Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ލޯބިވާއޭ ….. (5)

Aislin Level 110 Stories
November 3, 2016 4 Mins Read
17 Comments

ޒޯއީ އައުމާއެކު އެގޭތެރޭގެ މާހައުލު ހަލަބޮލިވެގެން ދިޔައެވެ. ޒޯއީއާއި އެންމެންވެސް ވާހަކަ ދައްކަމުން ދިޔައީ ދަރިއެއް ފަދައިންނެވެ. ވާހަކައިގައި ތިއްބާ އެތެރެއަށް ވަދެގެންއައި މައިރާ ފެނި ސުވާލުކޮށް ނުލާ ޒޯއީއަކަށް ނުހުރެވުނެވެ. “މީކާކު؟ އޯހް… އިވާންގެ ޖީ.އެފް/ ވައިފް ؟ އާން.. އެހެންޏާ މިކަހަލަ ކަޓުގޮތަކަށް އިންނާނީ އޭނަގެ ޗޮއިސްވިއްޔާ” “ނޫނޭ. ތިއީ މިގޭގައި މަސައްކަތްކުރާ ކުއްޖެއް. އެހެން ނޫނަސް، ދެން ކޮއްކޮގެ ޗޮއިސްވެސް ތިހާ ގޯހެއް ނުވާނެ.” އިމްޔާންއާއި ޒޯއީގެ ވާހަކަ އިވުމުން މައިރާގެ ހިތުގައި ޖެހުނެވެ. ފަޤީރުވުމަކީ އޭނާގެ ކުށެއް ނޫންކަން މިދެމީހުންނަށް ނުވިސްނޭބާއޭ މައިރާގެ ހިތަށް އެރިއެވެ. ތަފާތު ވާހަކަތައް ދައްކަމުންގޮސް އަނެއްކާވެސް އިމްޔާންއާއި ޒޯއީގެ ކާވެނީގެ ވާހަކަ ފެށުނެވެ. “އިމީ، ދެން ކޮންދުވަހަކުން މެރީކުރަނީ؟ ގައިމު ވަކި ދުވަހެއް ބުނީމަ މަންމަމެންވެސް ހިތްހަމަޖެހޭނެދޯ” ޒޯއީ ވާހަކަ ދެއްކިއެވެ. “ނޭގެ. ހަޤީޤަތަށް ބުނަންޏާ އަހަންނަށް ހީވަނީ އަހަރެން ތި ރެސްޕޮންސިބިލިޓީ ނަގާކަށް ރެޑީއެއް ނޫންހެން. އެހެން ނޫނަސް އަދި ކައިވެނި ނުކުރެވިފައެއް ނެތެއްނު.” އިމްޔާން ހިތްހަމަނުޖެހިފައި ބުނެލިއެވެ. އެތައް ވާހަކަތަކެއް ދެކެވުނު ނަމަވެސް އިމްޔާން ހުރީ ޚިޔާލެއްގެ ތެރޭގައެވެ. ޒޯއީ ދިއުމާއެކު އިމްޔާން އޭނާގެ ކޮޓަރިއަށް ދިޔައީ އެކަނިވެލަން ބޭނުންވާތީއެވެ. “އަހަންނަށް މިވަނީ ކީއްތަ؟ އަހަރެން ބަލާ މިންގަނޑުން ހުރިހާ ކަމެއް ޒޯއީގެ ގައިގައި އެބަހުރި. ޝާހީ، މުއްސަނދި އަދި މޮޅަށް ކިޔަވައިގެން ހުރި އަހަންނާއި އެއް ލެވެލްއެއްގެ އެއަންހެން ކުއްޖާއާއި އެކުގައިވުމަށް އަހަރެންގެ ހިތް ދެކޮޅު ހަދަނީ ކީއްވެގެންތަ؟ އެފަޤީރު އަންހެން ކުއްޖާގެ ތަސްވީރު ހިނދުކޮޅުކޮޅުން ލޯމައްޗަށް ސިފަވަނީ ކީއްވެ؟” އިމްޔާން އޭނާގެ ތަނަވަސް ކޮޓަރީގައި ދެކޮޅަށް ހިނގަހިނގާހުރެ އަމިއްލަ ނަފްސާއި ސުވާލުކުރަމުން ދިޔައެވެ.

