Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ވާލޯބި އެނގޭނަމަ… 7

Ushaali Level 810 Stories100 Comments100 Stories500 Comments
November 1, 2016 8 Mins Read
16 Comments

“އާދޭ މިތާ އިށީންނަން”  އެނދުގައި އިށީންނަމުން ލޫކް އަލްޔާ އަށް ދައުވަތު ދިނެވެ. އަލްޔާ ހިމޭނުން ހުރީ ލޫކް އެނދުގައި އޮށޯންނަން ދައުވަތު ދީފާނެތީއެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެއްބާއެވެ؟ ލޫކް އެހާ ގޯސް ނުވާނެއެވެ. ލޫކް އާއި މެދު ގޯސް ނިޔަތެއް ބާއްވާކަށް އަލްޔާ ބޭނުމެއް ނޫނެވެ.  “ބިރުގަންނަނީތަ؟ ޕްރޮމިސް ތި ނާޒުކް ކުއްޖާއަށް އެއްވެސް އަނިޔާ އެއް ލިބޭ ކަމެއް ނުކުރާނަން. ޖިސްމާނީ ގޮތުން ވެސް ނަފްސާނީ ގޮތުން ވެސް. އައި ޖަސް ވޯންޓް ޓު ޓޯކް ވިދް ޔޫ” ލޫކް ހީލުމުން އަލްޔާ ކުދި ފިޔަވަޅުތަކެއްގައި އައިސް އެނދުގައި އިށީނެވެ.

 

 

 “ހާދަ ފުރިހަމައޭ”  ލޫކް އަލްޔާ އަށް ބަލާލަމުން ބުންޏެވެ.  “ކޯއްޗެއް؟ މި..މިބުނީ… ކޯއްޗެއްގެ ވާހަކަ ތިބުނީ”  އަލްޔާ ސުވާލުކޮށްލިއެވެ. “ލައިގެ” އަލްޔާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތައް ދެނެގަންނަން ލޫކް މަސައްކަތްކުރާ ކަހަލައެވެ.  ]ލައިގެ ކޯއްޗެއް؟ ނުކެރިފައިހުރެ އަލްޔާ އަހާލިއެވެ.  “ލައިގެ ފޮށްޓެއްނު. ޕިންކް ކުލަ ލައި އާއި ވަރަށް ގުޅޭ” އަލްޔާގެ ފުރަގަހުން ތިރީގައި ބަހައްޓާފައި ހުރި އަލްޔާ ގެ ޕިްންކް ކުލައިގެ ފޮށްޓަށް އިނގިލި ދިއްކޮށްލަމުން ލޫކް ބުންޏެވެ. އަލްޔާ ކައިރިއަށް ހިނިއައެވެ.  “އަސްލު މިގޭގައި ކުއްޖަކު ހުންނަ ވާހަކަ މަންމަ ބުންޏަސް ހިއެއް ނުކުރަން ލައި ކަމަށް އެއީކީ. ލައި ވޯރކް ކުރަނީ ސްކޫލްގައޭ ކުރިން ބުނިން ދޯ”  ވަރަށް އެކުވެރިކަމާއެކު ލޫކް އަލްޔާ ކައިރީގައި އަހާލިއެވެ. ކުޑަމަނިކެ އާއި ގޭގަ އުޅޭ އެހެން މެންބަރުންނަކީ ލޫކްގެ އާއިލާ މެންބަރުންކަން އެނގުމުން އަލްޔާ އުފާވިއެވެ. އިއްތިފާގަކުން ނަމަވެސް ލޫކް ކައިރިއަށް އާދެވުމުން އަލްޔާ އަށް ހިނިތުން ވެވުނެވެ.

“އިރާދަކުރެއްވިއްޔާ މިދަތުރުގައި ނޫނަސް އެކޮއި މިގޭގައި އުޅެން ގެންނާނަން”  ކުޑަމަނިކެގެ މި ޖުމްލަ އަލްޔާ ހަނދާންވުމާއެކު އެއީ ހަގީގަތެއް ކަމުގައި ވުމަށް އެދި ހިތާހިތުން ދުޢާ ކޮށްލެވުނެވެ.  “ވަރަށް ވަރަށް ދެރަވި. ފުރަންވެގެން ލައި ދެކިލާހިތް ވަރަށް ވި. އެކަމަކު ހަމަ ކުށްލިއަކަށް ދާން ޖެހުނީ”  ލޫކް ބުންޏެވެ.  “ކޮންއިރަކުން މެރީ ކުރަނީ”  އަލްޔާ ހިތުގައި އޮތް ސުވާލު ދުލާއި ހަމައަށް ގެނައެވެ.  “ހެހެހެ..ލައި އާއެނކޭ ބުނިއްޔާ މިހާރު ވެސް ހަމަ ތައްޔާރު”  ލޫކް ސަމާސާ ކޮށްލުމުން އަލްޔާ ހީލިއެވެ.  “ދެން ތިކަން ވެސް ކުރަންވީ. މާދުރުގައި އޮތް ދުވަހެއް ނޫން އެއީ”  ހަސަންފުތާއި ކުޑަމަނިކެގެ އެދުން މަތިން ލޫކް ހަނދާންކޮށްލިއެވެ. ލޫކްގެ ޖަވާބު އަޑުއަހާފައި އަލްޔާ ހިތުގައި ޖެހުނެވެ. ދުނިޔޭން އެންމެ ފުރަތަމަ ލޯބިވި އިންސާނާ ލިބުމެއް ނެތީ ހެއްޔެވެ؟ އިސްޖަހާލެވުނީ ދެރަވީ ވަރުންނެވެ.  “ތަފޫއަކީ ވަރަށް ރަނގަޅު ކުއްޖެއް. އޭނަގެ ރުޅިގަނޑެއް ހުއްޓަސް އެއީ ވަރަށް ހިތް ސާފް ކުއްޖެއް”  ބުނާނެ އެއްޗެއް ނޭނގުމުން އަލްޔާ އަށް މިބުނެވުނީ ކީކޭ ހެއްޔެވެ؟ ތަފްހާ އަކީ ކޮންކަހަލަ ކާކު ކަން އަލްޔާ އަށް ނޭނގިދާނެ ހެއްޔެވެ؟ ލޫކް އަލްޔާ އަށް ބަލާލުމާއެކު ދުރުބަލަން ފެށިއެވެ.

