Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ވާލޯބި އެނގޭނަމަ… 6

Ushaali Level 810 Stories100 Comments100 Stories500 Comments
October 30, 2016 8 Mins Read
21 Comments

ޝައިމްގެ ލޮލުން ފޭބި ކަރުނަތަކުން ހެދުންމަތިން ޝެނާގެ ބަނޑަށް ދިލަ ހޫނެއް އިހުސާސް ވުމާއެކު ވީގޮތް ކޮންމެސް ވަރަކަށް އެނގިގެން ދިޔައެވެ. ހިތްބިރުގަތީ އޭނާގެ ކޮއްކޮ އަށް ދެރަގޮތެއް ވެދާނެތީއެވެ. އަދި އޭނާގެ ކޮއްކޮ މިގޮތަށް ރޯންޖެހުނީ ކާކުގެ ސަބަބުންކަން ޝެނާ އަށް އަންދާޒާ ކޮށްލެވުނެވެ. ޝެނާ އަށް ރުޅި އާދެވުނެވެ. މިކަމުން ޝައިމް ސަލާމަތް ނުވާނީ ހެއްޔެވެ؟ މުޅި އުމުރުގައި އަހަރެންގެ ކޮއްކޮ އަށް އޮތީ މިގޮތް ހެއްޔެވެ؟ ޝެނާގެ ހިތުގައި ޝައިމް އާއެިމެދު ހަމްދަރުދީ އުފެދުނެވެ.

ދެލޮލުގައިިވި އުދާސްތައް ފިލުވާލަމުން ޝެނާ ޝައިމްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. އޭނާގެ ކޮއްކޮއަށް ރަނގަޅު ގޮތް ވުމަށްއެދި ހިތާއިހިތުން ދުއާ ކޮށްލެވުނެވެ.  “ނަމާދު ކުރިންތަ”  ޝައިމް ކައިރީގައި އުނދަގުލުން އިށީންނަމުން ޝެނާ އަހާލިއެވެ. އަދި ބޮލުގައި އިން ނަމާދު ދޮޅި ނަގާ ފަތްޖަހަން ފެށިއެވެ. ޝެނާ ކުރި ސުވާލަށް ބޮލުން ނޫނެކޭ ބުނަމުން ޝައިމް ޖަވާބުދިނެވެ.  “ވަގުތު ފާއިތުވުމުގެ ކުރިން ނަމާދުކޮށްލައްޗެ. ދެން ބުނެބަލަ ކީއްވެތަ އެވަރުގެ ބޮޑު އަދަބެއް ފޯނަށް ލިބިފައި އެއޮތީ”  ޝެނާ އިޝާރާތްކުރީ ދޫލަ މަތީގައި އޮތް ފޯނުގެ ބައިތަކަށެވެ.  “މިއަދު އަނެއްކާ ވެސް ގުޅައިފި. އެވެސް ލައި އާއި އެކު އެކަނިވި ގަޑީގައި”  ޝައިމް މަޑުމަޑުން ބުންޏެވެ. “ކާކު” އެނގިހުރެ ވެސް ޝެނާ އަހާލިއެވެ. “ދޮންތަ އަށް ވެސް އެނގެއެއްނު ކާކުކަން” އެނަން ކިޔަން ވެސް ޝައިމް ބޭނުންނުވާ ކަހަލައެވެ. ޝެނާ ދެފަރާތަށް ބޯ ހަލުވާލިއެވެ. މޫނު އަނބުރާލައިގެން އިން ޝައިމްގެ ދަތްދޮޅީގައި ހިފާ ޝެނާ އާއި ވީ ދިމާލަށް އަނބުރާލިއެވެ.

“ކޮއްކޯ. ވިސްނަބަލަ. ޒީޝާން ގުޅަން ޖެހޭ ކަންތައްތައް ވެސް ހުންނާނެ. އެހެންނޫނަސް ޒައިނީ އާއި ޒާން އުޅެނީ ވަރަށް ބަލިކޮށް. އެކަހަލަ ކަމަކު ކަންނޭނގެ އެގުޅީ”  ޝެނާ މަސައްކަތްކުރި ލޯތްބާއެކު ޝައިމް އަށް ވިސްނާދެވޭތޯއެވެ. “އެނގޭ ތިކަން. އެމީހުންނާއި މިއަދު ވަރަށް ގިނައިރު ވާހަކަދެއްކިން. އެކަމަކު ފަހުން ނުޖެހޭ ދޯ އޭނަ ގުޅާކަށް. އެއީ މަށާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން”  ޝައިމް ރުޅި ވީ ހައްތަހާ ގަދައެވެ.  “ކޮއްކޮއަށް އެނގޭތަ. ޒީޝާން ގުޅާނެ. އަދިވެސް ގުޅާނެ. ޒައިނީ އާއި ޒާންގެ ބަހަނާގައި އަދިވެސް ގުޅާނެ. ކޮންމެ ގޮތެއް ވިޔަސް އެދެކުދިންގެ ސަބަބުން ވިޔަސް ކޮއްކޮ އާއި ޒީޝާނާއި ދޭތެރެ ކޮންމެސް ކަހަލަ ގުޅުމެއް އެބަ އޮތެއްނު”  ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް ޝެނާ އެބުނީ ތެދެއް ކަން ޝައިމް ވެސް ގަބޫލުކުރެއެވެ. ނަމަވެސް ހިތާއި ސިކުނޑި އެކަން ގަބޫލުކުރަން ބޭނުންނުވަނީއެވެ.