އޮފީހަށްދާ އެންމެން ދިއުމުން ކުރާނެ މަސައްކަތެއް ނެތުމުން މައިރާ މަޑުމަޑުންގޮސް އެގޭގެ ބަގީޗާއަށް ނިކުމެލިއެވެ. ޝަންހާއީގެ ބަގީޗާ ފެނުމުން މައިރާއަށް ހުއްޓެވުނެވެ. ތަފާތު ކުލަކުލައިގެ މާގަސްތައް ހައްދާފައިވާ ގަސްމުށިތަކާއި ތަފާތުކުލަކުލައިގެ މާވެޔޮތަކުން މުޅިތަނަށް މީރުވަސް ފެތުރި އުޖާލާވެފައިވެއެވެ. ގަސްތަކުގެ ރީތިކަމުގެ ތެރެއަށް ގެއްލިފައި ހުރެގެން މައިރާ އެމާހައުލުން ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ.

މައިރާ އެނާގެ އަމިއްލަ ދުނިޔޭގައި ބަގީޗާ ތެރޭގައި އުޅެމުން ދިޔައިރު އެފުރިހަމަ މަންޒަރުން އުފާލިބިގަންނަމުން ދިޔަ ދެވަނަ މީހަކު ހުރިކަމުގެ ހިލަމެއް މައިރާއަކަށް ނުވެއެވެ. އެމަންޒަރުގެ ތެރެއަށް ހިތްދޫކޮށްލައިގެން އެހެރީ އިމްޔާން ނޫން ދެވަނަ މީހެއް ނޫނެވެ. ބޮލުގައި ރިއްސާތީ އޮފީހަށް ސަލާމްބުނެފައި އިމްޔާން ޓެރަސްއަށް އައީ މިފަދަ މަންޒަރެއް ބަލާލަން ލިބިދާނެކަމަކަށް ނޫނެވެ. މައިރާ އެމާހައުލުން އުފާ ލިބިގަންނަމުން ދިޔައިރު އޭނާއަށް މިފަދަ މާހައުލެއް ފެނިފައިވަނީ ހުވަފެންތަކުން އެކަންޏެވެ. ހަމައެފަދައިން އިމްޔާންއަށްވެސް މީގެ ކުރިން މައިރާ މިފަދަގޮތަކަށް ފެނިފައި ނުވެއެވެ. އަބަދުވެސް އޭނާއަށް ފެންނަނީ ގޯނި ހެދުން ލައިގެން ބޮލުގައި ހުޅިގަނޑެއް ޖަހައިން އިންނަ އަންހެން ކުއްޖެކެވެ. ނަމަވެސް މިއަދު މައިރާ ފެންނަނީ ވަރަށް ތަފާތުކޮށެވެ. މައިރާގެ ޙަރަކާތްތަކަށް ގެއްލިފައި އިން އިމްޔާންއަށް އަނަގހުޅުވާލެވުނީ މައިރާގެ ފަށުވިގަނޑެއްފަދަ އިސްތަށިގަނޑު ނިއުޅިގެން ތިރިއަށް ފޭބިތަން ފެނުމުންނެވެ. އެވަގުތު އިމްޔާންއަށް މައިރާ ސިފަވެގެން ދިޔައީ ގެއްލިފައިވާ ޖަވާހިރެއް ފަދައިންނެވެ. ނޭގިނަމަވެސް އިމްޔާންގެ ހިތް މައިރާއަށް ހާސްފަށުން ތަޢުރީފުކުރިއެވެ. މައިރާއަކީ ރީތި ހުސްކޮށްލައިގެން ފިލާފައި އިން ޕަރީއެކޭ އިމްޔާންގެ ހިތަށް އެތައްފަހަރަކު އެރިއެވެ.

