Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (އަށްވަނަ ބައި)

Ifaau Level 210 Stories
November 1, 2016 5 Mins Read
20 Comments

ތާޝާވަނީ އަހަރެންގެ ހިތާއިވެސް ކުޅެފައެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭނީ ތާޝާގެ ހިތް އަހަރެންގެ މިލްކަކަށް ވީ ދުވަހަކުންނެވެ. އެދުވަހަކުން އަހަރެންނަށް ތާޝާގެ ހިނިތުންވުން ފެންނާނެކަން ޔަގީނެވެ. އެދުވަހަކީ އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަހެވެ. މިކަހަލަ ހިޔާލުތަކެއްގައި ހުއްޓައި އިޔާޒް އައިސް އަހަރެންނަށް ގޮވިއެވެ. އަނެއްކާވެސް އަހަރެން މަސައްކަތާއިގެން ކުރިޔަށް ދިޔައީމެވެ.

ދެދުވަސް ވަންދެން އިޔާޒްގެ ކައިވެނީގެ ކަންކަމުގައި ބުރަކޮށް އުޅުމަށްފަހު އަހަރެން ހަމަޖެހިލައިގެން ނިދަން މިއޮތީ އިޔާޒްގެ ކައިވެންޏަށްފަހުގައެވެ. މިރޭގެ ފަހުން އިޔާޒްވެސް ދެން ގިނަ ވަގުތު ހޭދަކުރާނީ އަންހެނުންނާއި އެކީ ކަން ޔަގީނެވެ. އަހަރެން ކުރަން ހުރި މަސައްކަތްތައް ދެން ކުރާނީ އަހަރެން އެކަންޏެވެ. އަހަރެންނަށް މިހާރު ތާޝާގެ ހަޔާތުން ޞަފްހާއެއްވަނީ އެނގިފައެވެ. އިނާޝާ ތާޝާގެ މާމަ ކައިރިޔަށް ގޮސް ހޯދި ކުޑަކުޑަ މައުލޫމާތުން އަހަރެންނަށް ވަރަށް ބޮޑު އެއްޗެއް އެނގިގެން ހިނގައްޖެއެވެ. އިނާޝާ އަހަރެންނަށް ގުޅީ މިރޭ 8 ޖަހާކަށްހާއިރުއެވެ. އެއިރު އަހަރެން ހުރީ ފެންވަރައިގެން ޕާޓީއަށްދާން ތައްޔާރުވާށެވެ. އިނާޝާގެ ވާހަކަ އަހާފައި އަހަރެން ޕާޓީއަށް ނުގޮސް ތާޝާ ހޯދަން ދާންވެސް ހިތަށްއެރިއެވެ. ނަމަވެސް ހިތަށްއަރާހައި ކޮންމެ ކަމެއް ކުރާނެނަމަ މިއަދު ތާޝާ ހުންނާނީ މިގޭގައި އަހަރެންގެ ކައިރީއެވެ.

