Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ވާލޯބި އެނގޭނަމަ… 3

Ushaali Level 810 Stories100 Comments100 Stories500 Comments
October 24, 2016 7 Mins Read
17 Comments

ރެއަށް މުށިމަހު ރިހަ ކައްކަން ވެގެން ދެތިން ފިޔާ ހިފައިގެން ކޮށަން ކުޑަމަނިކެ ޖައްސާލީ ހަސަންފުތާއި ޖެހިގެން ހުރި ޖޯލީގައެވެ. ކާފަދަރިފުޅު ދުވާ މަންޒަރު ބަލަން ހަސަންފުތު އިނީ ގެއްލިފައެވެ. ކުޑަމަނިކެ ދެތިންފަހަރަކު ހަސަންފުތަށް ބަލާލީ އެހެންރޭރެއާއި ހިލާފަށް މިރޭ މާ މަޑުންއިންހެން ހީވާތީއެވެ. ކުޑަމަނިކެގެ މެއަށް ގޮތެއްވެގެން ދިޔައީ ހަސަންފުތުގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައެވެ.

“ހަސަނާ ކިހިނެއްވީ؟ ކޮން ފިކުރެއް ތިކުރަނީ”  ފިޔާތަށި ދުރުގައި ބަހައްޓަމުން ހަސަންފުތާއި ކައިރިވެލަމުން ކުޑަމަނިކެ އަހާލިއެވެ. “ލޫކް ގުޅިތަ މިއަދު”  ހަސަންފުތު ދެއަތުން މޫނު ފޮހެލިއެވެ. އަދި ހަމަޖެހިލަމުން ކުޑަމަނިކެ އަށް ބަލާލިއެވެ. “އާން. އަފްހަމް ބުނި އިންޖީނުގެއަށް ވަދެލި ގަޑީގައި ގުޅިއޭ. އެސޮރު ރަނގަޅު. މާދަމާ ރަށަށް އައިސްލާފައި މާލެ ދާނީއޯ”  ކުޑަމަނިކެ ވަރަށް ތަފްސީލުކޮށް ކިޔާދިނެވެ.  “މިއުޅެނީ މުޅިން އެހެންކަހަލަ ކަމެއް ދިމާވެގެން. އެނގެއްނު ނައުފާން އަށް ފަސްއަހަރުގައި ވަރަށް ބޮޑަށް ބަލިވިއެއްނު. ކުއްލިއަކަށް މާލެގޮސް ލޭއަޅަން ޖެހުނެއްނު. އޭރުގައި އަހަރެން ދަރަންޏަށް ނަގުދު ފައިސާ ނެގީމެއްނުދޯ ފާރޫގެއް. މާލޭ ބޭފުޅެއް. އޭނަ މިއަދު މިރަށުން ދިމާވެގެން ބުނެފި އޭރުގަ ނެގި ފައިސާތައް އަނބުރާ ބޭނުން ވާހަކަ. އޭނަ ވެސް ދަރިއަކަށް ބޭހެއް ކުރަންވެގެން ވަރަށް ދަތިވެގެންނޯ. އަހަރެން އެހާ ވަރަށް ފައިސާ ދެވެން ނެތޭ ބުނީމަ ބުނީ ބަދަލަކަށް އޭނާގެ އަންހެންދަރިފުޅުގެ ކައިވެނި އަހަރެމެންގެ ދަރިފުޅާއި ކުރުވަދޭށޯ”  އާދާނުގެ ވާހަކައިން ކުޑަމަނިކެ އަށް އަނގަ މަތީގައި އަތް އެޅުނެވެެ. ދެލޯބޮޑު ވިއެވެ. “އެކަމަކު އާދަނާ! އެސޮރު އަދި އެއީ ކުޑަކުއްޖެއް. ނުބުނަންތަ އޭނަ އަދި ބޮޑެއް ނުވެޔޭ”  ކުޑަމަނިކެ ހާސްވެފައި ބުންޏެވެ.  “ސާބަހޭ ކުޑާނިކެ އަށް. އަހަރެމެންގެ ނައުފާނެއް ނޫނޭ. ލޫކްގެ ވާހަކަ އޭނަ ބުނީ”  އާދަނު ޖޯލީން ތެދުވެ ކުރިމަތިން ދިޔަ މަދިރި އެއް މަރާލަން އަތެއް އެއްލަމުން ބުންޏެވެ. “ދެން ކިހިނެެއް ހަދާނީ. ލޫކް ރުހޭނެ ކަމެއް ވެސް ނޭނގެ. އަނެއްކާ ފާރޫގް ގެ ދަރިފުޅު ރުހޭތަ”  ކުޑަމަނިކެ ކަންބޮޑުވިވަރުން އަނގަމަތީގައި އޮތް އަތް އަދިވެސް ނުނަގައެވެ.  “ފާރޫގް ބުނި ގޮތުން ވިއްޔާ އޭނާގެ ދަރިފުޅު މިކްހާ މާކުރިން ދަނެޔޯ ލޫކް. އެދަރިފުޅުގެ އެއްވެސް މައްސަލައެއް ނެތޯ” އާދަނު ބޯދަށަށް އަތްލައްވާލަމުން އަނެއްކާ ހަށިގަނޑު ދަމާލިއެވެ. ދެމަފިރިން ބަހެއް ނުބުނެ ތިބި ގޮތުން އެކަމާއި ވިސްނަނީކަން އެނގުނެވެ.

