Skip to content
އެސްފިޔަ

ވާލޯބި އެނގޭނަމަ… 4

ފާރުގައި ލެގިލައިގެން ހުރި އަލްޔާ ހުރީ ވެދިޔަ ކަންތަކުން އިސްއުފުލާ ލޫކަށް ބަލާލަން ވެސް ނުކެރިފައެވެ. އަލްޔާ ލޫކަށް ނުބަލަން މަސައްކަތްކުރާކަން އެނގުމުން ލޫކް ކައިރިއަށް ހިނިއައެވެ. މިރޭ ލޫކަށް ވެސް އެއްކަމެއް ޔަގީންވެއްޖެއެވެ. އެޔަގީން ކަމުގައި ލޫކް ހުރީ ސާބިތުކަމާއެކުގައެވެ. މިރޭ ވެގެން އެދިޔައީ ތާރީހުގައި ފަވާލަން ޖެހޭ ފަދަ ރެއަކަށެވެ. ލޫކްގެ ހަޔާތުގައި އައި އެންމެ އުފާވެރި ރެއަށެވެ. ހިތުން ތަފްހާގެ ނަން ފަނޑުކޮށްލާނެ ބާރު އަލްޔާގެ ފަރާތުން ލިބިއްޖެއެވެ. ނަމަވެސް ލޫކް ކެތްކުރާނެއެވެ. އަލްޔާގެ ފަރާތުން އިޝާރާތެއް ލިބުމުން ނޫނީ ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނާޅާނެއެވެ.

 

 

ސަޖޫލްގެ އަޑު ދޮރުގެ އަނެއް ފަރާތުން އަލްޔާގެ ކަންފަތުގައި ޖެހުމާއެކު ދަތްޕިލަ ފެންނަ ވަރަށް ބޮޑުކޮށް ހިނިތުން ވެވުނެވެ. ދޮރު ކައިރިއަށް ގޮސް އަވަސް އަވަހަށް ސަޖޫލަށް ގޮވާލާ ދޮރު ހަލާކުކޮށްލަން ބުންޏެވެ. ގޭގައި ވެސް ސަޖޫލް އަކީ ކަށިގަނޑު ބޭނުންކޮށްގެން އަލަމާރީގެ ދޮރުފަތްތަކާއި ވަޑާމުގެ ކުދިކުދި މަސައްކަތް ފަރިތަކަމާއެކު ކުރާ ކުއްޖެއް ކަމުން އެކަން ކުރާކަށް އުނދަގު ކަމަކަށް ނުވިއެވެ. ނަމަވެސް ތަންކޮޅެއް ގިނައިރު ނެގިއެވެ. ސަޖޫލަށް އަލްޔާ ފެނުމާއެކު ދެކުދިން އެކަކު އަނެކަކު ގައިގާ ބައްދާގަތެވެ. ބޮލުން އެތައް ޓަނުގެ ބުރަދަނެއް ނައްޓައިގެން ދާފަދަ އިހުސާސެއް އަލްޔާ އަށް ކުރެވުނެވެ. ހިމޭނުން ހުރި ލޫކް ސަޖޫލަށް ބަލާލާ ހިނިތުންވެލިއެވެ. ސަޖޫލް އަލްޔާ އަށް ބަލާލިއެވެ. އަލްޔާ ލޫކަށް ނުބަލަން އުޅޭ ކަން ސަޖޫލް ދެނެގަތެވެ. އަލްޔާ އާއި ލޫކާއި ދެމެދުގައި ކަމެއް ހިނގައިފިކަން ސަޖޫލަށް އެނގުމުން އަލްޔާގެ މޫނުގައި ފިރުމާލާ އަލްޔާގެ ލޮލަށް ބަލާލީ އެއްޗެއް ޔަގީންކުރަން އުޅޭ ކަހަލަ ގޮތަކަށެވެ.  “އަވަހަށް ހިނގާ”  އަލްޔާ ބުންޏެވެ. އަލްޔާ އާއި ސަޖޫލް ފަހަތުން ހިނގަމުން އައި ލޫކްގެ ނަޒަރު ހުރީ ކުރިމަތިން ފެންނަން ހުރި އަލްޔާ އަށް ހުއްޓިފައެވެ. އެ އަންހެންކުއްޖާ ލޫކްގެ ދިރިއުޅުން ބަދަލުކޮށްލައިފިއެވެ. ތަފްހާ އާއި އެކު ހަޔާތުގެ ބާކީ އޮތް ދުވަސްތައް ވަފާތެރިކަމާއެކު ހޭދަ ކުރެވޭނެ ކަމާމެދުު ލޫކަށް މިހާރު ޝައްކެވެ.

 

ހަފްތާބަންދަށް ވުމާއެކު އަލްޔާ އުޅުނީ ގޭތެރޭގައި ބުރަކޮށެވެ. އެއްޗެހި ދޮވުމާއި ތަންތަން ފޮޅާ ސާފުކުރުމުގައި ލީޑަރަކަށް ހުރީ އަލްޔާ އެވެ. ޝަރީފާ ކިޔާ ވަރުން ސަޖޫލް ވެސް މަސައްކަތުގައި ބައިވެރިކުރުވަމުން ދިޔައެވެ. ތަކުރާރުކޮށް އެއް ސުވާލެއް ސަޖޫލް ކުރާތީ އަލްޔާ ހުރީ ބޮލަށް އުނދަގުވެފައެވެ. މަސައްކަތުގައި ސަޖޫލް ބައިވެރިކުރެވުނު މޮޔަ ހީވެފައެވެ.