“ދެން ތި މޫޑް ރަނގަޅުކޮށްބަލަ. ހިނގާ ކޮފީ ބޯން”  ޝެނާ ޝައިމްގެ އަތުގައި ހިފާ ތަޅުވައިގަތެވެ.  “ކޮއްކޮ ދޭ ޗޭންޖް ކުރަން. ދޮންތަ މިއަންނަނީ ކޮފީ ހަދައިގެން”  ޝެނާ ތެދުވަން އުޅުނު ވަގުތު ޝައިމް ހިފެހެއްޓިއެވެ.  “ކޮބާ މިގޭ މިލީ”  ގޭތެރެ ދެފަރާތް ހޯދާލަމުން ޝައިމް އަހާލިއެވެ.  “ދޮންތަ އޭނަ މާލެ ފޮނުވާލއިފިން. ކޮއްކޮގެ ކަންތަކާއި ދޮންތަ ގެ ކަންތައް އަދި މިބޭބީގެ ކަންތައް ދޮންތަ އަށް ވާނެ”  ޝެނާ ބަނޑުގައި ފިރުމާލަމުން ބުންޏެވެ.  “އެކަމު ކީއްވެ އެހެންހެދީ. މިދުވަސްކޮޅުގައެއް ނޫންތަ ދޮންތަ އަށް އެހެންމީހެއްގެ އެހީ ބޭނުންވާނީ”  ޝައިމް ހިތްހަމަނުޖެހުނެވެ.  “ކޮއްކޮ ނުވިސްނަބަލަ. އެންމެ މަތީބައިގަ އެއުޅޭ ފަހިއްތަ އެއީ މިއަދު ދެމީހުންގެ ވެސް މަންމަ އަށް ވުރެ ދެރަ މީހެއް ނޫން. ހަގީގަތަށް ބުނަންޏާ މަންމަ އަށް ވުރެ މާ ރަނގަޅު. ފަހިއްތަ ދޮންތައަށް އެހީވާނެ”  ޝެނާ އެބުނީ އެގޭ މަތީބައިގާ އުޅޭ އެހެން ރަށެއްގެ އަންހެނެއްގެ ވާހަކައެވެ. އެގޭގައި ދިރިއުޅޭތާ ދެއަހަރު ވަނީއެވެ. ފިރިމީހާ މަރުވުމާއި ގުޅިގެން ފަހީމާ ކުޑަ ދެކުދިން ގޮވައިގެން ފިރިމީހާގެ ރަށަށް ބަދަލުވީ އެމީހުންގެ އާއިލާގެ ފަރާތުން އެހީތެރިކަމެއް ލިބިދާނެ ކަމަށެވެ. ނަމަވެސް ފަހީމާގެ ކައިވެންޏަކީ އެއާއިލާ ރުހޭ ކަމަކަށް ނުވުމުން ފަހީމާ އާއި ދެދަރިން ބަލައިނުގަތީއެވެ. މަގުމަތީގައި ހާލުގައި ޖެހިފައި ވަނިކޮށް ފަހީމާ އަށް އެހީތެރިވީ ޝެނާ އާއި ޝައިމް އެވެ. އެގޭގައި ފަހީމާ އަށް ދަތިވާނެ އެއްވެސް ކަމެއް ނޯވެއެވެ.

ޝެނާ އާއި ޝައިމް އަކީ އެއްބަނޑު އެއްބަފާ ދެބެންނެވެެ. އެދެމީހުންގެ މަންމަ ރޫނާ އަކީ މާލޭ މީހެއް ކަމުގައި ވިޔަސް ބައްޕަ ޝާފީ އަކީ ރަށު ވިޔަފާރިވެރިންގެ ތެރެއިން އެންމެ ނަން ހިނގާ އެކަކެވެ. ޒުވާން ދުވަސްވަރުގައި ބޯޓު ދަތުރު ކޮށްފައިވާ ޝާފީ ރަށުގައި ބިނާ ކޮށްފައި ހުރި ގަނޑުވަރެއް ފަދަ ގެއަކީ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޝައިމް އަށް ދީފައި ހުރި ގެެއެކެވެ. ރޫނާގެ ނުފޫޒު ގަދަކަމުން ޝާފީ ދިރިއުޅެނީ މާލޭގައެވެ. ދެކުދިން ތިބިއިރު އެންމެ ދޮށީ އަންހެން ދަރިފުޅު ޝެނާގެ ކައިވެނި ރޫނާގެ އާއިލާ މެންބަރަކާއި ހަމަޖައްސާ އެކައިވެނި މަޖްބޫރުން ކުރުވީ ޝެނާ ރޮއެެރޮއެ އޮށްވައެވެ. ނަތީޖާ އަކަށްވީ ކައިވެންޏަށް މަހެއް ވީތަނާ ޝެނާގެ ފިރިމީހާ ގެ ދާއިމީ ގޮވައްޗެއް ކަމުގައި މާފުށީ ޖަލް ހަމަޖެހުނު ކަމެވެ. އެދުވަހުން ފެށިގެން ޝެނާ ވަނީ އޭނާގެ މަންމަ އާއި ގުޅުން ކަނޑާލާފައެވެ. ހުރި ހަމައެކަނި ކޮއްކޮ ދިރިއުޅޭ އުފަން ރަށަށް ބަދަލުވީ އެކަމާއި ނުރުހުން ވުމުންނެވެ.