“އަހަރެންގެ ހަޔާތުގެ ބައިވެރިޔާއަށް ހަދަން ބޭނުމީ ތަފްހާއެއް ނޫން. އޭނަ އެއީ ކާކު؟ މިހާރު ނުދަންނަން. އެހެންނޫނަސް މި ދިރިއުުޅުން އޭނަ އަށް ކަމަކުނުދޭ”  ލޫކް ފަރުވާކުޑަ ގޮތަކަށް ބުންޏެވެ.  “ވަޓް؟ ދެން ކާކާ އިންނަން ތިއުޅެނީ”  އަލްޔާ ތެޅިގަތްގޮތުން ލޫކް ކައިރިއަށް ހިނިއައެވެ. “އެވާހަކަ ނުދައްކާ. އެއްވެސް މީހަކަށް އެމީހަކު އެންމެ ލޯބިވާ މީހަކު ނުލިބޭނެ. ނަސީބުވެރިޔަކަށް ނޫނީ. ދޯ ލައި”  ލޫކް އަލްޔާ އަށް ބަލާލަމުން ބުންޏެވެ. އަލްޔާ އަށް ވިސްނާލެވުނެވެ. ލޫކް ލޯބިވަނީ އެހެންމީހަކު ދެކެއެވެ. އެކަމަކު އިންނަން އުޅެނީ އެހެންމީހަކާއެވެ. ތުންފަތުގައި ދަތްއަޅާލެވުނީ އެއީ އަލްޔާ އޭ ހިތަށް އެރުމުންނެވެ.

“ލައި”  މަޑމަޑުން އިން އަލްޔާ އަށް ލޫކް ބަލާލިއެވެ. “މަށަށް ލައި ވަރަށް ކަމުދޭ. އެހެން އަންހެންކުދިންގެ ފަރާތުން ނުފެންނަ އެތައް ކަމެއް ލައިގެ ފަރާތުން މަށަށް ފެނޭ. އެހެންކަމުން ލައި ތީ މަށަށް ވަރަށް ހާއްސަ ކުއްޖެއް”  އުނގުމަތީގައި ޖޯޑްކޮށްލާފައި އޮތް އަލްޔާގެ  ދެއަތްތިލައިގާ ހިފާލަމުން ލޫކް ބުންޏެވެ. އަލްޔާ ލޫކަށް ބަލާލިއެވެ. ލޫކް ދައްކާ ވާހަކަތަކުން އަހަރެން ނަގަންވީ ކޮން މާނައެއް ހެއްޔެވެ؟ މީހަކު މީހަކަށް ކަމުދަންޏާ އޭގެ މާނައަކީ އެމީހަކު ދެކެ ލޯބިވަނީއެއް ނޫނެވެ. މީހަކު މީހަކަށް ހާއްސަވާ ކިތަންމެ ސަބަބެއް ހުރެދާނެއެވެ.

“ވަރަށް ލަސްވެއްޖެދޯ. މާދަމާ ލައިމެން ފުރާ ދުވަސްދޯ. ހާދަ ކުޑަވަގުތު ކޮޅަކަށޭ ދޯ ލައި އާއި ބައްދަލުމިވީ. ބޭނުމީ އިރު އަރަންދެން ލައި ކައިރީގައި މިގޮތަށް އިންނަން. ހިތަށްއަރާ އިރު އަރަންދެން މިތަނުގައި ތިމޫނަށް ބަލަން އިނދެވޭނެ ނަމައޭ. އެކަމަކު މިފަހަރު ނިދާލާ. އަތުތެރެއަށް ލިބޭ ދުވަހަކުން ލައި އަށް ނުކެރޭނެ ނިދާކަށް”