“ބުނެބަލަ ރޭގައި ތިދެމީހުން ދޭތެރޭގައި ހަމަ ކަމެއް ނުހިނގާތަ”  އަނެއްކާ ހަމަ އެ ސުވާލެވެ. މިއަދު އިރުއެރި ފަހުން ސަޖޫލް އަލްޔާ އާއި އެސުވާލު އެކުރީ ސަތޭކަ ވަނަ ފަހަރުއެވެ. އަލްޔާ ސަޖޫލް އަށް ދެލޯ އަޅާލިއެވެ. “ނުހިނގައޭ އެއްވެސް ކަމެއް” ހަރުގަނޑަކަށް އަރާ ސިޓިންގްރޫމް ފަންކާ ފޮޅަން ހުރި އަލްޔާ ހަރުގަނޑުގައި ހިފަހައްޓައިގެން ހުރި ސަޖޫލަށް ބަލާލަމުން ކުރުކޮށް ޖަވާބުދިނެވެ. އެދެމެދުގައި ހިނގި ކަމެއް އަދި އެއްވެސް މީހަކާއި ހިއްސާ ކުރާކަށް އަލްޔާ ބޭނުމެއް ނޫނެވެ. ސަޖޫލް އަނގައަށް ގޮތެއް ހަދާލީ އަލްޔާ ދޮގު ހަދަނީކަން އެނގުމުންނެވެ. ދެން އެހެންވިއްޔާ މަށަށް އެގުޅީ ކާކު ނަންބަރަކުން. ތި ދެމީހުންގެ ފޯނު ވެސް ބޭނުމެއް ނުކުރެވޭ. އެއީ ފޫޅުދިގުހަންޑި ގެނެސްދިން ފޯނެއް ދޯ”  ސަޖޫލް މަލާމާތް ކުރާ ކަހަލަ ގޮތަކަށް ވާހަކަދެއްކިއެވެ. އަލްޔާ ކައިރިއަށް ހިނިއައެވެ.  “ނޫނޭ. އޭނައެއް ނުބުނޭ ކުރިން އެފޯނު އޮތް ވާހަކައެއް. މަށެއް ނުވެސް އަހަން ވިއްޔާ. އޭނަ ބުނީ ޖީބުގައި އޮތް ފޯނު އެއީ ވަރަށް މައްސަލަ ޖެހޭ ފޯނެކޭ. ރޭގައި އެ ފޯނު ބޭނުންކުރެވޭ ގޮތް އެވީ ބައިޗާންސަކުން” ހަރުގަނޑުން ފައިބާ ނޭފަތް މަތީގައި އަޅާފައި އޮތް ސްކާފް ނަގަމުން އަލްޔާ ބުންޏެވެ.  “ދެން އޭނަގެ ވާހަކަ ނުދައްކަބަލަ. އޭނަގެ ހުރޭ ގާރލްއެއް. ސޯ އެއީ މަގޭ ޓައިޕެއް ނޫން”  އަލްޔާ ބުންޏެވެ. އަލްޔާގެ ވާހަކަ ސަޖޫލް ގަބޫލުކުރިއެވެ. ނަމަވެސް ކޮންމެސް އެހެން ކަމެއް އުޅޭ ކަމުގައި ހިތް ބުންޏެވެ.

 

“މިރޭ ވެސް ކައެ ގެއްލޭނީ އެއްނޫން. ނޭނގެ އެމަންޖެ ގޮވައިގެން ރޭގައި ވަދެ އޮތް ތަނެއް ވެސް”  އައްޔަ ކައިގެން ނިކުތް ލޫކާއި ދިމާކޮށްލިއެވެ.  “ރޭގައި ދޯ. ރޭގެ ވާހަކަ ނުދައްކާ. އާހް. މަގޭ ހިތް ގެއްލިއްޖެ ރޭގައި”  މޭގައި އަތްއަޅާލަމުން ލޫކް އެކްޓެއް ކޮށްލިއެވެ.  “ކައިވެނީގެ ފަހުން ކުރަން ވެސް އާ ކަމެއް ބާއްވައްޗެ”  ކަރަންފުލެއް އަނގައަށް ލަމުން ހިނގައިގަންނަން އުޅުނު ލޫކަށް ފައިސަލް އެއްޗެއް ބުނެލިއެވެ. “ހެހެހެ.. ކައެ ވެސް ދޯ. ކޮންމެސް އެއްކަމެއް ބާއްވާނަން އާކަމެއް ގޮތުގައި ކުރަން”  ހެމުން ހެމުން ލޫކް ބޭރަށް ނިކުތް އިރު ތަފްހާާ ލަސްވެގެން ގުޅަނީއެވެ. އޭރު ވެސް އަލްޔާ އާއި މެދު ވީ ކަންތަކުން ލޫކް ގެ ހިތަށް ލިބިފައިވާ އުފާވެރިކަން މާ ބޮޑެވެ.

އެނދުގައި އޮތް އަލްޔާ ނުނިދިގެން ދެފަރާތަށް ފޮރޮޅެނީއެވެ. ލޫކްގެ ސޫރަ ވަނީ އެހިތުގައި ވަކި ހިއްޕާލާފައެވެ. އެކަހަލަ ވަގުތު ކޮޅަކަށް ދެވަނަ ފަހަރަށް ވެސް އެދެވެނީއެވެ. އަލްޔާގެ ހިތް ވަނީ އެއްކޮށް ލޫކް ގެންގޮށްސައެވެ. ލަދުން މޫނު ފޮރުވާލި އަލްޔާ އަށް ހިނިތުންވެވުނީ ހިޔާލަށް ފެނުނު މަންޒަރުން އަމިއްލަ އަށް ލަދުގަތީމައެވެ. އިސާހިތަކު މަންޒަރު އަލްޔާގެ ލޯ ކުރިމަތީގައި ސިފަވާން ފެށިއެވެ.

