Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (ހަތްވަނަ ބައި)

Ifaau Level 210 Stories
October 29, 2016 5 Mins Read
21 Comments

“އޯކޭ.. ދަނީ އިނގޭ އިލްޔާސްބޭ.. ދެން އަނެއްކާވެސް އެހެން ފަހަރަކުން އަންނާނަން…” މިހެން ބުނެފައި ސޯފާއިން ތެދުވެގެން ދާން އުނބުރެލި ވަގުތު ކޮޓަރީގެ ތަޅުގައި ހިފާ ދޮރު ހުޅުވޭ އަޑަށް އަހަރެން ފަހަތަށް އެނބުރެލީމެވެ. އެކޮޓަރި ދޮރުމަތީ ހުރި ތާޝާ ފެނުމުން އަހަރެންނަށް ދެލޯ ބޮޑު ކޮށްލެވުނެވެ. މިއީ ހުވަފެނެއް ހެއްޔެވެ. އަހަރެން ދެލޯ ހޯދަމުން ދިޔަ ކުއްޖާ އަހަރެންނާއި އެއްފުރާޅެއްގެ ދަށުގައި އުޅޭކަން އަހަރެންނަށް ނުވެސް އިނގެއެވެ. ތާޝާގެ ދެލޯވެސް ހުރީ އަހަރެންނަށް އަމާޒުވެފައެވެ. އަހަރެންނާ ތާޝާއާއި އެއްވެސް ގުޅުމެއް ނެތަސް އަހަރެންނަކީ ކާކުކަން އޭނާއަށް އިނގޭނެކަން ޔަގީނެވެ. އަހަރެން މާވަރަކަށް ބަލަން ފެށުމުން އިޔާޒް އަހަރެން ގައިގައި ކޮށްޓާލިއެވެ. އަހަރެން އިޔާޒް އާއިދިމަޔަށް އެނބުރެލާފައި “ތާޝާ” އޭ ވައި އަޑުން ބުނެލީމެވެ. އިޔާޒް ދެން ބަލައިލީ އިލްޔާސް އަށެވެ. އޭރު އިލްޔާސްވެސް ހުރީ އަހަރެންނާއި ދިމަޔަށް ބަލާށެވެ. އެވަގުތު ތާޝާ އަނެއްކާވެސް ކޮޓަރި ތެރެޔަށް ދެމިގަނެފައި ދޮރުޖެހިޔެވެ. “ކިހިނެއްވީ؟” އަހަރެން މަޑުކޮށްގެން ހުރުމުން އިލްޔާސް އަހާލިއެވެ. ކަމެއްނުވެޔޭ ބުނުމަށްފަހު އަހަރެންނާއި އިޔާޒް އެބައިން ނިކުމެގެން ދެން ދިޔައީ އަހަރެން އުޅޭ ބަޔަށެވެ.
“އެއީތަ ތާޝާ އަކީ؟” އިޔާޒް އަނެއްކާވެސް އަހާލިއެވެ. އެއިރު އަހަރެމެން ތބީ އަހަރެންގެ ކޮޓަރީގައެވެ. “ތާޝާ އިލްޔާސްމެން ގޭގަ….” އެނދުމަތީ އިށީންދެލަމުން އަހަރެން ބުނެލީ ގަބޫލުކުރަން ދަތި ގޮތަކަށެވެ. “ދެން ކިހިނެއް ހަދާނީ؟” އިޔާޒް އަހާލިއެވެ. އަހަރެން ކުއްލިއަކަށް އެއްޗެއް ހަނދާންވާފަދަ ގޮތަކަށް ފޯނުނަގައި އިނާޝާއަށް ގުޅާލީމެވެ. ދެފަހަރަކު ރިންގު ވެލުމަށްފަހު އިނާޝާ ފޯނުނަގާ ހަލޯ އޭ ބުނެލިއެވެ.
“އިނާ ތާޝާ ފެނެއްޖެ..” ހިތް އަވަސްވެފައި ހުރިވަރުން އަހަރެންނަށް ބުނެލެވުނީ އެވަރަށެވެ. “އަސްލުވެސްތަ؟ ކިހިނެއް ފެނުނީ؟” އިނާޝާ މިސުވާލު ކުރުމުން އަހަރެންވީ ގޮތް ކިޔައިދިނީމެވެ. އަދި ހަނދާންކޮށް މާދަމާ ތާޝާގެ މާމަ ކައިރިޔަށް ދިޔުމަށް އަހަރެން ބުނީމެވެ. އިނާޝާ މިކަމާ އެއްބަސްވުމުން މާދަމާ ގުޅާނެ ކަމަށް ބުނެ އަހަރެން ފޯނު ބޭއްވީމެވެ.