ބަނދަރުމަތީގައި ހުރި ބެންޗެއްގައި އިށީނދެގެން އިން ލޫކް އިރުކޮޅަކާއި އަތުގައި އޮތް ފޯނުން ގަޑި ބަލާލައެވެ. މާދުރުން ނިވި ދިއްލެމުންދާ ނެރުބައްތި އަށް ވެސް ނަޒަރެއް ދެއެވެ. މޫދުގެ އެކި ދިމާލުގައި އަޅާފައިވާ ދޯނިތަކުގެ ލައިޓްތައް ހުދުކުލައާއި ރަތްކުލައިން ދިއްލާފައި ވާއިރު ހީވަނީ ޖަވާހިރުކޮޅު ތަކެއް ހެންނެވެ. ކުއްލިއަކަށް ލޫކް ސިހުނީ ކުރިމަތިން ތަފްހާ ފެނުމުންނެވެ. މޫނުމަތި ހުރި ގޮތުން ވެސް ތަފްހާގެ މޫޑް ސަކަރާތްކަން ލޫކް އަށް އެނގުނެވެ.  “ކިިހިނެއްވީ ކޮންކަމަކާ މޫނުމަތިން ބާރަޖަހާފަ ތިހުރީ”  ތަފްހާ އިށީންނަން ތަން ދައްކަމުން ލޫކް ސައިޑަކަށް ޖެހިލިއެވެ.  “ނޭނގެ މަށަކަށް. ލޫކް ކައިރީ އަހަރެން ނުބުނަންތަ ގޭ ކައިރިއަށް ބަލާ އަންނައްޗޭ. ކީއްވެގެން ނައީ. ވަރަށް ފޫހިވޭ”  ތަފްހާ މޫނު އަނބުރާލިއެވެ. މިހާރަކަށް އައިސް އެއީ ތަފްހާގެ އާދައެވެ. ކޮންމެސް ކޫސަނި ކަމަކާއި ހުރެ ލޫކް އަށް ބެވުން ނޫންކަމެއް ތަފްހާ އަށް ނުކުރެވެއެވެ.  “ސޮރީއޭ. ނުކެރުނީ ދާން. މިރަށު މީހުން ހާދަ ބަލައޭ”  ތަފްހާ އަށް ބަލާލަމުން ލޫކް ތަފްހާގެ އުނަގަނޑުގައި އެއްއަތުން ވަށާލިއެވެ. ބޭނުމަކަށްވީ ތަފްހާ ރުއްސުމެވެ. “ސޮރީއޭ ބުނީމަ ދެން އެވީތަ. ވާރޭ ކަނި ވެސް އެބަ ޖަހާ. ހިނގާ ތަފޫގެ ރޫމަށް ދާން. މިރޭ ވާނެ އެއްކަލަ ކަންތައް ތަފޫ އަށް ކޮންމެހެން ވެސް ކޮށްދޭން. ޕްރޮމިސް ވީމެއްނު. މަންމަ ވެސް ބައްޕަ ވެސް ވީ ކައިރީގައި އޮތް ރިސޯރޓަށް ގޮސް. މާމަ ވެސް އޮތީ ނިދާފައި. ދެން ހިނގާ”  ލޫކްގެ އަތުގައި ހިފާ ދަމަމުން ތަފްހާ ދިޔައެވެ.

 

ރަށުގައި މާލެއަށް ފުރާ ބޮޑު ބޯޓެއް ނެތުމުން ބަނދަރުމަތީގައި ޝަރީފާގެ އާއިލާ މަޑުކޮށްލައިގެން ތިބީ އަތޮޅުތެރޭގެ ބޯއްޓެއް ކައިރިކުރާ ވާހަކަ އިވިފައި އޮތުމުންނެވެ. މާލެދާން ބޭނުންވާ މީހުން ގޮވައިގެން އެއްގަޑީރު ތެރެ ފުރާ ކަން އެނގުމުން ޝަރީފާގެ ގައިގާ ބައްދާފައި ބަތޫލް ރޯންފެށިއެވެ. މަންމަ އާއި ވަކިން ނޫޅެވޭނޭ ބުނުމުން ޝަރީފާ ވެސް ހިތުގައި ޖެހުނެވެ. ކިތަންމެ ބުންޏަސް ޝަރީފާގެ އެންމެ ހަގު ދަރިއެވެ. ސަޖޫލް އާއި އަލްޔާ ކައިރިވެލާ ބަތޫލް ގެ ގައިގާ ބައްދާލިއެވެ. ބޯޓު ވަދެގެން އަންނަން ފެށުމުން ބަތޫލް އާއި އެންމެ ފަހުގެ ވަދާއީ ސަލާން ކުރިއެވެ. “ދަރިފުޅު ކައިރީގައި ދުވަސްކޮޅަކު ބައްޕަ މަޑުކުރާނެ. ވިިސްނަންވާނެ ހުރެވެނީ މަންމަ އާއި ބައްޕަ ކައިރިއަކު ނޫންކަން. ދަރިފުޅު ވަރަށް މޮޅަށް ކިޔަވައިގެން ޒިއްމާދާރު ވަޒީފާއެއް އަދާކުރާތަން އެއީ މަންމަ އެންމެ ދެކެން ބޭނުން އެއްދުވަސް”  އާދަނު އަތުގައި ހިފައިގެން ބަތޫލް ބޯޓަށް އަރާ އިށިންނަންދެން ހުރިހާ މީހުން ޖެޓީ މަތީގައި ތިއްބެވެ. ކަނޑުމެދަށް ނިކުމެ އޭގެ ބާރުމިނުގައި މަންޒިލަށް ބޯޓްގެ މިސްރާބު ބަދަލުކުރުމުން ޝަރީފާ އާއި ސަޖޫލް އަދި އަލްޔާ ގެއަށް އައުމަށް މިސްރާބު ޖެހިއެވެ. “ޗުކި. މަރުކަޒަށް ވަދެލާފައި ދާނަން. ދެކުދިން ދޭ ގެއަށް. އަންނާނަން ކިތައް ކިލޯ ލުއި ވިތޯ ބަލާފަ”  ޝަރީފާ އަނގަފުޅާކޮށް ހީގަންނަމުން ބުންޏެވެ. “އަޅުގަނޑުމެންވެސް ދާނަން. ބަރުވިޔަސް މަންމަ ބުނެފާނެ ވަރަށް ބޮޑަށް ލުއި ވެއްޖޭ”  ޝަރީފާ ތުންއަނބުރާލަމުން ސަޖޫލް އާއި އަލްޔާ ފަހަތުން ހިނގައިގަތެވެ. އަލްޔާ އަތުގައި ހިފާ ހީލަމުން ސަޖޫލް މަންމަ އާއި ދިމާކޮށްލިއެވެ.

ސްކޫލުގައި އޮތް ރަށު ކުއްޖެއްގެ ކައިވެނި ޕާރޓީއަކަށް ދިޔުމަށްޓަކައި އަލްޔާ އަދި ސަޖޫލް ތައްޔާރުވަމުން ދިޔައެވެ. އަބަދުވެސް ޓޮޕާއި ޖީންސުގައި ހުންނަން އާދަވެފައި ހުންނަ ސަޖޫލް މިއަދު ވެސް ލައިގެން ހުރީ މުށުކުލައިގެ ގަޔަށް ބާރު ޓޮޕް ކޮޅަކާއި ހުދުކުލައިގެ ޖީންސެކެވެ. މޫނުމަތީގައި ލުއި މޭކަޕެއް ހުރިއިރު ކޮނޑާއި ހަމައަށް އަންނަ އިސްތަށިކޮޅު އޮޅާލާފައި މައްޗަށް ނަގާ ދައްޗަކުން ހައްޔަރުކޮށްލިއެވެ. އިސްކޮޅުން ދިގު ހިމަތޮޅި ހަށިގަނޑަށް އަލްޔާ ހެޔޮވަރު ކޮށްލީ އަޅިކުލައިގެ އަތްދިގު ކުރުތާއެކެވެ. އިސްތަށިގަނޑު ފަހަތަށް އައްސާލާފައި ފައިދަށަށް ލީ އަޅިކުލައިގެ މާތަކެއް ޖެހި ކަޅުކުލައިގެ ފޮތި ބޫޓެކެވެ.

މަގުގެ އެއްކައިރިން ދެކުދިން ހިނގަމުން ދިޔައިރު ސަޖޫލް ދިޔައީ ފޯނުން ވާހަކަދައްކަމުންނެވެ. ޕާރޓީއަށް ވަދެ ގޮނޑިއެއްގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އަލްޔާ ތެދުވީ ކައިރީގައި އިން ސަޖޫލް އޭނާގެ އެކުވެރިންތަކަކާއެކު ފޯރީގައި ވާހަކަދައްކަން އިނުމުން ފޫހިކަން އިހުސާސް ކުރެވުމުންނެވެ. ދެހިޔާލެއްގައި ހުރި އަލްޔާގެ މިސްރާބަކަށް ވީ ސްކޫލް އޮފީހެވެ. ބައެއް މަސައްކަތްތައް ބަލާލުމަށް އޮފީހާއި ދިމާލަށް މިސްރާބު ބަދަލު ކުރިއިރު ވެސް އަމިއްލަ ނަފްސަށް މަލާމަތް ކުރިއެވެ. ފޯނަށް ސަޖޫލް ގުޅަން ފެށުމުން އަލްޔާ ސިހުނެވެ. ގެއަށް ދާންވީ ވަގުތު ޖެހުނީކަން އެނގުމުން ސިސްޓަމް ލޮގްއައުޓް ވުމަށްފަހު ތެދުވިއެވެ. ބޭރަށް ނިކުތުމުގެ ކުރިން ފާހާނާ އަށް ވަދެލުމަށްޓަކައި އަލްޔާގެ މިސްރާބު ބަދަލުކޮށްލީ އޮފީހުގައި ހުންނަ ފާހާނާއަށެވެ. މޫނު ދޮންނަ ތަށި ކުރިމަތީގައި ހުރެ އިސްތަށިގަނޑު ރަނގަޅުކޮށްލުމަށްފަހު ތުންފަތުގައި ލިޕްސްޓިކް ވެސް ހާކާލިއެވެ.