ބޯކޮށް ވާރޭ ވެހޭ އަޑު އިވެމުން ދިޔަސް ގުގުރުން އެއްކޮށް ހުއްޓާލުމުން އަލްޔާ ލޫކާއި ދުރުވެލިއެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓުމަށްފަހު ދަބަހުން ނެގި ދަތިން އިސްތަށިގަނޑު މައްޗަށް ނަގާ ހައްޔަރުކޮށްލުމަށްފަހު އެނބުރުނު އަލްޔާ ސިހުނީ ވަރަށް ކައިރީގައި ހުރި ލޫކް ފެނުމުންނެވެ. ލޫކްގެ ލޯ އަލްޔާގެ ލޮލާއި އަމާޒުކޮށްލިއެވެ. ހަމަ އެހިނދުގައި އަލްޔާ އިސްޖަހާލީ ލޫކްގެ ލޮލުގައި ވަނީ ކީކޭކަން އެނގުމުންނެވެ.

އިސްޖަހާލި އަލްޔާގެ ދަތްދޮޅި ދަށަށް އިނގިލި ލައްވާލަމުން ލޫކް އެމޫނަށް އުފުލާލިއެވެ. އެހިނދު ވިދާލި ވިދުވަރާއެކު އަލްޔާ ލޫކްގެ މޭގައި ލައްވެލިއެވެ. ގުގުރާލާނެ ކަމަށް ހީކުރިޔަސް އެކަން އެގޮތަށް ނުވިއެވެ. އަލްޔާގެ ގައިގާ ލޫކްގެ އަތް ވަށާލިއެވެ. ލޫކްގެ ހޫނު ނޭވާތައް އަލްޔާގެ ކަނދުރާއަށް އެޅެން ފެށުމުން ދެލޯ އަލްޔާ އަށް ދެލޯ މަރާލެވުނީ އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުމުންނެވެ. އަލްޔާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގަތީ ލޫކްގެ ހޫނު ތުންފަތް އަލްޔާގެ ކަނދުރާގައި ޖެހުމުންނެވެ. އެހިނދު އަލްޔާ އަށް ލޫކްގެ ބުރަކަށީގައި ވަށާލާފާއިވާ އަތަށް ބާރުކޮށްލެވުނީއެވެ.

އަލްޔާ ކޮށްލި ހަރަކާތުގެ މާނަ ލޫކް އަށް ވެގެން ދިޔައީ ހިއްވަރަކަށެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ލޫކް އާއި އަލްޔާ ގެ ހިތުގައި އެކަކު އަނެކަކަށްޓަކައި ފޮރުވިފައިވާ ލޯބީގެ ފުރަތަމަ ހަދިޔާ ބަދަލުކޮށްލެވުމެވެ. ނޭވާ ހުސްވެގެންދާން ކައިރިވިއިރު ވެސް ދެހިތަށް އެނގުމެއް ނުވެ އެވަގުތުކޮޅު ދިގު ވެގެން ދިޔައެވެ. ދެހިތަށް ވެސް ލިބިފައި ވަނީ އިންތިހާ ދަރައިޖައިގެ އުފާވެރިކަމެވެ. ލޫކްގެ ލޯބިވެރިއެއް ހުންނަ ކަން އަލްޔާ ހަނދާންވުމާއެކު އަވަސް އަވަހަށް ދުރަށް ޖެހުނެވެ. މޫނު އަނެއް ފަރާތަށް އަނބުރާލާ ވެދިޔަ ކަންތަކަށް މާފަށް އެދުނެވެ. އަލްޔާ އަށް އިންތިހާ އަށް ބޭނުންވެފައި ހުރި ލޫކް ހިއްސުތައް ހަމައަކަށް އަލުވާލުމަށް ވަގުތު ކޮޅެއް ނެގިއެވެ.  “އައި އެމް އޯލްސޯ ސޮރީ”  ލޫކް ވެސް މާފަށް އެދުނެވެ.  “ބަޓް އައި ރިއަލީ ލައިކް ޔޫ”  އަލްޔާގެ ހިތަށް ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ.