އިނާޝާ ކިޔައިދިން ގޮތުން ތާޝާއަކީ އެގެޔަށް އާމްދަނީ ހޯދައިދޭ އެއްވަސީލަތެވެ. ތާޝާގެ ބައްޕަގެ ރައްޓެހިންނަށް ތެޔޮ ދަމައިދީ އަތުން މަސާޖު ކޮށްދީ ހަދައެވެ. މިކަންފެށިގެން ދިޔައީ ތާޝާގެ އުމުރުން 11 އަހަރުގައެވެ. އެއްދުވަހަކު ތާޝާގެ ބައްޕަ ރުކަކުން ވެއްޓިގެން ގެޔަށް ގެނައުމުން ތާޝާ އޭނަގެ ބައްޕަޔަށް ތެޔޮ ދަމައިދިނެވެ. އެދުވަހަށްފަހު ތާޝާގެ މައިގަނޑު މަސައްކަތަކަށް ވެގެން ދިޔައީ އެގެޔަށް އަންނަ ފިރިހެނުން ގައިގައި އަތް ހޭކުމެވެ. އެއީ ތާޝާގެ ނުރުހުމުގައި ކުރުވަން ފެށި ކަމެކެވެ. ބައެއްދުވަސް ދުވަހު މުޅި ދުވަސް ވެސް އެކަމުގައި ހޭދަކުރެއެވެ. ރޭގަނޑު ނުނިދާވެސް އެކަމުގައި އުޅެންޖެހެއެވެ. މަޖުބޫރުވީ ބައްޕަ ބުނެގެން ކުރާ ކަމެއްވީމައެވެ. އޭރު ތާޝާގެ ޅަސިކުނޑިއަށް ވިސްނައިދިނީ އެއީ ފައިސާ ހޯދަން ކުރާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ތާޝާގެ ދިރިއުޅުން ބަނަވެގެން ދިޔައީ އުމުރުން 13 އަހަރުގައި ފުރަތަމަ ފަހަރަށް އޭނަގެ ގަޔަށް މީހަކު އަތްލީމައެވެ. އެދުވަހު މިހިނގަމުންދާ ހުރިހާ ކަމެއް ތާޝާގެ މާމައަށް ކިޔައިދިނެވެ. އޭނަގެ ބައްޕަ ކައިރީ ބުނުމުން އެކަމަކާ މާބޮޑަށް އަޅައެއްނުލައެވެ. ނަމަވެސް އޭރުވެސް މާމަ އޮތީ ބަލިއެނދުގައި ކަމުން ތާޝާގެ ދިފާއުގައި އެއްވެސް ކަމެއް ކުރެވޭ ގޮތެއްނުވިއެވެ. އޭގެ ފަހުން ތާޝާގެ މަސައްކަތުގައި ފަރުވާކުޑަ ކުރާ ކަމަށް މީހުން ޝަކުވާ ކުރަންފެށިއެވެ. އައި ރުޅިންނާއި ލިބޭ ފައިސާ މަދުވެގެން ތާޝާއަށް އަނިޔާ ކުރަންފެށިއެވެ. އެހާ ހިސާބުން އެކުއްޖާ ސުކޫލުންވެސް ކަނޑާލީއެވެ. ތާޝާގެ މާމަޔަށް އެނގިފައިވާ ގޮތުގައި އޭނަގެ ބައްޕަ އޭނަ ކޮންމެވެސް ތާކަށް ގެންދަން އުޅުންކަން އެނގުނެވެ. ނަމަވެސް ގެންދަނީ ކޮންތާކަށް ކަމެއް ނޭންގެއެވެ. ރޮއެރޮއެފައި އިނާޝާ ކައިރިން އެދުނީ ތާޝާ ހުރިތަނަކުން ގެނައުމަށެވެ. ނަމަވެސް އެގެޔަށް ނުގެނައުމަށް އެދުނެވެ. ރައްކާތެރިތާކު ބެހެއްޓުމަށް އެދި އާދޭސްކުރިއެވެ.