ކުއްލިއަކަށް އަލްޔާ ސިހުނީ ފާހާނާ ދޮރު މީހަކު ހުޅުވާލި އަޑަށެވެ. ކުރިމަތީގައި ހުރި ލޫކް ވެސް ހުރީ ކުރިމަތިން އަލްޔާ ފެނުމުން ހުއްޓިފައެވެ. މިކަހަލަ ވަގުތެއްގައި އަލްޔާ މިތަނުން ފެނިދާނެކަމަކަށް ލޫކް ހިތަށް ވެސް އަރާފައެއް ނުވެއެވެ. އަލްޔާ އަށް ހިނިތުންވުމެއް ދެމުން ލޫކް އެއްލޯ މަރާލިއެވެ. އަލްޔާ ސިހުނު ވަރުން ހީލަން ވެސް ނޭނގުނެވެ. ލޫކް ކައިރިއަށް އަންނަން ފެށުމުން އަލްޔާ ކަންބޮޑުވިއެވެ. އަނެއްކާ މިއުޅެނީ ކޮންފަދަ ނުބައި ކަމެއް ވާންބާއޭ އަލްޔާގެ ހިތަށް އެރިއެވެ. ލޫކް އަކީ ހަމަ އެހާ ނުލަފާ އިންސާނަކީ ހެއްޔެވެ؟ ލޫކް މާބޮޑަށް ކައިރިވާން ފެށުމުން އަލްޔާ ބިރުން ބޮޑުކަމުދެވެން އުޅޭ ކަހަލަ އިހުސާސެއް ވެސް ކުރެވުނެވެ. ދެލޯ މަރާ ބާރުކޮށްލެވުނީ ކުރެވޭނެ ކަމެއް ނެތޭ ހީވުމުންނެވެ. ކުރިން ޕާރޓީތެރޭގައި ޖަހާފައި ހުރި ލަވައިގެ އަޑު އިވުނެއް ކަމަކު މިހާރު ކުޑަކޮށް ވެސް އެއަޑެއް ނީވޭއެވެ.

ލޫކްގެ ހިލަމެއް ނުވުމުން އަލްޔާ ދެލޯ ހުޅުވާ ބަލާލިއިރު އޭނާ ފާހާނާ ކުރާ ބަޔަށް ވަދެ ދޮރު ޖަހާލަނީއެވެ. ކުރެވުނު ނުބައި ހީއެއްގެ ސަބަބުން އަލްޔާ އަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އެހާ އަވަހަށް ހިނި އައިސް ބޮލުގައި މަޑުމަޑުން ޖަހާލެވުނެވެ. ލޫކް ނިކުތުމުގެ ކުރިން އަވަހަށް ނިކުންނަން ހިތަށް އެރުމުން އަވަހަށް ދޮރާއި ދިމާލަށް އެނބުރުނެވެ. ނަމަވެސް ގޮތް ހުސްވީ ބޭރަށް ނިކުންނަން ހިފާލި ދޮރުގެ ތަޅު އަތަށް އައުމުންނެވެ. އެއީ އަބަދުވެސް ހަލާކުވެފައި ހުންނަ ތަޅެއް ކަން އަލްޔާ ހަނދާންވީ ދެނެވެ. މާބާރަށް ދޮރު ޖެހިއްޖެނަމަ ނުހުޅުވޭނެކަން ވެސް އަލްޔާ ހަނދާންވިއެވެ. އޮފީހުގައި އުޅޭ ހުރިހާ ސްޓާފުން ވެސް އެކަހަލަ ގޮތެއް ދޮރަށް މެދުވެރިވުމުން ހައްލު ކުރަން ގޮވަނީ މަސައްކަތު އަބީރު އަށެވެ. ނަމަވެސް އަލްޔާ އަތުގައި އަބީރުގެ ނަންބަރު ވެސް އޮތީކީ ނޫނެވެ. ސަޖޫލް އަށް ގުޅާލުމަށް ފޯނުނެގި ވަގުތު އެއީ ފޯނުގެ ބެޓްެރި ފްލެޓްވި ވަގުތެވެ. އަލްޔާ އަށް ރުޅި އާދެވުނެވެ. ހުރިހާ މުސީބާތެއް ވެސް ކުރިމަތިވާންވީ އެއްވަގުތެއްގައިި ހެއްޔެވެ؟ ދޮރުގައި މީހާ ހުސް ވަންދެން ތެޅިޔަސް އަޑު އިވޭނީ ކާކަށް ހެއްޔެވެ؟ މަގަށްވާގޮތަށް ފާހާނާއިގާ ކަނޑާފައި ހުރި ފެންލައިޓާއި ދިމާލަށް ބަލާލެވުނީ ފެންތިކިތަކެއް އައިސް ދެއަތުގަ އާއި މޫނުގައި ޖެހުމުންނެވެ. ވާރޭ ވެސް ވެހެންފެށީ ހެއްެޔެވެ؟ އަލްޔާ އަށް ރޮވެން ކައިރިވިއެވެ. އިރުއަރަންދެން މިތަނުގައި މަޑުކުރަންވީ ހެއްޔެވެ؟ މާދަމާ އަކީ ސަރުކާރު ބަންދު ދުވަހަކަށް ވީކަން ވެސް ނަސީބެކެވެ.