“ގަބޫލުކުރޭ. މީ އަހަރެންގެ އެންމެ ފުރަތަމަ ކިސް. އަދި މަށަށް އެނގޭ ލައި ގެ ވެސް ފަސްޓް ކިސްކަން. އެންޑް ޓްރަސްޓް މީ. މި ކިސް އަހަރެންގެ މުޅި ހަޔާތް ހިނދުކޮޅެއްގެ ތެރޭގައި ބަދަލުކޮށްލައިފި. އަދި މިރޭގެ މިވަގުތުކޮޅު އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލާ ނުދާނެ. އެންޑް އައި ޕްރޮމިސް މިރޭ އަހަރެމެން ދެމީހުން ދޭތެރެ މިވީ އެއްވެސް ކަމެއް ތިންވަނަ ފަރާތަކަށް އަހަރެންގެ ފަރާތަކުން އެނގިގެން ނުދާނެ”  އަލްޔާގެ ފަރާތުން ޖަވާބެއް ލިބޭތޯ ލޫކް އިންތިޒާރުކުރިއެވެ. ނަމަވެސް އެންމެ ބަހެއް ވެސް އަލްޔާ ނުބުންޏެވެ. ލަދުގަނެފައި ކަމެއް ނުވަތަ ވެދިޔަ ކަންތަކުން ކަންބޮޑުވެފައި ކަމެއް ނޭނގެއެވެ. ސައިޑަކުން އަލްޔާގެ މޫނަށް ބަލަން ލޫކް ހުރިކަން އެނގުމުން އަލްޔާ އިސްޖަހާލިއެވެ. ލޫކް ގެ ތޫނު ނަޒަރަށް އަލްޔާ އަށް ކެތްނުވުމުން މޫނުގައި އަތް އަޅާލި ވަގުތު ލޫކްގެ ހުނުމުގެ އަޑު ފާހާނާ ތެރޭގައި ގުގުމާލިއެވެ.

އަލްޔާއަށް ހީވީ ކަންފަތް ދަށުން ލޫކް ހީލި އަޑު އިވުނުހެންނެވެ. މެއާއި ހަމައިން ބައްދާލައިގެން އޮތް ބާލީސް މޫނުމަތީގައި އަޅާލީ މަންޒަރު ހިޔާލު ކުރެވުނު ހިނދު އަމިއްލަ އަށް ވެސް ލަދުވެތިކަން އިހުސާސް ކުރެވުމުންނެވެ.

 

“އަދި ބޭނުމެއް ނޫން ލައި ކައިރީގައި ބުނާކަށް. މިކޮޅުގައި ދުވަސްކޮޅަކު އެބަ ޖެހޭ މަޑުކުރަން ވެސް. ބޭނުމީ ޖޫނީ އަށް ރެސްޓް ދޭން. މަންމަ ވެސް މިފަހަރު އަންނަ ކަން އެނގުނީމަ ލައި އުފާވާނީ އަދި. އަނެއްކާ ދޮންދައްތަމެން ނުފެންނަތާ ކިހާ ދުވަހެއް މިވީ އެމަންޖެއަށް”  އަބްދުއްޝަކޫރު ވާހަކަ ދެއްކީ އޭނާގެ މަންމަ އަދި އަލްޔާ އާއި ޖުނާލް ގެ މާމަ ރަތީބާ އާއެވެ. ރަތީބާ އާއި އޭނާގެ ދެ އަންހެންދަރީން ޝީރީން އަދި މުނާ ދިރިއުޅެނީ ސިންގަޕޯރ ގައެވެ. ރަތީބާ ގެ ފިރިމީހާ ހުސެންކަލޯ ވަނީ މީގެ އަހަރުތަކެއް ކުރިން ކުއްލި މަރެއްގައި ނިޔާވެފައެވެ. އެހިސާބުން ރަތީބާ ގެ ޒިއްމާ ނެގީ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަބްދުއްޝަކޫރެެވެ. ނަމަވެސް ޝީރީންގެ ހަޔާތަށް މާލޭ މުއްސަންޖަކު އައުމާއި ގުޅިގެން ދިރިއުޅުން ރާއްޖޭންބޭރަށް ބަދަލު ކުރި އިރު އެކުގައި ރަތީބާ ވެސް ދިޔައީ އެކަމަށް ޝީރީން އަދި ނަދީމް އެދުމުންނެވެ. އަންހެންދަރިއެއް ކައިރީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އާއިލާ ހުރިހާ މެންބަރުންނަށް ވެސް ދެކޭތީއެވެ. ރަތީބާ އާއި ޝީރީން އަދި މުނާ ރާއްޖެ އެއައީ ބަރާބަރު ވިހި އަހަރު ފަހުންނެވެ. މުނާ ގެ ފިރިމީހާ އަކީ ރާއްޖޭ މީހަކަށް ނުވާތީ މިދަތުރުގައި މުނާގެ ފިރިމީހާ އާއި އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ޔަޒާ ބައިވެރިއެއް ނުވޭއެވެ. ޔަޒާ ފޫހި ފިލުވުމަށްޓަކައި ޝީރީންގެ ދަރިން އިކާ އާއި ކާވިން ވެސް ބައިވެރި ނުވީއެވެ. އެކުދިންނަށް ރާއްޖެ އަކީ ފޫހި ތަނެއްގެ ގޮތުގައި ދެކެވެނީ އުފަންވީއްސުރެ ފެށިގެން ވެސް ރާއްޖެ ހަމަލޮލަށް ފެނިފައި ނުވާތީއެވެ. ނަމަވެސް ޝީރީން އާއި މުނާ ނިންމައިގެން ހުރީ ކޮންމެސް އެއްދުވަހަކުން އާއިލާ ހުރިހާ މެންބަރުން އެއްކޮށް އެއްފަސްގަނޑުން ބައްދަލުކުރުމަށެވެ. ޖުނާލުގެ ބައްޔަށް ކުރި ބޭހުން ކެންސަރު ވަނީ މުޅި ހަށިގަނޑުން ނައްތާލެވިފައެވެ. އެހެންކަމުން މާލެ އައިސް އުޅޭކަން އަދި އަލްޔާ އަށް އަންގާފައެއް ނުވޭއެވެ. މިޔާނާ އަދި އަބްދުއްޝަކޫރު ބޭނުންވަނީ އެދަރިފުޅު ހިތްހަމަޖައްސާލުމަށްޓަކައި ކުއްލިއަކަށް ލޮލަށް ފެންނާށެވެ.