އަހަރެންނަށް ހަމަ ރަގަޅަށްވެސް ރޮވިއްޖެއެވެ. ބައްޕަޔަކު ދަރިޔަކަށް މިވަރުގެ ބޮޑު އަނިޔާއެއް ދީފާނެ ހެއްޔެވެ. ހަމަ ދީފާނެއެވެ. އަމިއްލަ ދަރިއަށް ޖިންސީ ގޯނާ ކޮށްގެންވެސް ކިތައް ބައްޕައިން ހައްޔަރު ކޮށްފައިވާނެ ހެއްޔެވެ. މައިންވެސް ދަރިން ފައިސާގެ ދަހިވެތިކަމުގައި މީހުންނަށް ވިއްކައިލުމަކީ އަހަރެމެންގެ މުޖުތަމައުގައި މިހާރު އާންމުވަމުން އަންނަ ކަމެކެވެ. ފައިސާއަކީވެސް ހުރިހާ ނުބައި ކަމަކަށް މަގުދައްކާ އެއްޗެކެވެ. ނަމަވެސް ތާޝާގެ ކަންތައް މުޅިން ތަފާތެވެ. ތާޝާ މިވަނީ ހިލޭ ފިރިހިނުންގެ ރިހުމަށް ފަރުވާ އަކަށް ވެފައެވެ. އަހަރެންނަށް އެގިފައިވާ ގޮތުގައި ތާޝާއަށް ޖިންސީ ގޯނާ ކުރީ އެންމެ މީހެކެވެ. ނަމަވެސް ޅަކުއްޖެއް އަތުން އަރާމެއް ލިބިގަތުމަށް އެތައް ފައިސާއެއް ހަރަދު ކުރާ މީހެއްގެ ނިޔަތެއް އެއްގޮތަކަށްވެސް ރަގަޅެއްނުވާނެއެވެ. ތާޝާއާއި ދޭތެރޭ ތަފާތު ގޮތްގޮތަށް މީހުން ދެކޭނެއެވެ. ތާޝާއަށް އެނޫނަސް ގޯނާ ކޮށްފައިވާނެއޭ އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އަހަރެންގެ ހިތަށް އަހަރެން އިތުބާރު ކުރަމެވެ. މިވެގެންދިޔަ އެއްވެސް ކަމަކީ އަހަރެންނަށް ބަދަލުކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް މިހާހިސާބުން އަހަރެން މަސައްކަތްކުރާނީ ތާޝާ މިހުރިހާ މުސީބާތަކުން ސަލާމަތްކުރާށެވެ. ތާޝާ މާލެ ގެންނަން ޖެހުނު ސަބަބެއްވެސް ވާނެކަން ޔަގީނެވެ. މިވެސް ހަމަ ކުއްލިޔަކަށް ވެގެންދިޔަ ކަމެކެވެ. މިކަމުގެ ހަގީގަތްވެސް އަހަރެން ހޯދާނަމެވެ.

އަނެއްދުވަހު އަހަރެންނަށް ހޭލެވުނީ 11 ޖަހަން އުޅެނިކޮށެވެ. އެއިރު މަންމަ އަހަރެން މިއަދު ހުކުރަށްދާން ލާންހުރި އެއްޗެހި އިސްތިރި ކޮށްގެން ކޮޓަރިއަށް ވަންނަނީއެވެ. ދެލޯ ހުޅުވާލުމަށްފަހު މަންމަޔަށް ބަލައިލިވަގުތު އަހަރެންނަށް ހީވީ މީހަކު ބޮލުގައި އެތިފަހަރެއް ޖެހިހެންނެވެ. މާތްކަލާކޯއެވެ. ބޮލުގައި ރިއްސާވަރުން ލޯވެސް ރަނގަޅަށް ނުހުޅުވެއެވެ. “އާހް” ބޮލުގައި އަތްއަޅާލައިފައި އަހަރެން މިހެން ބުނެލީ މަންމައަށްވެސް އިވޭނެހާ ބާރަށެވެ. “ކިހިނެއްވީ؟” އަހަރެންގެ އެއްޗެހި އަލަމާރީގައި އެޅުވުމަށްފަހު މަންމަ އަހަރެން ކައިރިޔަށް ޖެހިލިއެވެ. “ބޮލަށް ކިހިނެއްވީ؟” އަނެއްކާވެސް މަންމަ އަހައިލިއެވެ. އަހަރެން ބޮލުގައި ރިއްސާ ވާހަކަ ބުނުމުން މަންމަ އަހަރެންގެ ބޯ މޮޑެލައިދިނެވެ. މަންމަގެ ފިރުމުން އިހުސާސްވުމުން އަހަރެންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދިޔައެވެ. މައިންނަކީވެސް އަޖައިބެއްކަހަލަ ބަޔެކެވެ. މަންމަގެ އަޅާލުމަކީ ކޮންމެ ބައްޔަކަށްވެސް ލިބޭނެ އެންމެ ބޮޑު ފަރުވާއެވެ. އިރުކޮޅަކު އިނުމަށްފަހު މަންމަ އަހަރެންނަށް ބޭސް ގެނެސްދިނެވެ. ބޭސް ކައިގެން އަހަރެން އަނެއްކާވެސް ލޯމަރައިލީމެވެ.