އަލްޔާ ދެލޯ ބޮޑުކޮށްލިއެވެ. މިހާރު ލޫކް އެބުނީ ކީކޭ ހެއްޔެވެ؟ ދެފަހަރު ދެގޮތަށް ވާހަކަދައްކަނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ނިތްކުރީގައި އިން ސުވާލުމާކު ބޮޑު އެކޮށްލީ މިފަހަރު ވެސް ޖަވާބު ނުލިބޭނެފަދަ ސުވާލަކުންނެވެ. ލޫކް މީހަކާ އިންނަން އުޅޭއިރު އަހަރެން ލިބިދާނެހެއްޔެވެ؟ އަލްޔާ ހީލިއެވެ. ލޫކް ނިކުންނަން ދޮރު ކައިރިއަށް ޖެހިލުމުން އަލްޔާ ދޮރު ތަޅުލުމަށް ކައިރިވެލިއެވެ. ފަހަތަށް ބަލާލި ލޫކަށް ކައިރިން އަލްޔާ ފެނުމުން ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އަލްޔާ ދޫކޮށްލާފައިދާން ލޫކްގެ ހިތް ގަބޫލު ނުވަނީއެވެ. އަލްޔާގެ އޮމާން މޫނުގައި ލޫކްގެ އަތް ބީއްސާލެވުނީ ބޭއިހްތިޔާރުގައެވެ. އެހިނދު އަލްޔާ އަށް ދެލޯ މަރާލެވުނީ އެއަތުގެ ހިމާޔަތަށް އެހިތުން އިންތިހާއަށް އެދެވޭތީއެވެ. ލޫކަށް ހިއްސުތައް ކޮންޓްރޯލް ނުކުރެވި އަލްޔާގެ މޫނާއި ލޫކްގެ މޫނު ކައިރިކޮށްލިއެވެ. އަލްޔާގެ ތުންފަތަށް ލޮޅުމެއް އިހުސާސް ވިހިނދު ލޫކްގެ ޓީޝާޓުގައި ހިފާ ބާރުކޮށްލެވުނެވެ. އެހިނދު ލޫކަށް އަލްޔާގެ ޖަވާބު ލިބިގެން ދިޔައެވެ. ލޫކްގެ ކައިވެނި ވަނީ މިކްހާ އާއި ހަމަޖެހިފަކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާނެއް ނުނެތެއެވެ. އިންސާފެއް ނޫންކަން އެނގޭއިރު ވެސް ބަސްނާހާ ހިތަށް ވިސްނަދޭން ދަތިވަނީއެވެ.

ނަމަވެސް އަލްޔާގެ ފުށުން އެގޮތަށް ލިބޭ ކުޑަކުޑަ ލޯބިކޮޅު ވެސް ލޫކް އިންތިހާ އަށް ބޭނުމެވެ. އޭގެ ބާރުގައި ވެސް ލޫކަށް މުޅި އުމުރު ހުސްކޮށްލެވިދާނެއެވެ. ދެމީހުންނަށް ވެސް އެކަކު އަނެކަކާއި ދުރަށް ދިޔައީ ބޭނުންވެގެން ނޫނެވެ. އަލްޔާ އަށް އިސްއުފުލާ ލޫކަށް ބަލާލަން ވެސް ނުކެރުުނެވެ. ރަތްއަރާފައިވާ އަލްޔާގެ ތުންފަތް ފެނުމުން ލޫކް ހިނިއައެވެ. އަލްޔާ އާއި ދޭތެރެ އެހިތުގައި ވަނީ ކީކޭ ކަން ބުނަން ބޭނުންވިއެވެ. ނަމަވެސް މައުސޫމް އަންހެން ކުއްޖެއްގެ ހިތް ރޮށްވާލަން ލޫކް ބޭނުމެއް ނޫނެވެ. އަލްޔާދެކެ ލޯބިވާ ކަމަށް ބުނެފައި މާދަމާ މިކްހާ ހަޔާތުގެ ބައިވެރިއަކަށް ހެދުމުން އެވީ ކޯޗަކަށް ހެއްޔެވެ؟ އަލްޔާގެ ހިތް ކުދިކުދިވާ މަންޒަރު ބަލާކަށް ލޫކްގެ ހިތަށް ކެތް ނުވާނެއެވެ. ނަމަވެސް މިކުރެވުނީ ރަނގަޅުކަމެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރަން އަލްޔާ ލޫކަށް ފުރުސަތު ދޭނީ ޔަގީނުން ވެސް އެހިތުގައި ލޫކަށް އިހުސާސްތަކެއް އޮތުމުންނެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތް ހުރަސް ކުރުމުގެ ކުރިން ބޮޑުވައި އިނގިލިން ފޮހެލުމަށްފަހު އަލްޔާ އިސްއުފުލާ ބަލާލުމުގެ ކުރިން ކޮޓަރިން ނިކުތެވެ.

 

އަލްޔާ ގެއަށްވަންތަން ފެނުމާއެކު ސިޓިންގްރޫމުގައި އިން ޝަރީފާ ދަތްތައް އެކީގައި ފެންނަ ވަރަށް ހީލިއެވެ. އަލްޔާ ގައިގާ ކުޑަކޮށް ބައްދާލުމަށްފަހު ކާން އައުމަށް ބުންޏެވެ. ސަޖޫލް ވެސް އަލްޔާ ފެނުމުން އުފާވެފައި ބައްދާލިއެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން އަލްޔާ ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިއެވެ. ލޫކްގެ ހަނދާންތައް އެހިތުގައި ވަށާލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަލްޔާ ފުރުވަން ލޫކް އައިސް ހުރިއިރު އަލްޔާ އަށް ނުބަލަން މަސައްކަތް ކުރިކަން އެނގޭއެވެ. ސަލާންކޮށްލުމަށްފަހު އަތްތިލައިގާ ލޫކް ތުންފަތް ޖައްސާލި ވަގުތު އެދެލޮލުން ވެއްޓުނު ކަރުނަތިކި އަލްޔާގެ އަތްތިލައިގާ ބީހިލުމަށްފަހު ތިރިއަށް ސޮށްސާލި މަންޒަރު ވަރަށް ރީއްޗަށް ފެނުނެވެ. ހަމައެހިނދު ލޫކް މޫނު އަނބުރާލާ އައިކޮޅަށް ދިޔައީ އެންމެ ފަހަރަކު ވެސް އަލްޔާ އަށް ބަލާނުލައެވެ.