 

ގޭތެރޭގައި ގުގުމާލާފައި ވަނީ ޝަރީފާގެ ހުނުމުގެ އަޑެވެ. ވަގުތަކީ މެންދުރުގެ ވަގުތެވެ. ގޭގައި އެވަގުތު އުޅުނީ ސަޖޫލް އެކަންޏެވެ. އަލްޔާ ވީ ސްކޫލްގައެވެ. ފާހާނާއިގާ ފެންވަރަން ހުރި ސަޖޫލް އަށް ޝަރީފާގެ އަޑު އިވެމުން ދިޔައެވެ. ފާހާނާ އިން ނިކުމެ އިސްތަށިގަނޑުގައި ތުވާލި އޮޅާލަމުން ސަޖޫލް ބޭރަށް ނިކުތް އިރު ޝަރީފާ ފެންނާކަށް ނެތެވެ. ބަދިގޭ ދޮރަށް އެރި އިރު ޝަރީފާ ހުރީ އުދުން ކައިރީގައި ރިހަކޮޅަށް ހޫނު ކުރާށެވެ. ސަޖޫލް ފެނުމުން ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލިއެވެ.  “މަންމާ! މަންމަގެ އަޑެއް ނޫންތަ އެއިވުނީ ދެންމެގަ. ކިހިނެއްވީ! ބައްޕަ ގުޅީތަ؟”  ސަޖޫލް ހުރިހާ ސުވާލެއް ކުރިއެވެ.  “ދަރިފުޅާ އުފާވާނެއްނު. އަޅެ މިހާރު ހީވޭތަ މަންމަ ހިކިއްޖެހެން”  ސަޖޫލް ޝަރީފާގެ ފުރިހަމަ އިސްކޮޅަށް ބަލާލިއެވެ. ވަކި ތަފާތެއް ފާހަގަ ނުވުމުން ޝަރީފާ އަށް ބަލާލަމުން ދެފަރާތަށް މޫނު ތަޅުވާލިއެވެ.  “އަޅުގަނޑަކަށް ހިއެއް ނުވޭ. މަންމަ އަށް ހީވަނީތަ އެހެން” ސަޖޫލް ބުންޏެވެ.  “މަންމަ ދަރިފުޅު ގޮތަށް އިލޮށްޓެއްހެން ހުއްޓަސް ދުވަހަކު ވެސް ނުބުނާނެ ހިއްކޭ”  ޝަރީފާ ތުންއަނބުރާލި ގޮތުން ސަޖޫލް ކައިރިއަށް ހިނިއައެވެ.

“ދެން ބުނެބަލަ މީހަކު އެހެން ބުނީތަ”  ޝަރީފާގެ އަތުގައި ހިފާލަމުން ސަޖޫލް އަހާލިއެވެ. “އާނ މިއަދު ފާތުމަ ކައިރިއަށް އެގެއަށް ގޮސް އެގޭގައި ހުންނަ ކައްޓާ އިން ކިރާލިން މަންމަ. ކުރިން ހުރީ ސަތޭކަ ވިހި ކިލޯ. މިހާރު ސަތޭކަ ނަވާރަ ކިލޯ. އަޅެ މަންމަ އެއްމަސް ދުވަސް ވަންދެން ކުރި މަސައްކަތުން ކިހާ ބޮޑުވަރެއް މިވީ” ޝަރީފާ ބުނި އެއްޗަކުން ސަޖޫލް ކައިރިއަށް އައީ ހިންޏެވެ. ޝަރީފާ ސަޖޫލްގެ އަތް މަތީގައި ޖަހާލިއެވެ. ސަޖޫލް އަށް ހުނުން ކޮންޓްރޯލް ނުކުރެވިގެން އުޅެނިކޮށް އަލްޔާ ބަދިގެ އަށް ވަނެވެ. ވީގޮތް ޝަރީފާ އަލްޔާ އަށް ކިޔާ ދިނުމުން ސަޖޫލް އާއި ހިލާފަށް އަލްޔާ ޝަރީފާ އަށް ހިތްވަރު ދިނެވެ. އަދިވެސް ބޮޑަށް ރޭގަނޑުގެ ކެއުމަށް ބަލައިގެން އުޅެން ބުންޏެވެ. ސަޖޫލް އަށް ވެސް ހިނިގަނޑު މަތަކުރުމަށްފަހު ޝަރީފާގެ ގައިގާ ބައްދާލިއެވެ. މަންމަގެ ކޮލުގައި ބޮސްދިނުމަށްފަހު ސޮރީ އޭ ބުނެލިއެވެ. އަދިވެސް ބޮޑަށް ގެއަށް އާދަނު ފޮނުވާފައި ހުރި ޓްރެޑްމިލްގެ ބޭނުން ކުރުމަށް ބުންޏެވެ.