“މާޒް ހުކުރަކަށް ނުދާނަންތަ؟” އަހަރެންނަށް މިފަހަރު ހޭލެވުނީ ބައްޕަގެ ބަރު އަޑާއިއެކީއެވެ. އެއަޑު ޖެހުމުން އަހަރެންނަށް ފުންމައިގެން ތެދުވެވުނެވެ. ހުކުރަށް ނުގޮސް ނިދާން އޮތުމަކީ ބައްޕަ އެންމެ ރުޅިއަންނަ އެއްކަމެވެ. “ބޮލުގައި ރިއްސާތީ އެއޮތީ.. އަހަރެން ބޭސްވެސް ދީފިން.” އަހަރެންގެ ދިފާއުގައި މަންމަ ޖަވާބުދިނެވެ. މަންމަ އަހަރެންދެކެ މިވާ ލޯތްބެއްގެ ބޮޑުކަމުން އަހަރެންނަށް އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހެއެވެ. “ހުކުރަށް ނުދިޔަސް ފެންވަރައިގެން މެންދުރު ނަމާދުކުރޭ!” އަހަރެންނަށް އަމުރުކޮށްލާފައި ބައްޕަ ނިކުމެގެން ހިނގައްޖެއެވެ. ބައްޕަ ދިޔުމުން އަނެއްކާވެސް އަހަރެން އެނދު މައްޗައް ވެއްޓިގަތީމެވެ. ފޯނު ނެގުމަށްފަހު ފޭސްބުކަށް ވަދެލީމެވެ. އަހަރެންނަށް މާލެއައި ފަހުން ފޭސްބުކަށް މިވަދެލެވުނީ އަދިކިރިޔާއެވެ. ނަމަވެސް އަސްވާގެ މެސެޖުތައް ފެނިފައި އަހަރެން ވީ ފޫއްސެވެ. އެއީ މިހާރުގެ ކުދިން ކިޔާގޮތުންނަމަ އަހަރެންގެ “އެކްސް” އެވެ. އެއީ ހާދަ ގޮތެއް ނެތް އަންހެނެކެވެ. އެހެން ފިރިހެނުން ފަހަތުން ދުވެދުވެފައިވެސް އަހަރެންނަށް މެސެޖުކުރެއެވެ. އަހަރެންނަށް ނޫޅެވުނީވެސް އެހެންވެގެންނެވެ. އަސްވާ ހޯދަން މީހުން އަހަރެންނަށްވެސް ގުޅައެވެ. އެންމެފަހުން ކެތް ނުވެގެން އަހަރެން ރުޅިވީމައިވެސް ފަހަތުން “ނެއްޓެން” ނޭންގުނެވެ. އެންމެފަހުން އަހަރެން ނަންބަރުވެސް ބަދަލުކުރީއެވެ. މިހާރު ފޭސްބުކުންވެސް އުނދަގޫ ކުރަންފެށީއެވެ. އެކަމަކު ދެން އަސްވާއަކަށްވެސް އަދި އެހެން މީހަކަށްވެސް އަހަރެންގެ ހިތަކުން ޖާގައެއް ނުލިބޭނެއެވެ. އަހަރެންގެ ހިތްވަނީ އެހެންމީހަކު ފަތަހަކޮށްފައެވެ. ކުއްލިޔަކަށް އަހަރެން ފުންމައިގެން ތެދުވީ ތާޝާ މަތިން ހަނދާންވެގެންނެވެ. މިގަޑީގައި އިލްޔާސް ހުކުރަށްދާނަމަ އަހަރެންނަށް ތާޝާއާއި ބައްދަލު ކުރެވިދާނެއެވެ. ނަމަވެސް އިލަޔާސް ހުކުރަށް ދާނެބާއެވެ. އާނ އެކެވެ. އަހަރެން އޭނާ ހުކުރަށްދާތަން ދެކެމެވެ. ދެން އަހަރެން ދިޔައީ އަވަހަށް ފެންވަރާށެވެ. އެންމެ މިނެޓެއްވެސް ބޭކާރުކޮށްލާކަށް އަހަރެން ބޭނުމެއްނޫނެވެ.