 

ދެމަސް ދުވަސް ފަހެވެ. ސްކޫލްގެ ގްރޭޑް 10 އެއްގެ ދަރިވަރުންގެ ފިލާވަޅެއް ފުރިހަމަ ކުރުމަށްޓަކައި ލ.އަތޮޅަށް ކުރި ތިން ދުވަހުގެ ދަތުރުގެ އެންމެ އިސްފަރާތަކަށް ހަމަޖެހުނީ އަލްޔާ އެވެ. ހެނދުނު ފުރައިގެން ދެގަޑީރެއްހާއިރުން އެރަށަށް ދެވިއްޖެއެވެ. އެރަށު ގަމު ސްކޫލްގެ ދަރިވަރުންގެ ގެތަކަށް ދަރިވަރުން ބަހާލުމަށްފަހު ނިންމަންޖެހޭ ހުރިހާ ކަމެއް ނިންމުމަށްފަހު އަލްޔާ ހުންނަ ގޮތަށް ހަމަޖެހުނީ ނައުފާންގެ ފަރާތުން އަލުވިމާގޭގައެވެެ. އެރަށުގެ ދިރިއުޅުން ލޫކް އަލްޔާ އަށް ކިޔާދީފައިވާތީ އަލްޔާ ވެސް ލޯބިކުރީ އާދައިގެ ދިރިއުޅުމެއް  އުޅޭ އާއިލާއެކެވެ. އެގޮތުން އެގެއަށް ދިޔައިރު އެއީ ލޫކްގެ އާއިލާ ކަމެއް އަލްޔާ އަށް ނޭނގޭއެވެ.

ކުޑަމަނިކެ އާއި ހަސަންފުތު ގެ ފަރާތުން އަލްޔާ އަށް ވަރަށް ހޫނު މަރުހަބާއެއް ކިއިއެވެ. އެގޭގައި ހުންނަ ތިން ކޮޓަރީގެ ނުލާ މުޅިން އަލަށް ހަދާ ނިންމާލާފައި ހުރި ކޮޓަރި އަލްޔާ އަށް ދިނެވެ. އެއީ މިވީ ދުވަސްތަކުގައި ލޫކް މަންމަ އާއި ބައްޕަ އަށް ހަދާދިން ކޮޓަރިއެވެ. ކޮޓަރިއަށް ވަނުމަށްފަހު އަލްޔާ ވަރަށް ރީއްޗަށް ބަލާލިއެވެ. ފަތްޖެހި އެނދެއްގައި ގޮދަޑިއެއް އަޅާލުމަށްފަހު ރޮނގުދެމި ބެޑްޝީޓެއް އަޅާ އޮމާންކޮށްފައި އޮތެވެ. ފާރު ކައިރީގައި މޭޒެއް ބަހައްޓާފައި ހުރި އިރު މޭޒުމަތީގައި ފާރުގައި ލައްކޮށްލާފައި އާދައިގެ ލޯގަނޑެއްގެ އެއްބައި ހުއްޓެވެ. މޭޒު ކައިރިން ކަޅު ކުލައިގެ ފޮތި އަލަމާރިއެއް ހުއްޓެވެ.

އަލަމާރިއަށް ކޮންމެހެން މުހިއްމު އެއްޗެހިތައް އެޅުމަށްފަހު އަލްޔާގެ ހެދުންތައް ބެހެއްޓީ ގެނައި ބްރިިފްކޭސް ތެރޭގައެވެ. އަލްޔާ އަށް އެކޮޓަރި ވަރަށް ކަމުދިޔައެވެ. ފާހާނާ ބޭރުގައި ހުއްޓަސް އަލްޔާ އަށް މާބޮޑު ކަމަކަށް ނުވިއެވެ. ވަރުބަލި ވެގެން އެނދުގައި ޖައްސާލިތަނާ ހަނދާނަށް އައީ ލޫކް އެވެ. ލޫކް ކޮބާބާވައެވެ؟ މިރަށުގައި އުޅޭނެބާއެވެ؟ އަލްޔާގެ ހިތް ބޮޑަށް ބުރަވީ ލޫކް ހުރީ މާލޭގައި ކަމަށެވެ.

މޭޒުމަތީ އެއްފަރާތުގައި ބަހައްޓާފައި ހުރި މޭޒުމަތީ ފަންކާ އަލްޔާ އާއި ދިމާލަށް އަނބުރާލީ މެންދުރުވަމުން އަންނައިރު ރަށުތެރެއަށް ފެތުރެމުންދާ ދިލަ އަވިން ހަށިގަނޑަށް އުދާސްގަނޑެއް ވެރިވެފައިވާތީއެވެ. ޝަރީފާ އަށް ގުޅާލުމަށް ފޯނު ނެގިތަނާ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.  “މިސް. ކޭންބައްލަވަން ދުރުވަންވީނުންތޯ”  ބޭރުގައި ހުރި ނައުފާން އަލްޔާ އަށް އިހުތިރާމާއެކު މުހާތަބް ކުރިއެވެ. ވަކިން ހުރި ކާތަންކޮޅަށް އަލްޔާ ވަނުމަށްފަހު ދެފަރާތް ބަލާލިއެވެ. ހިތްހަމަޖެހުމެއް ލިބުނީ ތަރުތީބު ކަމާއި ސާފުތާހިރު ކަން ފެނިފައެވެ. ކުޑަމަނިކެ އާއި ރަފީފާ ވެގެން ތައްޔާރުކޮށްފައި ހުރި ބަތްގަނޑު އަލްޔާ އަށް ވަރަށް ކަމުދިޔައެވެ. ކައި ނިމުމުން ކުޑަމަނިކެ ދައްކާލި ޖޯލީގައި އަލްޔާ ޖައްސާލިތަނާ ރަފީފާ ގެނެސްދިނީ ބިލަތްގަނޑެކެވެ.

“ވާއު” އަލްޔާ އަށް މިހެން ބުނެވުނީ ގުދުރަތީ ގޮތުން ޖެހިލި ފިނިފިނި ވައިރޯޅިއެއް ހުރަހެއް ނެތި މޫނުގައި ފިރުމާލުމުންނެވެ. ގޭގެ ވަށާފާރު މަތިން މެންދުރުގެ ގަދަ ހޫނުގައި ވެސް ގަސްތަކު ތެރޭގައި ބޯޅަ ކުޅެން އުޅުނު ގުރޫޕެއް އަލްޔާ އަށް ފެނުނެވެ. މާދުރުން ކަނޑުގައިި ދެފަރާތަށް ދަތުރުކުރާ އޮޑިދޯނި ފަހަރު ވެސް އަލްޔާ އަށް ފެނޭއެވެ.