މީހެއްގެ ހިލަންވެސްނުވެ މައިރާ އެނާގެ އަމިއްލަ ދުނިޔެއެއްގައި އުޅެމުންދިޔައިރު އެލޯމަތިން މެދުކެނޑުމެއްނެތި އިމްޔާންގެ ސޫރަ ސިފަވަމުން ދިޔައެވެ. މައިރާ އެގެއަށް ފުރަތަމަ އައި ދުވަހު އޭނާގެ ހިތް ނޭގިނަމަވެސް އިމްޔާންއަށް އެދި ގޮވަން ފެށިއެވެ. އަބަދުވެސް އޭނާގެ ފައަރީޓޭލް ދުނިޔެއިން ފެންނަފަދަ ފުރިހަމަކަމެއް އިމްޔާންއަށް ލިބިފައިވެއެވެ. ނަމަވެސް އެފުރިހަމަކަމަކީ ބޭރުފުށުން ފެންނަ ފުރިހަމަކަމެކެވެ. އެހުވަފެނީ ޢާލަމުން ބޭރުވުމުން ދެން ފެންނަ އިމްޔާންގެ ޙަރަކާތްތަކުން މައިރާގެ ހިތް ކަތިލެވެމުންދަނީ ކިހާވަރަކަށްކަން ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. އިމްޔާންގެ އެފަދަ ޢަމަލުތަކުގެ ސަބަބުން މައިރާގެ ހިތުގައި އެތައް ކޫރުމެއް އެޅިފައިވެއެވެ. އެހެން ނޫނަސް އޭނާފަދަ ކުއްޖަކާއި ދިމާލަށް އިމްޔާން ދުވަހަކުވެސް ރުހުމުގެ ލޮލަކުން ބަލާނުލާނެޔޭ މައިރާގެ ހިތަށް އެރިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެކި މީހުންގެ ޙަޔާތަށް އެކި ކުލަތައް ވެރިވަމުން ބައެއްކުލަތައް ފޮހެވެމުން ދިޔައެވެ. އިވާންއަށް ވަނީ ތަފާތު ބަދަލުތަކެއް އައިސްފައެވެ. ފެންނަ ކޮންމެ މީހަކަށް ފާހަގަނުވި ނަމަވެސް ޢާއިލާގެ އެންމެންނަށްވަނީ އޭނައަށް އައިސްފައިވާ ބަދަލު ފާހަގަކުރެވިފައެވެ. ފާއިތުވަމުން ދިޔަ ދުވަސްތަކާއެކު އޭނާއާއި އަރޫޝާގެ ގުޅުންވަނީ ރަޙްމަތްތެރކަމުގެ ހަރުފަތުން އިތުރު ހަރުފަތެއް މައްޗަށް ޖެހިލާފައެވެ. ދެހިތުގައިވާ ޝުޢޫރުތައް ބަންޑުންކޮށްލެވިފައިވަނީ ދިމާވެ ދެކެވުނު ވާހަކަތަކުންނާއި މަދުމަދުންނަމަވެސް ބަދަލުކުރެވެމުން އައި މެސެޖުތަކުންނެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާކަން ދެނެތިބެ އިތުރަށް ނުބުނެ ލަސްކުރަން އިވާން ބޭނުންނުވީ ތެޔޮނާށި ކާޅު ޖަހައިގެން ގޮސްފާނެކަމުގެ ބިރަށްޓަކައެވެ. އެދެމެދުގައިވާ ގުޅުމަށް ލޯބީގެ ނަން ދެވުނު ނަމަވެސް އިސްލާމީ އިމުގެ ތެރޭގައި އެގުޅުން ބޭއްވުމަށް އެދެމީހުންވެސް އިންތިހާއަށް ބޭނުންވެއެވެ.

އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ އެތައް ބައެއްގެ ދިރިއުޅުމަށް ބަދަލުތަކެއް އައިސް، އެތައް ބައެއްގެ މިޒާޖު ބަދަލުވެ އާކަންތައްތަކަށް މަގު ހުޅުވާލާ ދުވަހެކެވެ. މިފަދަ އެއްފަރާތަކީ މައިރާއާއި އިމްޔާންއެވެ. މައިރާ ޝަންހާއީގައި މަސައްކަތްކުރާތާ މިވީ ހަތަރު މަސްތެރޭގައި އެގެއިން ތަފާތު ކަންތައްތަކާއި ދިމާވިއެވެ. ތަފާތު ގުޅުންތައް ގުޅި ބަދަހިވެގެން ގޮސްފައިވެއެވެ. މައިރާ ފުރަތަމަ އެގެއަށް އައި އިރު މައިރާއަށް ނަފްރަތުކުރި އިމްޔާންގެ ބެލުން މިހާރުވަނީ މުޅިން ތަފާތުވެފައެވެ. ނޭގިނަމަވެސް އިމްޔާންއަށް ފެނިގެންދިޔަ މައިރާގެ ރީތިކަން އިމްޔާން މައިރާއަށް ކުރަމުންދިޔަ ނަފްރަތުގެ މައްޗަށް ކުރިހޯދައިފިއެވެ. އަދި ހަމައެއާއެކު މައިރާވެސް އިމްޔާންއަށް ބަލަމުންދާ ނަޒަރުވެސް ތަފާތު ވެއްޖެއެވެ. އިމްޔާންގެ އަމިއްލަ ނަފްސަށްވެސް ނޭގި މައިރާވަނީ އިމްޔާންގެ ހިތުން ޖާގައެއް ކަށަވަރުކޮށްފައެވެ. ނަމަވެސް މިވީހާ ދުވަސްތަކުގައި އިމްޔާންއަށް އެކަމާއި އެއްބަސްވެވިފައި ނުވެއެވެ.

މައިރާ ޝަންހާއީއަށް އައިސް އެގޭގެ ސްޓާފް އޭރިއާގައި އުޅެންފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިމްޔާން އޭނާއަށް ބަލަން ހުންނާތީ އެތައް ފަހަރަކު ފެނިފައި އެބަ ހުއްޓެވެ. ނަމަވެސް މައިރާއަށްވަނީ މިއަދާއި ހަމައަށްވެސް އިމްޔާންގެ އެބެލުން ތަރުޖަމާކުރަންވީގޮތެއް ނޭގިފައެވެ. ސަބަބަކީ އިމްޔާންގެ އެނަޒަރު ދުވަހަކުވެސް މައިރާފަދަ ނިކަމެތި އަންހެން ކުއްޖަކަށް ސީދާވެދާނެކަމަށް މައިރާއަށް ޤަބޫލުނުކުރެވުމެވެ.