ފެންވަރައި ރީތިވެލައިގެން އަހަރެން ކޮޓަރިން ނިކުތްއިރު މުޅި ގޭތެރޭ ހުރީ މަންމަގެ ކެއުންގަނޑުގެ ވަހުން އެއްވަސްކޮށްލާފައެވެ. ކާއެއްޗެހީގެ ވަސްޖެހުމުން ކުޑަކޮށް ބަނޑުވެސް ގުގުރާލިއެވެ. ބަނޑުހައިވެފައި ހުރިކަންވެސް ހަނދާންނެތުނީ ތާޝާ ދެކިލަން ބޭނުންވެފައި ހުރިވަރުންނެވެ. އަހަރެން ފެންވަރައިގެން ނިކުތްތަން ފެނުމުން މަންމަ ގޮވާލިއެވެ. “ހުކުރަށްތަ؟ ބޮލުގައި ނުރިއްސާތަ މިހާރު؟” އާނ އެކޭ ބުނުމަށްފަހު އަހަރެން ގެއިން ނިކުތީމެވެ. ބޮލުގައި ރިއްސާކަމެއްވެސް އަހަރެން ހަނދާނެއްނެތެވެ. ގެއިން ނިކުތްގޮތައް އަހަރެން އިލްޔާސް އުޅޭ ބައިގެ ދޮރު ކައިރީ މަޑުކޮށްލީމެވެ. މިފަހަރު އަހަރެން ތާޝާ ހޯދަން މިއައީ ތާޝާގެ ހަގީގަތް ކޮންމެވެސް ވަރަކަށް އެނގިހުރެއެވެ. އަހަރެން ދައްކާނީވެސް ވަކި ކޮން ވާހަކައެއް ހެއްޔެވެ. ނަމަވެސް ވިސްނާކަށް ވަގުތެއްނެތެވެ. އަހަރެން މިހެން ހުއްޓައި ސިއްސައިގެން ދިޔައީ އެބައިގެ ދޮރު ހުޅުވުމުންނަވެ. ގަތް ބިރެއްގެ ސަބަބުން އަހަރެންނަށް ނެގުނީ ޖީބަށް އަތްކޮށްޕާލައިފައި ފޯނެވެ. އަދި ސިޑިއާއި ދިމާލަށް މޫނު އަނބުރާލައި، ނުދެނެހުރިކަމަށް ހަދައި ފޯނާ ކުޅެންފެށީމެވެ. އެދޮރުން ނިކުތީ ކާކުތޯ ބަލައިލަން އަހަރެން އަނެއްފަރާތަށް އެނބުރެލިވަގުތު އިލްޔާސްހުރީ އަހަރެންގެ ފުރަގަހުގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. “އަނހަ އިލްޔާސްބެ..” އަހަރެން އިލްޔާސްއާއި ސަލާމް ކޮށްލީމެވެ. އަދި އިލްޔާސް ދާން ތަންވެސް ދެއްކީމެވެ. އަހަރެންގެ އެދުން ހާސިލްވާން އޮތީ އިލްޔާސް ނިކުމެގެން ދިޔުމުންނެވެ. ނަމަވެސް ކުޑަ ތަންކޮޅަކަށް ފޭބުމަށްފަހު އިލްޔާސް ފަހަތަށް އެބުރެލިއެވެ. އޭރުވެސް އަހަރެންހުރީ ފޯނާ ކުޅޭކަމަށް ހަދައިގެންނެވެ. “ހުކުރަކަށް ނުދަންތަ؟” އަހަރެންނާއި މުޚާތަބުކޮށް އިލްޔާސް ބުނެލިއެވެ. “ނޫނޭ ދެން ދާންވީ.. މިމަޑުކޮށްލަނީ ރައްޓެއްސަކު ގުޅަންދެން..” އަހަރެން ދޮގެއްހަދާލުމުން ވަރަށް ފަސޭހައިން އިލްޔާސް ތިރިޔަށްފޭބިއެވެ. އަހަރެނަށް ފުން ނޭވަޔެއްލެވުނެވެ. އޭރު ގެއިން ނިކުމެގެން ދިޔަ ގޮތަށްގޮސް އެގޭތެރެޔަށް ވަދެނުގަނެވުނުކަން ނަސީބެކޭ އަހަރެންގެ ހިތަށްއެރިއެވެ.