މޫނުގައި ފުށްމާގަނޑު ހާކާލާ މޭކަޕް ކުރަންް ހުރި ސަޖޫލް އެނދުގައި ވާހަކަ ފޮތެއް ކިޔަން އޮތް އަލްޔާ އަށް ބަލާލިއެވެ.  “އަޅެ ލައި ހަމަ ނުދާންތަ ތިއޮތީ. ހިނގާބަލަ. ވަރަށް މަޖާވާނޭ”  ކިޔަން އޮތް ފޮތް ލައްޕާލަމުން އަލްޔާ އެނދުގައި އިށީނދެލާ ސަޖޫލަށް ބަލާލިއެވެ. އަދި ލައިގެން އިން ޓީޝާޓުގެ ދެކޮނޑުގައި ހިފާ ފަހަތަށް ދަމާލިއެވެ.  “ދެން ތަނަކު ފުޓްބޯޅަ މެޗެއް ކުޅޭއިރަށް މަޖާވޭތަ. ސަޖޫޫ ދޭބަލަ. މަ ގޭގއިަ އޮންނާނީ. އެހެންނޫނަސް ބަނޑުގައި ވެސް އެބަ ރިއްސާ މިއަދު”  ފަރުވާކުޑަ ގޮތަކަށް އަލްޔާ ބުންޏެވެ. “އޮވޭ. ވަގުތެއް ވެސް ނެތް. މިއަދު ކުޅެނީވެސް ޕޮލިސް ޓީމް. އެމީހުންނަށް މިއަދު ވަރަށް ޔަގީންކަން އެބައޮތޯ މޮޅުވާނެ ކަމުގެ. ކޮންމެސް ލޫކެއްް ތޯއްޗެ އަރާނެޔޯ މިއަދު. އަނެއްކާ ފެނަކަ ޓީމުގަ ނުވެސް ނެތް ކުޅެވޭ ވަރުގެ މީހެއް”  ހަރުގައި އަޅުވާލާފައި އިން ކުޑަކުޑަ ދަބަސް ކޮނޑު ހުރަސްކޮށް ކުރިމައްޗަށް އަޅުވާލުމަށްފަހު ސަޖޫލް ނިކުމެގެން ދަމުން އެދިން ހަބަރަކުން އަލްޔާގެ ހިތް ތެޅިލައިފިއެވެ. ލޫކްގެ ނަން އިވުނަސް އަލްޔާ އަށް މިއޮށްވާ ގޮތެއް ދޯ އެވެ. ލޫކާއިއެކު ހޭދަވި އުފާވެރި ވަގުތު ކޮޅު ހިޔާލަށް އައުމުން ތުންފަތުގައި ދަތް އަޅާލެވުނެވެ. ކޮންމެހެން ވެސް އެމެޗް ބަލަން އަލްޔާ ދާނެއެވެ. މީގެ ކުރިން ދުވަހަކު ވެސް ރަށުގައި ކުޅުނު މެޗަކަށް އަލްޔާ ގޮސްފައި ނުވިޔަސް މި މެޗް ބަލަން އަލްޔާ ދާނެއެވެ. ކުރިން ފެންވަރާލައިގެން އޮވެވުނުކަން ނަސީބޭ އަލްޔާ ހިތަށް އެރިއެވެ.

ފިޔާތޮށިކުލައިގެ ޖާރޒީ ގަޔަށް ހެއުވަރު ކުރުމަށްޓަކައި މިހާރު ލައިގެން ހުރި ޓީޝާޓު ބޮލުން ވަކިކޮށްލުމާއެކު ލޫކަށް ހުރެވުނީ މާދުރު ނޫން ހިސާބެއްގައި ހުރި އަލްޔާ އަށް ފެނި އެދިމާލަށް ބަލަހައްޓައިގެންނެވެ. ލޫކްގެ ފުރިހަމަ ހަށިގަނޑު ފެނި އަލްޔާ އިސްޖަހާލި ގޮތް ލޫކަށް ވަރަށް ކަމުދިޔައެވެ.  “އޯވް… ގުޑްލަކް ބޭބީ”  އަލްޔާ އާއި ދާދި ކައިރީން އެހެން ބުނުމުން ސިހިފައި ފަހަތް ބަލާލިއެވެ. ތަފްހާ ފެނުމުން އަލްޔާގެ މޫޑު ގޯސްވިއެވެ. އަލްޔާ ތަފްހާ އަށް ބަލާލި ވަގުތު ލޫކަށް ތަފްހާ ފޮނުވާލި ފްލައިން ކިސް ވަރަށް ރީއްޗަށް ފެނުނެވެ. އެހިނދު އަލްޔާގެ އަމިއްލަ ހިތަށް މަލާމަތް ކުރެވުނެވެ. މީހެއްގެ ހައްގަކަށް އަރައިގަނެވެން އުޅޭ ކަމުގެ އިހުސާސް ފުރަަތަމަ ފަހަރަށް ކުރެވުނެވެ. އަލްޔާ އަށް ވީ ގޮތް ފެނުމުން ލޫކަށް ރުޅިއާދެވުނީ ތަފްހާ ދެކެއެވެ.