ލޫކްގެ ހަރަކާތުން އަލްޔާ ނަގަންވީ ކޮންމާނައެއް ހެއްޔެވެ؟ ލޯބިވާނަމަ އެކަން ހާމަ ނުކުރަނީ ކީއްވެހެއްޔެވެ؟ އަލްޔާ ކުރިން ބުނަންދެން ލޫކް މަޑުކުރަނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ލޫކަށް ރޮވުނީ ކީއްވެ ހެއްޔެވެ؟ ފިރިހެން ކުދިންވެސް ރޮއެ ހެއްޔެވެ؟ އަލްޔާ ލޯބިވާ ވާހަކަ ކުރިން ނުބުނާތީ ލޫކް އަށް ރޮވުނީކަމަށް ހީކޮށް އަލްޔާ އަށް ހެވުނެވެ. ލޫކާއި ދެން އެންމެ އަވަހަކަށް ދިމާާވާ ދުވަހަކުން ލޫކްގެ ކުރިމަތީގައި އަލްޔާގެ ހިތް ހުޅުވާލަން ނިންމިއެވެ. ލަދަކާއި ހުރެ ތަދެއް ނުފިލާނެއެވެ. ލޫކާއި ނުލާ އަލްޔާ އަށް ނޫޅެވޭނެއެވެ. ލޫކާއި ބައްދަލުވާ ކޮންމެ ތަނަކުން އެދެމެދުގައި ހިނގާފައިވާ ކަންތައްތަކަކީ ލޫކް ވެސް އަލްޔާ ދެކެ ހަގީގީ ލޯބިވާކަމުގެ ހެއްކެއް ކަމުގައި އަލްޔާ ދެކުނެވެ. ނަމަވެސް ހިތާމައަކީ އަލްޔާގެ ފޯނު ނަންބަރު ވެސް ލޫކް އަހާފައި ނުވާތީއެވެ. އަލްޔާ އަށް ވެސް ލޫކް ގެ ފޯން ނަންބަރަށް އެދޭކަށް ނުކެރުނެވެ.

“އަދިވެސް ކޮޓަރީގަތަ ލައި. މަންމަ އެބަގޮވާ”  އަލްޔާގެ ކޮޓަރިއަށް ވަދެގެން އައި ސަޖޫލަށް އެނދުގައި އޮތް އަލްޔާ ފެނުމުން ބުންޏެވެ. ސަޖޫލް އާއި އެކުގައި އަލްޔާ ކޮޓަރިން ނިކުމެގެން ގޮސް ވަނީ ޝަރީފާގެ ކޮޓަރިއަށެވެ. “ދޭބަލަ ދެކުދިން އޮއޭސިސް އަށް ގޮސް މަންމަ އަށް މުރަނގަފަތް ކޮޅެއް ގެނެސްދޭން. ބާތު ތެއްލިފަތް ކާހިތްވަނީއޯ. އެހެންވެ މާލެ ފޮނުވަން”  ގޮނޑީގައި ނަމާދުކުރަން އިން ޝަރީފާ ނަމާދު ދޮޅި ނަގާ ކަބަޑުމަތީގައި ބާއްވަމުން އަލްޔާ އާއި ސަޖޫލަށް ބަލާލަމުން ބުންޏެވެ.

އަލްޔާ އަށް ހައިރާންކަމެއް ލިބުނީ އޮއޭސިސްގޭ ދޮރު ކުޑަކޮށް ހުޅުވާލާފައި ހުއްޓާ ފެނުމުންނެވެ. ވަގެއް އުޅެނީއޭ ހިތާ އެންމެ ކައިރީގައި ހުރި ވަޅުކޮންނަ އުދަލި ނަގާ އަތަށް ހެއުވަރު ކޮށްލިއެވެ. ސަޖޫލް ވެސް އުދަލީގެ ބައެއްގައި އަތް ޖައްސަލައިގެން ހުރިއިރު ކުޑަކޮށް ހުރީ ހެވިފައެވެ. އެގޭ ދޮރު ހުޅުވާފައި ހުރި ސބަބު ސަޖޫލަށް އެނގޭ ކަހަލައެވެ. ގޯތިތެރެއަށް ވަން އިރު ވަރަށް ރީތިކޮށް ކުނިކަހާލާފައި އޮތް ތަން ފެނުމުން އަލްޔާ ހައިރާންވިއެވެ. ކޮޓަރިން އެއްޗެހި ތަޅުވާ އަޑު އިވިގެން އަލްޔާގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ތަޅުގައި ހިފާ އަނބުރާލުމާއެކު ފަސޭހައިން ހުޅުވުނެވެ. ދޮރާއި ނިވާވެގެން ހުރެފައި އެތެރޭގައި ހުރި މީހަކު ނިކުންނަން ދޮރާއި އަރާ ހަމަވިތަނާ އަލްޔާ އުދަލި މަޅާލަން މައްޗަށް އުފުލާލި ވަގުތު ފެނުނު މޫނަކުން މޮޔަނުވީ ކިރިޔާއެވެ.