މަޑުމަޑުން އެބައިގެ ދޮރު ހުޅުވާލީމެވެ. ގޭތެރެ އޮތީ ވަރަށް ހިމޭންކޮށެވެ. އަހަރެން އެގޭތެރެއަށް ވަދެ މުޅި ގޭތެރެއަށް ނަޒަރު ހިންގާލީމެވެ. ކުރީފަހަރުވެސް ތާޝާ ކޮޓަރިޔަށްވަނީ އަހަރެން އެކޮޓަރިތެރޭ ހުއްޓައެވެ. އެހެންކަމުން އަހަރެން ބަދިގެޔަށްވެސް ބޯ ދިއްކޮށްލީމެވެ. ނަމަވެސް ގޭތެރެއިން ތާޝާގެ ހިލަމެއް ނުވުމުން އަހަރެން ދެން ދިޔައީ އޭނަގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓާރި ދޮރުމައްޗައް އަހަރައި ތަޅުގައި ހިފާލަން އަތް ހިއްލާލި ވަގުތު ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެއްޗެއް ނުވިސްނާ ހުރި ތާޝާއަށް ކުއްލިއަކަށް ދޮރުމަތިން އަހަރެން ފެނުމުން ތޫލި އަޑަކުން ހަޅޭތްލަވާގަނެވުނެވެ. ތާޝާ ނިތްކުރިއަށް ރޫއަރުވާލާފައި އަޖައިބުވާ ކަހަލަ ގޮތަކަށް އަހަރެންނަށް ބަލައިލިއެވެ. މިފެނުނީ އަދި މުޅިން އާ ކުލަވަރެކެވެ. މިކުލަވަރު ތާޝާގެ މޫނުމަތިން ފެނުމުން އަދި މާފުރިހަމައެވެ. އެއީ ހާދަ މައުސޫމް މޫނެކެވެ. ދެން އަހަރެންނަށް އަދި ފެނުނީ މާ ހިތްގައިމު މަންޒަރެކެވެ. އަމިއްލަ ތުންފަތުގައި ދަތް އަޅައިލައިގެން އަހަރެންގެ މޫނަށް ބަލަންހުރިގޮތުން އަހަރެނަށް އަދި މާބޮޑަށް އަސަރުކުރިއެވެ. އެތުންފަތުގައި ދަތްއަޅާލަން އަހަރެންވެސް ބޭނުމޭ ބުނެލަން ވަރަށް ބޭނުންވިއެވެ.  ތުންފަތުން ދަތް ނައްޓުވާލުމުން ލޭ ރަތްކުލަ ތިރީ ތުންފަތަށް ފެތުރިގެންދިޔަ މަންޒަރު އަހަރެން ވަރަށް ކައިރިން ދުށީމެވެ. އަހަރެން ބަލަން ހުރުމުން ތާޝާގެ މުޅިމޫނެ ރަތްވެގެން ދިޔައެވެ. މާތްކަލާކޯއެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ. އެމޫނުމައްޗައް އަރާ ފައިބަމުންދިޔަ ކުލަވަރު ބަލަން ހުރިއިރު އަހަރެންގެ މޫނުމަތީ ހިނިތުންވުމެއް ހުއްޓެވެ. އަހަރެންގެ ހިޔާލީ މަންޒަރުތަށް ފަނޑުވެގެންދިޔައީ ތާޝާ ކެއްސާލުމުންނެވެ. “ތާކަށް ދާންތަ؟” ކިޔާނެ ވަކި އެއްޗެއް ނޭންގުމުން އަހަރެން އަހާލީމެވެ. “ކާން ހަދަންދާންވެގެން” ތާޝާގެ އަޑު ނިކުތީ ވަރަށްވެސް މަޑުންނެވެ. އަޑުވަނީ ކުރަކިވެފައެވެ. “ކީއްވެތަ ކޮންމެފަހަރަކު އަހަރެންގެ ކޮޓަރިއަށް ވަންނަން ދިމާކޮށްލާފަ ތިހުންނަނީ؟” ދެންވެސް ވާހަކަ ދެއްކީ ތާޝާއެވެ. ތާޝާ މިހެން ބުނުމުން އަހަރެން އެކޮޓަރިތެރެޔަށް ދެމިގަތީމެވެ. “މާޒް މޮޔަވީތަ؟ އިލްޔާސްއަށް ފެނެއްޖިއްޔާއޯ؟” ތާޝާ ހުރީ އިލްޔާސްއަށް އެގިދާނެތީ ބިރުންނެވެ. އަހަރެން ކައިރިއަށް ކުޑަކޮށް ހިނިވެސްއައެވެ. އިލްޔާސްއަށް އެނގިދާނެތީ އަހަރެން ބިރެއްނުގަނެއެވެ. އިލްޔާސް އެއީ އަހަރެންނަށް ކާކު ހެއްޔެވެ. ނަމަވެސް އަހަރެން މިހާ ވަގަށް މިއުޅެނީ މީހަކަށް އެނގުމުން ތާޝާއަށް ވާނެގޮތެއް ނޭންގޭތީއެވެ.