ތުނބުން ފުމެމުން ލޫކް ފާހާނާ އިން ނިކުތް އިރު ލައިގެން ހުރި ޖީންސް އޮތީ އަތުގައެވެ. އަނެއް އަތުން ފޯނު ރޫޅާލައިގެން ނިކުތް އިރު ފޯނުގެ މަތިގަނޑު އޮތީ ދެތުންފަތް ދޭތެރޭގައެވެ. ހިޔާލެއް ފިކުރެއް ވެސް ނެތެވެ. ހަށިިގަނޑަށް ބާރު ބޮކްސާގައި ހުރި ލޫކް ފެނުމުން އަލްޔާގެ ބޮލަށް އެނބުރުން އަރާ ނުވެއްޓުނީ ކިރިޔާއެވެ. އަޑުގަދަކޮށްލެވުނީ އިހްތިޔާރަކާއި ނުލައެވެ. ދެލޮލުގައި އަތްއަޅާ އަނެއްފަރާތަށް އެނބުރުނު އިރު ހިތް ހީވީ މޭފަޅާފައި ނިކުމެދާނެހެއްނެވެ. މިވަނީ ކީއްކަން ނޭނގި ލޫކް ސިހިގެން ދިޔަ ވަރުން އަތުގައި އޮތް ފޯނު ޓައިލްސްތައް މައްޗަށް ވެއްޓި އެކި އެތިކޮޅު ދިމަދިމާލަށް ބުރައިގެން ދިޔައެވެ. އެކަމާއި ނުރުހުންވެފައި ބަލާލިއިރު ކުރިމަތީގައި ހުރި ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ހުރެވުނު ގޮތް އިހުސާސް ކުރެވި އަޑުގަދަކޮށްލަމުން ފާހާނާ އަށް ވަދެ ދޮރު ލައްޕާލިއެވެ.

އަނެއްފަރާތަށް އެނބުރި ހުރި އަލްޔާ ތަން ހިމޭންވިކަން އެނގުމުން މަޑުމަޑުން އެނބުރުނުއިރު ލޫކް ފެންނާކަށް ނެތެވެ. ތިރިއަށް ވެއްޓި ކުދިކުދި ވެފައި އޮތް ފޯނު ފެނުމުން އަލްޔާ ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ. އޭގެފަހުން ތިރީހަކަށް މިނިޓް ވެގެން ދިޔަ އިރު ވެސް ލޫކް ފާހާނާ އިން ނުނިކުމެއެވެ. ފިރިހެނަކަށް ވިޔަސް ވެދިޔަ ކަންތަކުން ލޫކް ވެސް ލަދުގަތީއެވެ. ދެފައި ވަރުބަލިވެފައި ހުރި އަލްޔާ ކުޑަކޮށް ހިނގާލާފައި ގޮސް މޫނުދޮންނަ ތަށީގައި ލެގިލަމުން ހަށަން ބަނދެލިއެވެ. ލޫކް ފާހާނާ އިން ނުނިކުންނާތީ ހިނި އައި ނަމަވެސް ކަންބޮޑުވާން ވެސް ފެށިއެވެ. އަތު ކުރީގައި އޮތް ރިހިކުލައިގެ ގަޑިއަށް އަލްޔާ ބަލާލިއެވެ. ގަޑިން ރޭގަނޑު ބާރަ ޖަހަން ގާތްވަނީ ކަން އެނގުމުން އަލްޔާ އަށް ރަނގަޅަށް ވެސް ރޮވެން ފެށުނެވެ. ބިރު ގަންނަން ފެށީ ފާހާނާ އަށް ވަން ލޫކް އަށް ވެސް ވީގޮތެއް ނޭނގުމުންނެވެ. އަލްޔާ އަށް ގޮވާލާކަށް ވެސް ނުކެރުނެވެ.

މަޑުމަޑުން ދޮރު ހުޅުވާލާފައި ނިކުތް ލޫކްގެ ދެލޯ ބޮޑުވީ އަލްޔާ އަދިވެސް ފެންނަން ހުރީމައެވެ. އެންމެ ދެރަވީ އަލްޔާ އަށް ރޮވިފައި ހުރުމުންނެވެ. ކިތަންމެ ލަދުގަނެފައި ހުއްޓަސް ލޫކް އަށް އަލްޔާ އާއި ކުރިމަތިނުލާ ނުހުރެވުނެވެ.  “އަދިވެސް ނުދަނީތަ”  ލޫކް ކުރިން އިސްވެ އަލްޔާ އާއި ވާހަކަދެއްކިއެވެ.  “ވާރޭ ވެހޭ އަޑުތަ އެއީ”  ދެވަނަ ސުވާލު ލޫކް ކޮށްލީ ބޭރުން އިވެމުންދާ އަޑަށް ސަމާލުކަން ދެމުންނެވެ. ބަދަލުގައި އަލްޔާ ބޯޖަހާލިއެވެ.

ވާހަކަދައްކަމުން ގޮސް ދޮރުގައި ހިފާލި ލޫކް އަށް ވެސް ސިހުން ލިބުނީ ދޮރަށް ގުޑުމެއް ވެސް ނައީމައެވެ. “ތީ ތިދޮރަށް ވާގޮތް. ތި ހުޅުވެނީ އަބީރަށް. އެވެސް ބޭރުން”  އަލްޔާގެ އަހާލަން ފަސޭހަ ހިތްގައިމު އަޑު ލޫކްގެ ކަންފަތުގައި ޖެހުމާއެކު ހަތަރުކަޅި ހަމަކޮށް ބަލާލިއެވެ. އަލްޔާ އަވަސް އަވަހަށް ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލއިެވެ. ވީގޮތް އެނގުމުން ލޫކް އަށް އަލްޔާ އާއި މެދު ހަމްދަރުދީ ވެވުނެވެ.  “ކޮންމެސް މީހަކަށް ގުޅަންވީނުން”  ލޫކް ބުންޏެވެ.  “ފޯން ނިވިފަ”  އަތުގައި އޮތް ފޯނު ދައްކާލަމުން އަލްޔާ ޖަވާބުދިނެވެ.