އަހަރެންގެ ހިތް ތެޅެމުން ދިޔައީ ވަރަށްވެސް ބާރަށެވެ. ދެން ހަދާނެ ގޮތެއް ނޭންގިފައި އަހަރެން ކޮޓަރިތެރޭ ދެކޮޅުން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީމެވެ. މާދަމާ ކައިވެނީގެ ކަންކަމުގައި ބުރަކޮށް އުޅެން ޖެހޭނެތީ އިޔާޒްވެސް ދިޔައީ ނިދާށެވެ. އަހަރެން ހުރީ މުޅި ގައިން ދާހިތްލާފައެވެ. އަހަރެން ތާޝާއާއި ބައްދަލު ކުރަން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެކަން ކުރާނީވެސް ވަކި ކިހިނެއް ހެއްޔެވެ. އަނެއްކާވެސް އަހަރެން ފެނުމުން ތާޝާ އަންނާނީ ރުޅި ނޫންކަމެއްވެސް ނޭންގެއެވެ. ދެފައި ވާޅުވެގެން އަހަރެން އެނދުމައްޗަށް ވެއްޓިގަތީމެވެ. އިލްޔާސް އުޅޭ ބަޔަށް ދާންވެސް އަހަރެން ހިތް ބުނަމުން ދިޔައެވެ. ނަމަވެސް އެގޮތަށް ކުއްލިއަކަށް މީހެއްގެ ގެޔަށް ވަނުމަކީވެސް ރަނގަޅުކަމެއް ނޫނެވެ. އަނެއްކޮޅުން އަހަރެން ފެނުމުން ތާޝާ ކަންތައް ކުރާނެ ގޮތެއްވެސް އަހަރެންނަކަށް ނޭންގެއެވެ. މިކަހަލަ ހިޔާލު ތަކެއްގައި އޮއްވައި އަހަރެންނަށް ނިދުން އިރެއްވެސް ނޭންގެއެވެ.