“އަޅެ ބައްޕާ”  އަބްދުއްޝަކޫރުގެ ކޮނޑުގައި ބޯއަޅާލަމުން އަލްޔާ ހީލިއެވެ.  “ކޮބާ މަންމަ އާއި ޖޫނީ”  އަލްޔާ ދެކޮޅު ހޯދާލިއެވެ. ކޮޓަރި ދޮރުމަތީގައި ހީލައިގެން ހުރި ޖުނާލް ފެނުމުން އަލްޔާ ހީވީ އުދުއްސައިގަތް ހެންނެވެ. ލޯބިވާ ހުރި ހަމައެކަނި ކޮއްކޮ ހެޔޮހާލުގައި ކުރިމަތިން ފެނުމުން އަލްޔާ ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ. ފަރުވާ އަށް ފަހު ހށަިގަނޑުގައި މަސްޖަހާ ކުރިއަށް ވުރެ ފަލަކޮށް ހުރި ޖުނާލް ބޮލުގަ ހުރީ އިސްތަށިފަޅަން ފަށާފައެވެ. އަލްޔާ އަށް ވުރެ އިސްކޮޅުންދިގު ޖުނާލް ގައިގާ ބައްދާލައިގެން ހުއްޓާ ހޭވެރިކަމެއްވީ އަލްޔާގެ ބޮލުގައި މީހަކު ފިރުމާލުމުންނެވެ. ކުރިމަތީގައި ހުރި މިޔާނާ ފެނުމުން އަލްޔާ އަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. މަންމަ ގައިގާ އޮޅުލައިގަތް އިރު ދެލޯ ރަނގަޅަށް ފުރިއްޖެއެވެ. މިޔާނާ އަށް ވެސް ވީ އެވަރެވެ. އަލްޔާ އަކީ މިޔާނާގެ ހިތުގެ ވިންދެވެ. އެދަރިފުޅާ ވަކިން މިޔާނާ ހޭދަކުރި ކޮންމެ މިނެޓެއްގައި ހުރި ވޭން ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ސަޖޫލް ވެސް ދޮންދައްތަ ގައިގާ ބައްދާލީ ލޯބިންނެވެ. މިޔާނާ ވެސް ސަޖޫލްގެ ބޮލުގައި ފިރުމާލާ ބައްދާލިއެވެ.

އޮފީހުގައި މަސައްކަތަށް ގެއްލިފައި އިން އަލްޔާ ސިހުނީ ދާދި ކައިރިން މީހެއްގެ ހިލަން ވުމުންނެވެ. ކައިރިން ޝައިމް ފެނުމުން އަލްޔާ ރަކިވިިއެވެ. އުނދަގުވާކަހަލަ އިހުސާސެއް ކުރެވުމުން ކުޑަކޮށް ގޮނޑި ފޭކޮށްލިއެވެ. އަލްޔާގެ އެއަމަލުން ޝައިމް ކައިރިއަށް ހިނިއައެވެ.  “ވަރަށް ދަންވެއްޖެ. ގެއަށް ދާން ހިޔާލު ނުކުރަނީތަ”  ޝައިމް އަހާލިއެވެ. އަލްޔާ އަތުކުރީގައި އޮތް ގަޑި ބަލާލިއެވެ. ތެދެކެވެ. އެގާރަ ޖަހަނީއެވެ. ފޯނުގައި މަންމަ އާއި ބައްޕަގެ ކޯލްތަކެއް މިސްވެފައި ވެސް ހުއްޓެވެ. މިހުރިހާ އިރު އަލްޔާ އަށް ނޭނގުނީ ކީއްވެހެއްޔެވެ؟  “މީޓިންގް ނިމުނުތާ ކޮންއިރެއް. އެނގޭ އޭރުވެސް ލައި އިންނާނީ މިތާކަން. އެހެންވެ ގެއަށް ދިޔުމުގެ ކުރިން ބަލާލަން އައީ”  އަނެއްކާ ވެސް ޝައިމް ބުންޏެވެ. “އާނ! ވަރަށް ލަސްވެއްޖެ ދޯ. އަސްލު ނޭނގުނީ. އެކަމަކު މިހާރު މިދަނީ ދާން”  ކޮމްޕިއުޓަރގެ ސްކްރީން އޮފް ކޮށްލަމުން އަލްޔާ ވަތްގަނޑުގައި އޮތް ޕާރސް ނަގަމުން ފޯނުކުރީ މަންމަ އަށެވެ.

އަލްޔާ އާއި އެކީގައި ޝައިމް އަންނަން ފެށުމުން އަލްޔާ އަށް އުނދަގުވިޔަސް ބުނާކަށް ނުކެރުނެވެ. ދަންގަޑިއަކަށް ވުމުން އަލްޔާ އަށް ރައްކާތެރިކަން އިހުސާސް ކުރެވޭތީ ބުނަން ބޭނުންވެސް ނުވީއެވެ. ގެއާއި ހަމައަށް ދެވެންދެން ދެމެދުގައި މާގިނަ ވާހަކައެއް ނުދެކެވުނަސް އިސްވެ އެއްޗެއް ބުނަނީ ޝައިމް އެވެ.  “މިއާދެވުނީދޯ. ގުޑްނައިޓް”  ޝައިމް ބުންޏެވެ. ބަދަލުގައި އަލްޔާ ވެސް ރޭގަނޑުގެ ފަހު ސަލާންކޮށްލިއެވެ.  “ލައި. މަޑުކޮށްބަލަ. ކިހާ ދުވަހަކު އަހަރެން މިގޮތަށް ތަޅުވަން ތިއުޅެނީ. ޕްލީޒް އެންމެ ފަހަރަކު. ޔެސް އޭ ބުނެބަލަ. ލައި ކޯއްޗެއް އެވަރަށް ވިސްނަން ތިހާ ވަގުތު ބޭނުންވަނީ”  ޝައިމް ދައްކަން ފެށި ވާހަކައަކުން އަލްޔާ އަށް އުނދަގުވަމުން ދިޔައެވެ. އަލްޔާގެ ހިތުގައި ރަސްކަން ކުރަނީ ޝައިމް ނޫންކަމާއި އަލްޔާ ހިތާ ފުރާނައިން ލޯބިވާ އެހެންފަރާތެއް ވާކަމުގައި ބުނަންވީ ހެއްޔެވެ؟ އޭރުން ޝައިމްގެ ހިތަށް ހާދަ ތަދުވާނެއެވެ.  “އަ…އަހަރެން.. ވާހަކަ…”  އަލްޔާ ލަސްލަހުން ބުނަން އުޅުނު ޖުމްލަ ހުއްޓުވީ ޝައިމް އަލްޔާގެ ތުންފަތުގައި ޝަހާދަތް އިނގިލި ހުރަސް ކުރަމުންނެވެ. އަލްޔާގެ މޫނާއި ޝައިމްގެ މޫނު ކައިރިވާން ފެށުމުން އަލްޔާ އަށް ދެެލޯ މަރާލެވުނެވެ. ހިތްބިރު ގަންނަން ފެށިއެވެ. ދެލޯމަރާ ބާރުކޮށްލިވަގުތު އަލްޔާގެ ކަޅުވެފައިވާ ދުނިޔެއަށް ދިއްލިގެން ދިޔައީ އަލްޔާގެ ހިތް މޮޔްކޮށްލި ލޫކްގެ ރީތި ހިނިތުންވުމެވެ. އަލްޔާ ތެޅިގަތުމާއެކު ޝައިމް ކުއްލިއަކަށް ދުރުވެލިއެވެ.