“އެކޮއި ރައްޓެއްސެއް އުޅޭތަ މިރަށުގަ”  އަލްޔާ އިން ޖޯއްޔާއި ޖެހިގެން ހުރި ޖޯލީގައި ކުޑަމަނިކެ އިނީ ފޯށްވަޅިއަކުން ހަރު މަސްގަނޑެއް ކޮށާށެވެ. ކުޑަމަނިކެ އެހެން އަހާލުމުން އަލްޔާގެ ހިޔާލަށް އައީ ލޫކް އެވެ. ލޫކްގެ ލޯބިވެތި ހިޔާލްތައް އައުމާއެކު ކުޑަކޮށް ހީލެވުނެވެ. “އުޅޭނެ އެކަކު. އެކަމަކު ހިއެއްނުވޭ ރަށުގަ އުޅޭނެހެނެއް”  ހިތްހެޔޮކަމާއެކު އަލްޔާ ބުންޏެވެ. “ނަން ބުނަންވީނުން އެކުއްޖާގެ. އޭރުން ދައްތަ އެކޮއި އެގެއަށް ގެންގޮސްދީފާނަން”  ކުޑަމަނިކެ އަލްޔާ އަށް ބަލާލަމުން ބުންޏެވެ.  “ނޫނޭ ދައްތާ. އަޅުގަނޑަށް ނުކެރޭނެ ދާކަށް. އެގޭ އެއްވެސް މީހަކު އަޅުގަނޑަށް ނޭނގޭ. ތަގުދީރުގަ ހުރިއްޔާ ކޮންމެސް ދުވަހަކުން ދިމާވާނެ ކަންނޭނގެ”  ވިސްނުމެއްގައި އިނދެ އަލްޔާ ވާހަކަދެއްކިއެވެ.  “މިކަހަލަ ގެއެއްގައި އުޅެން ވަރަށް ބޭނުން. އަސްލު މީ މާހިތްފަސޭހަ ދިރިއުޅުމެއް”  އަލްޔާ މަގުމައްޗަށް ބަލަން އިނދެ ބުންޏެވެ.  “އެހެންތަ. ދައްތަ ވަރަށް އުފާވެއްޖެ ތިކަހަލަ ހިތްހެޔޮ ކުއްޖަކު މިގޭގައި މަޑުކުރީތީ. އިރާދަކުރެއްވިއްޔާ މިދަތުރުގައި ނޫނަސް އެކޮއި މިގޭގައި އުޅެން ގެންނާނަން”

ވިސްނުމެއްނެތި ކުޑަމަނިކެ ބުނި ޖުމްލައިގެ މާނަ އަލްޔާ އަށް ނަގައެއް ނުގަނެވުނެވެ. ނެގޭނީވެސް ކިހިނެއް ހެއްޔެވެ؟ ކުޑަމަނިކެ ވެސް އެހެން ބުނީ ތަގުދީރުގައި ރޭވެމުންދާ ބޮޑު ރޭވުންގަނޑު ނޭނގޭ ހާލުގައެވެ. އަލްޔާ އަށް ވެސް އެ ހިތުގައި ރަސްކަން ކުރަމުންދާ ރާޖާގެ ހަގީގީ މަންޒިލަކީ އެއީ ކަމުގައި ވެދާނެ ކަމަކަށްެ ހިތަށް ވެސް ނާރައެވެ.

“އެއީ ކޮންކުއްޖެއް”  ރަފީފާގެ ފުރަގަހުގައި ފިލާ ހުރި ޔޫޝައު ދައްކާލަމުން އަލްޔާ އަހާލިއެވެ.  “އެއީ ދައްތަގެ މާމަދަރިއެއް. މިގޭގައި އުޅެނީ ދައްތަ އާއި ދައްތަގެ ފިރިމީހާ އާއި ދެދަރިން. އެންމެ ބޮޑު ދަރިފުޅުގެ އަންހެނުން މީ. ރަފީފާ. އަފްހަމްގެ އަންހެނުން. އޭނަ މިވަގުތު ވީ އިންޖީނުގޭގަ. އެމީހުންގެ ދަރި މީ. ދެން ނައުފާން އެނގެއެއްނު. މިއަހަރު ނިމޭނެ. ދެން ހުންނަ ދަރިފުޅު އެއީ ފުލުހެއް. މާލޭގަ ވީ. އެކަމަކު ބުނި ވަރަށް އަވަހަށް ޗުއްޓީއަށް އަންނާނަމޭ”  ކުޑަމަނިކެ އާއިލާގެ ކުޑަ ތަފްސީލެއް އަލްޔާ އަށް ދިނެވެ. ހީލުމަށްފަހު އަލްޔާ ތެދުވަން އުޅުނީ ކުރަންވެފައި އޮތް ކަމެއް ހަނދާންވެގެންނެވެ.

“އެކޮއި މިރެއަށް ބަނބުކެޔޮލީ ބަތާއި ރިހާކުރާއި ލޮނު މިރުސް ތައްޔާރުކުރަންތަ”  ކުޑަމަނިކެ އަލްޔާގެ އަތުގައި ހިފާލަމުން ބުންޏެވެ.  “ދައްތާ! އަޅުގަނޑު ކައިރީގައި ދެވަނަ ފަހަރަކުން ތިހެން ނާއްސަވާތި. ދައްތަމެން ދިން ކޮންމެ އެއްޗެއް އަޅުގަނޑު ކާނަން. އަޅުގަނޑަށް ނުދިރޭނެ އެއްވެސް އެއްޗެއް ދައްތަމެންނަށް ނުހެދޭނެ”  އަލްޔާ ދިއުމުން ކުޑަމަނިކެ އަށް އަލްޔާ ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ. “ހިތްހެޔޮކަމާއި އޯގާތެރިކަން. އަހަރެންގެ ލޫކްގެ ހަޔާތަށް ގެންނަން ބޭނުންވަނީ މިކަހަލަ އަންހެންކުއްޖެއް”  އަލްޔާ ދިޔަ ދިމާލަށް ބަލަން އިނދެ ކުޑަމަނިކެ އަށް ބުނެވުނެވެ.