“މާޒޫ ތެދުވޭ.. 10 ޖެހީއޭ..” އަހަރެންނަށް ހޭލެވުނީ އިޔާޒް އައިސް ގޮވަން ފެށުމުންނެވެ. “މަހާދަވަރަކަށް ގުޅާފައޭ މިއައީވެސް.. ދައްތައަށް ގުޅީމަ ބުނީ ނިދާފައޭ އަންނާށޭ ގޮވަން..” އަހަރެން ގައިގައި ބާލީހަކުން ޖަހާލަމުން އިޔާޒް ބުނެލިއެވެ. އަހަރެން ފޯނުނަގާ ބަލާލީމެވެ. ތެދެކެވެ. އިޔާޒްގެ 12 މިސްކޯލު އިނެވެ. ދެން އަހަރެން ދިޔައީ ފާހާނާއަށެވެ. ފެންވަރައިގެން އިޔާޒްއާއި ދެމީހުން ގަދަޔަށް ސައި ބޮއެގެން ދެން ދިޔައީ ބޭރަށް ދާށެވެ. ގޭ ދޮރުން ނިކުމެ ނިކުމެ ހުއްޓައި އަހަރެންނަށް ފެނުނީ އިލްޔާސްވެސް ބޭރަށްދާތަނެވެ. އަހަރެން ސިޑި ކައިރިޔަށް ޖެހިލައި އޭނާ ދިޔަ ދިމަޔަށް ބަލައިލީމެވެ. “ކީއްކުރަން މިހާރު ތިއުޅެނީ..” އަހަރެން ވަގެއްހެން އުޅެން ފެށުމުން އިޔާޒް ބުނެލިއެވެ. “މިތާ ހުރެބަލަ މީހަކު އަންނަންޏާ އަހަރެންނަށް ގުޅާލަބަލަ އިނގޭ.. އަހަރެން އެބަ އަންނަން މިގޭ ތެރެޔަށް ވަދެލާފަ..” އަހަރެން މިހެން ބުނުމަށް ފަހު އެގޭތެރެއަށް ވަންނަން އުޅުމުން އިޔާޒް އަހަރެންގެ އަތުގައި ހިފާލިއެވެ. “ބުރޯ އޯލްރެޑީ މާ ލަސްވެއްޖެއޭ.. އެހެން ފަހަރަކުން އަންނާނީ.. މިހާރުހިނގާ ދާން..” އިޔާޒް ހުރީ އަވަހަށް ދާން ބޭނުންވެފައެވެ. ނަމަވެސް އަހަރެން ބޭނުންވީ ފުރުސަތުގެ ބޭނުންހިފައި އެގެއަށް ވަންނާށެވެ. “ލަހެއްނުވާނެޔޭ.. ވަރަށް އަވަހަށް އަންނާނަމޭ..” މިހެން ބުނުމަށްފަހު އަހަރެން އެގޭ ތެރެޔަށް ދެމިގަތީމެވެ. އަހަރެންގެ މޫނުހުރީ ރޭގައި އަހަރެންނަށް ތާޝާ ފެނުން ކޮޓަރިއާއި ދިމަޔަށެވެ. ހިތް އަވަސްވެފައި ހުރިވަރުން އަހަރެންގެ ހަރަކާތްތައްވެސް ހުރީ ވަރަށް ހަލުވިވެފައެވެ. އެދިޔަ ބާރުމިނުގައި އަހަރެން އެކޮޓަރީގެ ތަޅުގައި ހިފާލީމެވެ. ތަޅުނުލައި ހުރުމުގެ ސަބަބުން ވަރަށް ފަސޭހައިން ދޮރު ހުޅުވެއްޖެއެވެ. އަހަރެން ކޮޓަރިތެރެޔަށް ނަޒަރު ހިންގާލީމެވެ. ހަމަ އަހަރެންގެ ކޮޓަރި ވަރުގެ ކޮޓަރިއެކެވެ. ކުޑަ އަލަމާރިއަކާއި ސިންގަލް އެނދެއް ހުއްޓެވެ. އެނދުމަތީގައި ހެދުމެއް އޮތެވެ. ހީވާގޮތުން އެއީ ތާޝާގެ ހެދުމެކެވެ. ނަމަވެސް އެނދުމަތިވަނީ ރީތިކޮށް ތަންމަތި އަޅާފައެވެ. އެނދުކައިރީ ހުރި މޭޒު މަތީގައި ރީތިވާއެއްޗެހި ވަރަށް ތަރުތީބުން އަތުރާލައިފައި ހުއްޓެވެ. ކޮޓަރިތެރޭ ހިފާފައިހުރީ މަޑުމަޑު ސެންޓެއްގެ ވަހެވެ. ނަމަވެސް އަހަރެންނަކަށް ތާޝާއެއް ނުފެނުނެވެ. ފާހާނާވެސް ހުރީ ބޮކި ނިވާލާފައިކަމުން ތާޝާ ފާހާނާގައިވެސް ނޫޅޭކަމަށް ނިންމައި އަހަރެން އެ ކޮޓަރިން ނިކުންނަން އެނބުރެލީމެވެ. ނަމަވެސް އަހަރެންގެ ފައި ބިމުގައި ތަތްކޮށްލެވުނީ ކޮޓަރީގެ ދޮރުން ވަދެވަދެ ހުރި ތާޝާ ފެނުމުންނެވެ. އަހަރެން ފެނުމުން ތާޝާ ވެސް މަޑުޖެހެލިއެވެ. އަހަރެންނަށް މިހާ ކައިރިން ތާޝާ މިފެނުނީ ދުވަސްކޮޅަކަށް ފަހުއެވެ. ނަމަވެސް އެދެލޮލުން އަހަރެންނަށް ފެނުނީ މީގެ ކުރިންވެސް ފެނިފައި ހުރި ކުލަވަރުތަކެވެ. ދެލޯ ހުރީ ދުޅަވެފައެވެ. ނޭފަތުކުރި ހުރީ ރަތްވެފައެވެ. އެވަގުތު ތާޝާ އެތެރެއަށް ނޭފަތް ދަމާލިއެވެ. “ތާޝާ” އަހަރެންނަށް މަޑުމަޑުން ބުނެލެވުނެވެ. “ތީ ކާކު؟ މިތާ ކީއްކުރަނީ؟” ތާޝާގެ މިސުވާލުތަކުން އަހަރެން ހައިރާނެއް ނުވިއެވެ. އަހަރެންނާ ތާޝާއާއި އެއްވެސް ގުޅުމެއްނެތެވެ. އެހެންކަމުން އެސުވާލު ތާޝާއަށް ކުރެވޭނެއެވެ. ނަމަވެސް އަހަރެންގެ ހިތާއި ތާޝާ ގުޅިފައިވަނީ ކިހާ ވަރަކަށްކަން އަހަރެންނަށް ބުނެދޭންވެސް ނޭންގެއެވެ. “މާޒް..” އަހަރެންގެ ނަން ބުނެލީމެވެ. ނަމަވެސް މީ އަހަރެންގެ ނަން ތާޝާ ކައިރީ ބުނި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. “ކީއްކުރަނީ މިތާ؟” އަނެއްކާވެސް ތާޝާ އަހައިލިއެވެ. އެމޫނުމަތިން އަހަރެންނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ފެނިގެން ދިޔައެވެ. ތާޝާ ވާހަކަ ދައްކަމުންދިޔަ އާދައިގެ ގޮތުން އަހަރެނަށް ތާޝާއާއި ދިމަޔަށް ފިޔަވަޅެއް ނަގަން ހިތްވަރެއް ލިބިގެން ދިޔައެވެ. ކުރިއާއި ހިލާފަށް މިއަދު ރުޅިންނެއްވެސް ނޫޅެއެވެ. “އަހަރެން އުޅެނީ މިބައިގެ ކުރިމަތިން ހުންނަ ބައިގަ..” އަހަރެން ބުނެލީމެވެ. “ދެން އަހަރެން ކޮޓަރިއަށް ތިއައީ ކީއްކުރަން؟” އަނެއްކާވެސް ތާޝާ ކޮށްލީ އިތުރު ސުވާލެކެވެ.
“ތާޝާ ދެކިލާހިތުން!” އަހަރެންގެ ހިތުގެ އެދުން ހާމަކޮށްލީމެވެ. އަހަރެން އެހެން ބުނުމުން ތާޝާ އަހަރެންނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ދެން އަހަރެންނަށް ފެނުނީ އެދެލޯ ފެންކަޅިވެގެން ދިޔަތަނެވެ. އަހަރެން ބަލަން ހުރުމުން ތާޝާ އަނެއްފަރާތަށް އެނބުރެލިއެވެ. “ކޯންޗެއް ފޮރުވަން ތި އެނބުރުނީ؟ އަހަރެންނަށް ނުފެންނަ ކަމެއް ނޫން ތީ..” އަހަރެންނަށް އެހެން ބުނެވުނީ އިޚްތިޔާރަކާނުލައެވެ. އަހަރެން މިހެން ބުނުމުން ތާޝާ ދެލޯ ފުހެލުމަށްފަހު އަހަރެންނާ ދިމަޔަށް އަނެއްކާ އެނބުރެލިއެވެ. “މާޒް..” ފުރަތަމަ ފަހަރަށް ތާޝާ އަހަރެންގެ ނަމުން ގޮވާލިއެވެ. އަހަރެނަށް ބުނެދޭން ނޭންގޭ ފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. މިހާ ލޯބި ކުއްޖެއް އަހަރެންނަށް މިހާ ލޯބިން ގޮވާލާނެ ކަމަކަށް  ހުވަފެނުގައިވެސް ނުދެކެމެވެ. “އަހަރެންނަކަށް ތީ ކާކު ކަމެއް ނޭންގެ.. އިނގޭހާވެސް އެއްޗަކީ ރަށުގަ އުޅުންއިރު އަހަރެންނަށް ވަރަށް ފާރަލީކަން.. އަހަރެންވެސް