ވާހަކަނުދައްކާ އިރުތަކެއް ދިޔަ ފަހުން ކުއްލިއަކަށް އިވުނު ބާރު ގުގުރީގެ އަޑުން އަލްޔާ އަށް ދެކަންފަތުގައި އަތް އަޅާ ހުރި ދިމާލަށް ތިރިވެވުނެވެ. އިސާހިތަކު އެދެލޯ ކަރުނުން ފުރުނެވެ. ލޫކްް ހާސްވެ ކަންބޮޑުވިއެވެ. ނަމަވެސް އެންމެ ފިޔަވަޅެއް ވެސް އަލްޔާ ކައިރިއަށް އަޅަން ޖެހިލުންވިއެވެ. ވިދާލި ވިދުވަރު އިންޒާރެއް ފަދައެވެ. ގުގުރާލުމުގެ ކުރިން އަލްޔާ ގޮސް ލޫކް ކައިރީގައި ހުއްޓުނެވެ. މީހަކު ކައިރީގައި ހުރުމުން ވެސް އަލްޔާގެ ހިތަށް ތަންކޮޅެއް ބިރު ކުޑަކަން އިހުސާސް ކުރެވެއެވެ.  “ނަމާދު ކުރަންތަ”  ލޫކް ކޮށްލި ސުވާލުން އަލްޔާ އަށް ލޫކަށް ބަލާލެވުނެވެ.  “ވަޓް! ތީ މީހުން ކުރާ ސުވާލުތަ. އޮފްކޯޒް ނަމާދުކުރަން. އެކަމަކު ކީއްވެ ތިހެން ތިއެހީ” އަލްޔާ އަހާލިއެވެ. “ގުގުރި ޖަހާ ވަގުތު ބިރުގަންނާނީ ހިތުގައި އީމާންތެރިކަން ނެތް ކުދިން، ނަމާދު ނުކުރާ ކުދިން”  ލޫކް ދެއަތް ޖީންސުގެ ޖީބަށް ޖަހާލާފައި ހުރިއިރު ނަޒަރު ހުރީ އަލްޔާ އަށް އަމާޒުވެފައެވެ.  “އައްޗީޑި. އެންމެ ގަޔާވެގެން ކުރާ ކަމަކީ ނަމާދު ކުރުން. ގުގުރި އެއް ޖެހިޔަސް ބިރެއް ނުގަނޭ”  އަލްޔާ އެހެން ބުނި ވަގުތު އެއީ ގުގުރާލި ވަގުތެވެ. ހީވީ ދެކަންފަތް ބަށްވި ހެންނެވެ. ކައިރީގައި ހުރި ލޫކްގެ ހަށިގަނޑުގައި އޮޅުލައި ގަނެވުނީ ވަރަށް ބާރަށެވެ. ލޫކް އަށް ހެވުނެވެ. އަންހެންކުދިންގެ މިހުންނަ ގޮތެއް ދޯއެވެ. ގުގުރާލިޔަސް ބިރެވެ. ކުރައްޕެއް ހޯނެއް ފެނުނަސް ބިރެވެ. އަދި ޖިންނި އެއް ފެނިއްޖިއްޔާ ހާދަ ވަރެއް ވާނޭ ލޫކްގެ ހިތަށް އެރިއެވެ.

އަލްޔާގެ ޖިސްމުގެ މަޑުކަން ލޫކަށް އިހުސާސް ކުރެވުނު ހިނދު ދެއަތުން ވަށާލިއެވެ. ދެލޯ މަރާލެވުނީ ދުވަހަކު ވެސް ދުރަށް ނުދިޔުމަށް އެދެމުންނެވެ. އެ އަންހެންކުއްޖާ ދުރުކޮށްލާކަށް ލޫކްގެ ޒަމީރު އެއްބަހެެއް ނުވިއެވެ. ފެނުނީއްސުރެ ލޫކްގެ ހިތް ވަނީ އަލްޔާ އަށް އެދި ގޮވަން ފަށާފައެވެ. އުއްމީދު ނުކޮށް ހުއްޓާ މިކަހަލަ ފުރުސަތެއް ލިބުމުން ދޫކޮށްލާނީ މޮޔައެކެވެ. އަލްޔާގެ ހަށިގަނޑު ފިއްތާލާ ދެލޯ މަރާ ބާރުކޮށްލެވުނީ ހިޔާލަށް ފެނުނު ތަފްހާ ގެ ސޫރަ ނެރެލުމަށްޓަކައެވެ.

