ވިއްޔަ އެރޭންޖްޑް މެރިއޭޖް ކުރާކަށް” އިޝާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.
” ދެން މަނިކުފާނުގެ ބައްޕަގާތު ތިހުރިހާ އެއްޗެއް ނުކީ ކީއްވެތަ؟….މަކައިރީ ތިހެންކީމަ ވާނެކަމެއް އޮންނާނެތަ؟….ގޮސް ބުނެބަލަ ޑޭޑް ކައިރީ….ބޭނުމެއްނޫނޭ މެރީކުރާކަށް….އައި ލަވް ސަމްވަން އެލްސް އޭ ބުނެބަލަ” އަހުސަންވެސް އިޝާންއާ އެއްރާގެއްގަ ޖަވާބުދިނެވެ. އިޝާން އަހުސަން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
” ނުބުންޏަސް މަށަށް އެނގެޔޭ…ޝާން ކޮންމެވެސްމީހެއް ދެކެ ލޯބިވާކަން…..ދެން ބައްޕަގާތު އެހެންވެސް ބުނީމައެއްނު އެކުއްޖާވެސް ހޯދަދެވޭނީ..” އަހުސަން ހުރީ ސީރިއަސްވެފައެވެ. ނަމަވެސް އަހުސަންއަށް އިޝާން ލޯބިވަނީ ކާކުދެކެކަން ނޭގޭތީ އިޝާން އެކަން އަންގާކަށްވެސް ބޭނުމެއް ނުވިއެވެ. އަހުސަން އެމައުލޫއަށް އެތައް ވާހަކައެއް ދެއްކުމުންވެސް އިޝާން ޖަވާބެއް ނުދިނެވެ.
” ޝާން ދެން ލަންޗްގަޑީގަ އަންނަ ކުއްޖާއާވެސް މީޓްކޮށްލަބަލަ…..އޭރުން ފަހަރެއްގަ ކަމުވެސް ހިނގައިދާނެއްނު…” އަހުސަން ލަފާދިނެވެ.
” ހޫމް ދެން އޯކޭ އޭ…ދެން ތިވާހަކަ ނުދައްކާ ބުނެބަލަ…..އަރޫއާ މީޓްކޮށްފިންތަ؟..” އިޝާން މައުލޫއޮޅުވާލިއެވެ.
” ޝްޝް….ތިހާވަހަކަ މިގަޑީގަ ނުދައްކާ…ފަހުންދޯ..” އަހުނަފްއަށް ވައްކަޅިން ބަލާލަމުން އަހުސަން ބުނެލިއެވެ. އިޝާން ހިނިއައިސްފައި އޯކޭއޭ ބުންޏެވެ. އެދެމީހުން ދައްކާ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދީ ފޯނާކުޅެން އަހްނަފް އޮތެވެ.
ވަގުތުތައް ފާއިތުވަމުން ގޮސް މެންދުރު ވަގުތުވިއިރު އިޝާން ހުރީ ހިތްތެޅިތެޅިއެވެ. ހުކުރުވަގުތު ވުމުން ފެންވަރައިގެން އަހުސަންމެންނާއެކު ހުކުރަށްދިޔައިރުވެސް އޭނާއަށް ވިސްނެމުން ދިޔައީ މިއަދު ހެނދުނު ބައްޕަ ދެއްކި ވާހަކައާ މެދުގައެވެ. ހުކުރުން ނިމިގެން ގެޔަށް އައިމަގުމަތީގައި އޭނާގެ ހިތުގެ ތެޅުން އިތުރުވަމުން ދިޔައެވެ. ބައްޕަ ގެންނަން އެއުޅެނީ ކޮންކުއްޖެއް ބާއޭ ހިތަށް އަރަމުންދިޔައެވެ. އެއީ ކޮންމެ ކަހަލަ ކުއްޖެއްވިޔަސް އެކުއްޖަކާ ބައްދަލުކުރަން އެބަޖެހެއެވެ.
ހުރިހާ ފިރިހެންވެރިން މިސްކިތުން އެނބުރި ގެޔަށް އައިއިރު އާތިފާއާއި އިމްޝާގެ އިތުރުން އިޝިކާވެސް އަތްމަތި އަވަސްކޮށްލައިގެން ކާންތައްޔާރު ކުރުމާއިގެން އުޅެއެވެ. ތަފާތު ވައްތަރުގެ ކާބޯތަކެތިން ކާކޮޓަރީގައިހުރި ބޮޑު މޭޒު ފަޅުފިލުމަވުން ދިޔައެވެ. މިއަދު އަންނަ މެހެމާނުންނަށްޓަކައި ވަރަށް ޚާއްސަކޮށް ކެއުންވަނީ ތައްޔާރުކޮށްފައެވެ. އާތިފާއާއި އިމްޝާގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައީ މިއަދު ހެނދުނު ލިބުނު އުފާވެރި ޚަބަރުންނެވެ.
ކާގަޑި ޖެހިގެން ހުރިހާ އެންމެން ކާކޮޓަރިއަށް ދިޔައިރުވެސް އިޝާންއޮތީ ކޮޓަރީގައެވެ. އިޝާންއޮތީ ބަހަނާއެއް ދައްކައިގެންވެސް ކާން ނުނުކުންނާށެވެ. އެންމެފަހުން އިމާދުގޮސް ގޮވުމުން އިޝާން ނުކުތެވެ. ތެޅިތެޅި އޮތްހިތަކާއެކު އިޝާން ކާކޮޓަރިއަށް ވަނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.





sorry i was really busy…..ehenve habareh nuvevuneeves…..mi partves kamudhaane kamah heekuran……midhuvaskolhu hama busy vma habaru nuvevenee ingey……
Ma furathama
V reethi
Thankolheh kureee
Vaahaka ehkoh liyunas thihen dho bunaanee. Hehehe.
aslu varah reethi mivaahaka.
Varah varah reethi mi part ves
It’s so nice I love it and ur a great writer. 🙂
Wow salhi ingey
I don’t comment usually but I appreciate your work always update I konw it’s difficult for you but you have done your best .God bless you 🙂 <3
Wow vrh vrh vrh salhi vhk…mihaaru mi visneny dhen vaane gothakaa medhu..???
Neel and Anil ge vaahaka eh naadhey.. Abadhuvx Ishaan Ishaan.. Ishaan ekani tha lead akah huree
Alhey hoy thalhuvaalaafa emme muhimmu hisaabun thi nimmaalee. Yageeney neel kan e aee. Anil n ishan ge dad ravaigen kanneyge eulheny
Alhay avahah next part up kohdhy bala
Ae neelaa tha? If so hama habeys hama.
Umm… When will we get your next story.. Can’t wait anymore.. Shine ?
Hey.. When will we get yr new story.. Love yu shine
omg..neel dhw eii …yesyesyessssssss <3
currently in love with this story
Oooohh.. wooowww. ? what a lovely story.. mi part vx vvvv lobi masha allah.. plx next part avahah upkohdhyba… can’t wait anymore… love this stry.. plx up soon.. kiriyaa hama kehvanyyy. ?? love you shine.
Wow varah salhi mi part ves….Avahah next part up kohladheebala☺
Thikahala thanthanun ninmanyaa wait kuran haadha udhaguley.hehe…waitin waitin.mi part ves v salhi.?