ފަހުން ވަރަށް ބޭނުންވި މާޒްއާއި ބައްދަލު ކޮށްލަން.. އެކަމަކު އަހަރެންނަށް…” މިހެން ބުނުމަށްފަހު ތާޝާ ކިޔަން އުޅުން އެއްޗެއް މަޑުޖައްސާލިއެވެ. “އަހަރެންނަށް މާޒް ހުވަފެނުން ފެނުން..” ތާޝާ މިހެން ބުނުމުން އަހަރެން ތާޝާ އާއި ކައިރިވެލީމެވެ. ބިރުންގޮސް އެކުއްޖާ ފަހަތަށް ޖެހިލިއެވެ. “ރިލެކްސް.. އަހަރެން ނޫޅެން ތާޝާއަށް ކަމެއް ކުރާކަށް.. އަހަރެންނަށްވެސް ތާޝާ ހުވަފެނުން ފެނުން..” އަހަރެންނަށް މިހެން ބުނެވުންއިރު އަހަރެމެން ދެމީހުންގެ ހަތަރުކަޅި ވަނީ ހަމަވެފައެވެ. ދުޅަވެފައިވާ އެދެލޮލުން އަހަރެންނަށް ފެންނަމުން ދިޔަ ވޭނަށް ލުޔެއްދޭން އަހަރެން ކިތަންމެހައިވެސް ބޭނުމެވެ. އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ އިޔާޒްއެވެ. އަހަރެން އަވަހަށް ފޯނުނެގީ އިލްޔާސް ފެނުމުން އިޔާޒް ގުޅަނީ ކަމަށް ހީކޮށެވެ. ނަމަވެސް އިޔާޒް ގުޅީ ލަސް ވެގެންނެވެ. އެހެންނޫނަސް އަހަރެންނަކަށް މިހެން ހުރެވޭކަށްވެސް ނެތެވެ. އަހަރެންނަށް ހަމަޖެހިގެން ތާޝާއާއި ވާހަކަ ދައްކާލެވޭނީވެސް އިޔާޒްގެ ކައިވެންޏަށް ފަހުގައެވެ. “ދާން ޖެހިއްޖެ.. އެކަމަކު ދާކަށްވެސް ބޭނުމެއް ނޫން.. އަހަރެން އަދި އަންނާން..” އަހަރެން މިހެން ބުމުނުން މަސްނޫއީ ހިނިތުންވުމެއް ތާޝާ އަހަރެނަން ދިނެވެ. އެއީ ގަދަކަމުން ދިން ހިނިތުންވުމެކެވެ. ދާން ނިކުމެފައި އަހަރެން އަނެއްކާވެސް އެނބުރެލީމެވެ. “ފޯނެއް ގެންގުޅެންތަ؟” އަހަރެން އަހާލީމެވެ. ލަސްލަހުން ތާޝާ ބޯހޫރާލިއެވެ. އެވަގުތު ދޫކޮށް އައްސާފައި އޮތް ތާޝާގެ އިސްތަށިގަނޑު ނިއުޅިގެން ދިޔައެވެ. މޫނުމައްޗައް އެޅުން އިސްތަށިކޮޅު ކަންފަތްދޮށަށް ލަމުން އަނެއްކާވެސް އަރެންނާއި ދިމަޔަށް ބަލާލިއެވެ. އެވަގުތު ގޮސް އޮޅުލައިގަނެފާނަމޭވެސް އަހަރެންގެ ހިތަށް އެރިއެވެ. “ބައި” އޭ ބުނުމަށްފަހު އަހަރެން ދާން ހިނގައިގަތީމެވެ. އެ ބައި އަކީ އަހަރެން ދުވަހަކުވެސް ބުނާން ބޭނުންވާ އެއްޗެއް ނޫނެވެ. އަބަދުވެސް ލޯ ކުރިމަތީ ތާޝާ ބެހެއްޓުން އެއީ އަހަރެން މިހާރު އެންމެ ބޭނުންވާކަމެވެ. އެމޫނުމަތި އުޖާލާވެފައި ހުރުމުން ކިހާ ފުރިހަމަ ވާނެ ހެއްޔެވެ. އެރީތި ކަމުގެ އަޅަކަށް ވެގެން އުމުރު ދުވަހު އުޅެންޖެހުނަސް އަހެރެން މިހުރީ ތައްޔާރަށެވެ. އަހަރެން ހީކުރިގޮތާއި ހިލާފަށް ތާޝާ އަހަރެންނާއި ރީތިކޮށް ވާހަކަދެއްކުމުން، ތާޝާވެސް އަހަރެންނާއި ވާހަކަ ދައްކަން ބޭނުންކަން އަހަރެންނަށް އެނގިއްޖެއެވެ. އަދި އަހަރެން ދެކޭހިތުން ހުރިކަންވެސް ދެއްކި ވާހަކައިން އެނގިގެން ހިނގައްޖެއެވެ. ހިތް އުފަލުން ފޮޅުނީ މިސަބަބާ ހުރެއެވެ.