 

އާދުވަހެކެވެ. އިރުއެރުމާއެކު ކުޑަމަނިކެ ތައްޔާރުކޮށްފައި ހުރި ފަތުމައްސުންޏާއި ރޮށްޓާ ކައިގެން އަލްޔާ ދަރިވަރުންނާއިއެކު މަސައްކަތަށް ނިކުތެވެ. ފޮޅާ ސާފުކުރުމަށްޓަކައި ރަފީފާ އަލްޔާގެ ކޮޓަރިއަށް ވަނެވެ. ރަފީފާ އަށް ހުރެވުނީ ކޮޓަރިއަށް ބަލަހައްޓައިގެންނެވެ. ހީކުރި ގޮތާއި ހިލާފަށް އަލްޔާ ހުރީ ކޮޓަރިތެރެ ތަރުތީބު ކޮށްލާފައެވެ. އަލްޔާ ގެވެހި ވެދާނެކަމަށް ރަފީފާ އަށް ހީކުރެވުނަސް އެކޮޓަރިއަށް ވަނީ ޔަގީންކޮށްލަން ވެގެންނެވެ. މޭޒުމަތީގައި ހުރި ފެންއަޅާ ހުސްފުޅި ހިފައިގެން ކޮޓަރިން ނިކުތް ރަފީފާ ދަތްތައް ފެންނަ ވަރަށް ހީލީ ދަބަހެއް ކޮނޑުގައި އަޅުވައިގެން ހީގަނެގެން ގެއަށް ވަން ޒުވާނާ ފެނުމުންނެވެ.

“އަޅެ ލޫކް… އަންގާވެސް ނުލާ. މަންމާ! ބަލާބާ މިހުރީ ލޫކް އައިސް. ޔޫއްކޯ. ބަލާބާ މިހުރީ ދޮންބެ”  ބޭރު ގޯތީގައި ކުނިކަހަން އޮތް ކުޑަމަނިކެ އަށް ދުވެފައި އާދެވުނީ އެދަރިފުޅު ދެކޭ ހިތުން މައިލަގޮނޑިއަށް ކެތްނުވުމުންނެވެ.  ކާގޭގައި ބުށްތަށި ބޯން އިން ޔޫޝައު ވެސް ބުށްތައްޓާއެކު ދުވެލާފައި އައިސް ހުއްޓުނީ ލޫކްގެ ކުރިމަތީގައެވެ.

ލޫކްގެ ކުރިމަތީގައި ހުއްޓުނު ކުޑަމަނިކެއަށް ރޮވުނެވެ. ކުޑަމަނިކެ އަށް ވުރެ އިސްކޮޅުން މާބޮޑަށް ވެސް ދިގު ފިރިހެން ދަރިފުޅު މޭމަތީގައި ބޯއަޅާލެވުނީ މައިވަންތަ ލޯބި އުތުރިގަތުމުންނެވެ. ލޫކް ވެސް ލޯބިން މަންމަގެ ކޮނޑުގައި ހިފާ ދެލޮލުން އައި ކަރުނަތައް ފޮހެލަދިނެވެ. ޔޫޝައު އުރާލައިގެން އެތެރެއަށް ވަދެގެން ގޮސް ލޫކް މަޑުކޮށްލީ ބޭރު ޖޯލީގައެވެ. “މަންމާ އަޅުގަނޑަށް ހާދަ ދުވަހެއް ފަހުންނޭ ދޯ މިހިސާބަށް މިއާދެވުނީ”  ކުޑަމަނިކެގެ އެހެންކުދިންނާއި ހިލާފަށް ލޫކް އަކީ ވަރަށް މީހުންނަށް ކަމޭހިތާ ބަސްމަގު ރީތި ކުއްޖެކެވެ. ދުވަހަކު ވެސް މާތް ބަހުން ނޫނީ މަންމަ އާއި އަދި ބައްޕަ އާއި ވާހަކަދައްކާފައެއް ނެތެވެ.  “ދަރިފުޅު އަންނަ ވާހަކަ ބުނިނަމަ ދަރިފުޅަށް އެންމެ މީރު މުރަނގަތޮޅި ކިރުގަރުދިޔަ ކައްކާފަ ބެހެއްޓީމުސް. އަންގާލިނަމައެއްނު. ރަފީފާ ދަރިފުޅާ ދޭބަލަ މޫސަ ފިހާރައިން ލޫކް އަށް ފިނި ދަޅެއް ހިފައިގެން އަންނަން”  ރަފީފާ އަށް ގޮވާލަމުން ކުޑަމަނިކެ ބުންޏެވެ.