“ކީއްވެ ތިހާ ބިރުން އުޅެނީ؟” ތާޝާގެ ކުރިމަތީ މަޑުކޮށްލަމުން އަހަރެން އަހާލީމެވެ. އެލޮލުން އަހަރެންނަށް ސިފަވަމުން ދިޔައީ އަހަރެންގެ ސޫރައެވެ. ތާޝާ އަހަރެންގެ ފަރާތުން ކޮންމެވެސް އެއްޗަކަށް އުންމީދުކުރާކަހަލަ އިހުސާސެއް ވެގެން ދިޔައެވެ. “އަހަރެން މިއުޅެނީ ކުރަކަށީގަ ރިއްސާތީ.. ތާޝާއަށް އިނގޭތަ މަސާޖުކުރަން؟” އަހަރެން މިހެން ބުނުމުން ތާޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އެމޫނުމަތިން ފެނުން ބިރުވެރިކަމާއި ނުތަވަސްކަން އަހަރެންނަށް ފޮރުވަން މަސައްކަތްކުރަމުން ދިޔަ މަންޒަރުވެސް އަހަރެން ވަރަށް ކައިރިން ދެކުނީމެވެ. އަހަރެން އެހެންބުނީ ކޮންމެހެން ތާޝާ ބިރުގަންނަވާލާކަށް ނޫނެވެ. ނަމަވެސް ތާޝާގެ ދުލުން އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔާދޭތޯއެވެ.

“ކިހިނެއްވީ” ތާޝާ ބަހެއްނުބުނެ އަހަރެންނާއި ދިމަޔަށް ބަލަން ހުރުމުން އަހަރެން އަހާލީމެވެ. އަހަރެން މިހެން ބުނުމުން ތާޝާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. މިއީ ހާދަ ހިތްބަލި ކުއްޖެކެވެ. މިހުރިހާ ދުވަހު މީހުންގެ ގައިގައި އަތް ހާކަމުންދިޔައިރު ހާދަ ރުއިމެއް ރޯނެތާއެވެ. އަހަރެން އަދި ކަމެއްކުރީކީވެސް ނޫނެވެ. އަހަރެން ބުނި އެންމެ ޖުމްލައަކުން ތާޝާ ގިސްލަ ގިސްލާފައި ރޯންފެށިއެވެ. އަހަރެން ވަރަށް ކަންތައް ބޮޑުވިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ. އަހަރެންނަކަށް ތާޝާގެ ގައިގައި އަތްލާކަށްވެސް ނުކެރޭނެއެވެ. ކުރީފަހަރުވެސް އަތުގައި ހިފާލުމުން އަހަރެންނާއި ދިމާލަށް ބަލައިލީ ފިސާރި ރުޅިންނެވެ. “ތާޝާ ޕްލީސް ހުއްޓާލާފަ ވީގޮތެއް ބުނެބަލަ!” (ނުނިމޭ)