އުފާވެފައިހުރި އަހަރެންގެ މޫނު ފެނުމުން އިޔާޒް ވަރަށް ސުވާލު ކުރިއެވެ. އިޔާޒްމެން ގެއަށްދިޔަ މަގުމަތީގައި އަހަރެން ވީގޮތް ކިޔައިދިނީމެވެ. އަހަރެން ދެއްކި ވާހަކައިން އިޔާޒްވެސް ހުރީ ވަރަށް އުފާވެފައެވެ. ވާހަކައިގައި ތިބެގެން އިޔާޒްމެން ގެޔާއި ހަމަޔަށް ދެވުމުން ދެން އެވާހަކަ ހުއްޓައިލައި އަހަރެމެން ދެން ދައްކަންފެށީ ކައިވެނީގެ ވާހަކައެވެ. ކައިވެނީގެ ހަފްލާ ކުރިޔައްގެންދަން ހަމަޖެހިފައިވަނީ އިޔާޒްމެން ގޭގައެވެ. ހަމައެކަނި އާއިލާއާއި ގާތް ރައްޓެހިންނަށް ދައުވަތުދޭތީ ކައިވެނީގެ ހަފްލާ ބާއްވަނީ ވަރަށް ކުޑަކޮށެވެ. ނަމަވެސް މުޅިގެ ޒީނަތްތެރި ކުރުމަށް ހަމަޖެހިފައިވާތީ އަހަރެން ކުރަންހުރި މަސައްކަތް ވަކި ކުޑައެއްނޫނެވެ. އަހަރެން ވަރަށް ހަމަޖެހިލާފައި ގޭތެރޭގެ ކަންތައްތައްބަލަމުން ދަނިކޮށް އިޔާޒްގެ ދައްތަގެ ދަރިފުޅު ވެއްޓުނީ އަހަރެންގެ ގައިގައި ލައިގަނެފައެވެ. ދެއަހަރުގެ ރީމް ރޯންފެށީ ވަރަށްވެސް ބާރަށެވެ. އަހަރެން ރީމް ނަގައި އުރާލީމެވެ. ރީމްގެ ކަރުނުން ފުރިފައިވާ މޫނު ފެނުމުން އަހަރެންގެ ހަމަޖެހިފައިވާ ހިތް އަނެއްކާވެސް ނުތަނަވަސްވިއެވެ. ރީމް ރޯއަޑަށް އިޔާޒްގެ މަންމަ އައިސް އަހަރެން އަތުން ރީމް އަތުލިއެވެ. “ކުޑަކުއްޖަކު ހުއްޓުވަންވަސް ނޭންގޭ..” ރީމްގެ ކަރުނަތަށް ފުހެލަމުން އަހަރެންނާއި ދިމަޔަށް މިހެން ބުނުމަށްފަހު އިޔާޒްގެ މަންމަ އެތަނުން ނިކުމެގެން ދިޔައެވެ. އެވަގުތު އަހަރެންނަށް ސިފަވެގެންދިޔައީ ތާޝާގެ ހިތާމަވެރި މޫނެވެ. އަހަރެންނަށް ފެނުން ފުރަތަމަ ދުވަހުވެސް އިނީ ކަރުނަ ފުހޭށެވެ. ހިތާމަތަކުން ފުރިފައިވާ އެކުއްޖާއަށް ހިމާޔަތްތެރިކަންދޭން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ކުޑަކުއްޖަކު ހުއްޓުވާން ނޭންގޭ މީހަކަށް އަދި އެތައް ވޭނެއް ތަހައްމަލް ކުރަމުން އަންނަ ކުއްޖަކަށް ލުޔެއް ދެވޭނެ ހެއްޔެވެ. އަހަރެންގެ އެހިތްވަރު އެބަހުރި ހެއްޔެވެ. ތާޝާގެ ކަރުނަތަކުގެ ފަހަތުގައި ވަނީ ކޮން ސިއްރެއްކަމެއްވެސް އަހަރެންނަކަށް ނޭންގެއެވެ. ތާޝާގެ އަނދިރި ފަރާތް އިނގޭ ދުވަހަކުން އަހަރެން ތާޝާއާއި ދޭތެރޭ ދެކޭގޮތް ބަދަލުވިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ނޫނެކެވެ. އަހަރެންނަށް މިވިސްނެނީ ކިހިނެއްހެއްޔެވެ. ތާޝާވަނީ އަހަރެންގެ ނިދިވެސް ނަގާލާފައެވެ. އެކަމުގެ ބަދަލުވެސް ތާޝާ އަދި އަހަރެންނަށް ދޭން ޖެހޭނެއެވެ. ތާޝާވަނީ އަހަރެންގެ ހިތާއިވެސް ކުޅެފައެވެ. އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭނީ ތާޝާގެ ހިތް އަހަރެންގެ މިލްކަކަށް ވީ ދުވަހަކުންނެވެ. އެދުވަހަކުން އަހަރެންނަށް ތާޝާގެ ހިނިތުންވުން ފެންނާނެކަން ޔަގީނެވެ. އެދުވަހަކީ އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަހެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