އަލްޔާ އިސްޖަހާލައިގެން ހުރެ މީހުން ތަކުން ނެއްޓި ފަހަތުގައި މަޑުކުރިއެވެ. ލޫކަށް ނުފެންނާނޭ ހިސާބުގައެވެ. “ސަޖޫޫ! މިފެންނަނީ އަނެއްކާ ކޮންކަހަލަ މަންޒަރެއްބާ”  ދަނޑުމެދަށް ބަލަހައްޓައިގެން ހުރި އަލްޔާ ދައްކާލަމުން އައިޝާ ސަޖޫލް ކައިރީގައި އަހާލިއެވެ. “ލައި! ތީ. ތީ ނާންނަން ބުނި މީހާ. އަނެއްކާ ބިޓެއް ހުރީ ދޯ ކުޅެން”  ސަޖޫލް އަލްޔާ އާއި ދިމާކޮށްލިއެވެ.  “ގޭގައި މަ އެކަނިތަ އޮންނަންވީ. ސަޖޫޫ ވެސް ދައްތަ ވެސް މިތަނުގަ. ހިތަށްއެރީ އަންނާނީއޭ”  އަލްޔާ ވާހަކައެއް ހަދާލިއެވެ. “މިތަނުން ރަނގަޅަށް ނުވެސް ފެނެއެއްނު. އެތިބީ މަންމަމެންގެ ގުރޫޕް. ހިނގާބަލަ އެދިމާލަށް. އެހެންނޫނަސް ޕޮލިސް ޓީމަށް ޖޫސް ގެނައީ މަންމަ އާއި އާތަންތަ”  އަލްޔާ އަތުގައި ހިފާ ދަމަމުން ސަޖޫލް ގޮސް މަޑުކުރީ ޝަރީފާ އާއި ދާދި ކައިރީގައެވެ. ކައިރީގައި ހުރި ދަގަނޑުގައި ލެގެމުން އަލްޔާ ގެ ނަޒަރު ސީދާކޮށްލީ އެގޮތްމިގޮތަށް އެތުރި ތިބި ކުޅުންތެރިންނަށެވެ. ލޫކް ހޯދާކަށް އަލްޔާ އަށް އުނދަގުލެއް ނުވިއެވެ. މެޗް ފެށިގެން ކުރިއަށް ދިޔައިރު ލޫކްގެ މާމޮޅު ކުޅުމެއް އަލްޔާ އަށް ނުފެނެއެވެ. އެއާއި ހިލާފަށް ކުރިން އަލްޔާ ހުރި ދިމާލަށް އިރުކޮޅަކާއި ލޫކް ބަލާލާ ކަން އަލްޔާ އަށް ފާހަގިވިއެވެ. ދެޓީމްގެ ސަޕޯރޓަރުންގެ ހަޅޭކުގެ ސަރަހައްދުގައި ގުގުމާލާފައި ހުރިއިރު އަލްޔާ އަށް ވަކިން ތަފްހާގެ އަޑު އިވެއެވެ. ތަފްހާގެ ދުލު ކުރީގައި ‘ބޭބީ’ ނޫން އެއްޗެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ޓީމުގެ އެހެން ކުދިން ފަހަތުން ބަނޑު ފެންނަ ވަރަށް ޖާރޒީ ހިއްލާލައިގެން މޫނު ފޮހެމުން ކުރިއަށް ހިނގާފައި އައި ލޫކަށް އެތަނުގައި ހުރި އަލްޔާ ފެނުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް  ޖިސްމަށް ލިބިގެން ދިޔައެވެ. ޝަރީފާ ދިއްކޮށްލި ލެމަން ފުޅީގައި ހިފަމުން ލޫކް އަލްޔާ އަށް ބަލާލިއެވެ. އެވަގުތު އެއީ އަލްޔާ ވެސް ލޫކަށް ބަލާލި ވަގުތެވެ. ލޫކްގެ ފަހަތުން ދުވެފައި އައި ތަފްހާ ފެނުމުން އަލްޔާ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރި ފޯނާ ކުޅެން ކަމަށް ހެދުނެވެ.  ތަފްހާ ލޫކްގެ މެދުހަށީގައި ބައްދައިގަތީ ކައިރީގައި ތިބި މީހުންނަށް ވެސް ބަލާނުލައެވެ. ސަޖޫލް ކައިރީގައި އެއްޗެއް ބުނަން ފަހަތަށް އެނބުރުނު އަލްޔާ އަށް އެމަންޒަރު ފެނުމުން ހިތްރޯލިއެވެ.  “ބޮއްތީ އަޅުގަނޑު ގެއަށް ދަނީ”  އަސްލު އެއީ އަލްޔާ ބުނަން ބޭނުންވި ޖުމްލަ އެއް ނޫނެވެ. ލޫކަށް ވެސް ހުރެވުނީ އަލްޔާ އަށް ބަލަހައްޓައިގެންނެވެ. ހިތްހަމަނުޖެހިފައި ތަފްހާގެ އަތުގައި ހިފާ ދުރަށް ލަމުން ލޫކް ހީލިއެވެ. އަނެއްކާ ވެސް އަލްޔާ އަށް ބަލާލިއިރު އަލްޔާ ހުރީ އައްޔަ އާއި ކޮންމެސް ސަމާސައެއް ކުރާށެވެ.  “ބޭބީ މިފަހަރު ވާނެ ގޯލު ޖަހަން. ތަފޫ ފެންނަން ހުންނަ އިރު ވެސް ލޫކް އަކަށް ނުކުޅެވޭ ދޯ”  ތުއި ވެލަމުން ތަފްހާ ލޫކްއަށް ބުނެލިއެވެ. އެއަޑު އަލްޔާ އަށް ވެސް އިވުނެވެ. ކަށިގަނޑު ފުމެލުމާއެކު ހުރިހާ ކުޅުންތެރިން ދަނޑަށް އަރަން އަވަސްވިއެވެ. ނޭނގޭ ކަމަށް ހަދާފައި ލޫކް އަލްޔާ އާއި ކައިރިވެލާ ދުރަށް ބަލާލަމުން “ޕްލީޒް. މެޗް ނިމެންދެން މަޑުކުރައްޗޭ”  ބުނެލަމުން އަތުގައި އޮތް ފެންފުޅި އަލްޔާ އަތަށް ދެމުން ދަނޑަށް އަރަން ދުއްވައިގަތެވެ. އަލްޔާ ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ލޫކް ގެ ގާރލް އަކީ ތަފްހާ އެވެ. ވީއިރު މަޑުކުރަން އަލްޔާ ކައިރީގައި ބުނީ ކީއްވެހެއްޔެވެ؟  ތަފްހާ އާއި ލޫކް ލޯބިން މާފޮޅުވާ މަންޒަރު ދައްކަން ހެއްޔެވެ؟ އިދިކޮޅު ކުޅުންތެރިންގެ ފައިގާ ބޯޅަ ޖައްސާލަން ވެސް ނުދީ ކުރިއަށް ދިޔަ ލޫކަށް ބަލަން އަލްޔާ ހުރިއިރު ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (32)