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

އިންތިޒާރެއްގެ ނިމުން (2)

Next

ތަހިލާނެ ބައްޕާއި މަ ދިމާވީ ގޮތާ (ހުވަދޫ ބަހުރުވައިން)

Next
November 1, 2016

ތަހިލާނެ ބައްޕާއި މަ ދިމާވީ ގޮތާ (ހުވަދޫ ބަހުރުވައިން)

Previews
November 1, 2016

އިންތިޒާރެއްގެ ނިމުން (2)

20 Comments!

  1. Nabeel says:
    November 1, 2016 at 2:01 pm

    Wow. Ifuuu hama magey hithuga rendhulaa ifaau ge vaahaka kiyaafa ??

  2. annonymous says:
    November 1, 2016 at 2:17 pm

    ހާދަ ކުރޭ..

  3. ikko says:
    November 1, 2016 at 2:28 pm

    haadha kurey dhw. haadha lahakun ney thi up kohdheny.v nice mi part ves. dhen avahah up koh dhechey

  4. GORGEOUS says:
    November 1, 2016 at 2:35 pm

    Wow hadha salhi ey… My magey ah Varah Varah nice story eh… Story ge plot inna gothun varah Kiya hihvey

  5. Pop says:
    November 1, 2016 at 2:46 pm

    Very beautiful; next part avax kohl ache

  6. Hope says:
    November 1, 2016 at 2:49 pm

    Alhey hadha salhi ey! Avahah update kurache <3 and love thasha :-*

  7. Qeen says:
    November 1, 2016 at 2:51 pm

    vv reethi adhi 1 part up koh dhechey

  8. Navya says:
    November 1, 2016 at 3:43 pm

    V reethi?bt thankolheh kuryma… nd haadha lahey up kuraaleh.. v inthixaaru kurifahun thi up kury…next part avas kohdhyba??

  9. ### says:
    November 1, 2016 at 5:06 pm

    Haadha kurukoh ekamves v reethi

  10. ### says:
    November 1, 2016 at 5:10 pm

    Alhe thankolhe avaha genesba v salhi

  11. ?? says:
    November 1, 2016 at 6:28 pm

    Kobaa vaahaka aneh part avaskohba v reechey

  12. muslim says:
    November 1, 2016 at 6:42 pm

    Thee dhen muslimeh tha? Hukuru alhaa vaahaka liyefa… hukuru elhun eiy maa molhu kameh kamah heekohgen ulhey writer eh mee… mi vaahaka dheke haadha foohi vejjeyy

    1. Ayya says:
      November 1, 2016 at 8:48 pm

      Bala vaahakaiga goas myhun ulhunas goas kameh kuriyas eyge maana ehnun dho eii eh writer aky ehn ulhey meeehekey.. Foohi veema nukeeema vee ehnu ?

  13. Rixx says:
    November 1, 2016 at 7:09 pm

    Hukurah nudhaane kameh Adhi neygeynu dhw

  14. ?? says:
    November 1, 2016 at 7:32 pm

    Dhen muslim theehaadha dherakamekey thihaafoohi nuvebala

  15. Ayya says:
    November 1, 2016 at 8:51 pm

    Varah reethi mi part ves ❤ ifaau u are the best

  16. Ilyasbe says:
    November 1, 2016 at 8:58 pm

    Mi maaz adhi magey athun bondi eh boane.. Amihla ge tha vannan?

  17. Qeen says:
    November 1, 2016 at 11:20 pm

    ehennahadhachey ilyaasbe ey nayah kobaa vaahaka

  18. GORGEOUS says:
    November 2, 2016 at 11:42 am

    Plz Plz Plz Plz Plz Plz upkohba miadhu

  19. Ifaau says:
    November 2, 2016 at 10:26 pm

    Thankyou everyone.?

Comments are closed.

Next Episodeތާޝާ (ނުވަވަނަ ބައި)←


All Right Reserved!