“ސޮރީ”  ޝައިމް ދެއަތް ޖީބަށް ޖަހާލުމަށްފަހު ދުރަށް ބަލަންފެށިއެވެ. “ހީކުރަން އަހަރެން ދެން މާގިނަ ދުވަހު އިންތިޒާރުކުރަން ނުޖެހޭނެ ކަމަށް”  އަލްޔާ ނުވިިސްނާ ހުއްޓާ ޝައިމް ކުރިކަމަކުން ސިހުނެވެ. އަލްޔާގެ އަތްތިލަ ނަގާ ޝައިމްގެ ތުންފަތް ޖައްސާލަމުން މޫނަށް ބަލާވެސް ނުލާ ދިޔަ ގޮތަށް ދިޔައީއެވެ. ދޮރާށިން އެތެރެވި އަލްޔާ އަށް ބަލަން ބެލްކަނީގައި ތިބި އަބްދުއްޝަކޫރު އަދި މިޔާނާ އެކަކު އަނެކަކަށް ބަލާލަމުން ހީލީ އެމީހުންގެ ދަރިފުޅު ބޮޑުވެއްޖެކަން އެނގުމުންނެވެ.

ޖެހިގެން އައި ހަފްތާގައި އަލްޔާ އެންމެ ހިތްހަމަޖެހޭ ހަބަރަކަށް ލިބިގެން ދިޔައީ ބަތޫލްގެ ޓެސްޓް ދުވަސްވަރު ޖެހޭތީވެ ޝަރީފާ ކުޑަ ދުުވަސްކޮޅަކަށް މާލެދާން ޖެހުމުން ސަޖޫލް އޮއޭސިސް އަށް ބަދަލުކުރި ހަބަރެވެ. މިޔާނާގެ ހުއްދައާއެކު ދެރެއިން އެއްރޭ އަލްޔާ އާއި ސަޖޫލް ނިދަން ދަނީ މުޝްތަރީގެއަށެވެ. އެގެ ފަޅަށް ބަހައްޓަން މިޔާނާ ބޭނުންނުވާތީއެވެ.

އެގޮތުން އެއްރެއެވެ. ސަޖޫލް ފޯނެއްގައި އިންތަން ފެނުމުން އަލްޔާ އަށް ކެތެއް ނުއްވެވެ. ސަޖޫލްގެ ހަޔާތުގެ ބައިވެރިޔަކީ ކާކުތޯ ބަލާހިތުން އަލްޔާ ނުހިރުވާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. އެހެންކަމުން ދަންވަރުގެ ހަމަހިމޭން ވަގުތު ސިޓިންގްރޫމުގައި އިން ސަޖޫލް ކައިރީގައި އިށީނީ ފޯނުގައި އިނަސް ހެޔޮ ކަމަށެވެ. ނަސީބަކުން އެވަގުތު އެއީ ސަޖޫލް ފޯން ކުރުކޮށްލި ވަގުތެވެ. އަލްޔާ އަށް ބަލާލަމުން ސަޖޫލް ދެލޯ އަޅާލިއެވެ.  “މިރޭ ކޮޓަރިއަށް ނިދާކަށް ނުވަންނާނަން ސަޖޫޫގެ ބޯއީ އަކީ ކާކު ކަން ނުބުނަނީސް. ހަމަ ހުވާކޮށްފައި މިބުނީ”  އަލްޔާ ބޮޑާހާކާލިއެވެ.  “އަހަރެންވިއްޔާ ބުނެފާނަން. އެއީ އަހަރެން މެރީ ކުރަން މިއުޅޭ ކުއްޖާ” ސަޖޫލް ޖެހިލުމެއްނެތި ބުންޏެވެ.