  1. Ushaali

    hey guyx… how is everyone… here is new episode… kiyaalafa comment kollache… 🙂 🙂 🙂

  2. mash

    V nice keep it up

    1. Ushaali
      mash

      thanks mash 🙂

  3. Mi

    V v rewthi…look n alyaa gulhuvaathi
    Nikhaa ey kiyaaa manje nugennaathi…

    1. Ushaali
      Mi

      thanx mi 🙂

  4. a₩mm

    vvv nice

    1. Ushaali
      a₩mm

      thanx awmm… 🙂

  5. Aleena

    Dhen hama alyaa balan hureema luk ehaa molhee..?? So filmy.. Hehe ekam story v salhi ingey n inetersting..

    1. Ushaali
      Aleena

      thankyu Aleena… ya faharegga filmee vedhaane.. ekamaku egothah varah loabiva kuhjjaku balan hurikan engunyma hiyvvareh libidhaane dhw… ushaali ah heevany aee hagygatheh hen. 🙂

  6. ishy

    very nice…… next part kn irakun

    1. Ushaali
      ishy

      thanx ishy.. next part fridayga. inshallah.. 🙂

  7. liyaa

    v nice.☺

    1. Ushaali
      liyaa

      thnks liyaa 🙂

  8. Kitty

    Mio thafhaa eh dhw pispis avaha look and alya gulhuva

    1. Ushaali
      Kitty

      thanx Kitty. 🙂

  9. D@h@@

    V habeys…thankolhe dhigukoh genas dhyba plxx..

    1. Ushaali
      D@h@@

      thankyu D@h@@… 🙂

  10. Inee

    V reethi mi part ves

    1. Ushaali
      Inee

      thanx Inee. 🙂

  11. fathun

    nikhaa eh noon. mikhaaa. luke and alya gulhuvabala. mivahaka vvv,rythi. vv.awsome. family ge characters ehaa gina nukobala. hadhaan kuran udhagu plus othy kn relation eh kame hadaan kuran udhagu. vahaka vv.salhi, tafaha fassalaa. kn baby eh kiyaaka. eyna ulheny vaki kame beynun vegen dho. vahaka vv.salhi

    1. Ushaali
      fathun

      thanz fathun. vahakaiga maigandu gothegga genesdheefa innaany alya , luke , and shaim ge baithah. dhn shareefa ge baithah aee kudakoh heelan vegen himanaafa huri baithakeh.. ehennoony maa bodah foohivedhanenu dhw… 🙂

  12. cindrella

    Wow vvvvvv nice waiting for next part

  13. Navya

    Alhey alhey alhey ushaa…. vaahaka vvvvv reethi? konme dhuvahakuves inthixaaru kurevey mi vaahaka ah… avahah up kohdhehchey. ..

  14. missing someone

    i miss 2012, when my ex boyfriend was playing football.. and i was there to support their team, my friends were teasing me by calling his name…
    hehe.. mi part ves v nice hama.. adhi vx dhigu kohladheebala..

  15. heart

    v nice ingey

  16. mary

    vvv reethi story eh

  17. thaathi

    haadha meehun ginaey

  18. ކުލްސުމް

    V reeth vaahaka

  19. Saandy

    ވަރަށް ރީތި… ޝަރީފާގެ ބައިތައް އެހާ މަދު ނުކުރައްޗޭ… ވަރަށް ހިނިއާދޭ ޝަރީފާގެ ބައިތައް ކިޔާފަ… ވަރަށް މަޖާ… އެހެރަ ތަފްހާއެއްގެ ހުރި ފޮނިކަމެއްތާ ދޯ… ހިތަށް އަރާ ވަރުގަދަ ބޮނޑިއެއް ދީފާނަމޭ… ލޫކްއާ އަލްޔާ ކަމެއް ހިންގާލީއޭ ދޯ ހަމަ… ނަސީބެއްނު މާ މައްޗަށް ކަންތައްތައް ނުދިޔަކަން… 5ވަނަ ބައި އަވަސްކޮށްލައްޗޭ

  20. Aish

    Thafha. Bolah undhagoo nameh. Thanfuhi kiyahen heevany

  21. Azu

    Ushaalii….shareefahtha haadha bodakah thi hikkaalee….ekuhjaa fulhu ilohtakah nahadhaathi dhen thihen hikkamun hikkamun gos….hehehe….vaahaka vv reethi…aslu look ey molhu kuhjekey dhw…alya feneytho balan hadhaigen nukulhevunee….dhen alya fenunaama kihaa foari eh dhakkaalaane….thafhaa baby fonuvaalaafa look n alya gulhuvabala…..pls..??????

  22. maalhu

    heheee varah reethi and varah majaa love you ushaali

Comments are closed.