“ސޮރީ. ދެން އެހެންނުވާނެ”  އަލްޔާ ކުއްލިއަކަށް ލޫކާއި ދުރަށް ޖެހިލިއެވެ. ބަދަލުގައި ހީލަމުން ލޫކްގެ ފިނިވެފައިވާ ދެއަތްތިލަ ކޮށްޕާލީ ޖީންސުގެ ޖީބަށެވެ. ހިމޭންކަމާއެކު ވަގުތު ކޮޅެއް ދިއުމަށްފަހު ލޫކް އަލްޔާ އަށް ބަލާލިއެވެ. ހޫނުވެފައި ހުރި އަލްޔާ ދެއަތުން މޫނަށް ވިހެން ފެށިއެވެ. އަތްދަބަސް ހުޅުވާލާ ނެގި ދައްޗަކުން އިސްތަށިގަނޑު މައްޗަށް ނަގާ ހައްޔަރުކޮށްލިއެވެ.

ފަތިސްނަމާދަށް ހޭލާ އުޅުނު ސަޖޫލް އަލުން ނިދަން ޖައްސާލީ ވާރޭވެހޭތީ އަދިވެސް ނިދާލަން ބޭނުންވުމުންނެވެ. ސައިޑްކަބަޑްމަތީގައި އޮތް ފޯން ވައިބްރޭޓްވާން ފެށުމުން ކަންފަތްމަތީގައި ބާލީސް އަޅާ ބާރުކޮށްލިއެވެ. ނަމަވެސް ފޯނު ކެނޑުމަށްފަހު ދެވަނަ ފަހަރަށް ވައިބްރޭޓްވާން ފެށުމުން ސަޖޫލް ފޯނު ނަގާ ބަލާލިއެވެ. ނުދަންނަ ނަންބަރެކެވެ. ކަމަކަށް ނުހަދާ ސަޖޫލް ފޯނު ބޭއްވީ ނުދަންނަ ފަރާތްތަކާއި ވާހަކަދައްކަން ބޭނުންނުވާތީއެވެ. ފޯނަށް މެސެޖެއް އައީ ސަޖޫލް ބޮލަށް އުދަގުވެގެން ފޯނަށް ބަލަހައްޓައިގެން އިންދައެވެ. “ސަޖޫ! އިޓްސް މީ. ލައި. ޕްލީޒް  ފޭވަރ އެއް ކޮށްދީބާ”  ސަޖޫލް މެސެޖް ކިޔާލުމަށްފަހު ދެވަނަ ފަހަރަށް ނަމްބަރު ޗެކް ކޮށްލިއެވެ. ފޯނު ހިފައިގެން ބާރު ހިނގުމުގައި ގޮސް އަލްޔާގެ ކޮޓަރީ ދޮރު ހުޅުވާލާ ލައިޓްތައް އޮން ކޮށްލިއެވެ. ރޭގައި ސަޖޫލް އެކަނިކޮށްލާފައި އަލްޔާ މާކުރިން ގެއަށް އައުމުން ސަޖޫލް ހުރީ ވެސް އެކަމާއި ނުރުހުން ވެފައެވެ. އެނދުގައި އަލްޔާ ނެތުމުން ސަޖޫލް ހައިރާންވިއެވެ. ފާހާނާ ވެސް ޗެކް ކޮށްލިއެވެ. ފޯނުނަގާ އަވަސް އަވަހަށް ގުޅާފައި އިން ނަންބަރަށް ގުޅާލިއެވެ.  “ލައި ރޭގައި ނިދަން ނާންނަން ދޯ. ކޮންތާކު ތިހުރީ އަވަހަށް ގެއަށް އާދޭ ހުރިތަނަކުން. މަންމަ ފައިގަ ރިއްސާތީއޭ ކިޔާ އަދި ކޮޓަރިން ނުނިކުމޭ”  އެކޮޅުން ފޯނު ނެގުމާއެކު ސަޖޫލް ވާހަކަދެއްކިއެވެ. “ސަޖޫ! ލިސެން. ވަރަށް ބޮޑު ކަމެއް ވެގެން މިއުޅެނީ. ……..” ސަޖޫލް އަށް އަލްޔާ ހުރިހާ އެއްޗެއް ކިޔާދީ ނިމުމުން ހަދާނެ ގޮތަކާއި ދޭތެރޭ ވިސްނާލިއެވެ. އަބީރު އަށް ގޮވަން އެގޭ ދޮަށަށް ދާންވީހެއްޔެވެ؟ ނޫނެކެވެ. އޭރުން ބޭޒާރުވާނީ އަލްޔާ އެވެ. އަވަސް އަވަހަށ އަލަމާރި ހުޅުވާ ކޮނޑެއްގައި އިން ވިއްސާރަކޯޓް ނަގާ ގަޔަށް މަހާލުމަށްފަހު އަލްޔާގެ ކޮޓަރިއަށް ގޮސް  ބުނި ތަނުން އޮފީސް ތަޅުދަނޑި ނެގިއެވެ. ޝަރީފާ ކޮޓަރީ ދޮރު މަޑުމަޑުން ހުޅުވާލުމަށްފަހު އެތެރެއަށް ބަލާލީ މަންމަ އޮތީ ނިދާފައިތޯއެވެ. ޔަގީން ވުމާއެކު އިނގިލި ތަކުގެ ކުރި ޖައްސަމުން ބަދިގެއަށް ގޮސް އާދަނު ވަޑާން މަސައްކަތްކުރާ ދަބަސް ހުޅުވާ ދެތިން ވައްތަރެއްގެ ކަށިގަނޑު ކޯޓްގެ ޖީބަށް ލަމުން ގެއިން ނިކުތެވެ.