“ބައްޕަ ވަރަށް އުފާވާނެ ދަރިފުޅު ފެނުނީމަ. އެބައޮތް މަންމަ އާއި ބައްޕަ ދައްކަންޖެހޭ މުހިއްމު ވާހަކައެއް. މިރޭ ކާގަޑީގައި ދޯ ދައްކާނީ”  ކުޑަމަނިކެ ލޫކާއި ޖެހިގެން އިން ޖޯލީގައި އިށީންނަމުން ބުންޏެވެ.  “މަންމާ! ބައްޕަ އަށް އެނގޭ އަޅުގަނޑު އައި ކަން. ބައްޕަ އަޅުގަނޑާއި ބައްދަލުކޮށްފި. އެކަމަކު ތިދައްކަން އުޅޭ ވާހަކަ ވެސް އެނގޭ. އަޅުގަނޑު މަންމަ އާއި ބައްޕައަށްޓަކައި ނުކުރާނެ ކަމެއް ނޯންނާނެ. އެއީ އަޅުގަނޑު ދަންނަ ކުއްޖެއް. އަޅުގަނޑު ވަރަށް ލޯބިވާ ކުއްޖަކާއި މިދޭތެރެއިން ދިމާވެ ވާހަކަވެސް ދެއްކިއްޖެ. އެކުއްޖާ ކައިރީގައި ސީދާ ލޯބިވެޔޭ ނުބުންޏަސް އަޅުގަނޑުގެ އަމަލުން އެކަން އަންގަދިނިން. އެކަމަކު މަންމާ އަޅުގަނޑު މިބުނަނީ ތިކަން ނުކުރާނަމެކޭ ނޫން. އެބޭފުޅުން ބައްޕަގެ ދަރަނީގެ ބަދަލު ބޭނުންވަނީ އެގޮތުން ކަމަށްވަންޏާ އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތ.ް އަޅުގަނޑަށް އެނގެނީ އަޅުގަނޑުގެ މުޅި އަހަރު ދުވަހުގެ މުސާރަ އެއްކޮށްގެން ވެސް އެބޭފުޅާ ބުނި އަދަދު ހަމަނުވާނެކަން. އެހެންވީމާ ތިކަމުގައި އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް” ލޯބިވާ ދަރިފުޅާ ދޭތެރޭގައި ކުޑަމަނިކެ ފަހްރުވެރިވިއެވެ. “އިރާދަކުރެއްވިިއްޔާ ދެރަގޮތެއް ނުވާނެ”  ލޫކް ގެ ބުރަކަށީގައި ފިރުމާލަމުން ކުޑަމަނިކެ ބުންޏެވެ.

 

ދުވާލުދާ ހަތަރުދަމު ބުރަކޮށް އުޅެފައި ގެއަށް އައިސްވަން އަލްޔާ ދިމާ ކުރިމަތީގައި ހުރި ބޮޑު ގަޑިއަށް ބަލާލިއެވެ. ރޭގަނޑު އެގާރަ ޖެހީއެވެ. ސިޓިންގްރޫމުގައި އިން ރަފީފާ އަލްޔާ އަށް ހިނިތުންވުމެއް ދިނުމަށްފަހު ގޭމައިދޮރު ތަޅުލިއެވެ.  “ފެންވައްދާފައި ހުންނާނީ”  ރަފީފާ އަލްޔާ އަށް ބުންޏެވެ. ކޮޓަރި ތެރޭގައި ވަގުތު ކޮޅެއް ހޭދަކުރުމަށްފަހު އަލްޔާ ތުވާލި ހިފައިގެން އަދި ޓީޝާޓަކާއި ދިގު ހަރުވާޅެއް އަތަށް ލައިގެން ބޭރަށް ނިކުތީ އަބަދުވެސް ނިދުމުގެ ކުރިން ގައިދޮވެލަން އާދަވެފައި ހުރުމުންނެވެ. ހިޔާކޮށްފައި ހުރި ފާހާނާ އިން ގައިދޮވެލައިގެން ނިކުތް އަލްޔާ މައިބަޔަށް ވަންނަން އުޅުމުގެ ތެރޭގައި ނިކުންނަން އައި މީހެއްގެ ގައިގާ އަޅައިގަތެވެ. އެމީހަކު އަލްޔާގެ އަނގަމަތީގައި އަތްއެޅީ އަޑުގަދަކޮށްލާނެކަން މާކުރިން ވެސް އެނގޭތީއެވެ. ބިރުގަންނަ ކަމެއް ދިމާވިިއްޔާ އަންހެންވެރިންގެ ހާލަތު ނޭނގޭ މީހަކު މިހާރު ނޫޅެއެވެ. ގޭގައި ނިދާފައި ތިބި މީހުން ހޭލައިގެން ވީކަމެއް ބަލަން އަންނަން ލޫކް ބޭނުންނުވީއެވެ.

ލޫކް އަލްޔާގެ އަނގަމަތިން އަތް ނެގުމާއެކު ދެފަހަރަށް ދެލޯމަރާ ބާރުކޮށްލީ އަނދިރީގެ ތެރެއިން އަލްޔާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރި ޒުވާނާގެ މޫނު ފެނޭތޯއެވެ. ކުއްލިއަކަށް އަލްޔާ ލޫކްގެ އަތް ނައްޓުވާލާ ދުރަށް ޖެހިލިއެވެ.  “ވަރަށް ބޮޑަށް ސޮރީ”  އަލްޔާގެ އޮމާން އަޑު ލޫކް އަށް އިވުމާއެކު ތެޅިގަތެވެ. ގޭގައި އަންހެންކުއްޖަކު ހުންނަ ކަމަށް މަންމަ ބުނެފައި އޮތަސް އެއީ އެއްގޮތަކަށް ވެސް ލޫކްގެ ‘ޑްރީމް ގާރލް’ ކަމަށް ހީކުރެވިފައެއް ނެތެވެ. ލޫކް ފަސްދީ ހިނގައިގަތް އަލްޔާ އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ސިހިފައި އަލްޔާ ލޫކަށް ބަލާލިއެވެ. ޖިންނިއެއް ކަމަށް ހީކޮށް ބިރުވެރިކަމެއް ހިތަށް ވަދެ ހިތާހިތުން ކުރުސި ކިޔަވާލިއެވެ. އެއްއަތުން އަލްޔާގެ އަތުގައި ހިފައިގެން ހުރި ލޫކް އަނެއް އަތުން ސޯޓްބުރީގެ ޖީބުގައި އޮތް ފޯނު ނަގާ އަލްޔާގެ މޫނަށް އަލިކޮށްލިއެވެ. އަނދިރީގެ ތެރެއިން އަލްޔާގެ ރީތި މޫނު ފާޅުވުމާއެކު ލޫކް އުދުހިނުގަތީ ކިރިޔާއެވެ.