“އޯވް! މެރީކުރާ ހިސާބަށް ވެސް ދިޔައީތަ މިހާރު. ގަދަ އެނގޭ”  ސަޖޫލްގެ ކޮނޑުގައި އަލްޔާ ޖަހާލިއެވެ.  “އަހަރެން ވިއްޔާ ބުނެފިއެއްނު ލައި ތިއުޅޭހާ ސިއްރުންނެއް މަށެއް ނޫޅެން އުޅޭކަށް. ހިތުން ނޭނގޭނެ ކަމަށް ދޯ ހީކުރީ ލޫކާއި ދެމީހުން ކަމެއް ކަން. ކުރީރޭ ނިދާފައި އޮވެ އެވަރަށް ވިއްޔާ ލޫކަށް ގޮވީ. ހުވަފެނުގައި އެސޮރު ކީއްތަކުރީ އެވަރަށް ގޮވީ”  ސަޖޫލް އެބުނީ އަދި އަލްޔާ އަށް ނޭނގޭ ވާހަކައެކެވެ. ނިދީގައި ވެސް ލޫކަށް ގޮވުނީ ހެއްޔެވެ؟ ހަމަ ހޭގައި ހުރެގެން ނުގޮވުނުކަން ނަސީބެކެވެ. އެހެންނޫނީ އަޑު އިވޭނީ މަންމަ އަށް ނޫންކަމެއް ވެސް ނޭނގޭއެވެ. ކޮންމެއަކަސް ސަޖޫލް އެހެން ބުނުމުން އަލްޔާ ލަދުގަތެވެ. ފަޅާއެރީތީ ރަކިވިިއެވެ.  “ހޫމް…ހޫމް…. ބުނެބަލަ!”  ސަޖޫލްގެ ކޮނޑުން އަލްޔާގެ ކޮނޑުގައި ޖަހާލަމުން ބުންނެވެ.  “އަސްލު ނުބުނާކަށް ނޫން ހުރީ. ނުކެރުނީ”  ނުބުނަން ހުރެފައި ވެސް އަލްޔާ ހާމަކުރީ ހަގީގަތެވެ.  “އެއީ… ”  ސަޖޫލް އަހާލިއެވެ. “މާބޮޑު ކަމެއް ނުވޭ. ނުވަން ރައްޓެއްސެއް ވެސް. އެކަމު ލޫކް ވެސް ލައިކްވޭ ކަންނޭނގެ. އަދި ފާޅުގައި ލޯބިވާ ވާހަކަ ނުއެއް ބުނޭ. އެކަމަކު އެތައް ފަހަރަކު އަމަލުން ލޯބިވާކަން ދައްކަދީފި”  އަލްޔާ ސަޖޫލަށް ކިޔާދެމުން ދިޔައެވެ.  “ދެން ލައި ލޯތްބެއް ނުވަންތަ. ލޯބިވަންޏާ އެންމެ ރަނގަޅުވާނީ ބުނިއްޔާ. ކޮންމެހެން އެކަން ކުރަންޖެހޭނީ ފިރިހެންމީހާއޭ ކިޔާ އުމުރު ހުސްވަންދެން ހުންނާކަށް ނުޖެހޭ”   ސަޖޫލް އަލްޔާ އަށް ފިލާވަޅު ނަގާދެމުން ދިޔައެވެ.

“ސަޖޫ! ތެދަށް ބުނަންތަ. ލޫކް ދެކެ މަށަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އެތައް ރެއަކު އެތައް ފަހަރަކު އަހަރެމެން ދެމީހުން… ދެން ނޭނގެ. ލޫކް މަށާ ކައިރިވެއްޖިއްޔާ އެހަދިޔާ ނުދީއެއް ނުދޭ. އެކަމު މިއަދާއި ހަމައަށް ވެސް ހާމާކޮށްފައެއް ނެތް. އެކަމަކު މަށަކަށްވާ ލާހިކެއް ނޫން ގޮސް ބުނާކަށް ލޯބިވެޔޭ. އޭނަ ފެނުނަސް ހުރި ތަނަށް މަ ވިރޭ ވަރުވޭ. މިވަރުން ކިހިނެއް ލޯބިވާކަން ހާމަކުރާނީ. ފޯނު ނަންބަރު ވެސް އޮތީއެއް ނޫން”  އަލްޔާ ދެއްކި ވާހަކަތަކުން ސަޖޫލް ކައިރިއަށް ހިނިއައެވެ. އަލްޔާ ލައްކަތަން ކުރިއަށް ޖެހިލައިފިޔޭ ހިތަށް އެރިއެވެ. ސަޖޫލް ރައްޓެހިވެގެން އުޅޭ ޒިލާލްގެ ވާހަކަ ވެސް ކިޔާދިނެވެ. ޒިލާލް މަސައްކަތްކުރަނީ ރިސޯޓެއްގައި ކަމަށާއި އަދި ދެމީހުން ބައްދަލުވީ ފޯނުން ކަމުގައި ބުންޏެވެ. އެކަކު އަނެކަކަށް ފޮޓޯ ފޮނުވިި ކަމަށާއި އަދި ސަޖޫލްގެ ފޯނުގައި އިން ޒިލާލްގެ ފޮޓޯ ވެސް އަލްޔާ އަށް ދެއްކިއެވެ.

އެހެން ދުވަހެކެވެ. މެންދުރު ކެއުމަށް އިންސާފު ކުރެވެމުން ދިޔަ ވަގުތު ޢަބްދުއްޝަކޫރޫ ފެށި ވާހަކައަކުން އަލްޔާ އަށް އުނދަގުވާން ފެށިއެވެ. މީގެ ކުރިން އަލްޔާގެ މައިންބަފައިންނަކީ އެވާހަކަ ދެއްކި ބަޔަކަށް ނުވާތީ އެއްޗެއް ބުނާކަށް ވެސް ނުކެރުނެވެ. ސަޖޫލް ވެސް އިނީ ކަންތައްބޮޑުވެފައެވެ. ކައިރީގައި އިން ޖުނާލް ވެސް ސޫޕްތަށި ކައިރިކޮށްލައިގެން އިނީ ހީލަހީލައެވެ.  “މަންމަ ވެސް ބައްޕަ ވެސް ހަމަ ވަރަށް ގަބޫލު ދަރިފުޅާ. މަންމަ މިހެން މިބުނީ ވަރަށް ހީވޭ ދަރިފުޅު ވެސް ގަބޫލު ހެން. އެކަމަކު ބުނަން ނުކެރިގެން އުޅޭހެން ހިވަނީ”  އަލްޔާ އަށް ކާއެތިކޮޅު ވެސް ދިރުވާން ދަތިވާން ފެށިއެވެ.  “ރޭގެ ކުރީ ރޭގައި ބައްޕަ ޝައިމް އާއި ބައްދަލުކޮށްފިން. ދަރިފުޅުގެ ކައިވެނީގެ ވާހަކަދެއްކިން. އެސޮރު ބުނިހާ ވެސް އެއްޗަކީ ދަރިފުޅު ދެކެ ވަރަށް ލޯބިވާ ވާހަކަ. ބައްޕަ އަށް ޔަގީން ޝައިމް ދަރިފުޅު ވަރަށް އުފަލުގައި ގެންގުޅޭނެކަން”