ފާރުގައި ލެގިލައިގެން ހުރި އަލްޔާ ހުރީ ވެދިޔަ ކަންތަކުން އިސްއުފުލާ ލޫކަށް ބަލާލަން ވެސް ނުކެރިފައެވެ. އަލްޔާ ލޫކަށް ނުބަލަން މަސައްކަތްކުރާކަން އެނގުމުން ލޫކް ކައިރިއަށް ހިނިއައެވެ. މިރޭ ލޫކަށް ވެސް އެއްކަމެއް ޔަގީންވެއްޖެއެވެ. އެޔަގީން ކަމުގައި ލޫކް ހުރީ ސާބިތުކަމާއެކުގައެވެ. މިރޭ ވެގެން އެދިޔައީ ތާރީހުގައި ފަވާލަން ޖެހޭ ފަދަ ރެއަކަށެވެ. ލޫކްގެ ހަޔާތުގައި އައި އެންމެ އުފާވެރި ރެއަށެވެ. ހިތުން ތަފްހާގެ ނަން ފަނޑުކޮށްލާނެ ބާރު އަލްޔާގެ ފަރާތުން ލިބިއްޖެއެވެ. ނަމަވެސް ލޫކް ކެއްކުރާނެއެވެ. އަލްޔާގެ ފަރާތުން އިޝާރާތެއް ލިބުމުން ނޫނީ ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނާޅާނެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

މިހިތުގެ ފަސާނާ 11

Next

ޝެރިން 2

Next
October 24, 2016

ޝެރިން 2

Previews
October 24, 2016

މިހިތުގެ ފަސާނާ 11

17 Comments!

  1. Luyoona says:
    October 24, 2016 at 6:09 pm

    vaavaa salhi ekam kuruvyma aslu
    i love this story and me first dhw

    1. Ushaali says:
      October 24, 2016 at 6:12 pm

      ya luyoona. and thankyu 🙂

  2. Ushaali says:
    October 24, 2016 at 6:11 pm

    hellow my friends… kihineh huriha kudhin? here is part 3… kiyaalafa comment kollache. enjoy 🙂 next part wednesday ga. inshallah 🙂 🙂 🙂 lurvvv yu ol 🙂

  3. ken? says:
    October 24, 2016 at 6:38 pm

    hei ushaali ☺ long time no story ehhe…?? happy to cyah back with a boom..I knw this one will also b a fantastic one…keep gng…good luck dr?

  4. axoo says:
    October 24, 2016 at 7:05 pm

    wowww.. vvvvvvvvvv rhthi. alhe avhah update kurahchey next part. lov u. v kiyahihvey eba. louk n alya.. wow.. ummwah

    1. Ushaali says:
      October 25, 2016 at 12:12 am

      thankyou axoo 🙂

  5. Navya says:
    October 24, 2016 at 7:11 pm

    Haalu rangalhey?..vvv inthixaaru kurifahun mi part mi kiyaalevuny… vvv reethi mibaives. ..thnx ushaa??? next part avahah up kohdhehchey…

    1. Ushaali says:
      October 25, 2016 at 12:13 am

      thankyou navya 🙂

  6. Lovely girl says:
    October 24, 2016 at 10:29 pm

    Haaalu ragalhu.. v v v reethi mi baives plx avahah up kohdhehchey n thankolheh kuruhen heevey hope kurun dhen up kuraa bai dhigu kohlaane kamah

    1. Ushaali says:
      October 25, 2016 at 12:14 am

      thankyou Lovely girl. next part dhigukollaanan. inshaallah.. 🙂

  7. Azu says:
    October 24, 2016 at 11:05 pm

    Vaahaka ehaa reehcheh noon….chukee…vaahaka hama 1 vana…vv reethi….barudhan lui kufan dhuvan dhaan beynunve nudhevifa miothee mirey ves..ushaalee men thi liyaa vaahaka thakuge avaiga jehifa…keehkuraanee….shareefaahtha ge diet kiyaadheebala mashah….thanQ…aneh bayah vvv inthizaaru kuran…?????

    1. Ushaali says:
      October 25, 2016 at 12:15 am

      chuki….. Azu… hehehe… thanx alot. shareefahtha reygandu ey nukany…. 🙂

  8. Appy says:
    October 25, 2016 at 7:33 am

    V rythi mi part vx …lov this…

  9. changed says:
    October 25, 2016 at 9:32 am

    vaahaka hama varah reethi…. mi vaahaka based kohfa othy alyaa n look ah dhw?? waiting fr next part..

  10. ikko says:
    October 25, 2016 at 12:48 pm

    hama gabeyyyyyys usha?

  11. ikko says:
    October 25, 2016 at 12:49 pm

    buny habeyyyyyyyys higey

  12. Saandy says:
    October 25, 2016 at 1:09 pm

    ވަރަށް ރީތި… ލޫކް އެކުރި ކަމެއް ދޯ… އަދި ސްކޫލް ތެރެއަށްވެސް ނިކުމެވުނުނަމަ ރަނގަޅުވީހީ… ހެހެހެ… އަލްޔާއާއި ލޫކް ވަރަށް ގުޅޭ… އަލްޔާވެސް އަދި އެހާ ބިރުގަންނަ އިރުވެސް ހާދަ ގަދަކޮށްލައިގެންނޭ ދޯ މި އުޅެނީ

Comments are closed.

Next Episodeވާލޯބި އެނގޭނަމަ… 4←


All Right Reserved!