ލޯމަރާލައިގެން ހުރި އަލްޔާ އަށް އެއީ ކާކުތޯ ބަލާކަށް ނުކެރުނެވެ. ހަންޑިއެއް ވިއްޔާ ވާނެ ގޮތެއް އެނގެނީއެއް ވެސް ނޫނެވެ. ހޭނެތިގެން ތިރިއަށް ވެއްޓޭނެކަން ޔަގީނެވެ. ލޫކް އަލްޔާގެ މޫނުގެ އެކި ދިމާލަށް ބަލާލިއެވެ. ފެނާއެކު ކަންހުޅި ކައިރީގައި ތައްލާފައި ހުރި ކުދި އިސްތަށިތަކަށް ދަންދެން ލޫކް އަށް ތައުރީފް ކޮށްލެވުނެވެ.  “ލައި”  ލޫކް އަލްޔާ އަށް ގޮވާލީ އަލްޔާ ދެލޯ ހުޅުވާނުލީމައެވެ. ލޫކްގެ އަޑު އަލްޔާ އަށް އިވުނީ ހުވަފެނެއްގައި އޮށްވާ ގޮވާލާ ކަހަލަ ގޮތަކަށެވެ. އަވަސް އަވަހަށް ދެލޯ ހުޅުވާލާ ލޫކަށް ބަލާލިއެވެ. ނަމަވެސް ލޫކްގެ ފޯނުގެ ލައިޓް އަލްޔާގެ މޫނަށް ހުރުމުން ކުރިމަތީ ހުރި މީހާގެ މޫނު ފާހަގައެއް ނުވޭއެވެ. ޔަގީނެވެ. ހަންޑި އެއައީ ލޫކް ގެ ސިފައިގައެވެ. ނަމަވެސް އަލްޔާގެ ހިތުގައިވާ ޝައްކު ޔަގީން ކުރުމަށްޓަކައި އެފޯނު ލޫކާއި ދިމާލަށް އަނބުރާލީއެވެ. ލޫކްގެ ހެވިފައިވާ މޫނު ފެނުމާއެކު އަލްޔާ ކަކުލުހުޅުން ވާގި ދޫނުވީ ކިރިޔާއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެވަނަ ފަހަރަށް ލޫކް އަލްޔާގެ މޫނަށް އަލިކޮށްލުމާއެކު އަލްޔާ އިސްޖަހާލިއެވެ. ދައްކާނެ ވާހަކައެއް ނޭނގުމުން ދެމީހުން ވެސް ތިބީ ހިމޭނުންނެވެ. އެއަށްފަހު އަލްޔާ އެދުނީ ޝަހާދަތް ކިޔުމަށެވެ. ލޫކް ހިނިއައްސަ ހުރެ ޝަހާދަތް ކިޔުމަށްފަހު ފަލަގިއްނާސި ތިން ސޫރަތް ވެސް ކިޔާ އެއަށްފަހު ފެށީ ޔާސީން ސޫރަތެވެ. އަލްޔާ ހުރީ ހިނިއައިސްގެން ގޮސް ބިނދޭވަރުވެފައެވެ. އަލްޔާ ހޭއަޑު އަހަން އިރުކޮޅަކު ހިމޭނުން ލޫކް ހުއްޓެވެ.

 

“އަމްމްމް… ވާހަކަދައްކާލަން ބޭނުން. ވަގުތުކޮޅެއް ލިބިދާނެތަ”  ތަނުގެ ހިމޭންކަން ފޫދުއްވާލީ ލޫކް އެވެ. އެވަގުތު އަފްހަމްގެ ކޮޓަރީ ތަންޑުނައްޓާލި އަޑު އިވުމާއެކު ލޫކް ކޮށްލި އަވަސް ހަރަކާތަކާއެކު އެންމެ ކައިރީގައި ހުރި އަލްޔާ ހުންނަ ކޮޓަރިއަށް ދެމިގަތެވެ. އަލްޔާ ތަތްވެފައި ހުރީ ލޫކްގެ މޭގައެވެ. ކޮޓަރީ ލައިޓްތައް ލޫކްގެ އަތުން ޖައްސާލިއިރު އަލްޔާ އެތެރެއަށް ވަދެ ފޮށްޓަށް ބަދަލުކުރި ހެދުންތައް އަޅަނީއެވެ. ނިދަން ވެގެން ބަދަލުކުރި ޓީޝާޓްކޮޅުގެ އަތްކޮޅު ކުޑަކަމުން އަލްޔާ ގެ އަތުގެ ބޮޑު ބައެއް ވަނީ ހާމައަށެވެ. ދެއަތުން ދެއަތުގައި ހިފަހައްޓާލައިގެން ހުރި އަލްޔާ ދެފައި ހުރީ ވެސް ކްރޮސް ކޮށްލާފައެވެ. ބޮލުގެ އިސްތަށިގަނޑު މައްޗަށްނަގާ ދޫކޮށް ހުޅި ޖަހާލާފައި ހުރިއިރު ކަރާއި އެކު ކަނދުރާ ވެސް ވަނީ ހާމައަށެވެ. ލޫކަށް ހުރެވުނީ އަލްޔާ އަށް ބަލަހައްޓައިގެންނެވެ. ކުރިމަތިންް ފެންނަން ހުރި ހިތްގައިމު ސޫރައަށް ބަލަން ލޫކް ހުރި އިރު ބަހެއް ބުނަން ދޫ ހަރަކާތެއް ނުކުރިއެވެ.  “އާދޭ މިތާ އިށީންނަން”  އެނދުގައި އިށީންނަމުން ލޫކް އަލްޔާ އަށް ދައުވަތު ދިނެވެ. އަލްޔާ ހިމޭނުން ހުރީ ލޫކް އެނދުގައި އޮށޯންނަން ދައުވަތު ދީފާނެތީއެވެ. އެހެންބުނެފިއްޔާ އަހަރެންނަށް އިންކާރެއް ނުކުރެވޭނެއެވެ. އަނެއްކާ ވާން މިއުޅެނީ ކިހިނެއްބާއެވެ؟ ލޫކް އެހާ ގޯސް ނުވާނެއެވެ. ލޫކް އާއި މެދު ގޯސް ނިޔަތެއް ބާއްވާކަށް އަލްޔާ ބޭނުމެއް ނޫނެވެ.  “ބިރުގަންނަނީތަ؟ ޕްރޮމިސް ތި ނާޒުކް ކުއްޖާއަށް އެއްވެސް އަނިޔާ އެއް ލިބޭ ކަމެއް ނުކުރާނަން. ޖިސްމާނީ ގޮތުން ވެސް ނަފްސާނީ ގޮތުން ވެސް. އައި ޖަސް ވޯންޓް ޓު ޓޯކް ވިދް ޔޫ”  ލޫކް ހީލުމުން އަލްޔާ ކުދި ފިޔަވަޅުތަކެއްގައި އައިސް އެނދުގައި އިށީނެވެ. ނަމަވެސް ލޫކާއި ތަންކޮޅެއް ދުރުގައެވެ.  “ހެހެހެ…. ކައިރީގައި އިނަސް ކައެއް ނުލާނަމޭ”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ފުރަތަމަ ނަޒަރުން 3