އެފިނިމެންދަން 12

Next

މިހިތުގެ ފަސާނާ 16

Next
October 29, 2016

މިހިތުގެ ފަސާނާ 16

Previews
October 29, 2016

އެފިނިމެންދަން 12

21 Comments!

  1. aik says:
    October 29, 2016 at 1:31 pm

    Reethi..

  2. Samaa says:
    October 29, 2016 at 1:58 pm

    Dhen miharu komes ehcheh engen vahje nun haasaru dhigu nukohh

    1. Ifaau says:
      October 29, 2016 at 7:11 pm

      Aan dhw sama. Keiykohllaa mivaagotheh adhi ingeyne.?

  3. Aish says:
    October 29, 2016 at 2:13 pm

    Salhi..

  4. Qeen says:
    October 29, 2016 at 2:31 pm

    vvvv reethi

  5. Anonymous says:
    October 29, 2016 at 2:57 pm

    V reethi.

  6. Aishu says:
    October 29, 2016 at 3:09 pm

    Haadha keiytherikan kuda kudhin ves ulhe ey dhw

  7. Haly says:
    October 29, 2016 at 3:51 pm

    Haadha kuray

    1. Ifaau says:
      October 29, 2016 at 7:14 pm

      Next part dhigukohllaanah insha allah?

  8. yaana says:
    October 29, 2016 at 4:33 pm

    vv reethi mi baives

  9. Ifaau says:
    October 29, 2016 at 7:15 pm

    Thank you hurihaa kudhin. Next part will be uploaded soon insha allah.?❤

  10. ? says:
    October 29, 2016 at 7:28 pm

    v reethi

  11. ?? says:
    October 29, 2016 at 8:48 pm

    VV REETHI

  12. Ilyasbe says:
    October 29, 2016 at 9:26 pm

    Ilyasbe men geyah vagah ves vannan feshy dho mihaaru.

  13. Maaz says:
    October 29, 2016 at 11:45 pm

    ilyasbe thiulhenee aharenge hithuge malakaa vagahnagaigen viyyah ehenvevani reethi vaahakaeh

  14. Thaasha says:
    October 29, 2016 at 11:57 pm

    Ilyasbe and maaz plz leave me alone.

  15. Qeen says:
    October 30, 2016 at 7:16 pm

    Ey haadha lahey

  16. fathun says:
    October 31, 2016 at 12:34 pm

    Vvvvv reethi..

  17. fathun says:
    October 31, 2016 at 12:39 pm

    ?dhn vaany kihineh baa!!!

  18. Lara says:
    October 31, 2016 at 7:41 pm

    When will you update the new part? and the story is awesome..Keep it up

  19. Qeen says:
    October 31, 2016 at 7:57 pm

    Dhen avaskohbala

Comments are closed.

Next Episodeތާޝާ (އަށްވަނަ ބައި)←


All Right Reserved!