މައިންބަފައިން އެމީހުންގެ ދަރިންނާއި މެދު ތަފާތު ގިނަ އުންމީދުތަކެއް ކުރެއެވެ. ގިނަ ކަންތައްތަކަށް އެއްވެސް އެދުމެއްނެތި އެދެވެއެވެ. އަޒްލިފާއަކީވެސް މިފަދަ މައެކެވެ. އަމިއްލަ އެދުމެއް ނެތްނަމަވެސް އޭނާ އެދެނީ އޭނާގެ ދެފިރިހެން ދަރިން އަވަހަށް ކާވެނިކުރުމަށެވެ. އެކުދިންގެ ޒުވާން ދުވަސްވަރު ބުރަ މަސައްކަތުގައި ދުއްވާލާކަށް އޭނާ ނޭދެއެވެ. ހިތުގެ އެދުމަށް އަޒްލިފާ އޭނާގެ ދެފިރިހެން ދަރިންނާއި މިވާހަކަ ދެއްކުމަށް ނިންމިއެވެ. އަޒްލިފާއަށް އޭނާ ދައްކަން ބޭނުންވާ ވާހަކަ ދެއްކުމަށް ފުރުސަތު ފަހިވީ އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. “އިމީ އާއި އިވާންއާއި މަންމަ ވާހަކައެއް ދައްކާލަންވެގެން. ކިހާ ދުވަހެއް މިހާރު ދެކުދިންވެސް މަސައްކަތުގައި ބުރަކޮށް އުޅޭތާ. އަމިއްލަ ދިރިއުޅުމެއް އޮތްކަންވެސް ހަނދާނެއް ނެތްފަދަ. އިމްޔާންވެސް ޒޯއީއާއި ކާވެނި ކުރާކަށް ނޫޅެ ތިހުންނަނީ. ވަކިދުވަހެއް ބުނެލާނަމަވެސް އެންމެ ރަނގަޅު. ދެން ހުރީ އިވާން. ދަރިފުޅު އެކަހަލަ ކަމަކާ ނުވިސްނަނީތަ؟ އަޒްލިފާ ދައްކަން ބޭނުންވި ވާހަކަ ދުރުދުރުން ފެށުމުގެ ބަދަލުގައި ސީދާ މަޢުޟޫއަށް މަޑުމަޑުން ވާހަކަ ދެއްކުން ކުރިއަށް ގެންދިޔައެވެ. މަންމަ ކައިރީގައި އަރޫޝާއާއި އޭނާގެ ގުޅުމުގެ ވާހަކަ ދައްކަންވީ ވަގުތު ޖެހިއްޖެކަން އިވާންއަށް އެގުނެވެ. ” މަންމާ! އަޅުގަނޑަށް ކަމުދާ ކުއްޖަކު އެބައިން. ރިލޭޝަނެއްގަ މިއުޅެނީވެސް.” އިވާން ނުކެރިފައި ހުރެ ބުނެލިއެވެ. އިވާންގެ މިވާހަކައިން އިމްޔާންއަށް ހައިރާންކަން ލިބުނެވެ. އެހެނީ އެވާހަކައަކީ އިމްޔާންއަށް އަލަށް އިވުނު ވާހަކައަކަށްވުމެވެ. ހުރިހާ ވާހަކައެއް ޙިއްސާކުރާއިރުވެސް އެވާހަކަ ހިއްސާކޮށްފައެއް ނެތެވެ. “މަންމަ މެންނާއި ބައްދަލުކޮށްލަން ގެއަށް ގެންނަންވީނު. މާދަމާރޭގެ ކެއުމަށް ކިހިނެއްވާނެ؟ އިމްޔާންވެސް ޒޯއީ ކައިރީގަ ބުނެލައްޗޭ އަންނަން”އަޒްލިފާގެ ހުވަފެންތަކުގައި ކުލަޖެހެން އުޅޭކަމުގެ އުފާވެރި އިޙްސާސްކުރެވިފައި އިނުމާއެކު ހިނިތުންވެފައި ބުނެލިއެވެ. “މަންމަ ބައްޕަގާތުގައި ނަންގަނެލައްޗޭ. އަޅުގަނޑަކަށް ނުކެރޭނެ. ފަހަރެއްގަ ބައްޕަ ހިތްހަމަވެސް ނުޖެހިދާނެ.” އިވާން އޭނާގެ މަންމަ ގާތު އެދުނެވެ. އަޒްލިފާ މަޑުމަޑުން ބޯޖަހާލިއެވެ.

މިވާހަކަތައް ޢުބައިދުﷲ ގާތުގައި ބުނުމުންވާނެގޮތެއް ހިތަށް ގެންނަންވެސް އަޒްލިފާއަކަށް ނޭގުނެވެ. ޢުބައިދުﷲގެ ވިސްނުން މިކަމުގައި ހުރިނެތްގޮތެއް ހޯދަން ކޮންމެހެންވެސް އަޒްލިފާ ބޭނުންވިއެވެ. ވިސްނުމެއްގައި ހުރެގެން އަޒްލިފާ ގޭގެ ބަދިގެއާއި ދިމާލަށް ދިޔައީ މައިރާއާއި ބައްދަލުކޮށް މާދަމާރެއަށް ތައްޔާރުކުރަންވީ އެއްޗެހި ކިޔައިދިނުމަށެވެ. މައިރާ މިގެއަށް އައިފަހުން މިއީ އެގޭގައި ބޭއްވޭ މިފަދަ ފުރަތަމަ ކެއުމެވެ. އެހެންކަމުން މައިރާއަށްވީ އެންމެ ރަނގަޅަކަށް މިކަން ކުރުމަށް އަމިއްލަ ނަފްސަށް ވަޢުދުވިއެވެ. އެރޭގެ ވަގުތެއްގައި އަޒްލިފާ ޢުބައިދުﷲއަށްވެސް އެމީހުން އަންނަކަން އެންގިއެވެ. އަޒްލިފާގެ ވާހަކައަށް ބޯޖަހާލުން ފިޔަވައި އިތުރު ވާހަކައެއް ޢުބައިދުﷲ ނުބުނެއެވެ.

އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެވެ. ޝަންހާއީގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ އާރޯކަމެވެ. ހޭލަމޭލައަށް އެންމެންވެސް ތައްޔާރުވަމުންދަނީ މިރޭ އެގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޭގަނޑުގެ ކެއުމަށެވެ. މައިރާ ބަދިގޭގައި މަސައްކަތް ހިނަގމުންދާގޮތް ބަލާލުމަށް ބަދިގޭގައި ޙަރަކާތްތެރިވަމުން ދަނިކޮށް މޫމިނާ ގޮވާލި އަޑު އިވުނެވެ. ކަންކުރަންވީގޮތް ކިޔައިދިނުމަށްފަހު މައިރާ މިސްރާބުޖެހީ މޫމިނާ ކައިރިއަށެވެ. މައިރާ ފެނުމާއެކު އިށީނުމަށް މޫމިނާ އެދުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aislin

Level 110 Stories

Other Articles

Previous

އެފިނިމެންދަން 19

Next

ޤުރުބާން ވުމީ މިހިތުގެ އުފާ 35 ވަނަ ބައި

Next
November 3, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 35 ވަނަ ބައި

Previews
November 3, 2016

އެފިނިމެންދަން 19

17 Comments!

  1. Aislin says:
    November 3, 2016 at 11:18 pm

    Vaahakaige 5 vana bai mi upload kurevuny.
    Aneh bai ves v avaha up kohlladheynan.
    Read and leave a comment.
    Negetive or positive will happily accept.
    Good night dear readers ??

  2. D@h@@ says:
    November 3, 2016 at 11:25 pm

    V rythi..me first dhw..

    1. Aislin says:
      November 4, 2016 at 12:09 am

      🙂 hope you liked the story!

  3. Purplish says:
    November 4, 2016 at 12:00 am

    V v v reethi
    Keep going
    Story medhu nukandaa genesdheche
    And please up asap

    1. Aislin says:
      November 4, 2016 at 12:08 am

      Insha Allah. Will up asap.
      Keep waiting! ?

  4. Depika says:
    November 4, 2016 at 6:28 am

    V reethi mi partves when next p

  5. Windy says:
    November 4, 2016 at 10:12 am

    Is this isqubaze

    1. Aislin says:
      November 4, 2016 at 10:24 am

      Nooney. Read it. This is a different and unique plot.

  6. Fin says:
    November 4, 2016 at 1:11 pm

    Salhi vahaka

  7. suma says:
    November 4, 2016 at 1:12 pm

    vaahaka nimendhn up kohdheyne kamah umeedh kuran.. nice story.. love it..

  8. Hope says:
    November 4, 2016 at 1:49 pm

    Thankoheh maira ,ge bai genes dheche story is nice

  9. ant says:
    November 4, 2016 at 4:52 pm

    Vaahaka v rythi. Dhen part thankolheh dhigu koh genes dhehchey.

  10. Fahana thashi says:
    November 4, 2016 at 10:00 pm

    Alhe Kobaa hey next part

  11. Mop says:
    November 5, 2016 at 9:07 am

    Plz upkohba miadhu.. Varah Kiya hihvey mi story

  12. Pinkish says:
    November 5, 2016 at 9:15 am

    heskii salhi mibai vx. .. waiting for next part…???

  13. Pop says:
    November 5, 2016 at 10:06 am

    Avahah upkohba Plz
    And thankoheh dhigu kohlache mifaharu.

    @):-

  14. Avatar says:
    November 6, 2016 at 1:34 pm

    Koba tha story aislin… Plx plx plx plx plx upkohba avahah…. ..

Comments are closed.

Next Episodeލޯބިން ލޯބިވާއޭ ….. (6)←


All Right Reserved!