ތަށި ތެރެއަށް ދަގަނޑު އޫ ކޮށްޕާލައިގެން އިން އަލްޔާ ހީވަނީ އޫ ވެސް ބިންދާލަން އުޅޭހެންނެވެ. ޝައިމް ބައްޕަ އާއި ބައްދަލުކުރި ވާހަކަ ނުބުނީތީ އަލްޔާ އަށް ރުޅި އާދެވުނީ ޝައިމް ދެކެއެވެ.  “ދަރިފުޅު ބައްޕަ ކައިރީގައި މިވާހަކަދައްކަން ނުކެރެންޏާ މަންމަ މެދުވެރިކޮށް ދަރިފުޅު ބުނަން ބޭނުންވާ އެއްޗެއް ބައްޕަގެ ކަންފަތާއި ހަމައަށް ގެނެސްދީ. ދަރިފުޅު ހިތްހަމަޖެހޭދޯ”  އަލްޔާގެ ބޮލުގައި ފިރުމާލަމުން ޢަބްދުއްޝަކޫރު އަހާލިއެވެ. މޭގެ ތެރޭގައި އޮތް ހިތް ރޮމުންދާ އިރު ވެސް ލޯބިވާ ބައްޕަ އަށް އަލްޔާ ދިނީ ހިނިތުންވުމެކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 33 ވަނަ ބައި

Next

އެ ލޯބި އަސްލު ހައްޤޭ (2 ވަނަ ބައި)

Next
November 1, 2016

އެ ލޯބި އަސްލު ހައްޤޭ (2 ވަނަ ބައި)

Previews
November 1, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 33 ވަނަ ބައި

16 Comments!

  1. Ushaali says:
    November 1, 2016 at 8:10 am

    morning loabi kudhinkolhu 🙂 huriha kudhin rangalhu dhw. part 7 ves kiyaalafa comment kollache 🙂 🙂 huriha kudhinnah ves kamudhaane kamah heekuran. dhn in bai ves varah avahah genesdheynan. 🙂 inshallah 🙂 🙂 🙂

  2. Rapher says:
    November 1, 2016 at 8:54 am

    Alhey loooookk.. dhn loooook and laii gulhuvaba

  3. yookko says:
    November 1, 2016 at 8:58 am

    Noo. Alya and loook gulhuvaba. Eyrun story v.salhi vaane

  4. Reader says:
    November 1, 2016 at 8:59 am

    Thedheh..look ashaa lai ah ehen nahadhaaa…..waitin waitin waitin..v salhi

  5. Saadhu says:
    November 1, 2016 at 9:03 am

    Alhey reethi ekam heevany kuruhen..

  6. Navya says:
    November 1, 2016 at 9:08 am

    Vvvvv reethi mibaives ❤❤❤❤

  7. D@h@@ says:
    November 1, 2016 at 9:11 am

    Vvvv rythii…adhivx thankolhe lasvany up vaaleh…plx adhivx thankolhe avaha up kohdhyba…kiyaa hithun kehnuveyy…waiting waiting

  8. Aayesha says:
    November 1, 2016 at 9:29 am

    Mrng . V nice story eh. Mi baives v nice. Next part konirakun.

  9. Aksh says:
    November 1, 2016 at 10:01 am

    vvvvvvvvvv reethi ? next part avahah beynun

  10. Crazi says:
    November 1, 2016 at 10:09 am

    next part kon irakun…alhe haadha reechey dho

  11. axoo says:
    November 1, 2016 at 10:16 am

    Omg woowwww vvv rythi.. alhe alya ah dheyny looooooouk ingey . Dhn e dhemyhun loabi vaa kan angaba dhekudhinnah.. hehe.. vvv rythi.. waitin waiting

  12. joy says:
    November 1, 2016 at 10:57 am

    why did u change the photoooooo???? ?
    btw story awesome nd lai n luke gulhuva nd puh- leeez avahah up kurahchey

  13. yaania says:
    November 1, 2016 at 11:30 am

    Ushaali ge vaahaka alhugandah v kamudhey. I am waiting for the next part. V vv reethi. MASHA ALAAH.☺ next part upload khlany kn irakun kan bunela dhyfaanan tha??

  14. thikoo says:
    November 1, 2016 at 4:29 pm

    V obi thi vaahaka..

  15. Thaany says:
    November 1, 2016 at 9:36 pm

    Alhey haadha reehchey test nagan ukhey thyve hama sait nubalan hure fs ketheh nuvi vaguthu kolheh huds kohgn mi kiyaalee dhn next week wedness dayge fahun kiyeynee vx dhn up kuranyya ekm nuvx hureveyne nukiyaa vx hehe..

  16. me says:
    November 2, 2016 at 9:15 pm

    alhey usha u r such a goood writer. sifa kurun hama habeys. mee mihaaru in enme nyce stry mi site ga. keep it up dear.

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 8←


All Right Reserved!