Next

ލީމިންހޯ (ފަހުބައި)

Next
October 30, 2016

ލީމިންހޯ (ފަހުބައި)

Previews
October 30, 2016

ފުރަތަމަ ނަޒަރުން 3

21 Comments!

  1. Ushaali says:
    October 30, 2016 at 12:29 pm

    hellow everyone… miothy part 6. huriha kudinnah ves kamudhaane kamah heekuran. love yu ol…. 🙂

  2. sonaalee says:
    October 30, 2016 at 12:52 pm

    Wow..v v v reethi…

  3. Aish says:
    October 30, 2016 at 12:59 pm

    Woow…vrh vrh vrh reethi..

  4. shiniy says:
    October 30, 2016 at 1:01 pm

    Wow varah kiyaa hithun kiyan indhaa nimihje plx nxt part avahah up kohdhehchey…waitting

  5. Rapher says:
    October 30, 2016 at 1:06 pm

    Alhey.. loooook dhn ehen meehakaa marry nukurahcheii.

  6. Joo says:
    October 30, 2016 at 1:12 pm

    Loooolooolu

  7. Navya says:
    October 30, 2016 at 1:39 pm

    Ushaali…. vaahaka vvvvv reethi? v vefa kiyan indha a nimunyyy… next part ah vv inthixaaru kuran.. kehmadhuvefa kiyaahithunn❤❤❤

  8. Mi says:
    October 30, 2016 at 2:04 pm

    Wow mi mihaaru esfiya ge in emme reethi vaahaka…realy varah inthizaaru kurevey mi vaahaka ah.v v v reethi…
    Dhen kon irakun baa kiyaa lan libeynii

  9. sis says:
    October 30, 2016 at 2:54 pm

    Salhi

  10. maalhu says:
    October 30, 2016 at 4:01 pm

    ushaa loved this story pleax avahah up koh dhehchey and laamah alhugandu ves varah dhaahiy vey

    1. maalhu says:
      October 30, 2016 at 4:02 pm

      love**

    2. fathun says:
      October 30, 2016 at 5:11 pm

      me too. luke ge geyga ulhen beynumy ves. luke aa eky

    3. maalhu says:
      October 31, 2016 at 11:23 am

      faathun adhi dheveyne

  11. Anonymous says:
    October 30, 2016 at 4:13 pm

    Emme Reethi 1vaahaka.. V v salhi

  12. Vaanuvaa angaidhey bodu katheeb says:
    October 30, 2016 at 4:32 pm

    Pakistan drama ge drama namakee aabroor kiyaa drama eh copy kohggen thidhen kon kameh. Dhivehin ehaa gamaarehnnoon. Hehehehehe.

    1. vaanuvaa angaidhey bodu katheebuge Ama says:
      October 31, 2016 at 7:46 am

      kaloyah thiothy maa bodah ves ingifaennu .. dhen kuraane kameh neh kalo thi hama bodu gamaaru

    2. Ushaali says:
      October 31, 2016 at 8:02 pm

      alhugandkee evves iregga pakistan drama beli meeheh noon. ekamaku vahakaiga in photo akee pakistan drama eh ge photo eh. and mee evves thanegge drama eh ge copy eh noon mee. meehama alhugandu ge amilla visnumakah amilla hiyaalah liyaa vahaka eh. nyways…. thi commentah varah bodah shukuriyya. 🙂

    3. ? says:
      November 3, 2016 at 10:57 am

      Mi waahaka warah reethi, kaley beliyas aharumen nubalamey thi drama eh

  13. axoo says:
    October 30, 2016 at 4:45 pm

    Mmmm vvvv rythi mi part vx.. alhe looooook ah alya libey goi hadhahchey..

  14. me says:
    October 30, 2016 at 10:04 pm

    thaanxxx ushaa mihaa rythi vaahakaeh genes dheythy. mi part ves v v reethi. keep it up, alhe konme dhuvahaku kiyaalan libeyne namaey hithah arany. waiting

  15. Layaa says:
    October 31, 2016 at 9:37 pm

    Varah reeti mivahaka.k irakutha up story upkurany.
    Comment for vaanuva angaidey bodukatheebu.bala story aky copy akhviya nuviyas mahsalaehnooney. Tihaa engenyaa story nukiyabala

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 7←


All Right Reserved!